Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤުރުބާން ވުމީ މިހިތުގެ އުފާ 37 ވަނަ ބަައި

aasi
aasi Level 3100 Stories10 Stories
November 7, 2016 11 Mins Read
62 Comments

ކުއްލިއަކަށް ޖެހިގެން އޮތް ގޯޅިން ބާރަށް ނުކުތީ ކާރެކެވެ. ޒައިދާން ވެސް ސިއްސައިގެން ދިއުމާއި އެކު ކާރުގެ ބުރަކި ޖައްސަން ޒައިދާން އުޅުނެވެ. ޒައިދާންއަށް ބުރަކި ޖެއްސުނީ ކިރިޔާ އެވެ. ނޫންނަމަ އެކާރުގައި ޖެހި ނުރައްކާ ތެރި ކާރިސާއެއް އެރޭ ހިގީ ހެވެ. ބުރަކި ޖެއްސި ގޮތަށް ގުޑިވެސް ނުލާ ޒައިދާންއަށް އިރުކޮޅަކު އިނދެވުނީ އެވެ. އޭނާ ފުން ނޭވާއެއް ލިއެވެ. އަދި ސަލާމަތް ވީތީ ހިތާހިތާ ދުޢާ ކޮށްލަމުން ކާރު ދުއްވާލި އެވެ. ކުރިއަށް ވުރެން ވެސް މަޑުން ނިކަން ބަލައިގެން މިފަހަރު އޭނާ ކާރު ދުއްވި އެވެ.

 

ޒައިދާން ގެއަށް އައިސް ވަދެ ގަތް ހުރިހާ އެއްޗެއް އެ ހުންނަން ޖެހޭ ތަންތަނަށް ލައި ހަދާފައި ޖަންނަތު ކޮބައިތޯ ހޯދާލި އެވެ. ޓީ ވީ ހުޅުވާފައި ހުރުމުން އެދިމާލަށް އައި އިރު ސޯފާގައި އޮށޯވެލައިގެން ޖަންނަތު އޮތެވެ. ކައިރިއަށް އައި އިރު ޖަންނަތު އޮތީ ނިދާފަ އެވެ. ޒައިދާން ހިނިތުން ވެލަމުން އައިސް ޖަންނަތުއާއި ދާދި ގާތުގައި ހުއްޓިލާފައި ނިކަން ކައިރިން ޖަންނަތުގެ މޫނަށް ބަލައިލި އެވެ.

ޒައިދާންގެ ނޭވާ ޖަންނަތުގެ މޫނަށް އެޅޭހާ ކައިރި ވުމުން ޖަންނަތު ލޯ ހުޅުވާލި އެވެ. ޒައިދާން އެހާ ކައިރިން ފެނުމުން ޖަންނަތު ލޯ ބޮޑުކޮށްލާފައި ޒައިދާންއަށް ބަލަން އޮތެވެ. ޖަންނަތުގެ ހިތަށް ފުރަތަމަ ބިރުވެރިކަން ވަނެއްކަމަކު އެ ކަން ބަދަލުގެން ދިޔައީ ލަދުވެތި ކަމަށެވެ. ރަކި ގޮތަކަށް ޖަންނަތު ކައިރިއަށް ހިނި އައުމުން ޒައިދާންވެސް މަސްތީ ގޮތަކަށް ހީލި އެވެ. އަދި ޖަންނަތުގެ މަގަތުން އިށީންނަމުން ޖަންނަތުގެ މޫނާ އިތުރަށް ކައިރި ވެލާފައި ޖަންނަތުގެ ނިތްކުރިއަށް ބޮސް ދިނެވެ. އަދި ބޮލުގައި ފިރުމާލި އެވެ. ޖަންނަތުއަށް އެވަގުތު ލޯމަރާލެވުނެވެ. ޖަންނަތުއަށް ވީގޮތް ބަލަން އިނދެފައި ކުއްލިއަކަށް ޖަންނަތުގެ ގައި ދަށަށް އަތް ލައްވާ ޖަންނަތު އުފުލާލި އެވެ. ޖަންނަތުއަށް ވެސް އިހުތިޔާރަކާއި ނުލާ ޒައިދާންގެ ކަނދުރާގައި ދެއަތް ނަގާ އަޅުވާލެވުނެވެ. ލުއި ފަތެއްހެން އުރާލައިގެން ޒައިދާންގެ އަތުގެތެރެއަށް ލައިގެން ކޮޓަރިއަށް ގެނެސް އެނދުގައި ބާއްވާލި އެވެ. އެވަގުތު ޖަންނަތުގެ ތުންފަތަށް ވެރިވެފައިވާ ލަދުވެތި ހިނިތުންވުން، ދުވަހަކުވެސް ޒައިދާން ހަދާން ނުނެތޭނެ އެވެ.

ޒައިދާން ޖަންނަތު އެނދުގައި ބޭއްވުމަށް ފަހު ޖަންނަތު ކައިރިއަށް އަރާ ޖެހި ފިތިގެން އެއް އަރިއަށް ޖަންނަތު ފެންނާނޭހެން އޮށޯތެވެ. ޒައިދާން އެއްއަތް މައްޗަށް އޮތް އިރު އަނެއް އަތުން ޖަންނަތުގެ ބޮލުން ފެށިގެން މޫނުގައި ފިރުމާލި އެވެ. ޖަންނަތުގެ މޫނަށް ޒައިދާންގެ ނަޒަރު ހުއްޓާލައިގެން އޮތް އިރު  ޖަންނަތުގެ ނަޒަރުވަނީ ޒައިދާންގެ މޫނަށް ހުއްޓިފަ އެވެ. ޒައިދާންގެ ހަރަކާތައް މަޑުމަޑުން ބަދަލު އަންނަމުން ދިޔަ އިރު ކޮންމެ ހަރަކާތަކަށް ޖަންނަތުއަށް އައީ އިޖާބަ ދެވެމުންނެވެ. ޒައިދާންގެ އެފަދަ ހަރަކާތްތައް ފެނިފައި ނުވާތީ ޖަންނަތުގެ ހިތް އަވަސް ވުމާއި އެކު ލޯ މަރާލެވުނެވެ. ދުވަހަކު ނުތެޅޭހާ ބާރުމިނުގައި ޖަންނަތުގެ ހިތް ތެޅެމުން ދިޔަ އެވެ. ކުއްލި އަކަށް ޒައިދާން ޖަންނަތުގެ ހިތާ ދިމާ މޭގައި އަތް ޖައްސާލުމުން ޖަންނަތު ލޯ ހުޅުވާ ޒައިދާންއަށް ބަލައިލި އެވެ.

“ބިރުންތަ ތިއޮތީ؟” ނިކަން މަޑުމަޑުން ޒައިދާން އަހާލި އެވެ. ޖަންނަތުގެ ހިތް ތެޅެމުންދާ ބާރުމިން ޒައިދާންއަށް ވެސް އިހުސާސް ކުރެވުނީ ކަންނޭގެ އެވެ.

“ނޫން…ބިރެއްނުގަނޭ…..” ޖަންނަތުގެ ކަރު ވަނީ އެއްކޮން ހިކިފަ އެވެ. އެހެން ކަމުން ވާހަކަ ވެސް ދެއްކުނީ ނިކަން އުދަގުލުން ނެވެ.

“ބިރު ނުގަންނައްޗޭ…” ޖަންނަތުގެ ހާލަތު ދެނެގަންނަމުން ޒައިދާން ނިކަން މަސްތީ އަޑަކުން ބުންޏެވެ. “ފެން ފޮދެއް ގެނެސްދެންތަ؟” ޒައިދާންއަށް އެއީ އާ ކަންތައް ތަކެއް ނޫނެވެ. އެހެން ކަމުން ޖަންނަތުއަށް ވެފައިވާ ގޮތް ދެނެގަންނާކަށް ޒައިދާންއަށް އުނދަގުލެއް ނޫނެވެ. ޒައިދާން ތެދުވެގެން ގޮސް އެނދުގެ އެއް ފަރާތުގައި ހުރި ކުޑަ މޭޒުމަތީ ބަހައްޓާފައި ހުރި ފެން ޖަގުން ބިއްލޫރު ތައްޓަށް ފެން އަޅައިގެން ގެނެސް ޖަންނަތު އަށް ދިނެވެ. ޖަންނަތު ތެދުވެ އިށީނދެލަމުން ފެން ތަށީގައި ހިފި އެވެ.

“އަހަންނަށް އިނގޭ ޖަންނަ ވަރަށް އާ ވާނެކަން… އަހަރެން ގަދަކަމުން އެއްވެސް ކަމެއް ނުކުރާނަން… މިކަމުގަ ޖަންނަ ބޭނުން ގޮތެއް އޮތީ.” ޖަންނަތު ފެންތަށި އެއްކޮން ބޯލުމުން ޒައިދާން ވާހަކަ ދައްކަން ފެށި އެވެ. އެނދު ކައިރީ ހުރި ކުޑަ ކަބަޑު މަތީ ފެންތަށި ބަހައްޓާފައި ޖަންނަތު ތެދުވެ ޒައިދާން އާއި ގާތް ވެލި އެވެ. އަދި ޒައިދާންގެ އަތުގައި ހިފާލި އެވެ.

“އަހަރެން ޒައިދާންއަށް ފުރުސަތު ދީފިން… އަހަރެން ޒައިދާންއަށް ވަރަށް އިތުބާރު ކުރަން… އަހަންނަށް އިނގޭ ޒައިދާން އަހަންނަށް ކެއަރ ކުރާނެކަން.” ޖަންނަތު ޒައިދާންގެ މޭގައި ބޯ އަޅާލި އެވެ. އެވަގުތު ޒައިދާންއަށް ބުނަން ނޭގޭ އުފާވެރިކަމެއް ލިބިގެން ދިޔަ އެވެ. ޒައިދާންއަށް ޖަންނަތު ގައިގައި އޮޅުލައި ގަނެވުނީ ނިކަން ބާރަށެވެ. އަދި ޖަންނަތުގެ ކަންދުރާގައި ބޮސް ދެވެން ފެށި އެވެ. އަދި މަޑުމަޑުން ޖަންނަތު އަނދުގައި ބާއްވާލަމުން ޒައިދާން ވެސް ޖަންނަތުގެ ގައިމަތިން ކަހަލަ ގޮތަކަށް ތިރިވި އެވެ. ޖަންނަތުގެ އަށިގަނޑަށް ލޮޅުން އަރައިގެން ދިޔައީ އޭނަ ލާފައިވާ ޓީޝާރޓްގެ ދޭތެރެއިން އެއްވެސް ހުރަހަކާއި ނުލާ ޒައިދާންގެ އަތްތިލަ ބީހިލުމުންނެވެ. ޒައިދާން ޖަންނަތުގެ ބަނޑު ހާމަކޮއްލުމާއިއެކު ބޮސްދިނެވެ. އެހިނދު ޒައިދާންގެ ބޮލުގެ އިސްތަށިތަކުގެ ތެރެއަށް ޖަންނަތުގެ އިނގިލިތަށް މަހާލެވިގެން ދިޔަ އެވެ. ޒައިދާން ޖަންނަތުގެ ގައިގާ ފިރުމަމުން ބޮސްދެމުން ދިޔައީ ދުވަހަކުވެސް މީހަކު އޭނަގެ ގައިގާ ބީހިފައިނުވާފަދަ ގޮތަކަށެވެ. އިސްތަށިގަނޑު ގައި އައްސާފައި އިން ރަބަރުކޮޅު ވެސް ޒައިދާން ނައްޓާލުމުން އިސްތަށިގަނޑު ދޫކޮއްލި އެވެ. އެހިނދު ޖަންނަތު ލައިގެން ހުރި ޓީޝާރޓް ވެސް އިހުތިޔާރަކާއި ނުލާ ބޭލުނެވެ. ޖަންނަތުއަށް އެވަގުތު ލޯމަރާލެވުނީ ލަދުވެތިކަން އިހުސާސް ކުރެވިގެންނެވެ.

ޒައިދާން ޖަންނަތުގެ އިސްތަށިގަނޑު އެއްފަރާތް ކޮއްލުމަށްފަހު އެދޮން ކަނދުރާގައި ބޮސްދިނެވެ. ޒައިދާންގެ ހަށިގަނޑުގެ ހޫނުކަން އިޙްސާސް ކުރެވުނު ހިނދު ކުރިއަށްވުރެވެސް ބޮޑަށް ޖަންނަތުއަށް ދެލޯމަރާ ބާރުކޮއްލެވުނެވެ. ޒައިދާން ޖަންނަތު އޭނައާއި ދިމާލަށް އަނބުރާލި އެވެ.

“ޖަންނާ…އަހަރެން ދެކެ ހާދަ ލަދުންނޭ ތި އުޅެނީ… ނިކަން އަހަންނަށް… ބަލާލަބަލަ…” ޒައިދާންގެ އެހިތްގައިމު ފިރިހެންވަންތަ އަޑުގައި ހަރުލާފައިވި އާދަޔާއި ހިލާފު މަސްތުކަން ޖަންނަތުއަށް އިޙްސާސް ކުރެވުނެވެ. މަޑުމަޑުން ލޯ ހުޅުވާލަމުން ޖަންނަތު ޒައިދާންއަށް ބަލާލި އެވެ. “ލަދުންތަ…އަދިވެސް…ތި…އުޅެނީ؟” ޒައިދާން އަދިވެސް ބޮޑަށް ޖަންނަތު ކައިރި ކޮށްލަމުން އެހި އެވެ. ޖަންނަތު މަސްތީ ގޮތަކަށް ހިނިތުން ވެލުމުން ޒައިދާންއަށް ލިބިގެން ދިޔަ އުފަލުން ޖަންނަތު ގައިގައި އޮޅުލައި ގަނެވުނެވެ.

އެހިނދު ދެހަށިގަނޑުގައި ހުޅުނުފަޅާ އަލިފާނެއް ރޯވެގެންދިޔަ އެވެ. “އައި… ލަވް.. ޔޫ… ޖަންނާ..” އެވަގުތުގައި ޒައިދާންގެ ދުލުން ޖަންނަތު ދެކެ ލޯބިވާކަން ހާމަ ކުރި އެވެ. “ޒައިދާން..” ޖަންނަތުއަށް ގޮވާލެ ވުނެވެ. އަދި ދެމިގެން ދިޔަ އެ ހިނދު ކޮޅު ތެރޭ ލޯބިވާކަން ޒައިދާންއަށް ހާމަ ކުރެވުން އަދަދެއް ވެސް ނޭގެ އެވެ. އެހެން ނަމަވެސް އޭގެ ޖަވާބުގައި ޖަންނަތުގެ ދުލުން ނުކުތީ ހަމަ އެކަނި ޒައިދާންގެ ނަމެވެ. ޖަންނަތުގެ މުޅި ހަށިގަނޑަށް ދިލަ ތަދަކާއި މަސްތުކަމެއް ވެރިވެފައި ވެ އެވެ.

މާނޭވާލަމުން ދިޔަ ޒައިދާންގެ އަތްމަތީގައި ޖަންނަތު އޮތެވެ. ޒައިދާންގެ ހަށިގަނޑަށް އެތަށް އަހަރަކަށް ފަހު ކުރެވުނު ފޮނިމީރު އިޙްސާސްގެ ސަބަބުން ޒައިދާންގެ ދެލޯ ވަނީ މެރިފަ އެވެ. ޖަންނަތުއަށް ވެސް ދުވަހަކު ނުލިބޭ އަރާމެއް ލިބިގެން ދިއުމުން ވެފައި ހުރި ވަރުބަލިން ޖަންނަތުއަށް ވެސް ނިދުނީ އެވެ.

ކުޑަކޮށް ނިދިފައި ހޭލެވުނު ޖަންނަތު ޒައިދާންއަށް ބަލާލި އެވެ. ނިދިފައި އޮތްއިރުވެސް ޒައިދާންގެ މޫނުގައިވަނީ ލުއި ހިނިތުންވުމެކެވެ. އެހިނިތުންވުން ޖަންނަތުގެ ހިތަށް ހަމަޖެހުން ގެނުވި އެވެ. ޒައިދާންގެ ހިތްހަމަޖައްސާދެވުނު ކަމުގެ އިޙްސާސް އޭނައަށް ކުރެވިގެންދިޔަ އެވެ. ފިރިމީހާގެ ހައްޤުތައް އަދާ ކުރެވުނު ކަން އިނގި ހިނިތުން ވެލި އެވެ. މަޑުމަޑުން ޒައިދާންގެ މޫނާ ގާތްވެލާފައި ކޮލުގައި ބޮސްދިނެވެ. އަދި ޒައިދާންގެ އަތުގެ ތެރެއިން މަޑުމަޑުން ތެދުވި އެވެ. ޖަންނަތު ސިއްރު ފިޔަވަޅުތަކެއް އަޅަމުންގޮސް ފާހާނާއަށް ވަނެވެ. ފާހާނާގެ ލޯގަނޑުން އޭނަގެ މޫނު ބަލާލި އެވެ. އަދި ދެކޯތާފަތާއި ތުންފަތުގައި އަތްލެވުނެވެ. ހިތަށް އުފާވެރިކަން ވަނީ ވަދެފަ އެވެ. އޭނަ ވިސްނަމުންދިޔައީ ޒައިދާން އާއި އެދެމެދުގައި ހިނގާދިޔަ ކަންތައްތަކާއިމެދު އެވެ. ލުއި ހިނިތުން ވުމެއް މޫނުމަތީ ފާޅުވާން ހުއްޓެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ކަނދުރާގައި އަތް ހާކާލި ވަގުތު ކަރުގައި އަޅާފައިވާ އަބްޔާން ދިން ފަށް ޖަންނަތުއަށް ފެނުނެވެ. ތުންފަތަށް ވެރިވެފައިވި ހިނިތުންވުން ވަގުތުން ފިލައި ދިޔަ އެވެ. ޖަންނަތު އެ ފަށުގައި އަތް ހާކާލުމާއި އެކު ލޮލުން އިހުތިޔާރަކާއި ނުލާ ކަރުނަ ފާއްދާލި އެވެ. ޖަންނަތުއަށް ވިސްނާލެވުނެވެ. އޭނާ ވިސްނި ވަރަކަށް އޭނާގެ ދެލޯ ފެންކަޅިވި އެވެ. އޭނަ ދެރަ ވެއްޖެ އެވެ. އަމިއްލަ ހިތުގެ މައްޗަށް ބާރުނުފޯރުވުނެވެ. އަމިއްލަ ހަށިގަނޑުގެ މައްޗަށް ގަދަވެ ނުގަނެ ވުނެވެ. އަދި އެއްވެސް ހިފެހެއްޓުމެއްނެތި އޭނަގެދެލޮލަށް ޖަމާވި ކަރުނަތައް ފައިބައިގަތެވެ. ކުއްލިއަކަށް ޖަންނަތު ކަރުގައި އޮތް ފަށް ބާރަށް ދަމައިގަތުމުން ބުޅިގަނޑު ފޭވެގެން ފަށް އަތަށް އައިސްފި އެވެ.

“އައި އޭމް… ސޮރީ… އަބީ…… އައި އޭމް… ރިއަލީ… ސޮރީ…” ފަށުގައި ހިފައި މުއްކަވައިގެން އެއާ ދިމާލަށް ބަލަން ހުރެ ޖަންނަތުއަށް ބުނެވުނެވެ. އަދި ލޯގަނޑުން ޖަންނަތުގެ ސޫރައަށް ބަލަން ހުރެ ބާރަށް ޖަންނަތުއަށް ރޮވެން ފެށުނެވެ. ހިތަށްވީތަދުން އަނެއް އަތުން މޭގައި އަތް ޖައްސާލެވުނެވެ.

އެތަކެއް އިރު ފާހާނައިގައި ވޭތި ކުރުމަށް ފަހު ހޫނުފެނުން ފެންވަރައިގެން ޖަންނަތު ނުކުތީ ހިތުގައި ވަރުގަދަ އަޒުމެއް ކަނޑަ އަޅައިގެނެވެ. އެއީ އޭނަ އަބީއަށް ކުރި އެންމެ ފަހު އުންމީދު އަމިއްލައަށް ދޫކޮށްލި ރެއެވެ. ދެން މުޅި ހަޔާތް އެއްކޮން ޒައިދާންއާއި އެކު ވޭތި ކުރަން އޭނަ ނިންމީ އެރެ އެވެ. އޭނަގެ ހިތުން އަބްޔާންގެ ނަން އެއްކޮން ފޮހެލަން އޭނާ އަޒުމު ކަނޑަ އެޅި އެވެ.

ބަނޑުހައި ވެފައި ހުރުމާއި އެކު ޖަންނަތު ކޮޓަރިން ނުކުތީ ކޮންމެވެސް އެއްޗެއް ކާން ހިތުލައިގެނެވެ. ޖަންނަތު ކޮޓަރިން ނުކުމެ ދޮރު ޖެހި އަޑަށް ޒައިދާންއަށް ހޭލެ ވުނެވެ. ޒައިދާން ގަޑި ބަލައިލި އެވެ. އޭރު ގަޑިން އެގާރަ ވެސް ނުޖަހަ އެވެ. ރޭގަނޑު ދިގު ވެފައިވާ ދުވަސްކޮޅަކީ އެހެންޏާ ޒައިދާން އެންމެ ފޫހިވާ ދުވަސް ކޮޅެވެ. ނަމަވެސް މިރޭ ރޭގަނޑު ދިގުވުމުން ޒައިދާން އެކަމާ ވީ އުފަލެވެ. ހިތާ ހިތާ ދުޢާ ކޮށްލަމުން އެނދުން ޒައިދާން ތެދުވެގެން ފާހާނާއަށް ދިޔަ އެވެ. އެރޭ ނުކައި ހުރުމުން ޒައިދާންގެ ބަނޑުން ވެސް ވައި އަޑު ކިޔާލަ ކިޔާލަ ހުއްޓެވެ.

އެކަނިމާ އެކަނި ވިސްނުމެއްގައި އިނދެ ޖަންނަތު ކަމުން ދިޔައީ އެރޭ ޒައިދާން ބޭރުން އަންނަމުން ގެނައި ބަތް ޕާރުސަލުން އެތިކޮޅެކެވެ. ޒައިދާން އައިސް ހުއްޓި ޖަންނަތުއަށް ބަލަން ދުރުގައި ހުރި ކަމެއް ޖަންނަތުއަށް ނޭގެ އެވެ. އެތަކެއް އިރު ޒައިދާން ޖަންނަތުއަށް ބަލަން ހުރެފައި ކައިރިއަށް އައިސް ހުއްޓުނެވެ.

“ކާން ހަދަންވީތަ؟” ޒައިދާން ފެނުމާއި އެކު ޖަންނަތު ތެދުވަމުން އެހި އެވެ. ޒައިދާން ހިނިތުން ވެލައިން ހުރެ އައިސް ޖަންނަތު ކައިރީ ހުއްޓިލި އެވެ.

“ޔޫ ލުކް ސޯ ބިއުޓިފުލް ޖަންނާ.” ޒައިދާން ޖަންނަތުގެ އަތުގައި ހިފާ ކައިރިއަށް ދަމާލަމުން ބުންޏެވެ. ޖަންނަތު ގަތް ލަދުން އިސް ޖަހާލި އެވެ. ޒައިދާން ޖަންނަތު ގެނެސް މޭގައި ޖައްސާލި އެވެ. ޒައިދާން ގައިން ދުވި ފިރިހެން ވަންތަ މީރު ސެންޓު ވަހުން ޖަންނަތުގެ ހިތް ފުރިގެން ދިޔަ ކަހަލަ އެވެ. “ޖަންނާ… މިރޭ އަހަރެންގެ ދިރިއުޅުން ޖަންނަ އުޖާލާ ކޮށްދީފީމު… އަހަންނަކަށް ނޭގެ އަހަރެން ޖަންނަ ދެކެ ލޯބިވާން ފެށީ ކޮން އިރަކު ކަމެއްވެސް. އެކަމަކު އަހަންނަށް އިނގޭ ކަމަކީ އަހަންނަށް ޖަންނަ ދެކެ ލޯބި ވެވިިއްޖެ ކަން. އަހަރެން ހިތަކަށް ވެސް ނާރާ މިވަރަށް ޖަންނަ ދެކެ އަހަންނަށް ލޯބި ވެވިދާނެ ކަމަކަށް.” ޒައިދާން ޖަންނަތުގެ ނިތް ކުރިއަށް ބޮސް ދިނެވެ. “ޖަންނަވެސް މިހާރު އަހަރެން ދެކެ ލޯބިވޭ ދޯ.” ޒައިދާން ޖަންނަތުއާއި ދިމާއަށް ކުޑަކޮން ގުދުވެލަމުން އަހާލި އެވެ.

“ދެން އެހަށް ހިނގާބަލަ ކާން.” ޖަންނަތު ޒައިދާން މޭގައި ހިފާ ކުޑަކޮން ކޮށްޕާލަމުން ބުންޏެވެ. އަދި ޒައިދާންއަށް ފުރަގަސް ދެމުން ޒައިދާންއަށް ކާން ހަދަން އުޅެން ފެށި އެވެ.

ޒައިދާން ޖަންނަތުއަށް ބަލަން ހުރެފައި އައިސް މޭޒު ކައިރީ އިށީނެވެ. ޒައިދާން އިނީ ފުން ވިސްނުމެއްގަ އެވެ. ޒައިދާންއަށް ހީވީ އެދެމެދުގައި ހިނގާ ދިޔަ ކަންތައްތަކުގެ ތެރެއިން އެއްފަހަރު ނަމަވެސް ޖަންނަތުގެ ދުލުން ލޯބިވެޔޭ ބުނާނެކަމަށެވެ. ނަމަވެސް އެގޮތަށް އެކަމެއް ނުވި އެވެ. އަދި ފަހުން ވެސް އެހެން ޖަންނަތުގެ ދުލުން ބޭރު ނުވުމުން ޒައިދާންއަށް ވިސްނާލަން ޖެހުނެވެ. ޖަންނަތު ނުރުހި ހުރެ ޒައިދާން ހިތްހަމަ ޖައްސައިދޭން އުޅޭ ކަމުގެ އިހުސާސް ޒައިދާންއަށް ކުރެވުމުން ހިތް ނުތަނަވަސް ވެގެން ދިޔަ އެވެ. ކައި ނިމުމުން އަދި އިތުރަށް ޖަންނަތުއާއި ވާހަކަ ދައްކަން ޒައިދާން ނިންމި އެވެ.

 

ހެދުނު އަބްޔާން ގެއިން ނުކުތް އިރު ޔަޒަންއާއި އާޔަތު ހިރުނދު ގަސްދޮށުގައި އުޅެ އެވެ. ޔަޒަން ބޯޅަ ހިފައިގެން ކުޅެން އުޅުން އިރު އާޔަތު އިނީ އުނދޯލީގައި ފޯނުކޮށްޓާށެވެ. އަބްޔާން މަޑުމަޑުން އެދިމާލަށް އައިސް ކުއްލި އަކަށް އާޔަތު އަތުން ފޯނު ޖަހައި ގަތެވެ. އާޔަތު ހަޅޭއްލަވައި ގަންނަމުން ބަލައިލި އެވެ. އެވަގުތު ޔަޒަން ވެސް އެދިމާލަށް ބަލައިލި އެވެ. އޭރު އަބްޔާން ޖެހިގެން ހުރި އުނދޯލީގައި އިށީންނަނީ އެވެ.

“ހާދަ ބިރެކޭ ދޯ ތި ގަތީ… އަނެއްކާ ޗެޓް ކުރަން އިނީ ބިޓާތަ؟” އަބްޔާން އާޔަތުއާއި ދިމާކޮށްލި އެވެ. އާޔަތު ރުޅި އައިސްފައި އިނދެ މޫނަށް ވައްތަރެއް ޖައްސާލި އެވެ.

“އަބީބޭ… ހިނގާ ކުޅެން.” ޔަޒަން އެދިމާލަށް ބޯޅަ ތަޅަމުން އަންނަމުން ބުންޏެވެ.

“އަބީބެއަށް ލާހިކެއްނޫން… އަބީބެއަކަށް ނުކެރޭނެ…” އަބްޔާން ނިކަން ސީރިއަސްކަން ދައްކާލަމުން ބުންޏެވެ. ޔަޒަން އަބްޔާންއަށް ބަލަން ހުރީ ސުވާލު އުފެދިފައި އެވެ.

“ޔަޒަން ހަދާނެއް ނެތްތަ އިއްޔެ ދެއްކި ވާހަކަ އެއް؟” ޔަޒަން ހުރިގޮތް ފެނުމުން އަބްޔާން އެހި އެވެ. އެވަގުތު ޔަޒަން ބަހައްޓައިގެން ކުރީދުވަހު ދެއްކި ވާހަކަ ޔަޒަން ހަދާންވި އެވެ. އެވަގުތު ޔަޒަން ހަދާންވިކަން މޫނަށް ހަދާލި ގޮތުން އަބްޔާންއަށް އިނގުނެވެ.

“އާޔާ… އަވަހަށް ޖަންނައަށް ގުޅާ… މިހާރު ޔަޒަން ޖަންނައަށް މަންމަ ކިޔާ އަޑުއަހަން އަހަރެން ބޭނުން ވެއްޖެ.” އަބްޔާން އާޔަތުގެ ފޯނު އާޔަތު އަތަށް ދިއްކޮށްލަމުން އެއްލޯ މަރާލި އެވެ.

“އަބީބޭ…” ނިކަން ފާޑަކަށް ޖެހިލުން ވެފައި ހުރެ ޔަޒަން ބުންޏެވެ.

އާޔަތު ފާޑަކަށް ހެވިފައި އިނދެ ޖަންނަތުއަށް ގުޅާލި އެވެ.

“ޖަންނާ، ފޯނެއް.” މެންދުރަށް ކައްކަން ހުރި ޖަންނަތު ކައިރިއަށް ޒައިދާން ފޯނު ގެނެސް ސްޕީކަރަށް ލި އެވެ.

“ހެލޯ ތުއްތާ،” އެކޮޅުން އާޔަތު ވާހަކަ ދައްކާ އަޑު އިވުނެވެ. ޖަންނަތު ހޫނ ލައްވާލި އެވެ. “ޔަޒަން ވާހަކަ ދައްކަން ވެގެން.” އާޔަތު އެހެން ބުނެ ފޯނު ސްޕީކަރަށް ލަމުން ޔަޒަން އާއި ކައިރި ކޮށްލި އެވެ. ޔަޒަން އަބްޔާންއަށް ބަލައިލާފައި އާޔަތުއަށް ބަލައިލާފައި ފޯނަށް ބަލަން ހުއްޓެވެ. ޔަޒަންގެ މޫނު މަތިން ނުތަނަވަސްކަން ފާޅުވާން ހުއްޓެވެ.

“އަވަހަށް ވާހަކަ ދައްކާ..” އާޔަތު ޔަޒަންގެ ބޮލުގައި އަތް ހާކާލަމުން ބުނެލި އެވެ.

“ދަރިފުޅާ… ޔަޒަން؟” އެވަގުތު ޖަންނަތު ގޮވާލި އަޑު އިވުނެވެ. ޔަޒަން އަބްޔާންއަށް ބަލައިލި އެވެ. އަބްޔާން ބޮލުން އަވަހަށް ކުރިއަށް ގެންދިއުމަށް އިޝާރާތް ކޮށްލި އެވެ. “ދަރިފުޅާ… ދޫނީ…” އަނެއްކާވެސް ޖަންނަތު ގޮވާލި އެވެ.

“މީ… މަން…” ޔަޒަން ބުނަން އުޅެފައިވެސް ޖެހިލުން ވެފައި އަބްޔާންއަށް ބަލައިލި އެވެ.

“އަވަހަށް ބުނޭ…” ނިކަން ސިއްރުން އަބްޔާން ބުންޏެވެ.

“މަންމާ…” ޔަޒަން ނިކަން ހިތްވަރު ކޮށްފައި ގޮވާލި އެވެ. އެވަގުތު ޖަންނަތުއަށް އެބުނި އެއްޗެއް ޤަބޫލެއް ނުކުރެވުނެވެ. ޖަންނަތު ކައިރީ ހުރި ޒައިދާންގެ މޫނަށް ބަލައިލަމުން ދޭފަތް ބާއްވާފައި އުނދުން ނިވާލި އެވެ. އަދި ޒައިދާން އަތުގައި އޮތް ފޯނު އަތުލާ ޖަންނަތުގެ މޫނާ ކައިރި ކޮށްލި އެވެ. ޒައިދާން ވެސް ބުމަ ކައިރި ކޮށްލައިގެން ކުޑަކޮން ކަންފަތް ދީގެން ހުރީ ޔަޒަން އެބުނި އެއްޗަކާ މެދު ވިސްނާފަދަ ގޮތަކަށެވެ.

“ޔަޒަން؟… ކީކޭ؟..” ޖަންނަތު އެހި އެވެ.

“މަންމާ… ޖަންނަ މަންމާ…” މިފަހަރު ޔަޒަން ތަންކޮޅެއް ބާރަށް ބުންޏެވެ. ޖަންނަތު ލޯ ބޮޑުކޮށްލަމުން ޒައިދާންއަށް ބަލައިލި އެވެ. ޒައިދާން ވެސް ޖަންނަތުއަށް ބަލައިލި އެވެ. “ޔަޒަން….ޖަންނަ ދައްތައަށް… މަންމަ… ކިޔަސް އޯކޭތަ؟”

“އޮފްކޯޒް ދޫނީ…” ޖަންނަތުގެ މޫނުމައްޗަށް އެރި ހިނިތުން ވުމާއި އެކު ލޮލުން ކަރުނަ ފާއްދާލިތަން ޒައިދާންއަށް ފެނުނެވެ. ޒައިދާން ޖަންނަތު ކޮނޑުގައި ހިފާ ކައިރި ކޮށްލި އެވެ. “ޔަޒަން… ދަރިފުޅާ… އަދި އެއްފަހަރު ގޮވާލަ ބަލަ.” ޖަންނަތު ޒައިދާންގެ މޭގައި ލައްވެލަމުން ބުންޏެވެ.

“މަންމާ.” މިފަހަރު ޔަޒަން ޖެހިލުމެއް ނެތި ބުނެލި އެވެ. އަދި މިފަހަރު ޔަޒަންގެ މޫނުމައްޗަށް ވެސް އުފާވެރި ހިނިތުން ވުމެއް ވެރިވެގެން ދިޔަ އެވެ. އަބްޔާންއާއި އާޔަތު އެކަކު އަނެކަކަށް ބަލައިލާފައި ދެމީހުންގެ އަތް އުފުލާލައިފައި ޖަހާލި އެވެ. އެމަންޒަރު ބަލަން އިނދެފައި ޔަޒަން ވާހަކަ ދައްކަން ފެށި އެވެ. “އަސްލު މި އަބީބެ…” ޔަޒަން އަށް އެހިސާބަށް ބުނެވުން ތަނާ އަބްޔާން ފޯނު އަތުލާ ކަނޑާލި އެވެ.

“ޔަޒަން…” އަބްޔާން ޔަޒަންއަށް ބަލައިލަމުން ބުންޏެވެ. “ޔަޒަން އުފަލެއް ނުވޭތަ މަންމަ ކިޔާކަށް ޖަންނައަށް؟”

“ވޭ.”

“ތިހެން ވިއްޔާ އަބީބެ ބުނެގެނޭ ކީއްކުރަން ބުނަނީ؟ ޖަންނަ މަންމަ ދެރަވާނެނު… އޭރުން ޖަންނަ މަންމަ ހީކުރާނީ ޔަޒަން ކިޔާހިތަކުން ނޫނޭ ކިޔަނީ.”

“އެކަމު އަބީބެ ހެލްޕް ވީމަނު ޔަޒަންއަށް އެހެން ކިޔުނީ.”

އެވަގުތު އާޔަތުގެ ފޯނު ރިންގުވާން ފެށި އެވެ. އާޔަތު ފޯނަށް ޖަވާބު ދިނެވެ.

“ފޯނު ކެނޑުނީ ދޯ؟” ޖަންނަތު އެހި އެވެ. އާޔަތު އެއްބަސް ވެލަމުން އަވަހަށް ޖަވާބު ދިނެވެ. ޔަޒަން ބުނަން އުޅުން އެއްޗެއް ޖަންނަތުއަށް ސާފު ނުވިކަން އިނގުމުން އާޔަތު ހުރީ ނިކަން ހިތް ހަމަ ޖެހިފަ އެވެ.

އާޔަތުއާއި ކުޑަކޮން ވާހަކަ ދައްކާލުމަށް ފަހު ޖަންނަތު ފޯނު ބޭއްވި އެވެ.

“މިއަދު އަހަރެން ވަރަށް އުފާވެއްޖެ ޒައިދާން…” ކައިރީގައި ހުރި ޒައިދާންގެ އަތުގައި ހިފާލަމުން ޖަންނަތު ބުންޏެވެ. ޖަންނަތުގެ ހިތަށް ވެރިވެފައިވާ އުފާވެރިކަން އޭނާގެ މޫނުން ފާޅުވާން ހުއްޓެވެ. ޒައިދާން  ވެސް ވީ އުފަލުން ޖަންނަތު ކައިރިއަށް ދަމާލަމުން ޖަންނަތުގެ ލޫޅާފަތި ހަށިގަނޑުގައި ޒައިދާންގެ އަތް ވަށާލި އެވެ. ޖަންނަތު ޒައިދާންގެ މޭގައި ބޯ ޖައްސާލި އެވެ.

“ޖަންނާ… އަހަރެން ވެސް މިއަދު މިހިރީ ވަރަށް އުފަލުން… ޖަންނަ މިއަދު އަހަންނަށް ހުރިހާ އުފަލެއް ދީފި…” ޖަންނަތު ކުޑަކޮން ބޯ ހިތްލާލާ ޒައިދާންގެ މޫނަށް ބަލައިލި އެވެ. ޒައިދާން ވެސް އިސް ޖަހާލަމުން ޖަންނަތުއަށް ބަލައިލާފައި ހިނިތުން ވެލަމުން ޖަންނަތުގެ ނިތްކުރިއަށް ބޮސް ދިނެވެ. “ޖަންނައަށް ހުރިހާ އުފަލެއް ދޭން އަހަރެން މަސައްކަތް ކުރާނަން… އިރާދަ ކުރެއްވިއްޔާ އެންމެ ކަމެއްވެސް އުނިވިޔަކަ ނުދޭނަން… މީ އަހަރެން ކުރާ ވަޢުދެއް.” ޒައިދާން ބުންޏެވެ. ޖަންނަތު ހިނިތުން ވެލަމުން ޒައިދާންގެ ހަށިގަނޑުގައި ބައްދާލަމުން ލޯ މަރާލި އެވެ.

“ޖަންނާ،” ހަމަހިމޭން ވަގުތު ކޮޅަކަށް ފަހު ޒައިދާން ޖަންނަތުއަށް ގޮވާލަމުން ޖަންނަތު ބުރަކަށީ ފިރުމާލި އެވެ. ޖަންނަތު ހޫނ ލައްވާލީ ގުޑިވެސް ނުލާ ހުރެ އެވެ.

“ހިނގާ ސިންގަޕޫރަށް ދާން… ޔާނުގެ ކައިވެންޏަށް.” ޒައިދާން އެހެން ބުނުމުން ޖަންނަތު ބޯ ހިތްލާލާ ޒައިދާންއަށް ބަލައިލި އެވެ. “އަހަރުމެނަށް ޔާނު ކާރޑު އެ ފޮނުވީ ގައިމުވެސް އަހަރުމެން ގޮސްދާނެ ކަމަށް އުއްމީދު ކޮށްފަހެން މަށަށް ހީވަނީ… ޔާނުގެ ކައިވެންޏަށް ރަށުން އެއްވެސް މީހެއް ނުދާނެ ކަންނޭގެ. ޔާނު ބުނި ވިއްޔަ އެކަކަށް ވެސް ދެވެން ނެތް ވާހަކަ.” ޒައިދާން ބުންޏެވެ.

“އަހަންނަށް އެންމެ ރަގަޅު… ޒައިދާންއަށް ފެންނަ ގޮތެއް ހަދާ.” ޖަންނަތު އަދިވެސް އެހުރިގޮތަށް ހުރެ ބުންޏެވެ. ދެމީހުން ކުރެން އެކަކު ވެސް އަނެކެއްގައިން ދޫކޮށްލާކަށް ހިޔާލެއް ނުކުރެ އެވެ. ހީވަނީ ގެއްލިދާނެތީ ހިފަހައްޓައިގެން އުޅޭ ހެނެވެ.

“ޔަޒަންމެން އަންނަންދެން ސިންގަޕޫރުގަ އަހަރެމެން އުޅެފަ އަންނާނީ… ބަލަމާ އެއީ އަހަރުމެންގެ ހަނީމޫން ކަމަށް.” ޒައިދާން ޖަންނަތުގެ މޫނަށް ވެއްޓިފައި އޮތް އިސްތަށިކޮޅު އެއްފަރާތް ކޮށްލަމުން ބުންޏެވެ. ޖަންނަތު ރަކި ގޮތަކަށް ހިނިތުން ވެލަމުން ޒައިދާން މޭގައި މޫނު ޖައްސާ ނިވާކޮށްލި އެވެ. ޒައިދާން ވެސް ހިނިތުން ވެލަމުން ޖަންނަތުގެ ބުރަކަށީ ފިރުމާލި އެވެ.

 

ސިންގަޕޫރުގެ ސިޓީގެ މެދުގައި ވާ މަޝްހޫރު ‘ ޗިޖްމެސް ހޯލް’ ބޭރު ވަނީ ހުދުކުލައިގެ ކުދި ބޮކި ތަކުން ޒީނަތްތެރި ކުރެވިފަ އެވެ. މުޅި މާހައުލު އުޖާލާވެ އަލިވެފައި ވަނީ އެ އުސް އިމާރާތުގެ އަލިގަދަ ކުދި ހުދު ބޮކިތަކުގެ ފަށަލަ ތަކުންނެވެ. ނިކަން ގިނަ ކާރާއި އެހެނިހެން ދުއްވާ އެއްޗިހިތައް އައިސް އިމާރާތް ތެރެއަށް ވަންނަމުން ދިޔަ އެވެ. ކޮންމެ ދުއްވާ އެއްޗަކުން ވެސް ފައިބާ ބަޔަކު ތިބެނީ ނުހަނު ނަލަ ވެގެންނެވެ.

ޒައިދާންއާއި ޖަންނަތު އައި ނޫކުލައިގެ ކުލީ ކާރު އައިސް ‘ޗިޖްމެސް ހޯލް’ ގެ ބޭރުގައި މަޑުކޮށްލި އެވެ. ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ހުރި ޒައިދާން ކާރުން ފައިބައިގެން ނުހަނު ހައިބަތު ހުރި ގޮތެއްގައި އައިސް ޖަންނަތު އިންދިމާލުގެ ދޮރު ހުޅުވައި ދިނެވެ. ހުޅުވާލުމާއި އެކު ޒައިދާން ދިއްކޮށްލައިގެން ހުރި އަތުގައި ހިފާލަމުން ޖަންނަތު ކާރުން ފޭބި އެވެ. ލޫޅާފަތި ހަށިގަނޑަށް މަހާލެވިފައިވާ ރަތް ކުލައިގެ މެކްސީ ޖަންނަތުއާއި ނުހަނު ގުޅެ އެވެ. ކޮށްފައިވާ ލުއި މޭކަޕުން ޖަންނަތުގެ ރީތިކަން އިތުރު ވެފައި ވެއެވެ. ޒައިދާންގެ މުލައްދަނޑީގައި އަތް އަޅުވާލައިގެން ޖަންނަތު ހިނގައި ގަތެވެ. އެހިސާބުގައި ތިބި މީހުންގެ ލޯތަށް ވެސް އެދިމާލަށް ނޭބުރިއެއް ނުދިޔަ އެވެ. ޒައިދާންގެ ފިރިހެން ވަންތަކަން އިތުރުވެފައި ވާއިރު ޖަންނަތު ހީވަނީ ހޫރު ޕަރީއެއް ހެނެވެ. އެ ޖޯޑު ނުހަނު ގުޅެ އެވެ. ދެމީހުންގެ މޫނު މައްޗަށް ވެސް ލުއި ހިނިތުން ވުމެއް ވެރިވެފައި ވެއެވެ. ދެމީހުން ވެސް އައިސް މާލަމް ތެރެއަށް ވަނެވެ.

“މާލަމް ތެރެ ޒީނަތް ތެރިކޮށްފައި ވަނީ ހުދާއި މަޑު ރީނދޫ ކުލައަކުންނެވެ. ހުރިހާ މޭޒަކާއި ގޮނޑިތަކެއްގެ ފޮތިތައް ހުދުކުލައިގައިވާ އިރު ކޮންމެ މޭޒެއްމަތީ މުޑު ރީނދޫ ކުލައިގެ މާ ބޮނޑިއެއް ބާއްވާފައި އޮތެވެ. ފަންގިފިލާ އުސް އެ މާލަމުގައި މަޑު ރީނދޫ ކުލައިގެ ފޮތިތައް ކުޑަދޮރު ތަކުން ވިހުރެމުން ދެ އެވެ. މުޅިތަނުގައިވަނީ ހުސް ކުޑަ ދޮރެވެ. ބޭރުގައި ވާ ކުޑަ ބަގީޗާގައި ވެސް މޭޒު ޖަހާ މެހެމާނުންނަށް ތިބެވޭނޭ ހެން ވަނީ ތައްޔާރު ކޮށްފަ އެވެ. ކޮންމެ އަންހެނަކު ރަތްކުލައިގެ ހެދުން ލާފައިވާ އިރު ފިރިހެނުން ލާފައި ތިބީ ކަޅު ކުލަ އެވެ. އެހެން ކަމުން މުޅި މާހައުލު ވެސް ފެންނަލެއް ވަރަށް ފުރިހަމަ އެވެ.

ޖަންނަތުއާއި ޒައިދާން އައިސް މަޑުކޮށްލީ ސްޓޭޖް ކައިރީ ތިބި މީހުންތައް ކައިރީ އެވެ. އެތަނަށް ބޮނޑިވެފައި މީހުން ތިބީ އަހްޔާންގެ ދެމަފިރިންނާއި ސަލާމްކޮށް ފޮޓޯ ނަގާށެވެ.

“ޖަންނާ!” ފަހަތުން މާބާރަށް މީހަކު ގޮވާލި އަޑަށް ޒައިދާންއާއި ޖަންނަތު ބަލައިލި އެވެ. އޭރު އެދިމާލަށް ބާރަށް ހިނގާފައި އަންހެން ކުއްޖަކު އަންނަތަން ފެނުނެވެ. ކަކުލާއި ހަމައަށް އަންނަ ވަރުގެ ކުރު ހެދުމެއް ލާފައި ވާއިރު އަރާފައި ހުރި އުސް ފައިވާނުން އޭނާއަށް އަންނަން ބޭނުންވާ ބާރުމިނުގައި ނާދެވިގެން އުޅޭހެން ހީވެ އެވެ. ކޮށްފައިވާ ގަދަ މޭކަޕުން އެއީ ކާކުކަން ވެސް އިނގުނީ ނިކަން ކައިރިއަށް އައުމުންނެވެ.

“އާލިޔާ؟” ޖަންނަތު ހައރާން ވެފައި ގޮވާލި އެވެ. އާލިޔާ އައިސް ޖަންނަތު ގައިގައި ބައްދާލި އެވެ. އާލިޔާއަށް ޖަންނަތު ފެނުމުން ހުރީ ވަރަށް އުފާ ވެފަ އެވެ.

“ޒައިދާން، ޖަންނާ… ކޮން އިރަކު ސިންގަޕޯރ އަށް އައީ؟” ހެވިފައި ހުރެ އާލިޔާ އަހާލި އެވެ.

“މިއަދު ހެދުނު އައީ… އިންވައިޓް ކުރީމަ އޭގެ މާނައަކީ ކޮންމެހެން ވެސް އަންނަން ޖެހޭނެއޭނު.” ޒައިދާން ބުންޏެވެ. އާލިޔާ ހިނިތުން ވެލަމުން ބޯ ޖަހާލި އެވެ.

“ކޮންތާކު ތިބެނީ؟”

“މިތަނާ މާދުރުނޫން ހޮޓަލެއްގަ… ”

“އެހެންތަ…” އާލިޔާ އަހްޔާންމެން ތިބި ދިމާލަށް ބަލައިލި އެވެ. “ހިނގާ އެހަށް އެކޮޅަށް ދަމާ… މީން އިރަކު ޔާންބޭ މެނަށް ސަލާމަތެއް ނުވެވޭނެ. ލުއީގެ ފެމިލީ ދެންމެ އެއައީ… މީން އިރަކު އެމީހުން ފޮޓޯ ނަގާ ނުނިމޭނެ.” އާލިޔާ އެހެން ބުނަމުން އެދެމީހުން ގޮވައިގެން ބޭރުގައިވާ ބަގީޗާއާއި ދިމާލަށް ހިނގައި ގަތެވެ.

 

“އާލިޔާ، ހަމަ ތިގޭ އެކަކުވެސް ނާދޭތަ؟” އާލިޔާ ފަހަތުން ދަމުން ޒައިދާން އަހާލި އެވެ. އާލިޔާ ފަހަތުން ހިނގަމުން އައި ޒައިދާންއާއި ދިމާލަށް އެނބުރިލަމުން ހުއްޓުނެވެ. ޖަންނަތުއާއި ޒައިދާން ވެސް ވަގުތުން ހުއްޓުނެވެ. އެވަގުތު އެމީހުންގެ ފަހަތުގައި ހުރި ކުޑަދޮރެއްގެ ފޮތިގަނޑަކާއި ނިވާވެގެން ހުރި މީހަކު އާލިޔާއަށް އަތުން އިޝާރާތެއް ކުރަމުން ދިޔަ އެވެ. އެމީހަކު ދުރުގައި ހުރެ އެބުނާއެއްޗެއް އާލިޔާއަށް ނަގައި ގަންނާކަށް އިނދަގުލެއް ނުވި އެވެ.

“އާ.. އާން… ނާދެވޭނެނު… އެންމެން ވެސް ބިޒީ.” އާލިޔާ ޒައިދާންއާއި ދިމާއަށް ބަލައިލަމުން އާ ގަންނަމުން ބުންޏެވެ. އަދި އެތަނުން ނުކުތުމަށް ހިގައި ގަތެވެ. އާލިޔާއާއި އެކު އެދެމީހުން ވެސް ހިގައި ގަތެވެ.

 

ހިނދުކޮޅެއް ފަހުން ޖޫސް ތަށިތައް ހިފައިގެން އެމީހުން ކައިރިއަށް އައި ވެއިޓަރު އަތުން އާލިޔާ ދެޖޫސްތަށި ނަގާ އެދެމީހުނަށް ދިއްކޮށްލި އެވެ. އެމީހުން އާލިޔާއާއި އެކި އެކި ވާހަކަ ދައްކަމުން ތިބެ ޖޫސް ބޮމުން ދިޔަ އެވެ.

“ހިނގާ ދާން… މިހާރު އެމީހުން އެތިބީ އެކަނި.” އަހްޔާންމެން ތިބި ދިމާލަށް ބަލައިލަމުން އާލިޔާ ބުންޏެވެ. އަނެއްކާވެސް އާލިޔާ ފަހަތުން ދެމީހުން ހިނގާފައި ގޮސް ސްޓޭޖަށް އެރިއެވެ. އަހްޔާންއަށް ޒައިދާންއާއި ޖަންނަތު ފެނުމުން ވަރަށް އުފާވެގެން ހިނިތުން ވެލި އެވެ. އަދި ޒައިދާން ގައިގައި ބައްދާލަމުން ހޫނު ސަލާމެއް ކޮށްލި އެވެ.

“އަހަރެން ކާޑު ފޮނުވީ ޒައިދާންމެން އަންނާނެ ކަމަށް ހިތާއެއް ނޫން… އެކަމު އައިމަ ވަރަށް އުފާ ވެއްޖެ.” ޒައިދާން އުފަލުން ބުންޏެވެ. “ލުއީ، ދީސް އާރ މައި ޗައިލްޑްހުޑް ފްރެންޑްސް.” އަހްޔާން އޭނަގެ އަންހެނުން ލުއީއަށް ޒައިދާންއާއި ޖަންނަތު ތަޢާރަފުކޮށް ދިނެވެ.

“އާނ… ޔާ… އައި ނޯ ޖަންނަ.” ލުއީ ނިކަން ހެވިފައި ހުރެ ޖަންނަތުއާއި ސަލާން ކޮށްލަމުން ބުންޏެވެ. “އައި ހާރޑް ލޮޓް އަބައުޓް ޔޫ.” ލުއީ ބުންޏެވެ. އަހްޔާން ލުއީއަށް މާނަވީ ގޮތަކަށް ބަލައިލި އެވެ. ކަމެއް ސިއްރުކުރަން ބުނާ ފަދަ ގޮތަކަށް އަހްޔާން ލުއީއަށް އިޝާރާތް ކޮށްލިތަން ފެނުނެވެ.

“އިޓްސް އޯކޭ… އައި އޭމް ފޭމަސް އިން މައި އައިލޭންޑް.” ޖަންނަތު ކުޑަކޮން ހިނިތުން ވެލަމުން ބުންޏެވެ. އެކަން މާބޮޑު ކަމަކަށް ހަދާކަށް ޖަންނަތު ބޭނުމެއް ނުވި އެވެ. އަހްޔާން ލުއީ ކައިރީ ހުރިހާ ވާހަކައެއް ކިޔައިދީފައި ވާހެން ޖަންނަތުއަށް ޔަގީންވި އެވެ.

 

ޖަންނަތުއާއި ޒައިދާން އަތުގައި ހިފާލައިގެން ބުފޭ އޮތް ދިމާލަށް ހިނގައި ގަތެވެ. އެވަގުތު ދުރުގައި އެމީހުނާއި ދިމާއަށް ނަޒަރު ހުއްޓާލައިގެން މީހަކު ހުރި ކަމެއް އެދެމީހުންނަކަށް ނޭގެ އެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

އެފިނިމެންދަން 23

Next

މިހިތުގެ ފަސާނާ 21

Next
November 8, 2016

މިހިތުގެ ފަސާނާ 21

Previews
November 7, 2016

އެފިނިމެންދަން 23

62 Comments!

  1. Aimsithu says:
    November 8, 2016 at 12:01 am

    Hama inthizaaruga ovva thi upkohllee..thanx asi

  2. Xuu says:
    November 8, 2016 at 12:13 am

    No offence but larage “beynun vany yaaraa” mi story ge bayaka mibai haadha ehgothey, kudakoh change kolli nama.

    1. Fathun says:
      November 8, 2016 at 6:38 am

      Bed scene dho. Eyga dhaain kiyaany manha ge name..bt manha wl say i love u like zaidhaan said. I hate zaidhaan nd jannath..hate jannath more. Ekakaves abyaan ge hithaama ihusaas nuvey. Jannath ah abyaan ethanun fenunas ok eh nun. Now eyna hithuga eche nethe nun

    2. princess xummu says:
      November 8, 2016 at 5:50 pm

      E kaaku ge story eh?

  3. zafreen says:
    November 8, 2016 at 12:20 am

    Nice… but aby and aayath nugulhuvahche… bring a new character for aaayath n aby

  4. kayashandy says:
    November 8, 2016 at 12:50 am

    masha allah…:)

  5. Dondhooni says:
    November 8, 2016 at 1:03 am

    Zaidan and janna gulhuveema mi vaahaka kiyaahiyy kendhijje..

    1. Fathun says:
      November 8, 2016 at 6:35 am

      Huvaa.mibuny hama mey nubai kury jannath nd zaidhaan ge bai kiyaafa..vahaka mihaaru update vefa hutas vaki ufale nuvey. Kurin v.ufaa vey. Abadhun intizaru kureveny abi nd jannath gulheyne iraka. Ekamaku mihaau egijje nuvaane kan. Zaidhaan dheke v.rulhi aadhey. V.fuhi vey eyna dheke. Jannath mihaaru kn dhera eh vaaka. Eyna loabi veye nun zaidhaanu dheke. Kyveyo loabi veyey nubuny. Zaidhaan abi menna vure boduvyma i thought eynaya visneyne kama. Eyna ehaa visneynama furathamves jannatj aa nydhe abi aaai talk kuraane. Bt jannath aai marry kury.

    2. hank says:
      November 8, 2016 at 9:04 am

      aslu ves hama thedheh thibuny
      vvv foohi vejje.. mi vshska AH kurin inthizaaru kurevunas mihaaru v foohi.. kiyan feshi vahaka akah vma kiyany miharu

  6. Hajja says:
    November 8, 2016 at 1:13 am

    Mihaaru dhen ehaa reecheh noon!

  7. Jazz says:
    November 8, 2016 at 1:15 am

    Alhey mulhin dhen kiyaahih ves kendijje mi v gothun

    1. Zuha says:
      November 8, 2016 at 1:55 am

      Yaa

  8. Fathun says:
    November 8, 2016 at 6:42 am

    Aslu comment nukuran hunnany. Hitha araa mi story ekey.y shud i be sad if zaidhaan nd jannath gulhunas. Ekamaku abi ah takaa hitha hama tadhuvany. Hama dheravany. Eynaya taka vakaalath kura hithun comment mi kurany. I feel like this is real..ekam miadhu zaidhaan nd jannath gulhunyma i am so sad. Fuhiveje

  9. Janna says:
    November 8, 2016 at 7:38 am

    Abadu kairyga ulhenya hiyvs jeheyne dw.eyga mahsalayaky koba.married demyhun aee. Dn aby mi storyge vaki hisaabakun aby buni dw janna nulibihjehya aaya hunnaaneh noon hey.dn aby aa jannaya b gulhey.aee loabi vaakah vaki ageh noave.dn aby aa jannaya eha close vefa eh nun e thibi.so ahannakah nufeney myga mahsalaeh.dn story feshign aa iru vs igey zaidaan and janna kohmevs hisaabakun gulheyney.ahannah v kamudey mi story.ekam mi part ga aby and aaya part nethy ma b deravefa mihiry.

    1. Aaya says:
      November 8, 2016 at 7:40 am

      Aby aa aaya. Janna eh noon

  10. hmm says:
    November 8, 2016 at 8:17 am

    v v foohivehje mi part kiyaafa..aby aa dheytherey v hamdharudhee vevey..janna dheke v foohi vehjje..mi vahaka kiyaahiy ves kendihjje..kamaku nudhey vahaka dhaa gotheh

  11. Ninni says:
    November 8, 2016 at 8:17 am

    Nuvx kiyaanan dheneh.. waii vehjje mihaaru..
    Aby r janna gulhunnama salhivees..

  12. xenn says:
    November 8, 2016 at 8:57 am

    Vahaka kiyan fooohi vehje zaidhan n janna gulhu v ma….

  13. hyla says:
    November 8, 2016 at 9:06 am

    loeh baky ageh neiy ehchakah hadhaafa eothy janna.. aby ulheyne haalu neygey tha? ehves kusheh nehi evaru hithaama abadhu dheykah nuvane ehnu..

  14. Pinkish says:
    November 8, 2016 at 9:07 am

    wowwww… konme myheh konme ehchekey kiyas ma mi story kiyaanan. .. This story is just great… Love it… Waiting for next part. ..

  15. naxnaxoo says:
    November 8, 2016 at 9:15 am

    V interesting….love the story….aasi kudaa keep the grt work…story is going awesome?….wow janna n xaidhaan?

  16. sonaalee says:
    November 8, 2016 at 9:39 am

    Mihaar mistory reecheh noon…v v v v v foohi..janna n xaidhaan gulhuveema v v hadi..

  17. bunny says:
    November 8, 2016 at 10:11 am

    thioh baeh dhw. furathama loabyga dheevaanaa vefa thibi baeh. ??

  18. Haly says:
    November 8, 2016 at 10:36 am

    Mi vaahaka hama habays.

  19. Manje says:
    November 8, 2016 at 11:24 am

    mi vaahaka varah habeys.. nukiyaa meehun nukeema veenu ..aby ves mihaaru janna ar hadhaigenneh noolhe thowhche .. koahchekey kiyaakahtha .. Aasi up kuri kuri hen madun thibegen vaahaka kiyaabala .. sahaadheh mikury bodu varu dhw .. gut hadhaaafa mivaahaka nukiyaanamey thiyaa bunaa enmen kiyaane hama..dhn maa gut vegen fonikandany.. huh .. Aasi ur the best

  20. Just a comment says:
    November 8, 2016 at 11:25 am

    Alhe ebunaahen larage beynun vany yaara ge story aa haadha ey ehgothy, varah dheravejje aasi ge faraathun mikahala kameh fenunyma. Ekamves story varah nice. Janna asluves anbehge role ragalhah adhaakury e. Janna ah xaidhaan aa kaiveni kuri iruves egeyne dhw miduvas annaane kan.

  21. bad girl says:
    November 8, 2016 at 11:35 am

    ekahala vaghuthaku fen dheyn hadhaan veytha lol ;D

  22. zeek says:
    November 8, 2016 at 12:21 pm

    V obi mistory kuriah dhaagoi

  23. Aisa says:
    November 8, 2016 at 12:49 pm

    Vaahaka v salhi vaahakaige namaa gulhey keep it up

  24. Aish says:
    November 8, 2016 at 2:01 pm

    Mihaaru v hadi mi story
    Janna and aby nuguley theeve…
    E dhemeehu guluva bala plx plx…
    Eyrun mi story reethi vaanee

  25. xyc says:
    November 8, 2016 at 2:59 pm

    Very nice

  26. sssss says:
    November 8, 2016 at 2:59 pm

    Awesome kiyane ehcheh neh

  27. Marie says:
    November 8, 2016 at 3:11 pm

    Story is beautiful

  28. Aiss says:
    November 8, 2016 at 4:02 pm

    vv reethi Adhikiriyaa vaahaka thi feshunee

  29. salhi says:
    November 8, 2016 at 5:04 pm

    Varah salhi.. hama habeys meethi salhi ey

  30. he he he says:
    November 8, 2016 at 5:06 pm

    Varah varah salhi migoh reethi… janna aai zaidhaan varah gulhey

  31. manje says:
    November 8, 2016 at 6:53 pm

    alhe konmes kuhjaku plz bunedheebarr beynun vany yaara mi story ehkkoh kiyaalan libeyne gotheh . kn sitehga evaahka inyky .. plxxxx help

  32. shooty says:
    November 8, 2016 at 7:28 pm

    I have beynun vany yaara

    1. manje says:
      November 8, 2016 at 7:59 pm

      shooty i want that story

    2. zin says:
      November 9, 2016 at 1:17 am

      Alhe dhevidhaanetha e story.. Plx

    3. shooty says:
      November 10, 2016 at 12:00 pm

      You have to contact me ? eyrah dhw dheveyny.. Hehe

  33. shooty says:
    November 8, 2016 at 7:29 pm

    And aasi, story is awesome.. I love it ?

  34. lai says:
    November 8, 2016 at 8:22 pm

    Thanaa dhw dhuruga balahahtaigen eh. ury

  35. Naw says:
    November 8, 2016 at 8:25 pm

    Hmm mi meehunthah heevanee eyhenfadha kameh hen abi aa janna aa nugulunee ma …..konme love story eh ga furathama lobivaa meehaa nulibidhaa ne aykamu maafahun ayhenmeeheh dheke maabodah lobi vevidhaane… Lobi vaakah vaki unureh vaki meeheh novey… Dhen foohi vaa kudin vaahaka nukiyaa thibay…?

    1. Sam says:
      November 9, 2016 at 4:13 pm

      i agree

  36. ainth says:
    November 8, 2016 at 8:45 pm

    Abby…..

  37. Shaa says:
    November 8, 2016 at 10:50 pm

    V reethi?????

  38. lee says:
    November 9, 2016 at 6:03 am

    VVVV reethi…
    hada roma..

    1. Aaya says:
      November 9, 2016 at 5:43 pm

      Aby aaya maa rom vaane.kurinvs aby ah othy bunevifa janna nulibihjehya aaya hunnaneh noonhey.

  39. Sam says:
    November 9, 2016 at 6:11 pm

    When next part.. Waiting..

  40. Ummu says:
    November 9, 2016 at 8:53 pm

    Kon irakun mivahaka up kurane

  41. Ummu says:
    November 9, 2016 at 8:56 pm

    Kommes kuhjeh bunebala

  42. lee says:
    November 10, 2016 at 6:04 am

    Koba next part….

  43. Rsy says:
    November 10, 2016 at 12:41 pm

    kon irakutha up vani ….
    kiya hiyhun huravaniki nun…..

  44. rosy says:
    November 10, 2016 at 8:24 pm

    Koba tha stry …
    aasi pls avas kolaba…pls..pls..pls…

  45. Ummu says:
    November 11, 2016 at 3:06 pm

    Alhe mivahaka nimunetha

  46. rana says:
    November 11, 2016 at 4:04 pm

    koniraku up kuranyy

  47. Fathun ge fan says:
    November 11, 2016 at 5:56 pm

    Fathun ah support. I also want that

  48. Noo says:
    November 11, 2016 at 11:55 pm

    Now foohi mivaahaka kiyan varah foohi

  49. Sim says:
    November 12, 2016 at 9:52 am

    Story nice. Whn nxt part?

  50. Blue lady says:
    November 12, 2016 at 10:27 am

    Alhe kon irakun tha next part up kurany. Plz don’t let it be Zaidhaan. And janna. Aby Kihaa dhaanvaane. Hidhaayaa aa hedhi. Aby ge life halaakuvee. Kobaatha aby ge kusheh. Aby janna ah takaa kihaa bodu gurubaany eh vi.plx Ehen nuhadhabalaa.

  51. Aphy says:
    November 12, 2016 at 4:01 pm

    Adhi kihaadhuvaheh vaanebaa upkohllan..kureega hen vaahaka medhukenduneetha anehkkaaves..kithanmme kiyaa hiyviyas mihen lasvaathy v foohivey..adhi enmme kamunudhanee rply nukuraathy

Comments are closed.

Next Episodeޤުރުބާން ވުމީ މިހިތުގެ އުފާ 38 ވަނަ ބައި←


All Right Reserved!