ހިތާ ފުރާނައިގެ ދިރުމޭ (4)
ރަޔާލް އަތް މައްޗަށް އުފުލައިލިއިރު ޔާސީންގެ އަރު ތެރެއަށް ތަދުވާން ފަށައިފިއެވެ. ހީވަނީ ވާހަކަ ނުދެއްކޭނެ ވަރަށް ދުޅަ ވެފައިވާ ހެންނެވެ. ކަރު ކެހިލުމާއެކު އޭނާގެ ލޯ ފެންކަޅި ވެއްޖެއެވެ. ހިތަށް އަރަމުންދިޔަ އެއްޗެހި ތަކެއްގެ ސަބަބުން އޭނާގެ ހަމަޖެހުން ނަގާލައިފިއެވެ. ރަޔާލަކީ މީހެއްގެ ޝިކާރައަކަށް ވެފައިވާ ކުއްޖެކޭ ހިތައް އެރުމުން އެލޮލަށް ޖަމާވި ކަރުނަތައް ވީ އިތުރެވެ. ވާރޭ ތެރޭގައި ހުރިއިރުވެސް އެދެލޯވަނީ މުޅިން ރަތްވެފައެވެ. ދަތްކުނޑި ވިކާލައިގެން ހުރިއިރު އެ ފިރިހެން ވަންތަ
މޫނުން ފެންނަމުން ދިޔައީ ރުޅި ވެރިކަމެވެ. ގޭގެ ތެރޭގައި ތިބި އެންމެން ހަމަޖެހުން ގެއްލުނީ ޔާސީން ގެއަށް ވަންތަން ފެނުމުންނެވެ.
“ކިހިނެއްވީ؟..” އާމިރާ ރޮމުން އައިސް ތުރުތުރު އަޅަންފެށި ރަޔާލްގެ ގައި ހިފަހައްޓާލިއެވެ.
“ވާރެއަށް ނިކުތީ…” ޔާސީން މިފަހަރު ހެދީ ތެދެވެ. ރަޔާލަށް އެވަރުވީ ވާރޭގައި އުޅެމުންނެވެ.
“މިކުއްޖާވެސް ދޯ..” ޝަބީން ރަޔާލްއާއި ކައިރިވާން ފެށުމުން ޔާސީން ބޯހޫރާލައިފިއެވެ. އަދި އަމިއްލައަށް އެހުރި ގޮތަށްގޮސް ރަޔާލް ބާއްވާލީ އޭނާގެ އެނދުގައެވެ. ތެމިފައިވާ އެއްޗެހި ބަދަލު ކުރަން އާމިރާ ކައިރިވުމުން ކޮޓަރީގައި އިން މައުވާގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް އޭނާ އެތަނުން ނެރެފިއެވެ. މީަރު އެމޫނުން ފެންނަމުން ދިޔައީ ނަފުރަތެވެ. ރުޅިން ތުރުތުރު އަޅަމުން ދިޔަތަން ފެނުމުން މައުވާއަށް ފަހަތަށް ޖެހި ލެވިއްޖެއެވެ.
“މައުއަށް އިނގޭ ދޯ..” ކަރު ކެހިލަމުން ޔާސީން ބޮލުގައި އަތްފުނާ އަޅާލައިފިއެވެ.
“ކޯއްޗެއް؟؟” މައުވާ އަތަށް ތަދުވުމުން އޭނާ ޔާސީންގެ އަތް ފޮޅާލާފައި އަތުގައި ފިރުމާލައިފިއެވެ.
“މިގޭ އެއްވެސް މީހަކު ރަޔާއަށް ..” ޔާސީންގެ ބުނަން އުޅުނު އެއްޗަކުން މައުވާގެ ދެލޯ ބޮޑު ވެއްޖެއެވެ. ހިތާއި ދިމާލުގައި އަތް އަޅާލެވުނީ ބޯހޫރާލަމުންނެވެ.
“ނޫން..” މައުވާ އަދިވެސް ހުރީ އެހުރި ގޮތަށެވެ.
“ދެންވެސް ތެދަށް ބުނޭ.. ދެން ވައި ޑޫ އައި ތިންކް ޝީ އިޒް އެބިއުޒްޑް؟” އަމުރުވެރި ގޮތަކަށް ޔާސީން މިފަހަރު ބުނެލީ ތަންކޮޅެއް ބާރަށެވެ.
“މިގޭ އެއްވެސް މީހަކު ރަޔާއާއި އެހެނެއް ކައިރި ނުވާކަން އަހަންނަށް ޔަޤީން.. ދައްތަ އަބަދުހެން ހުންނަނީ އޭރު ރަޔާލް ކައިރީގަ.. މިގެއަށް ގެނައި ފަހުން ވަރަށް ޑޮކްޓަރުންނަށްވެސް ދެއްކި.. ބަޓް ޝީ ކުޑުންޓް ރިމެމްބަރ” މައުވާ އޭނާއަށް އެނގޭ މިންވަރު ހާމަކުރަމުން ދިޔައިރު ޔާސީން ހުރީ ވާރެއަށް ބަލަހައްޓައި ގެންނެވެ.
“ރަޔާ ގެނައީ 8 އިޔާސްގަ.. އޭރު ރަޔާ އެއްވެސް ކަމެއް ހަނދާނެއް ނެތް.. ރަޔާލް އެނަންވެސް އެއީ ދޮންބެއާ ދައްތައާއި ދެމީހުން ފަހުން ކީނަމެއް.. ކުރީގެ ނަން ކީމަ ކޮކީ ބިރުން އުޅޭތީ.. އެއްވެސް މީހަކު ކައިރީގަ ދައްތަމެން ނުވެސް ބުނޭ އެނަމެއް” މައުވާ އެހެން ބުނުމުން ޔާސީނަށް އެނގުންވާން ފަށައިފިއެވެ.
“8އަހަރޭތަ.. ރަޔާ ދެންމެ ބުނީވެސް ކުޑަ ކުއްޖެކޭ އެއުޅެނީ.. ރަޔާ މިހާރު އެހަނދާންވަނީ ކުރީގެ ކަންތައް ކަންނޭގެ. ކުޑަ އިރުގައި ހަނދާންނުވިކަން އެއީ ނަސީބެއް ..” ދެއަތުން މޫނު ފޮހެލަމުން ޔާސީން ބަލާލީ އޭނާގެ ތެމިފައިވާ ފޯނަށެވެ. އެޖީބަށް ލަމުން މައުވާ ކައިރީގައި ގަޑި އަހާލީ ހިނިތުން ވަމުންނެވެ.
“ހޯމަ ދުވަހު 10އަށް.. އޭނާ ގެންނަންވީ އަހަރެންގެ ރޫމަށް.. އަ ވިލް ޑޫ ދިޒް މައި ވޭ” އެހެން ބުނެފައި ޔާސީން އެގެއިން ނިކުމެގެން ދިޔައީ ކާރާއި ދިމާލަށެވެ.
******
ޔާސީން ހުރީ އާދައިގެ މަތިން ޑިއުޓީއަށް އައިހެވެ. އޭނާ ކެންޓީނަށް އައީ ކޮފީ ދަޅެއް ގަންނާށެވެ. ރޭގައި ނުނިދާ ހުރުމުގެ ސަބަބުން އޭނާގެ ބޮލުގައިވަނީ ރިހުމެއް އުފެދިފައެވެ. ފިނި ކޮފީ ދަޅު ނަގައި އެނާ އެ ޖައްސާލީ ނިއްކުރީގައެވެ. އެދަޅުގައިވި ފިނިކަން އޭނާގެ މުޅި ހަށިގަނޑަށްވެސް ފޯރުވި ކަހަލައެވެ. ހޯމަ ދުވަހަށް ވެފައި އޭނާ ހުރީ ޑިއުޓީގައި އަވަދިނެތިއެވެ. ހަނދާން ނެތުނީ މައުވާ ކައިރީގައި ބުނެވުނު ވާހަކައެވެ. ކުޑަކޮށްވެސް އެކަމުގެ ހަނދާނެއް ޔާސީންގެ ހިތަކު ނެތެވެ. ކޮފީ ދަޅު ތުނބުގައި ޖަހާލުމާއެކު އޭނާ ފޯނު ރިންގްވާން ފަށައިފިއެވެ. ފައިސަލްގެ ނަން ފެނުމުން ޔާސީން ފޯނު ނަގާކަށް ނޫޅުނެވެ. ފޯނު ސައިލެންޓަށް ލުމަށްފަހު އޭނާ ޖީބަށްލީ ބައްޕައައި ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ.
ސިޓިން ރޫމް ސޯފާގައި އިށީނދެގެން އިން ފައިސަލް އިނީ އޭނާގެ ފޯނަށް ބަލާށެވެ. ޔާސީން ފޯނު ނުނެގުމުން އޭނާ ވިސްނީ އިހަށް ފާހާނާއަށް ވަދެލާށެވެ. އޭނާ އެހެން ނޫނަސް ޔާސީނަށް ގުޅީ ޒުހައިރާ ކޮބައި ތޯ ބަލާލާށެވެ. ފެން ވެރުމުގެ ކުރިން ފައިސަލް ގޮސް ކުރިމަތިން ހުރި ކޮޓަރި ހުރީ ހުޅުވާފައިތޯ ބަލާލައިފިއެވެ. އޭނާގެ ނަސީބު ދިމާ ކުރި ގޮތުން އެވަގުތު އެތަން ހުރީ ހުޅުވާފައެވެ. އެތަނުގެ އެތެރެއަށް ވަދެވުމާއެކު އޭނާ މޭގައި އަތް ހާކަށް ފަށައިފިއެވެ. އެތަނުގެ ކަނާތް ފަރާތު ފާރު ކައިރީގައި މަޑުކޮއްލުމަށްފަހު އޭނާ ލޯ މަރާލައިފިއެވެ.
# # # # #
ރިޔާޒް ރައްޓެއްސަކަށް ގުޅައިގެން ގެއަށް އައިއިރު ރޭގަނޑުން އަނބުރާ 10 ޖަހައިފިއެވެ. ކާރުން ފައިބައިގެން ހިންދެމިލިއިރު އޭނާގެ އަތްމަތީގައިވަނީ 8 އަހަރަށް ލޯބި ލޯބި އަންހެން ކުއްޖެކެވެ. އޭނާ އެއްކޮށް ހަދައި ނުނިމޭ ގެއަކަށް އެވަގުތު އެވަރުގެ ކުއްޖަކު ގޮވައިގެން އަންނަތަން މީހަކަށް ނުފެނުކަމީ އޭނާގެ ނަސީބެވެ. އެގެއާއި ދިމާލަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު އެކުއްޖާގެ އިސްތަށިގަނޑު ތިރިއަށް ވިހުރިގެން ހިނގައްޖެއެވެ. ފަންފަން ދިގު ދިގު އެއިސްތަށިގަނޑުން އެކަނިވެސް އެކުއްޖާގެ ރީތިކަން އިނގޭހައި ވެއެވެ. އެކުއްޖާ އެއްވެސް ހަރަކާތެއް ނެތި އެހެން އޮތުމުން ހީވަނީ ހޭނެތިފައިވާ ހެނެވެ. އެގެއަށް ވަދެގެން ގޮސް އޭނާ ހިޔާރު ހުރީ އަދި މީހުން އުޅެން ފަށާފައި ނުވާ ބުރިއެކެވެ. އޭނާއާއި އޭނާގެ އަންހެނުންނާއި ދަރިފުޅު ބަދަލުވަންވެސް ހަމަ ޖެހިފައިވަނީ އެބަޔަށެވެ.
ފައިސަލް އެތަނަށް ވަދެގެން ގޮސް އެކުއްޖާ ބާއްވާލީ ކުރިމަތިން ފެންނަނަ ހުރި ކޮޓަރީގައެވެ. އޭރު އެކުއްޖާއަށް ކޮންމެވެސް ވަރަކަށް ހޭވެރިކަން ވާން ފަށައިފިއެވެ. ކަނާތް ހަރަކާތް ކޮއްލުމާއެކު ފައިސަލް އެއަތުގައި ހިފަހައްޓައިފިއެވެ. ޖީބުން ނެގި ފަލަ ފަލަ ރަތް ރެބަންގަނޑު އެކުއްޖާގެ އަތުގައި ޖަހާ ބާރު ކޮއްލިގޮތުން އޭނާ ރޯން ފަށައިފިއެވެ.
“ރޫބީ އަށް ތަދުވޭ…” އަމިއްލަ ނަން ލައިގެން އެކުޑަ ފުރާނަ ވާހަކަ ދައްކާ ގޮތުން އެހެން މީހެއް ނަމަ ލޯބިން ހިތް ފުރޭނެއެވެ. ނަމަވެސް ފައިސަލް އެ ރިބަންގަނޑު ކުޑަކޮށްވެސް ދޫކޮއްނުލައެވެ. ލޯ މަތީގައި އައްސާފައިވާ ފޮތިގަނޑު މުހެލަން ފައިސަލް ހުއްޓުނީ ފަހަތުގައެވެ. އަދި އޭނާގެ ކަންފަތް ކައިރިއަށް ގުދުވެލާފައި އެފޮތިގަނޑު ނައްޓާލައިފިއެވެ.
“ރޫ…ބީ” ދަމާލައި ފައިސަލް އެހެން ގޮވާލުމުން އެކުޑަކުޑަ ކުއްލިއަކަށް ތެދުވެގެން ދުއްވައި ގަނެއްޖެއެވެ. ނަމަވެސް އެކުއްޖާއަކަށް އެތަނުން ދޮރެއް ނުފެނުނެވެ. ބޮޑު މީހެއް ނަމަވެސް ނުފެންނާނެއެވެ. އެތަން ހުރީ ފާރާއި އެއްކުލަ ލައިފައވާ ފިލައި ގަނޑަކުން ބަނދުކޮއްފައެވެ.
“ރޫބީ ބޭނުމީ މަންމަ ކައިރިއަށް ދާން…” ބިރުން ތުރުތުރު އަޅަމުން ދިޔަ ރޫބީއަށް އޭރު ރޮވިއްޖެއެވެ. ނަމަވެސް ފައިސަލް އެކުއްޖާއަށް ބަލަމުން ދިޔައީ ޝިކާރަވެރި ނަޒަރަކުންނެވެ. ތުރު އަލާމުން ދިޔަ އަތުން އެމައުސޫމް ފުރާނަ އައިސް ހިފާލީ ފައިސަލްގެ ފައިގައެވެ. އަދި ކަކޫ ޖަހާލަމުން އޭނާގެ ބޮޑު ދެލޮލުން ފައިސަލަށް ބަލާލައިފިއެވެ. ލޮލުގައި ޖަމާވެފައިވާ ކަރުނަތައް އެއްފަހަރާހެން ފައިބައިގަތީ ފައިސަލް ރޫބީގެ މޫނަށް ބަލާވެސް ނުލުމުންނެވެ.
“ކޮއްކޮ މަންމަ..” ރޫބީއަށް ރަނގަޅަށް އެހެން ނުބުނެވިގެން އުޅެނިކޮށް ފައިސަލްގެ އަތުގެ ހޫނު އެތި ފަހަރެއް އެމޫނަށް އަރައިގެން ހިނގައްޖެއެވެ. އެޅަހިތަށް އެވަގުތު އަރާނެ އެއްޗެއް އިހުސާސް ކޮއްލެވޭނީ ކާކުއަށް ހެއްޔެވެ؟
ބިރުން ފަހަތަށް ޖެހުނު ކުއްޖާއަށް އަމިއްލަ ގަޔަށް ހީސްލެވުނު އިރުގައިވެސް ނޭނގުނެވެ. ފައިސަލް ފަހަތަށް ޖެހިލީ އޭނާގެ ފަޔަށް ބުރައިފާނެ ކަމަށެވެ. ރޫބީ ދުއްވައިގަތީ އެތަނުން ނިކުމެވޭތޯއެވެ. ނަމަވެސް ދޮރެއް ފެންނަން ނެތުމުން އެކުއްޖާ ފާރުގައި އަތް ހާކަށްފެށީ ކޮންމެވެސް ގޮތެއް ފެނޭތޯއެވެ. ދުރުގައި ހުރި ފައިސަލްއަތުގައި އޭރު ފެންފުޅިއެއް އޮތް ނަމަވެސް އޭނާ ހުރީ ނުބައި ފާޑަކަށް ހީގަނެގެންނެވެ. އަތުގައި އޮތް ފެންފުޅީގެ މަތި ނަގައި އެފުޅީގައި ހުރި ހުރިހާ ފެނެއް އޭނާ އޮއްސާލީ ރޫބީގެ ބޮލަށެވެ. އަދި ލޯމަތީގައި އަނެއްކާވެސް ފޮތިގަނޑެއް އައްސާފައި އޭނާ ދިޔައީ ބޭރަށެވެ.
# # # # #
އެޕާޓްމެންޓް ބެލް އަޅާލުމާއެކު ފައިސަލް ތެޅިގަނެފައި އެދިމާލަށް ބަލާލައިފިއެވެ. ފާޑަކަށް މޫނު ހަދާލަމުން އޭނާ ޔާސީންގެ ކޮޓަރީގެ ދޮރު ލައްޕާލަމުން ބޭރަށް ނިކުމެއްޖެއެވެ. މިގަޑީގައި ގެއަށް އަންނާނީ ކާކު ހެއްޔެވެ. އެކި ހިޔާލު ތަކުގައި ހުރެގެން ފައިސަލްގޮސް ގޭގ މައިދޮރު ހުޅުވާލައިފިއެވެ. ހުޅުވިގެންދިޔަ ދޮރުގެ ކުރިމަތިން ފެނުނު ދެއަންހުން ކުދިންގެ ސަބަނުން އޭނާ ލޯ ހުޅުވިގެން ހިނގައްޖެއެވެ. މައުވާ ހީލަމުން އަހާލީ ޔާސީން ކޮބައިތޯއެވެ. ދޭނެ ޖަވަބެއް ނޭނގުނު ކަމުގައި ވިއަސް ފައިސަލް ދޮގެއް ނުހެދިއެވެ. ރަޔާލް އިސްޖަހާލައިގެން ހުރީ ފައިސަލަށް ބަލަން ބޭނުން ނުވާތީއެވެ. ފެންވަރަން އުޅުނު ފައިސަލް ކުއްލިއަކަށް ހިޔާލު ބަދަލު ވެއްޖެއެވެ. އޭނާ ބޭރަށް ދަނީކަމުގައި ބުނެ އެޕާޓްމެންޓްއިން ބޭރަށް ނިކުމުގެން ހިގައި ގަނެއްޖެއެވެ.
މައުވާއަށް ޔާސިންގެ ކޮޓަރިއަށްވަދެ ލައިޓް ޖައްސާަމުން އެނދުމަތީގައި އިށީނދެއްޖެއެވެ. ފޯނު ނަގައި ޔާސީނަށް ގުޅާލީ އޭނާ އޮފް ނަގާނަމޭ ކިޔާފައި ނުނަގާ އުޅޭތީއެވެ. ދެތިން ފަހަރަކު ރިންގް ވާން ތަނަށް ޔާސީން ފޯނު ނަގާ ނިދި އަޑަކުން ހަލޯ އޭ ބުނެލައިފިއެވެ.
“ކޮބާ؟” މައުވާ ސުވާލި ކޮއްލުމުންވެސް ޔާސީން ހަނދާން ވާ ގޮތެއް ނުވިއެވެ.
“ކޮކީ.. ޔާނެއްނު ބުނީ މިއަދު ގެއަށް ގެންނާށޭ..” މައުވާ ރުންކުރު ވާ ގޮތް ވުމުން ޔާސީން މާފަށް އެދިއްޖެއެވެ.
“ގޭގަތަ؟ އަހަރެން”
“އަހަރެންނެއް ނޫން… ރަޔާ އޭނީ ޔާނުގެ ކޮޓަރީގަ.. އަހަރެން މިދަނީ” ރަނގަޅަށް އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދެނިސް މައުވާ ފޯނު ކަނޑާލާފައި އައިސް ރަާލް ކައިރީގައި އިށީނދެއްޖެއެވެ.
ކައިރީގައި ހުރި ފިހާރައަކަށް ދަނީ ކަމަށް ބުނަމުން މައުވާއަށް އެތަނުން ނިކުމެ ވުނީވެސް ވަރަށް ވަރުންނެވެ. ރަޔާލް އެކަނި ވުމުން ވަގުތުން ކޮޓަރި ތެރެއަށް ވަށައިގެން ބަލަން ފަށައިފިއެވެ. މައުވާ އެގެއިން ނިކުމެގެން ދިޔަތަން ބަލަން އިން ފައިސަލަށް ހީވީ ރަނުގެ ފުރުސަތެއް ލިބުނު ހެންނެވެ. ގޭގެ ތިރީ ބަޔަށް ގޮސް އޭނާ އެންމެ ފުރަތަމަ އޭނާ އުޅެމުން އައި އެޕާޓްނެމްޓްއިން ކަރަންޓް ދުއްވާލީއެވެ. ކޮޓަރީގައި އިން ރަޔާލަށް އިންތަނުން ތެދުވެވުނީ މުނިތަން އަނދިރި ވީމައެވެ. ކުޑަ ދޮރެއްނެތް އެކޮޓަރި ވަގުތުން އަނދިރި ވެގެން ދިއުމުން ރަޔާލްގެ ހުތޔގެ ހިނގުންވެސް އަވސް ވެގެން ހިނގައްޖެއެވެ.
ހޮސްޕިޓަލުން ނުކުތް ޔާސީން ކާރަށް އަރައި ގެއާއި ދިމާލަށް މިސްރާބު ޖެހީ ރަޔާލް ގޭގައި އެކަނި އިންނާނެ ކަން އެނގޭތީއެވެ. އޭނާގެ ބައްޕަ ގޭގައި އުޅެއްޖެނަމަ އަދި ރަޔާލް މާ ބިރު ގަންނާނެއެވެ. އެކި ކަހަލަ ނުބައި ވަސްވާސްތައް ހިތައް ވަންނަން ފެށުމުން ޔާސީން އަތާއި ފައި ފިނިވާން ފަށައިފިއެވެ. ޓްރެފިކަށްވެސް މަޑު ނުކޮށް ޔާސީން ދިޔައީ ރަޔާލްގެ ގޮތް އެނގޭތީއެވެ. ދެތިން ފަހަރަކު މައުވާއަށް ގުޅޭތޯވެސް ބަލަލިއެވެ.
ގޭގެ އެތެރެއަށް ވަންނަމުން ފައިސަލް މޫނުގައި ފޮތިގަނޑެއް ބަނދެލީ ރަޔާލަށް އޭނާގެ މޫނު ނުދައްކާށެވެ. ތެޅިތެޅި އޮތް ހިތާއެކު ރަޔާލް ފޯނުގެ ލޮކް ކޯޑް ޖަހަން އުޅުނީ އޭގައި އިންނަ ލައިޓް ދިއްލާލާށެވެ. ނަމަވެސް ތުރުތުރު އަޅަމުން ދިޔަ އެއަތުން އެކަމެއްވެސް ނުވިއެވެ. ދުވާލު ވެފައި އެތަން އެހާއި ބޮޑަށް އަނދިރި ވެފައި ވަނީ ކުޑަ ދޮރެއްވެސް ނެތުމުންނެވެ.އަނެއްކާ އެގެ އިންނަނީވެސް ދެ ގެއެއްގެ މެދުގައެވެ. ރަޔާލް އަނެއްކާވެސް އުޅުނީ ފޯނު ހުޅުވޭތޯއެވެ. ނަމަވެސް މިހާރު ފޯނު އޮތީ ޗާޖު ގޮސްގެން ނިވިފައެވެ. އެތެރެއިން މީހެއްގެ ފިޔަވަޅުގެ ހިލަން ވުމުން ރަޔާލް ފުން ނޭވާއެއް ދޫކޮއްލައިފިއެވެ. އެވާނީ އޭނާގެ ދޮންތައަށެވެ. ފުން ނޭވާއެއް ދޫކޮއްލަމުން އޭނާ ޖެހިލީ ކުރިއަށެވެ.
“ދޮންތީ.. ހާދަ ލަސް…” ރަޔާލަށް އެހެން ރަނގަޅަށް ނުބުނެވިގެން އުޅެނިކޮށް އޭނާގެ އުނަގަނޑުގައި މީހަކު ހިފާލައިފިއެވެ. އޭނާ އުޅުނީ އެއަތް އޭނާގެ ގައިން ނައްޓާލެވޭތޯއެވެ.
“ރޫބީ…” ފަހަތުން އިވިގެން ދިޔަ އަޑަކުން ރަޔާލް ހުރި ތަނަށް ގަނޑުވި ކަހަލައެވެ.
“އަހަރެންގެ ރޫބީ…”ފައިސަލް ވާހަކަ ދެއްކީ އަޑު ބަރު ކޮއްގެންނެވެ. ނޭނގޭ ބާރެއް ރަޔާލްގެ ގައި ދުވެލި ކަހަލައެވެ. ވަގުތުން ފައިސަލް ދުރަށް ފޮޅުވާލަމުން ހުޅުވިފައިވާ ދޮރާއި ދިމާލަށް ދުއްވައި ގަނެއްޖެއެވެ. ކުޑަކޮށްގެން އަލިކަމެއްވަނީ ހުޅުވާލެވިފައިވާ ބޮޑު ދޮރުންނެވެ. ގޭގެ ދޮރުން ވަދެގެންއައި ޔާސީން ފެނުމުން ރަޔާލް ރޮމުން އައިސް ބައްދާލީ ޔާސީންގެ މެދު ހަށީގައެވެ. ވާނުވާގައި އިން ޔާސީންވެސް ރަޔާލްގެ ބޮލުގައި އަތްޖައްސާލީ ރަޔާލް ރޮމުން ދާވަރުންނެވެ. މޫނުގައި ފޮތި ގަނޑެއް އަޅައިގެންހުރި ފިރިހެންމީހާ ނިކުތްތަން ފެނުމުން ޔާސީން ކުރިއަށް ޖެހިލަން އުޅޭނިކޮށް ރަޔާލް އަނެއްކާވެސް ބާރުކޮއްލައިފިއެވެ. މިވަގުތު އޭނާއަށް މުހިންމުވީ ރަޔާލްއެވެ. އެމީހާ ދުވެފައި އެތަނުން ނިކުތުމުން ޔާސީން ބަލާލީ އޭނާގެ ގައި ބައްދައިގެން ހުރި ރަޔާލަށެވެ.
ބިރުން ހުރި ވަރުން އެކުއްޖާގެ ފައިވެސް ބިމުގައި ހަރު ނުލައެވެ. އެމީހާ ނިކުމެގެން ދިޔަ ދިމާލަށް ބަލަން ހުރި ޔާސީން ހުރީ ކުޑަ ޝައްކެއްގެ މަތީގައެވެ. ރަޔާލް ބައްދާލާފައިވާލެއް ބާރު ކަމުން ޔާސީނަށް ނޭވާވެސް ނުލެވުނެވެ. މަޑުމަޑުން ޔާސީން ރަޔާލްގެ ބޮލުގައި ފިރުމައިލީ އޭނާ ހަމަޔަކަށް އަޅުވާށެވެ. އަތް ޖޯޑު ކޮއްލުމަށްފަހު އެއަތުގެ ތެރެއަށް ރަޔާލް ގެ މޫނުގެނެސް އޭނާ ފުރަތަމަ ފަހަރަށް އެމޫނަށް ބަލާލައިފިއެވެ. ރަޔާލް އުލުނީ ކޮންމެވެސް އެއްޗެކޭ ބުނާށެވެ. ނަމަވެސް އޭނާބުނުމުގެ ކުރިން ޔާސީން ރަޔާލްގެ ނިއްކުރީގައި ތުންފަތް ޖައްސާލައިފިއެވެ. ބުނެދޭން ނޭނގޭ ކަހަލަ އިހުސާސެއް ރަޔާލް ކުރެވުނެވެ. އެހެން މީހުނާއި ހިލާފަށް ޔާސީންގެ ފަރާތުން އޭނާއަށް އިހުސާސްވަނީ ރައްކާތެރިކަމެވެ.
” ޔޫ ކޭން ލެޓް ގޯ…” މަޑުމަޑުން އެހެން ބުނެލުމުންވެސް ރަޔާލް ދޫކޮށެއް ނުލިއެވެ. އޭނާ ހުރީ އެއަށްވުރެ ބިރު ގަނެފައެވެ. އެމީހާއަށް ރޫބީގެ ނަން އިނގުނީ ކިހިނެއް ކަމާމެދު ރަޔާލް އަދިވެސް އިނީ ހައިރާން ވެފައެވެ. ރަޔާލް އެހެން ދޫކޮއްނުލައި އިނުމުން ޔާސީންވެސް ރަޔާލްގެ ގައި ހިފަހައްޓާލަމުން އެ ކަނދުރާގައި ދަތްދޮޅި އަޅުވާލައިފިއެވެ. އޭނާ ރަޔާލަށް އަންގައިދޭން ބޭނުންވީ އޭނާ ހުންނާނެކަމެވެ. އެގާތްކަން ރަޔާލަށްވެސް ކަމު ދިޔައެވެ. ޔާސީން ގައިން ދުވަމުން ދިޔަ މީރު ވަހާއެކު އޭނާ ދެލޯ މަރާލަމުން ބޮޑަށް އެމޭގައި މޫނު ފޮރުވާލައިފިއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އޭނާ ދުރަށް ޖެހިލީ ކުރެވުނު ކަންތަކާ ލަދުންނެވެ. އިސްޖަހާލައިގެން އެހެން އިނުމަށްފަހު ރަޔާލް އެއްއަތާއި އަނެއް އަތް މޮޑެން ފަށައިފިއެވެ.
ޔާސީންވެސް އިސް ޖަހާލައިގެން އިންއިރު އނާގެ ފިރިހެންވަންތަ މޫނުގައިވަނި ލަދުވެތި ހިނިތުން ވުމެކެވެ. ފިރިހެން ކުއްޖެއްގެ ގައިން ފެންނާނެ އެންމެ ރީތި ހިނިތުންވުމަކީވެސް އެއީއެވެ. ކަރަންޓް އައުމުން ކަރު ކެހިލަމުން ޔާސީން ބަލާލީ ތިރިއަށް ބަލަހައްޓައިގެން އިން ރަޔާލަށެވެ.
“ރަޔާ ސޮރީ…” މަޑުމަޑުން އެހެން ބުނެލި ޔާސީންގެ އަޑުގައި ވަނީ އޯގާތެރި ކަމެވެ.
“ސޮރީ… އަޅުގަނޑު..” ކުރިމަތީގައި ހުރި ޔާސީނަށް ބަލާލަންވެސް ރަޔާލަށް ނުކެރުނެވެ. އޭނާގެ އަތްފިނިވެ މޫނުން ދާހިއްލަން ފެށިތަން ފެނުމުން ޔާސީން ހީލައިފިއެވެ. މައުސޫމް ކަމުގެ އިންތިހާއެވެ.
“އެއީ ކާކު؟” ކުއްލިއަކަށް ނިކުމެގެން ދިޔަ މީހާގެ މަތިން ހަނދާން ވުމުން ޔާސީން ދަތްކުނޑި ވިކާލެވިއްޖެއެވެ. އޭޏާ ދޮރާއި ދިމާލަށް ހިނގައި ގަތުމުން ފަހަތުން ރަޔާލްވެސް ހިނގައި ގަނެއްޖެއެވެ. އޭނާއަށް އެގޭގައި ހުންނާކަށް ނުކެރޭނެއެވެ. އެތަން ފެނުނު ޔާސީން މަޑުޖެހިލީ ރަޔާލް އަންނަތަން ފެނުމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.


Nice story…vrh kiyaa hiyy vey…nimen dhn up kohdhehchey….next part when??
vv reethi..
in shaa allah
best n very interesting plus very touching….
plz upload next episode soon. love you ??
V rythi mi stry ..update it ASAP plx
vvv reethi
Wow! Haadha kurey. Kiyaahithun invarun heevaagoiy tha anekka. Next part avas plxx
wow… kiyaa hithun indha e nimuny .. seriously mi story varah varah reethi.. ithizaaru kurevey up vaane irakah.. plx Aaran next part avahah up kohdhehchey.. waiting ?☺
V vv reethi
Asluves varah reethi vaahaka… mind captur kuraa gotheh hurey
Wow v nice ekam haadha kurey
woow hama bunaane ehcheh ves neyngifa meeni..<3 v loabi mi story.. e faisal gandu vii imaaraathun beyrah ehlaalan. rayaa n yaanu v loabi <3 <3 loooking forward
V nice thafathu story eh
mi vaahaka up nukuranytha?