އައުފްގެ އޭނާގެ ދެއަތުން މިކްޔާގެ މޫނުގައި ހިފެހެއްޓުމަށްފަހު ތުންފަތުގައި ބޮސްދެވުނީ ހިތް އޭގެ މަޤާމުން ދޫވެ ޖަޒުބާތުތައް އިތުރަށް ކޮންޓްރޯލް ނުވުމުންނެވެ. އެވަގުތު މިކްޔާ އަށް ދެލޯބޮޑުކޮށްލެވުނީ ލިބުނު ސިހުމަކުންނެވެ. ނަމަވެސް އޭނާގެ އިހްތިޔާރުން ބޭރުގައި އައުފްގެ އެ އަމަލަށް މަރުހަބާ ކިޔުނީ މިކްޔާވެސް އެކަމުގައި ބައިވެރިވަމުންނެވެ.
ދެމީހުންވެސް ޖަޒުބާތުގެ އޮއިވަރެއްގައި ޖެހުނީ ހާލަތާއި ވަގުތުގެ ގޮތުންނެވެ. އެގޮތުގައި އިރުކޮޅެއްވުމުން ދެމީހުން ދުރުވެލިއެވެ. މިކްޔާ އިނީ ކުރެވުނު އަމަލުން ލަދުގަނެފައެވެ. ދެލޯ މަރާލައިގެން އިން މިކްޔާގެ ނިތުގައި އައުފްގެ ނިތް ޖައްސާލަމުން ދެލޯމަރާލީ ކުރެވުނު އިހްސާސަކުންނެވެ.
” އައި އޭމް ސޮރީ..” އައުފް އެއިންގޮތަށް ބުނެލީ ވައި އަޑުންނެވެ. އޭރުވެސް އޭނާގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދިޔައެވެ.
މިކްޔާގެ ކޮޓަރީ ދޮރުމަތީގައި ހުރި މީހަކަށް ދެންމެ އެދެމީހުންގެ މެދުގައި ހިނގި ކަންތައް ފެނުނުކަން އެމޫނުމަތިން ދޭހަވެއެވެ. މަޑުމަޑުން ދޮރު ކައިރި ކޮށްލުމަށްފަހު އެމީހަކުގެ ފިޔަވަޅުގެ އަޑުވެސް ނީވޭހާ ސިއްރުން ސިޑިން ފައިބަޢިގެން ތިރިޔަށް ދިޔައެވެ.
**
ސޮފިއްޔާގެ އެދުމުގެ މަތިން މާރިޔާ އޭނާގެ ކޮޓަރިއަށް އައީ މުހިއްމު ވާހަކައެއް ދެއްކުމަށެވެ. ކޮޓަރީގެ ދޮރުގައި ޓަކިދިނުމަށްފަހު ހުއްދަ ލިބުމާއިއެކު މާރިޔާ ކޮޓަރިއަށް ވަނެވެ. ސޮފިއްޔާ ދައްކަން ބޭނުންވާވާހަކަ ދެއްކުމުން މާރިޔާ އެކޮޓަރިން ނިކުތުމާއިއެކު މައިކަލް ސޮފިއްޔާ ކައިރިއަށް ޖެހިލިއެވެ.
” ސޯ ވަޓް ނައު؟..އާރ ޝުއާ އެބައުޓް އިޓް..؟” މައިކަލް ބުނެލިއެވެ. އެވަގުތު ސޮފިއްޔާ ބޮލުގެ އިޝާރާތުން އާނއެކޭ ބުނަމުން މައިކަލްގެ ކޮނޑުގައި ބޯއަޅާލިއެވެ.
” ވެން އިޒް ދެޓް ޕާޓީ..؟ ވީ ހޭވް ޓް ލީވް ސޫން.. އައި ފިލް ސޯ ރެސްޓްލެސް..” ސޯފިއްޔާ މައިކަލްގެ ކޮނޑުމަތިން ބޯހިއްލާލަމުން ބުނެލިއެވެ. އެވަގުތު މައިކަލް އޭނާ އެހުރީ ތައްޔާރުވެގެންކަމަށް ބުނެ ސޯފާގެ އަނެއްފަޅިއަށް އިޝާރާތް ކުރަމުން ކުޑަ ދަބަހަކާއި ސޫޓްކޭހެއް ދައްކާލިއެވެ.
“އަހަރެންވެސް ތައްޔާރުވާން ޖެހޭނެ ދޯ..ދަނީ އިނގޭ..” މައިކަލްގެ ކޮލުގައި ބޮސްދިނުމަށްފަހު ސޮފިއްޔާ ދާންތެދުވި ވަގުތު މައިކަލް އޭނާގެ އަތުގައި ހިފާ ދަމާލިގޮތުން ސޮފިއްޔާ އަށް އިނދެވުނީ މައިކަލްގެ އުނގުގައިއެވެ. ސޮފިއްޔާމެން ދެމަފިރިންނަކީ އަބަދުވެސް ވަރަށް ލޯބިން އެކަކު އަނެކަކާ ސަމާސާކޮށް އުޅޭ ދެމަފިރިންނެވެ. ނަމަވެސް މިހާރު މިކްޔާގެ ކަންތަކުގައި ސޮފިއްޔާއަށް އެވަނީ މާޔޫސްކަން ލިބިފައިއެވެ. އެހެންކަމުން މައިކަލް ބޭނުންވީ ސޮފިއްޔާގެ މިލާފައިވާ މޫނުމަތިން ހިނިތުންވުމެއް ދެކިލަންށެވެ.
“މައިކް!..ޑޯރ އިޒް ނޮޓް ލޮކްޑް..މިޝާ ކޭން ކަމް އިން އެޓް އެނީ ޓައިމް.. އިނގެއެއްނު އޭނަގެ ގޮތް” މައިކަލްގެ ކަނދުރާގައި އަތް އަޅުވާލަމުން ސޮފިއްޔާ ބުނެލިއެވެ.
“އޯހް ސޯފީ ..އައި ނޯ ވަޓްސް އިން ޔޯރ މައިންޑް…” އެއްލޯމަރާލަމުން މައިކަލް އެހެން ބުނެލުމަށްފަހު ސޯފާކައިރީ އިން ކުޑަ މޭޒުމަތީ އޮތް ރިމޯޓެއް ނެގުމަށްފަހު ފިތަކަށް އޮބާލުމާއިއެކު އެކޮޓަރީގެ ތަޅުލެވިގެން ދިޔަ އަޑު އިވުނެވެ.
**
ޝަމާން އޭނާގެ ބޮޑުދައިތަ އޮތް ކޮޓަރީގައި ހުރި ގޮނޑިއެއްމަތީގައި އިނީ އެމޫނަށް ބަލަހައްޓައިގެންނެވެ. މިވީ ދުވަސްތަކުގައި ޝަމާން އާއި އިކްރާމްގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެގެން ގޮސްފައެވެ. އޭނާގެ ބޮޑުދައިތަ ދިރުމެއް ނެތް މަސްގަނޑެއްގެ ސިފައިގައި މިއަދު އެއޮތީވެސް ހަމަ އިކްރާމްގެ ސަބަބުންނެވެ. އިކްރާމް އެތައްފަހަރަކު ޝަމާން ކައިރިން މާފަށް އެދުނުނު ނަމަވެސް ޝަމާން އެހުރީ އޭނާގެ ގޮތުގައިއެވެ. އެވަރުގެ އަނިޔާވެރި މީހަކަށް މާފް ދިނުން ހައްޤެއް ނޫނެވެ.
ޝަމާން އަދިވެސް މިކްޔާގެ ހަބަރެއް ހޯދޭތޯ މަސައްކަތް ކުރަމުންދެއެވެ. ނަމަވެސް އެކަށީގެންވާ ކުރިއެރުމެއް އަދި ނުލިބެއެވެ. އޭނާ އެކަމާ ކިތައްމެ މާޔޫސް ވިޔަސް ހިތްވަރު އެލުވައެއް ނުލާނެއެވެ. މިކްޔާ އާއި ދިމާވި ދުވަހަކުން މާފަށް އެދުމަށްފަހު އެލޯތްބަށް އެދި ސަލާން ޖަހާނީ އެވެ. އެހެން ނޫނީ މިކްޔާގެ ދެފައިދަށަށް ތިރިވެ އާދޭސް ކުރާނީއެވެ. ކޮންމެފަދަ އަގެއް އަދާކޮށްގެން ނަމަވެސް މިފަހަރު މިކްޔާ އޭނާގެ މިލްކަކަށް ހަދާނެއެވެ.
” ޝަމާން..! ދެން ކޮންއިރަކުން ރިޒޯޓްތަކުގެ ކަންތައް ބެލެހެއްޓުމާއި ހަވާލުވަނީ..ޝަމާން އަށް ރަނަގަޅަށް އިނގޭނެ ބޮޑުދައިތަގެވެސް އެދުމެއްކަން އެއީ ޝަމާން އެކަންތައް ބެލެހެއްޓުން..މިއާއިލާގައި އަހަރެން އެންމެ އިތުބާރު ކުރަނީ ޝަމާންއަށް..ހީކުރަން ޝަމާން ވިސްނާފައި ޖަވާބެއް ދޭނެކަމަށް” ކޮޓަރިއަށް ވަތް އިކްރާމްގެ އަޑުން ޝަމާން އަށް ސިހުމެއް ލިބުނެވެ. ނަމަވެސް އެވާހަކަތަކަށް ޖަވާބުދިނުމަށް އޭނާ ބޭނުމެއް ނޫނެވެ. ބަހެއް ބުނުމެއްނެތި އެކޮޓަރިން ނިކުންނަށް ދޮރާ ހަމައަށް ގޮސްފައި ޝަމާން މަޑުޖެހިލިއެވެ.
” ޕޭޕާސްތައް ރެޑީކޮށްފައި އަހަރެންނަށް އަންގާލާ..” ޝަމާން އެހުރިގޮތަށް ހުރެ ބުނެލުމަށްފަހު އިކްރާމްގެ ބަހަކަށް އިންތިޒާރު ކުރުމެއް ނެތި ހިނގައިގަތީ އޭނާގެ ކޮޓަރިއާއި ދިމާއަށެވެ.
އިކްރާމްގެ ދެލޯ ފެންކަޅިވީ ޝަމާންގެ އެބީރައްޓެހި ކަމުގެ ސަބަބުންނެވެ. އޭނާ މިހާރު ވަޒީފާއިން ވަކިވެ ތާއަބަދު އާލިމާ ކައިރީ ވަގުތު ހޭދަ ކުރަނީ ކުރެވުނު ކުށަށް ކޮންމެސް ދުވަހަކުން މާފް ލިބޭނެކަމުގެ އުއްމީދުގައިއެވެ. މިހާރުވެސް އޭނާގެ ދެކުދިންގެ ހަނދާންތަކުން އެހިތް ޒަޚަމްވެފައިވާއިރު އާލިމާގެ މޫނު ފެންނަ ކޮންމެ ފަހަރަކު އެޒަޚަމްތަކުގައި ލޮނުމިރުސް ލެވެމުން ދެއެވެ. މިލިބެނީ އޭނާއަށް ކުރެވުނު ފާފައިގެ ޝަޒާއެވެ.
މިކްޔާ އާއި މެދުގައި އުފެދިފައިވާ ނަފްރަތު ތާޒާކަންމަތީގައި އަދިވެސް އެހިތުގައި ވެއެވެ. ބަދަލު ހިފުމުގެ ރޫހް އޭނާގެ ހަށިގަނޑުގައި ދައުރުވަމުން ދެއެވެ. އަދި ދުވަހެއް ދުވަހަކަށް އެކަންތައް އިތުރަށް ފުންވެގެން ދިއުން ނޫން ކަމެއް ނުވެއެވެ. އޭނާ މިކްޔާ ހޯދާނެއެވެ. އަދި އެދުވަހަކުން ހިތުގައި ރާވައިފާ ޕްލޭނަށް އަމަލުވެސް ގެންނާނެއެވެ. އާލިމާގެ މިހާލަތުގެ ޒިންމާ ނަގަން ޖެހޭނީ މިކްޔާ އެވެ. މިކްޔާގެ ހަޔާތަކީ އޭނާގެ މުށުތެރޭގައި ވާންޖެހޭނެ އެއްޗެކެވެ. އެއަށް ބޭނުން ގޮތެއް ހެދުމުގެ ބާރު އިކްރާމަށް ލިބިގެންވާ ކަމުގައި އޭނާ ޤަބުލުކުރެއެވެ.
**
އައުފް މިކްޔާގެ މޫނާއި ދުރައްޖެހިލަމުން އަދިވެސް އެއްފަހަރު އޭނާއަށް ކިޔުނު އެއްޗިއްސައް މާފަށް އެދުނެވެ. އެވަގުތު ދައްކާނެ ވާހަކައެއް މިކްޔާގެ ދުލަކަށް ނައެވެ. އެހެންކަމުން ހަމައެކަނި ފަނޑު ހިނިތުން ވުމަކުން ފުއްދާލީއެވެ. އައުފްގެ އެހީއާއި އެކު މިކްޔާ ގޮނޑީގައި އިށީނެވެ. އައުފްގެ އެގާތް ކަމުން މިކްޔާ އަށް ރައްކާތެރިކަން ލިބިގެން ދިޔައެވެ. މިކްޔާއަށް ކޮޓަރިއަށްވަނުމަށް އެހީވުމަށްފަހު އައުފް ހިނގައިގަތީ ދޮރާ ދިމާއަށެވެ. މިވަގުތު އޭނާ ބޭނުންވަނީ އެކަނި ވެލާށެވެ. ދެންމެ އެހިނގާދިޔަ ހިތްގައިމު ވަގުތުކޮޅު ހިތުގެ އެންމެ ފުންމިނުގައި ރައްކާ ކޮށްލަން ބޭނުންވަނީ ހަމަހިމޭން މާހައުލެއްގައި ސިއްރުންނެވެ.
“ތޭންކް ޔޫ..” މިކްޔާ މަޑުމަޑުން ބުނެލިއެވެ. އައުފަށް ފަސް އެނބުރި ބަލާލެވުނީ މިކްޔާ ބުނި އެއްޗެއް ސާފު ނުވީމައެވެ. މިކްޔާ އަދި އެއްފަހަރު އޭނާ ބުނިބަސް ތަކުރާރުކޮށްލިއެވެ.
“ކޮންކަމަކަށް..؟” އެއްބުމަ މައްޗައް ހިއްލާލަމުން އައުފް ސުވާލުކޮށްލިއެވެ.
“ހުރިހާ ކަމަކަށް…އަދިވެސް ކަމަކު ކިޔަން މިއުޅެނީ..” މިކްޔާ އެދުނީ ސޮފިއްޔާއާއި ބައްދަލު ކުރުމަށެވެ. މިވަގުތުވެސް އޭނާގެ މަންމަގެ މޫނު ދެކިލަން ބޭނުންވެއެވެ. އެއަތުގެ ފިރުމުންތަކުން ހިތުގައި ލެވިފައިވާ ޒަޚަމް ތަކަށް ޝިފާއެއް ބޭނުމެވެ. ލޯބިން ވަހަކަ ދައްކާލާ ހީ ސަމާސާ ކޮށްލަންވެސް ބޭނުމެވެ. އައުފް ހިނިތުންވެލަމުން މިއަންނަނީ ކަމަށް ބުނެ ކޮޓަރިން ބޭރަށް ނިކުތެވެ. އައުފް ދިޔަ ދިމާއަށް ބަލަހައްޓައިގެން އިން މިކްޔާ އޭނާގެ ތުންފަތުގައި އިނގި ޖައްސާލިއެވެ. އެވަގުތު ދެންމެ ވީކަންތައް ސިފަވުމާއެކު މިކްޔާގެ މޫނުމަތިން ހިނިތުންވުމެއް ފެނިގެން ދިޔައެވެ. ޝަމާން އަށް ފަހު އެގޮތަށް މިކްޔާ އާއި ފުރުސަތު ލިބުނު ހަމައެކަނި މީހަކީ އައުފް އެވެ. ނޭނގި ނަމަވެސް މިކްޔާގެ ހިތުގައި އައުފްގެ ނަން ފެވެމުންދިޔައެވެ.
ކުޑައިރުކޮޅެއްފަހުން އައުފް އެނބުރި އައިސް ދިން ޚަބަރަކުން މިކްޔާ މާޔޫސް ވިއެވެ. އޭނާގެ މަންމަ އާއި މައިކަލް ބިޒްނަސް ދަތުރަކު އެ ޝަހަރުން ބޭރަށް ދިޔައީއެވެ. އަންނާނީވެސް ހަފްތާއެއްވަރު ފަހުންނެވެ. މިކްޔާގެ މޫނުމަތިން ފެނުނު މާޔޫސްކަން އައުފަށް ފެނުނެވެ. އެވަގުތު އޭނާއަށް މޮޅު ޚިޔާލެއް އައެވެ.
” ހިނގާ މާދަމާ ބުރު ޖަހާލަންދާން..އަދި ނުދެކެމެއްނު މިގެއިން ބޭރެއްވެސް..ވަރަށް ރީތިތަންތަން ހުންނާނެ މި ސިޓީގައި..ވާނެ ދޯ މަޖާ ކޮށްލަން..މިޝާވެސް ގޮވައިގެން ދާނީ..” އައުފް ބޭނުންވީ މިކްޔާ އާއި އެދެމީހުންގެ ބީރައްޓެހިކަން ދުރުކޮށްލުމަށެވެ. މިކްޔާ ބޭރަށް ނިކުމެ ހަދާނީވެސް މިގޭ މީހުންނާ ގުޅުން ބަދަހިވާ ވަރަކުންނެވެ.
އައުފްގެ އެ ހުށައެޅުން މިކްޔާއަށް ކަމުދިޔައެވެ. އޭނާވެސް މިޙާރު ބޭނުންވަނީ ދިރި އުޅުމައިގެން ކުރިޔަށްދާށެވެ. އެއް މަންޒިލެއްގައި އެތައް ދުވަހަކު ހުއްޓަސް ކުރިއަކަށް ނުދެވޭނެއެވެ.
ދެމީހުން ރޭގަނޑުގެ ވަދާއީ ސަލާމް ކޮށްލުމަށްފަހު ވަކިވީ މާދަމާ ދިމާވާނެ ކަމުގެ ފޮނި އުއްމީދާއެކުއެވެ.
**
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. މިކްޔާގެ ކޮޓަރީ ދޮރު މަޑު މަޑުން ހުޅުވުނެވެ. ކަޅު ކުލައިގެ ކޯޓެއް ލައިގެން ހުރި އިސްކޮޅުން ދިގު މީހެއްގެ ހިޔަންޏެއް އެކޮޓަރި ތެރެއަށް އެޅިފައިވެއެވެ. އެމީހަކު މަޑުމަޑުން މިކްޔާ އޮތް އެނދާ ކައިރިވަމުން ދިޔައެވެ. ފުންނިންޖަކުން ނިދާފައި އޮތް މިކްޔާއަށް މިއިން އެއްވެސް ކަމެއްގެ ހިލަމެއް ނުވެއެވެ. މިކްޔާގެ މޫނާ ދިމާއަށް ތިރިވަމުން ދިޔަ ބާލީސް ނޭފަތުގެ ކޮޅުގައި ޖެހުމާއިއެކު މިކްޔާ ލޯ ހުޅުވާލިއެވެ. އެވަގުތު ކޮޓަރިތެރެއަށް ވެރިވެފައި އޮތް އަނދިރީގެ ތެރެއިން ހިޔަންޏެއް ފެނުމާއިއެކު މިކްޔާއަށް ތެޅިގަނެވުނެވެ. ހާސް ކަމާއެކު ލޭމްޕްގެ ލައިޓް ޖައްސާލުމަށްފަހު ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. ނަމަވެސް ކޮޓަރި ތެރޭގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ.
” އެއީ ހުވަފެނެއްބާ؟…އެކަމަކު ހީވަނީ ދެންމެ މިތާ މީހަކު ހުރިހެން..” މިކްޔާ އަށް އެއީ ހުވަފެނެއްކަން ނޫނީ ހަޤީގަތެއްކަން ދެނެގަންނަން އުނދަގޫ ވިއެވެ. ދޮރުގެ ތަންޑު ހަލާކުވެފައި ހުރުމުން މިރޭ އޭނާ ނިދީ ތަޅުވެސް ނުލައެވެ. އެގޮތަށް ތަޅު ނުލާ ކިތައްމެ ރެއަކު އޭނާ ނިދައެވެ. ނަމަވެސް މިރޭ މިދިމާވި ކަމަކުން ދެން ތަޅުނުލާ ނިދަން މިކްޔާ ޖެހިލުންވިއެވެ. އެގޮތުގައި އެތައް އިރަކު ވިސްނަން އިން މިކްޔާގެ ލޮލަށް ނިދިސަވާރު ވުމާއެކު ލޭމްޕްގެ އަލި ފަނޑުކޮށްލަމުން ދެލޯ މަރާލިއެވެ. އެވަގުތު އެކޮޓަރީގެ ބެލްކަނީގައި ހުރި މީހާ މިކްޔާ އޮތް އެނދާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެހެން އިރުކޮޅަކު އެމީހަކު ހުއްޓާ އައުފް ކޮޓަރީގެ ބެލްކަނި ލައިޓް ޖެއްސުމާއިއެކު މިކްޔާގެ ކޮޓަރީ ބެލްކަނިން ދެމިގަނެގެން އެތެރެއަށް ވަދެ އެކޮޓަރިންބޭރަށް ނިކުމެގެން ދިޔައީ ވައިރޯޅިއެއްހާ ހަލުވި ކަމާއެކުއެވެ.
**
އާދުވަހަކަށް އިރުއަރައިގެން އައީ މިކްޔާގެ މޫނުމައްޗައް ހިނިތުންވުމެއް ގެނުވަމުންނެވެ. ނަމަވެސް ސިކުނޑިގެ ކަނެއްގައި ރޭގެ ހާދިސާ ރައްކާކުރެވިފައިވެއެވެ. ހަމަޖެހިލައިގެން އެކަމާ ވިސްނާނީ ފަހުންނެވެ. ދެން އޮތް ގޮތަކީ މާރިޔާއްތަ ކައިރީ އެވާހަކަ ބުނުމެވެ. އޭރުން ރަނގަޅު ހިޔާލެއްވެސް ދީފާނެއެވެ. ނޫނީ އައުފް އާއި ހިއްސާ ކުރާނީއެވެ. ނަމަވެސް އައުފް އެއީ އޭނާގެ ކާކު ހެއްޔެވެ؟ މިހާ އަވަހަށް އެހެން މީހަކަށް އިތުބާރު ކުރެވިދާނެ ހެއްޔެވެ؟ ތަފާތު އެކިކަހަލަ މަސްހުނި ޙިޔާލުތަކެއް ސިކުނޑީގައި އެނބުރެމުން ދިޔައެވެ. މިކްޔާ އިނީ ހަދާނެ ގޮތެއް ނުވިސްނިފައިއެވެ. ދުވާލުގެ ބޮޑުބައި ވޭތު ވެގެން ދިޔައީ އެފަދަ ވިސްނުމެއްގައި އުޅެނިކޮށެވެ. ފޫހިވެގެން ކުރާނެ ކަމެއް ނޭނގިގެން މިކްޔާ އޭނާ ލިޔަން ގެންގުޅޭ ފޮތާއި ގަލަން ހިފައިގެން އެއްޗެއް ލިޔަން ފެށިއެވެ. އޭނާ ފޫހި ފިލުވަން ކުރާކަމަކީ އެއީއެވެ. އެކަމުން އޭނާ އަށް ހިތްހަމަޖެހުންވެސް ލިބެއެވެ.
ކޮޓަރީގެ މެދުގައި ދެތިން ހަރުފަތް ގިރާ ކޮށްފައި އެރޭގޮތަށް ހުރި ކިންގް ސައިޒް ބޮޑު އެނދުގެ މަޑު ތަންމަތީގައި ނިދާފައި އޮތް އައުފްގެ މޫނުމަތިން ފެންނަމުން ދަނީ އުފާވެރިކަމެވެ. ފާރުގައި ހަރު ކުރެވިފައިވާ ހޯމްތިއޭޓަރުން އިވެމުންދިޔަ އަޑު ފިޔަވާ އިތުރު އަޑެއް އެކޮޓަރިތެރޭން ނީވެއެވެ.
އައި ހެވް ބީން އެލޯން ވިތް ޔޫ އިން މައި މައިންޑް
އެންޑް އިން މައި ޑްރީމްސް އައި ހެވް ކިސްޑް ޔޯރ ލިޕްސް އަ ތައުޒަންޑް ޓައިމްސް
އައި ސަމްޓައިމްސް ސީ ޔޫ ޕާސް އައުޓްސައިޑް މައި ޑޯރ
ހެލޯ، އިޒް އިޓް މީ ޔޫ އާރ ލުކިންގް ފޯރ؟
އައި ކޭން ސީ އިޓް އިން ޔޯރ އައިސް
އައި ކޭން ސީ އިޓް އިން ޔޯރ ސްމައިލް
ޔޫ އާރ އޯލް އައި ހެވް އެވަރ ވޯންޓެޑް، މައި އާރމްސް އާރ އޯޕެން ވައިޑް
ރޭގެ ނިދި އައުފް އާއި ރުޅިވުމުން ފަތިސްނަމާދު ކޮށްގެން ނިދި މީހާ އަށް އިރުގެ އަލިކަން އަދި ނުފެނެއެވެ. އައުފްގެ ހުވަފެނުގައިވެސް ރަނިކަން ކުރަމުން އެގެންދަނީ މިކްޔާގެ ހަނދާންތަކެވެ. މޫނުމަތިން ފެންނަމުން އެދާ ހިނިތުންވުމުގެ އަސްލަކީ އެއީއެވެ. ކޮޓަރިތެރެއިން އިވެމުންދާ ލަވައިގެ ރާގައި އެއްވަރަށް ބެލްކަނީގައި ހުރި މަސްޓޭކުގެ މަސްތައްވެސް ނިގޫ ތަޅުވަމުންދާއިރު ހީވަނީ އެއެއްޗެއްސައް ލަވައިގެ މާނަ އިނގޭހެންނެވެ.
**
ހަވީރުގެ ވަގުތެވެ. އައުފް ތައްޔާރުވެގެން މިކްޔާ ކޮބައިތޯ ބަލާލިއިރު އޭނަވެސް އިނީ ތައްޔާރުވެ ނިމިގެން ގިނައިރު ވުމުން ފޫހިވެފައިއެވެ. ދެމީހުން ލިފްޓުން ތިރިއަށް ފޭބިއިރު ބަގީޗާގެ ގަސްތަކުން މާބިންނަށް ހުރި އަންހެން ކުއްޖަކު މިކްޔާގެ ލޮލުގައި އަޅައިގަތެވެ. އެގޭގައި ހުންނަ ލިފްޓު ހުންނަނީ ދެކޮޅަށް ނިކުމެވޭގޮތަށެވެ. އެއްދޮރުން ސިޓިން ރޫމަށް ނިކުމެވޭއިރު އަނެއް ދޮރު ހުޅުވޭނީ ހަޓާ ދިމާއަށް އޮންނަ މަގަށެވެ.
“އެހުރީ މިޝާ…ބަލާބަ މަންމަ ނެތީމަ އުޅޭގޮތެއް..މަންމަ ވަރަށް ރުޅިގަދަވާނެ މަ ބިންނަންޏާ..ސްޕެޝިއަލީ ރޯސް..ހެހެހެ..” މިޝްޔާ ހުރި ދިމާއަށް ގޮނޑި ދުއްވަމުން އައުފް ބުނެލިއެވެ.
“ހެލޯ..މިޝް..ބަލާބަ މިއިނީ ތި ނުފެނިގެން އުޅޭ ދައްތަ..” މިޝްޔާގެ ބުރަކަށީގައި ޖަހާލަމުން އެހެން ބުނުމަށްފަހު އައުފް ދިޔައީ ގަރާޖުން އޭނާގެ ކާރު ނެރުމަށެވެ.
” ކަމް ސޫން…ވީއާރ ގެޓިން ލޭޓް..” ކާރު ނެރެމަށްފަހު އައުފް ގޮވާލީ މިކްޔާމެންގެ ހަބަރެއް ނުވާތީއެވެ.
އޭރުވެސް މިޝްޔާ ހުރީ މިކްޔާ އާއި ދިމާއަށް ބަލަހައްޓައިގެންނެވެ. މިކްޔާ ހިނިތުން ވެލަމުން ސަލާމަށް އަތް ދިއްކޮށްލިއެވެ.
” ހައި! އައި އެމް މިކްޔާ..އެންޑް ޔޫ އާރ؟ މިކްޔާ ހީކުރީ މިޝްޔާ އަށް ދިވެހި ނެނގޭކަމަށެވެ.
” ނަންވެސް އެއްގޮތް..ސިފަވެސް އެއްގޮތް..ވަޓް އަ ކޮއިންސިޑެންޓް..ހެހެހެ..އަނެއްކާ މަންމަ ވެސް އެއްގޮތްވާނެތަ؟ ” މިޝްޔާ މަޖާވެލާފައި ބުނެލިއެވެ.
” މޭ ބީ ..ނޭނގެއެއްނު އެހެންވެސް ވެދާނެނޫންކަމެއް..” މިކްޔާވެސް އެހެން ބުނެލީ ހިނިތުން ވެލަމުންނެވެ. ދެމީހުންގެ ވާހަކަ މެދުކަނޑާލަން ޖެހުނީ އައުފް އެމީހުން ލަސްވެގެން ބަލާ އައުމުންނެވެ.
ތިންމީހުން ކާރާއި ހަމައަށް ދިޔައިރު ކުރީ ޝީޓް ގައި އިން ޒީޝާ ފެނި އައުފްގެ މޫނުގެ ކުލަ އޮއްސުނެވެ. ކިތައްމެ ހިތްހަމަ ނުޖެހުނަސް އެވަގުތު އެއްޗެއް ނުބުނެ ހިރީ މިޝްޔާވެސް ހުރުމުންނެވެ.
” ހާއި އެވރީ ވަން..އޯކޭތަ ޒީ ތިމީހުންނާ ޖޮއިން ވެލިޔަސް..އެމް ގެޓިން ބޯރޑް..” މިކްޔާ އާއި ދިމާއަށް ހިނިތުންވެލަމުން އައުފަށް ބަލާލަމުން ޒީޝާ ބުނެލިއެވެ. ވަކިއެއްޗެކޭ ނުބުނެ އައުފް އުޅުނީ މިޝްޔާގެ އެހީއާއި އެކު މިކްޔާ ކާރުގައި ބޭންދޭތޯއެވެ. އޭރުވެސް ޒީޝާ އޭނަގެ ފޯނުން ޓައިޕް ކުރަމުން ދިޔައައެވެ. ހީވާ ގޮތުން ކޮންމެސް މީހަކާ ޗެޓް ކުރަނީއެވެ.
ބާރންގެ މަގުތަކުގައި ދުއްވަމުން އައުފް ދިޔައީ އެތަނާ ބެހޭ މައުލޫމާތު މިކްޔާ އާއި ހިއްސާ ކުރަމުންނެވެ. މިޝާވެސް އޭންސައިކްލޮޕީޑިއާއެއްހެން ހުރިހާ ތަނަކާ ބެހޭ ޑީޓެއިލްސް ކިޔަމުން ދިޔައެވެ. އެތައް އިރަކު ދުއްވުމަށްފަހު ބަރންގެ އެންމެ މަޝްހޫރު އެއް ލޭންޑްމާރކް ކަމުގައިވާ ކްލޮކް ޓަވާރ ކައިރިއަށް ކާރު މަޑުކޮށްލިއެވެ.
“ދައްތަ އަށް އިނގޭތަ މީ 800 އިޔާސް ވެފައި ހުރި ޓަވަރެކޭ؟..ބަޓް ލުކް ސިޓިލް އިޓްސް ބިއުޓިފުލް..23މީޓަރ އުސްވާނެ މިތަން..މިޝް ވަރަށްވޭ އެކަށީގައި އެލިގެން އޮންނަހިތް..މަޖާވާނެ ދޯ އޭރަށް..” ޓަވަރުގައި އިން ބޮޑު ގަޑިއަށް އިށާރާތް ކުރަމުން މިޝްޔާ ބުނެލިއެވެ. އައުފް ގްރޭންމާ އޭ ކިޔާ މިޝްޔާއާއި ދިމާ ކުރަމުން ދިޔައެވެ. އެހެން ނަމަވެސް މިޝްޔާގެ އަނގަ ހުއްޓާލައިގެން އިންނަ އެންމެ އިރުކޮޅެއްވެސް ނުދެއެވެ.
މިކްޔާއަށްވެސް އެތަންވެސް ވަރަށް ހިތްގައިމުވެފައި ރީތި ވިއެވެ. އެހާ ދުވަސްވެފައި ހުރި ތަނަކަސް އެތަން އަދިވެސް ފެންނަނީ ވަރަށް ރީތިކޮށެވެ. މިކަހަލަ އާސާރީ ތަންތަނަށް އަޅާލާ ރައްކާތެރިކޮށްގެން ނޫނީ މިފަދަ ތަންތަން ހިމާޔަތް ނުކުރެވޭނެއެވެ. މިކަމުންވެސް މިކްޔާ އަށް އެނގުނީ ސްވިޒްލޭންޑް ގެ ސަރުކާރުން އެޤައުމުގައި ހުންނަ މިފަދަ ތަންތަނަށް އަޅާލަމުންދާ މިންވަރެވެ.
މިއަދު ފެނުނު ތަންތަނުގެ ތެރޭން މިކްޔާއަށް އެންމެ ރީތިވީ ތަނަކީ ރޯސްގާރޑަން ކިޔާ ޕާރކެވެ. އެތަނުގައި އެވާ ހަމަހިމޭންކަމާ ފެހިކަމުގެ ސަބަބުން ހިތައް ފިނިކަމެއް ލިބިދެއެވެ. އަދި ވަށައިގެންވާ މާގަސްތަކުން ތަނުގެ ރީތިކަން އތުރުވެގެން ދެއެވެ. ލޯބިވެރިއަކާކު ވަގުތު ކޮލެއް ހެދަކޮށްލަން އެންމެ ރަނގަޅު އެއތަނަކީ އެ ޕާރކެވެ.
އެތައް ތަނަކު ދުއވުމަށްފަހު ހަތަރު މީހުން ގެއަށް އައީ އިރު އޮއްސި އަނދިރި ވިފަހުންނެވެ. އައި މަގުމަތިގައި ރެސްޓޯރެންޓަކުން ކައިގެން އައީ މިޝްޔާ އާދޭސް ކުރުމުންނެވެ. ގެއަށް ވަތް ގޮތަށް ކޮންމެ މީހަކުވެސް ބޭނުންވީ ވެފައި ހުރި ވަރުބަލިކަން ފިލުވާލުމަށެވެ.
އެދުވަހުގެ ފަހުން މިކްޔާ ދިޔައީ މަޑުމަޑުން އެންމެންނާ ގުޅުން ބަދަހި ކުރަމުންނެވެ. މިކަމުން އެންމެ ހިތްހަމް ޖެހެނީ އައުފް އެވެ. މާރިޔާވެސް ދުވަހުގެ ރިޕޯޓް ސޮފިއްޔާ އަށް ހަބަރު ކުރަމުން އޭނާގެ ވާޖިބު އަދާކުރަމުން ދިޔައެވެ. ސޮފިއްޔާމެން ފުރިތާ ފަސްވަނައަށް ވީ ދުވަހުގެ ހަވީރުގެ ވަގުތެވެ. މިކްޔާ އާއި މޝްޔާ އަދި އައުފް ތިބީ ތިރީ ބަގީޗާގައިއެވެ. މިޝްޔާ އާއި އައުފް ޕޫލް ތެރޭ އޮތް އިރު މިކްޔާ އެތާ ކައިރީ ގޮނދީގައި އިނެވެ.
” މިކްޔާ ކީއްވެ ޕޫލަށް ނޭރެން ތިއުޅެނީ.. މައިންޑް ވަރަށް ރިލެކްސް ވާކަމެކޭ މީ ދޯ މިޝް..” އައުފް މިޝްޔާ އަށް ބަލާލިއިރު ޕޫލުން އަރައިގެން އެތާ ބޭރުގައި ހުރި ފާޚާނާ އާއި ދިމާއަށް ދަނީއެވެ.
“މާ ހާޑް ވީމަ ބަހެއްވެސް ނުކިޔުނީމ ކަންނޭނގެ” މިކްޔާ އެހެން ބުނެލީ މިޝްޔާ އަށް އަޑު އިއްވާލުމަށެވެ.
” މާރިޔާއްތަ ކޮބާތަ؟ ނޫޑްލްސް ހިފައިގެން މިއަންނަނީ އޭ ކިޔާފަ ދިޔަ މީހާގެ ހަބަރެއް ނުވޭ…އެބަ އަންނަން އިނގޭ ދޮރުމަތީގައި ހުރެ ގޮވަލާފައި..އަހަރެން ވަރަށް ބަނޑުހައި..” ގެއާ ދިމާއަށް ދިޔަ އައުފް ބަނޑުގައި އަތް އަޅަމުން ބުނެލިއެވެ. މިކްޔާ ހިނިގަނޑެއް ޖަހާލަމުން އަވަހަށް އައުމަށް އެދުނެވެ.
އައުފް ގެއާ ދިމާއަށް މިސްރާބުޖެހި ގަޑީގައި ހަޓް ކައިރީގައި ހުރި ތަނބު ބިއްދަށުން ނިކުތް މީހަކު މިކްޔާ އާއި ދިމާއަށް ބާރުހިނގުމެއްގައި އައިސް ގޮނޑިއާއިއެކު ޕޫލުތެރެއަށް ކޮށްޕާލިއެވެ. މިކްޔާ އަށް ލިބުނު ކުއްލި ސިހުމުން އަޑުވެސް ބޭރުވާގޮތެއް ނުވިއެވެ. މިކްޔާއަށް ސަލާމަތް ވުމަށް މާބޮޑުކަމެއް ނުކުރެވުނެވެ. އަތް ހަރަކާތް ކުރިނަމަވެސް އުނަގަނޑުން ތިރި އެއްވެސް ވަރަކަށް މަސައްކަތެއް ނުކުރެއެވެ.
ފާޚާނާއިން ނިކުތް މިޝްޔާއަށް ގެނބެމުންދިޔަ މިކްޔާފެނި ދެލޯބޮޑުކޮށްލެވުނެވެ.
“ދޮންބޭ!..” މިޝްޔާގެ އަޑުގެ ކޮޅަށް އައުފަށް ގޮވަމުން ޕޫލަށް ފޭބިއެވެ. އަދި މިކްޔާގެ ހަށިގަނޑު ފެނުންމައްޗައް އުފުއްލާލައިގެން ހުރީ އައުފް އަންނާނެ އިރަކަށެވެ. ދުވަމުން އައި އައުފަށް ޕޫލުތެރެ ފެނުމުން ަވަސްވެލީ މިކްޔާ މައްޗައް އެރުވުމަށެވެ. މިަދު ޕޫލުގެ ފެންގަނޑު ތިލަކޮށބެހެއްޓުނުކަން ނަސީޫބެވެ. އެގހެން ނޫންނަމަ މިޝްޔާ އަށް އެގޮތަށް ކޮޅަކަށް ނުހުރެވޭނެއެވެ. މިކްޔާގެ ހަށިގަނޑު ނަގާ ގާތައް މަތިގައި ބޭއްވުމަށްފަހު ވިންދުބަލާލިއެވެ. އެއަށްފަހު އައުފް މިކްޔާގެ ބަނޑަށް ފިތާލުމާއިއެކު އަނގަތެރެއިން ފެންތަކެއް ފައިބައިގެން ދިޔައެވެ. ގޭތެރެއިން ނިކުތް މާރިޔާ އަށް ޕޫލާ ދިމާއިން މާ އޑުގަދަވެގެން ބާރު ހިނގުމެއްގައި އެދިމާއަށް އައެވެ. އައުފް މިކްޔާގެ ބަނޑަށް އަދި ދެފަހަރު ފިތާލުމާއިއެކު ކެއްސަމުން މިކްޔާ އަށް ލޯހުޅުވާލެވުނެވެ. އެވަގުތު ކަޅު ކޯޓެއް ލައިގެންހުރި މީހަކު ދުވެފައި ދިޔަތަން މިކްޔާ އަށް ފެނުނެވެ. އެމީހަކު ގޮސް ގެއްލުނީ މަސައްކަތު މީހުން ދިރިއުޅޭ ގެ ހުންނަ ދިމާއަށެވެ.
އައުފް މިކްޔާ އޭނާގެ އަތް ދަނޑި މައްޗައް ނަގައިގެން ލިފްޓާއި ދިމާއަށް ދިޔައެވެ. ކަޅުކޯޓުލައިގެން ހުރި މީހާ ދުވެފައި ދިޔަ ދިމާއިން ނިކުމެގެން އައި އިސްކޮޅުން ދިގު ޒުވާނާއާއި މުޚާތަބުކޮށް މިޝްޔާ ބުނެލި ޖުމްލަ މިކްޔާ އަށް ސާފުކޮށް އަޑު އިވުނެވެ.
” ޖޯން..ވިލް ޔޫ ޕްލީޒް ޓޭކް ދެޓް ޗެއާރ އައުޓް އޮފް ދެ ޕޫލް..” މޫލަށް އިޝާރާތް ކުރަމުން މިޝްޔާ އެހެން ބުނުމަށްފަހު މަރިޔާގެ ފަހަތުން ގެއާ ދިޟާއަށް ހިނގައިގަތެވެ.
މިޝްޔާ ދިޔުމުން ޖޯން ބަލާލީ ޕުލާ ދިމާއަށެވެ. ދެން އެއަށްފަހު ލެއްޕެމުން ދިޔަ ލިފްޓްގެ ދޮރާދިމާއަށެވެ. މިކްޔާ އަށް ޖޯން އޭނަ އާއި ދިމާއަށް ބަލާލިކަން އެނގުމުން އައުފްގެ ކަނދުރާތެރޭ އޭނާގެ މޫނު ފޮރުވާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.




mistakes hurun ekasheegenvey..? plx let me knw it..☺
heekuran mi part ves kamudhaane kamah..n dhiguves vaanekamah heekuran..thank u all for ur lovely comments…keep supporting me so.i cn write more..☺?
have a good nyt to all readers.. insha allah will meet u tmrw with a new episode..☺ keep waiting ✌
vv reethi
thnkx 🙂
Waau. Mi story warah warah warah reethi. Aneh part ge inthizaaruga… ?
thank you so much:)
ވަރަށް ރީތި… އެކަމު މިބައިގައި ލިޔުމުގެ ކުށް ވަރަށް ގިނަ… ލިޔެ ނިންމާފައި އަޕްކުރުމުގެ ކުރިން ކިޔާލީމަ ކުށްތައް ފެންނާނެ… ކުރިއަށްހުރި ބައިތަކުގައި މިކަން ރަނގަޅުކޮށްލާނެ ކަމަށް އުންމީދުކުރަން… އެ ޖޯން ދޯ މިކްޔާއާ އެ ދިމާކުރަނީ؟ އެއުޅޭ ޒީޝާގެ ކަމެއްހެން ވަރަށް ހީވޭ… 18ވަނަ ބައިވެސް އަވަހަށް އަޕްކޮށްލާނެކަމަށް އުންމީދުކުރަން
vv reethi
Wow…amazing…alhe dhn kihinehbaa vaany…kayasandy vrh salhi vaahaka…keep it up…waitin
Oooohhhh… Zeeshanbunegen john kanneyge e mikya ah hamalaa dheny. Or vedhaane mikya ah alun hingidhaanekamah shock eh dheyn ulheny kamah ves
Nice
V rythi
Alhekobaatha mi kudhintha dhen avskohbala