Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާލޯބި އެނގޭނަމަ… 17

Ushaali Level 810 Stories100 Comments100 Stories500 Comments
November 20, 2016 8 Mins Read
22 Comments

“ޑެޑީ! މަންމި އާއި މާމަ އަތުވެއްޖެ. ދެން އަވަހަށް އާދޭ” ތިރީގައި ހުރި ޒާން ގެ އަޑަށް ޝައިމް ފުންމައިގެން ތެދުވެ ފާހާނާ އަށް ވަނެވެ. ހެދުން ބަދަލުކޮށްގެން ރީތިވެލައިގެން ޝައިމް ސިޑިން ފޭބިއިރު ފަހަތުން އަލްޔާ ވެސް އައެވެ. ސޯފާގޮނޑި ކައިރީގައި ރޫނާ އާއި ޒީޝާން ކޮޅަށް ހުރިއިރު ޒާން އާއި ޒައިނީ ޒީޝާން ދިން ޗޮކްލެޓް ކޮތަޅު ހިފައިގެން ގޯތި ތެރެއަށް ނިކުންނަނީއެވެ.

“ޝައިމް ދަރިފުޅު ކިހިނެއްތަ؟ ޝައިމް ކައިރިއަށް ފިޔަވަޅެއް އަޅާލަމުން ރޫނާ އަހާލިއެވެ. އެހެން ދިމާލަކަށް ޝައިމް ބަލަންފެށީ ރޫނާ އާއި ދިމާލަށް ބަލަން ބޭނުންނުވާތީއެވެ.

“ރަނގަޅު. މީޓް މައި ވައިފް. އަލްޔާ. ލައި. އެއީ އަހަރެންގެ މަންމަ ކަމަށް ދައުވާ ކުރާ މީހާ” އަލްޔާގެ އަތުގެ އިނގިލިތަކުގެ ތެރެއަށް ޝައިމްގެ އިނގިލިތައް މަހާލަމުން ވާހަކަދެއްކިއެވެ. ރޫނާ އަށް ހީވީ ނުފެންނަ އަތަކުން ކަންފަތްފިލާ މަތީގައި ހޫނު އެތިފަހަރެއް އަޅުވާލިހެންނެވެ.

“އެހެންތަ އަލްޔާ ކިހިނެއް؟ އަލްޔާ އަށް ނަޒަރެއް ދެމުން ރޫނާ އަހާލިއެވެ.އަލްޔާ ޖެހިލުންވިއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވީ ވެސް ގަދަކަމުންނެވެ. ތަންކޮޅެއް ފަހަތުގައި ހުރި ޒީޝާންގެ ނަޒަރު ހިނދުކޮޅަކަށް ވެސް ޝައިމް ގެ މޫނުން ނައްޓައިގެނެއް ނުދޭއެވެ. ދެލޯ ފެންކަޅިވެފައިހުރެ މަޑު ހިނގުމެއްގައި އައިސް ރޫނާގެ އަތުގައި ހިފާލިއެވެ. ރޫނާ ޒީޝާނަށް ބަލާލަމުން ޒީޝާންގެ އަތް މަތީގައި އަތް އަޅާލިއެވެ.

އަލްޔާ… މީ ކާކުތޯ ނުބަލާނަންތަ.  މީ ޒީޝާން. ޒާން އާއި ޒައިނީގެ މަންމަ. އަދި ޝައި…..”

“ޝައްޔަމްގެ ވައިފް” ރޫނާ ބުނަން އުޅުނު ޖުމްލަ ފުރިހަމަކުރީ ދުރުގައި ހުރި ޝެނާ އެވެ. ރޫނާ ޝެނާ އަށް ބަލާލީ ތަފާތު ނަޒަރަކުންނެވެ. ޝެނާ ރޫނާ އަށް ބަލަހައްޓައިގެން ހުރީ ކަޅިއަޅާލައިގެންނެވެ. އެހެންވީމާ ޝައިމް ކުރިން ކައިވެންޏުެއް ކުރިކަން މީނާ އަށް ވަނީ އޮޅުވާލާފަތާއެވެ. ރޫނާ ތުންފަތަށް ވިިހަ ހިނިތުންވުމެއް ވެރިވިއެވެ. ޒީޝާން ވެސް ހުރީ އަނގަ ހުޅުވިފައެވެ.

 

 

ރޫނާ ފެނިފައި ވެސް އެއީ އާދައިގެ މީހެއް ނޫން ކަން އަލްޔާގެ ސިކުނޑި ދެނެގަތެވެ. ބިޑިހެދުން ރޫނާގެ ހަށިގަނޑާއި އެހާ ވެސް ގުޅޭއެވެ. ބުޅި އިސްތަށިގަނޑު ފަހަތަށް ދޫކޮށްލާފައި އޮތީ ކަޅު ކުލައިގެ ދައްޗަކުން އިސްތަށިގަނޑުގެ އެއްބައި އައްސާލާފައެވެ. ކަރުގައި އޮތް ރަންފަށުން އެހެންމީހުންގެ ލޯތައް ގޮށްވާލާނެކަން ޔަގީނެވެ. އަރައިގެން ހުރީ އެންމެ މިޒަމާނުގެ ކުދިން އަރާކަހަލަ ހައި ހީލްއަކަށެވެ. މޫނުމަތިން ޝެނާ އާއި ނުލާހިކު އެއްގޮތެވެ.

“އެހެންތަ. އަލްޔާ އަށް މަޑުމަޑުން ބުނެވުނެވެ.  ރޫނާ ފަރުވާކުޑަ ގޮތަކަށް އަލްޔާ އަށް ބަލާލިއެވެ.

ރޫނާ ދެން ޖެހިލީ ޝެނާ ކައިރިއަށެވެ. ޝެނާ ހުރީ އެހެންދިމާލަކަށް ނަޒަރު ހުއްޓާލައިގެންނެވެ.

“ޝެނާ! ތީ ކާކުގެ ދަރިއެއް”  ހަގީގަތުގައި ވެސް ޝެނާ ރޫނާ އާއި ގުޅުން ކަނޑާލުމަށްފަހު މިގެއަށް އައިރު ބަނޑުބޮޑު ކަމެއް ނޭނގޭއެވެ. އެކުޑަކުއްޖާގެ ނަޒަރު ރޫނާ އަށް ހުއްޓާފައިވާ މަންޒަރު ފެނި ހިނދުކޮޅަކަށް ރޫނާ ޖަޒުބާތީ ވެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި މޫނު މަތިން އެކަން ހިންދާލިއެވެ.

“މަގޭ ދަރިއެއް” ހަރުކަށިކަމާއެކު ޝެނާ ޖަވާބުދިނެވެ.

“ޝެނާ އަށް މުހިއްމު ކަމަކަށް ވެސް ނުވިދޯ ބަލިވެެ އިނީމަ އަންގާލާކަށް. ބަލަ ތިކުއްޖާގެ ބަލަދުވެރިން މިދުނިޔޭގައި ތިބިކަމެއް ނޭނގޭތަ. ދައްތަ އަށް އެނގިއްޖިއްޔާ ތިކުއްޖާ ގެންދާނެ. އެހެންނޫނަސް މިކަހަލަ ނާތަހްޒީބު ރަށެއްގައި ކުއްޖަކަށް ދެވޭނީ ކޮން ތަރުބިއްޔަތެއް. ބަލިވެއްޖިއްޔާ އެންމެ ރަނގަޅު ފަރުވާއެއް ދެވޭނެތަ”  ރޫނާ ޝެނާ އަށް އަޑުލާން ފެށިއެވެ.

“މީ މަގޭ ދަރިއެއް. މަގޭ ދަރި ހުންނާނީ މަ ހުންނަ ތަނަކު. މިކުއްޖާ މަށާ ދުރުނުކުރެވޭނެ ރާއްޖޭގެ އެއްވެސް ކޯރޓަކަށް. ކިތަންމެ ބާރުގަދަ ބައެއް ތިއްބަސް ﷲ އަށް ވުރެ ގަދަފަދައެއް ނުވެވޭނެ. ދުވަހަކު ވެސް އަހަރެންގެ ދަރިފުޅު ދިރިއުޅޭކަށް ތިއެންމެން އުޅޭ ތަނަކަށް ނުދާނެ”

ރޫނާ ގެ ބަސްތަކަށް ރައްދު ދެވުނު އިރު ވެސް ޝެނާގެ އެތެރެހަށީގައި ހަލަބޮލި ވެފައިވާ ލެއަށް އެންގުމެއް ވެސް ނުވޭއެވެ.  “ހާދަ އަނގަ ވެސް ބޮޑޭ ދޯ. ތިކުއްޖާގެ ބައްޕަ ސަލާމަތްވެގެން އެނބުރި އައިއްސި. ތިކުއްޖާ ހޯދަން މިރަށަށް އަންނާނެ އެއްހަފްތާ ތެރޭގައި. ޝެނާ ހުސެން އާއި އަލުން ގުޅެން ތައްޔާރުވޭ މަށަށް މަންމަ ކިޔަންޏާ”  ރޫނާ ފަހު ބަސް އިއްވާލިއެވެ.

“ނެތް މަންމަ އެއް އަހަރެންގެ. ބޭނުމެއްނޫން މަންމަ އެއް. މަންމަ ކިޔާކަށް ވެސް ބޭނުމެއް ނޫން”  ރުޅި އައިވަރުން ޝެނާ އަށް ރޮވުނެވެ. މަންމަ ރޯކަން އެނގުމުން ޒޫނީ އަށް ވެސް ރޮވުނެވެ. ޝައިމް ކައިރީގައި ހުރި އަލްޔާ ދުވެލާފައި ޝެނާ ކައިރިއަށް އައިސް ޒޫނީ އުރާލައިގެން ސިޑިން މައްޗަށް އަރައިގެން ގޮސް ޝެނާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެެވެ. އިރުކޮޅަކުން ުނީ މައިތިރިކުރެވޭތޯ އެކޮޓަރީގައި ހުރި ޓީވީން ބޭބީ ރައިމްސް އަޑު ތިރިއަށް ވެސް އިވިއިވި ހުއްޓެވެ.

ސުހާނާ ހުރީ ޒީޝާން އަތުގައި ހިފާލާއިގެންނެވެ.

“އަހަރެންގެ ދޮންތަގެ ހަޔާތަށް އެ ހުސެން އަނބުރާ ގެންނާކަށް ލާހިކެއް ނޫން. ކީއްވެގެންތަ ދޮންތަ އުފަލުގައި އުޅުނަ ނުދޭންވެގެން ތިއުޅެނީ”  މިހުރިހާ އިރު ހިފަހައްޓާލައިގެން ހުރި ޝައިމް ފަޅައިގެންދަިޔއެވެ.

“މީކީ ޝައިމް އާއި ބެހޭ ކަމެއް ނޫން. ޝައިމް ވެސް ތީ މާ ރަނގަޅު މީހެއް ނޫނޭ ވާހަކަދައްކާކަށް. ހިތުން ޒީޝާނަކާއި އެއްވެސް ގުޅުމެއް ނެތް ދޯ. މޮޅަށް ކިޔަވައިގެން ވަޒީފާ އަދާ ކުރާއިރު ކޯއްޗެއް އެނގެނީ. އަދިވެސް އެއީ ޝައިމްގެ އަންބެއް. ޝައިމްގެ އިތުރު އަންބެއް ހުއްޓަސް އޭނަ އާއި ޒީޝާނާއި  ހަމަހަމަވެގެން ނުވާނެ. ޒީޝާނަކީ ޝައިމްގެ ދެދަރިންގެ މަންމަ. ތިންވަނަ ދަރިއަކު ވެސް ޒީޝާންގެ ބަނޑުގައި ގަރުބަގަތް. ޝައިމްގެ ހުންނަ ނުލަފާކަމުން އެކުއްޖާފުޅު ވެސް މިދުނިޔެއަށް ނައީ”

ރޫނާގެ އަޑުން މުޅިގެ ވަނީ ގުުގުމާލާފައެވެ. ޝައިމް ކަންބޮޑުވެފައި ހުރި ރޫނާގެ ވާހަކަތައް އަލްޔާ އަށް އަޑުއިވިދާނެތީއެވެ. ނަމަވެސް އަލްޔާ ޒޫނީ ގޮވައިގެން ޝެނާ ކޮޓަރިގައި ވުމުން ގޭތެރޭގައި ހިނގާ އެއްވެސް ކަމެއްގެ ހިލަމެއް ވެސް ނުވޭއެވެ. “ޒީޝާން މިރޭ ނިދާނީ ޝައިމްގެ ގާތުގައި. ލައްކަ ދުވަހު ރޯލަ ރޯލަ ހުރެވިއްޖެއްނު”  ރޫނާ ޒީޝާންގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.

“އައްޗި. މަށެއް ނޫޅެން އޭނަ މަގޭ ގައިގަ ތަތްކޮށްގެން ނިދާކަށް. ހިނގާ ދާން ދޮންތާ”  ޝެނާގެ އަތުގައި ހިފައިގެން ޝައިމް ހިނގައިގަތުމުން ތަން ހަމައަކަށް އެޅިގެން ދިޔައެވެ. ސުހާނާ އެދުމުން ހުރިހާ މީހުން އެއް ސުފުރާ މަތިން ކައި ނިންމާލިއެވެ. ކާމޭޒު ކައިރީގައި އިން އިރު ވެސް ރޫނާ ޝައިމް އާއި ޝެނާ އަދި އަލްޔާ އަށް އެއްޗެހި ކިޔަމުން ދިޔައެވެ.

ހަވީރުގެ ހިތްގައިމު ވަގުތު ޒާން އަދި ޒައިނީ ގޮވައިގެން ސުހާނާ އާއި ޒީޝާން އީދަށް ތައްޔާރުވެފައިވާ ރަށުގައި ހިނގާލަން ނިކުތެވެ. އެއް ހަފްތާއަށް ސްކޫލްތައް ވެސް ބަންދުވުމުން ޝައިމް މާ ބޮޑު ކަމެއް ނެތިފައި ޓެރަސްގައި އިނީ ވިސްނުމަކަށް ގެއްލިފައެވެ. ޒޫނީ ގޮވައިގެން އަލްޔާ އަދި ސަޖޫލް ބޭރަށް ނިކުމެލީ ސަޖޫލް އެކަމަށް އެދޭ ވަރުންނެވެ.

ކުރިމަތީގައި ހުރި ހޫނު ކޮފީތަށިން އަރަމުންދާ ދުންތަކަށް ބަލަހައްޓައިގެން ޝައިމް އިނީ ދެންވާނެ ގޮތަކާއި މެދު ވިސްނާށެވެ. ޝެނާ އައިސް ކައިރީގައި އިށިންއިރު ވެސް ޝައިމް އަށް ނޭނގުނެވެ.

“ނުވިސްނާ ކޮއްކޯ. މީ ދޮންތަ އާއި ކޮއްކޮ އަށް ހުރި ގޮތް. އަހަރެމެން ދެމީހުން ނޫނީ އަޅެ މަންމަގެ ދަރިއަކު މިދުނިޔޭގައި އެބަހުރިތަ. ކީއްވެތަ މަންމަ އެގޮތަށް ކަންތައް ކުރަނީ. ކީއްވެތަ މަންމަ އަށް ނުވިސްނެނީ”  ޝެނާ އިނީ މާޔޫސްވެފައެވެ. އެކަން ޝެނާގެ އަޑުން ވެސް ދޭހަވެއެވެ.

“ނުވިސްނެނީއެއް ނޫން. ނުލަފައީ. މަންމަ ބުނާހާ ގޮތަކަށް ކަންތައް މަށެއް ނުކުރާނަން. މަންމަ ކިޔަން ވެސް ފޫހިވޭ. ޒީޝާނަކީ މަންމަގެ ފެމެލީ ވީމަތަ އޭނަ ބޮލަށް ލައިގެން އެއުޅެނީ”  ޝައިމް އިނީ ރުޅި އައިއްސައެވެ.

“ދޮންތާ އަހަރެން ކަންބޮޑުވަނީ އެންމެ ކަމަކާ. ލައި އާއި މެދު. ވިސްނާ ވިސްނާ ބޮލުގައި ރިއްސާ އެބަ މިހާރު”  ޝައިމް ބުންޏެވެ.

“ދުވަސްކޮޅަކަށް ކޮއްކޮ ލައި ގޮވައިގެން ރިސޯޓަކަށް ދާންވީނުން. މިއަތޮޅު ރިސޯޓަށް ނައްޓާލާ. ދޮންތަ ހަމަޖައްސަދެންތަ”  ޝެނާ ޝައިމް އަށް ހިޔާލެއް ދިނެވެ.

“ނޫން. މިދަނޑިވަޅު ދޮންތަ އެކަނިކޮށްފައި މަށެއް ނުދާނަން. އޭރަށް އެމީހުން ދޮންތަ ރޮލާ ކާނެއްނު. ކޮންމެސް އެހެން ގޮތެއް ވިސްނަންވީ”  ޝެނާ ދިން ހިޔާލު ޝައިމް ގަޔާނުވިއެވެ.

“މަޑުކޮށްބަލަ މަންމަ އެބުނީނު ކޮއްކޮ ޒީޝާން ވަރިނުކުރެއޭ. އެއީ ކިހިނެއްވީ ކަމެއް”  ރޫނާ ދެއްކި ވާހަކަތައް މަތިން ޝެނާ ހަނދާންވިއެވެ.

“ނޫން. ހަމަ ވަރިކުރީ ގޭގައި. މަންމަ ކުރިމަތީގައި. އޭނަ އާއި އަހަރެން އިނީވެސް ލޯބިންނޫންކަން އެންމެ ރަނގަޅަށް އެނގޭނީ ވެސް ދޮންތައަށް. ފަހުން ކެތްކުރީ ދެކުދިންނަށްޓަކައި. އެކަމަކު ޒައިނީ އަށް އަށްމަސްވީތަނާ އޭނަ އުޅެންފެށި ގޮތަކުން ފޫހިވީ މާބޮޑަށް”  ފޫހިކަމާއެކު ޝައިމް ވާހަކަދައްކަމުން ދިޔައެވެ.

“އެންމެ ރަނގަޅު. ވަރިކުރި ފަހުން ކޮއްކޮ ކަންތައްކުރީ ކިހިނެއް؟ މިބުނީ ހަމަ ގޭގަތަ އުޅުނީ”  އެއްޗެއް ޔަގީންކުރަން އަހާކަހަލަ ގޮތަކަށް ޝެނާ ސުވާލުކުރިއެވެ.

“އާނ… ޓަސްލާފައި އެނބުރި ރަށަކަށް ނާދެވޭނެއްނު. ބައްޕަ ވަރަށް މަސައްކަތްކުރި ލޯންޗު ހަމަޖައްސަން. އެކަމަކު މަންމަ ހުރަސްއެޅީ”  ޝައިމް ބުންޏެވެ.

“ދެން އެހެންވިއްޔާ އޭގެ ފަހުން ވަރިކުރިތާ ތިންމަސް ނުވަނީސް ޒީޝާނާާއި ދެމީހުން އެކަހަލަ ގުޅުމެއް ބޭއްވިންތަ”  ޝެނާ އަހާލިއެވެ.

“އާނ. އެއީ މިކޮޅަށް އަންނަން ފުރަން އޮތް ރޭ. ނޭނގެވީގޮތެއް. ކަންވެ ނިމުނުފަހުން ހަމަބިމަށް އާދެވުނީ  ” ޝައިމް ބުންޏެވެ.

“އެހެންވިއްޔާ މަންމަ ބުނިހެން ޒީޝާންއާ ކޮއްކޮގެ ކައިވެނި ތިވަނީ އިސްލާމީ ޝަރީއަތުގައި ވާގޮތުން ރުޖޫޢަ ވެފަ. ފުރަތަމަ އަދި ދެވަނަ ކައިވެނީގަ ވަރިކުރިޔަސް ދެމަފިރިން އެކަހަލަ ގުޅުމެއް ހިންގައިފިނަމަ ކައިވެނި ރުޖޫޢަ ވާނެ. އިސްލާމް ނުކިޔަވަންތަ ކޮއްކޮ”  ޝެނާ ބުންޏެވެ.

“އެނގޭ ދޮންތާ. އެވާހަކަ އޭނަ މަންމަ ކައިރީގައި ދެއްކީ. އެހެންވެ އަނެއްކާ މަންމަ އަހަރެންގެ ބޯކާންފެށީ. އެހެންވެ ކޯރޓުގައި ވަރިސާބިތު ވެސް ކުރިން. އެ ފަހުން އައި ގޮތަށް މިއުޅެނީ މިރަށުގައި” ޝައިމް ވާހަކަދެއްކިއެވެ.

ޝައިމް ބޮލުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. ދެރަވީވަރުން ކަރުއެލުވާލިއެވެ. އަލްޔާ މަތިން ހަނދާންވެ ދެލޯ ފުރުނެވެ. މުޅިން ވެސް ޝައިމް ކުށްވެރިވާނޭ ކަންތަކެވެ. އަލްޔާ އަށް އެނގޭ ދުވަހަކުން އޭނާ ގޮތް ނިންމާނީ ކިހިނެއް ހެއްޔެވެ؟ ޝައިމް އަށް މާފް ކުރާނެ ބާއެވެ؟ ނޫނީ މުޅި އުމުރަށް ޝައިމް ދޫކޮށްލާފައި ދާނީ ހެއްޔެވެ؟ ދެވަނަ ކައިވެނީގެ ފޮނި މޭވާގެ ރަހަ ޝައިމްގެ ކަރުބުޑުގައި ނުލަނީސް މިދިރިއުޅުން ނިމޭނީ ހެއްޔެވެ؟ ޝައިމްގެ ބޯ ހާސްވާން ފެށިއެވެ. ޝެނާ ކައިރިވެލާ ޝައިމްގެ ކޮނޑުގައި އަތް ޖައްސާލުމާއެކު ޝައިމް ބޯއަޅާލީ ޝެނާގެ ކޮނޑުގައެވެ.

ގެއަށް އައިސް އަލްޔާ ޝައިމް ކައިރީގައި ދެއްކި ވާހަކަތަކަށް ވަރަށް އަވަހަށް ޝައިމް އެއްބަސް ވިއެވެ. މިވަގުތަށް ޝައިމް ބޭނުންވަނީ ވެސް އެއާއިލާ އާއި ދުރުގައި އަލްޔާ ހުރުމެވެ. މިޔާނާ ގެ ބަލިހާލަތު ހުރިގޮތުން އީދު ނިމެންދެން އަލްޔާ އެގެއަށް ބަދަލުވާން ނިންމި ނިންމުމަށް ޝައިމް ރުހުނީއެވެ. ނަމަވެސް ދުވާލުގެ ވަގުތުގައި ޝައިމް ގެ ގެއަށް އަންނަން އަލްޔާ އެދުމުން އެކަމަށް ވެސް ޝައިމް ރުހުނެވެ. ޝައިމްގެ ރަނގަޅުކަމާއި ކެތްތެރިކަން ފެނި އަލްޔާ ގެ ހިތުގައި ޝައިމް އަށް ދެވިފައިވާ ގަދަރަށް ބޮޅެއް މަހާލެވުނެވެ. އަލްޔާގެ ކުރިމަތީގައި ޝައިމް ގެ މާތްކަން މާބޮޑުވިއެވެ. އީދު ބަންދަށްފަހު ޝައިމް އަށް ފިރިއަކަށް އަންބެއްގެ ފަރާތުން ލިބެންވާ ހުރިހާ ހިދުމަތެއް ދޭން އަލްޔާ ނިންމިއެވެ. އެވާހަކަ އަލްޔާ ބުނާނީ ދެން އެންމެ އަވަހަކަށް ޝައިމް ކައިރީގައި ނިދާ ރެއަކުންނެވެ.

 

ޝެނާ ފަތިހު ހޭލައިގެން ޒޫނީ ގެ ބުށްފުޅި އާއި ކިރުތައްޓެއް ހިފައިގެން އެނބުރި ގޮސް ވަނީ ކޮޓަރިއަށެވެ. ސުހާނާ ބަދިގޭގައި ސައި ހެދުމުގައި އުޅޭއެވެ. ޒީޝާން ވެސް ޒާން އާއި ޒައިނީ ނަގައިގެން އީދު ނަމާދަށް ގެންދަން ތައްޔާރުކުރަނީއެވެ. މާކުރިން އަލްޔާ ޝައިމް ގެ ގަމީހާއި ޖީންސު އިސްތިރިކޮށްފައި އަލަމާރީގައި ބެހެއްޓިއަސް ޒީޝާން އެކޮޓަރިއަށް ވަދެ އަލްޔާ ޝައިމްއަށްޓަކައި ތައްޔާރުކޮށްފައި ހުރި ހެދުންތައް ނަގާ އޭނާ ޝައިމް އަށް ގެނައި ޓީޝާޓާއި ޖީންސް ކޮނޑުގައި އަޅުވާލާފައި އަލަމާރީގައި ތަޅުގައި އަޅުވާލިއެވެ. ޒާން ޝައިމް އަށް ގޮވުމުން ތެދުވެ ފާހާނާ އިން ފެންވަރައިގެން ނިކުމެ ސައިޑްކަބަޑް މަތީގައި ހުރި ކޮފީތަށި ބޯލިއެވެ.

ޝައިމް އަށް ނޭނގުނީ އެއީ ޒީޝާން ތައްޔާރުކޮށްފައި ހުރި ކޮފީ ކަމެވެ. ޒީޝާން ގެ ހަދިޔާ ހަށިގަނޑަށް ހެޔޮވަރުކޮށްލަމުން އަވި އައިނު ނަގާ ލޮލުގައި އަޅާލިއެވެ. ޝައިމް ހީކުރީ އެއީ އަލްޔާ ޝައިމް އަށް ދިން އީދު ހަދިޔާ ކަމަށެވެ. އެތުންފަތުގައިވި ހިނިތުންވުން ނުފިލާ ހުރީ އެހެންވެއެވެ. ޒާން ޝަކުވާ ކޮށްލުމުން ޝައިމްގެ ޖެލްދަޅުން ޒާންގެ ބޯލުގެ ފަންއިސްތަށިކޮޅުގައި ދެފަރާތަށް ހާކާލިއެވެ. ކޮޓަރިން ނިކުތް ވަގުތު ހުދުކުލައިގެ ކުޑަ ބުރުގާ ކޮޅެއް އަޅައިގެން ޒައިނީ އައިސް އަތް ދިއްކޮށްލުމުން ޝައިމް ޒައިނީ ނަގާ އުރާލާ އީދުމުބާރަކް ކިއިއެވެ. ހެވިފައި ހުރި ޝެނާ ވެސް ޒައިނީ އުރާލިއެވެ. އަދި ކޮލުގައި ބޮސްދިނުމަށްފަހު ވިޝް ކޮށްލިއެވެ. ޝެނާ އަތުގައި އިން ޒޫނީ އުރާލަމުން ތުއްތު އަޑަކުން ޒައިނީ އެކުއްޖާ އަށް ވެސް އީދުގެ ތަހްނިޔާ ކިއިއެވެ.

ޒާން ގޮވައިގެން ޝައިމް ނިކުތުމުން ތަނބާއި ނިވާވެގެން ހުރި ޒީޝާން ނިކުމެ މޭގައި ފިރުމާލިއެވެ. ޒީޝާން ގެނައި ހަދިޔާ ޝައިމް ބޭނުންކޮށްފައި ހުރުމުން އުފަލުގެ ކޮޅެއް ނެތެވެ. ކޮޓަރިން ނިކުތް ސުހާނާ އާއި އެކު ޒައިނީ މިސްކިތަށް ދިއުމުން ޒީޝާނާއި ރޫނާ ވަނީ ބަދިގެއަށެވެ.

“މަންމާ! މިއަދު ހާއްސަ ކެއުމެއްނު ހަދަންވާނީ. ޝައި ގެއަށް އަންނަން ވާއިރަށް އަހަރެން ބޭނުމީ މުރަނގަތޮޅި މަސްހުނި ހަދަން. އަޅުގަނޑާއި އިންފަހުން އެއީ ޝައި އަށް ވަރަށް މީރު އެއްޗެއް”  ޒީޝާން ތުއިވަމުން މޭޒު ކައިރީގައި ކޮފީ ބޯން އިން ރޫނާ އާއި ވާހަކަދެއްކިއެވެ.

“އަވަހަށް ތައްޔާރުކުރަން ފަށާ. މިހާރު އެ ރުނޑިދައިތަ ވެސް މިގޭގައި ހުރީ އެއް ނޫން. މަންމަ ބޭނުން މިކުޑަ ދުވަސްކޮޅު ދަރިފުޅު ކޮޅަށް މުޅިން ޝައިމް އަނބުރާލަން”  ރޫނާ ވާހަކަދެއްކިއެވެ.

“އެއީދޯ މިފަހަރު މިރަށަށް ތިއައި ބޭނުމަކީ. އެކަމަކު ބުނަން ތީކީ ވާނެ ކަމެއް ނޫން. އަދި އަހަރެން ތިކަން ވިޔަކަ ނުވެސް ދޭނަން”  ބަދިގެއަށް ވަން ޝެނާ ބުންޏެވެ. ޒީޝާން މީހަކަށް ނުފެންނާނެހެން ޝެނާ އަށް ތުން އަނބުރާލިއެވެ.

“މީކީ ޝެނާ އާއި ބެހޭ ކަމެއް ނޫން. ފުރަތަމަ ތިމާ އަށް މީހަކާއި އިނދެގެން ނޫޅެވުނު. އަހަރެންގެ ޝައިމްގެ ދިރިއުޅުމާއި ބެހޭ ވާހަކަދައްކަން ޝެނާ ތީ ކާކު”  ރޫނާ ރުޅިގަދަވިއެވެ.

“ނޭނގުނުތަ މީ ކާކު ކަން. މަށަކީ ޝައިމްގެ އެއްބަނޑު އެއްބަފާ ދައްތަ. ޝައިމް ކަންތައްކުރާނީ އަހަރެން ބުނާ ގޮތަށް”  ޝެނާ ރައްދު ދިނެވެ.

“ތީ ޝައިމް އާއި ލޭގެ ގުޅުން އޮތް މީހެއް ނޫން. ކިހިނެްވެގެންތަ ފާވެގެން ނެއްޓެން ނޭނގިގެން ތިއުޅެނީ”  ރޫނާ ޖަވާބުގައި ބުންޏެވެ.  ޝެނާ ހީލިއެވެ.

“ކިތަންމެ ރުޅިއަޔަސް ގުދުރަތުން ގާތްކުރައްވާފައިވާ ގުޅުމެއް ކަނޑުވާލަން ތީ ކާކު”  ޝެނާ ރުޅިއައެވެ.

ޒީޝާން ހުރީ ރޫނާ އަތުގައި ހިފާލައިގެންނެވެ.

“މީ ތިގޮތްކުޑަ ކުއްޖާގެ މަންމަ. އެވަރު ނޭނގިގެންތަ ކުރިމަތީގައި ޒުވާބު ތިކުރަނީ”  ރޫނާ ކޮޅަށް ތެދުވިއެވެ.

“އޮޅުނީ މަށަކަށް ނޫން. ދެންމެގައެއްނު ބުނީ މަށަކީ ޝައިމް އާއި ލޭގެ ގުޅުން އޮތް މީހެއް ނޫނޭ. އެހެންކަމަށްވާނަމަ ޝައިމް އަކީ މަންމަގެ ދަރިއެއް ކަމަށް ވާނަމަ އަހަރެން ތި މަންމަގެ ދަރިއަކަށް ވާނީ ކިހިނެއް؟ އެހެންނޫނަސް މަންމަ ކިޔާކަށް ބޭނުމެއްވެސް ނޫން”  ޝެނާާ ހިނގައިގަތެވެ.

“އަދި ބުނަން. ކޮންމެހެން ޝައިއްކޮ އަށް މާމީރު އެއްޗެހި ހަދާނެ ކަމެއް ނެތް. ތީ ބޭކާރުކަމެއް. ހުވަފެން ދެކެން ނޫޅޭ. ހަމަބިމަށް އާދޭ”  ޝެނާގެ ބަސްތައް އަމާޒުކުރީ ޒީޝާނަށެވެ. ޝެނާ މައްޗަށް އަރަން ދިޔަ ވަގުތު ޝައިމް އާއި ޒާން އައިސް ވަނެވެ. އަދި ފަހަތުން ސުހާނާ އާއި ޒައިނީ ވެސް ވަނެވެ.

“ދޮންތާ ރެޑީތަ.. ހިނގާ ދާން. އާދޭ އަވަހަށް ޒޫބޭބީ ގޮވައިގެން. ދެންމެވެސް ލައި ގުޅި”  ޝައިމްގެ އަޑުއިވުމާއެކު ބަދިގޭގައި މަސްހުނި މޮޑެން ހުރި ޒީޝާން ބޯދިއްކޮށްލިއެވެ. އެތަން ޝައިމް އަށް ވެސް ފެނުނެވެ.

“ދޮންތަ ރެޑީ. ހިނގާ ދަމާ”  ޒޫނީ ގޮވައިގެން ތިރިއަށް ފޭބި ޝެނާ ޝައިމް ކައިރީގައި ހުއްޓިލަމުން ބުންޏެވެ.

“ޑެޑީ ޒާން ވެސް ބޭނުމީ ލައިދައްތަ ކައިރިއަށް ދާން. އެގެއިން ކާން”  ޒާން ޝައިމްގެ އަތުގައި ހިފާލަމުން ބުންޏެވެ.  “ޒައިއްކޮ ވެސް ދާނަން ޑެޑީ”  ޒައިނީ ވެސް ބޮޑާ ހާކާލިއެވެ.

“ހުރިހާ ކުދިން ވެސް މިއަދު ކާނީ ލައިދައްތަ މެންގެއިން. ހިނގާ ދާން”  ބަދިގޭ ދޮރުމަތީގައި ތިބި ރޫނާ އާއި ޒީޝާނަށް ބަލާލަމުން އެއް ތުންފަތުން ހީލަމުން ޝެނާ ބުންޏެވެ.

“އުނހު ދަރިފުޅުމެން ކާނީ މަންމި ރެޑީ ކުރާ އެއްޗެހި”  ޒީޝާން ޝައިމް އަށް ބަލާލީ ޝަކުވާގެ ނަޒަރަކުންނެވެ. ޝައިމް ފެންނަކަމަށް ވެސް ނުހެދިއެވެ. ޒާން އާއި ޒައިނީ ބޮޑާހާކަން ފެށުމުން ޝައިމް އާއި ޝެނާ ނިކުތީ ދެކުދިން ވެސް ގޮވައިގެންނެވެ. އެމީހުން ނިކުތުމާއެކު ޒީޝާނަށް ރޮވުނެވެ. ޝައިމް ޒީޝާން ދެކެ އެހާ ފޫހިވަނީ ޒީޝާންގެ ކުށަކީ ކޮބާ ހެއްޔެވެ؟  ފަހަރެއްގައި ވެސް ޒީޝާންގެ ހަޔާތަށް ޝައިމް ގެންނާކަށް ޒީޝާން އެއްވެސް ބާރެއް އަޅާފައެއް ނުވޭއެވެ. ޝައިމް އަށް މަޖުބޫރުކުރީ ރޫނާ އެވެ. ޝައިމް ލޯބިވާ މީހަކު ހުރިކަމަށް ޒީޝަން ކައިރީގައި ބުނީވެސް ކައިވެނިވެ ނިމުނުފަހުންނެވެ.

ހަގީގަތަކީ ޒީޝާން ވެސް ލޯބިވާ ހަމައެކަނި ފަރާތަކީ ހަމައެކަނި ޝައިމް ކަމެވެ. ކައިވެނީގެ ފަހުން ޝައިމްގެ ފަރާތުން އަޅާލުމެއް ނުލިބި ވޭނުގައި ޒީޝާން ހޭދަކުރީ ކިތަށް ދުވަސްހެއްޔެވެ؟ ޝައިމް އަށް ޒީޝާން ފެންނަނީ ހަމައެކަނި ޝައިމްގެ ކަރުހިއްކައިގަތީމައެވެ. އެންމެފަހުން ޒީޝާން އަށް ޝަކުވާ ކުރެވެން ފެށުނީއެވެ. ތިމާ ލޯބިވާ އަލަތު ފިރިމީހާ އެހެން އަންހެނެއް ދެކެ ލޯބިވާ މަންޒަރު ބަލަން ކެތްވާނީ ކޮން އަންބަކަށް ހެއްޔެވެ؟ ޒީޝާން އަކީ ވެސް ހުރިހާ ހިއްސެއް ފުރިހަމައަށް މަސައްކަތްކުރާ އިއްފަތްތެރި އަންހެނެކެވެ. ޝައިމް ޒީޝާން ވަރިކުރަން ބަހަނާއަކަށް ދެއްކީ ޒީޝާން ކުރާ ޝަކުވާތަކެވެ. އެނދުމަތީގައި ރޮވިފައި އިން ޒީޝާން އަށް ހިޔާލީ ދުނިޔެއިން ނިކުމެވުނީ ރޫނާ އައިސް ކައިރީގައި އިށީނުމުންނެވެ.

“ދަރިފުޅާ ރޮޔުމުން ވާނެ ފައިދާއެއް ނެތް. ހިތްވަރުކުރޭ. އަދި ގޮތް ހުސްނުވޭ. އެމީހެއްގެ ހައްގެއް ހޯދަން މަސައްކަތް ކުރާނީ އެމީހަކު. ދަރިފުޅު ނިކަން ކުރިއަށް ޖެހިލަބަލަ. ފާޅުގައި ހައްގު ހޯދަން އަތުކުރި އޮޅާލަބަލަ. ސުހާނާ ބުނި އެ އަލްޔާ އަށް ޒާން އާއި ޒައިނީ އަކީ ތިދެމީހުންގެ ދަރިން ކަމެއް ނޭނގެޔޭ. ޝައިމް ވަނީ އަލްޔާ އަށް އޮޅުވާލާފައި. ނިކަން ފުރުސަތުގެ ބޭނުން ހިފާލަބަލަ. އަންހެނަކަށް ވީމަ އޭގެ މާނައަކީ ކޮޓަރީގައި ބިތްޖެހިފައި ރޯން އިނުމެއް ނޫނޭ”  ޒީޝާން ކަރުނަތައް ފޮހެލިއެވެ. ރޫނާ ގެ ވާހަކަތަކަށް އެއްބަސް ވެވުނެވެ. ޝައިމްގެ ލޯބި ހޯދަން މަސައްކަތްކުރުމަށް އަޒުމް ކަނޑައެޅިއެވެ.

އަލްޔާ އަކީ ވެސް ޒީޝާން ކަހަލަ އަންހެނެކެވެ. އަންހެނަކަށްވެ ހުރެ އަލްޔާގެ ހަޔާތް ބަރުބާދުވަތަން ބަލާކަށް ޒީޝާނެއް ނުހުންނާނެއެވެ. ޝައިމް އަށް ޖެހޭނީ ކޮންމެސް އެއްގޮތަކަށް ނިންމާށެވެ. އަލްޔާ ވިއްޔާ އަލްޔާއެވެ. ދަރިން ވިއްޔާ ދަރިންނެވެ. ޒީޝާންގެ ދެލޮލުން އައި ކަރުނަތައް ފޮހެލީ ލޯބިވާ ފިރިމީހާ އާއި ދެކޮޅަށް ނިކުންނަން ޖެހުމުން ހިތަށް ކުރި އަސަރަކުންނެވެ. ޝައިމް ނިންމާނެ ގޮތެއް ނޭނގޭތީ ހިތް ބިރުގަންނާތީއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Other Articles

Previous

މަންމަ އަށްޓަކައި….. (2ވަނަ ބައި)

Next

ހުރީ ވެވިފާ ބާކީ…. (ދެވަނަ ބައި)

Next
November 20, 2016

ހުރީ ވެވިފާ ބާކީ…. (ދެވަނަ ބައި)

Previews
November 20, 2016

މަންމަ އަށްޓަކައި….. (2ވަނަ ބައި)

22 Comments!

  1. Ushaali says:
    November 20, 2016 at 1:53 pm

    hellow everyone…. mi part ves kiyaalaafa vahaka kamudhaa huriha kudhin comment kollache.. dhn in part maadhama up kohdheynan. insha allah….. 🙂

    1. Ners says:
      November 20, 2016 at 9:07 pm

      V v v v nice. Alya n looook gulhuvahche plzz

  2. naff says:
    November 20, 2016 at 2:08 pm

    vaahaka up kureythoww hama balaala balaala mi innany..mi part ves hama v nice..Dhn thi shaim ge sihru alya ah falhaa aruvaala..Waiting for next part…

  3. Alya says:
    November 20, 2016 at 2:18 pm

    Alhe avahah luk aa alya gulhuvaba.

  4. ****M!n!!*** says:
    November 20, 2016 at 2:19 pm

    Wow varah rythi… Alhe dhn laid ah hageegeai angabah…… Kn irakun aneh part can’t wait… Avahah up kohdheh chey.. Adhi next part miah vure dhigu koudhehchey……. Varah rythi n keep it :* 🙂 :*

    1. **M!n!!** says:
      November 20, 2016 at 2:21 pm

      *lai

  5. Nish says:
    November 20, 2016 at 2:23 pm

    Foohivey shaim n shena ulhey vahtharun

  6. Maus says:
    November 20, 2016 at 3:15 pm

    Luk&alya gulhuva Bala please please alya ah hurihaa kameh Falhaa araabala

  7. Look ge Lai says:
    November 20, 2016 at 3:19 pm

    Mi shaim mee haadha gotheh neh meehekey dhw.. Lai aa vess iny hama ehenve amihla edhun fuhdhan.. N Shena I hate her. look where r u?? Btw mi part vess reethi ingey Ushaali.

    1. Regards says:
      November 20, 2016 at 4:52 pm

      Why r u guys so pa

      Why are you guys angry with shena? what is her fault.

  8. mixoo says:
    November 20, 2016 at 4:28 pm

    mi part ves varah salhi.. shaim hama asluves haadha amilla edhun bodey dhw. i hope alya knows everything soon.

  9. Blue Lady says:
    November 20, 2016 at 5:08 pm

    Nice.. avahah shaim ge hageegaiy angaba. Luke ge kehtheri kamuge inaam avahah dhee….. eid nimen vaairah lai ah angaathi.. ehennony lai luke ah foruvaane echeh noanaane

  10. Hassu says:
    November 20, 2016 at 5:33 pm

    Thithi kadaa ey …adhi vs falhaa eh nalhaa dhogu ge mahchah dhogu hahanii thibey geh ..lai ah eyguniima hadha hurt vaneyy. .dhn avahah lai ah hurii haa ehcheh kiyaa dheeba mihaar kiyaa dhyn las vehjjey.. Puhlease look and lai gulhu vabaaa.

  11. EeeKoO says:
    November 20, 2016 at 5:38 pm

    Usheee…..alya ah hageegaiy angabala avahah…..mihaaru e shaim ulheny maa fonivegeney……alhe kameh nuvanis alya ah hagygaiy angaba…plx plx plx plx ushy

  12. Dhondhooni. says:
    November 20, 2016 at 6:42 pm

    V foohi? adhives falhaanaara dh..look ge habarehves nuvi v dhera? zeeshaan avahah shaim ge makaruverikan falhaa aruvaalabala..waitin waitin….

  13. Lai says:
    November 20, 2016 at 9:33 pm

    Alya and look gulhuvachey…..adi shaim aai ekugai sleep nukuruvachey…..plx plx plx

  14. Noo says:
    November 20, 2016 at 11:49 pm

    Varah reethi mi vaahaka

  15. Thaany says:
    November 21, 2016 at 2:06 pm

    Alhe v reethi pkg huss vgn kiyaanulevi oi 4 bai mi kiyaa nimunee v v furihama

  16. Beauty says:
    November 21, 2016 at 3:44 pm

    Lai aa shaim gulhuvaa. Look beynumeh noon….

  17. Sum1 says:
    November 21, 2016 at 4:15 pm

    Alhe aneh bai up kohdhyba avahah v rythi mi vaahaka

  18. princess shaal says:
    November 21, 2016 at 5:57 pm

    hii kon iraku up koh dheyny waitin

  19. dhonthi says:
    November 21, 2016 at 7:23 pm

    Very nice then falaa aruvaalaa

Comments are closed.

Next Episodeވާލޯބި އެނގޭނަމަ… 18←


All Right Reserved!