ކާމިޔާބު އަންހެނާ 5
ކާމިޔާބު އަންހެނާ 5
މީނަގެ ޢާޢިލާގެ އެއްވެސް މީހަކު އެބަ ހުރިތަ؟”
އެންމެ އިސްކޮށް މަސައްކަތް ކުރަމުން ދިޔަ ޑޮކްޓަރ ދެވަނަ ފަހަރަށް އަހާލި އެވެ.
ޑޮކްޓަރުން މާޔޫސްވަމުން ދިޔައެވެ. ހީނާ ސަލާމަތް ކުރަން ރޭއްސުރެ އެމީހުން މަސައްކަތް ކުރަމުން ދަނީއެވެ..
“މީނަޔާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭކަށް ނެތް. އެއްވެސް އައިޑީއެއް ނެތް. އެކަކުވެސް ނާދޭ މީނާގެ ބަލާވެސް، ހިޔެއްނުވޭ މީލަންކާ މީހެއް ހެންނެއް. ބޮޑަށް ލަފާވަނީ މީ ދިވެހި ރާއްޖޭގެ ނުވަތަ އިންޑިޔާ ނޫނީ އަވަށްޓެރި ރަށެއްގެ ޓުވަރިސްޓެއް ހެން”
އެހެން ޑޮކްޓަރަކު ވަރަށް ދެރަވެފައި ބުނެލި އެވެ.
ކޮން ބައެއްކަން ނޭނގޭ އެތައް މީހުންނެއް އެރޭ ނަވަލޯކާ އަށް ގެނެވުނެވެ. އެކަމަކު ހިނދުކޮޅެއްގެ ތެރޭ އެ ބައެއްގެ ވާރުތަވެރިން ނުވަތަ އެކުވެރިން އައިސް އެ މީހުންނާ ހަވާލުވި އެވެ. ހީނާގެ ކަންތައް އެނގޭ ހަމައެކަކު ވެސް ނެތީއެވެ.
ހޮސްޕިޓަލުން ހީނާ އަށް އެންމެ ރަނގަޅު ފަރުވާދެމުން ދިޔަ އެވެ. ފަރުވާދޭކަށް ވަކި މީހެއް ބަލާން ނުޖެހޭނެ ކަމަށް އެ މީހުން ބުންޏެވެ. އެމީހުން ބޭނުން ވީ ބަލިމީހާގެ ފުރާނަ ސަލާމަތް ކުރާށެވެ. އެމީހުން ތަފާތު ގޮތްގޮތަށް ހީނާ އާއި ބެހޭ މައުލޫމާތު ލިބޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ފޮޓޯ ބަހަމުންނާ ނޫހުގައި ޖެހުމާއިއަދި ޓީވީންވެސް ދެއްކިއެވެ.
ބައެއް ގެސްޓުން އާދަޔާޚިލާފު ކަންތައް ކުރެއެވެ. ޗެކްއިންކޮށްފައި ދިރިއުޅުން އެހެންތަކެއްގައި ޚިޔާރު ކުރަނީ މަދެއްކޮށް ނޫނެވެ. ޚާއްސަކޮށް މުއްސަދިން މިހެން ހަދައެވެ. އޭނާ ޤައިމުވެސް ޗެކިން ކުރިއެވެ. އެކަމަކު ގެއްލުނީއެވެ. ހައުސްކީޕަރ މީހާ ދެނެގަނެގެން ހުރީ އެއީ ހަމަ އާދައިގެ ކަމެއްގެ ގޮތުގައެވެ. އެކަމަކު އޭނާއަށް ކަންތައް މައްސަލަޔަކަށް ވަނީ އެޗެކިން ވީމީހާގެ ޕާސްޕޯޓާއި އަތްދަބާހާއި ލާރި ހުރިގޮތައް މޭޒްމަތީގައި ހުރީމައެވެ. އޭނާ ޗެކިން ވީދުވަހުގެ ފަހުން އެއްވެސް އެއްޗެއްގައި އަތްލާފައެއް ނެތެވެ. މިހާރު ހަފްތާއެއް ވީއެވެ. ހަމައެކަނި ކޮޓަރި ސާފު ކުރަން ވަންނަނީ ރޫމްބޯއި އެވެ. އަދި މިއަދަށް އެއްހަފްތާވީއިރުވެސް މިގޮތަށް ކަންތައް މިހެންހުރީތީ ފުރަންޓު އޮފީހަށް އޭނާ ރިޕޯޓް ކުރީއެވެ. އެމީހުންވެސް އެކަމަކީ މާބޮޑު ކަމެއް ކަމަށް ނުދުއްޓެވެ. ސަބަބަކީ އޭނާ ވަނީ އެޑްވާންސްކޮށް ދެހަފްތާއަށް ލާރި ދައްކާފަ ކަމެވެ. އަދިހީނާގެ ކުރެޑިޓް ކާޑުވެސް އެމީހުން އަތުގައި ގެރެންޓީއެއްގޮތަށް ވަނީ ދީފައެވެ. އަނެއްކާ އެމީހުންނަށް އެއީ ކާކުކަން ވަރަށް ސާފުކޮށް އިނގެއެވެ. އެމީހުން ޤަބޫލް ކުރާގޮތުގައި އެއީ މީޑިޔާއަށް ފިލަންވެގެން އޭނާ އެތަނުން ރޫމެއްހިފާފައި ދެން ދިޔަ ދިމާލަކަށް ދިޔައީއެވެ. އެކަމަކު ޕާސްޕޯޓާއި ލާރި ބަހައްޓާފަ ދިޔުން އެމީހުން ނޯޓް ކުރިއެވެ. އަނެއްކާ އެދުވަހުން ފެށިގެންވެސް އެއްވެސް އެއްޗެއްގައި އަތްލާފަ ނެތެވެ. ފިލްމުސުޓާރުން މިކަހަލަ އާދަޔާޙިލާފު ކަންތައް ކުރާނެއެވެ.
އެމީހުންގެ ޚިޔާލަށް ވެސް މިދިމާވި ޓެރަރިސްޓު އެކްސިޑެންޓަކާ އޭނާއާއި އެއްވެސް ގުޅުމެއް އޮންނާނެއެކޭ ހީނުވެއެވެ. އެކަމަކުވެސް އެމީހުން އޭނާ ޗެކިން ކުރުމަށްފަހު އެއްގޮތަކަށްވެސް ރޫމަށް ނާންނަ ވާހަކަ ރިސެޕްޝަންގެ ލޮގް ފޮތުގައި ލިޔުނެވެ. އަދި އެކަމަކު އެމީހުން މިވާހަކަ މީޑިޔާ މީހުންނަށް ނުމެއަންގާނެއެވެ. މިއީ ސިއްރު މަޢުލޫމާތެވެ. ސަބަބަކީ އޭނާގެ އެގެއްލުމަކީ އޭނާގެ ލޯބީގެ ޙަޔާތާއި ގުޅުން ހުރި ކަމަކަށް ވެދާނެތީއެވެ. އެހެން ހޮޓާ ގެސްޓުހައުސް ގޮތައް ހިލްޓަން ވެސް އެމީހުންގެ ކަސްޓަމަރުންގެ ޕުރައިވަސީ އަށް ވަރަށް ބަލައެވެ.
ޖެހިގެން އައި ހޯމަ ދުވަހު ޔާސިރު، އުލްފަތަށް ގުޅާލިއެވެ. ޔާސިރު އަކީ ހީނާގެ ފުރަތަމަ ފިރިމީހާއެވެ. އަދި ހީނާގެ ކުދިންގެ ބައްޕައެވެ. އެމީހުން ވަރިވެފައި ތިއްބަސް އެމީހުން ވާހަކަ ދައްކާ ކުދިންގެ ކަންތަކާ މަޝްވަރާކޮށް ހަދައެވެ. ދެއެކުވެރިންގެ ގޮތުންނެވެ.
އޭނާ އެތައްފަހަރަކު، ފާއިތުވި ހަފްތާގައި ހީނާއަށް ގުޅިކަމާއި ފޮނުވި އެއްވެސް މެސެޖަކަށް ޖަވާބު ނުލިބުނު ވާހަކަ އުލްފަތު ކާރީ އޭނާ ބުނެލިއެވެ. އަދި މިކަމަކީ އާދަޔާ ޚިލާފު ކަމެއް ކަމަށް ޔާސިރު ފާހަގަ ކުރިއެވެ.
“ހީނާ އެއުޅުންވަނީ އަމިއްލަ ދަތުރުފުޅެއްގައި”
އުލްފަތު ޔާސިރު ކާރީ ބުނެލިއެވެ. ހީނާއާއި ޔާސިރު ގެ ގުޅުން ރަނގަޅު ކަމުގައި ކުރިންވެސް ހީނާއޮތީ އުލްފަތު ކާރީ ބުނެފައެވެ. އެހެންވެ އުލްފަތު ޔާސިރުއަށް ވަރަށް އިހްތިރާމު ކުރެއެވެ. އެމީހުން ވަރިވެފައި ތިބޭތާ މިވީ އަށާރަ އަހަރެވެ. އެމީހުން ވަކިވީ ލަންކާގެ ކެންޑީގައެވެ.
ހީނާ ފިލްމު ޝޫޓިން ކުރި ދުވަސްވަރު ދިމާވި މައްސަލައެއްގައެވެ. އެއިރު ކުދިންވެސް ވަރަށް ކުޑައެވެ
“ހީނާއެދުރުވީ ދެހަފްތާއަށް…”
އުލްފަތު އަނެއްކާވެސް ބުނެލިއެވެ. ހީނާ ލަންކާއަށް ދިޔަދުވަހު އުލްފަތުއަށް ގުޅިއެވެ. އީމެއިލްކުރިއެވެ. އުލްފަތު ޤަބޫލް ކުރާގޮތުގައި ހީނާ ފޮތުގެ މަސައްކަތް ކުރުމަށް ހިމޭން ވަގުތު ބޭނުން ވަނީއެވެ. އަދި މިވަގުތު ހީނާއަށް ގުޅުމަކީ އެންމެ މުނާސަބު ކަމެއް ކަމަށް އުލްފަތު ނުދުއްޓެވެ. އުލްފަތު ބޭނުންވަނީ ހީނާ،ވަގުތު ކޮޅެއް ހޯދައިގެން އުލްފަތު އަށް ގުޅާފަ ކަންތައްތައް ކިޔާދިނުމެވެ..
“”އޭނާ ހުރީ ކޮންގެސްޓު ހައުސް އެއްގައި ކަން އެނގިފަވޭތަ؟
ޔާސިރު ހާސްކަން އެކުލެވިފައިވާ އަޑަކުން ބުނެލިއެވެ.
“ޔަޤީނެއް ނޫން ދަންނަވާކަށް، ހިލްޓަންގައި އެއްދުވަހު މަޑުކޮށްފަ ދަތުރު ކުރައްވާނެ ވާހަކަ ވެސް ވިދާޅުވީ. އެއްވެސް ކަމެއް ގޯސްވީތޯ؟”
އުލްފަތު ވަރަށް ހިމޭން ކަމާއެކު އަހާލިއެވެ.
އަނެއްކާ ކުދިންނަށް ކަމެއްވީބާ؟ ގައިމުވެސް ކުދިންނާ ބެހޭއެއްވެސް ކަމެއްއޮތިއްޔާ އެކަމެއް އެނގެން ހީނާ ބޭނުންވާނެއެވެ. ކުއްލިއަކަށް އުލްފަތު ހިތައް އެރިއެވެ
“ނޫނޭ އެއްވެސް ޙާއްސަ ކަމެއްއޮތީއެއްނޫން އަހަރެން ބޭނުންވީ ހީނާގެ އުފަންދުވަހަށް އެއްވެސް ކަމެއް ރާވާފައި އޮތްތޯ ބަލާލަންވެގެން. އަހަރެން ޒުންނޫރު އާއި ތާނިޔާ ކުރެންވެސް އަހާލިން. އެމީހުންވެސް އެއްވެސް ޙާއްސަ ކަމެއް އޮތްވާހަކަ ނުބުނާތީ އަދި ކުރިޔަށް އޮތީވެސް އާއަހަރު ވީއިރު ހީނާ ކޮންމެވެސް ޕުލޭންވެސް ކޮށްފައޮވެދާނެނު. ރާމިޒް ނިޔާވި ފަހުންވެސް ހީނާއެއްވެސް ކަހަލަ ޕާޓީއެއް ބޭއްވިކަމެއް އެނގިފައެއްނެތް”
އުލްފަތަށް ޔާސިރު ހީނާ ދެކެ ވާލޯބި އިހްސާސްވިއެވެ. އެކަމަކު މިހާރު ޔާސިރުވެސް އެވަނީ އެހެން ކައިވެންޏެއް ކޮށް އެކައިވެނިން ވަނީ ދެކުދިންވެސް ލިބިފައެވެ. އެކުދިން ދިރިއުޅެނީ ހޮންގްކޮންގް ގައި އެމީހުންގެ މަންމަޔާ އެކުގައެވެ.އަދި އެކުދިންނަކީވެސް މިހާރު ފުރާވަރަށް އަރާފަ ތިބި ބޮޑެތި ކުދިންނެވެ. ހީނާއަށް ވަނީ މިކުދިންނާވެސް ދެފަހަރެއްގެ މަތިން ބައްދަލު ވެފައިވެއެވެ..
“ހީނާ އަޅުގަނޑަށް ގުޅާފީޔާ އަޅުގަޑު ދަންނަވާނަން ޔާސިރު އަށް ގުޅުއްވާށޭ. ޔަޤީނުންވެސް މާގިނަދުވަހެއް ނުވެ ގުޅާލައްވާނެ ކަންނޭގެ”
“މިދިޔަ ހަފްތާގަ ލަންކާގެ ބަންބަލަޕިޓިޔާގައި ބޮމުގެ ވަރުގަދަ ހާދިސާ އެއްހިނގައިފި އުލްފަތުއަށް މީގެ ޙަބަރު އެނގިފަތޯ އޮތީ؟ އަހަރެން އުންމީދު ކުރަން މިކަމާ ހީނާޔާ އެއްވެސް ކަހަލަ ގުޅުމެއް ނޯންނާނެޔޭ. މިވާހަކަ ދިވެހި ނޫސްތަކުންނާ ބޭރުގެ މީޑީޔާއިން ވަރަށް ގަދަޔަށް އަދިވެސް އެބަ ދެއްކާ”.
“އަޅުގަނޑުވެސް ތިވާހަކަ އަޑުއެހިން އެކަމަކު މާބޮޑު ތަފްސީލެއްނެތް. އެނގިފަ ފުރަތަމަ އަޅުގަނޑުވެސް ކަންބޮޑުވި. އެކަމަކު ހަމަ އެދުވަހު ހީނާއަޅުގަނޑަށް ގުޅުއްވި އަދި މެއިލްވެސް ކުރެއްވި، އަޅުގަނޑުވެސް މެއިލް ކުރިން ގަޑި މާރަނގަޅަށް ހަނދާނެއް ނެތް. އެދުވަހަކީ ހީނާ ލަންކާއަށް ދުރުވި ދުވަސް. ހަމަޔަގީނުންވެސް ދަތުރުގެ ވަރުބަލި ކަމާއެކު ހީނާ އެދުވަހު ހޮޓަލުން ބޭރަށް ނިކުމެ ވަޑައެއް ނުގަންނަވާނެކަން ގައިމު. ހީނާގެ އާދަޔަކީ ވެސް އެއީ ދަތުރު ކުރައްވާ ދުވަހު ވަރަށް ނިދިކުރައްވާނެ ޖެހިގެން އަންނަ ދުވަހު ބޮޑަށް ބޭރަށް ނިކުތަސް ނިކުންނާނީ ”
އުލްފަތު ތަފްސީލް ކޮށް ދެވޭތޯ އުޅުނެވެ.
“ހީނާއަށް މެއިލް ކޮށް ޖަވާބު ލިބުނުތަ؟”
އަނެއްކާވެސް ޔާސިރު އަހާލިއެވެ.
“ނޫނޭ އަޅުގަނޑަށް އެނގޭ ހީނާގެ ލެޕްޓޮޕް ވަނީ ނިވިފައި އަދި ހީނާ ބޭނުންވަނީ ހަމަ އެކަނިވެރި ވަގުތު ކޮޅެއް އެހެންވެ އަޅުގަނޑުވެސް ފަހުން މެއިލް ނުކުރަން”
“އަހަރެން ހީނާއަށް ހިލްޓަން އަށްގުޅާލާނަން ދިމާވެއްޖެއްޔާ މެސެޖް ކޮށްލާނީ”
“ހީއެއްނުވޭ ދިމާވާނެހެން، އަޅުގަޑަށް ހީވަނީ ހީނާ ޓުރެވެލް ހެން ކުރައްވަނީހެން، ދެދުވަހެއްވަރު ބަލާލާފައި އަޅުގަނޑުވެސް ގުޅަން މަސައްކަތް ކުރާނަން”
“ކުދިން ކޮޅު ބޭނުންވެދާނެ ހީނާކާރިޔަށް އަންނަން. އަދި ލަންކާގަ އަހަރެމެން ދޫކުރި ގެޔާބޭހޭގޮތުންވެސް އެބަޖެހޭ ހީނާއާއި ވާހަކަ ދައްކާލާން، އެހެންވެ އެހާވަރުން މިގުޅަނީ”
“ހީނާ ގުޅާފިއްޔާ އަޅުގަނޑު ތިކޮޅަށް ގުޅާނަން އެންމެ ރަނގަޅުތޯ؟”
“އަހަރެން ހިލްޓަން އަށް ގުޅާނަން އަދި ވާހަކަ ދައްކާލާނަން. ޝުކުރިއްޔާ އުލްފަތު”
މިހެންބުނެފަ ޔާސިރު ފޯނު ބޭއްވިއެވެ.
އުލްފަތު ކުޑަކޮށް ހާސްވިއެވެ. އަނެއްކާ ހީނާ ކޮބައި ބާވައެވެ. ޔާސިރު އެދިން ޙަބަރުން އުލްފަތު ކަންބޮޑުވީ ކީއްވެގެން ކަމެއް އޭނާއަށްވެސް ނޭގުނެވެ. ގައިމުވެސް ހިތްހަމަ ނުޖެހޭ ގޮތެއް އެބަވެއެވެ. ބޭނުންވަނީ ހަމަ މިހާރު ހީނާއާއި ގުޅާފައި ހީނާ ކޮބާތޯ ހުރީ ރަނގަޅަށްތޯ ޤައިމު ކުރާށެވެ.
ފޯނު ބޭއްވުމަށްފަހު އުލްފަތު އޭނާގެ އޮފީސް މޭޒްކާރީ އިށީނެވެ. ހީނާގެ ހުރިހާ ކަމަކާވެސް އުލްފަތު ހަމަ މިވަރަށް ވިސްނައެވެ. ލަންކާގައި ހިނގި ބޮމުގެ ހާދިސާގައި ހިނާއަށް އެއްވެސް އެނގުމެއް ނުވާނެކަން އުލްފަތު ގަބޫލް ކުރެއެވެ. އެހެނަސް އޭނާ ބޭނުންވީ މެއިލް އިންނަމަވެސް ހީނާއާއި ގުޅާށެވެ.
ފޯނު ބޭއްވުމަށްފަހު ޔާސިރު ހިލްޓަން އަށްގުޅާލިއެވެ. އަދި ހީނާގެ ރޫމަށް ގުޅާދޭށޭ ބުންޏެވެ. އެމީހުން ފޯނު ހޯލްޑަށް ލުމަށްފަހު ކުޑައިރުކޮޅަކުން އެމީހުން ހީނާކޮޓަރީގައި ނޫޅޭވާހަކަ ބުންޏެވެ. އަދި އެކޯލް ފުރަންޓް އޮފީހަށް އެމީހުން ޕާސް ކުރިއެވެ. އެއީ އެމީހުންގެ އާދައެވެ. އޮޕަރޭޓަރަށް އަންނަ ކޯލްއަކުން ޖަވާބު ނުދެވިއްޖެއްޔާ އެމީހުން ގުޅާދޭނީ ފުރަންޓް އޮފީހަށެވެ. އެއީ ގެސްޓުންގެ ގިނަ މައުލޫމާތު އެތަނުން ލިބޭނެ ކަމަށްވާތީއެވެ. އެހުރިހާ އިރު ޔާސިރު ފޯނު ހޯލްޑު ކޮށްގެން އިނެވެ. އެވަގުތު ފުރަންޓު އޮފީހުން މިހަކު ވަހަކަ ދައްކަންފެށިއެވެ. އަދި ފޯނުގައި ހުރީ ކާކުތޯ އަހާލިއެވެ.
“އަހަރެންގެ ނަމަކީ ޔާސިރު، އަހަރެންނަކީ ހީނާގެ ކުރީގެ ފިރިމީހާ. އަހަރެންނަކީ ހިލްޓަންގެ ދުވަސްވީ ކަސްޓަމަރެއް. އަނެއްކާ ހީނާ ރަނގަޅުތޯ؟. ވާހަކަ ދައްކަނީ ކާކު؟”
ތުރުތުރު އަޅާ އަޑަކުން ޔާސިރު އަހާލިއެވެ. އަނެއްކާ ހީނާއަށް ކަމެއްވީބާ؟ ޔާސިރު އޭނާގެ އަމިއްލަ ހިތާވެސް މިސުވާލު ކުރިއެވެ.
“އަޅުގަނޑަކީ ފުރަންޓް އޮފީސް މެނޭޖަރ. މިދެން ވަރަށް އާދައިގެ ކަމެއް. ހީނާ މިތަނަށް އައިދުވަހު ޗެކިން ވުމަށްފަހު ބޭރަށް ދިޔަގޮތަށް ކޮޓަރިއަށް ނުމެއާދޭ. ވެދާނެ ކޮންމެވެސް އެހެން ހޮޓަލަކަށް ދުރުވީ ކަމަށްވެސް ނޫނީ ދަތުރު ކުރައްވަނީ ކަމަށްވެސް އެކަމަކު….”
މެނޭޖަރ ވާހަކަ ހުއްޓާލިއެވެ
“އެކަމަކު ހިނެއްވީ؟”
ކަންބޮޑުވެފަ ޔާސިރު އަހާލިއެވެ.
“އެކުން އަޅުގަނޑު މިވާހަކަ ބުނަން މިޖެހުނީ އޭނާގެ ޕާސްޕޯޓާއި އަތްދަބަސް ވެސް ކޮޓަރީގައި ހުރުމާއެކު، ދަތުރު ކުރަންޏާ ޕާސްޕޯޓުވެސް ބޭނުންވާނެނޫންތޯ؟ ގާތްގަޑަކަށް މިހާރު އެއިންއެއްޗެއްގައި އަތްވެސް ނުލާތާ ދެހަފްތާވަނީ””
“ހަމަރަނގަޅަށްތަ؟ ތިތަނުން އެއްވެސް މީހަކު އޭނާ ދެކެފައި ވާނެތަ؟”
“ޔަޤީންކޮށް ދަންނަވާކަށް ނޭނގޭ މީކޮންމެވެސް ވަރަކަށް އާދަޔާ ޙިލާފުކަމެއްހެން އަޅުގަނޑަށްވެސް ހީވަނީ އެއީ ދަބަހާ ޕާސްޕޯޓު އެގޮތަށް އޮތީމާ”
“އާނ! ޔަޤީނުންވެސް ތިޔައީ އާދަޔާ ޙިލާފު ކަމެއް. ހީނާ ޕާސްޕޯޓް ބާއްވާފައި އެއްވެސް ތަނަކަށް ނުދާނެ. ތިޔަބޭފުޅުން ޕޮލިހަށާއި ހޮސްޕިޓަލަށްގުޅަންވީ ނޫންތޯ. ފަހަރުގައި ބޮމުގެ ހާދިސާގައި ގެންދިޔަ މީހުންގެ ތެރޭގައި ވެސް ވެދާނެ ނޫންތޯ؟ ފަހަރެއްގައި އެބޭފުޅުންނަށްވެސް އައިޑެންޓިފައި ނުކުރެވި އޮވެދާނެނޫންތޯ؟”
ޔާސިރު ކަރުނަވީ އަޑަކުން ވާހަކަ ދެއްކިއެވެ. ހީނާއަށް އެއްވެސް ގެއްލުމެއްވާކަށް ޔާސިރު ބޭނުމެއް ނޫނެވެ. އޭނާ އަދިވެސް ހީނާދެކެ އިންތިހާއަށް ލޯބިވެއެވެ. ހީނާއަކީ އޭނާގެ ދެކުދިންގެ މަންމައެވެ. އަދި ހީނާއަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާވެސް މެއެވެ. ގައިމު އޭނަޔަށްވުރެ ބޮޑަށް އުލްފަތުއަށް އެނގޭނެޔޭ އޭނާގެ ހިތް ބުންޏެވެ. ފަހަރެއްގައި އޭނާ އާ ލޯބިވެރިއެއްގެ ކަންތައްގަނޑެއްވެސް އޮވެދާނެ ބާވައެވެ. އެހެންނޫނަސް ހީނާ ސިންގަލް ވިއްޔާއެވެ. ކޮންމެވެސް މީހަކާ ވެސް ލޯބީގެ ގޮތުން ގުޅުމަކީ ވެދާނެ ކަމެކެވެ. އެކަމަކު ފުރަންޓު އޮފީސް މީހާ އެބުނާހެން އޭނާ ޕާސްޕޯޓް އާއި އަތް ދަބަސް ބާއްވާފައި ދާނެ ގޮތެއް ނުވާނެ ނޫންހެއްޔެވެ. އެއާ ނުލާ ދަތުރެއް ނުކުރެވޭނެއެވެ. ޔާސިރު އަމިއްލަޔަށް ވާހަކަ ދައްކަމުން ދިޔައެވެ. އޯކޭއެވެ. މީހަކާ އެއްކޮށް އޭނާ އުފަލުގައި ހުރެފީއްޔާ ހަމްދު ލިﷲ އެވެ. ޤައިމުވެސް ހޮސްޕިޓަލުގައި އެއްވެސް ދެރަގޮތެއް ވެފައި އޮންނާކަށް ޔާސިރު ބޭނުމެއް ނޫނެވެ. ހިތާ ހިތާ އޭނާ ވިސްނިއެވެ.
“ކަލެއަށް ޗެކްކޮށްލާފައި އަހަރެންނަށް ގުޅާދެވިދާނެތަ؟ ”
ޔާސިރު ތުރުތުރު އަޅާ އަޑަކުން ބުނެލިއެވެ.
“ތީ އެއްވެސް ކަމެއްނޫން. ދެއްވާ ނަމްބަރ . ވަގުތުން އަޅުގަނޑު ގުޅާނަން އެއްވެސް ޙަބަރެއް ވެއްޖެއްޔާ”
ޔާސިރު އޭނާގެ ނަމްބަރ މެނޭޖަރ ދިނެވެ. އެއީ ލަންކާ ގަޑިން މެންދަމު 1 ޖެހިއިރެވެ.
ވިހިމިނިޓްތެރޭ ހިލްޓަން އިން ގުޅިއެވެ. ހަމަ ކުރިންވެސް ޔާސިރު ވާހަކަ ދެއްކި މެނޭޖަރ ޔާސިރު އާއި ވާހަކަ ދެއްކިއެވެ.
“ހަމަ އެއްވެސް ޙަބަރެއް އަދި ނުވަނީތަ؟”
މާޔޫސް ވެފައިވާ އަޑަކުން ޔާސިރު އެހިއެވެ.
“މާ ބޮޑު ޙަބަރެއް ނުލިބޭ އެކަމަކު…”
މެނޭޖަރ އެހާހިސާބަށް ބުނެފަ ހުއްޓާލިއެވެ.
“އެކަމަކު.. ކީއްތަވީ ބުނެބަލަ އަހަރެން ކާރީ ޕުލީސް” ޔާސިރު ހާސްވެފަ އަހާލިއެވެ.
“އަސްލު ނުވާނެ އެއީ ހީނާ ކަމަށް އެކަމަކު ހޮސްޕިޓަލުގަ މިބޮމުގެ ކަންތަށް ވިދުވަހުން ފެށިގެން 45 އަހަރުގެ އަންހެނަކު އައިޑެންޓިފައި ނުކުރެވިފަ އެބައޮތްކަމަށް ހޮސްޕިޓަލަށް އަޅުގަނޑުމެން ގުޅީމަ ބުނި އަޅުގަނޑު ދާނަން ބަލާލަން އެއީ ކާކުތޯ އެކަމަކު ފުރަތަމަ މިޙަބަރު ޔާސިރު އަޅުގަނޑު މިދިނީ”
“އަދިވެސް ނުގޮސް ތިޔައުޅެނީ ކީއްވެ ގޮސް އަވަހަށް ޗެކް ކޮށްބަލަ”
“ލައްބަ އޭނާ މިވަގުތު އޮތީ އައިސީޔޫ ގަ ކަމަށް ވަނީ އެހެންވެ ރޭގަނޑުގެ މިގަޑީގަ ވަދެވޭނެ ކަމެއް ނޭނގެ މާދަމާ ހެނދުނު ދިޔުން އޯކޭ ނޫންތޯ؟”
“ތިޔަމީހަކަށް ވެފަ އޮތްގޮތެއްވެސް ނޭނގޭނު. ﷲ އިރާދަ ކުރެއްވީޔާ ތިޔަ ނުވާނެ ހީނާއަށް”
“އެމީހަކާ ބެހޭގޮތުން ހޮސްޕިޓަލުން ބުނީ އެއީ މިކަންތަށް ދިމާވި ދުވަހުންފެށިގެންވެސް ކާކުކަން އައިޑެންޓިފައި ނުވެފަ އޮތް ހަމައެކަނި މީހާކަމަށް. އެމީހާގެ ބޮލަށް ވަނީވެސް ވަރަށް ބޮޑަށް ޒަޙަމް ވެފަޔޯ. އަދި އެމީހާ ކިރިޔާ ދުނިޔޭގައި އޮތްކަން ކަމުގައެވެ. މަރުވިޔަސް ކާކުކަން އައިޑެންޓިފައި ވަންދެން މޯޗަރީ ގަ ބާއްވާނެ ކަމަށް ޑޮކްޓަރުން ބުނި. އަދި މިހާރު އެމީހާ އޮތީ ކޯމާގަޔޯ. އެއީ އޯ އައިޑެންޓިފައި ނުވެގެން އުޅޭސަބަބަކީވެސް. އެކަމަކުވެސް އެއީ ހީނާ އޭ ދަންނަވާކަށް ނުވާނެ. އެއީ ހީނާއަކީ މަޝްހޫރު ފިލްމީ ތަރިޔެއް ވީމާ ކޮންމެ މީހަކަށް ވެސް އެނގޭނެ ހީނާ ފެންނަ އިރަށް. މުޅި މީޑިޔާ އެހެންނޫންނަމަ އެވާހަކަ މިހާރު ގޮވީސް.”
މެނޭޖަރ މިވާހަކަ ދައްކަމުން ދިޔައިރު ޔާސިރުގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހެމުން ދިޔައެވެ.
“ވެދާނެނު މޫނު މާބޮޑަށް ޒަޙަމް ވީމަ އަދި ކާކުކަން އައިޑެންޓިފައި ނުވެގެން އުޅެނީކަމަށް. ނޫނީ އެއީ ހީނާއެއްނޫން.ﷲ އޭނާ ރައްކާތެރި ކުރައްވާނެ” ގިސްލަމުން ޔާސިރު ބުނެލިއެވެ.
“އަޅުގަނޑުގެ ދުޢާއަކީވެސް ތިޔައީ. ﷲ އިރާދަ ކުރެއްވީޔާ އެއީ ހީނާ ކަމަކަށް ނުވާނެ. އަދި ކޮންމެ ތާކު ހީނާ ހުއްޓަސް ހީނާ ވާނީ ގަދަވެ ސަލާމަތުން” ވައި އަޑުން ކަހަލަ ގޮތަކަށް މެނޭޖަރ ވާހަކަ ދެއްކިއެވެ.
“އަހަރެން ހަމަ މާދަމާ ފުލައި ކުރާނަން. ހީވާގޮތުން ދެން އަހަރެންނަށް ލިބޭނީ ހެންދުނު 6:30 ފުލައިޓް ކަންނޭގެ. ތިތަނުން އަހަރެންނަށް ރޫމެއް ބުކް ކޮށްދެވިދާނެތޯ؟”
“ޔަގީނެއްނު. އަޅުގަނޑުމެން ހީނާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބޭތޯ ބަލާނަން”
ޔާސިރު ބޭނުންވީ މިވަގުތުވެސް ލަންކާ އަށް ދާށެވެ. އެކަމަކު މާދަމާ ހެންދުނު 6:30 ކުރިޔަކުން އެއްވެސް ފުލައިޓެއް ނެތެވެ.
ޔާސިރު ފޯނު ބާއްވާފަ ގިސްލަ ގިސްލާފަ ރޯންފެށިއެވެ. ކުޑަކުއްޖެއްހެން ނެވެ.
ޔާސިރު އުލްފަތު އަށް ގުޅިއެވެ އަދި ހިލްޓަން މެނޭޖަރ ދެއްކި ވާހަކަ ކިޔާދިނެވެ.
“އަޅުގަޑަށް ޔަގީން އެއީ ހީނާ ކަމަކަށް ނުވާނެ ދޮގެއްތޯ؟”
ވަރަށް މައުސޫމް ކަމާއެކު ގިސްލަމުން އުލްފަތު ބުނެލިއެވެ. އޭރުވެސް އޭނާގެ އަތުން ފޯނުގެ އަތްގަޑު ދޫވާން އުޅޭކަހަލައެވެ.
“ﷲ އިރާދަ ކުރެއްވީޔާ އެއީ ހީނާ ކަމަކަށް ނުވާނެ.. އެހެންވިޔަސް އަހަރެން ބޭނުންވަނީ އަހަރެން އަމިއްލަޔަށް ގޮސް ބަލާލުމަށް.. ތިކޮޅުން އޭނާގުޅާފީއްޔާ އަވަހަށް އަހަރެންނަށް ޙަބަރު ކުރާތި އެހެންނޫނީ އެއްވެސް ކަމަކާ ނުލާ އަހަރެމެން ކަންބޮޑުވީކަމަށްވާނީ. ކުދިން ގުޅިޔަސް އެއްވެސް އެއްޗެކޭ އަދި ނުބުނާތި.އަހަރެން ޒުއްނޫނު އަށް ގުޅާފަ ބުނާނަން ބިޒްނަސް ކަމެއްގައި އަހަރެން ސިންގަޕޫރަށް ދަނީޔޭ ނޫނީ އޭނާ އަހަރެން ހޯދަފާނެ. އަހަރެންނަށް ހީނާއާއި ބެހޭގޮތުން ކަށަވަރު ނުވަނީސް އެއްވެސް ވާހަކައެއް ކުދިން ކާރީ ބުނާކަށް އަހަރެން ބޭނުމެއްނޫން.” ޔާސިރު ބުނެލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Varah hadi