ކުއްލިއަކަށް މިކްޔާ ތެޅިގަތެވެ. އެވަރަށް ނުވިސްނާ ހުރުމުގެ ސަބަބުން އާރިފްގެ އަތުން މިކްޔާ ވީއްލިގެން ނިޒްމާ އާއި ދިމާއަށް ދުއްވައިގަތެވެ. ހަމަ އެވަގުތު އާރިފް އެއްލި އަތުން މިކްޔާގެ ބުރުގަލުގައި ހިފުމާއެކު ބުރުގާ ބޮލާ ވަކިވިއެވެ. އާރިފް މިކްޔާގެ މެދުހަށީގައި ހިފާފާ ގެންގޮސް ފާރުގައި ތަތްކޮށްލިއެވެ. އަދި މިކްޔާގެ މޫނުގަޔާއި ކަނދުރާގައި ބޮސްދޭން ފެއްޓިއެވެ. އެވަގުތު އޭނާ އަށް މިކްޔާ ލައިގެން ހުރި ހެދުމުގެ ކުރިމަތީގައި އިން ޒިބް ފެނިފަ ތިރިއަށް ދަމާލުމާއެކު މިކްޔާގެ މޭމަތިން ބޮޑު ބައެއް ހާމަވިއެވެ. އާރިފް އޭނާގެ އަތުން މިކްޔާގެ މޭމަތީގައި އަތް ހިންގާލުމަށްފަހު ތުންފަތުގައި ބޮސްދިނީ ލޭރަހަލަ ވަރަށެވެ.
“ކިހާދުވަހެއް މިވީ އަހަރެން މިގޮތަށް މިކް އާ ލޯބިކޮށްލަން ބޭނުވެގެން އުޅޭތާ..އައި ނީޑް ޔޫ ސޯ މަޗް..ތިލޯބި ލިޕްސް ކޮޅު ހާދަ މީރޭ..”
“ޔަމްމީމީ..އަދި މިހަށިގަނޑުން އެއަށް ވުރެ ފޮނިރަހަލާނެކަން ޔަޤީން..ހްހްހްމްމްމް ހާދަ މީރުވަސް ދުވައޭ މަގޭ ޖާނު ގައިން..މީ ނެޗުރަލް ޕާފިއުމްތަ؟” އާރިފް މިކްޔާގެ ހަށިގަނޑު ފާރާލާ އަދިވެސް ބޮޑަށް ފިއްތާލިއެވެ.
މިކްޔާ ދިޔައީ އާރިފް ކައިރިން ސަލާމަތް ވުމަށް ގަދަ ހަދަމުންނެވެ. އޭރުވެސް ބަކުރު ނިޒްމާގެ ހަށިގަނޑުން އޭނާގެ އެދުން ފުއްދަމުން ދިޔައެވެ. ނިޒްމާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައިރު އޭނާ ހަޅޭލަވަން ބޭކާރު މަސައްކަތް ކުރަމުން ހަށިގަނޑުގައި ނެތްހިތްވަރު ނެރެމުން ދިޔައެވެ. “މްމްމްމްމް…ހްހްމްމްމްމް…” އޭނާގެ އަނގަމަތީ ގައި އައްސާފައި ވަނީ ވަރަށް ބާރުކޮށް ކަމުން ނޭވާލާން ވެސް އުނދަގޫ ވަމުން ދިޔައެވެ. އެވަގުތު ނިޒްމާ އޭނާ އޮތް ސޯފާ އާއި ދާދި ކައިރީގައި ހުރި ފާރު ގައި ތަތް ވެފައި ކަހަލަގެ ގޮތަކަށް ހުރި މިކްޔާ ސަލާމަތް ވުމަށް ގަދަހަދަމުންދާ މަންޒަރު ފެނިފަ އެ މަންޒަރު ފުސްވަމުންދާކަހަލަގެ އިހްސާސެއް ކުރެވެމުން ދިޔައެވެ. މިކްޔާގެ އެކަރުނުން ފުރިފައިވި ދެލޯ ފެންނަނީވެސް ވަރަށް ފުސްކޮށެވެ. އަދި މަޑުމަޑުން ދުނިޔެ އަނދިރިވަމުން ގޮސް އެއްކޮށް އަނދިރިވެއްޖެއެވެ.
މިކްޔާ އަށް ނިޒްމާގެ ހާލަތު ފެނިފަ އިތުރަށް ރޮވުން ނޫން ކަމެއް ނުކުރެވެއެވެ. އޭރުވެސް އާރިފް ގެންދިޔައީ މިކްޔާގެ ހަށިގަނޑުގައި އޮޅުލަމުން އެތަންމިތާ ބޮސްދެމުންނެވެ. ކުއްލިއަކަށް މިކްޔާ އަށް ނިޒްމާގެ ހުއްޓިފައިވާ ކަޅިފެނިފަ ސިކުނޑި މަސައްކަތް ކުރުން ހުއްޓާލިއެވެ. މިކްޔާ ދެލޯ ބޮޑުކޮށްގެން އެއްވެސް ހަރަކާތެއްނެތި އެހުރިގޮތައް ހުރެވުނީ އޭނާގެ ދޫ ހަރަކާތް ނުކުރުމުންނެވެ.
ސިކުންތުކޮޅަކު އެހެން ހުރުމަށްފަހު ވަރަށް ބާރަށް ނިޒްމާގެ ނަމުން ގޮވާލިއެވެ. “ނިޒޫ……….” ބިރުންހުރިވަރުން މިކްޔާގެ އަޑުވެސް ތުރުތުރުލަމުން ދިޔައެވެ.މިކްޔާގެ ހަޅޭކުގެ އަޑަށް އާރިފް ސިއްސައިގެންގޮސް ދުރައްޖެހިލިއެވެ. އެވަގުތު މިކްޔާގެ މޫނުމަތިން ބިރުވެރިކަން ފާޅުވީއިރު ހަށިގަނޑުވެސް ތުރުތުރުލަމުން ދިޔައެވެ.
” ނި..ނިޒް..އޭނާ މަރުވީ..ކަ..ކަލޭމެން..މަ..މަރާލީ..މަރާލީ..” މިކްޔާ ރޮމުން ގިސްލަމުން ހުރި ދިމާ ތިރިއަށް ވެއްޓި ޓައިލްސް މަތިގައި އިށީނެވެ. އާރިފް އަށް މިކްޔާ ކީ އެއްޗެއް ސާފު ނުވި ނަމަވެސް ނިޒްމާގެ ނަން ބުނި އަޑު އިވުމުން ފަހަތައް ބަލާލިއެވެ. އެވަގުތު އޭނާ އަށް ނިޒްމާގެ ހަރަކާތެއް ނެތް ހަށިގަނޑު ފެނިފަ ދެލޯ ބޮޑު ކޮށްލެވުނެވެ. އޭރުވެސް ބަކުރަށް ވާނުވާއެއް ނޭނގެއެވެ. އޭނާ އަށް ނިޒްމާގެ ހަށިގަނޑުން ފުރާނަ ވަކިވިކަމެއްވެސް ރޭކާ ނުލައެވެ.
އާރިފް އެދިޔަ ގޮތައްގޮސް ބަކުރު ގައިގަ ހިފާ ކޮށްޕާލިއެވެ. އެވަގުތު ސޯފާ މަތިން ވެއްޓި ބަކުރުގެ ބޯ އެތާހުރި މޭޒެއްގެ ކަނުގައި ޖެހުނެވެ. ވީތަދުން ބޮލުގައި އަތް އަޅައިގެން ތެދުވެ އާރިފް އާއި ދިމާއަށް އޭނާ ބަލާލީ ރުޅިވެރިކަމާއެކުއެވެ. “ކައޭ މޮޔަވީތަ…އޭނ..؟..ބަގޭ ބޯފަޅައިގެން ދިޔަ ނަމައޯ؟” އާރިފް އާއި ދިމާއަށް ހަޅޭލަވައިގަތުމަށްފަހު ބަކުރު ސޯފާ އާއި ދިމާއަށް އެނބުރުނު ވަގުތު ނިޒްމާ އޮތް ގޮތް ފެނިފަ ބިރުން ފަހަތައް ޖެހެވުނެވެ.
” ޝިޓް މޭން..އޭނަ މަރުވީތަ..ދެން ކިހިނެއް ހަދާނީ..ހިނގާ މިތަނުންދާން..އަވަސް..” އާރިފްގެ ކޮނޑުމަތިގައި ޖަހާލަމުން ބަކުރު އަވަސްވެގަތީ އެތަނުން ނިކުންނަންށެވެ.
“އެއްޗެހިވެސް ނުލާތަ ދަނީ..” އާރިފް އެހެން ބުނުމާއެކު ބަކުރަށް އޭނާހުރި ހާލަތު އެނގުމުން ސޯފާމަތިން އަންނައުނުތައް ނަގާ ގަޔަށް މަހާލިއެވެ. އެވަގުތު އެތާ ޓައިލްސް މަތީގައި މޫނުމަތީ އަތް އަޅައިގެން ރޯން އިން މިކްޔާފެނިފަ ހުއްޓުން އެރިއެވެ. ނަމަވެސް އިތުރަށް ވަގުތު ބޭކާރު ނުކޮށް އެތަނުން ނިކުންނަށް ހިނގައިގަތް ވަގުތު އެގޭ ދޮރުގެ ތަޅުގައި މީހަކު ހިފުމާއެކު ދެ މީހުންވެސް ހުށިޔާރުކަމާއެކީ ކުޑަދޮރުން ބޭރަށް ފުންމާލިއެވެ.
ޝަމާން އަށް ނިޒްމާގެ މެސެޖް ލިބުމާއެކު އެދިމާއަށް މިސްރާބުޖެހިއެވެ. އައި މަގުމަތީގައި ފިހާރައަކަށް ވަދެ އެއްޗެއް ގަނެގެން އައުމުން ހުރީ ފުދޭވަރަކަށް ލަސްވެފައެވެ. އޭނާ އެތަނަށް އައި އިރު އެއްވެސް މީހަކު ފެންނަން ނެތުމުން ނިޒްމާގެ ނަމްބަރަށް ގުޅިވަގުތު އެތާހުރި ގެއެއްގެ ދޮރު ކައިރިން ފޯނެއް ރިންގްވާ އަޑު އިވުމުން ބަލާލިއިރުގަ އެއީ ނިޒްމާގެ ފޯނެވެ. ” ނިޒްމާގެ ފޯނު މިތާ މިއޮތީ ކީއްވެ؟ މެސެޖް ގަ އޮތީ މިތާ މަޑުކޮށްގެން ތިބޭނެ ކަމަށް..އެކަމަކު ދެމީހުންކުރެ އެކަކުވެސް ނެތް ފެންނާކަށް..އަނެއްކާ މިކްމެންނަށް ކަމެއްވީބާ..؟” ޝަމާންގެ މޫނަށް ނުތަނަވަސްކަން ވެރިވެ އެގޭ ދޮރުގެ ތަޅުގައި ހިފައި އަނބުރާލި އިރު އޭނާގެ ހިތް އޮބި ނޯންނަވަރަށް ތެޅެމުން ދިޔައެވެ. ކޮންމެވެސް ބޮޑު ކަމެއް ވެއްޖެ ކަން އޭނާގެ ހަވަނަ ހިއްސު ސިގްނަލް ދެމުން ދިޔައެވެ.
ދޮރު ހުޅުވާފަ އެތެރެއަށް ވަތް ޝަމާން އަށް ނިޒްމާގެ ނިވާކަމެއް ނެތް ހަށިގަނޑު ފެނި މޫނު އަނެއް ފަރާތައް އަނބުރާލެވެވުނެވެ. އަދި އެތާ ހުރި މޭޒުމަތީގައި އޮތް ފޮތިގަނޑެއް ނަގާ ނިވާކޮށްލުމަށްފަހު ނިޒްމާގެ އަނގަމަތީގައި އައްސާފައިއޮތް ފޮތިގަނޑު ނައްޓާލިއެވެ. ޝަމާންގެ ހަރަކާތްތައް ނުހަނު އަވަސް ވީނަމަވެސް އޭނާގެ ދެއަތް ތުރުތުރު ލަމުން ދިޔައެވެ. ހާސްވެ ކަންބޮޑުވެފައިވާ ހުރެ ޝަމާން ޕޮލިހުންނަށް ގުޅީ އެ ހާދިސާ ރިޕޯޓް ކުރުމަށެވެ.
” ހެލޯ..މި..މި..ފުޓްބޯޅަ ދަނޑު ބިއްދޮށުގައި ހުރި ގެއެއްގެ ތެރޭ އަންހެން ކުއްޖެއް މަރުވެފަ އެބައޮތް..” ބިރުން ހުރިވަރުން ޝަމާން އަށް ވާހަކަ ދެއްކުނީވެސް ނުހަނު އުނދަގުލުންނެވެ. އެކޮޅުން ބަޔަކު އެބަފޮނުވާ ކަމަށް ބުނެ ފޯނުކަނޑާލީ ޝަމާން ކައިރީގައި އެތާ މަޑު ކުރުމަށް ބުނެފައެވެ. ޝަމާން ހުރީ ވަރަށް ބޮޑަށް ހާސްވެ ބިރުގަނެފައެވެ. އެހެންކަމުން އެތާއިން މިކްޔާއެއް ނުފެނެއެވެ. ފޯނު ޖީބައްލަމުން ފަހަތައް އެނބުރުނު ވަގުތު ފާރުކައިރީގައި ދެއަތުން މޫނުފޮރުވައިގެން އިން މިކްޔާ ފެނި ޝަމާން އަށް ދެލޯ ބޮޑުކޮށްލެވުނެވެ.
މިކްޔާގެ ބޮލުގައި ބުރުގާއެއްނެތެވެ. އިސްތަށިގަނޑުވެސް ވަނީ އެގޮތް މިގޮތައް ހޭވިފައެވެ. އަދި ހަށިގަނޑުން ބޮޑުބައެއް ވަނީ ހާމައަށެވެ. ޝަމާން މިކްޔާ ކައިރިއަށް ތިރިވެލާފައި ދެއަތުގައި ހިފާލިވަގުތު މިކްޔާ ހަޅޭލަވައި ގަތެވެ.
” އަތް ނު..ނުލާތި..ހަމަ މި..މިހާރު ދުރުގަ ހުރޭ..ތިއުޅެނީ އަހަރެންވެސް މަރާލަން..”
“ނިޒް ވެސް މަރާލީ..ދެން..ދެން..އަހަރެން..ނޫން ނޫން… ދޭ އެކޮޅަށް” ދެލޯ މަރާ ތަގުޅިކޮށްގެން އިނދެ މިކްޔާ ހަޅޭލަވަމުން ދިޔައެވެ. އޭރު ޝަމާން އިނީ ފެންކަޅިވެފައި މިކްޔާގެ ހާލަތައް ހަމްދަރުދީ ވެފައެވެ. ގާތް ރަހުމަތްތެރިއަކު އެފަދަ ގޮތަކަށް ވަކިވެގެން ދިއުމުން މިކްޔާ އެއިނީ ޝޮކެއްގައި އެވެ.
“ހެއި އިޓްސް މީ ޝަމާން..ލޯ ހުޅުވާފަ ބާލާލަބަ މިކޮޅަށް..” ޝަމާން ދިޔައީ މިކްޔާ އަށް އެއީ އޭނާކަން ޔަޤީން ކޮށްދެވޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިކްޔާ އެއިންގޮތްށް އިނީއެވެ. ” މިކް މީ ކާކު ކުރިކަމެއް..ކިހިނެއްވީ އަސްލު.. މިކް އަށް ފެނުނުތަ ނިޒްމާ މަރާލި މީހަކު..ވާހަކަ ދައްކަބަ ޕްލީޒް..” ޝަމާން ގެ ވާހަކަތަށް އަޑުއިވުމާއެކު މިކްޔާ އަށް ދެންމެ ހިނގި ކަންތައް ސިފަވެގެން ދިޔައެވެ. ނިޒްމާ އަށް ލިބެމުންދިޔަ އަނިޔާ ހިތައް ސިފަވެގެން ދިއުމާއެކު ލޯ ހުޅުވާލިއެވެ. އަދި ކުރިމަތީގައި އިން ޝަމާން ފެނިފަ އޭނާގެ ގައިގައި އޮޅުލައިގަތެވެ. މިކްޔާގެ ލޮލުން އޭރުވެސް ކަރުނަ އަންނަމުން ދިޔައެވެ. އަދި މަޑު މަޑުން ގިސްލެވެމުން ދިޔައެވެ.
މިކްޔާގެ ކުއްލި ހަރަކާތުން ޝަމާން އަށް ހަށިގަނޑު ބެލެންސް ކޮށްލެވުނީ ހަމަ ކިރިޔާއެވެ.” އެ..އެ..މީހުން ނިޒް މަރާލީ..ބަ..ބަކުރު މަރާލީ..އާރިފްވެސް އަހަރެން ގަ..ގައިގަ……” އެވަގުތު ޝަމާން އަށް މިކްޔާގެ ހަށިގަނޑުގައި ތުރުތުރު އަޅަމުން ދާކަން އެނގުމުން ބުރަކަށީގައި ފިރުމާލިއެވެ. “ޝްޝްޝް..ދެން ނުރޮއި ހުއްޓާލަބަ..އިހަށް ދެން ވާހަކަ ނުދައްކާތި އޯކޭ” ޝަމާން އަށް އެވަގުތު ކަންތައް ކުރާނެގޮތެއް ނުވިސްނުނެވެ. އެހެންކަމުން އެއިންގޮތަށް އިނީއެވެ. އެހެން ނަމަވެސް އޭނާ ހިތުގައި ރުޅިވެރިކަމުގެ އަލިފާންގަޑެއް ރޯވިއެވެ. ރަހުމަތްތެރިންނަށް ވެ ހުރެ އާރިފް އާއި ބަކުރު އެކުރި ކަމަކުން އެމީހުންނަށް މާފް ދިނުމެއް ނޯންނާނެއެވެ. އަދި އެކަމުގައި ލިބެން އޮތް އެންމެ ހަރުކަށި އަދަބު ލިބުމަށް ހިތާ ހިތުން ދުއާ ކޮށްލެވުނެވެ. ޝަމާން އަށް މިކްޔާގެ ހަށިގަނޑުން ވަރުދޫވާހެން ހީވުމުން ބަލާލިއިރުގަ މިކްޔާގެ ލޯ ވަނީ މެރިފައެވެ. އަދި އެސްފިޔަތަށް ވަނީ ކަރުނުން ތެމިފައެވެ. ޝަމާން އަށް ދެން ހަދާނެ ގޮތެއް ނުވިސްނިގެން އުޅެނިކޮށް އެގެޔަށް ޕޮލިހުންގެ ބަޔަކު ވަނެވެ.
އެމީހުންގެ ތެރެއިން އެއްބަޔަކު ނިޒްމާ ކައިރިއަށް ޖެހިލުމުން ދެން ތިބި އަންހެން ދެ އޮފިސަރުން ޝަމާން މެންކައިރިއަށް އައެވެ. އެތަނުން އެކަކު މިކްޔާގެ ބުރުގާ އަޅުވަދިނުމަށްފަހު ހެނދުން ރަނގަޅު ކޮށްލާފަ އެތާގައި ބޭއްވީ މިކްޔާގެ އޮތީ ހޭނެތިފައި ކަމުގައި ވުމުންނެވެ. އަދި އެމްބިއުލާންސް އަށް ގުޅުމަށްފަހު އަންނަންވީ އެޑްރެސް ބުނެދިނެވެ.
ޝަމާން އޭނާ އަށް ފެނުނު ކަންތަކާ މިކްޔާ ބުނި ވާހަކަތައްވެސް ހިއްސާކުރިއެވެ. އަދި އޭނާ އަށް މިތަނަށް އާދެވުނު ގޮތް ވެސް ވަރަށް ތަފްސީލްކޮށް ކިޔާދިނެވެ. ޕޮލިހުން އެމީހުންގެ މަސައްކަތް ނިންމާލުމަށްފަހު ނިޒްމާގެ ހަށިގަނޑު އިތުރު ތަހުޤީގަށް ސިއްހީ މަރުކަޒަށް ގެންދިޔައެވެ. އަދި މިކްޔާވެސް ގެންދެވުނެވެ.
ޝަކީލާއަށް މިކަމުގެ ހަބަރު ލިބުމުން ދުމެއްޖަހާފައި ސިއްހީމަރުކަޒަށް ދިޔައެވެ. އެވަގުތު އެތާ ކައިރިއަށް މީހުންތައްވަނީ އެއްވެފައެވެ. އެކި މީހުން ތަފާތު ވާހަކަ ދައްކަމުން އެބަޔަކަށް ހީވާގޮތަށް ވާހަކަ ހަދަމުން ދިޔައެވެ. ” އެ މިކްޔާވެސް ހުންނަނީ ނުލާހިކު މަޑުން އެކަމަކު ފިރިހެނުންނާ އެކީ އެތައް މިތާނގަ.. މަ އަޑު އެހިން އޭނާ އެގޭތެރޭގަ އުޅުނީ ދެ ފިރިހެނުން ގޮވައިގެންނޭ.. ޗީ! ދެން ލަދެއްވެސް ނުގަނޭ..” އެތަނުން މީހަކު ބުނެލިއެވެ. ” އެއޮށް ދަނީ އެއްކަލަ ޝަކީލާ..އަދި އެބައުޅެއެއްނު މާ ރަނގަޅު ދަރިޔަކަށް ވީމަ ގޭގަ ފޮރުވައިގެން..” ޝަކީލާ އެމީހުން ފަސްދީފައި ހިނގައިގަތް ވަގުތު އެތާހުރި އެހެން މީހަކު ބުނެލިއެވެ.
އެމީހުން ދައްކާ ވާހަކަ އަށް ބީރު ކަންފަތެއް ދެމުން ޝަކީލާ އެތެރެއަށް ވަނެވެ. އެވަގުތު އެތާ ތިބި ނަރުސް ކުދިންތަކެއް ދައްކަމުންދިޔާ ވަހަކައަށް ސަމާލުކަމެއް ދެވުނީ މިކްޔާގެ ނަން އިވުމުންނެވެ.
” މިކްޔާގެ ބުރުގާއެއްވެސް ނެތޯ ޕޮލިހުން ދިޔައިރުގަ..” އެތަނުން ކުއްޖަކު ބުނެލިއެވެ.
“އާން މަވެސް ދެކުނިން.. އޭނާގެ ކަރުގައި ހީވަނީ މީހަކު ދަތް އަޅާފައި ހުރިހެން..ތަންގަނޑު ގަނޑަށް ހުރީ ލޭ ކުލަ އަރާފަ..މަ އެހީމަވެސް ނުދައްކާ ވާހަކައެއް..ގައިގަ އަތް ލިޔަސް ސިއްސައިގެން ދަނީ..މަށަށް ހީވަނީ މީހަކު އޭނަ އާއި ބެހުނީހެން..އެ ނިޒްމާ އަށް ވެސް އޮތީ ވަރަށް ބޮޑަށް ޖިންސީ އަނިޔާ ކޮށްފަ..އެކަމުގެ ސަބަބުން އޭނާ މަރުވީވެސް..” ދެވަނަ ކުއްޖާގެ ބަސްތައް އަޑު އިވިފަ ޝަކީލާގެ މޫނުމަތީ ކުލަ ފަނޑުވެގެން ދިޔައެވެ. އޭނާގެ އެހާ ވަރަކުން ފޮރުވައިގެން ގެންގުޅުނު އަގު ބޮޑު ޖަވާހިރު ބަޔަކު ވަގަށް ނަގައިފިއެވެ.
” ނުވާނެ އެހެނެއް ޑޮކްޓަރ ދެންމެގަ ބައްލަވާފައި ބުނި މިކްޔާ އަށް އެއްވެސް ޖިންސީ އަނިޔާއެއް ލިބިފައި ނެތް ވާހަކަ..އެކަމަކު އޭނާ އަށް ވަނީ ވަރަށް ބޮޑު ޝޮކެއް ޖެހިފައި..ދުވަސް ނަގާނެ އެކަމުން ސަލާމަތް ވާން..މަ ނަމަވެސް ވާނެ އެހެން..އޭނަގެ ހުރި ހަމައެކަނި ރަހުމަތްތެރިޔާ އަށް އެފަދަ އަނިޔާއެއް ލިބިފަ ދުނިޔެ ދޫކުރުމުން އެކަން އަދި އޭނަގެ ސިކުނޑި ގަބޫލު ކުރަން ވަގުތު ބޭނުންވާނެ ” އެވަގުތު އެތާ ހުރި ކޮޓަރިއެއްގެ ތެރެއިން ނިކުތް ނަރުސް ކުއްޖާ ބުނި ވާހަކައަކުން ޝަކީލާ ހިފަހައްޓއިގެން ހުރި ނޭވާ ދޫކޮށްލިއެވެ.
ހިތާ ހިތުން ޝުކުރުކުރަމުން އެތާހުރި ގޮނޑިއެއް އިށީދެލީ ހަމަޖެހިލަން މަސައްކަތް ކުރަމުންނެވެ. މިއަދު އޭނާ އުއްމީދުތައް ފެނަށް ނުދިޔައީ ހަމަ ކިރިޔާއެވެ. ކިތައްމެ ހުޝިޔާރު ވެގެން އުޅުނަސް މިހާރުދެން ހުރިހާކަމެއް ނިންމަންވީ ވަގުތު އައިސް ޖެހިއްޖެއެވެ. އިތުރަކަށް ދެން އޭނާ ރިސްކެއް ނަގަން ބޭނުމެއް ނޫނެވެ.
މިކްޔާ ހޭ އެރުމުން ޕޮލިހުން އޭނާގެ ބަޔާން ނެގުމަށް ފަހު ގެއަށް ފޮނުވާލެވުނެވެ. މިކްޔާގެ ވާހަކަތަކުން ޝަމާންގެ އަތެއް އެކަމުގައި ނެތް ކަން ސާބިތުވެއެވެ. އެހެން ކަމުން އިތުރަށް އޭނާވެސް މަޑު ނުކޮށް ދިޔައީ ގެޔަށެވެ.
ޕޮލިހުންގެ ޓީމަކުން މުޅިރަށުތެރެ އަތްފުނާ އަޅަމުން ދިޔައީ އާރިފް އާއި ބަކުރު ހޯދުމަށެވެ. މިކަމުގައި ރަށު ކައުންސިލާއި ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނެވެ. އެކަމުގެ ނަތީޖާ އަކަށްވީ 2 ގަޑި އިރުގެ މަސައްކަތްކަތުން އެދެމީހުން ހައްޔަރު ކުރެވުމެވެ. އާރިފް އާއި ބަކުރު ޕޮލިހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު މަސްތުވާތަކެއްޗައް ޓެސްޓް ކުރެވުނެވެ. ޓެސްޓް ތަކުގެ ނަތީޖާ ދެއްކިގޮތުގައި ދެ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮސިޓިވް ވެފައެވެ.
ބަކުރަކީ ތަފާތު އެތައް މައްސަލަތަކެއްގައި މީގެ ކުރިންވެސް ޕޮލިހަށް ހާޒިރު ކުރެވިފައިވާ މީހެކެވެ. އަދި އެހެންމެ އޭނާ ވަނީ ދާދި ފަހުން 6 މަސް ދުވަހުގެ ޖަލު ހުކުމެއްވެސް ފުރިހަމަ ކޮށްފައެވެ. އާރިފް އަކީ މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރެވުނު ނަމަވެސް އެކަން ސާބިތު ނުވުމުން ދޫކޮށްލައިފާ މީހެކެވެ.
ބަކުރުގެ މައްޗަށް ޖިންސީ އަނިޔާ ކޮށް މީހަކު މަރާލި ކަމުގެ ދައުވާ އާއި މަސްތުވާ ތަކެތި ބޭނުން ކުރުމުގެ ދައުވާ ކުރުމަށްފަހު ބަންދު ކުރިއެވެ. އަދި އާރިފް ގެ މައްޗައް މަސްތުވާތަކެތި ބޭނުން ކުރުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުނުކަމުގެ ދައުވާ ކުރުމަށްފަހު އޭނަވެސް ބަންދު ކުރިއެވެ. ދެމީހުންގެ މައްޗައްވެސް ބޮޑު ޖަލު ހުކުމެއް އަންނާނެ ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔައެވެ.
**
ގަޑިން މެންދަމު 1 ޖެހީއެވެ. މިކްޔާ އޮތީ އަދިވެސް ނުނިދިފައެވެ. މިރޭ ހިނގާދިޔަ ކަންތަކުން އޭނާގެ ނިދިވަނީ މާ ދުރުގައެވެ. “ޓައް..ޓައް” މިކްޔާ ސިއްސައިގެން ދިޔައީ އޭނަ ކޮޓަރީ ކުޑަދޮރުގައި ބޭރުން މީހަކު ޓަކިދިން އަޑަށެވެ. ދެވަނަ ފަހަރަށް ވެސް ޓަކި ދިނުމުން މިކްޔާ އެނދުމަތިން ތެދުވެގެން ގޮސް ކުޑަދޮރު ކައިރީގައި ހުއްޓުނެވެ.
“މިކް ޕްލީސް އޯޕެން ދަ ޑޯރ..”
” ޝަމާން އޭ މީ…ހުޅުވަބަ..އަހަރެން މާދަމާ ފުރަން..އެންމެފަހު ފަހަރަށް ނަމަވެސް ބޭނުން މިކް އާ މީޓް ކޮށްލަން”
” އޯކޭ ދެން މިހާރު އަހަރެންނަށް އެނގިއްޖެ މިކް އަހަރެންގެ ސިފަ ދެކެވެސް ނަފްރަތު ކުރާކަން..އަހަރެން ގުޅާފާނެތީވެ ފޯނުވެސް ނުހުޅުވާ ތިއުޅެނީ އަހަރެންގެ އަޑުވެސް އިވިދާނެތީވެއެއްނު ދޯ..ދަނީއޭ ދެން..ގުޑްބައި ފޯ އެވާ..ބަޓް ޔޫ ވިލް ރިމެއިން ވެރީ ސްޕެޝިއަލް ޓްމީ..ޓޭކް ކެއާ” ޝަމާންގެ އާދޭސް ތަކަށް މިކްޔާ ބީރުކަންފަތެއް ދިނުމުން މާޔޫސްވެ ހުރެ އެތަނުން ދިޔުމަށް ހިނގައިގަތެވެ. އެވަގުތު މިކްޔާ ކޮޓަރީ ކުޑަ ދޮރު މަޑުމަޑުން ހުޅުވާލިއެވެ. ޝަމާން ހިނިތުން ވެލުމަށްފަހު އެތެރެއަށް ދެމިގަތެވެ.
މިކްޔާއަށް ޝަމާން ގައިގަ އޮޅުލައިގަނެވުނެވެ. ޝަމާން މިކްޔާގެ ހަށިގަނޑުގައި އޭނާގެ ދެއަތުން ވަށާލިއެވެ. މިކްޔާގެ ލޮލުން އޭވަގުތު ކަރުނަ އައީ ހިމާޔަތަކަށް ނުހަނު ބޭނުންވެފައި ހުރުމުންނެވެ. ދެމީހުން ވެސް އެހުރި ގޮތަށް އެތައް އިރަކު ހުއްޓެވެ. އޭރުވެސް މިކްޔާގެ ލޮލުން ކަރުނަ ހުސްނުވެއެވެ. ނިޒްމާގެ ކުއްލި މަރަށް ފަހު އޭނާ އަށް ވަނީ އެކަމުން ފުން ހިތާމައެއް ލިބިފައެވެ. އެހިތާމައިން ސަލާމަތް ނުވެވިގެން އުޅެނިކޮށް މިހާރު ޝަމާން ވެސް އެދަނީ ދާންށެވެ. ދެން އިތުރު ހިތާމަތަކެއް ބަރުދާސްތު ކުރާނެ ހިތްވަރެއް މިކްޔާގެ ކިބައިގައި ނެތެވެ. “ޑޯންޓް ލީވްމީ…އައި ލަވް ޔޫ ސޯމަޗް..” އެހުރިގޮތައްހުރެ މިކްޔާ މަޑުމަޑުން ބުނެލިއެވެ.
ޝަމާން ވެސް ވަނީ ފެން ކަޅިވެފައެވެ. އޭނާވެސް މިކްޔާ ދޫކޮށްފައި ދާން ބޭނުމެއް ނުވެއެވެ. އަދި ހާއްސަ ކޮށް މިފަދަ ވަގުތެއްގައި މިކްޔާ އެކަނި ކޮށްލަން އޭނާގެ ޒަމީރު ދެކޮޅުހަދަމުން ދިޔައެވެ. އެހެންނަމަވެސް މިހާރު ފުރުމުގެ ހުރިހާ އިންތިޒާމެއްވަނީ ހަމަ ޖެހިފައެވެ. އޭނާ ދިޔުން ވަރަށް މުހިއްމެވެ. އެހެންނޫންނަމަ މިވަގުތު އޭނާ ނުދާނެއެވެ.
ޝަމާން މިކްޔާ އާއި ކުޑަކޮށްދުރުވެލުމަށްފަހު އެމޫނަށް ބަލާލިއެވެ. މިކްޔާވެސް ޝަމާންގެ މޫނަށް ބަލާލިއެވެ. މިކްޔާގެ މޫނު ހީވަނީ ހިތާމައިގެ ތަސްވީރެއްހެންނެވެ. ރޮއެ ރޮއެ ދެލޯވަނީ ދުޅަވެފައެވެ. ޝަމާން ކުޑަކޮށް ގުދުވެލުމަށް ފަހު މިކްޔާގެ ލޮލުގައި އޭނާގެ ތުންފަތް ޖައްސާލިއެވެ. އެވަގުތު ލިބުނު އަރާމަކުން މިކްޔާ ލޯމަރާލިއެވެ. ޝަމާން މިކްޔާގެ މޫނުގައި އޭނާގެ ދެއަތުން ހިފަހައްޓާލުމަށްފަހު ތުންފަތުގައި ބޮސްދިނެވެ. މިކްޔާ ވެސް އެހުރި ގޮތަށް ލޯމަރައިގެން ހުރެ ޝަމާންގެ އެހަރަކާތައް މަރުހަބާ ކިޔަމުން އެކަމުގައި ބައިވެރިވިއެވެ. ދެމީހުންވެސް ވަނީ އެކަކު އަނެކެއްގެ ލޯތްބައްޓަކައި ފެން ބޮވައިގަނެފައެވެ.
ކުޑަ ހިނދުކޮޅަކަށް ލޯބީގެ އެވަގުތުކޮޅު ދެމިގެން ދިޔައެވެ. ޝަމާން މިކްޔާ އޭނަގެ އަތް ދަނޑި މައްޗައް ނެގުމަށްފަހު އެނދާ ދިމާއަށް ހިނގައިގަތެވެ. މިކްޔާ ލަދުން ޝަމާންގެ ކަނދުރާގައި ދެއަތުން ވަށާލުމަށްފަހު އެތަނަވަސް މޭމަތީގައި މޫނު ފޮރުވާލިއެވެ. ޝަމާން ގޮސް މިކްޔާ އެނދުމަތީގައި ބޭއްވިއެވެ.އަދި އެއަށްފަހު އޭނާލައިގެން ހުރި ޓީޝާޓް ބޭލުމަށްފަހު އެނދުމަތީގަ އޮށޯތެވެ. ދެމީހުންގެވެސް ހިތް އާދަޔާ ހިލާފަށް ބާރަށް ތެޅެމުން ދިޔައެވެ. މި ކުރެނީ ރަނގަޅުކަމެއް ނޫނޭ ސިކުނޑި ބުނަމުން ދިޔަނަމަވެސް ހިތްވަނީ އޭގެ މަޤާމުން ދޫވެފައެވެ.
ޝަމާން މިކްޔާގެ ގައިމައްޗައްވާކަހަލަ ގޮތަކަށް އޮވެ އެތުނި ތުންފަތުގެ އަރާމުކަން ލިބިގަންންމުން ދިޔައެވެ. މިކްޔާ އަށް ކުރެވެމުންދާ އިހްސާސް ތަކުން ހިތް އާސްމާނުގައި އުދުހެމުންދާކަހަލައެވެ. ޝަމާންގެ އިސްތަށިގަނޑަށް މިކްޔާގެ އިނގިލިތައް މަހާލުމަށްފަހު އަދިވެސް ބޮޑަށް ދެހަށިގަނޑު ފިއްތާލިއެވެ. ޝަމާން ނޭވާހަމައަކަށް އަޅުވަމުން މިކްޔާގެ މޫނަށްބަލާލިއެވެ. އެވަގުތު މިކްޔާ ލަދުން މޯޅިވެލިއެވެ. މިކްޔާގެ ކަނދުރާގައި ޝަމާންގެ އިނގިލިތަކުން ފިރުމާލުމަށްފަހު ބޮސްދިނެވެ. އަދި މިކްޔާ ލައިގެން އޮތް ނިދާހެދުމުގެ ކުރިމަތީގައި ހުރި ގޮށްތައް ނައްޓުވާލިއެވެ. މިކްޔާގެ ހަށިގަނޑުގެ ވަނާތައް ފެނުމާއެކު ޝަމާންގެ ހިއްސުތައް ހޭލައްވާލިއެވެ.
” ނޫން…އާރިފް…ނޫން” އެވަގުތު މިކްޔާ ޝަމާން ގެ މޭމަތީގައި އަތް އެޅުމަށްފަހު ދުރައްލިއެވެ. މިކްޔާގެ ދުލުން އާރިފްގެ ނަން އިވުމުން ޝަމާންއަށް އެއްޗެއް ވިސްނުމާއެކު ތެދުވެ އެނދުމަތީގައި އިށީނެވެ. ދެއަތުން މޫނު ފޮހެލުމަށްފަހު މިކްޔާއާއި ދިމާ އަށް ބަލާލި އެވެ. އޭރު މިކްޔާވެސް ހެދުން ރަނގަޅު ކޮއްލަމުން ޝަމާން ކއިރީގައި އިށީންނަނީއެވެ. ލޯބީގެ އޮއެވަރުގައި ބެހިގެން މާ ދުރަށް ނުދެވުނުކަން އެއީ ދެމީހުންގެވެސް ނަސީބެވެ. ކައިވެނީގެ ބޭރުން އެފަދަ ގޮތަކަށް މިކްޔާގެ ހަށިގަނޑުން އުފާ ހޯދިނީތީ ޝަމާން އެއިނީ ވަރަށް ދެރަވެ ލަދުގަނެފައެވެ. މިކްޔާވެސް އޭނަ އާއި މެދުގަ ދެކޭނެ ގޮތެއް ނޭނގެއެވެ.
” ސޮރީ..” ދެމީހުންނަށް ބުނެވުނީ އެކު އެކީގައެވެ. މިކްޔާ އާއި ޝަމާން އެކަކު އަނެކެއްގެ މޫނަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ.
“މިކް އަހަރެން މާދަމާ މިއުޅެނީ ފުރަން ވެގެން..އެކޮޅުގަ ނުނިމި ހުރި ބައެއް ކަންތައް ނިންމަން އެބަޖެހޭ..” އެވާހަކަ ނުދައްކަން އިނދެފަ ވެސް އެންމެފަހުން ޝަމާން ބުނެލިއެވެ.
“އިނގޭ ދޯ އަހަރެން ނަށް ސްކޯލަރޝިޕެއް ލިބިފަ އޮތް ކަން.. ސޯ މިއުޅެނީ ލަންޑަނަށް ކިޔަވަން ފުރަންވެގެން.. 5 އިޔާސް އަށް ދަނީ..ނެކްސްޓް މަންތްގަ ފުރަން ޖެހޭ..އެކަމް ފުރުމުގެ ކުރިން ޓައިމެއް ލިބިއްޖިއްޔާ މިކް ކައިރިއަށް އަންނާނަން.. މިކް އަހަންނަށް އިންތިޒާރު ކުރާތި..ކިޔަވައި ނިމިގެން މިކް އަހަރެންގެ މިލްކަކަށް ހަދަން ބޭނުންވަނީ..އަހަރެން ބޭނުންވަނީ މިކް އަށް ނުލިބިފައިވާ ލޯބި ދޭން..އަހަރެންގެ ލޯބިން މިކްގެ މޫނުމަތި އުޖާލާވާތަން ދެކެން ވަރަށް ބޭނުން..އިންޝާ ﷲ އެކަން އަހެރެން ކުރާނަން..މީ އަހަރެން ވާ ވައުދެއް ” ޝަމާންގެ ވާހަކަތައް އަޑު އަހަން އިން މިކްޔާ ގެ މޫނު މަތި ވަނީ މިލާފައެވެ. އަދި ޝަމާންގެ ކޮނޑުމަތީ ބޯ އަޅާލައިގެން އިދެ ވާހަކަ ދައްކަން ފެއްޓިއެވެ.
“ޝަމާން!..އަހަރެންނަށް ލޯބި ދަސްކޮށްދިން ފަރާތަކީ ތީ..އަދި ޝަމާން އަކީ އަހަރެންގެ މުޅި ދިރިއުޅުން.. ތި ނޫން މީހަކު އަހަރެންގެ ލައިފަށް ގެންނަން ބޭނުމެއް ނޫން..އަދި ތި ލޯބި ނޫން ލޯތްބެއް އަހަރެން ބޭނުމެއް ނުވޭ..އަހަރެން ވެސް ބޭނުން ޒަވާޖީ ހަޔާތެއް ފަށަން..އަދި ލޯބި ލޯބި ކުދިންވެސް ހޯދަން ބެނުންވޭ..އަހަރެން އަބަދުވެސް ވާނީ ހަމަ ޝަމާންގެ މީހަކަށް.. ހެޔޮ މުޅި އުމުރު އިންތިޒާރު ކުރަން ޖެހުނަސް އަހަރެން ކުރާނަން..އައި ލަވް ޔޫ ޝޭން” މިކްޔާގެ ވާހަކަ އަޑު އަހަން އިން ޝަމާން އަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. މުޅި ކޮޓަރިތެރެއަށް ވަނީ ހަމަހިމޭންކަން ވެރި ވެފައެވެ. ދެމީހުން ކުރެ އެކަކުވެސް އިތުރަށް ވާހަކައެއް ނުދައް ކައެވެ. ވަކިވުމުގެ ހިތާމަ ދެހިތުގެވެސް ހަމަޖެހުން ނަގާލައިފިއެވެ.
އެންމެފަހުން ޝަމާން އަށް އެހަމަހިމޭނަކްމުން އުނދގޫ ވީކަހަލައެވެ. ” ކީކޭ…ޝޭން އޭ..ތީ އަދި މީހަކު އަހަންނަށް ނުކިޔާ ނަމެއް..މިކް ހާދަ މޮޅޭ ނަން ހަދަންވެސް ދޯ..އަހަންނަށް ތި ނަން ވަރަށް ކަމުގޮއްސި..ދެން މީގެ ފަހުން މީ ހަމަ އެކަނި މިކްގެ ޝޭން އެއް..ހެހެހެ..އަދި ބުނަންތަ އެއްވާހަކަ.. އަހަރެން ބޭނުމީ ލޯބި ލޯބި ގާލް ބޭބީ އެއް އެކަނި..މިކް ގޮތަށް ދިގު ދިގު އިސްތަށިގަނޑެއްލާފަ ހުންނަ ބޭބީ އެއް..” މިކްޔާގެ ބޮލުގައި ފިރުމާލަމުން ޝަމާން ބުނެލިއެވެ. ޝަމާންގެ ކޮނޑުމަތިން ބޯ ހިއްލާލުމަށްފަހު މިކްޔާ ރަކިގޮތަކަށް ހީނލިއެވެ.
” މިކް ބޭނުން ވަނީ ބޯއީ ބޭބީއެއް..ޝޭން ގޮތަށް ހުންނަ..ދެން އެ ބޭބީ އަށް ކިޔާނީވެސް މިޝާން..އޭރުން ޝޭން ދުރުގައި ހުންނަން ޖެހުނަސް މިކް އަބަދުވެސް ޝޭން މަތިން ހަނދާން ވާނެ..” މިކްޔާ ވާހަކަ ދައްކަމުން ދިޔައިރު ޝަމާން ކަޅި ޖަހާނުލާ އެމޫނަށް ބަލަމުން ގެންދިޔައެވެ. މިރޭ ހިތް ފުރެންދެން އެމޫނަށް ބަލަން އޭނާ ބެނުމެވެ. ދެން މިކްޔާގެ ސޫރަ ފެންނާނެ ދުވަހެއްވެސް އިނގެނީއެއް ނޫނެވެ. މިކްޔާއަށް އަށް ޝަމާން ގެ އެބެލުންތަކުން އިތުރަށް ލަދުގަންނަގޮތްވެ ވާހަކަ ކުރިއަށް ނުގެންދެވުނެވެ.
“ދެން ލެޓްސް މޭކް ބޭބީސް” އެނދާ ދިމާއަށް އިށާރާތް ކުރަމުން އެއްލޯމަރާލަމުން ޝަމާން އެހެން ބުނެލިއެވެ. “ދެންންންން..ޝޭން ގަނޑު ހާދަ ގޯހޭ..ހުއް..ވަރަށް ފޫހިވޭ..” މިކްޔާ ތުންކޮޅު އޫ ކޮށްލަމުން އަނެއް ފަރާތައް އެނބުރުނެވެ. ޝަމާން އިނީ މިކްޔާ އުޅޭގޮތުން ހިނި އަންނަ ގޮތް ވެފައެވެ. އޭނަ އަށް މިކްޔާގެ ފަރާތުން މިފެންނަ ކަންތައްތަކަކީ އަލަށް ފެންނަ ކަންތައް ކަމުން މިކްޔާގެ މޫނުން ނަޒަރު ވަކިކޮށްނުލެވެއެވެ.
” އައްދޭ މަގޭ ރާނީއަށް ތުއިވާންވެސް އިނގެޔޭ ދޯ..ކޮންތާކުން ދަސްކުރީ ތިގޮތައް ތުއިވާން..ވަރަށް ލޯބި އިނގޭ ތިހެން ހުރީމަ..އެކަމަކު ދެން ތި ތުންކޮޅު ރީތިކޮށްލަބަ..މިހާރު ދިގުވެގެން ގޮސް ފާރުގައޭ އެއޮށް ޖެހެނީ..” ޝަމާން މިހެން ބުނެލުމުން މިކްޔާ އަށް އޭނާ ހިފަހައްޓައިގެން އިން ހިނި ގަނޑު ކޮންޓްރޯލެއް ނުކުރެވުނެވެ. ދެލޮލުން ފެން އަންނަންދެން މިކްޔާ ހެމުން ދިޔައެވެ. ޝަމާން އަށް މިކްޔާ ހެމުން ދިޔަ މަންޒަރުން ހިތައް ފިނި ކަމެއް ލިބިގެން ދިޔައެވެ.
ލޯބީގެ އެ އުފާވެރި ވަގުތުކޮޅަށް ފަހު ދެމީހުން ވަކިވާ ވަގުތު އައިސް ޖެހިއްޖެއެވެ. މިކްޔާގެ އެދުމަށް ޝަމާން އެތަނުން ނިކުމެގެން ދަމުން އަދިވެސް އެއްފަހަރު މިކްޔާގެ ތުންފަތުގައި ބޮސްދިނެވެ. އޭރު މިކްޔާ ހުރީ ކޮޓަރި ތެރޭގައެވެ. ޝަމާން ހުރީ ބޭރުގައި ކުޑަދޮރު ކައިރީގައެވެ. ވަކިވާން ކިތައްމެ ބޭނުން ނުވި ނަމަވެސް މިވަގުތު ދެން އިތުރުގޮތެއް ނެތެވެ. ދެމީހުންގެ މޫނުމަތިން އުފާވެރިކަން ފެންނަމުން ދިޔަ ނަމވެސް ދެހިތް ދަނީ ރޮމުން ގިސްލަމުންނެވެ. ބަޔާން ކުރަން ދަތި އުނދަގުލެއް ދެމީހުންގެ ހިތައްވެސް ކުރެވެމުން ދިޔައެވެ.
މިކްޔާ ޝަމާންގެ ކޮލުގައި ބޮސްދިނުމަށްފަހު ރޭގަނޑުގެ ވަދާއީ ސަލާމް ކުރިއެވެ. ޝަމާންވެސް ހިނިތުންވެލުމަށް ފަހު މިކްޔާގެ ކޮލުގައި މަޑު މަޑުން ހިފާލުމަށްފަހު ދޮރުލެއްޕުމަށް އެދުނެވެ. ޝަމާން އެނބުރި ދިޔުމަށް ހިނގައިގަތް ވަގުތު އެގޭ ދޮރު ހުޅުވާލުމަށްފަހު ޝަކީލާ ބޯދިއްކޮށްލިއެވެ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.




finally here is the 7th part..hope readers will like this one too…plx feel free to leave ur comments…enjoy n have a goodnight..insha allah de next part will up ASAP..thank u all for ur support..
ވަރަށް ރީތި… މިއަދު މިހާރު މިވާހަކަ އަޕްވިތޯ ބެލުނު އަދަދެއްވެސް ނޭނގެ… ހާދަ އެހެންކަހަލަ ގޮތެކޭ އެވީ… ޝަކީލާއަށް ޝަމާން ނުފެނިއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު…. 8ވަނަ ބަޔަށް އެބަ ވަރަށް އިންތިޒާރު ކުރެވޭ… 8ވަނަ ބައި އަވަހަށް އަޕްކޮށްލައްޗޭ
thank u so much for ur support…dn next partga engidhaane shamaan ge naseebu hurigothei..keep waiting…☺
Mi story varah nice kayashandy… And thank you for uploading soon.. Gud luck 😉
thank u so much shooty..☺
Thank god…adhi mi ninmaalevunii mi part kiyaa…kayasandy vrh salhi egey stry…waitin for nxt part..up soon egey..
thank u samsam..i ll try to upload next part soon..keep waiting ☺
VVVVV RETHI
vvv reethi
alhe haadha molhu kujjekey dhw vaahaka liyan.. varah reethi ingey.. next part when up kurany ??