“މީނދަ ފިރިހެނާ މިގެއިން ނުދަނީސް މަގޭ ރުޅި މަޑެއް ނުވާނެ. ހިތަށްއަރާ މިފިރިހެނާއާ ދިމާނުވިނަމައޭ. ލަދުވެސް ގަނޭ ކޮއްކޮއޭ ބުނަން.” ފަޔާޒް އަޔާޒާއި ދިމާއަށް އިނގިލި ދިއްކޮށް ބުނެލިއެވެ. ރިޔާޝާ ފަޔާޒްގެ އަތުގައި ހިފާ ފިތާލީ ހަމަޖެހޭށޭ ބުނާފަދަ ގޮތަކަށެވެ. “ރިޔާޝާ މަޑުން އިނދެބަލަ. އޭނަ އިތުރަށް މިގޭގައި ބަހައްޓަން މަސައްކަތް ކޮށްފިއްޔާ ދެން ނޭނގެ ހަދާނެ ގޮތެއްވެސް. އޭނަ ނުދަންޏާ އަހަރެން މިގެއިން ދާނަން.” ފަޔާޒް މިފަހަރު ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އޭނާ މިފަހަރު އެކަން ކޮންމެވެސް އެއްކޮޅެއްގައި ޖައްސާނެއެވެ. ރަތީބާ ގޮތް ހުސްވާގޮތްވިއެވެ. ކޮންމެ ގޮތެއްވިޔަސް އެއީ އޭނާގެ ދެދަރިންނެވެ. ދެދަރިންވެސް އޭނާއަށް މުހިންމެވެ. ނަމަވެސް ކަންތައް ދިމާވެފައިވާ ގޮތުން އޭނާއަށް މިޖެހުނީ ކޮންމެވެސް އެއް ދަރިއަކު ޚިޔާރުކުރާށެވެ. ފަޔާޒާއި އަޔާޒް ބަހުގެ ހަމަލާތައް ފޮނުވަމުން ދިޔައިރު ރަތީބާ އިނީ ހަދާނެ ގޮތަކާމެދު ވިސްނާށެވެ. ވަރަށް ވިސްނުމަށްފަހު އޭނާ ގޮތެއް ނިންމިއެވެ.
“ދެން ތި އަރާރުން ހުއްޓާލަބަލަ. ހެޔޮނުވާނެ.” ރިޔާޝާއަށް ނީނދެވިގެން ބުންޏެވެ. “އަޑުއަހާ! މަންމަ ވަރަށް ވިސްނުމަށްފަހު ގޮތެއް ނިންމައިފިން. މަންމަ ހީކުރަން އެއްވެސް ކުއްޖަކު މި ނިންމުމާމެދު މަންމައާ ދޭތެރޭ ހިތްބުރަ ނުކުރާނެކަމަށް. މަންމަ ތި ދެކުދިން ދެކެވެސް ވަރަށް ލޯބިވޭ. މަންމައަށް ތިދެކުދިންވެސް ވަރަށް މުހިންމު. އެކަމަކު މިއަދު މަންމައަށް މިޖެހުނީ ތިއިން ކޮންމެވެސް އެއްކުއްޖަކު އިޚްތިޔާރުކުރަން.” ރަތީބާ ވިސްނުންތެރިކަމާއެކު ވާހަކަދެއްކިއެވެ. ފަޔާޒް އިނީ ރަތީބާގެ ނިންމުން އަޑުއަހާ ހިތުން ކެތްތެރިކަން ކުޑަވެފައެވެ. އޭނާގެ ހިތް އާދަޔާ ޚިލާފު ބާރުމިނެއްގައި ތެޅެމުން ދިޔައީ ރަތީބާ ނިންމީ ކޮން ގޮތެއްކަން ނޭނގޭތީއެވެ.
“ފަޔާޒްގެ މިމަންމަ ނޫން އިތުރު އެކަކުވެސް މިހާރު މިދުނިޔެއަކު ނެތް. އެކަމަކު އަޔާޒްގެ ދެވަނަ މައިންބަފައިން ގަދަވެ ސަލާމަތުން ދުނިޔޭގައި އެބަތިބި. އެހެންވީމަ މަންމަ އެދެނީ އަޔާޒް އެނބުރި އެމީހުން ގާތަށް ދިޔުމަށް. މީ ތިއިން އެއްވެސް ކުއްޖަކަށް ދެރައެއް ލިބެން މިމަންމަ ނޭދޭތީ މަސްލަހަތަށް ވިސްނާފައި މަންމަ ނިންމި ނިންމުމެއް.” ރަތީބާގެ ނިންމުން އިއްވާލުމުން ފަޔާޒަށް ހިތްހަމަޖެހުން ލިބުނެވެ. އަޔާޒް ބަހެއްވެސް ބުނުމެއްނެތި ކޮޓަރިއަށް ވަނީ ހިތްހަމަނުޖެހުނު ވަރުންނެވެ. އޭނާ ކޮޓަރި ދޮރު ޖެހިލެއް ބާރުކަމުންވެސް އެކަން ސާފުވެއެވެ. އަޔާޒް ގޯހެއް ހަދައިފާނެތީ ރަތީބާ އިނީ ކަންބޮޑުވެފައެވެ. ރިޔާޝާ ގޮވައިގެން ގޮސް ފަޔާޒްވެސް ކޮޓަރިއަށް ވަނުމުން ރަތީބާވެސް އެތާގައި އިތުރަށް މަޑުނުކޮށް ދިޔައީ ކޮޓަރިއަށެވެ.
**********
“ދަރިފުޅާ! ރަން ކިޔުއްވަން ފޮނުވާ ވާހަކަ ޝިފާން ބުނީ ކޮން ދުވަހަކުތަ؟” ދިޔާނާ ވާހަކަދެއްކީ ޢައިޝާއާއެވެ. “މިއަދު މެންދުރުފަހު ދޭއް ޖަހާއިރު އެމީހުން އަންނާނެ ވާހަކަ ބުނީ. މަންމާ! އަހަރެން އެބަ ވަރަށް ހިތްއަވަސްވޭ.” ޢައިޝާ ބުންޏެވެ. “ދަރިފުޅާ! ކަންބޮޑުނުވޭ. އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ގޯހެއް ނުވާނެ. މިހާރު ރަން ކިޔާނެ ވަރެއް ކަނޑައަޅައިފިންތަ؟” ދިޔާނާ އަހާލިއެވެ. “އާނ މަންމާ! އަޅުގަނޑުމެން ވާހަކަދައްކާފައި ނިންމީ ފަސްސަތޭކަ ފަންސާސް ފަސް ރުފިޔާއަށް ކިޔަން. ރަނގަޅުވާނެއެއްނު ދޯ؟ އެހާ ބޮޑު އަގެއް ކިޔާކަށް ނުވާނެއެއްނު ދޯ؟” ޢައިޝާ އެހެން ބުނެލުމުން ދިޔާނާ ޢައިޝާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. “އާނ ދަރިފުޅާ! ރަނަށް އެހާ ބޮޑު އަގު ކިޔާކަށް ނުވާނެ. މިއީކީ ކުރާ ވިޔަފާރިއެއް ނޫން. ބައެއް މީހުންނަށް އެކަން ނުވިސްނޭތީ ހާހުން ދެހާހުން ރަން ކިޔަނީ. ދަރިފުޅުގެ ތި ނިންމުމަށް މަންމަ ވަރަށް ތާއީދު.” ދިޔާނާ އިނީ ޢައިޝާގެ ވިސްނުންތެރިކަމާމެދު އުފާވެ ފަޚްރުވެރިވެފައެވެ.
ދޭއް ޖެހިއިރު ރަން ކިޔުއްވަން އައި މީހުން ދިޔުމުން ޢައިޝާ އިނީ ސިޓިންގރޫމްގައި އޭނާގެ ދިރިއުޅުމާމެދު ވިސްނާލާށެވެ. ޝިފާނާއި ކައިވެނިކުރަން ނިންމުނު ނިންމުމަކީ ރަނގަޅު ނިންމުމަކަށް ވޭތޯ އޭނާ ހިތާހިތުން ދުޢާކުރިއެވެ. ޝިފާންއަކީ ވަރަށް ރަނގަޅު ޒުވާނެކެވެ. ބަރާބަރަށް ނަމާދުކޮށް ދީނީ ކަންކަމަށް ލޯބިކުރާ އަޚްލާޤް ރަނގަޅު ޒުވާނެކެވެ. އަނެއްކޮޅުން ބަލާއިރު ބަލާލަންވެސް ރީތި ޒުވާނެކެވެ. މާދިގު ނޫނަސް ޝިފާނަކީ ކުރު މީހެކޭ ނުބުނެވޭނެއެވެ. އިސްކޮޅާއި ގުޅޭ ރޫފައެއް ލިބިފައިވެއެވެ. ހަންގަނޑުގެ ކުލަ އާދައިގެ ވަރަކަށް ހުރިއިރު ބޯކޮށް ހުރި ތުނބުޅިން އޭނާގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. ޢައިޝާއަށް ބޭއިޚްތިޔާރުގައި ހީލެވުނީ ޝިފާންފަދަ ހެޔޮލަފާ މީހަކާއި އޭނާގެ ކައިވެނި ކުރެވޭތީއެވެ. ހަފްތާއެއް ފަހުން އޭނާ ޝިފާންގެ އަނތްބަކަށް ވާނެއެވެ.
ނިއުމާއަކީ ޢައިޝާގެ އެކުވެރިއެކެވެ. އޭނާ އައިސް ވަތްއިރު ޢައިޝާ ޚިޔާލެއްގައި އިނުމުން ދިމާކޮށްލާ ހިތްވިއެވެ. “އޭތް މިހާ އަވަހަށް ސުހާގް ރާތުގެ ޚިޔާލުތައް ކުރަން ފެށީތަ؟” ނިއުމާ އައިސް ޢައިޝާގެ ގާތުގައި އިށީންނަމުން ބުނެލިއެވެ. “ސާބަހޭ ނިއު. ކިޔައިފާނެ ކޮންމެފަދަ އެއްޗެކޭވެސް. މަންމަ ހުރިނަމަޔޯ؟” ޢައިޝާ ބަދިގެއާއި ދިމާއަށް ބަލާލަމުން ބުނެލިއެވެ. “ނާއްތައަކަށް ނޭނގޭނެއެއްނު ސުހާގް ރާތު އެއީ ކޮން އެއްޗެއް ކަމެއް.” ނިއުމާ އެހެން ބުނެލުމުން ޢައިޝާ ބަލާލިއެވެ. “ނޭނގި ހުންނާނެތަ؟ އެއީ ހިންދީ ބަހުގެ ޑިކްޝަނަރީއެކޭ.” ޢައިޝާ އެހެން ބުނުމުން ނިއުމާ ގާތަށް ވަރަށް ހިނިއައެވެ. “ޑިކްޝަނަރީއެކޭ.” “އާނ. އިންޑިޔާގެ ފިލްމީ ތަރިންނަކަށްވެސް ނޭނގޭނެ ކަންނޭނގެ އެވަރަކަށް.” ޢައިޝާވެސް އެހެން ބުނެފައި ނިއުމާއާއި އެކު ހީގަތެވެ.
**********
ހެނދުނު ނާސްތާ ކުރަން އެންމެން ހަމަވިއިރު އަޔާޒެއް ނާދެއެވެ. އެހެންކަމުން ރަތީބާ ދިޔައީ އޭނާއަށް ގޮވާށެވެ. ދެފަހަރު ދޮރުގައި ޓަކި ދިނުމުންވެސް ޚަބަރެއް ނުވިއެވެ. ކޮޓަރިން އެއްވެސް އަލިކަމެއް ފެންނަން ނެތުމުން ރަތީބާ ތަޅުގައި ހިފާ އަނބުރާލިއިރު ދޮރު ހުރީ ތަޅުނުލައެވެ. ކޮޓަރީގެ ހޮޅިބުރި ދިއްލާލުމާއެކު ރަތީބާގެ ބޮލުގައި ރިއްސައިގަތެވެ. ތަރުތީބު ގެއްލިފައިވާ ކޮޓަރިއަށް ހީވަނީ ވަރުގަދަ ތޫފާނެއް އައިސްފައިވާހެންނެވެ. އެތެރެއަށް ވަދެ ތަންތަން ބަލާލުމުން ފާހަގަވީ އަޔާޒްގެ އެއްވެސް އެއްޗެއް ކޮޓަރީގައި ނެތްކަމެވެ. އަލަމާރި ހުޅުވާލާފައި ބެލިއިރު އެންމެ އަންނައުނެއްވެސް ނެތެވެ. އެހެންކަމުން އަޔާޒް އެގެ ދޫކޮށްލާފައި ދިޔައީކަން ރަތީބާއަށް އެނގުނެވެ. އަންގާވެސްނުލާ އެގޮތަށް އަޔާޒް ނުކުމެގެން ދިއުމުން ރަތީބާ ވަރަށް ދެރަވިއެވެ. އެންމެ ފަހު ފަހަރަށް ނަމަވެސް އަޔާޒްގެ ގައިގައި ބައްދާލާ ހަދާލަން އޭނާ ހުރީ ނުހަނު ބޭނުންވެފައެވެ.
ކޮޓަރިން ނުކުންނަމުން ކޮޓަރި ތެރެއަށް ނަޒަރު ހިންގާލި ވަގުތު، ކޮޓަރީގެ އެއް ކަނެއްގައި ހުރި މޭޒުމަތީގައި އޮތް ފޮތެއްގެ ދަށުން އެއްބައި ނުކުމެފައި އޮތް ކަރުދާސްގަނޑެއް ރަތީބާގެ ލޮލުގައި އަޅައިގަތެވެ. އޭނާ އަނެއްކާވެސް އެތެރެއަށް ވަނީ އެއީ ކޮން ގަނޑެއްތޯ ބަލާލާ ހިތްވީލެއް ބޮޑުކަމުންނެވެ. އޭނާ އަވަސްއަވަހަށް ގޮސް އެގަނޑު ނަގާ ބަލާލިއިރު އެއީ އަޔާޒް އޭނާއަށް ލިޔެފައިވާ ކުރު ސިޓީއެކެވެ. އޭގައި އޭނާ އެގެއިން ދާން ޖެހުނީތީ ހިތާމަކުރާކަން ހާމަކޮށްފައިވެއެވެ. އޭގައި އޭނާއާއި ރިޔާޝާގެ ގުޅުން ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ. އަދި އޭނާގެ ނުކުޅެދުންތެރިކަންވެސް ބަޔާންކޮށްފައިވެއެވެ. އޭނާގެ ހިތުގައި މަންމައާއި މެދު އެއްވެސް ހިތްބުރަކަމެއް ނެތްކަމަށާއި ދުވަހަކުވެސް ދެން އެމީހުންގެ ދިރިއުޅުމަށް އޭނާގެ ހިޔަނި ނޭޅޭނެ ކަމުގައި ލިޔެފައިވެއެވެ.
ރަތީބާ ނައިސް ލަސްވެގެން ފަޔާޒް ނުކުތީ ރަތީބާ ކޮބައިތޯ ބަލާލާށެވެ. ފަޔާޒްގެ ކޮޓަރި ދޮރު ހުޅުވާފައި ހުރުމުން ރަތީބާ ވީ އެކޮޓަރީގައިކަން ފަޔާޒަށް އެނގުނެވެ. “މަންމާ! ކިހިނެއް މިތަނަށް ވެފަ މިއޮތީ؟” ފަޔާޒް ހައިރާންކަމާއެކު އެހެން ބުނެލުމުން ރަތީބާ އޭނާ އަތުގައި އޮތް ސިޓީ ދިއްކޮށްލިއެވެ. ފަޔާޒް އެސިޓީ ކިޔާ ނިމުމާއެކު ރިޔާޝާއަށް ވަރަށް ބާރަށް ގޮވާލިއެވެ. އޭރު އޭނާ ރުޅިން ތުރުތުރުއަޅައެވެ. ފަޔާޒް އެހާ ބާރަށް ގޮވާލުމުން ރިޔާޝާ ހީކުރީ ބޮޑު ކަމެއް ވީކަމަށެވެ. އޭނާ އައިސް ވަދެފައި ކިހިނެއްވީތޯ ސުވާލުކުރިއެވެ. “މީ ކޮންކަމެއް؟” ރިޔާޝާގެ މޫނަށް އެސިޓީ ޖަހަމުން ރުޅިވެރިކަމާއެކު ފަޔާޒް އަހާލިއެވެ. ރިޔާޝާ ހައިރާންކަމާއެކު އެސިޓީ ނަގާ ކިޔަންފެށިއެވެ. ސިޓީ ކިޔާ ނިންމާލުމާއެކު އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.
“ތީގަ ތިއޮތީ ތެދު ވާހަކައެއްތަ؟” ފަޔާޒް ރުޅިވެރިކަމާއެކު އަހާލިއެވެ. ރިޔާޝާ ބޯހޫރާލިއެވެ. “ނޫން. ތީގަ ތިއޮތީ ތެދު ވާހަކަތަކެއް ނޫން. އަހަރެން ފަޔާ ނޫން އިތުރު އެއްވެސް މީހަކާ އެކަހަލަ ގުޅުމެއް ހިންގާފައެއް ނުވާނެ. އަދި އެވެސް ކައިވެނީގެ ބޭރުން. އަޔާޒްގެ ވާހަކަ ޤަބޫލު ނުކުރޭ ފަޔާ. އޭނައަކީ ދޮގުވެރިއެއް. އަނިޔާވެރިއެއް. އަހަރެން ފަޔާއަކަށް އެއްވެސް ކަމެއް ސިއްރެއް ނުކުރަން. ދޮގެއްވެސް ނުހަދަން. ކައިވެނީގެ ކުރިން އަހަރެން ފަޔާއަށް ހުރިހާ ވާހައެއް ކިޔައިދިނީމެއްނު. އަހަރެން މަރުވެ ދާނީވެސް ތެދުވެރި ވަފާތެރިއެއްގެ ގޮތުގައި.” ރިޔާޝާއަށް ރޮވުނެވެ. ރިޔާޝާ ރޯން ފެށުމުން ފަޔާޒްގެ ހިތަށް ތަދުވިއެވެ. އެހެންކަމުން އޭނާ ގޮސް ރިޔާޝާގެ ގައިގައި ބައްދާލާ މާފަށް އެދުނެވެ. އަދި ރަތީބާވެސް ގޮވައިގެން ގޮސް ބަދިގެއަށް ވަނީ ހެނދުނުގެ ނާސްތާ ކުރުމަށެވެ.
އަޔާޒް ސްޓޯރ ރޫމްގައި އުޅެމުން ދިޔައީ ނުހަނު ސިއްރިއްޔާތުގައެވެ. އޭނާގެ ހިތުގައި ފޮނިފޮނި އުންމީދުތަކެއް އާވެގަތެވެ. ރަތީބާ އެސިޓީ ކިޔާފައި ރިޔާޝާ އެގެއިން ބޭރުކޮށްލާނެ ކަމުގައި އަޔާޒް ހީކުރިއެވެ. ފަޔާޒްވެސް ރިޔާޝާ ދޫކޮށްލާނެއެވެ. އޭރުން އެވީ ރިޔާޝާ އޭނާގެ މިލްކަކަށް ހަދާށެވެ. އޭނާއަށް އެކުރެވުނީ ކިހާ ބޮޑު ކުށްހީއެއްކަން އޭނާއަށް ނުވިސްނުނީ ރިޔާޝާއާހެދި އޭނާ ދީވާނާވެފައިވާ ވަރުންނެވެ. އޭނާއަށް ޤަބޫލުކުރެވިފައި އޮންނަނީ ހިތް އެދޭ ކޮންމެ އެއްޗަކީ ހާސިލްކުރަން ޖެހޭ އެއްޗެއްކަމަށެވެ. އެއީ އޭ މިހުރިހާ ދުވަހު ބައްޕަ ކަމުގައި ދެކިގެން އުޅުނު ވަޙީދު އޭނާއަށް ދީފައިވާ ތަރުބިއްޔަތެވެ. ހަސީނާ އެކަމާ ދެކޮޅަށް އެއްޗެއް ބުނާ ކޮންމެ ފަހަރަކުވެސް ވަޙީދު ރުޅިއަންނަނީ ހަސީނާ ދެކެއެވެ. އަޔާޒް ހިނގަމުން އެދަނީ ވަޙީދު ދެއްކި މަގުންނެވެ.
**********
ދުވަސްތައް ފާއިތުވަމުން ގޮސް ހަފްތާއެއްވީ ނުލާހިކު އަވަހަށެވެ. ދިޔާނާ ޢައިޝާއަށް ނަޞޭޙަތް ދެމުން ދިޔައީ މިރޭ އޭނާ ޝިފާންގެ ގެއަށް ބަދަލުވާނެތީއެވެ. “ދަރިފުޅާ! ކައިވެންޏަކީ ވަރަށް މާތް މަޤްސަދެއްގައި ކުރެވޭ ކަމެއް. އެއްވެސް ހާލެއްގައި ކައިވެނީގެ މަޤްސަދު ހަނދާން ނައްތާނުލާތި! ފިރިމީހާއަށް ވަފާތެރިވާތި! ފިރިމީހާ އެދޭ އެއްވެސް ކަމަކަށް ދެކޮޅު ނުހަދާ ކިޔަމަންތެރިވާތި! އެކަމަކު އެއީ ރަނގަޅު ކަމެއް ކަމަށްވާނަމަ. ފިރިމީހާގެ ޢާއިލާ މީހުންނާއި ގުޅިގެން އުޅޭތި! ޝިފާންގެ އަންހެނުންނާވެސް ގުޅިގެން އުޅޭތި! އޭރުން އޭނަވެސް ރަނގަޅުވާނެ.” “މަންމާ! އަހަރެންނަށް ތިކަން އެނގޭ. މަންމަގެ ތި ނަޞޭޙަތް އަހަރެން އަބަދުވެސް ޤަބޫލުކުރާނަން.” ޢައިޝާ ދިޔާނާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ.
ޢައިޝާ މާބޮޑު ޕާޓީއެއް ބާއްވަން ބޭނުން ނުވީތީ ޝިފާންވެސް ބޭނުންވީ ކުޑަ ވަރެއްގެ ކެއުމެއް ރައްޓެހިންނާއި ޢާއިލާ މީހުންނަށް ބާއްވާލާށެވެ. އެކަމާ ދިޔާނާވެސް ވަރަށް އުފާވިއެވެ. މިރެއަކީ ޢައިޝާއާއި ޝިފާންގެ ކައިވެނި ކުރެވޭ ރެއެވެ. އެހެންކަމުން އެދުވަހުގެ ވަގުތުގައި އަންހެންވެރިން އުޅުނީ ކެއްކުމުގައި އަވަދިނެތިއެވެ. ޝިފާންއާއި ކަލީމްގެ އިތުރުން އެމީހުންގެ ބައެއް އެހެން އެކުވެރިންނާއި އެމީހުންގެ އަނބިންވެސް އައިސް އެކި ކަންކަމުގައި އެހީތެރިވުމުގައި އުޅުނެވެ. އެންމެންތައް ކެއްކުމުގައި އުޅުނުއިރު ޢައިޝާއަށް ހީވީ ބޮޑު ހަފްލާއަކަށް ކައްކަން މީހުން ޖަމާވެފައި އޮތްހެންނެވެ. މިހުރިހާ ހުރިހާ ކަމެއް ހިނގަމުން ދިޔައިރުވެސް އެންމެ ބޮޑު ބައިވެރިވުމެއް ފެނިގެން ދިޔައީ އައިންތުގެ ފަރާތުންނެވެ.
އަންހެންވެރިން ކެއްކުމުގައި އުޅުނުއިރު އެކި ވާހަކަތައް ދައްކަމުން ދިޔައެވެ. ދެއަނތްބަށް މީހުންނާއި އިންނަ ވާހަކަދެއްކުމުން އައިންތުވެސް ވަރަށް ގަޔާވެފައި ވާހަކަދެއްކިއެވެ. “އަސްލު އަހަރެމެން އަންހެނުންގެ ވިސްނުން މާ ހަނީ. ދެއަނތްބަށް މީހުންނާ އިނުމަކީ މައްސަލައެއް ނޫން. އަދި އެއީ އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީނުގައި އެކަމަށް ކުޅަދާނަވެގެންވާ މީހުންނަށް ކުރުން އެދެވިގެންވާ ކަމެއް. އެކަމަކު އަހަރެމެންނަށް ވާގޮތަކީ ބަތްތަށީގެ އެއްފަޅިން ކާން ބޭނުން ނުވަނީ. ފަހަރެއްގައި ވެދާނެ ފިރިމީހާ ދެއަނތްބަށް މީހަކާ އިންނަން އުޅެންޏާ ތިމަންނަ މަތިން ފޫހިވީއޭ ހީވަނީކަމަށް. އެކަމަކު އަސްލު އެހެނެއް ނޫން އެވަނީ. އަނބިމީހާގެ ފަރާތުން ކޮންމެވެސް ކަމެއް ނުފުދޭތީ ގިނަ ފަހަރު ދެވަނަ އަނތްބެއް ޚިޔާރުކުރަން ޖެހެނީ. އަހަރެމެންނަށް އެކަން ޤަބޫލުނުކުރެވޭތީ އަސްލު މައްސަލައަކީ. އަހަރެންނަށް ހީވާ ގޮތުގައި އަސްލު ފިރިމީހާގެ އެކަހަލަ ކަންކަމަށް ހުރަސްއަޅަންޏާ ފިރިމީހާ ފޫހިވާނީ. ދެއަނބިން ގުޅިގެން އުޅެންޏާ ހަމަ ނުލާހިކު ރީތި ދިރިއުޅުމެއް އުޅެވޭނެ.” އައިންތުގެ ވާހަކައަށް އެތަނުން ތަންކޮޅެއް ހަރުވަރުގެ އަންހެނަކު ވާހަކަދެއްކިއެވެ. އަދި އައިންތުގެ ހެޔޮލަފާކަމަށް ތަޢުރީފުކުރިއެވެ.
ޢައިޝާ ކޮޓަރީގައި އިނީ ކައިވެންޏަށް ތައްޔާރުވާށެވެ. ކައިރީގައި ނިއުމާ އުޅުނީ އޭނާގެ މޭކަޕް ކޮށްދޭށެވެ. “ނިއު! އެހާ ގަދަޔަށް ނުކުރައްޗޭ. ވަރަށް ނެޗުރަލް މޭކަޕެއް އިނގޭ ބޭނުމީ.” ނިއުމާގެ ގާތުގައި ޢައިޝާ ބުނެލިއެވެ. “މައްސަލައެއް ނޯންނާނެ. ޢައިޝާ ބޭނުންވާ ގޮތަކަށް ކޮށްދޭނީ. އެކަމު އަހަރެން ބޭނުންވަނީ ވަރަށް ގަދަކޮށް ޢައިޝާގެ މޭކަޕްކޮށްލަން. އޭރުން ހާދަ ރީތިވާނެޔޭ.” ނިއުމާ އެހެން ބުނެލުމުން ޢައިޝާ އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. “ނަސީބެއް ބޮޑު ވެޑިންގއެއް ބާއްވާހިތް ނުވިކަން. ނޫންނަމަ މިރޭ އަހަރެން ކުލަ ޖިންނިއަކަށް ހަދާލާނެ މި މޭކަޕް އާޓިސްޓް.” ޢައިޝާ އެހެން ބުނެލުމުން ނިއުމާ ހިނިގަނޑެއް ޖަހާލިއެވެ. “ސާބަހޭ. ބަލަ ސެލޫންއަށްދާ މީހުން ބުނާ ގޮތަށޭ އަހަރެމެން މޭކަޕް ކޮށްދެނީ. ވަރަށް ނެޗުރަލް މޭކަޕްވެސް ކޮށްދީފަ ހުންނާނެ ހަމަ.” ނިއުމާވެސް އޭނާގެ ކޮޅު ގަދަކޮށްލިއެވެ.
ނުވައެއް ޖަހަން ފަސް މިނެޓަށް ވީތަނާ ދިޔާނާ އައިސް އެންމެން ހަމަވެއްޖެކަމަށް ބުންޏެވެ. ހަމަޖެހެން މަސައްކަތް ކުރަމުން ޢައިޝާވެސް ބޭރަށް ނުކުތެވެ. އޭނާ ގޮސް މޭޒުކައިރީ އިށީންއިރު އޭނާގެ އަތްފައި ފިނިކަމުން ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ. ކައިވެނީގެ މަޖިލިސް ފެށިގެން ގޮސް ޝިފާން އަނބި ޤަބޫލުކޮށްފީމޭ ބުނި ވަގުތު ޢައިޝާއަށް ދެލޯ މަރާލެވުނެވެ. އޭނާގެ ހިތަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. އޭނާއަކީވެސް ޒިންމާދާރު މީހަކަށް ވާންވީ ވަގުތު ޖެހުނީކަމުގައި އޭނާ ދުށްޓެވެ. އޭނާވެސް އަމިއްލަ ދިރިއުޅުމެއް ފެށުމަށް ދެކެމުން އައި ހުވަފެންތަކުގައި ޙަޤީޤީ ކުލަ ޖެހުނީއެވެ. މިހާރު އޭނާއަކީ ޝިފާންގެ އަނބިމީހާއެވެ. ކައިވެނީގެ މަޖިލިސް ނިމުމުން ކެއުމުގެ ކަންތައްތައް ފެށުނެވެ. ކޮންމެ މީހަކުވެސް މިރޭ ކައިވެނީގެ ގޮށް ޖަހާލި ދެ ޒުވާނުންނަށް މަރުޙަބާ ކިޔުމާއެކު އެދިރިއުޅުމުގައި ބަރަކާތް ލެއްވުން އެދި ދުޢާކޮށްލައެވެ.
ވަލީމާގެ ކަންތައް ނިމުމުން ދެޒުވާނުންވެސް މިސްރާބުޖެހީ ޢައިޝާގެ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެ ހޮޅިބުރި ދިއްލާލުމާއެކު ޢައިޝާގެ ދެލޯ ބޮޑުވެގެން ދިޔައީ އެކޮޓަރި ތައްޔާރުކޮށްފައިވާލެއް ފުރިހަމަކަމުންނެވެ. ހަމަ ގައިމުވެސް އޭނާ ކައިވެންޏަށް ނުކުތްއިރު އެކޮޓަރި އޮތީ އެގޮތަކަށް ނޫނެވެ. އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެތަން އެހާ ފުރިހަމައަށް ތައްޔާރުކޮށްފައި އެވަނީ ވަރަށް ރަނގަޅަށް ޕްލޭންކޮށްފައި އޮތީމަތާއޭ ޢައިޝާގެ ހިތަށްއެރިއެވެ. އެނދުގައި ހިތެއްގެ ބައްޓަމަށް ރަތް ފިނިފެންމަލުގެ ފިޔައިން ކުރެހުން އަޅާފައިވާއިރު ހުދުކުލައިގެ މުށިތަކު މަތީގައި ރަތް ފިނިފެންމާ ފިޔައިން ކުދި ކުދި ހިތްތަކެއް ކުރަހާފައިވެއެވެ. ފަންކާ ޖަހާލިއިރަށް މުޅި ކޮޓަރި ތެރެއަށް ފިނިފެންމާ ފިޔަތައް ފެތުރިގަތްއިރު ފަންކާ ފިޔަތަކުގެ މަތީގައިހުރި ފިނިފެންމާ ފިޔަތައްވެސް ކޮޓަރި ތެރެއަށް އުދުހިގަތެވެ.
ދޮރު ތަޅުލާފައި ޢައިޝާ ޝިފާންއަށް ބަލާލިއިރު ޝިފާން ހުރީ އެއްޗެއް ވިސްނާށެވެ. ޢައިޝާއަށް ހީކުރީ ޝިފާން އެވިސްނަނީ އައިންތުއާ ދޭތެރޭގައި ކަމަށެވެ. “ޝިފާން! ކޮން އެއްޗެއް ތިވިސްނަނީ؟” ޢައިޝާގެ އަޑަށް ޝިފާން ކުޑަކޮށް ސިހުނެވެ. “ނުވިސްނަން.” ޝިފާން އެހެން ބުނެފައި ޢައިޝާ އޭނާގެ އަތްދަނޑިމައްޗަށް ލައިގެން ގެންގޮސް އެނދުމަތީ ބޭއްވިއެވެ. އަދި ގަމީހުގެ ގޮށްތައް ނައްޓަމުން އެނދުގައި އޮށޯވެލިއެވެ. “އަހަރެން މި ހިތަށް އަރަނީ ޢައިޝާއަށް އަހަރެންނާ އެކީ ނިދޭނެބާއޭ؟” ޝިފާން އެހެން ބުނެލުމުން ޢައިޝާ ބަލާލީ ނުނިދެންވީ ކީއްވެހޭ އަހާލާފަދަ ގޮތަކަށެވެ. “އަހަރެން ވަރަށް ބާރަށް ގުގުރި ދަމާނެ.” ޝިފާން އެހެން ބުނެލުމުން ޢައިޝާއަށް ބާރަށް ހެވުނެވެ. ދެމީހުން ހުނުމުގެ ތެރެއިން ގޮސް ރޭގެ އުފާ ހާސިލްކުރަމުން ދިޔައެވެ.
**********
އަޔާޒް އެގެއިން ދިޔަފަހުން އަޔާޒްގެ އެއްވެސް އުނދަގުލެއް ނުފޯރާތީ ރިޔާޝާ ހުންނަނީ ހިތްހަމަޖެހިފައެވެ. ނަމަވެސް އޭނާގެ ހިތަކުން އަދިވެސް ބިރުވެރިކަމެއް ނުފިލައެވެ. އަޔާޒް ދަމުންވެސް ދިޔައީ އޭނާ ރިޔާޝާގެ ދިރިއުޅުމުން ދުރަށް ނުދާނެކަމުގެ ސިގްނަލެއް ދީފައެވެ. އޭނާ އެސިޓީގައި ދޮގު ވާހަކަތަކެއް ލިޔުމުގެ ސަބަބަކީ ރިޔާޝާގެ މައްޗަށް ފަޔާޒްގެ ހިތުގައި ޝައްކު އުފެއްދުންކަން ރިޔާޝާއަށް އެނގެއެވެ. އަޔާޒް ދިޔަފަހުން ރަތީބާވެސް ހުންނަނީ ފާޑަކަށެވެ. ރިޔާޝާއާއި މާގިނައިން ވާހަކަދައްކައެއްވެސް ނޫޅެއެވެ. ރިޔާޝާ ހީކުރީ އެއީ އިމާދުގެ ކުއްލި މަރާއި އަޔާޒް ކުއްލިއަކަށް ގެ ދޫކޮށްލާފައި ދިއުމުން ވީގޮތެއްކަމަށެވެ. ދުވަސްކޮޅެއްވުމުން ރަތީބާ ހަމައަކަށް އެޅިދާނެ ކަމުގައި ރިޔާޝާ ހީކުރިއެވެ. އޭނާއަށް ނޭނގުނީ ރަތީބާއަށް އެއައި ބަދަލުގެ އަސްލަކީ އަޔާޒް ލިޔުނު ސިޓީގައިވާ ވިޔާނުދާ ދޮގު ވާހަކަތައްކަމެވެ.
ފަޔާޒްއާއި ރިޔާޝާގެ ދެމެދުގައި ވަރުގަދަ ފާރެއް ލެވިއްޖެކަމުގައި ރިޔާޝާއަށް އިހުސާސްކުރެވެން ފަށައިފިއެވެ. މިހާރު ފަޔާޒް ގިނަ ވަގުތު ހޭދަކުރަނީ ގެއިން ބޭރުގައެވެ. ގިނައިން ކަނީވެސް ގެއިން ބޭރުންނެވެ. ކުރީގައި ހުންނަ މަޖާ މިޒާޖު ވަނީ ބަދަލުވެފައެވެ. އަބަދުވެސް ހުންނަނީ ނެގިމަޑުވެފައެވެ. ގޭގައި އުޅޭ ވަގުތުތަކުގައިވެސް މާގިނައިން ރިޔާޝާއާއި ވާހަކަދައްކައެއް ނޫޅެއެވެ. ގިންއިން އޮންނަނީވެސް ފިކުރެއްގައެވެ. ވަރަށް ބޮޑު ފިކުރެއް ކުރަމުންދާކަން ޔަޤީނެވެ. ނަމަވެސް ރިޔާޝާއަށް ނޭނގެނީ ފަޔާޒް އެފިކުރު ކުރަނީ ކޮންކަމަކާ ކަމެވެ. މިކަންތައްތައް ވެގެންދިޔައީ ރިޔާޝާއަށް ކެތްނުކުރެވޭވަރުގެ ކަމަކަށެވެ. ފަޔާޒަށް އެ ބަދަލު އައި ސަބަބަކީ އަޔާޒްގެ ސިޓީކަން ރިޔާޝާއަށް ޔަޤީނެވެ. އެހެންކަމުން އޭނާ ފަޔާޒާއި އެވާހަކަ ދައްކަން ނިންމިއެވެ. ފަޔާޒް ގެއަށް އައިގޮތަށް ވަނީ ކޮޓަރިއަށެވެ. އޭނާ ގަމީސް ބާލައި ކޮނޑުގައި އަޅުވާލާފައި އެނދުމަތީގައި އޮށޯވެލިތަނާ ފޯނަށް އައީ ވައިބަރ މެސެޖެކެވެ. އޭނާ މެސެޖް ހުޅުވާލިއިރު އެއީ ވީޑިއޯއެކެވެ. ވީޑިއޯ ޕްލޭކޮށްލުމާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
44 Comments!
Comments are closed.






މިބައި އަޕްކުރުން ލަސްވި ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ވަރަށް ބޮޑަށް މާފަށް އެދެން
Riyasha ? thagey vahaka the miyo anehka..?
Hehe..riyaa and ayaa dhoa..;-)
?? ehenvuhva kiyaneh..?
Kiyaabala….varah reethi…
ހެހެހެ
Nice
ޝުކުރިއްޔާ
Its ok saandy.v salhi mi beyves.ayaax haadha gohey dho…next part kiyaahihvany hama..kiyaalan libidhaanetha mirey? Pls…
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ އަޕްކޮށްލަދޭނަން
vaahaka v reethi.. avahah up kohdeythi plx
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ އަޕްކޮށްލަދޭނަން
Mi v hadi vaahakayeh
Nulaahiku salhi. Hadihyaa nukiyabe dhw. Dhn kon mehn hadi ey kiyaaha cmnt nukuriya kas. Saandy vaahaka liyany e vaahaka aa dhey therey hih hama jehey myhun kiyaa shey bro
konthaaku mi vaahaka v salhi…v habeys…. Bad girl ebunii thede 😉 saandy keep it up…..
ޝުކުރިއްޔާ ތިން ކުދިންނަށްވެސް
vaahaka varah reethi.dhen Ayaa rangalheh nuvaane tha? varah sad vaane Fayaa aa Riyaasha vaki vejjiyyaa.RIYAA aa FAYA Vaki koh nulahchey.
yer…saandy dnt do that…plex
ޝުކުރިއްޔާ! އެނގިދާނެތާ ވާގޮތެއް
reethi vaahaka eh mee..
Ekam avahah up kohdhehchey.
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ އަޕްކޮށްލަދޭނަން
WOW… v v reethi… Saandy!! Mi Ayaaz maraalabala nikan… heyonuvaane… kihaa dhera kamehtha mee dhen… aan dhen hama Riyaashaa ufaluga ulhunas nudheyn vegen… ehen meehaku hoadhaigen ineema nimunynu ? ehmaaban’du beybege life halaaku kollan dheraehves nuvey… amilla edhumun foavefa… I hate Ayaaz ?
ޝުކުރިއްޔާ! ރުޅިއާދެވޭ ދޯ އަސްލުވެސް ހަމަ އަޔާޒް އުޅޭ ގޮތުން
Ey v salhi mibaives.. Ayaazge nubaikan hahdhu fahana alhaafaehnu thihury.. next part avahah up kollahchey.. V inthizaaru kurevey eba
ޝުކުރިއްޔާ!އިރާދަކުރެއްވިއްޔާ މާދަމާ އަޕްކޮށްލަދޭނަން
Saandy!!! kee thikuri….yageen eii riyaa ge vedio e kan……den vaane gothe ves ney ge…..next part kiyaa hithun mihaaru mi Dhunanii hope next part avaha up ko dey ne kama…..
Riyaashaa ur correct ayaaz genubaikan mihaaru hadufaha na Malhaaedani…..den oy baa kiyaaliima ingey nii vaagoy ves….?? 😕 :! 🙂 🙂
ޝުކުރިއްޔާ! ހޫމް… ދެން އޮތް ބައި ކިޔާލީމަ އިނގޭނެ އެވީ ގޮތެއްވެސް
Saandy!!! kee thikuri….yageen eii riyaa ge vedio e kan……den vaane gothe ves ney ge…..next part kiyaa hithun mihaaru mi Dhunanii hope next part avaha up ko dey ne kama…..
Riyaashaa ur correct ayaaz genubaikan mihaaru hadufaha na alhaaedani…..den oy baa kiyaaliima ingey nii vaagoy ves….?? 😕 :! 🙂 🙂
ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ އަޕްކޮށްލާނަން
v salhi ingey mi part vex….saandy ulhenii rashuga dhw..??
ޝުކުރިއްޔާ! ޔެސް… ރަށުގަ އުޅެނީ
Vaahaka vara furi hama next part kiyaa hithun mihaaru nuvx nidhey hama aslu vx
ވަރަށް ބޮޑަށް ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ އަޕްކޮށްލާނަން
Islam dheenuga firihenunah 2 3 nuvatha 4 nuny eahvure gina anbin hudha kurahvaafaivany ekabalunah ehytherivumuge gothun. Anbinge faraathun nufudhy kanthatha hureemaeh noon. V foohivey egothah visnaa meehun dheke.
ޔެސް… ރަނގަޅު ވާހަކައެއް ތިބުނީ
އަދި މަޢުލޫމާތަށްޓަކައި ބުނެލަން… އިސްލާމްދީނުގައި ފިރިހެނަކަށް ހުއްދަކުރައްވާފައިވަނީ ގިނަވެގެން 4 އަނބިން
keeve miadhu pu konulevenii….haada digu inthezaa rekey eii saandy…..
ސޮރީ! މިއަދު ކުޑަ ރެސްޓެއް ބޭނުންވީ އަސްލު… އަދި ނުލިޔެވި އޮތީވެސް… ވަރަށް ހަމަޖެހިލައިގެން ހިތްހަމަޖެހޭ ގޮތަށް ލިޔެލެވޭނީ… އެހެންވެ
V sahi mi partves?
ޝުކުރިއްޔާ
koba 28 vana bai? haadha slow ey mihaaru
މިދުވަސްކޮޅު މާ ބިޒީވީމަ ތަންކޮޅެއް ލަސްވަނީ… އެކަމާ މާފަށް އެދެން… އިރާދަކުރެއްވިއްޔާ މެންދުރު އަޕްކޮށްލަދޭނަން
its afternoon Sandy……cant wait to read the story. can u plx give an exact time possible to upload the next part?
މިހާރު އަޕްކޮށްލާފަ އިންނާނެ… ސޮރީ ލަސްވީމަ