Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހުރީ ވެވިފާ ބާކީ… (ތިންވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
November 23, 2016 8 Mins Read
22 Comments

ލިފްޓު ތެރޭގައި އިކާން އިނީ ނޭވާ ހިފަހައްޓައިގެންނެވެ. ސިރާޖާ އެކު އެވީ ކުޑަ ވަގުތު ކޮޅުގައި އިކާނަށް ވަމުން ދިޔަ ގޮތްތައް ސިރާޖަށް ފާހަގަ ވަމުން ދިޔައެވެ. އެންމެ ތިރީ ބަޔަށް އައިސް ލިފްޓުގެ ދޮރު ހުޅުވުމުން ލިފްޓުން ފުރަތަމަ ނުކުތީ ސިރާޖެވެ. ސިރާޖް ލިފްޓުން ނުކުތުމުން އިކާން ފުން ނޭވާއެއް ބޭރުކޮށްލިއެވެ. މަޑު ހިނގުމެއްގައި ލިފްޓުން ނުކުމެ އިކާންގެ ފޯނު ނަގާ އޭނާގެ ޑްރައިވަރަށް ގުޅާލިއެވެ. ގ.ރޯޒްވިލާ ކައިރިއަށް އަންނާށޭ ބުނެ ކަންފަތުން ފޯނު ދުރުކޮށްލުމަށްފަހު އިކާން ގޭޓާ ދިމާއަށް ދާން އެނބުރިލީ ހަމަޖެހެން މަސައްކަތް ކުރަމުންނެވެ. ނަމަވެސް އޭރު މޫނާމޫނު ޖެހޭހާ ކައިރީގައި ހުރި މީހާ ފެނި ސިއްސައިގެން ދިޔުމުން އިކާނަށް ހަޅޭއް ލަވައިގަނެވުނެވެ.

“ވަޓް ދަ…”

އިކާންގެ މޭގަނޑު އަނގަޔަށް ނައީ ހަމަކިރިޔާއެވެ. އޭރު ސިރާޖް ހުރީ ހިނިއައިސްފައެވެ. ގަސްތުގައި އިކާން ބިރުގަންނަވާލީއެވެ. އިކާން ގާތަށްވެސް އެވަގުތު ހިނިއައެވެ. ކިޔެން އުޅުނީ ކިހާވަރެއްގެ އެއްޗެއްކަން ހިތަށް އެރުމުން ހާސްވާ ގޮތްވިއެވެ. ސިރާޖްގެ މޫނަށް އިކާން ބަލާލީ އެކަން ސިރާޖަށް ރޭކާލިތޯ ޔަގީންކުރާށެވެ. އޭރުވެސް ސިރާޖަށް ހަމަ ހެވެނީއެވެ. ހިނިގަނޑު ހަމައަކަށް އެޅުމުން ސިރާޖް ވާހަކަ ދައްކަން ފެއްޓިއެވެ. “ސޮރީ… ތާރާ ބުނީ ރަނގަޅަށް.. އެކަމަކު އިކާން އެހާ ފަސޭހައިން ސިހޭނެއެކޭ ބައްޕަގެ ހިތަކަށް ނާރާ….”

ރައްދުގައި އެއްޗެއް ބުނަން ނުކެރި ހުރެ އިކާންގެ އިސްތަށިގަނޑުގައި އަތް ހާކާލަމުން އިސް ޖަހާލިއެވެ. ފުން ނޭވާއެއް ބޭރުކޮށްލަމުން އިކާނާ ދިމާއަށް ސިރާޖް ބަލާލީ ވަރަށް ސީރިއަސް ގޮތަކަށެވެ. ސިރާޖް ވަރަށް ބޮޑު ވާހަކައެއް ދައްކަން އުޅޭހެން އިކާނަށް ހީވިއެވެ.

“އިކާން… ބައްޕައަށް އިނގޭ އިކާންއަކީ ކޮންކަހަލަ ކުއްޖެއްކަން؟…”

ސިރާޖްގެ އަނގައިން ނުކުތް ޖުމްލައިން އިކާންގެ ހަތަރެސްފައި ގަނޑުވި ކަހަލައެވެ. އަނެއްކާ ތާރާގެ ބައްޕައަށް ހުރިހާކަމެއް އެނގެނީ ބާވައޭ ހިތަށް އެރިއެވެ. ހިތުގެ ވިންދު އަވަސް ވަމުން ދިޔަވަރަކަށް އިކާންގެ ހިތުގައި ބިރުވެރިކަމެއް އަށަގަންނަމުން ދިޔައެވެ. ސިރާޖާ ދިމާއަށް ކަޅި ހުއްޓައިގެން އިކާން ހުރީ ސިރާޖް ދެން ބުނާނެ އެއްޗަކާ މެދު ވިސްނާށެވެ.

“ބައްޕައަށް އިކާން އިނގެނީ މޮޅު ލަވަކިޔުންތެރިއެއް ގޮތަކަށް ނޫން…. އިކާންގެ އާއިލާއަކީ ބައްޕަ ވަރަށް ރަނގަޅަށް ދަންނަ ބައެއް… ތާރާގެ ޗޮއިސް ބައްޕައަށް ވަރަށް ކަމުދެއޭ ބުނެވޭނީ… އެކަމަކު ބައްޕައެއްގެ ހައިސިއްޔަތުން ދައްކަންޖެހޭ ވަރަށް ބޮޑެތި ވާހަކަތައް ހުންނާނެ ކަން އިކާނަށް އިނގޭނެ… ތާރާއަކީ އަހަރެންގެ ހުރި ހަމައެކަނި ދަރި… ތާރާއަށް ދެރަގޮތެއް ވާކަށް ބައްޕައެއް ނޭދެން… ގަބޫލުކުރަން ދެކުދިންވެސް ވަރަށް ޅަ.. އެކަމަކު މިހާރު ތި ނެގެނީ ވަރަށް ބޮޑު ފިޔަވަޅެއް… ކައިވެންޏަކީ ދިރިއުޅުމުގަ ނެގޭ ވަރަށް ބޮޑު ފިޔަވަޅެއް… ދަރިފުޅާ އެކު އުފަލުގައި ތާރާ ގެންގުޅެވޭނެ ކަމުގެ ޔަގީންކަން އޮތިއްޔާ ބައްޕައަށް ނިމުނީ…”

ސިރާޖް ދެއްކި ވާހަކަތަކާ އެއްވަރަށް އިކާން ދިޔައީ ބޯ ޖަހަމުންނެވެ. ހީކުރިގޮތާ ހިލާފަށް އެހެން ވާހަކަތަކެއް ސިރާޖް ދެއްކުމުން އިކާންގެ ހިތަށް ލުއި ކަމެއް އިހްސާސްވިއެވެ. ތާރާގެ ބައްޕަ ދެއްކި ވާހަކަތަކަށް ރައްދު ދޭނެ ގޮތެއް އިކާނަކަށް ނުވިސްނުނެވެ. ދައްކާނެ ވާހަކައެއް ބުނާނެ އެއްޗެއް އަނގައިން ބޭރުވާ ގޮތެއް ނުވިއެވެ. އެތައް ލަފްޒުތަކެއް ސިކުނޑީގައި އެނބުރެމުން ދިޔަ ނަމަވެސް އެ ބަސްތައް ހަމަޖެހޭ ގޮތަކަށް އަތުރާ ނުލެވިފައިވާ ކަހަލައެވެ. އެ ދެމެދުގައި ވީ ހަމަހިމޭންކަން ނަގާލީ ގޭޓް ކުރިމައްޗަށް މަޑުކުރި ކާރުގެ ބަރުގޮނުގެ އަޑެވެ.

“ދެޓްސް މައި ކާރ… ސިރާޖްބޭބެ ކޮންތާކަށްތޯ ދުރުވަނީ؟…” ކާރާ ދިމާއަށް އިޝާރާތް ކޮށްލަމުން އިކާން އަހާލިއެވެ.

“ސިރާޖްބޭބެ އޭ… ނޯ ބައްޕަ ކިޔާ… ބައްޕަ ބަލާ އެބައާދޭ…” ސިރާޖް މިހެން ބުނަމުން އިކާންއާ ސަލާމްކޮށްލަން އަތް ދިއްކޮށްލިއެވެ. ސިރާޖްގެ އަތުގައި އިކާން ހިފާލި އިރު އޭނާގެ ހިތް ދިޔައީ ތެޅި ފޮޅެމުންނެވެ. އިކާންގެ އަތުގައި ސިރާޖް ހިފާ ލަމުން އިކާންއާ ގާތްވެލަމުން އިކާންގެ ގައިގާ ސިރާޖް ބައްދާލިއެވެ. އިކާންގެ ހިތުގެ ވިންދު އަވަސް ވެފައިވާ މިންވަރު ތާރާގެ ބައްޕައަށް އެނގިދާނެތީ އިކާން ހުރީ ނޭވާ ހިފަހައްޓައިގެންނެވެ. ސިރާޖްގެ މޫނަށް ބަލާލުމަށްފަހު ހިނިތުންވެލަމުން އިކާން ކާރާ ދިމާއަށް ހިނގައިގަތެވެ. އިކާން ބިރުގެންފައި ހުރިވަރު ސިރާޖަށް ފެނި އޭނާ ގާތަށް ހިނިއައެވެ. ސިރާޖަށް ސިފަވީ އޭނާ ތަހުމީނާގެ ބައްޕައާ ބައްދަލު ކުރި ޒަމާންވީ އެ ދުވަހު ސިރާޖަށް އުޅެވުނު ގޮތެވެ.

ކާރަށް އަރާ ދޮރުފަތް ލައްޕާ ލަމުން ޑްރައިވަރު ގާތު ސްޓޫޑިއޯއަށް ދިޔުމަށް އިކާން އެދުނެވެ. ހާސްވެފައި ހުރިވަރުން ކަންތައް ކުރެވުނު ގޮތް ހިތަށް އެރުމުން އިކާން ޗޮކެއް ކަނޑާލިއެވެ. “ޝިޓް…. ޝިޓް… ތާރާ ބައްޕަ ހީކުރާނީ ކީކޭ… ވަޓްދަ… އެ ނޫން އެއްޗެއް ބުނާކަށް ނޭނގުނު ދޯ!..” ހިތާހިތުން އިކާން ވާހަކަ ދައްކަމުން ދިޔައީ އޭނާގެ އަމިއްލަ ނަފްސަށް މަލާމަތް ކުރަމުންނެވެ. ބޮލުގެ އިސްތަށިގަނޑަށް އިނގިލިތައް މަހާލަމުން ކާރުގެ ފަހަތުސީޓުގައި އިކާން ލެނގިލިއެވެ.

*** *** *** *** *** ***

އެންމެން ކައިގެން ކޮޓަރިއަށް ވަނުމުން ތަހްމީނާވެސް ކޮޓަރިއަށް ދާން ގަސްތުކުރިއެވެ. ކާއެއްޗެތި ހޫނުކޮށްލަން ކަމްލާއަށް ހަނދާން ކޮށްދިނުމަށްފަހު ތަހްމީނާ ކޮޓަރިއަށް ވަދެ އަވަސްވެގަތީ ނަމާދުކޮށްލާށެވެ. ނަމާދުކޮށް ނިމިގެން ތަހްމީނާ އެނދުގައި އިށީނދެ އާތިފްގެ ނަންބަރަށް ގުޅާލިއެވެ. އާތިފްގެ ފޯނު ނިވާލާފަ އޮތުމުން މިއަދު މަސައްކަތުގަ މާ ބިޒީ ދުވަހަކީ ކަން ތަހުމީނާއަށް އެނގުނެވެ. އެހެން ނޫންނަމަ ތާރާގެ ކައިވެނީގެ ވާހަކަ ދެކެވޭ ކަހަލަ މުހިއްމު ދުވަހެއްގަ އާތިފް ނައިސް ނުހުންނާނެއެވެ. އެނދުގައި އޮށޯވެ ހަމަޖެހިލަމުން ތަހުމީނާ ދެލޯ މަރާލީ އެހެން އޮވެ ނިދާލެވޭތޯއެވެ.

ރޭގަނޑު ނިދަން ކޮޓަރިއަށް ވަދެ ތާރާ އޭނާގެ ލެޕްޓޮޕް ހުޅުވާލިއެވެ. އެނދުގައި ހަމަޖެހިލައިގެން އޮށޯތީ ބަންޑުން މޭދަށަށް ބާލީހެއް ލައްވާލަމުންނެވެ. ލެޕްޓޮޕްގެ ސްކްރީން އޮން ކޮށްލަމުން އިކާންގެ ލަވަތައް ސޭވްކޮށްފައިވާ ފޯލްޑަރ ހުޅުވާލަމުން އޭގައި އިކާން ކިޔާފައިވާ ލަވަތަކުން ލަވައެއް ޕްލޭ ކޮށްލިއެވެ. އެލަވައިގެ ތެރެއަށް ގެއްލިފައި ވަނިކޮށް އެކޮޓަރިއަށް އަޒްކާ އައިސް ވަނެވެ. “ހެއި… ވާއު ތި ޖަހަނީ އިކާން ކީ އެންމެ ރީތި ލަވަ… އައި ލަވް ދެޓް ސޯންގް… ވެޑިންގް ގަ ކޮންބައެއްތަ ލަވަކިޔަން ގެންނާނީ…”

އަޒްކާ ދެއްކި ވާހަކައަށް ސަމާލުކަން ދެމުން ތާރާ ޖަހާފައިވާ ލަވައިގެ އަޑު މަޑުކޮށްލިއެވެ. “ލަވަކިޔަން އިކާން ނުބޭނދޭނެ ދޯ އޭނަގެ ވެޑިން ނައިޓްގަ… ހައު އަބައުޓް މީޒާ އެންޑް މަބްރޫކު… އެއީ ވެސް ނުލާހިކު ކިއުޓް ލަވަ ކިޔާ ބައެއް… އެންޑް އައިމް ޕްލޭނިންގް ޓު ސިންގް އަ ސޯންގް ފޯ އިކާން… އިޓް ވުޑްބީ އަ ގުޑް ސަޕްރައިސް… ކިހިނެއް ވާނީ….”

މީރާގެ ޕްލޭންތައް އަޒްކާއަށް ކިޔައިދެމުން ދިޔައެވެ. ދެކުދިން އަވަހަށް ފެއްޓީ ދިހަ ދުވަސްތެރޭ ވެޑިންގް ޕާޓީއަށް ތައްޔާރު ވާށެވެ. އެހެންކަަމުން ތާރާގެ އެންމެ ގާތް ރައްޓެހިންތައް ވައިބާރ ގްރޫޕަކަށް ލުމަށްފަހު އެ ގްރޫޕުގައި ތާރާގެ ވެޑިންގެ ވާހަކަ ދެއްކިއެވެ. އަދި މާދަމާ އެގެއަށް އެކުދިިން އައުމަށް ތާރާ އެދުނެވެ.

*** *** *** *** *** ***

ޖަހާފައިވާ މިއުޒިކަށް ވިސްނަން ހުރި އިކާން ބަލަން ހުރީ ކުރިމައްޗަށް ވާގޮތަށް ހުރި ސްޓޭންޑްގައި ހަރުކޮށްފައިވާ ގަނޑަށެވެ. އޭގައި ލިޔެފައިވާ ލަވައިގެ ޅެމަކީ އިކާނަށް އާ ޅެމެއް ނޫނެވެ. ރާގު އޭގެ ސްޕީޑްގައި ދިޔައިރުވެސް މައިކް ކައިރީ އިކާން ހުރީ ހުއްޓުން އަރާފައެވެ. ސްޓޫޑިއޯގައި ރެކޯޑިންގް ޖައްސަން ތިބި މީހުން އެހިސާބުން ރާގު ނިއްވާލިއެވެ. އިކާނަށް ކަމެއް ރޭކާލީ ޓްރެކްގެ އަޑު ކެނޑުމުންނެވެ. “އިކާން.. ވެއާ އާޔޫ… ލަވަ ނުފައްޓާ ހުރެ ޓްރެކް އެހެރަ ދަނީ… އަނެއްކާ މި ޖައްސަނީ….” ސްޓޫޑިއޯގެ ބޮޑަކަށް ހުރި މީހާ ވާހަކަ ދެއްކިއެވެ.

އިކާން ހަމަޖެހެން މަސައްކަތް ކުރަމުން އަނެއްކާ ޓްރެކް ޖައްސާށޭ ބުނެލީ ސްޓޫޑިއޯ ތެރޭ އިށީނދެގެން އިން އޭނާގެ އެންމެ ގާތް އެކުވެރިޔާއަ ދިމާއަށް ބަލާލަމުންނެވެ. ފިޒާމް އިނީ އިކާންގެ ހަރަކާތްތަކަށް ރަނގަޅަށް ބަލާށެވެ. އިކާނަށް އަންނަމުން ދާ ބަދަލުތައް އެންމެ ގާތުން ފެންނަ އެކަކަކީ ފިޒާމެވެ. 

ލަވައިގެ މައިގަނޑު ކިޔާ ނިންމާލުމުން އަނެއްކާވެސް ޓްރެކް ނިއްވާލިއެވެ. “އިކާން… ވަޓްސް ރޯންގް… ހާދަ ބްލޭންކޭ.. އެއްވެސް ފީލެއް ނެތް… މަރުވެފަ ހުރި މައްޔިތަކު ގެނެސް ލަވަ ކިޔުއްވިޔަސް މިއަށްވުރެ ރީއްޗަށް ކިޔާނެ… ލެޓްސް ޑޫއިޓް ވަންމޯ ޓައިމް…”

އިކާން ކަރުކެހިލަމުން ބޯ ޖަހާލީ ގަދަކަމުން ހިނިތުންވާން މަސައްކަތް ކުރަމުންނެވެ. ޓްރެކް ޖަހާލުމުން އިކާންގެ ދެލޯ މަރާލަމުން މިއުޒިކްގެ ތެރެއަށް ގެނބެން މަސައްކަތް ކުރިއެވެ. ފުން ނޭވާއެއް އެތެރެކޮށްލުމަށްފަހު ލަވައިގެ މައިގަނޑު އިކާންގެ އަސަރުގަދަ އަޑުން ކިޔާލިއެވެ.

އެ ހޯދި އުފާތަކާ، އެ މަސްތީ ރޭތަކާ…

އެއައި މޫސުމް ނަޔާ، މިލާ ނެތިގެން ދިޔާ…

އެފަރި ހިނިތުންވުމާ އެރީތި ބެލުންތަކާ…

ހަނދެއްފަދަ ރީތިކަން ލޮލަށްވީ ގެއްލިފާ…

އެމަންޒިލްއަދު ކޮބާ؟.. އެހަނދުވަރު އޮއްސިފާ…

     ހުރީވެވިފާ ބާކީ…..

މައިގަނޑު ރަނގަޅަށް ކިޔާ ނިމުން އިރު އިކާނަށް ވަނީ ރޮވެން ކައިރިވެފައެވެ. ޓްރެކް ނިއްވާލުމުން އިކާން ދެލޯ ހުޅުވާލިއެވެ. އޭރު ސްޓުޑިއޯގަ ތިބި އެންމެން އެކީ ކޮޅަށް ތެދުވެއްޖެއެވެ. އެންމެން އެކީ އަތް ޖަހާލިއެވެ. “ވާއު… ދެޓްސް ވަޓް އައި ވޯންޓް…”

ހިނިތުންވެލަމުން އަތުގެ އިޝާރާތުން އިކާން ބްރޭކެއް ބެނުންވާކަމަށް ބުނެ ސްޓޫޑިއޯއިން ބޭރަށް ނުކުމެވެންހުރި ބެލްކަންޏަށް ނުކުތެވެ. ޖީބުން ސިނގިރޭޓް ފޮށިނަގާ ތުނބުގައި ޖަހާލަމުން ލައިޓަރ ނަގާ ސިނގިރޭޓް ރޯކޮށްލިއެވެ. ސިނގިރޭޓްގެ ދުންތައް އެތެރެއަށް ދަމާލުމަށްފަހު ފަޒާގެ ތެރެއަށް އަނގައިގަހުރި ދުންތައް ބޭރުކޮށްލި އިރު އިކާންގެ ހިތަށް ލުއިކަމެއް ލިބުނު ކަހަލައެވެ.

“އިކާން… އައިނޯ ސަމްތިންގްސް ރޯންގް… މީ އިކާންގެ ފޭވަރިޓް ސޯންގެއްނު… ކުރިން އަބަދުވެސް ގިޓާ ހިފައިގެން މިލަވަ ޖަހާލަ ޖަހާލަ އިންނާނީ.. ނައު ޔޫ ގޮޓް ޗާންސް ޓު ސިންގް ދިސް… ކަމެއް ނުވެ އިކާން ތިހެން ނޫޅޭނެ.. އިކާނަށް މިލަވަ ނޭނގިއެއް ނުދާނެ…” ބެލްކަންޏަށް ނުކުމެ ފިޒާމްވެސް ސިނގިރޭޓެއް ރޯކޮށްލަމުން ވާހަކަ ދެއްކިއެވެ.

“މި ލަވަޔަކީ އަހަރެންގެ ލައިފްއާ ވަރަށް ގުޅުން ހުރި ލަވައެއް… އެންޑް… ސޯމެނީ މެމޮރީސް… އާހް… މިވާހަކަ މިއަދަކު ނުދެއްކޭނެ…” އިކާން މުށްކަވާލަމުން ބެލްކަނީގައިވާ ރެއިލިންގް ދަގަނޑު ގަނޑުމަތީގައި ޖަހާލިއެވެ. “ފިއްޓޭ… އައިމް ގެޓިންގް މެރީޑް ޑިސްމްބަރ 16 ގަ…”

“ކީކޭ.. ކާކާ.. ތާރާއާތަ؟… ކީއްވެ އެހާ އަވަހަށް؟… ޔޫ ނޯ ދޯ ކެރިއާ ރަނގަޅަށް ސްޓާރޓްވީކަން.. މި ދަނޑިވަޅުގަ މެރިއޭޖްއަކީ އެންމެ ރަނގަޅު ޑިޒިޝަންތަ؟…” ފިޒާމް އެއް ފައްޗަކަށް ހުރިހާ ސުވާލުތަކެއް އަމުނާލިއެވެ.

“އައި ޑޯންޓް ނޯ… އޭނަ މަށާ މެރީ ނުކުރާނަމޭ ބުނީމަ ދޯ ތާރާއާ ގުޅުނީ… އެންޑް ތާރާ މެރިއޭޖްގެ ވާހަކަ ދެއްކީމަ އަހަރެން އޭނައަށް ގުޅިން… އެވަރުންވެސް އޭނަ ބުނީ ނީންނާނަމޭ… ސޯ ތާރާ ކައިރީ އަހަރެން ބުނީ ޔެސްއޭ… ތާރާ ވޯންޓްސް ޓު މެރީ ސޫން….” އިކާންގެ ވާހަކަ ނިންމާލަމުން އަތުގައިވާ ސިނގިރޭޓް ތުނބުގައި ޖަހާލިއެވެ.

“ތާރާއަކީ ގޯސްކުއްޖެއް ނޫން… އެންޑް ޝީޒް ރިޗް… ސޯ ގޯހެއް ނޫންދޯ… ބަޓް ޑޫ ޔޫ ލަވްހާ…” ފިޒާމް ކުރި ސުވާލަށް ވިސްނާލަން ހުރުމަށްފަހު އިކާން ބޯން ހުރި ސިންގިރޭޓް ބެލްކަނީގަ ހުރި އަޅިކެނޑިއަށް ނިވާލިއެވެ.

“ތިއޭ މައްސަލައަކީ… އޭނަ ޖޭ ކުރަން މަ އުޅުނީ… އެކަމަކު ތާރާއަށް ދެރަގޮތެއް ހަދާކަށްވެސް ބޭނުމެއް ނޫން… ވަރަށް ބޮލުގަ އެބަ ރިއްސާ…. މޯޑް ކައިރީ ބުނޭ މިރޭ ދެން ރެކޯޑިންގް ނުޖެއްސޭނޭ… މާދަމާއަށް ހަދާށޭ… އައިމް ވެރީ ޓަޔަޑް…” އިކާންގެ ޖީބުން ފޯނު ނަގާ ޑްރައިވަރަށް ގުޅާލަމުން ސިޑިއާ ދިމާއަށް ހިނގައިގަތެވެ.

ރޭގަނޑުގެ ނިދިން މަޚްރޫމުވެފައި އިކާން އޮތީ އެކި ހިޔާލުތަކަށް ގެއްލިފައެވެ. ފިޒާމް ދެއްކި ވާހަކަތަކުން އިކާންގެ ސިކުނޑީގައި ވަނީ އިތުރު ރިހުމެއް އުފެދިފައެވެ. ނުނިދިފަ އެހެން އޮއްވާ އިކާންގެ ފޯން ވައިބްރޭޓް ވިއެވެ. ފޯނަށް އިކާން ބަލާލުމާއެކީ ފުންމައިގެން ތެދުވެ އެނދުގައި އިށީނދެވުނެވެ.

އެނދުން ތެދުވެ ކޮޓަރިން ނުކުތުމަށް އިކާން ހިނގައިގަތެވެ. ކޮޓަރިން ނުކުމެވުމުން އިކާން އަވަސްވެގަތީ އެ އެޕާޓްމަންޓްގެ ދޮރު ހުޅުވާށެވެ. ތަނަވަސްކޮށް ހަދާފައިވާ އެގޭގައި ބަހައްޓާފައިވަނީ ޒަމާނީ ފަރުނީޗަރތަކެވެ. ގޭތެރެއިން ކޮންމެ ދިމާލަކަށް ބަލާލިއަސް ފެންނަނީ ފުރިހަމަކަމެވެ.

ގޭގެ މައިދޮރު އިކާން ހުޅުވާލިއެވެ. އޭރު ގޭގެ ދޮރުމަތީ ހުދު ކުލައިގެ ކުރު ހެދުމެއްގައި ހުރީ އިކާން ދެކެން ބޭނުންވާ ސޫރައެވެ. އޭނާގެ އިސްތަށިގަނޑު ހުރީ ނިއުޅުވާލާފައެވެ. ތުންފަތުގައި ވަނީ ރަތްކުލައިގެ ލިޕްސްޓިކެއް ޖައްސާފައެވެ. ދޮރު ހުޅުވާލުމާއެކު އިކާންގެ ނޭފަތުގައި ޖެހުނީ އެ މަޑު ސެންޓުގެ ވަހެވެ. އޭރު އެއަންހެންކުއްޖާ އިކާންގެ ހަށިގަނޑަށް ބަލާލިއެވެ. މަތިން ތިރިއަށެވެ. ޓީޝާޓެއް ނުލާ ހުރުމުން އިކާންގެ ހަށިގަނޑަށް އެއަންހެން ކުއްޖާ ބަލާލީ ދަހިވެތި ނަޒަރަކުންނެވެ.

“އަ…..” އިކާންގެ އަނގައިން ބަހެއް ނުބުނެވެނީސް އެ އަންހެން ކުއްޖާ އިކާންގެ މޫނުގައި ހިފާ ގާތްކޮށްލަމުން ތުންފަތުގައި ބޮސްދިނެވެ. ދެއަތް ދުރުކޮށްގެން ހުރިނަމަވެސް އިކާނައަކަށް ކެތެއް ނުކުރެވުނެވެ. އޭނާގެ ކަސްރަތީ ހަށިގަނޑުގެ ބާރުން އެ އަންހެންކުއްޖާ އުރާލައިގެން ގޭތެރެއަށް ވެއްދުމަށްފަހު ފައިންޖަހާ ދޮރުފަތް ލައްޕާލިއެވެ.

“ޝްޝް… ޕްލީސް ޑޯންޓް ޓޯކް.. އައި ނީޑްޔޫ އިކާން…” އެ އަންހެން ކުއްޖާ އިކާންގެ ކަންފަތް ދޮށުގައި މިހެން ބުނިއިރު އިކާންގެ ގައިގާވާ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. ބަލަބަލަ ހުއްޓާ އެ އަންހެން ކުއްޖާ އިކާންގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތީ އޭނާ ލައިގެން ހުރި ކުރު ހެދުމުގެ މޭމަތީގައިވާ ޒިބު ކަހާލަމުންނެވެ. އެ އަންހެން ކުއްޖާއަށް އިކާން ދިރިއުޅޭ އެޕާޓްމަންޓަކީ އާ ތަނެއް ނޫނެވެ. އޭނާއަށް ދާންވީ ކޮން ތަނަކަށް ރަނގަޅަށް އިނގެއެވެ. ނޭނގޭ ބާރަކުން އިކާން އެ އަންހެން ކުއްޖާގެ ފަަހަތުން ދިޔައެވެ.

*** *** *** *** *** ***

ކައިވެނީގެ ހުރިހާ ކަމެއް ތައްޔާރުވަމުން ދިޔައީ އެންމެ ފުރިހަމަ ކަމާއެކީގައެވެ. ޒުމްރާގެ ގޭގައި އުޅޭ ހުރިހާ މަސައްކަތު މީހުންތައް އައިސް ގ.ރޯޒްވިލާގައި ހަރަކާތްތެރިވަމުން ދިޔައެވެ. އެކި ކުލަކުލައިގެ މާމަލުން އެގޭގެ ޓެރަސް ރީތި ކުރަމުން ދިޔައިރު އެއްބަޔަކު އުޅުނީ ސްޕީކަރުތަކާއި ލައިޓިންގް މަސައްކަތްތައް ނިންމާށެވެ. މި ކައިވެނީގެ ހަފްލާ ތައްޔާރު ކުރުމުގައި އިސްކޮށް އުޅެނީ ތާރާގެ އެންމެ ގާތް އެކުވެރިޔާ އުލްފާއެވެ. އުލްފާއަކީ މިފަދަ އެކި ކަހަލަ އިވެންްޓްތައް ތައްޔާރުކޮށް ހަމަޖައްސާ މީހެކެވެ. އަދި އެއީ ތާރާއަށް އެންމެ އިތުބާރު ކުރެވޭ އެކަކުވެސް މެއެވެ.

އަތަށް ޓެބްލެޓެއް ލައިގެން ހުރެ ޓެރަސްގައި ކުރަމުންދާ މަސައްކަތްތަކަށް ނަޒަރު ހިންގަން ހުރި އުލްފާ ވަށައިގެން އެމާހައުލަށް ބަލާލިއެވެ. ޓެރަސް މަތީގައި އެއް ފަރާތެއްގައި މާމަލުންނާ، ލައިޓްތަކަކުން ރީތިކުރަމުން ދިޔަ ސަރަހައްދަކީ މިރޭގެ ޕާޓީގައި ތާރާއާ އިކާން ހުންނަން ހަމަޖެހިފައިވާ ސަރަހައްދެވެ. ތަންކޮޅެއް ދުރުގައި އަތުރާފައިވާ މޭޒުތަކުގައި ވަނީ މަޑު ފިޔާތޮށިކުލައިގެ ފޮތިގަނޑުތަކެއް އަޅާފައެވެ. އެ މޭޒުތަކުގައި ބަހައްޓަން ތައްޔާރުކޮށްފައިވާ ސެންޓަރ ޕީސްތައް ނާންނާތީ އުލްފާ އޭނާގެ ޓެބްލެޓްއިން ނަންބަރަކަށް ގުޅާލިއެވެ. އަދި ކަންފަތުގައި ހަރުކޮށްފައިވާ ބްލޫޓޫތު ހެޑްސެޓްގައި އަތް ޖައްސާލުމަށްފަހު ކޯލަށް ވާހަކަ ދައްކަން ފެށިއެވެ.

“ކޮބާހޭ ސެންޓަރ ޕީސްތައް… އައި ނީޑް އިޓް ނައު… މެންދުރަށް ލިބެން ޖެހޭނޭ ބުނިން ދޯ….” އުލްފާ ހުރީ އެ ސެންޓަރ ޕީސްތައް ނުލިބި ލަސްވުމުން އެކަމާ ހިތްހަމަނުޖެހިފައެވެ. އެ ފޯނު ކަނޑާލުމަށްފަހު އުލްފާ ޓެރަސްއިން ނުކުންނަން ލިފްޓާ ދިމާއަށް އެނބުރުނެވެ. އޭރު ލިފްްޓުން ނުކުމެގެން ޓެރަސްބަޔަށް އުލްފާގެ ފިރިމީހާއާ އެކީ މަޝްހޫރު ސްޓައިލިސްޓް ޖެނިފާ ވަނެވެ.

“ތޭންކްސް ލަވް… އަން މި އޮތީ ޓެބް… ސެންޓަރ ޕީސްތައް ގެންނަނީއޯ ބުނީ.. އެންޑް ކޭޓަރިން ތަނުން ބުނި ހައެއް ޖަހާއިރަށް އަންނާނަމޭ… ޕެންޑިން ކަންތައް ތައް ބަލާލައްޗޭ… އަހަރެން މިދަނީ ޖެނިފާރ ގޮވައިގެން ތާރާ ކައިރިއަށް…” އުލްފާގެ ބިޒްނަސްގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ އޭނާގެ ފިރިމީހާގެ ޝާންގެ ފަރާތުންނެވެ. ޓެބްލެޓްގައި ޝާން ހިފުމުުން އުލްފާގެ ކަންފަތުގައި އިން ހެޑްސެޓް ނަގާ ޝާން އަތަށް ދިނެވެ. އޭރު ޝާން ހުރީ އެ ޓެބްލެތްގައި ލިޔެފައިވާ ނުނިމިހުރި މަސައްކަތްތަކުގެ ލިސްޓަށް ބަލާށެވެ.

ޖެނިފާރއާ އެކީ އުލްފާ ލިފްޓަށް އެރީ ތާރާ ކައިރިއަށް ދާށެވެ. “ވެއަޒް ދަ ބްރައިޑް…” ޖެނިފާ އަހާލުމުން ހަތްވަނަ ބުރީގައި ކަމަށް ބުނެ އުލްފާ ލިފްޓުގެ ހަތްވަނަ ނަންބަރަށް ފިތާލިއެވެ.

*** *** *** *** *** ***

ތާރާގެ ލޮލުން ފޭދެމުން ދިޔަ ހޫނު ކަރުނަތައް ހިފަހައްޓަން މަސައްކަތްކުރި ނަމަވެސް އޭނާއަށް އެ ކަރުނަތައް ހިފެހެއްޓޭ ގޮތެއް ނުވިއެވެ. ކުޑަދޮރުން ބޭރަށް ބަލަން ހުރި ތާރާގެ ދިގު އިސްތަށިގަނޑު ވަޔާ އެކީ ވިހުރެމުން ދިޔައެވެ. ބަލާބެލުމަށް ހީވަނީ ހަމަ ދެންމެ ފެންވަރާލައިގެން އައިސް ހުރިހެންނެވެ. ތާރާގެ ހިތުގައި ފޮރުވާފައިވާ ހިޔާލުތައް މީހަކާ ހިއްސާކުރަން ބޭނުންވިއެވެ. މި ކައިވެނި އަވަސް ކުރުމަކީ އޭނާއަށް ނެގުނު ރަަނގަޅު ފިޔަވަޅެއް ކަމާ މެދު ތާރާގެ ހިތުގައި ޝައްކު އުފެދުނެވެ. ހިޔާލުތަކަށް ގެއްލިފައި އެހެން ހުއްޓާ އެކޮޓަރިއަށް އައިސް ވަނީ ތާރާގެ އެންމެ ގާތް އެކުވެރިޔާ އުލްފާއެވެ. “ތާރާ.. މިހިރީ ސްޓައިލިސްޓް… ހިނގާ ފަށަމާ…”

ތާރާގެ މޭކަޕް އެންޑް ހެއަރ ސްްޓައިލް ހަދަން ގެނައީ ރާއްޖޭގައި މިވަގުތު އެކަމަށް އެންމެ ކުޅަދާނަ އެކަަކެވެ. އޭނާގެ ކޮނޑުގައި އަޅާފައިވާ ދެދަބަސް ބިންމަތީ ބެހެއްޓުމަށްފަހު ތާރާގެ އެނދުމަތީގައި ތުނި ހުދުކުލައިގެ ފޮތިގަނޑެއް ފަތުރާލާ މޭކަޕް ކުރަން ބޭނުންވާ ސާމާނުތައް އޭގެމަތީ އަތުރާލިއެވެ. އެއަށްފަހު ތާރާ ލައިގެން ހުރި ހެދުން ބަދަލުކޮށްލިއެވެ. ވެޑިންގް ޑްރެސްގެ އެތެރެއިން ލާން ފަހާފައިވާ ކުރު ހެދުންކޮޅު ލުމަށްފަހު ޑްރެސިންގް ޓޭބަލް ކައިރީހުރި ގޮނޑީގައި ތާރާ އިށީނެވެ.

ތާރާގެ ކަޅުކުލަ ގަދަ އިސްތަށިގަނޑު ބޮލުމެދަށް ނަގާ ކްލިޕެއްގެ އެހީގައި ހަރުކޮށްލުމަށްފަހު މޭކަޕް ސަމާނު ތަކުގެ ތެރެއިން ފައުންޑޭޝަންތަކާއި ކޮންސީލާތައް ކައިރިކޮށްލަމުން ތާރާގެ މޫނު މޭކަޕް ކުރަން އޭނާ ފެއްޓިއެވެ. މޭކަޕް ކޮށް ނިއްމާލުމަށްފަހު ދެން އޭނާ ފެށީ ތާރާގެ އަތާއި ފައިގެ އިނގިލިތަކުގައި ނެއިލް ޕޮލިޝް ޖައްސާށެވެ. ތާރާގެ ހިމަދިގު ނިޔަފަތިތަކުގައި ރޯސް ޕިންކް ކުލަ ޖައްސާ ނިންމާލިއިރު އުލްފާ ހުރީ ފޯނެއްގައި، ދެން ތިބި ރަހްމަތްތެރިންނަށް ގުޅައިގެން އެގޭގެ ޓެރަސްގައި ވާން ޖެހޭ ތައްޔާރިތައް އެންމެ ފުރިހަމައަށް ނިންމޭތޯއެވެ.

އުލްފާ ހަމަޖެހިލަމުން ތާރާގެ މޫނަށް ބަލާލިއެވެ. އޭރު ތާރާގެ ނަޒަރު ހުއްޓިފައި ވަނީ މޭޒުމަތީ އޮތް ތާރާގެ ފޯނަށެވެ. ބަލާ ބެލުމަށް ހީވަނީ ކޮންމެވެސް ކަމަކާ ތާރާ ކަންބޮޑުވެފައި އިންހެނެވެ.

“ހެއި.. އައިމް ސޯ ހެޕީ ފޯޔޫ… ލުކް އެޓްް ޔޫ… ޔޫ އާ ފައިނަލީ ގެޓިންގް މެރީޑް… ޖޭ ވާނެ ހާދަ ކުދިންނެއް އުޅޭނޭ.. އިކާން ކަހަލަ ސްޓާރެއް އެންމެނަކަށް ނުލިބޭނެއްނު…” އުލްޔާ ވާހަކަ ދައްކަމުން އައިސް ތާރާގެ ކުރިމައްޗަށް ވާގޮތަށް އެނދުގައި އިށީނެވެ. ތާރާގެ ނިޔަފަތިތަކުގައި ކުލަ ޖައްސާ ނިމުމުން ޖެނިފާ ދިޔައީ ފާޚާނާއަށް ވަދެލާށެވެ. އެވަގުތު ތާރާ އޭނާގެ ދިގު އެސްފިޔަތައް ތަޅުވާލަމުން އުލްފާއާ ދިމާއަށް ބަލާލިއެވެ.

“އުލާ… ޕްލީސް ކޯލް އިކާން.. އައި ނީޑް ޓު ޓޯކް ޓު ހިމް…” ތާރާގެ ވާހަކަ ދެއްކުމުގައި އުފާވެރިކަމެއް ނެތް ކަހަލައެވެ. ވެގެން އުޅޭ ގޮތެއް އުލްފާއަކަށް ނަގައެއް ނުގަނެވުނެވެ. އުލްފާގެ ފޯނުން އިކާނަށް ގުޅާލަމުން އެފޯނު ސްޕީކަރަށް ލީ ތާރާގެ ނިޔަފަތީގައި ޖައްސާފައި ހުރި ކުލަތައް ރަނގަޅަށް ނުހިކޭތީއެވެ. ފޯނު ދެބުރަކަށް ރިންގް ވީފަހުން އިކާން ފޯނު ނަގައިފިއެވެ.

“އުލާ.. އައިމް ގެޓިންގް ރެޑީއޭ…. ކޮބާ ތާރާ؟…” އިކާންގެ ފިރިހެންވަންތަ އަޑު ޖެހުމާ އެކީ ތާރާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

“އިކާން… އައިމް ސޯ ނާވަސް…” ތާރާގެ އަޑުގައި ކުޑަ ތުރުތުރެއް ހުއްޓެވެ. އޭނާ ހާސްވެ ބިރުގަންނަނީއެވެ.

(ނުނިމޭ)

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ޢަޞްރު (ފަސްވަނަ ބައި)

Next

ވާލޯބި އެނގޭނަމަ… 19

Next
November 23, 2016

ވާލޯބި އެނގޭނަމަ… 19

Previews
November 23, 2016

ޢަޞްރު (ފަސްވަނަ ބައި)

22 Comments!

  1. MM says:
    November 23, 2016 at 3:30 pm

    “Ingey” “Engey” mi dhebas olhifa hurikan faahaga kurevun. Egey ge badhalugai igey beynun koffa huri.

    1. Shax Lyn says:
      November 23, 2016 at 3:58 pm

      Thanks MM… kuriyah oiy thanugaa thi mistake ah visnaigen liyaanan…. 🙂 🙂 once again thank you so much…

  2. Saandy says:
    November 23, 2016 at 3:41 pm

    ވަރަށް ރީތި… ވަރަށް އިންޓެރެސްޓިންގ. 4ވަނަ ބައި އަވަސްކޮށްލައްޗޭ… އެބަ ވަރަށް އިންތިޒާރު ކުރެވޭ

    1. Shax Lyn says:
      November 23, 2016 at 4:00 pm

      Thanks Saandy… 🙂 Sundays and Wednesdays ga vaahaka up kuraaneee 🙂

  3. Xai says:
    November 23, 2016 at 5:23 pm

    Waiting for the next part desperately ❤❤❤ abadhuves shax ge vaahaka thah varah reethi

    1. Shax Lyn says:
      November 24, 2016 at 2:43 pm

      Thanks Xai <3

  4. Azuna says:
    November 23, 2016 at 6:56 pm

    Waiting for nxt part…..v reethi

    1. Shax Lyn says:
      November 24, 2016 at 2:44 pm

      Thanks Azuna….. Sundayga 🙂

  5. Torri says:
    November 23, 2016 at 7:31 pm

    Shax… kobaatha manshaa ge 2 vana bai? Kon irakun gennanii? Plx plx plx reply to this comment… i know tht u will see this comment…. plx plx reply

    1. Shax Lyn says:
      November 24, 2016 at 2:46 pm

      Hai Torri… Mansha 2 2017 ge hisaabehgga genesdheynan. seedha date eh neyngey… but kiyuntherin hiy hamajehey gothah genesdheynan…. maybe its goin to be a huge surprise 🙂

  6. xoo says:
    November 23, 2016 at 7:44 pm

    Alhey ikaan what r u doing… And shaz i lovevthat song… Huree vevifaa baakee…. ?????????? waiting for episode 4… Ikaan ge xo akee kaakubaaa… ?

    1. Shax Lyn says:
      November 24, 2016 at 2:47 pm

      hehehe yes xooo huree vevifaa baakee is a v beautiful song 🙂

  7. Herrr says:
    November 23, 2016 at 8:02 pm

    Nice… waiting for next sunday

    1. Shax Lyn says:
      November 24, 2016 at 2:48 pm

      thanksss… 🙂

  8. Teena says:
    November 23, 2016 at 8:03 pm

    Hadi thara aa marry kuran ulairu ikan ula vatharu….bad boyy….

    1. Shax Lyn says:
      November 24, 2016 at 2:48 pm

      hehehe yeah dhw
      but that’s what this story is abt

  9. Badboy :p says:
    November 23, 2016 at 9:42 pm

    Kaaku mashah govaneee…
    Hehehehe varah salhi story…. Nimey iru dhemeedha fehi bulhalah veevaru ikaan ah nuvaane ???

    1. Shax Lyn says:
      November 24, 2016 at 2:49 pm

      Lets see dhw ikaan ah vaa gotheh dhw

  10. laala says:
    November 23, 2016 at 10:55 pm

    I love it…. My friendehge lifega mihen dhimaavi… Varah matching…. This story genesdhey goiy varah reethi…. ???

    1. Shax Lyn says:
      November 24, 2016 at 2:50 pm

      Thanks Laala… but mee hiyaalee vaahakaeh

  11. maaishahil says:
    November 24, 2016 at 8:40 pm

    ooooooooooh v salhi ingey. alhey XO ahves ikaan kairiah vannan enguny marry kuran ninmeematha? so unfair dho. any ways this story is awesome

  12. Nabee Naji says:
    November 26, 2016 at 9:01 pm

    v v v v v furihama… awting for next part ..

Comments are closed.

Next Episodeހުރީ ވެވިފާ ބާކީ… (ހަތަރުވަނަ ބައި)←


All Right Reserved!