Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނުހައްޤު ލޯބި (20 ވަނަ ބައި)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
October 8, 2016 8 Mins Read
36 Comments

ހަދާނެ ގޮތެއް ވިސްނަން އާޔާ އެނދުމަތީގައި އިނީ ދެފައި ވައް ކޮށްލައިގެންނެވެ. އަންޖޫދާއާ ރާހުލް ދުރުކުރުމަކީ އެހާ ފަސޭހަކަމެއް ނޫންކަން އޭނާއަށް ވިސްނުނެވެ. ދެން ހަދަންވީ ކިހިނެއްކަން އޭނާގެ ސިކުނޑި ގޮވާލުމާއެކު އާޔާ ގެއިން ނިކުމެގެން މިސްރާބު ޖެހީ ޒުލޭހާމެން ގެއާ ދިމާއަށެވެ. އެގެއާ އަރާ ހަމަވުމާއެކު އޭނާ އެގެއަށް ވަނީ މަގުގެ ދެފަރާތުގައި އެއްވެސް މީހަކު ނެތްކަން ޔަޤީންކޮށްފައެވެ. ދޮރުމައްޗަށް އަރައި ގޭތެރެއަށް ނަޒަރު ހިންގާލިއިރު ސިޓިންގރޫމް ސޯފާގައި ދެފައި ދަމައިގެން އޮތް ޒުލޭހާ ފެނުމުން އޭނާ އަވަސް އަވަަހަށް އެ ގޭ ތެރެއަށް ދެމިގަތުމަށްފަހު ދޮރުޖަަހިއެވެ. އެއަޑަށް ޒުލޭހާ ބޯހިއްލާލައި ބަލާލިއިރު ދޮރު ކުރިމަތީގައި ހުރި އާޔާ ފެނި އެ ތުންފަތުގައި ދުވެލީ ކާމިޔާބުގެ ހިނިތުންވުމެކެވެ.

“އަހަރެން ބޭނުން ރާހުލް އާ އަންޖޫދާގެ ވާހަކަ މުޅި ރަށުގައި ފަތުރާލަން… ހެއްކާއެކު…” ޒުލޭހާގެ ގާތަށް އަންނަމުން އާޔާ އެހެން ބުނެލިއިރު އެ މޫނުމަތީގައިވާ ރުޅިވެރިކަން ޒުލޭހާއަކަށް ސިއްރެއް ނުވިއެވެ.

” އެ ދެމީހުން ދުރުނުވީތަ؟” ވަރަށް ހައިރާންވާކަމަށް ހެދިފައި ޒުލޭހާ އަހާލިއެވެ.

“އާން…” އާޔާ އިސްޖަހާލަމުން މަޑުމަޑުން ބުނެލިއެވެ.

“އެހެންދޯ؟” އެެހެން ބުނެލަމުން ޒުލޭހާ އާޔާއަށް ސޯފާގައި އިނުމަށް އިޝާރާތް ކޮށްލިއެވެ.

“އެކަމަކު އަހަރެންގެ އެބައޮތް ސުވާލެއް…” ޒުލޭހާ ގާތު އިށީންނަމުން އާޔާ ބުނެލީ ވިސްނުމެއްގައި ހުރެއެވެ. އެއާއެކު ޒުލޭހާ ބުމައަރުވާލަމުން ކޮން ސުވާލެއްހޭ އަހާލިއެވެ.

“އަންޖޫދާއާ ރާހުލް ދުރުކޮށްގެން ޒުލޭހައްތައަށް އޮތީ ކޮން ފައިދާއެއް؟” އާޔާގެ މިސުވާލުން ޒުލޭހާގެ މޫނުގައި ދުވެލީ ނުލަފާ ހިނިތުންވުމެކެވެ. ކުރިމަތީގައި ހުރި މޭޒުމަތީގައި ބަހައްޓާފައި ހުރި ތަބަކުގައި ހުރި ފޯއް ފޮތިތަކުން އެތިކޮޅެއް އަނގައަށް ލަމުން ޒުލޭހާ ވާހަކަ ދައްކަން ފެށިއެވެ.

“ފައިދާ ދޯ؟ ހެހެހެ… ފައިދާވެސް އަދި ލިބޭނެ… އަހަރެން ބުނާ ގޮތަށް ކަންތައް ކުރީމަ އެނގޭނެ ލިބޭނެ ފައިދާވެސް އަދި…” ޒުލޭހާ ހިނިގަނޑެއް ޖަހާލަމުން އެހެން ބުނެލިއިރު އާޔާގެ މޫނުގައި ވަނީ ސުވާލުމާކުތަކެކެވެ. ނަމަވެސް އޭނާ އިތުރު ސުވާލެއް ނުކޮށް ހިމޭނުން އިނެވެ.

“ހަދަންވީ ގޮތް ކިޔަންތަ؟ ކަލޭ މަ ބުނާ ގޮތަށް އެއްބަސް ނުވެއްޖިއްޔާ ހަނދާންކުރާތި! ކަލޭ ވެސް ބޭޒާރުކޮށްލާނަން!” އާޔާ އާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮއްލަމުން ޒުލޭހާ އެހެން ބުނެލީ ތަންކޮޅެއް ބާރަށެވެ. އޭނަ އެހެން ބުނި ގަޑީގައި ހަލުވަމުން ދިޔަ އަނގައިން ރަތް ކުޅު ކޮޅެއް ވިއްސިގެން އައިސް އާޔާގެ މޫނުގައި ޖެހުމުން އާޔާ ފަކުރުން މޫނު ފޮހެލިއެވެ. އަދި މޫނަށް ގޮތެއް ހަދާލަމުން އެއްބަސްވާނަމޭ ބުނެލިއެވެ.

ޒުލޭހާ އޭނާގެ ރޭވުން ކިޔައިދީ ނިމުން އިރު އާޔާ އިނީ އަނގަހުޅުވިފައެވެ. ޒުލޭހާ އެފަދަކަމެއް ކޮށްފާނެ ބާއޭ އޭނާގެ ހިތަށް އަރަމުން ދިއައެވެ. އަދި މިކުރެވެން އުޅެނީ ރަނގަޅު ކަމެއްތޯ އޭނާގެ ހިތާއި ސުވާލުކޮށްލިއެވެ. ނަމަވެސް ކޮންމެ ގޮތެއް ވިޔަސް އޭނާ ޖެހޭނީ ޒުލޭހާގެ ރޭވުމުގައި ބައިވެރިވާށެވެ. މުޅި ރަށުތެރޭގައި އޭނާ ބޭޒާރުކޮށްލުމަކީ ޒުލޭހާއަށް އެއްވެސް ކަމެއް ނޫންކަން މިހާރު އާޔާއަށް ވިސްނިއްޖެއެވެ.

“ބަޓް… ބަޓް… އެކަމަކު… އަހަރެން ވަރަށް ހައިރާން ވެއްޖެ….” އާޔާ އުނދަގުލާއެކު ބުނެލިއެވެ.

“ހައިރާންވާންވީ ކީއްވެ؟ ވަކި ކަމަކަށް ވަކި އުމުރެއް އޮވޭތަ؟” އެއްމިޔަކުން ހީލަމުން ޒުލޭހާ އެހެން ބުނެލި ގޮތުން ވެސް އާޔާ ފަކުރުގަތެވެ. މިއީ ވަރުގަދަ އަންހެނެއްތާއޭ އޭނާގެ ހިތަށް އެރިއެވެ.

“ކޮބާ؟ މި ބުނި ގޮތާ އެއްބަސްތަ؟” ޒުލޭހާ އެހެން އަހާލީ އާޔާ ފާޑަކަށް ހުރުމުންނެވެ. އާޔާ ވަގުތުން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.

***

އަންޖޫދާ ކޮޓަރީގައި އިންއިރު އެ މޫނުމަތިން ފާޅުވަނީ އުފާވެރިކަމެވެ. އަނެއްކާވެސް އަލުން އޭނާއާ ރާހުލް ގުޅުނީތީ އެހިތް ވަނީ އުފަލުން ފޮޅިފައެވެ. ރާހުލް ދެކެ އޭނާ ވަނީ ހަޤީޤީ ލޯބިކަން މިހާރު އޭނާއަށް ކަށަވަރު ވެއްޖެއެވެ. ހަޔާތުގެ ދުވަސްތައް ރާހުލް ނޫން މީހަކާ އެކީ ހޭދަ ނުކުރުމަށް އޭނާ ހިތާހިތުން ނިންމިއެވެ. ނަމަވެސް އޭނާ އެންމެ ކަންބޮޑު ވަނީ އާމިނާމެންނަށް މި ގުޅުން އެނގޭ ދުވަހުން ވާނެ ގޮތަކާ މެދުގައެވެ. އާމިނާއާ ސައްތާރު މި ގުޅުމާމެދު ނުރުހޭނެކަން އޭނާއަށް ޔަޤީންވިއެވެ. ދެން މި ގުޅުން ކައިވެންޏާ ހަމައަށް ގެންދާނީ ކިހިނަކުންބާއޭ އެ ހިތަށް އެރިއެވެ. މިކަހަލަ ހިޔާލުތަކަކަށް ގެއްލިފައި އިން އަންޖޫދާ ސިހުނީ އެކޮޓަރީގެ ދޮރު ހުޅުވާލާފައި ވަތް އާމިނާ ފެނުމުންނެވެ. ދެލޯ ހަނިކޮށްލާފައި އޭނާ އާމިނާއަށް ބަލާލީ އާމިނާގެ މޫނުމަތިން އެހެންޏާ ނުފެންނަ ސީރިއަސްކަމެއް ފެނުމުންނެވެ.

“ދަރިފުޅާ… މަންމަ އެބޮތް ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފަ…” ކޮޓަރީގެ ދޮރު ލައްޕާ ތަޅުލަމުން އާމިނާ އައިސް އަންޖޫދާގެ ގާތުގައި އިށީއްނަމުން ބުނެލިއެވެ. އާމިނާގެ މިޢަމަލުން އަންޖޫދާގެ ހިތް ނުބައި ގޮތަކަށް ތެޅެލީ ކީއްވެކަމެއް އޭނާއަކަށް ނޭނގުނެވެ.

“ކޮން ވާހަކައެއް މަންމާ؟” ހަމަޖެހެން މަސައްކަތް ކުރަމުން އަންޖޫދާ އަހާލިއެވެ.

“އަންޖޫ… މަންމައަށް ދޮގު ނުހަދައްޗޭ…” އަންޖޫދާގެ އަތުގައި ހިފާލަމުން އާމިނާ ބުނެލިއެވެ. ބިރުވެރިކަން ހިތަށް ވަދެފައިވާ ހާލު އަންޖޫދާ އަވަސްއަވަހަށް ބޯ ޖަހާލިއެވެ.

“އަންޖޫ އާ ރާހުލް އާ ދެމެދު އޮންނަނީ ކޮންކަހަލަ ގުޅުމެއް؟” އާމިނާގެ އެ ސުވާލުން އަންޖޫދާ ދިޔައީ ސިހިގެންނެވެ. އަތުގައި އޮތް ފޯނުވެސް ދޫވެގެން ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ. އޭނާގެ މަންމައަށް އެދެމެދުގައިވާ ގުޅުން ފަޅައެރީ ހެއްޔެވެ؟ ގިނައިރުވަންދެން އަންޖޫދާ އެއްޗެކޭ ނުބުނެ އިސްޖަހައިގެން އިނުމުން އާމިނާގެ ދެބުމަ ގޮށް ޖެހިގެން ދިއައެވެ.

“މަންމާ… އަހަރެން ރާހުލް ދެކެ ވަރަށް ލޯބިވޭ… ރާހުލް ވެސް އަހަރެން ދެކެ…” އަންޖޫދާއަށް ބުނެވުނީ އެހާ ހިސާބަށެވެ. އާމިނާގެ އަތުގެ ހޫނު އެތިފަހަރެއް އޭނާގެ ކޮލަށް އަރައިގެން ދިއައެވެ. ވީތަދުންނާއި ދެރައިން އަންޖޫދާ ކޮލުގައި ހިފަހައްޓާލުމަށްފަހު ރޮވެން ފެށުނެވެ. އާމިނާ އެ ގުޅުމާ ނުރުހޭނެކަން އޭނާއަށް އެންމެ ފުރަތަމަ ވެސް އެނގުނެވެ.

އާމިނާ ރުޅިއައިސްގެން ތުރުތުރު އަޅައެވެ. ޒުލޭހާ އެދެއްކީ ހަމައަސްލުވެސް ތެދު ވާހަކައެއް ތާއޭ އޭނާގެ ހިތަށް އެރިއެވެ. އެގޭގައި ގެންގުޅޭ ބަންގާޅިމީހާ ނޫން މީހަކު އަންޖޫދާއަށް ނުފެނުނީބާއޭ އޭނާގެ ހިތަށް އަރަމުން ދިއައެވެ.

“އަންޖޫއަށް އެ މީހާ ނޫން މީހަކު ނުފެނުނީތަ؟ އެއީ ކޯއްޗެއް ލިބޭ މީހެއްތަ؟ އަހަރެމެން ދޭ ކުޑަ މުސާރަ ކޮޅުން އޭނާ އެއުޅެނީ… އެވަރު މީހަކާއެކީ އަންޖޫދާ އުޅެން ވެދާނެތަ؟ އަނެއްކާ އެއީ ބަންގާޅިއެއް…! ރާއްޖެ މީހެއް ވެސް ނޫން…! މީހުން ކިހާ މަލާމާތެއް ކުރާނެތަ އަހަރެމެންނަށް؟” އާމިނާ ރުޅި ގަދަވެފައި ހުރެގެން ކިޔަމުން ގެންދިއައެވެ. “ބައްޕައަށް އެނގެއްޖިއްޔާ ރުޅިއަންނާނެވަރު ނޭނގޭތަ؟ ބައްޕަގެ ޤަދަރު ވެއްޓޭނީ މުޅި ރަށުގަ..”

“މަންމާ….” ރޮވިފައި ހުރެ އަންޖޫދާ އާމިނާއަށް ގޮވާލީ އާމިނާއަށް އޭނާ ރާހުލް ދެކެ ލޯބިވާ ވަރު ހާމަކޮށްދޭށެވެ. ނަމަވެސް އޭނާ އެއްވެސް އެއްޗެއް ބުނާނެ ފުރުސަތެއް އާމިނާ ނުދިނެވެ.

“ކޮން މަންމާއޭ ކިޔާކައްތަ؟ ހުރޭ…. އަންނާނަން ބައްޕަ ވެސް ގޮވައިގެން! އޭނައަށް ވެސް އެނގެން ޖެހޭނެ އޭނަގެ ދަރި އުޅޭ ގޮތް..” އާމިނާ އެހެން ބުނުމަށްފަހު ބާރުބާރަށް ކޮޓަރިން ނުކުމެގެން ދިޔައެވެ. ގިސްލަމުން ރޮމުން ދިޔަ އަންޖޫދާ އެއިން ގޮތަށް އިނީ ހަދާނެ ގޮތް ހުސްވެފައެވެ. އޭނާ އާ ރާހުލް އަބަދާއި އަބަދަށް ވަކިވާންޖެހޭނެ ކަމުގެ ރަތް ސިގްނަލް އެ ހިތުގައި ދިއްލުނެވެ.

ސައްތާރު އާމިނާ އާއެކު އެ ކޮޓަރިއަށް ވަތް އިރު އަންޖޫދާ އިނީ އިސްޖަހައިގެންނެވެ. އޭނާގެ ބައްޕައަށް ދޭނީ ކޮން ޖަވާބެއްބާއޭ އެ ހިތަށް އަރަމުން ދިއައެވެ.

“ދަރިފުޅާ… މަންމަ އެ ދައްކަނީ ތެދު ވާހަކައެއްތަ؟” ސައްތާރު ހިނގާފައި އައިސް އަންޖޫދާ ގާތުގައި އިށީންނަމުން އެހެން އަހާލީ މަޑުމައިތިރިކަމާ އެކީގައެވެ.ތަންކޮޅެއް ދުރުގައި ހަރަން ބަނދެގެން ހުރި އާމިނާގެ ދެބުމަ ވަނިީ ގޮށް ޖެހިފައެވެ. ސައްތާރު އެހެން އަހާލުމުން އަންޖޫދާ ބޯ ޖަހާލީ އިސްޖަހައިގެން ހުރެއެވެ. އަންޖޫދާ ބޯ ޖަހާލުމާއެކު ސައްތާރުގެ މޫނުގެ ކުލަވަރު އޮއްސިގެން ދިއައެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އޭނާ ދެެއަތުން މޫނުގައި ފިރުމާލިއެވެ.

“އެކަމަކު ދަރިފުޅާ… އެއީ މިގޭގަ މަސައްކަތް ކުރަން ގެންގުޅޭ މީހެކޭ… އެ މީހާއާމެދު އެފަދަ ނަޒަރަކުން ދަރިފުޅު ދުށީތީވެސް ބައްޕަ ލަދުގަނެއްޖެ….” ސައްތާރު އެހެން ބުނުމުން އަންޖޫދާގެ ދެލޮލަށް ތާޒާ ކަރުނަތައް ޖަމާވާން ފެށިއެވެ. އޭނާއަށް ރާހުލް ދެކެ ލޯބިވެވުމަކީ ހަމަ އެހާ ބޮޑު ކުށެއްބާއޭ އެހިތަށް އަރަމުން ދިއައެވެ.

“ހަމަ މިހާރު ތިކަންތައް ހުއްޓަން އުޅޭ އިނގޭ އަންޖޫދާ… ތީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން…” ސައްތާރު އެހެން ބުނުމުން އަންޖޫދާ އޭނާއާ ދިމާ ބަލާލީ ޝަކުވާގެ ނަޒަރަކުންނެވެ. އޭނާއަށް އެހާ ފަސޭހައިން ރާހުލްއާ ދުރުވެވޭނެކަމަށް ސައްތާރު ހީކުރަނީ ހެއްޔެވެ؟

“ނޫން… ބައްޕާ… ނޫން.. އަހަރެން ރާހުލް ދެކެ ވަރަށް ބޮޑަށް ލޯބިވޭ.. އޭނަ ވެސް ވަރަށް ލޯބިވޭ… އަހަންނަކަށް ނޫޅެވޭނެ ރާހުލްއާ ނުލައެއް ބައްޕާ… ބައްޕާ… މި އާދޭސްކުރަނީ…” ކުއްލިއަކަށް އަންޖޫދާ ސައްތާރުގެ ފައިބުޑަށް ވެއްޓި އާދޭސްކުރަން ފެށުމުން އާމިނާ އަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ރާހުލް އޭނާގެ ދަރިއަށް ހާދަ ވަރެއް ކޮށްލައިފިއޭ ހިތަށް އެރުމާއެކު އާމިނާގެ ދަތްކުނޑި ވިކިގެން ދިއައެވެ.

“އަންޖޫދާ ތިކަން ނުހުއްޓައިފިއްޔާ އަހަރެން ރާހުލް ފޮނުވާލާނަން… ” ސައްތާރު ވިސްނާލުމަށްފަހު ބުނެލި އެތިން އަންޖޫދާގެ ހިތަށް ކަށިތަކެއް ހެރިގެން ދިޔަ ފަދައެވެ.

“އަންޖޫދާ ތިކަން ނުހުއްޓުވައިފިއްޔާ އަހަރެން މައްސަލަ ޖައްސައިގެން ވިޔަސް ރާހުލް ރާއްޖެއިން ފޮނުވާލާނީ ދެން މިކޮޅަށް ނާދެވޭ ގޮތަށް…” އެހެން ބުނުމަށްފަހު ސައްތާރު އެ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ތަޅުންގަނޑު މަތީގައި ދެކަކޫ ޖަހައިގެން އިން އަންޖޫދާ ރޮވިފައި އެމަންޒަރު ބަލަން ހުއްޓެވެ. ރާހުލް މިތަނަށް އައި ސަބަބު އޭނާ އަންޖޫދާއަށް ކިޔައިދިނެވެ. ދުވަހަކުވެސް ނާދެވޭ ގޮތަށް ފޮނުވާލާފިއްޔާ އޭނާ ލާރި ހޯދާނީ ކިހިނަކުންބާއޭ އަންޖޫދާގެ ހިތަށް އެރިއެވެ.

“އާމިނާ އަށް ފެންނަ ގޮތެއް ހަދާ… ކޮންމެ ގޮތެއް ހަދައިގެން ވިޔަސް އޭނާއާ ރާހުލް ދުރުކުރޭ…” ސައްތާރު އާމިނާ ގާތު އެހެން ބުނެލުމަށްފަހު އެ ކޮޓަރިން ނިކުމެ ދޮރުޖެހިއެވެ. ދެބުމަ ގޮށްޖަހައިގެން ހުރެ އާމިނާ އަންޖޫދާއާ ދިމާއަށް އަންނަން ފެށުމުން އަންޖޫދާއަށް ހިން ދިރުވާލެވުނެވެ.

“އަހަރެން ބުނާ ގޮތެއް ހަދަން އެއްބަސްވޭ….. ނޫނީ އެ ބަންގާޅިގަނޑު ފޮނުވާލާނީ ދުވަހަކުވެސް މި ރާއްޖެއަށް ނާދެވޭ ގޮތަށް..” އަންޖޫދާ ގާތަށް އައިސް އާމިނާ އެހެން ބުނެލުމުން އޭނާ އިސްޖަހާލީ ބޯޖަހާލަމުންނެވެ.

***

ފަތްޖެހި އެނދުގައި އޮތް ރާހުލްގެ މޫނުމަތިން ފެންނަނީ ނިދީގެ އަސަރެވެ. ރޭގައި އަންޖޫދާ އާއެކު ހޭދަކުރެވުނު ވަގުތުކޮޅު މަތިން ހަނދާންވުމުން އެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ރޭގައި އޭނާއަށް އެ ހެދުނީ ވަރަށް ބޮޑު ގޯހެއް ކަމުގައި އެ ސިކުނޑީގެ ކަނަކުން ގޮވާލިއެވެ. ރާހުލްގެ ހިނިތުންވުން ވަގުތުން ފޭދިގެން ދިއައެވެ. އޭނާ އަންޖޫދާއާއެކު އެފަދަ ގުޅުމެއް ބާއްވަން ބޭނުންވީ ކައިވެނީގެ ފަހުންނެވެ. ނަމަވެސް ވީކަމެއް ވެ ނިމުނީއެވެ. އޭނާއަށް ދެން އިތުރަށް ކުރެވޭނެ ކަމެއް ނެތެވެ. ނަމަވެސް ދެން އަންޖޫދާއާއެކު އެފަދަ ގުޅުމެއް ބާއްވާނީ ކައިވެނިކޮށްގެން ކަމަށް އެ ހިތުގައި ޢަޒުމު ކަނޑައެޅިއެވެ. ތަފާތު ހިޔާލުތަކެއްގައި އޭނާ ދެފަރާތަށް ފުރޮޅިލަ ފުރޮޅިލަ އޮތެވެ.

އަންޖޫދާގެ ގޭ ދޮރާށި ހުޅުވާލަމުން ޒުލޭހާ އެތެރެއަށް ދެމިގަތީ މަޑުމަޑުންނެވެ. އޭގެ ފަހަތުން އާޔާ ވެސް މަގުގެ ދެފަރާތް ހޯދާ ބަލާލުމަށްފަހު އެތެރެއަށް ވަނެވެ. އާޔާގެ ހިތް ގުޑުގުޑު ލާފައި ތެޅެމުން ދިޔައިރު އެ މޫނުމަތިން ދާތިކިތައް ވިދައެވެ. ނަމަވެސް ޒުލޭހާގެ މޫނުމަތިން ފެންނަމުން ދިޔައީ ހަމަޖެހުމެވެ. ޒުލޭހާ މިހާ ހަމަޖެހިގެން އެއުޅެނީ ކީއްވެބާއޭ އާޔާގެ ހިތަށް އަރަމުން ދިއައެވެ. އެ މީހުން ކުރަން އުޅޭ ކަންތައް މީހަކަށް ފަޅާއަރައިފިއްޔާ މާ ރަނގަޅު ނުވާނެކަން އޭނާއަށް އެނގެއެވެ.

އެތެރެއަށް ވަދެފައި އާޔާ ގަޑި ބަލާލިއެވެ. މެންދަމު 1 ޖެހީއެވެ. އެއަށްފަހު އޭނާ ނަޒަރު ހިންގާލީ މުޅި އެ ގޯތިތެރެއަށެވެ. މަރު ފަދަ ހަމަހިމޭންކަމެއް މުޅި ތަނަށް ވެރިވެފައިވީއިރު އާޔާގެ ހިތަށް ބިރުވެރިކަން ވަންނަމުން ދިއައެވެ. ޒުލޭހާގެ ފަހަތުން އާޔާ ވެސް މިސްރާބު ޖެހީ ރާހުލް އުޅޭ ބާ ގުދަންގަނޑާ ދިމާއަށެވެ. އެގޭގައި ހުންނަ ޖޭމު ގަހާ އަރާ ހަމަވެފައި އެދެމީހުން މަޑުކުރިއެވެ. ހެވި ދިއްލިފައި ހުރި ޒުލޭހާއާ ދިމާއަށް އާޔާ ބަލާލީ މޫނަށް ވައްތަރެއް ޖައްސާލަމުންނެވެ.

“އަހަރެން ޖަހަނީ ކޮން ވައްތަރެއް؟ ރަނގަޅުތަ؟” ވައި އަޑުން ޒުލޭހާ އާޔާ ގާތު އަހާލުމުން އާޔާ ފަރުވާ ކުޑަ ގޮތަކަށް ޒުލޭހާއަށް ނަޒަރު ހިންގާލިއެވެ. ޒުލޭހާ ލައިގެން ހުރި މަޑު ފިޔާތޮށި ކުލައިގެ ކުރު ޓީޝާޓު އޭނާގެ ގަޔަށް ހިފާލެވިފައިވީއިރު ތިރިއަށް ލައިގެން ހުރި ބާރު ޓައިޓުން އޭނާގެ ފައިގެ ވަނާތައް ރީތިކޮށް ހާމަވެއެވެ. އަޅައިގެން ހުރި ކުޑަ ބުރުގާ ކޮޅުން އޭނާގެ މޭމަތި ނިވާނުވެއެވެ. މިއީ ވަރުގަދަ އަންހެނާގަނޑެކޭ އާޔާ ހިތަށް އެރިއެވެ. އެހާ ފަލަވެފައި މުސްކުޅިއިރުވެސް އަދި މިކަހަލަ އެއްޗެސް ލާން އެބަޖެހެއެވެ. ނަމަވެސް ޒުލޭހާ މިރޭ އެކުރަން އުޅެނީ ކީއްކަން ހަނދާންވުމުން އޭނާ ފަކުރު ގަންނަ ގޮތްވިއެވެ.

“ވަރަށް ސަޅި… ވަރަށް ސެކްސީ..” އާޔާ ގަދަަކަމުން ހިނިތުންވެލަމުން ބުނެލިއެވެ. ޒުލޭހާ ރަކި ގޮތަކަށް ހީލުމުން އާޔާ އަނގައަށް ގޮތެއް ހަދާލިއެވެ.

“ކަލޭ ހުންނާތި މިތާ… މީހަކު އާދޭތޯ ބަލާތި…” ޒުލޭހާ މަޑުމަޑުން އެހެން ބުނެލުމަށްފަހު ރާހުލް ނިދާ ގުދަންގަނޑާ ދިމާއަށް ހިނގައިގަތެވެ. އާޔާ ދެކޮޅު ހޯދާ ބަލަމުން ދިޔައިރު އެ ހިތް ނެގިނެގިފައި ޖެހެމުން ދިއައެވެ. އޭނާގެ އަތެއް މިކަމުގައި ވާކަން އަންޖޫދާއަށް ފަޅާއަރައިފިނަމަ އަންޖޫދާ މުޅި އުމުރަށްވެސް އޭނާއަށް ނަފުރަތު ކުރާނެކަން ޔަޤީނެވެ.

ނުނިދި އޮތް ރާހުލްއަށް ފުންމައިގެން ތެދުވެވުނީ އަޑުފައްގަނޑަކާއެކު އެތަނުގެ ޓިނު ދޮރުފަތް ހުޅުވުމުންނެވެ. ހާސްކަމާއެކު އޭނާ އެދިމާ ބަލާލިއިރު ދޮރު ކުރިމަތީގައި ހުރި ޒުލޭހާ ފެނި އޭނާގެ ދެބުމަ ގޮށް ޖެހިގެން ދިއައެވެ. ޒުލޭހާ ލައިގެން ހުރި އެއްޗެއްސަށް ނަޒަރު ހިންގާލަމުން ރާހުލް ދަތްކުނޑި ވިކާލިއެވެ. އަނެއްކާވެސް މި އަންހެނާ އޭނާ ގާތަށް އައީއެވެ. އެއްފަހަރު ކާމިޔާބު ނުވީމަ އަނެއްފަހަރު އަންނަން ލަދެއް ވެސް ނުގަނޭ ބާއޭ ރާހުލްގެ ހިތަށް އެރިއެވެ.

“ކަލޭ ކީއްކުރަން ތިއައީ؟” ރުޅިވެރި ގޮތަކަށް ރާހުލް އެހެން ބުނެލީ ރީތިކޮށް ކޮޅަށް ތެދުވެލަމުންނެވެ. އެ ހިނދު ޒުލޭހާގެ މޫނުމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. އޭނާ އެތަނުގެ ދޮރު ޖެހުމަށްފަހު ރާހުލްގެ ގާތަށް އަންނަން ފެށި ގޮތުން ރާހުލްގެ ހިތް ނުބައި ގޮތަކަށް ތެޅެލިއެވެ.

“އައީ ކީއްކުރަންކަން ބުނެފިއްޔާ އެ ކަން ކޮށްދޭނަންތަ؟” ޒުލޭހާ ނުލަފާ ގޮތަކަށް އެހެން އަހާލުމުން ރާހުލްގެ ރުޅި އިތުރަށް ގަދަވިއެވެ.

“އަަހަރެން އާމިނާ ދައްތަ އާ ސައްތާރުބެއަށް ގޮވާނަން މި ފަހަރު…. މި ފަހަރު ކަލޭ ދިޔަ ނުދެނީ..” ރާހުލް ބުނެލިއެވެ. އޭރު ރުޅިއައިސްގެން ގޮސް އޭނާ ފުންނޭވާތަކެއް ލަމުން ގެންދިއައެވެ.

“ނޯ ނޯ ނޯ…. ރާހުލް އަކަށް އެހެނެއް ނެހެދޭނެ..” ޒުލޭހާ ވަރަށް ޔަޤީންކަމާއެކު ބުނެލިއެވެ. ރާހުލް ދެބުމަ އަރުވާލަމުން ޒުލޭހާއަށް ބަލާލިއެވެ. އަނެއްކާ މި އަންހެނާ ކުރަން އެއުޅެނީ ކޮންފަދަ ކަމެއްބާއޭ އެ ހިތަށް އަރަމުން ދިއައެވެ.

“ރާހުލް އަހަރެން ބުނާ ގޮތް ނަހަދާފިއްޔާ…. އަންޖޫދާ މުޅި ރަަށަށް ބޭޒާރުކޮށްލާނަން…” ޒުލޭހާ އެހެން ބުނެލުމުން ރާހުލް ގެ ދެލޯ ބޮޑުވެގެން ދިއައެވެ. އޭނާއާ އަންޖޫދާގެ ގުޅުން ޒުލޭހާއަށް އެނގުނީ ކިހިނެއްބާއޭ އެހިތަށް އަރަމުން ދިއައެވެ.

“އާނ… ތި ހީވީ ރަނގަަޅަށް… މަށަށް އެނގޭ ތި ދެމީހުންގެ ގުޅުން…. އަންޖޫދާއާ ރާހުލްގެ ގުޅުން ވާހަކަ މިރަށުގައި ފަތުރާލާފިއްޔާ އަންޖޫދާއަށް މި ރަށުގައި އުޅެން އުނދަގޫވާނެކަން ހަނދާންކުރާތި…” ޒުލޭހާ އެ ބުނި އެއްޗަކާމެދު ވިސްނާލަން ރާހުލްއަށް މަޖުބޫރުވިއެވެ. އަންޖޫދާއަށް އެއްވެސް ދެރައެއް ދޭކަށް އޭނާގެ ހިތެއް ނޭދެއެވެ. ހަދަންވީ ގޮތަކާމެދު ވިސްނަމުން ދިޔަ ރާހުލް ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. ރަށު މީހުންގެ ވިހަ ބަސްތަކުން އަންޖޫދާ ސަލާމަތްކުރުމައްޓަކާ ޒުލޭހާގެ އެދުމަށް އިޖާބަދޭންވީ ހެއްޔެވެ؟ ރާހުލް ދެއަތަށް ބޯ ހޫރާލިއެވެ. ނޫނެކެވެ. ޒުލޭހާ އެ އެދޭ ގޮތަށް އޭނާ ކަންތައް ކޮއްފިނަމަ އެއީ އަންޖޫދާއަށް ވެވޭ ވަރަށް ބޮޑު ބޭވަފާތެރިއެކެވެ.

“ކޮބާ؟ ކޮން ގޮތަކަށް ނިންމީ؟ އަހަރެން ބުނާ ގޮތަށް ހަދަންތަ؟” އިރުކޮޅެއް ފަހުން ޒުލޭހާ އަހާލިއެވެ. ރާހުލް ޒުލޭހާއާ ދިމާއަށް ބަލާލީ އަލިފާނުގެ ނަޒަރަކުންނެވެ. އަދިވެސް އޭނާއަކަށް ހަދަންވީ ގޮތެއް ނޭނގުނެވެ. ކުއްލިއަކަށް ރާހުލްގެ ހަނދާނަށް އައީ އަންޖޫދާ އޭނާ ގާތު ބުނެލި ބަސްތަކެވެ.

“އަހަރެން މި ގުޅުން އެއްވެސް މީހަކަށް އެނގޭކަށް ބޭނުމެއް ނުވޭ… ރަށު މީހުންނަށް މި ގުޅުން އެނގެއްޖިއްޔާ އަހަރެންނާ ދިމާއަށް ވަރަށް އެއްޗެސް ކިޔާނެ… މަންމަމެންނަށް މި ގުޅުން އަންގާކަށްވެސް  އަދި ބޭނުމެއް ނޫން…” ކުރީ ދުވަހެއްގައި އަންޖޫދާ ރާހުލް ގާތު ބުނެލި ބަސްތައް ރާހުލްގެ ސިކުނޑީގައި ގުގުމަމުން ދިއައެވެ.

“އަހަރެން ދަނީ … ދެން އަންޖޫދާގެ ވާހަކަ ފަތުރާލީމަ ކަލެއަށް ވާގޮތް އެނގޭނީ…” ރާހުލް އެއްޗެކޭ ނުބުނެ ހުރުމުން ޒުލޭހާ އެހެން ބުނެލުމަށްފަހު ބޭރަށް ނިކުންނަން ހިނގައިގަތުމަށްޓަކައި އެނބުރެލިއެވެ.

“ނޫން!” ރާހުލް ޒުލޭހާއާ ދިމާއަށް އަތް ދިއްކޮށްލަމުން އެހެން ބުނެލި ގަޑީގައި ޒުލޭހާގެ މޫނުމަތީގައި ދުވެލީ ނުލަފާ ހިނިތުންވުމެކެވެ. އޭނާ ހިނިތުންވެގެން ހުރެ ރާހުލްއާ ދިމާއަށް އެނބުރުނު އިރު އެ ހިތް އުފަލުން ނަށަނީއެވެ. އޭނާ ބޭނުންވެގެން އުޅޭ ކަންތައް ވާން އުޅޭކަމުގެ ފެހި ސިގުނަލް ދިއްލުނު ކަމުގެ އިހުސާސް އޭނާއަށް ކުރެވިގެން ދިއައެވެ.

“ތި ބުނީ؟” ޒުލޭހާ އަދިވެސް ރާހުލް ތަޅުވާލުމަަށްޓަކައި އެހެން އަހާލީ އުނަގަނޑުގައި ދެއަތް ވިއްދާލަމުންނެވެ.

“މި… މި ބުނީ… މި ބުނީ … އަހަރެން ހަދަނީއޭ ބުނާގޮތެއް…” އިސްޖަހާލައިގެން ހުރެ ރާހުލް އެހެން ބުނެލީ އޭނާގެ ހިތާ ދެކޮޅަށެވެ.

“ނިންމުން ވަރަށް ރަނގަޅު…” ނުލަފާ ގޮތަކަށް ޒުލޭހާ އެހެން ބުނެލަމުން ރާހުލް އާ ގާތް ވެލިއެވެ. ރާހުލްގެ ހިތް ބާރުބާރަށް ތެޅެމުން ދިއައީ ޒުލޭހާގެ މަޤުސަދުގެ ނުބައިކަން އެނގޭތީއެވެ.

“އޮށޯވޭ!” ޝަހާދަތް އިނގިލި ދިއްކޮށްލަމުން ޒުލޭހާ އަމުރުކޮށްލިއެވެ. ރާހުލް މަޑުމަޑުން ފަތްޖެހި އެނދުގައި އޮށޯތް އިރު އެ ހިތް ވަނީ ނުތަނަވަސްވެފައެވެ.

ޒުލޭހާ ތިރިވުމަށްފަހު ރާހުލްގެ ހަށިގަނޑުގެ އެތައް މިތާ ފިރުމަމުން ދިޔައިރު އެކަމުގެ ސަބަބުން ރާހުލްއަށް އެއްވެސް އުފަލެއް ނުލިބެއެވެ. ރާހުލްގެ މޫނުގައި ޒުލޭހާ ބޮސް ދޭން ފެށުމުން ރާހުލް ފަކުރުގަތް ނަމަވެސް އެއްޗެކޭ ނުބުނެ އޮތެވެ.

“ކީއްވެތަ ރާހުލް؟ ކީއްވެތަ ރާހުލްއަށް އަންޖޫދާ ކަމުދިޔައީ؟ އަހަރެން ހުއްޓާ އަންޖޫދާގެ ފަރާތުންތަ ރާހުލް އުފާ ހޯދަނީ؟ އަހަރެންވެސް ރާހުލް ދެކެ ވަރަށް ލޯބިވެޔޭ…. ރާހުލް ފެނުނު ފުރަތަމަ ދުވަހުވެސް އަހަރެން ރާހުލް ބޭނުންވި… އަންޖޫދާ ގޮތަށް ލޫޅާފަތި ނުވިޔަސް އަހަރެންވެސް ހަމަ ރާހުލްއަށް ލޯބި ދެވޭނެއޭ…” ރާހުލް ގެ ތަނަވަސް މޭމަތީގައި ބޮސްދެމުން ޒުލޭހާ ވާހަކަ ދައްކަމުން ދިޔައިރު ރާހުލްގެ މޭ ނުބައި ކުރާ ގޮތްވިއެވެ. ރާހުލް ލައިގެން ހުރި ޓީޝާޓުގެ އަޑިން އަތް ގެންދަމުން ޒުލޭހާ އެ ޓީޝާޓު ބާލަން އުޅުނެވެ.

#ނުނިމޭ#

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ލޯބިވަން ޔާރާ އޭ 11

Next

ތި ލޯބި އެދިގެން.. 6

Next
October 8, 2016

ތި ލޯބި އެދިގެން.. 6

Previews
October 8, 2016

ލޯބިވަން ޔާރާ އޭ 11

36 Comments!

  1. aik says:
    October 8, 2016 at 7:43 pm

    Reethi..?

  2. mezzo says:
    October 8, 2016 at 7:44 pm

    hehehe…………………………………. story v v v v reethi

    1. Liaa says:
      October 8, 2016 at 7:50 pm

      Thankyw aik and mezzo 🙂

  3. Liaa says:
    October 8, 2016 at 7:50 pm

    Hii all 🙂 heekuran mi baives reethi vaane kamah… Feel free to leave ur comments …
    Next part veehaaves avahah up kuraanan…
    Supporters ge lovely comments are my strenght… Love u all <3

  4. Love says:
    October 8, 2016 at 8:31 pm

    Reethi!!! Ekam ehen hedhiya nudheythi! Mihaaru ves e zuleyhaa ganda kaa hedhi fakurun moya vaa varu vey..hehe……. Story hama habeyss!!!

  5. Khajaa says:
    October 8, 2016 at 8:33 pm

    Heheh reethi

  6. Xzee says:
    October 8, 2016 at 8:39 pm

    Liaa mihaaru haadha lahunney thi upload kohdhenee? Kudakoh handhaan nethey. Ehenve kuree ge part jehenee kiyaalan. Vaahaka hama v salhi ??Don’t know what will happen next? So interested to read the next part. Much loves ❤❤

    1. Liaa says:
      October 8, 2016 at 8:45 pm

      Thankyw all … Srry lahun up kureveythy…. 🙁 Liaa ah liyevunu haa avahah up kuraanan

  7. ~minty~ says:
    October 8, 2016 at 9:18 pm

    That zuleykha is just YUCK ?….i HATE her?…btw story is awesome..bt up vaaleh thankolheh lahy sslu…when next part??

    1. Liaa says:
      October 8, 2016 at 9:53 pm

      Thankyw minty… 🙂 veehaaves avahah up kureveythw balaanan

  8. Akky says:
    October 8, 2016 at 9:31 pm

    Aslu xuleykhage magsadh kaamiyaab viya dhygen nuvaane.

  9. Aish says:
    October 8, 2016 at 9:38 pm

    Ahchee miulhey zuleykha gandeh dho… Vv reethi story. Nect part avas…

    1. Liaa says:
      October 8, 2016 at 9:54 pm

      Thankyw Aish 🙂

  10. Same says:
    October 8, 2016 at 9:45 pm

    Ewww. This is disgusting….

  11. hh says:
    October 8, 2016 at 10:51 pm

    ehves varakah ves xuleyhaa ah e chance dhinee thee kada. anjoo ge meehei nun rahul akee. theethi kada

  12. Khajaa says:
    October 8, 2016 at 11:01 pm

    Vvvv sslhi zulykha ah kaamiyaabu vejeyyaa kada

  13. Khajaa says:
    October 8, 2016 at 11:01 pm

    Vvvv sslhi zulykha ah kaamiyaabu vejeyyaa kada

  14. Khajaa says:
    October 8, 2016 at 11:01 pm

    Vvvv sslhi zulykha ah kaamiyaabu vejeyyaa kada

  15. Khajaa says:
    October 8, 2016 at 11:01 pm

    Vvvv sslhi zulykha ah kaamiyaabu vejeyyaa kada

  16. lai says:
    October 8, 2016 at 11:06 pm

    Salhi

  17. Khajja says:
    October 9, 2016 at 12:45 am

    Chydi alhe zuleyhaage magusadhu haasilviyanudhy anjoodhaa ah viyas bust kollaabala pls raahul ah ehen hedhiyanudhy zuleyhaa ladhevves nuganeytha eynaga dharinge umurun kudhin hoadhaakah chy n waitin nxt

  18. Munchkin ? says:
    October 9, 2016 at 2:35 am

    Awesome? awesome ?
    Avahah up kohdhy next part ?
    ?Waiting?

  19. xprincess says:
    October 9, 2016 at 12:22 pm

    Oh my god? dhen e zulheyhaa gandu hadhaalaanee kihineh kameh ves.neyngey…. huri nubaikan e zulhey gandu ?? plx plx raahul.ah ehen nahadhaa…. i love raahul….
    Stry v v reethu… nxt part kiyaa hithun keh madhu vefaa.mi hunnanii???????

  20. Shaa says:
    October 9, 2016 at 3:31 pm

    hahahaa achydi.. fakuru meeheh dhw.. anyways story varah reethi liaa

  21. girl :))) says:
    October 9, 2016 at 5:02 pm

    i thought sahthaaru okey vaane kamah..huh dhen xuleyhaa yaa hedhi fakurun hoduleveyvaru vey..huvaa mibuni dhen ahcheedi hama ahcheeeeddddddiiiiii…

  22. yoyo says:
    October 9, 2016 at 6:12 pm

    Wow.. mihaaru adhi maa kiyaa hihvey mi vaahaka eba….. keep going liaa

  23. harry says:
    October 9, 2016 at 6:13 pm

    Zuleyhaa dhatha muskulhi veema ves zuvaan kudhin fahathun ulheythi ingey zulheyhathaa…. stry hama habeys LIAA… my fav <3

  24. ZULEYHAAA says:
    October 9, 2016 at 6:15 pm

    Aharen beynumee emme zuvaan emme salhi kudhinnaa ekii night heydha kollan…. muskulhi veiyas aharen varah salhi vaane… so any boy who wants can call me… 1123344566 this is my number B-)

    1. xprincess says:
      October 9, 2016 at 6:16 pm

      I dont get what you mean Zuley :/

    2. xprincess says:
      October 9, 2016 at 6:17 pm

      And thats not even a real number… LOL LOL LOL

  25. Tizzz says:
    October 9, 2016 at 6:44 pm

    Lia actually story reethivaany zuleyhaage manzil aa hama ah nudhevihjiyya. But even if ehen nuviyas i know u will make the story perfect. And yes liyumuge mistakes ran’galhu kohlaa. Baeh faharu bunan ulhey ehcheh saafehnuve. Well story is good.

    1. Liaa says:
      October 9, 2016 at 7:33 pm

      Thankss Tizzz… 🙂 Mistakes hunnaanekan Liaa ves gabool kuran …But Liaa ah buneladhyfaanan tha kon mistakes eh kan? Eyrah rangalhu kolleveynee 🙂
      Thankyw fr ur suppot

    2. Tizzz says:
      October 11, 2016 at 10:33 pm

      Ginafaharu jumla hama nujeheny.

    3. Tizzz says:
      October 11, 2016 at 10:37 pm

      Plx dont mind when i point out ur mistakes, but i think the only way to improve anything is by knowing the mistakes

  26. Liaa says:
    October 9, 2016 at 7:32 pm

    Thankss fr all ur comments <3 Will try to uplord the next part tonite or tomorrow… 🙂 keep waiting….

  27. shaayan says:
    October 9, 2016 at 10:22 pm

    Repeat koh veema v foohi ekmaku v reethi

Comments are closed.

Next Episodeނުހައްޤު ލޯބި (21 ވަނަ ބައި)←


All Right Reserved!