Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެކީ ދެވިއްޖޭ….23

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
December 20, 2016 8 Mins Read
79 Comments

ޝަކޫރުގެ އެދުމަށް ގެއަށް ދާން ދިޔަ ޒާއިން ކިއާރާއަށް ގުޅާލަން އުޅެފައިވެސް ނުގުޅިއެވެ. އަޔާންއަށް ޝައްކުވިވާހަކަ ބުނަން އޭނާ ބޭނުންނުވީ އޭރުން ކިއާރާ މޮޅު ކަމެއް ކޮށްލައިގެން ނަމަވެސް އަޔާންގެ އެ ޝައްކުފިލުވާލަފާނެތީއެވެ. ޒާއިން ބޭނުމީ އެ ސިއްރު ކޮންމެވެސް ގޮތަކުން ހާމަވާންށެވެ. އެއީ އެ ސިއްރު އަބަދަކު އެހެންނެއް ނޯންނާނެކަން އޭނާއަށްވެސް އިނގޭތީއެވެ.

އަޔާން ކިއާރާގެ ގެއަށް ދާން މިޝްރާބްޖެހިއެވެ.  އޭނާ ކޮންމެހެންވެސް އެނގެން ބޭނުންވާ ސުވާލުތަކެއްގެ ޖަވާބުއެބަހުއްޓެވެ. ހަމަ މިހާރުން މިހާރަށެވެ.

ކުޑައިރުކޮޅެއް ތެރޭ އަޔާން އައިސް ކިއާރާގެ ގެ ދޮށަށް މަޑުކޮށްލިއެވެ. ބޮޑު ގޭޓް ދޮށުގައި ބެލްޖަހާނެ ސްވިޗް އެއް އިނުމުން އަޔާންއެއަށް ފިތާލިއެވެ. އެއާއި އެކު މީހަކު ގޭޓް ހުޅުވާލިއެވެ. އޭނާ އަޔާންއަށް ބަލަންހުއްޓެވެ. އެއީ ބޭރު ގައުމު އަންހެނެކެވެ. “ކިއާރާ؟” އަޔާން އަހާލުމުން ރޯސް ބޯ ޖަހާލާފައި ވަންނަން ހުއްދަ ދިނެވެ. އަޔާން ސިޑިން މައްޗަށް އަރައިފައި ބޮޑު ދޮރުން އެތެރެއަށް ވަދެލިއިރު ސިޓިންގް ރޫމްގައި ފޮތެއް ހިފައިގެން އިން ފަތުހީ ފެނުނެވެ. ފަތުހީއަށް އަޔާން ފެނުމާއި އެކު ސިހިފައި ކޮޅަށް ތެދުވެވުނެވެ. “އަޔާން…؟” ފަތުހީއަށް ބުނެލެވުނެވެ. އަޔާން ހިނިތުންވެލިއެވެ. ފަތުހީއަކީ އޭނާ ދުވަހަކުވެސް ވާހަކަ ދެއްކި މީހެއްނޫނެވެ. ފުރަތަމަވެސް ހިތަށް އެރީ އޭނާ ކައިރިއަހަންށެވެ. ނަމަވެސް ނުކެރުނީއެވެ. “ކިއާރާއާއި ބައްދަލުކޮށްލެވިދާނެތަ؟” އަޔާން އަދަބުވެރިކަމާއި އެކު އަހާލީ ހުއްދައަކަށެވެ. ފަތުހީ ވިސްނާލިއެވެ. އަނެއްކާ ކިހިނެއްވީބާއެވެ. “އާނ.. ރޯސް ގޯ އެން ޝޯ ހިމް ކިއާރާސް ރޫމް..” ފަތުހީ ބުނެލުމުން ރޯސް އަޔާން އަށް އިޝާރާތްކުރީ އައުމަށެވެ. އަޔާން ފަތުހީއަށް ޝުކުރު ދަންނަވަމުން ރޯސް ފަހަތުން ހިނގައިގަތެވެ. އަޔާން މައްޗަށް އަރައިގެން ދަންދެން ފަތުހީއަށް ހުރެވުނީ ބަލަންށެވެ.

….

އެނދުމަތީ ބަންޑުން ދެފައި ހިއްލާލައިގެން އޮތް ކިއާރާ އޮތީ ޖަހައިގެން އޮތް ލަވައާއި އެއްވަރަށް ކިޔާލަ ކިޔާލައެވެ. ތުންފަތުގައި ވަނީ ރީތި ހިނިތުންވުމެކެވެ. އެ ދެލޯ މެރިފައިވުމުން ފެންނަނީ އަޔާންއެވެ. އެ ރީތި ހިނިތުންވުމާއި ހިތްގައިމު މޫނެވެ. ލައިގެން ހުރީ ކަކުލާއި ހަމާއަށް އަރާ ދޫ ޓީޝާޓެކެވެ. އެ ދޫކަމުން ހީވަނީ ގޯންޏަކަށް އެރިގެން ހުރިހެންނެވެ. އެއީ އާންމުކޮށް އޭނާ ކޮޓަރީގައި އުޅޭއިރު ލާ އެއްޗެކެވެ. ކިއާރާ ސިހުނީ މީހަކު ދޮރުގައި ޓަކި ޖަހާލުމުންނެވެ. ލަވަ ނިއްވާލުމެއްނެތި ތެދުވެލަމުން ކިއާރާ ދޮރާއި ދިމާލަށް ދިޔައީ އެއީ ރޯސްމެން މީހަކު ކަމަށެވެ. ހާވާލައިފައިވާ ތެތް އިސްތަށިގަނޑުގައި އަތް ހާކަމުން ކިއާރާ ދޮރު ހުޅުވާލީ ވަރަށް ކުޑަކޮށެވެ. އެއާއި އެކު ކިއާރާ ދެލޯ ބޮޑުވިއެވެ. ކުރިމަތީ ހުރީ އަޔާންއެވެ. ކިއާރާ ލޯ މަރާލާއިފައި އަނެއްކާވެސް ހުޅުވާލިއެވެ. މީ ހުވަފެނެއްނޫނެވެ. އަޔާން ކައިރި ހުރި ރޯސްއަށް ކިއާރާ ބަލައިލިއެވެ. “މޭމް ހޯދަން..” ރޯސް ބުނެލިއެވެ. “އޯކޭ…  މަޑުކުރައްޗޭ ދެ މިނެޓް..” ކިއާރާ އެހެން ބުނެފައި ދޮރު ލައްޕާލީ ކުއްލިއަކަށެވެ. ހިތާވީ ފަޅީގައި ކިއާރާ އަތް އަޅާލިއެވެ. އަދި ހިންދިރުވާލިއެވެ.

އަމިއްލަ އަތުގައި އަނެއްކާވެސް ވިކާލީ މީ ހަމަ ހަޤީޤަތްތޯ ބަލަންށެވެ. އެކަމް އަޔާން އެ އައީ ކީއްކުރަންބާއެވެ. ކިއާރާ ގިނައިރު އޭނާ އެތާ ބަހައްޓަން ނޭދޭތީވެ ލައިގެން ހުރި ޓީސާޓް ބާލާ ޓޮޕެއް ލިއެވެ. އަދި ފުއްޕި ހަރުވާޅެއްލަމުން އައިސް ދޮރު ހުޅުވާލީ ތެތް އިސްތަށިގަނޑު އެއްފަޅިއަކަށް ލަމުންނެވެ. އޭރުވެސް އަޔާން އެ ހުރިތާ ހުއްޓެވެ. ކިއާރާ ތަންކޮޅެއް ބޮޑަށް ދޮރު ހުޅުވާލުމުން އަޔާން ވަދެލިއެވެ. “އޯ އަމް ސޮރީ..” އިވެމުން ދިޔަ ލަވަ ނިއްވައިނުލެވުމުން ކިއާރާ އަވަސް އަވަހަށް ގޮސް ލަވަ ނިއްވާލިއެވެ. އަދި އަޔާން ކައިރި ކޮޓަރީގައި ހުރި ކުޑަ ސޯފާގައި އިށީނދެލަން ބުނެލާ އޭނާ ވެސް އިށީނދެލިއެވެ. އަދި އަޔާންއަށް ބަލަން އިނީ އޭނާ ބުނާނެ އެއްޗެއް ނޭނގޭތީއެވެ. އަޔާން ކިއާރާއަށް ބަލައިލިއެވެ. އަދި ޖީބުގައި އޮތް ދެ ގަނޑުކޮޅު ނަގައި ކުރިމަތީ ހުރި ބިއްލޫރި މޭޒުމަތީ ބަހައްޓާލިއެވެ. ކިއާރާއަށް އެ ދެ ގަނޑުވެސް ފާހަގަވިއެވެ. ޔަޤީން ނުވާތީވެ އޭނާ ފުރަތަމަ ގަނޑު ހުޅުވާލިއެވެ. އޭނާ އަޔާންއަށް ބަލައިލީ ހާސްނުވާން މަސައްކަތްކުރަމުންނެވެ. އެއަށްފަހު ދެން އިން ގަނޑު ހުޅުވާލީ ތުރު ތުރު އަޅާ ހާލުގައެވެ. “ވަޓް؟؟” ކިއާރާ އަށް ބުނެވުނީ އިހްތިޔާރަކާއި ނުލައެވެ. އެ ގަނޑުގޮޅު އޭނާ ލީ ފޮތުތެރެއަށެވެ. އެ އަޔާންއަތަށް ދިޔައީ ކިހިނެއްހެއްޔެވެ؟

ކިއާރާއާއި ދިމާ ބަލަން އިން އަޔާން އަށް ކިއާރާ ބަލައިލީ ދެލޯ ބޮޑުކޮށްލާފައެވެ. އޭނާ މިއަދު ބޭޒާރުވީއޭ ކިއާރާ ހިތަށްއެރިއެވެ. “އާލިޔާ އަދުނާން… ދެން ބުނާނެ އެއްޗެއް އެބައޮތްތަ؟” އަޔާންއަށް ކިއާރާގެ ކޮންމެ ހަރަކާތަކާއިއެކުވެސް އޭނާގެ ޝައްކުފިލައިގެން ގޮސް ޔަޤީންކަމަށް ބަލަދުވިއެވެ. އަހާނެ އެއްޗެއް ނެތެވެ. އެއީ ހަމަ އާލިޔާއެވެ. ކިއާރާ އިސްޖަހާލިއެވެ. މިކަހަލަ ގޮތަކަށް އަޔާން އަށް މިކަން އިނގުނީތީ ލަދުވެސްގަތެވެ. ދެގަނޑުކޮޅުގައިވެސް ވާނީ އަޔާން ދެކެ އޭނާ ވާ ލޯބި އަންގާފައެވެ. އަޔާން ރުޅި އަންނާނެކަން ކިއާރާއަށް އިނގުނެވެ. “ކީއްވެ ތިހެން ތިއައީ؟؟؟ ކީއްކުރަން؟؟؟ ދެން ތިހުރިހާ އެއްޗެއް؟؟؟” އަޔާން ބުނެލީ ހިތްހަމަނުޖެހިފައެވެ. ކިއާރާ އަޔާން ކުރިމަތީ އިންނަން ފަސްޖެހެވުނެވެ. ދެއަތް މޮޑެމުން ކިއާރާ ތެދުވެފައި އެނދާއި ދިމާލަށް ގޮސް އެނދުގައި އިށީނދެލިއެވެ. އޭނާ އިރު އިރުކޮޅާ ހިންދިރުވާލައެވެ. “އާލިޔާ ތިހެން އިނަކަސް ނުވާނެ އިނގޭ.. މިއަދު މިއައީ ހުރިހާ ޕްރޫފްއެއްވެސް ހޯދައިގެން.. އާލިޔާ ތިހެން އުޅުމުގެ ބޭނުމަކީ ކޮބާ؟ އަސްލާއި ނަސްލު ފޮރުވައިގެން… .” އަޔާން ދައްކަމުން ދިޔަ ވާހަކަ ކިއާރާ މެދުކަނޑާލިއެވެ. އަޔާންގެ އަޑުގައިވަނީ ރުޅިއެވެ. ހިތްހަމަނުޖެހުމެވެ. ” އަޔާން… ތެދު އިނގިގެން ކިހިނެއްވާނީ؟ އަޔާން އަށް ކަމެއް ވާނެތަ؟ މި ކިއާރާ އަކީ އާލިޔާ އަކީ އަޔާން އާއި ބެހޭ މީހެއްތަ؟ ނޫނެއްނު.. އެހެންވީމަ ޕްލީސް.. ޖަސްޓް ގޯ..” ކިއާރާ ދޮރު ދައްކާލަމުން ބުންޏެވެ.

“ބެހޭ މީހެއްނޫނަސް ސަބަބު އިނގެން ބޭނުންވޭ … އާލިޔާ އެންމެ ފަހުން ގުޅީ ވެސް…… އަމިއްލަ ނަފްސް ކުށްވެރިކުރެވުނު ވަރު އިނގޭތަ އާލިޔާއަށް… ކުއްޖެއް ގެއްލުނީ ސަލާމަތްކުރެވެން އޮއްވާވެސް ނުކުރެވިގެންނޭ ހިތާ މި ހިތަށް ކިހާ ތަދުވިކަމެއް ނޭނގޭތަ؟ އާލިޔާގެ ހަބަރެއްނުވެގެން އުޅުނިން ކިތަށް ދުވަސްވަންދެން.. އިނގޭތަ؟.. މީހެއްކައިރި ނުބުންޏަސް މިހިތަށް އިނގޭނެ…. މާތް ﷲ ދެނެވޮޑިގެންވާނެ.. އެކަމް އާލިޔާއަށް ކިހިނެއް އިނގޭނީ ގޮސް މަހަރާނީއަކަށް ވީ ވިއްޔަ.. ކިއާރާ ފަތުހީ މައި ފުޓް…” އަޔާން ބުންްޏެވެ. . “އަޔާން ހެޔޮނުވާނެ މިހާރު ތިހެން ކިޔައިގެން ކީއްކުރަން ތި ހިތަށް ތަދުކުރަނީ.. ޕްލީސް.. މިހާރުވެސް އަޔާން އަށް ނޭނގިވިޔަސް ދޭ އަނިޔާތަށް ކުޑައެއްނޫނޭ….” ކިއާރާ ބުންޏެވެ.. ކިއާރާ ހާސްވާންފެށިއެވެ.  ކިޔޭ ނުކިޔޭއެއް ނޭނގުނެވެ. އެއްފަހަރާ ހުރިހާ ކަމެއް އޭނާގެ ބޮލަށް ވަނީއެވެ.

“ދެން ލޯބިއޭ ކިޔައިގެން… ޔޫ ނޯ ލޯބި މައި ފުޓް… ތިހެން އުޅޭ މީހުންނަށް ލޯބިވާކަށް ނޭނގޭނެ.. ތިމާގެ އަސްލާއި ނަސްލު އޮޅުވާލައިގެން އުޅޭ މީހަކު ނޭނގެ އެއްނު………… އެހެންނޫނަސް ލޯބިވާނަމަ ކީއްކުރަން ތިހެން އުޅެންވީކީ؟؟ ނޭނގެއެއްނު އިއްޔެ އަމިއްލަ ދިރިއުޅުން ބަދަލުކުރިހެން ލޯބިވާ މީހާވެސް ބަދަލުނުކުރާނެކަމެއް.. ކިހިނެއް ޤަބޫލުކުރާނީ؟ އެހާ ފަސޭހައިން ދިރިއުޅުންވެސް ބަދަލުކޮށްލިއެއްނު… މި ދުނިޔޭގައި އުޅެނީ އަމިއްލަ އެދުމުން ފުރިފައި ތިބި މީހުން.. އެން ތީވެސް އެކަހަލަ މީހެއް.. ޔޫ އަރ ޖަސްޓް އަ ޑިސްގަސްޓިން ވުމަން ލައިކް ޝާހީނާ…. ހުސް އެއްކަހަލަ އަންހެނުން…. ތިކަހަލަ މީހެއް ކުރިމަތީ ހުންނަންވެސް ފޫހިވޭ… ” އަޔާން އަށްވެސް ކިއޭ ނުކިޔޭ އެއް ނޭނގުނެވެ. ކިއާރާ އެކަން ކުރި ސަބަބު އޮޅުން ފިލުވަން އައިނަމަވެސް ޝާހީނާގެ ހިޔާލުތަކާއި އެއްވެގެން އައި ރުޅި ބޭލުނީ ކިއާރާއަށެވެ.

“ގޯ.. އަޔާން ޖަސްޓް ގޯ..” ކިއާރާ ބުނެލީ ވަރަށް ބާރަށެވެ. އަޔާން ކިއާރާގެ ކުރިމައްޗަށް އޭނާ ލިޔުނު ދެ ގަނޑު އެއްލާލާފައި ދާން ހިނގައިގަތެވެ. ކިއާރާ ދުވެފައި ގޮސް ދޮރު ލައްޕާލިއެވެ. އެއާއި އެކު އޭނާ ހުރިތަނަށް ތިރިވެވުނެވެ. އަނގަމަތީ އަތްއަޅާލަމުން ކިއާރާއަށް ރޮވުނެވެ. އަޔާން އަކަށް އޭނާގެ ލޯބި ހައްޤެއްނޫނެވެ. އަޔާންގެ އިންތިޒާރުގައި މިގުނެވުނީ ބޭކާރު ދުވަސްތަކެވެ. ކިއާރާ އަށް ބާރަށް ރޮވުނެވެ. އޭނާ ދެން އަޔާންއާއި ވައި އެޅިލަންވެސް ބޭނުމެއްނުވެއެވެ. މިހެން އިރުކޮޅަކުން ރޯލީމާ އެ ހިތަށް ހަމަޖެހުން ލިބޭނެކަން ކިއާރާއަށް އިނގެއެވެ. މިއީ އަންނާނެ ދުވަހެއްކަން ވެސް ކިއާރާއަށް އިނގެއެވެ. މިގޮތަށް އަޔާންގެ ރުޅި އަމާޒުވާނެކަންވެސް އިނގެއެވެ.

….

އަޔާން ފޭބިއިރު ފަތުހީ އެއްނެތެވެ. އެއީ ނަސީބޭ ހިތާ އަވަސް އަވަހަށް ގޮސް ކާރަށް އެރިއެވެ.. ދެލޯ ކުރިމައްޗަށް ސިފަވީ ކިއާރާއެވެ. އޭނާއަށް އުނދަގޫވީއެވެ. ލޯބިވެޔޭ ބުނާމީހުންދެކެ މިހާރު އޭނާ ވަނީ ފޫއްސެވެ. އޭނާ އެހެންމީހަކަށް މި ދިރިއުޅުމުން ޖާގަ ދޭން ބޭނުމެއްނުވެއެވެ. ކިއާރާ ފަދަ ކުއްޖަކަށް އަދި ވަކިން ބޭނުމެއްނޫނެވެ. އޭނާ އެއީ ދޮގުވެރިއެކެވެ. އަސްލު އޮޅުވާލީއެވެ.

…..

ކިއާރާ އިރުކޮޅަކު ރޯލާފައި އަމިއްލައަށް ހުއްޓާލިއެވެ. ނަމަވެސް ހިތުގައި އުފެދެމުން އައި ހިޔާލުތަކަކުން ދުރަކަށް ނުދެވުނެވެ. ލޯބީގައި އޭނާ ނާކާމިޔާބުވީއެވެ. ދުށް ހުވަފެންތަށް ފުނޑު ފުނޑުވީއެވެ. އަޔާން އަކީ ކޮންކަހަލަ މީހެއްހެއްޔެވެ؟ ހަޤީޤަތް ނުބަލާ އެ ހުރިހާ އެއްޗެއް ކީއިރު އެ ފަކީރު ހިތަށް ވާނެގޮތް އޭނާއަކަށް ނޭނގޭހެއްޔެވެ؟ ލޯބި ނުދިނެއްކަމަކު ލޯބިވާކަން ޤަބޫލުކޮށްލިނަމައެވެ. ނަމަވެސް އެކަންވެސް ގަބޫލުނުކޮށް އެދިޔައީ ކިއާރާ ގެ ހިތް ކުދި ކުދިކޮށްލާފައެވެ. އޭނާ ދެން ދުނިޔޭގައި މި ހުންނަނީ ކީއްވެހެއްޔެވެ؟ ކިއާރާ ބޭނުންވީ ދާންށެވެ. އަނބުރާ އެ ދިރިއުޅުމަށް ދާންށެވެ. މަހަރާނީހެއްޔެވެ؟ އޭނާ ކުރިންއެ އުޅުނު ހިތްދަތި ދުވަސްތަށް އަޔާންއަށް އިނގޭނަމަ އެހެނެއްނުބުނީހެވެ.

…

ކިއާރާ މުޅި ދުވަސް ހޭދަކުރީ އެހެންނެވެ. ކެއެމެއް ބުއިމެއް ނެތި އޮތްތާ އޮތީއެވެ. ފަތުހީ ކިއާރާގެ ހަބަރެއް ނުވެގެން އައުމުން ކިއާރާ އަޔާން ބޭނުމެއްނޫނޭ ބުންޏެވެ. ނަމަވެސް އެންމެ ފަހަރަކުވެސް އެ ލޮލުން ކަރުނަ ތިއްކެއް ނުވެއްޓެއެވެ. އޭނާއަށް ވާވަރުވެއްޖެއެވެ. އެ ކަރުނަތަށް ބޭކާރު ގޮތުގައި އަޔާންއަށް ޓަކައި ހުސްކުރެވިއްޖެއެވެ. އެކަމް ދެން ނިމުނީއެވެ. ދެން އޭނާ އެ ކަރުނަތަކެއް އަޔާންއަށް ޓަކައި ނުބާލާނެއެވެ.

ކިއާރާ ހުރިހާ ވާހަކައެއް ކިއައިދިނީމާ ފަތުހީ ދެމީހުންގެ “ސައިޑުން” ވެސް ވާހަކަދެއްކިއެވެ. އަޔާން އަކީ ކުރީގައިވެސް ދޯކާ ލިބިފައި ހުރި މީހަކަށްވެފައި އެފަދަ ގޮތަކަށް ކިއާރާގެ ހަޤީޤަތް އިނގުމުން އެހެން ވާނެކަމަށް ބުނެ ވިސްނައިދިނެވެ. އަދި އަޔާޏް އާއި ވާހަކަދައްކާ ހަޤީޤަތް ހާމަކުރަން ބުންޏެވެ. ނަމަވެސް ކިއާރާ އިތުރަށް އަޔާން ކައިރި އެއްޗެއް ބުނާކަށްވެސް އިތުރު ތަފްސީލެއް ދޭންވެސް ބޭނުމެއްނުވެއެވެ. ފަތުހީ ކުރާނީ ވަކި ކީއްހެއްޔެވެ؟ އެހެންބުންޏަސް ކިއާރާގެ ހިތުގައި ވާނީ ހަމަ އަޔާންއެއް ނޫންހެއްޔެވެ؟ ފަތުހީ ކިއާރާގެ ކޮޓަރިން ނިކުމެ ޒާއިންއަށް ގުޅާލީ ކިއާރާ ހަމަޖެހޭނީ އެމީހުންނާއި ވާހަކަ ދައްކާލާ ހަދާލުމުންކަން އިނގޭތީއެވެ.

…..

ރޭގަނޑެވެ. ޒާއިން ކިއާރާ ކައިރިއަށް އައިސް އެތަށް އިރަކު ވާހަކަ ދައްކައި ހެދިއެވެ. ނަމަވެސް ކިއާރާ އެއްވަރަކަށް ކިޔަނީ އިތުރަށް އެވާހަކަ ނުދެއްކުމާއި އަޔާން އަކީ މިހާރު އޭނާއާއި ބެހޭ މީހެއްނޫންކަމެވެ.. އޭނާ އެއްވެސް މީހަކަށް “ޑިޕެންޑް” ވާކަށް ބޭނުން ނުވާކަމާއި މިހެން އެކަނި އުޅެވޭނެކަމަށް ތަކުރާރު ކުރަމުން ދިޔައިރު އެ ހިތް އެއާއި ދެކޮޅުކަން ޒާއިން އަށް އިނގެއެވެ. “ކިޓީ އަޔާން ކައިރި ހިނގާބަ ތެދުބުނަން..” ޒާއިން ބުންޏެވެ.. “ކީއްކުރަން ޒާން؟ ކީއްކުރަން؟ ލޯބިވާކަން ހާމަޔަށް ފެންނަން އޮތްއިރުވެސް ގަބޫލުނުކުރި މީހަކު މި ވާހަކަތަށް ވަކި .. ޤަބޫލުކުރާނެތަ؟؟ އެހެންނޫނަސް އޭނާ ކައިރި އެ ހުރިހާ އެއްޗެއް ކިޔައިފިއްޔާ މަންމަ ޖަލަށް ލައިފިއްޔާ؟ އައި ޑޯންޓް ވޯންޓް ދެޓް ޓު ހެޕަން.. އެހެންނޫނަސް…. އެހެންނޫނަސް ޒާން އޭނާގެ އަންހެނުންނަށް ވާންޖެހޭނީ ޕާރފެކްޓް މީހެއް… ޕާރފެކްޓް… އެން އަމް ނޮޓް …… މަންމަގެ ސަބަބުން……..” ކިއާރާ ބުނެފައި މޫނު އަނބުރާލިއެވެ. ހުރިހާ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ ސައީދާއެވެ.  ސައީދާ ދިން ވޭނާއި އެކުވެގެން އަޔާން އެ ކުދި ކުދި ކޮށްލި ހިތުގައި އަޅާވޭން ދެގުނަ ވިއެވެ. “އެކަމް ކިޓީ.. ޔޫ ޝުޑް ނޮޓް ގިވް އަޕް… އޯކޭ ތެދު ނުބުނާތި… ތިހެން ކަންތަށް ކުރީ ކީއްވެކަން ނުބުނާތި.. އެކަމް ލޯބީގައި ކިޓީ ތިހާ ވީކް ނުވޭ.. ލޯބިވާކަން އަންގާ.. ލޯބި ފޯރުކޮށްދީ އެނާއަށް.. އޭނާއަށް ޔަޤީންކޮށްދީ.. މިހާރު އޭނާއަށް އިނގޭނެނު އާލިޔާއަކީ ކިއާރާ ކަން.. ކިޓީ ޕްލީސް..” ޒާއިން އާދޭސްކުރިއެވެ. އޭނާ ހީކުރިގޮތާއި މުޅިން ހިލާފަށް އަޔާން ކަންތަށް ކުރުމުން ހިސާބަކަށް އޭނާ ރުޅިވެސް އައެވެ. ނަމަވެސް އޭނާވެސް މިފަދަ ގޮތަކަށް ކަންތަށް ވެދާނޭ ނުވިސްނުނީތީ އަމިއްލަ ނަފްސްވެސް ކުށްވެރިކުރިއެވެ.

“ކީއްކުރަން ޓްރައި ކުރަންވީވެސް މިބުނީނު އަޔާންއެއް ނުލިބޭނެ.. އޭނާ ދުވަހަކުވެސް ގަބޫލެއްނުކުރާނެ ލޯބިވާކަމެއް.. ހީ ތިންކްސް އަމް ޑިސްގަސްޓިން.. ދިރިއުޅުން ބަދަލުކުރާނެހެން ލޯބިވާ މީހާވެސް ބަދަލުކުރާނެއޯ.. އެކަމް އައި ސްވެއަރ ޓު ﷲ..  މި ހިތުގައި އޭނާ ނޫންމީހަކު ވައްދަންކީއްކުރަން ވައި އެޅިލަންވެސް ނުދެން… އޯކޭ ގަބޫލުކުރަން… އެތަށް ބަޔަކު މި ހަށިގަނޑުގެ އުފާތަށް ހޯދި އެކަމް އެއީ ކިއާ ބޭނުންވެގެނެއްނޫނޭ.. އޭނާއަށްޓަކައި މި ހަށިގަނޑު ފޮރުވައިދެން ބޭނުންވި ހަމައެކަނި އޭނާއަށް ރައްކާތެރިކަމާއި އެކު މި ހަށިގަނޑު ބާއްވަދެން ބޭނުންވި އެކަމް އެކަން ނުވި…. އެކަން ނުވިޔަސް މިހިތް.. ޒާން މިހިތް އަބަދުވެސް އޭނާއަށް ޓަކައި ތެޅެނީ…” ކިއާރާ ޝަކުވާކޮށް ނުވެސް ނިމެނިސް ޒާއިން އޭނާ އާއި ކައިރިކުރިއެވެ. އަދި ހުރިހާ ކަމެއް ރަނގަޅުވާނެކަމަށް ބުންޏެވެ.  ކިއާރާ ހިތުގެ އުދާސްތަށް ޒާއިންއަށް ބޭރުކޮށްލީ އެއްވެސް އުނދަގުލެއްނެތިއެވެ. ޒާއިން ކެތްތެރިކަމާއި އެކު އަޑުއަހަން އިނެވެ. އަދި ވިސްނައިދެން އިނެވެ. އެންމެ އުފާވީ މިއަދު އޭނާގެ ކުރިމަތީ ޝަކުވާ ކުރާއިރުވެސް އެ ދެލޮލުން ކުރިން ފެންނަ ކަރުނައިގެ ބަދަލުގައި އައި ވިދުމެއް ފެންނާތީއެވެ. ހީވަނީ މުޅިން އާ ކިއާރާ އެއްހެންނެވެ.

 

….

އޭގެ ދެދުވަސް ފަސް…

ކިއާރާ އޭގެފަހުން އޮފީހަށް ދިޔައީ ދެދުވަސްފަހުންނެވެ. އޭނާ އެއްވެސް މީހަކާއި ކުރިމަތިލާންބޭނުންނުވީއެވެ. އެކަމް މިހާރު އޭނާ އަކީ ކަމެއްވެފައި ހުރި މީހެއްހެންވެސް ހީނުވެއެވެ. އޭނާއަކީ އިހްސާސްފޮރުވަން މާހިރެކެވެ. ވާނީވެސް އެހެންތާއެވެ. އެންމެ ކުޑައިރުންސުރެވެސް ލިބޭ އަނިޔާތަށް އޭނާ ފޮރުވީ އެހެންނެވެ. އެރީތި ހިނިތުންވުމާއި އެކުގައެވެ. ނަމަވެސް އެހިތުގައި އަޅާވޭން ދެނެގަންނާނެ މީހެއްނުހުންނާނެއެވެ. އޭނާ މިއަދު އައީވެސް  ކޮށާލެވިފައިވާ އިސްތަށިތަކުގައި ދަތިވެސް ނުޖަހައެވެ. އެހެންހުންނައިރު އޭނާގެ ދެލޯ ހުންނަނީ ފޮރުވިފަތާއެވެ. އެ ވޭންވެސް ފޮރުވޭނެއެވެ.

މަސައްކަތްތަކަށް ފަރުވާތެރިކަމާއި އެކު ކިއާރާ ކުރަން ބޭނުންވިއެވެ. ނަމަވެސް އަބަދުވެސް އެ ސިކުނޑިއަށް ވަންނަނީ އަޔާންއެވެ. އެ ބަސްތަކެވެ. ކިއާރާ ދެލޯ ކަރުނުން ފުރުނެއްކަމަކު އަމިއްލަ ނަފްސް ކޮންޓްރޯލްކުރެއެވެ. އެ ކަރުނަތަށް ހިންދާލާފައި ހިނިތުންވެއެވެ. ޒާއިންއަށް އެމަންޒަރު ފެނުނަސް އެއްޗެއް ބުނާކަށް ބޭނުމެއްނުވެއެވެ. އެހެނީ ކިއާރާ އަމިއްލައަށްވެސް ހިތްވަރުގަދަ ވާން ޖެހޭނެތީއެވެ. އޭނާ އަކީ ހިތްވަރުގަދަ ކުއްޖެކެވެ. އެކަން އަމިއްލައަށް ކިއާރާ ދެނެގަނެގެން ނޫނީ ހިތްވަރެއް ނުލިބޭނެއެވެ. އެކަރުނަތަށް ފޮހެދެން އަބަދު އެހެން މީހަކު ނާންނާނެކަން އޭނާ ގަބޫލުކުރަންޖެހޭނއެވެ.

އޮފީސް ނިމުނު ގަޑިއާއި އެކު ކިއާރާ މޭޒުމަތީ ބޯ އަޅާލިއެވެ. މިގަޑީގައި ނިކުމެއްޖެއްޔާ އެރޭނީ އަޔާން ގެ ކުރިމައްޗަށްކަން ކިއާރާއަށް އިނގެއެވެ. ނަމަވެސް އޭނާ މިހެން ފިލައިގެންވެސް ނޫޅެވޭނެތާއެވެ. އަޔާން ކުރިމައްޗަށްވެސް އެރޭނެއެވެ. ކިއާރާ ސިހުނީ ޒާއިން އައިސް ކިއާރާގެ މޫނާއި ގާތްވެލާ ޕޮއްކިޔާލުމުންނެވެ. “ހިނގާ ދާން…” ޒާއިން ބުނެލިއެވެ. “ނޯ ޒާން… މިކަން ކޮށްލާފަ ދާނަން.. ޒާން ދޭ..” ކިއާރާ މޫނު ހަދާލަމުން ބުންޏެވެ. “ކިޓީ ޕްލީސް.. އަސްލުވެސް މިހުރީ ވަރަށް އެމަރގެންސީގަ ގެއަށް ދާންވެފައި އިނގޭ.. މަމް ގެ ބޭބެއަކު ހޮސްޕިޓަލަށްގެންގޮސްގެން….” ޒާއިން ބުނެލީ އާދޭހުގެ ރާގަކަށެވެ.. “އެހެންވެއޭ މިބުނީ ދާށޭ.. ޒާން ދޭބަ ޕްލީސް.. އަވަސް.. އައި ކޭންގޯ އެހެންނޫނަސް މިކަން ކޮށްލާފަ ދިޔައީމަ ރަނގަޅުވާނީ..” ކިއާރާ ޒާއިން ކޮށްޕާލިއެވެ. ޒާއިން އެންމެ ރަނގަޅޭ ބުނެފައި ހިނގައިގަތީ އޭނާވެސް ހޮސްޕިޓަލަށް ކޮންމެހެންވެސް ދާންޖެހޭނެތީއެވެ.

ކިއާރާ އަނެއްކާވެސް މޭޒުމަތީ ބޯ އަޅާލިއެވެ. އެތަށް އިރަކު އެހެން އޮވެފައި ކިއާރާ ދަބަސް ކޮނޑުގައި އަޅުވާލައިގެން ނިކުތެވެ. އޮފީސްގެ ދޮރާއި ހަމާއަށް އަރާފައި ކިއާރާ މަގުމައްޗަށް ބަލައިލުމާއި އެކު އޭނާ ސިހުނީ ސައީދާ ފެނިފައެވެ. މިހާރު އޮފީސް ދޮށަށްވެސް އަންނަންފެށީއެވެ. ކިއާރާ ހިންދިރުވާލިއެވެ. ސައީދާއާއި ދިމާ ނުބަލަން ނަޒަރު ދުރަށް ހިންގާލަމުން ކިއާރާ ހިނގައިގަތެވެ.  އެމީހާއާއި ހެދި ދިރިއުޅުން އެފުށް މިފުށަށް ޖެހިއްޖެއެވެ. “ތިހެން ދިޔަކަސް ނުވާނެ އިނގޭ….” ސައީދާ ބުންޏެވެ. “ދެން؟؟ ބުނެފީމެއްނު އެކަމެއް ނުވާނޭ… ދެން ކީއްވެ ފަހަތުން ތިއުޅެނީ؟” ކިއާރާ ބުނެލީ ސައީދާ ފަހަތުން ނައްޓުވަން ކޮންމެހެން ބޭނުންވާތީއެވެ. “މަގޭ ފިރިމީހާ އުޅެނީ ކަލޭ ނުލިބިގެން މޮޔަވެގެން.. މަގޭ ކުރާކަމެއްތަ އެއީ؟” ސައީދާ ބުނެލީ ކިއާރާއާއި ކައިރިވެލަމުން މަޑުންނެވެ. މަގުމަތިން އެވަގުތު ދިޔަ މީހަކަށް ނީއްވަންށެވެ. ކިއާރާ ދެލޯބޮޑުވިއެވެ. “ބަ..ބައް.. އައި މީން ވަޓް؟؟؟ ފިރިމީހާ ކިއާއިރު ތީތަ އަނބިމީހާ އަދާކޮށްދެން ޖެހޭ ހައްޤަކީ ފިރިންނަށް؟” ކިއާރާ ހިތްހަމަނުޖެހުނެވެ. އޭނާ މަންމައަކާއި ޖަދަލުކޮށް ބަސްބުނާކަށް ބޭނުމެއްނުވެއެވެ. ހުދު އޭނާގެ ހިތަށްވެސް އެތަކެއް ވޭންއަޅައެވެ.

“ކަލޭ މަށަށް މާ ވަރަށް ވިސްނައިނުދީބަލަ މި ބުނީނު ލާރި ދޭނަމޭ ކަލޭ ބޭނުންވާވަރަށް..” ސައީދާ ބުންޏެވެ. “ބުނަން ރަނގަޅު ވާހަކައެއް.. މީ ތިހީކުރާކަހަލަ…………….” ކިއާރާ ބުނަން އުޅުނު އެތި މެދުކެނޑުނީ އަޔާން ފަހަތުން އައި ތަން ފެނިފައެވެ. ކިއާރާ ގަނޑުވިކަހަލައެވެ. އަޔާންއަށް ކިއާރާ ފެނުމުންވެސް ވީ އެވަރެވެ. އޭނާ ލަހުން ދާން މިއަދު އިނީވެސް އެމީހުން ކުރިމައްޗަށް އެރޭނެތީއެވެ.  އަޔާން މާ ބޮޑު ސަމާލުކަމެއް ނުދީ އެމީހުންނާއި އެއްވަރުކޮށްލާފައި ކިއާރާއަށް ބަލައިލިއެވެ. “ހޭ އާލިޔާ އަދުނާން..” އަޔާން ބުނެލީ ސައީދާ އަކީ ކާކުކަން އަދި އޭނާއަށް ނޭނގޭތީއެވެ. ކިއާރާ ދެލޯ ބޮޑުވިއެވެ. އޭނާ ވަގުތުން ސައީދާއަށް ބަލައިލިއެވެ. ސައީދާވެސް ދެބުމަ ގޮށްޖަހާލައިގެން ހުރީ އަޔާންއަށް ބަލަންށެވެ. “ކީކޭ؟؟؟ ކީކޭ ތިބުނީ؟؟” ސައީދާ އަޔާން އާއި ދިމާލަށް އެނބުރިލާފަިއ ބުންޏެވެ.. ކިއާރާ ތެޅިގަތެވެ. “އެއްޗެކޭ އޭނާއެއް ނުބުނެ… މިހާރު މިތަނުން ދޭ… އަދި ބުނަން އަމް ސޮރީ މީ ތިކަހަލަ ވިޔާނުދާ ކަންކަމު……….” “ސްޓޮޕް އިޓް އާލިޔާ… ތިމާ ރަނގަޅުތޯ ބަލާފަ އެހެންމީހުންނަށް ވިސްނައިދީ…” އަޔާން ބުނެލީ ކިއާރާ ވާހަކަ އޮޅުވާލަން އުޅުމުންނެވެ. ކިއާރާގެ ލޯބިވާ އަޔާން އޭނާ އެ ވައްޓާލީ ކޮންފަދަ ބޮޑު ވަޅުގަނޑަކަށް ކަމެއް އޭނާއަށް ވެސް ނޭނގެއެވެ. ސައީދާ އަޔާންއަށް ބަލައިލާފައި ކިއާރާއަށް ބަލައިލިއެވެ. އެބަލާލުމުން ކިއާރާތެޅިގަތެވެ. އޭނާ ތުރު ތުރުއަޅައިގަތެވެ. “އަ..ޔާން.. ޕްލީސް… ކީ.ކޭ ތި ކިޔަނީ….” ކިއާރާ ސައީދާއާއި ދިމާ ބަލަންހުރެފައި އެހެން ބުނެލިއެވެ. އަދި ވަގުތުން ފަސްއެނބުރި ދާން ހިނގައިގަތީ ތެޅި ތެޅި އޮތް ހިތަކާއި އެކުގައެވެ.. އަޔާންއެވެ. ތިހެންނުހަދާށެވެ. ރީއްޗަށް ބުނެގެންވެސް އަޔާންގެ ދިރިއުޅުމުން ހިނގައިދާނަމެވެ. އެކަމް އަނބުރާ އެ އާލިޔާ ގެދިރިއުޅުމަށް ގެންދަން ނޫޅޭށެވެ. އެވާހަކަތަށް އޮތީ ކިއާރާގެ ހިތުތެރޭގައެވެ.

“ކީއްވެ އާލިޔާ އަދުނާންއޭ ތިބުނީ..؟” ސައީދާ އަޔާން ކައިރިއަހާލިއެވެ. އެއަޑުއަހާފައި ކިއާރާ ފުންނޭވާތަކެއް ލާންފެށިއެވެ. އަދި އަޔާންއާއި ދިމާ ބަލައިލިއެވެ. ދެކޮޅަށް ބޯ ހަރަކާތްކޮށްލީ ނުބުނާށޭ ބުނާފަދަގޮތަކަށެވެ. “ޕްލީސް ނުބުނޭ. ޕްލީސް…” ކިއާރާ ބުނެލީ ސައީދާއަށް ނޭނގޭހެން އަނގައިން އަޑެއް ލައްވައިނުލައެވެ. އަޔާންއަށް އެ މަންޒަރު ފެނުނެވެ. އެ ބުނި އެތިވެސް އިނގުނެވެ. “އާނ މީ އާލިޔާ އަދުނާން.. ކިއާރާ އަކަށް ވެގެން އައިސް އުޅޭ…” އަޔާން އެހެން ބުނެލީ ކިއާރާއަށް ބަލަންހުރެފައެވެ. “ކީކޭ؟؟؟ އާލިޔާ؟؟؟” ސައީދާ އެހެން ބުނެފައި ބަލައިލީ ކިއާރާއަށެވެ. ލިބުނު ސިހުމާއި އެއްވަރަށް އެކަން ހިސާބަކަށް ގަބޫލުވެސްކުރެވުނެވެ. އަޔާން ކިއާރާއާއި ދިމާލަށް ނިއްއަރުވާލިއެވެ. ކިއާރާ އެ ހުރިތާ ހުރެވުނީއެވެ. ނުބުނާށޭ ބުނެ ބޯ ހަރަކާތްކޮށްލިއެވެ. އޭނާ އަށް ރޮވުނީ ދެނެވެ. ސައީދާ ކަންތަށް ކުރާނެގޮތް އިނގުމުންނެވެ. ކިތަންމެ ހިތްވަރުގަދަ މީހަކަށްވިޔަސް އޭނާ ކުޑައިރު އެ ކުރިމަތިލި ވޭނަކީ އެހިތުންވެސް ފޮހެވިގެންނުދާނެ ހަނދާންތަކެކެވެ. ސައީދާ ކިއާރާއަށް އޭރުވެސް ބަލަންހުރީއެވެ. “ކީއްވެ އޭނާ އާލިޔާއަށް ވާންވީ؟” ސައީދާ އަހާލިއެވެ. އޭނާ ބޮލުގެ ބޭނުންކުރީ އަދިވެސް ކިއާރާގެ މައުލޫމާތު ހޯދަންށެވެ. “އެހެރީ ވެފައެއްނު…. މީގެ އަހަރުތަކެއް ކުރިން ގެއްލިފަ އަނބުރާ އައީ ކިއާރާއަކަށްވެގެން.. އެހެންނޫނަސް ކީއްކުރަން އޭނާ ކަހަލަ އަސްލު ފޮރުވާ މީހެއްގެ ފަހަތުން ތިއުޅެނީ.. ރަނގަޅުވާނީ އެކަމާ ނޫޅުނިއްޔާ…” އަޔާން އެހެން ފަހު ޖުމްލަ ބުނެލީ ސައީދާ ކިއާރާގެ ފަހަތުން ނައްޓާލާނެކަމަށެވެ. ނަމަވެސް އޭނާއަށް ނޭނގުނުކަމަކީ އޭގެ ކުރިން ބުނި ކޮންމެ ޖުމްލައަކީ ސައީދާއަށް ކިއާރާ ފަހަތު އަޅުވާލެވޭނެ ޖުމްލަތަށްކަމެވެ. . ކިއާރާ އިސްޖަހާލިއެވެ. އަޔާން އެތަނުން ދިޔައީ ހިތުން ކިއާރާއަށް އެހީއެއްވެދެވިގެންނެވެ. އޭނާ ހީކުރީ އެވެދެވުނީ އެހީ އެއްކަމަށެވެ. ނަމަވެސް ހަޤީޤަތުގައި އަޔާން ކިއާރާ އެ ވައްޓާލީ އަލިފާންގަނޑަކަށެވެ. ޖެހުނު މުސީބާތަށްވުރެ ދެގުނަ މުސީބާތެއް ކުރިމަތި ކުރުވީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ކަލާޔާނުލާ ދިރުމެއްނެތެވެ. (2)

Next

ޤުރުބާން މަވީމޭ!!!

Next
December 20, 2016

ޤުރުބާން މަވީމޭ!!!

Previews
December 20, 2016

ކަލާޔާނުލާ ދިރުމެއްނެތެވެ. (2)

79 Comments!

  1. chum puty says:
    December 20, 2016 at 7:29 am

    what??? alhe ryn adhi avahah up kohdhecheyyy dhen in part… and kiyaaraa ah dhera gotheh nahadachey.. she have had enough

  2. Ryn says:
    December 20, 2016 at 7:31 am

    Morning! Oh! Sorry u guys may not expect this and accept this! Anyway i want tell u mi part ah fahu ahna knme Kiaaraa-Ayaan parts r based on a true story.! What ever ayaan says what ever kiaaraa says what happens between them what will happen next All these are true, And may b u guys will say maa kanthah body ey and all but tbh this storyge knme thankolhaky thedhu.. this is about two true stories which i made into one, kuda change akaa eku.. And all these things happening what kiaaraa is doing or feeling or thinking or whatever is happening in her life its all true,
    the truth is that there r ppl who face things and u guys may not know it just by looking at their faces, she may b ur bff or may b ur classmate. Nobody knows! And story ga maa kanthah body ey bunyas real life ga its more kanthah bodu and real and it hurts more and weak ppl suffer more … u guys didnt live like this so may not know how it feels ehnve kahneynge hyvany maa kanthah bodey but i did edited alot to remove some parts where i feel its all drama…. But tbh its not Drama its True. Real life ga migothah kanthah vey and hama migothah ppl cry their eyes out ppl try to b strong ppl try to b okay when they r not. Thankyou 🙂 enjoy

    1. chum puty says:
      December 20, 2016 at 7:38 am

      i agree with u ryn.. there are ppl who suffer a lot like this

    2. alma.. says:
      December 20, 2016 at 3:59 pm

      alma gabool kuran thi vaahaka
      dhn kihineh baa vaaniy varah reethi just waiting…. 🙂

  3. wishy says:
    December 20, 2016 at 7:34 am

    Varah salhi..beautiful..

  4. sadh says:
    December 20, 2016 at 7:40 am

    Rynn. No no no no !! Ekujja dhuniyeyga noolhevey varu thi kolly. Ayaaaaannnnn. Hate you ! Pls Kitty ah dhera gotheh nuhadhacche. Pls pls

  5. Faathun says:
    December 20, 2016 at 7:43 am

    Ayaaaan kyhthii kuri..rulhi ayas nafrathu kuriyas thi boduvaru..rynnn you are the best.. Keep it up.??

  6. Iman says:
    December 20, 2016 at 7:46 am

    Woww… it’s amazing

  7. Rish says:
    December 20, 2016 at 7:48 am

    Alhe ayaan kyntha thikury eves saeedha kairy

  8. Rizoo says:
    December 20, 2016 at 7:53 am

    Yuh u r right. Thats true some ppl suffer alot. Ppl dosnt know it. It hurts a lot. Same .. All these are same .. This is a true story.. N i love it.

  9. Zaa says:
    December 20, 2016 at 7:56 am

    Alhey!! ??? saeedha ah inguni. Dhen vaani kihinehbaa. Waiting for the next part

  10. Mal says:
    December 20, 2016 at 8:25 am

    tbh any koncheh tha?

    1. Zuha says:
      December 20, 2016 at 9:54 am

      To be honest kanneyge

    2. maree says:
      December 20, 2016 at 6:29 pm

      To be honest

  11. Mal says:
    December 20, 2016 at 8:28 am

    Yah, vvvvv rythi story. Keep it up ❤❤

  12. Hooooo? says:
    December 20, 2016 at 8:34 am

    I hate you ayaaaaann.

  13. Fin says:
    December 20, 2016 at 8:38 am

    Nice… V happy ayan ah Kiara aky aliya kan ingunyma…

  14. zee says:
    December 20, 2016 at 8:45 am

    i agree with u ryn… nd lurv it… cant wait for the next part…..

  15. Kiaa. says:
    December 20, 2016 at 8:46 am

    Total kithah part ihnanee.?
    And your stories tho ryn! ?❤

    1. Tunnel says:
      December 20, 2016 at 10:22 pm

      She has told so many times it’s 62..

  16. Kiaa. says:
    December 20, 2016 at 8:47 am

    Miadhu adhi one part viyas upload kohdhehcheh , can’t wait. ?

  17. Faathee says:
    December 20, 2016 at 8:48 am

    Alhe saeedha men kaari ah alun kiyaa nu gendhachey. Story vara reethi hama as usual. But saeedha kaari ah kiyaa gen gosiyaa foohi

  18. layaaaa says:
    December 20, 2016 at 9:00 am

    alhe ehen nahadhaa plsssssss. kiara vikkaaliya nudhee plss. save her plssss. fahubai rangalhah nuves kiyan mathimathin balailee hamaekani. dheravegen gos nuves kiyunu. plssssss dont dont do that to her 🙁 🙁

  19. Eyna says:
    December 20, 2016 at 9:06 am

    Reethi..

  20. Faxoo says:
    December 20, 2016 at 9:17 am

    oh my God. Ayan kkee thi kury?? 😮 plx Kiyara ah dhera gotheh nahadhacchey 🙁 🙁
    love this part too. desperately waiting fr the next part!

  21. Aika says:
    December 20, 2016 at 9:43 am

    I hate you ayaaaaan. Kiyaraa ah dhera gotheh nahadhahchay plx

  22. Sweetie says:
    December 20, 2016 at 9:46 am

    Tbh??????
    Waiting for next part.

  23. Ryn says:
    December 20, 2016 at 9:56 am

    Thank you guys ????? and tbh means to be honest. Sorry avas avas khlan short form liyuny… Bye c u guys tonight. ????

  24. silver shine says:
    December 20, 2016 at 10:06 am

    Ayaan is too bad, aaliyaa ah libey konme gellumeahge zinma naganjeheyni ayaan

    1. Tunnel says:
      December 20, 2016 at 10:23 pm

      Ayan Kyve knme kamehge zinma nagan jeheny.. E iy ayan kura kameh noonehnnu

  25. vishaa says:
    December 20, 2016 at 10:30 am

    i hate u ayaan …vara reethi story waiting fo next part

  26. GORGEOUS says:
    December 20, 2016 at 10:55 am

    Mireyge part avahah upkodhenvane…
    V salhi miharu mi va goeh… Mi story kiya hiy va varun miharu abadhu beleny up vefa intho…

  27. GORGEOUS says:
    December 20, 2016 at 10:57 am

    Ryn miadhu afternoon ga baeh upkohdhenvynu… Vv Kiya hihvey

    1. Fahana thashi says:
      December 20, 2016 at 2:42 pm

      Have patience.. She already told she keeps no of night part even.. Dat means she can’t upload at afternoons. Nd she must also be bxy.. She is already uploading 2 parts.. 🙂

  28. nanni says:
    December 20, 2016 at 11:00 am

    ryn . dhuvaalaku 4 parts up kohdhenveenun 🙂

  29. Ikan says:
    December 20, 2016 at 11:02 am

    Omg!!! Ayaaaan kihineh thiya hedhy? Dhen vaaany kihineh baaaa!! Waiting for the next part eagerly, ryn avahah up kohdhehchey please

  30. Angela says:
    December 20, 2016 at 11:16 am

    Alheyyyyyh… aslu hageegathah bunanyaa beynymeh noon mivaahaka mihen kiyaakah.. i want to read the whole story… ehkoh kiyan beynumee.. mihen keema maa bodah hih thelhenee.. Dhn vaane gothkaa Medhu visnaa visnaa abadhu hurevenee.. Mivaahka kiyaa hithun kehtherikan kolhun laafa.. i cant wait.. ekam koyykuraany dhw.. I wish maadhan heylaa iru mivaahaka ehkoh up vefa onnaanekamah… ??? in my dreams i think

    1. Tunnel says:
      December 20, 2016 at 10:25 pm

      Yeah, in ur drymxx

    2. Tunnel says:
      December 20, 2016 at 10:28 pm

      Ehvvx kiyunyherieh beynumeh nuvane ehkoh kiyen ovva vaki parts in Kiya kah. So.have the some patience…

  31. Malaa says:
    December 20, 2016 at 11:17 am

    Bodu kameh ayaan aa hedhi. Huh v foohi veyyyyyy….

  32. Ely says:
    December 20, 2016 at 11:19 am

    dear avaha up kohdhee.. m eagerly wiating for the next part!! that ayaan!! No no no no

  33. Malaa says:
    December 20, 2016 at 11:24 am

    Plx ryn miadh up kohdhyba plx plx….

  34. Bestie.... says:
    December 20, 2016 at 11:32 am

    Wattt…. that ayaaan… kihaaa bodu kameh… eyna ah hurihaa kameh enguni dhww e dhn ehn hedheemr… plx plx plx kitty ah dhera gotheh nahadhaathi… plxx eyrun vaahaka hadi vaani dhenn… i hate that ayaaan…??
    Waiting fr nxt part…

  35. Aksh.. says:
    December 20, 2016 at 11:54 am

    Alhe yaanoo kihineh thi hedhy dhonkalo..

    1. Tunnel says:
      December 20, 2016 at 10:30 pm

      Kn yaanooeh??? Saabas

  36. Shau says:
    December 20, 2016 at 11:59 am

    Omg…ayaaan kihineh thi hedhyy…
    Vvvvvv nice story eh….
    Waitin 4 the nxt prt…

  37. Neel says:
    December 20, 2016 at 12:09 pm

    Ryn plx plx 22 part ah neel kohffa in comment kiyaa lahchey..

  38. Neel says:
    December 20, 2016 at 12:10 pm

    22 part ah neel kohffa in cmt kiyaalahchey plx

  39. rish says:
    December 20, 2016 at 12:34 pm

    alhe khineh thihedhee.. ayaan please don’t do that to her.. she loves u a lot.. atleast respect her feelings on u and try to find what exactly happened in her life……………….ayaan please save her from that saeedhaa…

  40. Kalhu handi says:
    December 20, 2016 at 12:56 pm

    Ayaan. Aharen ayaanah nafrathukuran.. Kiara thi vahtaalee konkahala alifaangadakah eba ingeytha.. Ayaan ah visneyiru onnaany vaguthu faaithuvefa. Thikurikamakun fahun nuroathi.. I hate u AYAAN GADU

  41. Brainless says:
    December 20, 2016 at 1:00 pm

    Alheyy ayaan gandu hageegaiyh ehkoh olhun nufiluvaa kihineh e hedhyy…
    Alhe kitty ge past ga v goiyh enahkaa repeat nukurahcheyy…
    Somebody plx save her…
    Zaain or maeeshaa kon mes meeheh alheyy kitty kairiah ahh gosba…
    Ayaan haadha heartless vejje eyy dhw…
    Enme anhenaku ehn hedhihyey kiyaafa hurihaa anhenuhneh eheneh nuhadhaane ehh nun…
    Luv this story..
    Iru iru kolhun mi vaahaka upp vefa in the balaaleveyy..
    Vaahakai ga dhen vaane gothakaa medhu hama visnenyy..
    Oh my god..
    Have gone crazy about this story..
    Rynnn haadha salhi eyy mi vaahaka..
    Luv yaa… And your story’s…

  42. Hun says:
    December 20, 2016 at 1:03 pm

    Anehbai kiyaahithun kehmadhuvefa.

  43. Malaa says:
    December 20, 2016 at 1:14 pm

    Kiaa ah kada kameh vejjeya me ayaan ah maafeh nukuraanan. Plx xaan noony mai knmes ekaku aisdhy plx plx…… In sha allah kiaa ah dhera gotheh nuvaane…..

    1. Aishy says:
      December 20, 2016 at 2:43 pm

      Nooooooooooooooooooooooooooooooooooooooooooooooooooooooooo!!!!!!!! Alhey aaliyaa ah anekkaa ehaalu nujahsahchey….???

  44. shy says:
    December 20, 2016 at 2:20 pm

    Aslu bunelan othy kithahmme hageegee story akah viyas miah vuren maa furihama koh liyeven jehey ne ey. Konmme parteh ga ves hama eh vaahaka thakeh repeat koh hunnany.. bolan udhagoove foohivaa gotheh hurey. Vaahaka liyaa mee haa visnan jeheyne kiyun theringe shaugu nugehley gothah vaahaka husha halhaa dheyn. Kada neethi

    1. Annu says:
      December 20, 2016 at 4:05 pm

      A agreed with u shy, vaahaka dhigu kuran komme partegga eh vaahaka eh, kiyanves foohivey ehenve, dhen abadhu e isthashi kolhakun Los foruva vaahaka

    2. Nush says:
      December 20, 2016 at 4:09 pm

      Mivaahaka mihaaru foohi. Haasaru dhigu kamun, and repeat koh eh vaahaka thakeh

    3. Moon says:
      December 20, 2016 at 6:37 pm

      Dats not true.. Dhen vahaka hunnany e Kahala gothakah dhw.. Last night ge 2 parts vx, mi part vxx kiha thafaathu..

    4. Moon says:
      December 20, 2016 at 6:38 pm

      Ayan aa Kiara abadhu meet vaa goeh same.. E noon part thah hama different..

  45. ahaan says:
    December 20, 2016 at 2:22 pm

    kiyaa ah dhera gotheh nahadhaathi plx plx plx plx plx plx plx plx

  46. 我 says:
    December 20, 2016 at 2:30 pm

    Huh . Dhn upload kuran vejje nu rhkoh mi story keehkuran part thakah bahany… v foohi vey mihen kiyan jeheythy…mulhi dhuwas haraabu…

  47. I hate ayaan says:
    December 20, 2016 at 2:45 pm

    Varah foohi ayaan gadah..?? Vahaka kiya hiyvex nethihjje eyna yaa hedhi.. Dhen aaliya dhaane eyna mamma kairiah obviously… Maa dhen mamma vefa.. Eynayah heyo vaane eyna gayah meehun ariyas mamma jalahnudha nikoh.. Mashah yageen ehavaru kuraa mamma eh dheke dharin aslu loaihbeh nuvaanekann.. N mi gamaaru ayaan ulheyny dhen abadhu ehen jaihsaalaigen… Foohi… I hope ekahala gotheh nuvaane kamah… Waiting for the next part… ??

  48. Fahana thashi says:
    December 20, 2016 at 2:50 pm

    Varah Varah salhi…

    1. Ly says:
      December 20, 2016 at 6:47 pm

      Can you change your name here?? I am sure it would not be ur name

    2. Tunnel says:
      December 20, 2016 at 10:19 pm

      So true Ly, varah foohivey mi nangadu fennathi

  49. sadh says:
    December 20, 2016 at 3:04 pm

    Im checking for an update every now and then. I kinda feel like alun Aaliya mamma kairiah gendhaanie. There is still more parts to come dho. Hama guess eh. Ekam ves i really hope nothing goes wrong. No more trouble for Aalya pls pls

  50. Beykaaru says:
    December 20, 2016 at 3:33 pm

    7 aharuge masaikkai beykaarennu mivee. Anekka ves kureege lifah cheedi
    Kurinves hurigothah eyna mamma kairee huri nama ennu. Fathuhee ge laarithah waste nukoh.

  51. S♓♈♈♓♑♏ says:
    December 20, 2016 at 4:42 pm

    kitty ah alun e aniyaa libenjaa story varah vai vaane..Ryn Save her pleese..

  52. S♓♈♈♓♑♏ says:
    December 20, 2016 at 4:46 pm

    i hop alun kiyaa ah e aniyaa nulibeyne kamah☺? waiting for next part

  53. neem says:
    December 20, 2016 at 4:50 pm

    mee real story eh viyyaa real aliya aa meet kollan beynun. vaahaka liyaa beyfulhaa ah e ee konkujjeh kan egeyne. vaahaka liyaafaraai medhuverikoh mimassala balan kamaabeheyfaraaithakah govaalan.mikahala kanthakah vaahaka hedhumahvure mikanthahthah huhtuvan masahkai kurumah.dhannavan. vaahaka hadhaigen ethah baehge kurimatheega ekujjaage life anekkaaves ehen sifaehga faleehai thikollanee.

    1. Tunnel says:
      December 20, 2016 at 10:16 pm

      Pis pis… Wat are your guys problem??

  54. kekeke says:
    December 20, 2016 at 5:25 pm

    True story ey kiyaugrn publicity stunt eh. Hadi. Story genesdhey goiy sifa kurun sumeh.

    1. Foohi myhaa says:
      December 20, 2016 at 8:40 pm

      Kekeke vaahaka eh liyanveenu.. Sifakurumaa hurihaa ehcheh perfect vaavaruge story eh liyebala..

    2. Tunnel says:
      December 20, 2016 at 10:13 pm

      Oh Please!! You should write a story then, if you are so great..

  55. Jee says:
    December 20, 2016 at 6:02 pm

    Ryn when is next part?????? Hardly waiting for the next part..
    This story is awesome
    And i love each and every part of this story❤️❤️❤️

  56. Malaa says:
    December 20, 2016 at 6:14 pm

    Ryn awas kohba dhen plx….

  57. Khajja says:
    December 20, 2016 at 6:24 pm

    Ryn kobaatha nxt prt alhe ayaan ekuri kamakun dhenvaagotheh balailan v beynu n ayaan myhakah nafrathukuriyas thy boduvaru thivarah kiyavaafahuri iru kamakaajehunyma ayaange bolekeykiyaafa thyny mydhaakey unbennu waitin waitin ryn plx avaskobbala plx

  58. princess shaal says:
    December 20, 2016 at 6:35 pm

    ryn plz up koh dhyba avskoh waitin

  59. Moon says:
    December 20, 2016 at 6:41 pm

    Kn.irakun upkohlany ryn.. Vv Kiya hihvey

Comments are closed.

Next Episodeހިތް އެކީ ދެވިއްޖޭ…24←


All Right Reserved!