Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ސިއްރު 15

Rozy
October 12, 2016
7 Mins Read
32 Views
10 Comments

ފުރަތަމަ ފަހަރަށް މީރާ ވާހަކަ ދެއްކިއެވެ. މީރާގެ އަޑުވެސް އޭނާގެ ރީތިކަމާ އެއްވަރަށް ނަލަ އެެވެ

“ދަރިފުޅާ މިގެޔަކަށް އެކަންޏެއްނޫން މިރަށަށްވެސް ހަމަ މުޅިން އަލަށް މިއައީ”

ހުސްނާ މެން ބޯޖަހާލަމުން މީރާގެ ފަހަތުންހިގައިގަންނަމުން ބުނެލިއެވެ..

“ލައްބަ”

މީރާ ޖެހިލުން ވެ ހުރެ ޖަވާބު ދިނެވެ. ހުރިހާ މީހުން ކޮޓަރިތަށް ބަލާލާފަ ސިޓިން ރޫމްގައި އިށީނެވެ. އެވަގުތު މިސިޒް ޕީޓަރ އެތެރެޔަށް އައުމުން މީރާ އެމީހުނަށް މިސިޒް ޕީޓަރ ތައާރަފް ކޮށްލަދިނެވެ. އެވަގުތު މުރާދު މިސްޓަރ ޕީޓަރ ޔާ އެކު ސާމާނު ހިފައިގެން އައުމުން އެއީ ކާކު ކަންވެސް މީރާ އެމީހުނަށް ބުނެދިނެވެ. މުރާދު އައިސް އެމީހުން ކާރީ އިށީނުމާއެކު މީރާ ދިޔައީ ބަދިގެ ފަރާތަށެވެ.

“ދަރިފުޅާ އެވެ. މީރާ ޔަކީ އަނެއްކާ ކޮން ގެއެއްގެ ކުއްޖެއްތަ. މީހަކާ އިނދެގެން އުޅޭ ކުއްޖެއްތަ؟”

ހުސްނާ ސިއްރުން ކަހަލަ ގޮތަކަށް ސުވާލު ކުރިއެވެ.

” މަންމާ. ސާބަސް އެއީ މިރަށުގައި ކިޔަވަން ހުންނަ ކުއްޖެއް. ދިމާވި ދަތިތަކާ ހުރެ  ދުވަސްކޮޅަކަށް މިގެޔަށް ބަދަލު ވީ.”

މުރާދުަ މަންމަ މެންނަށް މީރާޔާ ބެހޭގޮތުން ކުޑަގޮތަކަށް ކިޔާދިނެވެ. އޭނާގެ ގެވެހިކަމަށް ތައުރީފް ކުރިއެވެ. އޭނާގެ ކެއްކުމާއި ބެހެގޮތުން ވަރަށް ވާހަކަ ދެއްކިއެވެ. ބަގީޗާ ބެލެހެއްޓުމުގައި އޭނާ ގެންގުޅޭ އަދާއާއި މުރާލި ގޮތާމެދު ފަށްފަށް ކޮށް ވާހަކަ ދައްކަމުން މަންމަ މެންނަށް ގޭގެ ބަގީޗާ ދެއްކިއެވެ.ވާހަކަ ދައްކަމުން ބޭރަށް ނިކުމެވުނު އިރެއްވެސް އެމީހުނަށް ނޭގުނެވެ. މީރާގެ ހުރިހާ ވާހަކަ އެއްވެސް ވީ އެމީހުނަށް ކަމުދާ ވާހަކަޔަކަށެވެ. އެންމެ ބޮޑަށް އުފާވީ ހުސްނާއެވެ. މުރާދު ގެ ދުލުން ނާހިދާ ފިޔަވާ އެހެން ކުއްޖަކަށް އެއްވެސް ވަރެއްގެ ތަޢުރީފެއް އަޑުއިވުމަކީ މިއަދު އޭނާ ޤަބޫލްކުރާގޮތުގައި މުޢުޖިޒާތެކެވެ. މުރާދު އެވަގުތު ކާއެއްޗިހި ތައްޔާރުވިތޯ ބަލާލަން އެތެރެޔަށް ދިޔައެވެ. އޭރު ކާގެތެރޭން ދުވާ މީރު ވަހުންވެސް ބަނޑު ފުރި އަރާހާ ވެއެވެ. މީރާ އުނަގަނޑުގައި ދޯޕައްޓާ ބަނދެލާއިގެން ވަރަށް ފަރުވާ ތެރިކަމާ އެކު އެއްޗެއްކޮށަނީއެވެ. އޭނާގެ ބޮލުގެ އިސްތަށިކޮޅެއް މޫނުމަށްޗަށް ވެއްޓި އޭނާގެ ކޯތާފަތުގައި ސަމާސާކޮށްލަ ކޮށްލާ އޮތެވެ. ކޮށާނިމިގެން މީރާ އެނބުރިލީވަގުތު މުރާދު ފެނިގެން ވަރަށް ސިހުނެވެ.

“ކާންތަށްޔާރުވި ވާހަކަ މަންމަ މެންމަށް އަންގަލާދެއްވާ”

މީރާ އެނބުރިލަމުން ބުނެލިއެވެ.

“އަހަރެން މިދަނީ ކޮޓަރިޔަށް. ހީވާގޮތުން މަންމަ މެންވެސް އެވަނީ ކޮޓަރިޔަށް. ކަމަނާ ގޮސް ބުނެދެއްވާ.”

މުރާދު ހިނިތުން ވެލަމުން ބުނެލިއެވެ.

މީރާ އަތްފޮހެލަމުން ކާގެއިންނިކުތެވެ. އަދި އޭނާގެ ކޮޓަރިޔަށް ދިޔައެވެ. އޭރު ސާރާ ކޮޓަރީގައި ފޯނުން ކޮންމެވެސް މީހަކާ ވާހަކަ ދައްކަނީއެވެ. މީރާ މަޑުމަޑުން ދޮރު ލައްޕާލުމަށްފަހު މަންމަ މެންނަށް ތައްޔާރު ކޮށްފައި ވާ ކޮޓަރިޔަށް ދިޔައެވެ. އެވަގުތު ކަރީމު އާއި ހުސްނާ ދޮރުލައްޕާލަމުން ކޮޓަރިން ނިކުންނަނީއެވެ.

“އަނހަ ދަރިފުޅާ އަހަރެމެން ހޯދަން ދޯތިއަންނަނީވެސް.”

ހުސްނާ ނުހަނު ލޯތްބާ އެކު މީރާގެ ބޮލުގައި ފިރުމާލިއެވެ. ކަރީމު އެދެމީހުންގެ ފަހަތުން ހިގައިގަތެވެ. އެވަގުތު މުރާދުވެސް ކޮޓަރި ހުޅުވާލާފަ ނިކުތީއެވެ. ކުރު ސޯޓު ބުރިޔެއްލާގެން ޓީޝާޓެއް ވައްޓާލަމުންނެވެ.

“ހަމަ ރަނގަޅު ގަޑިޔެއްގަ ދޯމިނިކުމެވުނީ. ކޮބާ ކޮއްކޮ”

މިހެން ހަމަ މުރާދަށް ބުނެވުނު އިރު މީރާގެ ކޮޓަރިން ސާރާވެސް ކާންދާން ނިކުތީއެވެ. ހުރިހާ އެންމެން މިކަމާ ހުނެވެ.

ކާގެޔަށް ގޮސް އެންމެން އިށީނެވެ. އަދި މީރާ އެންމެންނަށް ތަށިތަށް ކާރިކޮށްދޭންފެށިއެވެ. އަދި ކާއެއްޗިތި އަޅާދޭންފެށިއެވެ

ކާންފެށުމާއެކު ކޮންމެ މީހެއްގެ ދުލުގައިވަނީ “ވާހް..ވާހް..” މިހެންނެވެ. މުރާދު ވަރަށް ފަހުރުވެރި އަދި ޝުކުރު ވެރި ނަޒަރަކުން މީރާޔަށް ބަލާލިއެވެ. އެންމެން ކެއުމުގެ ފަހުން ސިޓިން ރޫމަށް ދިޔައެވެ. މީރާ ވަނީ ކޮޓަރިޔަށެވެ.

ސާހިލް މާލެއާދެވުމާ އެކު ހިތް އަވަސްވިއެވެ. އޭނާގެ ގޭގައި ތިބީ ކޮންބައެއްތޯ ބަލަން ބޭނުން ވިއެވެ. އެހެނަސް ބުނާނީ ކާކު ކާރީ ހެއްޔެވެ. ސާރާ ކޮބާ ބާވައެވެ. ނަސީބުގެއާއި ބެހޭގޮތުން ސުވާލު ކޮށްލަން ބޭނުން ވިއެވެ. ނަމަވެސް ލަދުވެތިކަމާއި ބިރުވެރިކަން މިދެމެދަށް ހުރަސް އަޅާ އޭނާޔަކަށް އެއިން އެއްވެސް ކަމެއް ކުރާކަށް ނުކެރުނެވެ.

“ސާހިލް އާދޭ”

މިހެން ބުނަމުން ވިއާމާ ސާހިލްގެ އަތުގައި ހިފައިގެން މަގުގެ އެއްފަރާތަކަށް ޖެހިލިއެެެވެ. އަދި ކާރެއް ހޯދާލުމަށް ފަހު ސާމާނު ކާރަށް އެރުވިއެވެ. މިކަމުގައި ފަޅުވެރި ކުދިންނާ ޑުރައިވަރުގެ އެހީ ލިބުނެވެ.

“ކޮންތާކަށް ދާންވީ”

ކާރުގެ ޑުރައިވަރު ކާރަށް އަރާ ހަމަޖެހިލުމުން ކާރު ދުއްވާލަމުން ސުވާލު ކުރިއެވެ.

“ދާންވީ މާފަންނު ޗާނދު އަށް”

ވިއާމާ މިހެން ބުނެލަމުން ޖެހިގެން އިން ސާހިލް އަށް ބަލާލިއެވެ. ސާހިލް ހަމަ ބޭރަށް ނަޒަރު ހުއްޓާލައިގެން އިނެވެ.

ހިނދު ކޮޅެއްގެ ތެރޭ އެގެޔަށް ދެވިއްޖެއެވެ. ސާހިލް ކާރުން ފޭބިތާ ގިނައިރެއްނުވެ ތަންކޮޅެއް މަތިން ދޫންޏެއް އުދުހިލާފައި ގޮވާލިއެވެ.

“ވިއާމާ އެވެ. އެގޮވާލާފަ ދިޔައީ ފެހިކުލައިގެ ބޮޑު ގުރައެއް ހެއްޔެވެ.”

ފުރަތަމަ ފަހަރަށް ސާހިލް ވާހަކަ ދެއްކިއެެވެ.

“އާނ. ސާހިލް . އެއީ ފެހިކުލައިގެ ގުރައެއް. އެހެން ގުރާތަކާ ހިލާފަށް އޭތި ތަންކޮޅެއް ބޮޑުހެން ހީވޭ.”

ސާހިލް ގެ ލޮލުން ހޯސްލާފަ ކަރުނަ ފާބަން ފެށިއެވެ.

” މިހާރު އެދޫނި ކޮބާ؟”

ސާހިލް ސުވާލު ކުރިއެވެ.

“މިގޭ ގަހުގެ ގޮފިގަޑެއްގައި ޖައްސާލާފަ އެދިޔައީ. އެއީ ސާހިލް ދަންނަ ދޫންޏެއް ދޯ؟.

ސާހިލް ކޮޓަރިތެރެއަށް ވަނެވެ. ވިއާމާގެ އެހީގައެވެ. އަދި ސާހިލް މަޑުމަޑުން އެނދުގައި އިށީނެވެ.

“ވިއާމާ. މިކޮޓަރީގައި ބޭރަށް ހުޅުވޭ ކުޑަދޮރެއް އެބަހުރިތަ؟”

ސާހިލް އަހާލިއެވެ.

“އާން. ސާހިލް. ތިޔަ އިށީދެގެން އިންތާ ބިއްދޮށުގައި ތިޔަ ހުރީ ބޭރަށް ހުޅުވޭ ކުޑަދޮރެއް.. ގަަސްތަކާއެކު ވަރަށް ހިތްގައިމުކޮށް ފެންނަނީ ރީތި އާރޯކަންލިބިފައިވާ ގަސްތަަށް ތަފާތު މާތަކާއެކު”

ވިއާމާ ކިޔާލަދިނެވެ. މިނޫންވެސް ކޮޓަރީގެ ބައެއްކަންތަށް ވިއާމާ ސާހިލް އަށް ކިޔާދިނެވެ.ކިޔާދީފާއި ވިއާމާ ދިޔައީ ބޭރަށެވެ. ސާހިލް އަށް މިގެ އޭނާއަަށް އާގެޔަކަށް ނުވިއެވެ. ސަބަބަކީ އެގުރާއެވެ. އެގުރާޔަކީ އޭނާގެ ކުޑައިރުގެ ރަހްމަތްތެރިޔާއެވެ. އޭނާ އިންޑިޔާއަށް ދިޔަފަހުން އެގުރާ ގެ އެއްވެސް ހަބަރެއް އޭނާއަށް ނުލިބެއެވެ. އަދި ދިމާވި ގިނަ ގުނަ ކަންތަކުން އޭނާވެސް ވަނީ އެގުރާ މަތިން ގޮތަކަށް ހަނދާންނެތިފައެވެ. އެެކަމަކު އެގުރާއަކީ އޭނާގެ ވަރަށް ގިނަ ސިއްރު ތަކެއްގެ ބައިވެރިޔެކެވެ. ސާރާ ކާރިޔަށް ދާއިރު އޭނާ އާންމުކޮށް ދަނީ ގުރާ ގޮވައިގެނެވެ. އާދއިގެ މަތިން އެގޭގެ ގޮފިތަކުގައި ގުރާ އުދުހިފައި އުޅެއެވެ. އަދި ސާހިލް ބޭރަށް ނިކުންނަ އިރަށް ފަހަތުން އަންނާނެއެވެ. އަދި ސާހިލްގެ ކޮނޑުމަތީ ޖައްސާލާނެއެވެ. ސާހިލް ހީނހީނފަ އޭނަގެ ވާހަކަ އެބަސްނުމޮށެވޭ ގުރަޔަށް ކިޔާދެއެވެ. މިކަމުން ސާހިލް އަށް މީރު ކަމެއްލިބެއެވެ. ސާހިލް ކުރީގެ ހަނދާން ކުރަމުން އައިސް ލޮލުން ކަރުނަ ފާއްދާލިއެވެ. އެވަގުތު އަނެއްކާވެސް އެއްކަލަ ގުރާގެ އަޑު ސާހިލް އަށް އިވުނެވެ. ސާހިލ ކުޑަދޮރުން ބޭރު ބަލާލިއެވެ. އަދި އޭތީގެ އަޑު އައިދިމަ ފާހަގަ ކޮށް ބަލަމުން ދިޔައެވެ.

“ތަކުރު….ތަކުރު” ސާހިލް މަޑުމަޑުން ގޮވާލިއެވެ. އައިނައިތަނެއް ނޭނގި އެގުރާ ސާހިލް ބަލަހަށްޓައިގެން އިން ކުޑަދޮރު ކާރިޔަށް ޖެހިލާފިއެވެ. އަދި އޭތިގެ އަޑުން އޭތި އައިކަން ސާހިލް އަށް އަނަގާލިއެވެ.

“ތަކުރާ. އާދެބަލަ. މަގޭ އަތުގައި ކުރިން ވެސް ކަލޭއިށީންނަ ފަދައިން އިށީނދެބަލަ އެކަމަކު މިއަދު މަށަށް ކަލޭ ނުފެންނާނެ. އެވަގުތު އޭތި ސާހިލް ދިއްކޮށްގެން އިން މުލަށްދަޑި މަތީ ރީތިކޮށް އިށީނެވެ. އަދި އަޑުލެއްވިއެވެ. ސާހިލް ގުރާގެ ބޮލުގައި ނުހަނު ލޯބިން ފިރުމާލިއެވެ. އަދި ގުރަޔަށް ބޮސް ދިނެވެ.

” ތަކުރާ. ކަލޭ އަދިވެސް އަހަރެން މަތިން ހަނދާން އެބަހުރި ދޯ؟ ކަލެއަށް އަހަރެން އައިކަން އެގުނީ ކިހިނެއް؟. ކަލެއާއި އަހަރެން ހަވާލު ކުރި އަހަރެންގެ ސާރާ ކޮބާ.؟”

ސާހިލް މޮޔައަކުފަދައިން ގުރާޔާ ވާހަކަ ދައްކަމުން ދިޔައެވެ. އިންތިހާޔަށް ލޯބިންނެވެ.

“ތަކުރާ. އަހަރެން ނަކީ މިއަދު ކާކު ކަމެއް މިރަށު މީހުނަކަށް ނޭގޭނެ. އެކަމަކު ކަލެއަށް އެގިއްޖެދޯ؟ .އަަހަރެން ލޯވެސް އަނދިރި. އެވަރުންވެސް ކަލެޔަށް އަހަރެން ފާހަނގަ ކުރެވިއްޖެ ދޯ. ކަލޭތީ ރަނގަޅު އެކުވެރިޔެއް” އެވަގުތު ވިއާމާ ކޮޓަރީގެ ދޮރުހުޅުވލިއެވެ. ހަމަ އެހިނދު އެގުރާ ވެސް އުދުހިގެން ހިގައްޖެއެވެ. ވިއާމާ ހިނދުކޮޅަކު ހުރެލާފަ ސާހިލް އަށް ގޮވާލިއެވެ.

“ސާޙިލް މާދަމާ ރެކޯޑިން އަށް ދާން އަންގާފަ އެބައޮތް ގައިމު މިފަހަރު ސާހިލް ތީ މަޝްހޫރު ލަވަކިޔުން ތެރިއެއްކަމަށްވާނެ.”

މިވާހަކަޔަށް ހިނިތުން ވުން ފިޔަވާ ސާހިލް އެހެން ކަމެއް ނުކުރެއެވެ. ޖެހިގެން އައިދުވަހު ސާހިލް ވަރަށް ފުރިހަމަޔަށް ތައްޔާރު ވެލިއެވެ. ތުނބުޅި ވެސް ތުނިކޮށް ކޮށާ ރީތި ގަމީހަކާ ފަޓުލޫނެއް ލިޔެެއެވެ. ސާރާ ސާހިލް އަށްޓަކާ ހުރިހާ ތައްޔާރީއެއްކޮށްފައި ހުއްޓެވެ. ރީތި ގަމީސް ތަކާ ފަޓުލޫނުތަށް އަޅާފަ ކަބަޑެއްފުރާލާފަ ހުއްޓެވެ. އެއިން ކޮންމެ އެއްޗަކުން ސާރާ ގެ ހިތުގައި ސާހިލް އާއި މެދު ވާލޯބި ފާހަނގަ ވެ އެގެން ހުއްޓެވެ. ވިއާމާ ގެ ހިތުގައި އަދިވެސް މޯޅިއަކަށް ހަސަދަ ވެރިކަމެއް އުފެދިފައި ހުއްޓެވެ، ނަމަވެސް ހިނިތުން ވުމާއެކު އޭނާގެ އެކުވެރިޔާ އަށް ވެފައިވާ ވަޢުދު ފުރިހަމަ ކުރަމުން ދިޔައެވެ. އެންމެ ބޮޑު ސަބަބަކީ އޭނާގެ ހިތުގައިވެސް ސާހިލް އާއި މެދު ލޯބީގެ ޖަޒްބާ އެއްއުފެދިފައިވާ ކަމެވެ. އެކަމަކު އެއީ ކުށެއްކަން އޭނާ މިއަދު ގަބޫލް ކުރެއެވެ. މިގޮތަށް ލޯބި ސާހިލް އަށް އޭނާއަކަށް ނުދެވޭނެއެވެ. އޭނާގެ ފަގީރު ކަމެވެ.

ސާހިލް ސުޓޫޑިޔޯއަށް ދިޔުމާ އެކު އެންމެން އޭނާއަށް ހޫނު މަރުހަބާ އެއްކިޔެވެ. އަދި ލަވާގެ ރުކޯޑިން އާބެހޭގޮތުން ސާހިލް އާއި ވަރަށް ދިގުކޮށް އެމީހުން ވާހަކަ ދެއްކިއެވެ. ނަމަވެސް ސާހިލް އިނީ ހިމޭނުންނެވެ. ބައެއްފަހަރަށް އާނހޫނ އެއް އަޅުވާލައެވެ.

“ކަލާ މާބޮޑަކަށް ޝައުގު ވެރިވެލައްވާނެހެނެއް ހިޔްޔެއްނުވޭ؟”

ވިޝާމް ސާހިލް މާމަޑުން އިންނާތީ އަހާލިއެވެ.

“ނޫނޭ. އެހެންވީކީ ނޫން. އަހަރެން ހިތަށް އަރަނީ އަހަރެންނާ މެދު މިހާބޮޑު ކަމެއ މިކުރަނީ ކާކު ބާއޭ ”

އެވަގުތު ވިއާމާ ފަހަތުގައި ހުރެލާފަ ނުބުނާށޭ ބުނާހެން އިޝާރާތް ކޮށް ލިއެވެ.

އެވަގުތު ވިޝާމް އާއި ފައިސަލް ވެސް އާނއެކޭ ބުނާހެން ބޯހަރަކާތް ކޮށްލިއެވެ.

ސާހިލް ގެ ފުރަތަމަ ރެކޯޑިން ގަޑީގަ ވިއާމާ ސާރާޔަށް ގުޅާލިއެވެ. ސާރާ ފޯނުން ސާހިލް ގެ ފުރަތަމަ ރެކޯޑިން އަޑު އަހަމުން ދިޔައިރު ލޯ އުފަލުން ވިދަމުން ދިޔައެވެ.

“ދިރިގުޅުމަކީ ފާޑެއްގެ ކިޔިދާ ލަވައެކޭ ބުނެވިދާނެހެއްޔެވެ؟

ދިރިއުޅުމަކީ ކޮންމެ މީހަކަށް ވެސް ބޭނުން ކަމެކެވެ.

ދިރިއުޅުމަކީ ވޭނަކަށް ވިޔަސް ހިނިތުން ވެފަ އެޔާ ކުރިމަތިލާން ޖެހެއެވެ.

ދިރިއުޅުމަކީ އިހުސާސެކެވެ. ފުޑުފުޑު ވިޔަސް ހިނިތުން ކަމާ އެކު ކުރިމަތިލާން ޖެހެއެވެ.

ދިރިއުޅުމުގައި ބޭވަފާ ތެރިން ގިނަވިޔަސް އަހަރެމެން ކެތް ކުރަން ޖެހެއެވެ.

ދިމާވާ އަތަކީ ހިތި ހަތިޔާރަކަށް ފުދެނީ ކާކަށް ހެއްޔެވެ؟

ހިނިތުން ވުން ލިބެނީ ކިތަށް ހިތަށް ހެއްޔެވެ. ދިރިއުޅުމަކީ ފާޑެއްގެ މެހެމާނެކެވެ. ހިނިތުން ކަމާ އެެކު ކުރިމަތިލާށެވެ.”

ސާހިލް ގެ ލަވަ ނިމެންދެކަ ވިޝާމް މެން ތިބީ ހައިރާން ވެފައެވެ.

” މިހާ ގިނަދުވަސް ވަންދެކަ ގެއްލިފައި ހުރީ ކޮންތާކު އެކުވެރިޔާ؟”

ހިތާ ހިތާ ވިޝާމު ކިޔާލިއެވެ.

“ވިއާމާ އެވެ. ސާހިލް ގެ އަޑު އަހަރެންނަށް އިއްވަދިނީތީ ޝުކުރު ވެރިވަމެވެ. ކުރިޔަށް ހުރި ކަންތައްތައް އަހަރެން ކަލެޔަށް އަންގާނަން. މިވަގުތަށް ބާއްވާނީ ވަރަށް މަސައްކަތް އެބައޮތް”

ސާރާ ފޯނު ބޭއްވީ ހިނިތުން ވުމަކާ އެކުގައެވެ.

ހުސްނާ އުދޯލީގޭގައި އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އެވަގުތު މުރާދު ބޭރުން ގެޔަށް އައިސް ވަނެވެ. އަދި މަންމަ އެކަނި އިންތަން ފެނިފާ މަންމަ ކާރިޔަށް އައިސް އިށިދެއްޖެއެވެ.

“މަންމަ މާ އެކަނި ކިހިނެއްތޯ ވީ އަނެއްކާ؟”

“ބައްޕަ ވެސް ނިދިކުރައްވާފަ އޮތީމާ މަޑުކޮށް ލައިގެން އިނީ ހަމަ. އެކަމަކު ދަރިފުޅު ކާރީ މަންމަ ވާހަކަ އެއްބުނަން ބޭނުން ވެގެން ނުބުނެވިގެން އުޅޭތާ ލައްކަ ދުވަސް ވެެއްޖެ”

ހުސްނާ މުރާދު ގެ ކަކޫ މަތީ އަތްބާއްވާލަމުން ބުނެލިއެވެ.

“ދަރިފުޅާ. މަންމަ މެން މީރާޔާ ވަރަށް ޤަބޫލް. އެއީ މިފަދަ ޒަމާނެއްގަ ނުފެންނާނެ މިސާލެއް ނެތްފަދަ އަންހެން ކުއްޖެއް. ހަމަ ގައިމު ދަރިފުޅުގެ ދުނިޔެ އޭނާ އުޖާލާ ކޮށްދޭނެެ. ނާހިދާ ގެ ހަނދާން ތަކުން ދަރިފުޅު ދުރުވެ ފުރިހަމަ ކަމެއް ދަރިފުޅަށް ލިބޭނެ ކަން މަންމަޔަށް ގައިމު.”

ހުސްނާ މިވަރަށް ވާހަކަ ދެއްކި އިރުވެސް މުރާދު އަގައިން ވެސް ނުބުނެއެވެ.

“ދަރިފުޅާ. ދަރިފުޅުގެ ހިމޭންކަމުގެ މާނަޔަކީ އާއެކޭ މަންމަ ގަބޫލު ކުރަން ވީތަ؟”

އަނެއްކާވެސް ހުސްނާ އަހާލިއެވެ.

“މަންމަ މީރާ ކާރީން އަހާލީމުތަ؟ މިހާރު މީރާ އުޅެނީ އެެހެންމީހަކާ ރއްޓިހިވެގެން ނޫންކަމެއްވެސް ނޭގޭނު؟”

މުރާދު ބުނެލިއެވެ.

“ނޫނޭ. ދަރިފުޅާ. ފުރަތަމަ ދަރިފުޅު ކާރިން ނައަހާ އެހެން މީހެއްކާރިން އަހާނީ ކިހިނެއް؟. އެކަމަކު މީރާ ދަރިފުޅުގެ ކޮންމެ ކަމަކާ މެދު ހާދަ ފަރުވާތެރިއޭ. ދަރިފުޅަށް ހެދުން ތައްޔާރު ކުރުމުގަ، ސައިހެދުމުގަ އަދި ދަރިފުޅަށް މީރުހާ އެއްޗެތި ކެއްކުމުގައި އޭނާ އަތުކުރި އޮޅާލާފަ ހުރޭނު. ދަރިފުޅާ. ވަޅި ރީތީ ތޫނީޔާ. އަނބި ރީތީ ހެވީއްޔާ. މިއީ މުސްކުޅިން ބުނެއުޅޭ ހަރުބަހެއް މިނުވާނެނު ތޯތޯ ބަހަކަށް، އަނެއްކާ އޭނާ މަންމަ މެނަށް ވެސް ހާދަ ހެވޭެ. ދަރިފުޅާ.އަސްލުވެސް އެއީ ވަރަށް މާތް އަންހެން ކުއްޖެއް މަންމަޔަށްޓަކާ ގެންނަންވާނީ އެކުއްޖާ”

ހުސްނާ ބުނެލިއެވެ. އެވަގުތު ކަރީމު ވެސް އައިސް އިށީދެލިއެވެ

“އަސްތާ މަންމާ ދެންތީ މާމައްޗަށް ދަނީ” މިހެންބުނެފަ ލަދުވެތި ހިނިތުންވުމަކާއެކު މުރާދު ދާންހިގައިގަތެވެ

” އަނހަ ދެމައިން ކޮންވާހަކަ އެއްގަ؟..”

ކަރީމު ހިނިތުން ވެލަމުން މުރާދު ގެ ކޮޑުގައި ހިފާހުއްޓުވާލިއެވެ.

“އަޅުގަނޑު މިދައްކަނީ މުރާދު ކާރީ މީރާގެ ވާހަކަ. އެ ކުއްޖާ އަޅުގަނޑުގެ ހިތް އަތުލާފި. އެހެންވެ އެވަހަކަ މުރާދައްމިކިޔާދެނީ. އަދި އަޅުގަނޑުމެންގެ ޅީދަރިޔަކަށް އެކުއްޖާ ހޮވި ވާހަކަ އިއުލާން ކުރީ”

ހުސްނާ ވެސް ހިނިތުން ވެލާފަ ބުނެލިއެވެ.

“ދެންމަންމަ މެންވެސް ދައްކަވާ ވާހަކަ”

އަދި މުރާދު ދިޔަގޮތަށް ގޭތެރެއަށް ވަންނަ ދޮރުން ވަންނަން އުޅުނެވެ. އެވަގުތަކީ މީރާ ވެސް  ތަށިތަކެއް ހިފައިގެން އެދޮރުން ބޭރަށް ނިކުންނަން އައިވަގުތު ކަމުން ދެމީހުން އެކަކު އަނެކަކުގެ ގައިގާ ޖެހިފަ ބިންމަށްޗަށް ދެމީހުންވެސް ވެއްޓުނެވެ. ތަށިތަށްވެސް މާދުރަށް ވިއްސައިގެން ދިޔައެވެ. އަޑުފަށްގަޑު ގަދަވެގެން ހުސްނާ ޔާ ކަރީމު ވެސް އެދިމާލަށް ދުވަމުން އައެވެ. އަދި އެދެމީހުން ތިބިހާލު ފެނިފަ އެކަކު އަނެކަކަށް ބަލާލާފަ އެނބުރިދިޔަައީ ހެމުން ނެވެ. އެމީހުން ތެދުކުރާކަށް ނޫޅެއެވެ.

“ކަލާޔަށް ތަދުވިތޯ..”

ތެދުވަން މަސައްކަތް ކުރަމުން މީރާ ބުނެލިއެވެ.

“އުނހު ނޫނެެ”

މުރާދު ކުއްލިަކަށް ތެދުވެ ބުނެލިއެވެ. އަދި މީރާ ތެދުކުރިއެވެ. މުރާދުގެ އެފަދަ ބީހިލިމަކުން ވެސް މުޅި މީރާ ގެ ގައިގާ ހީވީ ކަރަންޓުގެ ބާރެއް ހިގާ ގަތީ ހެނެވެ. މީރާ ކޮޓަރިޔަށް ދިޔައެވެ. އަދި ދޮރު ލައްޕާ ލުމަށް ފަހު ދޮރުގައި ލެނގިލިއެވެ. އަދި ފުންކޮށް ނޭވާލާން ފެށިއެވެ. ޖެހިގެން ހުރި އެނދުގައި ބޯމަތި އަތް ބާއްވާލައިގެން ފިކުރަަކަށް ގެއްލިފައި ސާރާ އޮތެވެ. އަދި ކުއްލިއަކަށް މާބާރަށް މީހަކު ނޭވާލާ އަޑު އިވުނީމާ ބޯ ހިތްލާ ލާފަ ބަލާ ލިއެވެ. އަދި ހައިރާންކަމާއެކު މީރާ ޔާ ދިމާލަށް ބަލަހަށްޓައިގެން އޮތެވެ.

“މީރާ…”

ސާރާގެ ގޮވާލުމާއެކު މީރާ ހޭވެރިކަން ވިއެވެ.

“އަ..ޅު..ގަނޑު”

މީރާ ވާހަކަ ދައްކަން އުޅެފަ ހުއްޓުން އެރިއެވެ. އަދި ލަދުވެތި އަދާއަކާ އެކު ކުޑަދޮރު ކާރިޔަށް ދިޔައެވެ.

ސާރާ ވެސް އޭނާގެ ފަހަތުން ގޮސް ހުއްޓިލިއެވެ.

“ވީކީއްތަ. މަޖްނޫނެއްފަދައިން ތިޔަ އުޅެނީ ކިހިނެއްވީ ޔަގީން ދޮންބެ ކަމެއް ކުރީދޯ؟ ފަހަރި ކިޔަން ފަށަންވިތަ؟”

މީރާ ލަދުން ގަނެފިކަން އޭނާގެ މޫނު މަށްޗަށްް އެރި ކުލަވަރުން އެގުނެވެ. މީރާ މޫނުގައި އަތްއަޅާފަ ނޫނެކޭ ބުނާގޮތަށް ބޯހަލުވާލިއެވެ

“އަހަރެން މިއަދު މިދަނީ މަދުރާއިއަށް ދާން ބޭނުމީޔާ ދޮންބެ ޔާ ދެމީހުން އަހަރެންނާ އެކު ދެވިދާނެއެވެ.”

ސާރާ އޭނާގެ ކުޑަ ދަބަހަށް ރީތި ވާއެއްޗެތި އަޅާލަމުން ބުނެލިއެވެ.

“އަހަރެން އާނ ދާނަން. ދިހަ މިނެޓް ދީ. ތައްޔާރު ވެލާނަމެވެ.”

މިހެން ބުނަމުން މީރާ ފުއްލާ އެއްފަދައިން ދުއްވައިގަތެވެ. އަދި ބާރަށް ކާގެޔަށް ދިޔައެވެ. އެވަގުތު މުރާދު އާއި ހުސްނާ އަދި ކަރީމް ކާމޭޒް ކާރިޔަށް އަންނަނީއެވެ.

“އަނހަ ދަރިފުޅު ކޮބާ ސާރާ ގޮވާ. ބުނޭ ކާން އަންނާށޭ.”

ހުސްނާ މީރާ ކާރީ ބުނެލިއެވެ.

“ލައްބަ ދައްތާ މިހާރު މިގޮވަނީ”

މިހެން ބުނެލަމުން މީރާ ކޮޓަރިޔާ ދިމާލަށް ހިގާގަތެވެ. އެވަގުތު ސާރާ ވެސް ކޮޓަރިން ނިކުމެގެން އެދިމާލަށް އަންނަނީއެވެ.

ނުނިމޭ

6
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Rozy

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

Other Articles

Previous

ނޭނގޭހެ ހާދަ ލޯބިވޭ

Next

ތި ލޯބި އެދިގެން… 9

Next
October 12, 2016

ތި ލޯބި އެދިގެން… 9

Previews
October 11, 2016

ނޭނގޭހެ ހާދަ ލޯބިވޭ

10 Comments

  1. Love says:
    October 12, 2016 at 6:45 am

    Nice.. Nice

  2. khajja says:
    October 12, 2016 at 7:33 am

    Wow maashaa allah v rythi v furihama keep it up n thanks 4 the story

  3. Aish says:
    October 12, 2016 at 8:27 am

    Oooooh vvvvv nice!

    1. Rozy says:
      October 12, 2016 at 10:26 am

      Mi storyge konbaei Aish kulhe hivani?

  4. SoMeOnE says:
    October 12, 2016 at 10:25 am

    Meega innany kithah part tha ??

  5. sham says:
    October 12, 2016 at 11:45 am

    Beautiful

  6. Aish says:
    October 12, 2016 at 4:39 pm

    meeraa ge bai

    1. Rozy says:
      October 12, 2016 at 6:38 pm

      Ok I will note it and keep.. add me in face book okey rozy shareef is my id. in face book. we need Murad too till we get all parts we cant start the move dho 🙁 lets hope

  7. Muzeyyyna says:
    October 12, 2016 at 9:46 pm

    vrh interesting?

    1. Rozy says:
      October 15, 2016 at 12:15 am

      Thank you muzeyy

Comments are closed.

All Right Reserved!