Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތާޝާ (ތިންވަނަ ބައި)

Ifaau Level 210 Stories
October 20, 2016 5 Mins Read
13 Comments

“އިނާ އަހަރެންނަށް ހެލްޕްވާނަން ދޯ؟” އަހަރެން އިނާޝާގެ އެހީ ކިތަންމެހާވެސް ބޭނުމެވެ. “ހުމްމް..” މިހެން ބުނުމަށްފަހު އިނާޝާ ތެދުވެގެން ދިޔައެވެ. އަހަރެންގެ ބޮލުން އެތައްކަމެއް ލުއިވެގެން ދިޔަހެން ހީވިއެވެ. ހިތަށް ހަމަޖެހުން ލިބި، މޫނުމަތި އުޖާލާވިއެވެ. އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. “ތާޝާގެ ހިތާ ހިސާބަށް އަހަރެން ވާސިލްވާނަމެވެ. ތާޝާގެ ކޮންމެ ރިހުމަކަށް ފަރުވާ ކޮށްދޭނަމެވެ.”

ހަމަ އެރޭގެ ވަގުތެވެ. އަހަރެން ހިނގަމުން ދިޔައީ ރަށުގެ އަތިރިޔާއި ދިމައިންނެވެ. އަހަރެންގެ މިސްރާބު ހުރީ ރަށުގެ އުތުރު ފަރާތު ވަލާއި ދިމާލަށެވެ. ނޭންގި ނަމަވެސް އަހަރެންނަށް ދެވެމުން ދިޔައީ ތާޝާގެ ގެޔާއި ދިމާލަށެވެ. ނޭންގޭ ބާރަކުން އަހަރެން އެގެޔާއި ދިމާލަށް ދަމާހެންވެސް ބައެއްފަހަރު ހީވެއެވެ. އެގެޔާއި ގާތް ވަމުން ދިޔަ ވަރަކަށް މީހުން ވާހަކަ ދައްކާ އަޑު ކޮންމެވެސް ވަރަކަށް އިވެމުން ދިޔައެވެ. ބަޔެއްފަހަރު އަންހެން ކުއްޖެއްގެ ހަޅޭކުގެ އަޑުވެސް އިވެމުން ދެޔެއެވެ. އެއަޑު ކަންފަތުގައި ޖެހޭ ކޮންމެ ފަހަރަކު އަހަރެންގެ ހިތުގައި ރިހެލައެވެ. ހިނގުން އަވަސްކޮއްލީ ހިނގަމުން މިދަނީ ކޮންކަމެއްތޯ ބަލާހިތްވިލެއް ބޮޑު ކަމުންނެވެ. އެގޭ ދޮރުމައްޗަށް އެރި އިރު ތާޝާ ދުވަމުން ގެއިން ނިކުންނަނީއެވެ. އަހަރެން ފެނުމުން އައިސް ވަނީ އަހަރެންގެ ފުރަގަހަށެވެ. “މާޒް އަހަރެން ސަލާމަތް ކުރޭ..” ތާޝާ ކުރިޔައްވުރެ ބާރަށް އަހަރެން ގައިގައި ހިފަހައްޓާލިއެވެ. “ކޮން ބަޔެއް؟ އަހަރެންނަކަށް އެއްވެސް ބަޔެއް ނުފެނޭ..” އަހަރެން ފަރާތް ފަރާތަށް އެނބުރެމުން ތާޝާ އެބުނާ ބަޔެއް ފެނޭތޯ ބެލީމެވެ. ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވިޔެވެ. ކުރިން އިވުނު މީހުންގެ ވާހަކަ ދެއްކުމުގެ އަޑުތަކެއްވެސް ނީވެއެވެ. “އެ…އެ މީހުން.. އެމީހުން އަހަރެން.. އެމީހުން އަހަރެން ގެންދަން އުޅެނީ…” ގެޔާއި ދިމާލަށް އިނގިލި ދިއްކުރަމުން ތާޝާ ވާހަކަ ދެއްކިޔެވެ. ނަމަވެސް ގަނެފައިވާ ބިރަކާއި ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން ތާޝާއަށް ވާހަދެއްކެނީ ވަރަށް އުނދަގުލުންނެވެ. “ކޮންބަޔެއް؟ ހިނގާބަލަ އަހަރެންނަށް ދައްކަން ތިބުނާ ބަޔެއް!..” މިހެން ބުނަމުން އަހަރެން ކުރިޔަށް ދާން ހިނގައިގަތީމެވެ. ނަމަވެސް ހުއްޓުން އެރީ ފަހަތުން ތާޝާ އަހަރެންގެ އަތުގައިހިފާ ހުއްޓުވީމައެވެ. “ނޫން މާޒް.. އެމީހުން މާޒްއަށް ކޮންމެ ފަދަ ކަމެއްވެސް ކޮއްފާނެ.. ހިނގާ ދާން.. މާޒްއާއެކު އަހަރެން ގެންދޭ.. ޕްލީޒް އަހަރެން ސަލާމަތް ކުރޭ!..” ދެއަތުން އަހަރެންގެ ކަނާއަތުގައި އޮޅުލައި ގަންނަމުން ތާޝާ ބުނެލިއެވެ. އަހަރެންނަށް ހިންދިރުވައިލެވިނެވެ. ތާޝާ ރޯތަން އަހަރެންނަށް ކިތަންމެ ވަތަކަށްވެސް ފެނިފައި ވެޔެވެ. ނަމަވެސް މިހާ އަސަރުކޮށްފައި ވާތަން މިފެނުނީ ފުރަތަމަ ފަހަރަށެވެ. އަހަރެންނަށް ވެސް އެވޭނީ އަޑު އިވިފައި ފުން އަސަރުތަކެއް ކުރުވިޔެވެ. އަހަރެންގެ ވާއަތުން ތާޝާގެ އެއްއަތުގައި ހިފާލީމެވެ. އަދި މަޑުމަޑުން ތާޝާ ގެނެސް އަހަރެންގެ މޭގައި ޖައްސައިލީމެވެ. “އެހުރީ އޭނަ” އަހަރެމެން ދެމީހުންނަށްވެސް ސިއްސައިގެންގޮސް ފަހަތައް އެނބުރެލެވުނީ އެއްފަހަރާއެވެ. އޭރު ދެފިރިހިނުން ދުވަމުން އަހަރެމެންނާއި ދިމާލަށް އާދެޔެވެ. “މާޒް ހިނގާ ދާން..” ތާޝާ އަހަރެންގެ އަތުގައި ހިފައިގެން ދުއްވައިގަތެވެ. އަހަރެންވެސް ތާޝާގެ އަތުގައި ހިފައިގެން ދުވަމުން ދިޔައީ ވަކި މިސްރާބެއް ނެތިއެވެ. ފަހަތުން އެމީހުން ތާޝާ މަޑުކުރާށޭ ގޮވަމުން އާދެއެވެ. ކުއްލިޔަކަށް ތާޝާ ވެއްޓުނީ ކައިރީގައި އޮތް ބޮޑު ގަލަކު ފެއްސިފައެވެ. އެއިރު އަހަރެމެން ފަހަތުން ދުވަމުން އައި މީހުން އަހަރެމެންނާ އަރާ ހަމަކުރަނީއެވެ. ތާޝާއަށް ނުތެދުވެވިގެން އުޅެނިސް އެމީހުން އައިސް އަހަރެމެން ދެމީހުން ވަށާލިއެވެ. އެއީ ހަށިގަނޑުން ވަރުގަދަ ބިޔަ ދެމީހުންނަވެ. އަހަރެން ދެލޯ ބޮޑުވެގެން ދިޔައީ ދެވަނަ މީހަކަށް ހުރީ އަހަރެން ދަންނަ، އަހަރެންގެ އަވައްޓެރިޔެއް ކަމައްވާ އާދަމްބެ ފެނުމުންނެވެ. އާދަމްބެ އަތުގައި ބޮޑު ލަކުޑިގަނޑެއް އޮތެވެ. އައިގޮތައް އައިސް ޖެހީ އަހަރެންގެ ބޮލުގަޔެވެ. “މާޒް” އެވަގުތު ތާޝާ ވަރަށް ބާރަށް ހަޅޭތްލަވާގަތެވެ. އަހަރެންގެ މެރެމުން ދިޔަ ދެލޮލަށް ފެންނަމުން ދިޔައީ ދެފިރިހިނުން ވެގެން ތާޝާ ބިންމަތީ ދަމާފައި އައި ކޮޅަށް ގެންދާތަނެވެ. “މާޒް އަހަރެން ސަލާމަތް ކުރޭ… މާޒް” ތާޝާގެ ހަޅޭކުގެ އަޑުން އަހަރެންގެ މުޅި ކަންފަތް ގުގުމަމުން ދިޔައެވެ.

“ތާޝާ” ބާރު ހަޅޭކަކާއި އެކު އަހަރެންނަށް ފުންމައިގެން ތެދުވެވުނެވެ. މުޅި މީހާ ހުރީ ދާހިތްލާފޯވެފައެވެ. އެނދުމަތީ އަތް ކާއްތާލަމުން ދެފަރާތް ބަލާލީމެވެ. އަހަރެންނަށް މިއޮވެވުނީ ބޭރަކުވެސްނޫނެވެ. މިއޮވެވުނީ އެނދުމަތީއެވެ. މިފެނުނީ ކޮންކަހަލަ ހުވަފެނެއް ހެއްޔެވެ. އަހަރެންގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ނޭންގޭ ބިރުވެރިކަމެއް މުޅި މީހާ ވަށާލިއެވެ. އަހަރެންނަށް ދުވަހަކުވެސް މިކަހަލަ ހުވަފެނެއް ނުފެނެއެވެ. މީގައި ކޮންމެވެސް ކަހަލަ ހަގީގަތެއް ވާނެޔޭ އަހަރެންގެ ހަވަނަ ޙިއްސު ބުނަމުން ދިޔައެވެ. އެނދުންތެދުވީ ފަތިސް ނަމާދަށް ގޮވާ އަޑު އިވުމުންނެވެ. ފެންވަރާލައިގެން އަހަރެން އަވަސްވެގަތީ މިސްކިތައްދާށެވެ.

ނަމާދުން އައިސް ކޮފީއެއް ހަދައިގެން އަހަރެން ނިކުތީ ބޭރަށެވެ. ޖޯލީގައި އިންދައި އިނާޝާ ކުނިކަހަން ނިކުމެ އުޅޭތަން ފެނުނެވެ. ކޮފީތަށި ހުސްކޮށްލާފައި، ބަދިގޭގައި ބެހެއްޓުމަށްފަހު އަހަރެން ދިޔައީ އިނާޝާމެންގޭ ކައިރިއަށެވެ. ގޮސް ޖޯލީގައި އިށީނުމާއިއެކު އިނާޝާ އަހަރެންނާ ވާހަކަ ދައްކަން ފެށިއެވެ. “މިގަޑީގަ އެހެންޏަކާ ނުފެނެ.. އަނެއްކާ ކަމެއް އޮތީތަ؟” ކުނިތައް އެއްކޮށްލަމުން އިނާޝާ އަހާލިއެވެ. “ނޫން ހަމަ ނިދާހިތް ނުވެގެން ނިކުމެލީ..” އަހަރެން ބުނެލީމެވެ. “އެޔޯ؟ ތާޝާ ހުވަފެނުން ފެނުނީތަ އަނެއްކާ؟” ފާޑަކަށް ހެމުން އިނާޝާ ބުނެލިއެވެ. ނޭންގި ނަމަވެސް އިނާޝާއަށް ބުނެވުނީ ތެދަށެވެ. ހުވަފެނޭ ބުނުމުން އަނެއްކާވެސް އަހަރެންގެ ހިތް ތެޅެން ފެށުނެވެ. “އޭތް.. ތާޝާގެ ނަން ބުންޏަސް ތިހިރަ ވާގޮތެއްދޯ..” އިލޮށިފަތި ބޭއްވުމަށްފަހު އަހަރެން ކައިރީއައިސް އަށީންނަމުން އިނާޝާ ބުނެލިއެވެ. “އޭ އަސްލުވެސް އަހަރެންނަށް ތާޝާ ހުވަފެނުން ފެނެއްޖެ ރޭގަ.. އެކަމަކު ވަރަށް ފާޑެއްގެ ބިރުވެރި ހުވަފެނެއް…” މިހެން ބުނުމަށްފަހު އަހަރެންނަށް ރޭގައި ފެނުން ހުވަފެން ކިޔައިދިނީމެވެ. “އަހަރެންނަށް ވަރަށް ހީވޭ އާދަމްބެއާ ތާޝާއާ ކޮންމެވެސް ގުޅުމެއްވާހެން..” ހުވަފެނުގެ ވާހަކަ ނިންމާލަމުން އަހަރެން ބުނެލީމެވެ. “އަހަރެންނަށް ވެސް ވަރަށް ހީވޭ ތިކަހަލަ އެއްޗެއް..” އިނާޝާވެސް އަހަރެންގެ ބަހަށް ތާއީދުކުރިއެވެ.
“ދެން ކިހިނެއް ހަދަންވީ އަހަރެން މާޒްއަށް ހެލްޕްވާން؟” ކުޑައިރުކޮޅަކު ވިސްނަން އިނދެފައި އިނާޝާ އަހާލިއެވެ. “އިނާ ވީއެއްނު އާދަމްބެޔަށް ފާރަލާން؟ އަހަރެން ތާޝާގެ ކަންތައްތައް ބަލާނަށް.. އިނާއަށް ފަސޭހަވާނެއެއްނު ގެ ކައިރިވީމަ؟” އަހަރެން މިހެން ބުނުމުން އިނާޝާ ވަރަށް ފަސޭހައިން އެއްބަސްވިއެވެ.
އެދުވަހުގެ ހަވީރު އަހަރެން ދިޔައީ އާދައިގެ މަތިން ގެޔާއިދިމައިން ގޮނޑުދޮށަށެވެ. މިއަދު އަހަރެންނާއިއެކު އިނާޝާވެސް ދާން ބޭނުންވިޔެވެ. އެހެންކަމުން މިއަދު އަހަރެން ދިޔައީ އޭނަވެސް ގޮވައިގެންނެވެ. “ކޮބާ ތާޝާ” އަހަރެން ކޮޅުކޮޅަށް އެނބުރެންފެށީމެވެ. ނަމަވެސް އިރުއޮއްސި ބަންގި ގޮވިއިރުވެސް ތާޝާއެއްނަޔެވެ. އިއްޔެވެސް ތާޝާ ނާންނަ ވާހަކަ އަހަރެން އިނާޝާ ކައިރީ ބުނެލީމެވެ. “ބަލީކަމަށްވެސް ވެދާނެއެއްނު..” އިނާޝާ ބުނެލިއެވެ. “ނޫން އަހަރެން އިއްޔެ ދެކުންއިރުވެސް ހަމަ ރަގަޅަށް ހުރީ.. އެކަމަކު ދެލޯ ހުރީ ދުޅަވެފަ.. ރޮންޏާ ދުޅަވާނެއެއްނު” އަހަރެން ގަބޫލުކުރާގޮތް ބުނެލީމެވެ. “ހިނގާ ދެން ގެޔަށްދާން..” އަނދިރިވާން ފެށުމުން އިނާޝާ ބޭނުންވީ ގެޔައްދާށެވެ.
“ނޫން އިނާ ދޭ.. އަހަރެންދާނީ ތާޝާމެން ގެ ކައިރިޔަށް ގޮއްސަ. އައި ރިއަލީ ވޯންޓް ޓު ސީ ހާ..” އަހަރެން ހިނގައިގަންނަމުން ބުނެލީމެވެ. އިނާޝާގެ ވެސް މިސްރާބު ހުރީ އަހަރެންގެ ފަހަތުން އުތުރުފަރާތު ވަލާއި ދިމާލަށެވެ. “އަހަރެންވެސް ބޭނުން މާޒްއާ އެކީ ދާން..” އަހަރެންނާ އަރާ ހަމަކުރަމުން އިނާޝާ ބުނެލިއެވެ. އަހަރެން އިނާޝާޔާއި ދިމާއަށް ބަލާލުމަށްފަހު ހީލީމެވެ.
“ކޮންއިރަކުން ފުރަނީދެން؟” ހިނގަމުން ދިޔައިރު އިނާޝާ އަހަރެންނާ ވާހަކަ ދެއްކިއެވެ. “ހަފްތާއަކަށްވީ މި.. ދާހިތެއްވެސް ނެތް..” ފުރާ ދުވަސް ކައިރިވަމުންދާތީ އަހަރެން މިހާރުވެސް މިހުންނަނީ ހަތަރު އުދަރެސް ފެނުޖެހިފައެވެ. “ސުވާލެއް ކޮށްލަންތަ؟” އަނެއްކާވެސް އިނާޝާ އަހާލިއެވެ. އަހަރެން “ހުމްމް” އަޅުވާލީމެވެ.
“އަސްލަށް ވެސް ބުނެބަލަ މާޒް ކީއްވެގެންތަ ތާޝާގެ ކަންތައްތައް ބަލަން މާވަރަކުން ތި އުޅެނީ؟ މިހެންމިބުނީ މާޒް ތީ މާލޭގަ އުޅޭ މީހެއް.. މިގޮތަށް ކިތައް ކުދިން ހަމަ ދެރަ ވެފަ ހުއްޓަވެސް ފެންނާނެ.. މާލެ އެއީ އަދި މާ މީހުންވެސް ގިނަ ތަނެއް ވިއްޔަ.. ވައި ތާޝާ؟” އިނާޝާ އަހަރެންގެ މޫނަށް ބަލަން ހުރެގެން ވާހަކަ ދެއްކިއެވެ. އަހަރެން ފުން ނޭވަޔެއް ދޫކޮށްލީމެވެ. “ބިކޯސް ޝީ އިޒް ޑިފަރެންޓް…” އަހަރެންނަށް ބުނެވުނީ އެވަރަށެވެ. ތާޝާ އުޅޭގެއިން ނުކުމެގެން އާދަމްބެ އަންނަތަން ފެނުމުން އަހަރެމެން ދެމީހުންނަށް ވެސް އެކަކު އަނެކަކަށް ބަލާލެވުނެވެ.
“އަނހާ އާދަމްބޭ..” އިނާޝާ އާދަމްބެޔާއި ކައިރިޔަށް ޖެހިލިގޮތުން އަހަރެންނަށް ހެވުނެވެ. “އިނާޝާ މިހިސާބުގަ ކީއްތިކުރަނީ މިގަޑީގަ؟” އަހަރެމެން ކައިރީ މަޑުކޮށްލަމުން އާދަމްބެ އަހާލިއެވެ. އަދި އަހަރެންނާއި ދިމާލަށް ކަޅިއަޅާލިއެވެ. “މިއައީ ތާޝާ ހޯދާލަންވެގެން..” އިނާޝާ މިހެން ބުނުމުން އާދަމްބެގެ މޫނުމަތިން އަރާ ފޭބި ކުލަވަރު އަހަރެން ވަރަށް ރީތިކޮށް ދެކުނީމެވެ. މޫނުމަތިން ފެނުނީ ނުތަނަވަސް ކަމެވެ. އެއައްވުރެ ބޮޑަށް ރުޅިވެރިކަން ފެނުނެވެ. “އާދަމްބެ ތި އަންނަނީ އެގެއިންނެއްނު؟ ތާޝާ އެބައުޅޭތަ؟” އާދަމްބެ ވަކި އެއްޗެއް ނުބުނުމުން އަނެއްކާވެސް ވާހަކަ ދެއްކީ އިނާޝާއެވެ. “ތާޝާ އެއް ނެތް ރަށަކު..” މިހެން ބުނުމަށް ފަހު އާދަމްބެ ދާން ހިނގައިގަތެވެ.
އަހަރެން އަނެއްކާވެސް އެގެޔާއި ކައިރިޔަށް ހިނގަންފެށީމެވެ. “މާޒް އޭނަ ރަށަކުނެތޯ.. ދެން ކިހިނެއް ހަދާނީ؟..” އިނާޝާވެސް އަހަރެންގެ ފަހަތުން އައިސް އެގޭ ދޮރުމަތީ މަޑުކޮށްލިއެވެ.
“ހިނގާބަލަ މިގެޔަށް ވަންނަން އަޅެ.. އޭނަ ދޮގުވެސް ހަމަ ހަދާ ފާނެއެއްނު” މިހެން ބުނުމަށްފަހު އަހަރެން އެގޭ ތެރެޔަށް ވަންނަން ހިނގައިގަތީމެވެ.
ގޭތެރެޔަށް ވަދެގެން ދިޔައިރު އެއްވެސް މީހެއްގެ ހިލަމެއް ނުވިޔެވެ. އާދައިގެ ގޮތަކަށް ހަދާފައިވާ އެގޭތެރޭގައި ވަނީ އެންމެ ބޮތްކެއްގެ ފަނޑު އަލިކަމެވެ. “ތާޝާ” އަހަރެން ގޮވާލީމެވެ. “މާޒް.. މީހަކު ނިކުމެ އެއްޗެއް ބުނެފާނެ.. ހިނގާ ދާން. އެހެންނޫނަސް މީހުންގެ ގެޔަށް ވަންނާކަށް ނުވާނެ..” އިނާޝާ ހުރީ އަވަހަށް ދާން ބޭނުންވެފައެވެ. އަހަރެމެން ދެމީހުން ދާންވެގެން އެނބުރުން ވަގުތު އެންމެ ކައިރިޔަށް ހުރި ކޮޓަރިން މީހަކު ކެއްސާލި އަޑު އިވުނެވެ. ދޮރު ކުޑަކޮށް ހުޅުވިފައި ހުރީމައި އަހަރެން ކައިރިވެލީމެވެ. އިނާޝާވެސް އަހަރެން ފަހަތުން ދޮރުން ބޯ ދިއްކޮށްލިއެވެ.
“ކާކު؟” އެތެރެއިން އިވުނީ ވަރަށް މުސްކުޅި އަންހެނެއްގެ އަޑެވެ. އަހަރެން އެމީހާޔަށް ފެންނާނެހެން އެތެރެޔަށް ޖެހިލީމެވެ. “ތީ ކޮންބަޔެއް؟” އެމީހާ އަނެއްކާވެސް އަހާލިއެވެ.
“ތާޝާ އުޅޭތަ؟” އަހަރެން އަހާލީމެވެ. “ތީ ކޮންބަޔެއް؟ ކަލޭމެންވެސް އަހަރެންގެ ތާޝާ ގެންދަންތަ ބޭނުމީ؟ އެކުއްޖާފުޅަށް އެހެން ނުހަދަބަލަ..” މިހެން ބުނުމަށް ފަހު އެ އަންހެންމީހާ ރޯންފެށިއެވެ.
“ދައްތާ.. އަހަރެމެން މިއައީ ތާޝާ ނުފެންނާތީ އެހެންވެގެން ވީ ގޮތެއް ބަލާލަން.. ކޮބާ ތާޝާ؟” އިނާޝާ އެނދުގައި އޮތް އަންހެންމީހާ ކައިރިޔަށް ޖެހިލަމުން އަހާލިއެވެ. އަހަރެންވެސް ހުރީ އެ އަންހެންމީހާ ކިޔާ އެއްޗަކުން ހިތް ބިރުގަނެފައެވެ. އަނެއްކާ ތާޝާ އަސްލަށް ވެސް ރަށުގައި ނެތީ ހެއްޔެވެ. އަހަރެންނަށް ހުވަފެނުން ފެނުންހެން ބަޔަކު އޭނާ ގެންދިޔައީ ހެއްޔެވެ. (ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ifaau

Level 210 Stories

Story writing is one of the best thing I wanna do always. Thank you all❤ Check me out in Facebook- Iphaa / Instagaram- iiiphoooo

Other Articles

Previous

އެފިނިމެންދަން 4

Next

ކާމިޔާބު އަންހެނާ 5

Next
October 20, 2016

ކާމިޔާބު އަންހެނާ 5

Previews
October 20, 2016

އެފިނިމެންދަން 4

13 Comments!

  1. Flower says:
    October 20, 2016 at 7:03 pm

    Waau reethi

    1. Ifaau says:
      October 20, 2016 at 9:31 pm

      Thank you.

  2. Shaa xee says:
    October 20, 2016 at 7:11 pm

    V reethi. Next part avahah up koh dhehchey

    1. Ifaau says:
      October 20, 2016 at 9:33 pm

      Yes thank you?

  3. Hh says:
    October 20, 2016 at 7:30 pm

    V reethi ingey

  4. Thaashaa says:
    October 20, 2016 at 7:36 pm

    haadha kurey..waahala reehchas kiyaa hiyy nuvaa sababky mee

    1. Ifaau says:
      October 20, 2016 at 9:33 pm

      Keep patients. Nest part will be uploaded soon insha allah?

  5. Naju?? says:
    October 20, 2016 at 9:01 pm

    Dhn nukyma vyh nun dhw anyways story is amazing

  6. ### says:
    October 20, 2016 at 9:38 pm

    Are you a boy ?? Anywas story is amazing…. Keep it up

  7. Sssss says:
    October 20, 2016 at 11:19 pm

    Waau reethi… Next part avahan up kurahchey…. Varah varah reethi….

  8. Qeen says:
    October 21, 2016 at 11:18 pm

    VV REETHI

  9. axoo says:
    October 22, 2016 at 12:24 pm

    Alhe haadha rychey.. plx avahah ultade kohdheveytho balaaba.. vvv kiyaa hihvey.. vv rythi.. may god help u to complete this n many other stories.. plx make it fast.. n best of luck.. waiting for next part..

  10. Ahmed says:
    November 11, 2016 at 7:19 pm

    Nice

Comments are closed.

Next Episodeތާޝާ (ހަތަރުވަނަ ބައި)←


All Right Reserved!