ސިއްރު 14
މުރާދު ފެނުމާއެކު މީރާގެ ލޯ އުފަލުން ވިދައިގަތެވެ. އަދި ހިނިތުން ވެލާފަ ކާރު ކާއިރިޔަށް ދިޔައެވެ. އަދި ދޯޕައްޓާ ފޮޅަމުން ކުރީސީޓްގައި އިށީނެވެ.
“ވަރަށް ގިނައިރުވިތޯ ބޭރުގަ”
މުރާދު މީރާ އިށީނުމުން ކާރު ދުއްވާލަމުން ބުނެލިއެވެ.
“ނޫނެ. ހަމަ ދެންމެ މިނިކުތީ.”
ދެން ދެމީހުންވެސް ވަރަށް ހިމޭންކަމާއެކު ކާރުގައި ތިއްބެވެ. އެކަކުއަނެކެއްގެ ޙިޔާލުގައެވެ ނޫނީ ބުނާނެ ވާހަަ އެއް ފަށާނެ ގޮތެއް ނެތީކަންނޭގެއެވެ. ދެމީހުންވެސް އިރު އިރުކޮޅާ އެކަކު އަނެކަކަށް ބަލާފަ ހީލައެވެ.އެންމެ ފަހުން މުރާދު ވާހަކަ ދައްކަންފެށިއެވެ.
“މީރާ. އަހަރެންގެ މަންމަ ބޭސްފަރުވާއަަށް އިންޑިޔާއަށް އެބައާދެ ދެދުވަހެއްގެ ތެރޭ. މަންމަ މީރާގެ ވަރަށްގާތް އެކުވެރިޔަކަށް ވާނެ ކަންނޭގެ”
މުރާދު ކުއްލިޔަކަށް ހަދާންވެގެން ބުނެލިއެވެ.
“އެހެންތޯ. ތިޔައީ ވަރަށް އުފާވެރި ޙަބަރެއް”
މީރާ ހަޤީޤަތުގައިވެސް ވަރަށް އުފާވިއެވެ. ގެޔަށް ދެވުމާއެކު މީރާ އަވަސްވީ އެދެމީހުންގެ މެންދުރުގެ ކެއުން ތައްޔާރު ކުރާށެވެ، މުރާދު ދިޔަގޮތަށް ދިޔައީ އޭނާގެ ކޮޓަރިޔަށެވެ. ކާއެއްޗިހިތައްޔާރު ކޮށްލާފަ މުރާދު އަށް ގޮވާލަން މީރާ ދިޔައިރު މުރާދު އޮތީ ހެދުންވެސް ބަދަލު ނުކޮށް އެނދުކާރީގަވާ ސޯފާގައި ހުރަހަށް އޮށޯވެލައިގެން ލޯމަރާލައިގެންނެވެ. އެވަގުތު މީރާ މަޑުމަޑުން މުރާދަށް ގޮވަން ކާރިޔަށް ދިޔަވަގުތު އެނދާއި ސޯފާ ގުޅިފައިވާ ކުޑަމޭޒު ގައި މީރާ އަޅައިގެންފަ ސީދާ މުރާދުގެ ގައިމަށްޗަށްވެއްޓުނެވެ. ސިއްސައިގެން ގޮސް މުރާދު ލޯހުޅުވާލަމުން މީރާގެ އުނަގަނޑުގައި ހިފަހަށްޓާލިއެވެ. އަދި ދެމީހުން ދެމީހުންނަށް ބަލަހަށްޓައިގެން ހިނދުކޮޅަކު އެހެން ތިބެވުނެވެ.
“އަޅުގަނޑު އައީ ކަލާ އަށް މެންދުރު ކެއުންތައްޔާރު ވި ވާހަކަ ބުނަން”
މީރާ ތެދުވެ އިސްޖާހާލަމުން ލަދުވެތި ކާމާއެކު ބުންޏެވެ.
“ވާހް. ކަމަނާ. މިއީ ކާންގޮވުމުގެ އާގޮެތެއްތޯ؟. އަޅުގަނޑު ހީކުރީ އުޑުން ރީތި ޕަރީއެއް އަޅުގަނޑުގެ ގައިމަށްޗަށް ވެއްޓުނީ ކަމަށް އެހެންނޫނަސް މިގޮތަށް ދެފަހަރަށް ގޮވަނިކޮށް އަޅުގަނޑު ދާންޖެހޭނީ ހޮސްޕިޓަލަށް ނޫންތޯ؟.”
މުރާދު ގަސްދުގަ މީރާ ލަދުގަންނަވާލިއެވެ. މީރާ ބާރަށް އެކޮޓަރިން ނިކުމެގެން އޭނާގެ ކޮޓަރިޔަށް ދިޔައެވެ. އަދި ދޮރުލައްޕާލަމުން ދޮރުގައި ލެނގިލިއެވެ.
މާތްރަސްކަލާކޯ އެވެ. އަހަރެންނަށް މިކުރެވުނީ ހާދަ ގޯސްކަމެކެވެ. އެކަމަކު ގަސްތަކު ނޫނެވެ. އޭނާގެ ގައިގާ އެހާ މީރުވަސް ދުވަނީ ކިހިނެއްހެއްޔެވެ؟ ވާހް އެވެ. އަހަރެން އެއޮތް ވެއްޓުނު ގޮތެކެވެ. މީރާ ހިތާހިތާ ވާހަަކަ ދައްކަމުން ދިޔައެވެ. އެވަގުތު އޭނާގެ ޒަމީރު އޭނާޔާ ދިމާލަށް ބުނާކަހަލައެވެ.
މީރާއެވެ. ކަލޭ މުރާދު ދެކެ ލޯބިވަނީއެވެ. ކަލެއަށް އޭނާގެ ބޭނުން ޖެހެއެވެ. ދާށެވެ. ދާށެވެ. އޭނާ އިސްނުނަގާފީޔާ ކަލޭ އިސްނާގާށެވެ. ލޯތްބަށް އިޢްތިރާފްވާށެވެ.
އެވަގުތު މީހަކު ދޮރުގައި ޓަކިޖަހާލިއެވެ. މީރާ ހިޔާލީ ދުނިޔެއިން އެނބުރިއައެވެ. އަދި ދޮރުހުޅުވިއެވެ.
“ދަރިފުޅުގެ އިންތިޒާރުގައި މުރާދު ކާ ގޭގައި އެބައިނެވި އަވަހަށް ދޭ ކާން”
މިސިޒް ޕީޓަރ ހިނިތުން ވެލަމުން ބުނެލިއެވެ.
“އާނ. މިދަނީ.”
މީރާ އަލުން ޑުރެސިން ޓޭބަލް ކާރިޔަށް ޖެހިލިއެވެ. އަދި އިސްތަށިގަނޑު ރަނގަޅުކޮށްލިއެވެ. ހެދުންވެސް ރަނގަޅު ކޮށްލިއެވެ. ދެން އަމިއްލަޔަށް މޫނުގަ އަތް އަޅާފަ ހީލިއެވެ. ވަރަށް ފަރި ހިނގުމެއްގައި ކާގެޔަށް ދިޔައެވެ. އޭރު މުރާދު މިސިޒް ޕީޓަރޔަށް ބައެއް ވާހަކަތަށް ކިޔާދެނީއެވެ.
” މަންމަ މެން ދެދުވަހެއްގެ ތެރޭ އެބަ އާދެ. ގޭތެރެ ކުޑަކޮށް ބަދަލު ކޮށްފަ
ސާފު ކޮށްލާ. މަންމަ މެންނަށް އެފަރާތު ކޮޓަރި ތައްޔާރު ކޮށްލަދީ.. ކޮއްކޮވެސް އައިސްދާނެ އޭނާއަށްވެސް އެރޫމެއް ތައްޔާރު ކޮށްލާތި..”
މިހެން ކިޔާފަ އަތުން މުރާދު އިޝާރާތް ކޮށްލަމުން ބަލާލިއެވެ. އެވަގުތު މީރާވެސް އެތެރެޔަށް ވަނެވެ.
“އަޅުގަނޑު ހުރުމުން މަންމަ މެން ހިތްހަމަ ޖެހޭނެތޯ”
މީރާ އިށީންނަމުން އަހާލިއެވެ.
“ކަމަނާ މިގޭގަ ހުރުންވާނީ މަންމަ މެން އެންމެ ރުހޭކަމަކަށް”
މުރާދު ތައްޓަށް ކާއެއްޗިތި އަޅަމުން ބުނެލިއެވެ.
“މިކޮޅަށް އަންނަނީ މަންމަޔާ އެކު ކޮންބައެއްތޯ؟”
ގޮނޑި ކުރިޔަށް ދަމާލަމުން މީރާ ސުވާލު ކުރިއެވެ. އަދި ތަފާތު ވައްތަރުގެ ކާއެއްޗެތި މުރާދުގެ ތައްޓަށް އަޅާދޭންފެށިއެވެ. މިއީ އޭނާގެ އާދައެކެވެ. މުރާދުގެ ތަށިން ކާއެއްޗިތި ހުސްވާއިރަށް އެތަށި މީރާ ފުރާލަދޭނެއެވެ. އަދި ފެންވެސް ހުސްވާއިރަށް ފެންވެސް އަޅާދޭނެއެވެ. އަދި ހަމަ އެހެންމެ ދަހިކުއްޖަކު ބަލަހަށްޓައިގެން އިންނަ ހެން މުރާދާއި ދިމާލަށް ބަލަން ވެސް އިންނާނެއެވެ. މުރާދު އިސްއުފުލާ ލާއިރަށް އެހެން ފަރާތަަކަށް އެނބުރި މާނޫން ކަމަށް ހެދޭނެެއެެވެ. މިކަންތަށް ބައެއްފަހަރަށް މުރާދަށް މަޖާކަމަކަށް ވެސް ވެއެވެ.
“މަންމަ ޔާ ބައްޕަޔާ އަޅުގަނޑުގެ އަންހެން ކޮއްކޮ ސާރާ އެވެ އެކަމަކު ސާރާ ގޮތެއްނޭނގޭ ހީވަނީ އަންނާނެހެން އޭނާގެ މޫޑެއް ނޭނގޭނެ ”
ކާރީގަ އޮތް ނޫސްގަޑު އަތަށް ނަގަމުން މުރާދު ބުނެލިއެވެ.
މުރާދު އޭގެފަހުން އޭނާގެ އާއިލާގެ ވަރަށް ގިނަވާހަކަތަށް މީރާޔަށް ކިޔާދިނެވެ. ކޮއްކޮ ސާރާ ގެ ލޮލުގެ ފެނުން ލިބުނު ވާހާކައެވެ. ކާސިންބެޔާ މަރިޔަން ދައިތަގެ ވާހަކަޔާ މިނޫންވެސް ހިގާދިޔަ ތަފާތު ހާދިސާ ތަކެވެ.ކައިނިމިގެން އެމީހުން ގޭގެ އޮންނަ ބަގީޗާއަށް ދިޔައެވެ. ބައެއްފަހަރު ވާހަކާއިގެ ތެރޭގައި މީރާޔާ މުރާދު އެކުގާ ހީގަނެއެވެ.އަދި އަތުގައި ހިފާލެވެއެވެ. ސޫރަޖްގެ ވާހަކަޔާ ޙާލިދާ މެންގެ ވާހަކަ ވެސް މުރާދު ކިޔާދިނެވެ. ދެން އެންމެ ފަހުން ނާހިދާ ގެ ވާހަކައެވެ، އެހިސާބަށް ދިޔުމަށްފަހު މުރާދު ހުއްޓުން އެރިއެވެ. އިށީދެގެން އިންތަނުން ތެދުވެ ކުރިޔަށް ހިގާލިއެވެ.
“މީރާ. ނާހިދާޔަކީ އަހަރެންގެ ދިރިހުރުން. އަހަރެންގެ ލޯބި. އެކަހަލަ ބައިވެރިޔަކު ހޯދުމަކީ ނާދިރު ކަމެއް ސުކޫލް ދައުރުއްސުރެ އަހަރެމެން އެކަކު އަނެކަކުދެކެ ލޯބިވީ ނާހިދާ….” މިހިސާބައް ބުނެފަ މުރާދު ހުއްޓާލިއެވެ.
މުރާދު މިވާހަކަ ބުނުމުން މީރާ ހިތުގައި ހިފަހައްޓާލިއެވެ. ދެން ހުއްޓާލާށޭ . ކަލާގެ ދުލުން އެހެން އަންހެއްގެ ވާހަކަ އަޑުއަހަން އަހަރެންނަކަށް ކެތެއް ނުވާނެޔޭ ބުނާ އުސޫލުންނެވެ.
“މިހާރު އޭނާ ކޮބާތޯ؟”
ގިސްލުމެއްގެ ތެރެއިން މީރާ ސުވާލު ކޮށްލިއެވެ.
“އޭނާ ވަނީ އަހަރެންނާ ދާދި ގާތުގަ. އެހެންމީހުންނަށްޓަކާ އޭނާ ނިޔާވެއްޖެ. އެކަމަކު މީރާ އެވެ. އޭނާ އަހަރެންނާ ވާހަކަ ދައްކާ ހުވަފެނުގަ ކޮންމެ ރެއަކު”
މައުސޫމް ކުއްޖެއްފަދައިން މުރާދު ބުނެލިއެވެ.
“އޭނާ ނިޔާވީ އަހަރެންގެ ސަބަބުން.” މިހެންބުނެފަ މުރާދުގެ ލޮލުން ކަރުނަ އައެވެ.
މުރާދު ކާރީ ހުރި ގަހުގާ ލެގިލަމުން ރޯންފެށިއެވެ.
މުރާދު ވަރަށް ތަފްސީލު ކޮށް ނާހިދާގެ ހުރިހާ ވާހަކަޔެއްމީރާއަށް ކިޔާދިނެވެ. އެވަގުތު މީރާއަށްވެސް ހުރީ ހަމަރަނގަޅަށް ރޮވިފައެވެ. ގަހުގެ އެއްފަރާތުގައި ކަރުނަޔާއެކު މުރާދު ހުއްިލައިގެންހުއްޓެވެ. އަނެއްފަރާތުގައި ކަރުނަޔާ އެކު މީރާއެވެ.
‘މީރާ އެވެ. ލޯބި މިލަފްޒް ދެކެ އަހަރެން މިހާރު ބިރުގަނޭ.”
މިހެން ބުނަމުން ޖަވާބަކަށް އިންތިޒާރު ކުރުމަކާ ނުލާ މުރާދު ގޭތެރެއަށް ވަދެގެން ދިޔައެވެ.އޭނާއަށް ކެތްކުރަންއުދަގޫ ވީކަންނޭގެއެވެ. އަނެއްކޮޅުން މީރާ ވެސް ކަރުނަ ފޮހެލަމުން ކޮޓަރިޔަށް ވަދެގެން ދިޔައެވެ. މިއީ ކޮންކަހަލަ ނިމުމެއްބާވައެވެ. ނޫނީ މިއީފެށުމެއް ބާވައެވެ. މީރާ ވިސްނަމުންދިޔައެވެ. އޭނާގެ ހިތުގެ ހާލަތު މުރާދު ކާރީ ބުނާނީ ކިހިނަކުން ބާވައެވެ.
ސާހިލް މާލެދިޔުމުގެ ހުރިހާ ތައްޔާރީއެއް ވަރަށް ފުރިހަމަޔަށް ކުރެވެމުން ދިޔައެވެ. ވިއާމާ ހުރިހާ އެންމެންނަށް ވުރެ ހަލުއި އެވެ.
“ވިއާމާ. ބުނެބަލާ. ސާހިލް މިރަށުން ދަނީ ކީއްވެ؟”
އަފީފާ ވިއާމާޔާއެކު މަސައްކަތް ކުރަން ހުރެފައި އަހާލިއެވެ.
“އަފީ.މިރަށުގައި ތިބެގެން ވަކި މޮޅެއްވީ ކޮންބައެއްތަ؟. ސާހިލް ގެންދަނީ ލަވަރެކޯޑް ކުރާ ތަނަކުން.”
ވިއާމާ އަފީފާކާރީ މިހެން ބުނެލަމުން މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. ސާހިލް ހުރީ ހިމޭންވެފައެވެ. މާލެއަކީ އޭނާގެ އުފަންރަށެވެ. ފެންނަ ގިނަ ބަޔަކަށް އޭނާ އެގިވެސް ދާނެއެވެ. މިއަދު ގިނަ މީހުންގެ ނަޒަރުގައި އޭނާ ވަނީ އިންޑިޔާއަށް ގެއްލިފައެވެ. ނުވަތަ މަރުވެފައެވެ. އެކަމަކު އޭނާ ފެނުމުން ގައިމުކޮށް އެގޭނެ މީހުން ތިބެދާނެއެވެ. ފާއިތުވެދިޔަ އަށާރަ އަހަރުތެރޭ އޭނާ ވަނީ ވަރަށް ބޮޑަށް ބަދަލުވެ ފައިވެސް ވެއެވެ. ފަހަރެއްގަ ނޭގިދާނެއެވެ. އަބަދު ގޭގައި ހުރުމުގެ ސަބަބަުން އޭނާވަނީ ހުދު ވެފައެެވެ. އަދި ފުދޭވަރަކަށް ދިގު ތުނބުޅިއެއްވެސް ލާފައިވެއެވެ. ސާހިލް ވިސްނަމުން މަޑުމަޑުން ބަގީޗާ އާއި ދިމާލަށް ދިޔައެވެ. އަދި ހިލައިން ހަދާފައިވާ ގޮޑީގައި އިށީދެލިއެވެ.
ނަސީބުގޭ މީހުން ތިބޭނެއެވެ. އެގޭމީހުންނަށް އަހަރެން އެއްގޮތަކަށް ވެސް ނޮއޮޅޭނެއެވެ. އަހަރެންގެ ލޯފަންވީ ސަބަބު އަހާނެއެވެ. މިއޮތްހާދުވަހު ސިއްރު ކުރި ބޮޑު ސިއްރު ފަޅާއަރަނީއެވެ. މިހާރު ސާރާ މީހަކާވެސް އިނދެފާނެ ތޯއްޗެކެވެ.އެހެންވެއްޖިއްޔާ އަހަރެން ދެރަވެދާނެބާވައެވެ. އެކަމަކު ގައިމު މިއަދު އޭނާ ތަންތަން ބަލާނީ އަހަރެންގެ ލޮލުންނެވެ. މިއީ ގައިމު އަހަރެން އުފާވާ ކަމެކެވެ.
“ސާހިލް ބޯޓް ފުރަން ތައްޔާރު ވެއްޖެ ކޮބާ ދަމާ”
ފަވާދު އައިސް ސާހިލް އަށް ގޮވާލިއެވެ. ފަވާދަކީ ވިއާމާގެ ދެބެއިންގެ ދަރި ކޮއްކޮއެކެވެ. ބޯޓްގެ ފަޅުވެރި ކުއްޖެކެވެ.
“އާނ. މިދަނީ. ސާހިލް ތެދުވެގެން ގޭތެރެ އަށްވަނެވެ.
“ސާހިލް ކޮބާ ހިނގާ ދާން ލަސްވެގެން ފަވާދު އެއައީ ވެސް”
ވިއާމާ ވެސް ސާމާނު ތަށް އަތަށް ނަގަމުން ބުނެލިއެވެ.
“މަޑުުކުރާށެވެ. މިއަންނަނީއެވެ.”
ސާހިލް ކޮޓަރިޔަށް ވަދެ އޭނާގެ ދަބަސް ނެގިއެވެ. އަދި ކޮނޑުގައި އަޅުވާލިއެވެ. އަދި އެހެން ދަބަހެއް އަތުންވެސް ހިފާލައިގެން ނިކުތެވެ. ވިއާމާގެ މަންމަ ދޮރުމަތީ ބަލަން ހުއްޓެވެ. އެސްފިޔަ ޖަހާވެސް ނުލާ އޭނާ ސާހިލް އަށް ބަލަމުން ދިޔައެވެ.
ސާހިލް ހާދަ ފުރިހަމައެވެ. އެސްފީނާއިން ސަލާމަތް ކުރައްވާށިއެވެ. ހިތާހިތާ އޭނާ ދުޢާކުރިޔެވެ. ސާހިލް ބޭރަށް ނިކުތުމާއެކު ބައެއްއަންހެންވެރިންވެސް ކަޅިޖަހާނުލާ ސާހިލް އަށް ބަލަމުން ދިޔައެވެ.
“ހާއީ… މަށަށް ލިބޭނަމަ އަބަދު މަ އޮންނާނީ އޭނާގެ އަތުގެ ތެރޭގައި މޮޑެވިގެން”
ޝާހިދާ ލާނެއް ރާގަކަށް ބުނެލިއެވެ.
“ޝާހިދާ. ކަލެއަކީ ދެކުދިންގެ މަންމަ އެއް. އަދިވެސް ކަލޭގެ އުޅުން އިސްލާހު ކުރާކަށް ނުވޭ ތަ؟”
ފާތުމަ ކަޅިއަޅައިގެންފަ ޝާހިދާޔާ ދިމާލަށް އެތިވަރު ގޮވާގަތެވެ.
” އާނ ދޮގޭ މަވީޔާ ހިތުގަ އޮތް އެތި ބުނީ. އެކަމަކު މިރަށުގައި ސިއްރު ކަަންތަށް ކުރާމީހުން މަދުތަ؟. ނިކަން ބަލާބަލަ. ފަހުރީއްޔާ އާއި ނާސިހާ ޔަށް އެމީހުންގެ އުޅުން ރަނގަޅުތަ؟. މަވީޔާ އަނގަޔެއް އެކަނި އޮންނަކަން”
މިހެން ކިޔާ ކުދިކިޔަމުން ޝާހިދާ ގޮސްއޮބާލިއެވެ.
ވިއާމާޔަށް ސާރާވަނީ ހުރިހާ އެއްޗެއްފޯނުން ކިޔާދީފައެވެ، ގެޔަށް ވަންނަންވާނީ ވަކި ދޮރަކުން ކަމާއި ވިޝާމް ސުޓޫޑިޔޯއިން ބައްދަލު ކުރަން ޖެހޭނީ ކާކާ ކަމާއި ކުރިޔަށް ހުރި ކަންތަށް ވަރަށް ތަފްސީލުކޮށް ސާރާ ވިއާމާ ޔަށް ކިޔާދިނެވެ.
“ވިއާ، މިވަގުތު ހުރިހާ ކަމެއްއޮތީ ވިއާގެ އަތުގަ. އަހަރެން ކަލޭގެ ތިޔަ އިހްސާންތެރިކަން ދުވަހަކުވެސް ހަނދާން ނައްތާނުލާނަން.”
ސާރާ ފޯނުން ވިއާމާޔާ ވާހަކަ ދެއްކި ދުވަހު ބުންޏެވެ.
“މަލް. އަހަރެންނަށް ވީ އެންމެ ރަނގަޅަށް ކޮށްދޭނަން. ޔަގީން ކުރާތި.”
ވިއާމާ ފޯނު ބޭއްވީ ސާހިލް ކާރިޔަށް އައުމުންނެވެ. އެވަގުތު އެންމެން ވެސް މާލެ ދާން ބޯޓަށް އަރާފިއެވެ.
ސާރާޔާ، ކަރީމު އަދި ހުސްނާ އިންޑިޔާގެ ޓުރިވެންޑްރަމްގައި ބޯޓު ޖައްސާއިރަށް އެކަކު އަނެކަކަށް ބަލާލިއެވެ. އަދި ހިނިތުން ވެލައިގެންތިބެ އެހެންފަސިންޖަރުންނާއެކު ބޯޓުން ފައިބަމުން ދިޔައެވެ.
މީރާ ވެސް މުޅިގެ އާ ގެޔަކަށް ބަދަލު ކޮށްލިއެވެ. އޭނާގެ ކޮޓަރީގައި އާއެނދެއް ސާރާޔަޓަކާ ބެހެއްޓިއެވެ. އަދި ސާރާޔަށް ރީތި އާކަބަޑެއްވެސް ވައްދާލިއެވެ. މަންމަޔާ ބައްޕަގެ ކޮޓަރިވެސް އެހާރީތިކުރިއެވެ. ތާޒާމާބޮޑިއެއްމޭޒްމަތީ ބަހައްޓާލިއެވެ. މުޅި އެކޮޓަރި އެއްވަސް ވެފައިވަނީ ތަފާތު މީރުވަސް ދުވާމަލުންނެވެ. އަދި ބަދިގެ އެހާތަނަވަސް ކޮށްލިއެވެ. ތަފާތު ވައްތަރުގެ ކާއެއްޗިހިން މުޅިތަން ޒީނަތްތެރި ކޮށްލިއެވެ. މިސިޒް ޕީޓަރ ވެސް ހައިރާންވެފަ މިއަޖާބެއްފަދަ ކުއްޖާގެ ފަހަތުން ދުވެލަ ދުވެލާ ހުއްޓެވެ. މުރާދު ވަރަށް ކާރިން ހުރިހާ ކަމެއްވެސް ބެލިއެވެ. ބައެއްފަހަރަށް މިސިޒް ޕީޓަރ ފެންނަން ނުހުންނަ ގަޑީގައި އަތްގާތްވެސް ކޮށްލަދެއެެވެ. އަދި އެވަރަށް ލާނެއްވެސް ވެލައެވެ. މިކަހަލަ ކޮންމެ ކަމަކުން މީރާ މީރުކަމެއް ލިބިގަތެވެ.
“ކަމަނާ އެވެ. އަޅުގަނޑުގެ ކޮޓަރިވެސް….”
މުރާދު ލާނެއްވެލަމުން ބުނެލިއެވެ.
“ކަލާގެ ކޮޓަރި އަޅުގަޑު ސާފެއްނުކުރާނަން.” މީރާ ހެމުން ހެމުން އެތަނުން ދުރަށްދިޔައެެވެ. މުރާދު ތުންއޫކޮށްލާފަ ރުޅިއައީ ކަމަށް ހެދިގެން ސޯފާގައި އިށީނެވެ.
“ކަމަނާ. މިހާރު ފުލައިޓް ޖައްސަފާނެެ. ދެން އާދެބަލާ ދާން.”
ބޭރުގައި ކާރުގެ ތަޅުދަށި އަނބުރަ އަނބުރާ ދެކޮޅަށް ހިގާލަ ހިގާލަ ހުރެ މުރާދު ގޮވަމުން ދިޔައެވެ.
“މިހާރު މިއަންނަނީ. މަޑުކުރައްވާ ފައިވް މިނެޓުސް”
މީރާވެސް ކޮޓަރިތެރޭ ހުރެ ގެންބުނެލިއެވެ.
“ކަމަނާ މިއަންނަނީޔޭ ބުނާތާވެސް ބައިގަޑިއިރު ވީ. އަހަރެން މިދަނީ ކާރު ނެރޭން، އަވަހަށް އާދޭ”
މުރާދު ބޭރަށް ނިކުންނަމުން ބުނެލިއެވެ. މީރާ ކޮޓަރި ތެރޭ ހުރެ ހިނިތުންވެލިއެވެ. މީރާ މަޑުމަޑުން ބޭރަށް ނިކުތެވެ. އަދި މިސިޒްޕީޓާރ ކާރީ ކޮންމެވެސް އެއްޗެއްކިޔަމުން ގޯތިތެރެއަށް ނިކުތެވެ. ކާރުގައި އިން މުރާދު ކާރުން ފޭބިއެވެ. އަދި ދޮރުފަތް ލައްޕާލަމުން ކާރުގެ މަތީން އަތްއަޅުވާލައިގެން ކުރިމަތީން މިއަންނަ ރީތި ކުއްޖާއާއި ދިމާލަށް ބަލާލަން ގެއްލިފައި ހުއްޓެވެ.
ފަށުވި މަޑުނޫކުލައިގެ ޕާކިސްތާނު ހެދުމެކެވެ. ކުދި ބޮޅުތަކެއްޖަހާފައިވާ ހަމަ ނޫކުލައުގެ ދޯޕައްޓާއަކުން މޭމަތި ނިވާކޮށްފައެވެ. އަތުަގައިވެސް ކުރީދުވަހު މުރާދު އާއި އެކު ގޮސް ގަތް ނޫކުލައިގެ ތަނޑިބައި އަޅާލައިފައި އޮތެވެ. އިސްތަށިގަނޑު ގަތާފައި މާޖަހާލައިފައި ހުއްޓެވެ. އެދިގު އިސްތަށިގަނޑު ކަޅު ހަރުފައެއް ހެންފުރަގަހުގައި އެލިފައި އޮތެވެ. އަރައިގެން އައިސް މެދުއުޑުގައިވާ އިރުވެސް މީރާ ފެނީފައި ހުއްޓިލއިގެން ހުއްޓެވެ.
އެވަގުތު މީރާ ކާރިޔަށް އައިސް ގޮވާލިއެވެ
“ބައްލަވާ… ދެން.. މިހާރު ލަހެއްނުވޭތޯ”
މީރާ ގެ އަޑު އިވުނީމާ ސިހިގެން ދާގޮތަށް މުރާދު ހަރަކާތް ކުރިއެވެ.
މުރާދު އެނބުރި ލާފަ ގޮސް މީރާޔަށް ކާރުގެ ދޮރުފަތް ހުޅުވާލަދީފަ މީރާ އިށީނުމުން ދޮރު ލައްޕާލިއެވެ. އަދި އަނެއްފަރާތުން މުރާދުވެސް ގޮސް ކާރުގަ އިށީނދެ ކާރު ދުއްވާލިއެވެ.
މީރާ ގެ ފުރިހަމަ ރީތި ކަމަކީ ބަލާ ކޮންމެ މީހަކަށް އަސަރު ކުރުވާފަދަ ރީިތި ކަމެކެވެ. މީރާ ޔާއެކު ހޭދަވި ދުވަސްތަކުގައި މީރާ ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން މުރާދު ވަނީ ކޮންމެވެސް ވަރަކަށް ނާހިދާ މަތިން ހަނދާން ނެތިފައެވެ. ނޫނީ މުރާދަށްވެސް ވަނީ މީރާގެ ރީތިކަމާ ފަރިކަމުން އަސަރުކޮށްފައެވެ. މުޅި ދަތުރުމަތީ ދެމީހުންވެސް ތިބި އެކަކު އަނެކެއްގެ ޙިޔާލަށް ގެއްލިފައެވެ. އެއްވެސް ވާހަކައެއް ނުދައްކައެވެ.
އެއަރޕޯޓަށް ދެވުމާއެކު މުރާދު ފުންނޭވާއެއްލިއެވެ.
“ކަމަނާ މިތަނަށް ފައިބަންނަވާ. އަޅުގަނޑު ކާރު ޕާކްކޮށްފަ އެބައަންނަން.”
މުރާދު މީރާޔާ ދިމާލަށް ބަލާލަމުން ބުނެލިއެވެ. މީރާވެސް ހެދުމުގައި ހިފާލައިގެން މަޑުމަޑުން ކާރުން ފޭބިއެވެ. އަދި ވަށައިގެން ބަލާލިއެވެ.
“މިއަންނަނީ”
މިހެންބުނެފައި މުރާދު ކާރު ދުއްވާލިއެވެ. ތަފާތު ފަސިންޖަރުންތަކުން އެއަރޕޯޓް ފުރިފައި އޮތެވެ. ނޫނެކެވެ. ހުސް ފަސިންޖަރުންނެއްނޫނެވެ. ވަދާޢުކުރަންދާމީހުން ވެސް ލޯފުރާ ކަރުނަޔާ އެކު ތިއްބެވެ. މިއީ ހަގީގަތުގައިވެސް އަސަރު ކުރުވާ މަންޒަރެކެވެ. މީރާ ދުރުގައި ތިބި ކަޕުލް އަކަށް ބަލަހަށްޓައިގެން ހުއްޓެވެ. އެމީހުންގެ ވާހަކައިން އަޑުއިވުނު ގޮތުން އެއަންހެންމީހާގެ ފިރިމީހާ އޭނާ ދޫކޮށްފަ އެއްއަހަރު ދުވަހަށް ޑުބާއީ އަށްދަނީއެވެ.ވަޒީފާޔަށެވެ. އެމީހުން ވާހަކަ ދައްކަނީ ހިންދީބަހުންވީމާ މީރާޔަށް އެމީހުން ކިޔާ އެއްޗިތި އެނގުނެވެ. މުރާދު ކާރިޔަށް އައިސް މަޑުކޮށްލިއެވެ. މުރާދަށްވެސް އެމީހުން ދައްކާ ވާހަކަ އަޑުއިވުނެވެ. އެ ދެމީހުން އެކަކު އަނެކަކު އަތުގައި ހިފައިގެން ލަވައެއް ކިޔަނީއެވެ. ހީންދީލަވައެކެވެ.
“އަހަރެން ކަލާ މަތިން ވަރަށް ހަނދާންވާނެއެވެ.”
އެއަންހެންމީހާ ފިރިހެންމީހާގެ މޭގައި ބޯއަޅާލަމުން ބުނެލިއެވެ.
“ކަލޭ އަހަރެން މަތިން ހަނދާންވާ ކޮންމެ ފަހަރަކު ބޭރަށް ނިކުމެ އުޑުމަތިބަލާށެވެ. ފެންނަ ކޮންމެ ދިމާލަކުން ކަލެއަށް ހިންހަމަ ޖެހުން ލިބޭނެއެވެ. ރޭގަނޑު އަހަރެން މަތިން ހަނދާންވާނަމަ ހަނދުވަރު ބަލާލާށެވެ. އަދި ދެމީހުން ކުރި ވަޢުދު ތަކާޢަހްދުތަށް ހަނދާން ކޮށްލާށެވެ. ގައިމު ކަލޭގެ އުދާސް ކަން ދުރުވާނެއެވެ. ސަޕްނާއެވެ. އަހަރެންވެސް ކަލޭމަތިން ހަނދާންވެ ރޮވޭނެއެވެ”
އެއަންހެންކުއްޖާ އެވަގުތު އޭނާގެ އަޑުން ލަވަ ކިޔަންފށިއެވެ.
“ކުރިން ކާލާ ޝާމިލް ވެފައިވީ އަހަރެންގެ ހުވަފެންތަކުގައެވެ. އެކަމަކު ފަހުން ސީދާ ކަލާ އަހަރެންގެ ހިތުގެ މިލްކު ވެރިޔާ އަށް ވިއެވެ. ބަލާށެވެ. އެއުޑުމަތިވެސް މިއަދު ކަލާ ދާތީ ވަނީ ބަނަވެފައެވެ. ހީވަނީ އަހަރެންނާ ބައިވެރި ވަނީހެންނެވެ. އޭ ލޯބިވެރިޔާ އެވެ. ދޫކޮށްފަ ނުދާށެވެ. އަހަރެންނަށް ކަލާންގެ ކުރިން ހަނދާން ވަނީ ކާލާގެ ނަމެވެ. މިކަމުގައި ﷲ އަހަރެންނަށް މާފް ކުރަށްވާށިއެވެ. އަހަރެމެން އެކުގައި މިގޮތަށް ލަވަކިޔަމުން އެތަށް ބަގީޗާއެއްގައި ނެށީމެވެ. ހަނދާން ނައްތާނުލާށެވެ.”
ސަޕްނާގެ ލަވައިގެ މިހިސާބަށް ދިޔަތަނާ މުރާދު އާއި މީރާ ދެމީހުން ދެމީހުނަށް ހަތަރު ކަޅި ހަމަކޮށްލެވުނެވެ. އެވަގުތު އެދެމީހުންނަށް ހީވީ ލަވަކިޔަމުން ދަނީ ސަޕްނާޔާ އޭނާގެ ފިރިމީހާ ނޫން ހެނެވެ. އަދި ޙުދު މުރާދު އާއި މީރާ ހެނެވެ. ދެމީހުންނަށް ދެމީހުންގެ އަތުގައި ހިފާލެވުނެވެ. އަދި ލަވާގައި ބައިވެރި ވެވުނެވެ. މިއީ މީރާގެ ހިޔާލީ ދުނިޔޭގައެވެ. އޭރު ފުލައިޓް ޖައްސައިގެން މުރާދު މަންމަ މެން ނުފެނިގެން ވަށައިގެން ހޯދަނީއެވެ. ވަށައިގެން ތިބިމީހުން ސަޕްނާޔަށް ތާރީފް ކޮށްފަ އަތްތިލަ ބަޑިތަޅައިގަތް އަޑަށް މީރާ ސިހިފަ ހިޔާލީ ދުނިޔެއިން އެނބުރި އައެވެ. އަދި ވަށައިގެން ހޯދާލިއެވެ. އޭރު މުރާދު ކޮރިޑޯގެ އެއްފަރާތުން މުސްކުޅި ވަރެއްގެ ފިރިހެނަކާއި ދެވަންފުރާއިގެ އަންހެނަކާއި ވަރަށް ރީތި އަންހެން ކުއްޖަކު ގޮވާގެން މިހިރަ އަންނަނީއެވެ. އެވަގުތު މީރާ އަށް މިއީ މުރާދުގެ އާއިލާކަން ދެނެގަންނާކަށް މާއުދަނގުލެއް ނުވިއެވެ. މުރާދު މީރާޔާ އަރާހަމަކޮށްފަ ހުއްޓިލިއެވެ. ސާރާޔާ ހުސްނާޔާ ކަރީމު ހައިރާންވެގެން އެކަކު އަނެކަކަށް ބަލާލިއެވެ. މި ބީރައްޓެހި ކުއްޖާ ފެނުނީމައެވެ. މީރާވެސް ގަތްލަދުން އިސްޖަހާލިއެވެ.
“މިއީ ކޮންކުއްޖެއް؟”
ހުސްނާ އެންމެފަހުން އަހާލިއެވެ.
“މަންމާ. މިއި.. މިއީ… މަންމަ މެނާ ބައްދަލުކުރަން އައި އަޅުގަނޑުގެ ރައްޓިހި ކުއްޖެއް. ނަމަކީ މީރާ މިކޮޅުގައި ކިޔަވަނީ ވަގުތީ ގޮތުން އަޅުގަނޑުމެންގެ ގޭގައި އުޅެނީ މިހާރު”
މުރާދު ވަރަށް އުދަގުލުން ބުނާކަހަކަލަ ގޮތަކަށް މަންމަ މެނަށް ކިޔާދިނެވެ.
“މީރާ. މިއީ އަހަރެންގެ މަންމަ މިއީ އަހަރެންގެ އަންހެން ކޮއްކޮ ސާރާ. މިއީ އަހަރެންގެ ބައްޕަ . ކާރު ނަގައިގެން އެބައަންނަން” މީރާ ވެސް އެމީހުންނާ ސަލާމް ކޮށްލިއެވެ ދައްކާނެ މާގިނަ ވާހަކަ ނެތުމާއެކު އެމީހުން ތިބީ ކާރު އަންނަންދެކަ ވެސް ހިމޭނުންނެވެ. އެކަކު އަނެކަކަށް ބަލާލާފަ ހީލާފައެވެ.
މުރާދު ވަރަށް އަވަހަށް އައިސްފިއެވެ. މުރާދު ކާރުން ފައިބާފަ މަންމަ މެންގެ ސާމާނު ކާރުގެ ފަހަތް ހުޅުވާލާފަ ސާމާނު އަރުވާފަ ދޮރު ލައްޕާލިއެވެ. އަދި ފަހަތު ދޮރު ހުޅުވާލާފަ މަންމަ މެން ކާރަށް އަރަން އިށާރާތް ކުރިއެވެ.
“މަންމަ މެން އަވަހަށް ކާރަށް އަރާ އިށީންނަވާ މިތާ ޓުރެފިކް ތެރޭ މާގިނަ އިރަކު ކާރު ނުބޭއްވޭނެ”.
މުރާދު މިހެން ބުނަމުން ކާރުގެ ވައަތްފަރާތު ދޮރު މީރާ އިށީންނަން ހުޅުވާލަ ދިނެވެ. މީރާ މަޑުމަޑުން އައިސް މުރާދު ކާރީ ޖެހިގެން ހުރި ގޮޑީގައި އިށީނެވެ.މުރާދު ކާރު ދުއްވާލުމާއެކު ދެބަފައިން ވިޔަފާރީގެ ވާހަކަ ފެށިއެވެ. އަންހެންވެރިން މާ ގަޔާވާ ވާހަކަޔަކަށް ނުވިކަމަކު އަޑުއަހާލައިގެން ތިއްބެވެ. ސާރާވެސް ބައެއްފަހަރު ބައިވެރި ވެލައެވެ. ފުރަތަމަ ފަހަރަށް މުރާދު އާއި ބެހޭގޮތުން މީރާ ފަހުރު ވެރި ވިއެވެ. ދެންދެކެވުނީ ސާރާ ފަށަން އުޅޭ ކޮންމެވެސް މަސައްކަތެއްގެ ވާހަކަ އެވެ. އެހާހިސާބުން ގެޔަށް އާދެވުނެވެ.
” މީރާ. މަންމަ މެންނަށް ކޮޓަރި ދައްކާލާ. އަހަރެން ސާމާނުތަށް ހިފައިގެން އެބަ އަންނަން” މުރާދު މިހެން ބުނުމުން މީރާ އަވަހަށް ކާރުން ފޭބިއެވެ.
” މަންމާ. ދުރުވޭ މި ކޮޅަށް.. މަންމަ މެންވެސް އަދި އަލަށް ދެއްތޯ މިގެޔަށް ތިދުރުވީ”
ފުރަތަމަ ފަހަރަށް މީރާ ވާހަކަ ދެއްކިއެވެ. މީރާގެ އަޑުވެސް އޭނާގެ ރީތިކަމާ އެއްވަރަށް ނަލަ އެެވެ
“ދަރިފުޅާ މިގެޔަކަށް އެކަންޏެއްނޫން މިރަށަށްވެސް ހަމަ މުޅިން އަލަށް މިއައީ”
ހުސްނާ މެން ބޯޖަހާލަމުން މީރާގެ ފަހަތުންހިގައިގަންނަމުން ބުނެލިއެވެ..
“ލައްބަ”
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.


Vvvv reethi
Thank you Aish you are the first 🙂
Vvv salhi. But update vaaleh thankolheh las. Adhi thankolheh dhigu kohllanama v salhivys
Ok adam thank you
Next part kon irakun up vaanee???
Wow wow v nice mibaavess ????????????avah up kohladheeba love you roxy
Thank you Nux yes next part coming soon… mi storyya movie e hadan eba kudhin hodan Nux can you help me…
love you too
M ready to play
Sham Audition ona dhuvahu anganan okey after finish the story okey
Thanks