Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތުގެ ފަސާނާ 27

ShaiShy Level 410 Stories100 Comments500 Comments
December 3, 2016 4 Mins Read
15 Comments

ނިއުޅެމުންދާ ލޯބީގެ ވާހަކަތަކުގެ ބާބަށް އާސަފުހާއެއް އިތުރުވެގެން ހިނގައްޖެ ކަން ސޮފިއްޔާއަށް ވިސްނުނީ ކަރުނަ ފޮހެމުން ނިކުމެގެން ދިޔަ ސީމާ ފެނިއެވެ. ސީމާގެ ނަޒަރު ސީދާވެފައިވީ ދިމާއަށް ސޮފިއްޔާ ބަލާލިހިނދު އެހިތުގައިވި ސުވާލުފައްޗައް ބޮޅެއް އިތުރުވުން ނޫން ގޮތެއް ނުވިއެވެ. މިކަމުގައި އަވަސް ފިޔަވަޅެއް ނާޅައިފިނަމަ އޭގެ ނަތީޖާ ވަރަށް ހިތިވާނެކަމުގެ ސިގުނަލްތައް ސޮފިއްޔާއަށް ފެންނަމުންދިޔައެވެ.
**

“މިކީ…ކިހިނެއްވެފައިތަ ތިހުރީ؟ އުފަލެއްނުވޭތަ އަހަރެމެންގެ ލޯބި ކައިވެންޏާ ހަމައަށް ދިޔައީމަ..މިއީ އެއްދުވަސްވަރެއްގައި އަހަރެމެން ދެކުނު ހުވަފެނެއް މިއަދު ހަޤީގަތަކަށް އެވަނީ..އަހަރެން ކުރިއެކޭ އެއްގޮތަށް މިހާރުވެސް ލޯބިވަނީ ހަމައެކަނި މިކްޔާދެކެ…ތި ނޫން ކުއްޖަކު މިހަޔާތައް ގެންނަން އަހަރެން ބޭނުމެއް ނޫން..މިވީ 7 އަހަރު ދުވަހުގައި އަހަރެމެންގެ ދިރިއުޅުމުގައި ތަފާތު އެކިކުލަތައްޖެހި އެތަކެއް ބަދަލެއް އައިނަމަވެސް އަހަރެންގެ ހިތުގައި މިކްޔާއަށްޓަކައިވާ ލޯތްބަށް ބަދަލެއް ނާދޭ..” މިކްޔާގެ ދެލޯ ފުރިގެން ބަންޑުންވީ ތާޒާ ކަރުނައިން ޝަމާންގެ ހިތައް ވަރަށް އަސަރު ކުރިއެވެ. ނުހަނު އޯގާތެރިކަމާއެކު އެކަރުނަތައް ފޮހެލުމަށްފަހު ޝަމާންގެ މޭގައި މިކްޔާ ފޮރުވާލީ ވަށައިގެން ތިބި މީހުންނަށް ބެލުމެއްނެތިއެވެ.

މިކްޔާގެ ހިތުގައި އުފެދިފައިވާ ހައިޖާނު ގަނޑު ބޮޑުވެ ބޮލުރިހުމަކަށް ބަދަލުވިއެވެ. މިވަގުތު އޭނާ ބޭނުންވަނީ އެކަނިވެލުމަށެވެ.

” އައި ނީޑް ގެޓް ސަމް ރެސްޓް…ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީވެ މިއުޅެނީ..އޯކޭތަ އަހަރެން ރޫމަށް ދިޔަޔަސް..”ޝަމާން އާއި ދުރުވެލަމުން މިކްޔާ ބުނެލިއެވެ. އެވަގުތު ޝަމާންގެ މޫނުމަތީގެ ކުލަވަރު އޮއްސިގެންދިޔަގޮތް މިކްޔާ އަށް ފެނި އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ނިންމުނު ކަމެއްގެ ސަބަބުން އަނިޔާ ލިބިގެން އެދަނީ ކުށެއްނެތް ފަރާތްތަކަކަށެވެ.

**
ސޮފިއްޔާގެ ކޮޓަރިއަށް ވަތް މިކްޔާގެ ލޮލުގައި އެންމެފުރަތަމަވެސް އަޅައިގަތީ އެނދުމަތީގައި އޮތް ބޮޑު ޕާރުސަލެވެ. މަޑުހިނގުމެއްގައި ގޮސް އެނދުކައިރީގައި ހުއްޓިލުމަށްފަހު ޕާރުސަލް ނަގާ އޭތި ކަނޑާލިއެވެ. އެތެރޭގައި އޮތް ހުދުކުލައިގެ ވެޑިން ޑްރެސް ފެނިފައި މިކްޔާ ހައިރާންވިއެވެ. އައުފް މިކޮޅަށް އައީ ކައިވެންޏަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. މިކްޔާގެ ޝަކުވާއަކީ އެއިން އެއްވެސް ކަމެއް އޭނައާއި ހިއްސާނުކުރި ކަމެވެ.
ޕާރސަލް ފޮށިތެރޭގައި ފަތްޖަހާލެވިފައި އޮތް ކަރުދާސް ކޮޅެއްފެނުމުން މިކްޔާ އަވަހަށް އޭތި ނަގާފައި އެތެރެ ބަލާލީ އަވަސްވެފައިވާ ހިތަކާއިއެކުއެވެ.

“މިކްޔާ އަށް އިނގޭނެ އަހަރެން ތިކައިވެނީގައި ބައިވެރި ނުވަނީ ކީއްވެކަން..އަހަރެންގެ ދުލުން ނުބުނިކަމުގައިވީނަމަވެސް މިދެލޮލުން އަބަދުވެސް މިކްޔާ އަށް ލޯބި ފެންނާނެ…އަހަރެންނަށް އިނގޭ މިއީއެއްނޫންކަން ލޯބިވާގޮތް ހާމަކުރަން ޖެހޭގޮތަކީ…އަހަރެން މިކްޔާދެކެ ހިތާފުރާނައިން ލޯބިވަން…އެންމެ ފުރަތަމަ ފެނުނު ދުވަހުވެސް ތި ރީތި ސޫރަ މިހިތުގައި ބިންވަޅުނެގިންދިޔަ..އޭރު މިކްޔާގެ ނުކުޅެދުންތެރިކަމުން އަހަރެންނަށް އުނިކަމެއް ނުފެނުނު..އޭގެ ބަދަލުގައި އަހަރެންގެ ހިތުގައިވި ލޯބި އިތުރަށް ފުންވެގެން ދިޔުން ނޫން ކަމެއް ނުވި..އެކަމަކު މިއަދު އަހަރެންނަށް ވަނީ ހަޤީގަތް އެނގިފައި..މިކްޔާގެ ހިތުގައި ފޮރުވައިފާ ލޯބި އަހަރެންނަށް ވަންހަނާއެއް ނުކުރެވުނު..މިއަދު އަހަރެން ބޭނުން މިކްޔާއަށް ލިބެންޖެހޭ އުފާވެރިކަން ހޯދައިދޭން…އަހަރެން ޤަބޫލު ކުރާގޮތުގައި ޝަމާން ފިޔަވައި ދެވަނަ މީހަކަށް ތިހަޔާތަށް ދިރުން ގެނެސް ނުދެވޭނެ..އަހަރެންގެ ދުޢާއަކީ މިކްޔާއަށް އުފާވެރި ބާއްޖަވެރި ހަޔާތެއް ލިބުން..ދެން ނޭނގެ ބައްދަލުވާނެ ކަމެއްވެސް..ހިތްހެޔޮ ކުރާތި… – އަބަދުވެސް އެންމެ ހެޔޮއެދޭ އައުފް-

އެގަނޑުކޮޅު ކިޔާ ނިމުނުއިރު މިކްޔާގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. އައުފް ކަންތައް އެކުރި ގޮތުން މިކްޔާގެ ހިތުގައި އެތައް ސުވާލުތަކެއް އެނބުރެމުން ދިޔައެވެ. އައުފް އެބުނާ ހަޤީގަތަކީ ކޮބައިހެއްޔެވެ؟ ޝަމާން އާއި އޭނާގެ ގުޅުން އައުފަށް އެނގުނީ ކިހިނަކުން ހެއްޔެވެ؟ މިހާ ކުއްލި ގޮތަކަށް ކައިވެނި ރޭވިގެން އެދިޔައީވެސް މިކްޔާ އަށް ވިސްނާލާނެ ފުރުސަތެއް ނުލިބިއެވެ. އޭނާ އެވަނީ ޝަމާން އާއި ކައިވެނި ކުރަން ރަންވެސް ކިޔާފައިއެވެ. ޖަޒުބާތުގައި ޖެހިގެން ދިރިއުޅުމުގެ މުހިއްމުކަމެއް މިކްޔާއަށް ނިންމުނީ އޭގެ ނަތީޖާ ނިކުންނާގެ ގޮތަކާމެދު ވިސްނާ ނުލެވިއެވެ. މިކްޔާ ބޭނުންނަމަ ޝަމާން އާއި ވާހަކަ ދައްކައިގެން އެކައިވެނި ލަސްވެސް ކުރެވުނީހެވެ. އެކަމަކު އަދި ރިޒޯޓަށް އައިފަހުން ޝަމާން އާއި ވާހަކަވެސް ދައްކާ ނުލެވި އުޅެނިކޮށް ކުއްލިއަކަށް ކައިވެނި ހަމަޖެހިގެން ދިޔުމުން މިކްޔާ އެހުންނަނީ ދެފިކުރެއްގައިއެވެ.

ހިތުގައި އަޒުމެއް ކަނޑައަޅަމުން މިކްޔާ ބޭރަށް ހިނގައިގަތީ ޝަމާން އާއި ބައްދަލު ކުރުމަށެވެ. ވަގުތު ފާއިތު ނުވަނީސް މިކްޔާ ގޮތެއް ނިންމަން އެބަޖެހެއެވެ. ޝަމާން އާއި ބައްދަލުކޮށްފައި މެނުވީ އިތުރު ނިންމުމެއް ނުނިންމޭނެއެވެ.

**
ހެނދުނު މާލެ ދިޔަގޮތަށް ޒީޝާ އެނބުރި ރިޒޯޓަށް އައީ މެންދުރުވީތަނާއެވެ. އަވިން ސަލާމަތް ވުމަށް ބޮޑު ތޮތްޕަކާއި އަވިއައިނެއް އަޅައިގެން ލޯންޗުން ފައިބައިގެން ޒީޝާ ދިޔައީ ރެސްޓޯރެންޓްތަކާ ދިމާއަށެވެ. އެވަގުތު ރެސްޓޯރެންޓުން ނިކުތް ފިރިހެނެއްގެ ގައިގައި ޖެހިފައި ޒީޝާ ވެއްޓެން ދިޔައެވެ. ބޮލުގައި އަޅާފައިވާ ތޮފެ ވެއްޓުނު ވަގުތު އެމީޙާކު ޒީޝާ އޭ ގޮވާލުމަށްފަހު އެއަތުގައި ހިފަހައްޓާފާއި ޒީޝާ ވެއްޓުނަ ނުދީ ސަލާމަތް ކުރިއެވެ. ހަށިގަނޑު ތެދުކޮށްލަމުން ޒީޝާ ކުރިމަތީގައި ހުރި މީހާ އާއި ދިމާއަށް ބަލާލިހިނދު ދެލޯ ބޮޑުވެގެން ދިޔައެވެ. މައިކަލްއަށްވެސްވީ ހަމަ އެފަދަ ގޮތެކެވެ. ކިޔާނެ ބަހެއް ނޭނގިފައި ދެމީހުންނަށްވެސް ތިބެވުނެވެ.

“ޑޭޑް..” ޒީޝާ ގޮވާލިއެވެ. އެހިނދު މައިކަލް ކުރިޔަށް ހިނގައިގަނެއްޖެއެވެ. އޭނާ އެވަނީ ޒީޝާދެކެ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައިއެވެ. ވެދިޔަ ކަންތައް ބަދަލު ނުކުރެވުނު ކަމުގައި ވިޔަސް ޒީޝާ އެގޮތައް އެންމެއްނަށް ފިލައިގެން ދިޔުމަކީ އެންމެ ރަނގަޅުގޮތެއް ނޫނެވެ.

“ޑޭޑް..އައި އޭމް ރިއަލީ ސޮރީ…ޕްލީޒް ފޮގިވްމީ؟” މައިކަލްގެ ފަހަތުން ހިނގަމުން އައި ޒީޝާ ބުނެލިއެވެ. މައިކަލް މަޑު ޖެހުމެއް ނެތި ކުރިއަށް ދިޔައީ ޒިޝާދެކެ ހިތްހަމަ ނުޖެހިފައި ހުރިވަރުންނެވެ. އެންމެ ފަހުން އެތަނުން ބެންޗެއްގައި މައިކަލް އިށީނދެލީ މީހުންގެ ލޯތަކުން ސަލާމަތް ވުމަށެވެ. ޒީޝާގެ އެތައް އާދޭހަކާއިއެކު މައިކަލް އެންމެ ފަހުން ޒީޝާއަށް މާފް ކުރިއެވެ. ޒީޝާއަށް އޭނަގެ ބައްޕަގެ ގޮތް ރަނގަޅަށް އެނގޭތީވެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރީ ކަރުނައެވެ. އިސާހިތަކު މައިކަލްގެ ހިތް މަޑު ކަފަ ކޮޅަކަށްވެ ޒީޝާގެ ބޮލުގައި ލޯބިން ފިރުމާލިއެވެ. އެއަށްފަހު ޒީޝާ އެ ރިޒޯޓާއަށް އައި ގޮތަކާ ބެހޭގޮތުން ސުވާލު ކުރިއެވެ. ޒީޝާވެސް ފަސޭހަކަމާއެކު ވާހަކައެއް ހަދާލިއެވެ. އަދި މައިކަލް ފެނުމުން ވަރަށް ހައިރާންވިކަމާއި މިކޮޅުގައި ކީއްކުރަނީތޯ ސުވާލު ކުރީ ޖަވާބުވެސް އެނގިހުރެއެވެ. ޒީޝާގެ އަމާޒަކަށްވީ އޭނާއަށް އެކައްޗެއްވެސް ނޭނގޭކަމަށް ހެދުމެވެ. މައިކަލްގެ ވާހަކަތައް ނިމުމާއިއެކު ޒީޝާ ބޭނުންވީ ސޮފިއްޔާއާއި މިކްޔާގެ ކިބައިންވެސް މާފަށް އެދޭށެވެ. ހަމައެކަނި މައިކަލްގެ ލޮލުގައި އަނދުނެއް އެޅުވުމަށްވެސް އޭނާ އެކަން ކުރަން ޖެހެއެވެ. އެގޮތުގައި ޒީޝާއަށް އޭނަގެ މަޤުސަދު ހާސިލް ކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޒީޝާއާއި މައިކަލް އިރުކޮޅަކު ވާހަކަދައްކަންތިބެފައި އެތަނުންތެދުވެގެން ދިޔައީ ސޮފިއްޔާއާއި ބައްދަލު ކުރުމަށެވެ. ޒީޝާވެސް މިހާރު އެހުރީ އެއް މުސީބާތުން ސަލާމަތް ވެފައިއެވެ. އިކުރާމު ކަހަލަ މީހަކާ ދިމާވިކަން އެއީ ހަމަ ނަސީބޭ ޒީޝާގެ ހިތައް އަރަމުން ދިޔައެވެ. އެހެން ނޫންނަމަ އެހާ ފަސޭހަ ކަމާއިއެކު މައިކަލްއަށް ހިލަމެއް ނުވެ ބަނޑުގައިވި ދަރިފުޅު ނައްތައެއް ނުލެވޭނެއެވެ. އަމިއްލަ ފަސްގަނޑުގައި އެކަން ކުރިނަމަ ކޮންމެވެސް ދުވަހަކުން މީހެއްގެ ފަރާތުން މައިކްލގެ ކަންފަތައް އެ ސިއްރު އިވިދާނެތީވެ ޒީޝާ ޖެހިލުންވެ ހަނދާނެގޮތެއް ނުވިސްނިފައި ހުއްޓައި އިކުރާމްގެ ފޯން ކޯލް އައުން އެއީ ޒިޝާގެ ދިރިއުޅުމުގައި އާ ސަފުހާއެއް ހުލުވިގެންދިޔަ ކަމަކަށްވިއެވެ. މިހާރު އޭނާ އެއްގޮތަކަށްވެސް އިކުރާމާއި ދުރަށް ދާން ހިޔާލެއް ނުކުރެއެވެ. މިވީ ދެތިން ދުވަހުގައި އިކުރާމްގެ ފަރާތުން ޒީޝާއަށް ލިބުނު “ލޯބި” ބީވެދާކަށް އޭނާގެ ޒަމީރު އެއްބަސް ނުވެއެވެ.

**
ޝަމާންގެ ކޮޓަރީ މީހަކު ޓަކި ދިން އަޑަށް ދޮރު ހުޅުވުމާއިއެކު ކުރިމަތީގައި ހުރި މިކްޔާފެނި ކަމެއް ގޯސްވާން އުޅޭކަމުގެ ކޮޅުމަތި ފެނުނެވެ. މިކްޔާގެ ތެމިފައިވާ އެސްފިޔަތަކާއި މިލާފައިވާ މޫނުމަތިން އެކަމުގެ އަލާމާތްތައް ފެނެއެވެ. އެތެރެއަށް ވަނުމަށް އިޝާރާތް ކުރަމުން ޝާމާން އެއްފަރާތައް ޖެހިލި ނަމަވެސް މިކްޔާ އެހުރި ގޮތަށް ހުއްޓި ހުރީ ވާހަކައެއް ބުނަން ބޭނުންވެފައި ކަހަލަ ގޮތަކަށެވެ. އެކަން ޝަމާންއަށް އެނގުންވީހިނދު މިކްޔާގެ އަތުގައި ހިފާލުމަށްފަހު ހިނިތުންވެލިއެވެ.

“މިކީ! ކޮންކަމާ މާ ބޮޑަށް ހާސްތިވަނީ…ތި ބުނަން ބޭނުންވާ ވާހަކައެއް ބުނެބަލަ..އަހަރެން މިހުރީ އަޑުއަހަން..” އެހުރި ގޮތަށް މިކްޔާގެ އަތުގައި ހިފަހައްޓައިގެން ހުރެ ޝާމާން ބުނެލިއެވެ.

މިކްޔާ އިސްޖަހާލުމަށްފަހު ދެލޯ މަރާލީ އޭނާ ދެން ބުނަން އެއުޅޭވާހަކަ ބުނުމުން ޝަމާންގެ ހިނިތުންވުން ފަނޑުވެގެންދާތަން ބަލަން ބޭނުން ނުވުމުންނެވެ. .

“އައި ކާންޓް މެރީ ޔޫ…” ތުރުތުރުލަމުން ދިޔަ އަޑަކުން މިކްޔާއަށް އެހެން ބުނެވުނީ ނުހަނު އުނދަގުލުންނެވެ.

އެވަގުތު ޝަމާންގެ އަތް މިކްޔާގެ އަތުން ދޫވި ކަމުގެ އިހުސާސްވުމާއެކު އިސްއުފުލާ މިކްޔާ ބަލާލިއެވެ. އެދެމީހުންގެ ފަހަތުގައި އެކޮޓަރީގައި ހުރި ސީމާގެ އަތުގައި ހުރި ފައިލްތައްވެސް ބިންމައްޗައް ވެރުނީ ހަމަ އެވަގުތުއެވެ. މިކްޔާއާއި ޝާމާން އަށް އެކުއެކީ ސީމާއާއި ދިމާއަށް ބަލާލެވުނެވެ. ސީމާ ހުރީ ހަދާނެގޮތެއް ނޭނގިފައި އެދެމީހުންނާ ދިމާއަށް ބަލހައްޓާއިގެންނެވެ. ދާދި ދެންމެ މިކްޔާބުނި އެއްޗަކުން ހައިރާންވީނަމަވެސް ސީމާގެ ހިތުގައި ޝަމާން ހާސިލް ކުރެވިދާނެކަމުގެ އުއްމީދު އާވެލިއެވެ. ސީމާގެ ދެލޮން އެކަމުގެ އުފާވެރިކަން ވިދަމުން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ShaiShy

Level 410 Stories100 Comments500 Comments

Other Articles

Previous

ޝެލީން 16

Next

ޢަޞްރު (އެގާރަވަނަ ބައި)

Next
December 3, 2016

ޢަޞްރު (އެގާރަވަނަ ބައި)

Previews
December 3, 2016

ޝެލީން 16

15 Comments!

  1. kayashandy says:
    December 3, 2016 at 3:15 pm

    ingey kurukan…? ekam dn hama vaguthu libey varakun up kuranee mi…heekuran readers understand vaane kamah..mihaathanahves support dhemun anna hurihaa kudhinnan v bodah thankz…☺ heekuran thigothah mi story nimendhen support dheyne kamah…love u all?
    keep waiting for next part n leave ur comments after reading ❤

  2. candycane says:
    December 3, 2016 at 3:17 pm

    Maa bodah ves kuru.
    Ekamves reethi.
    Waiting for next part

    1. kayashandy says:
      December 3, 2016 at 3:33 pm

      thanku ☺

  3. yax says:
    December 3, 2016 at 3:27 pm

    Nice
    I love it??
    keep it up????

    1. kayashandy says:
      December 3, 2016 at 3:41 pm

      thnkz alot for de comment ☺ ? ? ❤ ? ✌

  4. Shaa says:
    December 3, 2016 at 3:30 pm

    dhn ok kayashandy vyma ?.. varah reethi.. waiting for the next part ??

    1. kayashandy says:
      December 3, 2016 at 3:43 pm

      heheh… ? happy to ur comment shaa?? keep waiting…insha allah u won’t wait so long…☺

  5. a says:
    December 3, 2016 at 3:33 pm

    I can,t wait now plx avahah up koladheebala vvvv reethi mi story

    1. kayashandy says:
      December 3, 2016 at 3:46 pm

      insha allah i ll try to upload it soon…keep waiting ☺ ❤ ?

  6. arsy says:
    December 3, 2016 at 3:55 pm

    nice ekm haadha kurey.. ☺☺☺

    1. kayashandy says:
      December 3, 2016 at 4:11 pm

      thanku arsy?? will try to a long episode ☺

  7. ?mixoo says:
    December 3, 2016 at 4:03 pm

    salhi?

    1. kayashandy says:
      December 3, 2016 at 4:12 pm

      thankz mixoo??

  8. Xee says:
    December 3, 2016 at 10:39 pm

    Nices story, watting for next part,??

  9. Lam says:
    December 5, 2016 at 12:47 pm

    Vv reethi..avahah up kohdhey thi…kondhuvaheh mihaaru inthizaaru kuraa thaa…vv happy vehjje up kohdhinmeema

Comments are closed.

Next Episodeމިހިތުގެ ފަސާނާ 28←


All Right Reserved!