Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެކީ ދެވިއްޖޭ..19

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
December 18, 2016 9 Mins Read
28 Comments

 

“ތީގަ ކޯޗެއް ލިޔެގެން ތި ހޯދަން އައީ؟ އަނެއްކާ ކިހިނެއް ލިބުނު ކޯޗެއް ތިވަރުން އުޅެން؟” ޒާއިން ނުވާކަމަށް ހަދާލާފައި އަހާލިއެވެ. ހިސާބަކަށް ކިއާރާ ގެ ސިހުން އިނގި އޭގައި އޮތް އެއްޗެއް އޮޅުން ފިލުވަން ބޭނުންވިއެވެެ. އަޔާން މި ލިބުނު ގޮތް ކިޔައިދިނެވެ. ޒާއިން ހޭންފެށިއެވެ. “ތީގައި އޮތީ އަނެއްކާ ކޮންކަހަލަ އެއްޗެކޯ؟” އަޔާން އެ ގަނޑުގައި ލިޔެފައި ހުރި އެއްޗެހި ނޫން އެހެން ހުރިހާ އެއްޗެއް ކިޔައިދިނުމުން ޒާއިން އެހިއެވެ. “މި ލިޔުނީ…. ކިހިނެއްބުނާނީވެސް.. އެއްކަލަ ދުވަހު މައިޝާ ދެއްކިއެއްނު ވާހަކައެއް…ޖެލީގަ… އާލިޔާއެކޭ ކީމެއްނު އޭނާ މީގެ އަހަރުތަކެއް ކުރިން ގެއްލުނޭ…ޒާއިން އޭނާ އެބައުޅޭ.. މިއޮތީ ހެކި..” އަޔާން އެ ގަނޑުކޮޅު ދައްކާލިއެވެ. ޒާއިން ދެބުމަ ގޮށްޖަހާލަމުން ކިއާރާއަށް ބަލައިލިއެވެ. އެއަށްފަހު ގަނޑުކޮޅަށް ބަލައިލިއެވެ. ސިކުނޑީގައި ހިޔާލުތަކެއް ބުރުޖަހަމުންދިޔައެވެ. މައިޝާއާއި އަޔާން ދެއްކި އާލިޔާގެ ވާހަކަ ހަނދާންވިއެވެ. އާލިޔާ އާއި ކިއާރާގެ ވައްތަރުވާހަކަ މައިޝާ ދައްކާ ވާހަކަ ހަނދާންވިއެވެ. ޒާއިން އެ ގަނޑުކޮޅުގައި ހިފަހައްޓާލިއެވެ.. އަދި އެ ހުޅުވާލާ ފޯނުން އަލިކޮށްލިއެވެ. ކިއާރާ ފަސްއެނބުރުނީ އެވަގުތުއެވެ. އޭނާ ދެދުނިޔެ އެނބުރުނު ކަހަލައެވެ.. ފޯނު އެކޮޅުން ކަނޑާލިއިރުވެސް ކިއާރާއަށް ހުރެވުނީ ފޯނު ހިފަހައްޓައިގެން އެމީހުންނަށް ބަލަންށެވެ.

“އައި އެމް އާލިޔާ… އެން އައި ލަވް އަޔާން.. އަލޮޓް އަލޮޓް އެން އަލޮޓް…” ޒާއިން ގެ ބޮލަށް އެނބުރުން އަރައިގެން ދިޔަކަހަލައެވެ. އެއީ ހަމަ ކިއާރާގެ ލިޔުމެވެ. ހަމަ ކިއާރާ ލިޔުނު ގަނޑުކޮޅެވެ. ޒާއިން ކިއާރާއަށް ބަލައިލިއެވެ. ކިއާރާ ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެލުމުން ޒާއިން އަޔާންއަށް ބަލައިލިއެވެ. އޭނާ އަނގައިން ބަސްހުސްވިކަހަލައެވެ. އެތަކެއް ސުވާލެއް ހިތުގައި އުފެދުނެވެ. އަޔާންއަށް އޭނާ ގަނޑުކޮޅު ދެމުންވެސް ކިއާރާއަށް ބަލައިލިއެވެ. “އެހެންވީމަ އާލިޔާ އުޅެނީތާ… އެކަމް އޭނާ ގެއްލުނޭ ބުންޏެއްނު މައިޝާވެސް..” ޒާއިން ކިއާރާއަށް ބަލަންހުރެ ބުނެލިއެވެ. އަޑުގައިވަނީ ތަފާތު ރާގެކެވެ. ލޮލުގައިވަީ ތަފާތު ވިދުމެކެވެ. “އާނ.. އެކަމް ހެކި މިއޮތީ… ދެން ނޭނގެ އޭނާ ފެނުނަސް… އަސްލު އޭނާ ގެއްލުނުކަން އިނގޭ އެހެންވެ އޭނާ ފެނޭތޯ ބަލާލަން އައީ ވަރަށް އިރުވެއްޖެ ހުންނަތާ އެކަމް ހިއެއްނުވެ އޭނާ ފެނުނަސް އިނގިދާނެހެނެއް.. ދާންއުޅެނިކޮށް ޒާއިން ފެނިގެން މިއައީ..” އަޔާން ބުނެލިއެވެ. އެވަގުތު ކިއާރާ އެމީހުންނާއި ދިމާލަށް އައެވެ. ޒާއިންގެ ބެލުމުންވެސް ކިއާރާ ބިރުގަތެވެ. “އެހެންތަ…. އާނ ދެން ތިކަހަލަ ކަމެއްނަމަ އޭނާ ފެނުނިސް ކަންނޭގެ މިތާކު ނެތް ޝައްކުވާކަހަލަ މީހެއްވެސް ދޯ..” ޒާއިން ބުނެލިއިރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ސީދާ ކިއާރާއަށެވެ. ކިއާރާ ޒާއިން ކައިރި ކޮޅަށް ހުއްޓިލިއެވެ.  “އާނ.. ދެން ދަނީއޭ… މީ ކުރާ މޮޔަކަމެއް ” އަޔާން ބުނެލާފައި ޒާއިންއާއި ސަލާމްކޮށްލިއެވެ. އަދި ކިއާރާއަށް ބަލައިލާފާއި ހިނގައިގަތެވެ.

ކިއާރާ ހިފަހައްޓައިގެން ހުރިކަރުނަތަށް ފައިބައިގެން ދިޔައީ ދެނެވެ. “ޒާން…” ކިއާރާ ޒައިންގެ ކޮނޑުގައި ހިފަހައްޓާލަމުން ގޮވާލިއިރު އޭނާގެ އަޑުވެސް ވަނީ ބަދަލުވެފައެވެ. ޒާއިން އިސްޖަހާލިއެވެ. “ކިހާ ބޮޑު އޮޅުވާލުމެއް؟ ކިހާ ބޮޑު؟ އޭނ އާލިޔާ….” ޒާއިން ބުނެލިއެވެ. “ޒާން އެންމެ ފަހަރަކުވެސް އަޑުއަހާބަ… ޒާން ޕްލީސް ހެޔޮނުވާނެ..” ކިއާރާ ޒާއިން ކައިރި ބުނެލިއެވެ. “ކޯޗެއް އަޑުއަހަން؟ އާލިޔާ ކުއްލިއަކަށް ގެއްލިފަ ދެން ކިއާރާއަށް ވެގެެން އައި ވާހަކަތަ؟ އޭނ؟” ޒާއިން ބުންޏެވެ. ކިއާރާ ޒާއިންގެ ކުރިމައްޗަށް ވެއްޓިގަނެފައި ދެއަތް ޖޯޑުކޮށްލިއެވެ. “ޒާން ހެޔޮނުވާނެ.. ޕްލީސް ތީ އަދި މުޅިން އެއްބައި ތެދުގެ… ޒާން ޕްލީސް ރުޅިނައިސްބަ ޕްލީސް..” ކިއާރާ އާދޭސްކުރަންފެށިއެވެ. އެނާ ބިރުގަތީއެވެ. ޒާއިން ކިއާރާގެ ހާލު ފެނިފާއި ރުޅި ފިނިވިއެވެ. ކޮންމެކަމެއްވިޔަސް ކިއާރާ ކުރާނީ ސަބަބަކާއި ލައިގެންކަން ޒާއިންއަށް އިނގެއެވެ. ޒާއިން ކިއަރާގެ ކޮނޑުގައި ހިފަހައްޓާލާފައި ނެގިއެވެ. އަދި ގޮނޑިގައި ބޭންދިއެވެ. “ޒާން ޕްލީސް.. ޕްލީސް..” ކިއާރަ ބުނެލިއެވެ. “ކިޓީ ރިލޭކްސް އެން ދެން ބުނޭ ވީގޮތް..” ޒާއިން ބުނެލީ ކިއާރާގެ ދެލޮލުން ކަރުނަތަށް ފޮހެލަމުންނެވެ. އޭނާގެ ރާގު މިފަހަރު ވަނީ ބަދަލުވެފައެވެ. ކިއާރާގެ ސިއްރު އޭނާ ބަންޑުންކޮށްލިއެވެ. މައިޝާއަށް ހަމައެކަނި އިނގޭ ސިއްރު ޒާއިންއަށް ކިޔައިދިނެވެ. އަދި އޭގެފަހުން އޭނާއަށް ކަންތަށް ވީ ގޮތް ކިޔައިދިނެވެ. ފަތުހީ އާއި ދިމާވިގޮތާއި ފަތުހީ ބެލިގޮތެވެ. އޭނާ ނަންބަދަލުކުރީ އެހެން  މީހަކަށް އެނގިދާނެތީކަމެވެ. އަދި އޭނާގެ މަންމަގެ އަމަލުތަށް އެނގި އޭނާ ގެ މަންމައަށް އަދަބު ލިބިދާނެތީވެސްމެއެވެ. އޭނާ އަލުން އެ ދިރިއުޅުމަށް ދާން ބޭނުންނުވީމައެވެ. ކިއާރާ ރޮއެ ރޮއެފައި ހުރިހާ ވާހަކައެއް ކިޔައިދިން އިރު އަޑުއަހަން އިން ޒާއިންވެސް ދެރަވިއެވެ. އޭނާގެ ހިތުގައި ވެސް ޖެހުނެވެ. ކިއާރާއަށް ވާނެގޮތް އޭނާއަށް އިހްސާސްވިއެވެ.

“ޒާން ޕްލީސް އާދޭސްކުރަން އެކަކު ކައިރިވެސް މިވާހަކަ ނުބުނާތި ޒާން.. ޕްލީސް… އެކަކަށްވެސް އެނގޭކަށް ބޭނުމެއްނޫން.. ޒާން ޕްލީސް..” ކިއާރާ ހުރިހާ ވާހަކައެއް ކިޔައިދީ ނިމުނު އިރު ހުރީ ހަލާކުވާވަރުވެފައެވެ. އެންމެ ފަހުންވެސް އޭނާ އެދުނީއެވާހަކަ އެއްވެސް މީހެއްކައިރި ނުބުނަންށެވެ. ޒާއިން ކިއާރާގެ ކަރުނަތަށް ފޮހެދީފައި ކިއާރާގެ އަތުގައި ހިފައިލިއެވެ. “ކިޓީ… ދުވަހަކުވެސް މި ސިއްރު އަހަރެންގެ ފަރާތުން ބޭޒާރު ވިޔަކަ ނުދޭނަން.. އެކަމް މިއަދު އެ ވީގޮތަށް ކޮންމެވެސް ދުވަހަކުން އެކަންވެސް ބޭޒާރުވާނެ.. ކިޓީއަށް އިނގޭތަ… ތަޤުދީރު ތިދެމީހުންކޮންމެ ގޮތެއްވިޔަސް އެ އުޅެނީ ގުޅުވަން…. ކިތަށް ގޮތަށް ކިތަށް އިރަކު.. މިއަދު އެ ލެޓަރ ވެސް އެ ލިބުނީ….. އޭނާއަށް އެނގިއްޖެ އާލިޔާ އުޅޭކަން…” ޒާއިން ބުނެލިއެވެ. ކިއާރާ ބޯޖަހާލިއެވެ. އެއީ ތެދެކެވެ. ކޮންމެވެސް ދުވަހަކުން އެ ސިއްރު ކޮންމެވެސް ގޮތަކުން ބޭޒާރުވާނެއެވެ. “މައި ކައިރިވެސް ނުބުނާތި ޕްލީސް ޒާން..” ކިއާރަ ބުނެލިއެވެ. ޒާއިން ބޯ ޖަހާލިއެވެ. ކިއާރާ ހިތްހަމަޖެހުނީ ޒާއިން އެވާހަކަ ނުބުނާނަމޭ ބުނުމުންނެވެ.

“އަސްލު… ވަރަށް އެހެންކަހަލަ… ކުރީގެ ބެސްޓް ފްރެނޑް މައި އަކީ މިހާރު ބެސްޓް ފްރެންޑް ގެ ގީއެފް.. އެން އަޔާން.. އޭނާ އުޅެނީ ޖެހިގެން ހުރި އިމާރާތުގައި މަސައްކަތްކުރަން…. ދެން… އޭނާއަށް ހަމަ މިއަދު ލެޓަރ ވެސް ލިބުނީ… މިއޮށް އެންމެންގެ ތެރެއިންވެސް އެ ލެޓަރ ދާން ނޭދޭ ފަރާތަށް…” ކިއާރާ ބުނެލިއެވެ. “މިހުރިހާ ކަމަކީވެސް ޑެސްޓިނީ… ކިޓީ… އެކަމް.. ކިޓީ މަންމައަށާއި ދޮންބައްޕައަށް އަދަބު ލިބެންޖެހޭނެ.. ކޮންކަހަލަ ހަޑި ހުތުރު އަމަލެއްތަ އެ ކުރީ އެވެސް ކިޔަވާ ކުއްޖަކަށް؟ އަމިއްލަ ލެއަށް؟” ޒާއިން ބުނެލިއެވެ. “ނޯ ޒާން.. ދެޓްސް މައި މޯމް.. އެހެންނޫނަސް މިހާރު މުސްކުޅިވެފައި ހުރީ… އައި ޑޯންޓް ވޯންޓް..” ކިއާރާ ބުނެލިއެވެ. ” އެކަމް ޔޫ ނީޑް ޖަސްޓިސް..” ޒާއިން ބުނެލިއެވެ. “ފޯރ މީ ޖަސްޓިސް ނުވާނެ ޖަސްޓިސް އަކަށް ލޯބިވާ މީހަކަށް އަނިޔާ ލިބި ނިމިގެނެއް..” ކިއަރާ ބުނެލިއެވެ. އޭނާ ގެ ހިތް ލުއިވި ފަދައެވެ. ހުރިހާ އެއްޗެއް ބޭރުވެ ފޮރުވާނެ އެއްޗެއް ނެތެވެ. އެ ހިތާމަތަށް ހިއްސާކުރެވެނޭ އިތުރު ފަރާތެއް ލިބުމުން ހިތްހަމަޖެހުނެވެ.

ޒާއިން ކިއާރާގެ ގައިގާ ކުޑަކޮށް ބައްދާލިއެވެ. ޒާއިން ހީކުރިވަރަށްވުރެވެސް ބޮޑަށް ކިއާރާ އަކީ ހިތްވަރުގަދަ ކުއްޖެކެވެ. މިއަދު އޭނާ ކިއާރާއާއި މެދު ފަހުރުވެރިވެއެވެ. އޭނާ މަންމައަށް އެއްވެސް އަނިޔާއެއް ލިބެން ނޭދޭތީ އިންސާފްވެސް ބޭނުމެއްނޫނެވެ. “ދެން އެއްވެސް އެއްޗެއް ނުފޮރުވައްޗޭ އިނގޭ ކިޓީ..” ޒާއިން ބުނެލުމުން ކިއާރާ ބޯޖަހާލިއެވެ. “ތެންކްސް ޒާން.. އެކަމް ހީކުރީ އަޔާން ކައިރި ބުނާނެކަމަށް ކީއްވެ ނުބުނީ؟” ކިއާރާ އަހާލިއެވެ. އެއަށްފަހު ނޭފަތް ދަމާލާ ލޯ ކައިރި ފޮހެލިއެވެ. “އިނގޭ ކިޓީ ކަމެއް ފޮރުވާނީ ސަބަބަކާއި ލައިގެންކަން… އެކަން ހޯދަން އަސްލު ބޭނުންވީ..” ޒާއިން ބުނެލިއެވެ. ކިއާރާ ހިނިތުންވެލިއެވެ. “އެހެންވީމަ ކިޓީ ދެއްކީ އަޔާން ވާހަކަ ދޯ އޭރު؟” ޒާއިން އަހާލުމުން ކިއާރާ ބޯޖަހާލިއެވެ. “އަޔާން އަށް އެ އިނގުނީނު އާލިޔާއެއް އުޅޭކަން… އާލިޔާ އަޔާން ދެކެ ލޯބިވާކަން..” ކިއަރާ ބުނެލިއެވެ.

ކުއްލިއަކަށް ކިއާރާ ސިހިފައި ފަހަތަށް ބަލައިލީ މީހަކު އޭނާގެ ކޮނޑުގައި އަތްއަޅާލުމުންނެވެ. ކިއާރާ ފަހަތް ބަލާލިއިރު ފެންކަޅިވެފައި ހުރި ދެލޮލާއި އެކު ކުރިމަތީ ހުރީ މައިޝާއެވެ. ކިއާރާ މޫނުމަތީ މީހަކު ބާރު އެތިފަހަރެއް ޖެހިކަހަލައެވެ. ކުއްލިއަކަށް އޭނާއަށް ތެދުވެވުނެވެ. ޒާއިންއަށްވެސް ވީ އެވަރެވެ. ކިއާރާ އިސްޖަހާލީ ކުށްވެރިއެއްފަދައިންނެވެ. މައިޝާ ކަރުނަތަށް ފޮހެލިއެވެ. “މައި… ހޭ.. އަސްލު……” ޒާއިން ދައްކަން އުޅުނު ވާހަކަ މެދުކަނޑާލީ މައިޝާގެ އަތުންނެވެ. ޒާއިން ކިއާރާއަށް ބަލައިލިއެވެ. “ކިތަށް އަހަރު؟؟ އޭގެ ފަހުން ކިތަށްފަހަރު މިދިމާވީ؟ އެލީ އުޕްސް ސޮރީ ކިއާރާ.. ކިއާރާ ހިތަކަށް ނާރާތަ ހަމަ ބުނެލާކަށް؟ އޭރުވެސް ސިއްރު ހިފެހެއްޓިހެން މިހާރުވެސް ހިފަހައްޓާނެކަން.. އޭނ؟؟ ކިއާރާ ހުއްޓާ ކަންނޭނގެ ބުނެވުނީވެސް އެލީގެ ސިއްރު ހިފަހައްޓާނަމޭ އޭނާ ނެތަސް.. ކީއްވެ ކިއާރާ.. ކީއްވެ؟ ހަނދާންނެތުނީ ކީއްވެ؟ ކީއްވެ ހިތަށް އެރީ ސިއްރު ނުހިފެއްޓޭނޭ….؟ ކީއްވެ..؟؟؟” މައިޝާ ރޮމުން ބުނެލިއެވެ. ކިއާރާ މައިޝާ ކައިރިއަށް އައިސް ހުއްޓިލިއެވެ. އަދި ބައްދާލިއެވެ. މައިޝާވެސް ބައްދާލިއެވެ. “އަމް ސޮރީ މައި.. ވަރަށް ބޮޑަށް ސޮރީ… މައި އަށް ޓްރަސްޓް ނުކުރާތީކީނުން ބުނަންވެސް ބޭނުންނުވާތީ ކީނުން ނުބުނީ.. ބިރުގަތީ.. ހިތަށްއެރީ ކުރީގެ އުޅުމަށް ދެވިދާނޭ.. ބޭނުންވީ ވަގުތުކޮޅެއް މައި އަށް މިހުރިހާ އެއްޗެއް ކިޔައިދޭން.. އައި ވޯސް ނޮޓް ރެޑީ.. އަމް ސޮރީ މައި.. އަމް ސޮރީ” ކިއާރާ ބުނެލިއެވެ. މައިޝާ އެއްޗެއް ނުބުނެ އެ ހުރިގޮތަށް ހުރެ ދެލޮލުން ކަރުނަ ބާލަމުންދިޔައެވެ. އެ ދެމީހުންނަށް ބަލަން ހުރި ޒާއިންވެސް ހުރީ ފެންކަޅިވެފައެވެ. އައި ގޮތަށް އައިސް ދެމީހުންގެ ދެފަޅިން އަތް ވަށާލިއެވެ.

“ދެން ކަމަނާ އޭނާ މާފްކޮށްބަލަ..” ޒާއިން ބުނެލުމުން މައިޝާ ހޭންފެށިއެވެ. އެއަށްފަހު ދުރަށްޖެހިލިއެވެ. “އިޓްސް އޯކޭ ކިޓީ… އެކަމް ދެން ނޯ ސީކްރެޓްސް ދޯ ޒާން..” މައިޝާ ބުންޏެވެ. އިތުރަށް ރުޅި އައިސްގެންވެސް ކުރާނެ ކަމެއް ނެތެވެ. ކިއާރާ އެންމެ ަރަނގަޅަށް ދަސްކޮށްފައިވެސް ހުރީ މައިޝާ އަށް ވީއިރު މިއަދުވެސް އޭނާ ފަސޭހައިން މާފްކުރީ އެ ހިތުގެ ހާލު އިނގޭތީއެވެ. މަޖުބޫރީތަށް އިނގުނީމައެވެ. ކިއާރާ ހިނިތުންވުމާއި އެކު ބޯ ޖަހާލިއެވެ. އޭނާއަށް އޭނާގެ އެކުވެރިޔާ ލިބުނީއެވެ. ދެން ހަމައެކަނި އޮތީ އަޔާންއެވެ. އެކަމް އަޔާންއާއި ކައިރިވާކަށް އޭނާ ނޭދެއެވެ. ތިން މީހުން އެކީ ޑައިނަމޯރއަށް ދިޔައީ ކާންށެވެ. ކިއާރާ ތަފާތު ވާހަކަތަށް އެމީހުންނާއި ހިއްސާކުރިއެވެ. އެކި ދުވަސްދުވަހު އަޔާންއާއި ދިމާ ވާ ގޮތްތަކެވެ. “ކިޓީ އިން ޝާ ﷲ އަޔާން ލިބޭނެ…” މައިޝާ ބުނެލިއެވެ. “އެކަމް އޭނާ ބޭނުމެއްނުވާނެ.. ނުވެސް އުޅޭނެ.. މައި އަޔާންއެއް ނޫނޭ… އެކަމް ބުނެބަ ފަހުން ވީ ގޮތް… މަންމަމެން އެންމެން؟” ކިއާރާ ސުވާލުކޮށްލީ އޭނާ ގެ ދޫކޮށްދިޔަ ފަހުން ވީ ކަންތަށް އޮޅުން ފިލުވަންށެވެ.

“އަމްމް.. އޭރު އެންމެ ފުރަތަމަ ވީ ގޮތަކީ…………”

……. 7 އަހަރު ކުރި (އާލިޔާ ގެއްލުނުތާ 2 ދުވަސް ފަސް)

…

މައިޝާ ކުލާހުގައި އިށީނދެ އިނދެ އިރު އިރުކޮޅާ ދޮރާއި ދިމާލަށް ބަލައިލަނީ ހާސްވެފައެވެ. އާލިޔާ އާއި ވާހަކަ ނުދެއްކޭތާ މިވީ 2 ދުވަހެވެ. ހުކުރު ދުވަހު އޭނާ މެސެޖް ކޮށް ކޮށް އެއަށް ރިޕްލައި އެއް ނައުމުން ގުޅިއެވެ. ނަމަވެސް ފޯނު ވަނީ ނިއްވާލާފައެވެ. އޭގެ ފަހުން އިރު އިރުކޮޅާ މައިޝާ އާލިޔާގެ ފޯނަށް ގުޅާލައެވެ. ކޮންމެފަހަރަކުވެސް އެއްޖަވާބެކެވެ. މައިޝާ އެގެއަށް ދާން ފަސްޖެހެނީ ސައީދާމެންގެ ކަންތަށް ހުންނަގޮތުންނެވެ. އާލިޔާވެސް އެގެއަށް ދުވަހަކުވެސް މައިޝާ ނުގެންދާތާނގާ އައުމަށްވެސް ވަނީ މަނާކޮށްފައެވެ. އޭނާ ތަހައްމަލު ކުރާކަހަލަ ވޭނެއް މައިޝާ ތަހައްމަލު ކުރަންޖެހިދާނެތީ އޭނާ ބިރުގަންނަނީއެވެ.

މައިޝާ މާޔޫސްވީ ގަޑި ފެށުނުއިރުވެސް އާލިޔާގެ ހަބަރެއް ނުވުމުންނެވެ. އާލިޔާއަށް ކޮންމެ ފަދަ ކަމެއްވެސް ވެދާނެއެވެ. އެމީހުން އޭނާ މަރާލީ ނޫންކަމެއްވެސް ނޭނގެއެވެ. އެކަމާއި ހެދިގެން އޭނާގެ ބޮލަށް ކިޔަވައިދޭ އެއްވެސް އެއްޗެއް ނުވަނެވެ. “މައި، ކޮބާ އެލީ؟ ނާދޭތަ؟” ކުއްޖެއް އަހާލުމުން މައިޝާއަށް ހަމައެކަނި ދެކޮނޑު އަރުވާލެވުނުކަމެވެ. ހިފަހައްޓައިގެން އިން ކަރުނަތަށް ފައިބައިގެން ދިޔައެވެ. އެއީ އާލިޔާއަށް ދެރަގޮތެއްވެއްޖެ ކަމުގެ އިހްސާސް އޭނާއަށް ވެގެންނެވެ.

މައިޝާ ކުޑަކޮށް އިސްޖަހާލައިގެން އިނެވެ. ކުއްލިއަކަށް ކުލާސް އެކީ އަޑުމަޑުވެ ކިޔަވައިދެން ހުރި ސަރ ވެސް މަޑުޖައްސާލީ ކުލާސް ދޮރުމައްޗަށް އެރި ސައީދާއާއި ސްޕަވައިޒަރ ފެނިފައެވެ. މައިޝާވެސް ދެލޯ ބޮޑުވިއެވެ. ދުވަހަކުވެސް ސައީދާ ހަމަލޮލުން ފެނިފައި ނުވިނަމަވެސް އެއީ ސައީދާކަން އިނގެނީ އާލިޔާގެ ވައްތަރުކަމެއް ހުރުމުންނެވެ.

“ކޭން ޔޫ އެސްކިއުޒް އަސް މިސްޓަރ ޖޭމްސް..” ސްޕަވައިޒަރ އެހެން ބުނެލުމުން ކިޔަވައިދެން ހުރި ސަރ ބޯޑާއި ތަންކޮޅެއް ދުރަށްޖެހިލާ އެއްފަޅިއަކަށް ހުއްޓުނެވެ. ސްޕަވައިޒަރ އަދި ސައީދާ ކުލާސްތެރެއަށް ވަނުމަށްފަހު މެދާހިސާބުގައި މަޑުކޮށްލިއެވެ.

ސްޕަވައިޒަރ އެންމެ ފުރަތަމަވެސް ބަލައިލީ މައިޝާއަށެވެ. ސްޕަވައިޒަރަށްވެސް މައިޝާ އާއި އާލިޔާގެ ގާތްކަން ރަނގަޅަށް އިނގެއެވެ. “މައިޝާ…! އާލިޔާއާއި ވާހަކަ ދެއްކިންތަ؟” ސްޕަވައިޒަރ އަހާލިއެވެ. މައިޝާ ހިންދިރުވާލުމަށްފަހު ގޮނޑިން ތެދުވެލިއެވެ. އަދި ދެކޮޅަށް ބޯ ހަރަކާތްކޮށްލިއެވެ. “އާލިޔާ ދިޔަތަނެއް އިނގޭތަ؟؟” ސްޕަވައިޒަރ އަހާލިއެވެ. އަހާ ގޮތުންވެސް ހީވަނީ މައިޝާ އޭނާ ތަނަކަށް ފޮރިވައިގެން އަހާހެންނެވެ.. މައިޝާ އަނެއްކާވެސް ދެކޮޅަށް ބޯ ހަރަކާތްކޮށްލިއެވެ. “ދޮގުއް އެއީ… އާލިޔާ ދާނީ އެ ކުއްޖާ ކައިރިއަށް..” ސައީދާ ބުނެލިއެވެ. މައިޝާ ދެލޯ ބޮޑުކޮށްލިއެވެ. ވާނުވާ ނޭނގުނަސް އަވަހަށް އެއަށް ޖަވާބުދާރީ ވިއެވެ.

“ސަރ. އަޅުގަނޑަކަށް ނޭނގެ އެލީ… އާލިޔާ ވީ ތަނެއް… ބުރާސްފަތި ދުވަހު ސުކޫލު ނިންމާފަ ދިޔަގޮތަކަށް ވާހަކައެއް ނުވެސް ދައްކަން ދެން އަޅުގަނޑު ހުކުރު ދުވަހު…. ގުޅީމަ ފޯނު އޮތީ ނިއްވާލާފައި.. ހޮނިހިރު ދުވަހުވެސް ގުޅިން…މިއަދު ސުކޫލަށް އަންނަމުންވެސް ގުޅިން އޭރުވެސް އޮތީ ނިއްވާލާފަ… ސަރ އައި ޕްރޮމިސް އެލީ އާއި އަޅުގަނޑަކާއި ވާހަކައެއް ނުދެއްކެ މި ދެދުވަހު.. ސަރ ކިހިނެއްވީތަ؟” މައިޝާ ބުނެލީ ތުރު ތުރު އަޅާ ހާލުއެވެ. “އެ ދޮގެއް.. އެ ހަދަނީ ހުސް ދޮގު.. އާލިޔާ ފޯނު ނިއްވައެއް ނުލާނެ ދުވަހަކުވެސް… ” ސައީދާ އަޑުގަދަ ކޮށްލިއެވެ. “ސަރ ކިހިނެއްވީތޯ؟ އެލީ… އެލީ އަށް ކަމެއްވީތަ؟” މައިޝާ ބުނެލީ ހާސްވެފައެވެ. ސައީދާ އާއި އޭނާ ކޮންމެހެން ވާހަކަދައްކަން ޝައުގެއް ނެތުމުން އޭނާ އަހާލީ ސްޕަވައިޒަރ ކައިރިއެވެ. “އާލިޔާ އިއްޔެއިން ފަށައިގެން ގެއަށް ނުދާކަމަށް އޭނާ މަންމަ ބުނަނީ…” ސްޕަވައިޒަރ ބުނެލިއެވެ. ސައީދާ ފުން ނޭވައެއް ދޫކޮށްލީ އޭނާގެ ހެދި ދޮގު ފަޅާ އަރާނެ ގޮތެއް ނެތްކަން އިނގުމުންނެވެ. އަދި މައިޝާ އަށް އޭނާ ގެއްލުނީ ބުރާސްފަތި ދުވަހުގައި ކަމެއްވެސް ނޭނގޭތީ ސައީދާ ހިތްހަމަޖެހެވުނެވެ.

މައިޝާ ދެލޯ ބޮޑުވިއިރު ކްލާސް އެހެން ކުދިންނަށްވެސް ވީ އެވަރެވެ. “ކޮބާ އެލީ؟؟؟؟؟؟؟؟؟؟؟؟؟” މައިޝާ ބުނެލީ ސައީދާ އާއި ދިމާލަށެވެ. އޭނާ ކަމެއްކުރީކަން ޔަޤީނެވެ. “މަށަށްތަ އިނގޭނީ… އޭނާ ދާނެ އިތުރު ތަނެއް ނޯންނާނެ….” ސައީދާ ބުނެލީ ރުޅިއައިއްސާ މައިޝާއާއި ދިމާލަށެވެ. “ދެން އިތުރު ކާކަށް އިނގޭނީ؟ ތީ ވިއްޔަ………” މައިޝާ ހުއްޓުނީ އާލިޔާގެ އެ ވައުދު ހަދާންވުމުންނެވެ. ސައީދާވެސް ހިމޭންވީ އެ ހިސާބުންނެވެ. “މައިޝާ އަށް ހަމަ ޔަޤީންތަ އާލިޔާ ވީ ތަނެއް ނޭނގޭކަން؟” ސްޕަވައިޒަރ އެހެން އަހާލުމުން މައިޝާ ބޯޖަހާލިއެވެ. ހިތާހިތުން އާލިޔާ ކޮބާބައި އޭ އޭނާ ހިތަށްއަރަމުންދިޔައެވެ. “ޕޮލިހަށް އަންގަންވީނު ދެން؟” ސްޕަވައިޒަރ ބުނެލިއެވެ. ސައީދާ ވަގުތުން ނޫނެކޭ ބުނެލިއެވެ. ޕޮލޮހުންގެ އެހީ ހޯދަންވެއްޖެ ނަމަ އޭނާ ގެ ކަންތަށްވެސް ފަޅާ އަރާނެކަން ޔަޤީނެވެ. އަމިއްލަ ދަރިފުޅު ނުފެނުނެއްކަމަކު އޭނާއަށް ހެވެވެ.

“ނޫން…. އޭނާ އަދި ދާ ތަން ތަން ހޯދާލާފައި….. ” ސައީދާ އެހެން ބުނެލީ ތަންކޮޅެއް މަޑުންނެވެ. “އެ ކީއްކުރަން؟ މިހާރު އަންގަންވީނު.. ސަރ އެލީ..  ގެ ހަބަރެއް އަޅުގަނޑަށް ނުވާތާ ދެދުވަސް ވެއްޖެޔޭ…. އެގޮތަށް ދުވަހަކުވެސް ނުވޭ.. އެލީގެ މަންމަ ކައިރި އަހާބަލަ ހުކުރު ދުވަހު އޭނާ ކޮބައިތޯ..” މައިޝާ ބުނެލީ ސައީދާއާއި ދިމާ ބަލަންހުރެފައެވެ. ސައީދާ އަނގަސަކަރާތްވިއެވެ. “އޭނާ ގޭގަޔޭ އުޅުނީ.. ހޮނިހިރު ދުވަހު ތާކަށް ދިޔައީ….. ” ސައީދާ އަވަސް އަވަހަށް ބުނެލިއެވެ. “ދެން ޕޮލިހަށް އަންގަން ވީނު …” މައިޝާ ބުނެލީ ހިތްހަމަނުޖެހިފައެވެ. ސައީދާ އެކަމަށް ފަސްޖެހެނީ ކިއްވެކަން މައިޝާއަށް އިނގެއެވެ.

“ނޫން… އަދި ދެތިން ގެ ބަލާލާފައި… އާލިޔާ ގޮސްދާނެ އަހަރެން ދައްތަގެ ގެއަކަށްވެސް…” ސައީދާ ބުނެލިއެވެ. ސްޕަވައިޒަރ ވެސް އެކަމަށް އެއްބަސްވުމުން މައިޝާ އަށް އިތުރު އެއްޗެއް ނުބުނެވުނެވެ. އެ ދެމީހުން ނިކުމެގެން ދިޔައީ ކިޔެވައިދިނުމަށް ފުރުސަތު ދީފައެވެ. “ޔަޤީން އެ ވިޗް ގަނޑު ކަމެއް ކުރީކަން… އޭނާ ދައްތައެއްވެސް ނުހުރޭ.. އަޅޭ.. އެލީ ވެއަރ އާރ ޔޫ..” މައިޝާ ހިތާހިތުން ބުނެލީ ދެއަތް ދެއަތާއި މޮޑެލަމުންނެވެ.

އޭގެ އަނެއްދުވަހު އެ އެންމެންނަށްވެސް ލިބުނު ހަބަރަކީ އާލިޔާ ރާއްޖެތެރެއަށް ދިޔަހަބަރެވެ. އެއީ ކޮންބައެއް ކައިރިއަށް ކަމެއް ކީއްކުރަންކަމެއް އެކަކަށްވެސް ނޭނގެއެވެ. ނަމަވެސް މައިޝާ އެކަމެއް ގަބޫލެއްނުކުރިއެވެ. ޔަޤީނެވެ. އެ ސައީދާ އާއި ނިމާލް އޭނާއަށް ގޮތެއް ހަދާފައި އެކަން ފޮރުވަން ދޮގެއް ހެދީއެވެ. އާލިޔާގެ އާއިލާގާއި އިތުރު މީހެއް ނުވެސް ނެތެވެ. ސައީދާ އެ ގޮތަށް އެކަންކުރީ އެމީހުން ފަޅާއަރާފާނެތީއެވެ. މައިޝާއަށްވެސް މަޖުބޫރިވީ މަޑުންހުންނަންށެވެ. ވައުދު އުވާލަން އޭނާ ފަސްޖެހެއެވެ. ވަކި ބުނެގެންވެސް ދެންވާނެކަމެއް ނެތޭ މައިޝާ ހިތަށް އެރުމުންނެވެ.

އާދިއްތަ ދުވަހު އަޔާން ސުކޫލަށް ނައުމުން އޭނާއަށް ހިނގައިދިޔަ އެއްވެސް ކަމެއް ނޭނގެއެވެ. ހޯމަ ދުވަހު އައުމާއި އެކު އޭނާއަށް އެ ހަބަރު ލިބުނެވެ. އޭނާ ކެތްމަދުވެފައި ހުރީ އެކުލާހުގެ ގަޑި ޖެހި އެ ކުލާހަށް ދެވޭނެ އިރަކަށެވެ. އަޔާން އަދިވެސް ހަނދާންއެބަހުއްޓެވެ. އާލިޔާ ވާހަކަދެއްކިގޮތެވެ. އޭނާއަށް އެއްޗެއް ބޯންދީފައި ވީކަން ހަމަ ޔަޤީނެވެ.

އަޔާން އައިސް ވަނުމާއި އެކު މައިޝާ އަޔާންއަށް ބަލައިލިއެވެ. އަޔާން ފެނުމާއި އެކު އާލިޔާ މަތިން ހަނދާންވީއެވެ. މައިޝާ އާލިޔާ އިންނަ ގޮނޑިއަށް ބަލައިލިއެވެ. އަދި ދެލޮލުން އައި ކަރުނަ ފޮހެލިއެވެ. އަޔާން މައިޝާއަށް ބަލައިލިގޮތުންވެސް އޭނާގެ ސުވާލުތަކެއް ހުރިކަން މައިޝާއަށް އިނގެއެވެ.

ކުލާހުގައި ތިބި ހުރިހާ ކުދިންވެސް ތިބީ ވަރަށް މަޑުންނެވެ. އާލިޔާ ކުއްލިގޮތަކަށް އެއްވެސް ހަބަރެއް ނުވެ އެމީހުންނާއި ވަކިވީތީ އެންމެންވެސް ތިބީ ދެރަވެފައެވެ. އަޔާންވެސްމެއެވެ. “މައިޝާ.. ކުލާސް ނިންމާލާފައި ސްޓާފް ރޫމްއަށް އަންނައްޗޭ… ކުޑަ ވާހަކައެއް އެބައޮތް..” އަޔާން އެހެން ބުނެލީ ގަޑި ނިންމާލާފައި ދަމުންނެވެ. މައިޝާ ބޯޖަހާލިއެވެ.

މަޑު ހިނގުމެއްގައި މައިޝާ ދިޔައީ އަޔާން އާއި ބައްދަލުކުރާށެވެ. ސުވާލުތަކެއް ކުރިމަތިވާނެކަން އިނގެއެވެ. އާލިޔާ ފަދައިން އެ ސުވާލުތަކުގެ ޖަވާބުތަށް އޭނާވެސް ފޮރުވަން ބޭނުންވެއެވެ. އާލިޔާގެ ފަހުގެ އަމާނާތެއް ގޮތަށެވެ.

“ތިއައީތަ؟ މަޑުކޮށްލާ…” ދޮރުމަތި ހުރި މައިޝާ ފެނިފައި އަޔާން އަވަސް އަވަހަށް ދަބަސް ރެޑީ ކޮށްލަމުން އެ ހިފައިގެން ނިކުމެލިއެވެ. އެއަށްފަހު މައިޝާއާއި އެއްވަރަށް ހިނގައިގަތެވެ. “ކޮބާ އާލިޔާ؟” އަޔާން އަހާލިއެވެ. މައިޝާ ދެކޮޅަށް ބޯ ހަރަކާތްކޮށްލިއެވެ. “ދެން ކާކަށް އިނގެނީ؟” އަޔާން ބުނެލިއެވެ. “އޭނާ ފޮރުވި ބަޔަކަށް.. ނޭނގެ އޭނާ މަރައިވެސް……” މައިޝާ ހުއްޓާލީ އިތުރަށް ފުރިހަމަނުކުރަންވެގެންނެވެ. އަޔާންއަށް އެ ބުނި އެއްޗެއް ނޭނގުމުން އެ ބުނީ ކީކޭކަން ބުނެދިނުމަށް ބުނެލިއެވެ. “އައި މީން.. އޭނާ… ރާއްޖެތެރެއަށް ދިޔަ ކަމަށް ވަނީ.. އިތުރަކަށް ނޭނގެ..” މައިޝާ ބުނެލިއެވެ. އަޔާން މައިޝާއަށް ބުރާސްފަތި ދުވަހު ހިނގި ވާހަކަ ކިޔައިދިނުމުން މައިޝާ ދެލޯ ބޮޑުވިއެވެ. ސިކުނޑީގެ ކަނަކަށް ހިނގައިދާނެ ކަންތަށް ވިސްނުނެވެ. ސައީދާ ރަނގަޅަށް ވަންޏާ އާލިޔާއަށް ގޮތެއް ހެދީއެވެ.

އަޔާން އެތަށް ސުވާލުތަކެއް ކުރިއެވެ. މައިޝާ “ނޭނގޭ” ނޫން ބަހެއް ނުބުނެއެވެ. އޭނާ އަށް އިތުރަށް ބުނެވޭނީވެސް ކީއްހެއްޔެވެ؟ އެންމެ ފަހުކަމަކަށްވެސް އާލިޔާ އެދުނީ އަޔާންގެ އެހީއަކަށެވެ. އެކަންވެސް ނުވީއެވެ. އަޔާން އަށް އޭނާގެ ސުވާލުތަކަށް ޖަވާބެއް ނުލިބޭނެކަން އިނގުމުން އެންމެ ފަހުން ދިޔައީ އަމިއްލައަށް ނަމަވެސް އާލިޔާ ހޯދަން ނިންމައިގެންނެވެ. އަޔާން އާއި ވަކިވުމާއި އެކު މައިޝާ ފޮރުވަމުން އައި ބިރުވެރިކަން އެ މޫނުމަތިން ފާޅުވިއެވެ. ކަރުނަތަށް ދެލޮލުން ފައިބައިގަތެވެ. ބުރާސްފަތި ދުވަހުގެ ރޭ ކޮންމެވެސް ކަމެއްވީކަން ޔަޤީނެވެ. އެމީހުން އާލިޔާ މަރާލީކަންނޭނގެއެވެ. އެކަން ފޮރުވަން ގެއްލުނީއޭ ކިޔައިގެން އުޅެނީ ކަމަށްވެސް ވެދާނެއެވެ.

“އެހެންވީމަ .. ބުރާސްފަތި ދުވަހުގެ ރޭ އެމީހުން ކަމެއް އެ ކުރީ.. އަދި ދޮގު ހަދަން ހޮނިހިރޭ އެ ބުނެލީ… އޯ މައި ގޯޑް… އެން އެލީ… އެލީ އަށް ޔަޤީން ކަމެއް ކުރީކަން.. އެލީ ނޭނގެ މަރައިވެސްލަފާނެ…” މައިޝާ އަށް ރޮވުނީ ދެނެވެ. “އެކަމް.. ނޯ މާއި… އެލީ ގެ އެ ސިއްރު ސިއްރެއްގޮތުގައި ބޭއްވުން ނޫންކަމެއް ނެތް.. ކާކު އިތުރަށް ހުރީ މި ވާހަކަ ގަބޫލުކުރާނެ… އެލީ ގެ ޕްރޮމިސް ބްރޭކް އެއް ނުކުރާނަން.. ދުވަހަކުވެސް…. އައި ލަވް ޔޫ އެލީ….” މައިޝާ ބުނެލިއިރު އޭނާއަށް އިތުރަށް ރޮވުނެވެ.

ދުވަސްތަށް ފާއިތުވެގެން ދަނީ އެކަހަލަ ގޮތަކަށެވެ. މައިޝާ ކޮންމެ ދުވަހަކުވެސް އާލިޔާ ނެތްކަމުގެ އިހްސާސްކުރުވައެވެ. އޭނާގެ މަތިން ހަނދާންވެއެވެ. އެ ރީތި ހިނިތުންވުމެވެ. އެ އެކުވެރިކަމެވެ. އެ ހިތްވަރުގަދަކަމެވެ. އޭނާގެ ދިރިއުޅުމުގެ އެންމެ ބޮޑު އެއްބައި އުނިވީއިރު އެބައި ފުރިހަމަ ކުރަންވެސް އޭނާ ބޭނުމެއްނޫނެވެ. އާލިޔާ ނޫންމީހެއް އެ މަގާމަކަށް އޭނާ ބޭނުމެއްނުވެއެވެ. ކޮންމެ ދުވަހަކުވެސް އޭނާ ދުޢާ ކުރަނީ އާލިޔާ ދުނިޔޭގައި ހުރިނަމަ ހެޔޮހާލުގައި ލެއްވުމަށެވެ. އެއިން ކޮންމެ ފަހަރަކު އެ ދެލޯ ކަރުނުން ފުރާލައެވެ. އެހެނީ ދުނިޔޭގައި ހުރިކަމުގެ ޔަޤީންކަމެއްވެސް މައިޝާއަކަށް ނެތެވެ. އޭނާއަށް އެ ލިބޭ އަނިޔާތަކަށް ކެތްއެކުރީ ކެއްކުރެވޭނެ އެންމެ މަތީދަރަޖައަށެވެ. އެއީ ހިތްވަރުގަދަ ކުއްޖެކެވެ. އަޔާންވެސް އެހެން ހުރެފައި މައިޝާ ކައިރި އާލިޔާގެ ވާހަކަ އަހައެވެ. އެއިން އެންމެ ފަހަރަކުވެސް ތެދު ހާމަނުކޮށްވޭތޯ މައިޝާ މަސައްކަތްކުރެއެވެ. އެއީ އާލިޔާ ހަމައެކަނި އޭނާ ކައިރި ހިއްސާކުރި ސިއްރަށްވީމައެވެ. އެއީ އާލިޔާގެ އެންމެ ފަހުގެ އަމާނާތަކަށް ވީމައެވެ.

…………..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ހިތް އެކީ ދެވިއްޖޭ..18

Next

އުމުރަށް ކަލާ – 4

Next
December 18, 2016

އުމުރަށް ކަލާ – 4

Previews
December 18, 2016

ހިތް އެކީ ދެވިއްޖޭ..18

28 Comments!

  1. Ryn says:
    December 18, 2016 at 7:01 pm

    Hey guys! So I wanna tell u guys one thing. The only problem here is that I couldn’t write the whole story in parts and all I did was finish the whole story and dhn seperated it in parts cx if which ehbai parts ga vrh ehgoii vaahaka anehbai parts ga knms ehn kameh or maa ginain ehkanthah vun tbh mi story ehkh gulhuvaign kiyaanama all those parts won’t b seen as much as u guys see parts thakah behyma. Part thakah fethey gothah story gendhevunu nama it won’t happen.It’s al cx I did the mistake to not separate the parts in the start. I know it’s really difficult but I can’t change them tho al I can do is add some more words in it or cut some parts and if I change the whole thing I have to re-write the story for sure. I’m. Sorry and I do accept ur comments negative viyas, I do accept and feel what u feel but it’s just cx of that one mistake I made while writing. And guys now miliyaa stories thah I will do separate in parts. Thank you tc. ?❤❤?

  2. Hello says:
    December 18, 2016 at 7:08 pm

    Thanks ryn
    This story is awesome

  3. Boo says:
    December 18, 2016 at 7:13 pm

    yehh First

  4. nee says:
    December 18, 2016 at 7:17 pm

    varah reethi story eh waiting for next part

  5. Azuna says:
    December 18, 2016 at 7:18 pm

    Wow haadha reehchey❤❤❤❤

  6. Kalhu handi says:
    December 18, 2016 at 7:24 pm

    V rythi mi vaahaka adhi mihen konme dhuvahaku dhethin part up koh dheythyve v ufaavey.. Ryn vareh hama neh… You are my fav writer

  7. Naadhee says:
    December 18, 2016 at 7:27 pm

    V reethi

  8. Same says:
    December 18, 2016 at 7:28 pm

    V reethi

  9. Eyna says:
    December 18, 2016 at 7:35 pm

    V rythi…

  10. Malaa says:
    December 18, 2016 at 7:35 pm

    Vvvvvv nice

  11. xum says:
    December 18, 2016 at 7:46 pm

    Wow v salhi

  12. Sanee says:
    December 18, 2016 at 7:47 pm

    Vvv rythi

  13. Hooooo? says:
    December 18, 2016 at 7:49 pm

    Varah reethi mi story.
    It’s ok ryn. We understand it would no be possible for you to change the whole story. And thanks a lot for the hardwork you are doing for all the readers.
    Waiting for tomorrow morning.

  14. nanni says:
    December 18, 2016 at 7:53 pm

    adhi mirey eh part upload kolladheeba ryn plz 🙂

  15. Kiya says:
    December 18, 2016 at 7:58 pm

    Haadha ragalhey ryn… love u… thiha ginain vaahaka up kohdheythee… v vv reethi vaahaka… keep it up

  16. shahu says:
    December 18, 2016 at 8:03 pm

    Alhey haadha reechey mi vaahaka. V inthizaar kureve mi vaahakayah irukolhaka balaalevey up vejjetho. Thanks thihaa busy koh ulhemun 3 part up kohdheythi.

  17. Almaa says:
    December 18, 2016 at 8:16 pm

    Wow v v rythi mi part vx v v happy thihaa avahah up kohdheythy v bdah thanks ryn

  18. sadh says:
    December 18, 2016 at 8:44 pm

    Ryn you are the best writer ever. Thank you so much for the effort you put in it. May allah bless you always. And this story is amazingly beautiful. Waiting for the next parts. See you again tomorrow.

  19. Fin says:
    December 18, 2016 at 8:52 pm

    Vvvv salhi.. Zain nd mai ah ingunyma vv interesting vejje.. Dhen ayan ah ingeyne dhuvahakah inthizauaru kureveny…

  20. Faathee says:
    December 18, 2016 at 9:14 pm

    Keep going girl.. Ryn ge page ga nethey 18th part eh. Page ah up kohlaafa beheteema fahun kiyan beynun viyas faseyha in kiyene. So bunelee

    1. Andhu says:
      December 18, 2016 at 9:37 pm

      Eba in ey kamanaa. rangalhah balaalabala

    2. Faathee says:
      December 18, 2016 at 11:50 pm

      Ryn ge fb page nei. I can’t see. Esfiya ga in kan ingey. Fb page ga nei vaahaka mi bunee. 18th vana part

  21. Jee says:
    December 18, 2016 at 9:39 pm

    Oh my god
    There is one more who should know that Aaliya is Kiara..
    Alheh Ayan kairi ves dhen buneba eii ey Aaliya aky..
    Waiting for the next part ❤️❤️❤️
    Hama aslu ves iru irukolha eba beley ehen bayeh up vejjeh tho…
    So much in love with this story ❤️?

  22. Nn says:
    December 18, 2016 at 9:48 pm

    Mee vahala liyun therin nakee..ur da best ryn..v nice..waitin 4 da nxt part

  23. Zaaa says:
    December 18, 2016 at 9:55 pm

    v v v salhi mivaahaka Ryn

  24. shaina says:
    December 18, 2016 at 9:57 pm

    wow….!!!! v v v salhi mi vaahaka…waiting for the next part..???

  25. SaSha says:
    December 18, 2016 at 10:25 pm

    vvvvvvv reeethi

  26. flop says:
    December 19, 2016 at 9:34 pm

    varahh vai story eh mee

Comments are closed.

Next Episodeހިތް އެކީ ދެވިއްޖޭ.. 20←


All Right Reserved!