ހިތް އެކީ ދެވިއްޖޭ…13
ޒާއިން ކައިރިއަށް އައީ ލާނެއް ހިންޏެކެވެ. ލިފްޓް ހުޅުވުމާއި އެކު ދެމީހުން ނުކުތީ ދާދި އެއްވަރަކަށެވެ. ކިއާރާ އަވަސް ފިޔަވަޅުތަކެއްގައި ކަނާއަތަށް އަޅާފައި ކެބިންތަކަށް ބަލަމުން ގޮސް ފަތުހީގެ ނަން ލިޔެފައި އިން ކެބިންނަށް ބަލައިލިއެވެ. އެއަށްފަހު ޒާއިން ކޮބައިތޯ ބަލައިލިއެވެ. ޒާއިންވެސް އައީ ފަތުހީގެ ކެބިންއަށެވެ. އޭނާ އަތުގައި އޮތް ފައިލް ކިއާރާގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. ކިއާރާ ޓަކި ޖެހުމާއި އެކު ވަނުމަށް ފަތުހީ ބުނެލިއެވެ. ކިއާރާ ވަދެލި ވަގުތު ޒާއިންވެސް ވަނެވެ. “އަނހަ ކިއާ..؟ ތިއައީތަ؟ އިނދޭ ގޮސް ސޯފާގައި މަޑުކުރައްޗޭ… ޒާއިން ކޮބާ ތިީ ތަ އެ ފައިލް؟” ކިއާރާގާތު އެ ކެބިންގައި ހުރި ސޯފާގައި އިށީނދެލުމަށް އެދެމުން ފަތުހީ ޒާއިން އާއި ސުވާލުކޮށްލިއެވެ. ކިއާރާ ގޮސް ސޯފާގައި އިށީނދެލިއެވެ. ޒާއިން ފަތުހީއާއި ކުރިމައްޗަށް ވާގޮތަށް އިން ގޮނޑިގައި އިށީނދެލިއެވެ. “ޔެސް ސަރ..” ޒާއިން ބުނެލުމުން ފަތުހީ އެ ފައިލް ހުޅުވާ ޗެކްކުރަންފެށިއެވެ. އެއަށްފަހު އެ ލައްޕާލިއެވެ.
“އެހެންވީމަ ޖެހޭނެ އަދިވެސް ރަނގަޅު ގިނަ ކްލައިންޓުން އުފާވާކަހަލަ ޕްރޮޖެކްޓްސް ހަދާ ނިންމަން…” ފަތުހީ ބުނެލިއެވެ. ޒާއިން ބޯ ޖަހާލިއެވެ. “ޒާއިން.. ދޭ ކިއާ އަށް އޮފީސް ދައްކާލަން…. އަދި އެބައޮތޭ އެއްވާހަކަ… ކިއާގެ ކެބިންއާއި ޒައިންގެ ކެބިން އިންނާނީ އެއްތާކު އިޓް މީންސް ޒާއިންގެ ކެބިން ގެ އެއްފަޅި ކިއާއަށް… ސަންޑޭގެ ކުރިން ބުނާނަން އެތަނަށް އެއްޗެހި ހަމަކޮށް ރެޑީކުރާށޭ..” ފަތުހީ ބުނެލިއެވެ. “ވަޓް!!!؟؟؟” ކިއާރާއަށާއި ޒާއިން އަށް އެއްފަހަރާ ބުނެލެވުނެވެ. ފަތުހީ ދެމިހުންނަށް އެކީ ބަލައިލިއެވެ. “ޔެސް… އެއް މަގާމެއްގައި ތިބި ދެމިހުން ރަނގަޅުވާނީ އެއް ކެބިންއެއްގައި ވޯރކް ކުރުން.. ޝުކޫރުއަށްވެސް އެގޮތް ކަމުދަނީ… އޭރުން ދެމީހުންގެ އައިޑިޔާސް ޝެއަރު ކުރެވޭނެ… މަޝްވަރާކުރެވޭނެ.. ފަސޭހައިން އެހީވެދެވޭނެ…” ފަތުހީ ބުނެލިއެވެ. ޒާއިން ކިއާރާ އަށް ބަލައިލާފައި އަނގަޔަށް ގޮތެއް ހަދާލިއެވެ. ކިއާރާވެސް ލޯ ހަނިކޮށްލިއެވެ. ޒާއިންއަށް ކިއާރާގެ ލޯ ރީއްޗަށް ފެނުނީ އެވަގުތުއެވެ. ލޮލުމައްޗަށް ވައްޓާފައި ހުރި އިސްތަށިކޮޅު ކިއާރާ ހުރީ ދުރަށްލާފައި ދައްޗެއް ޖަހާލާފައެވެ. އެ ބޮޑު ދެލޯ ވަނީ ކުޑަކޮށްލެވިފައެވެ. ކިއާރާގެ އެ ރީތި މޫނު އެއްކޮށް ފެނުނު މީ ފުރަތަމަ ފަހަރެވެ.
“ކޮބާ އަވަހަށް ދޭ.. ކިއާ.. ވާނެ ހުރިހާ މުވައްޒިފުންނާއި ވެސް މީޓްކޮށްލަން..” ފަތުހީ އެހެން ބުނުމުން ކިއާރާ ތުން ދަމާލާފައި ސޯފާއިން ތެދުވެލިއެވެ. ޒާއިން ވެސް ތެދުވެލިއެވެ. ދެމީހުން އެކީ ހިނގައިގަތީ ދޮރާއި ދިމާލަށެވެ. “އެން ޒައިން ކެބިންވެސް ދައްކާލާތި.. ކިއާއަށް އެތަން ކަމުނުދަންޏާ ދެމީހުންގެވެސް ކެބިން އެހެންތާކަށް ބަދަލުކުރެވޭނީ އޭރުން” ފަތުހީ ބުނެލިއެވެ. “ޔެސް ސަރ..” ޒާއިން ބުނެފައި ނިކުމެލިއެވެ. ކިއާރާ ވެސް ނިކުމެލިއެވެ. “ޑޭމް ނައު އައި ހޭވް ޓު ޝެއަރ މައި ކެބިން ވިދް ދިސް އެރޮގެންޓް ވުމެން..”ޒާއިން ބުނެލީ ނިތްކުރިމަތި ޖަހާލަމުންނެވެ. “އޯ ވާވް… އިފް ސޯ.. ޑޭމް… އައި ހޭވްޓު ސްޕެންޑް މައި މޯސްޓް އޮފް ދަ އޮފީސް އަވަރސް ސީއިން ހިއިޒް އަގްލީ ފޭސް..” ކިއާރާ ވެސް ބުނެލިއެވެ. އެއާއި އެކު ޒާއިން ހޭންފެށިއެވެ. ކިއާރާ ތުން އަނބުރާލިއެވެ. “އޯކޭ ކޮންތާކުން ފަށަނީ؟ އެންމެ ފުރަތަމަ ފަސްޓް ފުލޯރ އަށް ދާނީ…” ޒާއިން އެހެން ބުނެފައި ލިފްޓާއި ދިމާލަށް ދިޔައެވެ. ކިއާރާވެސް ދިޔައެވެ.
ލިފްޓަށް އަރާ އެއްވަނަ ފްލޯރ އަށް ޒާއިން ފިއްތާލިއެވެ. ކިއާރާ ލިފްޓުގައި ހުރި ލޯގަނޑުން އޭނާގެ ސޫރަ ބަލައިލިއެވެ. އަދި ފަން އިސްތަށިގަނޑު ރީތިކޮށްލިއެވެ. ޒާއިން އެ ހުރިގޮތަށް ހުރީއެވެ. ލިފްޓް ހުޅުވުމާއި އެކު ދެމީހުން ނުކުމެލިއެވެ. އެތަނުގައި ގޮޅި ގޮޅި ވަކިކޮށްފައި ހުރި އިރު ކޮންމެ ގޮޅިއެއްގައި މުވައްޒަފަކު އިނެވެ. އަދި ހަމަ ކޮންމެ މުވައްޒިފަކަށް ކޮންޕިއުޓަރެއްގެ އިތުރުން ކުޑަ ޝެލްފެއް ތިރިގައި ހުއްޓެވެ. އޭގައި ހުރީ ފައިލްސްތަކެކެވެ. ވަކިން އެހެން ދެ ކެބިންއެއް އިނެވެ. އެއީ ޑިރެކްޓަރުންގެއެވެ. މުވައްޒިފުންތަށް ކިއާރާއަށް ހިނިތުންވެލިއެވެ. ކިއާރާވެސް ހީލިއެވެ. “ގައިސް މީޓް އަވަރ ނިއު ބޮސް.. ލޮލް..ހަހަ.. ސޮރީ.. ނިއު ބޮސް ކިއާރާ” ޒާއިން ހެމުން ބުނެލިއެވެ. ކިއާރާ ލޯ އަޅާލިއެވެ. “ހެލޯ މޭމް…” ހުރިހާ އެންމެން ބުނެލިއެވެ. ކިއާރާ ބޯ ޖަހާލިއެވެ. އެންމެންނާއި ބައްދަލުކޮށްފައި ކިއާރާ ދިޔައީ ލިފްޓަށެވެ.
ޒާއިން ކިއާރާއަށް ދެން ދެއްކީ އެދެމީހުންގެ ކެބިންއެވެ. “އަވަހަށް ބުނޭ މެޑަމް… މި ތަން ރަނގަޅުތަ؟؟” ޒާއިން ބުނެލީ މޫނަށް ގޮތެއް ހަދާލާފައެވެ. ކިއާރާ އަށް ޒާއިން މެޑަމްއޭ ބުނެލުމުން ހަނދާންވީ އަޔާންގެ މަތިންނެވެ. އަޔާން ފުރަތަމަ އޭނާއަށްވެސް ކީ މެޑަމްއެވެ. ކިއާރާއަށް ހިނިތުންވެވުނެވެ. “މެޑަމް؟؟” ޒާއިން ގޮވާލުމުން ސިހިފައި ކިއާރާ ޒާއިންއަށް ބަލައިލިއެވެ. އަދި ވަގުތުން ދެބުމަ ގޮށްޖަހާލިއެވެ. “މެޑަމް ނުކިޔާތި.” ކިއާރާ ބުނެލީ ކެބިންއަށް ބަލައިލަމުންނެވެ. މެދުގައި އިނީ ޒާއިންގެ ކެބިންއެވެ. ބޮޑު ހުސްޖާގައެއް އޮތުމުން ދެމީހުންނަށްވެސް ތިބެވޭނެއެވެ. ފަހަތުގައި ހުރީ ފޮތިގަނޑުތަކުން ފޮރުވާލެވިފައިވާ ކުޑަދޮރުތަކެކެވެ. ކިއާރާ ގޮސް ފޮތިތަށް ކަހާލުމުން ކެބިން ތެރެ ވަރަށް ބޮޑަށް އަލިވެގެން ދިޔައެވެ. ޒާއިން ކިއާރާގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ.
“ކިޓީ… ހިނގާ ދެން ދާން މައްޗަށް.. މިތަން ރަނގަޅުތަ؟؟” ޒާއިން އަހާލީ މަގުމައްޗަށް ގެއްލިފައި ހުރި ކިއާރާއަށެވެ. އެނާ ހުރީ ކުރިމަތިން ފެންނަމުން ދިޔަ އިމާރާތަށް ބަލަހައްޓައިގެންނެވެ. ކިއާރަ ސިހިފައި ފަހަތް ބަލައިލިއެވެ. “އާނ އޯކޭ އޭ މިތަން…” ކިއާރާ ބުނެލީ ސިހުން ކަނޑުވާލަމުންނެވެ. “އެން ހޭ.. ކިޓީ ނުކިޔަށޭ ބުނީމެއްނު..” ކިއާރާ އަނެއްކާވެސް ބުނެލިއެވެ. “އަޖައިބެއް.. މެޑަމެއް އެއް ނުކިޔެ ކިޓީއެއްނުކިޔެ.. ހެޔޮ ކިޓީ ހަމަ ކިޔާނީ..” ޒާއިން ބުނެލީ ނިތް އަރުވާލަމުންނެވެ. ކިއާރާ ވަޓްއެވަރ އޭ ބުނެލުމަށްފަހު ބޭރަށް ދާން ހިނގައިގަތެވެ. ޒާއިން ދެން އިން ފްލޯރ ވެސް ކިއާރާއަށް ދައްކާލިއެވެ. ބޮޑު މީޓިންގް އެއް ބޭއްވޭހާ ބޮޑު ތަނެކެވެ. އޮފީހުގެ ހުރިހާ މުވައްޒިފުންނަށް ތިބެވޭނެއެވެ. އެތަނާއި ވަކިން އިން ތަނަކީ ބޯރޑް އޮފް ޑިރެކްޓާރސް ގެ އިތުރުން ޝެއރ ހޯލްޑާރސް އާއި ކްލައިންޓްސްއާއި އެކު ބާއްވާ ބައްދަލުވުންތަށް ބާއްވަން ހަމަޖެހިފައި އޮތްތަނެވެ. ދެން އޮތީ ޕްރޮޖެކްޓްސް އާއި ޕްރެސެންޓޭޝަން ތަކާއި ބެހޭ ވަކި ކޮޓަރިއެކެވެ.
“ދެން އޮތީ ކޭންޓީން.. އެތަނަށް ވަދޭތަ؟” ލިފްޓާއި ދިމާ އަށް ދަމުން ޒާއިން އަހާލިއެވެ. “އޮފްކޯސް އަމް ހަންގްރީ އެން ކޮންމެހެންވެސް ދާނަން ކެންޓީންއަށް… ކާންޖެހޭނެއޭ..” ކިއާރާ ބުނެލިގޮތުން ޒާއިންހޭންފެށިއެވެ. އެއަށްފަހު އެމީހުން ލިފްޓަށް ވަދެލިއެވެ.
ކޭންޓީން އަކީވެސް ބޮޑުތަނެކެވެ. ކޭންޓިންގެ އެއްފަޅި ގައި ވަނީ ބިއްލޫރި ދޮރުތަކެވެ. އެތަނުން އަލި ވަންނަމުން ދިޔައެވެ. ބޭރުން ފެންނަމުން ދިޔަ އިމާރާތްތަށް ކިއާރާއަށް ފެނުނެވެ. ދެން ހުރީ ކާ އެއްޗެހިތަށް ހުރި ކައުންޓަރެވެ. ކިއާރާ ގޮސް ކައުންޓަރުގައި ހުރި ބޭރު މީހެއްކައިރި ބޭނުން އެއްޗެހިތަށް ދެއްކިއެވެ. ކިއާރާ އާއި ދިމާ ބަލަން ޒާއިން ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ. “ތިހުރިހާ އެއްޗެހި ބަނޑަށް އެޅޭނެ؟” ޒާއިން އަހާލުމުން ކިއާރާ ހެމުން ބޯޖަހާލިއެވެ. އެއަށްފަހު ޓްރޭއެއް ހިފައިގެން ގޮސް މޭޒެއްގައި އިށީނދެލިއެވެ. އޭރު ކޭންޓިންގައިވެސް ބައެއް ކުދިންތަށް ކާން ތިއްބެވެ. “ހެލޯ މޭމް.. ހެލޯ ސަރ… މޭމް މިއަދުތޯ ޖޮއިން ކުރެއްވީ؟” ކުއްޖަކު ހަނާ އަޅާލަމުން ބުނެލިއެވެ. ޒާއިން ކޮފީތަށްޓެއް ހިފައިގެން އަންނަމުން އެ ކުދިންނަށް ހިނިތުންވުމެއް ދީފައި ކިއާރާ ކައިރި އިށީނދެލިއެވެ. “ނޯ ސަންޑޭގައި ކުރާނީ..” ކިއާރާ އެމީހުންނަށް ޖަވާބުދެމުން ގެނައި އެއްޗެހި ކާންފެށިއެވެ. “މިތަނުން އަނެއްކާ ލާރި ދައްކަން ޖެހޭތަ؟” ކިއާރާ ކަމުން ބުނެލިއެވެ. “ޔާ… ތި ހުރިހާ އެއްޗަކަށް ދައްކަންޖެހޭނެ..” ޒާއިން ހިނިގަނޑުމަތަކޮށްލަމުން ބުނެލިއެވެ. ކިއާރާ ދެލޯ ބޮޑުކޮށްލާފައި އެނާ ގެނެއްސާ ހުރި އެއްޗެއްސަށް ބަލައިލިއެވެ. އަދި ޒާއިންއަށް ބަލައިލިއެވެ. “ލާރި ނުގެންނަން..” ކިއާރާ ބުނެލިއެވެ. “އެކަމް.. މެލޭގެ އޮފީސްގަ ހުންނަނީ ފްރީކޮށް ނެގޭން… ޑޭމް ޝިޓް…” ކިއާރާ ނިތްކުރިމަތީ އަތްއަޅާލިއެވެ.
ޒާއިން ހޭންފެށިއެވެ. ކިއާރާ ޒާއިން އަށް ބަލައިލިއެވެ. “އަސްލު ފްރީކޮށް އިނގޭ ހުންނަނީ ހަހަހަހަ..” ޒާއިން ބުނެލިއެވެ. “ވެރީ ފަނީ..” ކިއާރާ އެހެން ބުނެފައި އަވަހަށް ކާންފެށިއެވެ. އެހެން އިންތަނާ ޒާއިންގެ ފޯނަށް ކޯލެއް އައުމުން ޒާއިން ނެގީ ރީތި ހިނިތުންވުމަކާއި އެކުގައެވެ. އެ ހިނިތުންވުން ފެނިފައި ކިއާރާ ނިތް އަރުވާލިއެވެ. “ޔެސް ޑާރލިންގް.. ނޫނޭ ކޭންޓިންގަ… ހޫމްމް ނިއު ބޮސްއަށް ކާންދެނީ މި.. ޔޫ ނޯ ޝީ އީޓްސް ލައިކް ޔޫ…. ހަހަހަ.. އާނ އާނ ސޮރީ ސޮރީ…” ޒާއިން ހެމުން ހެމުން ކިއާރާއަށް މަލާމާތްކޮށްލިއެވެ. ކިއާރާ އަޅައިނުލާ ކެއުމައިގެން އުޅުނެވެ.
“ހުމްމް ބޮސް ގެ އަންހެން ދަރިފުޅު… އައި މީން ފަތުހީ ސަރގެ.. ޝުކޫރުގެ އެހެން ދަރިއެއް ނުހުރޭ.. ދެން ދަރިއެއް ހުއްޓަސް ހުންނާނީ ޝުކޫރުގެ ފިރިހެން ދަރި އިނީމައެއްނު…” ލާނެއް ފާޑަކަށް ޒާއިން ބުނެލިއެވެ. ކިއާރާ ދެކޮޅަށް ބޯ ހަރަކާތްކޮށްލިއެވެ. ޒާއިން ފޯނު ކުރުކޮށްލާފައި ފޯނު ބޭއްވިއެވެ. “ފޮނި ކަނޑަންވެސް މޮޅޭ ފިސާރި…” ކިއާރާ ބުނެލިއެވެ. “ފޮނި ކަނޑާ އަޑުއަހަން މީހަކު ހުންނާންޏާ ކެނޑޭނެ ދޯ؟” ޒާއިން ބުނެލިއެވެ. ކިއާރާ ހޭންފެށިއެވެ. “ބައިދަވޭ މެލޭގަ ދޯ ކިޔަވައި ނިންމީ؟” ޒާއިން ކޮފީތަށި ތަޅުވާލަމުން ބުނެލިއެވެ. ކިއާރާ ހުމްމް އަޅުވާލިއެވެ. “ރާއްޖެއަކަށް ދުވަހަކުވެސް ނާންނަންތަ؟” ޒާއިން އަހާލިއެވެ. ކިއާރާ ޒާއިން އާއި ދިމަ ބަލައިލިއެވެ. އެ ސުވާލުގެ ޖަވާބު ދޭނެގޮތެއް އޭނާއަށް ނޭނގުނެވެ. “އަމް… ޔާ… ނާންނަން..” ކިއާރާ އިސްޖަހާލާފައި ކަމުން ބުނެލިއެވެ.
ކައި ނިންމާލުމަށްފަހު އެމީހުން ދެން ދިޔައީ މަތީ ފްލޯރއަށެވެ. ކިއާރާއަށް ހުރިހާ ތަނެއް ދައްކަމުން ގޮސް ފަހު ފްލޯރއަށް އަރާލިއެވެ. ކިއާރާ ގޮސް އެ ފްލޯރގައި ހުރި ބޮޑު ބެލްކަނީއާއި ކައިރިވެލިއެވެ. އެއާއި އެކު އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. މިހުރިހާ އިރު ތިރީ ފްލޯރ ތަކުން ކިއާރާ ބަލަމުންދިޔަ އިމާރާތުގެ ލޯގޯ ފެނުނީދެނެވެ. “ޖު..ޖޫލިއަން ލިމިޓެޑް؟؟” ކިއާރާ އަށް ބުނެލެވުނެވެ. އެ އޮފީހުގެ ފަހަތަށް ވާ ގޮތަށް ހުންނަނީ ޖޫލިއަން ގެ ދެވަނަ އޮފީހެވެ. އެ އިމާރާތުގެ މަތީގައި ރީތިގޮތަކަށް “ޖޫލިއަން” ޖަހާފައި އިންތަނަށް ކިއާރާއަށް ހުރެވުނީ ހަމަ ބަލާށެވެ. ޒާއިން ކިއާރާ ކައިރި އައިސް ހުއްޓިލާފައި ކިއާރާއަށް ބަލައިލިއެވެ. އެ ދެލޮލުން ބަންޑުންނުވެ ހުއްޓިފައި ހުރި ކަރުނަތަށް ޒާއިންއަށް ފެނި ބުމަ ގޮށްޖަހާލެވުނެވެ. އޭނާ ހުއްޓިފައި ހުރި ދިމާލަށް ޒާއިން ބަލައިލިއެވެ. “ހޭ.. ކިޓީ؟؟” ޒާއިން ކިއާރާގެ ލޮލު ކުރިމަތީ އަތް ހިންގާލަމުން ގޮވާލިއެވެ. ކިއާރާ ސިހިފައި އިސްޖަހާލިއެވެ. އެވަގުތު ލޮލުން ވެއްޓުނު ކަރުނަތިކި ގޮސް ޖެހުނީ ކިއަރާގެ އަތުގައެވެ. ކިއާރާ އަވަސް އަވަހަށް ނިތްކުރިމަތީ ގެ އިސްތަށީތަށް ހަރުކޮށްފައި އިން ދަތި ނައްޓުވާލިއެވެ. އެވަގުތު އެނާގެ ދެލޯ އިސްތަށިތަކުން ފޮރުވުނެވެ. ކިއާރާ ހާސްކަން ކަނޑުވާލަމުން ހިނިތުންވެލާފައި އަނެއްކާވެސް އެ އިމާރާތަށް ބަލައިލިއެވެ.
ފަތުހީ ނުބުނީ ކީއްވެހެއްޔެވެ؟ ފަތުހީ އަށް ހަމަ ގައިމުވެސް އިނގޭނެއެވެ. ފަތުހީ ބުނާހެން މީ ތަޤުދީރުގެ ކުޅިގަނޑެކެވެ. ކިއާރާ އިސްޖަހާލަމުން ފަސް އެނބުރުނެވެ. އެ ލޯތްބަށް ފަސްއެބުރުނު ފަދައެވެ. ޒާއިން ކިއާރާގެ ކޮންމެ ހަރަކާތަކަށް ބަލަންހުއްޓެވެ. އޭނާއަށް ބަދަލެއް އައިކަން އިނގުނެވެ. ކިއާރާ ހިނގައިގަތުމުން ޒާއިންވެސް ހިނގައިގަތެވެ. “ކިހިނެއްވީ ކުއްލިއަކަށް؟” ޒާއިން އަހާލިއެވެ. ކިއާރާ ޒާއިންއަށް ބަލައިލުމަށްފަހު ކަމެއް ނުވޭ ބުނެލިއެވެ. އެ ދެލޮލުގައި ވާ ކަރުނަތަށް ފޮރުވިފައި ހުރީ އެ އިސްތަށިތަކުގެ ސަބަބުންނެވެ.
ކިއާރާ ގޮސް ފަތުހީގެ ކެބިންއަށް ވަނެވެ. ޒާއިންވެސް ވަނެވެ. “ކޮބާ ރަނގަޅުތަ ކިއާ؟” ފަތުހީ އަހާލުމުން ކިއާރާ ބޯ ޖަހާލިއެވެ. “ޑޭޑް… ޖު..ޖޫލިއަން ލިމިޓެޑް ޖެހިގެން ހުންނަކަން ނޭނގޭތަ؟” ކިއާރާ އަހާލިއެވެ. ފަތުހީ އަށްވެސް ކުޑަކޮށް ސިހުންގެނުވިއެވެ. ކިއާރާ އަށް އެ ސުވާލުގެ ޖަވާބު އެހާ އަވަހަށް ދޭން އޭނާ ހުރީ ތައްޔާރަކަށް ނޫނެވެ. “ކީކޭ؟” ފަތުހީ އަހާލިއެވެ. އޭނާއަށް އިނގުނަސް އެކަން ނޭނގޭ ކަމަށް ހަދާލީއެވެ. “ޑޭޑް ފަހަތުގައި… ހުންނަނީ ޖޫލިއަންއޭ…” ކިއާރާ ބުނެލިއެވެ. ޒާއިން ހުރީ ސުވާލުމާކެއްގެ ތެރޭގައެވެ. އެ ވާނުވާ ނޭނގިފައެވެ. “ބައްޕަ ނުދެކެން އަދިއެއް…” ފަތުހީ ވާހަކައެއް ހައްދާލިއެވެ. “އެސްކިއުޒް މީ…” ޒާއިން ބުނެލިއެވެ. އެއާއި އެކު ކިއާރާވެސް ފަތުހީވެސް ޒާއިންއަށް ބަލައިލިއެވެ. “ޖޫލިއަން އަބަދުވެސް ހުންނަނީ އެތާނގައޭ.. މީގެ 4 އަހަރު ކުރިން އެތަނުގެ ދެވަނަ ބްރާންޗް އަޅާފައި އެއީ… އެއީ ތިހާ ޝޮކް ވާ ކަމެއްތަ؟” ޒާއިން އަހާލިއެވެ. ކިއާރާ ފަތުހީއަށް ބަލައިލިއެވެ. “އުނހު.. އެއީ ކުއްލިއަކަށް އެތަން ފެނުނީމަ.. މީގެ ކުރިން އެތަނުގައި އެ ކޮމްޕެނީ އެއްނުހުރެއެއްނު އެހެންވެ..” ފަތުހީ އަވަސް އަވަހަށް ބުނެލިއެވެ.
ނަމަވެސް އެއީ ޒާއިންގެ ސުވާލުގެ ފުރިހަމަ ޖަވާބެއްނޫންކަން އޭނާއަށް އިނގެއެވެ. އިތުރަށް ނޭހީ އެމީހުންގެ އަމިއްލަ ކަމެކޭހިތާއެވެ. “ކޮބާ ކިއާ ކެބިން ރަނގަޅުތަ؟ ކޭންޓިން ހުރިހާ ތަނެއް؟” ފަތުހީ އަހާލިއެވެ. ކިއާރާ ބޯ ޖަހާލިއެވެ. އޭނާ ގަސްތުކޮށްގެން ހުރީ ފަތުހީއާއި އެކު ގެއަށް ދާށެވެ. ނަމަވެސް އޭނާ މިހާރުން މިހާރަށް ގެއަށް ދާން ބޭނުންވިއެވެ. “ޑޭޑް މިދަނީ ދާންވެގެން އަޅުގަނޑު..” ކިއާރާ ބުނެލިއެވެ. “އޯކޭ ޖަމީލްއަށް ގުޅަންވީތަ؟” ފަތުހީ އަހާލިއެވެ. “ނޯ އަޅުގަނޑު ގުޅާފާނަން..” ކިއާރާ ބުނެފައި ހިނގައިގަތެވެ. ޒާއިންއަށް އެ ދެމީހުންނަށްވެސް އައި ބަދަލު ފާހަގަވިއެވެ. އޭނާވެސް އަޅައިނުލާ ހިނގައިގަތެވެ. އެއަށްފަހު ގޮސް ވަނީ އޭނާގެ ކެބިންއަށެވެ. ކިއާރާ ނުރޯން ހިތްވަރުކުރަމުން ލިފްޓަށް އަރާ އެންމެ ތިރިއަށް ފޭބިއެވެ. އަދި ދާން ހިނގައިގަތެވެ. “ގުޑް ބައި މޭމް..” ރެސިޕްޝަނުގައި ތިބި ކުދިންތަށް އެހެން ބުނުމުން ކިއާރާ ބޯ ޖަހާފައި ބިއްލޫރި ދޮރުން ނުކުމެގެން ދިޔައެވެ. ޖަމީލްއަށް ގުޅުމުގެ ބަދަލުގައި އޭނާ ހިނގައިފާ ދިޔައީ އޮފީހުގެ ފަހަތަށެވެ. އެއީ ބޭއިހްތިޔާރުގައި ވާކަމެކެވެ. ހީވަނީ ދަމާ ކަހަލަ ބާރަކުން އޭނާ ދަމައިފާ ގެންދާހެންނެވެ. މަގުމަތީ އުޅޭ މީހުން ކިއާރާއަށް ބަލައިލައެވެ. އެއީ ރީތިކަމަކުން ފުރިފައިވާ ޖިންސުން ލަތީފެކެވެ. ދެލޯ ނުފެނުނެއްކަމަކު އެ މޫނުމަތިން އޭނާ އަކީ ރީތިކުއްޖެއްކަން އިނގެއެވެ. ދިގު ހިމަތޮޅި ހަށިގަނޑެކެވެ. ދޮން އޮމާން ހަންގަނޑެކެވެ.
………
ޒާއިން އަނެއްކާވެސް ފަތުހީ ކައިރިއަށް ވަނީ ފަތުހީ އެދުނު ފައިލެއް ހިފައިގެންނެވެ. އެވަގުތު ފަތުހީ އިނީ ފޯނުން މީހަކަށް ގުޅަންށެވެ. “ހަލޯ ޖަމީލް؟ ކޮބާ ކިއާރާ ގުޅިތަ؟” ފަތުހީ އަހާލިއެވެ. އެކޮޅުން ލިބުނު ޖަވާބާއި އެކު ފަތުހީ ދެލޯ ބޮޑުވިއެވެ. އޭނާ ވަގުތުން ފޯނު ކަނޑާލިއެވެ. ކުރިމަތީ ހުރި ޒާއިންވެސް ހިސާބަކަށް ކަންބޮޑުވިއެވެ. “ސަރ ކިހިނެއްވީތޯ؟” ޒާއިން އަހާލިއެވެ. “ކިއާ… ކިއާ ޖަމީލް އަކަށް ނުގުޅަ.. ޔަޤީން.. ޔަޤީން ދިޔައީކަން… އޭރުވެސް އިނގޭ އެހެންކަން ހަދާނީ އެހެންވެ މި ޖަމީލްއަށް ގުޅީ..” މޭޒުމަތީ ޖަހާލަމުން ފަތުހީ ބުނެލިއެވެ. އޭނާގެ މޫނުގައިވާ ކަންބޮޑުވުމުން ޒާއިން އިތުރަށް ހާސްވިއެވެ. ފަތުހީ ދާން އުޅެނިކޮށް ހުއްޓުނީ އޭނާގެ ޓެލެފޯނަށް އައި ފޯނެއްގެ ސަބަބުންނެވެ. “ހަލޯ…” ފަތުހީ ބުނެލީ ނަގާލަމުންނެވެ. އެކޮޅުން ބުނި އެއްޗެއްގެ ސަބަބުން ފަތުހީ ނިތްކުރިމަތީ އަތް އަޅާލިއެވެ. “އޯކޭ.. އޭނާ ކެބިންއަށް ގެނޭ..” ފަތުހީ ފޯނު ބާއްވާފައި ފުން ނޭވައެއް ދޫކޮށްލިއެވެ. “ސަރ އެނީ ޕްރޮބްލަމް؟” ޒާއިން އަހާލިއެވެ.
“އާނ.. ޒާއިން… ދޭބަލަ ވަރަށް އަވަހަށް މި މަގަށް.. ކިއާރާ ދަންޏާ ދާނީ ޖޫލިއަންއަށް.. އޭނާ މަގުވެސް އޮޅޭނެ. އަދި އެކަނި ގެއަށް ދާންވެސް ނޭނގޭނެ.. އޭނާ އެދިޔައީ ހަމަ ޔަޤީނުންވެސް ޖޫލިއަންއަށް.. ސަރ އަކަށް ނެތޭ ދެވޭކަށް… މީހަކު އައިއްސި ބައްދަލު ކުރަން.. ޒާއިން ވަރަށް އަވަހަށް ދޭބަލަ…” ޒާއިން ކައިރި ފަތުހީ ބުނެލިއެވެ. ޒާއިންއަށް އެކަމުގެ ސަބަބުނޭނގުނަސް ބޯ ޖަހާލާފައި ކެބިން އިން ނިކުތީ ކުއްލިއަކަށެވެ. އެއަށްފަހު އަވަސް ހިނގުމެއްގައި ދިޔައެވެ.
…….
ކެބިންގައި ފުން ހިޔާލެއްގައި އިން އަޔާން ސިހުނީ ކެބިން ދޮރު ހުޅުވުމާއި އެކުގައެވެ. “ސަރ، އަނާން އަންނާނެ މިހާރު.. ސަރ ހަނދާން ނެތިފައި ހުރީކަމަށް ހިތާ މި ހަނދާންކޮށްދިނީ…” އެ ކުއްޖާ އެހެން ބުނެފައި ހިނގައިގަތެވެ. އަޔާން ފުން ނޭވައެއް ދޫކޮށްލިއެވެ. ކުރިންދުވަހު ފެނުނު ކުއްޖެއްގެ ސަބަބުން އޭނާއަށް މާޒީ ހަނދާންވަނީއެވެ. ސިކުނޑިން ފޮހެލަން ބޭނުންވިޔަސް އެކަން ނުވީއެވެ. ކެބިންގައި އިން ޝާހީނާ ގެ ފޮޓޯ ލޮލުގައި އަޅައިގަތީ ދެނެވެ. އޭނާ އެ ފޮޓޯ ނަގާ އެއާއި ދިމާލަށް ރުޅިވެރިގޮތަކަށް ބަލަން އިނުމަށްފަހު އެ ޑަސްބިނަށްލިއެވެ. އަދި ތެދުވެ ހިނގައިގަތީ އަނާން އަށް ލަސްވެދާނެތީއެވެ.
…..
ކިއާރާ ޖޫލިއަންގެ ދޮރުމައްޗަށް ހުއްޓިލިއެވެ. އަނެއް އިމާރާތް ފަދައިން އެތަނަށްވެސް ވަދެވޭނީ ސިޑިން އަރާފައެވެ. ބިއްލޫރި ދޮރަކާއި އެ ދޮރުގައި އިން ނޫ ކުލައިގެ ލޯގޯ ކިއާރާއަށް ފެނުނެވެ. އޭނާއަށް ފޯނުގައި ހިފަހައްޓާލެވުނީ ވަރަށް ބާރަށެވެ. އެއަށްފަހު އޭނާ ދާން އެނބުރުނު ވަގުތު ޖެހުނީ ކުއްޖެއްގެ ގައިގައެވެ. އެކުއްޖާގެ ހަޅޭލަވައިގަތީ ތޫލި ގޮތަކަށެވެ. ކިއާރާ ސިހިފައި އެ ކުއްޖާއާއި ދިމާލަށް ބަލައިލިއެވެ. އޭނާ ގޮސް ވެއްޓުނީ އަތުގައި ހުރި ފޮތްތަކާއި އެކުގައެވެ. ކިއާރާ އަވަސް އަވަހަށް އެ ކުއްޖާއަށް އަތް ދިއްކޮށްލިއެވެ. އެ އަންހެންކުއްޖާ ކިއާރާގެ އަތުގައި ހިފައިފާ ތެދުވެލިއެވެ. ވެއްޓުމުން މޫނުމައްޗަށް ވެރުނު ދިގު އިސްތަށިތަށް އެއްފަރާތްކޮށްލި ވަގުތަކީ ކިއާރާ އެ ކުއްޖާގެ ފޮތްތަށް ނަގައިދޭން ގުދުވެލި ވަގުތެވެ. ކިއާރާ އެ ފޮތްތަކުގައި ލިޔެފައި އިން ނަން ފެނުނެވެ. “އަ..އަނާން…އަނާން……” ކިއާރާ ހިތާހިތުން ކިޔާލިއެވެ. އެއަށްފަހު ފޮތްތަށް ނަގަމުން އެ އަންހެންކުއްޖާއަށް ބަލައިލިއެވެ. އިސްކޮޅުން ކުރެއްކަމަކު ރީތި ހިމަ ހަށިގަނޑެކެވެ. ކުރިއެކޭ އެއްފަދައިން ދޮންވެފައި ހަން އޮމާނެވެ. ކިއާރާ ހިނިތުންވެލިއެވެ. އެއަށްފަހު ފޮތްތަށް އަނާންއާއި ހަވާލުކުރިއެވެ. “ސޮ..ސޮރީ..” ކިއާރާ ބުނެލިއެވެ. އަނާން ހިނިތުންވެލިއެވެ. “ނޯ ޕްރޮބްލަމް…” ކިއާރާ ބުނެލިއެވެ. އޭނާ ކިއާރާގެ މޫނަށް ބަލަންހުއްޓެވެ. ކިއާރާ އަދިވެސް ހިނިތުންވެފައި ހުއްޓެވެ. “އައުޗް..” އަނާން އޭނާގެ އަތުގައި ހިފަހައްޓާލިއެވެ. އަތް އޮތީ މަށައިގެން ގޮއްސައެވެ. “އަމް ސޯ ސޮރީ… ދައްކަބަ އެތަން.. ހާދަ ތަދެއްވާނޭ.. ސޯ ސޯ ސޯ ސޮރީ” ކިއާރާއެހެން ބުނެފައި އަނާންގެ އަތަށް ބަލައިލިއެވެ. އޭނާ ހަނދާންވީ އަނާން އޭނާގެ ކޮނޑަށް އަރުވައިގެން ހިނގި ދުވަހެވެ. އަނާން އޭނާއަށް ދޮންތިކިޔާ ދުވަސްތަކެވެ. “ނޯ އިޓްސް އޯކޭ ސިސް….” އަނާން އެހެން ބުނުމުން ކިއާރާ އަނާންގެ މޫނަށް ބަލައިލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.






Gud morning and this is great i was just waiting for ir upload ??
Morning. mi part ga mistakes huredhaane i didnt check much as Im late class ah.. Miadhah fahu morning ge parts up kureveyny, may b after 12 or migadyga if i have time (migadiah kuran). so if i didnt up the story in the morning dhn i wil in the afternoon class in ais.. Good bye guys tc 🙂 c u guys tonight 🙂
Ppl learn from mistakes so its ok darling?
Yeah me too… Emme inthizaar kurevey vaahaka miee mihaar….
very interesting..
i just love it
Beautiful story
mivaahaka varahrreethi ????
V reethi. Next part ge inthizaaru ga
I like the story very much but After 7 years 4 parts ai iru than kolheh boring koh midhanee. Kuriyah oi bai rangalhuvaaney kamah ummeedhu kurevey
varah reethi ???
Nice
Dhdndokrndnxkslekricj
Nice inthixaaru kurany kiyaara aai ayaan gulheyne irakah avahah gulhuvaba dhemeehun… Curious to knw what will happen next ??
vary nice
V reeeeeeethi
salhi vaahaka eh <3
Ma nuwes dhenahuri hutta kon kankameh thiya hinganee.. E anhen buro dheke ma ehves warakah likeh nuweyey ??
Waahaka liyaa kujjaa ves maa hiyyhama jehey ??
Hingaalaifi nukumelaifi kiyaalaifi laifi laifi ginakamun blah undhagoovey exam story vvv reethi
interesting story. happy ehaa avaha genesdhey theeve.
I like xaain ge behavior…
He is cute..
But avahah kiyaa and ayaan gulhuvaba…
Story v habu…
Ryn. Pls i dont want a live triangle
Love *
Ryn plx ayaan ah kiyaa dheyny xain ah nu dheythi i hate xain chi. V nice story ma sha allaah.
aaliya ge nan geney. kiya genaia varah foohi
vrh reethi mi part ves
Wowwwwww …. soooooo beautiful…?