ސިއްރު 4
ކަރީމް ކާސިންބެ ކާރީ ގޮޑީގައި އިށީނެވެ. އަދި ވާހަކަ ދައްކަން ފޭށިއެވެ.
“ކާސިން ބޭ. އުދާސްނުވޭ. މިހެންބުނެވޭއިރުވެސް ކާސިންބެ ދެރަވާނެ ކަންވެސް އެގޭ .އެކަމަކު ކެތްތެރިވާން ޖެހޭނެ ދޯ. ކުދިންނަށްޓަކައި ހިތްވަރު ކުރަންވާނެދޯ.”
ކުޑަ ކުއްޖަކަށް ވިސްނާދޭން އުޅޭގޮތަށް ކަރީމު ކާސިންބެއަށް ވިސްނާދޭން މަސައްކަތް ކުރިއެވެ.
“ކަރީމް. އަހަރެންގެ ކުދިންކޮޅު އަނެއްކާވެސް ޔަތީމު ވީ. މިއީ މީހެއްގެ އެސްފީނާ އެއް ޔަގީން. މަގޭ މަރިޔަން އުޅޭ ގޮތުން އެފަކީރައް އެސްފީނާ ޖެހުނީ”
ފާޑަކައް ރޮމުން ކާސިންބެ ޅަކުއްޖެއް ހެން ވާހަކަ ދައްކަމުން ދިޔައެވެ.
“ކަރީމް. އަހަރެން އިންތިހާ ޔަށް މަރިޔަން ފުޅު ދެކެ ލޯބިވޭ. ހަޔާތުގެ މިނަވާގެން ދެން އިތުރަށް ދަތުރު ކުރާހާ ހިތްވަރެއް އަހަރެންގެ ނެތް ކަރީމް އަހަރެންގެ ހިތްވަރު އެލިއްޖެ. އަހަރެންގެ އަތުން އަހަރެން ބިނާކުރި ގަނޑުވަރ ގެއްލިއްޖެ. މިދުނިޔެއަށް ދެން އިތުރައް ނޭވާލާހާ ހިތްވަރެއް އަހަރެންގެ ދެނެއް ނެތް….ނެތް ހަމަ ތެދެއް މިބުނީ ”
ކާސިން ބެ އަޑު ބެދުނެވެ.އިތުރު ވާހަކައެއް ކާސިން ބެއަކައް ނުދެއްކުނެވެ. އޭނާ ތެދުވެގެން ގޮސް ކުޑަދޮރު ކާރީ ހުރެ ކުޑަދޮރުގެ ތޭރި ތަކުގައި ބޯޖަހާލައިގެން ރޮމުން ދިޔައެވެ. ކަރީމު މަޑުމަޑުން ކާސިންބެޔާ ކައިރިޔަށް ޖެހިލިއެވެ.
“ކާސިންބޭ. ﷲ އަށްޓަކާ ހިތްވަރު ކުރޭ ކާސިންބެ ތީ ހިތްވަރުގަދަ މީހެއް. ކާސިން ބެ ތިޔަގޮތަށް ހިތްވަރު އެލުވާލުމުން އެތިބަ ކުދި ވެރިންނަށް ވާނީ ކިހިނެއް؟” ކަރީމް ކާސިންބެގެ ބުރަކަށީގައި ފިރުމަމުން ވާހަކަ ދެއްކިއެވެ.
“ކަރީމް. އަހަރެންގެ ހިތްވަރެއް މިހާރަކު ނެތް. ދުރުގައިމިވާ ބަގީޗާ ދެކެބަލާ. މިއީ މަގޭ މަރިޔަންފުޅުގެ އަތުން ފެންދީ ރޯކޮއްފައިވާ ބަގީޗާ ކިހިނެތް އޭނާ ނެތް ދުނިއެއްގަ އަހަރެން މިބަގީޗާ ބަލާނީ. އަހަރެން ގެ ހިތްވެސް މަރިޔަންފުޅާ އެކުވަނީ މިހާ ފެހިކަން ގަދަކޮށް. އެހެނަސް މިއަދު މިހިތަވަނީ މޯޅިވެފަ ކަރީމް.”
ދެއަތުން ބޮލުގައި ހިފަހައްޓާލަމުން ކާސިންބެ ރޮމުން ދިޔައެވެ.
” ކާސިންބޭ ހެޔޮނުވާނެ. މައްޔިތާ އެހެން އޮންނަތާ ގިނަ އިރުތަކެއްވެއްޖެ. ހިތްވަރުކޮއްފަ އެންމެ ފަހުގެ އިހްތިރާމު މައްޔިތާ އަށް އަދާ ކުރަން ހިގާ.”
ކަރީމު ކާސިންބެ ގެ ގައިގާ ހިފާ ކަރީމު އާއި ދިމާލަށް އަނބުރާލަމުން ބުންޏެވެ. ކަރީމުވެސް ބަސްއަހާ ކުޑަކުއްޖަކު ފަދައިން އެއްބަސްވެ ހިގައިގަތެވެ.
ކަރީމު މެން މެދުގޭތެރެއައް ދިޔައިރު ހުސްނާގެ ބެލުމުގެ ދަށުން މައްޔިތާ ހިނަވާ ނިމި ކަފުންކުރެވެމުން ދަނީއެވެ. ހުސްނާގެ ހިންގުންތެރި ކަމާމެދު ކަރީމު ފަހުރުވެރި ވިއެވެ.
އަވަށުގެ މީހުން ތައް ފާޑުފާދުގެ ވާހަކަތައް ދައްކަމުން ދިޔައެވެ. ފުނިފުންޏަށް ތިބެއެވެ. ބައެއްމީހުން ހަމްދަރުދީގެ ނަޒަރުން ކާސިންބެޔާ ދިމާލަށް ބަލާއިރު އަނެއްބަޔަކު ދެކޭގޮތުގައި ކާސިންބެޔަކީ ސުންޕާ މީހެކެވެ. އެއީދެފަހަރު މަތިން ކައިވެނި ކޮށްފަ މިގޮތަށް އަނބި މީހާ ނިޔާވީމައެވެ.
ފަޒުނާ ވެސް ހަނގަށް ތިބި ކޮއްކޮމެން މަސަލަސް ކުރަމުން ދިޔައެވެ.އަދި މަންމަ ޔަށްޓަކާ ހުރިހާ އެންމެން އެކުގައި އެންމެ ފަހުގެ އިހްތިރާމު އަދާކުރިއެވެ. ކަރުނަވީ ލޯތަކާ ހިތާމަޔާ ހިތްދަތި ކަމުން ފޯވެފައިތިބި ސާރާ ވެސް މުރާދުވެސް އެދެބޭންގެ ފަރާތުން މަރިންފުޅަށް އަދާކުރަންޖެހޭ އެންމެ ފަހުގެ އިހްތިރާމު އަދާކުރިއެވެ. މުރާދު ސާރާގެ އަތުގައި ހިފާމަރިޔަން ފުޅުގެ އަތްމަތީ ބޭއްވިއެވެ. ފަހު ސަލާމް އަށެވެ.
“ކޮއްކޯ ނުރޮއޭ. ކޮއްކޮ ރުއިމުން ބޮޑުދައިތަ ހިތާމަކުރާނެ.މިއަތުގަ ހިފާ ބޮޑުދައިތަ ޔާ ސަލާމްކުރޭ ވާހަކަ ނުދެއްކުނަސް ބޮޑުދައިތަޔަށް އިހްސާސްވާނެ އަދި އެނގޭނެ.”
މުރާދު ސާރާ ކައިރީ ސިއްރުން ބުނެލިއެވެ.
މުރާދު ސާރާ ޔާ އެކު މައްޔިތާ ކައިރިން ދުރަށް ޖެހިލިއެވެ.
ހިމޭންކަމާ އެކު ކަށުކަމާ ކެމީގެ ކަންތަށް ނިމިގެން ދިޔައެވެ. ގަބުރުސްތާނުން އެންމެން މަޑުމަޑުން ގެޔަށްދިޔައެވެ. މަޑުކުރީ ހަމަ އެކަނި ކާސިން ބެއެވެ. އިރުކޮޅަކުން އަންނާނަމޭ ކިޔާފަ ކާސިންބެ މަޑު ކުރީއެވެ.
” މަރިޔަން ފުޅާ .ކަލާ އަހަރެން ނަށް ބޭވަފާ ތެރިވީ ކީއްވެ. ދުވަހަކުވެސް ދޫކޮއްފަ ނުދާން ކަލާ ވައުދެއް ނުވަމުތަ؟ ފަޒުނާ ގެ ކައިވެންޏާ މެދު އަހަރެންނެކޭ އެއްފަދައިން ކަލާ ހުވަފެން ނުދެކެމުތަ ދެން އެމަންޖެޔައް މަންމަގެ އެއްގެ ވާޖިބު އަދާކޮއްދޭނީ ފަހެ ކާކު؟ މަރިޔަންފުޅާ ކީއްވެ އަހަރެން އެކަނި ކޮށްލީ. ހަޔާތުގެ މިހިސާބުން ކަލާ އަހަރެން ނަށް ތިޔަދިނީ ހާދަ ބޮޑު ވޭނެކޭ . މިކަން އަހަރެން ނަކައް ތަހައްމަލެއް ނުކުރެވޭނެ. ދޫކޮއްފަ ދާން ހިޔާރު ކޮއްފަ ވީއިރު ކަލާގެ އާދަތައް އަހަރެންގެ ގައިގާ ހަރުލެއްވީ ކީއްވެ.. ކީއްވެ މަރިޔަން ކީއްވެ؟ މަރިޔަން ފުޅާ އަހަރެން ދެން މިދުނިޔޭގައި އުޅޭނީ ކިހިނެއް”
ކާސިންބެ މޫނުގައި އަތް އަޅައިގެން ރޮމުން ދިޔައެވެ. އިރުއައްސިގެން އަނދިރިވަމުން ދިޔައެވެ.އެވަގުތު މުދިންބެ އައިސް ކާސިންބެ ކޮޑުގައި އަތްބާއްވާލިއެވެ. މަޢުރިބު ނަމާދު ނިމިގެން މުދިންބެ އައިއިރުވެސް ކާސިންބެ ރޯލަ ރޯލާ މަރިޔަންފުޅުގެ މަހާނަ ކާރީ އިށީދެގެން އިންތަން ފެނިގެން ކާރިޔަށް އައީއެވެ.
“ކާސިމާ.. ގޯތި ދޮށަށް ދާން ހިނގާ. ކުދިވެރިން ތިބޭނީ ހާސްވެފަ. މިއަދު އެކުދިނައްޓަކާ ވެސް ކާސިމު ކޮޅަށް ހުންނަންޖެހޭނެެ މީހަކު ނިޔާވުމަކީ ހަމަ ކަށަވަރުން ހިތާމަތައް ލިބިދޭ ކަމެއް ހާއްސަކޮށް ތިމާގެ އަނބިމީހާ ނެތިވެދިޔުން މިއީ ހިތާމަ ވެރި ކަމެއް އެކަމަކު ދިރިތިބި މީހުން ހިތްވަރު ކުރަންޖެހޭނެ. މަރުވެދާ މީހަޔަށް ހެޔޮ ދުއާ ކުރަން ޖެހޭނެއެވެ.އަހަރެމެންގެ ފަރާތުން މަރުވެ ފައިވާ މީހުނައް ހަމައެކަނިލިބޭހަދިޔާ އަކީ އެއީ.ދަމާ ގެޔައްގޮސް މަރިޔަންފުޅަށް ހެޔޮދުއާ ކޮށްދީ.” މުދިންބެ ވެސް ހުރީ ރޮވިފައެވެ. ކަރުނަ ފޮހެލަމުން ކާސިންބެގެ ފަހަތުން ހިނގަން ފެށިއެވެ.
ކާސިންބެ މުދިންބެ ގެ އެހީގައި ތެދުވިއެވެ. އޭނާ ގެޔައްދާން ހިގައިގަތް އިރު ކަކުލު ހުޅުގެ ވަރު ދޫވާހެން އޭނާއައް ހިވިއެވެ. މާދުރައް ނުދެވެނީސް އޭނާ އަރިއަޅާލިއެވެ. މުދިންބެ ހުރީ މިފަދަ ކަމަކައް ހުށިޔާރު ވެގެންނެވެ.އަވަހަށް މުދިންބެ ކާސިމު ހިފެހެއްޓިއެވެ. ކާސިންބެ ކޮޅައް ތެދުވެ ހިގައިގަތް ގޮތުންވެސް ކާސިންބެ ޔަށް މިކަހަލަ ގޮތެއް މެދުވެރިވެދާނެޔޭ މުދިންބެ ހިތައް އެރިއެވެ. ކާސިންބެ ހޭނެތުނެވެ. މުދިންބެ ވަގުތުން ކާސިންބެ ހޮސްޕިޓަލަށް ގެންދިޔައެވެ.އަދި ކާސިންބެގެ ކުދިންނައް ހަބަރު ކުރިޔެވެ. އެކުދިންނާއެކު ހުސްނާގެ ދެމަފިރިން ވެސް ހޮސްޕިޓަލަށް އައިސް ކާސިންބެގެ ކާރީ ތިއްބެވެ. ޑޮކްޓަރުން ވަގުތުން ކާސިންބެޔައް ފަރުވާ ދޭން ފެށިއެވެ. އެހެނަސް ކާސިންބެ ގެ ހާލު ދިޔައީ ދަށަށެވެ. އަދި އެންމެ ފަހުން ކާސިންބެ ވެސް މިފަނާވަނިވި ދުނިޔެއަށް އަލަވަދާއު ކިޔެވެ. ކާސިންބެ ގެ ކުދިވެރިންނަށް މިހިތާމަ ވެގެން ދިޔައީ ކެއްނުކުރެވޭ ވަރުގެ ކަމަކަށެވެ. ވާނީވެސް އެހެން ނޫންތޯއެވެ. އެކުދިން ޔަތީމު ވީއެވެ. އަޅާލާނެ އެކަކު ވެސް ނެތުނީއެވެ. ހެނދުނު މަންމަ ނިޔާވީއެވެ. ހަވީރު އެކުދިންގެ ބައްޕަ ނިޔާވީއެވެ.
“ދޮންތާ. އަޅުގަނޑުމެން އެކަނިވީ. ބައްޕަ ވެސް އަޅުގަނޑުމެން ދޫކޮއްފަ ދިޔައީ. ދެން އަޅުގަނޑު މެނާ އަޅާލާނީވެސް ކާކު؟”
އުލްފާ ފަޒުނާ ގެ ކައިރިޔައް އައިސް ފަޒުނާގައިގަ ބައްދައިގެން ހުރެ ރޮމުން ބުނެލިއެވެ.
“ކޮއްކޯ އެވެ. ތިޔަހެން ނުބުނޭ ﷲ ހުރިހާ މީހުނާ އެކު ވޮޑިގެންވޭ” ފަޒުނާ އުލްފާގެ ކަރުނަ ފޮހެދެމުން އަމިއްލަ ލޮލުންވެސް ކަރުނަ ފޮހެލަމުން ބުނެލިއެވެ.
ހުސްނާ މިދެބެއިންނަށް ބަލަން ތަންކޮޅެއް ދުރުގައި ހުއްޓެވެ.
“އެއީ ތެދެއް. އެހެންނޫނަސް ދައްތަ މެންވެސް މިތިބީ ނޫން ދަރިފުޅުމެންނަށް ދެރަގޮތެއް ނުވާނެ. މާޝާ.އިމްރާން ދެކުދިން މިކޮޅަށް އާދެބަލަ ދައްތަ ކާރިޔަށް އާދެބަލަ”
ހުސްނާ މާޝާޔާ އިމްރާން އޭނާޔާ ކައިރިކޮއްލާމުން ބުނެލިއެވެ. ފަޒުނާ އާއި އިމްދާދު އުލްފާގެ އަތުގައި ހިފައިގެން ހުސްނާގެ ކައިރިޔައް އައެވެ. ހުސްނާ ހުރިހާ ކުދިން އޭނާޔާ ކައިރިކޮއްލިއެވެ. އަދި އަމިއްލަ ލޮލުން އޮހޮރެމުން ދިޔަ ކަރުނަ ސިއްރު ސިއްރުން ފޮހެލިއެވެ.”މިފަސް ކުދިންނަކީ މިއަދުން ފެށިގެން މަގޭ ކުދިން” ހުސްނާ ބުނެލިއެވެ. ހުސްނާ މެންގެ ދެމަފިރިން ކާސިންބެގެ ހިނެވުމުގެ ކަންތައް ވަރައް ފުރިހަމަޔައް ކުރިއެވެ. ޖެހިގެން އައިދުވަހުގެ ފަތިސްނަމާދުވަގުތަށް ކާސިންބެ ވަޅުލުމުގެ ކަންތައް ނިމިގެން ދިޔައެވެ. އަދި ހުސްނާ ގެ އެދުމުގެ މަތިން ފަޒުނާމެންގެ ފަސް ބެއިން ނަސީބުގެއައްބަދަލުވިއެވެ.
ފަޒުނާ މެން ނަސީބު ގެޔައް އައުންވީ މުޅިގެޔައް ބަހާރު މޫސުން އައުންފަދަ ކަމަކަށެވެ. ހުސްނާގެ މިއެހީތެރިކަމަށް ރަށުގެ ހުރިހާ މީހުން ވެސް ވަރަށް ތައުރީފު ކުރިޔެވެ.
ފަޒުނާ،އުލްފާ،މާޝާ ނިދަނީ ސާރާ ކާރީ އެކޮޓަރީގައެވެ. ފަޒުނާ އާއި އުލްފާޔާ މާޝާއަށް އާ އެނދު ކަރީމް އެކޮޓަރިއަށް ލައިދިނެވެ އަދި އާދެކަބަޑު ވެސް އެކޮޓަރިއަށް ލައިދިެނވެ. ސާރާ އުފަލުން ހީވަނީ އެހެން ކަމެއް ހެންނެވެ. އެކުދިންނަށް އާބެޑްޝީޓްތަށް ގަތުމުގައި އާއި ބާލީސް ގަތުމުގައި މަންމަޔާ އެކު ބާޒާރުގަ އުޅުނެވެ.ފަޒުނާ އަބަދުވެސް މަރިޔަންފުޅުގެ ހެޔޮކަމުގެ ވާހަކަ ދައްކައެވެ. މަންމަ އެއްގެ ސިފައިގަ އެހެޔަށް އައިސުރެ އެކުދިންގެ ކަންތަށް އޭނާ ކޮށްފަ ވަނީ އިންތިހާޔަށް ލޯބިންނެވެ. އެކުދިންގެ މަންމަ ނެތްތަނެއް އެކުދިންނަށް އޭނާ ނުދައްކައެވެ. އުލްފާޔާ މާޝާވެސް މަރިޔަންފުޅުގެ ހެޔޮކަމުގެ ވާހަކަ ދައްކައެވެ. ހަތަރު އަންހެން ކުދިން އެއްވެއްޖެއްޔާ މުޅިންވެސް މައުޝޫއަކީ މަރިޔަންފުޅެވެ. ސާރާ ވެސް މަރިޔަންފުޅުގެ ވާހަކަ ވަރައްދައްކައެވެ.
މަރިޔަންފުޅުގެ ސިފަ އަހައެވެ. ލާހެދުމާއި ބެހޭގޮތުން ސުވާލުކުރެއެވެ. ކާސިންބެގެ ވާހަކަ އަހައެވެ. ވެފައިވާ މަޖާކަންތަކުގެ ވާހަކަ ދައްކާފަ އެމީހުން އެއްބައިފަހަރު ހީހަދައެވެ. އަނެއްބައިފަހަރު އެންމެން އެކަކު އަނެކަގެ ގައިގާ އޮޅުލާފަ ރޮއިހަދައެވެ.
އިމްދާދު އާއި މުރާދު ނިދަނީއެއްކޮޓަރިއެއްގައެވެ. މިދެމީހުންގެ ހާލަކީވެސް ހަމަ މިއީއެވެ. އެމީހުން ވަކި އެނދެއް ބޭނުމެއް ނުވިއެވެ. މުރާދުގެ އެނދު ވަރަށްބޮޑޭ ދެމީހުން ނިދާނީ އެކުގައޭ ކިޔާފަ އެނދު ނުގަތީއެވެ. އެކަމަކު ކަރީމް އެރޫމަށް އާކަބަޑެއް ވައްދަދިނެވެ. އިމްދާދް މިކަމާ ޝުކުރުވެރި ވިއެވެ. އިމްދާދް އާއި މުރާދު ވާހަކަ ގިނަކަމުން ނުނިދިފައި ތިބެއެވެ. މުރާދު ގިނަފަހަރު ސޫރަޖް ގެ ވަހަކަވެސް އިމްދާދު އަށް ކިޔާދެއެވެ. އޭނާ ސޫރަޖް ނެތި އެކަނިވީ ވަގުތުތައް މިހާރު އިމްދާދު އައުމުން ވަނީ ފުރިހަމަ ވެފައެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ފަޒުނާ މެން ކުދިންނާ ސާރާ ވެސް ދިޔައީ ހަމަޔަކައް އެޅެމުން ނެވެ. ސާރާ ވެސް މަރިޔަންފުޅު ނެތުމުގެ ހިތާމަ ފަޒުނާ މެން އައުމުން ކުޑަވެގެން ދިޔައެވެ. ސާރާގެ ކޮންމެ ކަމެއްގަ އުލްފާޔާ މާޝާ ތިބެނީ ވަރަށް ކައިރީގައެވެ. އަދި ފަޒުނާ އަބަދުވެސް ސާރާ ޔާ އެކުގަ ހުރެއެވެ. މިހާރު ފަޒުނާ ވެސް އެއްމަސްދުވަހުގެ ޗުއްޓީއެއްނަގައިގެން އުޅޭތީ ތާއަބަދު ހެން ސާރަ ކައިރީ ހުރެވެއެވެ. ވަރަށް ގިނަ ތަންތަނަށް އެކުގައި ދެވެއެވެ. ގޭތެރޭގައި އެހާވެސް މަޖާ ކުރެވެއެވެ. މަހެއް ހާދުވަސް ވީއިރަށް އެކުދިން އެންމެން އެގެޔަށް ހޭނިއްޖެއެވެ. އަދި ސާރާޔާ ނުލާ އެއްްވެސް ކަމެއް އެކުދިން ނުކުރެއެވެ.މިކަމާ ހުސްްނާ ވަރަށް އުފާވެއެވެ.
ސޫރަޖް ނެތުމުގެ ހިތާމަ ވެސް ސާރާ މިހާރު ފިލާފާވާ ކަހަލައެވެ.ހުސްނާ ވެސް އަނެއްކާ އޭނާގެ ކުރީގެ މަސައްކަތައް ފެއްޓިއެވެ. ބަގީޗާގެ މަސައްކަތެވެ ގޭތެރޭގެ ތަރުތީބެވެ. ދުވާލަކު ގޮތަކަށް ތަން ބަދަލު ކުރެއެވެ. މިކަމުގައި ފަޒުނާ އާއި މާޝާވެސް އެހީވެއެވެ.އުލްފާ އަބަދުވެސް ސާރާޔާ އެކު ކުޅެން ހުރެއެވެ.
އެއްދުވަހެއްގެ މެންދުރެވެ.ހުސްނާ ޔާ ކަރީމު ތިބީ 02 ޖެހިއިރުގެ ހަބަރު ބަލާށެވެ. އެވަގުތު އައި ޙަބަރަކުން ހުސްނާ ޔާ ކަރީމު ހާސްވިއެވެ. އެހެން ނުވާންވީ ކީއްވެތޯއެވެ. މިއަދު ހެނދުނު ކެރަލާއިން މައިސޫރަށް ދަތުރު ކުރި ބަހެއްގައި ބޮމެއްގޮވީއެވެ. އަދި މިހާދިސާގައި ދިވެހި ބަޔަކު ނިޔާވެ އެއްބައިމީހުން ގެއްލުނީއެވެ. ނިޔާވި މީހުންގެ ތެރޭ ހާލިދާގެ ދެމަފިރިންގެ ނަންވެސް ގޮވިއެވެ. ސޫރަޖްގެ ހަބަރެއް ނެތެވެ.
ކަރީމު ވަގުތުން އެންބަސީއަށް ގުޅިއެވެ. މިހަބަރު އަލުން ތަކުރާރު ކޮށް އަޑުއެހިއެވެ. ނިޔާވި މީހުންގެ ތެރޭ ހާލިދާމެން ދެމަފިރިންގެ ނަންވޭތޯ ޗެކްކުރިއެވެ. ސޫރަޖްއަށް ވީގޮތެއް ނޭގުނެވެ. ހީވާގޮތުން ސޫރަޖް ވީ ގެއްލުނު ދިވެހިންގެ ލިސްޓުގައެވެ.އެކަން ޔަގީންވުމުން ނަސީބުގޭތެރޭ ހީވީ ހިތާމައިގެ އާފާތެއް ކުރިމަތިވީހެނެވެ.ނުރޯ އެކަކުވެސް ނެތެވެ. ސާރަވެސް ހީވަނީ ރޮއިރޮއި ހަލާކުވެދާނެހެންނެވެ.ފަޒުނާގެ އެތައްހިއްވަރާ މިންނަތުން ވެސް މިއަދު ސާރާގެ ކަރުނަ ނުހުއްޓުނެވެ. ހުސްނާގެ މަސައްކަތުން މިކަންތައް ކޮންމެވެސްވަރަކަށް ހަމަޔަކަށް އެޅުނެވެ.
ހާލިދާމެންގެ ވަކިވުން ހުސްނާޔާ ކަރީމު އަށްވެސް ވީ ވަރަށް ބޮޑު އުނިކަމަކަށެވެ. ހުސްނާ މަޑުން އެކަނި ވާ ކޮންމެ ވަގުތެއްގައި ހާލިދާމެންގެ ކަންތައް ހަދާން ކުރަމުން ދިޔައެވެ. ރޮއި ރޮއިފާ ކަރީމް ގާތު ހާލިދާމެންގެ ހެޔޮވާހަކަ ދައްކައެވެ. ކަރީމް ނުހަނު ލޯތްބާ އެކު ހުސްނާ ހަމަޔަކަށް އަޅުވައެވެ.
ރައްޓެއްސަކު ގެޔަށް އަޔަސް ހުސްނާ އަބަދުވެސް ދައްކަމުންދާ ވާހަކަ އަކީ ހާލިދާގެ އޯގާތެރިކަމާއި ހިތްހެޔޮކަމުގެ ވާހަކަ އެވެ. ދެގޮތެއްނުވާ އެކުވެރިކަމުގެ ވާހަކަ އެވެ. އެމީހުން ކޮއްފައިވާ ހެއްވާ ކަންތަކެވެ. ރުޅިއަންނަ ކަމަށް ހަދާފަ ހުސްނާޔައް ހާލިދާ ޖޯކުޖެހި ދުވަސްތަކެވެ. މިއިންކޮންމެ ވަގުތަކުވެސް ކަރީމު ހުސްނާގެ ކަރުނަ ފޮހެދެއެވެ. ހިތްވަރުދެއެވެ.
“ކަރީމު. ހާލިދާ ކަހަލަ ރައްޓެހިން މަދުވާނެ އެއްބަޑު އެއްބަފާ މީހަކަށް ވުރެ އޭނާ އަޅުގަނޑަށް ރަނގަޅު ”
ހުސްނާ ކަރީމުގެ މޭގައި ބޯއަޅާލަމުން ރޯންފަށައެވެ.
“ހުސްނާ ކެތްތެރިވާންޖެހޭނެ މިދުވަސްކޮޅަކީ ވަރަށް ކައިރި ކައިރީ މިކަހަލަ ކަންތައް ހިގަމުންދާ ދުވަސްކޮޅެއް ކުދިންނަށް މިކަމުގެ އަސަރު ވަރަށް ފުންކޮށް ކުރާނެ.. ފުރަތަމަ ބޮޑުދައިތަ ނިޔާވުން. ހަމަ އެދުވަހުގެ ހަވީރު ކާސިންބެ ނިޔާވުން އަނެއްކާ ހަފްތާ ދެމަސް ނުވަނީސް މިއިވުނީ މިހަބަރެވެ. އަދިވެސް އެސޮރަށް ވީގޮތެއް ވެސް ނޭގެ. ކުރާނީ ފަހެ ކީއް؟”
ކަރީމު ވެސް ލޯފޮހެލަމުން ބުނެލިއެވެ. އެވަގުތު ހޮސްޕިޓަލް ޕިޔޯނުނަސީބުގޭ ދޮރުކައިރީ ހުރެ ސަލާން ގޮވާލިއެވެ.
ކަރީމު ސަލާން ބަލައިގަންނަމުން ބޭރަށް ނިކުތެވެ.
“އަހައްމަދާ. ވީ ކީއްތަ. ކަލޭވެސް އަހަރެމެންނަށް ދޭން އޮތީ ކޮންފަދަ ހިތާމަވެރި ޙަބަރެއްތަ؟ އަވަހަށް ބުނޭ”
“ކަރީމު. ﷲ ގަންދީފާ ބުނަން.އަހަރެން މިއައީ އުފާވެރި ޙަބަރަކާގެން. ކަލޭބޭނުމީއްޔާ ފޮނި ކާއެއްޗެތިން އަހަރެންގެ އަނގަ ފޮނި ކޮއްދީ”
ޕިޔޯނު އަހްމަދު ހިނިތުން ވެލައިގެން ހުރެ ސިޓީ އުރައެއް ކަރީމު އަތަށް ދިއްކޮއްލިއެވެ.
ސިޓީ އުރައިގަވާ ހުދުކަރުދާސް ގަޑެއް ބަލާލުމަށްފަހު ކަރީމު ހަޅޭއްލަވަން ފެށިއެވެ.
“ހުސްނާ. ސާރާ. މުރާދު. މިކޮޅަށް އާދެބަލަ. އެންމެން އާދެބަލަ.”
“ކަރީމުވީ ކީއްތޯ. ބުނުއްވަ ބައްލަވާ”
ހުސްނާ ހާސްކަމާއެކު ކަރީމު އާއި ދިމާލަށް ބަލަހަށްޓައިގެން ހުއްޓެވެ. ކަރީމު ސިޓީއުރަ ހިފަހައްޓައިގެން ހުރެ ހުސްނާގެ ދޮކޮޑުގައިހިފާ ބާރުކޮށްލިއެވެ. ހިނިތުންވެ ހުރެގެންނެވެ.
“ހުސްނާ…އަޑުއަހާބަލާ..އަހަރެމެންގެ ސާރާޔަށް ….”
ކަރީމު ހުއެޓާލިއެވެ. އަދި އަނެއްކާވެސް ދޮރާދިމާލަށް ބަލާލިއެވެ. ސާރާޔާ މުރާދުވެސް ހައިރާންވެފަ ދޮރުކާރީތިއްބެވެ.
” ކަރީމު. ދެން ނިކަން ބުނުއްވަބައްލަވާ. ތިޔަ މެސެޖްގައި އޮތީ ކީކޭތޯ؟ އަހައްމަދު އަދިވެސް އެހެރީ ގެޔަށް ނުވަދެ ހީލަ ހީލަ ކިހިނެތްތަ މިވަނީ”
ހުސްނާ ކެތްތެރިކަމެއް ނެތްގޮތަށް ސުވާލު ކުރަން ފެށިއެވެ. ކަރީމު މަޑުމަޑު ނާނާ އެއް އަޅުވާން ފެށިއެވެ. އަދި މަޑުމަޑުން ހުސްނާގެ ކަންފަތް ދޮށައް ގުދުވެފަ ކިޔަން ފެށިއެވެ.
“ހިތާމަ ކިތަންމެ ގިނައިން ވަށާލާފަ ވިއެއްކަމަކު…މިއަދު ﷲ އަހަރެމެންނަށް ގައިމުވެސް ބައްލަވާ ވޮޑިގެންފި. ހިތާމަޔަކައްފަހު އުފަލެއް އަންނާނޭ ބުނާބަހުގެ ފުރިހަމަ ކަން މިއަދު އަހަރެންނަށް އިހުސާސް ކުރުވައިފި. ހުސްނާ. އަހަރެމެންގެ ސާރާޔަށް ލޮލެއް ލިބިއްޖެ. ސީދާ އިންޑިޔާގެ ހޮސްޕީޓަލުގެ ފަރާތުންެ ލިބުނު އެހީއެއް ވީހާ އަވަހަށް ހޮސްޕިޓަލުގައި އެޑުމިޓު ވުމަށް އަންނަން ހޮސްޕިޓަލުން މިއޮތީ އަންގާފަ. ދެން ނިކަން ތިހިރަ އަަހްމަދު ގެ އަނގަ ފޮނިކޮށްދީބަލަ..”
ކަރީމު ގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ ހޯސްލާފައި ފައިބަމުން ދިޔައެވެ. ހުސްނާ ގެ ހާލު ވަކި ދެރައެއްނޫނެވެ. ﷲ އަށް ޝުކުރު އަދާކުރިއެވެ.
“އަލްހަމްދުލިއްލާހި” ހުސްނާ ކިޔަމުން ދިޔައެވެ.
އުފާވެރިކަމުގެ ކަރުނަ ހުސްނާގެ ލޮލުން ވެސް އޮހެމުން ދިޔައެވެ. މުރާދު އާއި ސާރާ އެކަކު އަނެކަކާ ބަޢަލްގީރުކޮށް ސަލާމް ކުރަމުން އުފަލުން ﷲ އަށް ޝުކުރު އަދާކުރިއެވެ. އެދެބޭންގެ ލޮލުންވެސް ވިދަވިދާހުރީ އުފާވެރިކަމުގެ ކަރުނައެވެ. ފަޒުނާ ޔާ އެހެންކުދިންވެސް ސާރާ ޔަށް މަރުހަބާކިޔެވެ. އެންމެންވެސް ތިބީ އިންތިހާޔަށް އުފާވެފައެވެ. ސާރާ މަޑުމަޑުން އޭނާގެ ކޮޓަރިއާ ދިމާލަށް ދިޔައެވެ. ކޮޓަރިޔަށް ވަނުމަށް ފަހު ފަޒުނާ އޭނާޔަށް ދީފައިވާ މަރިޔަންފުޅުގެ ފޮޓޯނަގާ އެފޮޓޯޔާ މުހާތަބުކޮއް ވާހަކަ ދައްކަން ފެށިއެވެ.
“ބޮޑުދައިތާ ބޮޑުދައިތަގެ ދުޢާ އިޖާބަ ކުރައްވައިފި.. ސާރާޔަށް ލޮލެއްލިބިއްޖެ. ބޮޑުދައިތަގެ ދުއާﷲ އިޖާބަ ކުރައްވައިފި މިއަދު ސާރާ ވަރަށް އުފާވެއްޖެ. ބޮޑުދައިތަ ހުރިނަމަ ކިހާރަގަޅު ވީސް؟
ސާރާގެ އަޑު ދިސްލުމަކަށް ބަދަލުވިއެވެ. ފޮޓޯ ހުރީ އެކޮޅު ކޮޅުން ކަމެއް ވެސް ސާރާ ޔަކައް ނޭގެއެވެ.
ހިނިތުންވެލައިގެން ފަޒުނާ ސާރާޔަށް ބަލަން ސާރާގެ ކޮޓަރީ ދޮރުކާރީ ހުއްޓެވެ.
ސާރާ އެފޮޓޯ ފަޒުނާ އަތުން ހޯދީ އޭނާގެ ލޯރަނގަޅުވީމާ ބަލަން ބޭނުންވާތީއެވެ. އެހެނަސް ދޭތެރެ ދޭތެރެ އިން އޭނާ އެފޮޓޯއާއި މިނޫނަސް މުހާތަބު ކޮއްފައިވެއެވެ. ވީއިރު މިފަދަ އުފާވެރި ޙަބަރެއް ލިބުނީމާ އޭނާ އެވާހަކަ މަރިޔަންފުޅަށް ކިޔާދޭހިތްވާނެނޫން ހެއްޔެވެ.
އަނެއްކާވެސް ލޯފެހެލުމަށްފަހު ސާރާ ފޮޓޯ ނަގާ އޭނާގެ ތުންފަތުގައި ޖައްސާލިއެވެ. އަދި ލަވަ ކިޔަން ފެށިއެވެ.
” ބޮޑުދައިތަ ނެތުމުގެ ހިތާމަ މިއަދު ސާރާ ކުރަމެވެ.
އަހަރެން ގެ ކޮންމެ ބޮޑު ދުވަހެއްގައި ބޮޑުދައިތަ އަހަރެންނާއެކު ވިއެވެ.
އެކަމަކު މިއަދު ތިހިރީ ހާދަ ދުރުގައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Reethi..?