“ދަރިފުޅަށް ހީވޭތަ ކަންތައް ތިކުރެވުނީ ރަނގަޅަށްހެން. ފިޔާޒާއާ ދޭތެރޭ ކުޑަކޮށްވެސް ވިސްނާލިނަމަ.” “މަންމަ އަބަދުވެސް ވިސްނަންވަނީ ފަޔާޒްގެ މީހުންނާ ދޭތެރޭތަ؟ އަހަރެން މީ އެއްވެސް މީހެއް ނޫންދޯ؟ އެންމެ ފުރަތަމަވެސް ރިޔާޝާ އަހަރެން ބުނި ގޮތް ހެދިނަމަ ނުވީސް ދޯ މިހެންނެއް؟” އަޔާޒް ބުނެލިއެވެ. “ކީކޭ؟ ރިޔާޝާ ކޮންގޮތެއް ހެދީތަ؟” އަޔާޒަށް މިބުނެވުނީ ބުނަން ނުވާވަރުގެ އެއްޗެއްކަން ވިސްނުނީ ރަތީބާގެ އަޑު އިވިފައެވެ.
“މި… މިބުނީ އޭނަ އަހަރެންނަށް ހަމަލާ ނުދިންނަމަ މިހެންނެއް ނުވީހެއް ނޫންހޭ؟” އަޔާޒް ހަމަޖެހިލަމުން ބުނެލިއެވެ. ނަމަވެސް ރަތީބާއަކަށް އަޔާޒް އެބުނި ވާހަކަ ޤަބޫލެއް ނުކުރެވުނެވެ. “މަންމައަށް މި ހީވަނީ ރަނގަޅަށްތަ؟” ރަތީބާ އަހާލިއެވެ. “ކޮންއެއްޗެއް؟” އަޔާޒް ހައިރާންވެފައި ރަތީބާއަށް ބަލާލިއެވެ. “މަންމައަށް ހީވަނީ ދަރިފުޅު މަންމައަށް ކަމެއް ސިއްރު ކުރާހެން. މީ އަޅެ ދޮގެއްތަ؟” “އަހަރެން ކޮންކަމެއް މަންމައަށް ސިއްރުކުރަން އޮންނާނީ؟ އެއްވެސް ކަމެއް ސިއްރެއް ނުކުރަން.” އަޔާޒް އެހެން ބުނިއިރު ރަތީބާއާ ހަތަރުކަޅި ހަމަނުކުރަން މަސައްކަތް ކުރާކަން ރަތީބާއަށް ފާހަގަ ކުރެވުނެވެ. “އެހެންވިއްޔާ މަންމައަށް ބުނެދީފާނަންތަ ފަޔާޒްބެދެކެ އެހާ ރުޅިއަންނަ ސަބަބެއް؟” ރަތީބާ އަޔާޒްގެ މޫނަށް ބަލަން ހުރެފައި އަހާލިއެވެ. “މަންމަ މިރޭ ކިހިނެއް ވެގެންތަ ތިއުޅެނީ؟ ހާދަ ސުވާލެކޭ. އަހަރެން ކޮންއިރަކުތަ ފަޔާޒްބެ ދެކެ ރުޅިއައީ؟ ނާދޭ އެއްވެސް ރުޅިއެއް.” އަޔާޒް ޝަކުވާގެ ރާގުގައި ބުނެލިއެވެ. “ދެން އެންމެ ރަނގަޅު. ދޭ ކޮޓަރިއަށް.” އަޔާޒްގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބޭނެކަން އެނގޭތީ ރަތީބާ އެވާހަކަ ހުއްޓާލިއެވެ. “އަޔާޒް! އަހަރެން އަދި ތިކަމުގެ ޙަޤީޤަތް ހޯދާނަން.” ރަތީބާ ހިތާހިތާ ކިޔާލިއެވެ.
ޖެހިގެން އައި ރެއެވެ. އަޔާޒް ދިޔައީ ހިތްހަމަޖައްސާލުމަށްޓަކައި ޝޯވއެއް އޮތް ތަނަކަށެވެ. މުޅިންވެސް އިންޑިޔާގެ ސަޤާފީ ނެށުންތަކެވެ. ހެއްވާ މަޖާ ޑްރާމާކޮޅުތަކެވެ. އެތަނުގައި ވަރަށް ޝަޢުޤުވެރިކަމާއެކު އިންދާ ކުއްލިއަކަށް ސްޓޭޖަށް އެރީ ވަރަށް ރީތި ދޮން އަންހެންކުއްޖެކެވެ. ފަން ދިގު އިސްތަށިގަނޑެއް ލިބިފައިވާ އެ އަންހެންކުއްޖާ ފެނުމާއެކު އޭނާގެ ޚިޔާލީ ސްކްރީނުން ފެންނަން ފެށީ ރިޔާޝާއެވެ. އެލަވައިގައި އެއަންހެންކުއްޖާ ލައްވަމުންދިޔަ ކޮންމެ ބަނޑިއެއް އޭނާއަށް ނުހަނު ކަމުދިޔައެވެ. އޭނާއަށް އެއަންހެންކުއްޖާ ފެންނަމުންދިޔައީ ރިޔާޝާގެ ސިފައިގައެވެ. އޭނާއަށް ސިހިފައި ޚިޔާލު ތެރެއިން ނުކުމެވުނީ ލަވަ ނިމުނު ތަނާއެވެ. އޭނާއަށް ސްޓޭޖަށް ބަލާލެވުނުއިރު އެއަންހެންކުއްޖާ ސްޓޭޖުން ފައިބަން ހިނގައިގަންނަނީއެވެ. އޭނާގެ ހިތް އެއަންހެންކުއްޖާއަށް އެދެން ފެށިއެވެ. އޭނާ ޝޯވ ނިންމާފައި އެ އަންހެންކުއްޖާއާއި ބައްދަލުކޮށް ވަރަށް ވާހަކަތައް ދެއްކިއެވެ.
**********
ރިޔާޝާ އޭނާ އިންނަ ގޮޅިން ނުކުމެގެން މިސްރާބުޖެހީ އެތަނުގެ މުއައްޒަފަކު އައިސް އޭނާއާއި ބައްދަލުކުރަން މީހަކު އައިސް ހުރި ވާހަކަ ބުނުމުންނެވެ. މީހުންނާއި ބައްދަލުކުރަން ހަމަޖެހިފައިވާ ތަނަށް ދިޔައިރު ރަތީބާ ފިޔާޒާ ގޮވައިގެން އިނެވެ. “މަންމީ!” “ދަރިފުޅާ!” ރިޔާޝާ ގޮސް ފިޔާޝާ އުރާލިއެވެ. “ކިހިނެއް މަގޭ ދަރިފުޅާ؟” ރިޔާޝާ އަހާލިއެވެ. “މަންމީ! ރޭގަ ފިޔާއްކޮގެ ފަށް ގެއްލުނީ.” ފިޔާޒާ ދެރަވެލާފައި ބުނެލިއެވެ. “އަޅާނުލާ. މަންމި ފިޔާއްކޮއަށް ވަރަށް ރީތި އާ ފަށެއް ގަނެދޭނަން އިނގޭ.” “ތެންކް ޔޫ މަންމީ.” ފިޔާޒާ ރިޔާޝާ ގައިގައި ބައްދާލިއެވެ. ރިޔާޝާ ހީލާފައި ގޮސް އެތާ ހުރި ގޮނޑީގައި އިށީނެވެ. “ބުނެބަލަ. ދޫނި މާމައަށް އުނދަގޫ ކުރިންތަ؟” ރިޔާޝާ އެހެން އަހާލުމުން ފިޔާޒާ ނޫނެކޭ ބުނެލިއެވެ. “ދޫނި ރޭގަ ބުއްތަށި ބުއިންތަ؟” ފިޔާޒާ އާނއެކޭ ބުނެލިއެވެ. “ދޫނި ރޭގަ ކެއިންތަ؟” ރިޔާޝާ އެހެން އަހާލުމުން ފިޔާޒާ ނޫނެކޭ ބުނެލިއެވެ. “އެކީއްވެ؟” “މަންމި ގެއަށް ނައިމަ.” ފިޔާޒާ ތުން އޫކޮށްލާފައި ބުނެލިއެވެ. “މަންމި ދާނަމޭ ވަރަށް އަވަހަށް.” ރިޔާޝާ ފިޔާޒާގެ ގައިގައި ވަރަށް ލޯބިން ބައްދާލިއެވެ. ރަތީބާ ފިޔާޒާގެ ބޮލުގައި ފިރުމާލިއެވެ.
“މަންމީ! އިއްޔެ މަންމި ގެއިން ދިޔައީ. މަންމި ނެތީމަ ޑެޑީވެސް ނެތް. ފިޔާއްކޮ ވަރަށް ދެރަވޭ.” ރިޔާޝާ ފިޔާޒާގެ ބޮލަށް ދޮނެއް ދިނެވެ. “މަންމީ! ޑެޑީ ކޮންތާކަށް ދިޔައީ؟” ފިޔާޒާ ރިޔާޝާއަށް ބަލާލާފައި އަހާލިއެވެ. ރިޔާޝާއަށް ބަލާލެވުނީ ރަތީބާއަށެވެ. “ޑެޑީ ވީ ވަރަށް ދުރަށް ގޮސް. އެއީ ވަރަށް ސްޕެޝަލް މީހުންނަށް ދެވޭ ތަނެއް. އެކަމަކު ކޮންމެ މީހަކުވެސް ކޮންމެވެސް ދުވަހަކުން އެތަނަށް ދާން ޖެހޭނެ. އަދި އެތަނަށް ދާ މީހުންނަކަށް އެނބުރިއެއް ނާދެވޭނެ.” ރިޔާޝާ އަސަރާއެކު ބުނެލިއެވެ. “މަންމީ! ޑެޑީއަށް ނާދެވެންޏާ ހިނގާ ފިޔާއްކޮމެން ޑެޑީ ކައިރިއަށް ދާން.” ރިޔާޝާއަށް ބަލާލަމުން ފިޔާޒާ އެހެން ބުނެލުމާއެކު ރިޔާޝާ ހިފަހައްޓައިގެން އިން ކަރުނަތައް އޮހިގަތެވެ. އެއާއެކު އޭނާ ފިޔާޒާ އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ. ރަތީބާގެ ލޮލުންވެސް ކަރުނަ ހިލުނެވެ. ކަރުނަތައް ފޮހެލަމުން އޭނާ ރިޔާޝާގެ ބޮލުގައި ފިރުމާލީ ހިތްވަރު ކުރާށޭ ބުނާފަދަ ގޮތަކަށެވެ.
“އެތެރެއަށް ހިނގާ! މިއަދަށް ކަލޭގެ ވަގުތު ހަމަވީ!” ކުރިންވެސް އައި މުއައްޒަފު އައިސް އެހެން ބުނެލުމުން ރިޔާޝާ، ފިޔާޒާ ރަތީބާގެ އުނގަށްލިއެވެ. އަދި ބަސް އަހައިގެން މާމައާއެކު ގެއަށް ދާށޭ ބުނެފައި އެތެރެއަށް ދާން ހިނގައިގަތުމާއެކު ފިޔާޒާ އޭނާގެ އަތުގައި ހިފިއެވެ. “މަންމި ނުދޭ.” “ދޫނީ! މަންމި ވަރަށް އަވަހަށް ދާނަމޭ. ބަސްއަހައިގެން މާމައާއެކު ގެއަށް ދޭ.” ރިޔާޝާ އެހެން ބުނެލުމާއެކު ރަތީބާ އައިސް ފިޔާޒާ އުރައިފިއެވެ. ރިޔާޝާގެ ހިތުގެ ޒަޚަމުތަކުން ލޭ އޮހެމުންދިޔަ ނަމަވެސް ފިޔާޒާގެ އަތް ނައްޓުވާލާފައި އެތެރެއަށް ދިޔައެވެ. އޭރުވެސް ފިޔާޒާ “މަންމީ”އޭ ކިޔާ ރޮމުން ގޮވަމުން ދިޔައެވެ. ރަތީބާވެސް އިތުރަށް އެތާ މަޑުނުކޮށް ދިޔައީ ފިޔާޒާ ރޯތީއެވެ.
“މަންމާ! އަހަރެން ނިންމައިފިން ވީހާވެސް އަވަހަކަށް މީހަކާ އިންނަން.” ރަތީބާ އައިސް ގެއަށް ވަނުމާއެކު އަޔާޒް ސިޓިންގރޫމްގައި އިނދެފައި ބުނެލިއެވެ. “ކީކޭ؟ ހަމަ ތެދެއްތަ؟” ރަތީބާ އަހާލީ ޔަޤީން ނުވެފައެވެ. “އާނ. މަންމާ! މީ ހަމަ ތެދެއް.” އަޔާޒް ޔަޤީންކޮށްދިނެވެ. “ދަރިފުޅާ ފިޔާ! ދޭ ކޮޓަރިއަށް.” ފިޔާޒާ ތިރިއަށް ބާލަމުން ރަތީބާ ބުނެލިއެވެ. ފިޔާޒާ ގޮސް ކޮޓަރިއަށް ރަތީބާ އައިސް ސޯފާގައި އިށީނދެލީ ހަމަޖެހިލައިގެން އެވާހަކަ ދެއްކުމަށެވެ. “ތީ ވަރަށް އުފާވެރި ޚަބަރެއް. ކޮބައިބާ އެކުއްޖަކީ؟” ރަތީބާ ވަރަށް ގަޔާވެލާފައި އަހާލިއެވެ. “އެކުއްޖާއަށް ކިޔަނީ ޝެހެނާޒް. އިންޑިޔާ ކުއްޖެއް. މުސްލިމް ކުއްޖެއް. މިއަދު ހަވީރު ޝެހެނާޒް ގެންނާނަން އިނގޭ މަންމައާ ބައްދަލުކުރުވަން.” އަޔާޒް އެހެން ބުނެލުމުން ރަތީބާ އުފަލުން ބޯޖަހާލިއެވެ. އަޔާޒް ހިނިތުންވެލާފައި ގޮސް ކޮޓަރިއަށް ވަނެވެ.
ރަތީބާ އިނީ އަޔާޒް އެބުނާ ކުއްޖަކީ ކާކުކަން ބަލާލާ ހިތުން ކެތްމަދުވެފައެވެ. އޭނާ އިނީ ގަޑިން ހަވީރު ފަހެއް ޖެހުންވެސް ލަސްވެފައެވެ. އޭނާއަށް އިރުއިރުކޮޅާ ގަޑިއަށްވެސް ބަލާލެވެއެވެ. އަޔާޒް ބޭރަށް ދަމުން ބުނީ ފަހެއް ޖަހާއިރު ޝެހެނާޒް ގޮވައިގެން އަންނާނެ ކަމަށެވެ. އަދި އޭނާގެ މަންމައާއި ބައްޕަވެސް އަންނާނެކަމަށް ބުނުމުން ރަތީބާ ވަރަށް ރަނގަޅު ސައެއް ތައްޔާރުކުރަން ނިންމިއެވެ. އޭނާ ސައި ތައްޔާރުކުރަމުން ދިޔައިރު ފިޔާޒާވެސް ކައިރީގައި ބޭންދިއެވެ. “މާމާ! މިއަދު ކީއްކުރަން ތި ސައި ހަދަނީ؟” ފިޔާޒާ އަހާލިއެވެ. އެހެން ދުވަސްދުވަހު އާންމުކޮށް އެގޭގައި ސައި ހަދާ ނޫޅޭތީ ސުވާލު އުފެދުނީއެވެ. “މާމަ މިއުޅެނީ ދޮންބެ، މިއަދު މިގެއަށް ދައްތައެއް ގެންނަން އުޅޭތީ ސައި ހަދަން. ދޫނިވެސް ވަރަށް ބޭނުމެއްނު ހެދިކާ ކާން.” ރަތީބާ އެހެން ބުނެލުމުން ފިޔާޒާ ވަރަށް އުފާވިއެވެ.
ގަޑިން ފަހެއް ޖެހިއިރަށް ގޭ ދޮރުމައްޗަށް ކާރެއް މަޑުކޮށްލިއެވެ. ކާރު ދޮރު ހުޅުވާލާފައި އަޔާޒް ނުކުތުމާއެކު އަނެއް ތިން ދޮރު ހުޅުވާލާފައި ތިން މީހުން ނުކުތެވެ. އަޔާޒްގެ ފަހަތުން ޒުވާން އަންހެންކުއްޖަކާއެކު ދެން އެތެރެއަށް ވަދެގެން އެއައީ ގާތްގަނޑަކަށް ފަންސާހަކަށް އަހަރުގެ ފިރިހެނަކާއި ސާޅީސް ފަސް ވަރަކަށް އަހަރުގެ އަންހެނެކެވެ. އެއީ ޝެހެނާޒްގެ މަންމައާއި ބައްޕަ ނޫން ދެވަނަ ބަޔަކަށް ނުވާނެޔޭ ރަތީބާގެ ހިތަށް އެރިއެވެ. އެމީހުން އައިސް ރަތީބާ ކައިރިއަށް ހުއްޓުމުން އަޔާޒް ރަތީބާއަށް އެމީހުން ތަޢާރަފުކޮށްދިނެވެ. އަދި އެމީހުންނަށް ރަތީބާވެސް ތަޢާރަފުކޮށްދިނެވެ. ރަތީބާ އަޔާޒް ގާތުގައި އެމީހުން ގޮވައިގެން ހަޓަށް ދިޔުމަށް ބުނެފައި ހިނގައިގަތީ ގޭތެރެއަށެވެ. އަޔާޒް އެމީހުން ގޮވައިގެން ހިނގައިގަތީ އެބޮޑު ގޯތިތެރޭގައި ހަދާފައިވާ ހަޓާއި ދިމާއަށެވެ. އެ ހަޓުގެ ދަށުގައިހުރި ވަށް މޭޒުގެ ވަށައިގެން ފަސް ގޮނޑި ބެހެއްޓިފައި ހުއްޓެވެ. އަދި ވަށައިގެން އިންދާފައިވާ ބަގީޗާ ގަސްތަކުން މާހައުލަށް ހިތްގައިމުކަންގެނެސްދީފައިވެއެވެ. އެމީހުން ގޮސް ގޮނޑިތަކުގައި އިށީނދެ އިރުކޮޅެއް ވީތަނާ ރަތީބާ ތަބަކަކަށް ސައި ޖަގާއި ފަސް ޖޯޑާއި ހެދިކާ ތަށި ހިފައިގެން އައެވެ.
“އަޅުގަނޑުމެން ޝެހެނާޒްގެ ކައިވެންޏާއި ދޭތެރޭ ވިސްނާތާ ވަރަށް ދުވަސްވެއްޖެ. އޭނަ ހިތްހަމަޖެހޭ ކަހަލަ ކުއްޖަކު މިވީހާ ތަނަށް ފެނުނު ކަމަކަށް ނުވޭ. އެކަމަކު އިހަކަށް ރޭ ޝޯވއެއް ނިންމާފައި އައިފަހުން އޭނައަށް ކަމުދާ ކުއްޖަކު ފެނުނު ވާހަކަ އަޅުގަނޑުމެން ގާތުގައި ބުނި. އަދި އެކުއްޖަކީ އަޔާޒް ކިޔާ ރާއްޖެ ކުއްޖެއްކަމަށްވެސް ބުނި. އަޅުގަނޑުމެން އެކަމާ ދެކޮޅު ނުހެދީ އޭނަދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން. އަދި އަޔާޒްގެ ޢާއިލާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް ބަލާއިރު އަޅުގަނޑުމެން މިޢާއިލާއާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ.” ޝެހެނާޒްގެ ބައްޕަ ސަލީމް ވާހަކަދެއްކިއެވެ. “އަޅުގަނޑަކަށް ތީ ކޮން ބޭފުޅުންނެއް ކަމެއް އަދި މާބޮޑަކަށް ނޭނގެ. އެކަމަކު އަޅުގަނޑު މިކައިވެންޏާ ރުހި ޤަބޫލު. ޝެހެނާޒްއާ ދޭތެރޭވެސް އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ.” ރަތީބާ ބުނެލިއެވެ. “އަޅުގަނޑަށް މާކުރިންވެސް އެނގޭ މަންމައަށް އަޅުގަނޑުގެ ޗޮއިސް ކަމުދާނެކަން.” އަޔާޒް އެހެން ބުނެލުމުން ރަތީބާ ހިނިތުންވެލިއެވެ.
“އެހެންވެ އަޅުގަނޑު ބުނެގެން އެމީހުން އެއައީ ހުރިހާ ކަމަކަށްވެސް ތައްޔާރުވެގެން.” އަޔާޒް އެހެން ބުނެލުމުން ރަތީބާ ހައިރާންވެފައި ބުނެލިއެވެ. “އެކަމަކު މިހާރު އޮންނަ ގޮތަކީ އެންގޭޖްމަންޓަށްފަހު ކައިވެނި ކުރުމެއްނު.” “ތިކަމަށް ތައްޔާރުވެގެން އައި ވާހަކަ އަޔާޒް އެދެންނެވީ.” ޝެހެނާޒްގެ މަންމަ ޝަރުމީލާ ބުނެލިއެވެ. ސައިގެ ކަންތައް ނިމުނުއިރަށް އަޔާޒް ޝެހެނާޒްގެ އަތުގައި އެންގޭޖްމަންޓް ރިންގް އެޅުވިއެވެ. “އަޅުގަނޑު ބޭނުން ވަރަށް ބޮޑު ވާހަކައެއް ނަންގަންނަން. އަޅުގަނޑު ބޭނުން ޝެހެނާޒްގެ ނަން ބަދަލުކުރަން.” އަޔާޒް އެހެން ބުނެލުމާއެކު ސަލީމާއި ޝަރުމީލާއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. “ތީ ޝެހެނާޒް ރުހޭ ކަމަކަށް ވަންޏާ އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއްނެތް.” ސަލީމް ބުނެލިއެވެ.
“ޝެހެނާޒަށް އެންމެ ރަނގަޅުތަ؟” އަޔާޒް އަހާލުމުން ޝެހެނާޒް ބޯޖަހާލިއެވެ. “މިއަދަށްފަހު ޝެހެނާޒްގެ ނަމަކީ ރިޔާޝާ.” ރަތީބާއަށް ހައިރާންކަމާއެކު ބަލާލެވުނީ އަޔާޒަށެވެ. އޭނާއަށް މިހާރު ކޮންމެވެސް އެއްޗެއް އެބަ ވިސްނެއެވެ. އަޔާޒް ރިޔާޝާއާއި ބެހޭގޮތުން އެދެއްކީ ދޮގު ވާހަކަތަކެކެވެ. އަޔާޒްގެ ހިތްވެސް ރިޔާޝާއަށް ދެވުނީއެވެ. އަދި އެކަން ރިޔާޝާއަށް ހުށަހެޅުމުން ރިޔާޝާ އެކަން ޤަބޫލު ނުކުރީއެވެ. އެހެންކަމުން އަޔާޒްގެ އުފަލަށް ހުރަސްއެޅީތީ ބަދަލެއްގެ ގޮތުން ރިޔާޝާ ޖަލަށްލާން އަޔާޒް ނިންމީއެވެ. ރަތީބާ ނިންމީ ރިޔާޝާއާ ބައްދަލުކޮށް އެކަން ޔަޤީންކޮށް އޭނާއަށް ކުރެވިފައިވާ ކުށްހީ ފިލުވާލާށެވެ. އަދި ރިޔާޝާގެ ކިބައިން މާފަށް އެދޭށެވެ.
**********
ޖަލުގެ ހިމަ ގޯޅި ތެރެއިން ހިނގާފައި ގޯތި ތެރެއަށް ނުކުންނަން ދިޔަ ގައިދީންނާއި ދިމާއަށް ޖަލުގައި މަސައްކަތްކުރާ މުއައްޒަފަކު ހަޅޭއްލަވައިގަތެވެ. “ތި ތަންކޮޅެއް ބާރަށް ހިނގާބަލަ! ދެފައިގައި ތެރަސް ލައިގެންތަ ތިއުޅެނީ؟ އަވަސްކުރޭ! އަވަސްކުރޭ!” “ކޮންތާކަށްތަ މިދަނީ؟” ރިޔާޝާ ނިޝާ ގާތުގައި އަހާލިއެވެ. “މިރޭ މީ ޝަންކަރް ބޭޑީ އަންނަ ރޭ. އެހެންވެގެން އެ ގެންދަނީ.” ނިޝާ ބުނެލިއެވެ. “ޝަންކަރް ބޭޑީ! މިތާ!؟” ރިޔާޝާ ހައިރާންވެފައި އަހާލިއެވެ. ޝަންކަރް ބޭޑީއަކީ އިންޑިޔާގެ ސިޔާސީ ޕާޓީއެއްގެ ލީޑަރެވެ. “އާނ. މި ޖަލަކީ ރޭގަނޑު އެކަހަލަ މީހުންގެ ހިތްހަމަޖައްސައިދޭން ހުންނަ ތަނެއް.” ނިޝާ އެހެން ބުނެލުމާއެކު ރިޔާޝާއަށް ހުއްޓެވުނެވެ. މި ވަދެވުނީ ކޮންފަދަ ނުބައި ތަނަކަށް ހެއްޔޭ އޭނާގެ ހިތަށް އެރިއެވެ. “ހިނގާ! އަވަހަށް ހިނގާ!” ޖަލުގެ ގޭޓް ކައިރީ ހުރި އަންހެންމީހާ އަމުރުވެރި ރާގެއްގައި އެހެން ބުނެފައި ރިޔާޝާގެ އަތުގައި ހިފުމުން ރިޔާޝާ އަތް ފޮޅުވާލާފައި ނިޝާއާއެކު ދާން ހިނގައިގަތީ ދެރަ ގޮތެއް މެދުވެރި ނުކުރެއްވުމަށް ހިތާހިތުން ދުޢާ ކުރަމުންނެވެ.
އެންމެން ސަފަކަށް އެތުރިގެން ތިބޭތާ އިރުކޮޅެއް ވީތަނާ ސިޑިއަކުން ފައިބައިގެން ޖަލު ބަލަހައްޓާ މީހާއާއި ޝަންކަރް އަންނަތަން ފެނުނެވެ. “މިޖަލުގައި ހުންނާނެ އިހަށް ދުވަހަކު ގެނައި އާ ކުއްޖެއް. ރިޔާޝާ ނަމަކަށް ކިޔާ ވަރަށް ރީތި ކުއްޖެއް. ކަލޭ އޭނަ ގެންދޭ.” ޖަލު ބަލަހައްޓާ މީހާ ޝަންކަރް ކައިރީ މަޑުމަޑުން ބުނެލިއެވެ. ޝަންކަރް އައިސް ސަފަކަށް އެތުރިގެން ތިބި އަންހެނުންތަކަށް ބަލަމުން ދިޔައީ މިރޭ އޭނާ ހިތްހަމަޖައްސާލަން ގެންދާނީ ކާކުތޯ ބަލާށެވެ. އޭނާގެ ފަހަތުން ޖަލު ބަލަހައްޓާ މީހާވެސް ދިޔައެވެ. އެމީހާ ގޮސް ރިޔާޝާއާއި ނިޝާ ފަސްދީ ދިޔުމުން ރިޔާޝާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. “ޝަންކަރް ޖީ. މީ ރިޔާޝާ.” ޖަލު ބަލަހައްޓާ މީހާ ޝަންކަރްއަށް ގޮވާލާފައި ރިޔާޝާ ދެއްކިއެވެ. ޝަންކަރް އައިސް ރިޔާޝާގެ ކުރިމައްޗަށް ހުއްޓިފައި ވަރަށް ރަނގަޅަށް ރިޔާޝާއަށް ބަލާލިއެވެ. “މީ ވަރަށް ރަނގަޅު ކުއްޖެއް.” ހިނިގަނޑެއް ޖަހާލާފައި ޝަންކަރް ބުނެލިއެވެ. އެއާއެކު ރިޔާޝާގެ މޭގަނޑު ތެޅިގަތެވެ.
ޝަންކަރް ރިޔާޝާއަށް ބަލަން ހުއްޓާ ކުއްލިއަކަށް ރިޔާޝާ އޯކާ ދެމޭ ގޮތްވިއެވެ. ޝަންކަރް ހީކުރީ ރިޔާޝާ އޭނާއާއި ކިސްކޮށްލަން އުޅެނީ ކަމުގައެވެ. އެހެންކަމުން އޭނާ ޖަލު ބަލަހައްޓާ މީހާއާއި ދިމާ ބަލާލާފައި އެއްލޯ މަރާލިއެވެ. ރިޔާޝާއާއި ދިމާއަށް އެނބުރި އޭނާ ތުންގަނޑު އޫކޮށްލިއެވެ. އެވަގުތު އަނެއްކާވެސް ރިޔާޝާ އޯކާ ދެމޭ ގޮތްވިއެވެ. ޝަންކަރް ވަރަށް ގަޔާވެލާފައި ރިޔާޝާއާއި ކައިރިވާން ފެށިތަނާ ރިޔާޝާއަށް ހޮޑު ލެވުނެވެ. ހުރިހާ ހޮޑެއް ދިޔައީ ޝަންކަރްގެ މޫނަށެވެ. ރިޔާޝާ ދުވެފައި ގޮސް އެއްފަރާތު ފާރުގައި އަތް ވިއްދާލި ތަނާ އަނެއްކާވެސް ހޮޑު ލެވުނެވެ. އެވަގުތު ނިޝާވެސް ދުވެފައި އައިސް ރިޔާޝާ ގާތު ވީ ކީއްތޯ އެހިއެވެ. “އަހަރެން މިއިނީ ބަލިވެ.” “ކީކޭ؟” ނިޝާއަށް ހައިރާންކަމާއެކު އަހާލެވުނެވެ. “އާނ. އަހަރެން މިއިނީ ބަލިވެ. އަހަރެންގެ ފިރިމީހާގެ އެންމެ ފަހުގެ ހަނދާން.” ރިޔާޝާ ބުނެލިއެވެ.
“އަހަރެން އެބަ އަންނަން.” ޖަލު ބަލަހައްޓާ މީހާ އެހެން ބުނެފައި ރިޔާޝާމެން ތިބި ދިމާއަށް ހިނގައިގަތެވެ. “ރިޔާޝާ! އަހަރެން ކަލޭ ދިރިހުއްޓާ ދޫކޮށެއް ނުލާނަން.” ރިޔާޝާއާއި ދިމާއަށް ޖަލު ބަލަހައްޓާ މީހާ ގެންގުޅުނު ދަނޑިބުރި މަރާލުމާއެކު ނިޝާ ނޫނެކޭ ކިޔާ އޭގައި ހިފެހެއްޓިއެވެ. “މަގޭ މޫނަށް ހޮޑު ދުއްވާލި މީހަކު މަ ބޭނުމެއް ނޫން.” ޝަންކަރް ހަޅޭއްލަވައިގަތެވެ. “އެހެންވިއްޔާ މީނަ ރަނގަޅުތަ؟” ޖަލު ބަލަހައްޓާ މީހާ ނިޝާގެ އަތުގައި ހިފަހައްޓަމުން އަހާލިއެވެ. “މަށަށް ވަރިހަމަ އޭނަ ނޫން ކޮންމެ މީހަކަށް ވިޔަސް.” ޝަންކަރް އެހެން ބުނެލުމާއެކު ނިޝާގެ އަތުގައި ހިފާ ދަމަމުން ޖަލު ބަލަހައްޓާ މީހާ ހިނގައިގަތީ ދުރުގައި ވަކިން ހުރި ކޮޓަރިއަކާ ދިމާއަށެވެ. ނިޝާ އެކޮޓަރިއަށް ވެއްދިތަނާ ޝަންކަރް ގޮސް އެކޮޓަރިއަށް ވަނުމާއެކު، ޖަލު ބަލަހައްޓާ މީހާ ނުކުމެ ރިޔާޝާއާއި ދިމާއަށް އިނގިލި ދިއްކޮށްލީ ދެން ފަހަރަކުން ގެންދާނީ ކަލޭއޭ ބުނާފަދަ ގޮތަކަށެވެ. ރިޔާޝާ ހުރީ ފެނުނު މަންޒަރުން ހިތަށް ބިރުވެރިކަން ވަދެފައެވެ.
ގަޑިން ހަވީރު ފަސްގަޑި ބައިވެއްޖެއެވެ. ޖަލުގެ ހުރިހާ ގައިދީން އުޅުނީ ގޯތިތެރެ ކުނިކަހާށެވެ. ރިޔާޝާވެސް އިލޮށިފައްޗެއް ހިފައިގެން ކުނިކަހަން އޮވެފައި އެއްލި ކަޅިއަކުން ފާރުގައި ލެނގިގެން ހުރި ނިޝާ ފެނުމުން އިލޮށިފަތި އެއްލާލާފައި ދިޔައީ ނިޝާ ކައިރިއަށެވެ. ރޭގައި އެކޮޓަރިއަށް ނިޝާ ގެންދިޔަ ފަހުން ރިޔާޝާއަށް އޭނާ އެފެނުނީ އަދި ކިރިޔާއެވެ. “ނިޝާ! ކިހިނެއް؟” ރިޔާޝާ ނިޝާގެ ބޮލުގައި ފިރުމާލަމުން އަހާލިއެވެ. “ރޭގައި އެނުލަފާ އިންސާނާ އަހަރެންގެ ހުރިހާ އެއްޗެއް ފޭރިގެންފި.” ނިޝާގެ ލޮލުން ކަރުނަ ހުސްވެފައިވާ ފަދައެވެ. އެލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ނައިއިރު އެއަޑުގައި އެހުރީ ހިތްތަކަށް ތަދުކޮށްލާފަދަ އަސަރެކެވެ. “ހިނގާ.” ނިޝާގެ ދެކޮނޑުގައި ހިފައިގެން ހިނގައިގަންނަމުން ރިޔާޝާ ބުނެލިއެވެ. “އަހަރެން އެކަހަލަ މީހުންނަށް ނަފުރަތު ކުރަން. އެމީހުންނަކީ އިންސާނުންގެ ސިފައިގައި ތިބި ޖަނަވާރުން. އެމީހުންގެ ހިތްހަމަޖެހުމަށް މައުސޫމު އަންހެންކުދިންގެ އިއްޒަތާއި އަބުރު ވެއްޔާއި މޮޑެލަނީ. ދެން އެކަމާ މާބޮޑަށް ނުވިސްނާ.” ރިޔާޝާ ބުނެލިއެވެ.
“ވިސްނިޔަސް ކުރާނެ ކަމެއް ނެތް. އެކަން ހުއްޓުވާނެ މީހަކު މިބޮޑު އިންޑިޔާގައެއް ނެތް.” ނިޝާ ބުނެލިއެވެ. “އަހަރެން އެކަން ހުއްޓުވާނަން. ޖެއިލަރގެ މައްސަލަ އަހަރެން ހޯމް މިނިސްޓްރީއަށް ހުށަހަޅާނަން.” ރިޔާޝާ އެހެން ބުނެލުމުން ނިޝާއަށް ތެޅިގަނެވުނެވެ. “ރިޔާޝާ! ކީއްކުރަން ތިއުޅެނީ؟ ޖެއިލަރއަށް ތިކަން އެނގިއްޖެއްޔާ…” ނިޝާ ކަންބޮޑުވެފައި ބުނެލިއެވެ. “އެއްގޮތެއްވެސް ނުވާނެ. ނިޝާ ކަންބޮޑުނުވޭ.” ރިޔާޝާ އެހެން ބުނެލިތަނާ ޖަލުގެ މުއައްޒަފަކު އައިސް އޭނާއާއި ބައްދަލުކުރަން މީހަކު އައިސް ހުރި ވާހަކަ ބުނުމުން ރިޔާޝާއަށް ބަލާލެވުނީ ނިޝާއަށެވެ. ނިޝާ ބޯޖަހާލީ ދާށޭ ބުނާފަދަ ގޮތަކަށެވެ. ރިޔާޝާ ގޮސް ގައިދީންނާ ބައްދަލުކުރަން އަންނަ މީހުން ތިބޭ ކޮޓަރިއަށް ވަތްއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. “ރިޔާޝާ!”
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
76 Comments!
Comments are closed.






yes…me 1st ..saandy…..keethikurii plex riyaa ah dera gothe nuhada chey plex n rathebaa ah hurihaa eche ve saafuko ingeyne goy hadaa dee plex…
ޝުކުރިއްޔާ ރަފް
and riyaa fayaa ge dariaka preg kanves rathee baah angachey by the way anekaa ethaa thereyga einii kaaku baa hope vaahaka nimey iruga riyaashaa ge kolhu ga davaane kama…. 🙂 🙂 🙂 😉
ޝުކުރިއްޔާ! ނިމޭއިރު ގަދަވަނީ ކާކުގެ ކޮޅެއްކަންވެސް އެނގިދާނެތާ ވާހަކަ ކިޔާލީމަ
nice………………
ޝުކުރިއްޔާ ސަމްވަން
Ohhh…vaahaka v reethi. ..next part avaskohlahchey. ..thnx
ޝުކުރިއްޔާ ނަވްޔާ! އިރާދަކުރެއްވިއްޔާ މިރޭ އަޕްކޮށްލާނަން
Yeah.. Amazing.. Saandy avas kohdhee
ޝުކުރިއްޔާ ހަރ… އިރާދަކުރެއްވިއްޔާ މިރޭ އަޕްކޮށްލާނަން
Foohi mihaaru. Mihaaru vaahaka midhanee Hindi film Anjaam aa hama egoothah
true
Thibunee rangalhah. Dhn mi vaahaka liyanee keekuran. So bored
ޝުކުރިއްޔާ ތި 3 ކުދިންވެސް ވާހަކަ ކިޔާލީތީ
Awesome.. Kn dhuhukun next part..???
ޝުކުރިއްޔާ ޝިޔާ! އިރާދަކުރެއްވިއްޔާ މިރޭ އަޕްކޮށްލާނަން
maadamaa vaahaaka up kodechey ingey saandy plex plex 🙂
ޝުކުރިއްޔާ ރަފް! އިރާދަކުރެއްވިއްޔާ މިރޭ އަޕްކޮށްލަދޭނަން
V reethi. Konirakun next part othee.
ޝުކުރިއްޔާ އައިފާ! އިރާދަކުރެއްވިއްޔާ މިރޭ އަޕްކޮށްލާނަން
vaahaka mihar v hadi.mihar maa kurin ebaigey dhn vaane goiy.. hindi film copy kuryma sakaraaiy.. v v boring.
ޝުކުރިއްޔާ ހައުލަތު މިވާހަކަ ކިޔާލީމަ
Wow v reethi??
ޝުކުރިއްޔާ
Chi chi. Feshun iru
Hyvany nikan reethi vaaney ekamaku mihaaru miothy anjaam ah vefa ennu. Dhen riyaasha banduga oeh dhari vetten dhen aniya kuraany. Fiyaaza aa ratheeba ves e ayaaz maraalaane hehe midhen vaahaka eh tha?
ޝުކުރިއްޔާ ޒުހުދާވެސް ވާހަކަ ކިޔާލީމަ
yeah. even I expected this one to be a v nice one at the beginning. but nw its a carbon copy of d film. even the scene nf d dialogue no change at all. film balaafa thibi huriha kudhinnah ingeyne. mee thedhehkan. im v mch depressed nw. dhn ithurah nukiyas ingey vaane ehcheh. nimey iru emmen maruvaaaner. u completely let us down saandy. vv mch annoyed!
true that ninni.. I agree with u. copy vaahaka eh kan nubune ehkoh copy kollaafa miothy. e film nubalaa kudhin alhe anjaam balaaba. eyrun ingeyne copy koffa in varu mi part.. ayaax is shahruk nd riyaasha is maduri… agarenves vvvvvv naaaummeedhu vejje writer! dhn neynge thi writer ge story eh kiyaa hivvaane kameh ves!
Hanu!! Meege trailer kiyaalabala… eyrun ingeyne Saandy nubune sirru sirrun kohfa oiy kamehthoa nuvatha noonthoa?
Hanu aa Ninni ah maabodah in’gifa thiothy.. mivaahaka ehkosheh noon copy kohfa othy.. 28th part in feshigen.. adhi v bodah badhaluves kohfa othy.. V bodu bai ithuru kohfa.. thi Anjaam filmaky balaa baakohfa oiy filmeh.. V salhi filmeh.. dialogue thakah dhandhen hithudhas filmeh.. meege dialogue thahves v badhalu kohfa hury baeh dialogue thah ehgothah huttas.. hajam nuvanyaa madumadun thibey
Hanu Saandy ge vaahakathah nukiyas kiyaane meehun vaane.. ekaku nukiyas me kiyaanan
ޝުކުރިއްޔާ ހުރިހާ ކުދިންނަށްވެސް
ހަނުއަށް ބުނެލަން އޮތީ މީގެ ޓްރެއިލާ ކިޔާލާށޭ
V v salhi… vaahaka hadi kudhin nukiyaa… hadiyas nukiyaeh nuhurevey viyya dhw… Zuhudha vaahakaige kuri maraaleema eba ingey v j vaa meehehkan… Saandy!! You’re great… vaahaka ninmaalaathi hama raavaafa oiy gothah… maadhamaa up kolladheyne kamah ummeedhu kuran
Ohh v reethi mi part..kyp it up.hykuran mi story nimmafa new story eh genesdheyne kamah..adhi thihaa buxy koh ulhemunves weekeh gai 2,3in part genes dhey thyve v happy..saandy is the best..kyp it up?
ޝުކުރިއްޔާ ކިޔާ މީހާ! އިރާދަކުރެއްވިއްޔާ ހަމަ ރާވާފަ އޮތްގޮތަށް ވާހަކަ ނިންމާލާނަން
ޝުކުރިއްޔާ އަމީ! އިރާދަކުރެއްވިއްޔާ މިވާހަކަ ނިންމާފަ އާ ވާހަކައެއް ގެނެސްދޭނަން
ކިޔާ މީހާ! އިރާދަކުރެއްވިއްޔާ މިރޭ އަޕްކޮށްލާނަން
Vaahaka v salhi.. mihaaru nimen v kairivejje dhw Saandy.. Next part maadhamaa up kolladhehchey
ޝުކުރިއްޔާ އައިޝާ! ޔެސް… މިހާރު ވާހަކަ ނިމެން ވަރަށް ގާތްވެއްޖެ… އިރާދަކުރެއްވިއްޔާ މިރޭ ގެނެސްދޭނަން
Saandy.
Koba ayaaz kurin beli mamma aa bappa??
ޝިޔާ! އަދި އެމީހުންގެ ބައިވެސް އަންނާނެ
V reethi
ޝުކުރިއްޔާ ނާދީ
Aslu mi vaahaka v reethi.ekamaku hindhy filmehga kanthah vefa oih gothah copy kohfa huryma kadaee
ޝުކުރިއްޔާ އަންތު! ތިޔަ ޚިޔާލުވެސް ބަލައިގަނެފިން
Vvv nice…avahah up kohdhee
ޝުކުރިއްޔާ ލަމް! އިރާދަކުރެއްވިއްޔާ މިރޭ އަޕްކޮށްލާނަން
kamaku nudhey copy cat
ޝުކުރިއްޔާ އެނޮނީމަސް
Hadi
ޝުކުރިއްޔާ އެނޮނީމަސް
Mivaahaka feshigen ai iru huriha charactors ves ulhuny dhivehi culture aa ehgothah… ekam kon irakun tho dhivehin huvafai v ma hudhu hedhun laan v… doesnt make sense… ratheebaa aa riyaashaa aky muslimun tho noony hindhu meehuntho… now v hadhi… raajeyn beyruga ulhunas copy kuriyas nujehey dhw eyga ulhey meehunge aslu goi gadhu gehluvaalaakah…. dhn mee v bodu joke eh…
ޝުކުރިއްޔާ މީ ގެ ތިޚިޔާލަށް… ހުވަފަތް ވީމަ ހުދު ހެދުން ލައެއް ނޫޅޭ ރާއްޖޭގައެއް… އެކަމަކު އިންޑިޔާގަ މުސްލިމުންވެސް ހުވަފަތްވީމަ ހުދު ހެދުންލާ… ރިޔާޝާމެންވެސް އުޅެނީ އިންޑިޔާގަ… ރަތީބާއާ ރިޔާޝާއަކީވެސް މުސްލިމުން… ޤަބޫލު ނުކުރިޔަސް މީ މިހާރު މިޤައުމުންވެސް ފެންނަ ކަންތައްތައް… މުޅިންވެސް ބޭރުގެ ކަލްޗަރ… ބުދަށް އަޅުކަން ނުކުރާކަން އެކަނި… ހެދުން އެޅުންވެސް ބޭރުގެ ގޮތްގަނޑު… މިބުނީ އެންމެންގެ ވާހަކައެއް ނޫން… ބައެއް މީހުން
Aslu ehaaaa reecheheke buna vare noon eh irakuves , vv hadi now
ޝުކުރިއްޔާ އެނޮނީމަސް
woww.. vaahaka vvvv salhi.. plx up kohdheebala avahah
ޝުކުރިއްޔާ އެނޮނީމަސް! އިރާދަކުރެއްވިއްޔާ މިރޭ އަޕްކޮށްލާނަން
miharu v hadi
ޝުކުރިއްޔާ ކިޔުންތެރިން
Alhe dhn hadi meehaku story nukiyaa hureba..please dont demotivate the writer..and ehvx meehaku vaahaka kiyan force eh nukurey dhw..vaahaka feshi iruvx saandy buni hindi film ehge story ekey mee..
Vaahaaka vrh reethi..??
saandy keep it up!!
ޝުކުރިއްޔާ ލީން
Copyeke nubune,
އެނޮނީމަސް ތިހެން ބުނުމުގެ ކުރިން މީގެ ޓްރެއިލަރ ކިޔާލުން ރަނގަޅު
hadi v ma nukiyaashekey ekakah ves nubuneveyne dhw. mi hama komme meeheh ge ves hiyaalu. adhi demotivate kurumeh ves nun. ebunaahen furathama hama dhivehi style ah othy. mihaaru miothy hindi structure akah vefa. aslu rangalheh nun. mi ee kommehen dhera kollumeh noon. hiyaalu. ehemveema ehchekey bunaairah bavaalaafa govaigannaanee eh noon. sandy. u have to take this in to consideration. nd hama jehey gothah gendhan
ޝުކުރިއްޔާ ޝެން! ޝެންގެ ތިޚިޔާލު ހަމަ ހެޔޮހިތުން ބަލައިގަނެފިން
Kiyaafa emeehaka fenna gothe comment kurevidhaane , story ragslhe e noon hama
ޝުކުރިއްޔާ އެނޮނީމަސް
Saandy ge vaahaka thah balaafa mihithah arany kyhve baa ey comment ginai hadi iru vx. Rangalhah balaali iru comment ginai thin hatharu reply kohfa hunnaathi ???
ހެހެހެ އިނޫ… ވަރަށް ހިނިއައިއްސި މިކޮމެންޓް ކިޔާފަ
Naseebehnu hini kan aee. Nurovun kan. ?
ހެހެހެ… އެހާ ފަސޭހައިންނެއް ނުރޮވޭނެ
Knirakun dhen in bai upload kurany
މިހާރު އަޕްކޮށްފަ އިންނާނީ
saandy kobaa 31 vana baa
މިހާރު އަޕްކޮށްފަ އިންނާނީ
Total kithah bai innaany Mi storyga??
V nice ?
ޝުކުރިއްޔާ ހަނާ
ޖުމްލަ 34 ބައި… ބާކީ އޮތީ އެންމެ ބައެއް