ވާލޯބި އެނގޭނަމަ… 27
އެރޭ ބަތޫގެ ކޮޓަރީ އެނދުގައި އަހަރެންގެ އަތުތެރޭގައި އޮތް އަންހެންކުއްޖާ މަތިން ކިހިނެއް އަހަރެން ހަނދާންނެތޭނީ…..” ލޫކް ގެ މެސެޖުން އަލްޔާގެ މޫނަށް ރަތްކުލަ ވެރިވެގެން ދިޔައެވެ. އަހަރެން ލަދުނުގަންނާނޭ ގޮތަކަށް ހަމަ އެއްޗެއް ބުނަން ލޫކަށް ނޭނގެނީ ހެއްޔެވެ؟ އަލްޔާ ތުން އަނބުރާލިއެވެ. ނަމަވެސް ހިނިތުންވުމަކާ އެކުުގައެވެ.
“ލޫކް ބުނޭ” އަލްޔާގެ މެސެޖްތައް ކިޔަމުން ދަިޔއިރު ލޫކަށް އަލްޔާ އޭނާގެ މެސެޖްތަކަށް ރިޕްލައި ކުރަމުން ދާއިރު އަލްޔާގެ މޫނަށް އަރަމުންދާ ލަދުވެތި ހީލުން ބަލާލަން ބޭނުންވިއެވެ. އެމޫނަށް ރަތްކުލަ އަރައިގެންދާ ވަގުތު ދެފަރާތުން ފުފިފައި ހުންނަ ކޯތާފަތުގައި ބޮސްދޭން ހިތް އެދުނެވެ.
“އޯކޭ. ސްކޫލް ނިމޭ ގަޑީގައި އަހަރެން ހުންނާނަން ބޭރުގަ. ޕްރިންސަސް އަރައްޗެ ސައިކް ފަހަތަށް. ނޫނީ އެއްވެސް މީހަކަށް ނުދައްކާ އުޑުމަތިންތަ ގެންދަންވީ. އެހެންނޫނީ އަހަރެން ޔުނީފޯރމް ތެރެއަށް ލައިގެން ފޮރުވައިގެން ވެސް ގެންދެވިދާނެ” އަލްޔާ ހީލިއެވެ. ލޫކް ގެ އެގޮތްގަނޑު އަދިވެސް ނުކެނޑެއެވެ.
“އައިލަވްޔޫ ލޫކް” އަލްޔާ ހިތްވަރުކޮށްފައި އޭނާގެ ހިތުގެ އިހުސާސް ލޫކަށް މެސެޖެއްގެ ސިފައިގާ ފޮނުވާލިއެވެ. ލޫކް ފޮނިވެލާފައި ފޯނު ތުންފަތުގައި ޖައްސާލިއެވެ. ހަމައެއާއެކު ލަވްޔޫ މޯރ ދެން އެނީ ތިންގް ޖަހާފައި އެތައް މެސެޖެއް ކުރިއެވެ.
ރަސްމީގަޑިނިމި ގެއަށް ދާން ނިކުތުމުގެ ކުރިން އަލްޔާ އޭނާގެ ދަބަސް ހުޅުވާލަމުން ނެގި ލޯގަނޑު ކޮޅަކުން މޫނު ބަލާލިއެވެ. ފުށްމާގަނޑު ހަކާލިއެވެ. ދެއަތުގައި ލޯޝަން ހޭކިއެވެ. ޝޯލް ރީތިކޮށްލިއެވެ. އެއަށްފަހު އޭނާގެ ކޮޓަރި ތަޅުލުމަށްފަހު ސްކޫލުން ނިކުންނަން ހިނގައިގަތެވެ.
މަގުމަތީގައި ސްކޫލް ކުދިންނާއި ބެލެނިވެރިންގެ އިތުރުން ދެފަރާތަށް ދުއްވާ އެއްޗެހިން މުޅި ހިސާބުގަނޑު ވަނީ ހަލަބޮލި ކުރުވާފައެވެ. އަލްޔާ ނިކުމެ ދެކޮޅު ހޯދާ ބަލާލީ އެއްވެސް ހިސާބެއްގައި އޭނާގެ ލޫކް އިންތޯއެވެ. ނަމަވެސް އޭނާގެ ލޮލުގައި ލޫކް އަޅައިނުގަތުމުން އަތުގައި އޮތް ފޯނަށް ބަލާލީ ލޫކަށް ގުޅާލަނ ހިތަށް އެރުމުންނެވެ.
ކުއްލިއަކަށް އަލްޔާ ސިހުނީ ދާދި ކައިރީގައި މަޑުކޮށްލި ސައިކަލުގައި އިން ލޫކް ފެނުމުންނެވެ. އަލްޔާ ހީލިއެވެ.
“އަހަރެންތަ ތި ހޯދަނީ. ކީއްވެ ކައިރީގައި ހުއްޓާ މާދުރު ތި ހޯދަނީ. ދެން އަބަދުވެސް ހުންނާނީ އަތް ދިއްކޮށްލީމަ އަތުގަޖެހޭ ހިސާބުގަ” ލޫކް ކިތަންމެ މަޑުން ވާހަކަދެއްކިއަސް އަލްޔާ އަށް އެއަޑު އިވުނެވެ.
“އަރާބަލަ ފަހަތަށް. ލައި ބޭނުމިއްޔާ އުރާލާފައި ބައިންދަންވީތަ” ލޫކް އޭނާގެ އެމަޖާ މޫޑްގައި އިނދެ ބުންޏެވެ. އަލްޔާ ދެފަރާތަށް ބޯތަޅުވާލުމަށްފަހު ނޫނެކޭ ބުންޏެވެ.
ލޫކް ސައިކަލް ދުއްވާލުމުން އަލްޔާ މަސައްކަތްކުރީ ލޫކްގެ ބުރަކަށީގައި ނުޖެހޭނެހެން ފަހަތުގައި އިނުމަށެވެ. ނަމަވެސް ކުއްލިއަކަށް ލޫކް ބުރެކި ޖައްސާލުމާއެކު އަލްޔާ ތަތްވީ ލޫކްގެ ބުރަކަށީގައެވެ. ލޫކްގެ އެއަމަލުން އަލްޔާ ގަތީ ބިރެވެ. އެވަގުތުކޮޅު އޭނާ ހަނދާނަށް ގެނެސްދިނީ އެ ނުރައްކާތެރި އެކްސިޑެންޓެވެ. އަލްޔާ ލޫކް ގެ ބަނޑުގެ ދެފަރާތުގައި ހިފާ ފިތާލިއެވެ. ލޫކްގެ ބުރަކަށީގައި މޫނު ފޮރުވާލިއެވެ.
“ހޭއި…ޕްރިންސަސް… ބިރުނުގަނޭ ދޫނީ…. ސޮރީ….. މާ ފަހަތުގައި އިނީމަ ކައިރިއަށް ގެނައީމި” އަލްޔާގެ އަތްތިލަ އަށް ފިތާލަމުން ލޫކް ބުންޏެވެ.
މަޖީދީމަގު ފަސްދީ ހެންވޭރުކޮޅަށް ލޫކްގެ ސައިކަލް މިސްރާބު ހުރުމުން އަލްޔާ ހިތުގައި ސުވާލު އުފެދުނެވެ. އޭނާގެ ގެ ހުންނަނީ މާފަންނު ކޮޅުގައެވެ. ލޫކް މިދަނީ ކޮންތާކަށް ހެއްޔެވެ؟ އެހެންނޫނަސް ގެ ހުންނަ ތަނެއް އަލްޔާ ބުނީއެއް ވެސް ނޫނެވެ.
“ކޮންތާކަށް މިދަނީ” އަލްޔާ މަޑުމައިތިރި ކަމާއެކު އަހާލިއެވެ.
“މިަދނީ އެއްވެސް މީހަކަށް ނުފެންނާނޭ ހިސާބަކަށް. ދެން އިތުރަކަށް ޕްރިންސަސް ހަށިގަނޑުގަ ހަގް ނުކޮށް ނުހުރެވޭނެ” ސައިކަލުގެ ލޯގަނޑުން ފަހަތުން ފެންނަން އިން އަލްޔާ އަށް ބަލާލަމުން ލޫކް ބުންޏެވެ. އަލްޔާ ރަކިގޮތަކަށް ހީލުމުން ލޫކަށް މަޖާވިއެވެ. އިތުރަށް އަލްޔާ ލަދުގަންނަވާލަން ބޭނުންވިއެވެ.
ލޫކް ސައިކަލް މަޑުކޮށްލީ ހެންވޭރު ކާނިވާ ސަރަހައްދުގައި ހުރި ގެއެއް ކައިރިއަށެވެ. “ހ.ރަންމުތް” ގެ ނަމުން ނަން ދީފައިވާ ނޫ ކުލައިގެ ދޮރާއްޓެއް ލާފައިވާ ގެއަށް އަލްޔާ ނަޒަރު ހިންގާލިއެވެ. ސައިކަލުން ފައިބާ ލޫކް ދިއްކޮށްލި އަތުގައި އަލްޔާ ހިފާލިއެވެ. އެވަގުތު އަލްޔާގެ އަނެއް އަތުގައި އޮތް ފޯނަށް އޭނާ ބަލާލީ ފޯނެއް އަންނަން ފެށުމުންނެވެ.
މިޔާނާގެ ކޯލަށް ޖަވާބެއްނުދީ ހުންނާކަށް އަލްޔާ ބޭނުމެއް ނުވިއެވެ. އެއީ މިހާރަކަށް އައިސް މިޔާނާގެ އާދައެވެ. އަލްޔާ އޮފީހުން ނައިސް ލަސްވިއްޔާ މިޔާނާ އާއި ޢަބްދުއްޝަކޫރު ހުންނާނީ ދެމިނެޓުން ދެމިނެޓުން ގުޅާލަ ގުޅާލައެވެ.
“މަންމާ! މިއަދު އަޅުގަނޑު ލަސްވާނެ. އަޅުގަނޑު މިހުރީ ތަނެއްގަ” އަލްޔާ އޭނާގެ މަންމަ ކައިރީގައި ބުންޏެވެ.
“ސަޖޫލް އާއި އެކުގަތަ” މިޔާނާ ބޭނުންވީ އަލްޔާ ބުނި އެއްޗަކުން އެހިތުގައި އުފެދުނު ވަސްވާސްތައް ނެތިކޮށްލުމަށެވެ.
“ނޫނޭ މަންމާ… މަންމާ ދެން އިހަށް ބާއްވަނީ. އަޅުގަނޑު ގެއަށް ދާނަން ވަރަށް އަވަހަށް” އަލްޔާ އަވަހަށް ފޯނު ކުރުކޮށްލިއެވެ. އެހެނީ އޭނާގެ އިންތިޒާރުގައި ލޫކް ބަހައްޓާކަށް އޭނާ ބޭނުމެއް ނޫނެވެ. ގޭތެރެއަށް ވަނުމާއެކު ހާމައަށް ހުރި ސިޑީގެ ހަރފަތްތައް ގިރާ ކުރަމުން ލޫކް އަތުގައި ހިފާލައިގެން ހުރެ ލޫކް މައްޗަށް ދިޔައެވެ. އަލްޔާ ހުރީ ލޫކް އޭނާ ގެންދާތަނެއް ނޭނގިގެން ކުޑަކޮށް ބިރުގަނެފައެވެ. ނަމަވެސް އޭނާ ލޫކަށް އިތުބާރު ކުރޭއެވެ. ދެވަނަ ފްލޯރ އަށް އެރުމަށްފަހުކުރިމަތިން ފެންނަން ހުރި އެޕާރޓްމަންޓްގެ ދޮރުގެ ތަޅުދަނޑި ތަޅަށް ކޮށްޕާލަމުން ލޫކް އަލްޔާ އަށް ބަލާލިއެވެ.
“ލައި ބިރުނުގަންނައްޗެ…. އަހަރެން ވަރަށް ލޯބިވޭ ލައިދެކެ” ލޫކް ހިފާލައިގެން ހުރި އަލްޔާގެ އަތްތިލައިގާ ބޮސްދެމުން ބުންޏެވެ. އަލްޔާ ހީލިއަސް ހިތުގައި ނުތަނަވަސް ކަމެއް ވިއެވެ. ދޮރުހުޅުވާލުމާއެކު ކުރިމަތީގައި ހުރި ކުޑަފިރިހެން ކުއްޖާ ފެނުމުން އަލްޔާ ކުޑަކޮށް ހައިރާންވިއެވެ. ދެވަނަ ސިކުންތުގައި ތުންފަތަށް ހިނިތުންވުމެއް ވެރިވީ އެއީ ކާކުކަން ސިކުނޑި ދެނެގަތީމައެވެ.
ޔޫޝައު އަށް އަލްޔާ އަށް ގޮވާލާން ވެސް ނުކެރުނެވެ. އެހެންކަމުން ރަކި ހިނިތުންވުމެއް ދިނުމަށްފަހު އޭނާ ބައްދާލީ ލޫކް ގައިގައެވެ. ޔޫޝައު ލަދުގަތުމުން އަލްޔާ އަށް މަޖާވިއެވެ. ޔޫޝައު ގެ ބޮލުގައި ފިރުމާލިއެވެ.
“ކޮބާ މާމަމެން. ގޮވާބަލަ. ބުނޭ މާމަ ކައިރިއަށް އައިސް ހުރި ކުއްޖަކު އެބަހުއްޓޭ” ޔޫޝައު ކައިރީގައި ލޫކް އެހެން ބުނުމަށްފަހު އަލްޔާ ގޮވައިގެން އެތެރެއަށް ވަނެވެ. ސޯފާ ގޮނޑީގައި އަލްޔާ ބައިންދަމުން ލޫކް ބުނީ އޭނާ ޔުނީފޯރމް ބަދަލުކޮށްގެން އަންނަންދެން ގޮނޑީގައި މަޑުކުރުމަށެވެ.
“ކިހިނެއްވީ.. ބިރުގަތީތަ… އޯހް…. ރޫމަށް ވަންނަންވީ ދޯ… ލައި ހާދަ ނޯޓީއޭ… މަ ހެދުން ބަދަލުކުރާތަން ބަލަން އެކީގައި ވަންނަންވީ ދޯ… ހާދަ ކެތްތެރިކަމެއް ނެތޭ” ލޫކް ބޭނުންވީ ހާސްވެފައި އިން އަލްޔާ ގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކުރުވާށެވެ. ވީ ވެސް އެހެންނެވެ. އަލްޔާ ހީލަމުން ލޫކް ގެ އަތުގައި ޖަހާލިއެވެ.
އަލްޔާ ސޯފާގައި އެކަނި އިން ވަގުތު ކުޑަމަނިކެ ކޮޓަރިން ނިކުމެގެން އައިސް ހުއްޓުނީ އަލްޔާ ކުރިމަތީގައެވެ. ކުޑަމަނިކެ ފެނުމުން އަލްޔާ ހިނިތުންވެލިއެވެ. ކުޑަމަނިކެގެ ދެލޯ ފުރިގެން އައީ އަލްޔާ ބަހަލަހައްޓައިގެން ހުއްޓައެވެ.
“ދައްތާ….” އަލްޔާ ކުޑަމަނިކެ އަށް ގޮވާލިއެވެ. ކުޑަމަނިކެ އަލްހަމްދުލިއްލާހި އޭ ބުނެ މޫނުގައި އަތް ހިންގާލިއެވެ. އޭނާ ހީކޮށްގެން ހުރީ އެ އަންހެންކުއްޖާ ދުވަހަކު ވެސް އޭނާ އަށް ނުފެންނާނޭ ކަމަށެވެ. ނަމަވެސް އޭނާގެ ދަރިފުޅު އަލްޔާ އޭނާގެ ލޯ ކުރިމައްޗަށް ގެނެސްދީފިއެވެ. ކުޑަމަނިކެ އަލްޔާ ކައިރިއަށް އައިސް އަލްޔާގެ ނިތަށް ބޮސްދިނެވެ. އަލްޔާގެ އަތުގައި ފިރުމާލާ މޫނުގައި ފިރުމާލައެވެ.
ދުރުގައި ހުރި ލޫކް އެޏާގެ މަންމަގެ އަމަލުތަކަށް ބަލަން ހެވިފައި ހުއްޓެވެ. އިރުކޮޅަކުން ކޮޓަރިން ކުޑަކުއްޖަކު އަތަށް ލައިގެން އައިސް ރަފީފާ އަލްޔާ ކައިރީގައި ހުއްޓުނެވެ. ރަފީފާ އަލްޔާ ކައިރިއަށް ހުއްޓުމުން އަލްޔާ އޭނާގެ އަތުގައި އޮތް ކުޑަކުޑަ ދަރިފުޅު އުރާލިއެވެ.
“ގާރލްއަކާ ވައްތަރީ” އެކުއްޖާގެ މަޑުމަޑު ކޮލުގައި ކޮށްޓާލަމުން ހެވިފައި އަލްޔާ ބުންޏެވެ. އެވަގުތު ލޫކް އައިސް އަލްޔާ ފަހަތުން ހުއްޓި ހޫމް އޭ ބުނެލިއެވެ.
“އިށީނދެބަލަ. ކޯއްޗެއް ލައި ކާނީ. ސައި ހަދަންވީ ދޯ” ސޯފާ ގޮނޑީގައި އަލްޔާ ބައިންދަމުން ރަފީފާ ބުންޏެވެ. އަލްޔާ އިށީންނަމުން ފޮތިގނަޑަކަށް ލާ އޮޅާލާފައިވާ ކުޑަ ދަރިފުޅު ބާއްވާލީ އުނގު ތެރޭގައެވެ.
“އެނގޭތަ! ލައި އެކްސިޑެންޓްވި ހަބަރު ލޫކް ގެ ފަރާތުން ލިބުމުން ހީވީ ހިނދުކޮޅަކަށް ދުނިޔެ ހުއްޓުނު ހެން. ހިއެއް ނުކުރަން ތިގޮތަށް އައިސް ކުރިމަތީގައި ހުއްޓެން ލައި އަށް ފުރުސަތު ލިބޭނެ ކމަކަށް” ރަފީފާ އަލްޔާ ކައިރީގައި އިނދެ ވާހަކަ ދައްކަމުން ދިޔައެވެ.
“ދެން ތިވާހަކަ ނުދައްކާ. ވަރަށް ބިރުގަނޭ އެދުވަސް މަތިން ހަނދާންވީމަ” އަލްޔާ ބުންޏެވެ. ލޫކް ވެސް ހީލަމުން ސޯފާ ގޮނޑީގައި އިށިން އިރު އެއް އަތުގައި އެކްސްއެލް ދަޅެއް އޮތެވެ.
“ރަފީފާއްތާ! ބޭބީ އަށް ކިޔަނީ ކޮން ނަމެއް” އަލްޔާ އެހެން ބުނި ވަގުތު ލޫކް ކޮށި އަރައިގަތެވެ. ރަފީފާ ކައިރިއަށް ހިނި އައިސް އަލްޔާ އަތުގައި ހިފާލިއެވެ.
“ލޫކާއި އިނދެގެން މިގެއަށް އައިސް ވެސް ހަމަ ތިހެންތަ ކިޔާނީ. ރަފީފާއްތަ ދޮންބެދައްތަ އަށް ބަދަލުކުރަން ކިހާ ދުވަހެއް ނަގާނެބާ” އަލްޔާ އަތުގައި ހިފާ ދަތްދޮޅީގައި ހިފާ އުފުލާލަމުން ރަފީފާ އަހާލިއެވެ. އަލްޔާ ލަދުން އިނދެ ވަގު ލޮލުން ލޫކަށް ބަލާލިއެވެ. ލޫކް ހިނިއައްސަ އިން ތަން ފެނުމުން އަލްޔާ އިތުރަށް ލަދުގަތެވެ. ކުޑަމަނިކެ ވެސް ބަދިގޭ ކަބަޑު ކައިރީގައި ސައި ހަދަން ހުރިއިރު ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ.
“ދޮންބެދައްތާ ބުނެބަލަ ލައި ކައިރީގައި ބޭބީ އަށް ކިޔާ ނަން” ލޫކް ނޫންކަމަށް ހަދާފައި ބުންޏެވެ.
“ލައި އަށް އެނގޭތަ. މި ފެމެލީ އަށް އަލަށް އަންހެންކުއްޖަކު އުފަން ވުމުން ނަން ދިނީ ލޫކެއްނު. އެނގޭތަ ލައިގެ ހަނދާނުގަ ލައި އާއި ގުޅުވާފައި ނަން ދިނީ” ރަފީފާ ބުންޏެވެ. އަލްޔާ ސިހިފައި ރަފީފާ އަށް ބަލާލީ ކޮންނަމެއްހޭ އަހލާާ ކަހަލަ ގޮތަކަށެވެ.
“އާލިޔާ” ހީލަމުން ރަފީފާ ބުންޏެވެ. އަލްޔާ ލޫކަށް ބަލާލިއެވެ. ލޫކް އަލްޔާ އަށް އެއްލޯ މަރާލިތަން ރަފީފާ އަށް ފެނުމުން ހީލިއެވެ. ދެމީހުންނަށް އެތަނުގައި ވަގުތުކޮޅެއް ދެމުން ރަފީފާ އާލިޔާ ގޮވައިގެން ވަނީ ކޮޓަރިއަށެވެ. ކާމޭޒު ކައިރިއަށް ސައި ހެދުމަށްފަހު ކުޑަމަނިކެ ވެސް އަލްޔާ މޫނުގައި ފިރުމާލަމުން ކޮޓަރިއަށް ވަނީ އޭނާގެ ދަރިފުޅަށް އަލްޔާ އާއި އެކުގައި ހޭދަކޮށްލަން ވަގުތުކޮޅެއް ދިނުމަށްޓަކައެވެ.
އަލްޔާ ސައިމޭޒު ކައިރީގައި އިށީނުމުން ލޫކް ވެސް ޖެހިގެން އިން ގޮނޑީގައި އިށީނެވެ. ލޫކް އުޅޭ ގޮތުން އަލްޔާ އިނީ ލަދުގަނެފައެވެ.
“ދެން ފަށަންވީނުން. އަހަރެން ލަވާދެންތަ” ލޫކް މަސްރޮށިން ކުޑައެތިކޮޅެއް ނައްޓުވާ އަލްޔާ އަނގައަށް ލަވާ ދިނެވެ. އެކާލިއިރު އަލްޔާގެ ދެލޯވީ ފެންކަޅިވެފައެވެ. ލޫކް އޭނާ ދެކެ ވީ ސާފު ތެދުވެރި ލޯތްބޭ ހިތަށް އެރިއެވެ. އޭނާ ލޫކަށް ބަލާލީ ޝުކުރުވެރި ވަމުންނެވެ. އަލްޔާ ދެލޯ ކައިރީގައި ހުރި ކަރުނަތައް ލޯތްބާއެކު ލޫކް ފޮހެދިނެވެ. އަލްޔާގެ ދެލޮލުގައި ބޮސްދިނެވެ. މޫނާއި ތުންފަތުގައި ބޮސްދިނެވެ.
“އަހަރެން އެންމެފަހު ނޭވާ ވެސް ދޫކޮށްލަން ބޭނުމީ ލައި ގެ އުނގުގަ އޮވެގެން. ލައި ހިތަށް އަރާ ވަރަށް ވުރެ ވެސް ބޮޑަށް އަހަރެން ލައި ދެކެ ލޯބިވަން. އަހަރެން ހިއެއް ނުކުރަން ދުވަހަކު ވެސް އަހަރެންނަށް އަންހެންކުއްޖަކު ދެކެ މިހާ ވަރަށް ލޯބިވެވިދާނެ ކަމަށް. ލައި އަހަރެންނަށް ވައުދުވޭ. ދުވަހަކު ވެސް ކުރިން ފިލި ގޮތަށް ނުފިލާނެ ކަމަށް” ލޫކް އަލްޔާ ގެ ގޮނޑިއާއެކު އޭނާ އާއި ވީ ދިމާލަށް އަނބުރާލަމުން ބުންޏެވެ. އަލްޔާ އަށް ހެވުނެވެ. އެހިނދު ލޫކް އަލްޔާ މޫނުގެ ދެފަރަތުގައި ހިފާ ބަލާލީ ސީދާ އަލްޔާގެ ދެލޮލަށެވެ. ހިނދުކޮޅަކަށް ފަހު ހިނދުކޮޅެއް އަލްޔާގެ މޫނާއި ލޫކް ގެ މޫނު ކައިރިވަމުން އައިސް ދެމީހުންގެ ނޭވާ އެކަކު އަނެކަކަށް އިހުސާސްވާހާ ކައިރިއަށް އާދެވުނެވެ. ލޯތްބާއެކު ލޫކް އަލްޔާގެ ތުނި ތުންފަތުގައި ލޯބިކުރަމުން ދިޔައިރު ވަށައިގެންވާ މާހައުލު ހިނގާ އެއްވެސް ކަމެއް އިހުސާސް ނުވާ ކަހަލައެވެ. އެވަގުތުކޮޅު ދިގުދެމިގެން ދިޔައީ ލޫކާއި އެކު އެކަމުގައި އަލްޔާ ވެސް ބައިވެރިވީތީއެވެ. އަލްޔާ ވެސް އެކަމަށް ނުލާހިކު ބޭނުންވެފައިވާކަން އެވަގުތުކޮޅު ލޫކަށް އިހުސާސް ވެގެން ދިޔައެވެ.
އަލްޔާ އާއި ލޫކް ދުރުވެލި ވަގުތު އަލްޔާ ތުންފަތުގައި ދަތްއަޅާލަމުން އިސްޖަހާލިއެވެ. އެތުންފަތަށް އަރާފައިވާ ރަތްކުލަ ފެނުމުން ލޫކް ހީލިއެވެ.
“އަހަރެން ހިއެއް ނުކުރަން ލައި ތިހާ މޮޅު ކަމަކަށް. އަހަރެން ދުރުނުވީ ލައި ބާރުކުރާތީ” ލޫކް ބޭނުންވީ އަލްޔާ ލަދުގަންނަވާލާށެވެ. އަލްޔާ ލަދުގަތް ވަރުން ލޫކަށް ބަލާލާކަށް ވެސް ނުކެރުނެވެ. އަލްޔާ ތިރިކޮށްލާފައިވާ މޫނު ލޫކް އޭނާ އާއި ދިމާލަށް އުފުލާލުމާއެކު އަލްޔާ އޭނާގެ މޫނުގައި އަތް އެޅިއެވެ. ލޫކް މަޑުމަޑުން އެ އަތް އަލްޔާގެ މޫނާއި ދުރުކޮށްލިއެވެ. އެވަގުތު ލޫކް ގެ މޫނަށް އަމާޒުވެފައިވާ އަލްޔާ ނަޒަރުން ލޫކް މަންމަން ކޮށްލި ކަހަލައެވެ. ނަމަވެސް އަލްޔާ އެއްޗެއް ނުބުނާނެ ކަން އެނގޭތީ ލޫކް ހީލިއެވެ. އަލްޔާ މަޑުމަޑުން އޭނާގެ އެސްފިޔަތައް ތިރިކޮށްލިއެވެ.
“މާ ލަސްވެއްޖެ. މަންމަ ހުންނާނީ ކަންބޮޑުވެފަ” އަލްޔާ ބުންޏެވެ.
“ލެޓްސް ގޯ… ސައިތަށި ބޯލާ.. އެހެންނޫނީ މަންމަ ދެރަވާނެ” ލޫކް ގެ ބަސް އަހައިގެން އަލްޔާ ސައިތަށި ބޯލިއެވެ. ޓިޝޫއަކުން އަލްޔާގެ ތުންފަތް ކައިރި ފޮހެލަދިނީ ވެސް ލޫކެވެ. ގޮނޑިން ތެދުވުމުގެ ކުރިން ލޫކް އަލްޔާގެ ރަތްކުލައިގާވާ ކުޑަ ނޭފަތުގެ ކޮޅުގައި ތުންފަތް ޖައްސާލިއެވެ. އެމަންޒަރު ފެނުނީ އެވަގުތު ގޭ ދޮރު ހުޅުވާލި އަފްހަމް އަށެވެ.
އަފްހަމް ފެނުމާއެކު އަލްޔާ އަވަހަށް ލޫކާއި ގޮނޑި ދުރުކޮށްލިއެވެ. ލޫކް ‘ޝިޓް’ އޭ ބުނަމުން އެއް އަތް މުށްކަވާލަމުން އަނެއް އަތް ތިލައިގެ ބަނޑުފުށުގައި ޖަހާލީ އޭނާގެ ދޮންބެ އޭނާ އާއި ދިމާކުރަން ކޮންމެސް އެއްޗެއް ބުނާނެކަން އެނގޭތީއެވެ. އެވަގުތު ކޮޓަރިން ނިކުމެގެން އައި ކުޑަމަނިކެ އައިސް އަލްޔާ ކައިރީގައި ހުއްޓިލިއެވެ.
“މަންމާ! މަށަށް ހީވަނީީ ލޫކް ގެ ކައިވެނި އަވަސް ކުރަންވީހެން. ދެންމެވެސް އަހަރެން ވަންއިރު…..” އަފްހަމް އަށް ޖުމްލަ ފުރިހަމަ ނުކުރެވުނީ ލޫކް ފުންމައިގެން ގޮސް އަފްހަމްގެ ކަރުގައި ބެއްދުމުންނެވެ. ކުޑަމަނިކެ އެމަންޒަރު ބަލަން ހެވިފައި އިނެވެ.
“ދޮންބެދައްތާ! ދޮންބެއަށް އެބަ ގޮވަންދޯ….. ކީކޭ…. އަލަމާރި މަތީގައި ހުރި އެއްޗެއް ނުނެގިގެންނޭ…” ލޫކް އަފްހަމްގެ ކަރުން ދޫކޮށްލަމުން ބުންޏެވެ. އެވަގުތު ކޮޓަރީގައި އާލިޔާ އަށް ގާތުން ދޭން އޮތް ރަފީފާ ވެސް އާއެކޭ ބުނެލި އަޑު އިވުނެވެ. އަސްލު ރަފީފާ ވެސް ލޫކާއި އެއްކޮޅަށް ޖެހުނީއެވެ.
“އައްދޭ… މަގޭ ކަންފަތް އަދި ސަލާމަތުންނޭ ހުރީ… އޯކޭ… މަ ހިނގައިދާނަމޭ…. އެކަމަކު ދެން ފަހަރަކުން ދޮރު ލޮކް ކުރައްޗެ” އާލިޔާގެ ނެޕީ ކޭސް ހިފައިގެން ކޮޓަރި އަށް ވަންނަމުން އަފްހަމް ބުންޏެވެ. ލޫކް ހީލާފައި އަފްހަމް ފަހަތުން ދުއްވައިގަންނަން ތައްޔާރުވިއެވެ. ނަމަވެސް އޭގެ ކުރިން އަފްހަމް އެތެރެއަށް ދެމިގަނެފައި ދޮރު ތަޅުލިއެވެ.
އަލްޔާ އެގެއިން ނިކުތުމުގެ ކުރިން ކުޑަމަނިކެ އަލްޔާ ގެ ދެއަތުގައި ހުދު ރަނުގެ ދެއުޅާގަނޑު އަޅުވާ ދިނެވެ. އަދި ދުވަހަކު ވެސް އަލްޔާގެ ހަށިގަނޑާއި އެ ވަކިި ނުކުރުމަށް އެދުނެވެ. ލޫކް ގެ އަންބެއްގެ ގޮތުގައި އެގެއަށް އަލްޔާ އަންނާނެ ދުވަހެއްގެ އިންތިޒާރުގާ ވަމޭ ވެސް ބުންޏެވެ. އަދި އެހެން ފަހަރަކުން ގޭ އެންމެން ހަމަ ދުވަހަކު އެގެއަށް އަލްޔާ ގެންނާނެ ކަމަށް ވެސް ބުންޏެވެ.
ހަފްތާ ބަންދުގައި އަލްޔާ ސްކޫލަށް ދާން ނުޖެހޭތީ ފޫހިކަމާއެކު ގޭގައި އޮތެވެ. ކޮޓަރީގައި ވާހަކަ ފޮތެއް ހިފައިގެން އޮތުމަށްފަހު ބޭރަށް ނިކުތީ މާބޮޑަށް ފޫހިވެ ނިދިއަންނަ ގޮތް ވުމުންނެވެ. އިރުއޮށްސެމުން އަންނަ ވަގުތުގައި ނުނިދުމަށް މިޔާނާ ވަނީ އަލްޔާ އަށް ނަޞޭޙަހްތެރިވެފައެވެ. ސިޓިންގްރޫމް އެއްފަރާތުގައި ފަހާފޮށި ކައިރީގައި ހެދުމެއް ފަހަން އިން ޝަރީފާ ފެނުމުން އަލްޔާ ކައިރިވެލިއެވެ.
“ބޮއްތި އެކަނިތަ. ކޮބާ މަންމަމެން” އަލްޔާ އަހާލިއެވެ.
“އާނ! ކީއްކުރާނީ. ބޮޮއްތި ފަލަމީހާ އަށް މިޔާނާދައްތަމެެން ހިނގާ ވަރަކަށް ނުއެއް ހިނގޭނެ ވިއްޔާ. ރައްޓެއްސެއްގެ ދަރިއެއް ހިތާނު ކޮށްގެންނޭ ކިޔާފައި އެގެއަށް ދިޔައީ. އެކޮއި ބައްޕަ އާއި ބޮއްތިބެ ބާޒާރާށް ހެން ހީވަނީ ދިޔައީ. މާދަމާ ރެއަށް ކޮންމެހެންވެސް މިހެދުން ނިންމާލެވޭތޯ މިއުޅެނީ” އެއްފައްޗަކަށް ޝަރީފާ އަމުނާލިއެވެ.
“ކޮބާތަ ސަޖޫ.. ހާދަ ލަސްވެއްޖޭ” އަލްޔާ އޭނާގެ ފޯނުން ގަޑިއަށް ބަލާލަމުން ބުންޏެވެ.
“އަންނާނެތަ… މާދަމާރޭ މީހަކާ އިނދެވޭތީ އޭނާގެ ދެފައި އެއްތާކު ހަރުނުލައިގެން އެއުޅެނީ. އަނެއްކާ އެއުޅެނީ އިނދެގެން ރާއްޖޭގެ ދެކުނަށް ދާން” ޝަރީފާ ތުން އަނބުރާލި ގޮތް ފެނި އަލްޔާ ކައިރިއަށް ހިނިއައެވެ. ކިތަންމެ ދުވަހެއް ވިޔަސް އޭނާގެ ބޮއްތި ބަދަލުނުވާނޭ ހިތަށް އެރިއެވެ.
ޖެހިގެން އައި ހުކުރު ދުވަހުގެ ރެއެވެ. ދަރުބާރުގޭގައި ސަޖޫލް ގެ ކައިވެނީގެ ކަންތައްތައް ކުރިއަށް ދަނީއެވެ. ޒިލާލްގެ އާއިލާ މީހުން ނޫ ކުލައިން ހެދުން އަޅައިގެން ތިބިއިރު ސަޖޫލްގެ އާއިލާ ގައި މަދު މީހުން ކޮޅެއް ތިިބި ނަމަވެސް އެންމެން ތިބީ ގޯލްޑް ކުލައިން ހެދުން އަޅައިގެންނެވެ. ބޭރުގައި ތަޢުލީމް ހާސިލް ކުރަމުން ދިޔަ ބަތޫލް ވެސް ލިބުނު ތިންދުވަހުގެ ކުޑަކުޑަ އޮފެއްގައި އޭނާގެ ދޮންތިގެ ކައިވެންޏަށް އައިސް ޝަރީފާގެ ފަސްފަހަތުން އުޅޭއެވެ.
މިޔާނާ އާއި އަބްދުއްޝަކޫރު އިންތިޒާރު ކުރަނީ އަލްޔާ ހާއްސަ މީހަކާއި އެމީހުން ބައްދަލުކުރުވާނަމޭ ބުނުމުން އެވަގުތު ކޮޅަށެވެ. މިޔާނާ އަށް އެއީ ކާކުކަން އެނގުނަސް ޢަބްދުއްޝަކޫރު އިނީ މިަފަހަރު އޭނާގެ ދަރިފުޅު ހިތް އަތުލައިގެން އުޅެނީ ކާކުކަން ނޭނގޭތީ ކަންބޮޑުވެފައެވެ. އެދަރިފުޅަން ނޫނެކޭ ބުނުން އެއީ ޢަބްދުއްޝަކޫރު ހުވަފެނުގައި ވެސް ނުކުރާނެ ކަމަކަށް ވިޔަސް ޝައިމް ކަހަލަ މީހަކަށް އެމީހަކު ވެއްޖިއްޔާ ދެން ހަދާނީ ކިހިނެއްބާއޭ ހިތަށް އަރާފައެވެ.
އަލްޔާ އަތުގައި އަޅާފައި އޮތް ހުދުރަނުގެ ދެއުޅާގަނޑު ފެނުމުން މިޔާނާ އެކަމާއި ސުވާލު ކުރީތީ އަލްޔާ ވަނީ އޭނާ އާއި ޅޫކް ބައްދަލުވި ވާހަކަ އާއި އަދި އޭނާގެ އާއިލާ ކައިރިއަށް ދިޔަ ދުވަހުގެ ވާހަކަ މިޔާނާ އަށް ކިޔާދީފައެވެ. އަދި އެ އުޅާގަނޑަކީ ވެސް ލޫކް ގެ މަންމަ އަޅުވާދިން އެއްޗެއް ކަމުގައި ކިޔާދީފައެވެ. މިޔާނާ އޭނާގެ ދަރިފުޅަށްޓަކައި އުފާ ކުރިއެވެ.
ޢަބްދުއްޝަކޫރު އޭނާގެ ދަރިފުޅަށް އިތުބާރު ކުރެއެވެ. އޭނާގެ ދަރިފުޅަކީ ވިސްނޭ ކުއްޖެކެވެ. ދެވަނަ ފަހަރަށް އަލްޔާ ހަޔާތުގެ ބައިވެރިއެއް ހޮވާނީ ވަރަށް ވިސްނާފައޭ ޢަބްދުއްޝަކޫރު ހިތަށް އަރަމުން ދިޔައެެވެ.
ގޯލްޑް ކުލައިގެ ވެޑިންގްޑްރެސް ގައި ސަޖޫލް ހީވަނީ ޕަރީއެއް ހެންނެވެ. މިރެއަށް ހާއްސަކޮށް ސަޖޫލް ބުރުގާ އަޅައިގެން ހުރުމުން ގިނަ މީހުންގެ ނަޒަރު އިރުކޮޅަކާއި ސަޖޫލާއި ދިމާލަށް އަމާޒުވޭއެވެ. ޒިލާލްގެ މައިންބަފައިން ސަޖޫލް އަމިއްލަ ދަރިއެއް ފަދައިން ގެންގުޅޭނެ ކަމުގެ ޔަގީންކަން ޝަރީފާ އާއި އާދަނަށް ވަނީ ދީފައެވެ.
ޕާރޓި ފެށިގެން ކުރިއަށް ދާން ފެށުމުން އަލްޔާ އޭނާ ލައިގެން ހުރި ރަތާއި ގޯލްޑް ކުލައިގެ ދިގު މެކްސީ އެއްއަތުން ހިއްލާލައިގެން ސިޑިތައް ގިރާކުރަމުން ތިރިއަށް ފޭބީ ލޫކް މިއަންނަނީއޭ ބުނުމުންނެވެ. އެވަގުތަކީ ލޫކް ޑިއުޓީގައި އުޅޭ ވަގުތަށް ވުމުން ޕާރޓީ އަށް ދާން ޖެހުނީ ވަރަށް ރަސްމީކޮށެވެ. ކަޅުކުލައިގެ އަތްދިގު ގަމީހުގައި ހަމަ އެކުލައިގެން ފްޓްލޫނުގައި ރަތްކުލައިގެ ހިމަ ޓައީ އަޅާފައި އޮފް ބޫޓުގައި ލޫކް ވަރަށް ހިތްގައިމެވެ. އަދި އޭނާގެ އަތުގައި އަޅުވާލާފައި އޮތް އަޅި ކުލައިގެ ކޯޓުން ދާދި ދެންމެއަކު ކްރިމިނަލް ކޯޓުން މިންޖުވީކަން ވިިސްނާލި މީހަކަށް އެނގޭނެއެވެ.
ސައިކަލުގައި އަލްޔާ އާއި އަރާ ހަމަކޮށްލި ލޫކަށް އަލްޔާ ފެނުމުން ހިނދުކޮޅަކަށް ބަސް ހުއްޓުނެވެ. ކުރިމަތިން ފެންނަން ހުރި އޭނާގެ ލޯބިވެރިޔާގެ ފުރިހަމަ ކަމަށް ހިތާއި ހިތުން ތައުރީފް ކުރިއެވެ. އަދި އެފަދަ ރީތިކަމެއް އަލްޔާ އަށް ދެއްވި ކުޅަދުންވަންތަ ފަރާތަށް ޝުކުރު ކުރިއެވެ.
ސައިކަލް ޕާރކް ކޮށްލަމުން ލޫކް އައިސް އަލްޔާ އަތުގައި ހިފާލިއެވެ. ހަމައެހާ އަވަހަށް އަލްޔާގެ އަތް ގެނެސް އޭނާގެ ތުންފަތުގައި ޖައްސާލިއެވެ.
“ސާބަހޭ… މިހާރު ބިރުގަނޭ ލޫކް ގެންނަން. އަނެއްކާ ތިހެން ނޫޅޭތި މަންމަމެން ކައިރީގައި. ބައްޕަ ވެސް އެބަ އިންނެވި. ބޮއްތި ވެސް އެބައިން އެނގޭ. އެނގެއެއްނު ބޮއްތިގެ ގޮތް” ލޫކްގެ އަތުގައި ހިފައިގެން ހުރެ ކުރިއަށް ދަމުން އަލްޔާ ބުންޏެވެ. އަދި އެތެރެއަށް ވަންނަމުން އަލްޔާ ލޫކަށް ބަލާލިއެވެ. އަދި ލޫކްގެ ޓައީ ރަނގަޅު ކޮށްލަމުން ބެގީ ވެސް ރީތިކޮށްލިއެވެ.
“ވަރަށް ހޭންޑްސަމް” އަލްޔާ ނުކެރިފައި ހުރެ މަޑުމަޑުން ބުންޏެވެ. ލޫކް އަލްޔާގެ އެ އަމަލުން ހީލިއެވެ.
މިޔާނާ އާއި ޢަބްދުއްޝަކޫރު އަދި އާދަނާއި ޝަރީފާ ތިބި މޭޒު ކައިރިއަށް އަލްޔާ އާއި އެކު ލޫކް ގޮސް ހުއްޓުނެވެ. ޝަރީފާ އަށް ލޫކް ފެނުމުން ލޫކާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ނުލަފާ ވައްތަރަށް ހީލިއެވެ. ލޫކް ކައިރިއަށް ހިނިއައެވެ. ޢަބްދުއްޝަކޫރު ލޫކާއި ސަލާން ކޮށްލިއެވެ. ލޫކް އިށިންނަން ގޮނޑި ދައްކާ އެކުވެރިކަމާއެކު ވާހަކަދައްކަން ފެށިއެވެ.
އަލްޔާ އަކީ އޭނާގެ ދެލޮލުގެ ނޫރު ކަމަށާއި އެދަރިފުޅަށް އިހާނެތި ގޮތަކަށް ކަންތައް ނުކުރުމަށް ޢަބްދުއްޝަކޫރު ލޫކް ކައިރީގައި އެދެމުން ދިޔައެވެ. އަދި ޝައިމް ކަންތައްކުރި ގޮތަށް ބޮޑު އޮޅުވާލުމެއްގެ ތެރޭގައި އޭނާ ނުބެހެއްޓުމަށް ވެސް އެދުނެވެ. ޢަބްދުއްޝަކޫރު ހުރިހާ ވާހަކައެއް ދެއްކުމުން މިޔާނާ ވެސް ހަމަ އެވާހަތައް ތަކުރާރު ކުރިއެވެ. އެކަމަކު ޢަބްދުއްޝަކޫރަށް މިހުރިހާ ދުވަހު ނޭނގޭ އެއްޗެއް މިޔާނާ ބުނުމުން ޢަބްދުއްޝަކޫރު ކުޑަކޮށް ހައިރާންވިއެވެ. ޝައިމް އާއި އިނުމުގެ ކުރިން ވެސް އަލްޔާ ލޫކް ދެކެ ލޯބިވާކަން ކުރިން ޢަބްދުއްޝަކޫރަށް އެނގިފައެއް ނެތެވެ.
ޢަބްދުއްޝަކޫރު މިޔާނާ އަށް ބަލާލި ގޮތުން އެކަން މިޔާނާ އަށް އެނގުނު ގޮތް މިޔާނާ ޢަބްދުއްޝަކޫރަށް ކިޔާދިނެވެ. ޢަބްދުއްޝަކޫރު މިޔާނާ ގޮނޑި ކައިރީގައި ކޮޅަށް ހުރި އަލްޔާގެ އަތުގައި ހިފާލައިގެން ކައިރިއަށް ގެނެސް ކުރިން އެވާހަކަ ބައްޕަ ކައިރީގައި ނުބުނީތީ ޝަކުވާ ކުރިއެވެ. އަދި އޭރު ވެސް އޭނާ އަށް ލޫކަކީ އަލްޔާ ލޯބިވާ ފަރާތް ކަމުގައި ކުޑަކޮށް ޝައްކުވި ކަމުގައި ވީނަމަވެސް އެ ކައިވެނި ޝައިމް އާއި ނުކުރުވާނެ ކަމަށް ބުންޏެވެ.
ލޫކް އެއީ އެވަރުގެ ކަމެއް ނޫންކަމަށާއި އޭނާ ވަރަށް އަވަހަށް އަލްޔާ އިންނަން ބޭނުންވާ ކަމުގައި ބުންޏެވެ. އަދި އަލްޔާގެ ބައްޕަ ގަބޫލުނަމަ އަންނަ މަސް ތެރޭގައި އެކަން ނިންމަން ބޭނުންވާ ކަމުގައި ބުންޏެވެ. އެކަމަށް މިޔާނާ އާއި ޢަބްދުއްޝަކޫރު ހިތާއި ފުރާނައިން ގަބޫލުވިިއެވެ. ލޫކް ގެ ހިތަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. އަލްޔާ އޭނާގެ މީހަކަށް ވާން ދެން ގިނަ ދުވަހެއް ނެތޭ ހިތަށް އެރުމުން ކައިރީގައި ހުރި އަލްޔާގެ އަތްތިލަ އަށް ފިތާލިއެވެ.
“ދައްތާ! ދައްތަ ނެތްތަ އެއްޗެއް ބުނަން” ޝަރީފާ އަށް ބަލާލަމުން އޭނާ ޝަރީފާ އަށް އަބަދުވެސް މުހާތަބް ކުރާ ނަމުން ލޫކް އަހާލިއެވެ.
“ކޮން ދައްތައެއް” ދެފަރާތް ބަލާލަމުން ޝަރީފާ ބުންޏެވެ. ލޫކް ކައިރިއަށް ހިނިއައެވެ. ބާލީ ތިބި މީހުން ވެސް ތިބީ ހިނިއައްސައެވެ.
“އެހެންޏާ ފަހެ….ބޮއްތި ކިޔާ.. އަލްޔާ ވެސް ކިޔަނީ އެހެން… އެހެންނޫނަސް އެކުއްޖަކު ލޯބިވާ މީހަކާ އިނީމަ ރަނގަޅުވާނެ. ބޮއްތި ނޫޅެން އެވާހަކަ ދައްކާކަށް. ހިނގާބަލަ ބޮއްތި ގޮވައިގެން ދުވަން ދާން. އަނެއްކާ ވެސް ބަރުވާން ފަށައިފި. އެކަމަކު މިފަހަރު ބޮއްތި ބޭނުމީ ބަތް ކައިގެން ނުދުވެ ބަރުދަން ލުއި ކުރަން” ޝަރީފާ ދައްކަންފެށި ވާހަކައަކުން އަލްޔާ ކައިރިއަށް ހިނިއައެވެ. ލޫކް ވެސް ތިއީ އެއްވެސް ކަމެއް ނޫން ކަމުގައި ބުުންޏެވެ.
އެގާރަގަޑި ތިރީހުގައި ޑިއުޓީ ނިންމާފައި އައިސް ލޫކް ބޭނުންވީ އަލްޔާ ގޮވައިގެން މިރެއަށް ހާއްސަކޮށް އޭނާ ޕްލޭން ކޮށްފައިވާ ރަށަށް ދާށެވެ. ލޫކް ވަނީ އަލްޔާ އަށް ނޭނގޭނެހެން މިޔާނާގެ ހާއްސަ ހުއްދައެއް އެކަމުގައި ހޯދާފައެވެ . އެހެންކަމުހް އަލުން ދަރުބާރުގޭ ކައިރިއަށް އައިސް އަޅައިގެން ހުރި ޓައީ ނައްޓުވާލާ ސައިކަލް މަޑި ދަށަށް ލުމަށްފަހު ބެގީ ވެސް ނައްޓުވާލިއެވެ. އަދި ފޯނުން އަލްޔާ އަށް ގުޅާލުމުން ދުވަމުން ކަހަލަ ގޮތަކަށް އަލްޔާ އައިސް ލޫކް ކައިރީގައި ހުއްޓުނެވެ. ލައިގެން ހުރި ބޮޑު ހެދުމާއެކު ސައިކަލް ފަހަތަށް އެރުން އަލްޔާ އަށް ވީ އުނދަގު ކަމަކަށެވެ. އެހެންކަމުން ވިސްނައިގެން ހެދުމުގެ ފަސްބައިގާ ހިފަހައްޓާލައިގެން އަނެއް އަތުން ލޫކް ގައިގާ ބައްދާލައިގެން އަލްޔާ އިނެވެ. އަލްޔާ އާއި ސަމާސާ ކުރަމުން ލަދުގަންނަވަމުން ލޫކް ސައިކަލް މަޑުކޮށްލީ ވިލިމާލޭ ފެރީޓާމިނަލަށޑެވެ.
އަލްޔާ އަތުގައި ހިފައިގެން ލޫކް ފެރީއަށް އެރިއެވެ. އަދި އަލްޔާ ކަންބޮޑުވުމުން ލޫކް ވަރަށް ލޯބިން ވަރަށް އަވަހަށް ގެއަށް ގެންގޮސްދޭނަމޭ ބުނެ އަލްޔާ ހިތްހަމަޖައްސައިދިނެވެ. ފެރީ ކައިރިކުރުމާއެކު އަލްޔާ އާއި ލޫކް ފޭބީ އެންމެ ފަހުންނެވެ. ވިލިމާލޭ ފެރީޓމިނަލުން އަތިރިމައްޗަށް ނިކުމެވެން ހުންނަ ގޯޅިން އަލްޔާ ގޮވައިގެން ލޫކް އައީ ވިލިމާލެ ޕޮލިސް ސްޓޭޝަނާއި ވީ ދިމާލަށެވެ. އަރައިގެން ހުރި ހީލްސް އިން މަޑު ފަސްގަނޑުގައި އަލްޔާ ގެ ހިނގުމަށް ދަތިތަކެއް ކުރިމަތި ވުމުން އަލްޔާ އެފައިވާން އޭނާގެ އަތަށް ނެގިއެވެ. ނަމަވެސް ލޫކް އަލްޔާ އަތުން ފައިވާން އަތުލާ ލޫކް އަތުން އަލްޔާ ގެ ފައިވާނުގާ ހިފިއެވެ.
“އޯކޭއޭ ލޫކް… ލައި އަށް ހިފޭނެ ތީގަ” އަލްޔާގެ ފައިދަށުގައި އޮންނަ އެއްޗެއް ލޫކް ލައްވާ އުފުލަން ބޭނުންނުވާތީ ބުންޏެވެ.
“ޝްޝްޝް… މީ ޕްރިންސަސް އަށް ވަރަށް ހާއްސަ ރެއެއް. އެހެންވީމަ ބަސްއަހައިގެން ރީތިކޮށް ހުރޭ” އަލްޔާގެ އުނަގަނޑުގައި އަތް އަޅުވާލަމުން ލޫކް ބުންޏެވެ. ލޫކް އަލްޔާ ގޮވައިގެން ވަނީ ވިިލިމާލޭ ޕޮލިސް ސްޓޭޝަންގެ ފުލުހުންގެ ބެރެކްސް ހުރި ދިމާ ބީޗަށެވެ.
“ވާއޮ.. ބަލާބާ އެތަން.. ހާދަ ރީއްޗޭ ދޯ” ކުޑަކުއްޖެއްހެން ދެއަތް ޖަހާލަމުން އަލްޔާ ބުންޏެވެ. ލޫކް ވެސް އެދިމާ ބަލާލިއެވެ. އަދި އަލްޔާގެ މޫނަށް ބަލާލަމުން ހީލިއެވެ.
“އާނ. ވަރަށް ސަޅި. އެވެސް އަހަރެމެން ކަހަލަ ލޯބީގައި ދީވާނާ ވެގެން އުޅޭ ކޮންމެސް ދެލޯބިވެރިއެއްގެ މަންޒިލް ދޯ” ފުލުހުންގެ ބެރެކްސް ތެރެއިން މޫދު ފެންނަ ހިސާބުގައި އުއްބައްތި ތަކުން ޖަރީކޮށްފައިވާ ތަންގަނޑަށް ބަލާލަމުން ލޫކް ބުންޏެވެ. އަދި އަލްޔާ އަށް ބަލާލީ ފާޑަކަށް ހިނިއައްސަ ހުރެއެވެ.
ވަކި ހިސާބަކަށް ދެވުނު ފަހުން ލޫކް އަލްޔާ ހުއްޓުވިއެވެ. އަދި އަލްޔާގެ ފުރަގަހުގައި ހުއްޓުމަށްފަހު އަލްޔާގެ ކަންފަތާއި ކައިރިވެލިއެވެ.
“ލައި އިތުބާރު ކުރަންތަ މަށަށް” ލޫކް ވައި އަޑުން އަހާލިއެވެ. އަލްޔާ އަވަސް އަވަހަށް ބޯޖަހާލިއެވެ. އަލްޔާގެ ޖަވާބު ލިބުމާއެކު ލޫކް އޭނާގެ ޖީބުން ނެގި ސްކާފުން އަލްޔާގެ ދެލޯ ނިވާކޮށްލިއެވެ. އަދި އަލްޔާގެ ދެކޮނޑުގައި ހިފައިގެން ހުރެ މަޑުމަޑުން ކުރިއަށް ދިޔައެވެ.
ފުލުހުންގެ ބެރެކްސަށް ލޫކް އަލްޔާ ގޮވައިގެން ވަނުމަށްފަހު އިޝާރާތުން އެތަނުގައި އެވަގުތު ތިބި ދެތިން ފިރިހެން އޮފިސަރުންނަށް އަޑެއް ވެސް ލައްވާ ނުލުމަށް ބުންޏެވެ. އެކުދިން ލޫކް ބުނިހެންމަޑުމަޑުން ހެވިފައި ތިއްބެވެ. ލޫކް އަލްޔާ ބޭންދީ ހިތްބަށްޓަމަށްވާ ވަށައިގެން އުއްބައްތި ޖަހާފައިވާ ތަނުގެ ތެރޭގައި މަޑު ދޮންވެލިގަނޑު މަތީގައެވެ. އަދި ފަހަތުން އައި ފިރިހެން ފުލުހެއް ލޫކާއި ދިމާލަށް އެއްލި ބޮޑު ގިޓާ ލޫކް ހުށިޔާރު ކަމާއެކު ހިފިއެވެ. އަދި އަލްޔާ ކުރިމަތީގައި ލޫކް ވެސް އިށީނެވެ. ލޫކް ބުނިހެން އެއްވެސް ބަހެެއް ނުބުނެ އަލްޔާ ވެލިގަނޑު މަތީގައި އިނެވެ. ނަމަވެސް ވާން އުޅެނީ ކީއްކަން ނޭނގޭތީ އިނީ ފިނިވެފައެވެ.
ތަނުގައި ވަށައިގެން އުއްބައްތި ދިއްލާފައި ހުރިއިރު ދެފަރާތުން ވަނީ ނިވާކޮށްފައެވެ. ހާމައަށް ފެންނަން އޮތީ މޫދެވެ. ދުރުދުރުން މާލޭގެ މަލަމަތި ރޭގަނޑަށް ދިއްލާފައި ވާގޮތުން ބަލާލަން ކިތަންމެހާ ވެސް ހިތްގައިމެވެ. އަނދިރިކަން ވެރިވެފައިވާ އުޑުމަތިން ވިދާބަބުޅަމުން ދިޔަ ތަރިތައް ބަލާ މީހަކު ފޫހިނުވާނޭކަން ގައިމެވެ. ކަނޑުގެެ އެކި ހިސާބުތަކުގައި އަޅާފައިވާ ބޯޓުތަކާއި ސަފާރީތައް ދުރުން ފެންނައިރު ހީވަނީ ޖަވާހިރުކޮޅު ތަކެއް ހެންނެވެ. ޖެހެމުންދާ މަޑުމަޑު ވައިރޯޅިއާއި އެއްވަރަށް އުއްބައްތި ތަކުގެ ހުޅުކޮޅު ވެސް ނަށާލަ ނަށާލަ ހުއްޓެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
39 Comments!
Comments are closed.





assalam alaikum…. alhamdhulillah… mi bai ves up kurevifa miothy… kury partah comment kuri huriha kudhinnah varah bodah thankyou 🙂 huriha kudhinnah ves look and lai ge weddin ah invite kuran.. adhi rasmeekoh invite kuraanan engey…. ushaali ah thi dhevva supportah thi huriha kudhinnah shukuruverivan 🙂 🙂 🙂 love you huriha kudhin 🙂 … next episode maadham rey hen heevany up kureveynee…. insha allah….
shukuriyya
V v reethi.. masha allah.
vvvv reethi
V habeyssss.. ❤❤❤❤❤❤❤❤
Varah ves reethi.?
Kiyaa hithun hutta nimuny ?
Waiting for next part
speechless….
Waaaw…. speech less…
Thnks ushaali…
Btw me first
Kalo 7 vanaiga thiulheny ????
ushaali its beautiful………….. waiting for next part
Awwn reethi ingey.. Kiya kiyaa indha e nimunee.. Waiting for next part
sooo cute?
thanks ushaa..?
ushaali meega innany kithah part kan bunedheeba
VVVVV reethi,,,
I am comming to wedding party…
To wish alya and look a happy life…???????
Masha allah speech less ushaali.masah vas mihaa lobi vaa meehah libaynama konfadha.
Haadha reethi story eh
v reethi story n nice pic
Waaaaaaaaaaau…..varhhhhhhhhh salhi…. ??
Waiting next part ah … Avskhpa dheythi
Ushaali u r the best ❤❤
wow… speechless… Im lovin it…. waiting for next part…..
Avahah thaiyyaaru vaan v dho kula bunyma eh noon dress fehey ny….?vvvvv reeeeerethi waitng for their wedding ???????????..
V v v reethi next part avaha kiyahiyvany
V v v reethi
Vvvvv reethi vaahaka..❤❤❤ thnx ushaaaàliiiiii….
Woah . Bunaani ehcheh nethifa mi iny . V loabi???????
Luk haadha filmee ey dho. Dhen maa randaali ulheyley vs.
Hajam babe
Wowwwwww. ?. Varah varah reethi.. hama brilliant
Woww haadha rycheyyy mi bai vx ……..theme bunahchey eyrunnehnu hedhun vx fahan ingeyny dhw ushaali
fuluhun laigen vaahaka hadikuranee
Vvv reethi ???
Obiness to the maxx!!!! Varah habeyss mi story..I just love it… look ah alyaa libeynii yeay ..wedding ge theme dhn buneyba..varah salhi vaaney ey hn hivey ey meehuge wedding.. Finally ey meehuh marry kuraanii..look and alyaa hadha happy vaaney..meehuh bunaanii hama thedheh thigu inthixaar ge nimuh fonivaaney..look and alyaa mehgeh inthixaar ge nimuh vs varah fonii..ehmmeh vs gabool dhw..thankiu ushaaa..keep it up ..one of thebest story ever?
kobaa next part haadha lahey avahah up koh ladeebala mirey up kohdeynantha
Kba story
kobaa storyy????? avahah up kohdhyba plzzzzzzzzz ushaaliiiii
ushaaaa….
koba nxt part…..
waitin waitin….
Up nukurevenyaa nubunaani up kuraanamey ingey
Kobaa next part
KBR tha alhe next part …??
Kbr tha story…… ???????
Alhe waiting ey