ޤުރުބާން ވުމީ މިހިތުގެ އުފާ 39 ވަނަ ބައި
ޖަލްސާނިމުމުން ބައެއް މީހުން ތަނުން ދާން ފެށި އެވެ. އެވަގުތު އާޔަތުވެސް ދިއުމަށް ނިކުންނަނީ އެވެ. އަބްޔާން ވެސް އާޔަތު ފަހަތުން ހިގައި ގަތެވެ. ދޮރުން ވަދެގެން އައި މީހާއަށް ބޭރަށް ނުކުނަން ދިޔަ އާޔަތު ނުފެނުމުން ގޮސް ލައިގަނެވުނީ އާޔަތު ގައިގަ އެވެ. އާޔަތު އެމީހާ ގައިގައި ޖެހިފައި ވެއްޓެން ދިޔަ އެވެ. އެވަގުތު އެމީހާ ވެސް އަދި އަބްޔާން ވެސް އާޔަތާއި ދިމާއަށް އަތް ދިއްކޮށްލީ އާޔަތު ހިފެހެއްޓުމަށެވެ.
އަބްޔާން ހިފެހެއްޓުމުގެ ކުރިން އާޔަތު ގައިގައި އެމީހާ ހިފެހެއްޓި އެވެ. އަދި އާޔަތު ކޮޅަށް ނަގާ ބަހައްޓަމުން އާޔަތުއާއި ދިމާއަށް އެމީހާ ފުންކޮން ބަލައިލި އެވެ.
“ސޮރީ.” އާޔަތު ލަދުން ހުރެ ބުނެލި އެވެ. އެމީހާ އާޔަތުއަށް ބަލައިލާފައި ހިނިތުން ވެލި އެވެ. އަބްޔާން ފާޑަކަށް އެދެމީހުނަށް ބަލައިލި އެވެ.
“މިމްރާޙް،” ފަހަތުގައި ހުރިހާ ކުޅިވަރެއް ބަލަން ހުރި ނަސީރު ގޮވާލި އެވެ. “ޗުއްޓީ ނިންމާލާފަ އައީ ކޮން އިރަކު؟” ނަސީރު އަހާލި އެވެ. މިމްރާޙް އަކީ އަބްޔާންއަށް ވުރެން ހަގު މީހަކަސް އިސްކޮޅުން އަބްޔާންއާއި ދާދި އެއް ވަރެވެ. އަބްޔާންގެ ހުންނަ ކަހަލަ ކަސްރަތީ ހަށިގަނޑެއް ނެތެއްކަމަކު އެއީވެސް ހެދިފައިވާ ފިރިހެން ވަންތަ ސިފަތަކެއް ލިބިފައިވާ މީހެކެވެ. އިސްތަށިގަނޑު ދިގުކޮށްލާފައި ހުއްޓެއް ކަމަކު ޖަހަނީ ސާދާ ވައްތަރެކެވެ. ތުނިކޮން ކޮށާލެވިފައިވާ ތުބުޅި އެކެވެ. ޖާޒުބީ ކުޑަކުޑަ ދެލޯ ލިބިފައިވާ އިރު މޫނުގެ ބައްޓަން ވަކެއް ނޫނެވެ.
“އަޅުގަނޑު ދެންމެ މިއައީ… ލެފިތަނުން ޖަލްސާއެއް އޮތްވާހަކަ އަޑު އިވުމުން ދުން ޖަހާފަ މިދިމާލަށް މިއައީ.” މިމްރާޙް ޖީބަށް އަތް ޖަހާލަމުން ބުންޏެވެ. އޭނާގެ ވާހަކަ ދެއްކުމުގައި ވެސް ސަކަ މިޒާޖެއް ހުއްޓެވެ.
“އެހެންތަ… ހާދަ ރަގަޅޭ… އެކަމަކު ޖަލްސާ ނިމުނު ފަހުން ތި ލައްވާލީ.” ނަސީރު އައިސް އަބްޔާން ކައިރީ ހުއްޓިލަމުން ބުންޏެވެ. “އެހެން ވިޔަސް ދެން ކޮންމެހެން ޖަލްސާ ބޭއްވީ އާޔަތު ތަޢާރަފު ކޮށްދޭން ވެގެން.” ނަސީރު އާޔަތުއާއި ދިމާލަށް އިޝާރާތް ކޮށްލި އެވެ. “އާޔާ، މީ މިތާނގެ އެސިސްޓެންޓް ސުޕަރވައިޒަރ މިމްރާޙް… މިމްރާޙް މީ އާޔަތު… އަހަރުމެންގެ ބިޒްނަސް ޕާރޓްނަރ.”
މިމްރާޙް ހައިރާން ވީ ނަމަވެސް ސަލާންކޮށްލަން އަތް ދިއްކޮށްލި އެވެ. އާޔަތު ލަދުން ހުރެ ސަލާންކޮށްލި އެވެ.
“އާޔާ އަދިމިތަނާ ޖޮއިން ކުރާނީ ދޮޅު އަހަރެއްހާ ދުވަސް ފަހުން.” ނަސީރު އިތުރަށް ބުންޏެވެ. މިމްރާޙް ބޯ ޖަހާލަމުން އާޔަތުއަށް ފައިން ފެށިގެން ބޮލާއި ހަމައަށް ރަގަޅަށް ބަލައިލި އެވެ. މިމްރާޙްގެ ހުރިހާ ހަރަކާތެއް ބަލަން އަބްޔާން ހުއްޓެވެ. މިމްރާޙް އާޔަތުއާއި ގަޔާވެއްޖެކަން އަބްޔާންއަށް ދެނެގަނެވުނެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެ އަބްޔާން ހުއްޓެވެ.
“ނަސީރުބޭ، އަޅުގަނޑު ގެއަށް ގޮސްލަނީ… ވަރަށް ވަރުބަލި ވެއްޖެ.” އާޔަތު ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. އަބްޔާންގެ ބަސްމަދު ކަމާއި މަޑުމައިތިރިކަމުން އާޔަތުއަށް އުނދަގޫވީ އެވެ. އެހެންޏާ އާޔަތުއަށް ކޮންމެސް ޖެއްސުމެއް ކުރާ އަބްޔާން މިއަދު އެހެރީ އަނގައިގައި ޒިބު އަޅުވައިގެނެވެ. އެއީ ހަމަ އާޔަތުއާއި ހެދި އަބްޔާންއަށް އައިސްފައިވާ ބަދަލެކެވެ. ނަމަވެސް އާޔަތު ކުޑަކޮންވެސް ދެރައެއް ނުވެ އެވެ. އޭނާގެ ހިތުގެ ހާލަތު ބުނެވުމުން އާޔަތު ހުރީ ވަރަށް ހިތްހަމަ ޖެހިފަ އެވެ. އޭގެ ޖަވާބު ކިތަންމެ ހިތިވިޔަސް އާޔަތުއަށް ފަރުވާލެއް ނެތެވެ. މިހާރު ކޮންމެ ގޮތެއް ވިޔަސް އަބްޔާންއަށް އާޔަތުގެ ހިތުގެ ހާލަތު އިނގޭނެ އެވެ.
އާޔަތު ފަހަތުން ނަސީރުވެސް ނުކުތެވެ. އެމީހުން ދިޔަތަން ބަލަން ހުރެފައި އަބްޔާން އައިސް މިމްރާޙް ކައިރީ ހުއްޓުނެވެ.
“މިއްމީ، ކަލޭ ހާދަ ވަރަކަށް އާޔާއާ ދިމާލަށް ތި ބަލަނީ… އަނެއްކާ ހިތްކީތަ؟” މިމްރާޙްއާއި ދިމާކޮށްލަން އަބްޔާން އެހެން ބުންޏަސް ބޭނުމަކީ މިމްރާޙްގެ ހިތް އޮތްގޮތެއް ބަލާލާށެވެ.
“އެހާ އަވަހަށް ހިތް ކިޔާތަ؟ އަހަރެން މީ ފުރަތަމަ ނަޒަރުން ލޯބިވާ ކަހަލަ މީހެއް ނޫން… އެކަމަކު އަބީ، ބުނަންތަ ތެދުވާހަކަ އެއް..” މިމްރާޙް އަބްޔާންގެ ކޮނޑަށް އަތްވައްޓާލަމުން ބުނެލި އެވެ. “އެހެން ކުދިންނާ ތަފާތު ގޮތެއް އެކުއްޖާގެ އެބަހުރި… އަބްޔާންއަށް ފާހަގައެއް ނުކުރެވޭތަ؟” މިމްރާހް އަބްޔާންއަށް ބަލައިލަމުން ބުނެލި އެވެ.
“އަހަންނަކަށް ފާހަގައެއް ނުކުރެވޭ.” އަބްޔާން މިމްރާޙްއަށް ބަލައިލާފައި ހިނިތުން ވެލި އެވެ. މިމްރާޙް ފުންނޭވާއެއް ލަމުން އަބްޔާންގެ ކޮނޑުން އަތް ނެގި އެވެ. “މަށަށް އެކަނި ފާހަގަ ކުރެވުން ކަމެއް ވިއްޔާ މަށަށް ވެސް ގޮތެއް ވީ ކަންނޭގެ ދޯ އަބީ..” މިމްރާޙް ބުނެލި އެވެ. އަބްޔާން މިމްރާޙަށް ބަލައިލާފައި ބުމަ އަރުވާލަމުން ބޯ ވެސް ޖަހާލި އެވެ.
މިމްރާހުއަކީ އެއަތޮޅުގެ އެހެން ރަށަކަށް ނިސްބަތްވާ މީހެކެވެ. ފެކްޓްރީގެ ވަޒީފާގައި އުޅޭތާ މިހާރު ދެއަހަރު ވަނީ އެވެ. މަސައްކަތަށް ހީވާގި ނިކަން އެކުވެރި މީހެކެވެ. އެންމެނާވެސް ގުޅޭ ސަކަ މިޒާޖެއްގެ ވެރި އެކެވެ. މިމްރާޙް އައި ފަހުން އަބްޔާންއަށް ވެސް ގިނަ ކަންތައް ތަކުގައި އެހީވާތީ އަބްޔާންގެ ހިތުގައި ވެސް މިމްރާހަށް ވަނީ ހާއްސަ ގަދަރެއް ދެވިފަ އެވެ.
ހެދުނު ހެދުނާ އަބްޔާން ރަށަށް ދިއުމަށް ފުރަން އުޅުނެވެ. ނަސީރު ކިޔައި ގަނެގެން އެންމެ ފަހުން އާޔަތު ގޮވައިގެން ދާން މަޑުކުރީ އެވެ. އާޔަތުއާއި އަބްޔާން އެއް ލޯންޗެއްގައި ދަތުރު ކުރި ނަމަވެސް މިހާރު އެދެމީހުން ވަނީ ދެ ބީރައްޓޭހިންނަށް ވެފަ އެވެ. އެކަކުވެސް އަނެކަކާ އަނގައިން ބުނާކަށް ގަސްތެއް ނުކުރެ އެވެ.
ރަށަށް އައުމަށް ފަހު ދުވަސްކޮޅެއް ވީ އިރުވެސް ދެމީހުންގެ ބީރައްޓެހި ކަމަކަށް ބަދަލެއް ނާދެ އެވެ. ނޫރުއަށް އެކަން ފާހަގަ ވެގެން އަބްޔާންއާއި ދިމާކުރަން ފެށި އެވެ. އެކަމާ އަބްޔާން ގާތަށް ހައްތަހާ އައީ ރުޅި އެވެ. އެހެންވެ ނޫރުއަށް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ.
ދުވަސްތައް އެގޮތުގައި ދިޔަ އިރު ބައެއް ފަހަރު އެންމެން ދަތުރު ރާވައިގެން ދާ އިރުވެސް އަބްޔާންއާއި އާޔަތު މާގިނައިން ވާހަކަ ދައްކާ ނަހަދަ އެވެ. އާޔަތު އަބްޔާންއާއި ކައިރި ވެވޭތޯ މަސައްކަތް ކުރިއަސް އަބްޔާން ބަލަނީ އާޔަތުއާއި ވީހާ ވެސް ދުރުން އުޅެވޭތޯ އެވެ. އަދި އާޔަތު ކައިރީ ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ނޫނިއްޔާ އަބްޔާން ނުވެސް ބުނެ އެވެ.
އެންމެ ފަހުން އާޔަތުއާއި އާޒަތުގެ ޗުއްޓީ ހަމަވެ ފުރާ ދުވަސް ގާތްވި އިރުވެސް އަބްޔާންއާއި އާޔަތުގެ ގުޅުން އޮތީ އެހާތަނަށް ހުއްޓިފަ އެވެ. ނަމަވެސް އާޔަތުގެ ފޭސްބުކް އެކުވެރިންގެ ލިސްޓަށް އާ އެކުވެރިއަކު އިތުރުވި އެވެ. އެއީ މިމްރާޙް އެވެ.
ޖަންނަތުއާއި ޒައިދާން ސިންގަޕޫރުގައި ލޯބީގެ އުފާވެރި ދުވަސްކޮޅެއް ހޭދަކުރި އެވެ. އަހްޔާންގެ ދެމަފިރިންނާއި އާލިޔާއާއި އެކުވެސް ދެތިން ދުވަހަކު އެމީހުން ހޭދަކުރި އެވެ. ނަމަވެސް ގިނަ ދުވަސްތައް ދިޔައީ ދެމަފިރިންގެ އެކަނި ދުވަސް ތަކެއްގެ ގޮތުގަ އެވެ. ލޯބީގެ ދުވަސް ތަކެއްގެ ގޮތުގަ އެވެ. އެކިތަންތަން ބަލަން ގޮސް ދެމީހުނަށް އެކަކު އަނެކަކު އިތުރަށް ދަސްވެ ދެމީހުންގެ މެދުގައިވާ ހުރިހާ ބީރައްޓެހިކަން ފިލާ ހިގައްޖެ އެވެ. އަނބުރާ އޮސްޓްރޭލިޔާއަށް ދިޔައިރު ދެމީހުންވެސް ހީވަނީ އެތަކެއް ދުވަހު ލޯބީގެ ގޮތުން ގުޅިފައިވާ ޖޯޑެއް ހެނެވެ. ކުރިއާއި އަޅާ ބަލާއިރު ކޮންމެ މީހަކަށްވެސް ދެމީހުނަށް އައިސްފައިވާ ބަދަލު ދެނެގަނެވޭނެ އެވެ. ދެމީހުންގެ މޫނުމަތިން ފެންނަން ހުރި އުފާވެރި ކަމާއި އެއްވަރަށް އެކަކު އަނެކަކަށް ޓަކައިވާ ލޯބި ބޭރަށް ވެސް ފެންނަން ހުންނަ ކަހަލަ އެވެ.
ޖަންނަތު އިންތިޒާރު ކުރަމުން ދިޔައީ ޒައިދާން އެއަރޕޯރޓުން ހުރިހާ ކުދިން ގޮވައިގެން އަންނާނެ އިރަކަށެވެ. ޖަންނަތު ހުރީ ގޭގައި ކުޑަ ޕާރޓީއެއް ހަދާލައިގެނެވެ. ޔަޒަން އުފާކޮށްލަން ކޭކެއް ވެސް ޖަންނަތު ވަނީ އަޅާފަ އެވެ. ކޭޓަރިން ކޯސް ހެދިފަހުން އެކަހަލަ ކުޑަ ޕާރޓީއެއް ބާއްވާކަށް ޖަންނަތުއަށް އުނދަގުލެއް ނޫނެވެ.
ކާރުގެ އަޑު އިވުމާއި އެކު ޖަންނަތު އަވަހަށް ދޮރާދިމާއަށް ދުއްވައި ގަތެވެ. އެވަގުތު ކާރު އައިސް ގޭޓުން ވަންނަނީ އެވެ. ކާރު ހުއްޓާލުމާއި އެކު ކުރީ ސީޓުން ޔަޒަން ފުންމާލައިގެން ޖަންނަތުއާއި ދިމާލަށް ދުއްވައި ގަތެވެ. ޔަޒަން ހިނިތުން ވެލައިގެން އައި އިރު މެދުގެ އެއްދަތް ނެތްކަން ޖަންނަތުއަށް ފާހަގަ ކުރެވުނެވެ.
“މަންމާ،” ޔަޒަން އައިސް ޖަންނަތު ގައިގައި އޮޅުލައިގަންނަމުން ބުންޏެވެ. ޖަންނަތުއަށް ބުނަންވެސް ނޭނގޭ އިހުސާސްއެއް ވެގެން ދިޔަ އެވެ. އެއީ މައިވަންތަ ކަމުގެ އިހުސާސް އެވެ. ހަމަ އަޑުން ޔަޒަން މަންމަ ކީއަޑު ފޯނުން އިވުނު އަޑަށް ވުރެން އެތައް ހާސް ބައެއް ތަފާތެވެ. ޖަންނަތު ޔަޒަންގެ ކޮލަށް ބޮސް ދިނެވެ. މައިވަންތަ ކަމުގެ ލޯބި ހިތުތެރޭ އުތުރި ގަތެވެ.
“ދަރިފުޅާ،” ދެއަތުން ޔަޒަންގެ މޫނުގައި ހިފަހައްޓާލައިގެން ޔަޒަންގެ މޫނަށް ބަލަން ޖަންނަތު ހެވިފައި ހުއްޓެވެ. “މިހާރު އެއް ދަތް ވެސް ނެތެއްނު.”
“ބޯޅަ ކުޅެނިކޮން އަބީބެ ޖެހި ބޯޅައަކުން ދަތް ވެއްޓުނީ.” ޔަޒަން ހީލަމުން ބުންޏެވެ. ޖަންނަތު ޔަޒަންގެ ކޮލުގައި ހިފާލި އެވެ. ޔަޒަންގެ ހަންގަނޑުވެސް ވަނީ ކޮންމެވެސް ވަރަކަށް އަނދާފަ އެވެ. އެކަން ވެސް ޖަންނަތުއަށް ފާހަގަ ކުރެވިގެން އެކަމާވެސް ސުވާލު ކުރި އެވެ. “އެހެންނު ވާނީ… ކޮންމެ ދުވަހަކު ބޯޅަ ކުޅެ ނިމިގެން އަބީބެއާ އެއްކޮން މޫދަށްވެސް ދާން ޖެހޭ ވިއްޔަ.” ޔަޒަން ހެވިފައި ބުންޏެވެ.
“އަބީބެއާ އެއްކޮންތަ އަބަދު އުޅެނީ؟” ޖަންނަތު އެހި އެވެ. އެވަގުތު އެހެން އެންމެން ވެސް ފޮށިތަކާ އެއްޗިހި ހިފައިގެން އައިސް ގެއަށް ވަންނަނީ އެވެ.
“އާން މަންމާ… އަބީބެ ވަރަށް މަޖަލޭ… މަންމައަށް އިނގޭތަ…” ޔަޒަން އަނގަ ހުއްޓާ ނުލާ ވާހަކަ ދައްކަމުން ދިޔަ އެވެ. ޖަންނަތު ނިކަން ލޯބިން ޔަޒަންގެ ހުރިހާ ވާހަކަތަކެއް އަޑުއަހަމުން ދިޔަ އެވެ.
ޔަޒަންއަށް ޖަންނަތު ހަދާފައިވާ ޕާރޓީ ފެނުމުން އިތުރަށް އުފާވި އެވެ. އަދި ނިކަން ހެވިފައި އައިސް ކޭކުފަޅަން އުޅުނެވެ.
އާޔަތުގެ މޫނުމަތިން ޖަންނަތުއަށް ފެނުނީ ނުތަނަވަސް ކަމެވެ. މާޔޫސް ކަމެވެ.
“އާޔާއަށް ކިހިނެއް ވެފަ އެހެރީ؟” އާޔަތުގެ މޫނު މިލާފައި ވުމުން އާޒަތު ގާތު ޖަންނަތު އެހި އެވެ.
“ނޭނގެ މަށަކަށް… އެ ފެކްޓްރީއަށް ގޮއްސައައި ފަހުން ވެފަހުންނަ ގޮތެއް އެއީ… އަހާއަހާ ވެސް ނުއެއް ބުނި.” އާޒަތު ބުންޏެވެ. “އުޅޭ ފެންކިޔަވާފަ އަޅަމާ… ފަހަރެއްގާ ޖިންނިއެއް އަވަލެވީ ކަމަށްވެސް ވެދާނެ.” އާޒަތު ނިކަން ސީރިއަސް ވެފައި ބުނެލި އެވެ. އެވަގުތު ޖަންނަތުގެ ހިތް ވެސް ބިރުން ތެޅިގަތެވެ.
ޖަންނަތު އަވަހަށް އާޔަތު ކައިރިއަށް ދިޔަ އެވެ. އާޔަތު އޭރު ފޮށި ހިފައިގެން ގޮސް އޭނަގެ ކޮޓާރިއަށް ވަންނަނީ އެވެ.
“އާޔާ… ކިހިނެއްވެފަ ތިހިރީ…” އާޔަތުއަށް ބަލައިލަމުން ޖަންނަތު އެހި އެވެ. އާޔަތު އެއްޗެއް ނުބުނެ ކޮޓަރިއަށް ވަނީ އެވެ. އަދި ޖަންނަތު ކޮޓަރިއަށް ވަދެވަދެ ހުއްޓާ ޖަންނަތު މޫނުމައްޗަށް ދޮރުވެސް ލެއްޕި އެވެ. އެއީ އާޔަތު މީގެ ކުރިން ދުވަހަކުވެސް އުޅުން ގޮތެއް ނޫނެވެ. ޖަންނަތު ހައިރާންވެފައި އެހުރިގޮތަށް ހުއްޓެވެ. އަނެއްކާ އާޒަތު އެބުނީ ތެދެއްބާ އެވެ. އަހަރުމެންގެ އާޔާއަށް ޖިންނި ކަމެއް ޖެހުނީ ބާއެވެ. ޖަންނަތުގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔަ އެވެ.
ދެތިން ދުވަސް ވީ އިރުވެސް އާޔަތުގެ އުޅުމަކަށް މާބޮޑު ބަދަލެއް ނާދެ އެވެ. އެހެން ކަމުން ޖަންނަތު ބޭނުންވީ ނަފްސާނީ މީހަކަށް އާޔަތު ދައްކާށެވެ. ޒައިދާން ގާތު ޖަންނަތު އެވާހަކަ ދެއްކި އިރު އާޔަތު ހުރީ އަޑުއަހާށެވެ.
“އާޔާ،” ޔަޒަން އާއި އެކު މޭޒުކައިރީ ފިލާވަޅު ހަދަން އިން އާޔަތުއަށް ޖަންނަތު ގޮވާލި އެވެ. އަދި ހިފައިގެން ހުރި ޖޫސް ތަބަށް މޭޒުމަތީ ބަހައްޓާލި އެވެ. “މިއަދު ހަވީރު ތައްޔާރުވައްޗޭ… އާޔާ ގޮވައިގެން ތާކަށް ދާން ވެގެން.” އާޔަތުއަށް ޖޫސް ތައްޓެއް ދެމުން ޖަންނަތު ބުންޏެވެ.
“ތުއްތާ… އަހަރެން ބޭނުމެއްނޫން ދާކަށް…” އާޔަތު ޖޫސްތަށި މޭޒުމަތީ ބަހައްޓާމުން ބުންޏެވެ. “ތުއްތާ އަހަރެން ބއްޔެއް ނޫނޭ… ސައިކޯ ކަމެއްވެސް ނުޖެހޭ… އަހަރެން ތުއްތަ ކައިރީ މިވާހަކަ ކިޔައިދޭންވެސް ބޭނުން… އެކަމަކު ކިޔައިދޭކަށް އަހަންނަކަށް ނުވެސް ކެރޭނެ.” އާޔަތު އިސްޖަހާލި އެވެ.
“ކިޔައިދޭން ނުކުރެންޏާ ލިޔަން ކެރޭނެނު… ގަނޑެއްގަ ލިޔެފަ މިތާ ބާއްވަބަލަ.” ޖަންނަތު ހިނިތުން ވެލަމުން ބުންޏެވެ. އާޔަތު ޖަންނަތުއަށް ބަލައިލި އެވެ. އަދި ދެހިޔާލެއްގައި އިނދެފައި އޭނަ ގެންގުޅޭ ނޯޓު ފޮތް ނެގީ ޖަންނަތުއަށް ހުރިހާ ވާހަކައެއް ލިޔުމަކުން ކިޔައިދޭން ހިތުލައިގެނެވެ.
“އާޔާ… މިޔޯ؟” އެވަގުތު މޭޒުމަތީ އޮތް އާޔަތުގެ ފޯނަށް ވައިބަރ މެސެޖެއް އައި ވަގުތު ފޯނު ދިއްލުން އިރު ސްކްރީންއަށް އަރާފައި އިން ފޮޓޯ ދައްކާލަމުން ޖަންނަތު އެހި އެވެ. އާޔަތު ލޯ ބޮޑުކޮށްލާފައި ޖަންނަތުއަށް ބަލައިލި އެވެ. އަދި ކުއްލިއަކަށް ފޯނު ނަގައިގެން ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. ޖަންނަތުއަށް އާޔަތުގެ ހަރަކާތް ފެނި ހައިރާންވެފައި ހުއްޓެވެ.
“އާޔާއާ… އަބީއާ… އަނެއްކާ…؟” ޖަންނަތު ސުވާލު އުފެދިފައި ހުރެ އަމިއްލަ ހިތަށް އެވަގުތު އަރަމުން ދިޔަ ސުވާލުތަކާއި މެދު ވިސްނާލަން ހުއްޓެވެ. “އެކަހަލަ ގުޅުމެއް އަބީ އާޔާއާ ބާއްވަ ފާނެބާ؟… އަނެއްކާ ކުރީގެ އުޅުމަށް އަބީ ބަދަލުވީބާ؟… އާޔާ އެކަމު…”
“އޭ ލަވް،” ޒައިދާން އައިސް ޖަންނަތު ފުރަގަހަތުން ހުއްޓިލަމުން ގޮވާލި އެވެ. “ކިހިނެއް ވެފަ ތިހިރީ؟”
“ޒައިދާން،” ޖަންނަތު އެވާހަކަ ބުނަން ބޭނުންވި އެވެ. ނަމަވެސް އަދި އެކަމުގެ ރަގަޅު ހަގީގަތް ނޭނގޭތީ ޖަންނަތު ފަސް ޖެހުނެވެ. “އަން، ޖޫސް ތައްޓެއް ބޯލާ.” ޒައިދާން ފާޑަކަށް ހުރެފައި ޖޫސް ތަށީގައި ހިފި އެވެ.
އޭގެ ހަފްތާއެއް ފަހުން އާޔަތުގެ ކުރިން ހުރި މާޔޫސްކަން ފިލާފައިވާހެން ޖަންނަތުއަށް ފާހަގަ ކުރެވުނެވެ. އެހެން ކަމުން އާޔަތުއާއި ވާހަކަ ދައްކާލަން ޖަންނަތު ގޮސް އާޔަތު ކޮޓަރިއަށް ވަނެވެ. އޭރު އާޔަތު އިނީ ދެފައި ވައްކޮށްލައިގެން އެނދުގައި އިށީދެގެންނެވެ. އުނގުގައި ލެޕްޓޮޕު ބައިންދައިގެން ކޮންމެވެސް އެއްޗެއް ހަދަނީ އެވެ. ޖަންނަތު ވަނުމުން އާޔަތު އަވަހަށް ލެޕްޓޮޕް ލައްޕާލަމުން ޖަންނަތުއަށް ބަލައިލި އެވެ. ޖަންނަތު އައިސް އެނދުގެ މަގަތުން އިށީނެވެ. އަދި ވަރަށް ރަގަޅަށް އާޔަތުއަށް ބަލައިލި އެވެ.
“އާޔާ… ތުއްތަ ކައިރީ އެއްވެސް ވާހަކައެއް ބުނަން ބޭނުންތަ؟ ބުނީމެއްނު ބުނަން ބޭނުންވާ ވާހަކައެއް އޮތް ވާހަކަ..”
“ތުއްތާ… އޭރު އަހަރެން އެކަމާ ދެރަވެފަ ހުރީމަ އެހެން ބުނެވުނީ… ދެން އެކަމާ އަޅާނުލާ.” އާޔަތު ބުންޏެވެ. “އެއީ ދެން އެހާ ކަމެއްނޫން… ހަމަ ވަރަށް އާދައިގެ ކަމެއް.” އާޔަތު އެއްގޮތަކަށް ވެސް ޖަންނަތު ގާތު އެވާހަކަ ބުނާކަށް ބޭނުމެއް ނޫނެވެ.
“އާރ ޔޫ ޝުއަރ؟” ޖަންނަތު އާޔަތުގެ ދަތްދޮޅީގައި އަތްޖައްސާލަމުން އެހި އެވެ. އާޔަތު ލޯމަރާލަމުން ބޯ ޖަހާލި އެވެ. “އޭސް ޔޫ ވިޝް.” ޖަންނަތު ބުނެލި އެވެ. އަދި އެތަނުން ތެދުވެގެން ދިޔަ އެވެ.
އެއީ ފިނި މޫސުމުގެ އެންމެ ފަހު ދުވަސް ކޮޅެވެ. ޔުނިވާރސިޓީ އިން ނިމިގެން އާޔަތު އައިސް ގެއަށް ވަނެވެ. އޭރު ގޭތެރެ ވަރަށް ހަމަ ހިމޭނެވެ. އެކަކުވެސް ފެންނާކަށް ނެތެވެ. ޒައިދާން ވެސް ފެންނަން ނެތުމުން އާޔަތު އައިސް ބަދިގެއަށް ވަދެ ފެންފޮދެއް ބޯލައިގެން ގޮސް ޔަޒަން ކޮޓަރި ދޮރު ހުޅުވާލި އެވެ. އެތަނުގައި އެކަކުވެސް ނެތުމުން ދެން ގޮސް ޖަންނަތު ކޮޓަރީގައި ޖަހާލި އެވެ. އަޑެއް ބަޑެއް ނީވުމުން އާޔަތު ހައިރާން ވެފައި ހުރެ މަޑުމަޑުން ދޮރު ހުޅުވާލި އެވެ. އާޔަތުއަށް އެތެރެއަށް ދުއްވައި ގަނެވުނީ ޖަންނަތު ބިންމަތީ ފަތުރާފައި އޮތް ކާޕެޓު މަތީ އޮށޯވެ އޮތުމުންނެވެ. ޖަންނަތު އޮތީ ވެއްޓިފައި ކަމެއް ބިންމަތީ އޮށޯވެލައިގެން ކަމެއް ނޭގެ އެވެ.
“ތުއްތާ، ތުއްތާ… އާޔަތު ތިރިވަމުން ގޮވާލި އެވެ. ޖަންނަތުގެ ހަބަރެއް ނުވުމުން އާޔަތު ކަންބޮޑު ވިއެވެ. “ތުއްތާ… ތުއްތާ..” އާޔަތު އިށީނދެފައި ޖަންނަތުގެ ކޮލުގައި ކުޑަކޮން ޖަހާލަމުން ގޮވާލި އެވެ. އެވަރުން ވެސް ޖަންނަތުއަށް ހަބަރެއް ނުވި އެވެ. އާޔަތު އަވަހަށް ފޯނު ނަގާ ޒައިދާންއަށް ގުޅާލި އެވެ.
ޒައިދާން ހުރީ އެގޭ މަތީ ބެލްކަނީގައި ސިނގިރޭޓެއް ރޯކޮށްގެން އެ ބޯށެވެ. އެވަގުތު ފޯނުވާން ފެށުމުން ޒައިދާން ޖީބުން ފޯނުނަގާ ބަލައިލި އެވެ. އާޔަތު ގެއަށް އައި ކަމެއް ނޭގި ހުރެ ޒައިދާން ފޯނުނެގި އެވެ. އާޔަތު ދިން ހަބަރުން ޒައިދާންއަށް ވީ ގޮތްވެސް ނޭގުނެވެ. އަވަހަށް ސިނގިރޭޓް ބޭރަށް އެއްލާލުމަށްފަހު ހުރިބާރެއް ލާފައި ދުއްވައި ގަތެވެ.
ޒައިދާން އައިސް އެކޮޓަރިއަށް ވަންއިރު އާޔަތު ޖަންނަތު ކައިރީ އިށީނދެގެން އިނދެ ޖަންނަތުއަށް ގޮވަ އެވެ. ޒައިދާން އައިސް ޖަންނަތުއަށް ގޮވާލާފައި ޖަންނަތު އުފުލާލައިގެން ގެނެސް އެނދުގައި ބޭއްވި އެވެ.
“ހިނގާ ހޮސްޕިޓަލަށް ގެންދަން.” ކަން ބޮޑުވެފައި ހުރި އާޔަތު ބުންޏެވެ. ޒައިދާން ވެސް ހުރީ ހާސްވެފަ އެވެ. ކުއްލިއަކަށް ޖަންނަތުއަށް އެވީ ގޮތެއް ނޭގެ އެވެ. އެނދު ކައިރީ ހުރި ކުޑަ ކަބަޑު މަތީ ހުރި ފެން ފުޅިން ފެންފޮދެއް އަތަށް އަޅާލުމަށް ފަހު ޖަންނަތުގެ މޫނަށް ޒައިދާން ބުރުއްސާލި އެވެ. އެހެން ދެތިން ފަހަރަކު ހަދާލިތަނާ ޖަންނަތު އެސްފިޔަ ތަޅުވާލާފައި ލޯ ހުޅުވާލި އެވެ.
“ތުއްތާ..” އެނދުގެ ބިއްދޮށަށް އަރާ އިން އާޔަތު ޖަންނަތު ގައިގައި ބައްދާލަމުން ގޮވާލީ ޖަންނަތު ލޯ ހުޅުވުމުން އެކަމާ ވީ އުފަލުންނެވެ.
“ކިހިނެއްވީ ޖަންނާ؟” ޒައިދާން ވެސް އެނދުގެ ކައިރި ފަށުގައި އިށީނދެލަމުން އެހި އެވެ.
“ތަންމަތި އަޅާލާފަ ތެދުވަން އުޅެނިކޮން އެނބުރުން އަރައިގެން ނޭގެ ވީގޮތެއް… މިހާރު ވަރަށް އެނބުރުން އަރާ… އަހަންނަށް ހީވަނީ މިހާރު ރަގަޅަށް ނުކެވޭތީ ވާގޮތެއްހެން… ނުކާތީ ކަންނޭގެ ކާއެއްޗިހިން ނުބައި ވަހެއް ދުވަނީވެސް … އަބަދު އެނބުރުންއަރާ ހޮޑުލަވާފަ ހުންނަނީ.” ޖަންނަތުއަށް ވަމުން ދާގޮތް ޖަންނަތު ކިޔައި ދިނެވެ. ޒައިދާން ފުންކޮން ޖަންނަތުއަށް ބަލަން އިނދެފައި އެއްޗެއް ބުނަން އުޅެފައި އާޔަތުއަށް ބަލައިލި އެވެ. ޖަންނަތުއަށް ވާގޮތް ޒައިދާންއަށް ލަފާކޮށްލެވުނެވެ. އާޔަތު އެތާ އިނުމުން ބުނަން އުޅުން އެތި ފަހަށް ބޭއްވި އެވެ.
“ތުއްތަ ރަގަޅަށް ނުކާތީ ވައި އަރައިގެން ތި އުޅެނީ… ޑޮކްޓަރަށް ދައްކާލަން ދާންވީނު.” އާޔަތު ބުނެލި އެވެ. “މިއަދު އަހަރެން ޔަޒަންގެ ކަންތައް ކޮށްލާނަން.”
“ތައްޔާރުވާން ވީނު.” ޒައިދާން ވެސް ބޯ ޖަހާލަމުން ތެދުވަމުން ބުނެލި އެވެ. “ޑޮކްޓަރަށް ދައްކާފަ ޓެސްޓް ހެދީމަ ވާގޮތެއް އިނގޭނީ.”
އާޔަތު ޖަންނަތު ތައްޔާރުވާން ވަގުތު ދެމުން އެކޮޓަރިން ނުކުތެވެ.
“ޖަންނާ… ނުހީވޭތަ އުފާވެރި ހަބަރެއް ލިބެން އުޅޭހެނެއް؟” ޒައިދާން އައިސް ޖަންނަތުގެ އުނަގަނޑުގައި ހިފާ ކައިރިއަށް ދަމާލަމުން ޖަންނަތުގެ މޫނާ މޫނު ކައިރިކޮށްލަމުން އެހި އެވެ.
“ކޮން އުފާވެރި ހަބަރެއް؟” ޖަންނަތު ހައިރާން ވެފައި އެހި އެވެ. ޖަންނަތުއަށް ވާނުވާއެއް ވެސް ނޭގެ އެވެ.
“ހެހެހެ… ޖަންނަ ޕްރެގްހެން އަހަންނަށް ހީވަނީ… ޖަންނައަކަށް ނޭގޭތަ؟” ޒައިދާން ޖަންނަތުގެ ނޭފަތުގައި އިނގިލި ކުރި ޖައްސާލަމުން އެހި އެވެ.
“ނޭނގެ…” ޖަންނަތު ވިސްނާލި އެވެ. “އެކަމު ވެދާނެ ދޯ…” މިފަހަރު ހިނިތުން ވެލަމުން ޖަންނަތު ޒައިދާންއަށް ބަލައިލަމުން ޒައިދާން ގައިގައި ބައްދާލި އެވެ. “ޒައިދާން… އަހަރެން ބަނޑުބޮޑުތަ؟”
“ވެއްޖެއްޔާ ކިހާ އުފާވެރި… ހިނގާ ޓެސްޓް ހަދާލަން ދާން…” ޒައިދާން އެ ހުރިގޮތަށް ހުރެ ބުނެލި އެވެ.
ޔަޒަންއާއި އާޒަތު ޓީވީ ބަލަން ތިއްބެވެ. އާޔަތު ކަންތައް ބޮޑުވެގެން އުޅެނީ ޑޮކްޓަރަށް ދައްކަން ދިޔަ މީހުންގެ ހަބަރެއް ނުވެގެނެވެ. އިރުކޮޅަކާ ދެކޮޅަށް ހިނގާލާފައި އައިސް އާޒަތު ކައިރީ އިށީނދެ އެވެ.
“ސާބަހޭ އާޔާ… ތިހާ ހާސް ނުވެބަލަ.” އާޒަތުއަށް އުނދަގޫވެގެން ބުންޏެވެ.
“ހާސް ވާނެނު… ތުއްތަ އެއީ ނުލާހިކު ބަލި ނުވާ މީހެއް… ކުއްލިއަކަށް އެހެން ބަލި ވީމަ އަހަރެން ހާދަ ބިރެއް ގަނެޔޭ… އެބުނީ ވިއްޔަ ނުވެސް ކެވޭ ވާހަކަ… ” އާޔަތު ކަންބޮޑުވެފައި ބުންޏެވެ.
“އަދި ތިހާ ހާސްވެ ކަންބޮޑު ވާކަށް ނުވޭނު…” އާޒަތު އެހިސާބަށް ބުނިތަނާ ކާރުގެ އަޑު އިވުނެވެ. އާޔަތު ދުވެފައި ބޭރަށް ނިކުތީ އެމީހުން އައިކަން ޔަގީން ވީމަ އެވެ. އާޒަތުވެސް އިން ތަނުން ތެދުވެ ދޮރާއި ދިމާލަށް ބަލަން ހުއްޓެވެ.
“ކިހިނެއްވީ؟ ކޮންކަހަލަ ކަމެކޯ؟” އާޔަތު އައިސް ޖަންނަތުއާއި ސުވާލު ކުރަން ފެށި އެވެ. ޖަންނަތުއާއި ޒައިދާން އެކަކު އަނެކަކަށް ބަލައިލާފައި ހިނިތުން ވެލަމުން އެތެރެއަށް ވަނެވެ.
“ކީކޭ ޑޮކްޓަރ ބުނީ.” އާޒަތު ވެސް ސުވާލު ކޮށްލި އެވެ.
“ބުނެބަލަ ކީކޭތަ ބުނީ؟” އާޔަތު އަނެއްކާ ވެސް ސުވާލު ކޮށްލި އެވެ. ޖަންނަތުއާއި ޒައިދާން އެއްޗެއް ނުބުނެ އައިސް ސޯފާގައި އިށީނެވެ.
“އިށީނދެ ބަލަ އޭރުންނެއްނު ބުނެވޭނީ.” އާޔަތުއާއި އާޒަތު ކައިރީ ޒައިދާން ބުނެލި އެވެ. އޭރުވެސް ޔަޒަން އިނީ ޓީ.ވީ އިން ދައްކާ ކާޓޫނަކަށް ގެއްލި ހުސްވެފައެވެ. ޒައިދާން ޔަޒަންއަށް ބަލައިލާފައި ރިމޯޓް ނަގާ ޓީވީ ނިވާލި އެވެ.
“އަޅެ… އެންމެ އިމްޕޯރޓަންޓް ތަންކޮޅު އަންނަނިކޮން…” ޔަޒަން ހިތްހަމަ ނުޖެހިގެން ޒައިދާންއަށް ބަލައިލަމުން ބުންޏެވެ.
“ބައްޕަ މިއުޅެނީ މާ އިމްޕޯރޓަންޓް ވާހަކައެއް ބުނަން ވެގެން… ޔަޒަން އުފާވާނެ ކަހަލަ ވާހަކަ އެއް.”
އެންމެން ޒައިދާންއަށް ބަލަން ތިއްބެވެ. ޒައިދާން ބުނަން އުޅެނީ ކީކޭ ކަމެއް ނޭގިފައި އެންމެން ތިބީ ކެތްތެރި ވެގެނެވެ.
“ޔަޒަން… ޔަޒަން ދޮންބެއަކަށް ވާން އުޅެނީ.” ޒައިދާން ބުންޏެވެ. ޒައިދާންއަށް އަދި އެބުނި އެއްޗެއް ނޭގުނެވެ. ނަމަވެސް އާޔަތުއާއި އާޒަތު ފުންމައިގެން ގޮނޑިން ތެދުވި އެވެ.
“އަސްލުތަ… އޯ މައި ގޯޑް… އަސްލުތަ…” އާޔަތު އުފަލުން ފުމެމުން ކަހަލަ ގޮތަކަށް އައިސް ޖަންނަތު އަތުގައި ހިފާ ނެގި އެވެ.
“ގޮންގްރެޓްސް ތުއްތާ… ހާދަ އުފާވެރި ހަބަރެކޭ.” އާދަތު ވެސް އައިސް ޖަންނަތު ކައިރިއަށް ހުއްޓެމުން ބުނެލި އެވެ.
“ޔަޒަން ދޮންބެއަކަށް ވަނީ ކިހިނެއްތަ؟” ވާނުވާ ނޭނގިފައި ހުރި ޔަޒަން އެހި އެވެ.
“މިއޮތީ ޔަޒަންގެ ކޮއްކޮ… ޔަޒަންއަށް ކޮއްކޮއެއް ލިބެން އުޅެނީ.” އާޔަތު ޔަޒަންގެ އަތުގައި ހިފައިގެން ގެނެސް ޖަންނަތު ބަނޑުގައި ޖައްސާލަމުން ބުންޏެވެ. ޔަޒަން ހިނިތުން ވެލަމުން ޖަންނަތުއަށް ބަލައިލި އެވެ.
“ޔަޒަން ދޫނި އުފާވޭތަ؟” ޖަންނަތު އަހާލި އެވެ. ޔަޒަން ބޯ ޖަހާލަމުން ހެވިފައި ހުރެ ޖަންނަތު އުނަގަނޑުގައި ބައްދައި ގަތެވެ. ޖަންނަތު ޔަޒަންގެ ބޮލުގައި ފިރުމާލި އެވެ.
އެގެއަށް އައި އެ އުފާވެރި ދުވަސް ފާހަގަ ކުރަން އެންމެން ގަސްތު ކުރީ ބޭރަށް ދާށެވެ. އޮސްޓްރޭލިޔާގެ އަގުބޮޑު ރެސްޓޯރެންޓެއް ކަމަށްވާ ޓެންސުޔާސް ރެސްޓޯރެންޓަށް އެންމެން ގޮވައިގެން ޒައިދާން ދިޔަ އެވެ. އެއީ އާޔަތުގެ ހުވަފެނެކެވެ. އެއީ އާޒަތު ވަރަށް އަންނަން ބޭނުން ވެފައި ހުރި ތަނެކެވެ. އެންމެންގެ ހިތަށް ވެސް ވަނީ އުފާވެރިކަން ވަދެފަ އެވެ. އެންމެ ބޮޑަށް ހިނިތުން ވެފައި ވަނީ ޔަޒަން އެވެ.
ދުވަސްތައް ވޭތިވަމުން ދިޔަ އެވެ. އަބްޔާން އުޅެނީ އާލިޔާ އަންނަން ވާއިރަށް އާލިޔާއަށް ތައްޔާރު ކުރާ ސެލޫން ނިންމާށެވެ. އާލިޔާއައިސް މަސައްކަތް ފެށޭވަރުކޮށްދޭން އަބްޔާން ބޭނުން ވެއެވެ. މަސައްކަތު މީހުން އަވަދި ނެތި މަސައްކަތް ކުރަމުންދާ ގޮތް ބަލަން އަބްޔާން ހުންނަ އިރު ދޭތެރެއަކުން ނޫރު އައިސް އަބްޔާން ކައިރީ މަޑުކޮށްލައިގެން ހުރެ އެވެ.
މިއަދު ވެސް ނޫރު އައިސް އަބްޔާން ކައިރީ މަޑުކޮށްލައިގެން ހުއްޓެވެ. އޭރު މަސައްކަތް ކުރާމީހުން ސަޔައް ދާން އަބްޔާން ކައިރިން ހުއްދަ ހޯދަނީ އެވެ. އަބްޔާން އެމީހުނަށް ހުއްދަ ދީފައި ނޫރުއާއި އެކު އައިސް ހިރުދު ގަސްތައް ދޮށުގައި ހުރި އުނދޯލި ޖޯލިތަކުން ޖޯއްޔެއްގައި ޖައްސާލި އެވެ.
“އަބީ… ވާހަކައެއް އަންގާލަން ބޭނުން ވެގެން މަމިއުޅެނީ… އެކަމު ކަލޭ ރިއެކްޓް ކުރާނެ ގޮތެއް ނޭނގޭތީ…”
“ކޮން ވާހަކަ އެއް؟”
“ޖަންނަގެ ވާހަކައެއް.”
“ތިހެން ވިއްޔާ އޯކޭ ނުބުންޏަސް… މަ ރިއެކްޓް ކުރާނެގޮތް ކަލެއަށް އިނގޭނެ.”
“އެކަމު މަށަށް ހީވަނީ މިވާހަކަ ކަލެއަށް އިނގެން ޖެހޭ ހެން.”
އަބްޔާން ނޫރުއަށް ބަލައިލި އެވެ. ނޫރުގެ މޫނުމަތިން ފެންނަން ހުރި ސީރިއަސް ކަމުން އެވާހަކަ އޮޅުން ފިލުވަން އަބްޔާން ބޭނުން ވިއެވެ.
“ބުނެބަލަ…”
“ޖަންނަ ބަނޑުބޮޑު.” ނޫރު ބުންޏެވެ. “މިއަދު އެފް ބީގަ އާޔަތު ޖަހާފަ އިން އެއްޗަކުން ޒިޔާދާ ގުޅާފަ އެހީމަ އިނގުނީ… ހީވަނީ މިހާރު ބަނޑަށް ތިންމަހަށް ވުރެން ގިނަ ވެއްޖެ ހެނޯ… ”
އަބްޔާން އަނގައިން ނުބުނެ ނޫރުއާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. ނޫރު އެދިން ހަބަރުން އަބްޔާންގެ ހިތުގެ އަޑިޔާއި ހަމައަށް އަސަރު ކޮށްފި އެވެ. ޖަންނަތުއަށް ޓަކައި މަޑުކޮށްގެން އަބްޔާން ހުރީ ކުޑަ އުންމީދަކާއި އެކު އެވެ. ނަމަވެސް މިއަދު އެވެސް އެދިޔައީ އެވެ. އަބްޔާންގެ ހިތަށް ކުރި އަސަރުން މުޅި މީހާގެ ހިއްސުތަކަށް އެކަމުގެ އަސަރު ކޮށްގެން ދިޔަ އެވެ. އަބްޔާން އިސް ޖަހައިގެން އިނދެފައި ބޮލުގައި އަތް ހާކާލި އެވެ.
“އަބީ، އާރ ޔޫ އޯކޭ؟” ނޫރު އަބްޔާންއަށް ބަލައިލަމުން އެހި އެވެ. އަބްޔާން ބޯ ޖަހާލަމުން ނޫރުއަށް ބަލައިލާފައި ފަނޑު ހިނިތުންވުމެއް ދިނެވެ.
“ޔަޒަން ވަރަށް އުފާވާނެ ދޯ… ޒައިދާން އަކީ ވަރަށް ނަސީބު ގަދަ މީހެއް.” އަބްޔާން ބުނެލި އެވެ. އެ އަޑުގައިވާ މާޔޫސްކަން ކޮންމެ މީހަކަށް ވެސް ފާހަގަ ވާނެ އެވެ. އެހިތަށް ކޮށްފައިވާ އަސަރުވެސް ދެނެގަންނާކަށް އުނދަގުލެއް ނުވާނެ އެވެ.
“އަބީ… ދެން އަބީވެސް ލައިފްއެއް ފައްޓަން ވިސްނަންވީ… ތިހެން މުޅި ހަޔާތް ދުއްވާލުމަކީ މޮޔަ ކަމެއް.” ނޫރު ބުނެލި އެވެ. އަބްޔާން ނޫރުއަށް ބަލައިލާފައި ބޯ ޖަހާލި އެވެ. މިއަދު ދެން އިތުރަށް މަސައްކަތް ކުރާ ހިތެއް ވެސް އަބްޔާން ނެތެވެ. މަސައްކަތު މީހުނަށް މިއަދު ޗުއްޓީދޭން އަބްޔާން ނިންމި އެވެ.
އަބްޔާން އައިސް ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓި ގަތެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އޭނަ ހީކޮށްގެން ހުރީ ކޮންމެވެސް ދުވަހަކުން ޖަންނަތު ލިބޭނެ ކަމަށެވެ. އޭނާ ކެތްކުރީ ކުޑަކުޑަ އުންމީދެއް އެހިތުގައި ބާއްވައިގެނެވެ. ނަމަވެސް އެ އުންމީދުވެސް މިއަދު އެދިޔައީ އެވެ. އޭނަ ދެން ކެތް ކުރާނީ ކިހިނެއް ހެއްޔެވެ. އޭނަ ޤުރުބާން ނުވަނީ ކާކަށް ހެއްޔެވެ. އޭނަ މަންމައަށެވެ. އޭނަގެ އެކުވެރިޔާއަށެވެ. އަދި މުޅި ދުނިޔޭންވެސް އޭނަ އެންމެ ލޯބިވި ލޯބިވެރިޔާ އަށެވެ. މިއަދު އޭނަ ވީ ޤުރުބާނީގެ އެއްވެސް އަގެއް އެބަވޭ ހެއްޔެވެ. އޭނައަށް ލިބުނު އުފަލެއް އެބަ އޮތް ހެއްޔެވެ. އާނ އެކެވެ. ގައިމުވެސް އޭނަގެ އެކުވެރިޔާއާއި އޭނަ އެންމެ ލޯބިވި މީހާއަށް ހަޔާތުގެ ހުރިހާ އުފަލެއް ދެވިއްޖެ އެވެ. އެއަށް ވުރެން ބޮޑަށް އޭނައަށް ކޮށްދެވޭނީ ކޮންކަމެއް ހެއްޔެވެ. އެމީހުން އުފަލުގައި ތިބުމުން އޭނަވެސް އުފާވެ އެވެ.
އަބްޔާން ވިސްނަމުން ދިޔަ އެވެ. ބޮލުގައި ރިހުމެއް ވެސް އުފެދެމުން ދިޔަ އެވެ. އެހާވަރަށް ހިތަށް ތަދުވަމުން ދިޔަ އެވެ. އެނދުގައި އޮތް އިރު ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ދެލޮލުގެ ދެފަރާތު އަރިމަތިން ފައިބައިގެން ގޮސް ބާލީހަށް އެޅެމުން ދިޔަ އެވެ. ދެން ޖަންނައަށް ޓަކައި މަޑުކޮށްގެން މުޅި ހަޔާތް ބަރުބާދު ވާކަށް އަބްޔާން ބޭނުމެއް ނޫނެވެ. ކޮންމެވެސް ގޮތަކުން އެ ހިޔާލުތަކާއި ދުރަށްދާން އަބްޔާން ބޭނުމެވެ. އަބްޔާން މޫނާއި އެކު ލޯ ފޮހެލި އެވެ.
އާލިޔާ ނިމިގެން ނާންނަނީސް ފުރަން އަބްޔާންގެ ހިތް އެދެން ފެށި އެވެ. ހަދަމުންދާ ސެލޫން ނިމުނުހާ އަވަހަކަށް އޭނަ ފުރާނީ އެވެ. މަންމަވެސް މިހާރު އެކަންޏެއް ނުވާނެނޫން ހެއްޔެވެ. އަރީކާ ވެސް ގޭގައި އުޅޭނެ ނޫން ހެއްޔެވެ.
އާޔަތު ފޭސް ބުކަށް ވަދެ ރައްޓެހިން ފޮނުވާފައިވާ ޕޯސްޓުތައް ބަލަން އިނެވެ. “ހައި” ކުއްލިއަކަށް މެސެންޖަރ އިން އައި މެސެޖެއް ސްކްރީނަށް އެރި އެވެ. އާޔަތު އެ ހުޅުވާލި އެވެ. އެއީ މިމްރާޚް އެވެ. ދެ ފިކުރެއްގައި އިނދެފައި އާޔަތު ވެސް ޖަވާބު ދިނެވެ. މިމްރާޚް ވާހަކަ ދައްކަން ފެށި އެވެ. އާޔަތު ވެސް މިމްރާޚްގެ ވާހަކަތަކަށް ޖަވާބު ދެމުން ދިޔަ އެވެ. އާޔަތު ހީކުރި ގޮތާއި ހިލާފަށް މިމްރާޚަކީ މާ އެކުވެރި މީހެކެވެ. ވާހަކަ ދެއްކި ވަރަކަށް މިމްރާޚްގެ ގޮތް އާޔަތުއަށް އިނގެމުން ދިޔަ އެވެ.
ކޮންމެ ދުވަހަކު ހެން މިހާރު މިމްރާޚްއާއި އާޔަތު ވާހަކަ ދައްކަ އެވެ. އެންމެ ފަހުން މިމްރާޚްގެ މެސެޖު ތަކަށް އިންތިޒާރުވެސް ކުރެވެން ފެށި އެވެ. އެންމެ ފަހުން ފޯނު ނަންބަރު ވެސް އެކަކު އަނެކަކަށް ބަދަލުކޮށް ވައިބަރ އިންވެސް ވާހަކަ ދައްކަން ފެށުނެވެ. މިހާރަކަށް އައިސް އާޔަތު އަބަދުވެސް ހުންނަނީ ހެޑްސެޓް ޖަހައިގެނެވެ. އަބަދާއި އަބަދު ދެމީހުން ތިބެނީ ވާހަކައިގަ އެވެ. ފިލާވަޅު ހެދިޔަސް މަސައްކަތެއް ކުރިއަސް ދެމީހުން ތިބެނީ ވައިބަރ އިން ގުޅިފަ އެވެ. މުޅި ދުވަހު އެކަކު އަނެކަކު ކުރާކަންތައް މިނިޓަކުން މިނިޓަކުން އިނގެ އެވެ. ހަމަ އެކަނި ފޯނު ބޭއްވިފައި އޮންނަނީ ޗާރޖު ހުސްވުމުންނެވެ. ދެމީހުންގެ ގުޅުން ދުވަހެއް ދުވަހަކަށް ބަދަހިވަމުން އަޔަސް ދެމީހުން ކުރެން އެކަކުވެސް ލޯބި ހުށައަޅާކަށް ނޫޅެ އެވެ. އަދި ލޯބީގެ އެއްވެސް ވާހަކައެއް ދައްކަނީ އެއްވެސް ނޫނެވެ.
ދުވަސްތައް މާޒީއާއި އެކުވަމުން ދިޔަ އެވެ. އާލިޔާ އައުމުގެ މަސް ދުވަސް ކުރިން އަބްޔާން ސިންގަޕޫރަށް ފުރި އެވެ. ޑިގްރީ ނިންމާ މާސްޓާރސް ވެސް ހަދައިގެން އަނބުރާ އަންނަން އަބްޔާން ވަނީ ނިންމާފަ އެވެ. އަބްޔާން ގޮސް ހުރީ އަހްޔާންއާއި ލުއީއަށް ލުއީގެ އާއިލާ މީހުންގެ ފަރާތުން ހަދިޔާއަށް ލިބުނު ގޭގަ އެވެ. އެއީ ތިން ކޮޓަރީގެ ކުޑަ ގެއެކެވެ.
ޖަންނަތު ވިހައިގެން ޒައީމާ އޮސްޓްރޭލިޔާއަށް ދިޔަ އެވެ. ޖަންނަތުގެ މަންމަގެ މަގާމުގައި މިހާރު ހުރީ ޒައީމާ ކަމަށް ޒައީމާ ބުންޏެވެ. ޒައީމާ ވެސް ޖަންނަތު ދެކެ ދަރިއަކު ފަދައިން ލޯބިވެ އެވެ. ޖަންނަތުއަށް ލިބުނު ފިރިހެން ދަރިފުޅަށް ނަން ކިޔަން ޒައިދާން އުޅުނެވެ. ޔަޒަންއާއި ގުޅޭ ނަމެއް ކިޔަން ޒައިދާން ނިންމި އެވެ.
“ޔަޒީދު ހަޑިތަ؟” ޖަންނަތު ވިސްނާލަން އޮވެފައި ބުނެލި އެވެ.
“ތިނަން ރީތި… ޔަޒަންއާ ވެސް ގުޅޭދޯ.” ޒައިދާން ބުނެލި އެވެ. ޖަންނަތު ހިނިތުން ވެލި އެވެ. އެއީ އަބްޔާންއާއި ޖަންނަތުގެ ދަރިންނަށް ކިޔަން އަބްޔާން ހިޔާލުކުރި ނަންތަކު ތެރޭން ނަމެކެވެ. ޖަންނަތު ވިސްނާލަމުން އެދުވަސް ހަދާނަށް އައެވެ. އެހިތުގެ އެއް ދިމާލުގައި އަދިވެސް އަބްޔާންގެ ލޯބި ރައްކާކޮށްފައި އޮތެވެ. އެލޯބި ދެން އެކަކަށްވެސް ނުފެންނާނެ އެވެ. އެލޯބި ފޮރުވާފައި ވަނީ މާ ފުނުގަ އެވެ. އޭގެ ހިލަމެއް މީހަކަށް ނުވާހާ ފުން މިނުގަ އެވެ.
ޔަޒީދު ލިބިގެން ދެއަހަރު ނުވަނީސް އަނެއްކާވެސް ޖަންނަތު ބަނޑުބޮޑު ވެއްޖެ އެވެ. މިފަހަރު ޖަންނަތުއަށް ލިބުނީ އަންހެން ކުއްޖެކެވެ. މިފަހަރުވެސް ނަމެއް ދިނީ ޖަންނަތުއެވެ. ޔާނާގެ ނަން ޖަންނަތު ކީ އެއީވެސް އަބީގެ ހަދާނުގަ އެވެ.
ދުވަސްތައް ފައިތުވަމުން ގޮސް އާޔަތުއާއި އާޒަތު ކިޔަވާ ނިމިއްޖެ އެވެ. ޒައިދާން ބޭނުންވީ އެމީހުން ނިމުމުން އެންމެން ރަށަށް ބަދަލުވާށެވެ. މިފަހަރު ޖަންނަތުވެސް ދެކޮޅެއް ނުހަދަ އެވެ. އެހާ ދުވަސް ވުމުން މިހާރު ހުންނާނީ ހުރިހާ ކަމެއް ހަމައަކަށް އެޅިފައި ކަމުގައި ޖަންނަތު އުންމީދު ކުރި އެވެ. އެމީހުން ރަށަށް ދިޔަ ދުވަހު ވަރަށް ގިނަ މީހުން އެމީހުނާއި ބައްދަލު ކުރަން އައެވެ. ހާއްސަކޮން ޖަންނަތުއާއި ބައްދަލު ކުރަން ރަށުގެ ކުދި ބޮޑު ގިނަ މީހުންތަކެއް މުރަކަގެއަށް އައެވެ. ޖަންނަތު ދެކެ ލޯބިވާ އެތަކެއް މީހުން އެރަށުގައި އުޅެ އެވެ.
“ޖަންނަތުގެ ދޮށީ މީހާ ވައްތަރީ ޒައިދާންއާ… ހަގުމީހާ ވައްތަރީ ޖަންނައާ… ދޯ މޫނިސާ.” ހަދީޖާ އިނީ ޖަންނަތުގެ ކުޑަމީހާ އުނގަށް ލައިގެނެވެ.
“އާން… ނިކަން ލޯބި.” މޫނިސާ އެއްބަސް ވެލަމުން ބުނެލި އެވެ. ހަދީޖާއާއި މޫނިސާ އެގެއިން ނުކުތް ތަނާހެން ހިދާޔާ އާއި ނަސީރު އައިސް އެގޭ ދޮރުމަތީ މަޑުކޮށްލި އެވެ.
“ކޮބާ ޖަންނަ؟” ނަސީރު އެމީހުނާއި ސުވާލުކޮށްލި އެވެ.
“އެބައިން ތިތާ ބޭރު ސޯފާގަ… މިހާރު އަދި ހީވޭ ވަކިން ޗާލު ހެން.” މޫނިސާ އެހެން ބުނީ ހިދާޔާއަށް ޖެއްސުމަށެވެ. މިހާރު ރަށުގެ އެންމެނަށް ވެސް އަބްޔާންއާއި ޖަންނަތުގެ ނޭނގޭ ވާހަކައެއް ނެތެވެ.
ނަސީރުއާއި ހިދާޔާ ވަންއިރު ޔަޒަންއާއި ޔަޒީދު ތިބީ ބިންމަތީ އަޅާފައިވާ މެޓް މަތީ ކުޅޭށެވެ. އެކުދިން ކުޅޭ ތަނަށް ކަޅިއެއްލައިގެން ޖަންނަތު އިނެވެ. ނަސީރުމެން ވަނުމުން ޖަންނަތު ސޯފާއިން ތެދުވި އެވެ. އަދި ހިތްހެޔޮކަމާއި އެކު ހިނިތުން ވެލަމުން އެމީހުން ކައިރިއަށް ދިޔަ އެވެ.
“އެކޮއެ… ކިހިނެއްތަ؟” ނަސީރު ނިކަން ލޯބިން ޖަންނަތު ފެނުމުން އަހާލި އެވެ. ހިދާޔާއަށް ޖަންނަތު ފެނިފައި ބަލަން އިރުކޮޅަކު ހުރެވުނީ އެވެ. މޫނިސާ ބުނީ ތެދެކެވެ. ޖަންނަތު މިހާރު ވަކިން ރީއްޗެވެ. ދޮންވެފައި ރޫފަ ޖެހިލާފައި ހުރުމުން މިހާރު ހީވަނީ ރަނިކަބަލެއް ހެނެވެ. ޖަންނަތުގެ ރީތިކަން ފެނިފައި ހިދާޔާގެ ހިތަށް ވެސް އަސަރުތަކެއް ކުރުވި އެވެ.
“ރަގަޅު ނަސީރުބޭ… ދުރުވޭ އިށީންނަވާ…” ޖަންނަތު ގޮނޑި ދައްކާލަމުން ބުނެލި އެވެ.
“މީނީތަ ޖަންނަތުގެ ދަރިފުޅު؟” ނަސީރު ޔަޒީދު ދައްކާލަމުން އެހި އެވެ.
“އާން ތީ އަޅުގަނޑުގެ ދެކުދިން…” ޖަންނަތު އެކުދިންނަށް އިޝާރާތް ކޮށްލަމުން ބުންޏެވެ. “ޔަޒަން… ކޮއްކޮ ގޮވައިގެން އައިސް ނަސީރުބެއާ ސަލާން ކޮށްލަ ބަލަ.”
“އައްދެ… ޔަޒަން ހާދަ ބޮޑުވެއްޖެޔޭ މިހާރު…” ނަސީރު ބުނެލި އެވެ. ޔަޒަން ހީލި އެވެ. “މީ ކޮންނަމެއް ކިޔާ ކުއްޖެއް؟” ޔަޒީދުގެ ބޮލުގައި ފިރުމާލުމަށް ފަހު ޔަޒީދުގެ އަތުގައި ހިފާލަމުން ނަސީރު އެހި އެވެ.
“މީ ޔަދީދު…” ޔަޒީދުގެ ޅަ އަޑުން ނަން ބުނެލި އެވެ. ނަސީރު ޖަންނަތުއަށް ބަލައިލީ އެބުނި އެއްޗެއް ސާފު ނުވާތީ އެވެ.
“ޔަޒީދުޔޯ އެއީ..” ޖަންނަތު ހިނިތުން ވެލަމުން އޮޅުން ފިލުވައި ދިނެވެ.
“ތީ ކޮން ކުއްދެއް؟” ޔަޒީދު ނަސީރުއަށް ބުންޏެވެ.
“މީ ކާފަ…” ނަސީރު އަމިއްލަ މޭގައި އަތް ޖައްސާލަމުން ޔަޒީދު ގާތު ބުންޏެވެ. “ޔަޒީދުގެ ކާފަ މީ.”
ޖަންނަތުއަށް ބުނާނެ އެއްޗެއް ނޭގިފައި ބަލަން ހުރެވުނީ އެވެ. ނަސީރު އަމިއްލައަށް އެކުދިން ލައްވާ ކާފަ ކިއުއްވަފާނެ ކަމަކަށް ޖަންނަތު ހިތަކަށް ނާރަ އެވެ.
“އެހެންވިއްޔާ މީ ޔަދީދުގެ މާމަ ދޯ..” ހިދާޔާ ދައްކާ ލަމުން ޔަޒީދު ބުންޏެވެ. ހިދާޔާއަށް ޔަޒީދުއާއި ދިމާއަށް ބަލަން އިނދެވުނީ އެވެ. ޖަންނަތުވެސް ހުރީ ނޭވާ ހިފަހައްޓާލައިގެން ހިދާޔާ ބުނާނެ އެއްޗަކާއި މެދު ވިސްނާށެވެ.
ކުއްލިއަކަށް ޔަޒީދު އަތުގައި ހިފައި ކައިރިއަށް ހިދާޔާ ދަމާލި އެވެ. އަދި ޔަޒީދު ގައިގައި ބައްދާލަމުން ރޯން ފެށި އެވެ. ހިދާޔާއަށް މާމަ ކިއުމުން ވީ އުފަލުން ހިދާޔާއަށް ކެތެއް ނުކުރެވުނެވެ. އެވަގުތު އެތަކެއް ޖަޒުބާތުތަކެއް ހިދާޔާގެ ހިތަށް އަރާ ފައިބަމުން ދިޔަ އެވެ. ޖަންނަތުއާއި އަބްޔާން ދުރު ނުވިނަމަ މިއަދު އެއީ ހިދާޔާގެ އަމިއްލަ މާމަ ދަރީން ކަމުގައި ވީހޭ ހިދާޔާ ހިތަށް އެރި އެވެ. ޔަޒީދުގެ މޫނުގައި ފިރުމާފައި ބޮސް ދެމުން ހިދާޔާ ލޮލުން ކަރުނަ އޮއްސަމުން ދިޔަ އެވެ. ހިދާޔާ ދޮންދޭ ކޮންމެ ތަނެއް ޔަޒީދު އަތުން ފޮހެލަމުން ދިޔަ އެވެ. މީހުން ދޮން ދިނުމަކީ ޔަޒީދު މާ ގަބޫލު ކަމެއް ނޫނެވެ. ނަމަވެސް އެއީ މާމަ ކަމަށް ބުނުމުން ޔަޒީދުއަށް އެއްޗެއް ބުނަން ނުކެރިފައި އިނީ ކަންނޭގެ އެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
81 Comments!
Comments are closed.



Vvv reethi
Chydii. Jannth badubodu vaale avas kamun gos ma hama huni aiy. Zaidhaan moya vefa. V umydhu kogen ki iy. Jannath knmehen abi ge hadhaanunga name kiyaane kame nei. Zaidhaan aa eky ulhebala. V.fuhi vey jannth dheke..aasi whn are u gonna change the cover pic. Dhn story ninmala. Vaavara hitha tadhuveje.. Zaidhaan love ey kiya govalyma magaatha rulhi.annany..abi kykuran emyhunaa dheytherey visnany. Zaidhaan nd janna nuvisnae nun
Saaabas..vihaaabala faathuma vs..Janna is da bes..lol
acheedi dhen janna zaidhaan aa varah foohi dhen yazeed oh hadi name eh mioh varah reethi vaahaka hadi vejje mihaaru lol dhen rangallhee meehaku xaidhaan maraaalafiyya
I think adhi aby aai janna gulheynehen…something will happen to xaidhaan…it will only be fair if aby get the happiness he deserves for his patience and the sacrifices he made…eyrun mi story reethi vaany ehen noony varah foohi vaane
feshun v reethi ekam miharu mee ehmme hadi vahaaka..aasi ah buneIan beynumy kiyuntheringe ihsaasthakah ves baIaafa vahaka Iiyan dhas kuraashey..ehen noony vahaka Iiyun huhtaaIaa..dhen heyo dhuvahaku janna aby ah nuIibunas..janna dnt deserve aby’s Iove..aby ves dhen maraaIaa..eyrunnehnnu zaidhaan ehkn abadhu ufaIuga uIheveyny.. i hate dis story
mi story kiyan beynun nuvaa kudhinnah Heelaafa Manje bunelan beynunvany hadeehya nukeema veenuhey .. bala Aharemen kiyaanan .. ehnyaa dhen mee knkameh…abadhu hadi vefa .. Aasi ah dhw ingeyny story kuriah gendhaanegoi.. eyna plan kohffa oi gothah dhw gendhaany.. hama hadee ey bunaameehunge kibureex kan hama..hun..???
ya hady yaa nukiyaany. bt majority wants abyaan and jananth to be together. doctor eh balimyhun ragalha nubalaanma they wl not go to him. ekamaku mashaky doc ekey ma beynun gothashey kantha kuraany. ehn egotha vanya eyna aslu doc aka veytha. teacher eh beynun vaany darivarun molhu kuran. bt dharivarun dheraviyas teaching techniques the badhalu nukuranya he or she is not good. so dat philosphy goes to a writer. writer masaka kuran jeheyny readers hiy ufaava gotha liyan. eyrun support libeyny. hoy neydhey kame viays story kiyun huttalaka beynume nuvey. ragalhu kuruvan beynunvany. we dnt giveup until the end.
vahaka varah varah reethi.. waiting for the next part 🙂
aasi this was one of my most favorite story. aasi ge story liyumuge talent vv.gadha. hadhaha kura hiyvey samasa was such a wonderful story. i have read it so many tyms. bt mioi rythi vaahaka aasi ti turn koly kihine? jannath and abi gulhen jeheny. aslu in my view jannath vv.gos. aslu hidhaya edhuvahu noonekey bunyas mihaaru ehery badhaluvefa. edhuvahu rhycha abi aai talk kogen mamma russan ulhununama. loabi vaa myha mamma ge nuruhumaa hedhi dhookalafa ehn myhuaa innan vejjeya dhn vv.hevva abi ulhey haalun aharumenge hiy falhi vey. we readers want abi nd jannath to get married. ekamaku edhari madhukama 2dhari dhyfi. dat means janna dhn nudhaneyey abi kairiya. abi ge laobe janna hithuga eh nei. abi balaa janna ge haaluves. bt jannath balaatha abi dhuniyeyga huritho. zaidhaan ehaa ragalhu nama eyo business hingan molhu sikudiya abi ge feelings nuvisnuny kyve. abi eynaya ehaa heyo iru zaidhaan hama jannath dhukolinama. emyhunge terey eves varaka jabyaan ge name nadhey. dh abi rasha anna iru ragalhuvaane igireysiyakaa idhegen aiyma. eyrun hathareskan hamavy nun. vvv.fuhivey. abi ekani loabi vy. i really dnt feel jannth nd zaidhan ge love. hama lust ge gothuga sifavany.
fathun ah bunelan beynunvany knme myhakah emyhegge loaibeh nulibeyne thaa dhw.. abadhu ekaku dheke loabinuvedhaane..e ee hama gaimuves real lifega vey ehen.. i experienced that.. nikan rangalhah visnaalabala.. dhariakah umeedhunukoh huttaaves dhariaku libidhaane dhw.. hoadhan masahkai nukuriyas..ee vakikameh..hama gaimuves abhi ge magaamuga mahuttas ma namves kanthah kuraany ehn .. huwaa kohfa mibuny.. abhi adhi rangalhugoi vaane..???.. faathun maa bodah hyper vany.. chill girl chill..zaidhaan ves hury abhi ah takaa janna dhookohllan dhw.. eyru abhi egoi beynun nuveenu.. kaivenyaky kulhey kulhivareh nun kanneynge
No offence.E bunaahen dhn janna haadha avahakaa ey e vihanee. Anyways aayaa n mimraah gulhuvaafa janna n abee kanne gulhuvanvee.
aharenge namuga comment nukurun edhen, V vedhun
Omg…I m shocked…ekam story kiyaafa eh nun igey…but the comments….
ގުރުބާން ވެގެން ހިތަށް އުފަލެއް އަސްލު ލިބޭތަ؟
libeyne .. keehve nulibenvee .. hih badhalu vedhaane falhi sikunthehge thereyga ves
mioiy kameh dhw! bala liyuntheriyaa beynun gothakahnu story kuriah gendhaany..pls try to understand
Stry v salh.story ey dhany beynun vaa goth ah.hurihaa vaahaka ge ves furathama loabi vee meeha ah libeyny so boring ehnvay..bt mi vaahaka kuri ah dhaa goieh kamu dhey..
Varah hadi story. I hate Janna. Janna ge character mulhi ruined bcx Janna should have gone to Aby one day. Aby e ulhey haalu gaimu. And zaidhan. I haaaaate zaidhan. Zaidhan aky eha ragalhu friend eh nama wouldnt have done dis. He would have felt the feelings of Aby. And miharu janna doesnt deserve aby. Aby vee thedhuveri lwbi. Anehka mi story nimunytha? Mi vahak furathama vvv reethi. Ekam miharu vany faadehge fuhseh dhen
my stry part 33 aai hamayah kiyaifin alhugandu mihunnany nukiyan .. mihaaru part eh up vaairah comments balany …balaafa ves foohi vejje mi stry dheke .. i hate that zaidhaan …
foohi viyas kiyaala. we all hate him
nooney ehgothakah ves faathun kiyaane kameh nei mi story eh.. hadi bunefa nukiyaanamey bunefa kiyaathee ey huthury..mamen nama nukees..mamenge hureyey gatu..?????
baeh faharu ufaaves libeyne nice story. ekamaku up vaaleh lahy
Life ga beynun vaa gothakah nun kanthah vaanee.. nd kithah meehun dheke loabi vey ey bunefabaa meehaka indhevenee.. mi vaahakah hadi vegenney nuney thiulhenee… beynun vaa gothah nuvanya amillah ah vaahakah liyelaigen kiyaabala
???? miokame huvaa mibuni i hate this story because abi a jana nulibey thi
v reethi story waiting 4 next part
Aharen mi visnanee jannathu mathin hadhaan nahthaalaafa MOVE ON vaan….. even she has moved on with her husband…after all i have to be a real man not a ishqbaaz for life time…. hehe
fathun ?
Story akaa hedhi..adhi konme part eh up vyma fathun bunaane kiyaa hitheh netheh muki ey. Ekm vx bodethi huthubaa dhey eba hurihaa part akah. fathun hajam kohbala. bahyyehnu huvaa mibuny.
Mi vaahaka varah reethi
fathun.. dhuniyaygai ulhey iru gurubaan vx vaane. loabi vaahaa meeheh nulibeyne. ekan nuvisney meehun ulheythi sihuru vx hedhun gina vany. fathun kokko vx visnaalaathi mikamaa
xaidhaan ah kei vess nuvanee dw….. story hadi kudhin story nukyma nimuneenu hama gaimuvess up vaairah cmmnt kuran fashaane hadi yei hadi yei kiyaafa aii keehve vaa kameh tha lol ;D
i luv xaidhaan and jannna dhen abii maraalaa eyrun rangalhuvaane noonee konmevess kujei geney aby ge life ah
Kihineh mi vee?
V reethi
Stry v reethi.. n heevanee aby ah janna libeyne hen komes hisaabakun..
Cheedhi v v hadh..ginadhuvasthakakah fahu mivaahaka nikunnanfeshi hisaabun mivaahakamathin ehkon foohivejje..zaidhaan ah hurihaa ufalehdheefa mi parthun mivaahaka ninmaalinama..v ummeedhu kohgen huree mi parthun mivaahaka nimeynekamh..mihaaru mivaahaka kiyanee kiyaahithakun noon..hama ekani abee ah janna libeynekamah..ekamu miveegothun dhenheyo abee ah janna nulibunas..
VVVVVVVVVVVVVVVVVVVVV reethi…
Waiting….
Mi story innanee jannathu aa zaidhaqn ge mahcha, ?furatha mi story kiyaa meehakah ingeyne ekan.
Kon gurubaan eh tha jannat vi mi story jannat ge mahchah hadhaigen. Mi kurin v salhi vaahaka eh but mihaaru ehme hadi story. Vvvv hadi zaidhaan and janna
v foohi mihaaru dhen. Ekamuves dhen kiyany vaahakaekey hithah aruvaalaafa. Aslu aby n janna gulhuvma story rythivaany..
asluves vvv hadi zaidhaan and janna. mitha qurubaan vy janna eh noon. abii ehkoh change vii janna ah but mihaaru kihineh mivany
mi story aslhu hama superb…. waahaka eh vihyya gotheh vx ohnan vaane… mivaahaka midhany hama ragalhah…. v reethi
Varah reethi mi vaahaka… hadi vaa kudhin nukiyaa.
Pisss…. haadha lahey up kuraaleh mi story… aa part eh kiyan mi libeny garuneh fahun… varah foohi dhn… eyoh loabi abee bahattaafa janna vs zaidhaan fahathun… avahehnu dharinfathi hoadhileh vs… ma mee abee nama dhn gaaiivs nuvaanan janna aa
v reethi..i lyk it 🙂
Hey Janna aa zaidhaan guluvaathi plx plx ingey…dhen aibyaan aa ehen girl akaa guluvaa…I hate aibyaan…dhen kikuran tha aibyaan eh 2 meehun ge dheythi Rey a vadhan veekii eh..Janna athuga zaidhaan ge dharin thi baa aney kaa aibyaan a guluveema hadhi vaaneyy…
Vara reethi vaahaka. Adhi meega vara molhuvaane Abby nizaamuge terein fuhelyma. Vara faseyha kameh ey. Hama effaharun maraala. ??????????
adhivx bunelaanan, vara reethi hama???
Ehvex meehaku baynunva gothakah huriha kameh nuvaane. ae kithanme mathy kithanme mussadhi meehakas. dhiriulhumaky imthihaaneh. vaahaka mi liyany hageegee dhiriulhumah binaakoh. enmenge dhiriulhun ufaaveri eh nuvaane. ehnvejjenama liyaa huriha vaahakathakehvx ufaaverikoh kiyun therin baynunva gothah liyaakah nujehayne. . i like this story. because it has the reality. and we have to accept the reality if it is happy, sad angry or painful.
Yes we all have to accept the reality… Janna ur telling the truth.. Hurihaa meehuhnakah e meehaku loabi vaa meehaku nulibeyne… Mi vaahakaa ga ves janna n xaidhaan happy… Konmehen abii ah Janna libeykah nujehey dho…
Nice… Ehn vaahaka thakaa alhaa balaa iruga v thafaathu…. Aamukoh konme vaahaka ey ga ves Hus eygothey Vany… Furathama loabi vaa meehaa ah kohmehen hadhaafa ves liben jeheyny…. Aslu hageegathuga story is interesting…Janna n xaidhaan v gulhey ?.. Dhn abi ah Janna libunyma ehn vaahaka thakaa same vaane….aasi kuda keep writing n uploading ur stories… I read all ur stories… Hope this story wil be different frm other stories…???
Vaahaka up nukurevenya liyan nufashanvynu
Choss. . Baraveyyaa. .
Vaahaka up kuraathy dhw thi kiyeny. . Busyvgn vaahaka up kurevayleh lasviyas vaguthu hoadhaegnvx aharun kiyaalan ekahala reethi vaahaka eh genesdheythy shukuruveri vaybala. .
Story v reethi vaahakaige namaa story aai v gulhun eba huri pls vaahak liyaa kuhjaa ge hiymaruvaakahala ehchehi comment nukohbala mihaaruves kiyaa hithun pls pls avahah up kohdheebala anehbai
Anehkkaa lasvaan fesheetha vaahaka..haadha haa foohiveye ehenvaathy
Avahah next part up kohdheeba…pls..pls.
Aasi koba story kon irakun dhen up vaany? V reethi story. Kauveni ey kulhey kulhuvareh noon. Ehenveema aby ves ehen kuhjakaa gulhuneema dhe rangalhuvaany.
Kon abee eh Janna eh aasi beynun gothakah story Liyaany kiyan beynun meehun kiyaafa foohiva meehun nukiyaa thibeema hunnaany heyokoh
Abadhu thimaa beynunvaa gothakah life ge kanthahthakeh nudhaane.. ma kiya hurihaa stories therein enmme real life aa eggothah genesdhey hamaekani vaaahaka miee.. deravaathankolhaky kiyuntherin liyuntheriya ah hurasalhaathy.. aaasii plxx vaahaka avahah up kohshehchey.. mihaaru ves gendhaagoiy hama reethi… plx i want to read it
Kon irakun tha vaahaka up kuraniii…
v sad las vaathee umeedhu kuran v avahah up koh dheyne kamah plz v nice story eh thanx
Haadha lahey dho
Alhe mivaahaka kiyaa hithun ulheythy dhey adhabehtha mee knmme faharaku..haadha haa foohsseh veye..adhi nukuraane rply eh ves nukuraane
kon irakunthw story upload kuranee?
Tbh this twist is really unique. Most stories ga abadhuves fennany nearly eh plot eh. Ending up with the one they love. And life ga abadhu beynunhaa gothakah kankameh nudhaane. This story gives a glimpse of real life and readers should learn to digest that. Abadhu happy ending ehvves naannaane life ga eh. I like this story. One of the best ive ever read. Keep up the good work aasi. I may not b a reader who opens this site often. But this story ge updates balan and this story is really eyecatchy compared to some other stories. And hope readers miahvuren binaakuranivi faadu kiyumeh kiyaane kamah instead of demotivating the writer.
Aasi bunan tha vaahaka eh mi vaahaka kuri ah nukada eh non ehen v ma aasi ves mikan huttalaafa ehen ehen kamakaa ulhey aasi ah nuvi eh noon mikan
Kobaatha vaahakaige aneh bai…lap nethytha anehkkaa..mee dhn boduvareh dhw..aharaku ehfaharu gennan yaavea angaalaba
Aasi kobaatha mivaahakaige anehbaii???? let us know abt this story…..
Kobaaa aneh bai haadha dhuwaheh vejjeya wait kuraathaaa
Mnjey iregga vaahakaliyan reechas mihaaru thee 0ge ves 0.dhen nufahttaathi foohi vaahakagadeh dhen koriah liyan neygigen dhw guttaalee he he he hekekeke??
Aassi. You Were a Really Special Writer to me. But Now I dont Feel Reading Your Storiesss. I am Sorry To Say this. But Aasi Ge Mathin mulhin Foohi vehjje. Once You were The Best Writer For mee. Dhen Ekam Mihaaru Kihineh Thi hadhanee? ? Readers Ge Feelings Ah Visnaanama Aasi. Atleast Bunevidhaane dho that Vahaka Genes dheveynee Lahun Eyy. Aharun Eyrakun Nujeheyne Dho Wait Kuraakah. Iru Iru Kolhaa Balaakah. To be Honest I expected A lot from You. Dhen Neyge Mi vahaka kiyan libeyne Kameh Ves.?
Dhen Mihaa Hisaaba Mikanthah Aisssa Hureema Hate Comments ves Annane. I Not Hating on You Or Something. But Hee kuri Gothaaa Hilaaf veema kada Vee. Its Now 2017?.
We Still Want To Read Ya Incredible Storyy.?
The Story Is Fab. Your Storiesss Are Very Nice.?
Your A good Writer. Varah Madhu mistakes Hunnane Ves Aasi Ge Stories Ga. Problem Akeee You Dont Upload Regularly. Dhen Mi Story Liyun ves Thi huttalyy. Eiy Mahsala Akee. I understand. Maybe Kommes Laptop Mahsala Eh jehigen You Cannot Upload. But Please Update Us. Tell Us Your Problem. Comments Thah Kiyaalyma Ves Ingey How much Readers Are Waiting. They Expect A lot From you.? Aasi Good Luck.
I Am Not A hater. I respect You. I know Kommes kameh Vegen kan. I understand. Bye.
~Snowflake❄~
Hello??? ?Esfiyaaiga Huri Emmmmmmeee Molhu Writerrrrr Ah vefa Thihireee. ✌?ALHEYYY KADANESS TO THE MAXX. ✌
#Thidhenthankolhehboduvaru
Aasi Dhera Nuvahcheyy Ma Mihen Kiyas.?
I Am Assu Not this Bad Ingeyyy.?
Ekam Tbh Mihaaru Aasikudee dheke Varah foohi veyyy…..?
Soz Ingeyy. ??
Ekam Ma ves keehkuraani.?? Emeehaku ge opinion Dheven Onnan jeheyne Kanneyge.????
I am Not a Hater.? EKAM Visnabe Dho Readers ge Feelings ah.,!! ? Ok.? Well Aasi Amihla Visnaba Writer Ehge Haiseeyathun✨. U will Feel What We guys Feel✨. I dont Know keeve Kameh Manje thi gothah Kanthah kurani.❓ Mashah Ingeyhaa Ves Ehchakee Thee Molhu Kulhadhaane Liyuntheriehkan✊. Vedhaane Manje Ah Time Nulhibeneee Kamh Liyan? or Manje Maaa Faruvaakuda ii Kamah?. Or Maybe Manje Hithun Maa Kulhadhaana Vegen Kiburuveri vegen Vahaka Liyan Handhaan Nethuneekamh.?➡(Please Dont Mind Its Just an Example.✌) And Maybe Mithanun Kommes Soreh or Manje eh vidhaalhuvi hen Manje ge Lap Mahsala Jehuneekamah.? Meehun Vehdaane Kanthah. But Mi Vahaka Nuhuhtahcheyy Still You have a
Chance Beb.?✨ Adhives Vaguthu Eboiy. Liyelaa Ingey. Love You?. Heenukuraathi Hater Ekey meee.? Hater Eh noon Mee. ?Just Heeva Opinions Bunelee.? Evarun ves mee Hater eh kamah heekuranyaa okayh.?
Heeve Dhaane hater eh hen Cox I Wrote A bit Rudely.? Soz for That.? Ekam Varah inthizaaru Kureemeyyy. I will Know How much I waited for this Stroyyy.?????
K Bye. Goodluck. Upload Kurey dhenves.??? Okayyyh Byeee.☺✌?????????????????????????????????????
Hue Hue.?????
Aaassi.??
Maiykalaakoa , Dhariyaa Dhiri Eba Hurin Tha.???
Manje Haadha Haa buxy Eyy dhoo?????
Mi vahaka Ah Inthizaru kuramun Gos Las kamun Ma Inee Handhaan Nethifa Meege Mathin. Manje Kihineh veeyoa Athuh Emme Lafzehves Nuliyevigen Thiulhenee.
Vahaka Nuliyunu Thaa Meehun Kiyaa Ehchihssa Javaabu Dhey nama Thaa Thankolheh Reethi Vees. Manje Amihlayah Dhen Vahaka Huttalan Fenuneetha.??.
Jannathu & Abyy Aa Dhemehun Nuves Gulhuvaa Vahaka Medhutherein Dhookohlaafa Dhaan Medhuverivi Sababu Angaaleven Nethethoa Manje ah??
Mihaaru Assu mi vahaka Nimeyhaa Dhuvas ves vehhjje Thwcheh… Dhariyaa Dhen Mi vahaka Ah Koacheh Hadhan Thi visnanee.??
Kohmess Ehthaaku Jahsaathi. Nuliyanyaa Nuliyan Vee Noonee Beynun Vanyaa Anehkaaves Fashanvee. Manje Thihaa Kuhladhaana Meehun Thigothah Farah Araa Thibeema Kamaku Nudheyy. Nikan Aiss Emmenah Dhahkaalaa Thimaage Huri Fenvaru. Manje Ah vagutheh Nu vanee?
Ehenyaa Aasige Hama Ehgothakah ves Habareh nuveeyy Vihya.
Ryn , Layaal , Shax Lyn , Salaa , Aasi , Marsha , janaa , Laara , Lia , Muthaa , jai ,Ushaali , Neer , Miyoh Ulhenee Mithaa Mashah kamudhaa Liyun therin.
Aasi ves Himeneyy Eh List Ga
mamee Ehzamaanehga Manje Ge Vahaka Kiyan Thelhi Folhunu Meehaa.
Mihaaru Manje Maa Sirruveri Vegen Filain Ulhenya Aharun Kahala meehun Kihineh Thelhi Folheynee ves. Chance Eh ves Dhineekee noon Vihya.
Haan ok Ma dhanee Dhen.
Hiyheyo Kuraathi Baajaveri Dhuvahakah Vun Edhen
this is too much dhwww….vaahaka eh liayan fashaafa enme interesting hisaabah gossa ninman neyngenyaa vaahaka nuliyaanyy….esfiya in vejji kanneynge mikamah action eh nagan…mi gothah mihaaru kitheh vaahaka ah vejji…dhn enme rrangalhu dhw bunelaa nama vx miveni kameh vegen eyy vaahaka up nukureveny…noony miveni dhuvahakun up kohdheynameyy bunaanama vx rangalhu….u should respect reader dhww????????
Dhen mivaahaka ge nimey baeh naannaanetha…hiyeh nuvey maagina kankameh dhen vaaneheneh, plz finish story, aasi, eyrun dho furihama vaanee
Kobaitha aasi. Aasikudeeeeeeee!!!!! alhe anehbaives liyelaabala. Plz plz pleeeeeeeeez..
V dhigu inthixaarakah fahu vaahaka upload nukuryma mi comment kury…. Plx aasi mi vaahaka GE next part thah ves upload kohladheeba….??
ESFIYA…plx… heekuran mi comment thakah konmeves javaabey libeyne kamah….adhi mi vaahakaage nunimi oh part ves v avahah upload kohdheyne kamah…??????
Alhey kobertha vaahakaage nimun 39 kaa hamayah fenunee, please please vaahakage dhen oii pertge link beynun
Aasi please please
haadha laheyy up waaleh 2016 up kuri waahakah eh mi now 2018 wee iru vas waahakah nunimeyyy whyyyyyyyyyy?
Koba alheyy e rrr waiting for you aasi
We ate humans please don’t make us wait for too much
AASI…WHERE ARE YOU LOVE…PLZ COME BACK SOON..DHOONYYA AADHEYSS KURAN…HEYONUVAANE….MAGEY GAATHAH RULHI EBA AADHEY …BOLAH THURAA…NULIYAANAMA BUNELI NAMA DHW…B****
2 years V upsate nuvey… dhen alhe bunebala ninmaaleee ey ves… eyrah check eh nukuraanan up veytho
Haadha kiyaahih vi story ekey. Nunimuneema dheraee