ސިއްރު 9
“ތިޔަކަންތައް އާކަން ކެޑުނީމާ ހިގައިދާނެއެވެ. އޭރުން ވާހަކަ ދައްކާވަރުން ބޮލަށް ނުކުޅަދާނަވާނެ.”
މިހެން ބުނެފައި ވިއާމާ ދިޔުމުން އެދެމީހުންގެ ދެމެދަށް ބުނަންނޭގޭ ހިމޭންކަމެއް އައެވެ
މިހިމޭންކަން ފޫދުއްވާލީ ސާހިލް އެވެ.
“ކަމަނާޔަށް ފެންނަ މަންޒަރު ނިކަން ސިފަކޮށް ދީބަލާށެވެ. އަހަރެންނަކީ ފެނުމުގެ ނަސީބު ލިބިފައިވާ މީހަކީމެއް ނޫނެވެ.”
ސާހިލް ކުރިޔަށް ފިޔަވަޅު ނަގަމުން ބުނެލިއެވެ.
“ސާހިލް ގެ ލޮލުގެ ފެނުން ގެއްލުނީ ކިހިނަކުން ތަ ސާހިލް އުފެދުމުގައިވެސް އަނދިރި މީހަކީތަ؟”
ފުރަތަމަ ފަހަރަށް ސާރާ ވާހަކަ ދެއްކިޔެވެ. އެކަމަކު ސާރާގެ މިސުވާލުން ސާހިލް ހާސްވިއެވެ. އެކަމަކު އަވަހަށް ހަމަޔަކަށް އެޅުނެވެ.
“އަހަރެންގެ ލޯހެއްޔެވެ. އެއީ ދިމާވި އެކްސިޑެންޓެއްގެ ސަބަބުން އަނދިރި ވީއެވެ.” ސާހިލް މިހެން ބުނެފަ ގަސްތަކުގެ މެދުން ހިނގަން ފެށިއެވެ. ސާރާވެސް އޭނާގެ ފަހަތުން ދިޔައެވެ.
ދެންބުނެބަލަ މިތަނުގެ މާހައުލާމެދު ކަމަނާ ހިތްހަމަޖެހޭތަ.؟”
ސާހިލް ބަގީޗާގައިވާ ދިގު ގަހެއްގާ ލެގިލަމުން ބުނެލިއެވެ.
“އާނ.. ވަރަށް ހިތްހަމަޖެހޭ”
ސާރާ ވާހަކަދައްކާ ވަރަކަށް ސާހިލްގެ މާޔޫސްކަން އިތުރުވަމުން ދިޔައެވެ.
ސަބަބަކީ މިއަޑަކީ ސާހިލް ދެނެފަރިތަ އަޑަކާ ވައްތަރުކަމެވެ. މިއަޑު އޭނާޔަށް އޮޅުވައެއްނުލެވޭނެއެވެ. އެކަމަކުވެސް އެއީ އޭނާ އެހީކުރާ އަޑެއްނޫނެވެ. އެކަމަކު އެއީ މައްސަލައެއްނޫނެވެ. ދެއަޑެއްއެއްވައްތަރުވެދާނެއެވެ. ސާހިލް ވިސްނަމުންދިޔައެވެ. އެވަގުތު ކުއްލިއަކަށް ވިދާލާފަ ބާރު ގުގުރިޔެއްޖަހާލިއެވެ. ސާރާ ގަތްބިރުން ސާހިލްގެ މޭގައި ތައްވިއެވެ. ދުވަހަކުވެސް ނުދެކޭ އަމުދުން ނުވެސް ދަންނަމީހެއްގެ މޭގެ އެހީ އޭނާ ހޯދީ ކީއްވެބާވައެވެ. އެމޭގައި އޭނާޔަށް ރައްކާތެރިކަން ލިބޭނެ ކަމަށް އޭނާއަށް އިހްސާސްވީ ކީއްވެބާވައެވެ.
“މަލް ބިރުގަތި ދޯ.”
އެވަގުތު އެތަނަށް އައި ވިއާމާ އަހާލިއެވެ. ކުއްލިއަކަށް ސިއްސައިގެންގޮސް ސާހިލް އާއި ސާރާދުރަށް ޖެހިލިއެވެ. ސާރާ ވަގުތުން އެތަނުންވެސް ދުރަށް ގެޔާ ދިމާލަށް ހިގައިގަތެވެ.
“ވިއާމާގެ އެކުވެރިޔާ އަކީ ވަރަށް ބިރުގަންނަ ފިނޑި ކުއްޖެއް.”
ސާހިލް ތުރުތުރު އަޅާ އަޑަކުން މިހެންބުނުމުން ވެސް ވިއާމާ އިތުރު އެއްޗެކޭ ނުބުނެއެވެ. އެކަމަކު ސާހިލް އާއި މަލް އެތިބި ހާލަތު އޭނާގެ ސިކުނޑިޔާ ހިތުގައި ހައިޖާނެއް އުފެދިގެން ދަނީއެވެ.
މާތްރަސްކަލާކޯއެވެ. އަނެއްކާ މަލް މަގޭ ސާހިލް ދެކެ ލޯބިވަނީ ނޫންބާވައެވެ.
ވިއާމާ ހިތުން ކިޔާލިއެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އަނެއްކާވެސް ވިއާމާ ހިތުން ކިޔާލިއެވެ. އަދި ލޮލުން އައިސްފައި ހުރި ކަރުނަ ފޮހެލިއެވެ.
ސާރާ ކޮޓަރިއަށް އައިގޮތަށް އެނދުމަށްޗަށް ވެއްޓިރޯން އޮތެވެ. ވިއާމާ އައިސް ކާރީގާ އިށީނުމުން ތެދުވެލާފަ އޭނާ ވިއާމާ ގައިގާ އޮޅުލައިގެންފަ ރޯންފެށިއެވެ.
“މަލް . ވީ ކީއްތަ؟ ތިޔަ ރޮނީ ކީއްވެތަ؟”
އިސްދަށައް ޖަހާލަމުން ވިއާމާ އަހާލިއެވެ.
“ވިއާމާ އެވެ. އަހަރެންނަށް މިކުރެވުނު ކަންތަކުން ސާހިލް ހީކުރާނީ ކީކޭ؟”
ސާރާ ދެރަވެ ލަދުގަނެފައި އިނދެ ބުނެލިއެވެ.
“ކަމަނާ. އަހަރެން އެއްޗެކޭ ހިތަކަށް ނާރަ. ކަމަނާ ބިރުގަތީކަން އަހަރެންނަށްވެސް އެނގޭ. އެހެންނޫނަސް ނާޒުކް އަންހެން ކުދިން ބިރުގަންނާނެެ. އެއީ ޖާއިޒް ކަމެކެވެ”
ހިނިތުން ވެލާފައި ދޮރުކާރީ ހުރެފައި ސާހިލް ބުނެލިއެވެ. މިކަމާ ސާރާ އަދި މާބޮޑަށް ލަދުގަތެވެ.
“ތެދެއް. މީނާ މީ އަދި އަލަށް ބޭރަށް ނިކުމެގެން އުޅޭ މީހެއް. ވީމާ ބިރުވެސް ގަންނާނެ”
ހިތި ގޮތަކަށް ވިއާމާ ބުނެލިއެވެ.
ސާހިލް ވެސް ހިމޭންކަމާއެކު އެކޮޓަރި ކާރިން ދުރަށް ދިޔައެވެ. އަދި ވިއާމާ ވެސް ބަދިގެޔަށް ދާނަމުގާ ސާރާ ކައިރިން ހުއްދަހޯދައިގެން އެތަނުން ދިޔައެވެ.
ސާހިލް އެނދުގައި އޮށޯވެލިއެވެ. އަދި ވިސްނަން ފެށިއެވެ. މަލްހާގެ އަޑާ މަގޭސާރާގެ އަޑާ ހާދަވައްތަރު ގޮތެއްހުރެއެވެ. އަދި އަހަރެންނަށް އޭނާޔާ އެހާގާތް ގޮތެއް ބެހެއްޓެން އުޅެނީ ކީއްވެހެއްޔެވެ؟ ސާހިލް ވިސްނާ ވިސްނާ ބޮލުގައި ރިއްސަން ފެށިއެވެ.
ސާރާގެ ހާލަކީ ވެސް މިއީ އެވެ. އެނދުގައި އޮށޯވެލައިގެން އޮވެ ވިސްނަން ފެށިއެވެ. ސާހިލް އާމެދު އަހަރެންނަށް އެހާގާތްގޮތެއް ބެހެއްޓެން އުޅެނީ ކީއްވެހެއްޔެވެ؟ އޭނާޔާ އެކު ވަގުތުތަށް ހޭދަކުރަން ހިތް އެދެނީ ކީއްވެބާވައެވެ؟. ވިސްނަން އޮތްވާ އޭނާޔަށްވެސް ލޯމަރާލެވުނު ގަޑިޔެއްވެސް ނޭނގެއެވެ. ހޭލެވުނީ ވިއާމާ އައިސް ގޮވީމައެވެ.
” މަލް މިރޭ ނުކައި ނިދަންކަމަށްތަ.؟ ތިހެން ހެދީމާ ކުއްވެރިވާނީ މަށޭ. މަލް މަންމަ ބުނާނީ މިރަށަށް ގެނެސް ފުރަތަމަ ދުވަހުވެސް އޭނާގެ ދަރިފުޅަށް ކާންވެސް ނުދިނީ ކަމަށް. އެބަދުނާމުގައި ވާކަށް ބޭނުމެއްނޫން. އަވަހަށް ތެދުވެ ތައްޔާރުވޭ. ކަމަނާގެ އިންތިޒާރުގައި ނުކެވިފައި ބައެއްމީހުން ކާމޭޒް ކާރީ އެބަތިއްބި މިގޭގައި މެހްމާނުންނަށް ވުރެ ކުރިން ނުކާނެ”.
ވިއާމާގެ ވާހަކަޔަށް ސާރާ ހިނިތުންވެލިއެވެ.
“ތައުބާ. ވިއާމާ ހީވަނީ ތަޅުވާލާ ގޮތުން މުސްކުޅިޔެއްގެ ތަސްބީހަ ފަތްޗެއް ހެން. މަ ތައްޔާރުވެގެން މިއަންނަނީ. ދާށެވެ. އަހަރެންނަށް ކާގެޔަށްދާ މަގު އެނގޭ.”
ސާރާވެސް ހިނިތުންވެލާފާ ވިއާމާ ޔަށް ޖަވާބު ދިނެވެ. ވިއާމާ ވެސް އިތުރު އެއްޗެކޭ ނުބުނެ ހިނިތުން ވެލިއެވެ. އަދި އެތަނުން ދިޔައެވެ. ކާގެޔާދިމާލަށެވެ.
ސާރާ ވަރަށް އަވަހަށް ތައްޔާރުވެލިއެވެ. އަދި ބޭރަށް ނިކުންނަން ދޮރު ހުޅުވާލާފަ ކުއްލިޔަކަށް ނިކުތެވެ. އެވަގުތު އޭނާލައިގަތީ ދޮރުކާރިޔަށް އައިސް ހުއްޓުނު ސާހިލް ގެ ގައިގާއެވެ.
“ހޫން ހާދަމީރުވަހެއްދުވައެ.އަހަރެންހީކުރީ މިގޭގައި އަނދިރީ އަހަރެން އެކަނި ކަމަށް. އެކަމަކު ފެންނަ ކޮންމެފަހަރަކު މީހުން މިގޮތަށް ލައިގަންނަން ވެއްްޖެއްޔާ މާރަނގަޅެއްނުވާނެ”
ސާހިލް ލާނެއްރާގަކަށް ހީލާފަ ބުނެލިއެވެ.
“އަޅުގަނޑަށް މާފު ކުރަށްވާ. މާއަވަސް އަރައިގަނެވުނީ.”
ސާރާ ލަދުވެތިކަމާއެކު އިސްޖަހާލަމުން ބުނެލިއެވެ.
“އަހަރެން މިއައީ ކަމަނާ ލަސްވެގެން. ތައްޔާރުވެއްޖިއްޔާ އަވަހަށް ހިންގަވާ”
ސާހިލް އަނެއްކާވެސް ބުނެލިއެވެ.
ހިމޭންކަމާއެކު ސާރާހިގައިގަތެވެ. ސާހިލްވެސް ދެންއިތުރުވާހަކައެއްނުދައްކައެވެ. ކާގެޔަށް ދިޔައިރު އެހެންމީހުން އެދެމީހުންގެ އިންތިޒާރުގައި ތިއްބެވެ.
ސާހިލް އާއި ސާރާާ އެކުގައި ފެނުނީމާ ވިއާމާ މޫނުން ދިޔައީ ކުލަބަދަލުވެގެންނެވެ. އަދި ހަނގުރާމަޔަކުން ބަލިވި މީހެއްހެން ފުންނޭވާއެއްލިއެވެ. އަދި އިސްދަށަށް ޖަހާލިއެވެ. ވިއާމާޔަށް ވީ ހުރިހާގޮތެއް އެއްވެސް ފޮރުވުމުއެއް ނެތި ވިއާމާގެ މަންމަޔަށް ފެނުނެވެ.
އެންމެ ފުރަތަމަ ސާރާ ފެނުމާއެކުވެސް އޭނާގެ ހިތް ތެޅުނެވެ. ސަބަބަކީ މަލްހާގެ ރީތިކަން އޭނާ ސިއްސުވާލީއެވެ. ސާރާޔާ ސާހިލް ހީވަނީ އެއްކޯންޏެއްގަ ފަރިވެފައިވާ ދެމާ ހެނެވެ.
ހިމޭންކަމާ އެކު ހުރިހާ އެންމެން ކާންފެށިއެވެ. މިހިމޭންކަން ފޫދުއްވާލީ ވިއާމާ ގެ ބައްޕަ އެވެ.
“ދަރިފުޅާ މަލްހާ މިރަށުގައި ހިތްހަމަ ޖެހޭ ތަ؟”
“ލައްބަ ބޭބޭ . އަޅުގަނޑު ވަރަށް ހިތްހަމަޖެހެއެވ.”
ސާރާ ލަދުވެތި އަދާއަކާއެކު ޖަވާބުދިނެވެ.
ވިއާމާ ވިސްނާލިއެވެ. މަލްގައިގަ މިހުންނަނީ ކޮންކަހަލަ އަދާއެއްހެއްޔެވެ؟ އޭނާގެ ސިފަޔާ އެއްވަރަށް އަޙްލާގް ވެސް ރީއްޗެވެ. ހަގީގަތުގާވެސް އޭނާޔާ ގުޅެނީ ސާހިލް އާއެވެ. އެދެމީހުން އެކުގާތިބޭއިރު ހީވަނީ ސާދަވިލޭރޭގެ ދެހަނދު ހެންނެވެ. އެހާވެސް ގުޅެއެވެ.ހީވަނީ އެދެމިހުން އުފެދިފައިވަނީ އެކަކު އަނެކަކަށްޓަކާ ހެންނެވެ. ސާރާގެ ހީލުމުގައި ވެސް އަދާއެއްހުރެއެވެ. ޖާދުއެއްވެއެވެ. އެވަގުތު ސާރާ ހީލި އަޑަށް ވިއާމާ ސިހިގެންދިޔަ ބާރުގައި އަތުގައި އޮތް އޫ ބިންމަށްޗަށް ވެއްޓުނެވެ. ވިއާމާޔަށް ވަމުން ދިޔަ ހުރިހާ ގޮތެއް ވިއާމާގެ މަންމަ ދިޔައީ ވަރަށް ކައިރިން ބަލަމުންނެވެ.
“އަނހަ ދަރިފުޅާ ކިހިނެއްތިވީ”
ވިއާމާ ބައްޕަ އެނބުރިލާފަ ސާހިލްކާރީ އިށީދެގެން އިން އޭނާގެ ދަރިފުޅު ކައިރިން ސުވާލު ކުރިއެވެ. ވިއާމާ އާންމު ގޮތެއްގައި އިށީންނަނީ ސާހިލް ގެ ކާރީގައެވެ. އޭނާގެ މަންމަ ގެ ކުރިމަށްޗަށް ވާގޮތަށެވެ. އެހެންވެ އޭނާގެ މަންމަޔަށް އޭނާޔަށް ވާހުރިހާ ގޮތެއް ވަރަށް ސާފު ކޮށްފެނެއެވެ.
“ބައްޕާ. އަޅުގަނޑު މާބޮޑަށް ވަރުބަލިވެފަ ހުރީ”
ވިއާމާ ހިމޭންކަމާއެކު ބުނެލިއެވެ. ކެއުމަށްފަހު ސާރާޔާ ވިއާމާ ތަށިތަށް ނެގުމުގައި މަންމަޔަށް އެހީތެރިވެދިނެވެ. އަދި އޭގެ ފަހުގާ އޭނާ ސާރާ ގޮވައިގެން ދިޔައީ ބަގީޗާއަށެވެ. އެދެމީހުންގެ ފިޔަވަޅު ހުއްޓުނީ ސާހިލް ވެސް އެތަނުގައި އިންތަން ފެނުނީމައެވެ. ތިން މީހުން ވަރަށް ތަފާތު ވާހަކ ދެއްކިއެވެ. ގިނަ ފަހަރަށް ސާރާ އިންނަނީ ހިމޭނުންނެވެ. އެކަމަކު އާނ ހޫން އަޅުވާލައެވެ.
އަދި ރަނގަޅު ރޭގަޑަކަށް އެދެމުން އެވަގުތަށް ސާހިލް އާއި އެމީހުން ވަކިވެލިއެވެ. ސާރާޔާ ސާހިލް ބޭނުން ވީ ވާހަކަ ދައްކަން އަދިވެސް ތިބޭށެވެ. އެހެނަސް އެދެމީހުންނަށްވެސް އެހެންހަދާކަށް ނުކެރުނެވެ.
ހިމޭންކަމާއެކު ރޭގަނޑުގެ ސަލާން ކުރުމަށް ފަހު ވަކިވީއެވެ. ހެނދުނު ބައްދަލު ވުމުގެ އުއްމީދުގައެވެ.
މުރާދު ކަނޑުގެ ސަތަހަޔަށް ބަލަން އިނެވެ. މިއަދު އޭނާ އަދީލު އާއެކު ބޭރަށް ނިކުތީއެވެ.
“މުރާދު. ތިގޮތަށް ހިތާމައިން މޯޅިވެފައި ނުހުރެބަލަ ވެދިޔަ ކަންތަށް ފާއިތުވެ ދިޔައީ. މުރާދު އަށް ބިނާކުރެވިދާނެ މުސްތަގުބަލެއް އެބައޮތް.”
އަދީލު މުރާދު އަށް ނަސީހަތް ތެރިވަމުން ދިޔައެވެ. މުރާދުގެ ލޮލުން އޭރުވެސް ކަރުނަ އޮހެރެމުން ދިޔައެވެ.
“އަދީލު. ކަލޭމެންް އެންމެން އަހަރެންނަށް އޮޅުވާލީ. ނާހީ ނިޔާވި ވާހަކަ ވެސް ނުބުނެެ. ”
ގިސްލުމަކާ އެކު މުރާދު ވާހަކަ ދައްކަމުން ދިޔައެވެ.
” ނޫނެ. ނުބުނީކީ ނޫން. އެހާދިސާ ހިގިދުވަހު އަހަރެންވެސް ހޮސްޕިޓަލުގައި ހުރިން ނާހީ ނިޔާވި ޙަބަރު މުރާދު އަށް ނުދޭށޭ ބުނުއްވީ ޙުދު ޑޮކްޓަރެވެ. އެއީ މުރާދުގެ ސަލާމަތަށްޓަކާ”
އަދީލު މުރާދު އަށް ތަފްސީލު ކޮށްދިނެވެ. އެހެނަސް މުރާދު ގަބޫލު ނުކުރެވޭފަދަ ބެލުމަކުން އަދީލު އާއި ދިމާލަށް ބަލާލިއެވެ.
“އަދީލު. އަހަރެންނަށް ނާހީ އަހަރެންގެ ކާރީ ހުންނަ ކަމުގެ އިހްސާސް ވެއެވެ. އެހެންކަމަކަށް އަހަރެންވިސްނުން ދުރަށް ދާގޮތެއްނުވެއެވެ. އަދީލު. އަހަރެންނަށް އެހީވެދީ.”
މުރާދު މިހެން ބުނަމުން ކުޑަކުއްޖެއް ހެން ރޮމުން ދިޔައެވެ.
“އާނ. މުރާދު ކަލޭ ނާހީ ދެކެ ވަރަށް ލޯބިވީކަން ގައިމު. އެހެންވެ އޭނާ ނިޔާވިކަން ކަލޭގެސިކުޑި ގަބޫލު ނުކުރަނީ. ނޫނީ ގަބޫލު ކުރަން ބޭނުން ނުވަނީ. އެހެނަސް މިއީ ހިތި ހަގީގަތެއް. މިއަދު ނާހީ އަހަރެމެންނާ އެކު ނުވޭ އެކަމަކު އަހަރެމެންގެ ދުއާވާނީ ނާހީ އާއި އެކު.
އަދީލު ވަރަށް ވާހަކަ ދެއްކިއެވެ.މުރާދު އަށް ވިސްނަދޭން އުޅުނެވެ. އަދި އިރު އޮއްސުމާއެކު ދެއެކުވެރިން ގެޔަށްދިޔައެވެ.
“ދަރިފުޅާ.”
ހުސްނާ މުރާދު ގެޔަށް ވަންނައިރަށް ބޭރުގައި ހުރެފައި ގޮވާލިއެވެ. އެހެނަސް މުރާދު ޖަވާބެއްނުދިނެވެ. އެކަމަކު ކުޑަކޮށް މަޑުކޮއްލުމަށް ފަހު މަންމަޔާ ދިމާލަށް ބަލާލިއެވެ. އަދި ހަމަ އެހާއަވަހަށް އޭނާގެ ކޮޓަރިޔަށް ދިޔައެވެ. އަދި އެނދުގައި އިށީދެ ނާހިދާގެ ފޮޓޯނަގާ އެޔާ މުހާތަބު ކޮށް ހިތުން ވާހަކަދެއްކިއެވެ. އޭގެ ފަހުގައި އެނދުގައި ރަގަޅަށް ދިގުދެމިލިއެވެ.
ކަރީމު އާއި ހުސްނާ މިކަމާ ކަރުނަ އަޅާ ހިތާމަކުރަމުން ދިޔައެވެ.
ވިއާމާ އޭނާގެ މަންމަޔާ އެކު ސައި ހެދުމުގައި އެހީތެރި ވިއެވެ. މިއަދު އޭނާ ބޭނުންވީ ކާމޭޒު ކާރީ ސާހިލް ކައިރީގައި މަލްހާ އިށީންނަ ގޮތަށް ހެނދުނުގެ ސައި ތައްޔާރު ކުރާށެވެ. ރޭގެ ހާދިސާއިންވެސް ވިއާމާ ހުރީ ވަރަށް ބޮޑަށް ދެރަވެފައެވެ. ނިދަން ކޮޓަރިޔަށް ވަދެވެސް ސާރާޔާ ވިއާމާ މާގިނާ ވާހަކަ އެއްނުދައްކައެވެ.
ސައިތައްޔާރު ކުރުމަށްފަހު ވިއާމާ ސާރާބަލާދިޔައެވެ. އެކަމަކު ސާރާ ކޮޓަރިޔަކު ނެތެވެ.
އެވަގުތު ސާހިލް ހުރީ ބޭރުގައެވެ. ހެނދުނުގެ ފުރަތަމަ އަވިން ހަށިގަނޑު ތާޒާ ކޮށްލާށެވެ.
“މަލް . ތިތާ ކީއްކުރަނީ؟”
ބެލްކަނީގައި މަލްހާ އެކަނި ވިލާތަކަށް ނަޒަރު ހުއްޓާލައިގެން ހުއްޓާ ފެނިގެން ވިއާމާ އަހާލިއެވެ.
ސާހިލް ވެސް އެވަގުތު އެތަނާ އަރާހަމަކޮށެލިއެވެ. މިކަމާ ސާރާ ލަދުވެސް ގަތެވެ.
ކާގެޔާ ދިމާލަށް އެންމެންވެސް ދިޔައީ ވަރަށް ހަމަހިމޭން ކޮށެވެ.
ވިއާމާ ސާރާ އިށީންނަން ގޮޑި ދައްކާލިއެވެ.
ސާރާވެސް އިސްޖަހާލުމާ އެކު މަޑު ހިގުމެއްގައި ގޮސް ސާހިލް އާޖެހިގެން އިންގޮޑީގައި އިށީނެވެ. ސާރާ އިށީނުމާ އެކު ސާހިލްއަށް ސާރާޖާހާފައިވާ ސެންޓުން އޭނާކާރީ އިށީނީ ސާރާކަން ދެނެގަންނާކަށް މާއުދަގުލެއްނުވިއެވެ. ސާހިލް ހިނިތުންވެލިއެވެ. ތިއީ އަހަރެން އެންމެ އެދޭގޮތޭ ބުނާ އުސޫލުންނެވެ.
ވަރަށް މަޖަލުގައި ސައިގަޑި ނިމިގެން ދިޔައެވެ. އަދި ސައިގެ ފަހުން އެންމެން ޖޯލިފަތީގައި އަގަތަޅަން އިށީނެވެ. ދުފާ ތަބައްް ހިފައިގެންނެވެ. އެވަގުތު ވިއާމާގެ އެކުވެރިއަންހެން ކުއްޖެއްކަމަށްވާ މަދީހާ ހަވާދު ފުޑަންދާން ވިއާމާ ބަލާއައެވެ.އާންމު ގޮތެއްގާ ވިއާމާ ރަށުގައި އުޅެންޏާ ރައްޓިހި ކުދިންނާ އެކު އެކުދިން ބުނާކަންތަށް ކޮށްލަދޭން އޭނާ ދާނެއެވެ.
“މަލް. އަހަރެން މިދަނީ ތުއްތަ ގޯތީ ހަވާދު ކޮޅު ފުޑާލަދޭން މަދީހާ އާއި އެކު. މަލް ސާހިލް އާއެކު ހުރެލާ. ގައިމުވެސް އޭނާ މަލް ފޫހިނުކުރުވާނެއެވެ. މައުނަ ވީގޮތަކަށް ސާހިލް އާއި ދިމާލަށް ބަލާލަމުން ވިއާމާ ބުނެލިއެެވެ. ފުޑަން ގޮސް އަހަރެމެން މުޅިހެން ދައްކާނީ މިފަރާތު ފިރިހެން ކުދިންގެ ވާހަކަ އެވެ. މިއީ މަލް ގަބޫލު ވާހަކަޔަކަށް ނުވާނެއެވެ. ވީމާ ސާހިލް އަކީ ކަލެއަށް ފޫހިނުކުރުވާ ވާހަކަ ދައްކާދޭނެ މީހެއް އޯކޭ”
ވިއާމާ މިހެން ބުނެލަމުން ޖޯލިފަތިން ތެދުވިއެވެ. އަދި ދުފާތަބައް ސާރާ އަތަށް ދިނެވެ.
“އައްދޭ ހާދަ އިތުބާރެއްދޯމަށަށް ތިކުރަނީ. އެންމެ ރަނގަޅު. ދެންމަވެސް ތިއިތުބާރު ދެމެހެއްޓޭތޯ މަސައްކަތް ކުރާނަން”
ސާހިލް ވެސް ހިނިތުން ވުމަކާއެކު ބުނެލިއެވެ.
ވިއާމާ ދިޔުމަށްފަހު ސާހިލް އާ ސާރާ ބަގީޗާ އަށް ދިޔައެވެ. އެތަނުގައި ވާ ހިލަ ގޮޑީގައި ދެމީހުން އިށީދެލިއެވެ. އަދި އެވަގުތު އެދެމީހުންގެ ދެމެދަށްވެސް ފުން ހިމޭން ކަމެއްވެރިވިއެވެ.
އަދި ކާރިގަ ހުރިގެޔަކުން އަލީރަމީޒް އާއި ފަޒީ ކިޔާފައިވާ “ހުވަފެން ދެކޭނީ ހިއްސާކުރާނީ” މިލަވަ އަންނަންފެށިއެވެ.
ސާހިލް މެން މިލަވަ ނިމެންދެން އަހަންތިއްބެވެ.ހިމޭން ކަމާ އެކުގައެވެ. އެދެމީހުންނަށް ހީވީ އެލަވަ ކިޔަމުންދަނީ އެދެމީހުން ކަމުގައެވެ.
“ރީތި ލަވައެއް.” ސާރާ. ބުނެލިއެވެ.”
“އާނއެކެވެ. ވަރަށް ރިތި ލަވައެކެވެ. ވަރަށް މާނަ ފުންލަވައެކެވެ”
ސާހިލް ވެސް އެއްބަސް ވެލިއެވެ. ދެން އެމީހުންދެއްކީ މުޅިންވެސް ލަވަތަކުގެ ވާހަކަަ އެވެ.
ވިއާމާ ދިޔަގޮތަށް ގޮސް ވަރަށް ހިމޭންކަމާއެކު ހަވާދު ފުޑަން ފެއްޓިއެވެ. ކުރީގަ ހެން މަޖާކުރުމެއް ނެތެވެ. މަދީހާ ހިނދު ކޮޅަކަށް ވިއާމާ އަށް ބެލިއެވެ.
“ވިއާމާ މިހާރަކަށް އައިސް ކަލޭތިހުންނަނީ ހާދަ މޯޅިވެފައޭ. އިއްޔެގަ ވެސް މަދެކުނިން ކަލޭ ރޯނުން ހެދުން ނަގަން ހުއްޓާ ކަމޭ ހުރީ ކޮންމެވެސް ކަމަކަށް ގެއްލިފަ.. މަވާހަކަ ދެއްކީމަވެސް ކަލޭ ޖަވާބެއް ނުދިން އަޑުވެސް ނީވޭތޯއްޗެއް. ވެގެން ތިއުޅެނީ ކީއްތަ؟”
މަދީހާ ވިއާމާ ފުޑަން އިންއިރުވެސް ހިމޭނުން އިންނާތީ އަހާލިއެވެ.
“މަދީ. އެއްވެސް ކަމެއްނުވޭ މީހަކު ހިމޭނުން އިނީއްޔާ އޭގެ މާނަޔަކީ ކޮންމެވެސް ކަމެއް އުޅެނީޔޭތަ ކުރިއައް އޮތް އޭލެވެލް އިމްތިހާނު އަހަރެންގެ ބޮލުގައި ވިކާވަރުން މި އުޅެނީ؟”
ވިއާމާ ނުރުންވާގޮތްދައްކާލަމުން ބުނެލިއެވެ.
“މީހެއްނޫން. ކަލޭ ހިމޭނުން އިނީއްޔާ އެއީ ނުރައްކާތެރިކަމުގެ ރަނގަބީލެއް އަހަރެން ކަލޭ ދަންނަނީ އިއްޔެއަކު ނޫން ކުޑައިރުއްސުރެ އެކުގައި އުޅުނީމާ އޭގެ ފައިދާވެސް ވާނެތާ. ބުނެބަލާ. މިއީ ދޮގެއްތަ؟”
މަދީހާ އަނެއްކާވެސް ވިއާމާޔާ ދިމާކޮށް ލިއެވެ.
“ކަލޭ ބޭނުމީ އަހަރެން މީތި ފުޑަން މިތާއިނުންތަ؟. ނޫނީ މިތަނުން ދިޔުންތަ؟”
ވިއާމާ ތަންކޮޅެއް ހަރުކަށި އަޑަކުން ބުނެލިއެވެ.
“ތައުބާ.އެހުރިހާ ކަމެއް ހަމަޖެހުނީ މާތްކަލާކޯ އަހަރެން ބޭނުމީ ކަމަނާ ފުޑާދިނުން މަގޭ ލޯބިވާ އެކުވެރިޔާ.”
ވަގުތުން މަދީހާ އަމާންކަން ދިނެވެ. ހަތިޔާރު ބެހެއްޓިއެވެ.
“ހޫނ އެހެންވީޔާ ކަލޭވެސް ހިމޭނުން އިނދޭ މަގޭ ބޮލަށް ސަވާރުނުވެ.”
މަދީހާ ވަގުތުން އޭނާގެ އަނގަ މަތީ ޒިބެއް ދަމާހެން ދަމާލަމުން މަސައްކަތަށް އެނބުރުނެވެ.
މަދިހާ ހިމޭން ކުރުވުމަށްފަހު އަނެއްކާވެސް ވިއާމާ އޭނާގެ ޙިޔާލުތަކުގެ ފުންކަޑަށް ޢަރަގު ވިއެވެ.
ވިއާމާޔަށް ސާރާ ޔާ ސާހިލް ވާހަކަ ދައްކަން ތިބޭތަން ފެނިފާ އޭނާގެ ހިތުގައި ރިހުމެއް އުފެދެންވީސަބަބެއް ނޭގުނެވެ. އެކަމަކު އެހެންވެގެންނުވާނެއެވެ. ސާހިލް ދުވަހަކު ވެސް އޭނާޔާ އެކު އެފަދަ ގުޅުމެއް ބޭއްވީކީ ނޫނެވެ އެފަދަ ވާހަކަ އެއްދެއްކީކީ ވެސް ނޫނެވެ. ވީއިރު މިފަދަ ގޮތަކަށް އޭނާގެ ހިތް ދަތިވާކަށް ނުޖެހެއެވެ. އެކަމަަކު މަލްހާ ޔާ ސާހިލް އެއީ ހަމަ ރަހްމަތްތެރިކަން ކަމަށްވެސް ވެދާނެއެވެ. ހުރިހާވެސް ގޯހަކީ މަގޭހިތެވެ. ވިއާމާ ހިނިތުން ވެލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.


Nice… waiting for next part
Kn thaubaa eh tha…..varh majaaa ehn inyma
mee hindi film eige copy…dialogue thahves ehenve hindi style ehunnanee…kudakoh odd gothei hurey egothah inyyma..
Waiting 4 the next part ?. ..me 1st
Enash and huriha kudhina vara thanks . Ken mi hiyali storyye not hindhi copy.. Xenn thi buni kike negunu explain please
thank you soon next part will come insha Allah
Mi buny “thaubaa” ey kiyaa thy varh joke ey….
V rythi ekam saahi n mal eththan vyma kuryge evves kameh ihusaas nuveytha mibuny guguri jahaigen mal birun saahil aa hug kollevunymaves kuryge evves kameh miss vi kamah faahaganukurevunyma n wiaamaa avves mihaaru dhen eh chevvisnen vejje kanneyge n mal ah geythereyga kiyany saaraa kan ves engeyne dhw mihaaru adhi saahil ah ekan angaaves leven vejje kanneynge v hamanujeheyhen hyvaan ulheny mala ah saaraa kiyaakan eggeyga ulhey iruves wiaamaa ah neyngeythy n stry v v rythi emme fahun wiaamaa gulheyny muraadh aa dhw eynage hithaamathah filuvan ehenvyma dhw dhen rangalhuvaanyves waitin nxt part pls avaskollahchchey plx
Khajja thi ulheni ma avaha huri ha kame olhun filuvan.. madu koba…. adhi sahil engene vara fahunne ei sarakan muradhu guleni wiamaya noon haha its the secret
Kiyala ingey thank you ingey huriha kudhinna
Vedhaane ennu saahil wiaamaa ah saaraa ge vaahaka nukoyaidheykamah khajja. Ehenveema.nubunaane nu saahil kairi mal.ei saaraa ekey
Aish hada sweete koba Khajja mi story adhi dagothun fahune engeni Sarayaki eikan dho Aish
I love you all..:)
Kobaatha 8 ney 9 inny
8 ebain pls chek