ސިއްރު 2
މަންމަގެ ރީތިކަން ގުދުރަތުން އޭނާޔަށް ވަނީ ހަދިޔާކުރައްވާފައެވެ.. ނުދަންނަ މީހަކަށް ސާރާޔަކީ ލޯފަންކުއްޖެއްކަމެއް ނުވެސްއެގޭނެއެވެ.
ސޫރަޖަކީވެސް މިއަދު ސަތާރަ އަހަރުގެ ބޮޑު ފިރިހެން ކުއްޖެކެވެ. މިހާރު ކުޑައިރު ދާހެން މާބޮޑައް ސާރާ ކާރިޔަށް ދާކަށް ސޫރަޖް އަކަށް ނުކެރެއެވެ. އެކަމަކު މިއަދު ސޫރަޖް ސާރާޔާއެކު ހޮސްޕިޓަލަށް ދާނެއެވެ. ސާރާމެންވެސްއިންތިޒާރު ކުރަމުން އައީ މިދުހަށެވެ. ހުސްނާޔާ ކަރީމު ވެސް ތިބީ ހިމޭންވެފައެވެ. ޑޮކްޓަރުން ދިން އެއްވެސް ބޭހަކުން މިއަދާހަމަޔަކަށް ސާރާޔަށް ކުރި އަސަރެއް ނެތެވެ. މިއަދުމިއީ ޑޮކްޓަރ އޭނާގެ އެންމެފަހުގެ ނިންމުން ނިންމާނެ ދުވަހެވެ.
ޑރ. ސަލީމު ސާރާގެ ކޭސް ސުޓަޑީ ކުރެއްވިއެވެ. އަދި ހިމޭނުން އިނދެ ވިސްނަންފެށިއެވެ.
‘ސަލާމް އަލައިކުމް’
ކަރީމްގެ އަޑުން ޑރ. ސަލީމު ސިހިފަ އިސްއުފުލާލިއެވެ.
“ވައަލައިކުމުއްސަލާމް. ކަރީމު ދުރުވޭ ދުރުވޭ”
ޑރ. ސަލީމު ހުންނެވީ ވަރަށް ހާސްވެފައިކަން ދެނެގަންނާކައް މާކަ އުދަގުލެއްނުވިއެވެ. އެހެނަސް ޑރ ވަރަށް ހަމޖެހޭގޮތް ދައްކަން މަސައްކަތް ކުރަމުންދިޔައެވެ.
ސާރާވެސް ހުސްނާގެ އަތުގައިހިފައިގެން ބައްޕަގެ ފަހަތުން ގޮސް ބަލިމީހުންނަށް ހާއްސަ ކުރެވިފައިވާ ގޮޑީގައިއިށީނެވެ. ސޫރަޖް ވެސް ބަލިމީހުން ބާއްވާ އެނދު ކާރީ ކޮޅައް މަޑުކޮއްލިއެވެ. ޑރ. ހިމޭން ކަމާއެކު ސާރާގެ ލޯ ޗެކް ކުރެއްވިއެވެ. އަދި އޭނާގެ ގޮނޑީގައި ހަމަޖެހިލަމުން ކަރީމް މެނާދިމާލައް ބަލާލާފަ ހިނިތުން ވެލިއެވެ. އަދި މޭޒުމަތިން ރިޕޯޓެއްނަގާ ހުޅުވާލިއެވެ.
“ކަރީމު ސާރާގެ ލޯ ރަނގަޅު …..”
“އަޅުގަނޑުގެ ލޯރަނގަޅު ވާނެ ދޮގެއްތޯ ޑރ. ”
ކެއްތެރިކަން ކުޑަގޮތެއްގާ ސާރާ ޑރ ގެ ވާހަކަ މެދުކަނޑާލިއެވެ.
“ގައިމެއްނު ކަނބުލޯ. ”
ޑރ.ސަލީމް ސާރާޔާ ދިމާލަށް އެނބުރިލާފަ ފުންނަޒަރަކުން ސާރާޔާދިމާލައް ބަލާލަމުން ބުނެލިއެވެ. އަދި އަނެއްކާވެސް ކަރީމް އާއި ދިމާލައް އެނބުރުނެވެ.
ކަރީމުއާއި އެހެން މީހުން ތިބީ ދެންވެސް ހިމޭންވެފައެވެ. ސޫރަޖް އާއި މުރާދު ވެސް ކެއްތެރިކަން ކުޑަގޮތެއްގާ ޑރ އަށް ބަލަން ހުއްޓެވެ.
“ކަރީމް ސާރާގެ ލޯރަނގަޅުވުން އޮތީ ސާރާޔަށް ..އިތުރު ލޮލެއް ލިބިގެން”
“އަޅުގަނޑުގެ ލޯ ނަންގަވާ.”
ގޮޑިން ތެދުވެލާފަ ހުސްނާ އާދޭހުގެ ރާގެއްގާ ޑރ. ސަލީމް ގެ ކައިރިން އެދުނެވެ.
ސަލީމް ހިނިތުން ވެލިއެވެ.
“ހުސްނާ .މިދުވަސް ކޮޅު މާލެއަށް އިންޑިޔާގެ ވަރަށް މޮޅު ލޮލުގެ ހާއްސަ ޑރ އެއް އެބަވަޑައިގަންނަވާ މިއޮޕްރޭޝަން އަށްޓަކާ އެންމެ އެކަށީގެން ވަނީ އޭނާ މާލޭގައި އުޅުއްވާ ދުވަސްކޮޅުގަ. ވީމާ ތިކޮޅުން ވާންޖެހޭ ތައްޔާރީތަށް ވެގެން އޭނާޔަށް އިންތިޒާރު ކުރައްވާ ލޮލެއް ލިބިއްޖެއްޔާ ﷲ އިރާދަފުޅު ކުރެއްވީޔާ މިކަމަކީ މާބޮޑު ކަމެއް ނޫން”
ހުސްނާ ކަރީމުގެ އަތުގައި ބޭއިހްތިޔާރުގައި ހިފާލިއެވެ.
” ޑރ އެވެ. އެ ޑރ ވަޑައިގަންނަވަނީ ކިހާތާކުތޯ؟”
ހިމޭނުން ހުރުމަށް ފަހު ފުރަތަމަ ފަހަރަށް ސޫރަޖް ވާހަކަދެއްކިއެވެ.
“އަންނަ ހަފްތާގެ މެދުތެރޭ އޭނާ ވަޑައިގަންނަވާނެއެވެ. އެއީ މަަހުގެ އަށާވީސް ކަމައް ބަލާ”
ސޫރަޖް އާއި ދިމާލަށް ބަލާލަމުން ޑރ. ސަލީމު ބުނެލިއެވެ.
ސާރާމެން ޑރ. ސަލީމުއާއި ސަލާމް ކޮއްލުމައްފަހު ޝުކުރުއަދާކުރަމުން ގެއަށް ދާން ނިކުތެވެ. އެހެނަސް ސޫރަޖް ޑރ ގެ ކޮޓަރީގައި މަޑުކުރީއެވެ. އޭނާބޭރައް އައީ ފަނަރަ ވަރަކަށް މިނެޓްފަހުންނެވެ.
“ދަރިފުޅާ. ވީކީއްތަ އަނެއްކާ މަޑުކުރީ.”
ކަރީމު ސޫރަޖުގެ ކާރިން އަހާލިއެވެ.
“ބޭބޭ. އަޅުގަނޑުގެ ލޮލުގައިވެސް އެބަރިއްސަ އެހެންވެ ވަނީކީއްތޯ ބަލާލީ.”
“މާތް ކަލާކޯ ޑރ ވިދާޅުވީ ކީކޭތަ އަލުން ހިގާ އަހަރެން އަހާނަން”
ހުސްނާ އަނބުރާ ޑރ ގެ ކޮޓަރިއަށް ވަންނަން ހިގާގަތެވެ. ހަމަ އެވަގުތު ސޫރަޖް ހުސްނާ ހުއްޓުވިއެވެ.
“ބޮޑުދައިތާ ދެން އެކަމާ ފިކުރު ނުކުރައްވާ ޑރ ބޭސް ވެސް ދެއްވި މިއީވަރަށް އާދައިގެ ކަމެކޭވެސް ބުނުއްވި ހިންގަވާ .އަޅުގަނޑު ބޭސްނަގައިގެން އެބައަންނަން” ބޭސް ފިހާރަތަކާއި ދިމާލަށް ހިނގައި ގަންނަމުން ސޫރަޖް ބުނެލިއެވެ.
ހުސްނާމެންވެސް އިތުރު އެއްޗެކޭ ނުބުނެ ދާން ހިގައިގަތެވެ.
“ބޭސް ނަގަން ދާއިރު އަޅުގަނޑު ގޮވައިގެން ދޭބަލަ ސޫރަޖް ބޭބޭ މިތާހިގާލާ ހިތްވަނީ”
ސާރާގެ މިއެދުންވީ ސޫރަޖް ވެސް އެދި އެދި ހުރި އެދުމަކަށެވެ
“އަވަހައް ހިނގާ އަން އަތުގަ ހިފާ..” ސޫރަޖް ކައިރިޔަށް ޖެހިލަމުން ބުނެލިއެވެ.
“ދެކުދުން ދޭ. ބޮޑުދައިތަމެން މިތާ ތިދެކުދިން އަންނަން ދެން އިށީދެ ތިބޭނަން.” ކަރީމްގެ ރައްޓެއްސަކު ދިމާވުމުން އެތަނުގައި އެމީހުން މަޑުކޮށްލީ އެވެ.
މުރާދުވެސް އޭނާގެ ރަައްޓިހި ކުދިން ތަކެއްފެނިގެން އެދިމާލަށް ދިޔައެވެ.
“ސޫރަޖް ބޭބޭ. މިތަނުން މިހިގާހުރިހާކަމެއް ސިފަކޮއްދީބަލާ އަޅުގަނޑަށް.”
ސާރާ ސޫރަޖްގެ ކައިރިން އެދުނެވެ. ސާރާ ސޫރަޖްއަށް ބޭބޭ ކިޔާތީ ސޫރަޖް ހުންނަނީ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައެވެ. އެހެނަސް އެއާމެދު ދެކޮޅު ހަދާހާ ހިއްވަރެއް ސޫރަޖްގެ ނެތެވެ. ވަރަށް ކުޑައިރުއްސުރެ އެކުގައި އުޅެވުމުގެ ސަބަބުން ވީ ބޭބެއެކެވެ.އެކަމަކު ޢާއިލީ ތިމާގެ ކަަމެއް އޮތީ ނޫނެވެ. ހަަމަ ރަހްމަތްތެރި ކަމެވެ. ސޫރަޖް ދުވަހަކުވެސް ކޮއްކޯ އޭ ސާރާއާއި ދިމާލަށް ނުކިޔައެވެ.
‘ސާރާ.. މިތަނުގައި އިންތިހާއަށް މީހުން ގިނަ. އެމީހުން އިށީނދެ ތިބެނީ ގޮނޑިބަރިތަކެއްގަ. އެއްބަޔަކު ކޮޅައްވެސް އެބަތިބި އެމީހުން އެތިބެނީ ޑރ އަށް ދައްކަން ނަންބަރ ނަގަން އައިއްސަ ކަމަށް ބެލެވެނީ. އަނެއްބަޔަކު ކިޔޫ ހަދާލާފަ ބޭސްނަގަންވެސް ގޮސް އެބަތިއްބި އަހަރެމެންވެސް މިދަނީ އެދިމާލަށް ބޭސް ނަގަން..” ފޫހިކަމެއްނެތި ސޫރަޖް ސާރާޔައް އެތަނުގެ މާހައުލުގައި ހިގާކަންތައް ކިޔާދެމުން ދިޔައެވެ.
” ސޫރަޖް ބޭބެ ހުންނަ ގޮތް ކިޔާދީބަލާ” ކުއްލިއަކަށް ސާރާ އަހާލިއެވެ.
ފުރަތަމަ ފަހަރައް ސާރާގެ މިސުވާލުން ސޫރަޖްގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ.
“ސޫރަޖްބޭބެ ގެ ފޮޓޯއެއް ދޭނަން ލޯރަނގަޅުވިއިރަކުން ބަލާލާތި އަމިއްލަޔަށް އަހަރެން ރީތި މީހެކޭ ބުނަން ބޭނުންނުވާތީ އޯކޭނު”
“ސޫރަޖް ބޭބެ ޔަށް ހީވޭތަ އަޅުގަނޑުގެ ލޯރަނގަޅުވާނެހެން”
ސާރާ މާޔޫސްކަމާއެކު ބުނެލިއެވެ.
ސޫރަޖް ހިނގުން މަޑުކޮއްލިއެވެ. އަދި ފުން ނަޒަރަކުން ސާރާ ޔާދިމާލަށް ބަލާލިއެވެ.
“ސާރާ ލޯރަނގަޅު ވެއްޖިއްޔާ އެންމެ ފުރަތަމަ ދެކެން ބޭނުން ވަނީ ކާކު؟”
ތެޅިތެޅި އޮތް ހިތަކާއެކު ސޫރަޖް ސާރާޔާ މިސުވާލުކުރިއެވެ.
“އަޅުގަނޑު އެންމެ ފުރަތަމަ ދެކެން ބޭނުންވަނީ ސޫރަޖް ބޭބެގެ މޫނު އެއީ ތިލޮލުން އަޅުގަނޑު ވަރަށް ގިނަ ދުވަހު ދެކެފިން ތިޔައީ އަޅުގަނޑުގެ ލޯ ދޮގެއްތޯ”
ހިނިތުން ވެލަފަ ސާރާ ސޫރަޖް އާއި ދިމާލަށް ބުނެލިއެވެ.
“ކޮބާ ހުރިހާބޭހެއް ލިބުނުތަ؟”
ހުސްނާގެ އަޑުން ސިހިފަ ސާރާޔާ ސޫރަޖް ދުރައްޖެހިލިއެވެ. ފުރަތަމަ ފަހަރަށް ސާރާގެ ހިތުގައި ސޫރަޖް އާއިބެހޭގޮތުން ޝުއޫރުތަކެއް އުފެދުނެވެ. އެހެނަސް… ހިމޭން ކަން ފިޔަވާ އިތުރުކަމެއް ސާރާޔަކައް ވެސް ނުކުރެވުނެވެ.ސާރާ ކިޔަނީ ސޫރަޖް އަށް ބޭބެވީޔާއެވެ. ވީއިރު މިފަދަ ގުޅުމެއް އެދެމެދުގައި އުފެދޭނީ ކިހިނަކުން ހެއްޔެވެ؟. ސާރާ މާބޮޑަށް ހިމޭން ވެފައި ހުރުމުން ސޫރަޖް ސާރާޔާ ކައިރިޔަށް ޖެހިލިއެވެ.
” ސާރާ.. ޑރ. މިއަދު އުފާވެރި ހަބަރު ދިނީމާ ތިގޮތައް ހިމޭން ވާން ވެދާނެތަ ވިސްނަން ޖެހޭނީ ވަރަށް ޕޮޒިޓިވްކޮށް؟”
ސޫރަޖްގެ ވާހަކައިން އެންމެން ހީލިއެވެ.
“މަންމާ. ކޮއްކޮ ރަނގަޅުވާން އަދިވަރަށް ދުވަސް ނަގާނެ ދޯ”
ވިސްނުމެއްގެ ތެރޭގައި ހުރެފަ މުރާދު ސުވާލު ކުރަންފެށިއެވެ.
” ދަރިފުޅާ އަދި ކޮއްކޮ އެއްކޮއް ރަނގަޅުވާން ދުވަސް ކޮޅެއް ނަގާ ފާނެ އެކަމަކު ވިސްނަން ވާނީ އަވަހަށް ރަނގަޅުވާނެކަމަށްދޯ”
ހުސްނާ މުރާދައް ޖަވާބުދިނެވެ.ސާރާޔާ މުރާދާ ދެބޭން ކުރެ ދޮށީ މުރާދެވެ. އެއްމާބަޑު ދެބޭންނެއް ކަމަކު ފުރަތަމަ އުފަންވީ މުރާދެވެ. މިކަން މުރާދައް އެގޭތީ މުރާދުވެސް ހުންނަނީ ވަރަށް ވުރެ ބޮޑު ވެފައެވެ.
އެރޭ ހާލިދާގެ ދެމަފިރިންނާ ސޫރަޖް އަނެއްކާވެސް ނަސީބުގެއައް އައެވެ.އެގެޔައް އައުމާއެކު ސޫރަޖްދާނީ ސާރާޔާ މުރާދު ކައިރިޔަށެވެ. މިއަދު ސޫރަޖްއަށް ސާރާޔާ އެކު އެކަނިވެރި ވަގުތުކޮޅެއް ލިބުނެވެ.ވާހަކަ ދެއްކޭ ކަހަލަ ގޮތަކައް ނޫނެވެ ހަމައެކަނި ދެކިލާށެވެ ސަބަބަކީ ސާރާއިނީ އޭނާގެ ކުޑަ ކުޑަ މުސޅު ގޮވައިގެން ކުޅޭށެވެ. ގިނަ ފަހަރައް އޭނާ މުސަޅު ކާރީ ޝަކުވާކުރެއެވެ. މަޖާވާހަކަދައްކައެވެ. މިހާރަކައް އައިސް ސޫރަޖް އަށްވެސް މާގިނައިން އެގެޔައް ނާދެވެއެވެ.އެކަމުގެ ޝަކުވާވެސް އޭނާ މުސަޅު ކާރީ ކުރިއެވެ. މިއަދު ހޮސްޕިޓަލައް ދާން އާދެވުނީވެސް އެތައް ދުވަހެއް ކޮއްފައެވެ. މިރޭވެސް އެގެޔައް މިއާދެވުނީ މަންމަ އަންނަން އުޅޭތީއެވެ. އެހެންނޫންނަމަ ނާދެވުނީސް ކަންނޭގެއެވެ ސޫރަޖް ހިމޭން ކަމާއެކު ސާރާޔައް ބަލަން ހުއްޓެވެ. ވާހަކަ ފައްޓާނެ ގޮތެއް ނުވިސްނިފައެވެ.
ހާލިދާޔާ ނަސީމު ދިޔަގޮތައްގޮސް މަޑުކޮއްލީ ހުސްނާޔާ ކަރީމުކާރީ ބަގީޗާގައެވެ.
“އެމަންޖެޔާ އެސޮރު ކޮބާއިތަ.؟”
ވަށައިގެން ހޯދާލަމުންހާލިދާ އަހާލިއެވެ.
“އެމަންޖެ އެފަރާތުގަ އެބައިން އެކުޑަމުސަޅު ގޮވައިގެން. އެސޮރުދިޔައީ ސުކޫލަށް ބޭންޑު ޕުރެކްޓިސްއަށް”
ކަރީމު ތަފްސީލުދޭކަހަލަ ގޮތަކައް ހާލިދާޔައް ޖަވާބުދިނެވެ.
މިއަދު ހޮސްޕިޓަލްގައި ކަންތައްވީގޮއް ވަރައް ތަފްސީލުކޮއް ހުސްނާ ހާލިދާއައް ކިޔާދިނެވެ.
” ހުސްނާ މަށައް ފެންނަނީ އެމަންޖެ ގޮވައިގެން ބޭރުގައުމަކަށް ދިޔުމަށް މިތަނައް މިއަންނަ ޑޮކްޓަރުންނައް ވުރެ އެކޮޅުގައުޅޭ ޑޮކްޓަރުން ރަގަޅުވާނެޔޭ ބުނާތީ އަހަން .އެހެން ނޫނަސް އަހަރެމެންވެސް މިއުޅެނީ އިންޑިޔާއައް ބަދަލުވާން އެއްކޮށް ގެ ކުއްޔައްދީފަ މާހިއްފަސޭހަކޮއް އުޅެވޭނެތޯއްޗެއް. މަރުވާކައް ތަނެއްތަނެއްނެތް ސޫރަޖް އައް އެކޮޅު ކޮލެޖަކުން ޖާގަވެސް ހޯދައިފީމު”
ހާލިދާގެ މިވާހަކައިން ހުސްނާ ހިމޭންވިއެވެ. ސުވާލަކައް ފަހު ސުވާލެއް އޭނާގެ ސިކުޑީގައި ބުރުޖަހަން ފެށިއެވެ.
” ހާލިދާ ތީކޮންއިރަކު ނިންމި ނިންނުމެއް؟ ހާލިދާ ނެތީޔާ އަހަރެމެން ހާދަ އެކަނިވެރިކަން އިހުސާސް ވާނެއޭ.”
“ތީ ހުސްނާ މެންގެ މާތް ކަން އަހަރެންގެ އެއްބަޑު އެއްބަފާމީހުންނައް ވުރެ ހުސްނާމެން އަހަރެމެންނައް މާރަގަޅު ތިމީހުން ދޫކޮއްލާފަ ދާހިތެއްވެސް ނުވޭ އެކުން މިހާރު އެއުޅޭ ދޮންމަންމަޔާ ހެދި ގޭގަ އުޅުންވެސް އޮންނަނީ ބޮޑުކަމަކައްވެފަ .އަބަދު ކުދިޔާ. އަސްލު އިންޑިޔާއައް ބަދަލުވާންމިއުޅެނީވެސް އެހެންވެ”
ހާލިދާ އޭނާ އިންޑިޔާއަށް ބަދަލުވާން އުޅޭ ސަބަބު ހުސްނާޔައް ހާމަކޮއްދިނެވެ.
އެވަގުތު މަރިޔަންފުޅު އާދައިގެ މަތިން އެންމެނައް ސައިހަދައިގެން ސައިގެނައެވެ.މިހާރު އާއްމުގޮތެއްގާ މަރިޔަންފުޅުއެގެޔަކު ނޫޅެއެވެ.
ކާސިންބެޔާކައިވެނި ކުރުމައްފަހު ދޮންދަރިން ކާރިޔައް ކާސިންބެމެންގެޔަށް މަރިޔަންފުޅު ބަދަލުވީއެވެ. އެހެނަސް ބައެއް ރޭރޭ ސާރާ ކައިރިޔައް މަރިޔަންފުޅު އާދެއެވެ. އަދި ހުސްނާއައް އަތްގާތް ކޮއްލަދޭންވެސް ބައެއްފަހަރު މަރިޔަން ފުޅު އާދެއެވެ.
މަރިޔަންފުޅު ސައިބަހައްޓާފަ ދިޔުމުން އަނެއްކާވެސް ހުސްނާވާހަކަ ދައްކަންފެށިއެވެ.
“ހާލިދާ ދެން ތިގޮތައް ނިންމާފިއްޔާ ހެދޭނެ އެއްގޮތެއްވެސް ނޯންނާނެ ފުރަނީ ކޮންދުވަހަކު؟”
ހުސްނާ ގޮތްހުސްވެފާވާ މީހެއް ހެން އަހާލިއެވެ
“ކުރިޔައް އޮތްހަފްތާތެރޭގައެވެ. މިހާރު ވަރައްގިނަ ސާމާނު ކަނޑުމަގުން އެކޮޅަށް ފޮނުވާވެސްފީން”
ހާލިދާބުނެދިނެވެ.
“ހަމަތެދެއް؟ .އެއްވެސް ކަމެއް ބޭނުންނަމަ ނުބުނެ ނުހުންނާތި އިގޭ. މަވެސް ދެކެނީ ހާލިދާ ތީމަގޭ އެއްބަނޑު އެއްބަފާ މީހެއްގެ ގޮތުގައެވެ. އެހެންނޫނަސް އަހަރެންގެ ދަރިޔަކަށް ސޫރަޖް ހަދަންވެސް އަހަރެން ބޭނުން އެކަމަކު އަހަރެންގެ ހުރީ ލޯފަން ކުއްޖެއް ވީމާ ބުނަން ނުކެރެނީ” ހުސްނާހިތްހެޔޮކަމާއެކު ބުނެލިއެވެ.
“ތިޔައީ އަހަރެމެން ދެމަފިރިންވެސް އެދޭގޮތެއް އެކަމަކު ކުދިންނަށް އެކަން ދޫކޮށް ލާފާ ވާނީ. ކޮންމެ ގޮތެއްވިޔަސް ސާރާއަކީ ހަމަ އަހަރެންގެ ދަރިއެއް.” ޙާލިދާ ބުނެލިއެވެ.
“ނަސީމު. ނަސީމު ކަމެއް ތިގޮތައް ނިންމާނީ ވަރައް ވިސްނާފަކަން ގައިމު އަހަރެންނައް އިވިފައިވާގޮތުން އެކަރައިން ތައުލީމުވެސް މާރަނގަޅު .އަހަރެމެންގެ މުރާދުވެސް ނަސީމު މެން ބަދަލުވީމާ އެކޮޅައް ފޮނުވާނަން.”
ކަރީމު އޭނާގެ ހިޔާލުވެސް ފާޅުކުރިއެވެ. އަދި ކަރީމުގެ ނިންމުމާ މެދު ހުސްނާ ވަރައް ހިތްހަމަޖެހުނުމެއެވެ.
އެވަގުތު އެމީހުންނައް އިވިގެން ދިޔައީ ސާރާގެ ހިތްގައިމު އެޑެވެ. ލަވައެއްގެ ސިފާގައެވެ. ﷲ ސާރާޔައް އޭނާގެ ރީތިކަމާ އެއްވަރުގެ ފުރިހަމަ ރީތިއަޑެއްވެސް ދެއްވާފައިވެއެވެ.
“އަހަރެންގެ ހަޔާތައް އަދި ބަހާރު މޫސުމް އަންނާނެއެވެ.
ފިނިކަމާ ތާޒާކަމާ އެކުގައެވެ.
އިރުގެ މަޑުހޫނު އަހަރެންނައް އިހްސާސްވާފަދައިން އިރުގެ ރަން ދޯދި ފެނުމުގެ ނަސީބުވެސް އަދި އަހަރެންނައްލިބޭނެއެވެ.
މިއަދު ކަލޭގެ ގައިގާ އަތްލެވޭފަދައިން މާދަން އަހަރެންނައް ކަލޭފެންނާނެއެވެ.
(ސާރާ މުސަޅު އޭނާގެ ކޯތާފަތާކައިރިކޮއްލިއެވެ އަދި ކިޔަން ފެށިއެވެ.ެ)
ކަލޭ ސިއްރުން ތިޔަބުނާ ވާހަކަ އަހަރެން ނަށް އެބައެގެއެވެ.
ކަލޭ މަޑުވެފައި ހީވަނީ ކަފަކޮޅެއްގައަތްލެވޭހެނެވެ. އެހެނަސް ކަލޭ ފެނުމުގެ ނަސީބު ލިބޭނީ ކޮންދުވަހަކުންބާއޭ ހިތައް އަރާ ރޮވެއެވެ.(ސާރާ ކަރުނަ ފޮހެލިއެވެ)
ހުވަފެނަކީ ސީދާ ވާއެއްޗަކައްވާނަމަ މަގޭ ހުވަފެން ސީދާ ވާނެއެވެ.”
ސާރާ އޭނާގެ ލަވަކިޔަމުންގޮސް އޭނާގެ ކޮޓަރިއައް ވަނެވެ. ސޫރަޖްގެ ކައިރިން ލާފަދިޔައިރުވެސް ސާރާއަކައް އިހްސާސެއް ނުވިއެވެ. ސާރާގެ ލަވަ ނިމުމާއެކު ސޫރަޖްވެސް ގޮސް ހާލިދާމެން ކާރީއިށީނެވެ. ފިނިވެފައިވާ ހިތަކައިގެނެވެ.
ހާލިދާމެން އިންޑިޔާއައް ދާން ނިންމި ނިންމުން ވީ ސޫރަޖްއައްވެސް ހިތްދަތިކަމެއް ލިބުނު ނިންމުމަކަށެވެ. މީގެ ކުރިން އޭނާޔަށް ދޭރެތެދޭތެރެއިން ސާރާޔާ ބައްދަލުކުރުމައް ބަހަނާއެއް އޮވެއެވެ.ސާރާ ކާރިޔައް އެގެޔައް އާދެވެއެވެ. އެހެނަސް އިންޑިޔާޔައް ދިޔުމައްފަހު ދެންފެންނާނެކަމެއްވެސް ނޭގެއެވެ.އެއްވެސް ވަރަކަށް ސާރާނުފެންނާނެއެވެ. ސޫރަޖްގެ މިހިޔާލުތަކުން ސޫރަޖް އައް ހާސްކަމެއް ލިބުނެވެ.
ގެއައްދެވުމާއެކު ކޮޓަރިއައް ވަދެ ދޮރުލައްޕާތަންޑު އެޅިއެވެ. ފޮތްކިޔަން ފެށިއެވެ. އެކަމަކު އެކަމަކުން ވެސް ކިތްހަމަޖެހުމެއް ނުލިބުނެވެ. އެނދުގެ ދެފަރާތައް ފުރޮޅި ފުރޮޅި އޭނާ ވަރުބަލިވިއެވެ.އަވަސް އަވަހައް ތެދުވެ ތައްޔާރުވެލިއެވެ. އެހެންނާ ނުވާހާ މިންވަރަށެވެ. މިއަދު އޭނާގެ ހިތުގެ ހާލު ސާރާ ކައިރީ އޭނާ ކިޔާދޭނެއެވެ.
ސޫރަޖް އަށް ސާރާމެންގެއައް ދެވުނު އިރު ސިޓިން ރޫމްގެ ފަނޑު އައްޔެއް ފިޔަވާ އެހެން އައްޔެއް ބޭރަކު ނެތެވެ. ގެހީވަނީ ފަޅުވެފައިވާ ތަނެއް ހެންނެވެ.
މުރާދުގެ ކޮޓަރިން ކޮންމެވެސް ވަރެއްގެ އަލިކަމެއް ފެންނަން ހުއްޓެވެ. ހީވާގޮތުން އޭނާ ފިލާވަޅު ދަސްކުރަނީއެވެ. ތެދެކެވެ. މިދުވަސް ކޮޅަކީ ތިންވަނަ ޓާރމް ޓެސްޓުގެ ބުރަ ދުވަސް ކޮޅެވެ. އަސްލު ސޫރަޖް ވެސް މިދުވަސްކޮޅު ހުންނަން ވާނީ ފޮތްތައް ހިފައިގެންނެވެ. ނަމަވެސް އޭނާ އިންޑިޔާއަށް ދާން މިހާރު އޮތީ ހުރިހާކަމެއްނިމިފައެވެ. އެހެންވެ ފޮތްތަކުގަ އައްލުމަކީ މާއެދެވޭ ކަމެއް ކަމަކައް އޭނާ ނުދެކެއެވެ. އޭގެނަތީޖާ އެއްގެ ގޮތުން މިއަދު އޭނާ އެހެރީ ސާރާމެންގެއައް އައިސްފައެވެ. އަސްލުގަޑިން ވީއިރެއްވެސް އޭނާއަކައް ނޭގެއެވެ. މިގަޑިގައި މިގެއިން އޭނާފެނިއްޖެއްޔާ ދެންވާނެ ގޮތެއްވެސް ކުރިޔަކުން އޭނާ ވިސްނާނުލައެވެ. އެކަމަކު މިހާރު އޭނާ ހާސްވެއްޖެއެވެ. އޭނާހުރިހާކަމެއް ހަނދާން ނައްތާލާފަ ދާން ހިގައިގަތެވެ. އެވަގުތު އޭނާގެ ފިޔަވަޅު ހުއްޓުނީ ދެމީހަކު ވާހަކަ ދައްކާއަޑުއިވިގެންނެވެ. އޭނާގެ ފައި އެދިމާލައް އެޅެން ފެށީ އެއްގޮތަކައްވެސް އޭނާގެ އިހްތިޔާރުގައި ނޫންކަހަލައެވެ. މަޑުމަޑުން އޭނާ ކުރިޔައް ދިޔައެވެ. ސާރާގެ ކޮޓަރި ކައިރިޔައް ގޮސް އޭނާ ހުއްޓުނެވެ.
“ބޮޑުދައިތާއެވެ އަޅުގަޑަށް ދުވަހަކުވެސް ފެންނާނެ ހެނެއް ހިއްޔެއްނުވޭ.”
ސާރާގެ ކަރުނަވީއަޑު ސޫރަޖް އައް އިވުނެވެ.
“ދަރިފުޅާ. މާތްރަސްކަލާންގެ ރަސްކަންފުޅައްޓަކައި ތިކަހަލަ ވާހަކަ ނުދައްކާ އިރާދަކުރެއްވީޔާ ތިޔަ މާބޮޑުކަމަކައް ނުވާނެ އަދި ﷲ އިރާދަ ކުރެއްވީޔާ ދަރިފުޅަށް ފެންނާނެ.”
މަރިޔަމްފުޅުގެ އަޑުއިވުމުން ކޮޓަރިން ވާހަކަދައްކަނީ ސާރާޔާ ޔާއެކު ކާކުކަން ދެނެގަންނާކައް ސޫރަޖްއަކައް މާ އުދަގުލެއެއް ނުވިއެވެ.
“ބޮޑުދައިތާ މިވަގުތު ގަޑިން ވީކިހާއިރެއްތަ؟”
ސާރާ ހާސްކަން އެކުލެވިފައިވާއަޑަކުން އަހާލިއެވެ.
” ދިހަަގަޑި ބައިވީ.” މަރިޔަން ފުޅު ކުރު ޖަވާބެއް ދިނެވެ.
“ބޮދުދައިތާ. ސޫރަޖް ބެ އުޅެނީ އިންޑިޔާއައް ބަދަލުވާން. އޭރުން އަޅުގަނޑު ކިހާއެކަނި ވާނެދޮގެއްތޯ؟. އަޅުގަޑުވެސް އެމީހުން ހެން ކިޔަވާން ސުކޫލައް ދާހިތް ވަރައް ވޭ އެހެނަސް ލޮލައް ނުފެންނާތީ … އެއުފަލުންވެސް ވަނީ މަހުރޫމްވެފަ؟”
ސާރާ މޫނުގައި ދެއަތް އެޅުމައްފަހު ހިމޭންއަޑަކުން ރޯންފެށިއެވެ. ގޭގެ އެހެންފަރުދުންނައް އެވޭނީ އަޑު އިއްވަން އޭނާ ބޭނުން ނުވާކަހަލައެވެ. ސާރާގެ ހާލަތު ފެނިފަ ސޫރަޖްގެ ލޯވެސް ކަރުނައިން ތެމުނެވެ.
“ބޮދުދައިތަ މިތާއެބައިނިންތަ؟”
އެކިދިމަދިމާލައް އަތްހޫރާލަމުން ސާރާ ބުނެލިއެވެ.
“އާ..ނ ދަރިފުޅާ .އެބައިނީމޭ”
ރޮމުން ކަހަލަގޮތަކައް މަރިޔަންފުޅުބުނެލިއެވެ.
“ބޮޑުދައިތަ ނުރޯތި ސާރާގެ ހާލާ މެދު ނުރޯތި.”
ސާރާ މަރިޔަންފުޅު ގައިގަ ބައްދާލަމުން ހިއްވަރުދޭން ފޭށިއެވެ.
” ބޮޑުދައިތާ. ސާރާ އަދި ކިޔަވާނަން އިރާދަ ކުރެއްވީޔާ. މޮޅުކުއްޖަކައްވެސް ވާނަން ޕާކައްވެސް ދާނަން އަދިމާވެސް ބިންނާނަން. ބޮޑުދައިތާ. ސާރާވަރައް ރީތިތަ؟. މިހާރުސާރާ ލާފަ މިއިނީ ކޮންކުލައެއްގެ ހެދުމެއްތަ؟”
ސާރާ ފިސްވެފައިވާއަޑަކުން އޭނާގެވާހަކަ ކުރިޔައް ގެންދިޔައެވެ.ސާރާގެ އެއިން ކޮންމެޖުމްލައެއްގައިމެ ވޭނާއަސަރު އެކުލެވިފައިވެއެވެ. މަރިޔަންފުޅު މަޑުމަޑުން ސާރާގެ ބުރަކަށީގައި ފިރުމާލިއެވެ
“ދަރިފުޅާ ދަރިފުޅުތީ މިސާލެއްނެއްފަދަ ރީތި ކުއްޖެއް ދަރިފުޅު މިހާރު ލައިގެން ތިއިނީ މަޑުފިޔާތޮށިކުލައިގެ ނިދާހެދުމެއް ދެންމާގިނައިން ނުވިސްނާ ނިދަންއޮށޯވޭ.”
“ބޮޑުދައިތާ ސާރާ ލަވަކިޔަން ދަސްކުރަން ބޭނުންވާހަކަ މަންމަ ކާރީ ބުނެދެއްޗޭ”
ސާރާ އޭނާގެ ހިތުގައިވާ ދެވަނަ އެދުމުގެ ވާހަކަ ބުނެލިއެވެ. ލޮލައް ނުފެނުނަސް ލަވަކިޔިދާނެތާއެވެ. މިހެން ހިތައްއަރާފައެވެ
“ޔަގީންތާ ތިޔަކަންތަކުގައި މަވެސް ދަރިފުޅާ ބައިވެރިވާނަން މަވެސް ވަރަށް ލަވަ ކިޔާހިތްވޭ.”
މިހެންބުނަމުން މަރިޔަންފުޅު ސާރާރީތިކޮއްއެނދުގައި ބާއްވާލަދިނެވެ. އަދި ރަޖާގަނޑު އަޅާދީފަ ދޮރާއިދިމާލައް ހިގައިގަތެވެ.އެވަގުތު އަނެއްކާވެސް ސާރާ ގޮވާލިއެވެ.
“ބޮޑުދައިތާ. މާދަމާ އަޅުގަނޑު އިރުއަރާ މަންޒަރު އިހްސާސް ކުރަންދާން ބޭނުން އެގަޑިޖެހުނީމާ މިގެޔައް އަންނާތި އިނގޭ އަޅުގަނޑު ގޮވައިގެންދާން”
“ގައިމުތާ ތިވީގޮތުން ފަތިސް ނަމާދަށް ހޭލާފަ އަންނާނަން. ހިތްހަމަޖައްސާލައިގެން ނިދާލާ”
ސޫރަޖް އަވަސް އަވަހައް ދޮރުކާރީ ނިވާވެލިއެވެ. މިވަގުތު މަރިޔަން ފުޅައް ފެންނަން ބޭނުން ނުވާތީއެވެ.
އެގެއިން ނިކުމެގެން އެރޭ ސޫރަޖް ދިޔައީ ހަލާކުވެފައިވާހިތަކާގެނެވެ.އެހެނަސް މާދަމާ އިރުއަރާ މަންޒަރު ސާރާޔައް ސިފަކޮއްދޭން ހިތާހިތުން ވައުދުވެގެންނެވެ. އާއެނކެވެ. މާދަމާ އެގެޔައް އަންނަން ނިންމައިގެންނެވެ.އޭނާގެ ހިތުގެ ވާހަކަ ބުނާނީ ފަހުންނެވެ.
މުދިންބެ ބަންގި ދިން އަޑައް ސޫރަޖް ހަތެރެސްފައި ކޮޅައް ޖެހިގެން ގޮސް ހޭލެވިއްޖެއެވެ. އަދި އަވަސް އަވަހައް ފާހާނާޔައް ވަނެވެ. އެހެންދުވަހު މުދިންބެފަތިހު ބަންގި ގޮވާލާ އަޑު އިވޭތީ ބޮލުގަޔާ މޫނުގައި ބާލީސް އަޅާ ފޮރުވާ ނިދަން އުދަގޫ ވެޔޭ ކިޔާ އެތައް އެއްޗެއް މުދިންބެޔާ ދިމާލައްކިޔާ ސޫރަޖް އައް މިއަދު މުދިންބެގެ ބަންގީގެ އަޑުވެސް މިވީ ލިބުނު އަނީމާ ޔަކަށެވެ.
ހޭލެވުނު ކަމައްޓަކާ އުފަލުން ތައްޔާރުވެލައިގެން އަވަހައް ސާރާ މެންގެޔާ ދިމާލައް އޭނާ މިސްރާބު ޖަހާލިއެވެ. މިފަހަރު ދިމާވީ ވަރައް ނަސީބު ދެރަގޮތަކަށެވެ. މަރިޔަންފުލު ސާރާޔާ އެކު މަޑުމަޑުން ހިގާލާފަ ބަގީޗާ އާއި ދިމާލައް މިހިރަގެން ދަނީއެވެ. ނަސީބު ރަނގަޅުކަމުން ސޫރަޖް ހުރީ ތަންކޮޅެއް ފުރަގަހުގާ ކަމުން އެމީހުންނައް އޭނާއެއް ނުފެނުނެވެ.
ސޫރަޖް މާނޫން ކަމައް ހަދާލާފަ ގޮސް އެންމެ ކުރިން ބެންޗުގައި އިށީދެގެން އެބައިނެވެ.
“ސާރާއެވެ.ދަރިފުޅާ. ކަންތަކުގައި މާޔޫސް ވުމަކީ މާރަނގަޅު ކަމެއް ނޫން ދަރިފުޅުހާ ރީތި ކުއްޖަކު މަދުން ނޫނީ ނުފެންނާނެ..”
މަރިޔަޔަންފުޅު ސާރާޔައް ތައުރީފު ކުރަމުން ދިޔައެވެ.
ތިކަމުގާ އޮތީކޮން ފައިދާއެއްހެއްޔެވެ؟ ހިތާހިތާ ސާރާ ކިޔާލިއެވެ. ނަމަވެސް އަގަޔަކުން ނުބުންޏެވެ.
މަރިޔަންފުޅު ސާރާޔައް ވިސްނާދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.ސާރާ އެއްމިޔަކަނުން ހީލާގެން އަގައިންވެސް ނުބުނެ ހުއްޓެވެ.
“ދަރިފުޅު ވާހަކަ ނުދައްކާނަމަ ބޮޑުދައިތަ ހާސްވޭ ނިކަން ވާހަކަދައްކަބަލަ.”
ކުޑަކޮއް ނުރުހުން ވެފައިކަމައް ހަދާލާފަ މަރިޔަންފުޅު ބުނެލިއެވެ.
“ބޮޑުދައިތަ އަދިވެސް ބޮޑެއްނުވޭހެން ސާރާޔައް ހީވަނީ”.
ސާރާވެސް ހިނިގަޑެއްޖަހާލާފަ މަރިޔަން ފުޅައް ޖަވާބު ދިނެވެ.
“ސާރާ އިހްސާސް ކުރަން އައީ އިރުއަރާ މަންޒަރު ދެންކިހިނެއް ތިހުރިހާ ވާހަކަޔަކާ މެދު ވިސްނާނީ”
ސާރާ މިހެންބުނެލާފަ ފުންކޮއްނޭވާލިއެވެ.
“ސޫރަޖްދަރިފުޅާ …ސޫރަޖް”
މަރިޔަންފުޅު ދުރުގައި ކަނޑުގެ ސަތަހަޔައް ބަލަން އިން ސޫރަޖް އައް ގޮވާލިއެވެ.
“ބޮޑުދައިތާ އެވެ. ސޫރަޖް ބޭބެ މިތާއިންނެވީތަ؟”
ސާރާ މަރިޔަންފުޅުގެ އަތުގައި ބާރައް ހިފާލަމުން މަޑުމަޑުން އަހާލިއެވެ
ސާރާ އައްވީގޮތާ މަރިޔަންފުޅު ގާތު ކޮންމެވެސް އެއްޗެކޭ ބުނެލިތަން ސޫރަޖްއައް ފެނުނެވެ.
ސޫރަޖްގެ ހިތްމިލާމޯޅިވިއެވެ. ސޫރަޖް އައްހީވީ ސާރާ ސޫރަޖް އެތަނުން ފެނުނީމާ ނުގަބޫލު ވީހެނެވެ. އޭނާ އެވަގުތު ތެދުވިއެވެ.ދާން ހިގައިގަތެވެ.
“ބަލަ މިހާރު އެކޮއި ދަނީތަ؟”
ހައިރާންކަން އެކުލެވިފައިވާ އަޑަކުން މަރިޔަން ފުޅު އަހާލިއެވެ.
” އާނ ކުޑަ އިރުކޮޅެއްވެއްޖެ މިތަނުގަ އިންނަތާވެސް”
ސާރާ ޔާ ދިމާލައް މައުނަވީގޮތަކައް ބަލާލަމުން ސޫރަޖް ބުނެލިއެވެ. ސޫރަޖްގެ މިބެލުން ކިތައްމެ ރީތިކޮއްވެސް މުސްކުޅި މަރިޔަން ފުޅައް އެގުނެވެ.
އަހަރެން ނުދާގަލެއްގެ ދަށުން ކަލޭމެން ކުދިންނަކައް ނުދެވޭނެޔޭ ބުނާއުސޫލުން މަރިޔަންފުޅު ސޫރަޖް އައްބަލާލިއެވެ. ސޫރަޖް އާއި ސާރާ ގުޅުމަކީ މަރިޔަންފުޅުވެސް އެދޭ އެދުމެކެވެ.
“ހޫނ އަހަރެމެން އަންނަ އިރައް ދިޔާމަ ރަގަޅުވާނެތަ؟ ގައިމު ގެއައްގޮސް ސާރާވެސް ގޮވައިގެން އައިނަމަ އަހަރެން ނައިސް ވީހެއްނޫން؟”
މަރިޔަންފުޅު މިހެން ބުނާއިރައް ސާރާ މަރިޔަންފުޅުގެ އަތުން ދޫކޮއްލިއެވެ؟
” މިހާރު އަޅުގަނޑު ގެނައުން ވެސް ބޮޑުދައިތައައް ބޮޑުކަމަކައް ވީދޯ؟”
ސާރާ ނުރުހުން ވެފައިފައިވާ ގޮތް ދައްކާލަމުން ބުނެލިއެވެ
” ތައުބާ. ދަރިފުޅާއެވެ. ތިކަހަލަ ވާހަކަ ނުދައްކާ. ބޮޑުދައިތަ މިއައީ ހަމަ އަންނަ ހިތުން. މި ސޫރަޖް ފެނުމުން ބޮޑުދައިތަ ސަމާސައެއް ކޮއްލީއޭ އެހެންނަ ދަރިފުޅު ގޮަވައިގެން އަބަދުވެސް އުޅެނީ ސޫރަޖް ވީޔާ އެހެންވެ ސަމާސައެއްކޮށްލީ.”
” ސާރާ އަންނަ ހިތްވާކަން އެގޭނަމަ ކޮންމެދުވަހަކު ގެންނައިމުސް. އަސްލު އަހަރެން ކޮންމެދުވަހަކު މިތަނައް އަންނަން.”
ސޫރަޖްގެ މިޖުމްލައިން ސާރާ ތެޅިލިއެވެ.
“ނާ ހަމަ ތެދެއް؟ މީގެ ފަހުން ކޮންމެދުވަހަކު އަޅުގަނޑު އަންނާނަން ދޯ ބޮޑުދައިތާ”
ސާރާގެ މިޖުމްލަ އިން ސޫރަޖް ހަމަ ޖެހިލިއެވެ. އަދި ޝުކުރުވެރި ނަޒަރަކުން މަރިޔަންފުޅައް ބަލާލިއެވެ. މަރިޔަންފުޅުވެސް އާނއެކޭ ބުނާހެން ބޯޖަހާލިއެވެ.
”ދަރިފުޅާ .ބޮޑުދައިތަ އަންނަންދެން ސޫރަޖް ކާރީ އިށީދެލާ.”
ސޫރަޖް މަޑުމަޑުން ސާރާގެ އަތުގައި ހިފާލިއެވެ. އަދި ކާރީ ބައިންދާލިއެވެ.
” ސޫރަޖް ބޭބޭ އެވެ. މިހާރު ވަރައް ބޮޑައް އަލި ވިލިއްޖެދޯ؟ އިރުގެ ދަޅަތައް ފެންނަން ފަށައިފިހެން ހީވަނީ؟”
ސާރާ އެތަނުގެ މާހައުލާއި މެދު ވިސްނާލަމުންބުނެލިއެވެ.
” އާނ ސާރާ އިރުގެ ރަންދޯދި ތަކުން މުޅި ޖައްވު ވަނީ އެއްވެފަ. ތަފާތު ކުލައިގަ މަޑުމަޑުން އިރު އެހެރަ އޭގެ ވަޒީފާ އާއިގެން އާދުވަހަކައް ތައްޔާރުވާނީ. ސާރާވެސް ޖެހޭނީ ކޮންމެ ދުވަހަކީ އާދުވަހަކައް ހަދާން.”
ސޫރަޖް ސާރާ އައް ވިސް ނާދެވޭތޯ މަސައްކައް ކުރަމުން ދިޔައެވެ. އަދިމާހައުލުގެ ރީތިކަން ވެސް ކުޑަ ގޮތަކައް ސިފަކޮއްދިނެވެ.
” ސޭރަޖް ބޭބެ އިންޑިޔާއަށް ދިޔައީމާ ސާރާ އައް ތިގޮތައް ކިޔާލަ ދޭނެ މީހަކުވެސް ނުވާނެ.”
ސާރާ ހުވަފެނީއަޑަކުން ވާހަކަދެއްކިއެވެ. ހަމަ ހިމޭން ކަން އެދޭތެރެއައް ވެރިވެގެން ދިޔައެވެ.
” އަހަރެން ދާން މަޖްބޫރު ސާރާ ސޫރަޖް ބޭބެ ކިޔަވައިގެން މޮޅުމީހަކައް ވެގެން ތިލޯ ރަނގަޅު ކޮއްދޭން އަންނާނަން.”
ސާރާ ޔާ ސޫރަޖް ބާރައް ހޭން ފެށިއެވެ. އަސްލު ސާރާ ހޭން ފެށީ ކޮން މާނަ އެއްގައިކަމެއް ސޫރަޖް އަކައް ނޭގުނެވެ. ސޫރަޖް ހޭންފެށުނީ ސާރާގެ ހުނުމުގައި ބައިވެރި ވާން ވެގެންނެވެ.
” ކީއްވީތަ؟ އުއްމީދެއްއޮތުމަކީ ގޯހެއްތަ؟”
ސޫރަޖް ހިސާބަކައް ނުރުހުން އެކުލެވިފައިވާ ރާގަކައް ބުނެލިއެވެ.
“އައްދޭ މިހާރު ދެރަވީތަ.؟ ”
ސާރާމަޖާ ރާގަކައް އަހާލިއެވެ.
“ނޫނެ؟ ރުޅިއައީ”
ސޫރަޖް ތެދުވަމުން ބުނެލިއެވެ.އެވަގުތު މަރިޔަންފުޅު އެދިމާލައް އައެވެ.
“އައްދެ ދަރިފުޅު ދަނީ ހެއްޔެވެ؟ މިއައީ ދަރިފުޅު މެނައް ހެދިކާ ހިފައިގެނެވެ. ދެން ދާން ވާނީ ކައިގެނެވެ.”
” ނޫނެކެވެ ބޮޑުދައިތާއެވެ. މިކަމަނާފާނު އަޅުގަޑުގެ ހުވަފެނާ އުއްމީދު ހަލާކު ކޮށްމަލާމާތް ކުރާތީ ދުރަށް ޖެހިލީ. ދާކައް ތެދުވީކީ ނޫން.”
ސޫރަޖް ގެ މިވާހަކަ އިން އަނެއްކާވެސް ސާރާ ބާރައް ހޭން ފެށިއެވެ.
“ކޮބާ އަޅުގަނޑު ބުނީމެއް ނޫން. އަދިވެސް އެހެނީ އެއްނޫން؟އެ ހެނީ އަޅުގަނޑު އިންޑީޔާއިން ކިޔަވައިގެން އައިސް އެލޯ ރަނގަޅު ކޮށްދޭނަމޭ ބުނީމާ އިނދެގެން ހަމަ ހެނީ”
ސޭރަޖް ބޮޑައް ސާރާ ހެއްވާލިއެވެ،އެންމެން ހެދިކާ ކައިގެން ގެއައްދާން ހިގައިގަތް އިރު ގަޑިން ދިހަ އެއްޖަހާ ބޮޑުވެއްޖެއެވެ
“މިއޮއްހާއިރު ކޮންތާކު އުޅެފަތަރިޔައީ ތިދެމީހުން”
ހުސްނާ ބަގީޗާ ތެރޭ ހުރެފަ ސާރާމެން ގެއައް އައީމާ އަހާލިއެވެ.
“އާނ މިއަދު މިއައީ އިރު އަރާ މަންޒަރު ބަލަން ގޮއްސަނު.”
މަރިޔަން ފުޅު ހުސްނާ އަތުން ގަސްތަކައް ފެންދޭ ހޮޅި އަތުލިއެވެ.
“މިހާރު މިފެންނަނީ އިރު މެދުޖެހޭ މަންޒަރު ނޫންތަ.؟”
ހުސްނާ ފެންހޮޅި މަރިޔަންފުޅު އަތައްދިނެވެ.އަދި ސާރާގެ އަތުގައި ހިފާހުސްނާގެ ކައިރިޔައް ގެނައެވެ.ސާރާ ހިނިތުންވެފަ މަންމަގެ ވާހަކަ އަޑުއަހަން ހުއްޓެވެ.
“މިދަރިފުޅު މިގޮތައް ހިނިތުން ވެފައި ހުންނަތަން ދެކެން އަހަރެން އަބަދުވެސް ބޭނުން ކަރުނަޔަކީ ދަރިފުޅުގެ ދުޝްމަނަކައް ހަދާތި.”
ހުސްނާ ސާރާގެ މޫނުގައި ހިފާ އޭނާޔާދިމާލައް އަނބުރާލިއެވެ. އަދި އެހާލޯބިން ސާރާ އޭނާގެ މެޔާލާ ފިތާލިއެވެ. ސާރާވެސް މަންމަގެ މޭގައި ލެގިލައިގެން އޭނާގެ ލޯރަނގަޅުވާނެ ދުވަހެއްގެ ހުވަފެން ދެކެންފެށިއެވެ.
މަރިޔަންފުޅު ގަސްތަކައް ފެންދެމުން ބަގީޗާތެރެއައް ވަދެގެން ދިޔައެވެ. ހުސްނާ ސާރާގެ އަތުގައިހިފައިގެން ގެޔައައްވަނެވެ.
މުރާދ ސުކޫލުން ފާސްވުމުގެ އުފަލުގައި މިއަދު ނަސީބުގޭތެރެވާނީ އަނެއްކާވެސް އުޖާލާކަން އައިއްސައެވެ. ނަސީބުގޭ ޕާޓީއަކީ އާންމުގޮތެއްގާ ވަރައްގިނަ މީހުން އަންނަ ޕާޓީއެކެވެ. ހާއްސަކޮއް ޒުވާން އަންހެން ކުދިންނެވެ. ޕާޓީގައި މުރާދު ފެންނާކައް ނެތެވެ. މިކަމާ އެންމެ ހާސްވީ މަރިޔަންފުޅެވެ. އޭނާ އެކިތަންތަން ހޯދަމުން ދާންފަށއިފިއެވެ. އެވަގުތު މީހަކު މާ ސިއްރުން ވާހަކަ ދައްކާ އަޑު އިވިގެންު މަރިޔަން ފުޅު އެދިމާލައް ދިޔައެވެ. އަދި ސިއްރުން ބާލާލިއެވެ. އެއީ ގުމްރީގޭ ނާހިދާޔާ މުރާދު އެވެ. ބަގީޗާގެ އެއްކަނެއްގާ ދެމީހުން އިށީދެ ތިބެ ބޮޑެތި މީހުން ހެން ވާހަކަދައްކާނީއެވެ. އަނެއްހެން ބުނާނަމަ ލޯބީގެ ވާހަކަ ދައްކާ އަހްދުވަނީއެވެ. މަރިޔަން ފުޅައް ބުނާނެ އެއްޗެއްނޭގުނެވެ. ައދިކިރިޔާ މުރާދުގެ އުމުރުންވެސް މީ ބާރަ އަހަރެވެ. ހީވާ ހީވުމައް ފަނަރަ ސޯޅަ އަހަރެއްކަމަކު އެމީހުންނަކީ އަދި ކުޑަކުދީންނެވެ. މަރިޔަންފުޅު ކުދިކިޔަމުން ދަނިކޮށް އެތަނުން ލައިގަތީ އޭނާގެ ފިރި ކާސިމްބެއާއެވެ.
“އޭބަލަގަ މަރިޔަންފުޅާ. ތިޔަމާރުޅިއަކުން ދަނީ ކިޔެއްވީ؟”
މަރިޔަންފުޅު ހުއްޓިލިއެވެ. އަދި ސުކޫތަކައް ފަހު ވާހަކަ ދައްކަން ފެށިއެވެ.
“ކާސިމާ ބުނާކައް މިޒަމާނުގެ ކުދިވެރިން ބޮޑެތިކަންތަކުގާ ތިބެނީ ހާދަހާވާ ކުރީގައޭ. އަހަރެމެން ކުޑައިރު ނޭނގޭ އެތައްކަމެއް މިހާރުގެ ކުދިން ދަނޭ.”
“މަރިޔަންފުލު ތިޔަ ކިޔާއެއްޗެއް މަށަކައް ނުވިސްނުނޭ ތަންކޮޅެއް ތިލަކޮއް ބުނެދީބަލާ ވެގެން އުޅޭގޮތެއް ބުނެބަލާ”
މަރިޔަންފުޅު ކާސިމް އައް އޭނާއައްފެނުނު މަންޒަރުތައް ކިޔާދިނެވެ. އަދި ފުންކޮއް ނޭވާލިއެވެ.
.ކާސިމް ބާރަކައް ހޭން ފެށިއެވެ. މަރިޔަންފުޅު މިކަމާ ކުޑަގޮތަކައް ހިންހަމަ ނުޖެހިގެން އެތަނުންވެސް ދުރައްދިޔައެވެ.
ނަސީބުގޭ ޕާޓީ ނިމިގެން ދިޔައީ ވަރައް އުފާވެރިކޮށެވެ. އެތައް ބަޔަކައް އަލައް ތައާރުފު ވާނެ ފުރުސަތުވެސްލިބިދެވިގެނެވެ. އެތައްބަޔަކު ވައުދު ތަކާ އަހްދުތަށް ވެސް ވެގެންނެވެ.
މިއަދު ހާލިދާގެ ދެމަފިރިން އިންޑިޔާއައްބަދަލުވީއެވެ. ސޫރަޖް މާލޭގައި ބަހައްޓަފާއެވެ. އެވެސް ސޫރަޖް ދިޔުމައް ދެކޮޅު ހެދުމުންނެވެ. ސޫރަޖް ބޭނުންވަނީ ސާރާގެ ލޮލުގެ ކަންތަކައްވާގޮތް ބަލާލާފަ ފުރަންށެވެ. 28 ވަނަދުވަހު ޑޮކްޓަރު އައިމާ ވާހަކަ ދައްކާފަ ފުރާށެވެ. ހާލިދާމެން ސޫރަޖްގެ މިއެދުމަކާ ދެކޮޅެއް ނަހަދައެވެ.
“މަންމާއެވެ. އަޅުގަޑު އަންނާނީ މިހަފްތާގައި މާލެއެވަޑައިގަންނަވާ ލޮލުގެ ޑޮކްޓަރގެ ކަންތައްބަލާލާފައެވެ. އެންމެރަނގަޅުނޫންތޯއެވެ؟”
ސޫރަޖް އޭނާގެ މަންމައިށީދެގެން އިން ގޮޑިކާރީ ބިންމަތީ އިށީދެލާފަ މަންމަގެ އުގުގާބޯއަޅާލިއެވެ. ހާލިދާ ނުހަނު ލޯތްބާއެކު ސޫރަޖްގެ ބޮލުގައި ފިރުމާލިއެވެ.
“ދަރިފުޅާ ދަރިފުޅުގެ ތިއެދުމައް މަންމަ ގަދަރު ކުރަން އެކަމަކު ދަރިފުޅުގެ ސުކޫލްކަންތައްވެސް ނިމޭނީ ދަރިފުޅު އައުމުން.”
“މަންމާ މަންމަމެން އެކޮޅައްދުރުވާތާ ހަފްތާއެއްގެ ތެރޭ ސޫރަޖް އެކޮޅުގައި ހުންނާނަން”
ސޫރަޖް އޭނާގެ މަންމަ އައްވިސްނާލަ ދޭން މަސައްކަތް ކުރަމުންދިޔައެވެ.
ހާލިދާ ފުރީ އެއްގޮތަކުން ސޫރަޖް ހުސްނާޔާ ހަވާލުކޮއްފައެވެ ސޫރަޖްގެ ކެއުމުގެ ކަންތަށް ހުސްނާމެންގެއިން ހަމަ ޖައްސާ ގޮތަށެވެ.
“ހުސްނާ. މިއަދު އަހަރެންގެ ފުރާނަފަދަ ދަރިފުޅު ހުސްނާޔާ ހަވާލު ކުރަން އެސޮރުގެ ކަންތަށް ރަގަޅައް ބާލާދެއްޗޭ. ހަމަ ޔަގީނުންވެސް ހުސްނާމެން ކާރީ ހުރީޔާ އެސޮރު ބަނޑުހައި ނުވާނެކަން އަހަރެންނަށް އިނގޭ”
ހާލިދާ ހުސްނާގެ އަތުގައި ހިފަހައްޓައިގެން ހުރެ ނުހަނު އަސަރާއެކު ބުނެލިއެވެ.
“ތިވެސް ދެން ބުނަންވާކަހަލަ އެއްޗެތިތަ. އެސޮރަކީ މަގޭވެސް ދަރިއެއް ހާލިދާ ތިކަމާ ފިކުރު ނުކުރާތި މަނުޔަކަސް އެސޮރަށް މަ ކާންދޭނަން…”
ހުސްނާ ހާލިދާގެ ގައިގާ އޮޅުލައިގަންނަމުން ޝުކުރު އަދާކުރިއެވެ.
މިދެއެކުވެރިންގެ ކަންތައް ބަލަން ކަރީމު އާއި ނަސީމު ހެވިފައި ދުރުގައި ތިއްބެވެ. ތަންކޮޅެއް ދުރުގައި މުރާދު އާއި ސޫރަޖް ވެސް ބަލަހައްޓައިގެން ތިއްބެވެ. އެމީހުނާ ދާދި ކާރީ މަރިޔަންފުޅުގެ އަތުގައި ހިފައިގެން ސާރާ ވެސް ހުއްޓެވެ.
ނަސީމު ވެސް އެވަގުތު އެނބުރިލާފަ ކަރީމު އާއި ކަރާ ކަރު ޖައްސާ ސަލާމް ކޮއްލިއެވެ.
އެވަގުތު ހުރިހާ އެންމެން ވެސް ފެންކަޅިވެފައިތިއްބެވެ.
ހާލިދާމެން ފުރިފަހުން ފުދޭވަރަކައް ގިނައިން ސޫރަޖް ނަސީބުގޭ ތެރެއިން ފެނެއެވެ. ސޫރަޖް އާއި މުރާދު އުޅެނީ ވަރައް އެކުގައެވެ. ބައެއްފަހަރު ސާރާވެސް އެމީހުނާ އެކު ބައިވެރިވެލައެވެ. އެކަމަކު މާގިނައިރަކު ނީނދެއެވެ.
މުރާދު އާއި ސޫރަޖް ގެ ކަމަކީ ކޮންޕުޓަރ އިން ކޮންމެވެސް ކަންތައްގަޑެއްނިންމުމެވެ.ސޫރަޖް އާއި މުރާދު އެންމެފަހުން ގޮސްވީ މާސިއްރުވެރި ދެއެކުވެރީންނަށެވެ. ދެމީހުން ސައިކަލް ބުރުޖަހަންދިޔުމާއި އެކުގައި ފުޓުބޯޅަ ކުޅެންދިޔުމާއި ރޭގަޑު ފަތަން ދިޔުމަކީ މިދެވެރިންގެ އާދައެކެވެ.
މިއަދަކީ އަނެއްކާވެސް އެންމެން އިންތިޒާރު ކޮއްގެން ތިބި ދުވަހެވެ. އާދެ އިންޑިޔާއިންވަޑައިގަތް ލޮލުގެޑޮކްޓަރ މިއަދު ސާރާ ބައްލަވާނެއެވެ. މިކަމައްޓަކާ ހާއްސަގޮތެއްގާ ތައްޔާރުވީ ސޫރަޖް އާއި މުރާދު އެވެ.
ސާރާ ހުންނަނީ އެހެންދުވަހައްވުރެ ހިމޭނުންނެވެ. މެދުގޭތެރޭ ސޯފާއެއްގައި މާމަޑުން ސާރާ އިށީދެގެން އިންތަން ސޫރަޖް އަށާއި މުރާދު އައްފެނުނެވެ. ދެމީހުން ކޮންމެ ވެސްސިއްރު ވާހަކައެއްދެއްކުމައް ފަހު ސާރާ ކާރިޔައް ދިޔައެވެ. އަދި ފާޑު ފާޑުގެ އަޑުތައް ލައްވަން ފެށިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


vv reethi..?
it,s beautiful keep it up okkkkkkkkk
Vara reethi , habeys love the story
Vara reethi , habeys love the story