Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެކީ ދެވިއްޖޭ..33

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
December 23, 2016 9 Mins Read
19 Comments

 

 

އެތަށްއިރަކު ކިއާރާ ޒާއިންއާއި ވާހަކަދެއްކިއެވެ. ޒާއިންވެސް ފަރުވާތެރިކަމާއި އެކު ވަރަށް ވިސްނައިގެން ކިއާރާއާއި ވާހަކަދެއްކީ ބުނެވޭނެ ބަހަކުންވެސް ކިއާރާއަށް އެއްޗެއް އެނގިދާނެތީއެވެ. ކިއާރާ ހިތްއެކީ ސާފްވިއެވެ. ހިތްހަމަޖެހުމާއި އެކު ފޯނު ސަމާހްއަށް ހަވާލުކުރީ ޝުކުރުދަންނަވަމުންނެވެ. ސަމާހް ތެދުވީ ކިއާރާގެ ހުސްވެފައިވާ ފެންފުޅި ފެނިފައި ފެންފުޅިއެއް ގަންނަން ދާންވެގެންނެވެ. ކިއާރާ ކައިރި އިނުމަށް ބުނެފައި އޭނާ ހިނގައިގަތީ ފުންވިސްނުމެއްގައި ހުރެފައެވެ. “އެހެންވީމަ ކިއާ އަކަށް ނޭނގޭނެ އަޔާން ކުރިކަންތަކެއް… ކިއާގެ މަންމަގެ ކަންތަށްވެސް ނޭނގޭނެ… އަދިވެސް އަޔާން….” ސަމާހް އަމިއްލަ ހިތާއި ވާހަކަދައްކަމުން ގޮސް ދޮރު ހުޅުވާލާ ނިކުތް ވަގުތު އޭނާގެ ފިޔަވަޅުތަށް ހުއްޓުނެވެ.. “އަ..އަޔާން..” ސަމާހްއަށް ބުނެލެވުނީ ކުރިމަތީ ހަމްނާއާއި ގޮވައިގެން އައިސް ހުރި އަޔާންއަށެވެ. އަޔާންގެ މޫނުމަތީވާ އަސަރު ރަނގަޅަށް ސަމާހްއަށް ފާހަގަވެއެވެ. އަޔާން ހުރީ ބީރައްޓެހިގޮތަކަށް ސަމާހްއަށް ބަލަހައްޓައިގެންނެވެ. އޭނާއަށް ސަމާހް ފެނިފައިވިނަމަވެސް ސަމާހްއެއް ނޭނގެއެވެ.

“ސަމާހް… ޒާއިންގެ ކަޒިންއެއް.. އެން ކިއާ ގެ ފްރެންޑެއް..” ސަމާހް ބުނެލީ އެ ދެ މީހުންނަށްވެސް ތައާރަފްވެލަންވެގެންނެވެ. ހަމްނާ ބޯ ޖަހާލީ ހިނިތުންވެލާފައެވެ. “ކިހިނެއްވީ ކިއާރާއަށް؟؟؟ ރަނގަޅުތަ؟؟؟ ރޭގައި އަޔާން އެހެން ބުނީމަ އަންނަން އުޅުނީމޭ އެކަމްވެސް އަޔާން މިއަދު އަންނަން ބުނީމަ މަޑުކުރީ…. ހުރިހާ ކަމެއްވެސް ރަނގަޅުތަ؟” ހަމްނާ ހާސްވެފައި އެހިއެވެ.. ސަމާހް އަޔާންއަށް ބަލާލިއެވެ. “ދައްތާ.. ކިއާގެ އަތް އޮތީ ބިންދައިގެން ގޮއްސަ… ބޮލުގެ ނާށިގަނޑަށް ހުރީ ގެއްލުން ލިބިފަ ސިކުނޑީގެ ނާރެއްފިތި ލިބުނު ގެއްލުމަކާއި ގުޅިގެން 3 މަހުގެ.. މި ވޭތުވެދިޔަ 3 ނޫނީ 4 މަސް ދުވަހުގެ ހަނދާނެއް އޭނާއަކަށް ނެތް… މެމޮރީ ލޮސްވެފަ ހުރީ… އޭނާއަށް ނޭނގޭ އަޅުގަނޑުވެސް.. އަޅުގަނޑު އާއި ދިމާވީ މީގެ މަހެއްވަރު… އެހެންވެ ޑޮކްޓަރުވެސް ފަތުހީބެވެސް ލަފާ ދެއްވީ ކިއާރާ އަމިއްލައަށް ހަނދާންވަންދެން އެއްވެސް ވަރަކަށް މި 3 މަސްތެރޭ ހިނގި ކަންތަށް ނުކިޔަން.. އެހެންނޫނީ އެވަގުތު ވެސް ބުނެވޭނެ އެއްޗަކުން އޭނާގެ ސިކުނޑިއަށް ވިސްނަން ފުރުސަތު ލިބި އިތުރަށް ގެއްލުން ލިބިދާނެކަމަށް ބުނަނީ… އެއްވެސް ވަރަކަށް ވިސްނިޔަ ނުދީވޭތޯ ބަލަންޖެހޭނީ…” ސަމާހް ކިޔައިދިނެވެ.

“ޔާރައްބީ…. އެ ކުއްޖާ ފުޅު… ކިހިނެއް ބައްދަލު ކުރާނީވެސް.. ދައްތަވެސް މި ދިމާވީ ވަރަށް ފަހުންނެއްނު ދެން ކިހިނެއް ހަނދާންހުންނާނީ..” ހަމްނާ ބުނީ ދެރަވެލާފައެވެ. “ދައްތައަށް ބައްދަލުކުރެވިދާނެއޭ.. ކޮންމެވެސް ވާހަކައެއް ހައްދާލާ.. އެކަމް ދިމާވި ވާހަކަވެސް އެއްވެސް އެއްޗެއް ނާންގައްޗޭ….” ސަމާހް ބުންޏެވެ. ހަމްނާ އޭނާ އަތުގައި އޮތް ކޮތަޅު ހިފައިގެން ވަނެވެެ. އަޔާން ނުދާން ހުރުމުން ސަމާހް ވަންނަން އެދުނެވެ. “އޯކޭ ވާނެ.. އޭނާގެ ހަނދާނަކަށް ނާދޭ އަޔާން ކުރި އެއްވެސް ކަމެއް…. އޭނާ ފުރަތަމަ ބޭރުވި ނޭވާއާއި އެކުވެސް އެދުނީ އަޔާން އަށް… ފުރަތަމަ ބަހަކަށް ވީ އަޔާން… އޭނާ ވަރަށް އުފާވާނެ އަޔާން ބައްދަލުކޮށްފިއްޔާ… އެއީ މި 3 މަސްތެރޭ ތިދެމީހުން ދޭތެރޭ ހިނގި އެއްވެސް ކަމެއް އޭނާ ހަނދާނެއް ނެތް… ފަތުހީ ސަރ ބުނުއްވީ އާރޓިފިޝަލް ބީޗްގައި ހިނގި ކަމޭ އެންމެ ފަހުކަމަކަށް އޭނާ ހަނދާންހުރީ.. އޭގެ ކުރިން މާ ބޮޑުކަމެއް ނުވޭނު ތިދެމީހުންގެ ދޭތެރޭ…. އަޔާން ޔޫ ކޭން ގޯ އެން މީޓް ހާރ..” ސަމާހް ބުނެލީ އަޔާންގެ ކޮނޑުގައި ޖަހާލަމުންނެވެ. އޭނާ އެކަން ކުރަން ބޭނުންވީ ކިއާރާގެ އުފަލަކަށެވެ. ކިއާރާ އަވަހަށް ރަނގަޅުވާނީ ސިކުނޑިއަށް އަރާމާއި ހިތްހަމަ ޖެހުން ލިބިގެން ކަމަށް އޭނާއަށް ހީވިއެވެ. އޭނާ އަށް ސަމާހް ނުވެސް އިނގޭތާއެވެ. އަޔާން އާއި ވާހަކަދައްކާ ހެދުމުން އޭނާ ޔަޤީނުންވެސް އުފާވާނެއެވެ. އަޔާން ވިސްނާލިއެވެ. އެއީ އޭނާގެވެސް ހިތުގެ ހަމަޖެހުމެވެ. އަޔާން ބޯޖަހާލުމުން ސަމާހް ހިނގައިގަތެވެ.

…..

ކިއާރާ އަށް ހަމްނާއިނގެއެވެ. އެހެނީ ހަމްނާއަކާއި އަޔާން އަކާ މާ ބޮޑު ތަފާތެއްނެތެވެ. ކުރިންވެސް ވަނީ ހަމްނާގެ ފޮޓޮއެއް ފެނިފައެވެ. އަދިވެސް އެ މޫނުމަތީވާ ޒުވަންކަމާއި އުޖާލާކަން ދެގޮތެއް ނުވެ އެބަހުއްޓެވެ. ފާހަގަވީ އެހެންވެއެވެ. ކިއާރާ ހިތުގައި ސުވާލުއުފެދުނީ ހަމްނާ އައީ ކީއްވެކަމާއި މެދުގައެވެ. ހަމްނާ ކައިރި ބުނީ ކާކުބާއެވެ. ކިއާރާ އެ ވިސްނުމުގައ އޮއެފައިވެސް ހަމްނާއަށް ހިނިތުންވެލިއެވެ. ހަމްނާ އައިސް ކިއާރާގެ ބޮލުގައި ފިރުމާލަމުން އިށީނެވެ. “މިހިރީ ދައްތަ ގެނެސްދިން މޭވާކޮޅެއް… ރަނގަޅަށް ކައިގެން އަވަހަށް ރަނގަޅުވޭ އިނގޭ….. ދައްތައަށް ކިއާގެ އެކްސިޑެންޓް ގެ ވާހަކަ އިވުމުން މިއައީ ބައްދަލުކޮށްލަންވެގެން…” ހަމްނާ ހުރީ ބުނާނީ ކީކޭ ކަމެއް ނޭނގިފައެވެ. ކިއާރާއަށްވެސް އިތުރު ސުވާލެއްކުރާކަށް ނުކެރުނެވެ. އެހެނީ އޭނާ ގެ ކުރިމަތީ އެހުރީ އެ ހިތުގެ ރާޖާގެ މަންމައެވެ. އެނާގެ ވެސް ހުވަފެނުގެ ގަނޑުވަރުގައި މައިދައިތައެވެ. ކިއާރާ އެއީ ސަމާހް ނުވަތަ ޒާއިންގެ ފަރާތުން އެމީހުންނަށް އިވުނު ހަބަރެއްކަމަށް ބުނެ ހިތަށް ވިސްނައިދިނެވެ.

“ދައްތަ ދެންތަ އާފަލުކޮޅެއް؟” ހަމްނާ އެހެން ބުނުމުން ކިއާރާ ބޯޖަހާލީ  ހިނިތުންވެލާފައެވެ. ހަމްނާ ކޮތަޅުތެރެއިން އާފަލެއް ނަގާލުމަށްފަހު އެތާ ހުރި ކުޑަ ފާހަނައަށް ވަދެލާ އާފަލު ދޮވުނެވެ. އެއަށްފަހު ކިއާރާ ދެއްކިތަނުގައި އޮތް ވަޅިއަކާއި ކިއާރާ ކާ ތަށި ނެރެލުމަށްފަހު އެއަށް އާފަލުކޮޅުތަށް ފަޅިކުުރިއެވެ.. ހަމްނާ އައިސް އިށީނދެލުމުގެ ކުރިން ކިއަރާ އެނދު ކުޑަކޮށް އުސްކޮށްދިނެވެ.. ލިބުނު ރަނގަޅު ފުރުސަތެކޭ ހިތާ އަމިއްލަ އަމިއްލައިން ކިއާރާ މާފޮޅުވަމުން ދިޔައީ އަޔާންގެ ހިޔާލުގައެވެ.

އެވަގުތު އެތެރެއަށް ވަނީ އަޔާންއެވެ. ކިއާރާ ދެލޯ ބޮޑުވިއެވެ. ހަމްނާއަށް ބަލައިލެވުނީ ލަސްލަހުންނެވެ. އަޔާންއަށް ކިއާރާގެ ހާލުފެނިފައި ހިތްތެޅިގަތެވެ.ގޮސް ކިއާރާގެ ގައިގާ ބައްދާލަން ހިތްއެދުނެވެ. އަބަދު ކިއާރާ ކައިރި އިންނަން ހިތް އެދެންފެށިއެވެ. އަޔާން ފުންނޭވައެއް ދޫކޮށްލާފައި އައިސް ވަނެވެ. ކިއާރާ ހިތްތެޅިގަތެވެ. އޭނާ މިހާލުގައި އޮއްވާ އަޔާންއަށް ފެނުނަ ދޭކަށް އޭނާ ބޭނުމެއްނޫނެވެ. އަނެއްކާ އަޔާންއަށް ތެދު އިނގުނީބާއެވެ. ކިއާރާގެ ސިކުނޑިގައި އެތަކެއް ސުވާލުތަކެއް އުފެދުނެވެ. “ކިއާ އަޔާން އައީ ދައްތަ ގޮވައިގެންނޭ އެހާ ހާސްނުވޭ… އަން އަވަހަށް ދައްތަ އަތުން ކާލާ..” ހަމްނާ އަވަހަށް ބުންޏެވެ. ކިއާރަ ލަސްލަހުން ހަމްނާގެ މޫނަށް ނަޒަރު ހިންގާލެވުނީ އެ އޯގާތެރިކަން ފެނިފައެެވެ.

ހަމްނާ ކިއާރާއަށް އާފަލު ދިއްކޮށްލުމުން ކިއާރާ ވާއަތުން އާފަލުގައި ހިފަހައްޓަން އުޅުނެވެ. “އުނހު ވާއަތުން ކާކަށްނުވާނެ ދައްތަ ލަވާއިރު ކާލާ އަވަހަށް..” ހަމްނާ އެހެން ބުނުމުން ކިއާރާ ބަސްއަހާ ކުއްޖެއް ފަދައިން އަނގަ ހުޅުވިއެވެ. އަޔާން ހަމްނާއަށާއި ކިއާރާއަށް ބަލަން ހުއްޓެވެ. އެއަށްފަހު އެ ކޮޓަރިތެރޭ ހުރި ވަކިން އިން އެނދެއްގައި އިށީނެވެ. އިރުކޮޅެއްނުވެ ސަމާހް ފެންފުޅިއެއް ހިފައިގެން ވަނެވެ. ހަމްނާ ބަހައްޓަމުން ދިޔަ އަޅާލުން ފެނި އެނާ އުފާވިއެވެ. “ކިއާ… ސޭމް ދާންޖެހިއްޖެ.. ޒާއިންވެސް ނެތް. އަނެއްކާ ކިއާ މިތަނުގައި ވީމަ ވަރަށް އުނދަގޫވާނެ ނު ދޯ.. އެހެންވެ އިނގޭ… އެބައާދޭ ސަރ… މިހާރު މިދަނީދާން.. އަޔާންއާއި ދައްތައަސް ލަސްވަންޏާ އެންމެ ރަނގަޅު ދިޔަޔަސް.. ނަރުހަކު ހަމަޖައްސާފައި އިންނާނެ… ރެޝިޕްޝަނާއި ވާހަކަދައްކާލާފައި ބާއްވާނަން… މިއަދު އޮފީހުގައި ބޮޑުމީހަކު ނެތީމަ ވަރަށް އުނދަގޫވެގެން އުޅެނީވެސް… އެހެންވެ ސަރ އެދުނީ އަޅުގަނޑު ދާން އެކޮޅަށް.. ސަރ މިކޮޅަށް އަންނަ ގޮތަށް..” ސަމާހް ފެންފުޅި ބަހައްޓާފައި ބުންޏެވެ.. އެއަށްފަހު ދާން ހިނގައިގަތެވެ.

ހަމްނާއަށް އަޔާން އަށް ބަލާލެވުނެވެ. މިހުރިހާ ދުވަހު އޭނާ ބަލަމުންދިޔަ އަޔާންގެ ހަރަކާތްތަކާއި އަންނަ ބަދަލުތަކުގެ ސަބަބު އޭނާއަށް އިނގެއެވެ. އަޔާން ގަބޫލުނުކުރިޔަސް އެކަން ނުދެއްކިޔަސް އިއްޔެ އޭނާގެ ހަރަކާތްތަކުން އެކަން ރަނގަޅަށް ހަމްނާއަށް ފާހަގަވިއެވެ. ލެއާއި ތަތްތެޅިފައި އޮތް ގަމިހާއި އެކު އަޔާން ދުވެފައިއައިސް ވެސް ބައްދައިގަތީ ހަމްނާ ގައިގައެވެ. އަދި ދެލޮލުން ކަރުނަ ފައިބާ ހާލު އެ ހުރިހާ ވާހަކަކިޔައިދިނެވެ. އޭނާގެ ކުރިމަތީ ހިނގި އެ އެކްސިޑެންނެވެ. ބޮޑުވެފައި ހުރި ފިރިހެނަކު އެވަރުކަމަކަށް ރޯނީ ކިހާވަރެއްވީމަބާއެވެ. އަޔާންއަށް އެވަރުވީވެސް އޭނާގެ ކުރިމަތީ އެކަން ވެފައި ހޮސްޕިޓަލުގައިވެސް އެ އެންމެން ކުރިމަތީ ކޮންޓްރޯލް ކުރިލެއް ބޮޑުވެގެންނެވެ. މަންމައަކަށް ކިތަންމެ ބޮޑުކުއްޖެއްވެސް ބޮޑެއްނުވާނެތާއެވެ. އަޔާން ރޭ ހަތަރުދަމު އުޅުނީނުވެސްކައެވެ. އެ ވީ ކަމެއް އެވީ އެނާގެ ސަބަބުންނޭ އޭނާ ކިޔަމުންދިޔައެވެ. ކިއާރާ ކިތަންމެ އޮޅުވާލުމެއް އޮޅުވާލިޔަސް އަޔާންގެ ހިތުގައި ވަނީ އޭނާއަށް ޓަކައި ޖާގައެއް ހުސްވެފައެވެ. އާލިޔާއަށް ދެވުނު ޖާގައެވެ. ހިސާބަކަށް އޭނާގެ ހިތުގައި ކިއާރާ ވެސް ލޯބިވާކަން އަންގަމުންދިޔައެވެ. އެހެނީ އޭނާގެ ލޮލުކުރިމައްޗަށް އަބަދުވެސް ސިފަވަނީ ކިއާރާގެ އެ ލޯބިން ފުރިގެންވާ ބެލުމެވެ.

ހަމްނާ އެދެމީހުންނަށްވަގުތު ދޭންވެސް ބޭނުންވިއެވެ. އަޔާން އެ ލޯބި ފޮރުވަނީ ކިއާރާގެ ފަރާތުން އެ ފެނުނު އޮޅުވާލުމާއި ހުރިހާ ކަމެއްގެ ސަބަބުންނެވެ. އެކަން ސާފްވެ އެދެމީހުންގެ މެދުގައި އޮތް އޮޅުންގަނޑު ފިލުމުން ހަމަގައިމުވެސް އެ ހުރިހާ ކަމެއް ބަދަލުވާނެއެވެ. އޭނާގެ ދަރިފުޅަށް އުފާވެރިކަން ލިބޭނެއެވެ. ހަމްނާއަށް މިފެންނަ މައުސޫމް ކިއާރާ އަޔާންއަށްވެސް ފެންނާނެއެވެ.

ކިއާރާގެ ހިތުގައި ސުވާލުއުފެދުނީ އަޔާން ނުރަސްމީކޮށްހުރުމުންނެވެ. މިއަދަކީ ބަންދުދުވަހެއްނޫންތާއެވެ. ސަމާހްވެސް އެދިޔައީ ދާށެވެ. ފަތުހީވެސް ވީ އޮފިހުގައެވެ. ކިއާރާ ހަމްނާގެ އަތުން އާފަލުކަމުން ދިޔައެވެ. އެވަގުތު ފަތުހީ އެތެރެއަށް ވަނެވެ.. ފަތުހީއަށް ހަމްނާއާއި އަޔާން ފެނިފައި ވަކި ސިހުމެއް ނުލިބެއެވެ. ސަމާހް އޮތީ އެވާހަކަ ބުނެފައެވެ. ފަތުހީ ހުރީ އެރުވެސް ރަސްމީކޮށެވެ. ކޯޓުލައިގެންނެވެ. އޭނާ ހުރީ ދާހިއްލާފައެވެ. ނަމަވެސް ރީތިހިނިތުންވުމަކާއި އެކު އަޔާންއަށާއި ހަމްނާއަށް ބަލާލާފައި ހަމްނާ އިން ފަޅި ނޫން އަނެއް ފަޅިއަށް ގޮސް އޭނާ ކިއާރާގެ ބޮލުގައި ފިރުމާލިއެވެ.

“މާދަމާ ދެން ހުރިހާ ކަމެއް ހަމަޖެހޭނެ އިރާދަކުރެއްވިއްޔާ.. ޒާންވެސް އަންނާނެ އޭރުން ބައްޕައަށްވެސް ގިނަވަގުތު މިތާ ހޭދަކުރެވޭނީ.. ނޫނީ ޒާންއަށް ވިޔަސް… ދޯ” ފަތުހީ ބުންޏެވެ.. “ޑޭޑް އެހެންވިއްޔާ ދޭ އަޅުގަނޑަށް އޮވެވޭނޭ…” ކިއާރާ ބުނެލިއެވެ.. “ތެދެއް ފަތުހީ މައްސަލައެއްނެތް އޮފީހަށް ދުރުވިޔަސް.. އަހަރެން އިންނާނަން މިތާ…” ހަމްނާ ފަތުހީއަށް ބަލާލަމުން ބުންޏެވެ. ކިއާރާގެ ތުންފަތްމައްޗަށް ވެރިވީ ރީތި ހިނިތުންވުމެކެވެ. ހަމްނާ ހާދަރަނގަޅޭ ހިތަށް އެރީ މިހާރު ކިތަށްފަހަރުކަމެއްވެސް ނޭނގެއެވެ. އޭނާ އަންނަންޏާ އަޔާންވެސް ގިނައިން ފެންނަން ފަސޭހަވާނެތާއެވެ.

“އެކަމް އުނދަގުވާނެނޫންތޯ އަޔާންގެ މަންމައަށް..” ފަތުހީ އެހެން ބުނެލީ އޭނާއަށް ހަމްނާގެ ނަން ހަނދާނަށް ނައުމުންނެވެ. “ނޫނޭ… ކިއާރާ އަކީވެސް އަހަރެންގެ ދަރިއެއް ފަދަ… އެއްވެސް އުނދަގުލެއް ނުވާނެ…” ހަމްނާ އެހެން ބުނުމާއި އެކު ކިއާރާ އެ ދެމީހުންނަށް އެއްފަހަރާ ބަލައިލެވުނެވެ. ފަތުހީއަށް ހަމްނާއާއި ކިއަރާ ދިމާވިފަހުން އެދެމީހުންގެ މެދުގައި އޮތް ގާތްގުޅުން އިނގެއެވެ. ހަމްނާ ދެކެނީ ކިއާރާ ވެސް އެއީ އޭނާގެ ދަރިފުޅެއް ގޮތުގައޭ ކިއާރާވެސް ބުންޏެވެ.. ފަތުހީ ވިސްނާލިއެވެ. “ފަތުހީ ދުރުވާންވީނުންތޯ.. ކުޑަ ވާހަކައެއް ދައްކާލަން..” ހަމްނާ ބުނެލީ އޭނާ ގެންގުޅު ތަށި ކަބަޑުމަތީ ބަހައްޓާލަމުންނެވެ. ފަތުހީ ބޯ ޖަހާލާފައި ހަމްނާ އާއި އެކު ބޭރަށް ހިނގައިގަތެވެ. ކިއާރާ ދެބުމަ ގޮށްޖަހާލިއެވެ. ހަމްނާ ތަށި ކަބަޑުމަތީ ބަހައްޓާފައި ދިޔުމުން އޭނާއަތްވެސް ނުފޯރިއެވެ. ކިއާރާ ފޯނާއި ކުޅެން އިން އަޔާންއަށް ބަލާލިއެވެ. އެއަށްފަހު ކަބަޑާއި ހަމާއަށް އަތް ފޯރާތޯ މަސައްކަތްކުރިއެވެ.

އަޔާންއަށް އެމަންޒަރު ފެނުމުން ތެދުވިއެވެ.. އެއަށްފަހު ކިއާރާ ކައިރިއަށް އައެވެ. ކިއާރާ ހަރަކާތްވެސް ހުއްޓުނުފަދައެވެ. އޭނާ އަޔާންއަށް ބަލަން އޮވެވުނީއެވެ. އަޔާން އައިސް ތަށި ހިފައިގެން އިށީނެވެ.. ކިއާރާ އެއިން އާފަލުކޮޅެއް ނަގަން ހެދުމުން އަޔާން އެކަމަށް މަނާކުރީ އަތުގެ އިޝާރާތުންނެވެ. “މަންމަ ބުނެފަ އޮންނަނީ ވާއަތުން ނުވާނޭ ކާން..” އަޔާން އެހެން ބުނެފައި ކިއާރާ އަނގަޔާއި ދިމާކުރިއެވެ. ކިއާރާ ހިތްތެޅޭހާލު އެ އާފަލުކޮޅު އަނގަޔަށް ލިއެވެ. ކިއާރާ ކައި ނިމުމުން އަޔާން ފެންވެސް ދިނެވެ.
“ތެންކްސް” ކިއާރާ ބުންޏެވެ.. “އަމްމް.. ފޫހިއެއްނުވޭތަ؟” އަޔާން އަހާލީ އެ ގުޅުން ކުޑަކޮށް އެކުވެރިކަމަށް ބަދަލުކުރާށެވެ.. ކިއާރާގެ ހަނދާނުގައި އެދެމީހުންގެ މެދުގައި ހިނގި އެންމެ ބޮޑު ކަންތަށްގަނޑެއް ހަނދާނެއްނެތެވެ. އަޔާންއަށް އޭނާގެ ހަޤީޤަތް އިނގޭކަން އޭނާއަށް ނޭނގޭނެއޭ ހިތަށްއެރިއެވެ. “ފޫހިވޭ.. އެކަމް ކީއްކުރާނީ..” ކިއާރާ ތުން ދަމާލަމުން ބުނެލިއެވެ.. އަޔާން އެއް މިޔަކަނިން ހިނިތުންވެލިއެވެ. “އޯހހް އަދި ޕްލާސްޓަރ ގަ އެއްވެސް ކުއްޖަކު އެއްޗެއް ނުވެސް ލިޔޭތަ؟ ދެން އަންނާނަން މާކަރ އެއް ހިފައިގެން އޭރުން ސަޅިވާނެއެއްނު.. އެންމެ ފުރަތަމަ ލިޔެވޭނެއެއްނު…” އަޔާން ބުނާނެއެއްޗެއް ނޭނގިގެން އެންމެ ފަހުން އެހެން ބުންޏެވެ. ސަމާހް ބުނިހެން އޭނާ އުފާކޮށްލަން ބޭނުންވެއެވެ. ކިއާރާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެދެމީހުންގެ ދޭތެރޭ އެހާ ރަނގަޅު ގުޅުމެއްނުވެސް އޮވެއެވެ. އަޔާން އެހާ ރީއްޗަށް ވާހަކަވެސް ނުދައްކައެވެ. ކުއްލިއަކަށް އެވީ ކިހިނެއްބާއެވެ. “އޮފީހަށް ނުދަނީތަ؟” ކިއާރާ އޭނާގެ ހިތުގައި އޮތް ސުވާލުކުރިއެވެ. އަޔާން ދޭނެ ޖަވާބެއް ނޭނގުނެވެ. ހަޤީޤަތުގައި އޭނާ އޮފީހަށް ނުދިޔައީ ކިއާރާ ކައިރިއަށް އަންނަންވެގެންނެވެ. އިއްޔެ ހިނގި ކަންތަކުގެ ސަބަބުން އޭނާވެސް އަދި މުޅިއަކުން ރަނގަޅެއްނުވެއެވެ.

“ޗުއްޓީގައި…” އަޔާން ބުނެލުމުން ކިއާރާ އޯހް އޭ ބުންޏެވެ… “ކިހިނެއް އަޔާން މަންމައަށް އިނގުނީ ކިއާ؟” ކިއާރާ އެހިއެވެ. އޭނާ އެހެން ހަމަޖެހިގެން ވާހަކަދެއްކިޔަސް އިނީ ލަދުން ހަލާކުވާވަރުވެފައެވެ. އެއްޗެއް އަހަން ނުކެރިފައެވެ. ނަމަވެސް ވަގުތުގެ ބޭނުންހިފަން އޭނާއަށް އިނގެއެވެ. އަޔާން އަކީ އަބަދު މިހެން ވާހަކަދައްކާ މީހެއް ނޫންތާއެވެ. އޭނާގެ ހިތުގައި އަދިވެސް އެ ސުވާލުބުރުޖަހަމުން ދިޔައީތީވެސް އޭގެ ޖަވާބު ބޭނުންވެއެވެ. އަޔާން ވަގުތުން އަނގަ ބަންދުވިއެވެ. ބުނާނެ އެއްޗެއް ނޭނގުނެވެ. މީގެ ތިންމަސްކުރިން ދިމާވި ކަންތަށް ހަނދާންކުރަމުންދިޔައެވެ. “އަމްމް.. އާނ.. އަނާ އައިސް ދެއްކި ކިއާގެ ވާހަކަ.. ދެން އަސްލު އަމްމ…. އިއްޔެ ހޮސްޕިޓަލަށް އައީމޭ އެވަގުތު އިނގުނީ… އޭރު ކިއާ އޮތީ ނިދިފަ.. ދެން މަންމަ ކައިރި ބުނިން އަނާ އަބަދު ހެއަރ ސްޓައިލް ހަދަން ބޭނުންވެގެން އުޅެނީ ކިއާގެ އޭ.. އެއީ އޭ ކިއާ އަކީ އަނާ އަބަދުކިޔާ..ދެން މަންމަމެންނާއި ކިއާ ބައްޕަވެސް ކޮންމެވެސް ވަރަކަށް ރައްޓެހި…” އަޔާން މަތިމައްޗަށް ވާހަކަތަށް ހަދަމުންދިޔައެވެ. އެހެނީ އޭގެ ކުރިން އަނާންއަށްވެސް ކިއާރާ ފެންނަނީ ދެތިން ފަހަރުއެވެ. އެދެމީހުން މެދުގައި އަޔާންގެ ސަބަބުން މާ ބޮޑު ގުޅުމެއް ނުހިނގައެވެ. އަނާން މާވަރަކަށް އޭރު ކިއާރާއާއި ހެދި ނުވެސް އުޅެއެވެ. އެއީވެސް އަޔާންގެ ސަބަބުންނެވެ.

“އޯހްހް.. އަނާ ދޯ….” ކިއާރާ އެވާހަކަ ގަބޫލުކުރިހެން ހީވެގެން އަޔާން ފުންނޭވައެއް ދޫކޮށްލިއެވެ. “ކިއާ ހާދަ ވަރަކަށޭ ވެއްޓެނީ ދޯ…” އަޔާން ވާހަކައޮޅުވާލަމުން ބުންޏެވެ.. ކިއާރާ އަޔާންއަށް ބަލާލާފައި ހެވުނެވެ. އެހެނީ އޭނާ ވެއްޓޭ ކޮންމެފަހަރަކު އަޔާންއާއި ވަނީ ކުރިމަތިލެވިފައެވެ. “ކުރިމަތިން ތިވަރަށް ވެއްޓޭ ކުއްޖެއް އަދި ދުވަހަކުވެސް ނުދެކެން..” އަޔާން އިތުރުކޮށްލާފައި ހޭންފެށުމުން ކިއާރާ ވެސް ހޭންފެށިއެވެ. “ޔާން… އައިމީން އަޔާން އިއްޔެރޭގައި ކޮން ކުއްޖެއް ހޯދަން ދިޔައީ؟؟” ކިއާރާ އަހާލީ އަޔާންއަށް އޭނާއަށް ޝައްކެއްވީތޯ ބަލާލަންވެގެންނެވެ. އަޔާން އެއްޗެއް ނުބުނެ އިނެވެ. “އައި މީން ޑޯންޓް މައިންޑް ހަމައަހާލީ އިނގޭ…” ކިއާރާ ހީކުރީ އަޔާން ހިތްހަމަނުޖެހުނީކަމަށެވެ.

“އެރޭ ހޯދަން ދިޔައީ ދޯ؟؟ އެރޭ ހޯދަން ދިޔައީ ވަރަށް ވަރަށް ހޯދަން ބޭނުންވާ ކުއްޖެއް… އެ ކުއްޖާ ގެއްލުނުތާ ވަރަށް އަހަރުތަކެއް ވެއްޖެ.. ވަރަށް ހޯދިންމެ… އެކަމް ނުފެނުނު..އެކަމް އޭނަ އުޅޭކަމުގެ ނިޝާނެއް އެދުވަހު ފެނުނީ.. ހަމަ ޔަޤީން އެއީ އޭނާގެ ކަން.. އެހެންވެ އޭނާ ހޯދަން ދިޔައީ..” އަޔާން ބުނެލީ ކިއާރާއަށް ބަލަމުންނެވެ.. ކިއާރާއަށް އެދައްކަނީ އޭނާގެ ވާހަކަކަން އިނގުނެވެ. އަޔާންއަށް އާލިޔާ ހަމަ އެހާ މުހިންމުބާއެވެ؟ ވަރަށް ވަރަށް ހޯދަން ބޭނުންވެޔޭވެސް އެބުނީ ނުންހެއްޔެވެ؟ ކިއާރާ އަކީ އާލިޔާ ކަން އިނގިއްޖެއްޔާ ވާނީ ކިހިނެއްބާއެވެ؟

އަޔާން ހިތަށް އެރީ ކިއާރާ ގެ ކުރިމަތީ އޭނައަށް އާލިޔާގެ މުހިންމުކަން އަންގަންށެވެ. އޭރުން ފަހަރުގައި ތެދުވެސް ބުނެ އޭނާ އެކަން ކުރި ސަބަބު ވެސް ބުނެފާނެއެވެ. “ދެން އޭނާ ފެނުނުތަ؟” ކިއާރާ އެހިއެވެ. އެނާ ހިތްތެޅެންފެށިއެވެ. އަޔާން ދެކޮޅަށް ބޯ ހަރަކާތްކުރީ ދެރަވެފައެވެ.. “އެކަމް ހޯދާނަން…. އޭނާއަކަށް ނުއެއް ފިލޭނެދެނެއް..” އަޔާން ބުނީ އަޒުމަކާއި އެކުގައެވެ. އެ ޖުމްލައިގައި ދެމާނަ އެކުލެވިގެންވާކަން އިނގެނީވެސް ހަމައެކަނި އަޔާންއަށެވެެ. ކިއާރާ ހިތް އިތުރަށް ތެޅިގަތެވެ. “އެކުއްޖާ ހޯދަނީ ކީއްވެ؟؟ އޭނާ ގެއްލުނީ ކީއްވެ؟؟ މިހުރިހާ އަހަރު ނުފެނިފަ؟؟ އައި މީން…. ދެން އިނގިއްޖެ ދޯ” ކިއާރާ އަހާލީ އަޔާންއަށް އިނގޭ މިންވަރެއް އޮޅުންފިލުވާށެވެ. އެ ދެމީހުންނަށް ނޭނގިވެސް އެދެމީހުން ގާތްވެވުނެވެ. އެހާ އަވަހަށް އެއްވެސް ހުރަހެއްނެތި ފަސޭހައިން ވާހަކަވެސް ދެއްކެއެވެ.

ކިއާރާގެ ހިތަށް ކިތަންމެ ގޮތެއްވާންފެށިއެވެ. އަޔާން ކައިރި އިނުމުންނެވެ. “ނޭނގެ ކީއްވެ ކަމެއް ގެއްލުނީ އޭނަ ހޯދުނީމައެއްނު އިނގޭނީ…. އޭނާ ހޯދަނީ ވެދާނެ ނު އޭނާ ސްޕެޝަލް ވީމަ ކަމަށް..” އަޔާން އެހެން ބުނެލުމުން ކިއާރާ ތުންފަތްމައްޗަށް ވެރިވީރީތި ހިނިތުންވުމެކެވެ. އަޔާން އެ ބުނީ އޭނާގެ ހިތުގައި އޮތް ޖުމްލައެކެވެ. ކިއާރާ ހިނިތުންވުން ފަނޑުވީ އޭނާ އަށް މުހިންމީ އާލިޔާކަމާއި ކިއާރާ ނޫންކަން ހަނދާންވުމުންނެވެ. އެއީ އެކަކުކަމުގައި ވިޔަސް އަޔާންއަށް އެއީ ދެމީހަކުތާއެވެ. ކިއާރާ ފުންނޭވައެއް ދޫކޮށްލިއެވެ.

ކިއާރާގެ ހިމޭންކަން އަޔާންއަސް އުނދަގޫވިއެވެ. އޭނާ އެއްޗެއް ބުނަން އަނގަ ހުޅުވާލި ވަގުތު އެތެރެއަށް ވަނީ ފަތުހީއާއި ހަމްނާއެވެ. އެދެމީހުންގެ މެދުގައި ދެއްކީ ކޮންވާހަކައެއްކަމެއް އަޔާންއަށްވެސް ކިއާރާއަށް ވެސް ނޭނގެއެވެ. އަޔާން އިންތަން ފެނިފައި ހަމްނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ފަތުހީވެސް ހީލީ އަޔާން ގެ އެ އާދަފެނިފައެވެ. އޭނާ އަކީ ކިތަންމެހާވެސް ރަނގަޅު މީހެކެވެ. އޭނާއަކީ ހާލަތާއި އިހްސާސްތަކުގައި ހައްޔަރުވެފައިވާ މަޖުބޫރުވެރިއެކެވެ.

“ދަރިފުޅާ ކިއާ.. ބައްޕަ މިދަނީ ދާން އިނގޭ…. އިރާދަކުރެއްވިއްޔާ މާދަމާ ދެން ޒާން އައީމަ ކުޑަކޮށް ފްރީވެދާނެ.. ބައްޕަ ދެން އަންނާނަން އޮފީސް ނިންމާފަ އިނގޭ… ކިއާ ބަސްއަހައިގެން އޮވޭ… ކަމެއް ބޭނުންވެއްޖެއްޔާ ގުޅައްޗޭ.. ހަމްނާދައްތަ ދާންވީމަ ދިޔަޔަސް ކިއާ އެކަނިވިޔަސް  ބަސްއަހައިގެން ނިދާނީ…. އިތުރު ކަމެއް ނުކުރާތި… އަދި ކާތި.. ބައްޕަ ރޯސް އަށް އަންގާނަން ކާ އެއްޗެހި ގެނެސްދެން..” ފަތުހީ ނަސޭހަތްތެރިވަމުން އެހެން ބުންޏެވެ. ކިއާރާ އޯކޭ އޭ ބުންޏެވެެ. ހަމްނާއައިސް އަޔާން ކައިރި މަޑުުރުުމުން. ފަތުހީ ނުކުމެގެން ހިނގައިގަތެވެ. “މަންމަ ކޮންވާހަކައެއްތަ ދެއްކީ؟؟” އަޔާން އެހިއެވެ. “މަންމަ މި ކިއާގެ ބައްޕަ އޯކޭ ކުރުވިއްޔޭ މަންމަ މިތާ އިންނަން….” ހަމްނާ ބުނެލިއެވެ. ކިއާރާ ފުޅާ ހިނިތުންވުމެއް ދިނެވެ. އެނާއަށް ނޭނގުނަސް މި ހުރިހާ ދުވަހުވެސް ކިއާރާ އާއި ހަމްނާގެ މެދުގައި އޮތް ގުޅުން ނުލާހިކު ގާތެވެ.

ހަމްނާ ކިއާރާ އާއި އަޔާން ކައިރި ތަފާތުވާހަކަތަށް ދެއްކިއެވެ. މީގެ ދުވަސްކޮޅެއް ކުރިން ކިއާރާ ހަނދާންނެތިފައިވާ ގުޅުންފަދައިން ހަމްނާއާއި ކިއާރާގެ ގުޅުން ރަނގަޅުވިއެވެ.

ކިއާރާގެ ދުވަސް ނިމުނީ އެހެންނެވެ. ފަތުހީ އޮފީހުން އައިސް ކިއާރާ ކައިރި އިނެވެ. ނަމަވެސް ސަމާހްއެއް ނާދެއެވެ. ކިއާރާ އަޔާންގެ ވާހަކަ ދެއްކިއިރު ތުންފަތް މަތީ ވަނީ ރީތި ހިނިތުންވުމެކެވެ. އަޔާން އަށް ބަދަލުއައި ވާހަކަ ފަތުހީ ކައިރި ކިއަރާ ބުންޏެވެ. ނަމަވެސް އެ ބަދަލުގެ ސަބަބު ހަމައެކަނި އިނގެނީ ފަތުހީއަށެވެ. “ކިއާ.. ނިދާލާ އިނގޭ ބައްޕަ އަންނާނަން ގޭ ދޮށަށް ޖައްސާލާފަ… އިރުކޮޅަކުން އިޝާއަށް ގޮވާނެ ބައްޕަ އަދި މަޤްރިބް ނަމާދުވެސް ނުކުރަން..” ފަތުހީ ބުނެފައި ތެދުވިއެވެ.. އޭނާ އަށް ދެންމެ ނަރުސް ދިން ބޭހެއްގެ ސަބަބުން އޭނާއަށް ނިދޭނެކަން ފަތުހީއަށް އިނގެއެވެ. ކިއާރާ ބޯ ޖަހާލިއެވެ. “ޑޭޑް ކޮބާ އަޅުގަނޑު ފޯނު..” ކިއާރާ އަހާލީ ފަތުހީ ކޮޅަށް ތެދުވުމުންނެވެ. “ފޯނު… ބައްޕަ ފޯނެއް ގަނެދޭނަން މައްސަލައެއް ނެތެއްނު .. ހަމަ އެ ނަމްބަރގެ ސިމްއެއް މިއަދު ދިރާގަށް ގޮއްސަ ނަގާނަން.. އިނގޭ…” ފަތުހީ ބުނެލީ ކިއާރާގެ ސުވާލަށް ޖަވާބުނުދީއެވެ. ކިއާރާ ކުޑަ ނޭވާއެއް ދޫކޮށްލަމުން އޯކޭ އޭ ބުންޏެވެ. “ދެން ބައްޕަ ފޯނު ގެންގުޅެލާ އެހަށް.. ބައްޕަ މި ދަނީ އިނގޭ..” ފަތުހީ އެހެން ބުނެފައި  ފޯނު ދިނެވެ. އަދި ކިއާރާގެ ބޮލުގައި ފިރުމާލުމަށްފަހު ދާން ހިނގައިގަތެވެ.

ފޯނު ހުޅުވާލި ވަގުތު ހޯމްސްކްރީންގައި އިން ފޮޓޯ ކިއާރާއަށް ފެނުނެވެ. އެއީ ކިއާރާ އާއި ފަތުހީ ނަގާފައި އިން ފޮޓޮއެކެވެ. ކިއާރާ ފަތުހީގެ ކަނާތްފަޅީގައި ހުރެފައި ފަތުހީގެ ގައިގާ ބައްދާލައިގެން ހުރި ފޮޓޮއެކެވެ. ފަތުހީގެ ތުންފަތްމަތީ ވަނީ ރީތި ހިނިތުންވުމެކެވެ. ކިއާރާ ހަނދާނަން އައީ އޭނާގެ މަންމައެވެ. މަންމަ ގެ ރުޅިވެރި ނަޒަރެވެ. އޭނަގެ އުމުރުގެ 15 އަހަރު ހޭދަވެގެން ދިޔަ ހިތްދަތިގޮތެވެ. ކިއާރާ ދެލޯ މެރޭ ގޮތްވިއެވެ. އެ ބޭހުގެ އަސަރު ކުރަންފެށިއެވެ. ކިއާރާ ފޯނު އަތަށް ލައިގެން އޮއްވާ ނިދުނެވެ.

…

އިޝާ ނަމާދުކޮށްލުމަށްފަހު ހަމްނާ ދިން އެއްޗެހި ހިފައިގެން އަޔާން ހޮސްޕިޓަލް ތެރެއަށް ވަނެވެ. އަތުގައި ކާ އެއްޗެހިތަށް އަޅާފައިވާ ކޮތަޅު އަޑިން ހިފަހައްޓާލައިގެން އައި ގޮތަށް އައިސް ކިއާރާ އޮތް ރޫމް ކައިރި މަޑުކުރިއެވެ. އެއަށްފަހު އެ ކޮޓަރިތެރެ ފެންނަ ބިއްލޫރިން އެތެރެ ބަލާލީ މީހަކު ހުރިތޯއެވެ. މީހެއް ނެތެވެ. އަޔާން އެތެރެއަށް ވަނެވެ. އަދި މަޑު މަޑުން އައިސް ކަބަޑުމައްޗަށް ކޮތަޅު ތެރޭގައި ހުރި މަތި ޖެހި ތަށިތަށް ބެހެއްޓިއެވެ.. ހަމްނާ ބުނިގޮތަށް އޭގެ މަތި ކުޑަކޮށް ނަގާފައި އެއްބައި ފޮރުވޭނެހެން ބެހެއްޓީ ނޫޑްލްސް ހޫނުވެފައި އެތެރޭގައި ފެން ހެދޭނެތީއެވެ. އަޔާން އޭނާގެ ޖީބުން ގެނައި މާކަރު ވެސް ކަބަޑުމަތީ ބާއްވާލީ ހިނިތުންވެލާފައެވެ. އެއަށްފަހު ކިއާރާއަށް ބަލާލިއެވެ. ކިއާރާ އަތުގައި ފޯނު އޮތްގޮތުން ނިދުނީ ފޯނާއި ކުޅެނިކޮށް ކަން އަޔާންއަށް އިނގުނެވެ. އެހެންކަމުން މަޑުމަޑުން ފޯނު ކިއާރާގެ އަތުން ނެގިއެވެ.. އަދި ކިއާރާގެ ބާލިސް ކައިރި ބޭއްވިއެވެ. ކިއާރާގެ ބޮލުގައި ބެންޑޭޖްގަނޑު އަޅާފައި އޮތީ ނިތްކުރިމަތިން ތަނެއް ފަޅައިގެން ގޮއްސާ އޮތުމުންނެވެ. ކިއާރާގެ ކޮށާލެވިފައިވާ އިސްތަށިތަށް ހުރީ ބެންޑޭޖްގެ މަތިން މޫނުމައްޗަށް ވަރާލާފައެވެ. އަޔާން ގޮނޑީގައި އިށީނެވެ. ކިއާރާގެ މައުސޫމް މޫނަށް ބަލަންހުއްޓާ އޭނާއަށް ސިފަވީ އާލިޔާއެވެ. އާލިޔާގެ ރޮވިފައި ހުރި މޫނެވެ. އާލިޔާ ކިއާރާއަށް ވުމުގައި އޭނާއަށް ނޭނގޭ އެތަށް ކަމެއް ސިއްރުވެފައި އެބައޮތްކަން އޭނާގެ ހިތަށްއަރަމުންދިޔައެވެ. އަޔާން ކިއާރާގެ އިސްތަށިކޮޅު އެއްފަރާތަށް ޖައްސާލީ މަޑުމަޑުންނެވެ. ނަމަވެސް އަނެއްކާވެސް އެ އިސްތަށިކޮޅު ވެއްޓުނެވެ. އަޔާން އެ މޫނަށް ގެއްލިފައި އިނީ ފުން ހިޔާލެއްގައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ޢަޞްރު (އެކާވީސްވަނަ ބައި)

Next

އެ ލޯބި އަސްލު ހައްޤޭ (13 ވަނަ ބައި)

Next
December 23, 2016

އެ ލޯބި އަސްލު ހައްޤޭ (13 ވަނަ ބައި)

Previews
December 23, 2016

ޢަޞްރު (އެކާވީސްވަނަ ބައި)

19 Comments!

  1. Ryn says:
    December 23, 2016 at 7:00 pm

    Hey guys!!! Here it is 😉 and c u guys around 9 15? tc enjoy 😉

  2. Emneez says:
    December 23, 2016 at 7:12 pm

    Ryn alh dhen Australia ge time ah balaa laigen story up koh dheebala heheheh lol ??? I know that’s not possible ryt
    Anyways story is awesome luv it

  3. Flower says:
    December 23, 2016 at 7:13 pm

    Yayyy me first….???..story is awesome…love this storyyy sooo much..???

  4. nanni says:
    December 23, 2016 at 7:14 pm

    waaaau ryn ? just awesome ☺ next part knirakn tha?

  5. ❤Raiya says:
    December 23, 2016 at 7:18 pm

    Wow… vv nice and ne first dhw? Hehe yipee mirey adhi eh part upkohdheveynetha? ?

  6. Faaaih says:
    December 23, 2016 at 7:27 pm

    No offense but it seems this story isn’t making any sense… all most all the story writers in esfiya are writing the stories in a same pattern… in every story it has a handsome guy with six pack and a beauty queen, and both are the richest people… due to all this I think that the readers would lose the interest in reading stories… it would be lot more interesting if the writer thinks vastly and writes the story more maturely…. and in this story it seems the girl is losing her memory and blaa blaaa.,, tbh it’s actually the level of primary students…, anyway rym I guess you can do better than this… u upload the story in the way the readers want… so make the story even the way tht readers want… make it professional…. you can do it… ?

    1. mimi says:
      December 23, 2016 at 7:53 pm

      It’s interesting to me though and ryn already said that it’s kind of a real life story ekey, kanthah bodu vx vaaney
      Anyway thnx ryn luv this???

    2. Anonymous says:
      December 23, 2016 at 9:09 pm

      Its notinteresting anymore

  7. Ikhan says:
    December 23, 2016 at 7:30 pm

    Omg ryn!!! You be the best writer!! I love you :-* mi part vx Sarah reethi

  8. hib says:
    December 23, 2016 at 7:32 pm

    Varah reethi

  9. Crazy fan says:
    December 23, 2016 at 7:47 pm

    Nice

  10. ASH CHUM says:
    December 23, 2016 at 7:48 pm

    Haadha salhi a
    WAITIN……

  11. Zaa says:
    December 23, 2016 at 8:28 pm

    V salhi

  12. Faathee says:
    December 23, 2016 at 8:47 pm

    Wow hama. Story ehkoh kiyaalan hama beynun vanee.

  13. Sa as says:
    December 23, 2016 at 9:15 pm

    V v v reethi adhi mirey 34 ves kiyaalan beynunvey

  14. Reexa says:
    December 23, 2016 at 9:23 pm

    nice… neii thr story ehkoh upload kohleveykah.. i can’t wait to read the whole story

  15. me says:
    December 23, 2016 at 9:34 pm

    Wow. V salhi mi bai ves. Waiting.. RyN U r da best.

  16. Hemdhey says:
    December 24, 2016 at 3:58 pm

    not “fuhieh nuvey tha?”
    its “fuseh nuvey tha?”
    correct the would you ryn sis

  17. kudee says:
    December 26, 2016 at 2:28 pm

    Its awsome

Comments are closed.

Next Episodeހިތް އެކީ ދެވިއްޖޭ…34←


All Right Reserved!