Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާލޯބި އެނގޭނަމަ… 19

Ushaali Level 810 Stories100 Comments100 Stories500 Comments
November 23, 2016 9 Mins Read
24 Comments

 

ފަސްދުވަސް ވެގެން ދިޔައިރު ވެސް ލޫކަށް އަލްޔާ ފެންނަގޮތެއް ނުވޭއެވެ. އަލްޔާ ގަސްދުގައި ލޫކް ފެންނަ ހިސާބަށް އަންނަން ބޭނުންނުވާކަން ލޫކަށް ވިސްނުނެވެ. އަލްޔާ ފެނޭތޯ ދެކިލާހިތުން ސްކޫލް ކައިރިއަށް ތިން ދުވަހު ދެވިއްޖެއެވެ. ނަމަވެސް ފެނިފައެއް ނުވޭއެވެ. މަގުމަތިން ޝައިމް އާއި ދިމާވެގެން އެގެއަށް ކޮފީއަކަށް ދައުވަތު ލިބުމުން ވެސް ލޫކް އިންކާރުކުރީ އަލްޔާ ގޮތަށް ހިތްހަރު އިންސާނަކަށް ވާން ލޫކް ވެސް ބޭނުންވުމުންނެވެ. އަދި އެކްޓް ކުރުމުގައި އަލްޔާ އަށް ވުރެ ކުރީގައި ވާން ބޭނުންވުމުންނެވެ. ނަމަވެސް އެހިތަށް ކެތްވާވަރެއް ނޫނެވެ. އަލްޔާ ނުފެންނަނީސް ދެން ކެތެއްނުވާނޭ ހިތަށް އަރަނީއެވެ. އެގޭ ދޮށަށް ދާން ހިތްއެދެނީއެވެ. އެއަތުގެ ތެރެއަށް ގެނެސް މޫނުގައި ހިތްފުރެންދެން ބޮސްދޭން ބޭނުންވަނީއެވެ.

ރޭގަނޑު ކައިގެން ގޭދޮރުމަތީގައި ޖޯލީގައި އޮތް ލޫކް ކައިރީގައި ސަޖޫލް ގޮސް އިށީނެވެ. ލޫކް ސަޖޫލަށް ހީލިއެވެ. ފޯނުން ކަމެއް ކުރަން އޮތް ލޫކް ސަޖޫލް އެއްޗެއް ބުނަން އުޅޭހެން ހީވުމުން ފޯން ޖީންސުގެ ޖީބަށް ކޮށްޕާލިއެވެ.

“ސަޖޫ ރަނގަޅުތަ؟ ލޫކް ސުވާލުކޮށްލިއެވެ. ސަޖޫލް ހީލަމުން ރަނގަޅުކަމުގައި ބުންޏެވެ.

“ކުޑައްތަ ބުނި ލޫކް މާދަމާ މެންދުރުފަހު ފުރައޭ.”  ސަޖޫލް ބުންޏެވެ. ކުޑަމަނިކެ އަށް ކުޑައްތަގެ ނަމުން މުހާތަބް ކުރަނީ އެނަން ކިޔަން ސަޖޫލަށް އުނދަގު ވުމުންނެވެ.

“އާނ. މާދަމާ ދޯނި އައިމަ ދާންކަމަށް. މަންމަމެން މިކޮޅުގައި ހަމަޖެހިލަންދެން އަސްލު މަޑުކުރީ”  ލޫކް ޖަވާބުދިނެވެ.

“ލޫކް… ނޫޅެންތަ މީހަކާއި އިންނަން”  ލޫކްގެ މޫނަށް ބަލާލަމުން ސަޖޫލް އަހާލިއެވެ.

“ތީ ލައި ބުނެގެން ކުރި ސުވާލެއްތަ؟ ސަޖޫލް ގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ލޫކް ވެސް ކޮށްލީ ސުވާލެކެވެ.

“ނޫން..ނޫން… ލޫކާ ބެހޭގޮތުން އަދި މިހާތަނަށް ލައި އެއްޗެއް ނާހާ. މިބުނީ މިފަހަރު އައި ފަހުން”  ސަޖޫލް އަވަސް އަވަހަށް ބުންޏެވެ.

“ނުވެސް އަހާނެ. ލައި ހަނދާންވާނަމަތާ އަހާނީ. އެހެންނޫނަސް މިހާރު ކޮންމެހެން އެހުމުގެ ބޭނުމެއް ވެސް ނެތެއްނު. ލައި ގެ ދުނިޔޭގައި އޭނަ އަށް އުފަލުގައި އުޅެނިކޮށް މަށަށް ނިމުނީ. ފަހަރެއްގައި ވެސް މަށެއް ލައިގެ ދިރިއުޅުން ހަލާކު ކުރާކަށް މަސައްކަތެއް ނުކުރާނަން. ދެން މަގޭ ވާހަކަ ބުނަންޏާ ބުނާނީ ވަގުތު އައިސް ޖެހުނީމަ އަހަރެންގެ ހަޔާތަށް ވެސް ބައިވެރިޔަކު އަންނާނޭ”  ލޫކް ވާހަކަދެއްކިއެވެ.

“ލޫކް ތިދެއްކި ވާހަކަތަކުން މަށަށް ކަމެއް ސާފުވެއްޖެ. ލޫކް އަދިވެސް ލައި ދެކެ ލޯބިވާކަން”  ސަޖޫލް ލަސްލަހުން ބުންޏެވެ. “ބުނަންތަ ސަޖޫ ވާހަކައެއް ތެދަށް. ބޭނުމެއްނޫން މިވާހަކަތައް ލައި އަށް އެނގޭކަށް. އަހަރެން ދުވަހަކުވެސް ދުވަހަކުވެސް ލައި މަތިން ހަނދާނެއް ނުނެތޭނެ. އަމިއްލަ ނަފްސަށް ވުރެ ބޮޑަށް ލައި ދެކެ ލޯބިވަން. އަހަރެން ލައި އާއި ދުރަށްދާން މިވަރަށް މަސައްކަތްކުރާއިރު ވެސް ކޮންމެސް ސަބަކާއި ހުރެ މިގޮތަށް އޭނަ ކުރިމައްޗަށް އަންނަން ޖެހުން އެއީ ނަސީބުގަ ހުރި ގޮތް”  ލޫކް ބޯދަށަށް އަތް ލައްވާލަމުން ޖޯލީގައި ބުރަކަށި ޖައްސާލިއެވެ. އަދި ނަޒަރު ސީދާކޮށްލީ އުޑުމަތީގައި ވިދާ ބަބުޅަމުންދާ ތަރިތަކަށެވެ.

“އެކަމަކު ފުރުމުގެ ކުރިން ވަރަށް ބޭނުން ލައި ދެކިލަން. ވަރަށް ވާހަކަދައްކާލާހިތްވޭ. ސަޖޫ މަށަށް މިކަންތައް ކޮށްލަދޭންވީނުން. ލައި ހިތަށް ފެނިގެން ނާންނާނެ އަހަރެން ކުރިމައްޗަށް. ހިތްއެދެނީ ހަމައެކަނި ލައި އާއި ވާހަކަދައްކާލަން. ސަޖޫ މަށަށް މިކަންތައް ނުކޮށްދީފިއްޔާމު ފަހަރެއްގައި މަށަށް އެގޭ ދޮަށަށް ލައި ހޯދަން ވެސް ދެވިދާނެ. އަހަރެން މިހިރީ ލައި ދެކިލާހިތުން މޮޔަވާވަރުވެފަ” އަނދިރިކަން ވެރިވެފައިވާ އުޑުގައި ރަނިކަންކުރަމުންދާ ރޭގަނޑުގެ ރާނީ އަށް ބަލަން އޮވެ  ލޫކް ވާހަކަދެއްކިއެވެ.

“ލޫކް ތިބުނި ކަންތައް ހީވޭ މިރޭ ކޮށްލަދެވިދާނެހެން. އަހަރެން ކިޔާވަރުން މިރޭ ލައި އަންނާނެ މިގެއަށް. ލޫކް ބާތު ކޮޓަރީގައި މަޑުކޮށްލަންވީނުން. އަހަރެން ކޮންމެސް އެއްޗެކޭ ކިޔާފައި ލައި ވައްދާނަން ތިކޮޓަރިއަށް. އެކަމަކު ވިސްނަންވާނެ ލައި އަކީ މީހެއްގެ އަންބެއްކަމާއި ލޫކަކީ ލައި ކައިރީގައި ހުންނަ ހިލޭ ފިރިހެނެއްކަން”  ސަޖޫލް ބުންޏެވެ.

ލޫކް ސަޖޫލަށް ޔަގީންކަން ދިނުމުން ސަޖޫލް ދިޔައީ ފޯނުން އަލްޔާ އަށް ގުޅަމުންނެވެ. ނަމަވެސް ލޫކް ހީލީ އަލްޔާ ފެންނަ ވަގުތާއި ހަމައަށް އަމިއްލަ ނަފްސަށް އިތުބާރު އޮތަސް އޭގެ ފަހުން ވެދާނެ ގޮތަކާއި މެދު އެއްވެސް އިތުބާރެއް ނެތޭ ހިތަށް އެރުމުންނެވެ. ދެވަނަ ފަހަރަށް ލޫކް ގެ ނަޒަރު ހުއްޓުނީ ހަމަ އެހަނދަށެވެ. ބޭނުމީ މުޅި އުމުރަށް އަލްޔާ ގޮވައިގެން އެހަނދަށް ދާށެވެ. އެއްވެސް މީހެއްގެ އުނދަގު އެހިސާބަކަށް ނުފޯރާނެއެވެ. އެހަނދުގައި އެހިތުގެ ރާނީ ރަނިކަންކުރާތަން ދުށުމަށެވެ. މިހާރުން ފެށިގެން އެވަގުތުކޮޅަށް ލޫކަށް އިންތިޒާރުކުރެވެން ފެށުނެވެ.

“އޯވް މަގޭ ލައި… ހާދަ ހާދަ ލޯތްބެއްވެޔޭ. މިހެން ލައި ގާތު ބުނާހިތުން ވެެސް މިހިތަށް ކެތްނުކުރެވޭ. ކީއްވެތަ އަބަދު އަބަދު ތަގްދީރު އަބަދު ލައި ކައިރިއަށް އަހަރެން މިގެންނަނީ”

ލޫކް ވިސްނާލިއެވެ. އަލްޔާ ކައިރީގައި ދައްކާނީ ކޮންވާހަކައެއް ހެއްޔެވެ؟ ހާލު އަހާލެވިދާނެއެވެ. ނޫނީ ހިތްފުރެންދެން އެމޫނަށް ބަލަން އިންނާނީ ހެއްޔެވެ؟ މިގޮތަށް ވަކިން އަލްޔާ އާއި ބައްދަލުކުރުމަކީ އަނެއްކާ ގޯހެއް ހެއްޔެވެ؟ ލޫކާއި އެކު ވަކިން ތަނަކުން ފެނުމުން އަލްޔާ ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ ކޮންމެގޮތެއްވިޔަސް ލިބުނު ރަނުގެ ފުރުސަތު ބޭކާރުވާކަށް ލޫކް ބޭނުމެއް ނޫނެވެ. އަމިއްލަ ހިތާއި ސިކުނޑިއަށް އިންސާނާ ބޭނުން ކޮންމެ ވަގުތަކު ބާރު ފޯރުވެން ޖެހޭނއެވެ. އެހެންނޫންނަމަ އިންސާނާ އަކީ ކީއްކުރާ މީހެއް ހެއްޔެވެ؟

ގަޑިން ދިހައެއް ޖެހުމާއި ގާތްވެފައި ވަނިކޮށް ސަޖޫލް ކޮށްލި އިޝާރާތަކަށް ލޫކް ބަތޫލް ގެ ކޮޓަރިއަށް ވަނެވެ. ކުޑަމަނިކެ އާއި ރަފީފާ ޔޫޝައު ގޮވައިގެން ކޮޓަރިއަށް ވަންތާ ކިތަންމެ އިރެކެވެ. ޝަރީފާ ވެސް ޑްރާމާ ބަލާ ނިމުމާއެކު ކޮޓަރިއަށް ވަދެ ނިދައިފިއެވެ. ޝަރީފާ އަކީ އަބަދުވެސް ދަންބައި އަޅާފައި ދަންވަރަށް ހޭލާ އަޅުކަމުގައި ހޭދަކުރާ މީހެކެވެ. ހޭލާ އުޅުނަސް ކޮޓަރިން ބޭރަށް ނިކުންނަނީ މަދު ފަހަރަކުއެވެ. އެހެންވީމާ މިވަގުތަށް ޝަރީފާގެ އެއްވެސް ބިރެއް ނެތްކަން އެނގުމުން ސަޖޫލް ބޭރަށް ނިކުމެ ދެން ވަނީ އަލްޔާ އަތުގައި ހިފާލައިގެން ހުރެއެވެ.

“ސަޖޫ ކީއްވެ މިހާ ލަހުން އަންނަން ބުނީ. އަދި އެވެސް މި ވިއްސާރައިގަ. އެންމެން ނިދީ ދޯ. އަނެއްކާ ލޫކް އުޅެނީ ހޭލާތަ. އަހަރެން ބޭނުމެއް ނޫން މިގޭތެރެއިން އޭނަ އަށް މަ ފެންނާކަށް”  ސަޖޫލާއި އެކު ކުރިއަށް ދަމުން އަލްޔާ ވާހަކަދެއްކިއެވެ.

“ލައި. ވަރަށް ބޮޑަށް ސޮރީ. މާދަމާ ލޫކް ފުރާތީ ލޫކް ބޭނުންވަނީ ކުޑަވަގުތުކޮޅަކު ލައި އާއި ވާހަކަދައްކާލަން. ޕްލީޒް ބާތު ކޮޓަރިއަށް ވަދެބަލަ. ލައި ވާހަކަ ނުދެއްކިއަސް އޭނަ ދައްކާ ވާހަކަ  އަޑު އަހާލާފައި އާދޭ”

އަލްޔާ ދެބަހެއް ނުބުނެ އެކޮޓަރި އާއި ދިމާލަށް ހިނގައިގަތީ ލަސް ފިޔަވަޅު ތަކެއްގައެވެ. ތަޅު އަނބުރާލުމަށްފަހު އަލްޔާ އެކޮޓަރިއަށް އެތެރެ ވުމާއެކު ސަޖޫލް ގޮސް އެކޮޓަރި ފެންނާނެހެން މަޑުކޮށްލީ ފާރައަށެވެ. ކުރެވުނު ކަންތަކާއި ބިރުންނެވެ. ސަޖޫލަށް ނޭނގުނީ އެއްތަން މިކުރެވެނީ އެކަކު އަނެކަކުގެ ލޯތްބަށްޓަކައި ދީވާނާ ވެފައިވާ ދެމީހުން ކަމެވެ. ދެލޯބިވެރިން އެއްތަންވެއްޖިއްޔާ ދެމެދުގައި ތިންވަނަ މީހަކަށް އިބިލީސް ހުންނާނެ ކަމެވެ.

ދޮރުލައްޕާލާފައި ދޮރުކައިރީގައި މަޑުކޮށްލި އަލްޔާ ފެނުމާއެކު ބަތޫލް ގެ އެނދުގައި އިން ލޫކް ކޮޅަށް ތެދުވިއެވެ. އިސްޖަހާލައިގެން ހުރި އަލްޔާގެ ފައިން ފެށިގެން ބޮލާއި ހަމައަށް ލޫކަށް ބަލާލެވުނެވެ. އެހިނދު ލޫކް ގެ ހިތަށް ގޮތްތަކެއް ވިކަން ޔަގީނެވެ. މެރޫން ކުލައިގެ ގަޔަށް ހިފާލާފައި ހުރި އަތްކެނޑި ޓޮޕްކޮޅު ހުރީ ފޫކޮޅުން ތިރިއަށެވެ. މަތިން ކަޅުކުލައިގެ ބޯފޮތީގެ ޖެކެޓްކޮޅުގައި ހުރިއރު މިރޭގެ މޫސުމާއި ނުހަނު ގުޅޭއެވެ. ތިރިންލާފައި ހުރި ސްކިނީގައި އަލްޔާ ގެ ދެފައިގެ ހިމަކަން ހާމަވާން ހުއްޓެވެ. ޖީންސުގެ ދެޖީބުގައި އަތް އަޅުވާލަމުން ލޫކް ހިއްސުތައް ހަމައަކަށް އަޅުވާލުމަށްފަހު އަލްޔާ ކައިރިއަށް ފިޔަވަޅު އަޅަން ފެށިއެވެ. ބިރުން ހުރި އަލްޔާ ކައިރި އަށް ލޫކް އަޅަމުންދާ ކޮންމެ ފިޔަވަޅަކާއެކު އަލްޔާގެ ގެ ހިތުގެ ތެޅުން އަވަސް ވަމުން ދިޔައެވެ. މީހާގެ ހަށިގަނޑުން ފިނި ދަލެއް ވެސް ހިއްލަން ފަށައިފިއެވެ.

“ކޮޅަށް ތިބެގެންތަ ވާހަކަ ދައްކާނީ. އިށީންނަން ވީނުން” އެންމެފަހުން އެއްޗެއް ބުނީ ލޫކެވެ.

“އަހަރެން މިތަނަށް މިއައީ އިށީނދެގެން އިނދެ ލޫކާއި ވާހަކަދައްކާކަށް ނޫން. ބުނަން ބޭނުން އެއްޗެއް ބުނޭ. އަހަރެންނަށް ލަސްވޭ އެބަ.  މިގޮތަށް ލޫކް ކައިރީގައި ހުންނާކަށް އަހަރެން ބޭނުމެއްނޫން. އަހަރެންގެ ފިރިމީހާ އުޅޭނީ އަހަރެން ލަސްވެގެން”  ހިތްވަރުކޮށްފައި އަލްޔާ ދެއްކި ވާހަކަތަކުން ލޫކް ގެ ހިތުގައި ޖެހި ރޮވޭގޮތް ވިއެވެ. ނަމަވެސް އޭގެ ކުރިން މީހާ ހަމަޖެހިލިއެވެ.  “ހެހެހެ…. އިށީންނަން ބުނީ ވާރޭވެހޭ އަޑުގެ ސަބަބުން ތިހާ ދުރުގައި ހުރީމަ އަޑު ނީވިދާނެތީ. ބަޓް އިޓްސް އޯކޭ. އަސްލު ލައި މިގެނައީ…..”

“ލައި އެއް ނޫން. އަލްޔާ ކިޔާ. އަހަރެންގެ ނަމަކީ އަލްޔާ. އަހަރެންނަށް ލައި ކިޔަނީ މަށާ ވަރަށް ގާތް މީހުން. ދުރުން އަންނަ މީހުން އެނަމުން މަށަށް ގޮވުން އެއީ އަހަރެން ރުހޭ ކަމެއް ނޫން”  އަލްޔާގެ ރާގުގައި ހަރުކަށި ކަމެއް ހުއްޓަސް އެތެރޭގައި އޮތް ހިތް ރޮނީއެވެ. ލޫކް ހިނދުކޮޅަކަށް ބަސް ހުއްޓުނެވެ. އަލްޔާ ލޫކް ދެކެ ނަފްރަތު ކުރަނީ ހާދަ ވަރަކަށެވެ.

“އޯކޭ… ލަ…. ސޮރީ.. އަލްޔާ ކައިރީގައި އަހަރެން ބުނަން އުޅުނީ….. މްމްމް… މިއުޅެނީ ކުރީގެ ވައިފް އާއި އަލުން މެރީ ކުރަން ވެގެންނޭ. އަހަރެން އިންވައިޓް ކޮށްފިއްޔާ އަންނައްޗޭ. ޝައިމް އާއި އެކު”  ބުނަން ބޭނުންވި އެއްޗެއް ލޫކަށް ނުބުނެވުނެވެ. އެހެންކަމުން ލޫކް ޖެހުނީ ދޮގެއް ހަދާށެވެ. އަލްޔާ ލޫކަށް ފުރަގަސް ދިނެވެ. ދެލޯ މަރާ ބާރުކޮށްލެވުނީ ލޫކް އެދިން ހަބަރަކުންނެވެ.

“މަށަށް ހީވަނީ މަ ނުދިޔަސް ތި ކައިވެނި ޕާރޓީގައި ބައިވެރިވާނެ ވަރަށް ގިނަ މީހުން ވާނެހެން. މަރުހަބާ. މިފަހަރު އަނބިމީހާ އަށް ވަފާތެރިވެވޭތޯ ބަލާތި. ބުނަން އުޅުނު ވާހަކައަކީ ތީ ކަމުގައި ވަންޏާ އަހަރެން ދަނީ”

ދޮރުން ނިކުންނަން ހިފާލި އަލްޔާގެ ފައި ބިންމަތީގައި ހަރުލީ ދާދި ކައިރިން އިވުނު ޝަރީފާގެ އަޑުންނެވެ. ހަމަ އެއާއެކު ސަޖޫލް ގެ އަޑު ވެސް އިވިގެން ދިޔައެވެ. އަލްޔާ ކަންބޮޑުވެފައި ބަލާލީ ލޫކަށެވެ. ދެން ހަދާނީ ކިހިނެއްހެއްޔޭ ލޫކް ކައިރީ އަހާލާ ކަހަލަ ގޮތަކަށެވެ. ހަދާނެގޮތް ހުސްވެފައި ހުރި ލޫކް އަލްޔާގެ އަތުގައި ހިފައިގެން ދުވެފައި ގޮސް ވަނީ ފާހާނާ އަށެވެ. އެވަގުތު އަލްޔާގެ އަތުގައި އޮތް އޭނާގެ މޯބައިލް ފޯން ދޫވެގެން ތިރިއަށް ވެއްޓުނު އަޑު އިވިގެންދިޔައެވެ. ފޯނަށް ބަލާލާކަށް ވެސް އަލްޔާ އަށް ވަގުތުނުދީ ފާހާނާއިގެ ދޮރު އެރެތެއިން ލޮކް ކޮށްލުމަށްފަހު ލޫކް އަލްޔާ ގޮވައިގެން ފާރު ކައިރިއަށް ޖެހުނެވެ. ތަޅުވަޅުން މީހަކު ބަލާލިޔަސް ނުފެންނާނެ ހެންނެވެ. އެވަގުތު އަލްޔާގެ ބުރަކަށި ފެން މާގަނޑުގެ ގޮބުގައި ޖެހި ނައްޓައިގެން ގޮސް ތިރިއަށް ވެއްޓުނެވެ. އިސާހިތަކު އެދިމާ މަތީގައި ހުރި މާގަނޑުން ފެންތައް އަލްޔާ އާއި ލޫކް ގެ ބޮލަށް ފައިބަން ފެށުމުން ދެމީހުންނަށް ވެސް ތިބެވުނީ އެކަކު އަނެކަކުގެ މޫނަށް ބަލަން ހުއްޓިފައެވެ.

އޭރު ވެސް ލޫކް ގެ ދެއަތް ވަނީ އަލްޔާގެ އުނަގަނޑުގައި ވަށާލާފައެވެ. އަލްޔާގެ ދެއަތް ވަނީ ލޫކް ގެ މޭމަތީގައި ޖައްސާލެވިފައެވެ. ލޫކް ގެ ހިތުގެ ތެޅުން އަލްޔާ އަށް އިހުސާސް ވަމުން ދިޔައެވެ. ކުއްލިއަކަށް އަލްޔާ ލޫކް ގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. ނުވިސްނާ ހުރި ލޫކަށް ސިހުން ލިބިގެން ދިޔައެވެ. އެފަދަ ވަގުތުކޮޅަކަށް ދެހިތް ވެސް ކިހާ އިންތިޒާރެއް ކޮށްފިހެއްޔެވެ؟ ނަމަވެސް ވަގުތުކޮޅު ގެއްލެން ބޭނުންނުވާތީ ލޫކް ވެސް އަލްޔާގެ ހަށިގަނޑުގައި ހިފާ ފިއްތާލިއެވެ. މިވަނީ ކިހިނެއްކަން ދެހިތަށް ވެސް އިހުސާސް ކުރެވުނަސް ދުރުވާކަށް އެކަކު ވެސް ބޭނުމެއް ނުވިއެވެ.  ކުޑަމަނިކެ އާއި ސަޖޫލް ގެ ވާހަކަތައް މަތިން ލޫކް ހަނދާނެއް ވެސް ނެތެވެ.

ލޯބީގެ މިސާލެއްނެތް ފަދަ ވަގުތުކޮޅެއް އެކުގައި ހޭދަކުރަމުން ގޮސް އަލްޔާގެ ޖެކެޓްކޮޅު ހަށިގަނޑާއި ވަކިވެގެން ދިޔައިރު ވެސް ނޭނގުނެވެ. އަލްޔާގެ ކަރުދަށު އެތަންމިތާގައި ބޮސްދެމުން ދިޔަ ލޫކަށް އަލްޔާ ދިޔައީ ފުރިހަމަ އެއްބާރުލުން ދެމުންނެވެ.

ލުއި ފަތެއްހެން އަލްޔާގެ ހަށިގަނޑު ލޫކްގެ އަތްދަނޑި މައްޗަށް އުފުލާލަމުން ނިކުމެ ބާއްވާލީ އެނދުގައެވެ. އެއަށްފަހު އެނދު ކައިރީގައި ހުރެ އޭނާ ލާފައި ހުރި ޓީޝާޓް ބޮލުން ވަކިކޮށްލުމަށްފަހު ޓައިލްސް މައްޗަށް ދޫކޮށްލިއެވެ. އެނދުގައި ހަތަރުކަޅި ހަމަކޮށް ލޫކަށް ބަލަން އޮތް އަލްޔާ އަށް ބަލާލިއެވެ. ލޫކް ގެ ލޮލުން އަލްޔާ އަށް ފެނުނީ މީން ދުވަހަކު ވެސް ފެނިފައިނުވާ އަސަރުތަކެކެވެ. މިދަނޑިވަޅު ލޫކް އަލްޔާ އަށް ބޭނުންވެފައިވާ މިންވަރު ލޫކް ގެ ލޮލުން ހާމަވާން ހުއްޓެވެ. އަލްޔާގެ އެއްފަރާތުން އެނދުގައި އޮށޯތް ލޫކް އަލްޔާ ގެ މޫނާއި ކައިރިވެލިއެވެ. އެވަގުތު ލޫކް ގެ ހޫނު ނޭވާތައް އިހުސާސްވެ ދެލޯމަރާލެވުން ވީ ލޫކަށް ދެވުނު އިތުރު ދައުވަތަކަށެވެ.

އެކަތިގަނޑެއްހެން އެނދުގައި ހަރަކާތްތެރިވަމުން ދިޔަ ދެމީހުންނަށް ވެސް ކުރެވެމުން މިދަނީ ކިހާ ވަރެއްގެ ކަމެއް ކަން ރޭކާ ވެސް ނުލައެވެ. ހިމޭންކަން ވެރިވެފައިވާ ކޮޓަރި ތެރެއިން ފާހާނާއިގެ ޓައިލްސްތައް މައްޗަށް ފެންފައިބާ އަޑު ނޫން އަޑެއް ނީވޭއެވެ. ނަމަވެސް އިވެމުންދާ ވާރޭގެ އަޑުން އެއަޑު ވަނީ ފަނޑުކޮށްލާފައެވެ.

ލޫކް ގެ އަތް އަލްޔާގެ ބަނޑާއި ބުރަކަށްޓާއި ހިސާބުގައި އެއްވެސް ހުރަހެއްނެތި ބީހެމުން ދިޔަ ވަރަކަށް އަލްޔާގެ ހަށިގަނޑަށް އަންނަ ލޮޅުންތައް ދިޔައީ އިތުރުވަމުންނެވެ. އަލްޔާގެ ޓޮޕްކޮޅު ހަށިގަނޑުން ވަކިކޮށްލަން ލޫކް ހިފާލި ވަގުތު އެއީ ޓައިލްސްތައް މަތީގައި އޮތް އަލްޔާގެ ފޯނު ރިންގުވާން ފެށި ވަގުތެވެ. އެވަގުތު އެދިމާލަށް އަލްޔާ އަށް ބަލާލެވުނީ ކޮންމެހެން އެއަޑަށް ސަމާލުކަން ދީގެނެއްނޫނެވެ.

ކޮންމެ ކަމަކަށް ވެސް ރަނގަޅު ވަގުތެއް އޮންނާނޭ ބުނާ ފަދައިން މިދަނޑިވަޅު އަލްޔާ އަށް އެފޯނަށް ބަލާލެވުން ވެގެން ދިޔައީ އަލްޔާގެ ބޮލަށް އަރާއިން ޝައިތޯނާ ފައްސާލަން ލިބުނު ބާރެއް ކަމުގައެވެ. އެހެންކަމުން  ފޯން ގެ ޑިސްޕްލޭއަށް އަރާއިން ޝައިމް ގެ ފޮޓޯ ފެނުމާއެކު އަލްޔާ އަށް ހަމަބިމަށް އާދެވުނެވެ. އަލްޔާ ގައިމަތީގައި އޮތް ލޫކަށް ބަލާލެވުނީ ދެލޯ ބޮޑުކޮށްލަމުންނެވެ.

ކުއްލިއަކަށް އަލްޔާ ކޮށްލި އަވަސް ހަރަކާތަކާއެކު ގައިމަތީގައި އޮތް ލޫކް އެއްފަރާތަށް ކަހާލިއެވެ. ހަމަ އެހާ އަވަހަށް ފާހާނާ އަށް ވަދެ ދޮރުލެއްޕިއެވެ. އެނދުގައި އޮތް ލޫކް ހަމައަކަށް އެޅެން ވަގުތު ނެގިއެވެ. ކުރެވުނު ކަންތަކުން ލޫކް އިންތިހާ އަށް ދެރަވެއްޖެއެވެ. އެނދުގައި ހުރި ބާލީސްތައް ތިރިއަށް އުކާލެވުނީވެސް ކެތްނުވުމުންނެވެ. އެހިސާބަށް ލޫކަށް ދެވިގެންނުވާނެއެވެ. ވަގުތު އޮށްވާ އަލްޔާ އެހެދިގޮތް ވަރަށް ރަނގަޅެވެ. ދެން ލައި ހީކުރާނީ ވެސް ކީކޭ ހެއްޔެވެ؟ ފާހާނާ އިން ނިކުތް އަލްޔާ ހުރީ ތެމިފައި އޮތް ޖެކެޓްލާ މޫނުވެސް ދޮވެގެންނެވެ. ތުންފަތް ކައިރީގައި ފޭދިފައި ހުރި ލިޕްސްޓިކް ކޮންމެސް ވަރަކަށް ފާޅުވާން ހުއްޓެވެ. ޓައިލްސް މަތީގައި އޮތް ފޯން ހިފައިގެން ނިކުންނަން ދޮރުގައި ހިފާލުމަށްފަހު މަޑުކޮށްލީ ކީއްވެކަމެއް ނޭނގެއެވެ.

 

“އަހަރެމެން ދެމީހުން ދޭތެރެ ކަމެއް ވި ކަމެއް އަހަރެން ނުދެނަހުރިން. ކަމެއްވިކަން ލޫކަށް ހީވާނަމަ އެއީ ނުވާ ކަމެކޭ ހީކޮށްލާ” ބަން ލާފައި ދޮރު ލައްޕާފައި އަލްޔާ ބޭރަށް ނިކުންނަން ދިޔައީ ދުވަމުންނެވެ. ނަސީބަކުން ބޭރުންް މީހަކު ފެންނާކަށް ނެތެވެ. މައި ދޮރާއި ހަމައިން އަލްޔާ އަތުގައި ހިފެހެއްޓީ ސަޖޫލް އެވެ. ސަޖޫލް އާއި ދިމާލަށް އަލްޔާ އެނބުރުނު އިރު ދެލޯ ވީ ފެންކަޅިވެފައެވެ. ތުންފަތް ކައިރީގައި ލިޕްސްޓިކް ގެ ރަތްކުލަ ފޭދިފައި ހުރުމުން ވީ ގޮތް ސަޖޫލް އަށް އެނގުނެވެ. ސަޖޫލް ގެ އަތް ފޮޅުވާލާފައި އަލްޔާ ދުއްވައިގަންނަން ހިނގައިގަތް ވަގުތު ސަޖޫލް އަލްޔާގެ އަތުގައި ހިފާ ހުއްޓުވިއެވެ.
“ލައި… ކީއްވެ ތެމިގެން…. ކަމެއްވީތަ؟ ކީކޭ ލޫކް ބުނީ”  ހުރިހާ ސުވާލެއް އެއްފަހާރާ ސަޖޫލް ކޮށްލިއެވެ. ނަމަވެސް ސަޖޫލަށް ފުރަގަސްދީގެން ހުރި އަލްޔާ ބުނާނީ ކީކޭ ހެއްޔެވެ؟ ކުރެވުނީ ކޮށްގެންވާވަރުގެ ކަމެއް ނޫނެވެ. ލޫކަށް އެފަދަ ފުރުސަތެއް ދެވުނީ ކީއްވެހެއްޔެވެ؟ މިހާރު ވެސް ލޫކް ގެ ބީހުންތައް އަލްޔާ އަށް އިހުސާސްވާ ކަހަލައެވެ. މިވަގުތު ބޭނުމީ އެކަނިވެލާށެވެ.

“ލައި! އައެމް ޓޯކިންގް ޓު ޔޫ…..” އަލްޔާ ގެ އަތުގައި ހިފާ ތަޅުވައިގަންނަމުން ސަޖޫލް ބުންޏެވެ. ސަޖޫލާއި ވީ ދިމާލަށް އެނބުރިލުމަށްފަހު އަލްޔާ ސަޖޫލް ގައިގާ ބައްދައިގަތެވެ. އަލްޔާ ރޮމުންދިޔަ އަޑު ސަޖޫލަށް އިވެންފެށުމުން ކަމެއް ގޯސްވެއްޖެކަން އެނގުނެވެ.

“އޭތް… ހިނގާބާ ކޮޓަރިއަށް. ޝައިމް ދެންމެ ގުޅި. ބުނި ލައި ފޯނެއް ނުނަގައޭ. ބުނާށޭ ހިއެއްނުވެއޭ އަވަހަށް ގެއަށް އާދެވޭނެހެން. އެހެންވީމަ މިރޭ އޯކޭވާނެ ލައި މިގޭގައި މަޑުކުރިޔަސް” އަލްޔާ އަތުގައި ހިފައިގެން ސަޖޫލް އޭނާގެ ކޮޓަރިއަށް ވަދެ އެނދުގައި ބައިންދަމުން އަލްޔާގެ ހަށިގަނޑުގައި ސަޖޫލްގެ ތުވާލި އޮޅާލިއެވެ.

“ހޫނ.. ބުނެބަލަ. ކިހިނެކޭވީ” އަލްޔާ ކައިރީގައި އިށީންނަމުން ސަޖޫލް އަހާލިއެވެ.

“ސަޖޫ. އަހަރެންނަށް ވަރަށް ބޮޑު ކުށެއް ކުރެވިއްޖެ. އަހަރެން އެގޮތަށް ލޫކަށް ފުރުސަތު ދީގެން ނުވާނެ…. މަށަށް މިހެދުނީ ވަރަށް ބޮޑު ގޯހެއް. ޝައިމް އަށް އެނގުނިއްޔާ ހީކުރާނީ ވެސް ކީކޭ…. އޯވްގޯޑް ސަޖޫ…… އައި ޖަސް ހޭޓް ޔޫ އަލްޔާ” ބޮލުގެ ދެފަރާތުގައި ހިފައިގެން އިނދެ އަލްޔާ އަމިއްލަ ނަފްސަށް އަޑުލަމުން ދިޔައެވެ.

“ވަޓް؟… ލައި …. ޔޫ މީން…. ޔޫ އެންޑް ލޫކް…… ކީއްތިކުރީ ލައި… ކީއްވެ ކޮންޓްރޯލް ނުކުރީ” ސަޖޫލް ހައިރާންވެފައި އަލްޔާ އަތުގައި ހިފާ ތަޅުވަން ފެށިއެވެ.
“ނޭނގެ ސަޖޫ މަށަށް ވެފައި ހުރި ގޮތެއް. އެކަމަކު…… އަހަރެން ޒިނޭއެއް ނުކުރަން. އެކަމަކު ފާފައެއް ވާނީ ހަމަ ފާފައަކަށް ދޯ ކިތަންމެ ކުޑަޔަސް ބޮޑަސް. ސަޖޫ ކީއްކުރަން އަހަރެން އެކޮޓަރިއަށް ވެއްދީ. އަހަރެ…. އަހަރެން ކިހިނެއް ލޫކް ހިފަހައްޓާނީ… އައި ލަވް ހިމް ސޯމަޗް…..”  އަލްޔާ މޮޔައެއްހެން ރޮމުން ދިޔައެވެ.

“ރިލޭކްސް ލައި…. އަޅާނުލާ… އެއީ ނުވާކަމެކޭ ހީކޮށްލާ…. ނަސީބެއްނު ފަހު ވަގުތު ޝައިމް ގެ ފޯން އައިކަން ވެސް…..” ސަޖޫލްގެ ކޮނޑުގައި ބޯއަޅާލައިގެން އިން އަލްޔާގެ މޫނުގައި ފިރުމާލަމުން ސަޖޫލް ވާހަކަދެއްކިއެވެ.

“ސަޖޫ… ލޫކް އަހަރެންގެ ހަށިގަނޑުގައި ޓަޗްކޮށްފި. ދެން ކިހިނެއްހަދާނީ. އަހަންނަކަށް ނުކެރޭނެ ދެން އޭނަ ކުރިމައްޗަށް އަރާކަށް. އަހަރެން ބޭނުމީ ގެއަށްދާން”  އަލްޔާ އަށް އަނެއްފަހަރު ވެސް ރޮވުނެވެ.

“މިއަދު ކުޑަވަގުތުކޮޅެއް ލަސްވި ނަމަވެސް އަހަރެން ލޫކް ކުރިމަތީގައި ބޭޒާރުވެގެން ދިޔައީސް. އަހަރެންނާއި ޝައިމް އާއި މެދު އެކަހަލަ ގުޅުމެއް ނެތްކަން ލޫކަށް އެނގޭކަށް މަށެއް ބޭނުމެއް ނޫން. އެހިސާބަށް ނުދަނީސް އަހަރެންނަށް ލޫކް ހިފެހެއްޓުނުކަން އެއީ ހަމަ ވަރަށް ބޮޑު ނަސީބެއް” މޫނުމަތީގައި އަތް އަޅައިގެން އިނދެ އަލްޔާ ވާހަކަ ދައްކަމުން ދިޔައެވެ. ސަޖޫލް ވެސް ދިޔައީ އަލްޔާގެ ބޮލުގައި އާއި އަތުގައި ފިރުމަމުންނެވެ.

“އަޅާނުލާ. ނުބައި ހުވަފެނެކޭ ހިތަށް އަރުވާފައި ހަނދާންނައްތާލާ. އެނގޭ ހިތުންފިލުވާލަން އުނދަގުވާނެކަން. އެކަމަކު ކެތްތެރިވާންވާނެ.  ދެން ހިނގާ ނިދަން އުޅެމާ. ތިކޮޓަރިއަށް މަންމަ ވަންނަން އުޅެނިކޮށް މަށަށް ހިފެހެއްޓުނީ ކިރިޔާ. އެވެސް ނަސީބު”  ސަޖޫލް ގެ އަލަމާރި ހުޅުވާލަމުން އަލްޔާ ނިދަންލާން ޓީޝާޓަކާއި ހަރުވާޅެއް ދިނެވެ. އެއަށްފަހު ސަޖޫލް އުޅުނީ ތެތް ހެދުމާއެކު އަލްޔާ އިށިންތައް ތެމިފައި ހުރުމުން އަވަހަށް ބެޑްޝީޓް ބަދަލުކުރުމަށެވެ.

 

ފާރުގައި އެއް އަތް ވިއްދައިގެން މާގަނޑު ދަށުގައި ހުރި ލޫކް ގެ ލޮލުން ފައިބަމުންދާ ކަރުނަތައް ފެންތަކާއި އެކުވަމުން ދިޔައެވެ. ކުއްލިއަކަށް ލޫކަށް އެވީ ގޮތަކާއި މެދު ވިސްނާ ވިސްނާ ބޯ ފަޅައިގެންދާ ވަރުވިއެވެ. އަލްޔާ އާއި އެކުގައި ލޫކް ހީވެސް ނުކުރާހާ ހިސާބަށް ދެވިއްޖެއެވެ. މީކީ މިކަން ވާންވީ ގޮތެއް ނޫނެވެ. ލޫކަކީ އެހާ ނުބައި މީހެއް ނޫނެވެ. އަލްޔާ ދެކެ ލޫކް ވީ ހަގީގީ ލޯތްބެވެ. އަލްޔާ އެހެންމީހެއްގެ ހައްގަކަށް ވީ ދުވަހު އަމިއްލަ ނަފްސަށް ވީ ވައުދު ދާދި ދެންމެއާއި ޖެހެންދެން އަދާކުރިއެވެ. ނަމަވެސް އަލްޔާ އާއި މެދު އެވީ ކަންތަކުގައި ލޫކް ކުށްވެރިވާންވި ސަބަބަކީ ކޮބާ ހެއްޔެވެ؟ ހިތްފުރާ ރޯލަން ލޫކް ބޭނުންވިއެވެ. ގޮށްމުށުގެ އެތިފަހަރެއް މިފަހަރު އަމާޒުވެގެން ދިޔައީ ފާހާނާއިގެ ކުށެއް ނެތް ފާރަށެވެ. މިއީ އިންސާފެއް ނޫނެވެ. އަމިއްލަ ނަފްސުގެ މައްޗަށް ލޫކަށް ބާރު ނުފޯރުވުނީ އަލްޔާ ދިން ހިނިތުންވުމެއްގެ ސަބަބުންނެވެ. ފަހު ވަގުތު އަލްޔާ ހުއްޓުވިކަމަށްޓަކައި ލޫކް އުފާ ކުރިއެވެ. ފަހަރެއްގައި ވެސް ލޫކް ބޭނުންވީ އަލްޔާގެ ފަރާތުން ވަގުތީ އުފަލެއް ނޫނެވެ. އަލްޔާ އާއި ލޫކާއި ދެމެދުގައި ހިނގާ ދިޔަ އަމަލުތައް ކޮޅެއްގައި ނުޖެހުނަސް ކުރެވުނީ ފާފައެކެވެ. އަލްޔާގެ ހަށިގަނޑުގައި އަތްނުލާންވީ ކިތަންމެ ހިސާބެއްގައި ލޫކަށް އަތް ބީއްސުނެވެ. އަލްޔާ ހީކުރާނީ ކީކޭ ހެއްޔެވެ؟ ލޫކް ގެ ސިކުނޑިއަށް ބާރު ކުރަމުން ދިޔަ ވަރަކަށް އެހިތުގައި އަޅަމުން ދިޔަ ވޭންތައް ދިޔައީ ބޮޑުވަމުން ދިޔައެވެ. ނަތީޖާ އަކަށް ވެގެން ދިޔައީ ލޫކް މޭގައި ތޫނު ތަދެއް އުފެދި މަޑުމަޑު ގިސްލުމެއްގެ ފާހާނާ ތެރެއިން އިވެމުން ދިޔަ ފެން އަޑުގެ ތެރެއަށް އެކުވެގެން ދިޔުމެވެ.

 

ދެދުވަސް ފަހެވެ. ހިމޭންކަން ވެރިވެފައިވާ ކޮޓަރި ތެރެއިން އިވެމުން ދިޔަ ފަންކާގެ އަޑަށް ސަމާލުކަން ދީގެން ނިތްކުރި މައްޗަށް އެތް އަތް އެއްލައިގެން ފަންކާ އަށް ބަލަހައްޓައިގެން އަލްޔާ އޮތެވެ. ދުވަހަކީ ހުކުރު ދުވަހަށް ވުމުން މެންދުރު ނަމާދު ކޮށްގެން އަލްޔާ އޮށޯވެލީ ބޮލުގައި ރިއްސާ ވަރުންނެވެ. ޒޫނީ ގޮވައިގެން ޝެނާ ރައްޓެއްސެއްގެ ގެއަށް މެންދުރު ކެއުމަށް ދިޔުމުން އެވަގުތު ގޭގައި ތިބީ އަލްޔާ އާއި ޒީޝާން އެކަންޏެވެ. ޒީޝާން ވެސް ނަމާދު ކުރަން ވަން ގޮތަށް ކޮޓަރިން ނުނިކުންތީ އަލްޔާ ވެސް ނިކުންނަން ބޭނުން ނުވީއެވެ. ހުކުރަށް ދިޔަ ޝައިމް ވެސް ނައިސް ލަސްވިޔަސް އަލްޔާ ގުޅާލަން ވެސް އޮތީ ހަނދާން ނެތިފައެވެ. އަލްޔާގެ ވިސްނުމާއި ގުޅިފައިވަނީ ލޫކާއި އެކު ހިނގާ ދިޔަ ހާދިސާއެވެ.

ސަޖޫލް ބުނި ގޮތަށް ނުވާ ކަމެކޭ ހީކުރިޔަސް އެއީ ވެނިމިފައި އޮތް ކަމެކެވެ. ކިތަންމެ ނޫންކަމަށް ހެދުނަސް ވީ ކަމެއް ނުވާކަމަކަށް ނުހެދޭނެއެވެ.

އަލްޔާ އެހެން އޮންނަތާ އެއްގަޑީރު ފަހެވެ. ކޮޓަރީގެ ހިމޭންކަން މުގުރާލީ ކައިރީގައި އޮތް ފޯނަށް އައި މެސެޖް އެލާމްގެ އަޑުންނެވެ. ހަށިގަނޑަށް ގުޑުމެއް ވެސް ނުގެނެސް ފޯނު ނަގާ މެސެޖް ހުޅުވާލާ ބަލާލިއެވެ. ފުންމައިގެން ތެދުވެ މީހާ ހަމައަކަށް އެޅިލިއެވެ. ލޫކް މެސެޖް އެކުރީ ކީކޭ ކިޔާފައި ހެއްޔެވެ؟ އެނދުގެ ހެޑްބޯޑުގައި ކުޝަންއެއް ލައްކޮށްލުމަށްފަހު އޭގައި ބުރަކަށި ޖައްސާލަމުން ފޯނަށް ބަލާލިއެވެ. މެސެޖް ހުޅުވާލިއިރު އަތުގައި ވަނީ މަޑު ތުރުތުރެއް އުފެދިފައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ހުރީ ވެވިފާ ބާކީ… (ތިންވަނަ ބައި)

Next

ޝެލީން 5

Next
November 23, 2016

ޝެލީން 5

Previews
November 23, 2016

ހުރީ ވެވިފާ ބާކީ… (ތިންވަނަ ބައި)

24 Comments!

  1. Ushaali says:
    November 23, 2016 at 6:17 pm

    assalam alaikum huriha kudhin. miothy part 19. mi bai ves huriha kudhinnah kamudhaane kamah heekuran. enjoy…. dhn in bai ves varah avahah genesdheynan… insha allah… 🙂 🙂 🙂

  2. Thaa says:
    November 23, 2016 at 6:42 pm

    Varah reethi mi part me first

  3. Petite says:
    November 23, 2016 at 6:52 pm

    Alhe dhn shaim bust kollaba..

  4. julie says:
    November 23, 2016 at 6:52 pm

    Story varah nice…ushaa dhn avahah lai ah shaim ge hageegah angabala next part avah up kondhehchey plx plx

  5. Mary says:
    November 23, 2016 at 6:53 pm

    Adhives falha araakah noolheytha shaim ge kanathah thah lai ah.

  6. ninaal says:
    November 23, 2016 at 6:58 pm

    vv reethi and waiting for next prt ……….me secnd

    1. ninaal says:
      November 23, 2016 at 7:00 pm

      sorry me 5th dhw

  7. Alya says:
    November 23, 2016 at 7:26 pm

    Alhe kykey tha msg ga othy

  8. nanyyyy says:
    November 23, 2016 at 7:31 pm

    varah reethi mi part. ekamaku alhe pls pls pls pls alya n shaim aa evves gulhumeh nubaavahchey. shaim aa dheytherey hamdharudheevegen anbehgge vaajibu adhaa kuraagothah ves nugendhahchey. eyrun varah dheravaane. dhen avahah luke and alya gulhuva dheebala. bodah luke and alya ge bai kiyan beynunvanee. pls shaim and alya nugulhuvaathi. zeeshan ves kihaa loabivey shaim dheke. eyna ah dhevey kihaa bodu dheraeh dho aslu 🙁 🙁 🙁

  9. Reader says:
    November 23, 2016 at 7:33 pm

    Omg….
    vrh vrh reeethi alhe dhn shaim ge kanthan falhaa aruvaalabr….
    waiting fr nxt part..
    Ur’e a awesome writer…??

  10. Azza says:
    November 23, 2016 at 7:39 pm

    Mi part vvvreeti avaha shaim ge kantah bast kohlabala noonee Luke lobivaakan lai ah angaaladeeba pls pls next part Konirakun ta Aleyyyyy

  11. mixoo says:
    November 23, 2016 at 7:40 pm

    Thanks usha..☺
    im loving this story more and more?
    waiting for the next part..?

  12. Herrr says:
    November 23, 2016 at 7:49 pm

    Awesome…. avahah e shaim ge hageegaiy angaba. Luke aa lai ge baithah gina kohllaafa.. adhi eh rea lai zeeshaan aa shaim ge kotari ah vadhaba. Adhi burst kohlla. Earun v salhi vaane lai shaim dheytherea kameh nuhiganis…. u r best ushaaly

  13. Leena says:
    November 23, 2016 at 7:59 pm

    Vvvvv hadi mihuna idagen saim aa alya ula vatharu

  14. Saee says:
    November 23, 2016 at 9:04 pm

    Vaa salhiey….bunelaany adhives ithurah reethi kollah chey nd thanks usha, ur one of the best writer, MashaAllah

  15. Navya says:
    November 23, 2016 at 10:47 pm

    Vvvvv reethi mibaives..❤ thnx ushaali… look nd lai gulhuva dhehchey… v kiyaahithun mi iny next part. .

  16. THIHTHA GE DHON DHON BULHAA says:
    November 23, 2016 at 11:20 pm

    best of the best <3

  17. fathun says:
    November 23, 2016 at 11:23 pm

    msg ga alyaa luke dheke ithurah foohivaa kahala ehcheh nu liyahchey plx, v salhi mi vaahaka kiyaahithun keiy madhuvefa,

  18. sonaalee says:
    November 23, 2016 at 11:27 pm

    Avahah shaim bust kollaba..lai aa shaim kaariviya nudhehchey ..lai aee hama ekani look ge hahgeh..

  19. Shaayaa says:
    November 23, 2016 at 11:35 pm

    Avahah shaim bust kohlabalaa… Varah reethi mi part ves….

  20. haz says:
    November 23, 2016 at 11:38 pm

    Oh ushaali i love this story.n u know what i love each n every story of u.ur stories are so amazing.

  21. mai says:
    November 24, 2016 at 8:31 am

    Varah reathi story

  22. Irene says:
    November 24, 2016 at 3:53 pm

    Story up khdheeba… Plxxxx

  23. Shaff says:
    November 24, 2016 at 11:04 pm

    V nice story. Kn irakun aneh bai annany . Cant wait

Comments are closed.

Next Episodeވާލޯބި އެނގޭނަމަ… 20←


All Right Reserved!