Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެކީ ދެވިއްޖޭ…21

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
December 19, 2016 8 Mins Read
38 Comments

 

އިރުކޮޅެއްނުވެ ސައީދާގެ ފަހަތުން މީހަކު ހިފަހައްޓާލުމުން އޭނާ ފަސްއެނބުރުނެވެ. ކިއާރާ ކާކުތޯ ބަލައިލިއެވެ. އެއީ އަޔާންއެވެ. އަޔާން ހުރީ ދެބުމަ ގޮށް ޖަހާލާފައެވެ. ސައީދާ އަނގަ ސަކަރާތްވިއެވެ. ނުވާ ކަމަށް ހަދާފައި އަޔާންގެ އާއި ދުރަށް ގޮސް ހިނގައިގަތެވެ. ޒާއިން އޭނާގެ ފަހަތުގައި ހުރެފައި ސައީދާއަށް ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ. އަޔާން މެން އައުމުން ކިއާރާ ދޮރު ހުޅުވާލިއެވެ. އަދި ނިކުތްގޮތަށް ޒާއިން ގައިގާ ބައްދައިގަނެފައި އަނެއްކާވެސް ރޯންފެށިއެވެ. “ޒާން.. މަންމަ… އަންނާނެ އަދި.. އަދި އަންނާނެ.. އޭނާ ގިވް އަޕް އެއް ނުކުރާނެ އޭނާ ހޯދާނެ… އެކަން ކުރާނެ.. ޒާން ޕްލީސް މިތަނުން ގެންދޭ ޕްލީސް… ޕްލީސް..” ކިއާރާ ކިޔަންފެށިއެވެ. އަޔާން ހުރީ ވާނުވާއެއްގެ ތެރޭގައެވެ. އޭނާ ހަނދާނަށް އައީ ވިއްސާރަ ވި ދުވަހު ކިއާރާ ކީ އެއްޗެއްސެވެ. މަންމައަށް ގޮވި ކަމެވެ. މަންމަ އެއް ދެކެ ބިރުން އުޅެނީ ކީއްވެބާއެވެ؟ “ކިޓީ ނާންނާނޭ ރިލޭކްސް.. އަޑު އަހާބަ ދެން އަޔަސް އޭނާއަށް ކަމެއް ނުކުރެވޭނެއޭ… ޔޫ އާރ ސްޓްރޯންގް އެއްނު ޔޫ ވިލް ފައިޓް…” ޒާއިން ބުނެފައި ކިއާރާ ދުރަށް ޖައްސާލިއެވެ. އަދި އޭނާގެ މޫނުމަތިން ކަރުނަތަށް ފޮހެލަދީ ލޮލުކުރިމަތީ ހުރި އިސްތަށިތަށް އެއްފަރާތްކޮށްލިއެވެ. އެ ދެލޮލުން އޭނާއަށް ވެފައިވާ ވަރު އަޔާންއަށް ވެސް ނަގައިގަނެވުނެވެ. “މޭން.. ތެންކްސް އިނގޭ.. ވަރަށް ބޮޑަށް..” ޒާއިން ބުނެލިއެވެ. “މެންޝަން ނޮޓް… އާދޭ ކާރަށް އަރަން… ދުރުގައެއްނު ތި ޕާކް ކުރީ… އެހިސާބަށް ކާރުގަ ގެންގޮސްދޭނަން…” އަޔާން ބުނެލިއެވެ. ޒާއިން ބޯ ޖަހާލާފައި ކިއާރާ ފަހަތު ސީޓަށް އަރުވާލާ އޭނާ ކުރީ ސީޓަށް އެރިއެވެ. އަޔާން ވެސް ކާރަށް އަރައި ސްޓާރޓްކޮށްލިއެވެ.

ކާރުގައި ހަމައެކަނި އިވެމުން ދިޔައީ ކިއާރާގެ ގިސްލުމުގެ އަޑެވެ. ޒާއިން ކުރިމަތީ އިނދެގެންވެސް ކިއާރާ ހަމަޖެއްސުވޭތޯ އުޅުނެވެ. “ނޯ ޒާން މި ބުނީނު އޭނާ އަންނާނެ…. އައިސް މަރައިވެސްލާފާނެ..” ކިއާރާ ބުނެލީ ތަންކޮޅެއް ބާރަށެވެ. “ޕޮލިހަށް އަންގަންވީނު؟” ވާނުވާ ނޭނގިފައި އިން އަޔާން ބުނެލިއެވެ. އޭނާ ބިރުން އެ އުޅެނީ އެ ފިރިހެނުން އައިސްގެން ކަމެއް ނުވަތަ އެ އަންހެން މީހާ ފެނިގެންކަމެއް އަޔާންއަކަށް ނޭނގުނެވެ. “ނޯ.. ނޯ….. ނާންގާތި.. ޒާން ބުނޭ އަޔާން ކައިރި ނަންގައްޗޭ.. ޕްލީސް..” ކިއާރާ ބުނެލިއެވެ. ޒާއިން ފުން ނޭވައެއް ދޫކޮށްލިއެވެ. ސަބަބުވެސް އިނގެނީ ހަމައެކަނި އޭނާއަކަށް ނޫންހެއްޔެވެ. ޒާއިން އެއްޗެއް ބުނުމުގެ ކުރިން އަޔާން ބޯ ޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ. ކުއްލިއަކަށް އަޔާންއަށް ފޯނެއް އައެވެ. “ހަލޯ… އަނާ.. ޝިޓް.. ސޮރީ އަނާ މިދަނީ އިރުކޮޅަކުން ބަލައޭ.. އާނ… ސޮރީ ވަރަށް އަވަސްވާނެ..” އަޔާން އެހެން ބުނެފައި ފޯނު ކަނޑާލިއެވެ. އޭނާ އެތަނަށް ދިޔަ އަސްލު ސަބަބު ހަނދާންނެތުމުން އޭނާ ބޮލުގައި ޖަހާލެވުނެވެ. އަޔާން ގޮސް ޒާއިންގެ ކާރު ޕާކް ކޮށްފައި ހުރި ތަނަށް މަޑުކޮށްލިއެވެ. ޒާއިން ކިއާރާ ގޮވައިގެން ނިކުމެލިއެވެ. “ތެންކްސް މޭން..” ޒައިން ބުނެލާފައި ދޮރު ލައްޕާލިއެވެ. އަޔާން ކާރު ސްޓާރޓްކޮށްލިއެވެ.

ޒާއިން ކިއާރާ ކާރަށް އަރުވާލިއެވެ. އެއަށްފަހު އޭގާ އިން ޓިޝޫ ފޮށިން ޓިޝޫ އެއް ދިއްކޮށްލިއެވެ. “ޒާން…މަންމަ އަދިވެސް…. އިނގޭތަ ކީ އެއްޗެހި..” ކިއާރާ މޫނު ފޮހެލަމުން ބުނެލިއެވެ. އެއަށްފަހު ވީ ހުރިހާ ގޮތް ކިޔައިދިނެވެ. “ކީއްވެތަ ދިޔައީ؟ ދެން ނުދާތި… އެކަނި ހުއްޓާ އެމީހުން ތެރެއިން މީހަކު ފެނުނަސް ތަންކޮޅެއް މީހުން ގިނަ ހިސާބަކު ހުރެފަ ކޯލް މީ…” ޒާއިން ބުނެލީ ހިތްހަމަނުޖެހިފައި ހުރެފައެވެ. ކިއާރާ ބޯ ޖަހާލިއެވެ. އެތަކެއް ފަހަރު ވިސްނައިދިނީ ދެން ނުދިޔުމަށެވެ. އަދި އެކަނިވެސް ނޫޅުމަށެވެ. ކިއާރާ ނިންމީ ހިތްވަރުގަަދަ ކުއްޖަކަށް ވާށެވެ. ކުޑަކަމެއް ވާއިރުވެސް އެ ހިތުގައި ޖެހި އޭނާ އަށް ރޮވެނީ ކުޑައިރުންސުރެ އޭނާގެ ހިތަށް ކޮށްފައިވާ އަސަރުތަކުގެ ސަބަބުންނެވެ. ކުޑަކަމެއްވެސް އެ ހިތް ބޮޑުކޮށްލަނީ އަބަދުވެސް އެގޮތަށް ވާތީއާއި އާދަވެފައި ހުރުމުންނެވެ.

 

ދުވަސްތަށް ފާއިތުވެގެން ދިޔައީ އެހެންނެވެ. ދޭތެރެ ދޭތެރެއިން ކިއާރާ އަށް ސައީދާ ފެނެއެވެ. އޭނާ ފަހަތުން ނުނައްޓާނެކަން ކިއާރާއަށް އިނގެއެވެ. އަޔާން އާއި ކިއާރާވެސް އެދުވަހަށްފަހު ދިމައެއްނުވެއެވެ. ހަޤީޤަތުގައި ކިއާރާ އެ މަގަށް ނިކުންނަވެސް ޖެހިލުންވެއެވެ. އަޔާންގެ ހިތުގައި އަދިވެސް ވަނީ ޝާހީނާކަން އިނގުނަސް ޔަޤީންވީ އެދުވަހުއެވެ. އޭނާ ހިތުގައި ޖެހުނީ އެހެންވެއެވެ. އެ ލޯބި ފޮހެނުލެވުނަސް އަބަދުމެ އަބަދަށް ހިތުތެރޭ ރައްކާތެރިކުރަން އޭނާ ބޭނުންވިއެވެ. ދެން އެ ލޯބި ހޯދާކަށް އޭނާ ބޭނުމެއްނުވެއެވެ. އެހެން ފޮރުވާލުމުންވެސް ލިބޭ ހިތްހަމަޖެހުން ރަނގަޅެވެ. ކިއާރާ އަށް ދެދުވަހަކު ޖޫލިއަންގެ އިމާރާތުން ނިކުމެގެން ބްލޫސް އިން ލާފައި ދާ އަނީލް ފެނުނެވެ. އަނީލް ކިއާރާއަށް ބަލައިލައެވެ. ކިއާރާ ހަނދާނަށް އައީ އޭނަގެ ސުކޫލް ދުވަސްކޮޅެވެ. އެ މަޖާ ދުވަސްކޮޅު ހަލާކުވި ހަމައެކަނި އޭނާގެ މަންމައާއި ހެދިއެވެ. ނަމަވެސް އަނީލްގެ މަޖާ ވާހަކަތަކާއި އަޔާންއާއި އެކު ހޭދަވި މަދު ދުވަސްކޮޅުތަކުން އޭނާ ހިތްހަމަޖެހެއެވެ.

ކިއާރާ އާއި ޒާއިން ހަފްތާގެ ފަހު ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު ނިކުތް ގަޑި އަކީ އަޔާން އާއި އަނީލް ގެ ކުރިމައްޗަށް އެރުނު ވަގުތެވެ. “ހެއި އަނީލްބެ އެން ހޭ އަޔާން.” ޒާއިން އަނީލްއަށް އަދަބުވެރިކަމާއި އެކު ގޮވާލުމަށްފަހު އަޔާންއާއި ދެއަތް ޖޯޑްކޮށްލިއެވެ. އަޔާން އާއި އަނީލް އެތާ މަޑުކޮށްލިއެވެ. ކިއާރާ އިސްޖަހާލައިގެން ހުރީ ފޯނާއި ކުޅެންށެވެ. އޭގެ ކުރިން އަނީލް ބަލައިލުމުން އޭނާ ހިނިތުންވުމެއްވެސް ދިނެވެ. “އަނީލްބެ މިކޮޅުގައި ކީއްކޮށްލައްވަނީތޯ؟” ޒާއިން އަހާލިއެވެ. އެހެނީ އަނީލް އަކީ ދެވަނަ ބްރާންޗްގައި އުޅޭ މީހެކެވެ. މި ބްރާންޗަށް އޭނާ ވަރަށް ނާދެއެވެ. ނަމަވެސް މި ދުވަސްކޮޅު ގިނައިން އެތަނުން ނިކުންނަތަން ޒާއިންއަށްވެސް ފެނުނެވެ. “މިއުޅެނީ އަހަރީ ޕާޓީ ބާއްވަންވެގެން.. ޒާއިން ހަނދާން ނެތުނީދޯ… ހެހެހ އެހެންވެސް ވާނޭ… މީ ކޮންކުއްޖެއްތަ؟” އަނީލް އެހެން ބުނެފައި ޒާއިންގެ ކޮނޑުގައި ޖަހާލިއެވެ. އެއަށްފަހު ކިއާރާއަށް އިޝާރާތްކޮށްލިއެވެ. “މީ ފަތުހީ ސަރ ގެ ދަރިފުޅު..” ޒާއިން ބުނެލުމުން ކިއާރާ އަނީލްއަށް ބަލައިލާ ހިނިތުންވެލިއެވެ. “ޒާއިން އަންނަންވާނެ މިފަހަރުގެ ޕާޓީއަށްވެސް… މައިޝާ ވެސް ކިއާރާ ވެސް ގޮވައިގެން އިނގޭ؟” އަޔާން ބުނެލިއެވެ. ޒާއިން އާއި ރައްޓެހިކަން ބޭއްވި އިރުންސުރެ ބާއްވާ ކޮންމެ އަހަރީ ޕާޓީއަކަށް ޒާއިންއަށް ދައުވަތު އަރުވައެވެ. އަޔާންގެ ހާއްސަ މީހެއްގެ ގޮތުގައެވެ. ކޮންމެ ޕާޓީއެއްވެސް ނިމިގެންދަނީ ޒާއިންގެ މޮޅެތި ލަވަތަކުންނެވެ. އޭނާއަކީ ކުދި ކުދި ޕާޓީތަކުގައި ލަވަ ކިޔާ މީހެކެވެ. އެއީ އޭނާގެ “ހޮބީ” އެކެވެ. ޒާއިންވެސް އަޔާން އަށް ބްލޫސް ގެ އަހަރީ ޕާޓީއަށް ދައުވަތު އަރުވައެވެ. ނަމަވެސް އަޔާން ކޮންމެވެސް ބަހަނާއެއް ދައްކާފައި ނާދެއެވެ.

“އާނ ހަނދާން ނެތުނީއޭ… މިދުވަސްކޮޅު ބިޒީ ކޮށް އުޅޭތީ ހަނދާންވެސް ނެތީއޭ ހޮނިހިރު ދޯ އެއީ؟.. އާނ ރެޑީ ވެލާނަމޭ އިނގޭ.” ޒާއިން ބުނެލީ ގަޑީގައި އިން ތާރީހަށް ބަލާލާފައެވެ. އަޔާން ބޯޖަހާލިއެވެ. ކިއާރާ އަޔާންއަށް ބަލާލިވަގުތު އަޔާންވެސް ބަލައިލިއެވެ. ކިއާރާ އަވަސް އަވަހަށް ދުރަށް ނަޒަރު ހިންގާލިއެވެ. “ދާންވާނެ ނު ކިޓީ؟ އެއީ އެންމެ ސަޅި ޕާޓީ ކޮންމެ އަހަރަކު ބާއްވާ…. އެންމެ އެންޖޯއީ ވެސް ކުރާ…. ކިޓީ އަށް ވާނެ ނު އިނގެން ރާއްޖޭގެ އަހަރީ ޕާޓީސް ދޯ…. ބްލޫސްގެ ދެން ނޭނގެ ޕާޓީ އަންނާނެ ޒަމާނެއް.. ކިއާ މެން ތި އައީ  ޕާޓީ ނިމުނުތަނާހެން ވިއްޔަ…” ޒާއިން ބުނެލިއެވެ. ކިއާރާ ބޯ ޖަހާލިއެވެ. އިރުކޮޅަކު ވާހަކަ ދައްކާލަން ހުރުމަށްފަހު އެމީހުން ދިޔައެވެ. “ކިޓީ އިނގޭތަ މިހާރު ޖޫލިއަންގެ 3 ޕާޓީގައި ޖޮއިން ކޮށްފިން… 3 ޕާޓީގައިވެސް ލަވަ ކިޔާ އެ ޕާޓީ ސަޅިކޮށްލީމޭ..” ޒާއިން ބުމަ ހިއްލަމުން ބުނެލީ ފޮނި ކަނޑާލާށެވެ. “އާނ އާނ… ތިހެންޏާ ޖެހޭނެ އަޑުއަހަން ކޮންމެހެންވެސް ތި ކިޔާ ލަވައެއް… ދާންވާނެ ދޯ؟” ކިއާރާ ބުނެލިއެވެ. ޒާއިން ބޯ ޖަހާލިއެވެ.

“ޒާން އަންނަންވީނު މިގެއަށް ލަވަ ޕްރެކްޓިސް ކުރަން ޕްލީސް ޕްލީސް…” ކިއާރާ ބުނެލީ ގޭ ދޮށަށް ކާރު ހުއްޓުމުންނެވެ. “އަމްމް އޯކޭ.” ޒާއިން ބުނެލިއެވެ. ކިއާރާ އުފަލުން ފުއްމާލާފައި އިންތިޒާރު ކުރާނަމޭ ބުނެ އެތެރެއަށް ވަދެލިއެވެ.

……

ޒާއިން ގިޓާ ހިފައިގެން އާއިރު ކިއާރާ އުޅެނީ ކޮޓަރީގައެވެ. އޭނަ އުޅުނީ ކޮޓަރީގައި ހިއްޕަން މާ ހަދާންށެވެ. ޒާއިން އައުމުން ކިއާރާ އެ އެއްޗެހިތަށް ހުރިތާ ބަހައްޓާފައި އައީ ޒާއިންގެ ގިޓާއާއި ދިމާލަށެވެ. “ވާއު… ޒާން އިނގޭތަ ގިޓާ ޖަހަން؟” ކިއާރާ އަހާލިއެވެ. ޒާއިން ބޯ ޖަހާލިއެވެ. “އެބަހުރިތަ ސަޅި ލަވަ ކޮޅެއް؟” ޒާއިން އަހާލުމުން ކިއާރާ ބޯޖަހާލާފައި އޭނާގެ ފޯނުގައި ހުރި ލަވަތަށް ދައްކާލިއެވެ. އަދި އޭގެ ލިރިކްސް ތަށް ހޯދައިގެން ގިޓާ ކޯރޑްސް ވެސް ހޯދިއެވެ. ޒާއިން ގިޓާ ޖަހަން ފެށީ ދަސްކުރަންށެވެ. ޒާއިން ލަވަ ކިޔަންފެށިއެވެ.

އޭނާގެ އަޑަކީ ރީތިއަޑަކަށްވެފައި ކިޔާލާ ރާގު ރީތިވުމުން ކިއާރާއަށް އިނދެވުނީ ލަވައިގެ ތެރެއަށް ގެއްލިފައެވެ. އެހާވެސް އަސަރާއި ބަނޑިތަކަށް ބާރުލައިގެން ކިޔާއިރު ހޮވާލެވޭ ކަހަލަ މޮޅު ލަވަކިޔުންތެރިއަކަށް ޒާއިން ވާނެކަން ކިއާރާއަށް އިނގެއެވެ.

“ޒާން ބުނަންތަ ތިތަން ކިޔާނެ ސަޅިގޮތެއް؟” ކިއާރާ އެހެން ބުނުމުން ޒާއިން ނިތް އެރުވިއެވެ.

“އަންނާނީ ދެން ބަހާރު….

ރުހެމުން ދާތީ މިހާރު…

އެކުގައި ވީމާ ޔާރު…

އުފާ ހިތްވޭ ނިކަން….”

ކިއާރާ ކިޔާލުމުން ޒާއިން ދެލޯ ބޮޑުކޮށްލާފައި އިނެވެ. “ހަހަ ކިހިނެއްވި؟” ކިއާރާ އެހީ ޒާއިން ގެ މޫނަށް ވީ ގޮތް ފެނި ހިނިއައިސާ ހުރެއެވެ.. “އެތަން ކިޔަންވީ ގޮތޭ މިބުނީ.. މާ ސަޅިވާނެ..” ކިއާރާ ބުނެލުމުން ޒާއިން ހޭންފެށިއެވެ. “ކިޓީ ޔޫ ޝުޑް ސިންގް ވިދް މީ ސީރިއަސްކޮށް ހާދަ ސަޅިއޭ… އަދި ނޭނގޭ ކިޓީ ލަވަ ކިޔާކަމެއް..” ޒާއިން ބުނެލިއެވެ. ކިއާރާ އެއްޗެއް ނުބުނެ ހޭންފެށިއެވެ. “ސީރިއަސްކޮށް ލަވަ ކިޔަން ހިނގާބަ ދެމީހުން..” ޒާއިން ބުނެލިއެވެ. “އަމް… އޯކޭ….” ކިއާރާ ބުނެލުމުން ޒާއިން ފުޅާ ހިނިތުންވުމެއްދިނެވެ. “މިފަހަރުގެ ޖޫލިއަން ޕާޓީ ވެގެންދާނީ އެންމެ ސަޅި ޕާޓީއަށް..” ޒާއިން އެހެން ބުނެލިއެވެ. ކިއާރާއާއި ދެމީހުން ލަވަ ކިޔުމުގައި ހޭދަކުރިއެވެ. ހުކުރު ދުވަހުގެ ހަވީރުންފަށައިގެން ރޭގަނޑު ވަންދެންވެސް ޒާއިން އާއި ކިއާރާ އުޅުނީ ލަވަ ދަސްކުރުމުގައެވެ. ކިއާރާއަށް އެއްޗެއް ބުނެދޭކަށެއް ނުޖެހެއެވެ. އެއީ ހަމަ ހުރިގޮތަށް ހުރި މޮޅު ލަވަކިޔުންތެރިއެކެވެ.

ހޮނިހިރު ދުވަހުގެ ރެއެވެ.

ކިއާރާ އަތުގައި އޮތް ކަޅު މެކްސީއެއް ލިއެވެ. އަދި އެއާއި އެކު އިންނަ ރަތް ކުލައިގެ ބެލްޓެއް އަޅާލީ އެ ޕާޓީ އާއި ގުޅުވާލަންށެވެ. އެ މެކްސީގައި ކިއާރާ ފެންނަލެއް ވަރަށް ހިތްގައިމެވެ. އުނަގަނޑުގެ ހިމަކަން އިނގެނީ އަޅާފައި އިން ބެލްޓުންނެވެ. ރަތްކުލައިގެން ކުޑަ ދަބަހެއް އަޅުވާލި ކިއާރާ މެސީ ބަންއެއް ފަދައިން އިސްތަށިގަނޑު ހަދާލިއެވެ. އަދި ލޮލު ކުރިމައްޗަށް ވެއްޓޭ އިސްތަށިކޮޅުތަށް އެ ހުރިގޮތަށް ބަހައްޓާ އެ އިސްތަށިކޮޅުތަކުގައި ފުނާ އަޅާލިއެވެ. އެހެން ހުންނައިރު އޭނާ ފެންނަލެއް ވަރަށް ރީއްޗެވެ. ކަންފަތް ކައިރިން ދޫކޮށްލާފައި އިން އިސްތަށިކޮޅު އިނީ ބުޅިކޮށެވެ.. ކިއާރާ ރަތްކުލައިގެ ލިޕްސްޓިކެއް ހާކާލާ ލިކުއިޑް އައިލައިނާރ އިން ވިންގް އެއް ގޮތަށް ލޮލުމަތީ އެޅިއެވެ.. އަދި މަސްކަރަ އުނގުޅާލުމަށްފަހު ލޯގަނޑުން ފަހު ފަހަރަށް ބެލިއެވެ. ގެންގުޅޭ ފޮގް ސެންޓު ފުޅި ޖަހާލުމަށްފަހު ކޮޓަރިން ނިކުތީ ޒާއިންއަށް ގުޅަމުންނެވެ.

ކިއާރާ ފޯނު ކަންފަތުގައި ޖަހާލައިގެން ހުރެ އަނެއްއަތުން މެކްސީ ހިއްލާލަމުން ތިރިއަށް ފައިބައިގެން އައެވެ. އޭރު ފަތުހީ އިނީ ސޯފާގައެވެ. ޒާއިން މި ކައިރިކުރީ އޭ ބުނުމުން ކިއާރާ ފޯނު ބާއްވާލިއެވެ. “މާ ޝާ ﷲ ބައްޕަގެ ދަރިފުޅު ރީތިކަން…. ދަރިފުޅު އަވަހަށް އަންނައްޗޭ.. އެން ޔެސް ގުޑްލަކް ލަވަޔަށް ވާނެ ބްލޫސް ގެ އަހަރީ ޕާޓީގައިވެސް ލަވަ ކިޔައިދޭން އިނގޭ…” ފަތުހީ ބުނެލިއެވެ. ކިއާރާ ބޯ ޖަހާލާފައި ކުޑަކޮށް ފަތުހީގައިގަ ބައްދާލިއެވެ. އަދި ނުކުތީ ޒާއިން އައިސް ހޯރން އަޅާލިއަޑަށެވެ. ކިއާރާ ގެ ކަޅު ހައި ހީލްއަށް އަރާލަމުން ބޭރު ދޮރުން ނިކުތެވެ. އަދި ކުރިމަތީ އޮތް ކާރަށް އެރިއެވެ.. މައިޝާވެސް ރީތިވެލައިގެން އައިސް އިންތަންފެނުވެ. އޭނާ އިނީ ރަތްކުލައިގެ ކަކުލާއި ހަމާއަށް އަރާ ފްރޮކް އެއް ލައިގެންނެވެ. ކިއާރާ މައިޝާ ގައިގާ ބައްދާލިއެވެ. “ވާވް ކިޓީ.. ޔޫ ލުކް ޕްރެޓީ… އޯސަމް..” މައިޝާ ބުންޏެވެ. ޒާއިން ކިއާރާއަށް ބަލައިލަމުން ދެލޯ ބޮޑުކޮށްލިއެވެ.. “މެސީ ބަން ހާނ؟؟ ލޯބި އިނގޭ..” ޒާއިން ބުނެލުމުން ކިއާރާ ތެންކްސް އޭ ބުނެފައި ހިނިތުންވިއެވެ.. ވާހަކައިގައި އެމީހުން ގޮސް ޕާޓީ އޮތްތަނަށް މަޑުކުރިއެވެ. އަދި ކާރުން ފައިބައިގެން ހޯލް ތެރެއަށް ވަންނަން ދިޔައެވެ. ކޮންމެ މީހެއްގެ ލޮލުގައިވެސް އަޅައިގަންނަނީ ކިއާރާއެވެ. ދޮރުމަތީ ހުރި އަޔާންއަށް ކިއާރާ ފެނުނެވެ. އޭނާއަށް އެހެން ދިމާލެއް ބަލަންވެސް އުނދަގޫވިއެވެ ހީވަނީ ރޭގަނޑު ގެ އަނދިރިކަން އަލިކަމަށް ގެންނަ ހަނދުހެންނެވެ. މި އެންމެން ތެރެއިންވެސް ކިއާރާގައިގާ އަޅައިގަންނަ ގޮތެއް ހުރެއެވެ.  އަޔާން ކިއާރާއަށް ބަލަމުން އައިސް ޒާއިން ގައިގާ ބައްދާލާ ހެދިއެވެ.. ނަމަވެސް ކިއާރަ އެންމެ ފަހަރަކުވެސް އަޔާންއަށް ބަލައެއްނުލައެވެ. މިހާރު އެކަން ފަރިތަ ވިފަދައެވެ. އޭނާއަށް އަޔާން ކުރިމަތީ އޭނާގެ އިހްސާސްތަށް ކޮންޓްރޯލް ކުރެވެއެވެ. “ވެލްކަމް!! ވެލްކަމް!!.. މިތާ އިށީންނަން ދޭ އަވަހަށް…” އަޔާން އިށީންނަން ތަންދައްކިއެވެ.

އޮފީހުގައި މަސައްކަތް ނުކުރާ އެތަށް ބަޔަކުވެސް އައިސް އުޅުނެވެ. ކިއާރާއަށް ރީތިވެލައިގެން ހުރި އަނާން ފެނުނެވެ. އަނާންއަށް ކިއާރާ ފެނިގެން ހިނިތުންވެލުމުން ކިއަރާވެސް ހިނިތުންވެލިއެވެ. “އޭ ދީމާ ވެސް އެބަ އުޅޭ..” ކިއާރާ ބުނެލީ ދުރުން ބްލޫސްގެ މުވައްޒިފެއްކަމަށް ވާ ދީމާ ފެނިގެންނެވެ.”އާނ އެއީ އަޔާން މަންމަ ގެ އާއިލާ ކުއްޖެއް.. ކޮންމެ އަހަރަކުވެސް އޭނާ އާދެޔޭ..” ޒައިން ބުންޏެވެ. ކިއާރާ ގޮނޑިން ތެދުވެލާފައި ދީމާއާއި ދިމާލަށް ދިޔައެވެ. “ހޭ ދީމް…” ކިއާރާ ގޮވާލިއެވެ. ދީމާ ފަސްއެނބުރުނެވެ. އެއާއި އެކު އަނގަ ހުޅުވާލެވުނެވެ. “މޭމް ހިއަރ؟؟” ދީމާ އަހާލިއެވެ. “ޔާ އަސްލު އަޔާން އިންވައިޓް ކުރީ.. ހެހެ..” ކިއާރާ ބުނެފައި އަޔާން ދެއްކިއެވެ.. ދީމާއާއި ދެތިން ވާހަކަ ދައްކާލުމަށްފަހު ކިއާރާ އޭނާ އިން ތަނަށް ދާންވެގެން އެނބުރުނެވެ.. އެއާއި އެކު އޭނާއަށް ފެނުނީ އޭނާގެ ކުރިމަތިން ގޮނޑިއެއްގައި އަޅައިގަނެފައި ވެއްޓެން ދިޔަ ހަމްނާއެވެ. ކިއާރާ އަށް ހަމްނާގެ ގައިގާ ހިފަހައްޓާލެވުނީ ދެލޯ ބޮޑުކޮށްލަމުންނެވެ. އެއަށްފަހު ހަމްނާ ކައިރި ހުރި ގޮނޑިއެއްގައި އޭނާ ބޭންދިއެވެ. “ދައްތާ ބަލައިގެން.. ތަދުވިތަ؟” ކިއާރާ އޯގާތެރިކަމާއި އެކު އެހެން ބުނެފައި ހަމްނާގެ މޫނަށް ބަލައިލިއެވެ. އެއާއި އެކު އޭނާ ދެލޯ ބޮޑުވިއެވެ. އެއީ އަޔާންގެ މަންމަ ކަމާއި މެދު އޭނާ ޝައްކެއްވެސް ނުކުރެއެވެ. އޭނާއަށްވަނީ އަޔާންއާއި ހަމްނާގެ ފޮޓޮއެއްވެސް ފެނިފައެވެ. އޭގެ އިތުރަށް ހަމްނާއާއި އަޔާން ވައްތަރުވެސްމެއެވެ. ހަމްނާ އޭނާގެ ފައިގާ ހިފަހައްޓާލީ ގޮނޑިގައި ޖެހުނު ތަނަށް ތަދުވެގެންނެވެ. އެ ހަރަކާތުން ހަމްނާގެ މޫނަށް ގެއްލިފައި އިން ކިއާރާ ސިހުނެވެ. އަދި އަވަސް އަވަހަށް ހަމްނާގެ ފަޔަށް ބަލައިލިއެވެ.

ކިއާރާ އެތާ އަތްހާކާލަމުން ދިޔައީ ތަދު ފިލުވާލާށެވެ. އަދި މަޑު މަޑުން މޮޑެލަ ދިނެވެ. “އޯކޭ ވެއްޖެތަ ދައްތާ؟” ކިއާރާ ހިތްހެޔޮކަމާއި އެކު އެހިއެވެ. ހަމްނާ ބޯ ޖަހާލަމުން ކިއާރާގެ މޫނުގައި ހިފަހައްޓާ އެ މޫނު ރަނގަޅަށް ސްކޭންކޮށްފައި ހިނިތުންވުމެއް ދިނެވެ. އަދި ޝުކުރު އަދާކުރިއެވެ. “މިހާރު ރަނގަޅުވެއްޖެ..” ކިއާރާގެ އެހީގައި ތެދުވެ ހަމްނާ ބުނެލީ ފައި ދެކޮޅަށް ތަޅުވާލަމުންނެވެ. ކިއާރާ ހިނިތުންވިއެވެ.. އަދި އެތަނުން ދާން ހިނގައިގަތެވެ. ހިތުގައި އުފާވެރިކަން އުފެދުނެވެ. ހަމްނާއަށް އެހީ ވެވުނީމައެވެ. ކިއާރާ ގޮސް އިށީނދެލުމަށްފަހު ދެންމެ ވީ ކަންތަށް ކިޔައިދިނެވެ. “ބައިދަވޭ އޭނާ ހާދަ ހޭންޑްސަމް އޭ..” މެހެމާނުންނަށް މަރުހަބާ ކިޔަން ހުރި އަޔާންއަށް ގެއްލިފައި އިން ކިއާރާ ބުނިއިރު އެ ތުންފަތް މަތީ ވަނީ ރީތި ހިނިތުންވުމެކެވެ.

އަޔާން ހުރީ ކަޅު ކުލައިގެ ގަމިހަކާއި ކަޅު ފަޓުލޫނެއް ލައިގެންނެވެ. އަޅާލެވިފައިވަނީ ރަތް ޓައީއެކެވެ. އަދި ކަޅު ކޯޓެކެވެ. ކިއާރާ އެތަށް އިރަކުވެސް ފޫހިނުވެ އެހެން ބަލަން ހުރެވިދާނެއެވެ. ޒާއިން ކިއާރާގެ ދެލޯ ކުރިމަތީ އަތް ހަރަކާތްކޮށްލީ ހެމުންނެވެ. ކިއާރާ ސިހިފައި ޒާއިންއަށް ބަލައިލިއެވެ. “ދެންން.. ހާދަ ގޯހޭ… ބަލައިގެންނޭ ހިތްފުރެނީ ބެލިޔަ ދީބަ… ޒާން އިނދެބަ މައި އަށް ބަލަން މޮޔަ ނުވެ..” ކިއާރާ ޒާއިންގެ ގައިގާ ޖަހާފައި އަނެއްކާވެސް އަޔާންއަށް ބަލަން އިނެވެ.

އަޔާން ކިއާރާއަށް ބަލައިލެވުނީ އެއްލިކަޅިންނެވެ. އޭރުވެސް ކިއާރާއަށް އިނދެވުނީ ބަލަންށެވެ. އަޔާން ބަލާކަން އިނގުމުން ކިއާރާ އަވަސް އަވަހަށް އިސްޖަހާލާ ހަމަޖެހުނެވެ. ހިތް ތެޅިގަތީ އަޔާންއަށް އެކަން އެނގިދާނެބާއޭ ހިތަށް އަރާފައެވެ.

އަނީލް ހަދާލާފައި އިން ކުޑަ ސްޓޭޖަށް އަރާލާ އެންމެންނަށް މަރުހަބާ ކިއެވެ. އަދި އޮފީހުގެ މުވައްޒިފުންނާއި ވިއްދައިގެން ދެތިން ބަހެއް ބުނެލާފައި އަހަރީދުވަހު ތަހުނިޔާ އަރިސްކުރިއެވެ. މާގިނަ ވާހަކަތަށް ދެއްކުމެއް ނެތި އޭނާ ފޭބީ އެންމެންވެސް ކާންވާނޭ ބުނެފައެވެ. އެވަގުތު ވެއިޓަރު ކޮންމެ މޭޒެއްގައި ތިބި މީހުންނަށް ވާވަރަށް ބަތްތަށްޓަކާއި ކޯކް ތަށި ބެެހެއްޓިއެވެ.. ކިއާރާ ސަމްސަލުން ކާންފެށި އިރު ޒާއިންއާއި މައިޝާ ތިބީ އަތުން ކާންށެވެ. އޭނާއަށް އަތުން ކާން މިހާރު ނުވެސް އިނގޭކަހަލައެވެ. ދެތިން ލަވަ ކިޔާ ބޭންޑެއް ގެނެސްގެން އެ ރޭގެ ހިތްގައިމު ކެއުން އިތުރަށް ފުރިހަމަވިއެވެ.

“ޒާއިންބެ މިފަހަރަ ލަވަ ނުކިޔަންތަ؟” ޒާއިންގެ ކައިރިއަށް ބެކް ސްޓޭޖަށް އައި އަނާން އެހީ ކިއާރާއަށް ބަލާލަމުންނެވެ.. “ކިޔަންވީތަ؟” ޒާއިން އަހާލުމުން އަނާން ބޯޖެހީ އާއެކޭ ބުނާށެވެ. “އަނާން ވެސް ޖެހޭނެ އަރަން..” ޒާއިން އެއްލޯ މަރާލަމުން ބުންޏެވެ. “ނޯ….” އަނާން އަނގަޔަށް ގޮތެއް ހަދާލަމުން ބުންޏެވެ. “މިރޭ ވަރަށް ސަޅިވާނޭ.. ބޭރު ގައުމުން ގެނައި ލަވަ ކިޔާ ކުއްޖެއް މިރޭ ލަވަ ކިޔާނެ.. ކިޓީ ދައްތަ” ޒާއިން ބުނެލީ ކިއާރާ “އިންޓްރޮޑިއުސް” ކުރާފަދަ ގޮތަކަށް އެދިމާލަށް އަތް މަޅާލަމުންނެވެ. “އަސްލުތަ؟ ވާވް … ދެން ޒާއިންބެ މި އެކްޓަށްފަހު އަރާ އިނގޭ.. މިދަނީ ބުނަން ފައުބެ  ކައިރި..” އަނާން އެހެން ބުނެފައި ދުއްވައިގަތެވެ. އެވަގުތު އެނައުންސް ކުރަން ހުރި ފައުޒާން ކައިރި އަނާން އެހެން ބުނެލިއެވެ. ފައުޒާން އެ ލަވަ ނިމުމުން ކަމަށް ބުނުމުން އަނާން އިންތަނަށް އިށީންނަން ދިޔައެވެ.

ފައުޒާން ޒާއިންއަށް ގޮވާލިއެވެ. ޒާއިން ގިޓާ ހިފައިގެން އަރާލީ ކިއާރާ ގެ އަތުގައި ހިފާލައިގެންނެވެ. ކިއާރާ ލަދުގަތީ ލައިޓްތަށް އެމީހުންނަށް އެޅިފައި ހުރުމުންނެވެ. ނަސީބަކުން އެ އެއްޗެހި ނިއްވާލިއެވެ. ކިއާރާ ގޮސް އޭނާގެ މައިކް ހިފަހައްޓާލިއެވެ. އިށީނދެ އިން އަޔާން ދެލޯ ބޮޑުކޮށްލިއެވެ. ކިއާރާ ލަވަކިޔުން އެއީ އޭނާއަށް ނޭނގޭ ކަމެކެވެ. ކިއާރާ މައިކް ހިފައިގެން ގޮނޑީގައި އިށީނދެލުމުން ޒާއިން ގިޓާ ހިފައިގެން އިށީނެވެ. ކިއާރާ އަޔާންއަށް ބަލައިލެވުނެވެ. އޭނާ މިރޭ ކިޔާ ލަވަތަކަކީ އަޔާންއަށް ހާއްސަ ލަވަތަކެކެވެ. ޒާއިން ދަންނަ ބައެއް ކުދިން ހަޅޭލަވައިގަތެވެ. ޒާއިން ހިނިތުންވުމެއް ދެމުން ކިއާރާއަށް ބަލައިލާ ގިޓާ ޖަހަންފެށިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ކަލާޔާނުލާ ދިރުމެއްނެތެވެ. (1)

Next

އެ ލޯބި އަސްލު ހައްޤޭ (10 ވަނަ ބައި)

Next
December 19, 2016

އެ ލޯބި އަސްލު ހައްޤޭ (10 ވަނަ ބައި)

Previews
December 19, 2016

ކަލާޔާނުލާ ދިރުމެއްނެތެވެ. (1)

38 Comments!

  1. Ryn says:
    December 19, 2016 at 8:25 pm

    Hey sorry for late.. And thinking to upload 22 vana part cx i always want it to go in order, i mean night ga up kuraa part even number akah hadhan beynun vany cx story ga indhey 62 parts so i want last up kuran reygandehga lol! So shall i? tc 😉

  2. # says:
    December 19, 2016 at 8:29 pm

    Adhi nukiyan ekam egey reethi vaanekan

  3. Alyaa says:
    December 19, 2016 at 8:30 pm

    Haaaan
    Please up kohdheeee

  4. Ana says:
    December 19, 2016 at 8:33 pm

    Alhey haadha kuru hen heeveye reen

  5. wishy says:
    December 19, 2016 at 8:36 pm

    Eyy haadha nala ey.. Avahah up kohbr

  6. Malaa says:
    December 19, 2016 at 8:40 pm

    Ekam dhw ryn dhen in part up kohdhyba plx mirey plx plx masha allaah v reethi

  7. Jee says:
    December 19, 2016 at 8:43 pm

    Yes yes yes upload kohba Ryn
    ❤️❤️❤️❤️

  8. princess says:
    December 19, 2016 at 8:44 pm

    dhen mirey kon irakuntha…. plxxx avas

  9. sharhiee... says:
    December 19, 2016 at 8:45 pm

    Yes please…!!!
    Next part kiyrrhithun mihaar hurewenie ehnoon…
    Mi part wex warah reethiii….
    Thankx ryn… ???

  10. shahu says:
    December 19, 2016 at 8:46 pm

    Nice…. next part when up kuranee ryn…..

  11. princess shaal says:
    December 19, 2016 at 8:47 pm

    wow waitn for another part

  12. Axee says:
    December 19, 2016 at 8:48 pm

    Ryn vareh neh hama.superb…☺☺???????

  13. Leen says:
    December 19, 2016 at 8:51 pm

    Yesss yesss please ???up kohbaa v v reethi ryn

  14. Khajja says:
    December 19, 2016 at 8:51 pm

    Wow v rythi masha allah kiaa thihen ulheveytho balaa bala mihaaru eba rangalhuvey ryn v bodah thanks mikahala rythi stry eh genesdheythy thank u so much n luv ya

  15. Hooooo? says:
    December 19, 2016 at 8:53 pm

    Yes yes. Ryn. I would love to.

  16. eu says:
    December 19, 2016 at 8:55 pm

    Ohhhh plxxx ryn baby….hehee I love u. Vrh reethi ingey. waiting

  17. Xhthfjf says:
    December 19, 2016 at 8:57 pm

    Yessss avahah up kohladheeeee

  18. FR says:
    December 19, 2016 at 8:59 pm

    Vvvv reeethi … upload 22 vana part pls ?

  19. Hooooo? says:
    December 19, 2016 at 9:00 pm

    Yes yes.

  20. Same says:
    December 19, 2016 at 9:01 pm

    Yes mirey upkohdheeba plxxx. This is one awsome story….!

  21. Shy says:
    December 19, 2016 at 9:05 pm

    Yeah plx Ryn.. Mirey kihaa iraku up kohdheyny?? u r di bst.. mwah <3 Nd Ryn noon wrtr eh noolheyne thihn avahah prt thah genes dheykah.. U r unique.. Asluves.. Kiyanyaa kiyeyne lts n lts ehchehi.. Nvr mind.. LOL c you iru kolhakun Ryn.. Laav yuh.. Miss mre… N dis is my frst stry migothah ehkoh kiyaa.. varah habeyys.. <3 :*

  22. chum puty says:
    December 19, 2016 at 9:06 pm

    yes yes plz ryn

  23. Aika says:
    December 19, 2016 at 9:09 pm

    Yes yes avahah up kohdhyba. Kiyaa hithun hureveny eh nun. Neyvaa hifahahtaalaigen indha komme faharaku nimeny. Dhn vaany kihinei baa hithah ara araa indha. Ryn ur the best

  24. Kalhu handi says:
    December 19, 2016 at 9:12 pm

    Alhey ryn haadha rangalhey.. Mikahala liyuntherin kiyuntherin beynun vany… Yeah…

  25. Naakko says:
    December 19, 2016 at 9:12 pm

    Woooooow awsome ❤❤❤ Avahah up kohba

  26. Faathee says:
    December 19, 2016 at 9:14 pm

    Ys yes yes avaha up kohla dhee. Gina part up kuri vareh hama rangalhee. Hehe. Luv u girl

  27. alma.. says:
    December 19, 2016 at 9:15 pm

    next part varah reethi vaane hen hiyvany.. oww…..just waiting
    its so nice.. 🙂

  28. Yaaya says:
    December 19, 2016 at 9:16 pm

    Haaann up kohdheeebaaa .. Kiyaa hithun maruvany mioh gen ??stry varah reethi ingeyh keep it up ❤❤

  29. Ryn says:
    December 19, 2016 at 9:36 pm

    Done!!! I wonder why u guys r so awesome!! What did i do to deserve u guys lol!! anyway thankyou 😉

    1. Kalhu handi says:
      December 19, 2016 at 11:00 pm

      Konme dhuvahaku vaahaka up kohdheythyve.. Esfiya ga hunna ehn story ves kiyan ekam e vaahaka thah maa lahy up koh dheyleh… Gina vaahakathah hury huhtifa.. So yur the best. Luv u

  30. Naani says:
    December 19, 2016 at 9:54 pm

    63 parts???dats too much. Avaha vahaka ninmaa..haasaru nudham

    1. Andhu says:
      December 20, 2016 at 5:15 am

      Shut up

  31. Fin says:
    December 19, 2016 at 10:24 pm

    This part is extraordinary… So nice

  32. ruhy says:
    December 19, 2016 at 10:27 pm

    wow! story adhi varah nice

  33. Aishy says:
    December 19, 2016 at 11:03 pm

    Masha Allah… Varah salhi.. Ryn thy enme avahah vaahaka up kohdhey writer aky.. Superb… ???

  34. Mop says:
    December 19, 2016 at 11:23 pm

    So beautiful.. Varah nice.. Mirey nidheyny vx dhen vane gothaka medhu khiyal kuran ovva kanneyge…

  35. Faxoo says:
    December 19, 2016 at 11:36 pm

    Vrh reethi

  36. Riz says:
    December 20, 2016 at 2:01 am

    Vr reethi

Comments are closed.

Next Episodeހިތް އެކީ ދެވިއްޖޭ…22←


All Right Reserved!