Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތުގެ ފަސާނާ 13

ShaiShy Level 410 Stories100 Comments500 Comments
October 27, 2016 6 Mins Read
29 Comments

މާރިޔާ މިކްޔާ ކޮޓަރިއަށް ވަނިއްސުރެ އެކޮޓަރީގައި ދެކެވުނު ހުރިހާ ވާހަކަތަކެއް އަޑު އިވުނު އައުފްގެ ގެ ފައިކައިރިއަށް އެއްޗެއް ޖެހުމާއެކު ސިހިގެން ދިޔައެވެ. އެވަގުތު އޭނާގެ ކޮޓަރި ބެލްކަންޏާ ޖެހިގެން ދެފޫޓޭއްހާ ދުރު މިނުގައި ހުރި މިކްޔާ ކޮޓަރީ ބެލްކަންޏަށް ބަލާލެވުނީ މީހެއްގެ ހިލަމެއް ވޭތޯއެވެ. އައުފް ގުދުވެލަމުން ފައި ކައިރީގައި އޮތް އެތި ނެގިއެވެ. އެއީ ފޮޓޯ ގަނޑެކެވެ. ވަރަށް ލޯބި ދެކުދިން ހިނިތުންވެލައިގެން ތިބި އިރު އެކަކު އަނެކަކާ ވަރަށް ވައްތަރެވެ. ބަލާބެލުމަށް ހީވަނީ ޓްވިންސް އެއް ހެންނެވެ.
” މަންމާ…..!” ކުއްލިއަކަށް އައުފަށް އިވުނީ މިކްޔާގެ ވޭނީ ރުއިމުގެ އަޑެވެ. އައުފް ގެ ހިއްސުތަކަށް ލޮޅުން އަރައިގެން ދިޔައީ އެ އަޑުގައިވި ރިހުމެއްގެ ސަބަބުންނެވެ.

އައުފް ދުއްވައިގަތީ ކޮޓަރީގެ ދޮރާދިމާއަށެވެ. ދެވަނަ ސިކުންތުގައި އޭނާ ހުރީ މިކްޔާ ކޮޓަރީ ދޮރުމަތީގައިއެވެ. ތެޅިތެޅި އޮތް ހިތަކާއެކު އެދޮރު ހުޅުވާލުމަށްފަހު ފެނުނު މަންޒަރުން އައުފަށް ތެޅިގަނެވުނެވެ. އައުފަށް މިކްޔާ އާއި ހަމަ އަށް ދެވުމާއެކު އަތްދަނޑިމައްޗައް މިކްޔާ އުފުލާލީ ލުއި ފަތެއްހެންނެވެ. އެނދުގައި މިކްޔާ ބޭއްވުމަށްފަހު ނިތްކުރިމަތިން ފަޅައިގެން ގޮސްފައިވާ ތަނުގައި ބޭސް އެޅުމަށް ފަސްޓް އެއިޑްބޮކްސް ހިފައިގެން އައިސް ފަރުވާތެރިކަމާއެކު ބޭސް އެޅިއެވެ. މާފުންކޮށް އަނިޔާވެފައި ނެތް ނަމަވެސް ގޮނޑިން ވެއްޓި ޖެހުމުން މިކްޔާގެ ބޮލަށް އެނބުރުން އެރީއެވެ. މިކްޔާގެ އެ ހިތާމެރި މޫނުން އައުފަށް އޭނާގެ ވަރަށް ގާތް މީހެއްގެ ސޫރަ ސިފަވެގެން ދިޔައެވެ. ނަމަވެސް ވިސްނާ ވިސްނާވެސް ކާކުކަން ސިކުނޑިއަށް ނަގައިނުގަނެވުނެވެ.
އަޖައިބެކެވެ. މިނުދަންނަ އަންހެން ކުއްޖާ އޭނާގެ ހިތައް ބާރު ފޯރުވަނީ ކީއްވެހެއްޔެވެ؟ މި ކުއްޖާ އެވަނީ އެތަކެއް ހިތާމައެއް ތަހައްމަލު ކޮށްފައެވެ. އައުފްގެ ހިތް އެވަގުތު މިކްޔާ އަށްޓަކައި ހަމްދަރުދީއިން ފުރުނެވެ. ކޮންމެ ފަދަ ހާލެއްގައިވެސް މި ކުއްޖާގެ މޫނުމަތިން ހިނިތުންވުން ގެނުވަން އައުފް އަތުކުރި އޮޅާލިއެވެ. މިކްޔާ އޮތް އެނދާ ދިމާއަށް ގުދުވުމަށްފަހު މިކްޔާގެ ނިތް ކުރީގައި އައުފަށް އޭނާގެ ތުންފަތް ބީއްސާލެވުނީ ކީކޭ ހިތައް އަރައިގެން ކަމެއް ނޭނގެއެވެ. ހަމަ ޔަޤީނުންވެސް އެކަމުން އައުފްގެ ހިތައް ބަޔާންކުރަން ދަތި ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ.
މިކްޔާ ހޭނާރަނީސް އެކަނި ބާއްވާފައި ދާން އައުފްގެ ހިތެއް ނުރުހެވުނެވެ. އެހެންކަމުން އެތާހުރި ފެންޖަގުން އަތައް ފެންފޮދެއް އެޅުމަށްފަހު މިކްޔާގެ މޫނަށް ބުރުވާލިއެވެ. އެވަގުތު މިކްޔާ އެސްފިޔަތައް ދުރުކޮށްލަމުން ލޯ ހުޅުވާލީ ވަރުބަލިކަމާއެކުއެވެ. ކުރިމަތީހުއްޓިގެން ހުރި ނުދަންނަ ފިރިހެނެއް ފެނި މިކްޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި ވަގުތުން ގައިމަތީގައި އަޅާފައިވާ ބްލޭންކެޓް ދަށުން ބަލާލީ މިކްޔާގެ އަންނައުނު ހަމަތޯއެވެ.
” ހެލޯ މެޑަމް ! އައި ޑިޑިންޓް ރޭޕް ޔޫ.. ސޯ ރިލެކް..” އައުފް އެހެން ބުނެލަމުން ހިނިތުންވެލިއެވެ.
އައުފް ދެއްކި ވާހަކައަށް ރައްދު ދިނުމެއްނެތި މިކްޔާއަށް އޭނާގެ ބޮލުގައި އަތްލެވުނީ ބުރުގާ އޮތްތޯ ބެލުމަށެވެ. ބުރުގާ ނެތް ކަން އެނގުމުން ކައިރީގައި އޮތް ސްކާފަކުން ބޯ ނިވާކޮށްލިއެވެ.
“ނެކްސްޓް ޓައިމް ޕްލީޒް ނޮކް ދި ޑޯރ..” މިކްޔާ އެހެން ބުނެލީ ސްކާފްގައި ދެއަތުން ހިފަހައްޓާލައިގެން އިނދެއެވެ. އައުފަށް މިކްޔާ އެހެން އެބުނީ ކީއްވެ ކަން ދެނެގަނެވުނެވެ.
” ބައެއް ކަހަލަ ހާލަތް ތަކުގަ ދޮރު ހަލާކު ކޮށްފައިވެސް ވަންނަން ޖެހިދާނެ..” އައުފް ދިވެހިން ވާހަކަ ދެއްކުމުން މިކްޔާ އަށް ޤަބޫލެއްވެސް ނުކުރެވުނެވެ. އައުފް އެއްވެސް ވަރަކަށް ދިވެއްސަކާ ވައްތަރެއް ނޫނެވެ.
” ދެން ތިހާވަރަށް ބަލަންޏާ ފިރިހެނަކަށް ވިޔަސް ލަދުގަންނާނެދޯ..” އައުފް އެހެން ބުނެލުމާއިއެކު މިކްޔާ އަށް އިސްޖަހާލެވުނެވެ. އެވަގުތު އެ މޫނުމަތިން ފެނުނު ލަދުވެތިކަމުން އައުފަށް ހިނިތުން ވެނުނީ ބޭއިޚްތިޔާރުގައިއެވެ. މިވަނީ ކީއްހެއްޔެވެ؟ މިވީހާ ދުވަހު އަންހެއް ކުއްޖެއް ފެނުމުން ނުވާ ގޮތްތަކެއް މި އަންހެން ކުއްޖާ ފެނުމުން އައުފަށް ވަނީ ކީއްވެ ހެއްޔެވެ؟
” ދެންވެސް ބަލައިގެން އުޅޭތި..ދަނީ އޭ ހޭވް އަ ގުޑް ނައިޓް.. ހީކުރަން އަދި ބައްދަލުވާނެކަމަށް..” ލެއްޕެމުން ދިޔަ ދޮރާ ދިމާއަށް ބަލަން އިން މިކްޔާއަށް އައުފް އެހެން އެބުނި ސަބަބެއް ނުވިސްނިފައި އިނެވެ. އެވަގުތު އޭނާގެ ނިތް ކުރީގައި އަޅާފައިވާ ބޭސްގަނޑު ގައި އަތް ލެވުމާއިއެކު މިކްޔާއަށް ކަމެއް ހަނދާންވިއެވެ.
” ޝުކުރުވެސް އަދާ ކޮށްނުލެވުނު..ކާކުބާ އެއީ؟ މާރިޔާއްތަ ބުނި މިގޭ އަނެއް ކުއްޖަކީ އެއީ ކަމަށް ވާނީ” މިކްޔާ ހިތާ ހިތުން ވާހަކަދައްކަމުން ދިޔައެވެ.
**
ގަޑިން މެންދަމު އެކެއްޖެހީއެވެ. ސޮފިއްޔާ އާއި އޭނާގެ ފިރިމީހާ އަދިވެސް ތިބީ ލައިބްރަރީގައިއެވެ. މިރޭ ސޮފިއްޔާއަށް މިކްޔާ ކޮޓަރިން އަޑު އިވުނު ވާހަކަތައް މައިކް ކައިރީގައި ހިއްސާ ކުރެވުމުން ހިތައް ކުޑަ ލުއިކަމެއް ލިބިފައިވިއެވެ. މައިކްގެ އެތައް ވާހަކައުން ސޮފިއްޔާ އެވަނީ އޭނާގެ ވިސްނުން ބަދަލު ކޮށްފައެވެ. އަބަދު ހަޤީގަތް ފޮރުވައިގެން އޭނައަކަށްވެސް ނޫޅެވޭނެއެވެ. އެކަން މިކްޔާ އަށް އެންގުމުގެ މުހިންމުކަން މިރޭ މައިކަލް އޭނާ އަށް ވިސްނައިދިނެވެ. ހިޔާލަކަށް ގެއްލިފައި އިން ސޮފިއްޔާގެ ހަނދާންތައް ގުޅިފައި ވަނީ މީގެ 3 މަސް ކުރިން އޭނާ އަށް މިކްޔާ ފެނުނު ވަގުތަށެވެ.

މައިކަލް ގެ މަންމަ ސަފޫރާ ކުއްލިގޮތަކަށް ނިޔާވި ހަބަރު ލިބުމާއިއެކު ސޮފިއްޔާ އާއި މައިކަލް ރާއްޖެ އައެވެ. 18 އަހަރު ފަހުން އަމިއްލަ ފަސްގަނޑުގައި ފައިތިލަ ޖެހުމާއިއެކު ސޮފިއްޔާ އަށް ބަޔާން ކުރަންދަތި ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. އެވަގުތު އޭނާގެ ހިތުގެ ކަނަކުން ގޮވަމުން ދިޔައީ އޭނާގެ ލޯބިވާ ދަރިފުޅު ދެކިލުމަށެވެ. ނަމަވެސް އެކަން އެގޮތައް ވެއްޖެނަމަ އެކުއްޖާގެ ފުރާނަވެސް ގެއްލިދާނެ ކަމުގެ ބިރަށް ސޮފިއްޔާ އަށް ޖެހުނީ ކެތްތެރިވާށެވެ. އޭނާ މިކްޔާ ހޯދަން ގުޅި ދުވަހު ޝަކީލާ ވަނީ ވަރުގަދަ އިންޒާރެއް ދީފައިއެވެ.
ސޮފިއްޔާ އާއި އިބްރާހީމް ކައިވެނިކޮށްގެން ދިރިއުޅުނީ މާލޭގައި އެވެ. ސޮފިއްޔާ އަކީ މާލޭގެ ރައްވެއްސަކަށް ވުމުން އޭނާގެ ގޭގައި ހިތްހަމަޖެހިގެން އުޅެމުން ދިޔައީ އުފާވެރި ކަމާއެކުއެވެ. ނަމަވެސް މިކްޔާ އަށް 6 އަހަރުވީތަނާ އިބްރާހީމަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ސޮފިއްޔާ އަށް ވަގުތު ނުދެވުމާއި އަޅާލުން ކުޑަވެގެން ދިޔުން ވެގެން ދިޔައީ އެގުޅުން ހީނަރުވެގެން ދިޔަ ސަބަބަށެވެ. އޭގެ ދުވަސްތަކެއް ފަހުން އިބްރާހީމް ދެއަންބަށް މީހަކަށް އިންނަން އުޅޭވާހަކަ ބުނުމާއި އެކު ސޮފިއްޔާ އަށް އެކަމަށް އެއްބަހެއް ނުވެވުނެވެ. އޭގެ ނަތީޖާ އަކަށް ވެގެން ދިޔައީ ސޮފިއްޔާ ވަރިކުރުމަށްފަހު އިބްރާހީމް މިކްޔާ ގޮވައިގެން އެނބުރި އޭނާގެ ރަށަށް ދިޔުމެވެ. ސޮފިއްޔާ ރޮއެ އާދޭސް ކުރަމުން ދިޔަ ނަމަވެސް އިބްރާހީމް ހުރީ އޭނާގެ ގޮތުގައެވެ.
ސޮފިއްޔާ އެކަނިމާ އެކަނި މިކްޔާގެ ހަނދާންތަކުގައި ހަނާ ވަމުން ދަނިކޮށް އޭނާއަށް އޯގާތެރި އަތެއް ދިއްކުރި މީހަކީ ސަފޫރާއެވެ. ސަފޫރާ އަކީ މިކްޔާ މަންމަ ދުނިޔޭގައި ހުރި އިރު އެކުގައި އުޅެމުންދިޔަ އެކުވެރިއެކެވެ. ސަފޫރާއާއި ސޮފިއްޔާ ގެ ގުޅުމަށް އިތުރު ނަމެއް ދެވުނީ މައިކަލް އާއި ކައިވެނި ކުރެވުނު ހިސާބުންނެވެ. މައިކަލް އަކީ އަބަދުވެސް އޭނާގެ މަންމަ އަށް ޒިރާޔަތް ކުރާ މީހެކެވެ. އެގޮތުން އެއްފަހަރެއްގައި ރާއްޖެ އައިސްވީ 6 މަސް ދުވަސް ތެރޭ ސޮފިއްޔާ އާއި ގުޅުން ބަދަހިވެ އެގުޅުން ކައިވެނީގެ ގޮށުން ބަނދެވިގެން ދިޔައީ ސަފޫރާގެވެސް އެދުމުގެމަތިންނެއެވެ. މައިކަލް ގެ އެ ދަތުރު ނިންމާލުމަށްފަހު އެނބުރި ޤައުމަށް ދިޔައީ ސޮފިއްޔާ އާއި 10 އަހަރުގެ އައުފްވެސް ގޮވައިގެންނެވެ. މިކަމާ އެންމެ ނުރުހުނީ މައިކަލްގެ 8 އަހަރުގެ އަންހެން ދަރިފުޅު ޒީޝާއެވެ. ނަމަވެސް ސޮފިއްޔާގެ އެހުންނަ މަޑުމައިތިރި މިޒާޖުން ޒީޝާގެ ހިތް އަތުލާކަށް މާގިނަ ދުވަހެއް ނުނެގިއެވެ. މައިކަލް އާއި ސޮފިއްޔާގެ ކައިވެންޏަށް ދޮޅުއަހަރު ވީތަނާ މިޝްޔާ ލިބުމުން ދެން އުޅެންޖެހިފައިވަނީ ވަރަށް ބުރަކޮށެވެ. ދަރިންގެ ކަންތަކާ ފިރިމީހާގެ ކަންތަކުގައި ސޮފިއްޔާ ދުވަސްތައް ހޭދަކުރަމުން ދިޔަ ނަމަވެސް ހިތުގައި ރައްކާ ކުރވިފައިވާ މިކްޔާ ގެ ސޫރައަށް ފަނޑު ކަމެއް ނާދެއެވެ.
**
ސަފޫރާގެ ކަށުކަމާކެމީގެ ކަންތައް ނިންމާލުމަށްފަހު އެނބުރި ދިޔުމުގެ ކުރިން ސޮފިއްޔާ ބޭނުންވީ އޭނާގެ ކުރީގެ އެކުވެރިއެއް ކަމަށްވާ އާލިމާ އާއި ބައްދަލުކޮށްލުމަށެވެ. މިވީ އަހަރުތަކު ތެރޭގައި ދިރިއުޅުމައިގެން ކުރިޔައް ދިޔުމުގައި އުޅުނު ސޮފިއްޔާ އަށް ލިބުނު ފުރުސަތުގައި އެކުވެރިޔާގެ ހާލު ދެކިލުމަށް އެގެއަށް މިސްރާބު ޖެހީ މައިކަލް އާއި އޭނާގެ ކޮއްކޮ ސީމާ އާއި އެކުގައެވެ. އެގެ ހުންނަ މަގަށް އެޅިވަގުތު މީހުންތަކެއް އެއްވެ ތިބުމުގެ ސަބަބުން އެމީހުން ތިބ ކާރު ކުރިޔައް ނުގެންދެވުމުން ތިންމީހުންވެސް ކާރުން ފޭބީ އޭރު އެގެ ހުރީ ވަރަށް ކައިރީގައި ކަމުންނެވެ.
” ދައްތާ! އެއުޅެނީ ކުއްޖަކު އެކްސިޑެންޓް ވެގެންހެން ހީވަނީ..މިހިސާބުގައި ވަރަށްގިނަ ލޭވެސް އެބައޮތޭ އާދެބަލަ ބަލާލަން” ސީމާ އަކީ އަބަދުވެސް އެކަހަލަ ކަންތައްތައް ހޯދާ ބެލުމަށް ނުހަނު ފޯރި ހުންނަ ކުއްޖެއްކަމުން ސޮފިއްޔާގެ އަތުގައި ހިފާ ދަމަމުން އެދިމާ އަށް ގެންދިޔައެވެ. އޭރު ސޮފިއްޔާގެ ހިތް އޮބި ނޯންނަވަރަށް ތެޅެމުން ދިޔައީ ކީއްވެ ކަމެއް އޭނާއަށް ނޭނގުނެވެ. ގޮތް ނޭނގޭ ބާރަކުން އޭނާ އެދިމާއަށް ދިޔުމަށް މަޖުބޫރު ކުރަމުން ދިޔައެވެ.
މީހުންތައް ފޭކުރަމުން ވަތް ސީމާ ކައިރީގައި ހުރި ސޮފިއްޔާ އަށް މިކްޔާ ފެނުމާއިއެކު ވަގުތުން ދެލޯ ފެންކަޅިވިއެވެ. މޫނުމަތިން ދެކެފަރިތަ ގޮތެއް ހުރިހެން ހީވިޔަސް ކާކުކަމެއް ދެނެއެއް ނުގަނެވުނެވެ. ކާކު ކަމެއް ނޭނގުނަސް އޮތް ހާލު ފެނުމާއިއެކު ސޮފިއްޔާ އަށް މާ ބޮޑަށް ޖަޒުބާތީ ވެވުނީއެވެ. މިކްޔާ އޮތީ އެތާ މަގުގެ އެއްފަޅީގައި ހަރު ކޮށްފައިވާ ހޮޅިދަނޑިއެއްގެ ބުޑަށް ޖެހިފައެވެ. ލައިގެން ހުރި ހެދުމުގެ އަތާ ދިމާއިން ވީދި ވަނީ އަތް މަށައިގެން ގޮސްފައެވެ. ބޮލާ ދިމާއިން ތިރީގައި ވަނީވެސް ލެޔެވެ. ހީވާގޮތުން ބޯވެސް އެވަނީ ފަޅައިގެން ގޮސްފައެވެ.
” އޭނަ ނޭވައެއް ނުލާ…ހީވަނީ މަރުވީހެން” އެތަނުން މީހަކު ބުނެލިއެވެ. އެއާ ވިދިގެން އެހެން މީހަކު އޭނަ އަށް ފެނުނު މަންޒަރު ކިޔާދިނެވެ “..ހާދަ ބާރަކަށޭ މިތަނަށް އައިސް ޖެހުނީ..މަ ދެކުނިން އޭނަ ވިއްސައިގެން އައިސް ޖެހުނު ތަން..” އެއްބަޔަކު ބުނަމުން ދިޔައީ އެކުއްޖާ އެއޮތީ މަރުވެފައިކަމުގައެވެ. އަނެއް ބަޔަކު ދިޔައީ މިކްޔާ ގެ ދެދަރިންގެ ވާހަކަ ދައްކަމުންނެވެ. ” އެހެންތަ؟ ކިހާ ދެރަ ދޯ..ދެކުދިންވެސް މަރުވީ ކަންނޭގެ..މަށަކަށް ހިޔެއް ނުވޭ އެ ފިރިހެން ކުއްޖާވެސް ސަލާމަތް ކުރެވޭނެހެން..އެހާ ވަރަށް ބޮލުން ލޭ ފައިބާފައި އޮތީވެސް..”
އެއްވެސް މީހަކު އެހީވާން އުޅޭތަނެއް ސޮފިއްޔާ އަށް ނުފެނެއެވެ.
“ސީމާ ދޭބަލަ ދޮންބެއަށް ގޮވަން …މީނަ މަރެއް ނުވެޔޭ..އެކަމަކު މިހެން ތިއްބާ މަރުވެސް ވާނީ..” މިކްޔާ ކައިރިޔަށް ތިރިވަމުން ވިންދު ބަލާލުމަށްފަހު ސޮފިއްޔާ ބުނެލިއެވެ. އެތަނުން ބައެއްގެ އެހީތެރިކަމާއެކު މައިކަލް މިކްޔާ ގެންގޮސް އެމީހުންގެ ކާރަށް އެރުވިއެވެ. ކާރު ހޮސްޕިޓަލާއި ދިމާއަށް ދުއްވާލިއިރު މާދުރުން އެމްބިއުލާންސް އެއްގެ ސައިރަން އަޑު އިވެމުން ދިޔައެވެ.
“ސީމާ މިއޮށް ދަބަސް ނަގާބަލަ…” މިކްޔާގެ ވައަތު ކޮނޑުމަތިން ސައިޑަކަށް ގެނެސް ކަނާއަތު އުނަގަނޑާއި ދިމާއަށް އަޅުވާފައި އޮތް ކުޑަ އަތް ދަބަހަށް އިޝާރާތް ކުރަމުން ސޮފިއްޔާ އެހެން ބުނެލީ މިކްޔާގެ ބޯ އޭނާގެ އުނގުމަތިން ހިއްލާލަމުންނެވެ.
ސޮފިއްޔާމެން މިކްޔާ ގެންދިޔައީ އައި.ޖީ.އެމް.އެޗް ހޮސްޕިޓަލަށެވެ.” ޕޭޝަންޓްގެ ކޮންޑިޝަން ވޯސް ވަމުން އަންނަނީ..މައިބަދައަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެކްސްރޭތަކުން ދައްކަނީ..ބޯވެސް ފަޅައިގެންގޮސް ވަރަށް ގިނައިން ލޭފައިބާފައި ވުމުން ލޭއަޅަން ޖެހޭ އެބަ..ދެން އަޅުގަނޑުމެންނަށް މިކޮޅުގައެއް ނެތް އޮޕަރޭޝަން ކުރެވޭކަށް..ރާއްޖެއިން ބޭރަށް ގެންގޮސް ރަނގަޅު ހޮސްޕިޓަލަކުން ފަރުވާ ކުރިއްޔާ ބޮޑަށް ރަނގަޅުވާނީ..” އޮޕަރޭޝަން ތިއޭޓަރުން ނިކުތް ޑޮކްޓަރަކު މައިކަލް އާއި މުޚާތަބުކޮށް ބުންޏެވެ. ވަގުތުން މިކްޔާ ރާއްޖެއިން ބޭރަށް ގެންދިޔުމަށް ޑޮކުޓަރުން ލަފާދިނުމާއި އެކު ސޮފިއްޔާ ބޭނުންވީ އެކަން ކުރުމަށެވެ. ނަމަވެސް މައިކަލް އެދުނީ އާއިލާ މީހަކަށް ހަބަރު ކުރުމަށްފަހުގައި މެނުވީ އެއްވެސް ކަމެއް ނުނިންމުމަށެވެ. ސީމާ އާއި ސޮފިއްޔާ އިނީ އެތަނުން ގޮނޑިބަރިއެއްގައި އިށީނދެގެންތިބީ ދެން ހަދާނެ ގޮތެއް ނޭނގުމުންނެވެ.
” ދައްތާ ކާރު ތެރޭގައި ވެއްޖެއްނު އެ ކުއްޖާގެ ބޭގް…ހިނގާބަ އޭގެއެތެރެ ބަލާލަން ފަހަރެއްގައި އޭނަ އާއި ބެހޭ މައުލޫމާތެއް ލިބިދާނެ” ކުއްލިއަކަށް ކަމެއް ހަނދާން ވުމާއި އެކު ސީމާ ބުނެލިއެވެ. ސޮފިއްޔާވެސް އެކަމަށް އެއްބަސްވެ ދެމީހުން ހިނގައިގަތީ ހޮސްޕިޓަލުން ބޭރަށެވެ.
އެ ދަބަސްތެރޭގައި އޮތީ ވޮލެޓަކާއި ތިން ޕާސްޕޯޓާއި ސިޓީއުރައެއްގެ އިތުރުން ފޮޓޯ ފްރޭމް އެކެވެ. ފްރޭމްގެ ތެޅިފައިވާ ބިއްލޫރިތައް ދަބަސް ތެރެއަށް ފައިބާފައިވެއެވެ. ސީމާ ވޮލެޓް ނެގުމަށްފަހު ދަބަސް ދިއްކޮށްލީ ސޮފިއްޔާ އަތަށެވެ. އެވަގުތު ސޮފިއްޔާ އަށް ތެޅިފައިވާ ފްރޭމް ތެރޭގައި އޮތް ފޮޓޯފެނި އެބާލުމަށް ޝައުގުވެރި ވެވުނެވެ. އެފޮޓޯގައި އިނީ ކުޑަ އަންހެން ކުއްޖަކާ ފިރިހެން ކުއްޖެކެވެ. އެކުޑަ އަންހެން ކުއްޖާގެ ފޮޓޯ އެންމެ ވައްތަރީ މިކްޔާގެ އެއުމުރުގެ ތަސްވީރަކާއެވެ. ސޮފިއްޔާ އަށް އެއްޗެއް ވިސްނާނެ ފުރުސަތެއް ނުލިބުނީ ސީމާގެ އަޑުންނެވެ.
” އައިމިނަތް މިކްޔާ އިބްރާހީމް…ދައްތާ މީ ތިރަށު ކުއްޖެކޭ ބަލާބަލަ މިއޮތީ އައިޑީކާޑުވެސް..” ސީމާގެ އެބަސްތައް ސޮފިއްޔާ އަށް އިވުނީ ހޮނު ގުގުރިއެއްހެންނެވެ. ފައިގެ ވަރު ދޫވެ ބިންމައްޗައް ތިރިވެވުނު ގަޑީގައި މައިކަލް ގެ ބާރުގަދަ އަތުތެރެއަށް ސޮފިއްޔާ ގެނައެވެ. އެވަގުތު އެތަނަށް އާދެވުނުކަން އެއީ ހަމަ ނަސީބެވެ.
“މައިކް…މަގޭދަރި..އެފަކީރު އެއޮށް މަރުވަނީ.. ހިނގާ ދާން އަވަސް ކުރޭ…މިކްޔާ މަންމަ ދޫކޮށްފައި ނުދޭ..ޕްލީޒް ދަރިފުޅާ ނުދޭ” ސޮފިއްޔާ އަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގެއެވެ. ރޮމުން ގިސްލަމުން މައިކަލް ގައިގަ އޮޅުލަމުން ދިޔައިރު ހީވަނީ ދެންމެ ދެންމެ ހިތް ހުއްޓިދާނެހެންނެވެ.
އެވަގުތުވެސް ސީމާ އުޅުނީ ދަބަސް ތެރޭގައި އޮތް ސިޓީ އުރައިގައިވާ އެއްޗެއް ބެލުމުގައި އަވަދިނެތިއެވެ.
” ދައްތާ މިކުއްޖާ މީހަކާ އިނދެ ވަރިވެފައިވާ ކަމުގެ ލިޔުންތަކުގެ ކޮޕީއެއްވެސް އެބައޮތް..ކޮންމެވެސް އިކްރާމް އަހުމަދު ޝާކިރަކާއި ކައިވެނި ކުރިކަމަށް މީގަ މިއޮތީ އެކަމް އެއީ ވަރަށް ދުވަސްވީ މީހެއް މިބުނީ އެކުއްޖާ އާއި ބަލާފައި..” ސީމާ އެގަނޑުތައް ސޮފިއްޔާ އަތައް ދެމުން ބުނެލިއެވެ.
ތުރުތުރު އަޅަމުން ދިޔަ އަތަކުން ސޮފިއްޔާ އެގަނޑުތައް ބަލަމުން ދިޔައެވެ. އެވަގުތު އޭނާ އަށް ޤަބޫލު ކުރަންވެސް ދަތިވީ އާލިމާގެ ފިރިމީހާ އެފަދަ ޖަރީމާއެއް ހިންގާފާނެކަމެވެ. މާލޭގެ ގަދަރުވެރި ގެއަކަށް ނިސްބަތްވާ އެހާ މަޝްހޫރު ޑޮކްޓަރަކު އެފަދަ ދަށު ދަރަޖައިގެ އަމަލެއް ހިންގާފާނެ ކަމާމެދު އެއްވެސް މީހަކު ޝައްކެތް ނުކުރާނެއެވެ.
ސޮފިއްޔާ އާއި މައިކަލް މިކްޔާ ގޮވައިގެން ވަގުތުން ފުރައިގެންދިޔައީ އެއްވެސް މީހަކަށް މިކްޔާ އާއި ހަމައަށް ވާސިލް ނުވެވޭނެ ގޮތަށެވެ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ShaiShy

Level 410 Stories100 Comments500 Comments

Other Articles

Previous

އެ ހަނދާންތައް 2

Next

ރިޔާޝާ (10ވަނަ ބައި)

Next
October 27, 2016

ރިޔާޝާ (10ވަނަ ބައި)

Previews
October 27, 2016

އެ ހަނދާންތައް 2

29 Comments!

  1. kayashandy says:
    October 27, 2016 at 6:21 pm

    next part soon.. keep waiting..:)
    hope u ll all like this one too..plx leave ur comments..
    thank you so much 🙂

  2. mash says:
    October 27, 2016 at 6:30 pm

    V v nice???

    1. kayashandy says:
      October 27, 2016 at 8:50 pm

      thank you mash☺

  3. Aislin says:
    October 27, 2016 at 6:44 pm

    Kon irakun anehbai. So nice.

    1. kayashandy says:
      October 27, 2016 at 8:51 pm

      insha allah tonyt i ll try to upload new part

  4. Aimsithu says:
    October 27, 2016 at 6:47 pm

    Wow

    1. kayashandy says:
      October 27, 2016 at 8:52 pm

      thank you ☺

  5. xenn says:
    October 27, 2016 at 7:07 pm

    Varh rythi..nxt part kiyaa hithun kehmadhu vefa

    1. kayashandy says:
      October 27, 2016 at 8:53 pm

      thank you so much xenn…insha allah thi inthizaarah avas nimumei geneveythw try kuraanan…keep waiting ☺

  6. sama says:
    October 27, 2016 at 7:25 pm

    kobaatha fasaanaage maana aky?

    1. Saandy says:
      October 27, 2016 at 7:32 pm

      ހިތުގެ އުދާސްތައް

  7. sama says:
    October 27, 2016 at 7:26 pm

    Nd vaahaka vvv reethi ??

    1. kayashandy says:
      October 27, 2016 at 8:54 pm

      thankz sama☺

  8. Saandy says:
    October 27, 2016 at 7:34 pm

    ވަރަށް ވަރަށް ރީތި… އަޅެ މިކްޔާއަށް ހިނގޭނެ ގޮތް ހަދައްޗޭ… 14ވަނަ ބަޔަށް އެބަ ވަރަށް އިންތިޒާރު ކުރެވޭ… 14ވަނަ ބައި އަވަސްކޮށްލައްޗޭ

    1. kayashandy says:
      October 27, 2016 at 8:55 pm

      hingaa dhw balan saandy…heheh…mikya varah hiyvarugadha vaane…dn neynge mihaaruge gothei bunaakah…btw thank you so much for de lovely comments ☺

  9. RaM says:
    October 27, 2016 at 8:29 pm

    Waaaaa vv salhi next part kon irakun. Plx avahah up kohdhechey

    1. kayashandy says:
      October 27, 2016 at 8:56 pm

      insha allah RaM..☺ thank you so much for ur support ☺

  10. anu says:
    October 27, 2016 at 8:40 pm

    Auf akee miky ge brother tha. ?
    Story salhi

    1. kayashandy says:
      October 27, 2016 at 8:57 pm

      let’s c anu..☺ 2 meehunves mamma mikiyanee ekakah dhw…dn neynge kihinei kamei vaanee…keep reading☺

  11. Faathun says:
    October 27, 2016 at 8:51 pm

    Alhe mikya and shamaan gulhuwahchey …

    1. kayashandy says:
      October 27, 2016 at 8:59 pm

      hinga dhw fenna nufenna vote ei nagan…shamaan ah mikya libeythw balan…heheh☺

  12. Anonymous says:
    October 27, 2016 at 10:00 pm

    Auf is mikua’s step brother right ?

    1. kayashandy says:
      October 28, 2016 at 12:25 am

      let’s c dhw…☺ thanks

  13. Qeen says:
    October 27, 2016 at 10:06 pm

    vvvv reethi javaabunulibunu suvaaluge javaabu libijje dho kudhin ney

    1. kayashandy says:
      October 28, 2016 at 12:27 am

      dhw queen….hhehe…☺ aslu kudhin kudhin maa vahah kanthah olhun filuvan ulheythyve ehen vanee..insha allah story nimeyiruga hurihaa suvaaleige javaabu libeyne…☺

  14. Aish says:
    October 27, 2016 at 10:14 pm

    Nice story

    1. kayashandy says:
      October 28, 2016 at 12:27 am

      thanku aish…☺

  15. Samsam says:
    October 27, 2016 at 11:51 pm

    OMG…haadha molhey sifakurun thakaa ibaaraai kohfa huri goi…brh molhu egey…im waitin for nxt part…

    1. kayashandy says:
      October 28, 2016 at 12:28 am

      thanku samsam…happy to c ur comment…☺

Comments are closed.

Next Episodeމިހިތުގެ ފަސާނާ 14←


All Right Reserved!