Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތާޝާ (18ވަނަ ބައި)

Ifaau Level 210 Stories
November 22, 2016 5 Mins Read
18 Comments

“މާޒް އަކީ ރީތި މީހެއް.. ސްމާޓް.. ވެލް އެޑިއުކޭޓޭޑް.. ނައިސް ސްްޓޭޓަސް އެއް.. ސަކްސެސްފުލް ޒުވާން މީހެއް!” ރިޒާނާ އަހަރެންގެ ކުރިމައްޗައް ހުއްޓުނެވެ. މިއަންހެންމީހާ މިކިޔަނީ ކީކޭ ހެއްޔެވެ؟ އަހަރެން ހުރީ ވާނުވާގައެވެ.

“ކީކޭ ތިކިޔަނީ؟” އަހަރެން އަހައިލީމެވެ. ރިޒާނާ ނުބައި ގޮތަކަށް ހީލިއެވެ.
“ތާޝާ!” ރިޒާނާ ބުނެލިއެވެ.

“ތާޝާ” އަހަރެންނަށް އެނަން ކިޔާލެވުނީ ހައިރާންކަން އިތުރުގެން ދިޔަލެއް ބޮޑުކަމުންނެވެ. ރިޒާނާއަށް އަހަރެންނާއި ތާޝާއާއި އޮތް ގުޅުމެއް އިނގުނީ ކިހިނެއް ހެއްޔެވެ؟

“އިއްޔަ ތި ދެމީހުން ދެއްކި ވާހަކަ އަހަރެންނަށް އިވުން! އެއީ މައުސޫމްކޮށް ހުއްޓަސް އިފުރީތެއް! މީހުންގެ ފިރިން ގޮވައިގެން އުޅޭ މުޑުދާރު އަންހެނެއް… ހެހެ މާޒް އަށް ހަމަ އެނޫން މީހެއް ނުފެނުނީތަ؟” އަހަރެން ހުރީ ހަަމަ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. ތާޝާއޭ ކިޔައިގެން އެހާ ނުބައިކޮށް ވާހަކަ ދައްކާން ފެށުމުން އަހަރެން މުށްކަވާލީމެވެ.

“ބުނަން.. އަހަރެން ހިތާވެގެން ހޭބަލިވާނެ މީހެއް އިނގޭނީ އަހަރެންނަށް.. މިތާ ކުރާން އައި ކަންތައް ނިމިއްޖިއްޔާ އެންމެ ރަގަޅު ދެން ދިޔަޔަސް..” އަހަރެންގެ ހިތުގައި އުފެދެމުންދިޔަ ރާޅުބާނި ހަމަޔަކަށް އަޅުވާލަމުން ބުނެލީމެވެ. އަހަރެން އެހެން ބުނުމުން ރިޒާނާ އަނެއްކާވެސް ނުލަފާ ވައްތަރަކަށް ހީލިއެވެ.

“ވަރަށް ގިނައިން އަހަރެންނަށް އިވޭ ތާޝާ މާޒް އެކޭ ކިޔާއަޑު… މީހަކު ކައިރިއަކު ނޫން.. އެކަނި އިނދެގެން ރޮމުން… އަހަރެން އެހިން އެއްދުވަހު އެއީ ކާކުކޭ.. ހަމަ ތިކަހަލަ މޮޔައެއްހޭ.. އޭރު އަހަރެން ހީކުރަނީ އެވާނީ ހަމަ އެމަންޖެ ކަހަލަ މޮޔައަކަށޭ! އެކަމަކު ވަޓް އައި ތޯޓް ވޯސް ރޯންގް…. މާޒް މިވީ ހަމަ ޕާފެކްޓް ޕެކެޖް އަކަށް… އަޖައިބު ވެއްޖިން ހަމަ…” ރިޒާނާ އަނގަމަތީ އަތް އަޅައިލަމުން ބުނެލިއެވެ. އަނެއްކާވެސް އަހަރެން ހައިރާންކޮށްލި އަނެއް ވާހަކައެވެ. ތާޝާ އަހަރެން މަތިން ހަންދާންވާކަމީ އަހަރެން އުފާ ކުރަން ޖެހޭ ވަރު ކަމެކެވެ. ނަމަވެސް އަހަރެންގެ އެއްވެސް ހިއްސެއް މިވަގުތު މަސައްކަތް ނުކުރާކަހަލައެވެ. ހައިރާންކަންމަތީ މިހެން ހުއްޓައި އަނެއްކާވެސް އަހަރެން ލަސްވެގެން އިނާޝާ އަހަރެން ބަލައި އައެވެ. މިފަހަރު ރިޒާނާ އެތާ ބަހައްޓާފައި އަހަރެން ނިކުމެގެން އައީމެވެ.

ކެބިންއަށް ވަދެ ހަމަޖެހިލާފައި ލެޕްޓޮޕް ހުޅުވައިލީމެވެ. އެއިރު އިނާޝާވެސް ކޮންމެވެސް ފައިލެއް ހިފައިގެން މޭޒުކައިރީ ހުއްޓެވެ.

“ރިޒާނާ ދަންނަންދޯ އިނާ؟” އަހަރެން ލެޕްޓޮޕް ސްކްރީންއަށް ބަލަންއިނދެ އަހައިލީމެވެ.

“އެއީ ރާއިފް މަންމަ.. އެއީ އަހަރެން ކްލާސް ކުއްޖެއްގެ ފިރިމީހާ މަންމަ.. އިއްޔަ ދިޔައީ އެގެޔަށް!” އިނާޝާ ކިޔައިދިނެވެ.

“އެގެޔަށް އިނާ ދަންތަ؟” އަހަރެން އަނެއްކާވެސް އަހައިލީމެވެ.

“އެންމެ ރެޔަކު ދިޔައީ.. އެވެސް ގްރޫޕް ވޯކް އަކަށް!” އިނާޝާ އަނެއްކާވެސް ބުނެލިއެވެ.

“އެމީހުން އޯން ކުރާނެ ބެވަރެޖް ކުންފުންޏެއް! ދޭ އާ ވެރީ ރިޗް…” އިނާޝާ އިތުރުކޮށްލިއެވެ. ނަމަވެސް އެއީ އަހަރެންނަށް މިވަގުތު މުހިންމު ވާހަކައެއް ނޫނެވެ.

“އެގޭގަ ތާޝާ އުޅޭކަން އިންގޭތަ ކުރިން؟” އަހަރެން އަނެއްކާވެސް އަހައިލީމެވެ. އަހަރެން މިހެން އެހުމަށްފަހު އިނާޝާގެ މޫނަށް ބަލައިލީމެވެ. އިނާޝާ އިސްޖަހައިލި މަންޒަރު އަހަރެންނަށް ފެނުނެވެ. އިނާޝާ އަހަރެންނަށް ކޮންމެވެސް ކަމެއް ފޮރުވާކަމަށް އަހަރެންނަށް ޝައްކުވިއެވެ.

“އިނާ ތާޝާ އެގޭގަ އުޅޭކަން އިނގޭތަ ކުރިން؟” އަހަރެން އަނެއްކާވެސް ސުވާލު ތަކުރާރު ކޮށްލީމެވެ. އިނާޝާ ބޯ ޖަހައިލިއެވެ. ވަގުތުން އަހަރެންނަށް ލެޕްޓޮޕް ވަރަށް ބާރަށް ލައްޕައިލެވުނެވެ. އެއަޑަށް އިނާޝާ ސިއްސައިގެން ގޮސް އަހަރެންނާއި ދިމާލަށް ބަލައިލިއެވެ. އަހަރެންގެ ދެލޯ އެވަގުތު ވިދަމުންދިޔައީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމުންނެވެ. ތާޝާ ވީ ތަނެއް އެނގިހުރެ އިނާޝާ އަހަރެން ކައިރީ ނުބުނަންވީ ކީއްވެގެން ހެއްޔެވެ؟ ތާޝަ ހޯދަން އަހަރެން ކުރި މަސައްކަތް އެންމެ ކައިރިން ފެންނާނީ އިނާޝާއަށެވެ. ކުރީގައި ތާޝާ ހޯދަން އިނާޝާ ކުރި ހުރިހާ މަސައްކަތަކީ ހުސް ދެއްކުންތެރިކަން ކަން އަހަރެންނަށް އެވަގުތު ގަބޫލުކުރެވުނެވެ.

“ކީއްވެ ނުބުނީ؟” އިނާޝާގެ ކައިރިޔަށް ޖެހިލަމުން އަހަރެން ބުނެލީ ވަރަށް މަޑުން އެހެން ނަމަވެސް އަޑަށް ބާރުލާފައެވެ. އިނާޝާ ހުރީ ވަރަށް ބިރުގަނެފައެވެ.
“މާޒް ރުޅިމަޑުކޮށްފަ އަޑުއަހާބަލަ އިހަށް!” އިނާޝާ މަޑުމަޑުން ބުނެލިއެވެ. މިވަގުތު އަހަރެން ހުރީ ރުޅިމަޑުވާ ވަރަށްވުރެ މާ ބޮޑަށް ރުޅިގަދަވެފައެވެ. އަހަރެންގެ މޫނުމަތީގެ ކުލަވަރު ފެންނަ މީހަކު ބިރުން ފިއްކަނޑައިގެން ދާނެއެވެ. އިތުރު ގޯހެއް ހެދިދާނެތީ އަހަރެން އެތަނުން ދާން ހިނގައިގަތީމެވެ. ނަމަވެސް ހުއްޓުންއެރީ އިނާޝާ ވާހަކަ ދައްކަން ފެށުމުންނެވެ.

“އަހަރެން މާޒް ދެކެ ވަރަށް ލޯބިވޭ! އެކަމަކު މާޒް ހުރި ހިސާބަކީ އަހަރެންނާ އެކަށީގެންވާ ހިސާބެއް ނޫން.. މާޒް އަހަރެން ކުރިމަތިން ދިޔަ އެންމެ ފަހުރެޔަށްފަހު އަހަރެން މާޒް އާދޭތޯ ވަަރަށް އިންތިޒާރުކުރިން.. ހިތް ބުނަމުން ދިޔައީ މާޒް އަންނާނެޔޭ! އެކަމަކު ހަފްތާއެއް ވެގެންދިޔަ އިރުވެސް ނާދެ! ކުއްލިއަކަށް އަހަރެން ބަލިވާން ފެށި.. ހޮޑުލެވި ގައިބާރު ދެރަވާން ފެށި.. އަހަރެންނަކަށް ނޭންގުން އަހަރެންނަށް ވަމުންދިޔަ ގޮތެއް… ބައްޕަ އަހަރެން ރާއްޖެއިން ބޭރަށް ގެންދިޔަ އޭގެ ފަހުން… އަހަރެންނަކަށް ނޭންގެ އަހަރެން ގެންދިޔަ ގައުމެއްވެސް! ދިޔަ ގޮތަށް ގެންދިޔައީ ހޮސްޕިޓަލަށް… ދެން އަހަރެން ހޭ އެރީ 3 ދުވަސް ފަހުން… އޭގެ ހަފްތާއެއް ފަހުން ރާއްޖެ އައިސް ބައްޕަ އަހަރެން ހަވާލުކުރީ މިގޭ މީހުންނާ… ހަވާލު ކުރީއެއްނޫން… ވިއްކާލީ! އަހަރެން ބޭނުމެއް ނޫން މާޒް އަކަށް އަހަރެން މިގޭގަ އުޅޭކަމެއް އިނގޭކަށް… އަހަރެންނަށް އިނގޭ ކޮންމެވެސް ކަމެއްވެގެންކަން މާޒް ފަހުން އަަހަރެން ހޯދަން ނައީ! މިހާރު އަހަރެން ބޭނުމެއް ނޫން އަހަރެންގެ ހިޔަނިވެސް މާޒްގެ ހަޔާތައް އެޅޭކަށް… އެޔަށްވުރެ މުޑުދާރު މީހެއް އަހަރެން މީ.. އިނާ ޕްލީޒް އާދޭސްކޮށްފަ ބުނަން މާޒް ކައިރީ އަހަރެންގެ އެއްވެސް ވާހަކައެއް ނުބުނާތި!”

އިނާޝާގެ ވާހަކަ އަހާފައި އަހަރެން އަނެއްކާވެސް އިނާޝާގެ ކުރިމައްޗައް އައިސް ހުއްޓުނީމެވެ.

“މާޒް ލަންކާޔަށް ދިޔައިރު ތާޝާ އިނީ އިލްޔާސްގެ ދަރިޔަކަށް ބަލިވެ! ތާޝާއަށްވެސް ނޭންގި ތާޝާގެ ބައްޕަ އެދަރިފުޅު ވައްޓާލީ!” އިނާޝާގެ ޖުމްލައިން އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ.

“މާޒް! ތާޝާ ބޭނުމެއް ނުވޭ ތާޝާގެ އެއްވެސް ކަމެއް މާޒްއަށް އިނގޭކަށް.. އެހެންވެ އަހަރެން ނުބުނީ! އަހަރެން ހީކުރީ މާޒް މޫވް އޮން ކުރީ ކަމަށް!” އިނާޝާ އިސްއުފުލާ އަހަރެންނަށް ބަލައިލިއެވެ.

“ހީވޭތަ އަަހަރެން މޫވް އޮން ކުރިހެން؟ އިނާޝާ ތީ މޮޔައެއްތަ؟ އެ ހުރިހާ ކަމެއް އެނގިހުރެ ގަސްތުގަ އަހަރެން ކައިރީ ނުބުނީ!” އަހަރެންގެ އަޑުގައި ރިހުމެއް އެކުލެވިގެން ދިޔައެވެ. މަޑުމަޑުން އަހަރެންގެ ރުޅި ފިނިވަމުން ދިޔައެވެ. ނަމަވެސް އޭގެ މައްޗައް ހިތާމަވެރިކަން ވެރިވެގަންނަން އުޅޭހެން އަހަރެންނަށް ހީވިއެވެ.

“މާޒް! އަހަރެން މިވާހަކަ ފަށައިފިއްޔާ ކިޔާނެ ބައިވަރު އެއްޗެއްހި އެބަހުރި! މާޒްއަށްވުރެ ބޮޑަށް މިއަދު އަހަރެންނަށް މާޒްގެ ހަޔާތުގެ ކަންކަން އިނގޭ!” އިނާޝާ އަހަރެންގެ ކޮޑުގައި ހިފާލަމުން ބުނެލިއެވެ. ނަމަވެސް އިނާޝާގެ އަތް ފޮޅުވާލުމަށްފަހު ގޮނޑީގައި އިށީންދެލީމެވެ.

“މާޒް އަށް އިނގޭތަ ރިޒާނާއަކީ ކާކުކަން؟ އެއީ އިލްޔާސް ފުރަތަމަ ކައިވެނި ކުރި މީހާ!” އިނާޝާ މިހެން ބުނެލުމުން އަހަރެންގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ.

“މާޒް ހިތަކަށް ނާރާތަ އިލްޔާސް އަތުން ފައިން މަސައްކަތެއް ނުކޮށް އެކަނި ބޮޑު އެޕާޓްމެންޓަކު މުއްސަނދިކަން މަތީ އުޅެނީ ކީއްވެގެންހޭ؟ އެއީ ރިޒާނާ އޭނަޔަށް ހަރަދު ކުރާތީ! އިލްޔާސްއަށް އެހާ ގިނަދުވަހުގެ ޖަލު ހުކުމެއް އައީ މާޒް ރިޕޯޓްކުރި ތާޝާގެ މައްސަލައިގެ ސަބަބުން… އެމައްސަލަ އެގޮތައް ނިމުނީ އެއީ އެމައްސަލަ ބެލީ މާޒްގެ ފްރެންޑަކަށް ވީމަ! އެހެން ނޫންނަމަ އިލްޔާސް މިއަދު ހުންނާނީ މިނިވަނެއްގެ ގޮތުގަ!” އިނާޝާވެސް ގޮނޑިއެއްގައި ހަމަޖެހިލިއެވެ.

“މި އޮފީހުގަ އުޅޭ ލީނާ އަކީ އިލްޔާސްގެ ނީސް އެއް! އޭނަ ތަންކޮޅެއް ކުޑައިރު އިލްޔާސް އޭނަޔަށް ކުރި ޖިންސީ ގޯނާއެއްގެ ސަބަބުން ރިޒާނާގެ އާއިލާ އޭނަޔާ އިލްޔާސް ދުރުކުރީ! އެކަމަކު އެމީހުން ގަވާއިދުން ގުޅުން ބާއްވާ….” އިނާޝާ މިހެން ބުނުމުން ތަންކޮޅެއް ކުރިން ހިނގި ކަމެއް އަހަރެން ހަނދާންވިއެވެ. ލަމްޔާ އެއްރޭ އަހަރެން ކައިރީ ލީނާ އެގެޔައް އެއްގޮތަކަށްވެސް ނުދާ ވާހަކަ އޮތީ ބުނެފައެވެ. އެއީ މިކަމުގެ ސަބަބުންކަން އަހަރެންނަށް ވިސްނުނެވެ.

“ދެން ތިހާ ބައިވަރު އެއްޗެހި އިނގެންޏާ ތާޝާ އެގޭގަ އުޅޭންވީ ސަބަބެއްވެސް އިނގޭނެ ދޯ!” އަހަރެން އިނާޝާ ގެ ލޮލަށް ބަލައިލަމުން ބުނެލީމެވެ.

“މާޒް! އިލްޔާސް ޖަލަށް ދިޔައީ ތާޝާގެ ސަބަބުންކަން ރިޒާނާ ގަބޫލުކުރަނީ! އެކަމުގެ ބަދަލުހެން އަހަރެންނަށް ހީވަނީ!” އިނާޝާ ފުން ނޭވަޔެއް ދޫކޮށްލިއެވެ. ހީވީ އެތައް ދުވަހެއްފަހުން އަރުން ނުގޮސްހުރި އެއްޗެއް އެތެރެޔަށް ދިޔަ ހެންނެވެ.

“ތި ހުރިހާ ކަމެއް އިނގޭއިރު ކީއްވެގެން އިނާ އަހަރެން ކައިރީ ނުބުނީ؟ އިނާއަށް ނޭންގެނީތަ އަހަރެން ތާޝާ ހޯދަން އުޅުންވަރު؟” އަހަރެން ތަންކޮޅެއް ބާރަށް ބުނެލީމެވެ.

“އަހަރެން ބުނަން ވަރަށް އުޅުނިން… އެކަމަކު ފަހުން އަހަރެންނަށް ފެންނަނީ މާޒް ވަރަށް ހަމަޖެހިފަ ހުންނަތަން… އެހެންވެ އަހަރެން ހިތައްއެރީ ދެން ތާޝާގެ ޗެޕްޓާ ކްލޯސް ކޮށްލާނީއޭ މިހިސާބުން!” އިނާޝާ ވަރަށް ޖެހިލުންވެ އިނދެ ބުނެލިއެވެ.

“އަހަރެންނަށް ނޭންގުން އެތައް ކަމެއް އިނާޝާ އަށް އިނގެންވީ ކީއްވެ؟” ސުވާލުގެ ނަޒަރަކުން އަހަރެން އަނެއްކާވެސް އަހައިލީމެެވެ.

“މާޒް ތާޝާ ހޯދަން އުޅުނީ ބޭރުތެރެއިން! މާޒް ކުރިން އުޅުން ގޭގަވެސް ތާޝާ އަބަދުހެން އިންނަނީ ގޭގަ! އަހަރެން ތާޝާ ހޯދީ އެތެރެއިން….” “މާނައަކީ؟” އިނާޝާ ވާހަކަ ނުނިމެނިސް އަހަރެން އަހައިލީމެެވެ.

“ތާޝާ އަހަރެންނަށް ފުރަތަމަ ފެނުނީ ޔުމްނާއާއި އެކީ ހޮސްޕިޓަލުން.. އަހަރެން އުޅުނީ މާޔާ ގޮވައިގެން ގޮސް އެދުވަހު! ތާޝާ ހުރީ ޔުމްނާގެ ދަރިފުޅު އުރައިގެން… އަހަރެން ހަމަ ހައިރާންވި ތާޝާ ފެނުނީމަ… ދެން އަަހަރެން އޭގެފަހުން ޔުމްނާމެން ގެޔަށް ދެވޭތޯ ވަަރަށް އުޅުނިން. އެކަމަކު ރިޒާނާއަކީ ވަރަށް ޒާތްކޮޅު ބޮޑު މީހެއް… އެއްވެސް މީހެއްގެ ރައްޓެހިން ވެއްދުން މަނާކޮށްފަ އޮންނަނީ… އަހަރެން ވަަރަށް ކިޔައިގެން ގޮރޫޕް ވޯކް އަކަށޭ ކިޔާފަ ދިޔައީ! އެރޭ އަހަރެންނަށް ތާޝާ ފެނުމުން ވަރަށް ވާހަކަ ދެއްކިން!” އިނާޝާގެ ހުރިހާ ވާހަކައެއް އަހަރެންގެ ބޮލުތެރޭ ހަރުލިއެވެ. ވަމުންދާ ކަންތަކާއި ވެގެންދިޔަ ހުރިހާ ކަމެއްވެސް އަހަރެންނަށް ވިސްނިއްޖެއެވެ.

“ސޮރީ މާޒް އަހަރެން ނުބުނީ ތާޝާ އެދުނީމަ! އެދުވަހު ޕާޓީއަށްވެސް ގެންދެވުނީ އެގޭގަ ތާޝާ އުޅޭކަން ހަނދާން ނެތިގެން…” އިނާޝާ އަނެއްކާވެސް ބުނެލިއެވެ.

“އިނާޝާ ތީ އަހަރެންގެ ނޫނީ ތާޝާގެ ރައްޓިއްސެއްތަ؟” އަހަރެން ހުރީ އިނާޝާ ކަންތައްކުރި ގޮތުން ވަރަށް ރުޅި އައިސްފައެވެ.

“އެކަމަކު އަހަރެން އެހެން ހެދީ ހަމަ މާޒް އަށް ރަނގަޅަކަށް!” އިނާޝަ މިހެން ބުނެލުމުން އަހަރެން ފުންމައިގެން ތެދުވީމެވެ. އެއްޗެއް ބުނާން އަނގަ ފުޅާކޮށްލި އިރަށް އަސީލް އައިސް އަހަރެންނަށް ގޮވައިލިއެވެ. އެހާ ހިސާބުން އަހަރެން މަސައްކަތުގައި ޖެހިގެން އިނާޝާއާއި ދައްކަމުންދިޔަ ވާހަކަ މެދުކެނޑިގެން ދިޔައެވެ. މަސައްކަތުގައި އުޅުންއިރުވެސް އަހަރެންނަށް ވިސްނެމުން ދިޔައީ އިނާޝާ ދެއްކި ވާހަކަތަކެވެ. ރިޒާނާ ތާޝާގެ ކިބައިން ބަދަލެއް ހިފާނަމަ ތާޝާއަށް ކެތްވާނެ ބާއެެވެ؟ ރިޒާނާއަކީ ބޮޑާ މީހެއްކަން އަހަރެންނަށް އެނގިގެން ހިނގައްޖެއެވެ. ތާޝާ މިހާރުވެސް އުޅޭނީ ތަކުލީފުގައިކަން އަހަރެންނަށް ޔަގީނެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އަހަރެންނަށް ޖެހޭނީ ތާޝާ މިކަމުން ސަލާމަތް ކުރާށެވެ.

“މާޒް!” ލެޕްޓޮޕް އަށް ބަލަން އިނދެ އަހަރެން ވިސްނުމަކަށް ގެއްލިފައި އިންދައި ލީނާ އައިސް އަހަރެންނަށް ގޮވައިލިއެވެ. އަހަރެން ބަލައިލުމުން ލީނާ އައިސް އަހަރެންގެ ކުރިމަތީ ހުރި މޭޒުގައި ލެނގިލިއެވެ.

“ވާހަކައެއް ބުނަން މިއައީ!” އަހަރެންގެ މޫނަށް ބަލައިލަމުން ލީނާ ބުނެލިއެވެ. އަހަރެން ހަމަ އެއިންގޮތައް ލެޕްޓޮޕަށް ބަލަން އިނީމެވެ.

“ހާދަ ބިޒީއޭ ދޯ! ކުރީގަ ބިޒީ ވިޔަސް ބުނާނެ ލީންއަށް ޓައިމް އޮންނާނެޔޭ!” ލީނާ އަހަރެންނާއި ދިމާލަށް ކުޑަކޮށް ގުދުވެލަމުން ބުނެލިއެވެ. “މީ ކުރިޔެއް ނޫނޭ! ތި ބުނާއެއްޗެއް ބުނެފަ އަވަހަށް ދޭ މިތަނުން!” އަހަރެން ފޯނާ ކުޅެލަމުން ބުނެލީމެވެ.

“މާޒް އަަހަރެން ޕްރެގް!” ލީނާ މިހެން ބުނުމުން އަހަރެން ކުޑަކޮށް އޭނަޔަށް ބަލައިލީމެވެ. ނަމަވެސް އަނެއްކާވެސް ފޯނަށް ސަމާލުކަން ދިނީމެވެ.

“ދެން ތީގަ އަހަރެން ކޮން ކަމެއް ކޮށްދެންވީ؟” އެއްވެސް ކަހަލަ ޝައުގުވެރިކަމެއް ނެތި އަހަރެން ބުނެލީމެވެ.

“ބުނެލީ އަހަރެން ލޯބިވާތީ!” ލީނާ ބުނެލިއެވެ.
“ކޮންގަރާ!” އޭ ބުނެލުމަށްފަހު އަހަރެން ބޭރަށް ނިކުތީމެވެ. އެއްކަމަކަށްފަހު އަނެއްކަމެއް ބޯމަތިވަމުންދާތީ އަހަރެން ހުރީ އެއްވެސް ވަރަކަށް މަސައްކަތް ކުރާހިތަކުން ނޫނެވެ. އެހެންކަމުން އަހަރެން އޮފީހުން ނިކުމެ ސައިކަލަށް އަރައި ދުއްވައިލީމެވެ. ވަކި މިސްރާބެއް ނެތިއެވެ. ނަމަވެސް ހިތުގައި ހިނގަމުންމިދާ ހައިޖާނުގަނޑަށް ކިތަންމެ ބާރަކަށް ދުއްވިޔަސް ފިލާނީ ކިހިނެއް ހެއްޔެވެ؟ އެންމެފަހުން ތާޝާ އިލްޔާސްގެ ދަރިޔަކަށް ބަލިވެއިނީއެވެ. ތާޝާގެ ނިކަމެތިކަމާއި މެދު އަހަރެން ހަމްދަރުދީވެ ދެރަވެސްވިއެވެ. އަހަރެންގެ ލޯބި އަހަރެން ކިތަންމެހާވެސް ބޭނުމެވެ. ތާޝާ އަހަރެންނަށް ކިތަންމެ ވަރަކަށް ފިލަން އުޅުންކަމުގައިވިޔަސް އަހަރެން ތާޝާ ހޯދާނަމެވެ. (ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ifaau

Level 210 Stories

Story writing is one of the best thing I wanna do always. Thank you all❤ Check me out in Facebook- Iphaa / Instagaram- iiiphoooo

Other Articles

Previous

ޝެލީން 4

Next

ބީރައްޓެހިޔާ ( ފަހުބައި )

Next
November 23, 2016

ބީރައްޓެހިޔާ ( ފަހުބައި )

Previews
November 22, 2016

ޝެލީން 4

18 Comments!

  1. Ifaau says:
    November 22, 2016 at 11:32 pm

    There you go! I hope that readers will like this part. Please leave a comment about how you felt after reading this part. Good night all. Loves all❤❤

  2. Eem says:
    November 22, 2016 at 11:44 pm

    Thanks ifaau. You are the best.. v reethi mi part.

  3. # says:
    November 22, 2016 at 11:46 pm

    Just wow. Good night

  4. Moon says:
    November 22, 2016 at 11:47 pm

    Vvvvvvvvvv reethi?

  5. Fink says:
    November 22, 2016 at 11:52 pm

    Maaz thaasha huri thaakun neregen gennaathi. kon rizaanaa ehtha? Kon ilyaas ehtha onnaanee? Vaahaka vvvvvv reethi. Perfect story!

  6. Maayaa says:
    November 22, 2016 at 11:59 pm

    Eeeeeeeeee….. haadha reechey mi part❤️ Alhe I feel sympathy for maaz and thaashaa?? this story is wonderful ?? I just love it ??❤️?

  7. nazy says:
    November 23, 2016 at 12:30 am

    Wow

  8. Rizaanaa says:
    November 23, 2016 at 1:22 am

    Maa thihaafaseyhain thaaaashaa eh nugendgeveyne there should be challenges fights and some interesting hard plays hahaha

    1. Akoo says:
      November 23, 2016 at 2:13 am

      Haha dhw rizaanaa??

    2. Akoo says:
      November 23, 2016 at 2:14 am

      Vaahaka varah furihama. Next part maadhan genesdhehchey ingey ifaau.

  9. liyaa says:
    November 23, 2016 at 7:43 am

    perfect story.☺??

  10. Anonymous says:
    November 23, 2016 at 10:55 am

    woww.. vvv nice.. naseebeh nun inaa maaz dheke loabi nuvaakan
    aneh part ge inthizaaryga

  11. Navya says:
    November 23, 2016 at 12:48 pm

    Super ?

  12. Alina says:
    November 23, 2016 at 2:13 pm

    wow ???
    One of the best story ever ?
    ifaau your the best ❤️

  13. FM says:
    November 23, 2016 at 3:30 pm

    VVV rythi ur the best ifaau

  14. GORGEOUS says:
    November 23, 2016 at 7:43 pm

    Vv salhi.. Kn irakun next part?!

  15. Almaa says:
    November 23, 2016 at 9:33 pm

    Wowooo weiting next part

  16. Aisha says:
    November 24, 2016 at 12:02 am

    Habes vara salhi

Comments are closed.

Next Episodeތާޝާ (19ވަނަ ބައި)←


All Right Reserved!