ހިތް އެކީ ދެވިއްޖޭ.. 7
އާލިޔާ އިސްޖަހާލީ ޖަވާބު ދޭން ބޭނުންނުވީމައެވެ. ހުރިހާ ސިއްރެއް އެވަގުތު ބުނަން ބޭނުންވިޔަސް މިވަގުތު އަޔާން އޭނާއަށް އެދޭ އިހްތިރާމް އާއި ގަދަރު ވަގުތުން ފިލައިގެން ދާނޭ އޭނާ ހިތަށްއެރިއެވެ. “އަންހެންކުއްޖަކު މި އޭގް ގައި ވިސްނަންޖެހޭނެ މާ ބޮޑުކަމެއް ނޯންނާނެ… ބޮއިފްރެންޑް ތިންގް އިޒް ޑިފެރެންޓް… އެއީ.. ކިތަންމެ މީހަކު ލިބުނަސް ލޭޓަރ ޔޫ ވިލް އެންޑް އަޕް ވިތް ވަން… އެހެންވީމަ އެކަހަލަ ކަމެއްނަމަ ވިސްނަންވެސް ނުޖެހޭނެ އަދި ވަކިން ކިޔަވާ ދުވަސްކޮޅު އެކަމާއިގެން ގޮސް ހުސްވާކަށްވެސް ނުޖެހޭނެ.. ދެޓްސް އޯލް…އާލިޔާ ސީ.. ސަރ ކައިރި ބުނެބަ ވީ ގޮތް… އެހީއެއް ވެދެވޭނީ އޭރުންނު…” އަޔާން ބުނެލިއެވެ. ވިސްނައިދޭފަދަ ގޮތަކަށް އޭނާ ވާހަކަދެއްކިއެވެ. “ސަރ…. އަންހެންކުއްޖެއްގެ ލައިފް ގަ އަދި މި އޭޖް ގަ ބޮއި ފްރެންޑް މައްސަލަ އެކަންޏެއްނޫނޭ އަންނާނީ.. އެންމެންވެސް އަންހެންކުއްޖަކު ދެރަވެފައި ހުއްޓަސް އުފާވެފައި ހުއްޓަސް ބުނާނެ ބޮއިފްރެންޑް… ބޮއިފްރެންޑް އޭ.. ސަރ ލެޓް މީ މޭކް ޔޫ ޝުއަރ ދެޓް ކޮންމެ ދެރަވެފައި ރޯ ކުއްޖަކީ ބޮއި ފްރެންޑް ހުންނަ ކުއްޖެއްނޫން އޭނާއަށް އެހެން ކިތަންމެ ކަމެއް ވެދާނެ؟ ކީއްވެ ހަމައެކަނި ބޮއިފްރެންޑް މައްސަލައޭ ބުނަންވީކީ؟؟އެ ނޫން ކަމެއް މިއުމުރުގައި ދިމައެއް ނުވާނެތަ؟ އަޅުގަނޑު ހީވަނީތަ މީ އެކަހަލަ ކުއްޖެއްހެން؟” އާލިޔާ ބުނެލިއެވެ. އޭނާ ގެ ރުޅި އަމާޒް ވީ އަޔާންއަށެވެ. އެހެނީ އޭނާ ދެރަވީވެސް އަޔާންއާއި ހެދިއެވެ. “ދެން ތިބުނީ އެހެން ކަމެކޭ؟ ކޮން ކަމެއް؟ މި އޭޖްގައި ކޮންކަމެއްހޭ ވާނީ އަންހެންކުއްޖަކު….. ކިޔަވާ މޮޅު ކުއްޖެއް މިދަރަޖައަށް ދާންވީ؟” އަޔާން އަހާލިއެވެ.
އާލިޔާ އެއްޗެއް ނުބުނެ ހިމޭންވިއެވެ. “ސަރ.. އެއްވެސް އެއްޗެއް ބުނާކަށް އަޅުގަނޑު ބޭނުމެއްނޫން… ސަރ އަޅުގަނޑުގެ ލައިފްގައި ހިނގާކަންތަށް އިނގުމުގެ ހައްޤެއްވެސް ނޯންނާނެ.. ސޯ… ބައި. އައި ނީޑް ޓު ގޯ..” ކަރުނުން ފުރިފައި ހުރި އާލިޔާ ތެދުވެލަން މޭޒުމަތީ އަތް ވިއްދާލިއެވެ. ނަމަވެސް އަޔާން އެ އަތުގައި ހިފަހައްޓާލިއެވެ. އާލިޔާގެ ހަށިގަނޑު ރޫރޫ އަރައިގެންދިޔައެވެ. އަދި ވަގުތުން އަތް ދަމައިގަތެވެ. “ހައްޤުއޮތީމައެއްނު މި އެހީ.. ޓީޗަރަކަށް ދަރިވަރުގެ ދިރިއުޅުމުގައި ބޮޑު ކަމެއް ހިނގާކަމުގެ ޝައްކުވާނެނަމަ އެހޭނެ…. އާލިޔާ އަދުނާން….” އަޔާން ބުނެލިއެވެ. އަޑުގައިވަނީ ހަރުކަށިކަމެކެވެ. އޭނާގެ މޫނުމަތިންވެސް ފެނުނީ ހަމަނުޖެހުމާއި ދެރަވުން އެއްފަހަރާއެވެ. ނިތްކުރިމައްޗަށް ރޫ އަރުވާލާފައި ހުރުމުން އޭނާގެ ސުވާލުތަކުގެ ޖަވާބު ވަރަށް ބޭނުންކަން އާލިޔާއަށް ނަގައިގަނެވުނެވެ. “ސަރ ބަލާބަ ސަރ ގެ ދިރިއުޅުމުގެ ހައްޤުތަށް އަދައިކުރެވޭތޯ އަމް ޝުއަރ ޔޫ ބީ ހޭވިން އަ ފެމިލީ………” އާލިޔާ ބުނެލިއެވެ. “މީވެސް ސަރ ދިރިއުޅުމުގެ އެއްބައި އޭ…. އާލިޔާ މިތާ އިށީނދޭ ހަމަ މިހާރު…” އަޔާން އަމުރުކޮށްލިއެވެ. “ނީންނާނަން.. މީ ސަރ އާއި ގުޅުމެއްހުރި މީހެއްނޫނޭ ތިހެން އަމުރު ކުރާކަށް އަދި ވަކިން ސުވާލުކުރާކަށް….” އާލިޔާ ބުނެފައި ހިނގައިގަތީ ހަލުވިކަމާއި އެކުގައެވެ. އާލިޔާ ލައިބްރަރީއިން ނިކުތްގޮތަށް ފާރުގައި ލައްގަނެލާ އަނގަމަތީ އަތްއަޅާލިއެވެ. އަދި ރޮއެގަތެވެ. ބުނަން ނުވާނެއެތައް އެއްޗެއް އަޔާން އައި ދިމާލަށް އޭނާއަށް ކިޔުނެވެ. އާލިޔާ މީހަކު އަންނަހެން ހީވެގެން ކަރުނަތަށް ފޮހެލާ ހިނގައިގަތެވެ. އޭނާ މިއަދު އެ ކަރުނަތަށް ފޮހޭނީ ކިތަށްފަހަރުހެއްޔެވެ؟ އެ ހިތާމަ ފޮރުވާނީ ކިތަށްފަހަރުހެއްޔެވެ؟
ކުލާހު ދޮރުމައްޗަށް އެރިއިރު އެހެން ޓީޗަރަކު ކިޔަވައިދިނުމުގައި އުޅެއެވެ. އާލިޔާ އިސްއިފުލާލުމެއްނެތި ވަނުމަށް ހުއްދަ ހޯދިއެވެ. “ވެއަރ ވޯރ ޔޫ އާލިޔާ؟” އޭނާ އަހާލިއެވެ. “ސަރ. އައި ވޯސް އިން ދަ ވޮޝްރޫމް އަމް ސޮރީ..” އާލިޔާ ޖަވާބު ދިނެވެ. “އޯކޭ ގެޓް އިން..” ޓީޗަރުގެ ހުއްދައާއި އެކު އާލިޔާ ވަދެލިއެވެ. އަދި ކުރިންވެސް އިންތަނުގައި އިށީނދެލިއެވެ. މައިޝާ އޯގާތެރިކަމާއި އެކު އާލިޔާގެ ކޮނޑުގައި ހިފަހައްޓާލީ ހިތްވަރުދޭފަދަ ގޮތަކަށެވެ.
ގަޑިތަށް ނިމުނީ އެފަދަ ގޮތަކަށެވެ. އާލިޔާއާއި މައިޝާ ދަބަސް ރެޑިކުރަން ތިއްބައި ކުދިންތަށް ނިކުމެގެން ދިޔައެވެ. މައިޝާ ވަގުތުގެ ބޭނުންހިފައިލިއެވެ. “އެލީ ޕްލީސް ބުނެބަ ކިހިނެއްވީތަ؟” މައިޝާ އަހާލިއެވެ. އާލިޔާ ވީ ގޮތްކުރުގޮތަކަށް ކިޔައިދިނެވެ. “އެލީ ސަރ ކައިރި ބުނެބަ ޕްލީސް..” މައިޝާ ވާހަކަތަށް އަޑުއަހާފައި ބުނެލީ އެކީ ކުލާހުން ނިކުމެލަމުންނެވެ. “ކީއްކުރަން ބުނަންވީ މާއި… އޭނާ އަކީ ކާކު؟؟؟ އޭނާ އަކަށް އެހެނެއްނޭހޭނެ.. ހައްޤެއްނޯންނާނެ އެހެންނޫނަސް މާއި އަށް އިނގޭނެ… އައި…. ލަވް ހިމް.. ބަޓް ހީއިޒް.. ޑޭމް މެރިޑް.. ދެން؟.” ލޮލަށް ޖަމާވި ކަރުނަތަށް ފޮހެލަމުން އާލިޔާ ބުނެލިއެވެ. “އެލީ…. ބަލާ… ލަވް… އެއީ ފާޑެއްގެ އެއްޗެއް… އެ ވެވޭނެ ފަހުންވެސް.. އެލީ ހަމަ ތިހުރިހާ ކަމެއް ހަނދާން ނައްތާލާފަ އާ ދުވަހަކަށް ހިނިތުންވާއިރު އެކަންވެސް ހަނދާން ނައްތާލަބަ…..” މައިޝާ ހަމްދަރުދީވިއެވެ.
“ނުވާނެ ދުވަހަކުވެސް ނުވާނެ އެހެން މީހެއް ދެކެއެއް.. އެން އަބައުޓް ދެޓް… މާއި އެއީ ތަފާތު ދެ ކަމެއް… މަންމަމެންގެ ކަންތަކުން ހަލާކުވަނީ އަދި އަނިޔާވަނީ ހަށިގަނޑަށް އެކަން ބެއަރ ކުރެވޭނެ.. ފަހުކަމަކަށްވެސް ވާނީ މަރުނު.. އެކަމް ލަވް.. އެއީ ބޭރުފުށުން އެއްވެސް އަނިޔާއެއް ދޭ އެއްޗެއްނޫން.. ހިތަށް… މި ހިތަށް ތަދުވާނީ…. ހަށިގަނޑުގެ ތަންތާ މަލަން އަޅާ ފަސޭހަކުރިޔަސް މިހިތަކަށް އެހެނެއްނުހެދޭނޭ މާއި…. މީ.. ބެއަރ ކުރެވޭނެ ކަމެއްނޫން…. ބޭރުފުށަށް ލިބޭ އަނިޔާ ބޭހުން ރަނގަޅު ކުރެވޭހެން މިހިތަށް ވާ އަނިޔާ ރަނގަޅުކުރެވޭނީ ލޯބިން.. ކާކު ލޯބި ދޭން ހުރީ؟؟ މާއި އެކަނި…… މި ހިތް ފުރަތަމަ ފަހަރަށް އެދެވުނު އިންސާނާއަށް ވެސް އެ ލޮތްބެއް ދީގެން މި ހިތް ފަސޭހަކުރެވޭކަށް ނެތް….” އާލިޔާ ބުނެލިއެވެ.
“މައިޝާ!!” ދެމީހުންނަށް ސިއްސައިގެން ދެވުނީ ދާދި ކައިރިން މައިޝާއަށް އަޔާން ގޮވާލުމުންނެވެ. އާލިޔާ އެ ހުރިގޮތަށް ހުއްޓާ މައިޝާ ފަސްއެނބުރުނެވެ. އަޔާން ހުރި ހިސާބުން އޭނާއަށް އެއްޗެއް އިވިދާނެބާއޭ ހިތާ މައިޝާ ކިހިނެއްވީތޯ ސުވާލުކޮށްލިއެވެ. “މައިޝާ…. ދިރިއުޅުމުގައި ކަމެއް ވާއިރަށް މައްސަލައެއް ދިމާވީމަ ދިރިއުޅުން ނިމޭތަ؟ އައި މީން ހަމަ އާ ދުވަހަކަށް އިރެއް ނާރާތަ؟” ފަހަތަށް އެނބުރެން ފަސްޖެހުނު އާލިޔާއަށް ބަލައިލަމުން އަޔާން ބުނެލިއެވެ. މައިޝާ އެއްޗެއް ނުބުނެ އާލިޔާއަށް ބަލައިލިއެވެ. އާލިޔާ މައިޝާގެ އަތުގައި ހިފައިފާ ހިނގައިގަތެވެ. މައިޝާވެސް ހިނގައިގަންނަން މަޖުބޫރުވީއެހެންވެއެވެ. އަޔާން ގޮތް ދޫނުކުރަން އެމީހުން ނާއި އެއްވަރުކޮށްލަމުން ހިނގަމުންދިޔައެވެ. “ހަމަ އިރާދަކުރެއްވިއްޔާ އާ ދުވަހަކަށް އިރު އަރައެއްނު އިއްޔެ ވީކަމެއްގެ ސަބަބުން މިއަދާއި މާދަމާ ހަރާބުކުރަންވީ ކީއްވެ ދޯ މައިޝާ…” އަޔާން ބުނެލިއެވެ. މައިޝާ އާލިޔާއަށް ބަލައިލިއެވެ. އެ ދައްކަނީވެސް ތެދުވާހަކައެވެ. މައިޝާވެސް މި ވިސްނައިދެނީ އެހެންނެވެ. އެކަމަކު އާލިޔާގެ ހިތަށް ވާ އުނދަގޫ މައިޝާއަށް ވެސް ދެނެނުގަނެވޭނެކަން އޭނާއަށް އިނގެއެވެ. އާލިޔާގެ ހިތުން ރުހުމުން އެހެން މީހަކަށް އެފަދަ ނަޒަރަކުން ބަލައިލީ ހަމައެކަނި އަޔާންއަށެވެ. އަޔާން އަކީ އެހެންމީހެއްގެ ހައްޤެއްކަން އިނގުމުން ދެރަވެސްވާނެތާއެވެ. އޭނާއަކީ އޯގާތެރިވާނެ ބައެއް ނެތް ކުއްޖެކެވެ. އަޔާން އެގޮތަށް އެއްޗެހި ކިޔަމުން ދަނިކޮށް އޭނާ އަށް ފޯނުކޯލެއް އައެވެ.
“ހަލޯ. އާނ ކީކޭ ޝާހީ.. ނޫނޭ ނިމިއްޖެ.. ހުމްމް މިދަނީ.. އާނ ހަނދާން އެބަހުއްޓޭ ޑަރލިން.. އޯކޭ ބައި ސީ ޔޫ…” ފޯނަށް މަޑުމަޑުން ޖަވާބުދިނެއްކަމަކު އާލިޔާއަށްވެސް މައިޝާއަށްވެސް އިވުނެވެ. ހިފަހައްޓާފައި ހުރި މައިޝާގެ އަތަށް އާލިޔާއަށް ބާރުލެވުނެވެ. އެއަށްފަހު ހިނގުންވެސް އަވަސްކޮށްލެވުނެވެ. އަޔާން އާދައިގެ ހިނގުމެއްގައި ހިނގައިންފެށިއެވެ. އާލިޔާ ނޭފަތް ދަމަންފެށިއެވެ. އެއަށްފަހު ބޮލުގައި އައްސާފައި އިން ވޫލްކޮޅަށް ދަމައިގަތުމުން އެ އިސްތަށިގަނޑު އެކީ ހޭވުނެވެ. އޭނާގެ މޫނު އިސްތަށިގަނޑުން ފޮރުވާލެވުނީ އިސްޖަހާލީމައެވެ. ނިތްކުރިއަށް ދަތިޖަހާފައި ހުރި އިސްތަށިތަށް ފައިބައިގެން ދިޔައީ އެ ދަތިތަށް ނައްޓުވާލުމުންނެވެ. މީހަކަށް މިހާރު ޝައްކުވެއްނުވާނެއެވެ. މައިޝާއަށް އަލްވަދާއު ކިޔާފައި އާލިޔާ ހިނގައިގަތީ އެ ހުރިގޮތަށް ހުއްޓައެވެ. އޭނާ އިސްއުފުލާ އުޑަށް ބަލައިލިއެވެ. ހެއްދެވި ރަސްކަލާނގެއަށް ދުޢާ ދެންނެވިއެވެ. އޭނާގެ ދުޢާ އަކީ މި އަނިޔާވެރިކަމުން ސަލާމަތްވުމެވެ. ނޫންނަމަ އަބަދަށް މިދުނިޔެއިން ނިމިދިއުމެވެ.
އަޔާން ގޭޓުން ނުކުތްއިރު އާލިޔާ ދަނީއެވެ. ފަހަތަށް އޮތް އޭނާގެ އިސްތަށިގަނޑު އަޔާންއަށް ފެނުނެވެ. ހިތާހިތުން މި އާލިޔާގެ ކަންތަށް ބަލަންޖެހޭނޭ އޭނާ ހިތަށް އެރިއެވެ. އާލިޔާ ގެއަށް ވަދެ ދޮރު ޖެހުމާއި އެކު ކާން އިށިނދެ އިން ސައީދާ ފުޅާ ހިނިތުންވުމެއް ދެމުން އާލިޔާ ކައިރިއަށް އައެވެ. އެފަދަ ހިނިތުންވުމެއް އޭނާއަށް ލިބެނީ ކޮންމެވެސް ނުބައި ރޭވުމެއް އެ ސިކުނޑީގައި އެނބުރޭތީކަން އާލިޔާއަށް އިނގުނެވެ. އާލިޔާ ސައީދާއާއި ދުރަށް ނަޒަރު ހިންގާލަމުން އެތެރެއަށް ވަންނަން އުޅުނެވެ. “މިރެއަށް ތައްޔާރުވާތި..” ސައީދާ ބުނެލިއެވެ. އާލިޔާގެ ދެފައިގައި ކަސްތޮޅު އެޅުނުކަހަލައެވެ. އިތުރަށް އެންމެ ފިޔަވަޅެއްވެސް ނޭޅި އޭނާއަށް ހުރެވުނީ އެ ބުނި އެއްޗެއް ގަބޫލުނުކުރެވިފައެވެ. ލަސްލަހުން ސައީދާއާއި ދިމާލަށް އެނބުރުނެވެ. އޭނާގެ ދެލޯ ފެންކަޅިވިއެވެ. “ކޮންވައްތަރަކަށް ތިބަލަނީ ބުނީމަ އަޑެއް ނީވޭތަ؟” ސައީދާ ބުނެލީ ނުރުހުމާއި އެކު ބަދިގެއާއި ދިމާލަށް ދަމުންނެވެ. “މަންމާ ހެޔޮނުވާނެ…. މީ ކިޔަވާ ކުއްޖެކޭ… މީ ކުޅޭ ކުޅޭ ބުދެއްނޫނޭ.. މަންމަގެ ބަނޑުން ވިހޭ ކުއްޖެއްނޫންތަ މި.. މަންމަ ވިއްކަ ވިއްކާފައި ތިއުޅެނީ މި ދުނިޔެއަށް އައީކީ މި ހަށިގަނޑު ވިއްކާކަށްނޫނޭ.. މަންމަ ތިހެން އުޅުނަސް އަޅުގަނޑު އެއްޗެއް ނުބުނަމެއްނު އެކަމް މީ އަޅުގަނޑުގެ ދިރިއުޅުމޭ އަޅުގަނޑުގެ ހަށިގަނޑޭ…” ފުރަތަމަ ފަހަރަށް އާލިޔާއަށް ސައީދާއާއި ދެކޮޅަށް އެއްޗެއް ބުނަން ކެރުނެވެ. ހުދު އޭނާވެސް އެކަމާ ހައިރާންވިއެވެ. ނަމަވެސް އެއީ ލޯބީގެ ބާރުކަންނެނގެއެވެ. އަޔާންގެ ސަބަބުންކަންނޭނގެއެވެ.
“ކީކޭ..؟؟؟ ކީކޭ؟؟ އަދި އެއްފަހަރު ބުނެބަލަ؟ މަށާތަ ކަލޭ ތި ޖަދަލު ކުރަނީ އޭ؟؟” ސައީދާ ބުނެލިއެވެ. އާލިޔާ މައިނޭވާތަކެއްލާންފެށިއެވެ. “މިބުނީ މީ ކިޔަވާ ކުއްޖެކޭ މަންމަ ބޭނުންހާ ގޮތެއް ނުހެދޭނޭ.. އަޅުގަނޑު ބޭނުންވޭ ކިޔަވަން މިކަމުގެ ސަބަބުން އަޅުގަނޑުގެ މުސްތަގުބަލު ހަލާކުވަނީ ކިޔެވުން ހަލާކުވަނީ..” އާލިޔާގެ އަޑު މިފަހަރު މަޑެވެ. އޭނާ ހަޤީޤަތުގައި ބިރުގަތީއެވެ. މަންމަމެންނަށް އަޑުލާ ހެދުމަކީ ކިހާ ގޯސްކަމެއްކަން އޭނާއަށް އިނގެއެވެ. “މަށަށް ވަރިހަމަ ނުކުޅެދޭ ކުއްޖަކަސް އަހަރެން ބުނީމަ ޖެހޭނީ ކުރަން.. އިނގިއްޖެއެއްނު.. އަމާ ބުނީމަ ފަރަށް ދާ އުސޫލުން ސުކޫލަށް ދަނީ ކީއްކުރަން؟ އަހަރެނެއް ނުފޮނުވަން ކަލެއެއް ތިހެން ބުނާކަށް… ބަފާ ކޮށްގެން އުޅުނު ކަމެއް ތިއީވެސް…. މަށެއް ނުހުއްޓުވަމެއްނު ނުދާށޭ ކިޔާފައެއް.. ކަލޭ ހަމަ ދާތާކަށް ދާންވީ އުޅޭނެގޮތަކަށް އުޅެންވީ… އެކަމަކު އަހަރެން ބުނާ ބަސް އެންމެ ފަހަރަކު ނޭހިޔަސް ކަލެއަށް އިނގޭނެއަހަރެން ކުރާނެކަންތަށް…. މަގޭ ބަނޑުންނެއްނު ވިހެއީ އެހެންވީމަ މަގޭ ބުނާ ގޮތަށް އުޅޭނީ އެހެންނޫނީ ހަމަ މިދެއަތުން ކަރުގަ ހިފާފާ މަރާލަން ޖެހިދާނެ…” ސައީދާ ބުނެލިއެވެ. އާލިޔާގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ. އޭނާ ރޮމުން ރޮމުން ކޮޓަރިއާއި ދިމާލަށް ދިޔައެވެ. “މަރާލަބަލަ އެހެންވިއްޔާ… ހެޔޮނުވާނެ…” އެބަސްތަށް ވީ އޭނާގެ ހިތުތެރޭގައެވެ.
އާލިޔާ ދޮރުގައި ލައްގަނެލައިގެން ހުރެ ރޮމުން ދިޔައެވެ. ވެރި ރައްބަށް ދުޢާ ކުރަމުން ދިޔައެވެ. މިނޫން ދުވަހެއް ދައްކަވޭނެތޯއެވެ. މިރޭވެސް އޭނާއަށް ނޭނގި އޭނާގެ ހަށިގަނޑު ވިއްކާލާނެއެވެ. މިއަދުވެސް އޭނާއަށް ނޭނގި އޭނާ ހަލާކުގެ ތެރެއަށް ވެއްޓޭނެއެވެ. އާލިޔާ މިއަދު ފިހާރައަށްވެސް ދާންޖެހޭނޭ ހިތަށް އެރިއެވެ. އޭނާ އަކީ ވަޒީފާގައި އުޅޭ ކުއްޖެކެވެ. އެކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ. އާލިޔާ ނެތް ހިއްވަރުލައިގެން ގޮސް ފެންވަރާ ރީތިވެލައިގެން ދަބަހަށް ފޮތެއް ލާފައި ރެޑީވެލިއެވެ. އަދި ބޭރަށް ދާން ކޮޓަރި ދޮރުހުޅުވިއެވެ. ސިޓިންގް ރޫމްގައި އިން ނިމާލް އާލިޔާއަށް ބަލައިލީ ނުލަފާ ފާޑަކަށެވެ. އާލިޔާ އިސްޖަހާލައިފާ ހިނގައިގަތެވެ. “ދާތާކުން އަވަހަށް އަންނާތި އެހެންނޫނީ މިރޭ އަހަރެންނަށްވެސް ނޭނގެ ނިދޭނެކަމެއް..” ނިމާލް ބުނެލިއެވެ. އާލިޔާ ހިންދިރުވާލިއެވެ. އޭނާއަށް އޭނާގެ ހަށިގަނޑުން އުފާ ހޯދަނީ ކާކުކަމެއް ކޮންބައެއްކަމެއް ނޭނގެއެވެ. ނަމަވެސް ނިމާލް އެ ބުނި ޖުމްލައިން އޭނާވެސް އެކަމުގައި އުޅޭކަން ނަގައިގަނެވުނެވެ. އާލިޔާ ގެއިންނިކުމެލިއެވެ.
“ޗީ…ޗީ…. މި ކޮންކަހަލަ ދުނިޔެއެއް… ބަނޑުއަޅާ ވިހޭ މައިމީހާ ދަރިއަކަށް މިހާ އަނިޔާއެއް ދޭނެތަ؟ ރަހުމެއްވެސް ނެތީތަ.. އޭނާގެ ކުރިމަތީ އޭނާގެ ދަރިއަށް ވާ ކަންތަށް ބަލަން… ޔާ ﷲ މީ ކޮންކަހަލަ ދުނިޔެއެއް..މީތަ އިންސާނުންނަކީ… އެކަކު އަނެކާގެ ބޭނުންޖެހެނީ އެދުންވެރިވީމަތަ.. ޔާ ﷲ މިފަދަ ނުބައި ވިސްނުން ގެންގުޅޭ މީހުން މި ދުނިޔެއިން ނެތި ކުރައްވާނދޭވެ…..” އާލިޔާ އުޑަށް ބަލަންހުރެ އެހެން ބުނެފައި ފިހާރައަށް ވަނެވެ. އޭރު އެ ފިހާރައިގެ ބޭބެ ފިހާރައިގައި އިނެވެ. “އަނހަ އާލިޔާ ދަރިފުޅު… ބޭބެ ބުނީމެއްނު ބުރަވަންޏާ ނާންނާށޭ…” އަބްދުއްﷲ އޯގާތެރިކަމާއި އެކު ބުނެލިއެވެ. “ނޫން ބޭބޭ އަޅުގަނޑު ވަޒީފާ އަދާ ކުރަން ބޭނުމީ އެކަން ކުރާ އުސޫލުން..” އާލިޔާ އެހެން ބުނެފައި އަބްދުއްﷲ ތެދުވެގެން ހިނގައިގަތް ކައުންޓަރު ދޮށުގައި އިށީނދެލިއެވެ. އަބްދުއްﷲ ހިނިތުންވުމެއް އާލިޔާއަށް ދިނުމަށްފަހު ބޭރަށް ދާން ހިނގައިގަތެވެ. އާލިޔާ ކައުންޓަރުގައި ބޯ އަޅާލިއެވެ. ހިތުގައި ކިތަންމެ ރިއްސިޔަސް ކިތަންމެ ގޮތެއްވިޔަސް ޖެހޭނީ އުޅެންތާއެވެ. އާލިޔާ ހިތާހިތުން ގެނައި ފޮތް ކިޔަންވެއްޖޭ ކިޔާ ދަބަހުން ފޮތް ނަގައިލިއެވެ. އަދި ކިޔަވަން ފެށިއެވެ.
ދެތިން ކަސްޓަމަރުން އައިސް އެއްޗެހި ގަނެލައިގެން ދިޔައެވެ. އާލިޔާ އަނެއްކާވެސް ކިޔެވުމައިގެން އުޅުނެވެ.
“ބޭބީ މިތާއޭ އެކަހަލަ ފްރެޝް ވެގިޓަބަލްސް ހުރީ..” އެތެރެއަށް ވަންނަމުން ތުއިގޮތަކަށް އަންހެންކުއްޖަކު އެހެން ބުނި އަޑަށް ފޮތް ދުރަށްލާ އާލިޔާ ބަލައިލިއެވެ. އެއާއި އެކު އޭނާގެ ދެލޯ ބޮޑުވިއެވެ. ހިތް ހުއްޓުނުކަހަލައެވެ. ކުރިމަތީ އެ ހުރީ އަޔާންއެވެ. ނަމަވެސް އަޔާންގެ އަތުގައި އޮޅުލައިގަނެގެން އަންހެން ކުއްޖަކު އޮތެވެ. ކުރިންވެސް އެ ކުއްޖާ ފިހާރައަށް އައިކަން އާލިޔާގެ ހަނދާނަށް އައެވެ. އެ ކުއްޖާ ގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ރީތި ހިނިތުންވުމަކާއި އެކު ހުރި އަޔާން ފެނި އާލިޔާ އިސްޖަހާލިއެވެ. އެ ހިތަށް އެތައް ގޮތަކުން ތަދުވިއެވެ. އޭނާ މަރުވާންވެސް ބޭނުންވިއެވެ. ނަމަވެސް މަރުވިޔަކަސް ކަފުންކޮށް ވަޅުލައިދޭނެހޭ އޯގާތެރިމީހެއްވެސް ނެތެވެ. މި ދުނިޔޭގައި އެކަކުވެސް ނެތެވެ. އަޔާންއަށް އާލިޔާ ފެނިފައި ދެލޯ ބޮޑުވެވުނެވެ. އަޔާންގެ އަތުން ދޫކޮށްލާފައި ޝާހީނާ ދިޔައީ އެއްޗެހި ގަންނާށެވެ. އަޔާން ކައުންޓަރާއި ކައިރިއަށް ޖެހިލިއެވެ.
“އާލިޔާ!! މިތާނގަ…” އަޔާން ބުނެލީ ސިހިފައި ހުރިގޮތަކަށެވެ. އާލިޔާ އެއްޗެއް ނުބުނެ އެ އިންގޮތަށް އިނެވެ. “ބޭބީ މިހިރީ އާދެބަ މިތަނަށް..” އަޔާން އެއްޗެއް ބުނަން އުޅެނިކޮށް ފަހަތުން ޝާހިނާ ގޮވާލިއަޑަށް އާލިޔާއަށް ބަލައިލުމަށްފަހު ފަސްދީ ހިނގައިގަތެވެ. އާލިޔާ ގެ އަނގައިން މަޑު އާހެއް ނިކުތީ އެ ހިތް ތަޅައިގެން ދިޔަކަން އިހްސާސްވުމުންނެވެ. “ބޭބީ” އެ ލަފްޒް އިވި އޭނާއަށް ފުންއަސަރެއްކުރިއެވެ. ދިރިހުއްޓާ މި ލިބޭ ކުދި ކުދި މަރަށްވުރެ އެކީ މަރުވުން މާރަނގުވާނެއެވެ. އެނާ މަރުވާނީ ކޮންއިރަކުންހެއްޔެވެ؟ ކަންތަށް މިހެންވާނެނަމަ މާ ގިނަ ދުވަހު ދިރިހުރެވޭނެކަމާއި މެދުވެސް އާލިޔާއަށް ޝައްކެވެ. “އެސްކިޔުޒް މީ ގާލް… މީތި ކިރާލަބަ.. އަދި އެތަނުން ފްރެޝް ކެރެޓް ކޮޅެއްވެސް އެން އެތާ އެބަހުރި ކޮޕީ ފަތްވެސް އެ ނަގައިދީބަ..” ޝާހިނާ ބުނެލީ އަމުރުވެރިގޮތަކަށެވެ. މޮޅެތިމީހުންގެ ފާޑަކީ އެއީއެވެ. ނިކަމެތި މީހުންނަށް ކުރެވޭނެކަމެއްވެސް ނޯންނާއެވެ. އާލިޔާ ތެދުވެލާފައި ޝާހީނާ ބުނިކަންތަކާއިގެން އުޅުނެވެ. “ކީއްވެ ޝާހީ ނުނެގީ….. ޝާހީއަށް ނެގޭނެ ދޯ…” އަޔާން ބުނެލީ ހިތްހަމަނުޖެހިފައެވެ. “އޯ ޕްލީސް ބޭބީ.. ވަރަށް ހަޑި ފަތްތަކެއް ވެސް އެބަހުއްޓޭ އެން އިޓްސް ޖަސްޓް އިޔުޔުޔުޔ…” ޝާހީނާ ބުނެލިއެވެ. އަޔާން ދުރަށް ނަޒަރު ހިންގާލީ ހިތްހަމަނުޖެހިފައެވެ.
އާލިޔާ ކައިރި ހިސާބު ހަދާލާށޭ ބުނީވެސް ޝާހީނައެވެ. އަޔާން އެއްޗެއް ނުބުނެ ހުރިގޮތަށް ހުރީ އާލިޔާއަށް ބަލަންށެވެ. “250” އާލިޔާ އިސްއުފުލާލާ ބުނެލީ ޝާހީނާއަށެވެ. “ހާދަ އަގުބޮޑޭ މިހާ ކުދި ކުދި އެއްޗެހި ގަތަސް.. މި މީހުން އުޅެނީ ހަމަ ފެލައިލަންތަ.. އާ އެހެންނު ވާނީ މުއްސަނދި މީހަކު ފެނިއްޖެއްޔާ ބޮޑު އަގެއްވެސް ކިޔާނެއެއްނު އެހެންވެއޭ ފޫހިވަނީ މި މީހުންދެކެ.. އިތުރުވާ ލާރިގަނޑު ކާލެވޭނެނު.. މާ ރީތި ފިހާރަގަނޑެއްވެސް ނޫނޭ…. ތި ރަނގަޅަށްތަ އަގުހެދި؟؟” ޝާހީނާ ނުރުހިފައި އެހެން ބުނެލީ އާލިޔާއަށެވެ. އާލިޔާ ފެންކަޅިވެފައި ހުރެ ޝާހީނާއަށް ބަލަން ހުއްޓެވެ. އޭނާގެ ބޮލުގައި އެ އަޅުވަނީ ކޮންކަހަލަ ބޮޑު އިލްޒާމެއްހެއްޔެވެ.؟ އެވެސް އަޔާންގެ ކުރިމަތީގައެވެ. އަޔާން ނިތުގައި އަތް ޖައްސާލިއެވެ.
“ޝާހީނާ ތި ކިހިނެއްވާހަކަދައްކަނީ؟ ތިހެންކިޔަންޏާ ކީއްކުރަން މިތަނަށް އައީ؟ ޝާހީނާއެއްނު ތި މިތަނަށް ގެނައީވެސް.. އެހެންނޫނަސް 250 އެއީ ކޯޗެއްތަ ތިހެން ކިޔަން؟” އަޔާން ހިތްހަމަނުޖެހިފައި ހުރެ ބުނެލީ އާލިޔާ ހުރިގޮތް ފެނިފައެވެ. “އަޔާން ހުރެބަލަ މަޑުން މަށަށް އިނގޭ މިމީހުން ހަދާއެއްޗެހި.. މަށަށް ޔަޤީން އެވަރެއް ނާރާނެކަން… އެހެންނޫނަސް މީ އަޔާންގެ ލާރި އަހަރެން ނުބަލަންޏާ ކާކު ބަލާނީ އަހަރެން ބޭނުމެއްނުވޭ ލާރި ހުސްވާކަށެއް ނިކަމެތިން ކައިގެނެއް…. އަލުން ހަދާ…” އަމުރުވެރިވެލާފައި ޝާހީނާ ބުނެލިއެވެ. އާލިޔާ ކަރުނަތަށް ހިންދަމުން އަނެއްކާވެސް ހަދާލިއެވެ. ވަނީ ހަމަ 250 އެވެ. އާލިޔާ އަޔާން އަށް ބަލައިލިއެވެ. އެއަށްފަހު އިސްޖަހާލީ ކުރާނެކަމެއް ނޭނގިގެންނެވެ. “ކިހާ ދެރަކަމެއް އަވަސްކޮށްބަލަ.. މި ކުޑަކުދިން ފިހާރައަށް ވައްދަނީ ކީއްކުރަންތަ؟” ޝާހީނާ ބުނެލިއެވެ. “މިސް.. އަނެއް 200….” އާލިޔާ ބުނެލިއެވެ. އޭނާގެ އަޑުވެސް ނިކުތީ ކިރިޔާއެވެ. “މަ ބުނީމެއްނު އަޔާން ކައިރި…..” ޝާހީނާ އެހެން ބުނެފައި ކޮތަޅުތަށް ހިފައިގެން ނިކުތީ ލާރި ދީފައެވެ. އަޔާން މަޑުކޮށްގެން ހުރީއެވެ. “ގޮސް ކާރަށް އަރާ އެބަ ދަން އެއްޗެއް ބަލައިލާފައި…” އަޔާން ބުނެލިއެވެ.
އެއަށްފަހު އާލިޔާއަށް ބަލައިލިއެވެ. އޭނާ ލަދުވެސް ގަނެއްޖެއެވެ. ލާރީގެ ކަންތަކުގައި މި ޝާހީނާ މިއުޅެނީ ކިހިނެއްހެޔެވެ.؟ “އަމްމް… އާލިޔާ ސީ… ވަރަށް ބޮޑަށް ސޮރީ އޭނާ ކިޔާ އެއްޗެހި އަށް އެހާ އަޅައިނުލައްޗޭ.. އެން އައި ނޯ 250 ކަން ވީ.. ސޯ އަން 50….” އަޔާން 50 ރުފިޔާ ދިއްކޮށްލަމުން ބުނެލިއެވެ. އާލިޔާ އެއަކު ނުހިފިއެވެ. އަދި ގޮނޑީގައި އިށީނދެލިއެވެ. “އަޅުގަނޑު ބުނިން ކަންނޭގެ 200 އޭ ވީ… އެހާ މޮޅެތި މީހުންގެ އަތަކުން އަޅުގަނޑު ބޭނުމެއްނުވޭ އެއަށްވުރެ އިތުރަކަށް…” އާލިޔާ ބުނެލިއެވެ. އަޔާން ފުން ނޭވައެއް ދޫކޮށްލިއަޑުއިވުނެވެ. އެއަށްފަހު ކައުންޓަރު މަތީ ލާރި ބާއްވާފައި ހިނގައިގަތެވެ. އާލިޔާ އަޔާންއަށް ބަލައިލީ ދެނެވެ. އޭނާ ހުރީ ނުރަސްމީ ގޮތަކަށެވެ. އެހެންފެންނަ އިރުވެސް ހާދަ ސްމާރޓެވެ. އެ ހިތް ކަތިލާހާއެވެ. އެކަމަކު އޭނާގެ އަންހެނުން އެ އުޅެނީ ކިހިނެއްހެއްޔެވެ؟ އާލިޔާ ގެ ބޯ ފަޅައިގެން ދިޔަފަދައެވެ. ކައުންޓަރު މަތީ އޮތް 50 ރުފިޔާ ނަގައި ލާރި ހުންނަތަނަށް ލިއެވެ. އެއަށްފަހު ކިޔެވުމައިގެން އުޅުނެވެ. މިއަދު މީ ކޮންކަހަލަ ދުވަހެއްހެއްޔެވެ؟ ކުރިމަތި ލާން ބޭނުންނުވާ އެތަށް ކަމަކާ ކުރިމަތިލެވިއްޖެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
35 Comments!
Comments are closed.






hey guys.. sorry if im late. Good morning.
And to the girl who commented as nafu in the previous part. Thankyou darl. and to ur sis too.. your comment made me so happy. Enjoy and keep supporting like this.
And other readers too.. Thankyou for commenting. No time to reply sorry for that. And ya tonight next part in sha Allah. Enjoy 😉
Masha Allah ?..varah reethi hama rovey mi vahaka kiyaafa ..keep it up..thankiu avahah up koh dhey thi
Alyaaa aky hadha hivaru hadha kujjekey..alyaa ge mom kalaha nulaafa ehn ulhey mom ehn ehnkuhjjakah nulibey ney thocheyy.ameen..waiting
nice story
Good morning Ryn!!
Mi baives varah reethi..you are really awesome..dhen mireah dhw inthixaaru kuran v… :p
Gud morning!!!.vvvv salhi mi part ..keep it up..waiting
Awesome!!!speechless!! Mind blowing!! Habeyss!!salhi!!
❤?
Thank u ryn…n gudmornin..??.thigothah daily koh up kohdheythy v v v happy vey n thank u..☺☺..waitin for 2nyt..
Nice
Ryn Ryn RYn your the best writer..love you..varah habeyss..ayaan and alyaa gulhacheyy..alyaa ekmuh salaamah kohdheeeba …hadhaa goheyy alyaa ge mom I just hate her..keep it up..thanks you ryn
Wow… mi part vx hama v reethi…kiyan indha nimunu gotheh vx nenge…ryn my fav? Alhe mirey aneh part up kohdhehchey thankolheh avahah,? waiting waiting
I love this story.alhe Aaliyaa ah Ayaan libeyne gotheh hadhahchey plssssss Ryn
Vara reethi. Next part ge inthizaaru ga…
Wow Ryn. Speechless.
Anehbaives avahah upkohdheythi. U r da best.
?????????
V nice. Mi storyga total kithah parts?
Vvvvv nice. but story kuree.
nice…
Goood morning everyone ☀ ☀ Wow ryn.. This story is just awsum ❤??? alya aslu haadha hie varu gadhayey… Hihvaru kohfa ayaan ah huriha vaahaka eh kiyaa heeba alya.. ???
Lot of mistakes as I said before. But she does not want to correct it. Damn
Kamunudhannna nukiyany
Varah V v Nice
This is one of the best story..???
i really love it.
Aslu mivaahakaige concept v reethi ekamaku liyuntherikamah marks dhenya 10 akun 5 dheynee. Ryn gaathu bunelan othee miyahvure ragalhah ryn ah liyeveyne a…
Furathama dhuvahun fashaigen ves mi story kiyan comment nukuriyas.. Maasha allah. Varah reethi. Hithah araa ekko kiyan vaahaka libeyne nama ey. Wsiting eagerly for the next episode
Mi part vex varah obi. Anehbaa vex awahah up kohdhehcheyyyyyy.
Varah mistakes ebahuri. Hurun inun othun fadha basthah himanan jehey than than varah ginain olhuvaalaafa hunnakan faahaga vey. Jumlathah ves gina faharu hama nujeheyy. Mi story ge concept salhi. You can do much better than this ?
Eha varah judge nukoh story enjoy kohbala
Mi vaahaka kiyany kiyaa hithun. Ekam baeh faharu v undhagoo vey ehen olhuvaalaafa hunnaathy.
Migothah knme dhuvahaku vaahaka up khdhenyya v kiyaahiyyvey.. Vaahakaiga vaki hisaabakun medhu kandaa nulahchey.. Story v nice.. Thnx
Nice n awsome story
Vvvv salhi mi part vxx.. <3
Reen i luv ur stories….v v v kiyaa hithun kiyanyves…
Dhen ryn kohdheeba mi ah kameh…
Maishaa ah maai nukiya mai kiyaabaka pls …v v undhagu maai kiyan…maisha ehnu kiyanyves..maaisha eh nunehnu dhw..pls
its enough for me that u read the comment anyway this is epic i loved it
Shaheena is sooo…. 😛
Aliya ah ehen hadhaakah nuvaane ehnu Ryyn 😛 this part vrh sad 🙁 made me cry too