Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކާމިޔާބު އަންހެނާ 3

Rozy Level 210 Stories
October 19, 2016 4 Mins Read
3 Comments

އުލްފަތު އޭނާގެ ޚިޔާލު ހީނާއަށް ދިނެވެ. ކިރިޔާ ވަގުތެއް ލިބޭއިރަށް ކުދިން ކާރިޔަށް އިންޑިޔާއަށް ދިޔުމަކީ އެންމެ ހީނާ ކުރާހިތްވާ ކަންތައް ކަންވެސް އެނގޭތީ އުލްފަތު އެޙިޔާލު ހުށައެޅިއެވެ

ޒުއްނޫންވެސް އޮފީސް ބިޒީކަމުން މަންމަ ކާރިޔަށް މާލެ ނާދެވޭތާ ދުވަސް ތަކެއް ވެއްޖެއެވެ. ހީނާ، އިންޑިޔާއަށް ގޮއްސިއްޔާ އެންމެ އުފާވާނީ ތާނިޔާއެވެ. ހީވާނީ އޭނާގެ ޝޮޕިން މޫސުމަށް ބަހާރު މޫސުމް  އައީހެންނެވެ. ވީމާ ހީނާ، އިންޑިޔާއަށް ދިޔުމަކި ތާނިޔާ އަށް ލިބޭ ރަނުގެ ފުރުސަތަކަށް ވާނެއެވެ.

“އެކަމަކު އަހަރެން އިންޑިޔާއިން މިއައީ އިހައް ދުވަހުނު، ހީވާގޮތުން އަހަރެންގެ ސިކުނޑި ބުނަނީ އެހެން ކަމެއްކުރަން. އަހަރެން ބޭނުންވަނީ ލަންކާއަށްދާން”

އުލްފަތު އެއްޗެކޭ ނުބުނެ ހިމޭނުން އިނެވެ. ލަންކާ އާއި މެދު ހީނާގެ ހިތުގައިވާ ލޯބި އުލްފަތުއަށް އެނގޭތީއެވެ. ރާމިޒް އާއި ކައިވެނި ކުރުމަށްފަހު އެންމެ ފުރަތަމަ ދަތުރު ވެސް އޭނާ ދިޔައީ ލަންކާ އަށެވެ. ރާމިޒް ލަންކާއާ އެހާގަޔާ ނުވުމުގެ ސަބަބުން އޭގެ ފަހުން އެމީހުންނަށް ލަންކާ އަށް ދިޔުމަށް ދަތުރު ނުރޭވުނެވެ. އެއާއެކު އޭނާ ލަންކާގައި ގަނެފައިވާ ގެވެސް ވިއްކާލީއެވެ. މިހާރު އޭގެ ފަހުންވެސް ފަނަރަ އަހަރުވީއެވެ. އެގެޔަކީ އޭނާގެ އެތަކެއް ހަނދާނަތަކެއް އެކުލެވިފައިވާ ގެއެކެވެ.

“އަޅުގަނޑަށް ހީވަނީ ކަލާއަށް މިމޫސުމް ރަނގަޅު ނޫނީހެން މެލޭޝިޔާ، ލަންޑަން އަދި ކެނެޑާގައި ވެސް ކަލާގެ ދަންނަ އެކުވެރިން ތިބޭނޫންތޯ އެއިން ތަނެއް މަޖާވެސްވާނެނޫންތޯ؟” ލަންކާއަށް ހީނާ ފޮނުވަން ބޭނުން ނުވާތީ އުލްފަތު ބުނެލިއެވެ.

“އަހަރެން ތިކަމާ ވިސްނާނަން އެކަމަކު އަހަރެން ދާން ބޭނުމީ ބޮޑަށް ލަންކާއަށް”

ހީނާ އޭނާ އިން ގޮޑީން ތެދުވަމުން ބުނެލިއެވެ. އެންމެ ފަހުގެ ނިޔާ ހީނާ އިއްވި ކަހަލައެވެ.

ހީނާއަކީ އިސްކޮޅުން ދިގު އަންހެނެކެވެ. ހީނާއަކީ ރީތި ސިފަޔާ ހެދިހުރި ހަށިގަނޑު ރީތި އަންހެނެކެވެ. އޭނާގެ ހަށިގަނޑުން އޭނާގެ އުމުރު ފެންނާކަށް ނެތެވެ. އަދިވެސް އޭނާގެ މޫނުމަތީގައި ޒުވާންކަމުގެ އަސަރު ފެންނާން ހުރެއެވެ. އޭނާގެ އިސްތަށިގަނޑުގައިވެސް ކުރިން ހުރި ދިހުމާއި  ވިދުން ހުރެއެވެ. ފަންރީތި ދިގު އިސްތަށިގަނޑު ފަހަތަށް އައްސާލާފަ އޮންނައިރު އަދިވެސް ހީވަނީ  35 އަހަރުގެ ޒުވާން އަންހެން ކުއްޖެއްހެނެވެ. އޭނާ ދެކޭގޮތުގައި އޭނާރީތި ވުމުގެ ސިއްރަކީ އޭނާ ރުޅި ނައުމެވެ. އަދި އަބަދުވެސް ހިތްހަމަޖައްސައިގެން ހުރުމެވެ. މާގަދަޔަށް ރުޅިއައުމަކީ ވެސް މީހާ އަވަހަށް މުސްކުޅި ވާކަމެކެވެ. އަބަދުވެސް އޭނާ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށްޓަކައި އޭނާ ލޯގަނޑުގެ ކުރިމަތީ ހުރެގެން ޑާންސް ކުރެއެވެ. ޔޯގާ ހަދައެވެ. ކަސްރަތު ކުރެއެވެ. މާގިނައިން އޭނާ މޭކަޕް ކުރާކަށް ނުޖެހެއެވެ އޭނާދެކޭގޮތުގައި މޭކަޕް ކުރުމަކީ ހަލާކެކެވެ. މޫނުގެ އަސްލު ގެއްލި މޫނު ހަލާކު ވާކަމެކެވެ.

އުލްފަތު ހީނާ ކާރިޔަށް ވަޒީފާއަށް އައިއިރު ހީނާއަށް ވާނީ 20 އަކަށް އަހަރެވެ. އުލްފަތު އެކޭ އެއްގޮތަށް ހީނާ ކާރީ ވަޡީފާގައި ގިނަދުވަހު އުޅުނު މުވައްޒަފެއް މިހާރު އޭނާގެ ނެތެވެ. ބައެއްމީހުން މީހުންނާ އިނދެގެން ދިޔައީ އެވެ. އަނެއްބަޔަކު ރަށަށް ބަދަލު ވާންދިޔައީ އެއްވެސް ސަބަބަކާހުރެ މަޑުޖެހިފަ ހީނާ ކާރީ މިވަގުތު 15 އަހަރު ވަންދެން ހުރިމީހަކީ އަދި މިހާރު ހުންނަނީ ވެސް އުލްފަތުއެވެ.

“އަހަރެން ލަންކާއަށް ދާން ނިންމާނީ، މީ ކަންނޭގެ އެންމެ ރަނގަޅު ދުވަސް ވަރުވެސް ލަންކާގަ.. ބައެއްފަހަރަށް އަހަރެންގެ ރަހްމަތްތެރިންނާވެސް އެކޮޅުން ދިމާވާނެނު”

ހީނާ އޭނާގެ ކަޝްމީރީ ސުއިޓަރު އޮޅާލަމުން އުލްފަތާ އެކު ބޭރަށް ނިކުންނަމުން ބުނެލިއެވެ.

“އަޅުގަނޑު ގެ ފަރާތުން ބޭނުންވެލައްވަނީ ކޮންކަމެއްތޯ؟” ދެން އިތުރަށް ހީނާގެ ޙިޔާލު ބަދަލު ނުވާނެކަން އެނގުނީމާ އުލްފަތު ބުނެލިއެވެ.

“އަހަރެން ނެތިދާ ދުވަސްކޮޅު އުލްފަތު މިފޮތުގެ ނިމިފަ މިވާބައި ޓައިޕް ކޮށްފައި ބާއްވަންވީ”

“ޔަޤީންތާ ތިކަން ނިންމާނަން”

“އަހަރެން މިފަހަރު ލަންކާއަށް ގޮސް ޝޮޕިން ކޮށްލާނީ ބަދިގެއަށް ބޭނުންވާސާމާނު ކޮޅެއް. ހީވާގޮތުން މިގޭބަދިގެ މުޅިން އާކޮށްލަން ވިތާ މާގިނަ ދުވަސް ވެސް ވެއްޖެ ދޯ ކަމަނާފާނު. ނުބުންޏަސް ބަދިގެއްށް ވަންނައިރަށް މޫނަށް ތިއަންނަ ކުލަވަރުން މަށަށް އެނގެޔޭ” ހީނާ ހިނިތުންވެލަމުން އުލްފަތުއަށް ބަލާލާފަ ބުނެލިއެވެ.

“އަސްލުގައި އެތަކެތި އެހާ ހުތުރެއް ނޫން މިޒަމާނުގައި ރަނގަޅީ ތަންކޮޅެއް އެންޓިކް އެއްޗެތި ނޫންތޯ”

އުލްފަތު ބަދިގޭ ކާމޭޒް މަތީ ހުރި ކުރައެއް ނަގާ ދައްކާލަމުން ބުނެލިއެވެ.

“އުލްފަތު، ބަލާބަލަ ބަދިގޭގައި އެހެރަ މޫނު ބަލާ ލޯގަނޑު ހީވަނީ ޒަމާންތަކެއް ވެފައި ކަޅުވެފައި ހުރިހެން އެލޯގަނޑުން މޫނު ބެލީމާ ހީވަނީ އަހަރެންގެ މޫނުގަވެސް މާ ރޫ ގިނަހެން”

ހީނާ ބުނެލިއެވެ

” އަސްލު ރޫގިނައީ އަޅުގަޑުގެ މޫނުގައޭ” އުލްފަތު އޭނާގެ އަމިއްލަ މޫނުގައި ފިރުމާލަމުން ބުނެލިއެވެ.

އުލްފަތުގާތު ކައްކަން ވާއެއްޗެހި ބުނެފައި އޭނާ ކާރަށް އަރައިގެން ދިޔައީއެވެ. އަމިއްލަ މަންޒިލެއްނެތި ދަތުރު ކުރާ މުސާފިރެކޭ އޭނާއެކޭ މިއަދު އެއްގޮތެވެ. އޭނާ ކާރުގެ ލޯގަނޑުން އޭނާގެ އަމިއްލަ މޫނަށް ބަލާލިއެވެ. އޭނާގެ ކަރުވެސް ހާދަ ފަޅެވެ. ކަންފަތުގައި ހުރި ޖަވާހިރުގެ ސުޓަޑް ފިޔަވާ އިތުރު އެއްޗެއް އޭނާ ބޭނުން ކޮށްފައެއް ނުވެއެވެ. އެވެސް ރާމިޒް އޭނާއަށް ދިން ހަދިޔާއެވެ. ރާމިޒް ދުނިޔޭގައި ހުރިއިރު އޭނާ ހުރިހާ ގަހަނާއެއް ބޭނުން ކުރިއެވެ. ކަންފަތުގައި އެލޭ ރަންއެއްޗެތި ހަރުކުރިއެވެ. ކޮންމެ ހެދުމަކާ ގުޅޭ ތަނޑިބައެއް އަޅާލިއެވެ އަދި ތަފާތު ޑިޒައިން ތަކުގެ ހާރު އަޅާލައެވެ އެންމެ ބޮޑު ބޭނުމަކީ ރާމިޒް އުފާކޮށްދިނުމެވެ. ރާމިޒް އޭނާގެ ރީތިކަމަށް ތަޢުރީފް ކުރެއެވެ. އެކަމަކު ރާމިޒް އާއި އެކު އޭނާގެ ރީތިވުން ވެސް ވަޅުޖެހުނު ކަހަލަ އެވެ. މިހާރު ބޮޑުވަރަކަށް އޭނާ ބޭނުން ކުރަނީ އަތުކުރީ ގަޑިއެކެވެ އެގަޑި އަޅާލީމާ އޭނައަށް ހީވަނީ ރާމިޒް އޭނަކައިރިގައި ހުންނަހެންނެވެ އެއީ ރާމިޒް އެންމެ ފަހުން އޭނާއަށް ދިން ހަދިޔާވެސް މެއެވެ. ރާމިޒްގެ އެހިހްސާސް ދެކެ އޭނާ ލޯބިވެއެވެ.

ހީނާ އޮފީހަށް ގޮސް ގެޔަށް އައީ ދެގަޑިއެއް ހާއިރު ކޮއްފައެވެ. އެވަގުތު އުލްފަތު އިނީ ޑައިނިން ޓޭބަލް ކާރީ ސޭންޑް ވިޗް ހަދައިގެން ހީނާއަށް އިންތިޒާރު ކުރުމުގަ ފޯނާ ކުޅެލަކުޅެލަ އެވެ.

“އަސްތާ މާލަސްވީދޯ؟” މޭޒްމަތީ ދަބަސް ބާއްވަމުން ހީނާ ބުނެލިއެވެ.

“ލައްބަ އަވަހަށް ދުރުވޭ މިހާރު ހިހޫވެސް ވެއްޖެ. މިހާރު މިހޫނު ކޮށްލަނީ”

“އޯކޭ މިއަންނަނީ ހެދުން ބަދަލު ކޮށްގެން، ހަދާބަލަ. ބަލަ ފޮތްވެސް ލިޔެ ނިންމާލީތަ”

ކޮމްޕިޔުޓަރ މޭޒްމަތި މާރީތިކޮށް ތަރުތީބު ކޮށްލާފައި ހުއްޓާ ފެނިގެން ހީނާ އަހާލިއެވެ.

“އޯލްމޯސްޓު، އެންމެ ފަހުގެ ބައި މިލިޔަނީ މިހާރު، ކުރިޔަށް އޮތް ބައިގަޑި އިރު ތެރޭ ނިންމާނަން”

ހިނިތުން ވެލާފަ ހީނާއަށް ސޭންޑްވިޗް ތަށި ދިއްކޮއްލަމުން އުލްފަތު ބުނެލިއެވެ.

“ލިޔާމޭޒް ގެ ވާހަކަ އަޅުގަނޑު އަހާލިން ސަމަދު ކާރިން. ގެންނަންވީޔޯ އޭނަ ބުނީ”

“އެހެންތަ އެކަމަކު ފަހުން އަހަރެން ބަލާލިއިރު އެހާ ކަމުދާގޮތެއް ނެތް އެމޭޒަކު އެހެންވެ އަޅާނުލީ އެހެންނޫނަސް ލަންކާއިން ގެންނާނީ އަހަރެން އެކޮޅަށް ގޮސް ބަލާނީ ރަނގަޅު އެއްޗެއް. މިދަތުރު އަހަރެން ދާނީ އަހަރެންގެ ލެޕްޓޮޕްވެސް ހިފައިގެން ހޮޓަލުގެ ހިމޭން މާހައުލުގައި  އަހަރެންނަށް މިފޮތް ލިޔަން މާ ފުރުސަތުވެސް އޮންނާނެ”

“މިފޮތުގެ ފުރަތަމަ ދެބައިވެސް ވަރަށް ފައްކާ ހީވާގޮތުން ނިމުންވެސް ސަޅިވާނެ. އެއްކޮށް ނުނިމެނީސް މިފޮތް ހުއްޓާ ނުލައްވާތި”

“އަސްތާ މާމާ ތިޔަ ކުރީ ރަނގަޅު ރިކުއެއްސްޓެއް”

ގޮނޑިން ތެދުވަމުން ހީނާ ބުނެލިއެވެ.

“އަހަރެންގެ ދެން އަންނަ އުފަންދުވަހުގެ ކުރިން މިފޮތް އަހަރެން ނިންމާނަން އިރާދަކުރެއްވީޔާ. ކޮބާ މަގޭ ލަންކާ ޓިކެޓް ހަމަޖައްސަބަލަ. ކުރިޔަށް އޮތް ތިންހަފްތާ ފަހުން އަހަރެންގެ އުފަންދުވަސް. އެދުވަހުގެ ކުރިން އަހަރެން ބޭނުން ލަންކާ ދަތުރު ނިންމާފައި އަންނަންވެސް. އަހަރެންނަށް ރޫމެއް ބުކް ކުރާނީ ހިލްޓަން ހޮޓަލް އިން އެއީ އެންމެ ފަހުންވެސް އަހަރެން ރާމިޒް އާއެކު ގޮސް ހުރިތަން. ”

އުލްފަތު އެއްބަސްވުމުގެ ގޮތުން ބޯލަހުވާލާފައި ތަށިތައް ނަގަން ފެށިއެވެ.

“އެހެންވެއްޖެއްޔާ ކިހާދުވަހަކަށްތޯ ބުކް ކުރަންވީ؟”

” ހޫން ދެހަފްތާއަށް ބުކްކޮށްލާ ދުވަސް އިތުރު ކުރަންޏާ އެކޮޅުން ވެސް ވެދާނެނު. އެހެންނޫނަސް ފަސް ވަރަކަށް ދުވަސް ފަހުން އަހަރެންގެ ޙިޔާލު ބަދަލު ވެއްޖެއްޔާ އަތުވެދާނަން .އަންނަ މަގުމަތީ އިންޑިޔާއަށް މަޑުކޮށްލާފައި ތާނިޔާއާއި ބައްދަލު ކޮށްފަ އުފަންދުވަހަށް ހަދިޔާވެސް ގަނެވިދާނެ. މީ ރަނގަޅު ޕުލޭނެއްނޫންތަ؟”

“އަޅުގަނޑުވެސް ލަންކާއަށް ދިޔުމުގެ ޝައުގު އުފެދިއްޖެ. މިދަތުރު އަޅުގަނޑުވެސް ބައިވެރިވަންތޯ؟”

“އަސްލު އަހަރެންވެސް ވަރަށް ހިތްހަމަ ޖެހޭ އުލްފަތު އާއި އެކުގައި ދަތުރު ކުރެވުނީމަ އެކަމަކު މިދަތުރު އަހަރެން ބޭނުމީ އެކަނި ދަތުރު ކޮށްލަން. އެއްވެސް މީހަކު ނެތި އެކަނި ދަތުރެއް އެކުސްޕީރިޔަންސް ކޮށްލަން. އަހަރެން ބޭނުންވަނީ އެކަނި އިނދެ އަހަރެންގެ މާޒީގެ ސޮފްހާތައް ހުޅުވާލަން. ކަލޭ ގޮއްސީޔާ އަހަރެންގެ ހުރިހާ ކަމެއް އާދަ ތަކެއް ބަދަލު ކުރަން ޖެހިދާނެ ހުރިހާ ކަމެއްގަ ކަލެއަށް ޑިޕެންޑެންޓް އޭރުންވާނީ.. މިފަހަރު ބޭނުމީ އަމިއްލަ ކަންތަށް އަމިއްލަޔަށް ކުރަން”

“އަޅުގަނޑު ކަލާ ނެތިއްޔާ ވަރަށް އެކަނި ވާނެ، ހީވާނެ ފަރުބަދައަކަށް އަރަނީހެން މިދިރިއުޅުމަކީ” ކަރުނަ ވީ އަޑަކުން އުލްފަތު ބުނެލިއެވެ.

އުލްފަތުގެ މިވާހަކަޔަށް ހީނާ ބާރަށް ހީގަތެވެ.

“ތީހަމަ ރަނގަޅު ވާހަކައެއް ކަލޭ އަހަރެންގެ ހުރިހާ އާދަތަކެއް ބަދަލު ކޮށް ކަންނެތް މީހަކަށް ހަދައިފި. އެކަމަކު އޯކޭ ހިލްޓަން މީހުން ކަލޭހެން އަހަރެންގެ ޙިޔާލު ބަހައްޓާނެ. ތިގޮތަށް މާމަ ގަނޑަކަށް ވެގެން ނޫޅުނަސް އެމީހުން އަހަރެން ބުނީމާ ބުނާ ކަންތައް ކުރާނީ، ތަފާތަކީ އަހަރެން ނުބުންޏަސް ކަލެއަށް އަހަރެންގެ ހިތުގަ ހުންނަ އެއްޗެތި އެނގޭކަން”

“އަޅުގަނޑު ހިތްހަމަޖައްސަން ތިހެން ބުނެފައި އަޅުގަނޑު ބަހައްޓާފައި ދުރުވަނީކަން އަޅުގަނޑަށް އެނގޭ”

ދެމީހުން އެކުގައި ސިޓިންރޫމަށް އައިސް ހީނާ ވަށައިގެން ހޯދާލިއެވެ.

“އަސްތާ މިހާ ރީތި އޯކިޑް މާހޯދީ ކޮންތާކުންތަ. މ މީ އޯކިޑްމަލުގެ މޫސުމެއް ވެސް ނޫނެއްނު”

“ތާނިޔާ ކަލާއަށްޓަކައި ހަފްތާއަކަށް ވާވަރަށް މާފޮނުވަދިން އެހެންވެ އެމޯޅިވާއިރަށް ބަދަލު ކުރެވުނީ. ”

ދެމީހުން އެއަރޕޯޓަށް ދިޔައީ އެކުގައެވެ.

އުލްފަތު ކަރުނަ ފޮހެލަމުން ގޮސް އެތާ ހުރި ގޮނޑިއެއްގައި އިށީނެވެ.

ހީނާ އޭނާގެ ދަބަސް ޓުރޮލީ ކޮށްޕަމުން ގޮސް އެތެރެއަށް ވަނެވެ. ހީނާ އެތެރެއަށް ވަނުމަށް ފަހު ވެސް އުލްފަތު ގިނަ އިރުތަކެއް ވަންދެން އެއަރޕޯޓްގައި ހުއްޓެވެ. އެންމެ ފަހުގެ ވަދާޢީ ސަލާމަށް އަތް ހޫރާލުމައް ފަހު ހީނާ ޓުރޮލީ ކޮށްޕަމުން އެތެރެ އަށް ވަނެވެ ޢަޖާބެއްކަހަލަ ޢިޙްސާސެއް އޭނާއަށް ވިއެވެ ފުރަތަމަ ފަހަރު އެކަނި ދަތުރު ކުރާތީ ކަންނޭގެއެވެ

ނުނިމޭ .

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rozy

Level 210 Stories

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

Other Articles

Previous

އައިޝާ – 1

Next

އަހަރެންގެ ކުށް (ދެވަނަބައި)

Next
October 19, 2016

އަހަރެންގެ ކުށް (ދެވަނަބައި)

Previews
October 19, 2016

އައިޝާ – 1

3 Comments!

  1. Aish says:
    October 19, 2016 at 7:42 pm

    Me kurinves genesdhin part ennu

    1. Slowcoach says:
      October 19, 2016 at 11:20 pm

      Ebunaahen..?

  2. enaash says:
    October 20, 2016 at 1:15 am

    Story v hama nujehey vaanuvaa eh neyge

Comments are closed.

Next Episodeކާމިޔާބު އަންހެނާ 04←


All Right Reserved!