Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެކީ ދެވިއްޖޭ…15

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
December 17, 2016 7 Mins Read
26 Comments

ކިއާރާއާއި ޒާއިން އެކީ އޮފީހުން ނުކުމެލިއެވެ. ކިއާރާ މަގުމައްޗަށް ނިކުމެލާފައި ޖޫލިއަން އިމާރާތަށް ބަލައިލިއެވެ. އެއަށްފަހު ޒާއިންއާއި އެކު ކާރަށް އަރަންދިޔައެވެ. ކިއާރާ އާއި ޒާއިން ތަފާތު ވާހަކަތަށް ދައްކަމުންދިޔައެވެ. ޒާއިން މައިޝާގެ ވާހަކަތަށް ހިއްސާކުރިއެވެ. އެމީހުން ދިމާވިގޮތާއި މިހާރު ރައްޓެހިވެގެން އުޅޭތާ 2 އަހަރު ވާނެކަމަށް ބުނެލިއެވެ ވަރަށް އަވަހަށް ކައިވެނިކުރަން ރާވާ ކަމަށް ބުނެލިއެވެ. “ކޫލް.. ކޮންގްރޭޓްސް…” ކިއާރާ ބުނެލިއެވެ. ގާތް އެކުވެރިޔާ އުފަލުގައި އުޅޭތީ ކިއާރާ އުފާވިއެވެ.

…..

ދުވަސްތަށްނިމެނީ އެހެންނެވެ. ކިއާރާއަށް އޮފީހުގައި އުޅެން އުނދަގުލަކަށްނުވިއެވެ. ޒާއިންއާއި އެކު މަސައްކަތް ކުރަން ފަސޭހައެވެ. އޭނާވެސް ވެގެން ދިޔައީ ޒިންމާދާރު ހިތްތިރި ވެރިއަކަށެވެ. ޒާއިންއެކޭ އެއްފަދައިން މުވައްޒިފުން އޭނާ ބަލައިގަތީ އުފަލާއި އެކުގައެވެ. ޒާއިންއާއި ކިއާރާގެ އެކުވެރިކަން ބަދަހިވިއެވެ. މިހާރުގެ ގޮތުންނަމަ “ބެސްޓް ފްރެންޑްސް” އަށް ވެވުނެވެ. ޒާއިން ގެ ހުރިހާ ވާހަކައެއް ކިއާރާ އަށް އިނގެއެވެ. ނަމަވެސް ޒާއިންއަކަށް ކިއާރާގެ މަޒީ ގެ ވާހަކައެއް ނޭނގޭނެއެވެ. އޭނާ ގެ އަސްލާއި މާޒީ ފިޔަވާ އެހެން ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ފަތުހީ އަކީ އަސްލުބައްޕަ ނޫންކަމުގައިވެސް ބުނެލިއެވެ. ޒާއިން ގުޅައިގެން އިންނައިރު ދޭތެރެ ދޭތެރެއިން މައިޝާއާއި ކިއާރާ ވާހަކަދައްކާހަދައެވެ. ކިއާރާ އަށް ވެގެންވެސް މައިޝާއާއި ގާތްވެވޭތީ އޭނާ ހުރީ ހިތްހަމަޖެހިގެންނެވެ.

ފުރަތަމަ އޮފީހުން އަޔާން ފެނުނު ފަހުން ކިއާރާއަށް އޭނާއެއް ނުފެނެއެވެ. ޖޫލިއަންއަށް ދާން ނުކެރުނެއްކަމަކު އެދިމާ ބަލައިލައެވެ.

އޮފީސް ނިމުނު ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. “އޭ.. ޒާން އުޅޭބަ އެކޮޅުގައި އެހެރަ ފިހާރަތަކަށް ގޮސްލަން ޕްލީސް..” ކިއާރާ ބުނެލީ ޖޫލިއަން އިމާރާތުގެ އެކޮޅަށްހުރި ފިހާރަތަށް ދައްކާލާފައެވެ. އޭނާ ބޭނުންވީ އަޔާން ހޯދާށެވެ. ޒާއިން ނާންނަން ހެދުމުން ކިއާރާ ޒާއިންގެ އަތުގައި ހިފަހައްޓާލައިގެން ހިނގައިގަތެވެ. މަގުމަތިން ދާހާ މީހަކު އެމީހުންނަށް ބަލައިލިއެއްކަމަކު އެމީހުން އަޅައެއްނުލައެވެ. ކިއާރާ ގޮސް ޖޫލިއަން އިމާރާތުގެ ސިޑިއާއި ހަމާއަށް އެރުމާއި އެކު ސިޑިން ހަލުވިކަމާއި އެކު ހިނގައިފާ އައި އަޔާންގެ ގައިގާ ޖެހި ވެއްޓެން ދިޔައެވެ. ޒާއިންގެ އަތުންވެސް އޭނާ ދޫކޮށްލެވުނުވެ. ހަމައެވަގުތު އެއްލި އަތުން އަޔާންއަށް ހިފަހައްޓާލެވުނީ ކިއާރާގެ އަތުގައެވެ. ކިއާރާ ނުވެއްޓި ހިފެހެއްޓުނުކަމެވެ. ޒާއިން ދެލޯ ބޮޑުކޮށްލާފައި ހުރެވުނީ ދެންމެ ހިނގާދިޔަ ހާދިސާއިން ސިހިފައެވެ. ކިއާރާ ލޯ ހުޅުވާލިއިރު އަޔާން ހުރީ އޭނާގެ އަތުގައި ހިފަހައްޓައިގެން ކިއާރާ ހިތްތެޅިގަތެވެ. ގައިން ރޫރޫ އަރައިގަތެވެ. އަޔާން ކިއާރާ އަތަށް ދަމާލަމުން ސީދާކޮށްލިއެވެ. އޭނާ އަށް މި ކުއްޖާ ފެންނައިރު ގާތް އިހްސާސްއެއް އެ ކުރުވަނީ ކީއްވެބާއެވެ. ކިއާރާ އަށް ހުރެވުނީ އަޔާންއާއި ދާދި ކައިރީގައެވެ. އޭނާ ހިންދިރުވާލިއެވެ. ޒާއިން ކިއާރާ ކައިރިއަށް އައިސް އަތުގައި ހިފަހައްޓާލިއެވެ.

“ތެންކިޔު އަޔާން… އޭނާ ވެއްޓުނު ނަމަ ހުވާ ނޭނގެ ވާނެގޮތެއް..” އަޔާންގެ ގައިގާ ޖަހާލަމުން ޒާއިން ބުނެލިއެވެ. “އިޓްސް އޯކޭ މޭން…” އަޔާން އެހެން ބުނެފައި އަޅައިގެން ހުރި އައިނު ހިއްލާލިއެވެ. އަދި ކިއާރާއަށް ބަލައިލީ ފުން ނަޒަރަކުންނެވެ. ކިއާރާގެ އިސްތަށިގަނޑު ވައްޓާލާފާ ނެތުމުން އޭނާގެ ރީތި މޫނު ހާމަޔަށް ފެންނަން އޮތެވެ. އަޔާން ދެބުމަ ގޮށްޖަހާލިއެވެ. “ދެންވެސް ބަލައިގެން ހިނގާތި…” އަޔާން ކިއާރާއާއި ދިމާލަށް ބުނެލީ ބީރައްޓެހިގޮތަކަށެވެ. އެއަށްފަހު ހިނގައިގަތެވެ. ކިއާރާ އަޔާން ދިޔަ ދިމާލަށް ބަލަން ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ޒާއިން ކިއާރާގެ ކޮނޑުގައި ހިފާ ތަޅުވާލިއެވެ. ކިއާރާ ތެޅިގަތެވެ. “ޒާއިންއަށް އިނގޭތަ އޭނާ؟” ކިއާރާ އަހާލިއެވެ. “ޔާ އިނގޭ.. ހުންނާނެ ހަމަ ވަރަށް ގިނައިން ދިމާވެފައި…. ވާހަވެސް ދެކެވިފައި… މިކޮޅުގައި އޮފީސް އެޅުމަށްފަހު ދެން ދިމާވެ އިނގެންފެށި…” ޒާއިން ބުނެލިއެވެ. ކިއާރާ ފުން ނޭވައެއް ދޫކޮށްލިއެވެ.

“ކިހިނެއްވީ؟؟ އޭނާ ރީތިވީތަ؟” ޒާއިން ލާނެއް ފާޑަކަށް ބުނެލިއެވެ. ކިއާރާ ރަކި ގޮތަކަށް ހޭންފެށިއެވެ. އަދި ޖަވާބެއް ނުދީ ހިނގައިގަތެވެ. ޒާއިންވެސް ހިނގައިގަތެވެ. ކިއާރާ ގޮސް ފިހާރައިން ދެތިން ލުއި ކާނާ ގަނެގެން ޒާއިން އާއި އެކު ކާރަށް އަރަން ދިޔައެވެ. “މިހާރު އިނގޭ އެކަނި އަންނަން ވެސް ގެއަށް ދާންވެސް…. ޑޭޑް ކައިރި ބުނާނަން ޑްރައިވިން ލައިސެންސެއް ހައްދަން.. އައި ޑީ ކާޑްވެސް އެ ލިބުނީ އިއްޔެ….” ކިއާރާ ބުނެލިއެވެ. “ހަހަހަ އެހެން އިނގުނަސް މި މުޅި މާލޭއެއް ނޭނގޭނެއެއްނު… ޑްރައިވިން ލައިސެންސް ނަގާނީ މުޅި މާލެ ދަސްކޮށްފަ… ވާނެ ބުރަކަށް ދާން ދޯ…. މައި ވެސް ގޮވައިގެން ދާނީ..” ޒާއިން ބުނެލިއެވެ. ކިއާރާ އެއްބަސްވެލިއެވެ.

ތަފާތު ވާހަކަ ދައްކަމުން ގޮސް ކިއާރާ ގެއާއި ހަމާއަށް އާދެވުނެވެ. ކިއާރާ ފޭބިއެވެ. “އޭހ.. މިއަދު ދާންވީނު ބުރަކަށް މައި ގޮވައިގެން؟؟” ޒާއިން ބުނެލިއެވެ. ކިއާރާ ވިސްނާލިއެވެ. “އޯކޭ…..” ކިއާރާ އެއްބަސްވެލިއެވެ. އޭނާ އަށް މައިޝާ ފެންނަން އެ އުޅެނީ އެތަކެއް ދުވަސްފަހުންނެވެ. އޭނާ ޖެހޭނީ ޝައްކު ނުވާގޮތަށް އުޅެންށެވެ. އަމިއްލަ ހިތް ކޮންޓްރޯލްކޮށްގެންނެވެ. “އަންނާނަން 4 ގަ ބަލައި… އެން އެއަށްފަހު ދާނީ މައި ގެއަށް…” ޒާއިން ކާރު ސްޓާރޓް ކޮށްލަމުން ބުނެލިއެވެ. ކިއާރާ ބޯޖަހާލާފައި އެތެރެއަށް ވަނެވެ.

ގެއަށް ވަތްއިރު ފަތުހީ އިނީ ސިޓިންގް ރޫމްގައެވެ. “ޑޭޑް…ޑޭޑް.. ބުނެވުނު ދޯ މައިގެ ވާހަކަ… ޒާން ގެ.. ޑޭޑް މިއަދު ބުރަކަށް ދާން މިއުޅެނީ.. އެން އަޅުގަނޑަށް މައި ފެންނާނެ.. ޑޭޑް.. މައި އަށް އަޅުގަނޑު އެނގޭ ކަހަލަ އެއްވެސް ކަމެއް ނުކުރެވޭތޯ އަޅުގަނޑު ބަލާނަން..އެކަމް ޑޭޑް… ޑޭޑް….” އެއް ނޭވައިން ކިއާރާ ބުނެލިއެވެ. “އޯކޭ އޯކޭ ރިލެކްސް ކިއާ… ދަރިފުޅު އަސްލު ފޮރުވާނަމަ ބައްޕަ ބުނިހެން ކަންތަށް ކުރީމަ ވާނެ އިނގޭ… ބައްޕަ ކައިރި ދަރިފުޅު ގެ ވާހަކަ މީހުން  އެހުމުން ބައްޕަވެސް ދެނީ އެޖަވާބު.. ދަރިފުޅުވެސް ދޭނީ އެޖަވާބު އިނގޭ…” ފަތުހީ ބުނެލިއެވެ. ކިއާރާ ބޯ ޖަހާލުމަށްފަހު އަވަސް އަވަހަށް މައްޗަށް އަރައިގެން ދިޔައެވެ.

ކިއާރާ އަލަމާރިތެރެ ހާވަންފެށިއެވެ. އެއަށްފަހު ފެނުނު ކަޅާއި ހުދުގެ ޑިޒައިނުން ފަރުމާކުރެވިފައިވާ ފަހަތަށް ދިގު އަދި ކުރިއަށް ކަކުލާއި ހަމާއަށް އަރާ ހެދުން ނަގާލިއެވެ. އެއަށްފަހު ފެންވަރައިގެން ނިކުމެ އެ ހެދުން ލިއެވެ. އެ ހެދުމުގައި ކިއާރާ ފެންނަލެއް ރީތިވެފައި އަޅައިގަންނަގޮތެއް ހުރެއެވެ. ކިއާރާ މައިޝާއަށް ޝައްކުވާކަހަލަ ކަމެއް ވުމަށް ނޭދޭތީ އިސްތަށިކޮޅުތަކުން ލޯ ފޮރުވާލިއެވެ. އެހެން ހުންނައިރު އޭނާ ފާހަގަ ނުވާނެކަން ކިއާރައަށް އިނގެއެވެ. އެއަށްފަހު ބޮލުގެ އިސްތަށިކޮޅުން އެއްބައި ގަތާލައިފާ އަނެއް އިސްތަށިކޮޅުތަށް އެ ހުރިގޮތަށް ބަހައްޓާލީ ހާވާލާފައެވެ. ކަންފަތާއި ހަމާއަށް ކޮށާލެވިފައި ހުރި އިސްތަށިކޮޅުތަށް ކުޑަކޮށް އޮޅިފައި ހުންނައިރު ވަރަށް ރީތިގޮތެއް ހުރެއެވެ. ކިއާރާ ލޯގަނޑުން އެ މޫނުމަތިބަލައިލިއެވެ. އެއަށްފަހު ފިޔާތޮށިކުލައިގެ ލިޕްސްޓިކް ހާކާލުމަށްފަހު ސެންޓް ޖަހާލިއެވެ. ގެންގުޅޭ ކަޅުކުލައިގެ ހޭންޑް ބޭގް ކޮނޑުގައި އަޅުވާލިއެވެ. އަދި ފޯނު ހިފައިގެން ކޮޓަރިން ނިކުމެލިއެވެ. އެވަގުތު ޒާއިން ގުޅަނީއެވެ.

ކިއާރަ ފޯނު ނަގަމުން ސިޑިއާއި ހަމާއަށް އަރާލި ވަގުތު ޒާއިން ގުޅަމުން ގޭތެރެއަށް ވަންނަނީއެވެ. ކިއާރާ ފޯނު ކަނޑާލައިފާ ހަލުވި ހިނގުމެއްގައި ސިޑިން ފޭބިއެވެ. “ހޭ … ކޮބާ ސަރ؟” ކިއާރާކައިރި ޒާއިން އަހާލިއެވެ. “ބޭރަށް ކަންނޭނގެ ދިޔައީ..” ކިއާރާ އޭނާގެ ފައިވާންތަކާއި ބޫޓުތަށް ބަހައްޓާފައި ހުންނަ ކަބަޑާއި ކައިރިވެލިއެވެ. އަދި ކަޅު ހައި ހީލްސް އެއް ނަގައި އެއަށް އަރާލިއެވެ. ހައި ހީލްސްއަށް އަރާލުމުން އޭނާ އިތުރަށް ދިގުކަން ދައްކާލިއެވެ. ޒާއިން ގެ ފަހަތުން ކާރަށް އަރަން ގޮސް ކިއާރާ ކުޑަކޮށް ހެދުން ހިއްލާލާއިށީނދެލިއެވެ. އަދި  އިށީނދެލާ ހަމަޖެހިލިއެވެ. އޭނާ ހުރީ ވަރަށް ބޮޑަށް މައިޝާ ދެކެން ބޭނުންވެފައެވެ. ޒާއިން އެތަކެއް ވާހަކަތަކެއް ދައްކަމުން ދިޔައެވެ. އެއަށްފަހު ގޮސް މައިޝާގެ ގެއަށް ހުއްޓިއެވެ. ކިއާރާ ކުރިންވެސް އައިސް ބެލީ ހަމަ މިގެއަށެވެ. ބުރިތަކަށް ހިއްލާފައި ހުރި މައިޝާގެ ގެއަށެވެ. ޒާއިން ގުޅުމުން އަންހެން ކުއްޖަކު ނިކުމެލައިގެން އައިސް ކާރަށް އަރާލިއެވެ. ކިއާރާ ހިނިތުންވެލާފައި އެ ކުއްޖާގެ މޫނަށް ރަނގަޅަށް ބަލައިލިއެވެ. މޫނުމަތި އަދި ހަށިގަނޑަށްވެސް ވަނީ ބަދަލުތަކެއް އައިއްސައެވެ. ވާނީ އެހެންނޫންހެއްޔެވެ. ފުރާވަރާއި ޒުވާން އިރާއި ތަފާތުވާނެއެވެ. މޫނުން ކުޑަކޮށް ކުރީގެ ހުންނަހެން ހުއްޓެއްކަމަކު ވަރަށް ތަފާތެވެ. ކިއާރާ ހިނިތުންވެލި އިރު ދެލޮލުގައި ވަނީ ކަރުނައެވެ. އެ ދެލޯ ނުފެންނާތީ އެކަކަށްވެސް ނޭނގެއެވެ.

“ހޭ… މައި… ވާވް… ޒާން ހަމަ ބިއުޓިފުލް އެން ޕްރިޓީ އޭސް ޔޫ ސެޑް..” ކިއާރާ މައިޝާއާއި ސަލާމްކޮށްލަމުން ބުނެލިއެވެ. މައިޝާ ކިއާރާއަށް ބަލައިލިއެވެ. އެ މޫނަށް ބަލަހައްޓައިގެން އިނުމުން ކިއާރާ އަށް އުނދަގޫވިއެވެ. “މައި.. އަލަށްތަ ރީތިކުއްޖެއް ފެނުނީ؟” ކިއާރާއަށް ބަލަން އިނުމުން ޒާއިން އަހާލިއެވެ. މައިޝާ ހޭންފެށިއެވެ. “ނޯ… ދެން ހަމަ ބަލައިލީ. ޔޫ އަރ ކިއުޓް ކިއާ..” މައިޝާ ބުނެލިއެވެ. ކިއާރާ ހިންދިރުވާލިއެވެ. އަދިވެސް ހަމަ އެހާ އޯގާތެރި ރިވެތި އަހްލާގެއް ލިބިފައިވާ ކުއްޖެކެވެ. “ކިޓީ ކޮންތާކަށް ދަނީ؟” ޒާއިން ބުނެލިއެވެ. “މައި ދާން ބޭނުންތާކަށް..” ކިއާރާ ބުނެލިއެވެ. “ޒާން ހިނގާބަ ރަސްފަންނަށް…..” މައިޝާ ބުނެލިއެވެ. “ކިއާ އިނގޭތަ އެ ދުވަހު ކިއާ އަޑުއިވުނީމަ ދެން ހަމަ އޭރު ބުނި ކުއްޖާ ސިފަވަނީ.. އެން ޔޫ ލުކް ލައިކް ހާރ ..އޯކޭ.. އައި ޑޯންޓް ނޯ ވައި ފާޑަކަށް ވައްތަރު ގޮތެއް ހުރޭ.. އެކަމް އޭނާއެއްނޫން ތީކީ.. ތަފާތު އެކަމް ހުރޭ ސިފަ ކުއްލިއަކަށް ބަލާލީމަ އެކަމް ބަލަން ހުރީމަ އިނގޭ ތީ އޭނާ ނޫންކަން…. ހެހެހެ” މައިޝާ ބުނެލިއެވެ.

ކާރު ދުއްވަން އިން ޒާއިން ހޭންފެށުމުން ކިއާރާވެސް ނުވާކަމަށް ހަދާފައި ހޭންފެށިއެވެ. “ބުނެއެއްނު ވައްތަރު 7 މީހުން އުޅޭ… ތިބުނާ ކުއްޖަކާ ކިޓީ ދެން އެތަނުން އެކަކުތާ..”ޒާއިން ބުނެލިއެވެ. މައިޝާވެސް ހޭންފެށިއެވެ. “ކޮންތާކު އުޅެނީ؟ އައި މީން ވޯރކް ކުރަނީ؟” ކިއާރާ އަހާލިއެވެ. “ޖާރނަލިސްޓެއް މީ. ރައްޖެ ޓީވީގައި..” މައިޝާ ބުނެލިއެވެ. “ކޫލް..” ކިއާރާ ބުނެލީ ހިނިތުންވެލަމުންނެވެ. މައިޝާ އަބަދުވެސް އެދާއިރާއިން ކުރިއަށް ދާން ބޭނުންވެއެވެ. އެ ހުވަފެން އޭނާއަށް ސީދާވުމުން ކިއާރާ ހަމްދުކޮށްލިއެވެ. “ކިޓީ ނާންނަންތަ ރާއްޖެއެއް..؟ އެކޮޅުގަތަ އެއްކޮށް ހަމަ އުޅުނީ؟” މައިޝާ އަހާލިއެވެ. އެކަހަލަ ސުވާލަކަށް އުއްމީދު ނުކޮށް އިން ކިއާރާ ކުއްލިއަކަށް މައިޝާއަށް ބަލައިލިއެވެ. ހާސްވެފައި ވާ މޫނު ރަނގަޅުކޮށްލަމުން ޖަވާބު ދާރިވެލިއެވެ. “އަމް… މި އައީ ކިރިޔާ ރާއްޖެ… ހަނދާން ހުންނަ އިރުން ފަށައިގެން އުޅުނީ އެކޮޅުގައި…” ކިއާރާ ބުނެލިއެވެ. މައިޝާ ތަފާތު ސުވާލުތަށް ކުރަމުން ދިޔައެވެ. ކިއާރާ އޭނާގެ އަސްލު ފޮރުވޭނެހެން ޖަވާބު ދެމުން ދިޔައީ ފަތުހީ އިރުޝާދު ދީފައިވާގޮތަށެވެ. ކިތަންމެ ހަޤީޤަތް ހާމަކުރަން ބޭނުންވިޔަސް އޭނާއަށް ވަގުތު ބޭނުންވެއެވެ. ހިތުގައި އުފެދޭ ގޮތް ނޭނގޭ ބިރު ކޮންމެސް ދުވަހަކުން ފިލާނެތާއެވެ. އެ ދުވަހަކުން މައިޝާއަށް އޭނާ ތެދު އަންގާނެއެވެ.

ރަސްފަންނަށް ގޮސް ހުއްޓުމާއި އެކު ކިއާރާއާއި މައިޝާ އަދި ޒާއިން ގޮސް ހަޓްތަކުގައި އިށީނދެލިއެވެ. ހިތްގައިމު ވައިޖެހެމުން ދިޔައިރު މަޑު ތަރަފާލެއްހެން ހީވާ ކަނޑު ފެންނަލެއްވަރަށް ހިތްގައިމެވެ. ހަވީރުވަގުތުގެ ހިތްގައިމު ވަގުތުކޮޅު ހޭދަކޮށްލަން އާއިލާ ގޮވައިގެން އައިސް އުޅޭ މީހުން މަދެއްނޫނޭވެ. ގިނައި ކުޑަކުދިން ގޮވައިގެން އައިސް އުޅޭ މީހުންނެވެ.

“ކިޓީ މެލޭގައި އުޅެބޮޑުވީ އެކަމް ފަތުހީ އުޅުނީ މިކޮޅުގައެއްނު… އޭގެ ފަހުންނު ބަދަލުވީ..” މައިޝާ ބުނެލިއެވެ. “ޔާ…. އެކަމް ކިއާގެ އަސްލު ބައްޕައެއްނޫން އެއީކީ.. އަސްލު ބައްޕަ ނިޔާވުމުން ޑޭޑް ބަލަންފެށީ. އެއީ ދެ އެކުވެރިން… ދެން އެވަގުތު ޑޭޑްގެވެސް ވައިފް އެން ބޯރން ވާން އުޅުނު ކިޑް ނިޔާވީ….” ކިއާރާ ބުނެލިއެވެ. “ކިޓީ ކައިރި މި އެހެނީވެސް ހަމަ މި ބުނާ މައިގެ ފްރެންޑްގެ މަތިން މިސްވާތީ..” މައިޝާ ބުނެލުމުން ކިއާރާ ހިނިތުންވެލިއެވެ. “މައި މައި… ތި ބުނާ ފްރެންޑެއް މިހާރު ކޮބާތަ؟؟؟ އަބަދު އޭނާ ވާހަކަ މިހާރު ހުސް..” ޒާއިން ބުނެލިއެވެ. މައިޝާ ކުޑަކޮށް ހިނިތުންވެލިއެވެ. އަދި ހިޔާލަކަށް ގެއްލުނެވެ. “އޭނާ ނޭނގެ.. ހަމަ ކުއްލިއަކަށް ގެއްލުނީ” މައިޝާ ކޮނޑުއަރުވާލަމުން ބުނެލިއެވެ. ކިއާރާ އިސްޖަހާލިއެވެ.

“ކީއްވެ؟ އޭނާ ނުހޯދަންތަ ދެން މައި އެއް؟ އޭނާވެސް ނުހޯދާތަ؟” ޒާއިން ބުނެލިއެވެ. “ޒާން.. އޭނާ އަކީ… ކިހިނެއްބުނާނީ.. އޭނާ ހުރިކަމެއްވެސް ނޭނގެ ދުނިޔޭގައި އެކަމް ސިއްރުތަށް ފޮރުވަންޖެހޭނެތާ… އައި ނޯ ހާރ އެވްރީ ސީކްރެޓް ޓިލް ދަ ލާސްޓް ޑޭ… އެން އައި ކާންޓް ޝެއަރ އިޓް… ދޯ ކިޓީ… ސީކްރެޓްސް ވާނީ ސީކްރެޓްއަށް ހަމަ ހިއްސާ ކުރާ ކުއްޖާ ނެތަސް…” މައިޝާ ބުނެލިއެވެ. ކިއާރާ ބޯޖަހާލިއެވެ. އޭނާ އުފާވީ މައިޝާ އޭނާގެ ސިއްރުތަށް އަދިވެސް ހިފަހައްޓާތީއެވެ. ކިއާރާ ސިހުނީ  އެއްލިކަޅުން ރަސްފަންނުގައި ހުރި އަނާން އާއި އަޔާން ފެނިފައެވެ. އެދެމީހުން ތިބީ ޖޫގޯބޯންށެވެ. ކިއާރާ ބަލަން އިން ދިމާލަށް މައިޝާ ބަލައިލިއެވެ.

އޭ ސަރ….” މައިޝާ ބުނެލިވަގުތު ކިއާރާ ސިހުނެވެ. “ކޮން؟ ކޮބާ؟؟” ޒާއިން އެދިމާ ބަލައިލަމުން އަހާލިއެވެ. “އެއީ 10 ނިމެންދެންވެސް ކިޔަވައިދިން ސަރ އެއްނު…. އަޔާން..” މައިޝާ ބުނެލިއެވެ. “އޭ އަޔާން ދޯ.. ” ޒާއިން ޗޮކެއް ކަނޑާލާފައި ބުނެލިއެވެ. “މިދުވަސްކޮޅު ހަމަ ދިމާވާ ކަމެއްވިއްޔާ ވަނީ މި ބުނި ގާލް މަތިން ހަނދާންވާ ކަންކަމާ.. ފުރަތަމަ ކިޓީ އަނެއްކާ އަޔާން..” މައިޝާ އިސްޖަހާލަމުން ބުނެލިއެވެ. އަޑުގައިވަނީ ހިތާމައެވެ. ކިއާރާ ނުވާކަމަށް ހަދާލާފައި އެ އިންގޮތަށް އިނީ އަޔާންއަށާއި އަނާން އަށް ބަލަންށެވެ. “ޒާން ދަންނަންތަ އަޔާން.. ވެއްޖެ ސަރ ގެންނަން.. ނޭނގެ ހަނދާން ހުންނާނެކަމެއްވެސް.. އޭރު އެންމެ 16 އަހަރު.. މިހާރު ދެން ތަފާތު ވާނެތާ އެއަށްވުރެ ދޯ..” މައިޝާ ބުނެފައި ތެދުވެލިއެވެ. ކިއާރާ ހިތް އަވަސްވިއެވެ. ޒާއިން މައިޝާ ދިޔަ ދިމާލަށް ބަލަންއިނެވެ. “ޒާން… އޭނާ ވަރަށް ހެޕީކޮށްތަ އުޅެނީ…؟” ކިއާރާ އަށް އަހާލެވުނީ ބޭއިހްތިޔާރުގައެވެ. އޭރު އޭނާ ގެއްލިފައި އިނީ އަޔާންއަށެވެ. “އޭނ ކީކޭ؟ ކާކު؟؟” ޒާއިން އަހާލިއެވެ.

“އައި މީން މައި.. މައި އޭ…” ކިއާރާ އަވަސް އަވަހަށް ބުނެލިއެވެ. “އާނ ދެން އޭނާ އުޅޭނީ ހެޕީކޮށްނެއްނު…” ޒާއިން ހެމުން ހެމުން ބުނެލިއެވެ. މައިޝާ ގޮސް އަޔާންއާއި ހަމައަށް އަރާ ވާހަކަ ދައްކަންފެށިތަން ފެނުނެވެ. ކިއާރާވެސް އެހެން ވާހަކަ ދައްކާލަން ބޭނުންވިއެވެ. މައިޝާ އަނާންގެ ކޮލުގައި ހިފަހައްޓާލައިފައި ބޮލުގައި ފިރުމާލިތަން ފެނުމުން ކިއާރާގެ ދެލޯ ކަރުނުން ފުރުނެވެ.

އިރުކޮޅެއް ނުވެ މައިޝާ އަޔާން އާއި އަނާން ގޮވައިގެން އެދިމާލަށް އަންނަ ތަން ފެނިފައި ކިއާރާ އިސްޖަހާލިއެވެ. އަދި ފޯނާއި ކުޅެން އިނެވެ. އަނާންއަށް ކިއާރާ ފެނިފައި އޭނާއަށް ބަލަންހުއްޓެވެ. “ސިސް؟ އެކްސިޑެންޓް ވި؟؟” އަނާން އައިސް ކިއާރާ ކައިރި ބުނެލުމުން ކިއާރާ އަނާން އަށް ބަލައިލިއެވެ. އެއަށްފަހު އަޔާންއަށް ބަލައިލިއެވެ. އަޔާން ހުރީ ފާޑަކަށް ކިއާރާއަށް ބަލަންކަމުން ކިއާރާ އިސްޖަހާލީ އަނާންއަށް ހިނިތުންވަމުންނެވެ. “ތިދެމީހުން ދަންނަންތަ؟” ޒާއިން އަހާލީ އަނާންއަށާއި ކިއާރާއަށެވެ. އަނާން އެދެމީހުންގެ މެދުގައި ހިނގި ކުޑަ ކުޑަ ބައްދަލުވުމުގެ ވާހަކަ ބުނެލިއެވެ. “ހަހަހަ ކިޓީ އެމީހުންނާއި ޖައްސާލާފަތަ ތިހުންނަނީ… ފުރަތަމަ އަނާ.. ދެން މިއަދު އަޔާން.. ގޯހެއްނޫން.. ބައިދަވޭ ހޭ މޭން.. އެން ހޭ އަނާ..” އިށިނދެ އިން ޒާއިން އަޔާންއާއި ސަލާމްކޮށްލާ ކައިރި ހުރި އަނާންގެ ބޮލުގައި ފިރުމާލިއެވެ.

ކިއާރާ ޒާއިންއަށް ބަލައިލީ އެމީހުންގެ ގާތްކަން ފެނިފައެވެ. އެތާނގައި ތިބެން ނުހަދާ 5 މީހުންވެސް ނިންމީ ކެއުމަކަށް ދާށެވެ. ޒާއިން ގޮސް ކާރަށް އަރާލީ އަޔާންއާއި އަނާންވެސް އެކާރަށް އަރާށޭ ބުނަމުންނެވެ. ކިއާރާ ކާރަށް އަރައިލުމުން މައިޝާއާއި އަނާންވެސް އަރާލިއެވެ. ކުރީ ސީޓަށް އަޔާން އެރިއެވެ. “ޖެލީއަށް ދޯ؟” ޒާއިން ބުނެލުމުން މައިޝާ އާއި އަނާން އާނއެކޭ ބުނެލިއެވެ. “މައި އަކަށް ނޭނގޭ ސަރ އާއި ޒާންވެސް ކްލޯސް ކަމެއް..؟” މައިޝާ ބުނެްޏެވެ. “މައި ނުވެސް އަހާވިއްޔަ އޭރުންނު ބުނެވޭނީ… މިހާރު ކިތަންމެ އަހަރެއް ވެއްޖެ އަޔާންއާއި ރައްޓެހިތާ…” ޒާއިން ބުނެލިއެވެ. އަޔާން ވެސް ވާހަކަދެއްކިއެވެ. އެތާނގައި ބާކީވެފައި އިނީ ކިއާރާއެވެ. އޭނާ ބުނާނެ އެއްޗެއްވެސް ނެތެވެ. އެމީހުން ދެކޭގޮތުގައި ކިއާރާއަކީ އެމީހުންނާއި ކުރިންދުވަހަކު ދިމާވި ނުދަންނަ މީހެކެވެ. ކިއާރާ އެއްޗެއް ބުނެގެން ބޭޒާރުވާކަށް ނެދެއެވެ. އެހެންކަމުން ފޯނާއި ކުޅެން އިނެވެ. ޒާއިން ފިޔަވާ ދެން މިތިބީ ހުސް އޭނާގެ މާޒީއާއި ގުޅިފައި ތިބިމީހުންނެވެ. އިރުކޮޅެއް ނުވެ ކިއާރާގެ ފޯނަށް ކޯލެއް އައެވެ. އެއީ އޭނާގެ ބޭރު އެކުވެރިއެކެވެ

ހަލޯ… ޝަބޫ؟ ޔާ.. އަމް ފައިން.. ނޯ ނޮޓް ބިޒީ ބަޓް ކައިން ޑަ… ހެހެ އަމް ވިދް ސަމް އޮފް ފްރެންޑްސް… ޔާ… އަމްމް.. ކޭން ވީ ޓޯކް ޓުނައިޓް.. ޝުއަރ… ޔާ ބައި މިސް ޔާ…” ކިއާރާ ފޯނުކުރުކޮށްލަމުން ބޭއްވީ އޭނާ މާގެ އަޑު މާގިނައިން އަޔާންއަށްވެސް ނީއްވަންށެވެ. “ކިޓީ… ޖެލީއަށް ދިޔާންތަ؟” ޒާއިން އަހާލިއެވެ. “ނޯ… ނުދަން..” ކިއާރާ ބުނެލިއެވެ. “އެހެންވީމަ ފަސްޓް ދަތުރު ޓު ޖެލީ ދޯ… އެވެސް މި އެންމެންނާއި އެކު..” މައިޝާ ބުނެލިއެވެ. ކިއާރާ ހިނިތުންވެލިއެވެ. އޭނާގެ ފޮރުވިފައިވާ ލޮލުން ބަލަމުން ދިޔައީ އަޔާންއަށެވެ. އެހިތުގެ ރާޖާއަށެވެ. “ސިސް… އަޅުގަނޑުމެން އެ ދުވަހުގެ ކުރިން ދިމާވިތަ؟” އަނާން އަހާލިއެވެ. ކިއާރާ ކުޑަކޮށް ނުތަވަސްވިއެވެ. ޖަވާބެއް ވިސްނަން އޭނާ އިންދާ ޒާއިން އަނާން އަށް ޖަވާބުދިނެވެ. “އަނާ.. ކިޓީ ފެންނަންޏާ ފެންނާނީ އަނާ މެލޭއަށް ދިޔައިއްޔާ.. ކިޓީ ނާދޭ ރާއްޖެއަކަށް.. ކިރިޔާ އެއައީ.. އަލަށް..” ޒާއިން ބުނެލިއެވެ. “އޯހް…” އަނާން ބުނެލިއެވެ. “އެކަމް އަޅުގަނޑަށް ހީވޭ ވަރަށް ދަންނަ ކުއްޖެއްހެން..” އަނާން ބުނެލިއެވެ. ކިއާރާ އެއްޗެއް ނުބުނެ އިނީ ފޯނަށް ނަޒަރު ހިންގާލައިގެންނެވެ. އޭނާ ބިރުގަތީއެވެ. ހަޤީޤަތް އެމީހުންނަށް ހާމަވެއްޖެނަމަ އެމީހުން ކަންކުރާނެ ގޮތެއް ނޭނގޭތީއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

އަހަރެންގެ ލޯބި އަބަދުވެސް ކަލާ އަށް. ( ދެވަނަބައި)

Next

އެ ލޯބި އަސްލު ހައްޤޭ (8 ވަނަ ބައި)

Next
December 17, 2016

އެ ލޯބި އަސްލު ހައްޤޭ (8 ވަނަ ބައި)

Previews
December 16, 2016

އަހަރެންގެ ލޯބި އަބަދުވެސް ކަލާ އަށް. ( ދެވަނަބައި)

26 Comments!

  1. Ryn says:
    December 17, 2016 at 8:51 am

    Hey guys.. Good morning… Aaaand i was thinking miadhu 3 parts up kuran cx of what ever happened yesterday but sadly have to go hospital ah and tbh ethaanga mulhi dhuvas heydhakhgn nuny kameh nuvaane lol! so see u guys tonight 😉 tc

  2. Aika says:
    December 17, 2016 at 9:01 am

    V nice

  3. Eshal says:
    December 17, 2016 at 9:18 am

    it’s really nice story,
    and also maisha should know Alia and Kiyara little bit fast

  4. Crazy fan says:
    December 17, 2016 at 9:19 am

    This is my first story reading like this.. I mean i used to start reading a story when it is completed. So im like crazily waiting for an update.. I rrally love plot of this story.. Its a wondetful story.. Waiting for the next part.. ?????????????

    1. Someone says:
      December 17, 2016 at 1:48 pm

      Asluves… Maves story ehkoh nimunyma kiyan fashany. But Mi vaahaka ah v inthizaaru kurevey adhi konme dhuvahaaku up kohdhin kamugaa viyas hitheh nufurey.. ? v rythi vaahaka eh miee.. Abadhu beleny story up vefa intho..

  5. ?mixoo says:
    December 17, 2016 at 9:21 am

    Ryn vv hiyyvarugadha….
    mi parts ves hama vvvv reethi.
    best of luck

  6. wishy says:
    December 17, 2016 at 9:27 am

    Woah… V obi

  7. Afar says:
    December 17, 2016 at 9:37 am

    Loved it.. :-* waiting for next part..

  8. Rizoo says:
    December 17, 2016 at 9:47 am

    Mibai vs v reethi. Waiting 4 thenext part. ??

  9. Faathee says:
    December 17, 2016 at 10:52 am

    Vara reethi.. waiting for next

  10. Azuna says:
    December 17, 2016 at 11:04 am

    V reethi waiting 4 nxt part

  11. Malaa says:
    December 17, 2016 at 11:15 am

    Ma sha allaah.

  12. Saandy says:
    December 17, 2016 at 11:41 am

    މިބައިވެސް ވަރަށް ރީތި… ހީކުރަން ވަރަށް އަވަހަަށް މައިޝާއަށް ކިޔާރާގެ ހަޤީޤަތް އެނގޭނެކަމަށް… އެކަމް ސާންޑީއަށް ވަރަށް އޮޑްކަމަށް ފާހަގަކޮށްލެވުނު ކަމެއް ބުނެލަދޭނަން… އިސްތަށިގަނޑު ހާވާލާފައޭ ބުނީމަ ވަރަށް އޮޑް ގޮތެއްހުރޭ… ހާވާލާފައޭ ބުނީމަ ވަރަށް އެހެން ކަހަލަ ގޮތަކަށް ސިފަކުރެވެނީ… ހީވަނީ މީހަކު ބިރުގަންނަވަން ހަދާ އުޅޭ ގޮތެއްހެން… ނޫނީ ހީވަނީ ފެންނުވަރާ ހަޑިގިއްލާއެއްހެން… އިސްތަށިގަނޑު ނިއުޅުވާލާފައޭ ނޫނީ ނިއުޅާލާފައޭ ބުނީމަ ރީތިވާނެކަމަށް ފެނޭ… އުންމީދުކުރަން ނެގެޓިވްކޮށް ނުވިސްނާނެކަމަށް… އަދި ކުރިއަށްހުރި ބައިތަކުގަ އެކަން ރަނގަޅުކޮށްލާނެ ކަމަށް

  13. Almaa says:
    December 17, 2016 at 12:08 pm

    Wow v nice ingey mi part vx waiting 4next part thanks ryn

  14. shara says:
    December 17, 2016 at 12:13 pm

    this is my first time story akah comment kuraa. but ryn ge stories thah kiyan. this story is the one of the best story i am reading in this site.

  15. Nish says:
    December 17, 2016 at 12:51 pm

    Reethi ekam abadhu isthashikolhun loa foruva vaahaka huriha parteh gaves ovey dhw

    1. Malaika says:
      December 17, 2016 at 1:14 pm

      Eii kiyaa ah haassa kamekey

  16. Kiyaaraaaa says:
    December 17, 2016 at 1:30 pm

    Mirey upp vaane tha evves baeh v reeethi mi vaaahaka ….

  17. fau says:
    December 17, 2016 at 3:05 pm

    Arr u a grl ryn

  18. Aish says:
    December 17, 2016 at 4:31 pm

    haadha lahey.. mng in sure mi innany page load kohla kohlaa update veythw..

  19. Girl says:
    December 17, 2016 at 6:25 pm

    Avahah upkohba

  20. Leen says:
    December 17, 2016 at 6:38 pm

    Alhe story up kohbaa avahah nd miadhu 3 up kuraa vaahaka bunyma page load kohla kohlaa mi indheveny ??

  21. Neel says:
    December 17, 2016 at 8:30 pm

    Story v reethi ekm kiyaalan v udagu waa gotheh hurey mee rulhin bunaa ehcheh nun ngey reenu hama neel ah kiyan udagu kamun mi cmt kureevx ekan chn kohlanikon v salhi waane
    Jumlathah nimaa iru wadheliyey araaliyey nikumeliey theveliyeve mikahala gothakah hunnaathy v hadi kamah dhahkanee liumuge fnvaru dhah kamah dhahkanee eyge badal ga erieve ishyneve mikaha gothakah hureema kiyan faseyha vefa hiiy gaimuwaane

  22. Jee says:
    December 17, 2016 at 8:56 pm

    Ryn…
    koba tha story
    Mihaaru dhen haadha ireh vejjeh ye inthizaaru kuraathaa…
    thihen inthizaaru kuran nujahsaba ehaa gina iru…
    avaha up kohbala vaahaka
    Hardly waiting to read the next part

  23. Hooooo. says:
    December 17, 2016 at 9:11 pm

    RYN…………
    koba story. Can’t wait any more. Mihaaru mi site eba check kureyvey gadiyaku dethin faharu.
    Pls update soon. Can’t wait any more.

  24. shaa says:
    December 20, 2016 at 7:39 pm

    V nice story waiting 4 next part

Comments are closed.

Next Episodeހިތް އެކީ ދެވިއްޖޭ..16←


All Right Reserved!