Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެކީ ދެވިއްޖޭ….28

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
December 21, 2016 8 Mins Read
57 Comments

 

“ކިއާ ލޯތްބަކީ ވަރަށް ފާޑެއްގެ އެއްޗެއް… އެކަމް ކިއާ ތިކުރީ އެންމެ ރަނގަޅަށް ހުރިހާ ކަމެއްވެސް…. އޭނާއަށް ތި ލޯތްބެއް ހައްޤެއްނޫން ހަމައެހެންމެ ކިއާއަށްވެސް އޭނާ ހައްޤެއްނޫން..” ސަމާހް ބުންޏެވެ. ކިއާރާ ހުމްމް އޭ ބުންޏެވެ.. “ސޭމް އަށް ލޯބި ފާޑެއްގެ އެއްޗަކަށް ވީ ކީއްވެ؟” ކިއާރާ އެހިއެވެ. ސަމާހް ހެމުން ހެމުން ކިއާރާއަށް ބަލައިލިއެވެ. “އެއް ސިޓުއޭޝަންއެއް… އޭޒް ޔޫ…. ލޯބިވާ ކުއްޖާ ލޯބިވަނީ އެހެން ކުއްޖެއް ދެކެ. އެ ހިތް ވަރަށް ކުރިންވެސް ވަނީ މިލްކް ކުރެވިފައި..” ސަމާހް ބުންޏެވެ.. “އަޅޭ… އެކަމް ސޭމް.. ސީ! ލޯބި ހޯދުމަކީ ވަރަށް މުހިންމު ކަމެއް.. ލޯބިވެޔޭ ކިޔާފަ ލޯބި ހޯދަން މަސައްކަތްނުކުރުމަކީ ފިނޑިންގެ އާދަ.. ޔޫ ނޯ މީހުން ބުނޭ ފިންޑިންނަށް ލޯބި ޑިސަރވް އެއް ނުވާނޭ.. ޔޫ ޝުޑް ޓްރައި އޭނާ ހޯދަން…” ކިއާރާ ބުނެލީ ސަމާހްއަށް ހިތްވަރެއް ދޭފަދަ ގޮތަކަށެވެ. އެއްގޮތަކަށްވެސް އޭނާއަށް އެ ދެއްކީ އޭނާގެ ވާހަކަކަމެއް ނޭނގެއެވެ. ސަމާހް ހޭންފެށިއެވެ. “އޭނާ އެހެން ކުއްޖެއް ދެކެ ލޯބިވޭ ކިއާ.. އޭނާ ހޯދުމަކީ އުނދަގޫކަމެއް…” ސަމާހްއެހެން ބުނުމުން ކިއާރާ ސަމާހް ގެ އަތުގައި ހިފެހެއްޓިއެވެ.

“ކިއާގެ ޑޭޑް ކިއާ ކައިރި އަބަދުވެސް ބުނާ ވާހަކައެއް މީ…. ބޯޅަ ހިފަހައްޓަން ގޯލްކީޕަރެއް ހުއްޓަސް ގޯލް ޖަހައެއް ނޫންހޭ…. އެވްރީ ގޯލް ހޭސް އަ ކީޕަރ… ބަޓް ސްޓިލް ވީ ސްކޯރ…. ރައިޓް؟ ސޯ އޭނާގެ ހިތުގައި އެހެން މީހަކު އޮތަސް ޓްރައި ކުރުން ހުއްޓާލާކަށް ނުވާނެ…” ކިއާރާ ބުންޏެވެ. ސަމާހް ހެމުން ކިއާރާގެ ކޮލަށް ދަމާލިއެވެ. “އަބަދު ގޯލްއަކަށް ބޯޅައެއް ނުވަންނާނޭ… ބޭރަށްވެސް ދޭނު.. އެން  ގޯލް ކީޕަރާއި ގޯލްގެ ދަނޑީގެ ކަނެކްޝަން މާ ރަނގަޅު ވިއްޔާ؟ އެހެންނަމަ ކިއާވެސް ހޯދަންވީނު އަޔާން؟” ސަމާހް އެހެން ބުނުމާއި އެކު ކިއާރާ ހިީލާފައި އިސްޖެހިއެވެ. “ހޯދަން އުޅުނިން… ފުރަތަމަ ސްޓެޕް އާއި އެކު އޭނާ ލޮތްބަށް ކުރީ މަލާމާތް… ސޯ ބެޓަރ ޓު ނޮޓް ސްކޯރ..” ކިއާރާ އިތުރަށް ބުނަން ނުހަދާ އެހިސާބުން މެދުކަނޑާލިއެވެ.. “ދެން ސޭމް އެ ކުއްޖާ ހޯދަން އުޅުނީމަ ވާނީ ކިހިނެއް؟ އޭނާ އެހެން ކުއްޖެއް ދެކެ އިންތިހާއަށް ލޯބިވެ ސޭމްއަށް ޔަޤީން އޭނާ ނުލިބޭނެކަން..” ސަމާހް އެހެން ބުނުމުން ކިއާރާ ލޯ އަޅާލިއެވެ. “އެކަމް ގިވް އަޕް ނުކޮށް ޓްރައި ކުރާތި..” ކިއާރާ އެހެން ބުންޏެވެ. “ހިނގާ ދާން ދޯ…” ސަމާހް ތެދުވަމުން އެހެން ބުނެލީ އެތަނުން ދާން ބޭނުންވިލެއް ބޮޑުވެގެންނެވެ. އޭނާއަށް މައިޝާ ދެއްކި ހުރިހާ އެއްޗެއްގެ މާނަ އިނގުނެވެ. ކިއާރާ އަސްލެއްނޫނޭ ބުނި ބަހުގެ މާނަވެސް އިނގުނެވެ.

ކިއާރާވެސް ތެދުވެ ސަމާހް އާއި  އެއްވަރަކަށް ހިނގާލާފައި މަގުމައްޗަށް ނިކުތެވެ.. ކިއާރާ އަޔާން ދިޔަ ދިމާލަށް ބަލައިލެވުނު އިރު . ސަމާހް ކިއާރާއަށް ބަލައިލިއެވެ. “ކިއާ… ކިއާ އޭނާ ދެކެ ލޯބިވާހާ ހިނދަކު މި ލޯތްބެއް ނުފޯރުކުރެވޭނެ…” ސަމާހް ހިތާހިތުން ބުނީ އެ މޫނަށް ގެއްލި ހުރެފައެވެ.  އެއަށްފަހު ކާރަކަށް އަތް ހިއްލިއެވެ. “އެކަނިންތަ ދާނީ؟” ސަމާހް އެހިއެވެ.. “އާދޭ ސޭމްވެސް ދާން…” ކިއާރާ ކާރަށް އަރަމުން އެހެން ބުންޏެވެ. އެހެންކަމުން ސަމާހްވެސް އެރިއެވެ.

ކިއާރާއާއި ސަމާހް ބޮޑު ގޭޓުން އެތެރެއަށް ވަދެ ގޭގެ ތެރެއަށް ވަދެވެން ހުރި ބޮޑު ދޮރު ހުރަސްކުރިއެވެ. އެވަގުތު ފަތުހީ ސިޑިން ތިރިއަށް ފައިބައިގެން އަންނަނީއެވެ. “އަނހަ ސަމާހްވެސް އައީތަ.. ވަދޭ ވަދޭ..” ފަތުހީ ބުނެލީ ހިނިތުންވުމާއި އެކުގައެވެ. “ދެން ކައިގެން ވާނީ ދާން..” ފަތުހީ ބުންނެވެ. “ނޫނޭ…. ކައިގެން މިއައީ..” ސަމާހް ސޯފާގައި އިށިނދެލަމުން ބުނެލީ ބަނޑުގައި އަތް އަޅާލާފައެވެ.. ކިއާރާ ވެސް ސަމާހް ކައިރި އިށީނދެލަމުން ފޯނާއި ކުޅެން އިނެވެ. ސަމާހް އާއި ފަތުހީ ވާހަކައިގައި ތިއްބެވެ.

“ޝަކޫރު ބުނި ސަމާހް ބުލޫސްއާއި ގުޅޭވާހަކަ؟” ފަތުހީ އެ ތެދެއްތޯ ޔަޤީންކުރަން އެހިއެވެ. “ލައްބަ މިހާރު އުޅޭ އޮފީހުގެ މެނޭޖްމެންޓް ވަރަށް ސަކަރާތް، ދެން ދޮންބޭބެ ބުނުއްވި ބުލޫސްއާއި ގުޅެން، އަދި ހަމެޖެހޭ ވަޒީފާއެއް މި ބަލަނީ..” ސަމާހް ބުންޏެވެ. “އެޗް އާރ ހައިޝަމް އެބައުޅޭ ލީވް ކުރަން، އެ ޖޮބް ވަރަށް ރަނގަޅުވާނެ ސަމާހްއަށް، ޝަކޫރުވެސް ދެއްކީ އެވާހަކަ..” ފަތުހީ އޭނާގެ ހިޔާލުފާޅުކޮށްލުމުން ސަމާހް އެއްބަސްވިއެވެ. “އަޅުގަނޑު ހައިޝަމް އާއި ވާހަކަދައްކާލާނަން….” ކިއާރާ ފޯނާއި ކުޅެން އިނދެފައި އެހެން ބުންޏެވެ.

 

އަނެއްދުވަހު މައިޝާއާއި ޒާއިން މެލޭޝިޔާއަށް ފުރިއެވެ. ކިއާރާ އެމީހުންނާއި ބައްދަލު ނުކުރެވުނީ އޮފީހުގައި އޭނާއަށް ބުރަވުމުގެ ސަބަބުންނެވެ. ޒާއިންގެ މަސައްކަތްވެސް އޭނާގެ ބޮލުގައި އެޅުނީމައެވެ. މަހެއްވަރު އޭނާ ޖެހެނީ އެކަމުގައި އުޅެންށެވެ. މިއަދު އޭނާއާއި ފަތުހީ ކާރުގަ އާއިރު ކިއާރާ ދުއްވީއެވެ. އޭނާއަށް މާ އުނދަގުލެއްނޫނެވެ. އެކޮޅުގައިވެސް އޭނާވަނީ ކާރު ދުއްވައިފައެވެ. އެކަމުގެ ސަބަބުން ޑްރައިވިން ޓެސްޓްއިން ފަސޭހައިން ފާސްވެ ލައިސެންސް ލިބުނެވެ. މަގުތަށް މިހާރު ހިސާބަކަށް ކިއާރާއަށް އިނގެއެވެ.

ވަގުތު ހޯދައިގެން ކިއާރާ މައިޝާމެންނަށް ގުޅާ ވާހަކަ ދެއްކުމަށްފަހު ބާއްޖަވެރި ދަތުރަކަށް އެދި އަވަހަށް ބައްދަލުވާނެކަމަށް ބުނެ ފޯނު ކަނޑާލިއެވެ. އަދި އަނެއްކާވެސް މަސައްކަތުގައި އުޅުނެވެ. ކިއާރާ މުވައްޒަފުން ކައިރިއަށް ގޮސް އެމީހުންގެ މަސައްކަތުގައި ބައިވެރިވުމާއި އެ ހުރިހާ ކަމެއްގައި އުޅުނެވެ. “ހޭ ހައިޝަމް؟ ކޮބާ ކިހިނެއްވަނީ؟ އިންޑިއާ ޓްރިޕް؟ ކޮންފޯރމް ވީތަ؟” ކިއާރާ އަހާލީ އެމީހުންގެ ތެރޭ އުޅެނިކޮށް ހައިޝަމް ފެނުމުންނެވެ. “މިއަދު މޭމް ކައިރިއަށް ދާންވެގެން މިއުޅެނީ ތިވާހަކަ ދައްކަން… އަޅުގަނޑު ގެ ދިޔުން މިހާރު ކޮންފޯރމް ވެއްޖެ.. ރިޒައިން ވާނަން މިއަދު.. ރެޝިޕްޝަނަށް އަޅުގަނޑު ލެޓަރ ހަވާލްކޮށްލިން…” ހައިޝަމް ބުންޏެވެ. “އެހެންތަ… އަދި އެކަހަލަ ވާހަކައެއް ހިފައިގެން ނާދެ އެކޮޅުން ކުއްޖެއް… މިއަދު އެޕްރޫވްކޮށްޕަ ހަވާލުކޮށްލާނަން އިނގޭ..” ކިއާރާ އެހެން ބުނެފައި ރެޝިޕްޝަނަށް ދާން ހިނގައިގަތީ އެކަން އަވަހަށް ކޮށްލުމުގެ ގޮތުންނެވެ.

ރިޝެޕްޝަނާއި ވާހަކަދެއްކުމަށްފަހު ކިއާރާ ފަތުހީއާއި ޝުކޫރުއާއި ހަމާއަށް އެވާހަކަ ގެންގޮސް ހައިޝަމްގެ ކަންތަށް ނިންމާލުމުގައި އުޅުނެވެ. އަދި ސަމާހް އެއަށް ހަމަޖެއްސުމުގައި އުޅުނެވެ.

އޭނާގެ މަސައްކަތްހުއްޓުނީ ފޯނަށް އައި ކޯލެއްގެ ސަބަބުންނެވެ. އެއީ ފަތުހީއެވެ. އަވަހަށް ކެބިންއަށް އައުމަށް އެދުނީއެވެ. ކިއަރާ ހަލުވިކަމާއި އެކު ދިޔައެވެ. “ކީކޭތޯ ބައްޕާ؟” ކިއާރާ އެހިއެވެ. “ވަރަށް އަވަހަށް ދޭބަލަ އެއަރޕޯޓަށް.. ދެވޭނެ އެއްނު ދޯ؟.. އެއްކަ މެލޭޝިޔާއިން އަންނަންއުޅުނު ޑެނީ އައިއްސި.. ބައްޕައަކަށް ނެތް ދެވޭކަށް.. ޒާއިން ހުރި ނަމަ އޭނާ ފޮނުވީހީ… ކިއާ ދޭބަލަ އަވަހަށް…” ފަތުހީ ބުނީ ވަރަށް އަވަސްއަވަހަށެވެ.. އޭރުވެސް އޭނާ އިނީ މަސައްކަތެއްގައެވެ. “ވަޓް؟ އޭނާ އުޅުނީ މާދަމާއެއްނު އަންނަން؟” ކިއާރާ ބުނެލީ ނިތްކުރިމަތީ ޖަހާލަމުންނެވެ. މިހާ ބުރަދުވަހަކު މިހަކަލަ ކަމެއް ނޫނީ ނުވާނެއެވެ. “ބައްޕަވެސް ހީކުރީ މާދަމާ ކަމަށޭ… އެކަމް އޭނާ ޑޭޓް އަވަސްކުރީ މިހާރު ޖައްސައިފި ފްލައިޓް.. ބައްޕަ ހަނދާންވެސް ނެތިފައި ހުރީ.” ފަތުހީ ކުރުގޮތަކަށް ބުންޏެވެ.. “އޯކޭ ޑޭޑް.. މިދަނީ..” ކިއާރާ ބުނެފައި ހިނގައިގަތެވެ.  “އިނގޭނެ ދާން؟ ބައްޕަ ފޮނުވާލާނަން އޭނާ ރާއްޖެ ނަމްބަރ” ކިއާރާ ދާން ހިނގައިގަތުމުން ފަތުހީ އެހިއެވެ. “ލައްބަ ޑޭޑް.. މެޕްގެ އެހީގައިވެސް ދެވޭނޭ… މިދަނީއަވަހަށް..” ކިއާރާ އެހެން ބުނެފައި އަވަސް އަވަހަށް އޭނާގެ ކެބިންއަށް ވަދެ ދަބަސް އަޅުވާލަމުން ނިކުތެވެ. ދަބަސް ތެރެއިން ނެގި ކުޑަ ފުއްދަޅާއި ލިޕްސްޓިކް ތުންފަތުގައި ހާކާލާ އެ މޫނުމަތި ރީތިކޮށްލީ ލިފްޓް ތެރޭ ހުރެފައެވެ. ދިޔުމުގެ ކުރިން ރެސިޕްޝަން ކައިރި ކިއާރާ މަޑުކޮށްލިއެވެ.

“އިންނާނެ ކެބިންގެ ޒާއިން ސަރ އިންނަ ފަޅީގައި ބްލޫ ފައިލްއެއް.. އެ ފައިލް ނަގާފައި ވަރަށް އަވަހަށް ހައްމާދު އާއި ހަވާލުކޮށްލަބަ… މިދަނީ އަންނަން ބުނި އެއްނު ޑެނީ އޭނާ ގެންނަން..” ކިއާރާ އެއްނޭވައިން އެހެން ބުނެފައި ހިނގައިގަތެވެ. ހަސްނާ އަވަހަށް ކިއާރާ ބުނި ކަންތަށްކުރަން އުޅުނެވެ. . ކިއާރާ ހަލުވިކަމާއި އެކު ނިކުމެ އެނބުރުގަތް ވަގުތު ޕާކްއޭރިއާއިން ހިނގައިފައި އައި އަޔާން ފެނުނެވެ. ކިއާރާ ހިންދިރުވާލިއެވެ. އަދި ލަސްފިޔަވަޅާއި އެކު އިސްޖަހާލައިގެން އެ ދިމާލަށް ދިޔައެވެ. އައިނުން ފޮރުވާލެވިފައި އިން އަޔާންގެ ދެލޯ ހުރީ ކިއާރާއަށެވެ. ދެމީހުން ސީދާ ވުމާއި އެކު ހުއްޓެވުނީ ކުއްލިއަކަށެވެ. ކިއާރާ އަޔާންގެ މޫނަށް ބަލައިލީ ކުޑަކޮށް އިސްއުފުލާފައެވެ. އަޔާން އިސްތިރިކޮށްލަމުން ކިއާރާގެ މޫނަށް ބަލައިލިއެވެ. ކިއާރާ ނަޒަރު ތިރިކޮށްލަމުން ހިނގައިގަތީ ދަބަހުގެ ވާގަނޑާއި ކުޅެމުންނެވެ. އެ ހިތް ހީވަނީ ރޭސްއެއްޖަހާހެންނެވެ. އަޔާން ވެސް ފުންނޭވައެއް ދޫކޮށްލާފައި ހިނގައިގަތެވެ. އެ ހިމޭންކަމުގެ ކުޑަ ސިކުންތުކޮޅު ތެރޭ އެތަށް ވާހަކައެއް އެދެހިތް ދެއްކިއެވެ.

“ޔާރާ އޭ އަޑުއަހާށޭ….

މިހިތަށް ލޯބި ދޭށޭ…”

ކިއާރާ ގޮސް ކާރަށް އަރާލައިފާ ހޭންޑްލް ގައި ހިފަހައްޓާލައިގެން އިނދެ އަމިއްލަ ނަފްސް ހަމަޔަކަށް އަޅުވާލިއެވެ. އަދި ކާރު ސްޓާރޓްކުރިއެވެ.. އޭނާ ގޮސް ކާރު ވަކި ހިސާބެއްގައި ޕާކްކޮށްލުމަށްފަހު ދަބަސް ހިފައިގެން ހިނގައިގަތީ ފެރީގެ ޓިކެޓް ކައުންޓަރ އަށެވެ. އެއަށްފަހު ޓިކެޓް އެއް ނަގައިގެން އެތާ ހިޔަލުގައި ހުއްޓާ އޭނާގެ ލޮލު ކުރިމައްޗަށް އެރީ ކިއާރާގެ އެއްފަޅިއަކަށް މަޑުކޮށްލި އަނީލްއާއި ހަމްނާއެވެ. ކިއާރާ އެމީހުން ފެނިފައި ކުޑަކޮށް ސިހުނެއްކަމަކު ހަމަޖެހުނެވެ. ހަމްނާ ކިއާރާއަށް ބަލާލާފައި ހިނިތުންވުމެއް ދިނުމުން ކިއާރާވެސް އެގޮތަށް ކަންކުރިއެވެ. އެ ތިންމީހުންވެސް އަރަން ޖެހުނީ އެއް ފެރީއަކަށެވެ. ކިއާރާ ފެރީއަށް އަރަން ވަރަށް ބިރުގަނެއެވެ. އެ ތެޅޭވަރުން އިރު އިރުކޮޅާ ދުރަށް ޖެހި ކައިރިވެއެވެ. ކަނޑުވެސް މިއަދު އެހާ މަޑެއްނޫނެވެ. ނަގައި ރާޅުތަށް އެހާ ބޮޑު ނޫނަސް ކުޑައެކޭ ނުބުނެވޭނެއެވެ. ކިއާރާގެ މޫނު ފެނިފައި އަނީލްއަށް އިނގުނީކަންނޭނގެއެވެ. އެހެންކަމުން ހަމްނާ އެރުވުމަށްފަހު އެ އެންމެންގެ ތެރެއިން ކިއާރާއަށް އަތްދިއްކޮށްލީ އެރުމަށް އެހީވެދޭންށެވެ. ކިއާރާ ހިންދިރުވާލުމަށްފަހު އަނީލްގެ އަތުގައި ހިފައިފާ ފެރީއަށް އެރިއެވެ. އަދި ޝުކުރު ދަންނަވާލުމަށްފަހު ގޮސް ހުސް ޖާގައެއްގައި އިށީނެވެ. ހަމްނާވެސް އައިސް އިށީނީ ކިއާރާ ކައިރިއެވެ. “ތީ ދޯ އެރޭ ލަވަ ކީ ކުއްޖަކީ ޖޫލިޔަންގެ ޕާޓީގަ؟” ހަމްނާ އަށް އިނގިގެން އެހީ އަދިވެސް ޔަޤީންކުރާށެވެ..

ކިއާރާ ބޯ ޖަހާލިއެވެ. ހަމްނާ ކިއާރާގެ އިސްތަށިގަނޑުގައި ފިރުމާލީ ލޯބިންނެވެ. “އަނީލް އިނގޭތަ؟ މީއޭ އޭރު ވެއްޓެނިކޮށް ހިފެހެއްޓި ކުއްޖަކީ… ލަވަ ކީ ކުއްޖާ އޭ ބުނީމެއްނު..” ހަމްނާ ބުންޏެވެ.. އެވަގުތު ފެރީ ނައްޓާލައިފިއެވެ. އަނީލް ކިއާރާއަށް ބަލާލުމުން ކިއާރާ ހީލިއެވެ. ހިސާބަކަށް އޭނާ އިނީ ނުތަވަސްވެފައެވެ. “އެހެންތަ؟ މީ ފަތުހީގެ ދަރިފުޅޭ ހަމްނާ… އިނގިއްޖެ ދޯ؟ ބްލޫސްގެ… ދެވަނަ އިމާރާތް ހުންނަނީ ބްލޫސް އާއި ޖެހިގެން..” އަނީލް ބުންޏެވެ، “އަސްލުވެސްތަ؟ އެކޮއެ ކީއްކުރަން ތި ދަނީ ހުޅުމާލެ؟” ގާތްގޮތަކަށް ހަމްނާ އެހިއެވެ.  “މިދަނީ ބިޒްނަސް ކަމަކު ގެނައި ބޭފުޅެއް މިކޮޅަށް ދުރުވީމަ ގެނެސްދެން ބައްޕަގެ އެދުމުގެ މަތިން..” ކިއާރާ ބުންޏެވެ.. ކަނޑަށް ފެރީ ނިކުތުމާއި އެކު ދެކޮޅަށް ތެޅެންފެށިއެވެ. ކިއާރާ ދެލޯ ބޮޑުވިއެވެ. އޭނާ މިކަހަލަ ތަޖުރިބާއެއް ނުކުރާތާ އަހަރުތަކެއް ވަނީއެވެ. ކުޑައިރުވެސް އޭނާ މީ ދަތުރުކުރުމާއި ދުރުގައި އުޅުނު ކުއްޖެކެވެ. ކަނޑުގަދައިރު ދުވަހަކުވެސް އޭނާ ދަތުރު ކޮށްފައެއް ނީންނާނެއެވެ. ކިއާރާ ބިރުން ދެލޯ މަރާލާފައި ކައިރި އިން ހަމްނާގެ އަތުގައި ހިފަހައްޓާލެވުނެވެ. ހަމްނާއެ އަތުގައި ފިރުމާލަމުން ހިފަހައްޓާލީ ރައްކަތެރިކަން އިހްސަސްކޮށްދޭންށެވެ. ކުއްލިއަކަށް އައި ރާޅެއްގެ ބޮޑުކަމުން ފެރީ އެއްކޮޅަކަށް އަރިވިއެވެ. ބައެއް މީހުންކުޑަކޮށް ހަޅޭލަވައިލި އަޑާއި ބައެއް އެއްޗެހި އެކޮޅަށް ކައްސާލިއަޑު އިވުނެވެ

ދެލޯ މަރައިގެން އިން ކިއާރާ ހަޅޭލަވައިގަނެފައި ހަމްނާގެ ގައިގާ ބައްދައިގަތީ މަންމާ އޭ ކިޔާފައެވެ. އޭނާ ބިރުން ރޫރޫ އަރައިގަތެވެ. މިހާ ކަނޑުގަދަ އިރު ލޯންޗްގައި އައިނަމަ ވާނެވަރު ވިސްނާލެވި ނާދެވުނުކަމާއި މެދު ޝުކުރުވެވުނެވެ. ހަމްނާ ގައިގާ ކިއާރާ ބައްދާލެވުނީ ކީއްވެކަމެއް ހުދު އޭނާއަށް ވެސް ނޭނގެއެވެ. ބިރުން އޭނާ ތުރުތުރުލައެވެ. ހަމްނާ ކިއާރާގެ ބޮލުގައި ފިރުމާލަ ފިރުމާލާ އިނެވެ. އެތަކެއް ތެޅުންތަކަކާއި އެކު ހުޅުމާލެއަށް ފެރީ ޖެއްސިއެވެ. ކިއާރާ ދެލޯ ހުޅުވާލާ ހަމްނާގެ ގައިން ވަކިވީ ފެރީ މަޑުކޮށްލި ކަން އިހްސާސްވެގެންނެވެ. އޭނާ ލަދުގަތެވެ. ހަމްނާ ހޭންފެށިއެވެ. “އެހެންވެސް ވާނޭ.. އެކޮއެ އެހަށް އިނދޭ.. މި މީހުން ފޭބީމަ ދާނީ އެންމެންނާއި އެކު ނިކުންނަން ވަރަށް އުނދަގޫވާނެ…” ކިއާރާ ތެދުވާން އުޅުމުން ހަމްނާ ހިފެހެއްޓިއެވެ. ތެދެކެވެ. މިގަޑީގައި އެންމެން ނިކުންނަން ހަދައިގެން ވަކި ވާނެ އަވަހެއް ނޯންނާނެއެވެ. ދޮރުމަތީ މީހުންވަނީ ފުރި ބާރުވެފައެވެ. ހަމްނާ ކިއާރާގެ އަތުގައި ހިފާލައިގެން ތެދުވެ އަނީލް ފަހަތުން ހިނގައިގަތެވެ. ކިއާރާ ހަމްނާގެ އަތަށް ބަލައިލިއެވެ. އަދި ހިނިތުންވެލިއެވެ. އެފަދަ މަންމައެއް އޭނާއަށްވެސް ލިބުނުނަމައެވެ. ހިމާޔަތްކުރާ ހެޔޮ މަންމައެއް އޭނާ އަބަދުވެސް އެދެވެއެވެ. ފަތުހީ ބައްޕައެއްގެ ރޯލް ކިތަންމެ ރަނގަޅަށް އަދާ ކުރިއެއްކަމަކު ކިއާރާއަށް އަދިވެސް އަދި އަބަދުވެސް މަންމައެއް ނެތްކަމުގެ އިހްސާސްކުރެވެއެވެ. އުނދަގޫވެއެވެ. ބައްޕައެއްކައިރި ނުދެއްކޭ އެހެނަސް މަންމައެއް ކައިރި ދެއްކޭ އެތައް ވާހަކަތަކެއް ހުންނާނެއެވެ. ކިއާރާ ޖެހެނީ އެވާހަކަތަށް އަމިއްލަ ނަފްސާއި ހިއްސާކުރާށެވެ. އަމިއްލަ އެހީ ހޯދާށެވެ.

މިފަހަރުވެސް ކުރިއެކޭ އެއްފަދައިން އަނިލް ކިއާރާ ފެރީއިން ބޭލުވިއެވެ. ކިއާރާ އަށް އެމީހުން އެހީވެދިނުމުން ހަމަ ހުރެފައި ދާކަށް ނުކެރުނެވެ. “ދައްތަ ކީއްކޮށްލަންތޯ ތި ދުރުވީ؟” ކިއާރާ އެހިއެވެ. “މިއައީ ދައްތަ ގާތް އެކުވެރިއެއް ފުރުވާލަން.. މިހާރު ވީ އެއާރޕޯޓް ތެރޭ…” ހަމްނާ ބުނެފައި ހިނގައިގަތެވެ. ކިއާރާވެސް ހިނގައިގަތެވެ. އެމީހުން ގޮސް އެތެރެއަށް ވަނެވެ. ކިއާރާ ބޭރުގައި ހުރެފައި ފަތުހީ ފޮނުވި ނަމްބަރަށް ގުޅާލިއެވެ. “ހެލޯ؟ ޑެނީ؟ ޔާ އަމް ހިއަރ.. ވެއަރ އާރ ޔޫ؟” ކިއާރާ ބުނެލީ އެކޮޅުން ފޯނު ނެގުމާއި އެކުގައެވެ.  “އޯކޭ އަމް ވެއިޓިން އައުޓްސައިޑް…” ކިއާރަ އެހެން ބުނެފައި ފޯނު ކަނޑާލިއެވެ. އަދި ޑެނީ އަންނަން ދެން އިންތިޒާރުގައި ހުރިއެވެ. ލަސްވެގެން އިރު އިރުކޮޅާ ގަޑިއަށް ބަލައިލަނީ އޭނާ ފުރިހަމަ ނުކޮށް ހުރި އެތައް މަސައްކަތްތަކެއް ހުރީމައެވެ. އޭނާ އެކަންތަށް ނިންމަން ޖެހޭނެއެވެ. އޭރުން ގެއަށް ދެވޭނީ ވަރަށް ލަހުންނެވެ. ކިއާރާ ގޮސް ބެންޗެއްގައި އިށީނދެލާ ފޯނުން ކުޅެން އިނެވެ.

………..

އޮފީހަށް ދިޔަގޮތަށް އަޔާން ހަލުވިކަމާއި އެކު ވަނީ ކެބިންއަށެވެ. އަދި ދިޔަގޮތަށް ގޮސް ސޯފާގައި އިށީނދެ މޫނުފޮރުވާލިއެވެ. ކިއާރާ އާއި އޭނާއާއި ދެމެދު މިވާ ހިމޭންކަމުގައި އެ ހިތް ދައްކާ ވާހަކަތަކަކީ ކޮބައިކަން އަޔާންއަށް އިނގެއެވެ. އޭނާ ކިއާރާ ކިބައިން މާފަށް އެދެން ބޭނުންވާއިރު ކިއާރާ އެ ހުރިހާ ކަމެއްކުރުމުގެ ސަބަބު އޮޅުން ފިލުވަން ވަނީ ވަރަށް ބޭނުންވެފައެވެ. ނަމަވެސް އަދިވެސް އޭނާގެ ސިކުނޑި އޭނާއަށް ބާރުފޯރުވައެވެ. އިތުބާރުކޮށްގެން ދޯކާ ނޫން އެއްޗެއް ލިބިފައި ނުވާއިރު އޭނާ އިތުރަކަށް އެ މަގުން ހިނގާކަށް ބޭނުމެއްނޫނެވެ. އަލަކުން އެ ވޭންތަށް ހޯދާކަށް ބޭނުމެއްނޫނެވެ. އެނާ ހަނދާނަށް އައީ އާލިޔާ ހޯދަން ކުރި މަސައްކަތްތަކެވެ. އޭނާ ނުފެނިގެން އުޅުނުވަރެވެ. ކޮންމެވެސް ވަރަކަށް އަމިއްލަ ނަފްސް ކުށްވެރިކުރެވިފައިވާތީވެ އެ ހިތަށް އެތަކެއް އަހަރުވީއިރުވެސް ހަމަޖެހުމެއް ނުލިބުނެވެ. ނަމަވެސް މިއަދު ކިއާރާ އެހާ ހަމަޖެހިފައި އުފަލުގައި އުޅޭތަން ފެނުމުން އޭނާ އަށް ހަމަ ޔަޤީންނުކުރެވުނީއެވެ. އަޔާން ބޯ ގޮވާވަރުވިއެވެ. ވިސްނާ ވިސްނާވެސް ކުރަންވީ ކަމެއް ނޭނގުނެވެ.

…………..

ކިއާރާ ސިހުނީ މީހަކު އައިސް ކައިރި ބެންޗްގައި އިށީނުމުންނެވެ. ކިއާރާ މޫނުމަތިން އަތް ނަގާލަމުން ބަލާލިއިރު ހިނިތުންވެލައިގެން އިނީ ހަމްނާއެވެ. ކިއާރާ ވެސް ހިނިތުންވެލިއެވެ. “ނިމުނީތަ ދައްތަމެން؟” ކިއާރާ އަހާލިއެވެ. “އާނ ދައްތަ ނިމިއްޖެ އެކަމް ބޭބެ އެއަރޕޯޓުން އެކުވެރިއެއްދިމާވެގެން ގޮއްސި ކޮފީއަކަށް.. ދައްތަ ކައިރި ގެއަށް ދާށޭ ބުނެފަ ދިޔައީ.. ލަސްވާނެނު ފިރިހެނުން ޖެހިއްޖެއްޔާ…” ހަމްނާ ބުންޏެވެ. ކިއާރާ ހޭންފެށިއެވެ. “އެކޮއެ އަދިވެސް އެމީހަކު ނާންނަނީތަ؟” ހަމްނާ އެހީ އެކި ދިމާ ދިމާ ބަލަމުންނެވެ.. “ލައްބަ.. އަދި 15 މިނެޓް ވަރު ނަގާނޭ ބުނީ..” ކިއާރާ ބުނެލީ ވަރުބަލިކަމާއި އެކުގައެވެ. “ދައްތަ އެހެންވިއްޔާ އިންނާނީ އެކޮއެ އާއި އެކު ދާން.. މައްސަލައެއް ނެތެއްނު ދޯ؟” ހަމްނާ އެހިއެވެ.. “ލައްބަ އަޅުގަނޑު ކޮން މައްސަލައެއް އޮންނާނީ…” ކިއާރާ ހިނިތުންވެފައި ބުންޏެވެ.. ހަމްނާ ކިއާރާ ގެ ނަމާއި އުމުރާއި ހުރިހާ އެއްޗެހިވެސް އެހިއެވެ. ކިއާރާއަށް ކުރީ ވަރަށް ގާތް އިހްސާސްއެކެވެ. ހަމްނާ ފެނުމާއި އެކު ކިއާރާއަށް ހަނދާނަށް އަންނަނީ އަޔާންއެވެ.

ހަމްނާ ކިއާރާ ގެ ވާހަކަތަށް އޮޅުންފިލުވަމުން އޭނާގެ އާއިލާގެ ވާހަކަތަށްވެސް ހިއްސާކުރިއެވެ. އަޔާންއާއި އަނާން އާއި އިޝާންގެވާހަކަވެސް ބުންޏެވެ. “އަޅުގަނޑަށް އިނގޭ އަނާން އާއި އަޔާން.. ވަރަށް ގިނައިން ދިމާވެ…” ކިއާރާ ބުންޏެވެ. ހަމްނާ އެހެންހޭ ބުންޏެވެ. އެދެމީހުން ދާދި ކުޑަވަގުތުކޮޅެއްތެރޭ ގާތްވެވުނެވެ. ހާއްސަކޮށް އަޔާންގެ މަންމައަށްވީތީވެ ކިއާރާ އޭނާއާއި ވަރަށް ރަނގަޅަށް ވާހަކަދައްކާ ހެދިއެވެ. އެވަގުތު ޑެނީ އެތަނަށް އައިސް ކިއާރާއަށް ގޮވާލުމުން އޭނާ ތެދުވެ އެދިމާލަށް ދިޔައީ ހަމްނާ ގޮވައިގެންނެވެ. ޑެނީ އާއި އެކު ކުޑަކޮށް ކުންފުނީގެ ވާހަކަދެކެވެމުން ދިޔައިރުވެސް ކިއާރާ ހިނދުކޮޅަކަށްވެސް ހަމްނާ އެކަހެރިކޮށްނުލައެވެ. ހަމްނާގެ އަތުގައި ހިފަހައްޓާލައިގެން ހުރިއިރު އޭނާ ހަމްނާއާއި ވެސް ވާހަކަދައްކަމުންދިޔައެވެ.

 

“ޑޭން.. އިޓްސް ނޮޓް ގުޑް ޓު ޓްރެވަލް އިން ލޯންޗް ރައިޓް ނައު ސޯ ލެޓްސް ޔޫސް ފެރީ…” ކިއާރާ އެހެން ބުނެފައި ފެރީއަށް ޓިކެޓް ގަނެ ފެރީއަށް އަރަން އުޅުނެވެ. ޑެނީ ފުރަތަމަ އަރައިފައި ހަމްނާ އެރުވިއެވެ.. އެއަށްފަހު ކިއާރާ އެރުވިއެވެ. ތިންމީހުން ގޮސް އިށީނދެލިއިރު ކިއާރާ އިނީ އެމީހުންގެ މެދުގައެވެ. “އިޒް ޝީ ޔުއަރ އާންޓް؟” ޑެނީ އެހިއެވެ.  ކިއާރާ ހަމްނާއަށް ބަލައިލިއެވެ. ދޭނެ ޖަވާބެއް އޭނާއަށް ނޭނގުނެވެ. “ސަމްވަން ޖަސްޓް ލައިކް ހާރ މަމް..” ހަމްނާ އެހެން ބުނުމުން ކިއާރާ ދެލޯ ބޮޑުކޮށްލާފައި ހަމްނާއަށް ބަލައިލެވުނެވެ.. އަދި ފުޅާ ހިނިތުންވުމެއް ދެވުނުއިރު ދެލޯ ފުރުނެވެ. ހަމްނާ ކިއާރާގެ އަތުގައި ހިފިއެވެ. “ވާނެ އެއްދުވަހުން ދައްތަ ގެ ގެއަށް އަންނަން އިނގޭ… ދައްތަ ވަރަށް ބޭނުންވެއްޖެ ކިއާ ގެންނަން..” ހަމްނާ ބުންޏެވެ.ކިއާރާގެ މޫނުވަގުތުން ބަނަވިއެވެ. އޭނާ އިސްޖަހާލިއެވެ. “މައްސަލައަކަށް ނުވާނޭ.. އަންނައްޗޭ.. ދައްތަ ފޯނުގައި ނަމްބަރ ޖަހައިދީ އަވަހަށް.. އޭރުން ދައްތަ ގުޅާނަން ކިއާ އަށް އިނގޭ..” ހަމްނާ އެހެން ބުނުމުން ކިއާރާ ފަސްޖެހެވުނެވެ. ނަމަވެސް އޭނާގެ ނަމްބަރު ހަމްނާގެ ފޯނުގައި ޖަހައިދިނެވެ. “ދައްތަ އެކަނިންނު ގެއަށް ދާންޖެހޭނީ؟” ކިއާރާ ވާހަކަ އޮޅުވާލަމުން ބުނެލިއެވެ.

“އާނ ޓެކްސީގަ ދާނީ..” ހަމްނާ ބުންޏެވެ. “އުނހު ދައްތަ އަޅުގަނޑުގެ ކާރަށް އަރާނީ… އޯކޭ އެއްނު އަޅުގަނޑު ގެންގޮސް ދޭނަން…” ކިއާރާ ބުންޏެެވެ. “އެކަމް އޭނާއަށް ލަސް…..” “ދައްތާ… އޭނާއަކަށް ނުވާނެ ލަހެއް… އަޅުގަނޑު ލައިދީފާނަމޭ….” ކިއާރާ ގެ އާދޭސްތަކުގެ ސަބަބުން ހަމްނާ ބޯޖަހާލިއެވެ. ކަނޑުގެ ރާޅުތަކާއި އެކު ފެރީ ހެލެން ފެށުމުން ކިއާރާ ހަމްނާގެ ގައިގާ ހިފަހައްޓައިގެން އިނެވެ. ޑެނީވެސް އިނީ ހިސާބަކަށް ބިރުންނެވެ.

ފެރީއިން ފޭބުމަށްފަހު ކިއާރާ ދެމީހުން ގޮވައިގެން ދިޔައީ އޭނާ ކާރު ޕާކް ކުރިތަނަށެވެ. އެއަށްފަހު ކާރަށް އަރާ ދުއްވާލިއެވެ. ހަމްނާ ދާން ބުނި މަގަށް ކިއާރާ ގޮސް ހަމްނާ އިޝާރާތްކުރަމުން ދިޔަ ގޯޅިއަކަށް އެޅިެއވެ.. އެއާއި އެކު އޭނާގެ ލޮލުގައި އަޅައިގަތީ އެމީހުންގެ ބޮޑުގެއެވެ. ހުދުކުލަލެވިފައިވާ މެހެލެއް ހެން ހީވާ ބޮޑު ގެއެވެ. ކިއާރާ އެގެއަށް ބަލަން އިނީ ދެލޯ ބޮޑުކޮށްލާފައެވެ. ބޮޑު ގޭޓް ދޮށުގައި ހުރީ ސެކިއުރިޓީ ގާޑެކެވެ. ކިއާރާ ކާރު ކައިރިކޮށްލުމުން އޭނާ ހަމްނާގެ އިޝާރާތަށް ގޭޓް ހުޅުވުނެވެ.. ކިއާރާ މުޅިގެއަށް ބަލަމުންދިޔައެވެ. މަގަސްތަކުން މުޅި ތަން ވަނީ ފުރިފައެވެ. ބޮޑުގެވެސް އެހާމެ ރީއްޗެވެ. ދެ ބުރިއަށް ހިއްލާފައި ހުރިއިރު އެ ގޭގައި ޖަހަނީ ޝާހީ މެހެލެއްފަދަ ވައްތަރެކެވެ. ކިއާރާ ކާރު ހުއްޓީ ގޭ ބޮޑު ދޮރާއި ދިމާލަށް ދެވޭ ސިޑިކުރިމައްޗަށެވެ. ކާރު ވަންނަތަނުގައި ވަނީ ގާޖަހާލެވިފައެވެ.  ހަމްނާ ކާރުން ފޭބިއެވެ. “އަންނަންވީނު ދައްތަގެއަށް ކާލަން… އޭނާއަށްވެސް ކެވޭނެއެއްނު.. ބަނޑުހައިވެފަ މިހާރު އިންނާނީ..” ހަމްނާ ބުންޏެވެ. ކިއާރާ ދެކޮޅުހަދާލިއެވެ. “ދައްތަ ފަހުން އަންނާނަން އިނގޭ… މިއަދު ވަރަށް ގިނަ މަސައްކަތްވެސް އެބައޮތް..” ކިއާރާ ދެރަވެލާފައި ބުނެލީ ދެކޮޅުހަދަން ޖެހުނީތީއެވެ.

“އެހެންތަ؟ އަވަހަށް ދޭ އެހެންވިއްޔާ… ދައްތަ ގުޅާލާނަމޭ އަންނަންވީމަ.. ބަލައިގެން ދައްޗޭ..” ހަމްނާ އެހެން ބުނެފައި ކިއާރާ ކާރު ގޭޓުން ނިކުންނަން ދެން ބަލަން ހުރެފައި ހިނގައިގަތީ ރީތި ހިނިތުންވުމަކައި އެކުގައެވެ. ކިއާރާ ގޮސް އޮފީހަށް ވަނީ ޑެނީގޮވައިގެންނެވެ. ޑެނީ ހުރީ ވަރަށް އާވެފައެވެ. ކިއާރާ ޑެނީގޮވައިގެން ދިޔައީ ފަތުހީގެ ކެބިންއަށެވެ. ފަތުހީއަށް ޑެނީފެނުމުން އައިސް ބައްދާލިއެވެ. ފަތުހީ ކިއާރާ އެންމެ ދިޔަޔަސް ރަނގަޅުކަމަށް ބުނުމުން ކިއާރާ ވަރުބަލިކަމާއި އެކު އައިސް ކެބިންއަށް ވަނެވެ. އެވަގުތު މޭޒުމަތީ ހުރި ފައިލްތަށް ފެނި ދެލޯ ބޮޑުވިއެވެ. އޭނާ ކުރަން ބުނި މަސައްކަތް ކޮށްފާ އެމީހުން ފައިލް އެހުރީ ބަހައްޓާފައެވެ. ދެން ޖެހޭނީ ކިއާރާގެ މަސައްކަތްފަށާށެވެ. އެ ހުރިހާ ފައިލްތަކަށް ބަލާލުމަށްފަހު ގޮނޑިއަށް ވެއްޓިގަތެވެ. “އާރގްގްގް…” ކިއާރާ އެހެން ބުނެފައި ކުޑަކޮށް މޫނުގައި އަތް އުނގޫޅާލިއެވެ. އެއަށްފަހު މަސައްކަތައިގެން އުޅުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ހުރީ ވެވިފާ ބާކީ… (އެގާރަވަނަ ބައި)

Next

އައިޝާ 18

Next
December 21, 2016

އައިޝާ 18

Previews
December 21, 2016

ހުރީ ވެވިފާ ބާކީ… (އެގާރަވަނަ ބައި)

57 Comments!

  1. Ryn says:
    December 21, 2016 at 10:05 pm

    Hey! Here it is! I just finished 33 vana part edit kh.. and still loads of parts r there. Anyway guys a big question i have which confuses me ingey. Dhimaalah tha or dhimaa ah tha kiyaany?? :/ Well im confused as hamaalah thing is not correct so idk.. -_- Anyway Good night tc sweet dreams. Aaaand i love that handithakeh ulheynu e enmn. Lol u guys ge comments tho.. and thankxx last part ge comments thakah… reply nukureveythyvx sorry.. I dont have much time. Now also doing homework aaand also editing parts.. Duh! Anway love u guys 🙂

    1. chum chum girl says:
      December 21, 2016 at 10:40 pm

      alhugandu men ge rashuga kiyanee dhimaalah! but when I’m angry neyngeyne kiyey nukiyey eh cheh ves.. haha.. BTW I love your stories Ryn.. and especially this one.. waiting for the next part.. wonder what would happen.. Good Night… Sweet Dreams….

    2. Kalhu handi says:
      December 21, 2016 at 10:59 pm

      Dhimaalah.. Luv you too ryn..

  2. Fai says:
    December 21, 2016 at 10:17 pm

    Me dhw first

  3. Asasa says:
    December 21, 2016 at 10:19 pm

    Me first v reethi

  4. sadh says:
    December 21, 2016 at 10:20 pm

    You’re amazing. Concentrate on your studies dear. And thanks for the story. See you tomorrow. ❤

  5. Aika says:
    December 21, 2016 at 10:20 pm

    ވަރަށް ރީތި އަނެއްބައިގެ އިންތިޒާރުގަ

  6. Ryn rply plx says:
    December 21, 2016 at 10:26 pm

    Aaliyaa ge full name buneba? E e aslu kujjaage ves aslu name tha? **TOO PERSONAL** Right? LOL Ekam es hama ekani aaliyaa ge full name bunebala.. plx

  7. Iman says:
    December 21, 2016 at 10:27 pm

    Amazing……waiting 4 next part

  8. Ryn says:
    December 21, 2016 at 10:30 pm

    Thankyou guys!! Uh! I need to knw that “dhimaalah” word cx i have to use it in the part im editing. btw miiga aaliya name aky aaliyaa adhunaan but thats not the real girl ge name. anyway tc 😉

    1. thoo says:
      December 21, 2016 at 10:41 pm

      Dhimaalah kiyaanee ?

    2. Elena says:
      December 21, 2016 at 10:51 pm

      Dhimaalah kiyaany?
      Story varah reethi❤
      Waiting for the next part?

  9. shaat says:
    December 21, 2016 at 10:30 pm

    Love u too

  10. shahu says:
    December 21, 2016 at 10:34 pm

    Dhimalah.

    1. Ryn says:
      December 21, 2016 at 10:41 pm

      Thaaankyou!!!! bye nights guys! Aaand c u guys tomorrow!

  11. thoo says:
    December 21, 2016 at 10:37 pm

    Mi part vx hama v reethi…. Waiting for the next part ? nyts
    Much love ryn ?

  12. naaanu says:
    December 21, 2016 at 10:41 pm

    Heyyy ryyyn.yo..yoyo ?you know what?kury part ga kiya men dinemore ah dhiya iru i ves ethaa innaany ebaikiyan hama vaahakaige.dhen anekka kiya men beach ah dhaa bai kee iru i beach ah dhaan hingaa gathy.lol hithah ery ayaan fenna nama ey.????LOOOOOL.HAHAHAHAHAHAH.
    BTW vaahaka varah salhi mihaaru.ayaan ah eba vey dho gotheh.see ya❤?

  13. Niyer says:
    December 21, 2016 at 10:43 pm

    Aliya Adnan kiyanee. Haha. Dhen airport dhaan eri ferry gos madu mikuree hulhumale ah. Avas aruvaalaigen liyunas heyo. Ehfaharu viyas mistake hurithoa check kohfa upload kureeya varah best vaane. Story is best.

    1. Ly says:
      December 22, 2016 at 10:21 am

      Hulhumale ferry vx oveyey.. So what is the mistake??

    2. Niyer says:
      December 22, 2016 at 1:45 pm

      Hulhumale akah nooney ferry kairi kuraanee. Hulhule ah ferry kairi kuraanee

  14. Ainth says:
    December 21, 2016 at 10:46 pm

    Ryn I think “dhimaalah” kanneyge.… mi part ves vvvv salhi… I love it… Can’t wait for the next part…

  15. shahu says:
    December 21, 2016 at 10:48 pm

    Kon irakuntha aaliya ah ayaan libeny. V kiyaa hiyy vaa vaahakaeh mee. Vaahaka v reethi!!

  16. Malaa says:
    December 21, 2016 at 10:48 pm

    Ryn hama super keep it up dear gn swt drms

  17. Fary says:
    December 21, 2016 at 10:50 pm

    Nice ? waiting next part

  18. neel says:
    December 21, 2016 at 10:52 pm

    Varah kiyaa hithun kiye vaahaka eh mee

  19. Thaara says:
    December 21, 2016 at 10:53 pm

    Dhimaalakashey nukiyaane dhimaa ah kiyaanee ryn ???

  20. Fin says:
    December 21, 2016 at 10:58 pm

    So nice.. Waiting for Tmrrw morning

  21. Azuna says:
    December 21, 2016 at 10:58 pm

    Nice. Keep it up?

  22. Fira says:
    December 21, 2016 at 11:06 pm

    Dhimaalah nukiyaane.. Dhimaa ah kiyanee.. ?

    1. Andhu says:
      December 22, 2016 at 9:17 am

      Dhimaalah kiyanee

  23. Faathee says:
    December 21, 2016 at 11:13 pm

    Keep going girl

  24. Aal says:
    December 21, 2016 at 11:14 pm

    Best story eve….
    N thank much much knme dhuvahku 3prt up khdeythi…
    Waiting next part..
    Loabi veyh
    Gud nytx ❤

  25. Shys says:
    December 21, 2016 at 11:17 pm

    awesome excellent perfect ayaan ah ingey kitty dheynee….☺ waiting for next part guddd niiiiiighhht

  26. Him says:
    December 21, 2016 at 11:22 pm

    Dhimaa lah kiyaa ulhey
    Ekm liya ulhenee dhima ah
    Ryn waahaka thah v habu

  27. nikyy says:
    December 21, 2016 at 11:40 pm

    Mi story v v reethi..konmea dhuvahaku ves inthizaaru kurany mi story up load veytho…super story ryn..love it..keep it up

  28. ushaali says:
    December 22, 2016 at 12:08 am

    Thnkw ryn 3prt upkohdheythi. story v v reethi. n airport innani hulhumale ga ey neygeytha

  29. mimi says:
    December 22, 2016 at 12:14 am

    Awwwn~~ryn you’re soo amazing
    BST writer ever???
    Eagerly hwaiting 4 nxt prt

  30. Teasha says:
    December 22, 2016 at 12:42 am

    Ryn miadhu two parts up kohdheeba. Such a long story. Estimated number of parts bunedhyfaanantha. Btw i love ya stories ??

  31. Axee says:
    December 22, 2016 at 12:45 am

    Dhegoiyves ragalhu ryn.ekamaku dhebas beynun kuraa haalaiythah thafaathuvaane.bcx ae thafaathu dhe maana dheyhavaa dhebas kamuga vaathy

  32. Shanna says:
    December 22, 2016 at 12:46 am

    Ryn dear… dhivehi bahuga basthah ekaheri kuraa iru use kuraa hama eh ovey.. like bas baa eh nukiyaane bas baheh… hama daahag kurveythee bunelee ingey dhoonyaa… love yoie stories very much…. keep up the excellent job ?

  33. Shax says:
    December 22, 2016 at 12:46 am

    Aslu kiyaanee dhimaa ah…

  34. Axee says:
    December 22, 2016 at 12:53 am

    Dhimaa ah means nivaakameh nethi….dhimaalah e word beynun kuraany ehchakah nisbaih koh….i hop ryn ah get vehje kamah…ae mulhin dhe mynin eh dheyhavaa dhebas…..so e dhebas beynun kuraairu vixnan jeheyny haalathah…

  35. Afar says:
    December 22, 2016 at 7:15 am

    Alhe avahah up kobba next part.. hama keiy madhuvefa mihiry..

  36. Almaa says:
    December 22, 2016 at 7:48 am

    Nice ingey mi part vx waiting for the next part thanks

  37. Ryn says:
    December 22, 2016 at 8:48 am

    I will up after class sorry late vaathyve. Tc. ??

    1. Ly says:
      December 22, 2016 at 10:16 am

      It’s ok.. We will wait..

  38. mudhi says:
    December 22, 2016 at 9:16 am

    haadha majaley haadha majaley… hevey varun nues kiyey.. mivareh neh vaahaka liyumuga ehves

  39. rishwaan says:
    December 22, 2016 at 9:18 am

    i love you so deeply ryn <3

  40. Neel says:
    December 22, 2016 at 9:45 am

    “Dimaa ah “e ee reethi vefa kiyan faseyha gotha kee mihaar v ufaavey mistake ragalhu kuran massahkay kuraathi n neel ge waahaka gabul kureethy

    1. Ly says:
      December 22, 2016 at 10:15 am

      Neel.. Dhimaalah is the correct word.. Don’t confuse her.. I think you have got confused..

  41. Afar says:
    December 22, 2016 at 10:35 am

    I think its better to stop with that ‘dhimaa’ thing.. I support Axee ge definition.. bt turns out, dhimaalah eii radhyf ga oiy baheh vx nun.. n ehchakah nisbaiy koh use kurany ‘dhimaayah’.. ‘ dhimaa ah’ use kurany huraheh neiy meaning ga.. sooo this is what radheef says.. gud luck ryn.. glad to help.. 🙂 n plxxxxx hurry up with next part..

  42. FATH says:
    December 22, 2016 at 10:57 am

    KOBAAAAAAAAAAAA???????????????????????

  43. Eyna says:
    December 22, 2016 at 11:05 am

    Dhimaa ah kiyaany. Dhimaalah e kuhgotheh

  44. xaf says:
    December 22, 2016 at 11:06 am

    ryn nw mornin vex nimeny mioh….
    dhn avahaa up kohdhyba plxxxxxx……
    love ur stry

  45. Pop says:
    December 22, 2016 at 12:35 pm

    Ryn. .. Kn irakun?!

  46. GORGEOUS says:
    December 22, 2016 at 12:38 pm

    Next part koba waiting

  47. yax says:
    December 22, 2016 at 8:22 pm

    isthiri kuraaniy eh nun!!
    is jahaaniy!!!
    Correct it would you!!!!:)

Comments are closed.

Next Episodeހިތް އެކީ ދެވިއްޖޭ…29←


All Right Reserved!