Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާއަށް އާދޭސް 12…

kamana Level 310 Stories500 Comments100 Comments
October 30, 2016 4 Mins Read
10 Comments

“މަނިކު އެ އިވެނީ ޔާޔާ ރޯއަޑުދޯ” މުޅި ގޭގައި ގުގުމައިގެން ދިޔައީ ކުޑަ އަޔާނާގެ ވޭނީ ރުއިމުގެ އަޑެވެ. މަނިކަށް ޖޯލިން ތެދުވެވުނީ ކިހިނެއްކަމެއް ވެސް ނޭނގުނެވެ. ދެން ފެނުނީ ކޮޓަރީ ދޮރުމަތީގައި މަނިކު ދެލޯ ބޮޑުކޮއްގެން ހުރި ތަނެވެ. އޭރު އަޔާނާ އެނދުމަތީ އޮތް އިރު ޝީރީން އަޔާނާގެ ނެޕީގައި ހިފަހައްޓައިގެން އިނެވެ. ދުވެފައި އައި މަނިކު ފެނި ޝީރީންއަށް ތުންފަތުގައި ދަތް އަޅާލެވުނު އިރު މީހާ ހާސްވެ މުޅި ގައިން ދާހިތްލަން ފަށައިފިއެވެ.

“ކޮންލެއެއް ޝިރީން….. ކިހިނެއްވީ އަޔާނާއަށް…” މަނިކު އެހެން ބުނެ ކޮޓަރިތެރެއަށް ވަތްއިރު ފަހަތުން ލައިލާވެސް ވަނެވެ. “ނޭނގެ… ފޫކޮޅު ކަނޑައިގެން ގޮއްސައެއީ…” ޝީރީން އެހެން ބުނި އިރު އިނީ އިސްޖަހައިގެންނެވެ. “ޝީރީންއަކަށް ނޭނގެ؟…” މަނިކުގެ މޫނުމަތިން ކިތައްމެހާވެސް ރުޅިވެރިކަން ފާޅުވާންހުއްޓެވެ. މަނިކު އެނދުމަތީ އިށީދެ އަޔާނާގެ ފޫކޮޅު ކުޑަކޮއް ސާފުކުރުމައްފަހު މިސްރާބުޖެހީ ހެލްތް ސެންޓަރާ ދިމާލަށެވެ. އޭރު މަނިކުގެ ފަހަތުން ލައިލާ އައީ ބަހެއް ނުކިޔައެވެ. ކުޑަ ކުޑަ އަޔާނާ މަނިކުގެ ކޮނޑުމަތީއޮވެ ގިސްލަމުން ދިޔަ އިރު އެކުއްޖާއަށް ވާނެ ތަދު މަނިކުއަށް އިހްސާސްވާކަހަލައެވެ. އަޔާނާގެ ބުރަކަށީގައި މަނިކު ފިރުމަމުން ދިޔަ އިރު އަޔާނާދެކެ ވާ ލޯބި އެ މަންޒަރު ފެންނަ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.

……

“މާބޮނޑު ކަމެއްވެފަ އެއްނެތް…. ހީވަނީ ފާހަނަ ނުކުރެވިގެން ދުވަސްވީމަ އެންމެފަހުން ކަނޑައިގެން ދިޔައީހެން… އެކަމަކު އަޔާނާއަށް އެވަރުވީ އިރު މަނިކު މެންނަކަށް ނޭނގޭތޯ….. ދެން އެވާހަކަ ބާއްވާ…. އަޔާނާ ކުޑަކުއްޖަކަށްވީމަ ވަރަށް ރޯނެ.. ވަރަށް ދިލަވެސް ނަގާނެ… އެކަމަކުވެސް ބޭބީ ކުރީމް އުނގުޅާލީމަ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ.. އެހެންލާ ފާރުތަކަކީ އަވަހަށް ރަނގަޅުވެސްވާ ފާރުތަކެއް…….” ޑރ ނާސިހާ އެހެން ބުނެ މަނިކުމެން ފަސްދީ ދިޔައީ ހިތްހަމަ ނުޖެހިއެވެ. ޑރ އަކަށްވުރެއް ބޮޑަށް ނާސިހާ އަކީ އާއިލާ މީހެކޭ ބުންޏަސް ރަނގަޅުވާނެއެވެ. އެހެންކަމުން ނާސިހާގެ ހިތްހަމަނުޖެހުން މަނިކުއަށް ގަބޫލުކުރެވުނެވެ. ނާސިހާ ބުނި ކޮންމެބަހަކުން މަނިކުގެ ހިތުގައި ޖެހުނެވެ. ނާސިހާ ބުނިހެން އަޔާނާއަށް ހާދަ ތަދުވާނެއެވެ. ތަދުވެގެން ބުނަންވެސް ބުނާނެއެވެ. އެކަމަކު މަނިކުއަށް އެކަން ނޭނގުމުން މަނިކު އަމިއްލަ ނަފްސުދެކެ ރުޅިއާދެވުނެވެ.

ގެއާ ދިމާލަށް މަނިކު އަޔާނާ ގޮވައިގެން މިސްރާބު ޖެހި އިރު އަޔާނާއަށް އޮތީ ނިދިފައެވެ. ނިދީ ތެރޭންވެސް އެ މައުސޫމު ފުރާނަ ގިސްލާކަން މަނިކުއަށް އިހްސާސްވިއެވެ. މަނިކުގެ ލޮލުން ކަރުނައިގެ ދަޅަތަށް ވިދަންފެށިއިރު މަނިކު ކެއްތެރިވާން މަސައްކަތް ކުރިއެވެ.

“މަނިކު…” ލައިލާ މަނިކުގެ ކޮނޑުގައި އަތްޖައްސާލިއެވެ. މަނިކު ލައިލާއަށް އެ ބަލާލިގޮތުން މަނިކުގެ ހިތުގެ އުދާސްތަށް ނަގައިގަންނާކަށް ލައިލާއަށް އުދަގުލެއްނުވިއެވެ. “ދެން ބަލާނީ…… އިރާދަ ކުރެއްވީތީ އެހާ ބޮޑުވަރެއް ނުވެއެއްނު…. ހުރިހާކަމެއްވެސް ރަނގަޅުވާނެ….” އަޔާނާގެ އެ ބުޅި އިސްތަށި ގަނޑުގައި ފިރުމާލަމުން ލައިލާ އެހެން ބުނީ މަނިކުއަށް ހިތްވަރު ދިނުމަށެވެ. “ތޭންކްސް ލައީ” ލައިލާއަށް ހިނިތުންވެލަމުން މަނިކު ބުނެލިއެވެ.

……………………

ދަންވަރުގެ ހަމަހިމޭން ވަގުތުގައި މަނިކު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ ފެންޑާގައިއެވެ. ހަނދުވަރުގެ އަލި ފަނޑުވެފައި ވުމުން ދުނިޔެމަތި ދައްކަނީ ވަރަށްވެސް އަނދިރިކޮށެވެ. “ޝީރީން..” މަނިކު ކައިރީގައި އައިސް ހުއްޓުނު ޝީރީންއަށް މަނިކަށް ގޮވާލެވުނީ ހިތްހަމަ ނުޖެހިއެވެ. “މަނިކު އަހަރެންނަށް ނޭނގުނީ… އެހެން ނޫނަސް އަހަރެންނަށް ކިހިނެއް އެނގޭނީ އޭނަ ފާހަނަ ނުކުރާކަމެއް….” ހަށަންބަދެލަމުން ޝީރީން މަނިކުއާއި ހަތަރުކަޅި ހަމަކުރިއެވެ. “ޝީރީންއެއް ނޫންތަ އޭނަގެ މަންމައަކީ… ޝީރީންއަށް އަޔާނާގެ ނޭނގޭ އެއްވެސް ކަމެއް އޮވެގެން ނުވާނެ… ޝީރީންތީ އަޅެ ކުޑަކުއްޖެއްތަ..” މަނިކު ރުޅިއައިސް ވާހަކަދެއްކިޔަސް އެއަޑު ވަރަށް މަޑެވެ. އެކަން ވެގެން ދިޔައީ ޝިރީންއަށް ލިބުނު ހިއްވަރަކަށެވެ. “އަހަރެން ބުނެގެން މަނިކު ކުރިކަމެއްތަ އެއީ… އެއީ މަނިކު ބޭނުންވެގެން ކުރިކަމެއް.. އެހެންވީމަ އެ ކުއްޖާވާނީވެސް މަނިކުގެ ޒިންމާއަކަށް….” ޝީރީން އެހެން ބުނެ ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ. މަނިކަށް ހުރެވުނީ ޝީރީން ދިޔަ ދިމާލަށް ބަލަހައްޓައިގެންނެވެ. މިއީ ހަމަ ހަގީގަތުވެސް މަނިކު ލޯބިވި ޝީރީންބާއޭ މަނިކުގެ ހިތައްއެރިއެވެ.

……………………….

މުޅި ގޭތެރެ އަޑުގަދަ ކޮއްލާފައިވަނީ ކުޑައަޔާނާގެ ހުނުމުގެ އަޑުންނެވެ. އޭރު ހަދީޖާގެ މާމަ ދަރި ކިޔާރުވެސް އަޔާނާއާއި އެކު ކުޅެ ސަކަރާތް ޖަހާ އުޅެއެވެ.

“ކޮބާ ޝިޔާމާ ހަމަ ރަންގަޑެއްކަހަލަ ކުއްޖެއްދޯ މަނިކަށް ލިބުނީ…. ތީހަމަ ޝިޔާމާގެ ދުއާތަކުގެ އީޖާބޭ އަހަރެން ބުނާނީ…” ކުޅެ ސަކަރާތް ޖަހަމުން ދިޔަ އަޔާނާއާއި ކިޔާރުއަށް ބަލާލަމުން ހަދީޖާ ބުންޏެވެ. “އަހަރެން ހިތަށް އަރާ އަހަރެންގެ ނަޖީބުވެސް ޝިރީން ކަހަލަ ކުއްޖެއް ހޯދިނަމައޭ… ހަމަ ހުވާކޮއްފަ މިބުނަނީ އެއީ ފުޅަ އަޅާފައި އިން ކުއްޖެއް… މަށައް ހަމަ ޔަގީން އޭނައަށް ނޭނގޭނެކަން ނޫޑްލްސް ގަނޑެއްގެ ހިސާބުވެސް ކައްކަން….” ހަދީޖާ ހުރިހާ ވާހަކައެއް ދައްކަމުން ދިޔަ އިރުވެސް ޝީޔާމާ ބަހެއް ނުކިޔައި އިނީ ކިޔާނެ އެއްޗެއް ނޭންގުމުންނެވެ. ޝީރީންއަކީ ގޯސްދަރިއެއް ނޫނެވެ. ޝީރީން މިގެއަށް އައި ދުވަހު ޝީރީންގެ މަސައްކަތް ތެރިކަން ޝިޔާމާއަށް ވަނީ ފެނިފައެވެ. އެހެން ނަމަވެސް ތިންމަސް ތެރޭ ޝީރީންގެ އުޅުން ބަދަލުވެ ދިޔައީ ކިހިނެއްކަން އެއީ ޝިޔާމާ މިހާތަނަށް އަމިއްލަ ނަފްސާ ކުރަމުންއަންނަ ސުވާލެކެވެ.

“ދަރިފުޅާ…” ދުވަމުން ދުވަމުން ދިޔަ އަޔާނާ ވެއްޓި ރޯން ފެށުމުން ޝީޔާމާ އެދިމާލަށް ދިޔައީ ހަލުވި ފިޔަވަޅުތަކަކާ އެކީގައެވެ. “މާމާ އޫ އޫ….” އަތުގެ ބޮޑުވައި އިނގިލި ދައްކާލަމުން އަޔާނާ ރޯންފެށީ ތުންދަމާލަމުންނެވެ. އޭރު ކުޑަ ކުޑަ ކިޔާރުވެސް ހުރީ އަޔާނާ ރޯންފެށުމުން ދެރަވެފައެވެ. “ދަރިފުޅާ މަނިކު…. މަނިކު…” އަޑުގެ ނެއްތަނަށް ޝިޔާމާ މަނިކަށް ގޮވާލީ އަޔާނާގެ އިނގިލި އިންގޮތް ފެނިއެވެ.

“މާތްކަލާކޯ… އެކަމަކު ތީހަމަ ދެންމެ ވެއްޓުމުން ވީވަރުތަ…” ކިޔާރު ކިހިލި ޖަހާލަމުން ހަދީޖާވެސް އަޔާނާގެ އިނގިޔަށް ބަލާލިއެވެ.

“ކީކޭ މަންމާ….. ބައްޕިގެ ޔާޔާ ކިހިނެއްވީ” ޝިޔާމާ އަތުގައި އިން އަޔާނާ އުރާލަމުން މަނިކު އަޔާނާއަށް ވީ ކީއްތޯ ސުވާލުކުރިއެވެ. “ބިއްބި އޫ އޫ…” ބޮނޑުވައި އިނގިލީގައި ނެއްޓިފައި އިން ނިޔަފަތިގަނޑު ދައްކާލަމުން އަޔާނާ ރޯންފެށީ ކުރިއަށްވުރެއްވެސް ބާރަށެވެ. “ހިނގާ ހެލްތުސެންޓަރަށް….. މަންމަ ޝީރީން ގޮވައިގެން އާދޭ އެނގޭ.. މިދަނީ ހެލްތްސެންޓަރަށް…” އެހެން ބުނެ މަނިކު މިސްރާބު ހަލުވިކޮއްލީ އެދިމާލަށެވެ.

……………………..

“މަނިކު އަޅުގަނޑަށް ފެންނަނީ އަޔާނާ ގޮވައިގެން މާލެ ގޮސްލަން…. މާލެގޮސް ޓެސްޓް ހެދީމަ ރަނގަޅަށް އެނގޭނީވެސް…މީ ވަރަށް މަދުން ދިމާވާ ކަހަލަ ކޭސްތަކެއް… އެހެންވެ މިކަމާ ބެހޭގޮތުން އަޅުގަނޑަށް އިތުރު އެއްޗެއް ބުނާކަށް ނޭނގޭނެ….މާފުކުރޭ…” ޑރ ނާސިހާ ދެރަވީ މަނިކަށް އިތުރު އެހީގެ އަތެއް ފޯރާ ނުދެވޭނެތީއެވެ. އަޔާނާއަށް ދިމާވެފައިވަނީ އާދައިގެ ކަމަކާ ނޫނޭ މަނިކުގެ ހިތް ބުނެލީ ޑރ ނާސިހާ އެހެން ބުނުމުންނެވެ. ޑރ ކޮޓަރިން މަނިކު ނިކުތް އިރު އަޔާނާ އުރައިގެން ޝިޔާމާ އިނީ ނާނާ ކިޔައިލަ ކިޔައިލައެވެ.

“ދަރިފުޅާ ކީކޯ ބުނީ…….” މަނިކު އަޔާނާގެ ބޭސް އަޅާފައިވާ އިނގިލީގައި ފިރުމާލިއެވެ. “މަންމާ މާލެ ދާންޖެހޭނީ…. އެކޮޅަށް ގޮސް ބަލަން…. މަންމައަށް ދެވޭނެތޯ…..” އަހަން ނާހަން ހުރެވެސް މަނިކު އެންމެ ފަހަން ޝިޔާމާ ކުރެން އަހާލިއެވެ. “ކީއްވެ މަންމަ ނުދާންވީ… މީ މަންމަގެ ހުރި ހަމައެކަނި މާމަ ދަރި… މަންމަ ދާނަން….” ޝިޔާމާ އެހެން ބުނުމުން މަނިކު އުފަލުން ހިނިތުންވެލިއެވެ.

…………………………..

ލައިލާ ފޯނު ސްކުރީނަށް ބަލާލުމައްފަހު ފޯނުބާއްވަނީ ކަމެއް ކުރަން ބޭނުންވާފަދަ މީހެއް ހެނެވެ. ކޮޓަރީގައި ދިއްލާފައިވާ މަޑު ފަނޑު އަލިން ލައިލާގެ މޫނު ފެންނަނީ ވަރަށްވެސް ރީތިކޮށެވެ. “ސާބަސް…. ކޮން ހިތާމައެއް ތިކުރަނީ ބޮކި ނިވައިލައިގެން….” ލީނާ އައިސް ލައިލާއާއި ޖެހިގެން އޮށޯންނަމުން އަހާލިއެވެ. “ކަމެއްނުވޭ…” ފޯނު ރެކް މަތީ ބާއްވަމުން ލައިލާ ސީލިންގްއަށް ނަޒަރުހުއްޓާލިއެވެ. “ސާބަސް… ލައީ ދޮންތައަށް ފެންނަނީ ލައީ މީހަކާ އިންނަން… ތިގޮތަށް އެކަނި އިންނަން ވީމަ ތި ބޯގޮވަނީ… ” ލައިލާ އެގޮތަށް އުޅޭތީ ލީނާ ކަންބޮޑުވުން ފާޅުކުރިއެވެ. “ނުވޭ އަދި…. އަސްލުވެސް….” ލައިލާ ލީނާ އާއި ދިމާލަށް ބަލާލަމުން ބުނެލީ އަވަހޭ ބުނަމުންނެވެ. ” އެންމެ ރަނގަޅު…. ދެން ކިޔަވާކަށް ނުވިސްނަންތަ. 22 އަހަރު ވިޔަސް ކިޔެވިދާނެ އެއްނު…. ނުވިސްނަންތަ…” ލީނާ ބޭނުންވީ ލައިލާގެ ދިރުއުޅުމާއިގެން ވިސްނާވަރުގެ ކަމެއް ކުރުމަށެވެ. “އަނެއްހެން އެހާ ކިޔަވާހިތެއް ނުވޭ… އެކަމް ބައެއްފަހަރު ހިތައްއަރާ ކޭކް އަޅަން ދަސްކުރަންވީއޭ… ޕޭސްޓްރީ ކޯހެއް ހަދަން…” ލައިލާ ސީލިންގްއަށް ބަލަމުން ބުންޏެވެ. “ޔެސް ގުޑް އައިޑިއާރ… ސިކްސްމަންތައިން ތިކަން ވާނެ ކަންނޭގެ… މިދަނީ މަންމަ ކައިރީގައި ބުނެގެން ލައީ މާލެ ފޮނުވާލެވޭނެ ގޮތެއް ހެދޭތޯ ބަލަން…. ހަހަހހަ” ލީނާ އެނދުމަތިން ތެދުވަމުން ބުނެ ދުއްވައިގަތީ ފަރިޔާލު ކައިރިއަށެވެ. ލައިލާވެސް ލީނާފަތުން ނޯ އޭ ކިޔައި ދުއްވައިގަތެވެ.

……………………….

“ޝީރީން މާދަން ނޫންއަނެއް ދުވަހު މާލެ ފުރަން މިއުޅެނީ…. ރެޑީވާތި…. އަޔާނާ ގޮވައިގެން ޝީރީން މަންމަ ކައިރިއަށްވެސް ދާންޖެހޭނެ ފުރުމުގެ ކުރިން…. ” މަނިކު ކޮޓަރިއަށް ވަންގޮތަށް ޝީރީންއާއި ވާހަކަ ދެއްކިއެވެ. “އަހަރެން ނުދާނަން މާލެއެއް….. ކޮންމެހެން އަހަރެން މާލެ ގެންދަން އުޅޭނެ ކަމެއްނެއް…. ޔަގީން އެކުއްޖާ މަރުވާ ކަހަލަ ބައްޔެއްކަން ޖެހިގެން އުޅެނީ…. އޭނަ މަރުވިޔަ ދީބަލަ… ކޮންމެހެން އަހަރެން ގޮވައިގެން ދާނެކަމެއްނެތް…” ޝީރީން ދެބުމަ ގޮއްޖަހާލަމުން ވާހަކަދެއްކިއެވެ. “މިންމި…” މަނިކު އަނގަ ހުޅުވާލިތަނާ އިވުނީ ކުޑަ ކުޑަ އަޔާނާގެ އަޑެވެ. އެ މައުސޫމް މޫނަށް މަނިކު ބަލަން ހުރި އިރު ޝީރީންގެ ރުޅިވެރިމޫނު އެވަގުތު އަޔާނާއަށް ފެނުނީ ބިރުވެރި އެއްޗެއްގެ ސިފައިގައެވެ.

ނުނިމޭ….

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

އެފިނިމެންދަން 15

Next

ކާމިޔާބު އަންހެނާ 10

Next
October 30, 2016

ކާމިޔާބު އަންހެނާ 10

Previews
October 30, 2016

އެފިނިމެންދަން 15

10 Comments!

  1. kamana says:
    October 30, 2016 at 7:33 pm

    Heyy guyxx here is the next part. Hope yu guyxx will enjoy. ??

  2. Shaa says:
    October 30, 2016 at 7:54 pm

    alhe varah dhera vejje ?

    1. kamana says:
      October 31, 2016 at 12:37 pm

      Nxt part ah vx inthixaaru kuraane kamah hykuran??

  3. ? says:
    October 30, 2016 at 9:10 pm

    v reethi alhe kamana keevetha lasvani thankolhe avahah up kohdheebala ehaadhanulafaa mammaekey 13 bai v beynunkiyaalan adhimihaalaskohfa up thikuree adhi mirey 1 part

    1. kamana says:
      October 31, 2016 at 12:36 pm

      Maadhama enme lasvegn part eh genes dheynan ingeyy. Aslu lasvany. Varah bodah sorry. Thnk yu guyx mi vaahaka kiyaathy. ??

  4. Inee says:
    October 30, 2016 at 10:58 pm

    Varah reethi

    1. kamana says:
      October 31, 2016 at 12:37 pm

      Thnk u??

  5. Qeen says:
    October 31, 2016 at 8:17 pm

    Dhen mirey up kohdheebala

  6. kamana says:
    November 1, 2016 at 6:40 pm

    Heyyy guyxx. I wont be able to upload tonyt. Sorry varah bodah. ? Hope yu all will underdtnd

  7. a says:
    November 15, 2016 at 12:38 pm

    Nice

Comments are closed.

Next Episodeއިންތިހާއަށް އާދޭސް 13…←


All Right Reserved!