Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެ ލޯބި އަސްލު ހައްޤޭ (3 ވަނަ ބައި)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
November 2, 2016 7 Mins Read
24 Comments

ގެއަށް އާދެވުމާއެކު ރިޔާ ހުޅުވާލީ މިޔަދު އެއްކަލަ ނުދަންނަ މީހާ ގަނެދިން ބޫޓު އޮތް ކޮތަޅެވެ. ލޯގަނޑުގެ ކުރިމަތީގައި ހުއްޓިހުރެ އޭނާ އެ ބޫޓަށް އަރައި ފަރިބަލާލިއެވެ. ކަޅުކުލައިގެ އެ ހާފް ޝޫޒްގައި ހުދު ކުލައިގެ އެސްތަކެއް ޖަހާފައިވީއިރު ރިޔާގެ ފަޔާއި އެ ބޫޓު ނުހަނު ގުޅެއެވެ.

“ކޮބާތަ އޭނާގެ ނަމަކީ؟ ކޮން ނަމެކޭތަ ބުނީ…؟ އާން… ވިޝާން…” ރިޔާ އެއްޗެއް ހަނދާންކުރާ ފަދައިން އަމިއްލަ ނަފުސާ ވާހަކަ ދެއްކިއެވެ.

“ތޭންކްސް ވިޝާން…” ރިޔާ ލޯގަނޑާ ދިމާއަށް ރަކި ހިނިތުންވުމަކާއެކު ބަލާލަމުން ބުނެލިއެވެ.

** ** **

އަންޖޫދާ ރިޝްކާގެ އަތުގައި ހިފައިގެން ގެއަށް ވަނީ ރިޝްކާ ދައްކަމުން ދިޔަ މޮޅެތި ވާހަކަތަކުގެ ސަބަބުން ހިނިއައިސްހުރެއެވެ. ނަމަވެސް ދޮރު ހުޅުވާލުމާއެެކު ގޭތެރޭގައި އިން އާމިނާ ފެނި އަންޖޫދާގެ ހިނިތުންވުން ފަނޑުވެގެން ދިއައެވެ. އާމިނާގެ މޫނުމަތިން އޭނާ އެހުރީ ވަރަށް ނުރުހިފައިކަން ހާމަވެއެވެ.

“ރިޝްކޮ ދޭ އެތެރެއަށް އިނގޭ… ޔުނީފޯމު ބާލާ… މަންމި ދާނަން ފެންވަރުވަދޭން…” އަންޖޫދާ އެހެން ބުނުމަށްފަހު ރިޝްކާ ކޮޓަރިއަށް ފޮނުވާލިއެވެ. އެއަށްފަހު އާމިނާއާ ކުރިމަތިލިއެވެ.

“އަންޖޫދާއަށް ހަމަ ސާބަސް.. ޕްރައިވެޓް ސްކޫލަކަށް ރިޝްކާ ވައްދައިގެން އަންޖޫދާ އުޅޭނީ ކިހިނެއްތަ؟” އާމިނާ އެހެން އަހާލުމުން އަންޖޫދާ ކުޑަކޮށް ހައިރާންވިއެވެ. ރިޝްކާ ވެއްދީ ޕްރައިވެޓް ސްކޫލަކަށްކަން އާމިނާއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟

“ފާޑަކަށް ބަލާނެކަމެއް ނެތް… މަށަށް ފެނުނު ތި ކޮޓަރީގެ އެނދުމަތީގައި އޮތް ލިޔުން… އެތަނުގެ ފީ ދައްކާފަ އަންޖޫދާ އުޅެން ޖެހޭނީ ދަތީގައި ކަމެެއް ނޭނގޭތަ؟” އާމިނާގެ އަޑު ހިނދެއް ހިނދަކަށް ދިއައީ ބާރުވަމުންނެވެ. އަންޖޫދާ އާމިނާއަށް ބަލާލަމުން ދެބުމަ ގޮށް ޖަހާލިއެވެ. ރިޝްކާއަކީ އޭނާގެ ދަރިއެެކެވެ. ރިޝްކާގެ ކަންތައްތައް ކުރާނެ ގޮތް އެނގޭނީ އޭނާއަށެވެ. ރިޝްކާ ކޮންމެ ސްކޫލަކަށް ވެއްދިޔަސް އާމިނާއަށް ކީއް ހެއްޔެވެ؟ ރަށުގައި އުޅުނު އިރު އޭނާ ރިޝްކާ ބެލީ އެކަނި މާ އެކަނިއެވެ. އާމިނާއަކީ ރިޝްކާއާ މާގިނައިން ވާހަކަ ދައްކާ އުޅުނު މީހެއް ވެސް ނޫނެވެ. ރިޝްކާއާ ކުޑަކޮށް ވެސް ސަމާސާކޮށް ހަދާލަނީ ސައްތާރެވެ. މިހާރުވެސް ސައްތާރު ދުނިޔޭގައި ހުރިނަމައޭ އަންޖޫދާގެ ހިތަށް އެރިއެވެ.

“މަންމަ ރިޝްކާގެ ކަންތަކާ ހާސްނުވެބަލަ… މި ހުރިހާ ދުވަހުވެސް ރިޝްކާ ބެލީ އަހަރެން އެކަނި… އަދިވެސް އަހަންނަށް ވާނެ…” އަންޖޫދާ އެހެން ބުނެލުމަށްފަހު އާމިނާއަށް އެއްޗެކޭ ނުބުނެވެނީސް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އާމިނާ ދެފަރާތަށް ބޯ ހޫރާލިއެވެ. އޭނާ ދެކޭ ގޮތުގައި ރިޝްކާއަކީ އެ އާއިލާއާ ކުރިމަތިވި އެންމެ ބޮޑު ލަދެވެ. ރަށުގައި އުޅުނުއިރުވެސް އޭނާ ރިޝްކާ އުރާލާ ހަދާލަނީވެސް މަދު ފަހަރަކުއެވެ. ރިޝްކާގެ މޫނުމަތިން އޭނާއަށް ސިފަވަނީ ރާހުލްއެވެ. އެހާވެސް ރިޝްކާއާ ރާހުލް ވައްތަރު ގޮތެއް ހުރެއެވެ. ރާހުލްގެ މަތިން ހަނދާންވުމާއެކު އާމިނާއަށް ދަތްކުނޑި ވިކާލެވުނެވެ. ދެން އޭނާގެ ކުރިމަތިން ރާހުލް ފެނުނަސް ރާހުލްގެ ދެފައި ބިންދާލާނަމޭ އޭނާގެ ހިތަށް އެރިއެވެ.

** ** **

ހަފްތާ ބަންދަށްފަހު އަނެއްކާވެސް ނަޝްފާއަށް ސްކޫލަށް ނިކުންނަން ޖެހުނެވެ. ސްޓާފްރޫމަށްވަދެ ހަމަޖެހިލަމުން ނަޝްފާ އޭނާގެ ޝެޑިއުލްއަށް ނަޒަރު ހިންގާލިއެވެ. ފުރަތަމަ އޮތީ އެލް.ކޭ.ޖީ ގެ ކުލާހެކެވެ. އެއާ ޖެހިގެން ޔޫ.ކޭ.ޖީ ގެ ދެކުލާސް އޮތް އިރު އެންމެ ފަހަށް އޮތީ ބޭބީ ނާސަރީ ގެ ކުލާހެކެވެ. އޭނާ އަބަދުވެސް އެންމެ ގަޔާވަނީ ބޭބީ ނާސަރީގެ ކުލާހާއެވެ. ކުޑަކުޑަ ތުއްތު ތުއްތު ކުދިން ދައްކާ މޮޅެތި ވާހަކަ އަޑުއަހަން އޭނާ އަބަދުވެސް ގަޔާވެއެވެ.

ނަޝްފާ މާހިންގެ ކެބިންއަށް ދިޔައީ މާހިން ގޮވާލުމުންނެވެ. އެ ދުވަހުވެސް އައްޒަ ސްކޫލަށް ނާންނަ ވާހަކައާއި އޭނާއަށް އައްޒަގެ ދެ ކުލާސް ނަގަންޖެހޭނެކަމަށް ބުނުމުން ނަޝްފާ އެކަމާ އެއްބަސްވިއެވެ. ނަމަވެސް ގެއަށް ދެވޭނީ ކުރިއަށް ވުރެ ވެސް ލަހުން ކަމަށް ވުމާއެކު އޭނާ ކުޑަކޮށް ކަންބޮޑުވިއެވެ.

“އައްޒަ މިހާރު ހަފްތާއެއްގެ ލީވް ނަގައިފި… އެއީ އެންމެ ގިނަ ކުލާސް ނަގާ ޓީޗަރު… އެކި އެކި ޓީޗަރުންނަށް ގަޑިތައް މި ބަހާލަނީ..” މާހިން ބުނެލިއެވެ. ނަޝްފާވެސް އިތުރު ސުވާލެއް ނުކޮށް އޭނާގެ ފުރަތަމަ ކުލާސް ފެށެންވާއިރަށް އެކުލާސް ދޮށަށް ދިއުމަށް ހިނގައިގަތެވެ.

ނަޝްފާ އެ ދުވަހުވެސް އެންމެ ފަހުން ދާން ޖެހުނީ 1 ސީގެ ކުލާހަށެވެ. އެދުވަހުވެސް ރިޝްކާ އޭނާ ގާތަށް އައިސް ތަފާތު ސުވާލުތައްކޮށް ހެދިއެވެ.

“ރިޝްކޮގެ މަންމައަށް ކިޔަނީ ކޮން ނަމެއްތަ؟” ރިޝްކާ އޭނާގެ މަންމަ އޭނާ ދެކެ ވަރަށް ލޯބިވާކަމަށް ބުނުމުން ނަޝްފާ ހިނިތުންވެ ހުރެ އަހާލިއެވެ.

“އަންޖޫދާ ކިޔަނީ..” ރިޝްކާ އެހެން ބުނުމުން ނަޝްފާ ހަނދާންވީ އޭނާގެ ރަށު އަންޖޫދާގެ މަތިންނެވެ. ނަމަވެސް އަންޖޫދާ ކިޔާ ބައިވަރު މީހުން މި ރާއްޖޭގައި އުޅޭނެއެވެ. އޭނާގެ ރަށު އަންޖޫދާގެ މިވަރުގެ ކުއްޖަކު ހުރެދާނެހެނެއް ހިޔެއް ނުވެއެވެ.

“އެހެންތަ؟ މަންމަ ދެކެ ވަރަށް ލޯބިވޭދޯ؟” ނަޝްފާ އެހެން ބުނުމުން ރިޝްކާ ހިނިތުންވެހުރެ ބޯ ޖަހާލިއެވެ.

“ދެން ރިޝްކޮގެ ބައްޕަ ކޮބާތަ؟” ނަޝްފާ އެހެން އަހާލުމުން ރިޝްކާގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމެވެ. އެ ސުވާލުގެ ޖަވާބު ދޭން ނޭނގިފައި ގަނޑުވެފައި ކަހަލަ ގޮތަކަށް އޭނާއަށް ހުރެވުނެވެ.

“ރިޝްކޮގެ ބައްޕަ ވީ ތަނެއް ނޭނގެ.. މަންމި ބުނީ ބައްޕަ ވީ ވަރަށް ދުރުގައޭ…ރިޝްކޮއެއް ބައްޕައެއް ނުވެސް ދެކެން…” ރިޝްކާ ދެރަވެލާފައި އެހެން ބުނެލުމުން ނަޝްފާވެސް ދެރަވިއެވެ. އާއިލާތައް ރޫޅިގެން މަންމަ އާ  ބައްޕައެއްގެ ލޯބި ނުލިބޭ ކިތަންމެ ކުދިންނެއް މި ރާއްޖޭގައި އުޅޭނެތާއޭ އޭނާގެ ހިތަށް އެރިއެވެ.

އެދުވަހުވެސް ގަޑި ނިމުމާއެކު ބެލެނިވެރިންތައް ކުލާސްތެެރެއަށް ވަދެގަތެވެ. އެމީހަކު އެ މީހެއްގެ ދަރިއެއް ގޮވައިގެން ދާތަން ނަޝްފާ ބަލަން ހުއްޓެވެ. ނަމަވެސް އެ ދުވަހުވެސް ރިޝްކާގެ މަންމަ އޭނާ ބަލައެއް ނާދެއެވެ.

“މަންމި ބުނީ މަސައްކަތުން އައިސް އަންނަން ޖެހޭތީ ލަސްވަނީއޭ…” ރިޝްކާ އެހެން ބުނުމުން ނަޝްފާ ރިޝްކާ ގޮވައިގެން އެ ކުލާސް ދޮށުގައި މަޑުކުރިއެވެ. އިރުކޮޅަކުން ނަޝްފާގެ ފޯނަށް ރާހުލްގެ ފޯނެއް އައެވެ.

“ކޮންތާކު؟ މި ހުރީ ތި ސްކޫލް ކައިރީގަ..” ރާހުލް އެހެން ބުނި އަޑު އިވުމުން ނަޝްފާއަށް ‘ޝިޓް’ އޭ ބުނެލެވުނެވެ. އޭނާ ހުރީ މިޔަދުގެ މަތިން ހަނދާންނެތިފައެވެ. ދުވަހަކީ ރާހުލް އާ ނަޝްފާގެ ކައިވެންޏަށް 7 އަހަރު ފުރޭ ދުވަސްކަމުން އޭނާއާ ރާހުލް ނިންމީ މެންދުރުގެ ކެއުމަށް ނަޝްފާ ދާ ސްކޫލު ކައިރީގައި ހުންނަ ރެސްޓޯރެންޓަކަށް ދާށެވެ. އެދުވަހު ރާހުލްގެ މަސައްކަތްވެސް ނެތުމުން ރާހުލް ބުނެފައި އޮތީ ނަޝްފާ ސްކޫލު ނިމޭ ގަޑިއަށް ބަލާ އަންނާނެ ކަމުގައެވެ. ނަމަވެސް ދެން ނަޝްފާ ދާނީ ވެސް ކިހިނެއް ހެއްޔެވެ؟ އެ ގަޑިއަށް ފަހު ނިންމަންޖެހޭ ބައިވަރު މަސައްކަތްވެސް އެބަހުއްޓެވެ.

“އަމްމް ރާހުލް… އާދެބަލަ އެތެރެއަށް ވަދެގެން.. ކުއްޖެއްގެ ބެލެނިވެރިއެއް ނައިސްގެން މިއުޅެނީ… އެހެންވެ މަޑުކޮށްލަން ޖެހޭނެ…” ނަޝްފާ އެހެން ބުނެފައި ފޯނު ބޭއްވި ގަޑީގައި އޭނާގެ ލޮލުގައި އަޅައިގަތީ އޮފީސް ދޮރުމަތީގައި ހުއްޓިލައިގެން ހުރި މާހިންއެވެ. މާހިންގެ ނަޒަރު ސީދާ ރިޝްކާއަށް ހުރުމުން ނަޝްފާ ކުޑަކޮށް ހިނިއައެވެ. މާހިން ހަމަ އަސްލުވެސް ރިޝްކާގެ މަންމައާ ގަޔާ ވަނީބާއޭ އޭނާގެ ހިތަށް އެރިއެވެ.

އިރުކޮޅަކުން ރާހުލް ނަޝްފާމެން ތިބި ތަނަށް އަތުވެއްޖެއެވެ. ނަޝްފާ ގާތުގައި ހުރި ރިޝްކާއާ ވެސް ރާހުލް ވަރަށް ވާހަކަ ދެއްކިއެވެ. ރިޝްކާއަކީވެސް އަނގަގަދަ ކުއްޖެއްކަމުން އޭނާ ރާހުލްއާ ވެސް ތަފާތު ވައްތަރުގެ ސުވާލު ކުރަމުން ދިއައެވެ. މަންޒަރު ބަަލަން ހުރި ނަޝްފާގެ ހިތަށް ތަފާރު ހިޔާލުތައް ވަންނަމުން ދިއައެވެ.  ރާހުލް ރިޝްކާއާ ވަހަކަ ދައްކަމުން ދިޔަ ގަޑީގައި އޭނާ ވެސް ކުޑަކުދިން ދެކެ ލޯބިވާކަން ހާމަވެއެވެ. ރާހުލްވެސް ހަމަ އެކަހަލަ ލޯބި ދަރިޔަކު ބޭނުންވާނެ ނޫން ހެއްޔެވެ؟ ނަމަވެސް ނަޝްފާއަކަށް ރާހުލްގެ އެ ބޭނުން ފުރިހަމަކޮށްދެވޭކަށް ނެތެވެ. ކޮންމެ ގޮތެއް ވިޔަސް މިޔަދު ރާހުލް ގާތު ދެއަންބަށް މީހަކާ އިންނަ ވާހަކަ ދައްކަން އޭނާ ނިންމިއެވެ. ރާހުލްއާ އިންނާނެ ބައިވަރު ކުދިން ވާނެކަން ނަޝްފާއަށް ޔަޤީންވެއެވެ.

އިރުކޮޅެއްނުވެ ރާހުލްއަށް ފޯނެއް އައެވެ. އެ ގުޅަނީ އޭނާ މަސައްކަތް ކުރާ ގަރާޖުގެ ބޮޑު މީހާކަމުން ފޯނު ހިފައިގެން ތަންކޮޅެއް ދުރަށް ޖެހެލިއެވެ. އެވަގުތަކީ އަންޖޫދާ އެ ކުލާސްދޮަށަށް އައި ވަގުތެވެ. ރިޝްކާ ގާތު ދާން ހިނގާށޭ ކިޔާފައި އަންޖޫދާ އެނބުރެލީ ރިޝްކާގެ ކައިރީގައި ހުރި މިސްއާ ވާހަކަ ދައްކާލުމަށެވެ. ނަމަވެސް ނަޝްފާގެ ސޫރަ ރީތިކޮށް ފެންނައިރަށް އަންޖޫދާގެ ހަރަކާތްތަކަށް ހުއްޓުންއެރިއެވެ. ތަންކޮޅެއް ދުރުގައި ފޯނުން ވާހަކަ ދައްކަން ހުރި ރާހުލް ވެސް އޭނާގެ ލޮލުގައި އަޅައިގަތެވެ. ހާސްވެފައި ހުރިވަރުން އޭނާ ރިޝްކާގެ އަތުގައި ހިފައިގެން އަވަސް އަވަހަށް އެތަނުން ދުރަށް ދާން ހިނގައިގަތެވެ.

ނަޝްފާ ވެސް ހުރީ ޖެހި ބުދެއް ފަދައިން ހުއްޓިފައެވެ. ރިޝްކާގެ މަންމައަކީ ހަމަ އެ އަންޖޫދާއެވެ. އަންޖޫދާ އެހާ އަވަސްކޮށްލާފައި އެ ދިޔައީ ރާހުލް ފެނުމުންކަން އޭނާއަށް ވިސްނުނެވެ. އަންޖޫދާ މިހާރު މީހަކާ ވެސް އިނީތާއޭ އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް ރިޝްކާ ބުނިގޮތުންނަމަ އޭނާގެ ބައްޕަ ދުވަހަކުވެސް ނުދެކެވެ. އެހެންވެއްޖެނަމަ އަންޖޫދާގެ ފިރިމީހާ ކޮބައިބާވައެވެ؟ ފޯނު ބޭއްވުމަށްފަހު ހިނިތުންވެލައިގެން ހުރެ ރާހުލް ނަޝްފާގެ ގާތަށް އައެވެ. އޭނާއަށް އަންޖޫދާ ނުފެންނަކަން ޔަޤީންވުމާއެކު ނަޝްފާއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލިއެވެ. ރާހުލްއަށް އެފަދަ ގޮތަކަށް އަންޖޫދާ ފެނިއްޖެ ނަމަ ރާހުލްގެ މުޅި ތަބީއަތް ސަކަރާތްވާނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން އޭނާ ނިންމީ އަންޖޫދާ ފެނުނު ވާހަކަ ރާހުލްގެ ގާތު ނުބުނުމަށެވެ.

“އެ ކުއްޖާ ދިއައީދޯ… އެއީ އަނގަ ގަދަ މިތުރެއް ދޯ..” އަންޖޫދާ ރިޝްކާގެ އަތުގައި ހިފައިގެން ގޭޓުން ނިކުމެެގެންދާ ތަން ފެނުމުން ރާހުލް ބުނެލިއެވެ. ނަޝްފާ ވެސް ހިނިތުންވެލިއެވެ.

“ރިޝްކާގެ މަންމަ ހާދަ އަވަސް އަރުވާލާފައޭ އެ ދިއައީ…” މާހިންގެ އަޑަށް ނަޝްފާ ފަހަތަށް އެނބުރުނެވެ. އޭރު އަންޖޫދާމެން ދިޔަ ދިމާއަށް މާނަވީ ގޮތަކަށް ބަލަހައްޓައިގެން މާހިން ހުއްޓެވެ.

“ސަރ.. އަޅުގަނޑަށް ފެންނަނީ ސަރ ޓްރައި ކޮށްލަން..” ނަޝްފާ ސަމާސާ ގޮތަަކަށް އެހެން ބުނެލުމުން މާހިންގެ މޫނު ރަތްވިއެވެ. އޭނާގެ އިހުސާސްތައް ނަޝްފާއަށް އެހާ ފަސޭހައިން ބޭޒާރުވީ ހެއްޔެވެ؟

“ކޮން ކަމެއް؟” ވަރަށް ނުވާ ކަމަށް ހެދިފައި މާހިން އެއްއަތުން ބޮލުގެ އިސްތަށިގަނޑުގައި އަތް ހާކާލަމުން އަހާލިއެވެ.

“ދެން ސާރ އަޅުގަނޑާ ސިއްރު ކުރާނެކަމެއް ނެތް… ރިޝްކާގެ މަންމައަށް ސާރ ހިތްކިޔައިފި ހަމަ…” ނަޝްފާ ބެލީ މާހިން ބޭޒާރުކޮށްލެވޭތޯއެވެ. އެކަން އޭނާއަށް ރަނގަޅަށް ވީ ވެސް މެއެވެ.

“ނަޝްފާއަށް ކިހިނެއް އެނގުނީ؟ ހާދަ މޮޅޭ…” ހިނިތުންވެލަމުން މާހިން ބުނެލިއެވެ. އޭނާ އެހާ ފަސޭހައިން އެކަމަށް އެއްބަސްވީތީ ނަޝްފާ ކުޑަކޮށް ހައިރާންވިއެވެ.

“މީ ނަޝްފާގެ ފިރިމީހާ ދޯ؟ ކޮން ނަމެކޭތަ ބުނީ؟” ރާހުލްއާ ސަލާމްކޮށްލަމުން މާހިން އަހާލިއެވެ. ރާހުލް އޭނާގެ ނަން ބުނުމުން މާހިންގެ ނިތަށް ރޫތަކެއް ޖަމާވިއެވެ. ރިޝްކާގެ ބައްޕަގެ ނަމުގައި ވެސް އޮތީ ރާހުލްއެވެ.

“ރާހުލް މުހައްމަދުތަ؟” މާހިން އެއްބުމަ އަރުވާލަމުން އަހާލިއެވެ.

“ސަރ އަށް ކިހިނެއް އެނގުނީ؟” ހީލަމުން ރާހުލް އަހާލިއެވެ. މާހިން ދަތްދޮޅީގައި އަތް ހާކާލަމުން ވިސްނާލިއެވެ. ނޫނެކެވެ. ރާހުލް މުހައްމަދު ކިޔާ ކިތަންމެ މީހުންނެއް މި ރާއްޖޭގައި އުޅެދާނެއެވެ. އެހެންނޫނަސް ނަޝްފާގެ ފިރިމީހާއަކީ ބަންގްލަދޭޝް މީހެއްވިއްޔާއެވެ.

“މިޔަދު މީ އަހަރެމެންގެ އެނިވާސަރީ ވީމަ ކެއުމަކަށް ދާންށޭ މިއުޅެނީ…ހިނގާ ދާން ނަޝް…” ރާހުލް އެހެން ބުނުމުން ނަޝްފާ ވަރަށް ބައިވަރު މަސައްކަތް އެބަހުރިކަމުގައި ބުންޏެވެ. ނަމަވެސް އެވަގުތު މާހިން ޖަހާލީ ހިނިގަނޑެކެވެ.

“މަސައްކަތްތައް ބާއްވާފަ ދޭބަލަ… އެނިވާސަރީ ވިއްޔަ… ފޮނުވަންތާ މި ޖެހުނީ…” މާހިން އެހެން ބުނެލުމުން ނަޝްފާ އޭނާއަށް ޝުކުރު އަދާކުރުމަށްފަހު ރާހުލްއާ އެކު ދާން ހިނގައިގަތެވެ. އެ ދެމީހުން ގޭޓުން ނިކުންނަންދެން މާހިން އެ ދިމާ ބަލަހައްޓައިގެން ހުރީ ވިސްނުމެއްގެ ތެރޭގައެވެ. އޭނާ ހުރީ މިޔަދު އަންޖޫދާއާ ވާހަކަ ދައްކާލާނެ ފުރުސަތަކަށް ބަލަބަލައެވެ. ނަމަވެސް އަންޖޫދާ މާ އަވަސްއަރުވާލާފައި ދިއުމުން އޭނާއަށް އެކަން ނުވީއެވެ.

** ** **

ރެސްޓޯރެންޓުގައި ކާން އިން އިރު ވެސް ނަޝްފާ އިނީ ފުން ވިސްނުމެއްގައެވެ. ރާހުލް ގާތު ދެއަންބަށް މީހަކާ އިންނާށޭ ބުނެފިނަމަ އަނެއްކާ ރާހުލް ރުޅި ނާންނާނެ ބާއޭ އޭނާގެ ހިތަށް އަރަމުން ދިއައެވެ.

“ކޮން ޚިޔާލަކަށް ގެއްލިފަތަ؟ އެނިވާސަރީ ވީމަ ދެން ކުޑަކޮށް ސްމައިލް ވެލާބަލަ…” ރާހުލް އެހެން ބުނެލުމުން ނަޝްފާ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ.

“ރާހުލް… ރާހުލް ވަރަށް ކުއްޖަކު ބޭނުން ދޯ؟” ތަފާތު ވާހަކަތައް ދައްކަމުން އެންމެފަހުން ނަޝްފާ އަހާލިއެވެ. އެވަގުތު ރާހުލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިއައެވެ. ފުންނޭވާއެއް ދޫކޮށްލަމުން އޭނާ ނަޝްފާގެ ސުވާލަށް ޖަވާބު ދިނެވެ.

“އަހަރެންވެސް ކުއްޖަކު ބޭނުމޭ ނަޝް.. އެކަމު އެއީ ނަޝް އަށް ކުއްޖަކު ލިބުނު ދުވަހަކުން….” ރާހުލް ނަޝްފާގެ އަތުގައި ހިފާލަމުން ބުނެލީ ނަޝްފާ އުފާކޮށްދިނުމުގެ ނިޔަތުގައެވެ. ނަމަވެސް ނަޝްފާ ހީވެސް ނުލިއެވެ.

“ރާހުލް… މިހާރު އެތަށް ފަހަރަކު ބޭސްކޮށްފީމެއްނު އަހަންނަށް… އަހަންނަކަށް ކުދިންނެއް ނުލިބެއޭ… ކިތަންމެ ވަރަކަށް ބޭސްކުރިޔަސް ނުލިބެން ހުރިއްޔަކާ ނުލިބޭނެއްނު ރާހުލް…” ނަޝްފާ ކުރެހިފައިވާ އަޑަކުން ބުނެލިއެވެ. އޭރު އެ ދެލޯ ފެންކަޅި ވެއްޖެއެވެ. ރާހުލް ނަޝްފާގެ މޫނަށް ވަަރަށް ފުންކޮށް ބަލާލިއެވެ.

“އަހަންނަށް ހީވަނީ ނަޝް ދެން ނުދާންވީހެން ކުޑަކުދިންނަށް ކިޔަވައިދޭން… އެތަނަށް ދިއައީމަ ނަޝް ހައްތަހާ ދެރައެއްނު ވަނީ…” ރާހުލް ބުނެލިއެވެ.

“ނޫން… އެ ކުޑަ ކުޑަ ތުއްތު ކުދިންނާއެކު ހޭދަކުރާ ވަގުތަކީ އަހަރެންގެ ހިތަށް އެންމެ ހަމަޖެހުން ލިބޭ ވަގުތު…” ނަޝްފާ އެހެން ބުނުމުން ދެން އިތުރަށް ބުނާނެ އެއްޗެއް ރާހުލްގެ ސިކުނޑިއަކަށް ނުވިސްނުނެވެ. އޭނާ ވެސް ދަރިޔަކު ބޭނުމެވެ. ހަމަ އޭނާއާ އެއްވަރަަށް ނަޝްފާ ވެސް ކުއްޖަކު ބޭނުންވާނެކަން އޭނާއަށް ވިސްނެއެވެ.

“ރާހުލް… ރާހުލް ދެއަންބަށް މީހަކާ އިންނަންވީނު؟” ނަޝްފާ އެހެން ބުނެލި ގަޑީގައި ފެންތަށި ބޮއި ބޮއި ހުރި ރާހުލް ކޮށިއެރިއެވެ. ދެބުމަ ގޮށް ޖަހާލަމުން އޭނަ ނަޝްފާއާ ދިމާ ބަލާލިއެވެ. އަނެއްކާ ނަޝްފާ މޮޔަވީ ނޫންބާއޭ އޭނާގެ ހިތަށް އެރިއެވެ.

“ކީކޭ ނަޝް؟ ނަޝްއަށް އިނގޭނެ ތީ އެއްވެސް ހާލެއްގައި އަހަރެން ކުރާނެ ކަމެއް ނޫންކަން..” ރާހުލް ނުރުހިފައި އެހެން ބުނުމުން ނަޝްފާ އިސްޖަހާލިއެވެ.

“ޕްލީސް ރާހުލް.. އަހަންނަށްޓަކާ… އަހަރެން ރާހުލް އިންނާނެ ރަނގަޅު ކުއްޖަކު ހޯދައިވެސް ދީފާނަން… އޭރުން ރާހުލް އިންނަ ކުއްޖާއަށް ދަރިޔަކު ލިބުނީމަ ރާހުލް ވެސް ކިހާ އުފާވާނެ.. އަހަންނަށް ވެސް އޭރުން އެ ދަރިފުޅު ގެންގުޅެވޭނެ… ޕްލީސް ރާހުލް…” ނަޝްފާ އެހެން ބުނުމުން ރާހުލް ނަޝްފާގެ ކޮނޑުގައި ހިފައި ކުޑަކޮށް ތަޅުވާލިއެވެ.

“ނަޝް ކީކޭތަ ތި ކިޔަނީ؟ ޖަސްޓް ސްޓޮޕް އިޓް…” އެހެން ބުނުމަށްފަހު ރާހުލް ތެދުވެގެން ދުރަށް ދާން ހިނގައިގަތެވެ. ފެންކަޅިވެފައިވާ ހާލު ނަޝްފާ ރާހުލްއާ ދިމާ ބަލަހައްޓައިގެން ހުއްޓެވެ. އޭނާ ބަލަބަލާ ހުއްޓާ ރާހުލް ބިލަށް އަގުކެނޑުމަށްފަހު ރެސްޓޯރެންޓުން ނިކުމެގެން ހިނގައްޖެއެވެ. ރާހުލް އެ ދިޔައީ ވަރަށް ހިތްހަމަނުޖެހިގެންކަން ވިސްނުނު ހިނދު ނަޝްފާ އިތުރަށް ދެރަވިއެވެ. މޭޒުމަތީގައި ބޯ އަޅައިގެން އޮވެ އޭނާ އެތަށް އިރެން ވަންދެން ރުޔެވެ.

** ** **

ގޭތެރެއަށް ވަދެގެން އައި އިރު އަންޖޫދާ ހާސްވެގެން ގޮސް މުޅިމީހާ ހުރީ ދާހިއްލާފައެވެ. މިއޮއްހާ ދުވަހު އޭނާ ހީކޮށްގެން ހުރީ ރާހުލް އާ ނަޝްފާ އުޅެނީ ބޭރުގައި ކަމަށެވެ. ނަމަވެސް އެފަދަ ގޮތަކަށް އެ ދެމީހުން ފެނުމުން އޭނާއަށް ހަދޭނެ ގޮތެއް ނޭނގުނީއެވެ.

ރިޝްކާ ފެންވެރުވުމަށްފަހު ފިލާވަޅު ހަދަން ބަހައްޓާފައި އަންޖޫދާ އެނދުގައި އޮށޯވެލިއެވެ. އަދި ރިޝްކާއަށް ފުންކޮށް ބަލާލިއެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ ރާހުލްގެ ވެސް ދަރިއެކެވެ. ރާހުލްއަށް މިކަން ކޮންމެހެން ޖެހޭނެއޭ އޭނާގެ ސިކުނޑީގެ ކަނަކުން ގޮވަމުން ދިޔައެވެ. ރާހުލް އޭނާ ދޫކޮށްލާފައި ދިޔައީވެސް އޭނާ އަމިއްލައަށް ކުރި ކަމެއްގެ ސަބަބުންނެވެ. އެކަމުގެ ހަޤީޤަތް ރާހުލްއަށް ކިޔައިދޭން ކިތަންމެ ބޭނުންވި ނަމަވެސް ރާހުލް އާ ނަޝްފާގެ ހަޔާތަށް ހިޔަނިވެސް އެޅޭކަށް އޭނާ ބޭނުމެއް ނުވެއެވެ. އާމިނާމެން ކިތަންމެ ބިރު ދެއްކި ނަމަވެސް އޭނާއަށް ރާހުލް ދޫކޮށް ނުލެވުނު ނަމައޭ މިހާރު އެހިތަށް އަރައެވެ. ނަމަވެސް ދެން ކުރާނެކަމެއް ނެތެވެ. ވީކަމެއް ވެ ނިމުނީއެވެ.

** ** **

ރެސްޓޯރެންޓުން ނިކުމެގެން ނަޝްފާ އަނެއްކާވެސް މިސްރާބު ޖެހީ ސްކޫލާ ދިމާއަށެވެ. ރާހުލް މިހާރު ގެއަށް ގޮސްދާނެކަން އޭނާއަށް އެނގެއެވެ. ނަމަވެސް އޭނާ ބޭނުންވީ ނިންމަންޖެހޭ ހުރިހާ މަސައްކަތެއް ނިންމުމަށްފަހު ގެއަށްދާށެވެ.

ސްޓާފްރޫމަށް ވަދެ ބައެއް މަސައްކަތް ނިމުނުތަނާ އަނެއްކާވެސް ނަޝްފާއަށް ހަނދާންވީ އަންޖޫދާގެ މަތިންނެވެ. ބުރުގާ އަޅައި ޖިލްބާބު ލާފައި ހުރި ނަމަވެސް އެެއީ ހަމަ އެއަންޖޫދާކަން އޭނާއަށް ޔަޤީނެވެ. ނަމަވެސް ކުރިން އެހާ ފެޝަނަށް ލޯބިކުރާ ކުއްޖާ މިހާރު ބުރުގާ އަޅާފައި ހުރުމުން ނަޝްފާ ކުޑަކޮށް ހައިރާންވެސް ވިއެވެ. ނަޝްފާ ވިސްނާލިއެވެ. ރިޝްކާގެ އުމުރުން އަދި ވާނީ ހައެއްކަ އަހަރެވެ. އެވަރުގެ ކުއްޖަކު އަންޖޫދާގެ ހުންނާނީ އޭނާ އާ ރާހުލް ބަންގްލަދޭޝްއަށް ދިޔަތާ ކައިރީގައި މިހަކާ އިނީމަތާއޭ އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް އަންޖޫދާގެ ހަޤީޤަތް ހޯދަން އޭނާއަށް ކުރެވޭނީވެސް ކީއް ހެއްޔެވެ؟ ކުއްލިއަކަށް އޭނާއަށް ފެނުނީ މާހިން އޮފީސްބައިން ނިކުމެގެން ދާތަނެވެ. ހީވާ ގޮތުން އޭނާ އެދަނީ ބުރޭކަށެވެ. ނަޝްފާ މުޅި ސްޓާފް ތެރެއަށް ނަޒަރު ހިންގާލިއެވެ. އެވަގުތު އޭނާ ފިޔަވާ އެކަކުވެސް އެތަނުގައެއް ނެތެވެ. ހިތަށް އެރި އެއްޗެއްގެ ސަބަބުން ނަޝްފާ ދެކޮޅު ހޯދާލުމަށްފަހު މާހިންގެ ކެބިން އަށް ވަނެވެ.

ފައިލުތައް ހާވަމުން ގޮސް 1 ސީގެ ފައިލު ފެނުމުން އޭނާ އެ ހުޅުވާލާ އެތެރެ ބަލާލިއެވެ. ރިޝްކާގެ މަޢުލޫމާތު އިން ގަނޑު ފެނުމުން ހަލުވިކަމާއެކު އޭނާގެ ދެލޯ ހޯދަމުން ދިއައީ ރިޝްކާގެ ބައްޕައަށް ކިޔާ ނަމެވެ.

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ރިޔާޝާ (15ވަނަ ބައި)

Next

އަލްވަދާޢު

Next
November 2, 2016

އަލްވަދާޢު

Previews
November 2, 2016

ރިޔާޝާ (15ވަނަ ބައި)

24 Comments!

  1. LiaaSher says:
    November 2, 2016 at 10:52 am

    ….މި ބައި ވެސް ހުރިހާ ކުދިންނަށް ކަމުދާނެކަމަށް އުންމީދުކުރަން
    🙂 … ހުރިހާ ކުދިންގެ ކޮމެންޓު ތަކަށް މަރުހަބާ

  2. cindrella says:
    November 2, 2016 at 11:14 am

    Wow vvvvv nice keep it up…….. ???

  3. thaathi says:
    November 2, 2016 at 11:24 am

    anebbai kon dhuvahakuntha

  4. Elsaa says:
    November 2, 2016 at 11:25 am

    Warah furihama vaahaka liaaa ❤❤

  5. Syna says:
    November 2, 2016 at 1:50 pm

    V reethi vaahaka??? Anjoodha plus Raahul plus Nashfa dhw (not Maahin)ekam nashfa ah dhraeh nudhethii v salhi keep it up❤❤

  6. RISHKAA says:
    November 2, 2016 at 1:57 pm

    Waau _❤❤❤ mibai Vx vrh habeys dhn anehba kondhuwahakun???❤❤❤❤

  7. LiaaSher says:
    November 2, 2016 at 2:37 pm

    Thanks Guys 🙂 Next part FRIDAY <3

  8. shelly says:
    November 2, 2016 at 4:12 pm

    noo friday is miles dhuruga ehaa vess reethi mivaahaka

  9. inee says:
    November 2, 2016 at 4:16 pm

    Varah varah reeth 4 vana part fonuvaane irakah inthizaaru mikuranee

  10. Appy says:
    November 2, 2016 at 4:55 pm

    Ohh Nash ah rahul ge nan fenunyma kihineh baa vaany ..? V v rythi mi bai vx

  11. Wasy says:
    November 2, 2016 at 5:45 pm

    Friday haadha lahey dhuvaalaku parteh genesdheynama. V v reethi vaahaka

  12. Haggu loabi says:
    November 2, 2016 at 7:21 pm

    Asulu anjoodha vee loabi haggey
    Ehnve asulu eh loabi hagey kiyany
    And fahun rahul mery kuraany ajoodha ay that means rahul will have 2 wifes

    1. LiaaSher says:
      November 2, 2016 at 7:25 pm

      Hehe.. Nice theory .. Lets see dhw wat will heppan…
      Thankyw 🙂

  13. LiaaSher says:
    November 2, 2016 at 7:26 pm

    Thankyw all.. Keep waiting <3

  14. zuleha says:
    November 2, 2016 at 7:28 pm

    Raajjeyga errashehgge meehunnanah 7yrs vandhen ekaku anekakuge mauloomaathu neyngi nuhunnane. ..me India eh noon …ekm vaahaka salhi

  15. zuleha says:
    November 2, 2016 at 7:38 pm

    E gothah libey kujjehgge fahathah bappa nameh nulaane

  16. lina says:
    November 3, 2016 at 6:11 am

    VVV hadi 2 mihuna marry kuranya…..
    Rahul aa nasfa pls….
    Nasfa aa dara goe hadani komafaharaku….
    Aslu hagi nasfa aa….NOT that anju….

  17. lina says:
    November 3, 2016 at 6:14 am

    VVVV hadi e anju ganama….
    Reethi vana kamaki eha duvas kofa liaa liyaathi…..

  18. Rsy says:
    November 3, 2016 at 6:16 am

    VVVV lobi mibaivas…
    pls ralul and nasfa….
    hagi boda nasfaa a

  19. lee says:
    November 3, 2016 at 3:34 pm

    PLs rahul and nasfaa….

  20. Avatar says:
    November 3, 2016 at 9:29 pm

    Anjoo aa mahin gulhuvanvynu :-B story hama habeys

  21. Hope says:
    November 4, 2016 at 1:09 pm

    Avahah upkohba liaa

  22. Moonlight says:
    November 4, 2016 at 1:55 pm

    Konirakun up kohdheyny waiting eagerly

  23. Moonlight says:
    November 4, 2016 at 1:55 pm

    Konirakun up kohdheyny

Comments are closed.

Next Episodeއެ ލޯބި އަސްލު ހައްޤޭ (4 ވަނަ ބައި)←


All Right Reserved!