Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ރިޔާޝާ (3ވަނަ ބައި)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
October 16, 2016 4 Mins Read
38 Comments

“ނޫނޭ. އަސްލު މަށަށް ހެވުނީ އަޔާ އަދިވެސް އެއްބަސްނުވާތީ.” ޝިފާން ލާނެތް ގޮތަކަށް ބުނެލިއެވެ. “ކޮންކަމަކާތަ މަ އެއްބަސްނުވެގެން ތިއުޅެނީ؟” އަޔާޒް ރުންކުރު ގޮތަކަށް އަހާލިއެވެ. “އޭނަދެކެ ހޫމްހޫމް ވާކަމަށް.” “އަޅެ ކަލެއަށް ތިނޫން އެއްޗެއް ކިޔާކަށް ނޭނގޭތަ؟ ދާންއުޅޭ މިތަނުން. މަ ބޭނުމީ އެކަނިވެލަން.” އަޔާޒް ހަޅޭއްލަވައިގަތެވެ. “އޯކޭ އޯކޭ. މަމިދަނީ. ފަހުން އަންނާނަން އިނގޭ ތިކަމަށް ހައްލެއް ހޯދޭތޯ މަސައްކަތްކޮށްލާފަ. އެހެން ކުއްޖަކު ހޯދައިގެން.” ޝިފާން ދޮރު ލައްޕަމުން ބުނެލި ޖުމްލައިން އަޔާޒްގެ ލޭ ކެކިގަތެވެ. “ނާންނާތި!” އަޔާޒް އެނދުން ބާލީހެއް ނަގާ ދޮރާއި ދިމާއަށް ހޫރާލިއެވެ.

އަޔާޒް ޝިފާންއާއި ދިމާއަށް އެތިވަރު ގޮވައިގަތެވެ. “މިޝިފާން މީ ކިހިނެއްވެގެން އުޅޭ ފިރިހެނެއްތަ؟ މަ މިއުޅެނީ ފަހެ އިންނާނެ މީހަކު ނުވެގެންތަ؟ އަދި އެ ރިޔާޝާ ނޫން މީހަކާވެސް އަޅުވާ ކިޔާކަށް ނޭނގުނޭ. ހުރެބަލަ ނިކަން. ދެން އަންނަ އިރަކުން ހޭއަރުވާލާނަން.” އަޔާޒް ފުން ނޭވައެއްލަމުން ދެލޯ މަރާލިއެވެ. އެއަށްވުރެ އަވަހަށް އޭނާ ލޯ ހުޅުވިއެވެ. ލޯ މަރާލިއިރަށް ރިޔާޝާ ފެނުމުން އޭނާއަށް ހައިރާންކަމާއެކު އެނަން ކިޔާލެވުނެވެ.

އެރޭގެ ފަހުންވެސް އަޔާޒް ރިޔާޝާއަށް ގުޅޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ބައެއްފަހަރު ފޯނު ނެގިނަމަވެސް ރިޔާޝާއާއި ދިމާވާގޮތެއްނުވެއެވެ. ރިޔާޝާ އަދިވެސް އުޅެނީ އެގޭގައޭ އޭނާގެ ހިތް ބުނަމުންދިޔައީ ކީއްވެކަމެއް ނޭނގެއެވެ. ނަމަވެސް ކުރިން ދުވަހަކު އޭނާ އެގެއަށް ގުޅައިގެން އުޅެނިކޮށް އޭނާއަށް ރިޔާޝާގެ އަޑު އިވުނުހެން ހީވިއެވެ. އޭނާ އެގެއަށް ގުޅުން ހުއްޓާނުލި ސަބަބަކީވެސް އެއީއެވެ.

އަޔާޒް ރިޔާޝާގެ ގެއަށް ގުޅީ މެންދުރު ކައިގެން ގެއަށް އައިސްފައެވެ. އަޔާޒްގެ ނަސީބުވެސް ރަނގަޅީތާއެވެ. ފޯނު ނެގީ ސީދާ ރިޔާޝާއެވެ. ފޯނު ނެގީ ކާކުކަން ޔަޤީންކޮށްލުމަށްޓަކައި އަޔާޒް ވާހަކަނުދައްކާ މަޑުކޮށްލިއެވެ. ގުޅީ އޭނާކަން އެނގިއްޖެނަމަ، ރިޔާޝާ އެގޭގައި އުޅޭ އެހެން މީހަކާ ފޯނު ހަވާލުކުރާނެކަން އަޔާޒަށް އެނގޭތީއެވެ.

“ރިޔާޝާ! ޕްލީޒް. އަޅެ އިހަށް ފޯނު ނުބާއްވައްޗޭ. އަހަރެން ވަރަށް މުހިންމު ވާހަކައެއް ދައްކާލަން ބޭނުންވެގެން.” އަޔާޒް އާދޭހުގެ ރާގަކަށް ބުނެލިއެވެ. “ކީއްކުރަން؟ އަދިވެސް އަޔާޒް ހިތްހަމަޖެހޭވަރު ނުވަނީތަ؟ އަޔާޒް ބޭނުންވެގެން ތިއުޅޭ ކަމެއް ނިކަން ސާފުކޮށް ބުނެދީބަލަ. ކީއްވެތަ ބުނަން ނުކެރިގެން ތިއުޅެނީ؟ އަހަރެން ނިކަމެތި އަންހެނަކަށްވީމަ ހީނުކުރައްޗޭ ބޭނުންހާ ގޮތެއް ހެދިދާނެޔޭ.” އަޔާޒް ބުނާ އެއްޗެއް އަޑުއެހުމެއްނެތި ރިޔާޝާ ފޯނު ބޭއްވިއެވެ. ފޯނު ބާއްވާފައި ދާން ހިނގައިގަތްތަނާ އަނެއްކާވެސް ގުޅިއެވެ.

“މީ ދެން ކިހާ ދެރަ ކަމެއްތަ؟ އަހަރެންގެ އިހުބަހާ ފަހުބަސް މީ. އަޔާޒް އަހަރެންނާ ދައްކަންޖެހޭ ވާހަކައެއް ނޯންނާނެ. އަޑު އިވިއްޖެތަ؟ މީގެ ފަހުން މިގެއަށް ނުގުޅާތި! އާންމު އުނދަގޫ ކުރަންޏާ ރިޕޯޓުކުރަން ޖެހިދާނެ!”ރިޔާޝާ އެހެން ބުނުމަށްފަހު ފޯނު ބޭއްވިތަނާ އަތްތިލަބަޑި ޖަހަންފެށި އަޑަށް ސިހިފައި ދޮރާއި ދިމާއަށް ބަލާލިއެވެ. އޭރު އޭނާގެ އަވަށްޓެރިއެއްކަމަށްވާ ޢައިޝާ ވަދެގެން އަންނަނީއެވެ.

“ސާބަހޭ. މަ ނަމަވެސް ހަދާނީ ހަމަ ތިހެން. ކުރިންވެސް ތިހެން ހެދިނަމަ މަށަކަށް އެހުރިހާ ދޮގުތަކެއް ހަދާކަށް ނުޖެހުނީހެއްނު.” ޢައިޝާ ބުނެލިއެވެ. ޢައިޝާއަކީ ރިޔާޝާގެ މާގާތް އެކުވެރިއެކެވެ. މީގެ ކުރިން އަޔާޒް އެގެއަށް ގުޅި ދުވަސްތަކުގައި ރިޔާޝާގެ އެދުމުގެ މަތިން ވާހަކަދެއްކީ ޢައިޝާއެވެ.

“މަ ކުރިންވެސް އޭނައާއި ދިމާއަށް ހާދަ އެއްޗިއްސެއް ކީމޭ. އަދި އެވެސް މަގުމަތިން. ހަފްތާއެއް ވަންދެން ވަރަށް އަމާން. މިހާރު އަނެއްކާވެސް އެފެށީ. ފޮނި ބޮޑުވެގެން އުޅުނަސް އެއީ ދެން ބޮޑުވަރެއްނު ދޯ.” ރިޔާޝާ ފޫހިވެފައި އިނދެ ބުނެލިއެވެ. “ވެދާނެއެއްނު އޭނަ ރިޔާއަށް ހިތްކީ ކަމަށް.” ޢައިޝާ ދިމާކޮށްލިއެވެ.

“އައްޗީޑި. މަ އޭނަޔާ؟ ނެވަރ. އިންނާނެ މީހަކު ނުވިޔަސް މަށެއް އޭނައަކާ ނީންނާނަން. އޭނަ ހުރޭ ބޮޑާކަންމަތީ މީހުންނަށް ފޮނި ދައްކަން.” ރިޔާޝާ އަނގައަށް ވައްތަރެއް ޖައްސާލިއެވެ. “ތިހެން ނުބުނޭ. ކިހިނެއް ކަންތައްވާނެ ގޮތް އިނގޭނީ؟” ޢައިޝާ ބެލީ ރިޔާޝާއަށް ވިސްނައިދެވޭތޯއެވެ. “ދެން ހެވޭ. މަގުމަތީ ސަލާންޖަހަން ޖެހުނަސް އެ ބޮޑާ ފިރިހެނާއަކާ މަށެއް ނީންނާނަން.” ރިޔާޝާ ބުނެލިއެވެ.

“ހޫން. މީ ދެން ކޮން ވާހަކައެއް؟ އޭނަގެ ވާހަކަ ދައްކަންވެއްޖެއްޔާ ދައްކާ ކޮޅަކުން ނުލާނެ. ދެންވެސް ހިނގާބަލަ އަވަހަށް ތި ދާންއުޅޭ ފިހާރައަކަށް ދެވޭތޯ އުޅެން. މިހާރު އެހެރަ 3 ޖަހަނީ. މިހެން ވާހަކައިގައި ތިއްބާ ކަންނޭނގެ ޢަޞްރަށް ބަންޤި ގޮވާނީ.” ރިޔާޝާ ބުނެލިއެވެ. އަދި ދެމީހުން އެކުގައި ފިހާރައަށް ދާން ނުކުތެވެ.

އެދުވަހުގެ ފަހުން އަޔާޒް ރިޔާޝާއަކަށް ނުގުޅައެވެ. އޭނާގެ ސަބަބުން ރިޔާޝާއަށް އިތުރު އުނދަގުލެއްވާން އޭނާ ނޭދޭތީއެވެ. އޭނާއަށް މިލިބުނީ ހާދަ ބޮޑު ނާކާމިޔާބީއެކޭ ހިތަށް އެރިއެވެ. އޭނާ ރިޔާޝާއަށް ގުޅީ އުނދަގޫކުރާކަށް ނޫނެވެ. ނަމަވެސް ރިޔާޝާ އެވާހަކަ އަޑު ނޭހީއެވެ. ކަންތައްވެފައި އޮތްގޮތުން ވާނީ އެހެންކަންވެސް އަޔާޒަށް ވިސްނެއެވެ. ހުރިހާ ކަމެއްވެސް މި ދިމާވީ އޭނާގެ ސަބަބުންކަން އޭނާ ޤަބޫލުކުރެއެވެ.

ކުރިންރޭ އަޔާޒްގެ ގެއިން ދިޔަފަހުން ޝިފާންއެއް އެގެއަކަށް ނާދެއެވެ. ގެއަށް ނައިތާނގައި ގުޅާވެސްނުލިއެވެ. ކޮންމެވެސް މީހަކާއި ދިމާކޮށް ރުޅިއަރުވާލުމަކީ ޝިފާންގެ މިޒާޖެވެ. އެކަން އެނގިހުރެ އަޔާޒް މާގަދައަށް ރުޅިއައުމުން ޝިފާން ނައީކަމުގައި އޭނާ ނިންމިއެވެ. ނަމަވެސް އޭނާވެސް ގޮތްދޫކުރާކަށް ބޭނުމެއްނުވިއެވެ. އެހެންކަމުން އޭނާ ޝިފާނަށް ގުޅަން އުޅެފައިވެސް އެޚިޔާލު ދޫކޮށްލިއެވެ. އެހެނަސް އޭނާއަށް އެގޮތުގައި ހިފަހައްޓާލެވުނީ ކުޑަ އިރުކޮޅަކުއެވެ. އޭނާގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބޭނީ އެވާހަކަ ކޮންމެވެސް މީހަކާއި ހިއްސާކޮށްލެވިގެންނެވެ. އެހެންކަމުން އޭނާ ޝިފާނަށް ގުޅިއެވެ.

“ހަލޯ! އަހަރެން ހީކުރީ ދެން ދުވަހަކުވެސް އަހަރެންނަކަށް ނުގުޅާނެކަމަށް.” އަޔާޒަށް އެއްވެސް އެއްޗެކޭ ނުބުނެވެނީސް ޝިފާން ފެށިއެވެ. އޭނާ އެހުރީ އަދިވެސް ހިތްހަމަނުޖެހިފައިކަން އޭނާގެ ރާގު ހުރިގޮތުން އެނގެއެވެ. “އެކީއްވެ؟ އަހަރެން މިހާ ހާލުގައި އުޅޭއިރުވެސް ޝިފާން މިގެއަށް އައިސްނުލި. ކުޑަމިނުން ގުޅާލާފަ ހާލުވެސް ބަލާނުލި. ޝިފާނަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން ޝިފާންގެ އެހީ ބޭނުންވާނެވަރު. ތީ ހަމައެކަނި އަހަރެންގެ ބެސްޓް ފްރެންޑެއްނޫން. ތީ އަހަރެންގެ ބޭބެއެއް ކަހަލަ މީހެއް.” އަޔާޒް އޭނާގެ ޝަކުވާތައް ބަންޑުންކޮށްލިއެވެ. ޙަޤީޤަތުގައިވެސް އަޔާޒް ހުރީ ވަރަށް ދެރަވެފައެވެ.

“އަހަރެން ބޭނުންވި ދާން. އެކަމަކު ހިތަށްއެރީ އަޔާއަކަށް އަހަރެންގެ އެހީ ބޭނުމެއްނުވާނެއޭ.” ޝިފާން ބުނެލިއެވެ. “އެކީއްވެ؟” ބޭބެއެއް ގޮތަށް ދެކެމުންއައި އޭނާގެ އެންމެ ގާތް އެކުވެރިޔާ، އޭނާ އެހާ ދުރުކޮށްލީތީ އަޔާޒް ވަރަށް ދެރަވިއެވެ. “އެހެންވެގެންތާ އަހަރެން ކައިރީ ނާންނާށޭ ބުނީ.” ވީގޮތް އަޔާޒަށް ރޭކާލީ އަދި ކިރިޔާއެވެ.

“ދެން އާދޭ!” އަޔާޒް ނުރުހިފައި ބުނެލިއެވެ. “ތިހާ ރުޅިއައިސްފަ ބުނީމަ ނުދާނަން.” ޝިފާން ކުޑަކުއްޖެއްހެން ބޮޑާ ހާކާލުމުން އަޔާޒް ގާތަށް ކުޑަކޮށް ހިނިވެސްއައެވެ. “ދެން އާދެބަލަ.” އަޔާޒް އާދޭހުގެ ރާގަކަށް ބުނެލިއެވެ. “ހެހެހެ. 15 ވަރަކަށް މިނެޓުތެރޭ މި ގާތްކުރަނީ.” ފޯނު ބާއްވާފައި ޝިފާން ދެފަރާތަށް ބޯހޫރާލިއެވެ. “ކޮބާ؟ މިފަހަރު ގޮތްދޫނުކޮށެއް ނުހުރެވުނެއްނު.” ޝިފާން ހިތާހިތާ ކިޔާލިއެވެ.

ޝިފާން އައިސް ދޮރުގައި ޓަކި ޖަހާލުމުން އަޔާޒް ދޮރު ހުޅުވިއެވެ. “ޕިސްޕިސްޕިސް. ނޫނޭ ވާ ރަނގަޅު!” ތަރުތީބު ގެއްލިފައިވާ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލަމުން ޝިފާން ބުނެލިއެވެ. “ތީ ދެން މާރަނގަޅު މީހެއްތަ؟” އަޔާޒް ރުންކުރު ގޮތަކަށް އެހެން ބުނެލުމުން އަޔާޒް އަދިވެސް އެހުރީ ހިތްހަމަނުޖެހިފައިކަން ޝިފާނަށް އެނގުނެވެ.

“މަ ނުބައިވެގެން ކީއްތަ ކުރީ؟” “ހަމަ މަ އެހެން ބުނެގެން ޖެހޭތަ ނައިސް ހުންނަން؟” އަޔާޒް ހިތްހަމަނުޖެހިފައި ހުރިވަރުން އެހެން ބުނެވުނީވެސް އާދައިގެ ވަރަށްވުރެ ބާރަށެވެ. “އާނ. ދެން ގޭގެ ވެރިންގެ ހުއްދަ ނެތީސް ނުވާނެތާ އެގެއަކަށް ވަންނާކަށް.” ޝިފާން މަލާމާތުގެ ރާގަކަށް ބުނެލިއެވެ. “އަލަށް ބުނި އެއްޗެއް ނޫންދޯ އެއީ؟ އެހެންނޫނަސް އެއީ ސީރިއަސްކޮށް ބުނާ އެއޗެއް ނޫންކަންވެސް ޝިފާނއަށް އެނގޭނެ. ގައިމު އެހެން ފަހަރުތަކުގައި ތިހެން ނައިހެއް ނުހުރޭ. ދެން ކީއްވެ މިފަހަރު؟ ޝިފާން ހަމަ އަހަރެން ދުރުކޮށްލީ.” އަޔާޒް ދެރަވެލާފައި ބުންޏެވެ.

“އޭރާއި މިހާރު ވަރަށް ތަފާތެއްނު.” ޝިފާން މާނަވީ ގޮތަކަށް ބުނެލިއެވެ. “މިހާރު ވަކި ކޮން ތަފާތެއްހުރީ؟” އަޔާޒް ހައިރާންވެފައި އަހާލިއެވެ. “ވިސްނަބަލަ. އަޔާވެސް ކިހާ ތަފާތު. މިހާރު ކުރީގައިހެން ކުޅެންގޮސް މަޖާކޮށެއްވެސް ނޫޅެމެއްނު. އޭރު އަބަދު ތިހެން ގޭގައެއްވެސް ނޯންނަމެއްނު.” ޝިފާން އެބުނި ވާހަކައާއި ދޭތެރޭ އަޔާޒް ވިސްނާލިއެވެ. ތެދެކެވެ. އޭނާގެ މިޒާޖު ވަރަށް ބޮޑަށް ބަދަލުވެއްޖެކަމުގައި އޭނާވެސް ޤަބޫލުކުރިއެވެ.

“އޭތް. ކިހިނެއްވެފަ ތި ހުންނަނީ؟” ވިސްނުމަކަށް ގެއްލިފައި ހުއްޓާ ޝިފާން އަޔާޒްގެ ކޮނޑުގައި ޖަހާލުމުން ސިހުނެވެ. “ކީކޭ؟” “މަބުނީ ކިހިނެއްވެފަހޭ ތިހުރީ؟” ޝިފާން ބުނެލިއެވެ. “ކަމެއްނުވޭ.” އަޔާޒް ގޮސް އެނދުގައި އޮށޯވެލިއެވެ. “އޭތް. އެބައޮތް ވަރަށް އުފާވެރި ޚަބަރެއް. ރިޔާޝާ އެބައިން އާޓިފިޝަލް ބީޗްގައި.” ކުއްލިއަކަށް ހަނދާންވާ ކަހަލަ ގޮތަކަށް ޝިފާން ބުނެލިއެވެ. އަޔާޒް ކުއްލިއަކަށް ތެދުވިއެވެ. “ކިހިނެއް ޝިފާނަށް އެނގުނީ؟” އަޔާޒް ހައިރާންވެފައި އަހާލިއެވެ. “ބަލަ މަމިއައީ އެތަނުންނޭ.” ޝިފާން އެހެން ބުނެލުމުން އަޔާޒްގެ މޫނުގެ ކުލަ ފަނޑުވިއެވެ.

“ހަމަ ރިޔާޝާއާ ދިމާ ނުވެގެންތަ ތިހުރިހާ ގޮތެއް ތިވަނީ؟” ޝިފާން އަހާލި ގޮތުން އަޔާޒް ބަލާލިއެވެ. “އާނ. އޭނަ ކައިރިން މާފަށް ނޭދެވެނީސް މަށަކަށް ހަމަޖެހުމެއް ނުލިބޭނެ. މީހަކަށް ދެރައެއް ދެވުނުކަން އިހުސާސްކުރެވުމަކީ ކިހާ ހިތް ނުތަނަވަސްވާ ކަމެއްކަން ޝިފާނަށް ތިއުޅެނީ އަދި ނުވިސްނިގެން.” އަޔާޒް ވަރަށް ސީރިއަސްކަމާއެކު ބުނެލިއެވެ.

“ނޫނޭ. އެހެނެއްނޫން. ރުޅި ނާންނައްޗޭ. މީ އަހަރެން ވަރަށް ސީރިއަސްކޮށް ބުނާ ވާހަކައެއް. އަހަރެންނަށް ހީވަނީ އަޔާއަށް ތިހެން ތިވަނީ ހަމައެކަނި އޭނަ ކައިރިން މާފަށް ނޭދެވިގެނެއް ނޫންހެން.” ޝިފާން ބުނެލިއެވެ. “ދެރަ ކަމެއްނުދޯ. ތިނޫން އެއްޗެއް ކިޔާބަލަ. ބަލަ ޝިފާންވެސް އުޅުނިންދޯ އޭނަގެ ޚަބަރެއް ނުވެގެން. ދެން އެއަށް ކިޔަންވީ ލޯބި؟ ތިހެންވިއްޔާ މަށަށްވެސް ބުނެވިދާނެ ދޯ ޝިފާން އޭނަދެކެ ލޯބިވަނީއޭ.” އަޔާޒް ހިތްހަމަނުޖެހިފައި ބުންޏެވެ.

“އެހެންދޯ ވާނީ އަހަރެން އޭނަދެކެ ލޯބިވަންޏާ.” ޝިފާން ވަރަށް ހަމަޖެހިލާފައި ބުނެލިއެވެ. އަޔާޒް ހައިރާންވެފައި ޝިފާނަށް ބަލާލިއެވެ. އަޔާޒްމެން ރިޔާޝާއާއި ދިމާއަށް އުނދަގޫކޮށް ހަދާ ކޮންމެ ފަހަރަކު ޝިފާން ރިޔާޝާގެ ދިފާއުގައި ވާހަކަދައްކާ ހަދައެވެ. އެހެންކަމުން އޭނާއަށް އަބަދުވެސް އެދެމީހުންގެ ގުޅުމެއް އޮންނަ ކަމަށް ޝައްކުވެއެވެ. އޭނާއަށް އެދެމީހުންގެ ގުޅުމާ ދޭތެރޭ ޝައްކުވީ ނަމަވެސް މިހާ ފާޅުކަންބޮޑު ގޮތެއްގައި ޝިފާން އެއްބަސްވާނެ ކަމަކަށް އޭނާ ހިއެއްނުކުރެއެވެ. “އާނ. އަހަރެން ނޫޅެން ކޮންމެހެން އެއްބަސްނުވާކަށް. އަހަރެން ރިޔާޝާދެކެ ވަރަށް ލޯބިވޭ.”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ކާމިޔާބު އަންހެނާ 1

Next

އައިޝާ

Next
October 16, 2016

އައިޝާ

Previews
October 15, 2016

ކާމިޔާބު އަންހެނާ 1

38 Comments!

  1. Aishoo says:
    October 16, 2016 at 10:18 am

    Reethi ????

    1. Saandy says:
      October 16, 2016 at 12:04 pm

      ޝުކުރިއްޔާ

  2. aik says:
    October 16, 2016 at 10:37 am

    Nice..?

    1. Saandy says:
      October 16, 2016 at 12:05 pm

      ޝުކުރިއްޔާ

  3. shaadhow says:
    October 16, 2016 at 10:44 am

    thi hindhi kon filmeh kan bunevidhaanetha vaahaka dhaaleh reethi kamun film balan varh beynun vehje pls

    1. Saandy says:
      October 16, 2016 at 12:05 pm

      ޝުކުރިއްޔާ! ވާހަކަ ނިމުނީމަ ބުނެލާނަން ފިލްމުގެ ނަން

  4. liyaa says:
    October 16, 2016 at 11:05 am

    nice

    1. Saandy says:
      October 16, 2016 at 12:06 pm

      ޝުކުރިއްޔާ

  5. Appy says:
    October 16, 2016 at 11:13 am

    What shifan love’s riyasha …

    1. Saandy says:
      October 16, 2016 at 12:08 pm

      ޝުކުރިއްޔާ ވާހަކަ ކިޔާލީމަ

  6. raahil says:
    October 16, 2016 at 11:22 am

    Pis pis hama meehaku vaahakaeh liyaairah bunaane knmes film ehge copy ekey…..bala film vx kulhenee vaahaka liyumah fahugaey..pls vaahaka ige kuri numarabala

    1. Saandy says:
      October 16, 2016 at 12:09 pm

      ޝުކުރިއްޔާ

  7. Reethi says:
    October 16, 2016 at 11:56 am

    Dheevana vaahakai ge thanthan kolhu kiyey hen mivaahaka keema heevanee e vahakaige shifan n naveen he dialogu v .ehgoh anyway rethi

    1. Saandy says:
      October 16, 2016 at 12:09 pm

      ޝުކުރިއްޔާ

  8. nayha says:
    October 16, 2016 at 12:09 pm

    Beautiful story. I love this story. Plx next part up soon ……………………. l am waiting for next part ????????

    1. Saandy says:
      October 16, 2016 at 12:10 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 4ވަނަ ބައި ގެނެސްދޭނަން

  9. vishaa says:
    October 16, 2016 at 2:12 pm

    ވަރަށް ރީތި

    1. Saandy says:
      October 16, 2016 at 7:51 pm

      ޝުކުރިއްޔާ

  10. metal 01 says:
    October 16, 2016 at 2:17 pm

    Reethi vaanehen heevany
    Keep it up

    1. Saandy says:
      October 16, 2016 at 7:51 pm

      ޝުކުރިއްޔާ

  11. NAIN says:
    October 16, 2016 at 3:16 pm

    varah reethi mi.partves.vaahaka kuriyah dhaa goives vvv reethi.mi story up kollaafa angaala dhee fiyyaa varah ufaavaane..noonee up kollaa dhuvasthah bubela dhiniyyaa rangalhu..varah interest story. keep it up.

    1. Saandy says:
      October 16, 2016 at 7:52 pm

      ޝުކުރިއްޔާ! ކަމެއް ދިމާނުވަންޏާ ކޮންމެ ދުވަހަކު އަޕްކޮށްދޭނަން… އިންޝާ ﷲ

  12. riyassha says:
    October 16, 2016 at 5:19 pm

    ethoofanee rey ge dialogues tha meega riyasha beynun kohfa mi hury…
    gabool nukuran ya kudhin kudhin alhe balaalaba..

    1. Saandy says:
      October 16, 2016 at 7:52 pm

      ޝުކުރިއްޔާ ވާހަކަ ކިޔާލީތީ

  13. Samoo says:
    October 16, 2016 at 11:58 pm

    Dhen aneh partves avas kodhecehy
    Mi partves vvv reethi….
    Saandu..

    1. Saandy says:
      October 17, 2016 at 9:56 am

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މިއަދު 4ވަނަ ބައި އަޕްކޮށްލާނަން

  14. riyaashaa says:
    October 17, 2016 at 12:44 am

    Varahreethi shukuriyaa

    1. Saandy says:
      October 17, 2016 at 9:56 am

      ޝުކުރިއްޔާ

  15. Ree says:
    October 17, 2016 at 3:25 am

    Oh..mi story v nice ey hama..huttaanula kuriah gendhaache..

    1. Saandy says:
      October 17, 2016 at 9:59 am

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މިވާހަކަ ނިމެންދެން ގެނެސްދޭނަން

  16. anu says:
    October 17, 2016 at 7:54 am

    V Reethi.

    1. Saandy says:
      October 17, 2016 at 10:03 am

      ޝުކުރިއްޔާ

  17. Depika says:
    October 17, 2016 at 9:09 am

    V reethi thankolheh kuru mi part

    1. Saandy says:
      October 17, 2016 at 10:04 am

      ޝުކުރިއްޔާ! ކުރުތަ؟ އެހެންވިއްޔާ 4ވަނަ ބައި ތަންކޮޅެއް ދިގުކޮށްލެވޭތޯ ބަލާނަން

  18. no one care says:
    October 17, 2016 at 9:26 am

    reeethi hama mi part vx

    1. Saandy says:
      October 17, 2016 at 10:04 am

      ޝުކުރިއްޔާ

  19. saamee says:
    October 24, 2016 at 12:04 am

    Nice story saandy

    1. Saandy says:
      October 24, 2016 at 8:15 am

      ޝުކުރިއްޔާ

Comments are closed.

Next Episodeރިޔާޝާ (4ވަނަ ބައި)←


All Right Reserved!