Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތުގެ ފަސާނާ 10

ShaiShy Level 410 Stories100 Comments500 Comments
October 22, 2016 16 Mins Read
30 Comments

އިކްރާމް ހިންގަމުން އަންނަ 2ރިޒޯޓުގެ އިސްވެރިންނާ ބައްދަލު ކުރުމަށް މީޓިންއަށް ތައްޔާރުވުމަށް އޮފީހުގައި ވަރަށް ބުރަކޮށް އުޅެނިކޮށް އޭނާގެ ފޯނު ރިންގް ވިއެވެ. އެކޮޅުން ގުޅަނީ ޝާންތީ ކަން އެނގުމުން ވަގުތުން ފޯނަށްޖަވާބު ދިނެވެ. ޝާންތިގެފަރާތުން ލިބުނު ޚަބަރަކުން އިކްރާމްގެ ހިތުގެ ހިނގުންވެސް ހިނދުކޮޅަކަށް މަޑުޖެހިލިއެވެ.
އިކްރާމް ހުރިހާ މީޓިންއެއް ކެންސަލްކޮށްފައި ވަގުތުން ފުރައިގެންގެން ލަންކާ އަށް ދިޔައީ އާލިމާ ކައިރީގައި ރިޒޯޓަށް ދާކަމަށް ބުނެފައިއެވެ. އިކްރާމް ދެކޭގޮތުގައި މިވަގުތު މިކްޔާ އަށް އެންމެ ބޭނުންވާނީ އޭނާގެ އަޅާލުމާއި އޯގާތެރިކަމެވެ.

މިކްޔާ މަޑުމަޑުން އެސްފިޔަތައް ދުރުކޮށްލުމަށްފަހު ވަށައިގެން ބަލާލީ ވަރުބަލިކަމާއެކުއެވެ. އޭނާ ހަވީރު ބަގީޗާގައި ގަސްތަކަށް ފެންދޭން ހުއްޓާ ބޮލަށް އެނބުރުން އެރިކަން އެނގުނެވެ. ދެން ހޭލެވުނު އިރުގައި މި އޮއެވުނީ ކޮޓަރީގައިއެވެ. އޭރު ޝާންތި ޖޫސް ތައްޓެއް ތަބަކަކަށް ލައިގެން މިކްޔާ ގެ ކޮޓަރިއަށް ވަންނަނީއެވެ.
” އަހަރެން މިތާ ކިހިނެއް؟ ކާކު ގެނައީ މިތަނަށް..” މިކްޔާ ސުވާލު ކޮށްލިއެވެ.
” މެޑަމް ވެއްޓެނީނު..ދެން އަހަރެން ބިރުގަންނަނީމާ ޒަކީ ގެންނަނީ” ޝާންތީ އޭނާގެ ކޮށި ދިވެހިން ވާހަކަދައްކަން މަސައްކަތް ކުރަމުން ބުނެލިއެވެ. މިވީ މަދު ދުވަސްކޮޅުތެރޭ މިކްޔާ ވަނީ ޝާންތީ އަށް ދިވެހިން ވާހަކަދައްކަން ދަސްކޮށްދީފައި އެވެ.
“އެހެންތަ..؟ ދެން މިހާރު މިރެއަށް ބަތް ކެއްކީތަ؟..އަހަރެން ވަރަށް ބަނޑުހައި..” މިކްޔާ ޖޫސްތަށި ތުބުގައި ޖަހަމުން އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ. އަދިވެސް އޭނާގެ ބޮލަށްވަނީ ބަރުވެފައެވެ. މޭނުބައި ކުރާހެންވެސް ހީވެއެވެ.
“މެޑަމް ރެސްޓް ކުރަނީ..ބޮސް ބުނަނީ ގިނައިން ޖޫސް ބޯށޭ..” މިކްޔާ ތެދުވަން އުޅޭހެން ހީވުމުން ޝާންތި އެހެން ބުނުމަށްފަހު ތަބަށް ހިފައިގެން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
” ޝާންތީ އަށް ބޮސް ގުޅާތަ؟ ކޮންއިރަކު ބުނީ އެހެން” މިކްޔާ ހައިރާންވީ އިކްރާމް ގުޅާވާހަކަ ޝާންތީ ސިއްރު ކުރުމުންނެވެ.
” ބޮސް ގުޅަނީ ކޮންމެ ދުވަހަކު..މެޑަމްގެ ވާހަކަ އަހަނީ..ދެން މިހާރު މިކޮޅަށް އަންނަނީ..” ޝާންތިގެ ވާހަކަތަކުން މިކްޔާގެ މޫނުމަތިން ފޫހިކަން ފެނިގެން ދިޔައީ އިކްރާމް އަންނަ ވާހަކަ ބުނުމުންނެވެ.
“ދެން ކީއްކުރަން ކޮންމެހެން އޭނަ އަށް ގުޅާފަ ބުނަނީ..އަހަރެން ބަލިވީ އެއްވެސް ނޫން ކަންތައް ބޮޑު ކޮށްލާކަށް..” ނުރުހުންކަމާއެކު މިކްޔާ އެހެން ބުނެލިއިރުގައި ދެލޮލުން ފާޅުވަމުން ދިޔައީ އިންތިހާއަށް ރުޅިވެރިކަމެވެ. އެހާ ކުޑަ ކަމަކާވެސް ރުޅިއާދެވުނީ އިކްރާމް އަށް ކުރާ ނަފްރަތަކުންނެވެ.
” މެޑަމް ނޭނގެނީތަ..ބޮސް އުފާވަނީނު މެޑަމް ބަނޑުބޮޑުވީމަ..އެހެންވެ އަންނަނީ މިރޭ..” ޝާންތި އެހެން ބުނުމަށްފަހު ކޮޓަރިން ނިކުމެގެން ދިޔައީ މިކްޔާގެ އިތުރު ސުވާލެއް ކުރިމަތިވެދާނެތީއެވެ.
މިކްޔާ އަށް އިނދެވުނީ ލިބުނު ޚަބަރަކުން އެކަން ޤަބޫލުކުރަން ދަތިވެފައެވެ. “ނޫން..ނޫން..ކީއްވެ…އަހަރެން ބޭނުމެއްނޫން އޭނަ އަށް ދަރިއެއް ހޯދާކަށް” ކޮޓަރި ތެރޭ ދެކޮޅު ދެކޮޅަށް ހިނގަމުން ދިޔަ މިކްޔާ ހީވަނީ ދެންމެ ދެންމެ މޮޔަވެދާނެހެންނެވެ. މީ އެއްގޮތަކަށްވެސް އޭނާ އުއްމީދު ކުރި ގޮތެއް ނޫނެވެ. މިކްޔާ ދެފައި ވާޅުވުމުން ގޮސް އެނދުގައި އޮށޯތީ ވަރުބަލިކަން އިހުސާސް ވުމުންނެވެ. އެނދުގައި އޮށޯތުމަށްފަހު ބާލީސް ތެރޭގައި މޫނު ފޮރުވާލީ އޭނާ ރޯއަޑު އެހެން މީހަކަށް އިވިދާނެތީއެވެ. އެތައް އިރަކު އެހެން އޮތުމަށްފަހު މިކްޔާ ތެދުވެ ފާހާނާ އަށް ވަދެ ވުޟޫ ކޮށްލައިގެން ނަމާދަށް އެރީ ހިތައް ހަމަޖެހުމެއް ހޯދުމަށެވެ.
**
ނިދިފައި އޮތް މިކްޔާ އަށް ސިއްސައިގެންގޮސް ހޭލެވުނީ މީހަކު ގައިގައި އަތްލިހެން ހީވުމުންނެވެ. ފުންމައިގެން ތެދުވެ ދުރަށްޖެހިލެވުނީ އެއަތް ފޮޅާލާފައިއެވެ.
“މަޑުމަޑުން އުޅެބަލަ..މިދުވަސްކޮޅު ދެން ތިހެން އުޅެގެން ކަމަކު ނުދާނެ..” މިކްޔާ ކައިރީގައި އިން އިކްރާމް އިނީ ނުހަނު ކަންބޮޑުވެފައެވެ.
” ހެވޭ..ކަލެއާ ކޮންބެހޭކަމެއް..ކުރެވުނު ކަންތައް މަދުވީމަދޯ އުނަދގޫ ކުރަން ތިއައީ؟..ދާން އުޅޭ މިތަނުން..” މިކްޔާ ރުޅިވެރިކަމާއެކު މޫނު އަނެއް ފަރާތައް އަނބުރާލަމުން ބުނެލިއެވެ. އިކްރާމް ހުރީ މި ނުވިސްނޭ އަންހެން ކުއްޖާ އުޅޭގޮތުން ހަދާނެގޮތެއް ނޭނގިފައިއެވެ. އިކްރާމް މިކްޔާގެ އަތުގައި ހިފުމަށްފަހު ކައިރީ އިށިންނަން އިޝާރާތް ކޮށްލިއެވެ.
” އަތް ނުލާތި މަގޭ ގައިގަ..ކަލެއަށް އަޑު ނީވޭތަ ދާށޭ ބުނި އަޑެއް؟..ބީރުވެފަދޯ ތި އިންނަނީ؟..އިނދެބަލަ މިތާދެން..މަމިދަނީ ދާން..” މިކްޔާ އެހެން ބުނެފަ ދާން ހިނގައިގަތް ވަގުތު އެތާ ހުރި ކުޑަ މޭޒެއްގައި އަޅައިގަތުމާއެކު ވެއްޓި އެނދުގެ ކަނެއްގައި ޖެހި ބޯ ފަޅައިގެން ދިޔައެވެ.
**
“ނައު ޝީ އިޒް އައުޓް އޮފް ޑެންޖާ..ބަޓް ޔޫ ހޭވް ޓް ބީ ވެރީ ކެއާފުލް.. ޝީ އިޒް ވެރީ ޔަންގް ޓް ހޭވް އަ ބޭބީ..އެން އެމް އެފްރެއިޑް ދެޓް ޝީ މައިޓް ލޫސް ހާ ބޭބީ އިފް ސަޗް އިންސިޑެންޓް ރިޕީޓް އަގައިން..
” އެން ވަން މޯ ތިންގް.. އައި ސަޖެސްޓް ޔޫ ޓް ސްޓޭ އަވޭ ފްރޮމް ހާ.. އެޓްލީސްޓް ފޯ އަ ކަޕްލް އޮފް މަންތްސް..އައި ހޯޕް ޔޫ ނޯ ވަޓް އައި މެންޓް..” ޑޮކްޓަރު ދެއްކި ވާހަކައަށް އެއްބަސް ވުމުގެ ގޮތުން އިކްރާމް ބޯޖަހާލިއެވެ. އެރޭ ހޮސްޕިޓަލް އޮބްޒަވޭޝަންގައި ބޭއްވުމަށްފަހު މިކްޔާ ޑިސްޗާޖް ކުރީ އޭގެ އަނެއްދުވަހު ހެނދުނުގެ ވަގުތެއްގައިއެވެ.
އިކްރާމް އޭނާގެ ދެދުވަހުގެ ދަތުރަށްފަހު މާލެ އައީ އަންނަ ހިތުންނެއް ނޫނެވެ. ނަމަވެސް ހޮސްޕިޓަލުން ނެގި ޗުއްޓީވެސް ހަމަވުމާއެކު އަންނަށް މަޖުބޫރުވީއެވެ. އިކްރާމް އަކީ އޭޑިކޭ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އަންނަ ހިތުގެ ބަލީގެ ހާއްސަ ޑޮކްޓަރެކެވެ. އަދި މީގެ އިތުރުން އޭނާ ވަނީ ދާދި ފަހުން ޓޫރިޒަމް ދާއިރާގައިވެސް ފައިތިލަ ސާބިތުކޮށްފައިއެވެ. އިކްރާމްވަނީ ދެ ރިޒޯޓެއް ގަނެ ހިންގަން ފަށާފައިއެވެ. ކުޑަ ދުވަސްކޮޅެއް ފަތުރުވެރިންގެ މަންޒިލަކަށް އިކްރާމްގެ ރިޒޯޓްތައް ވުމާއެކު އެދާއިރާގައިވެސް އޭނާ އަކީ ނުހަނު ކާމިޔާބު މީހެކެވެ.
**
ދުވަސްތައް އޭގެ ހަލުއިމިނުގައި ފާއިތުވަމުން ގޮސް 7 މަސް ވެއްޖެއެވެ. މިކްޔާ އޭނާގެ ބޮޑު ބަނޑާއެކު ބަގީޗާގައި ހުރި ހަޓް ތެރޭގައި އިނީ ހަވީރުގެ ސަޔަށް އިންސާފުކުރާށެވެ. ބަނޑު ބޮޑުވެގެން މިވީ 7 މަސް ދުވަސް ތެރޭގައި އިކްރާމްގެ އެއްވެސް ހަބަރެއް ނުވުމުން އެކަމާ އޭނާ ނުހަނު ހިތްހަމަ ޖެހެއެވެ. ހީވާގޮތުން އިކްރާމް ވެސް ބޭނުންވާ ކަންތައް ވުމާއެކު ދެން އެހާވަރަކުން މިކްޔާ އާއި އިތުރު ގުޅުމެއް ބާއްވަން ބޭނުން ނުވާކަހަލައެވެ. އެއީ މިކްޔާވެސް ބޭނުންވާގޮތެވެ. އޮޅުވާލައިގެން ކުރެވުނު ކައިވެންޏެއް ދަމަހައްޓަން މިކްޔާ ބެނުމެއް ނޫނެވެ. އަދި މިގުޅުމުގައި ލޯބީގެ ޒައްރެއްގެ މިންވަރެއްވެސް އޮތީއެއް ނޫނެވެ. އެއީ ދުވަހެއްގެ ކޮޅުންވެސް ވާނެ ކަންތަކެއް ނޫނެވެ. އެހެން ކަމުން މާނައެއްނެތް ގުޅުން ދަމަހައްޓައް މިކްޔާގެ ފަރާތުން އެއްބާރު ލިބުންއެއީ ވުން ނާދިރުކަމެކެވެ. ނަމަވެސް މިއަދު މިކްޔާ އަށް މަޖުބޫރުވެފައި އެވަނީ އޭނާގެ ދަރިންނަށްޓަކައި އިކްރާމްގެ ތައްޕާހުގައި އުޅުމަށެވެ. މިތަން ދޫކޮށް ދާނެ ވަކި އިތުތަނެއް އޮތީއެއްވެސް ނޫނެވެ. އަޅާލާނެ ޔާރެއް މި ބީރައްޓެހި ބިމުގައި ނެތެވެ.
މިކްޔާ އަށް މިހާރު އެންމެ މުހިއްމީ އޭނާގެ ބަނޑުތެރޭ ދިރެމުން އެދާ ކުޑަ ކުޑަ ދެ ފުރާނައެވެ. އެއީ އޭނާގެ މުޅިދިރިއުޅުމެވެ. ދިރިހުރުމަށްޓަކާ އާއުއްމީދެއް އާކުރި އަލި ކަމަކީ އެއީއެވެ. ފުރަތަމަ ދުވަހު މިކްޔާގެ ހަށިގަނޑުތެރޭން އެދެ ފުރާނަ ތޮޅިލިކަން އިހުސާސްވީ ވަގުތު މިކްޔާ އޭނާގެ ހުރިހާ ހިތާމައެއް ހަނދާން ނެތުނު ފަދައެވެ. އެދެކުދިންނާ އެތައް އިރަކު ފޫހިކަމެއް ނެތި ވާހަކަދެއްކުމުގައި މިކްޔާގެ ވަގުތުތައް ހުސްކުރިއެވެ.
**
މިކްޔާގެ ބަނޑަށް 5 މަސްވީތަނާ އިކްރާމް އެނބުރި ލަންކާ އަށް ދިއުމަށް ތައްޔާރުވަމުން ދަނިކޮށް ކުއްލި ގޮތަކަށް ސިންގަޕޫރަށް ފުރައިގެންދާން ޖެހުނީ އާލިމާ މާބޮޑަށް ބަލިވުމުންނެވެ. ލޯބިވާ އަނބިމީހާ އަށް ދެރަގޮތެއް ވާން އިކްރާމްގެ ހިތެއް ނުރުހެވުނެވެ. މިކްޔާ އަދި ވިހަންވެސް ވަގުތު އޮތުމާއެކު އާލިމާ އާއި އެކު ދިޔައީ އެގެޔަށް އިތުރު ލަންކާ މީހަކު ގެނެއްސައެވެ. ތާ އަބަދު މިކްޔާގެ ހަބަރުތައް އިކްރާމަށް ލިބެމުން ދިޔައީ ގޭގައި ގެންގުޅޭ މީހުންގެ ފަރާތުންނެވެ. ޑޮކްޓަރަށް ދެއްކުމުގެ ކަންތަކާ މިކްޔާ އަށް ބޭނުންވާ އިތުރު ހުރިހާ ކަމެއް ފަރުވާތެރި ކަމާއެކު ކުރުމަށް އިކްރާމް ވަނީ އެމީހުން ރުހޭނެ ވަރަށް މުސާރަ ހަމަޖައްސާފައިއެވެ. އާލިމާގެ ބަލި ހާލަތު އިތުރަށް ގޯސްވެ ހިތުގެ އޮޕަރޭޝަނެއް ކުރުމަށްޓަކައި އިތުރު 2މަސް ދުވަސް މަޑުކުރަން ޖެހުމުން އިކްރާމްވެސް އާލިމާ އާއި އެކުގައި މަޑުކުރީ އާލިމާގެ އިތުރު މީހަކު ނެތުމުންނެވެ. ހުރި ހަމައެކަނި ކޮއްކޮވެސްވީ ލަންޑަނުގައިއެވެ.
**
މިކްޔާގެ ބަނޑަށް 8 މަސް ވީތަނާ އޭނާ އަށް އުނދަގޫ ތަކެއް ވާން ފެށިއެވެ. ނަމަވެސް އެއްވެސް މީހެއްކައިރީގައި އެވާހަކަ ނުބުނެ މަޑުކޮށްލީ ވިހަން ދީފައިވާ ޑޭޓަށް ދުވަސް އޮތުމުންނެވެ.
އެއްދުވަހެއްގެ މެންދުރުގެ ވަގުތެވެ. މިކްޔާ އުޅުނީ ކޮޓަރިތެރޭގައި އެއްޗެހިތަކެއް ޕެކްކުރިމުގައިއެވެ. މިއަދު ހެނދުނުއްސުރެ މާ ވަރަކަށް އުނަގަނޑުގައި ރިއްސަމުން ދާތީވެ އޭނާ ވިހާވަގުތު ކައިރިވެއްޖެކަމަށް ޝާންތީ ހިއްސާކޮށްފައި ވާހަކަތުކުގެ އަލީގައި މިކްޔާ އަށް ވިސްނުނެވެ. އެއްޗެހިތައް ޕެކްކޮށްލުމަށްފަހު ހިންދެމިލި ވަގުތު ކުއްލިއަކަށް އުނަގަނޑާއި ބަނޑާ އެއްކޮށް ރިއްސައިގަނެއްޖެއެވެ. “މަންމާ…..” މިކްޔާ އަޑުގެ ކޮޅަށް ހަޅޭލަވައިގަތީ ވަމުންދިޔަ ތަދު އިހުނަށްވުރެ ގަދަވަމުންދާތީއެވެ. އޭރު އޭނާ ލައިގެން ހުރި ހަރުވާޅު ތެމެމުންދިޔަ ކަމުގެ އިހްސާސް ކުރެވުނެވެ. މިކްޔާ އަށް ވާނުވާ ނޭނގޭ ވަރަށް ބަނޑުގައި ރިހެމުން ދިޔައެވެ. ނޭވާ ހަމައަކަށް އަޅުވަމުން ޝާންތީ އަށް ގޮވަން މަސައްކަތް ކުރަމުން އެނދުގައި އިށީނދެލީ ކޮޅަށް ހުންނާނެ ހިތްވަރެއް ނުލިބުމުންނެވެ.

އެވަގުތަކީ މިކްޔާ އަށް ކާން ހިފައިގެން ޝާންތީ އާއި ހަޔާ އެކޮޓަރިއަށް ވަތް ވަގުތެވެ. ޝާންތީ ފެނުމާއެކު މިކްޔާ އަށް ރޮއެގަނެވިއްޖެއެވެ .” ޝާންތީ…އަހަރެން…އާހް..ބަނޑު…” މިކްޔާ އަށް އޭރު ގިސްލެވެމުން ދިޔައީ ވަމުންދާ ތަދު އިންތިހާ އަށް ދިޔުމުންނެވެ. މިކްޔާ އޭރު ހުއްޓިގެން ހުރި ދިމާ ތިރިން ޓައިލްސް މަތީގައިވަނީ ފެނުގެ ކޯރެއް އުފެދިފައެވެ. ޝާންތީ އަށް މިކްޔާ ފެނުމާއެކު ވަގުތުގެ ނާޒުކުކަން އެނގުނެވެ. ޝާންތީ އަވަސްވެލީ މިކްޔާ އަށް އެހީވުމަށެވެ. އެއަށްފަހު ޒަކީ އަށް ފޯނު ކުރުމަށް ފަހު ކާރު ރެޑީ ކުރުމަށް އަންގަމުން ކައިރީގައި ހުރި ހަޔާ އަށް މިކްޔާގެ ދަބަހާ ހޮސްޕިޓަލް އަށް ގެންދާއިރު ބޭނުންވާނެ ސާމާނު ނަގަން ބުނެލިއެވެ. މިކްޔާ ވަނީ މާކުރިންވެސް އެއެއްޗެހި ތައްޔާރު ކޮށްފައި އެވެ.
3 މީހުންގެވެސް ހަރަކާތްތައް ނުހަނު އަވަހެވެ. ދާދި ކުޑަހިނދުކޮޅެއްގެ ތެރޭގައި ހޮސްޕިޓަލަށް ދިއުމަށް މިސްރާބު ޖެހިއެވެ. ޝާންތީ އޭނާގެ ތަޖުރިބާގެ އަލީގައި މިކްޔާ އަށް ކަންތައް ކުރަންވީ ގޮތްކިޔައިދެމުން ދިޔައެވެ. 10 މިނެޓްގެ ކުރު ދަތުރަކަށްފަހު ހޮސްޕިޓަލަށް އާދެވުމާއިއެކު މިކްޔާ އަށް ފަރުވާ ދިނުމަށް ޑޮކްޓަރުންނާއި ނަރުހުން އަވަސްވެގަތެވެ. އޭރު މިކްޔާގެ ވޯޓާބޭގް ފަޅައިގެން ގޮސް ގިނައިރުވުމުގެ ސަބަބުން ދެ ކުދިންގެވެސް ހިތުގެ ވިންދު ވަނީ ލަސްވެފައެވެ. ވަގުތުން އޮޕަރޭޝަން ކުރުމަށް މިކްޔާ ތިއޭޓަރަށް ވެއްދި ވަގުތަކީ އިކްރާމްވެސް އެތަނަށް އައި ވަގުތެވެ. ޝާންތީ ވަނީ ހެނދުނުގެ ވަގުތެއް ގައި އިކްރާމަށް ގުޅާފައި އަވަހަށް އައުމަށް އެދިފައިއެވެ. ސަބަބަކީ މިކްޔާ އަށް މި ވޭތުވި 3 ދުވަހު ވަމުން އަންނަ އުނދަގޫތަކުން ޝާންތީ އަށް ހުރިހާ އެއްޗެއް ވިސްނުނީ އަމިއްލަ އަށް ވެސް އެ ތަޖުރިބާ ކޮށްފައިވާތީއެވެ. ޝާންތިގެ ކޯލެއް އައި ވަގުތަކީ އާލިމާ ގޮވައިގެން އެނބުރި ރާއްޖެ އައި ވަގުތު ކަމުން އެއާޕޯޓްގައި ހުރެގެން ލަންކާ އަށް ޓިކެޓް ނެގުމަށްފަހު އާލިމާ ގެއަށް ގެންގޮސް ލުމަށްފަހު އިކްރާމް ލަންކާ އަށް ފުރައިގެން އައީ އާލިމާގެ ސުވާލުތަކަށް ފަހުން ޖަވާބުދޭނެކަމަށް ބުނަމުންނެވެ.
**
މިކްޔާ ތިއޭޓަރަށް ވެއްދިތާ 30 މިނެޓް ފަހުން 2 ނަރުހުން ނިކުމެ ދޮރުމަތީގައި ހުރެ މިކްޔާގެ ރިލޭޓިވް އަށް ގޮވާލިއެވެ. ” ކޮންގްރެޗްލޭޝަންސް! އިޓްސް އަ ބޯއި އެން އަ ގާލް..” އިކްރާމާއި ދިމާ އަށް ދެކުދިން ދިއްކޮށްލަމުން އެތަނުން ނަރުސް ކުއްޖަކު ބުނެލިއެވެ. އިކްރާމަށް އޭނާގެ ކުދިން ފެނުނު ވަގުތު ދުނިޔެއިން މޮޔަ ނުވީ ކިރިޔާ އެވެ. އޭރު އޭނާގެ ދެއަތްވެސް ތުރުތުލަމުން ދިޔައެވެ. ލޯބި ފުށްގަނޑެއްހެން އޮތް ދެކުދިން އުރާލިވަގުތު އޭނާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ އައީ ދިގު އިންތިޒާރެއްގެ ނިމުން މިހާ އުފާވެރިކޮށް އައުމުންނެވެ.

**
މިކްޔާ އޭނާގެ ދެކުދިން ކައިރީ ބާއްވައިގެން އޮތީ ދެކުދިންގެ މޫނަށް ބަލަހައްޓައިގެންނެވެ. އެދެކުދިން ފުރަތަމަ ފެނުނު ވަގުތު މިކްޔާގެ ހިތް މައިވަންތަ ކުލުނުން ފުރިގެން ބަންޑުންވިއެވެ. އެވަގުތު ބަޔާންކުރަން ދަތި އިހުސާސެއް ކުރެވުނެވެ. މިއަދު އިކްރާމް ގެ މަޤާމުގައި ޝަމާން ހުރިނަމަ މިކްޔާގެ އެ ކުޑަ ކުޑަ އާއިލާ ފުރިހަމަ ވާނެއެވެ. ނަމަވެސް ވެދިޔަ ކަންތަކުގައި އެ މައުސޫމު ކުދިންގެ އެއްވެސް ކުށެއް ނެތެވެ. މިކްޔާ އޭނާގެ ހުރިހާ އުފާތަކެއް އެކުދިންގެ ހައްޤުގައި ގުރުބާން ކުރަން ފަހެއް ނުޖެހޭނެއެވެ.
” މަންމި ގެ ދޫނިކޮޅުތައް ހާދަ ލޯބިކޮށްނޭ މިއޮތީ..ތިގޮތައް އަބަދުވެސް މަންމި އާއި އެކު ވާތި..މަންމިގެ ނެތް ދަރިފުޅުމެން ނޫން މީހެއް..” މިކްޔާ އޭނާގެ ދެކުދިންގެ ބޮލުގައި ލޯބިން ފިރުމާލީ ހިތައްއެރި އެއްޗެއްގެ ސަބަބުންނެވެ. ލޯފުރިގެން ބަންޑުންވީ ކަރުން ފޮހެލުމަށްފަހު ލޯމަރާލީ ހިތައް ހަމަޖެހުމެއް ލިބޭތޯއެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު މިކްޔާ ލޯ ހުޅުވާލީ އިކްރާމްގެ އަޑަށެވެ.
” އަހަރެން ބޭނުމީ ކުދިން ގޮވައިގެން މާލެ ދާން” ކޮޓަރިތެރެއަށް ވަދެވުމާއި އެކު އިކްރާމް ބުނެލިއެވެ.
“ކޮންއިރަކުން ދާނީ” މިކްޔާވެސް އެހުންނަނީ އަމިއްލަ ފަސްގަނޑަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގައިއެވެ. ނަމަވެސް އިކްރާމްގެ މޫނުމަތީގެ ކުލަވަރުން ގޯހެއް އުޅޭކަން މިކްޔާ ދެނެގަތެވެ.
“މިކްޔާ ތި ކޮށްދިން ކަންތަކަށް އަހަރެން ވަރަށް ބޮޑަށް ޝުކުރުވެރިވަން..އެކަމުގެ ބަދަލެއްގެ ގޮތުން މިކްޔާ ބުނި ކޮންމެ ކަމެއް އަހަރެން ކޮށްދޭނަން..ކިތައްމެ ބޮޑު އަގެއް ކިޔަސް އެވެސް ދީފާނަން..އަހަރެން ބޭނުމީ ދެކުދިން އެކަނި..” އިކްރާމް މިކްޔާ ކުރި ސުވާލުގެ ޖަވާބު ދިނުމެއްނެތި އޭނާ ބޭނުންވާގޮތް ހާމަ ކުރިއެވެ.
އިކްރާމްގެ ވާހަކަތަކުން މިކްޔާ އިނީ ކިޔާނެ ބަހެއް ނޭނގިފައިއެވެ. މިވަގުތު ބުނާނެ އިތުރު ލަފުޒެއް މިކްޔާގެ ސިކުނޑި އަކަށް ނުވިސްނުނެވެ.
“ދެން އަހަރެން…؟ މިކްޔާ ޖެހިލުންވެ އިނދެ ސުވާލުކޮށްލީ އިކްރާމްގެ ޖަވާބު އޭނައަށް އެނގޭކަހަލަ ގޮތަކަށެވެ.
” މިކްޔާ ބޭނުންވަނީ މިނިވަން ވާށެއްނު އަހަރެން އެކަން ކޮށްދީފާނަން..އެއްވެސް އިރެއްގައި އަހަރެން މިކްޔާ އަށް ލޯބީގެ ނަޒަރުން ނުދެކެން..ތީ ހަމަ އެކަނި އަހަރެންގެ ކުދިންގެ މަންމަ ކަން އެކަނި..އެކަމުގެ ސަބަބުން މިވީ ދުވަސް ތަކުގައި މިކްޔާ އާއި ދޭތެރޭ ކުލުނު ވަނީ އުފެދިފައި..” އިކްރާމް އެހެން ބުނެލުމަށްފަހު އެތާގައި އިން ސޯފާގައި އިށީނދެ ހަމަޖެހިލިއެވެ.
މިކްޔާ އިނީ ދެކުދިން މެއާލާ ފިއްތާލައިގެންނެވެ. އޭނާ ދިރިހުރިހާ ދުވަހަކު އެއްވެސް މީހަކަށް އެދެކުދިންނާ ވަތްކެއް ނުކުރެވޭނެއެވެ.
” މިކްޔާ ތި އިނީ ވަރިކޮށްފައި..އަހަރެން ވަރީގެ ހުރިހާ ކަމެއް ނިންމައިފިން.. މިކްޔާ މިތަނުން ދޫކޮށްލިހާ އަވަހަކަށް އަހަރެން ބޭނުމީ ކުދިންގޮވައިގެން ފުރަން.. ދެން މިކްޔާ ބޭނުމިއްޔާ އެގޭގައި އުޅެވޭނެ..އަހަރެން ލާރި ފޮނުވާނަން..ކިޔަވަން ބޭނުމިއްޔާ އެކަންވެސް ކޮށްދޭނަން.. ކުރަންޖެހޭ ހުރިހާ ހަރަދެއް އަހަރެން ކުރާނަން..”
އިކްރާމްގެ ބަސް ތަކުން މިކްޔާ އިނީ ގަބުވެފައިއެވެ. މިނިވަން ވާން ބޭނުންވި ދުވަހު އެކަން ނުކޮށްދީފައި ކިޔަވަން ބޭނުންވި އިރު އެކަން ވިޔަ ނުދިނީވެސް ހަމަ އިކުރާމްގެ ސަބަބުންނެވެ. ދެން މިއަދު މާ ހެޔޮ އެދޭ މީހަކަށް ވެގެން އުޅޭ ސަބަބެއް މިކްޔާ އަށް ނުވިސްނުނެވެ. ނަމަވެސް އިކްރާމަކީ ކިހާ އަމިއްލަ އެދުން ބޮޑު މީހެއްކަން މިއަދު ސާބިތުވެއްޖެއެވެ. އަމިއްލަ އުފާތަކައްޓަކައި އެހެން މީހުންގެ އިހުސާސްތަކަށް ޤަދަރު ކުރުމެއްނެތި ހިތުހުރިހާ ގޮތަކަށް ކަންކުރަމުންދާއިރު އިކްރާމްގެ ހިތައް އެކައްޗެކޭވެސް ނާރައެވެ.
މިކްޔާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލުމަށްފަހު އިކްރާމް އާއި ކުރިމަތިވާގޮތަށް އެނބުރުލިއެވެ. މިވަގުތަކީ ޖަޒުބާތީ ވާންވީ ވަގުތެއްނޫނެވެ. ވިސްނުންތެރިކަމާއި ފަރުވާތެރި ކަމާއެކު ފިޔަވަޅު އެޅުމަށް ސިކުނޑި ވިސްނައިދެމުން ދިޔައެވެ. ހިތައް ވެރިވަމުން އަންނަ ހިތާމައިގެ މައްޗަށް ކުރި ހޯދަމުން މިކްޔާ އޭނާގެ ނަފްސު ހަމައަކަށްއަޅުވާލިއެވެ.
” ނޫން އިކްރާމް ތިހެން ނުހަދާ..އަހަރެން ކިހިނެއް މި ކުދިންނާ ނުލާ އުޅޭނީ..މީ އަހަރެންގެ ދިރިއުޅުން..މިކުދިންނާ ދުރުގައި ހުންނަން ޖެހިއްޖެ ނަމަ އަހަރެން މަރުވެދާނެ..އާދޭސް ކުރަން އަހަރެންނަށް ތިހެން ނުހަދާ..” މިކްޔާ ކިތައްމެ ހިތްވަރު ކުރަމުން ވާހަކަ ދެއްކިއެވެ.
” ހެވޭ އަހަންނަށް..މިކްޔާ ގެންދެވޭކަށް ނެތް..އަހަރެން ބޭނުމީ ކުދިން އެކަންޏޭ ބުނެފިން ދޯ..ދެން މިކްޔާ ބޭނުމިއްޔާ ރަށަށް ގޮސްއުޅެބަލަ..” އިކްރާމް އޭނާގެ ގޮތުގައި ހުރީ ސާބިތު ކަމާއެކުއެވެ.
” އިކްރާމް ވިސްނާލާބަ..މީ އަދި އެންމެ ތިން ދުވަސްވީ ދެކުދިންނޭ..މިކުދިންނަށް މިހާ ޅައުމުރު މަންމާ އަށް ވަކި ކުރުމުން މުސްތަޤްބަލުގައި އޭގެ ނޭދެވޭ އަސަރު ކުރާނެ..އިކުރާމަށް ރަނގަޅަށް އެނގޭނެ އެކަން ..ދެން ކީއްވެ އެކުދިންނަށް އެހާ ބޮޑު ދެރައެއްދޭން ތިއުޅެނީ..އަހަރެންނަށް މިކުދިން ހުންނަ ތަނެއްގައި ނުހުރެވެންޔާ ކޮންމެހެން މި ކުދިން ގެންދާނެކަމެއް ނެތް..އަހަރެންގެ ހިތައް ކެތްނުވާނެ މިކުދިން ބަނޑުހައިވެގެން ރޯ އިރަކު އެއް..އިކުރާމަށް ކެތްވަންޏާ ގެންދޭ..” މިކްޔާ ފުންނޭވައެއް ދޫކޮށްލުމަށްފަހު ދެކުދިން މަސަލަސް ކުރަން އުޅުނީ އެކުދިން ރޯންފެށުމުންނެވެ. އޭރު އެމަންޒަރު ބަލަންއިން އިކްރާމްގެ މޫނުމަތިން ފެނުނު ކަންބޮޑުވުމުން މިކްޔާ އަށް ތީރު އަމާޒު ކޮށްލެވުނީ ނިޝާނަށްކަން ދެނެގަނެވުނެވެ. އެހެންކަމުން އިތުރަށް މިކްޔާ ވާހަކައެއް ނުދައްކައެވެ.
މިކްޔާގެ ހަރަކާތް ތަކަށް ބަލަން އިން އިކްރާމްގެ މޫނުމަތިން ކަމަކާ ވަރަށް ބޮޑަށް ވިސްނަމުންދާ ކަން ދޭހަވެއެވެ. މިކްޔާ އެބުނީވެސް މުޅިއަކުން ދޮގެއް ނޫނެވެ. އޭނާގެ އަމިއްލަ އެދުން ފުއްދުމަށްޓަކައި އެދެކުދިންނަށް ދެރައެއް ނުދެވޭނެއެވެ. އަނެއްކޮޅުން އާލިމާ އޭނާ އާއި ކައިވެނި ކުރިފަހުން ރަށަކަށް ނުދެއެވެ. އެހެންކަމުން މިކްޔާ އަކީ ކާކުކަން އާލިމާ އަށް ފެނުނަސް ނޭނގޭނެއެވެ. ވީމާ ކުދިންނާއެކު މިކްޔާ ނުގެންދެވޭނެ ސަބަބެއްވެސް އޮތީ އެއްނޫނެވެ. ވަރަށް ގިނަ ގޮތް ގޮތައް ވިސްނުމަށްފަހު އިކްރާމް ނިންމީ މިކްޔާ ގޮވައިގެން ދިޔުމަށެވެ. ކުދިންނަށްވެސް އެންމެ ރަނގަޅުގޮތަކީ އެއީ އެވެ. މިހާރު މިކްޔާ ވެސް އެއިނީ މިނިވަންވެފައެވެ. އޭނާގެ އަމިއްލަ ދިރި އުޅުމުގެ ކަންތައް ދެން ނިންމާނީ މިކްޔާ އަމިއްލައަށެވެ. އިކްރާމްގެ ކުދިންގެ ކަންތައްތައް ބަލާހިނދަކު ފައިސާގެ ދަތިކަމެއް އަދި އިތުރު ކަމަކަށް ދަތިވިޔަ ނުދޭނެއެވެ.
**
އިކްރާމް ދެކުދިންނާ މިކްޔާ ގޮވައިގެން އެނބުރި ރާއްޖެ އައި ދުވަހު ގޭގައި ގެން ގުޅޭ ޑްރައިވަރު ގެ ފަރާތުން އެނގުނުގޮތުން އާލިމާގެ މައިންބަފައިންވެސް މިދުވަސްކޮޅު އެގޭގައި އެބައުޅެއެވެ. އާލިމާގެ ބަލި އެއްކޮށް އަދި ރަނގަޅު ނުވާތީވެ އެދެމަފިރިން އެމީހުންގެ ދަރިފުޅުގެ ހާލު ބަލައިލަން ދުވަސް ކޮޅަކަށް އައީއެވެ.
” މިކްޔާ އަހަރެން ނޭދެން އާލިމާ އަށް މިކްޔާގެ ހަޤީގަތް އަންގާކަށް… އެކަމަކު އޭނާގެ މައިން ބަފައިންނަށް މިކްޔާ ފެނިއްޖެނަމަ އިނގޭނެ ތީ ކާކުކަން.. އެހެންވީމާ ދުވަސްކޮޅަކު ގެސްޓް ރޫމްގައި މަޑުކޮށްލާ..އެކޮޓަރިވެސް ހުންނާނީ އަހަރެންގެ ގޭގައި އެކަމަކު ވަކިން ހުންނާނީ..އެމީހުންނަށް ނުފެނި އުޅެވޭނެ އެތާ..ދެން ދަރިން އަހަރެން ނޫނީ އާލިމާ ގެންދާނެ މިކްޔާ އަށް ބޭނުންވާ ވަގުތެއްގައި..މިގޮތާ ޚިލާފަށް އަމަލެއް ހިންގަން އުޅެފިނަމަ މިކްޔާ އުމުރު ދުވަހު ދަރިންނާ ނުލާ އުޅެން ޖެހޭނީ..”
އަދި އެއްވާހަކަ އާލިމާ އަށް މިކްޔާގެ ހަޤީގަތް އިނގޭ ދުވަހު މިކްޔާ މިގެއިން ނިކުންނަން ޖެހޭނެ..އެކަން އަބަދުވެސް ހަނދާން ބަހައްޓާތި..ހީކުރަން އަހަރެން މިބުނި ކަންތަކާ މެދު މިކްޔާ ވިސްނާނެކަމަށް..އަހަރެން ދުވަހަކުވެސް ދަރިން މިކްޔާ އަށް ނުދޭނަށް ..ދަރިންނާ ވަކިން އުޅެން ބޭނުން ނޫންނަމަ އަނގަމަޑުންލައިގެން ހުރުން އެންމެ ރަނގަޅުވާނީ..” އިކްރާމް ބިރުގަންނަނީ އާލިމާ އަށް މިކްޔާ ގެ ހަޤީގަތް އެނގިދާނެތީއެވެ. އެދުވަހަކީ އޭނާގެ ކައިވެނީގެ ސިއްކަ ޖެހޭނެ ދުވަސް ކަމާމެދު ޝައްކެތް ނެތެވެ.
ގެއަށް އާދެވުމާއެކު މިކްޔާ ގެންގޮސް ގެސްޓް ރޫމަށް ލުމަށްފަހު އިކްރާމް ދެކުދިން ގޮވައިގެން އެތެރެއަށް ވަނެވެ. އޭރު އާލިމާ އޭނާ މަންމަ އާއި ވާހަކަ ދައްކަން ސިޓިންރޫމުގައި އިނެވެ. ދޮރުން އެތެރެއަށް ވަތް އިކްރާމްގެ އަތުގައި އޮތް ދެކުދިން ރޯންފެށިއަޑަށް އާލިމާ ދޮރާ ދިމާއަށް ބަލާލިއެވެ.
” އިކްރާމް މީ ކޮންކުދިންނެއް..؟ އާލިމާ ހައިރާން ކަމާއެކު ސުވާލުކޮށްލިއެވެ.
” އިހަށް މަޑުކޮށްބަލަ..އާދެބަ މިތާ އިށީންނަން..ތިވާޙަކަ ކިޔައިދޭންވެގެން މިއައީވެސް..” އިކްރާމް ސޯފައިގައި އިށިންނަމުން އާލިމާ އާއި ދިމާއަށް ބަލާލިއެވެ. އެވަގުތު އާލިމާގެ މޫނުމަތިން ހައިރާންކަން ނުފިލާ ހުއްޓެވެ. އިކްރާމް އަނެއްކާ މީހަކާ އިނީބާއެވެ؟ މީ ކާކުގެ ދަރިންތަކެއް ހެއްޔެވެ؟ މިކުދިންގެ މަންމަ ކޮބައިބާއެވެ؟ އާލިމާގެ ސިކުނޑި ފުރިފައިވަނީ އެތައް ސުވާލަކުންނެވެ. އެހެން ކަމުން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދިޔައީ އިކްރާމްގެ ޖަވާބަކަށެވެ. އޭރު އާލިމާގެ މަންމަ އެދެމީހުންނަށް ވަގުތުދެމުން އެކުދިން ގޮވައިގެން އާލިމާގެ ކޮޓަރިއަށް ވަނެވެ.
” އާލިމާ އަށް އިނގޭނެ އަހަރެން ލަންކާ އަށް ދަތުރެއް ކުރިކަން..އަދި ވަރަށް ގިނަދުވަސްވީކަން އެފަހަރު..އަސްލު އަހަރެން ދިޔައީ ބިޒްނަސް ދަތުރަކު އެއް ނޫން..އަހަރެންގެ ވަރަށް ގާތް ރަހުމަތްތެރިއަކު ހުންނާނެ އެކޮޅުގައި…އެއީ އަހަރެންނާ އެއްކޮށް ކިޔަވަން ރަޝިޔާގައި އުޅުނު މީހެއް.. ވަރަށް ދުވަސް ފަހުން އަހަރެންނަށް ގުޅާފައި އެދުނީ އެކޮޅަށް އައުމަށް..ވަރަށް ބޮޑު ކަމެއް ދިމާވެގެންނޭވެސް ބުނި..” އިކްރާމް ފުންނޭވައެއްދޫކޮށްލަމުން ވާހަކަ މެދުކަނޑާލިއެވެ. އޭރުވެސް އާލިމާގެ މޫނުމަތީގެ ނުތަނަވަށްކަން ފިލާ ނުދެއެވެ.
” އަހަރެން އެކޮޅަށް ދިޔަފަހުން އެނގުނީ އޭނާ ވަރަށް ބަލިކަން..ދެން އޭރު އޭނާގެ ހުރި ހަމައެކަނި ދަރިވެސް ބަލިވެ އިނީ.. އެކަމަކު ފިރިމީހާ އޭނާ ދޫކޮށްލާފައި ދިޔަތަނެއް ނޭގެ..އޭނަ އަކީ ވެސް ދިވެއްސެއް އެކަމަކު ދިރިއުޅެނީ ލަންކާގައި..އަހަރެން ކައިރިން އެދުނީ އޭނާ ނެތް ދުވަހަކުން އެދަރިއަށް އަޅާލުމަށް..އަހަރެން އެދުވަހު ވަޢުދުވިން އެކަމަށް..އަހަރެމެން ސިންގަޕޫރުއިން އައި ދުވަހު އޭނާގެ ދަރިފުޅު ގުޅާފަ ބުނީ އޭނާގެ ބައްޕަ ނިޔާވި ވާހަކަ..އޭރު އޭނަވެސް ވިހައިގެން އޮތީ..އެހެންވެ އެދުވަހު އަހަރެން ފުރައިގެން ދިޔައީ އޭނާ ބަލާ..”
” އާލިމާ..މިއަދު އަހަރެމެންނަށް ދެދަރިން ލިބިއްޖެ..އެކުދިން ފެނުމާއިއެކު އަހަރެން އަމިއްލަ ނަފުސައް ވަޢުދުވިން އެކުދިންނަށް ބައްޕައެއްގެ ލޯބިދޭން..އެދެކުދިންނަށް ދެ މަންމަގެ ފަރާތުން ލޯބި ލިބިގެން ބޮޑުވަން ބޭނުންވާތީވެ މިއައީ ގޮވައިގެން..” އިކްރާމްގެ ދެލޮލުން ވިދަމުން ދިޔަ ކަރުނައިން އާލިމާގެ ބަލިކަށި ހިތައް އަސަރު ކުރީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައިއެވެ. އިކްރާމް ވާހަކަ ދެއްކިގޮތުން އޭނާ އެކަމަށް މާކުރިންވެސް ތައްޔާރުވެފައި ހުރިކަން އެނގިގެން ދިޔައެވެ.
އާލިމާ ކަރުނަ ފޮހެލަމުން އިކްރާމްގެ ކޮނޑުގައި އަތްބާއްވާލީ ކަންތައްއެކުރީ އެންމެ ރަނގަޅަށޭ ބުނާފަދައިންނެވެ. އަދި ހިނތުންވެލަމުން ކޮޓަރިއަށް ވަނީ އެދެކުދިންގެ ހާލު ބަލައިލުމަށެވެ. އާލިމާ ދިޔަ ދިމާއަށް ނަޒަރު ހިންގާލައިގެން އިން އިކްރާމްގެ މޫނުމަތީގައިވީ ކާބިޔާބުގެ ހިނިތުންވުމެވެ. އޭނަ އާއި މެދުގައި އާލިމާ ޝައްކުގެ ނަޒަރުން ނުދެކޭނެކަން މާކުރިންވެސް އިނގެއެވެ.
ކުޑައިރުކޮޅެއްފަހުން އާލިމާ ނިކުތީ ދެކުދިން ގޮވައިގެންނެވެ. އޭރު އެކުދިން ރޮމުން ދިޔައީ ބަނޑުހައިކަން އިހުސާސް ކުރެވުމުންނެވެ. އާލިމާ މަސަލަސް ކުރެވޭތޯއުޅެ އެކަން ކާމިޔާބު ނުވުމުން އެންމެ ފަހުން ކޮޓަރިން އެނިކުތީ އެކުދިންގެ މަންމަ އާއި ހަވާލުކުރުމަށެވެ.
” އިކްރާމް! އަހަންނަށް ހީވަނީ މާ ބޮޑަށް ބަނޑުހައިވީހެން..މާވަރަކަށް މި ރޮވެނީ އެހެންވެ..ކޮބައިތަ މި ކުދިންގެ މަންމަ؟.. ނުވައްދަންތަ ގެއަކަށް..؟ އޭނަ އަށް ގޮވާބަލަ..” އާލިމާ ބުނެލިއެވެ. އާލިމާ ގެ އަޑަށް އިކްރާމް ތެޅިގަންނަމުން ސޯފާއިން ތެދުވިއެވެ.
” ގެނޭ އަހަރެން ގެންދާނަން..އޭނަ ވީ ގެސްޓް ރޫމްގައި..އަދި ދުވަސްކޮޅަކު އެކަހެރިކޮށް އުޅެލަން އޭނަ ބޭނުން ވަނީ އެހެންވެ އަހަރެން ބުނީ އެތާ ހުރުމުން އޭނަ އަށް އުނދަގުލެއް ނުވާނެކަމަށް..” އާލިމާ އަތުން ދެކުދިންނަގަމުން އިކްރާމް އަވަސް އަވަހާ ބުނެލިއެވެ. އޭނާ އެއްގޮތަކަށްވެސް މިކްޔާގެ ހަބަރެއް ހައްވަގެ (އާލިމާގެ މަންމަ) ކަންފަތައް އިވުމަށް ނޭދެއެވެ.
” ދެން އިކްރާމް ތިއުޅެނީ އަހަރެންނަށްވެސް އެކުއްޖާ ނުދައްކަންތަ؟ ދީބަލަ އެއްކުއްޖަކު މަގޭ އަތަށް..ހިނގާބަލަ ދެންވެސް ” އިކްރާމަށް އިތުރު ވާހަކެއް ދައްކާނެ ފުރުސަތެއް ނުދީ އާލިމާ ހިނގައިގަތީ ގެސްޓް ރޫމަށް ދިއުމަށެވެ.
އިކްރާމްވެސް އާލިމާ ފަހަތުން ދިޔައީ ދެން ކަންތައް ކުރާނެ ގޮތް ހިތުގައި ރާވަމުންނެވެ.
ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް މިކްޔާ ބަލާލީ މޫނު ފޮހެލަމުންނެވެ. ފެންވަރާ ތާޒާވެލައިގެން އެނިކުތީ ދެންމެ ކަން އެމޫނުމަތިން އެނގެއެވެ. އާލިމާއެތެރެއަށް ވަނުމަށްފަހު މިކްޔާ އަތައް ކުއްޖާ ދެމުން ހިތްހެޔޮ ހިނިތުންވުމެއް ރައްދު ކޮށްލިއެވެ. އޭރު މިކްޔާ ވެސް ބުރުގާއެއް ބޮލަށް މަހާލުމަށްފަހު އަވަސް ވެލީ ގާތުން ދިނުމަށެވެ.
” ކޮންނަމެއްތަ ކިޔަނީ..؟ އާލިމާ ސުވާލުކޮށްލިއެވެ. މިކްޔާ އަށް ދޭނެ ޖަވާބެއް ނޭނގުމުން ދޮރުމަތީގައި ހުރި އިކްރާމްގެ މޫނަށް ބަލާލިއެވެ.
“އައިޝާ ކިޔަނީ” އެވަގުތު އެތެރެއަށް ވަދެ އާލިމާ އަތައް ކުއްޖާ ދެމުން އިކްރާމް ބުނެލީ ހާސްކަން ފޮރުވަމުންނެވެ. މިކްޔާ ވެސް ބޯޖަހާލީ އިކްރާމްގެ ބަސް ތެދުކަން ހާމަކުރުމުގެ ގޮތުންނެވެ.
” ހޫމް… ދެން އިކުރާމު އަދިވެސް މިތާތަ؟ ދޭބަލަބޭރަށް އަހަރެން އެކަނި މިކްޔާ އާއި ވާހަކަ ދައްކާލަން ބޭނުން..” އަތުގައި އޮތް ކުއްޖާގެ ބޮލުގައި ފިރުމާލަމުން އާލިމާ ބުނެލިއެވެ. އެވަގުތު އިކްރާމް މިކްޔާ އާއި ދިމާއަށް ބަލާލުމަށްފަހު ނިކުމެގެން ދިޔައީ އިންޒާރެއް ދެމުންނެވެ. މިކްޔާ އަށް އިކްރާމްގެ އެބެލުމުން އޭނާ އަންގަން ބޭނުންވި ކަންތައް އެނގުނެވެ.

އިކްރާމް ކޮޓަރިން ނިކުތުމާއިއެކު އާލިމާ ފުންނަޒަރަކުން މިކްޔާ އަށް ބަލާލިއެވެ. މިކްޔާ އަކީ އުމުރުން އަދި ވަރަށް ހަނގު ކުއްޖެއްކަން ބަލާލި ކޮންމެ މީހަކަށްވެސް އިނގޭނެއެވެ. އާލިމާގެ ހިތުތެރޭގައި މިކުއްޖާ އާއި މެދު ހަމްދަރުދީވެވުނެވެ.
” އައިޝާ ކޮބާތަ ފިރިމީހާ..؟ އާލިމާގެ ސުވާލުގެ ޖަވާބެއް މިކްޔާ އަށް ނުވިސްނުނެވެ.
” އޭނާ ވީތަނެއް ނޭނގެ..” ވިސްނުމަކަށް ގެއްލިފައި އިނދެ މިކްޔާ ބުނެލީ މާޒީގެ ބަނަ ކަން ހިތައް ވެރިވުމުންނެވެ.
މިކްޔާގެ ޖަވާބުން އޭނާ އެވާހަކަ ދައްކަން ބޭނުން ނޫންކަން އެނގިގެން ދިޔުމާއެކު އާލިމާ އޭނާގެ މަޢުލޫ ބަދަލުކޮށްލިއެވެ.” އައިޝާ ދައްތަ މިއަދު ވަރަށް އުފާވެއްޖެ..އައިޝާގެ ސަބަބުން މިގެއަށް އާދިރުމެއް ލިބުނީމަ..ދައްތަ އަކީ ދަރިންގެ ނިޢުމަތުން މަހުރޫމް ވެފައިވާ މީހެއް..އެކަމަކު މިއަދު އައިޝާގެ ދެކުދިން ފެނި މިހިތުގައި ތި ދެކުދިންނަށްޓަކައި ލޯބި އުފަންވެއްޖެ..ހީކުރަން އައިޝާ ދެކުދިންނާ އެކު މިގޭގައި އުމުރުދުވަހު އުޅޭނެކަމަށް..މާދަމާ ވެސް އައިޝާގެ ފިރިމީހާ އައި ކަމުގައި ވީނަމަވެސް ދައްތަ އެދެނީ މިގޭގައި އުޅުމަށް..މިގޭގައި ތިކުދިންނަށް އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ..އައިޝާ ހީކޮށްފާނެ ދައްތަ ވަރަށް އަމިއްލަ އެދުން ބޮޑޭ..އެކަމަކުވެސް ދައްތަގެ އެދުމަކީ އެއީ..”
” އައިޝާ އަށް އިނގޭތަ އިކްރާމަކީ ވަރަށް ހިތްހެޔޮ މީހެއް..އަހަރެންނަށް ކުދިން ނުލިބޭކަން އެނގި ހުރެ އިތުރު މީހަކާ ނީނދެ އެހުންނަނީ ދައްތަ ދެރަވެދާނެތީވެ..އެތައްފަހަރަކު ބުނިން އިތުރު ކައިވެންޏެއް ކުރާށޭ..އިކްރާމަށް ލިބޭ ދަރިން ވާނީ ހަމަ އަހަރެންގެ ދަރިންނަށް..އެކަމަކު އިކްރާމް ބުނާގޮތުންނަމަ އަހަރެން ފިޔަވާ އިތުރު މީހެއް އޭނާގެ ހަޔާތައް ނުގެންނާނެ..ދައްތަ ވަރަށް އުފާވޭ އެކަހަލަ ފިރިއެއް ލިބުނީމަ އަދި އެހާމެ ދެރަވެސްވޭ އަހަންނާ ހެދި އިކްރާމް އެއުފަލުން މަހުރޫމު ވެގެން ހުރީމަ..މިއަދު މި ދެ ފުރާނަ އާއި އެކު ހޭދަކޮށްލެވުނު ކުޑަ ވަގުތުކޮޅުން އަހަރެންނަށް އިހުސާސް ކުރެވުނު އިކްރާމް ދަރިއަކަށް ބޭނުންވާ މިންވަރު..” އާލިމާ އަށް އިތުރަށް ވާހަކަ ކުރިއަށް ނުގެންދެވުނެވެ. އޭނާ އަށް އެވަނީ ވަރަށް އަސަރުކޮށްފައި އެވެ. އޭނާއަށްޓަކައި އިކްރާމް ވެފައިވަ ޤުރުބާނީ އަކީ އާލިމާގެ ހިތުން ދުވަހަކުވެސް ފިލާނޭ ކަމެއް ނޫނެވެ. މިކްޔާ ކޮޓަރީ ދޮރު ބޭރުގައި އަލިމާގެ ވާހަކަތައް އަޑުއަހަން ހުރި އިކްރާމްގެ ދެލޯ ވަނީ ކަރުނުން ފުރިފައިއެވެ.
މިކްޔާ އޭނާގެ ދެކުދިން ނިންދެވުމަށްފަހު އާލިމާ އަށް ކުރިމަތިލިއެވެ. އެވަގުތު އެމޫނުމަތިން ފާޅުވަމުން ދިޔަ ހިތާމައިން މިކްޔާ ގެ ހިތް މަޑު ކަފަކޮޅަކަށް ވިއެވެ. އިކްރާމް އެވަނީ އާލިމާ އަށްވެސް އޮޅުވާލައިފައިއެވެ. ކިތައްމެ ފަހަރަކު އާލިމާ އަށް ހަޤީގަތް ބުނެދިނުމަށް ހިތް އެދުނު ނަމަވެސް އިކްރާމްގެ އިންޒާރުން ދޫހިމޭންވެއެވެ.
” ދައްތާ އަހަރެންގެ ވެސް މިއަދު ނެތް އަޅާލާނެ އިތުރު މީހަކު..ދާނެ އިތުރު ތަނެއްވެސް ހުރީ އެއް ނޫން..މިގެއިން ބޯހިޔާވަހިކަން ލިބުނުކަން އެއީ އަހަރެންގެ ނަސީބު..އެކަމަށް އަހަރެން އަބަދުވެސް ޝުކުރުވެރިވަން..” މިކްޔާ އާލިމާގެ އަތުގައި ހިފަމުން ހިނިތުންވެލިއެވެ.
**
ހަފްތާއެއް ފަހުން މިކްޔާ އޭނާގެ ދެކުދިން ގޮވައިގެން އެގެއަށް ބަދަލުވީ އާލިމާގެ މައިންބަފައިން ފުރައިގެން ދިޔުމުންނެވެ. މިހާރު އެ ދެކުދިންނަށް ވަނީ ނަންވެސް ކިޔާފައިއެވެ. އެއްކުއްޖަކަށް ނަންކީ މިކްޔާ ބޭނުންވި ގޮތަށް މިޝާންގެ ނަމުންނެވެ. އަނެއް ކުއްޖާއަށް އިކްރާމަށް ރީތިވެގެން ކީ ނަމަކީ އާލާ އެވެ. އާލިމާގެ ނަމާއި ގުޅުވާފައި ނަން ކިޔުމުން އެކަމާ އެންމެ އުފާވީވެސް އާލިމާއެވެ.
ދުވަސްތައް ފާއިތުވަމުން އަންނަ ވަރަކަށް ގޭތެރޭގެ ހަލަބޮލިކަން ވެސް ދިޔައީ އިތުރުވަމުންނެވެ. ދަރިން ބޮޑެތިވަމުން އައި ވަރަކަށް މިކްޔާ އަށް ވެސް ދިޔައީ ބުރަބޮޑުވަމުންނެވެ. އާލިމާގެ އެހީތެރިކަން ނުލިބޭނަމަ މިކްޔާ އަށް ދެދަރިން އެކަނި ބެލުން ވާނީ އުނދަގޫ ކަމަކަށެވެ. އިކްރާމްވެސް ވީ ވަރަކުން ދަރިންނަށް ވަގުތު ދެއެވެ. ކިރިޔާވެސް ހުސްވަގުތެއް ލިބިއްޖިއްޔާ ދަރިންނާއެކު ހޭދަކުރުމަކީ އިކްރާމްގެ އާދައެކެވެ. އެކުދިންނަށް އަހަރުވީތަނާ މިކްޔާ ކޯހަކަށް ކުރިމަތި ލައިގެން ކިޔަވަންފެށީ އާލިމާ އެކަމަށް ބާރު އަޅާވަރުންނެވެ. ކިޔަވައިގެން ވަޒީފާ އަކަށް ގޮސް އަމިއްލަ މަސައްކަތުން ލާރި ހޯދުމަކީ މިކްޔާ މާކުރިއްސުރެ ދެކެމުން އައި ހުވަފެނެއްކަމުން އެކަމަށް އެއްބަސްވީ އާލިމާ އަށް ކުރާ އިތުބާރަކުންނެވެ. އޭނާ ކިޔަވަންދާ ވަގުތުތަކުގައި އާލިމާ އެކުދިންގެ ކަންތައް ބަރާބަރަށް ކުރާނެ ކަމާމެދު މިކްޔާ ޝައްކެއް ނުކުރެއެވެ. އިކްރާމްވެސް މިހާރު ވަނީ އެގޭ ކަންތައް ކުރަން ބިދޭސީ 3 އަންހެނުން ގެނެއްސްފައިއެވެ.
އާލިމާ އޭނާގެ ކޮއްކޮ އަށް ގުޅައިގެން އުޅޭ މަދު ވަގުތުތަކުގައި މިޝާން އާއި އާލާ ވެސް ވާހަކަ ދައްކައެވެ. އެހެން ނަމަވެސް އެކުދިން އަބަދުވެސް ވާހަކަ ދައްކަނީ ގޭތެރޭގައި އެކުދިންނާ މުޚާތަބު ކުރެވޭ ނަމުންނެވެ. އެއީ އާއްކޮ އާއި މިޝްކޮގެ ނަމުންނެވެ.
މިކްޔާވެސް ކިޔަވަމުން ދަރިންނަށް ދޭންޖެހޭ ވަގުތުތައް އޭގެ އެންމެ ފުރިހަމަގޮތުގައި ދެމުންދިޔައެވެ. ކުދިން ގޭތެރޭގައި ސަކަރާތް ޖަހާ ދުވެ ހަދާތަންދެކެފައ މިކްޔާ އާއި އާލިމާ މޫނުމަތިން ނުފިލާ ހިނިތުންވުމެއް އަބަދު ފެންނަން ހުރެއެވެ.
ފާއިތުވީ ދުވަސްތަކުގައި އިކްރާމާއި މިކްޔާ އާއި ދެމެދުގައި މާގިނަ ވާހަކަތަކެއް ނުދެކެވެއެވެ. މިކަމުގެ ސަބަބުން މިކްޔާ ނުހަނު ހިތް ހަމަ ޖެހެއެވެ. އިކްރާމަކީ އެއް އިރެއްގައިވެސް އޭނަ އަށް މުހިއްމު މީހެއް ނޫނެވެ. އެކުދިން ގޮވައިގެން އެގެއިން ދާން ކިތައްމެ ދުވަހަކުވެސް މިކްޔާގެ ހިތައް އެރިއެވެ. ނަމަވެސް އާލިމާގެ އޯގާތެރިކަމުގެ ބަދަލު އެހާ ހިތިގޮތަކަށްދޭން މިކްޔާގެ ޒަމީރު ދެކޮޅު ހެދިއެވެ.
**
4އަހަރުފަސް
“ބޮޑު މަންމާ..! އަޅުގަނޑަށް ބާރތްޑޭ ގިފްޓަކަށް ދޭނީ ކޮންއެއްޗެއް”؟ އާލާ ދޫނެރެލަމުން މިޝާން އާއި ދިމާ އަށް ބަލާލިއެވެ.
” ބަލާބަ ބޮޑު މަންމާ އާއްކޮ ދޫ ނެރެނީ..” މިޝާން ޝަކުވާގެ ރާގެއްގައި ބުނެލިއެވެ.
އާލިމާ އިނީ ދެ ދަރިންގެ ޝަކުވާތައް އަޑުއަހަން ހިނިތުންވެލައިގެންނެވެ. އާލިމާ ކައިރީގައި ހުރި މޭޒެއްމަތީގައި ހުރި ތައްޓަކުން ފަހަރަކު ކުއްޖެއްގެ އަނގައަށް ލަވަމުން އެކުދިންގެ ވާހަކައިގައި ބައިވެރި ވެލިއެވެ.
” އާއްކޮ ދޮންބެއާއި ދިމާއަށް ދޫނުރޭތި..އެއީ ވަރަށް ގޯސް ކުދިން އުޅޭގޮތެކޭ..އެހެން ހަދަންޏާ ގިފްޓެއް ނުލިބޭނެ..” ރުޅިއަންނަ ކަމަށް ހެދެމުން އާލިމާ އާލާގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ.
އެވަގުތު ގޭތެރެއަށް ވަދެގެން އައި އިކްރާމްފެނި ދެކުދިން އުފަލުގެ ކޮޅެއްނެތެވެ. ބޮޑުވަމުން އައި ވަރަކަށް އެކުދިން ބޭނުންވާ އެއްޗެހިވެސް ދިޔައީ އިތުރުވަމުންނެވެ. އިކްރާމް އެކުދިން ބުނާ ކޮންމެ އެއްޗެއް ވަގުތުން ހޯދައިދެނީ އެދެކުދިންދެކެ ވާލޯބިންނެވެ. މިކަމާ މިކްޔާ ކިތައްމެ ހިތް ހަމަ ނުޖެހުނެއް ކަމަކު އެއްޗެކޭ ބުނާކަށް ނުކެރެއެވެ.
” ޔޭ… ބޮޑު ބައްޕާ….ކޮބާ ގިފްޓް..” އެވަގުތު އިކްރާމް އޭނާގެ ސޫޓްކޭސް ތެރެއިން 2 ޕާރސަލް ނެގުމަށްފަހު ދެކުދިން އަތަށް ދިނެވެ.
ދެކުދިން ޕާރސަލް ވަގުތުން ކަނޑާލިއެވެ. މިމަންޒަރުބަލަން ހުރި އިކްރާމްގެ މޫނުމަތިން އުފާވެރިކަން ފާޅުވާން ހުއްޓެވެ. އޭގައި އޮތް އައިޕެޑް ފެނުމާއެކު މިޝާން އާއި އާލާގެ ތޫލި ހަޅޭކުގެ އަޑުން ސިޓިންރޫމްތެރެ ގުގުމާލިއެވެ.
” އަދި އެއް ސަޕްރައިޒް އެބަހުއްޓޭ.. ދޭބަލަ ބޭރު ބަލައިލަން..” ދެކުދިން ނަށް ބަލައިލަމުން އާލިމާ އެހެން ބުނެލުމަށްފަހު ބޭރަށް އިޝާރާތް ކޮށްލިއެވެ. މިޝާން އާއި އާލާ ދުވަމުން ގޮސް ބޭރަށް ނިކުތެވެ. އެވަގުތު ބޭރު ދޮރުމަތީގައި “ހެޕީ ބާރތްޑޭ” ޖަހާފައި އިން ބޮޑު ކާޑަކުން މޫނު ނިވާކޮށްގެން ހުރި މީހަކު ހުއްޓެވެ.
” އިނގޭތީ ޝަމްބެ ކަން..ހެހެހެ..” އާލާ ވަގުތުން ބުނެލިއެވެ.
އެވަގުތު އެމީހާ މޫނުމަތިން ކާޑު ނެގުމަށް ފަހު ދެރަވާ ގޮތަށް މޫނު ހަދާލިއެވެ..
“ބޮޑުމަންމަ ދޯ ބުނީ..އެވަރަށް ނުބުނާށޭ ބުނީމަވެސް..” އެ ޒުވާނާ ގުދުވެލަމުން އާލާގެ ބޮލުގައި ފިރުމާލިއެވެ.
” މީ ކޮންކުއްޖެއް މާ ލަދުން މިއުޅެނީ..ތީ ގާލް ކުދިން އުޅޭގޮތޭދޯ އާއްކޯ..” ކައިރީގައި ހުރި މިޝާން އާއި މުހާތަބުކޮށް އެޒުވާނާ އެހެން ބުނެލި ވަގުތު ފަހަތުން މީހެއްގެ ހިލަންވީހެން ހީވުމުން ފަހަތްބަލާލިއެވެ.
އެވަގުތު ގޭޓުން އެތެރެއަށް ވަނީ ލޫޅާފަތި އަންހެއްކުއްޖެކެވެ. އެކުއްޖާ ދެލޯފޮރުވާފައިވަނީ ބޮޑު އަވިއައިނަކުންނެވެ. އަރާފައިވާ ހައިހީލުގެ އުސްކަމުން ދިގުކަމަށް ދައްކައެވެ. ބޮލުގައި އޮޅާލެވިފައިވާ ޝޯލް ވަނީ ލައިގެން ހުރި ގަޔަށްދޫ ކުރުތާ އާއި ގުޅުވާލެވިފއެވެ. އާލާމެންކައިރީހުރި ޒުވާނާއަށް އެއަންހެން ކުއްޖާ އަކީ ވަރަށް ދަންނަ ކުއްޖެއްހެން ހީވިއެވެ. އެކުއްޖާ އިސްދަށައް ޖަހައިގެން ދަބަސް ތެރެއިން އެއްޗެއް ހޯދަމުން ގޭތެރެއާއި ދިމާއަށް އަންނަމުންދިޔައެވެ.
މިކްޔާ އަށް ސިޓިންރޫމް ބޭރު ދޮރުމަތީގައި އާލާގެ އަތުގައި ހިފައިގެން ހުރި މީހަކު ފެނުމާއިއެކު ދެބުމަ ގޮށްޖެހިއްޖެއެވެ. ދުމެއްޖަހާފައި ގޮސް އާލާގެ އަތުގައި ހިފާ ގަޔާ ދިމާއަށް ދަމާލުމަށްފަހު މިޝާން އަށް އެތެރެއަށް ވަނުމަށް ބުންޏެވެ.
” ހަބަރުދާރު ކަލޭ މަގޭ ދަރި ގައިގައި އަތް ނުލާތި..ކާކު މިގެއަށް ކަލޭ ވެއްދީ..ސެކިއުރިޓީ! ސެކިއުރިޓީ!” މިކްޔާ ހުރީ ނުދަންނަ ބީރައްޓެއްސެއް ގެއަށް ވަނުމުން އެކަމާ ރުޅިގަދަވެފައިއެވެ. އެގެއަކީ އާންމުކޮށް މީހުން ވަދެ އުޅޭ ގެއެއް ނޫނެވެ. ބޭރު ގޭޓްވެސް ހުންނާނީ ވަރަށް ސެކިއުރިޓީ ވަރުގަދަކޮށެވެ. ކޮންމެ ކޮންމެ މީހަކަށް އެތެރެ ނުވެވޭނެއެވެ.
މިކްޔާ ގަޔާ ކައިރިކޮށްގެން ހުރި އާލާ މަޑު މަޑުން ހެމުން ދިޔައީ އޭނާގެ މަންމަ އުޅޭގޮތަކުންނެވެ. އަބަދުވެސް ވަރަށް ޕްރޮޓެކްޓިވްކޮށް އުޅޭތީވެ އާލިމާ އާއި އާލާ މިކްޔާ އާއި ދިމާ ކުރެއެވެ.
ކުރިމަތީ ހުރި ޒުވާނާއަށް މިކްޔާ ގެ އަޑު އިވުމާއެކު ހިއްސުތައް ގަނޑުވިކަހަލައެވެ. އެއީ ހަމަ އެއަޑެވެ. އޭނާގެ މިކްޔާއެވެ. މިވީ ފަސް އަހަރުތެރޭގައި އެހަނދާންތަކާ ދުރުވަން ކިތައްމެ މަސައްކަތެއް ކުރިނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. މިކްޔާ ނޫން މީހެއް އޭނާގެ ދިރިއުޅުމަށް އަދި މިވީހާ ދުވަހު ނާދެއެވެ. އެކަމުންވެސް އޭނާ މިކްޔާދެކެ ވާ ތެދުވެރި ލޯބި ހާމަވެގެންދެއެވެ.
“މިކް..ތީ ހަމަ މިކީތަ؟” މިކްޔާ އަށް އެނަން އިވުމާއެކު ކުރިމަތީ ހުރި ޒުވާނާ އާޢި ދިމާއަށް ބަލާލީ ހައިރާންވެ ހުރެއެވެ. ކުރިމަތިން ފެނުނު ޝަމާންގެ ސޫރައިން މިކްޔާ ހިތައް ފިނިވެގެން ދިޔައެވެ.
“ޝޭން..” މިކްޔާ އަށް ބުނެވުނުހާވެސް ބަހަކީ އެއީއެވެ. އިތުރު އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އެތަނަށް އާލިމާ އަތުވެއްޖެއެވެ.
” އަހަނ ދަރިފުޅު.. އައިޝާ އާއި ދިމާވެގެންދޯ މިލަސްވީ..” އާލިމާގެ އަޑު ޖެހުމާއެކު ދެމީޙުން އެކަކު އަނެކަކަށް ބަލާލުމަށް ފަހު އާލިމާ އާއި ދިމާ އަށް ބަލާލިއެވެ. އެވަގުތު އާލިމާ ހުރީ ވާނުވާ ނޭނގިފައެވެ. ޝަމާންގެ މޫނުމަތިން ފެންނަމުންދާ ހައިރާންކަމުން ކޮންމެސް ކަމެއްވެއްޖެއޭ އާލިމާގެ ހިތް ބުނަމުން ގެންދިޔައެވެ.
” އައިޝާ ދަންނަންތަ ޝަމާން؟ ..ދައްތަ ބުނީމެއްނު މިގޭ ކުއްޖަކު އުޅޭނެޔޭ ލަންޑަނުގައި..މީ އެކުއްޖަކީ..އޭރުގައި ދެން ނަމެއްވެސް ނުބުނެވުނުދޯ..” އާލިމާ ބުނެލިއެވެ.
” ނޫން އަހަރެން ނުދަންނަން..” މިކްޔާ އަވަސް އަވަހާ އެހެން ބުނުމަށްފަހު އާލާގޮވައިގެންއެތެރެއަށް ވަދެއްޖެއެވެ.
**
ރޭގަނޑުގެ ވަގުތެވެ. އެނދުމަތީގައި އޮތް ޝަމާންގެ ވިސްނުމާއި ހިޔާލު ގުޅިފައިވަނީ މިކްޔާ އާއި އެވެ. އެހާ ދުވަސް ފަހުން ދިމާވިއިރުގައި މިކްޔާ މިވަނީ ޒަވާޖީ ހަޔާތެއް ފަށައިގެން ދަރިންވެސް ހޯދާފައިއެވެ. ޝަމާންގެ މޮޔަކަމުން މިކްޔާ އަށް އިންތިޒާރު ކުރެވުނީއެވެ. މިކްޔާ އެވަނީ އޭނާ ކުރި ވަޢުދާއި ޚިލާފުވެފައި އެވެ. އަދި މިހާރު އެއުޅެނީ ނަންވެސް ބަދަލުކޮށްގެންނެވެ. މިކްޔާ އެގޮތަށް ކަންތައް ކުރުމުގެ ސަބަބެއް ޝަމާންގެ ސިކުނޑިއަކަށް ނުވިސްނުނެވެ. އޭނާ މިކްޔާ ކައިރިން އޮޅުންފިލުވަން ބޭނުން އެތައް ކަމެއް އެބަހުއްޓެވެ. ނަމަވެސް ބޮޑުދައިތަމެން އުޅެނިކޮށް އެފަދަ ފުރުސަތެއް ލިބުމަކީ ނާދިރުކަމެކެވެ. ހިޔާލީ ދުނިޔެއިން ޝަމާން އަށް ނިކުމެވުނީ ދޮރުގައި މީހަކު ޓަކި ދިން އަޑަށެވެ.
” ދަރިފުޅު ކައިފިންތަ؟ ބޮޑުދައިތަމެން މިދަނީ ޕާޓީ އަކަށް ދާން..ކާން ހަދާފަ އެހުރީ ..ރަނގަޅަށް ކާތި..ދެން އަރާމުކޮށްލާ އިނގޭ ވަރަށް ވަރުބަލި ވެފައެއްނު ހުންނާނީ..” އާލިމާ ހިނިތުން ވެލަމުން އެހެން ބުނެލުމަށްފަހު އިކްރާމާއިއެކު ހިނގައްޖެއެވެ. އެމީހުން ގެއިން ނިކުތްކަން އެނގުމާއެކު ޝަމާން މިސްރާބު ޖެހީ މިކްޔާ އުޅޭ ކޮޓަރިއާއި ދިމާއަށެވެ.

މިކްޔާ އޭނާގެ ދެކުދިން ނިންދެވުމަށްފަހު ކޮޓަރިން ނިކުންނަށް ދޮރު ހުޅުވާލިވަގުތު ދޮރުމަތީގައި ހުރި ޝަމާން ފެނުމާއިއެކު އަވަހަށް ދޮރުލެއްޕުމަށް އުޅުނެވެ. އެވަގުތު ހުށިޔާރު ކަމާއިއެކު ޝަމާން ދޮރުގައި ހިފެހެއްޓުމަށްފަހު މިކްޔާގެ އަތުގައިހިފާ ބޭރަށް ނެރުމަށްފަހު ދޮރު ލައްޕާލީ ދެކުދިންނަށް ހޭލެވިދާނެތީއެވެ. އަދި އެހުރި ގޮތަށް މިކްޔާގެ އަތުގައި ހިފައިގެން ގެންގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ.
“ކީއްވެ؟ “ޝަމާން މިކްޔާގައިގައި އޮޅުލައިގަންނަމުން ބުނެލިއެވެ. އެވަގުތު މިކްޔާ އަށް ލޯމަރާލެވުނީ އަހަރުތަކެއް ކުރީގެ އވަގުތުކޮޅެއް މަތިން ހަނދާންވުމުންނެވެ. ނަމަވެސް ކުޑަވަގުތުކޮޅެއްގެ ތެރޭގައި މިކްޔާ އަކީ ކާކުކަން ހަނދާން ވުމާއިއެކު ޝަމާން އާއި ދުރުވެލިއެވެ.
” ޝަމާން މިހާރު ވަގުތު ފާއިތު ވެއްޖެ.. އެންމެ ރަނގަޅު ގޮތަކީ ދެން އިތުރަށް އަހަރެމެން މިގޮތުގައި ތިބުން..” މިކްޔާ އެހެން ބުނެލީ ޝަމާން އަށް ފުރަގަސް ދެމުންނެވެ.
“ކީއްވެ މިވީ ދުވަސްތަކުގައި އަހރެންނަށް ނުގުޅުނީ؟..ގައިމު މާމަމެން ކައިރީ އަހާލިނަމަވެސް ލިބޭނެ އަހަރެންނާ ގުޅޭނެ ނަމްބަރެއް..އަނެއްކޮޅުން ތިއުޅޭނީވެސް އަހަރެންގެ ބޮޑުދައިތަމެންގޭގައި..އެމީހުން ވެސް ދޭނެ އަހަރެންގެ ނަމްބަރު..މިކް ޖެހެނީ ހަމައެކަނި ބުނެލަން..ދެން އޭރު އަހަރެންނަށްވީ ވައުދު ކޮބާ؟ އޭރު ވީ ލޯބިގެ އެއްވެސް އަގެއ ނެތެއްނު..ކުރިންވެސް ބުނެލި ނަމަ އަހަރެން މިކް އަށް އިންތިޒާރު ނުކުރާށޭ އޭރުން އަހަރެންވެސް ކުލަ ނުޖެހޭ ހުވަފެންތަކެއް ނުދެކޭނެ ދޯ..؟
” މިކްޔާ އަހަރެން ބޭނުން ޖަވާބު..” މިކްޔާގެ ހަމަހިމޭންކަމުން ޝަމާން އަށް ނުތަނަވަސްކަން ލިބެމުން ދިޔައެވެ.
” ނަންވެސް އޮޅުވާލައިގެން ތިއުޅެނީ މީހަކަށް ތީ ކާކުކަން އެނގިދާނެތީވެ ދޯ؟ އަނެއްކާ މީހަކާ އިނދެގެން ލިބުނދަރިންތަ އެއީ؟” ޝަމާންގެ ދުލުން އެފަދަ ބަސްތަކެއް އަޑު އިވުމުން މިކްޔާ އަށް ހައިރާންކަން ލިބިގެން ދިޔައެވެ. ޝަމާން އޭނާއާއި މެދު އެފަދަ ދަށުދަރަޖައިގެ ގޮތަކަށް ދެކޭނެ ކަމަށް މިކްޔާ ހިޔެއް ނުކުރެއެވެ.

މިކްޔާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލުމަށްފަހު ޝަމާން އާއި ދިމާ އަށް އެނބުރުނު އިރު އެމޫނުމަތިން ރުޅިވެރިކަން ފާޅުވާންހުއްޓެވެ.
” ޝަމާން ތިފަދަ ގޮތަކަށް އަހަރެންނާ މެދު ދެކުނީތީ އަހަރެން މިއަދު ވަރަށް ދެރަވެއްޖެ..އަހަރެން ހީކުރީ ޝަމާން އަހެރެންނަށް އިތުބާރު ކުރާކަމަށް އެކަމަކު އެހެނެއް ނުވި..އަހަރެން ވަރަށް މަސައްކަތް ކުރިން ޝަމާން އަށް ގުޅަން..އަހަރެންގެ ދޮންމަންމަ އޮޅުވާލއިގެން އަހަރެން ލަންކާ އަށް ގެންދިޔައީ.. އޭގެ ކުރިން އަހަރެންގެ ފޯނު ވެސް ގެއްލުމުން ދޮންމަންމަގެ ފޯނުންވެސް ވަރަށް ގިނައިން ގުޅިން އެކަމަކު އޭރު ތަޤްދީރު ނިޔާކުރީ އަހަރެމެން ވަކިވާން އެހެންވެ އެގޮތަށް ކަންތައްވީ..އެކަމުގައި ކުއްވެރިއަކީ ވަގުތާއި ހާލަތު އަދި ވެދިޔަ ކަންތަކުގައި އަހަރެން އަބަދުވެސް އަމިއްލަ ނަފުސު ކުއްވެރި ކުރަން..އެއީ ދޮންމަންމަ ކަހަލަ މީހަކު އަހަރެންގެ ދިރިއުޅުމާ ކުޅެލާފައި ދިޔައިރުވެސް އެކަމާ ދެކޮޅަށް ތެދުވާނެ ހިތްވަރު އޭރު ނުލިބުމުން..އެކަމާ އަހަރެން އަބަދުވެސް ހިތާމަ ކުރަން”
” އަދި އެއްވާހަކަ..އަހަރެންނަކީ ތިބުނާކަހަލަ ދަށު ދަރަޖައިގެ އަމަލެއް ހިންގާނެ މީހެއް ނޫން..އަހަރެންގެ ދެކުދިންނަކީވެސް ހަލާލު ގޮތުގައި ލިބިފައި ހުރި ދެކުދިން..ދެން އެކަމާ ބެހޭގޮތުން އިތުރު ތަފްސީލެއް ދޭން އަހަރެން ބޭނުމެއް ނޫން..ހީކުރަން ޖަވާބު ލިބިއްޖެ ކަމަށް..” މިކްޔާ ކިޔަން ބޭނުން އެއްޗެއް ކިޔުމަށްފަހު ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
“ދެން ތިހާ މާތް މީހަކު ކީއްވެ ބޮޑުދައިތައަށް އަސްލު އޮޅުވާލައިގެން ތި އުޅެނީ؟..އަހަރެން އެކޮޅުގައި ހުރި އިރު ބޮޑުދައިތަ ކިޔާދިން ވާހަކަތަކުން ހިޔެއްނުވޭ މިކްޔާ އަކީ ކާކުކަން އެނގޭހެން..” ޝަމާންގެ ވާހަކަތަކުން މިކްޔާގެ ފިޔަވަޅު މަޑުޖެހިލިއެވެ. މިކްޔާގެ ހަނދާނުގައި އިކްރާމްގެ ބަސްތައް އަބަދުވެސް ހުރެއެވެ. އާލިމާ އަށް މިކްޔާގެ ހަޤީގަތް އިނގޭ ދުވަހަކީ އޭނާގެ ކުދިންނާ ވަކިވާނޭ ދުވަހެވެ. އިކްރާމަކީ ކިހަވަރެއްގެ މީހެއްކަން މިކްޔާ އަށް އެނގެއެވެ. އޭނާގެ ބާރުގެ ބޭނުން ކޮށްގެން ދަރިންވެސް ހޯދާނެ ކަމާމެދު ޝައްކެއްނެތެވެ. އިކްރާމް އޭނާގެ ދަރިންދެކެ އިންތިހާއަށް ލޯބިވެއެވެ. އެކުދިންނަށްޓަކައި އޭނާ މީހެއްގެ ފުރާނަ ދުއްވާލަންވެސް ފަހެއް ނުޖެހޭނެއެވެ.
” މިގުޅަނީ ބޮޑުދައިތައަށް..އަހރެން ބޭނުމެއްނޫން ތިކަހަލަ މަކަރުވެރިއެއްގެ ދަލުގައި މިގޭމީހުން ޖެހޭކަށް..މިފަހަރު އެނގިދާނެ މާވަރަކުން ތި ފޮރުވަން އުޅޭ އެއްޗެއް..” ޝަމާން ޖީބުން ފޯނު ނަގަމުން ބެލްކަންޏާ ދިމާއަށް ހިނގައިގަތެވެ.
މިކްޔާ އެއްވެސް އެއްޗެކޭ ނުބުނެ އެކޮޓަރިން ނިކުމެގެން ދިޔައިރު ހިތުގެ ހަމަޖެހުން ގެއްލިއެއްޖެއެވެ. އާލިމާ އަށް ހަޤީގަތް އެނގުމާއިއެކު އިކްރާމް ހެދި ދޮގުތައް ފަޅާއަރާކަށް ގިނައިރެއް ނުނަގާނެއެވެ. އެއަށްފަހު މިކްޔާ އަށް މިގޭގެ ދޮރު އަބަދައްޓަކައި ބަންދުވާނެއެވެ. މިކްޔާ ބާރު ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަދެ އަތްމަތި އަވަސް ކޮށްލިއެވެ. އޭނާގެ އަތް ދަބަހަށް ބޭނުންވާނެ ސާމާނު އެޅުމަށްފަހު ދެކުދިން ކައިރިއަށްގޮސް ހުއްޓުނެވެ.
” އާއްކޯ..މިޝް…ހޭލަބަލަ..” މިކްޔާ ފަހަރަކު މީހެއްގެ ކޮލުގައި މަޑު މަޑުން ޖަހާލަމުން ގޮވާލިއެވެ. އެވަގުތު ދެކުދިންވެސް ކަންނެތް ކަމާއެކު ލޯހުޅުވާލުމަށްފަހު ލޯމަރާލިއެވެ
“ދޫނި ބޭނުންތަ ޑެޑީ ކައިރިއަށްދާން..އަވަހަށް ހިނގާބަލަ ދާން ތެދުވެބަލަ..” މިކްޔާ އެހެން ބުނުމާއިއެކު ދެކުދިން ވަގުތުން ލޯހުޅުވާލުމަށްފަހު ދެފަރާތް ހޯދާލިއެވެ.
” ދެން މަންމީ…ނެތެއްނު ޑެޑީ އެއް..މަންމީ ބުނީމެއްނު ޑެޑީ އުޅެނީ ވަރަށް ދުރުގައޭ އެހެންވެގެން އާއްކޮމެން ކައިރިއަށް ނާދެވެނީވެސް..” އާލާ ނިދި އަޑުން އެހެން ބުނެލިއިރު މިޝާން އަނެއްކާވެސް އޮށޯންނަނީއެވެ.
“މިޝް..އޭތް ދޫނީ ޑެޑީ އެބަހުރި ބޭރުގައި..ބުނީ މިޝްކޮމެން ގޮވައިގެން އަންނާށޯ އަދި ބޮޑު ގިފްޓެއް ހިފައިގެން އައީވެސް”
މިކްޔާ ހުރީ އެކުދިންކައިރީގައި ދޮގު ހަދަންޖެހުމުން ނުހަނު ދެރަވެފައިއެވެ. ނަމަވެސް ވަގުތުގެ ނާޒުކުކަމުން އެހެން ކަންތައް ކުރަންވަނީ މަޖުބޫރުވެފައިއެވެ. އިކްރާމް މެން ގެއަށް ވަނުމުގެ ކުރިން ދެކުދިން ގޮވައިގެން އެގެއިން ނިކުންނަން މިކްޔާ ކޮންމެހެންވެސް ބޭނުމެވެ.
**
މިކްޔާ ސިއްރުން ދެކުދިން ގޮވައިގެން ގެއިން ނިކުތް މަންޒަރު ބެލްކަނީގައި ހުރި ޝަމާން އަށް ފެނުމާއިއެކު މިކްޔާގެ ނަމުން ވަރަށް ބާރަށް ގޮވާލިއެވެ. އޭނާ އެހުރީ މިރޭ ހަޤީގަތް ހޯދުމަށް އަތުކުރި އޮޅާލައިގެންނެވެ. މިކްޔާ ކޮންމެވެސް ކަމެއް ސިއްރު ކުރާހެން ޝަމާން އަށް ޝައްކުވުމާއެކު އޭނާ ބޮޑުދައިތަމެންނަށް ގުޅައިގެން އެހުރީ އެމީހުންގެ އިންތިޒާރުގައި އެވެ.
މިކްޔާ އަށް ޝަމާން ގޮވާލުމާއިއެކު ދެކުދިން އަތުގައި ހިފައިގެން ދުއްވައިގަނެއްޖެއެވެ. އެވަގުތު ކުރިމަތީ އޮތް މަގުން ބާރު ދުވެލީގައި ނިކުތް ލޮރީއެއްގައި ޖެހި މިކްޔާ އާއި އޭނާގެ ދެކުދިން ދުރަށް ވިއްސައިގެން ދިޔައެވެ. ސިކުންތު ކޮޅެއްގެ ތެރޭގައި ލޭގެ ކޯރެއް މަގަށް ފެތުރިގެން ހިނގައްޖެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ShaiShy

Level 410 Stories100 Comments500 Comments

Other Articles

Previous

އެފިނިމެންދަން 5

Next

ފުރަތަަމަ ނަޒަރުން 1

Next
October 23, 2016

ފުރަތަަމަ ނަޒަރުން 1

Previews
October 22, 2016

އެފިނިމެންދަން 5

30 Comments!

  1. kayashandy says:
    October 22, 2016 at 11:29 pm

    hello readers..hope u ll all like this part too..enjoy 10th part of the story..n plx let me knw de mistakes by leaving ur comments..next part insha allah on monday night..keep waiting..
    thank u all for ur support…

  2. Thaathi says:
    October 23, 2016 at 12:12 am

    Vaahka v v rythi..plx plx maadhan next part up koh dhybalaa..plx

    1. kayashandy says:
      October 23, 2016 at 1:54 pm

      thank you thaathi..but as i said next part will up on monday night..but if i cn type b4 dat ill uplosd it soon..insha allah

    2. kayashandy says:
      October 23, 2016 at 2:06 pm

      upload**

  3. Thaathy says:
    October 23, 2016 at 12:14 am

    Me first dhw..yes you..vaahka v v rythi

    1. kayashandy says:
      October 23, 2016 at 1:55 pm

      thank you 🙂

  4. Booooo says:
    October 23, 2016 at 12:27 am

    Alhey. E oiy vee gotheh.
    mi partge dhigumin v sali.
    story habeyxx.
    Varah obi.

    1. kayashandy says:
      October 23, 2016 at 1:55 pm

      tahnk you so much..:)

  5. Petite says:
    October 23, 2016 at 2:38 am

    Wowwwwwww… ??? v habeysss.. waiting for the next part ?❤❤❤

    1. kayashandy says:
      October 23, 2016 at 1:56 pm

      thank you petite..:)

  6. Haha says:
    October 23, 2016 at 8:12 am

    Fasaanaa ge maana bunedheebala

    1. kayashandy says:
      October 23, 2016 at 1:58 pm

      means hithuge udhaasthah.. ( sorrows of the heart)

  7. Love says:
    October 23, 2016 at 8:14 am

    Nice… Next part kon irakun

    1. kayashandy says:
      October 23, 2016 at 1:58 pm

      insha allah on monday night..keep waiting..
      thanks:)

  8. Khajja says:
    October 23, 2016 at 8:26 am

    Wow haadharychchey stry thereyga mi ulhevuny next part avahah up kolladhybala alhey mikyaa mennah dheragothennuhadhachchey n hurihaa kameh engunymaves ikuraam mikyaa egeyn neruna nudheythi aalimaa medhuveri koggen stry v habeys waitin v waitin

    1. kayashandy says:
      October 23, 2016 at 2:00 pm

      u ll knw dat in next part..keep waiting..:)
      thank you khajja 🙂

  9. a₩mm says:
    October 23, 2016 at 9:40 am

    v salhi,waiting.

    1. kayashandy says:
      October 23, 2016 at 2:01 pm

      thank you 🙂

  10. Noya says:
    October 23, 2016 at 11:30 am

    Koniraku upload vany next part

    1. kayashandy says:
      October 23, 2016 at 2:01 pm

      monday night..keep waiting..:)

  11. Faathun says:
    October 23, 2016 at 11:36 am

    2 dharin maruwaanama dhen.. mikya salaamai wefa.. eyrah shamaan ah mikya libeynee

    1. Sunny summer says:
      October 23, 2016 at 1:21 pm

      Kaley haadha nulafa ey…

    2. kayashandy says:
      October 23, 2016 at 2:04 pm

      aslu story feshifa in gothun nama shamaan ah mikya libunyma story hamaei nujeheyne..baei kudhin beynunvedhaane mikya n shamaan gulhen..buts dats not wat i planed..u ll get all de answer later..keep waiting 🙂

  12. detective says:
    October 23, 2016 at 1:42 pm

    nice

    1. kayashandy says:
      October 23, 2016 at 2:04 pm

      thank you..:)

  13. Marshee says:
    October 23, 2016 at 3:04 pm

    Mikya n shamaan ge dharin tha aee haadha heeveyey ehn

  14. Eeenoo says:
    October 23, 2016 at 3:12 pm

    v nice. i love this story

  15. Anonymous says:
    October 23, 2016 at 3:50 pm

    Vvvv reethi ?

  16. Appy says:
    October 23, 2016 at 10:02 pm

    Wow vvvvvvvvvvvvvvvvvvvvvvvvvvvv ryyyythi

  17. Samsam says:
    October 24, 2016 at 12:16 am

    Vrh habeys stry…sry kayashandy…mi 2dhuvas vrh balikoh ulhunyma stry nukiyunii…faadu kiyeykah neh stry beheygothun
    ..vrh vrh vrh furihama vrh reethi…

Comments are closed.

Next Episodeމިހިތުގެ ފަސާނާ 11←


All Right Reserved!