Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިނިތުންވުމުން 4

ino Level 110 Stories
September 29, 2016 4 Mins Read
24 Comments

މުޅި މީހާ ވަނީ ހިތްއަވަސް ވެފައެވެ. މިއޮތް ފިނީގައިވެސް އެތެރެ ހަށިން އާވި ނަގާކަހަލައެވެ. ލޮލަށް ފެންނަ މަންޒަރު ގަބޫލް ކުރަން ދަތިވެފާ ހުރިކަހަލައެވެ………………
ފިރެހެނެއްގެ އަތުތެރެއަށް ވަދެ ޒޯރާ ހުރިއިރު، އެ ފިރެހެނާގެ މޫނެއްނުފެނެއެވެ. ޒެފަން ކުރިހުރިހާ އުއްމީދެއް ފެނަށް ވީއެވެ. އެދެމެދުގައިވި ގާތްކަން ފެނި ޒެފަންގެ އަތްމުއްކެވުނެވެ.

ކުރިމަތިން ޒެފަން ފެނުމާއެކު ޒޯރާ ތެޅިގަންފައި އެ ނުދަންނަ ޒުވާނާގެ އަތުތެރެއިން ނުކުތެވެ. ހަމަ އެސިކުންތުގައި އެޒުވާނާ ފަހަތައް އެބުރި، ޒެފަން ފެނުމާއެކު ގޮސް ޒެފަން ގައިގަ ބައްދާގަތުމަށްފަހު ސޯފާމަށްޗަށް ވެއްޓިގަތެވެ. ޒޯރާ ހުރީ ވާނުވާ ނޭނގި ލަދުގަނެ، ރޮވޭގޮތްވެފައެވެ. ޒެފަން އަށް މިދެއްކުނީ ކޮންކަހަލަ މަންޒަރެއް ހެއްޔެވެ؟ ހީކުރާނީވެސް ކީކޭހެއްޔެވެ.؟ އެކަމަކު އެދެމީހުން އޮތީ ކޮންގުޅުމެއްހެއްޔެވެ. އަނެއްކާ ދެމީހުން ރާވައިގެން ކުރާކަމެއްބާއެވެ.

ޒެފަން ހުރީ ޝޮކެއްގައެވެ. ކުއްލިއަކައް މިލިބުނު ސަޕްރައިޒް ކިހާ ރީތިހެއްޔެވެ. ހީކުރިގޮތް ނުވުމުން ހިތްހަމަޔަކަށް އެޅުނެވެ.

“ދޮންބޭ……ސަޕްރައިޒް ސަޅިތަ….! ދޮންބެއާ ސިއްރުން މިރަށައް އަރާ ހާދައުނދަގުލުންނޭ މިގެ ހޯދީ މީހަކުކައިރީ އަހައިގެން…ގެއަށް ވަންއިރު މުޅިގެއިން ކަރަންޓް ކެނޑިފަ…..ދެން ކުރިމަތިން ފެނުނީ ދޮންބެ ކަމަށްހިތާ ބައްދާގަތީ ނުލާހިކު ބާރަށް……ނޭނގޭނެއެއްނު މިކަހަލަ ރީތިގެއެއްގަ މިކަހަލަ ރީތި ޕަރީއެއް ގޮވާގެން ދޮންބެ އުޅޭކަމެއް… ފަޅި ސިކުންތު ކޮޅެއްގެ ތެރޭގަ ވިއްޔަ ހުރިހާކަމެއް ހިނގީ” އާކިން ޒޯރާ އަށް އެއްލޯ މަރާލަމުން ޒެފަން ސޯފާއައް ގަންބާލިއެވެ. އޭރު ޒޯރާ ހުރީ ލަދުން ވިރިވިރިއެވެ.

“ސިއްރުން އަންނަންޏާ އެހެން ވާނީ…..ބުނެލާފަ އައިނަމަ ބަލާދާނަން ވިއްޔަ….މަ ހީކުރީ ޒޯގެ ބިޓުކަމަށް……އަދިވެސް ތާކު އަންހެން ކުއްޖަކު ހުރިއްޔާ ބައްދާތި…!….މަންމަވެސް ނުބުނޭ އާކިން އަންނަވާހަކައެއް….އެކަމަކު ދެން ދެވޭނީ މަންތެއްވަރު މިކޮޅުގަ ހުރެފަ….. ޒޯ މީމަގޭ ކޮއްކޮ، އާކިން އިނގޭ…..ވަރަށް ލާނެއްވާނެ…ވިސްނައިގެން އުޅޭތި…. ” ޒެފަން އާކިން ގައިގަ ބޮނޑިއެއް އަޅާލަމުން ޒޯޔާ އަށް އާކިން ތައާރަފް ކޮއްދިނެވެ.

“ވޯވް….ޒޯރާ..ސަޅި ނަމެއް…ސިފަޔާއެއްވަރަށް ނަންވެސް ސަޅި….ހާދަ ދަންނަވައްތަރު ޖަހައޭ….ކޮންމެވެސް ތާކުން ފެނުނުހެން ހީވޭ…އެއްގޮތަކަށްވެސް ހަނދާނެއްނެއް..! ޒޯރާ އައް ޖެއްސުން ކޮއްލަމުން އާކިން ރިމޯޓުގެ ފިއްތަކާ ކުޅެލިއެވެ. އާކިން ދައްކާ ވާހަކައަށް އަޅާނުލުމަށް ޒޯޔާ ކައިރީ ޒެފަން ބުންނެވެ.

ޒޯޔާ ކައިރީ ދެ ކޮފީ ހަދަން ބުނެފަ އާކިންއަށް ކޮޓަރި ދައްކަން ހިނގާގަތެވެ. ކޮޓަރިއަށް ވަދެވުމާއެކު އާކިން ހީވީ ޒެފަން ކާލަން އުޅުނުހެންނެވެ. ދޮންބޭ އެކުއްޖާ ހާދަސަޅިއޭ…ރަށްފުށުގަ އެކަހަލަ ސަޅިބިޓުން އުޅޭތަ؟ ޔަގީން ދޮންބެއާ ވަރަށް ގުޅޭ ޓޭސްޓެއް….ކީއްވެ ޕްރޮޕޯސް ނުކޮށް ތިހުންނަނީ…ތިހެންހުއްޓަ މީހަކު އެކުއްޖާ ޖަހާގަތީމަ ދެން ނުރޯތި އިނގޭ….ޔަގީން ދުނިޔޭގަ ޕާރފެކްޓް ކަޕްލްއަކަށް ވާނެކަން….ޑޭޑް މެންވެސް ގަބޫލް ވާނެ…..ކިރިޔާވެސް ނެގެޓިވްކޮށް ވިސްނާނީ…މެހެރް އާނޓް….އޭނަ އެހުންނަނީ ކޮންކަހަލަ ވިސްނުމެއްކަމެއްވެސް ނޭނގެ…..އާދައިގެ ނިކަމެއްޗަކު ރައްޓެއްސަކަށް ގެންގުޅުނަސް ދެވަނަ ފަހަރަށް އެމީހަކާ ވާހަކަ ދައްކަން ނުކެރޭވަރު ކޮށްލާނެ…..ދޮންބެ އެ ކުއްޖާޔާ ގުޅުނުކަން އިނގުނަސް ދުނިޔޭގެ ދެކޮޅު ދައްކާލާނެ….އަހަރެމެން ހުރިހާ ކުދިން އުޅޭ ނޫޅޭ ގޮތްބަލާނެ….އެކަމް މަންމަ މެނަށްވުރެވެސް އާންޓް ދެކެ ލޯބިވޭ ވިއްޔަ… އެހެންވީމަ އާންޓް ބުނާގޮތް ހެދެނީ…ޒެފަން ގެ މޫނަށް ބަލަމުން އާކިން ވާހަކަ ދެއްކިއިރު ޒެފަންއަށް ގޯނާ ކުރަމުން ދިޔައެވެ.

“އާކް ތިބުނީވެސް ދޮގެއްނޫން….ޒޯރާ ވަރަށް ހާއްސަ…..ވަރަށް ލޯބި ކުއްޖެއް…އަދި އަލަށް ކުއްޖަކު ދެކެ ލޯބިވެވުނީމި… ވަރަށް އެހެންކަހަލަ އިޙްސާސެއް ކުރެވެނީ…. އެކަމަކު ޒޯރާ އުޅެނީކުއްޖަކާ ގުޅިގެން ކަމެއް ނޫންކަމެއްވެސް ނޭނގެ…އެކަހަލަ ވާހަކައެއް އަހާލަންވެސް ނުކެރިފަ މިހުންނަނީ…އެކަމަކު ޒޯރާ ގެއްލޭކަށް ބޭނުމެއްނޫން…..އެކަމް ގިނަދުވަސް ނުކޮށް ލޯބިވާވާހަކަ ބުނާނަން….މިހެން ބަލަންހުއްޓަ ފިރެހެނަކު ޖަހާގެންފާނެ…. އެކަމަކު މެހެރު އާންޓް ތިބުނާހެން ޔަގީން މިގުޅުމާ ނުގަބޫލުވާނެކަން…އަދި އަމުދުން ރާއްޖެތެރޭ ކުއްޖަކާ ގުޅުނަކަ ނުދޭނެ…ޑޭޑް ސާއިރާ މަންމަ އާ ގުޅުނީމަ ވިއްޔަ ރުޅިއައިސްގެން ރަޝިޔާއަށް ދިރިއުޅުން ބަދަލުކުރި ގޮތައް އެތަނުގެ މީހަކާ އިނދެގެން، އެތާ ވަޒަންވެރިވީ…މިހާރު ސާއިރާ މަންމަ ދެކެނުލާހިކު ލޯބިވާނެ….އެކަމަކު އަދިވެސް އާންޓް ކޮންމެވެސް ކަމެއްފޮރުވަން އުޅޭހެން ހީވަނީ….ހިތާމައިގެ އަސަރު ފެންނަނީ…..އަދިވެސް ކުއްޖަކު ނުހޯދާ…..އެކަމަކު ކުޑަކުއްޖެއްގެ ފޮޓޯތަކެއް ގެންގުޅެނިކޮއް ދެކުނިން އެއްދުވަހަކު…..ވަރަށް ލޯބި…..ރައްޓެއްސެއްގެ ކުއްޖެކޭބުނި، އެކަމަކު ހިޔެއްނުވޭ….ވަރަށްދެރަވެފަ ހުރީ..” ޒެފަން އާކިން ކައިރިން އެދުނީ ޒޯރާ ކުއްޖަކާ ރައްޓެހިވެގެން އުޅޭތޯ މައުލޫމާތު ހޯދުމަށެވެ. އެއީ އެކަމަށް އާކިން ނުލާހިކު ކުޅަދާނަ ވާނެކަން އިނގޭތީއެވެ.

ދެމީހުން ތައްޔާރު ވެލައިގެން ނުކުއްއިރު ކޮފީހިހޫ ވެފައި ހުރުމުން ޒޯރާ ކައިރީ، މިރޭ އެކަކުވެސް ނުކާނެ ކަމަށް ބުނެލާފަ ބޭރަށް ނުކުމެލީ ރަށުތެރެ ބަލާލުމަށެވެ. އޭރު ވިއްސާރަ ހުއްޓާލައިފިއެވެ. އާކިން އައިއިރު ސައިކަލު ގެނައުމުން ޒެފަން ހުރީ ވަރަށް އުފާވެފައެވެ. މިސްކިތައް ވަދެ ދެމީހުން ނަމާދު ކޮއްލައިގެން، ކެފޭގައި ދެމީހުން ކޮފީބޯން އެތައްއިރަކު ހުއްޓެވެ. އާކިން އެދުމުން ރަށުތެރެ ބަލާލަން ސައިކަލު ދުއްވާލިއެވެ. އެކިމަގުމަގުން ގޯޅި އަޅަމުން ދަނިކޮށް އަނެއްކާވެސް ކުއްލިއަކަށް ވިއްސާރަ އޮއްސައި ގަތެވެ. ޒެފަން ބަލާކަށް ނުހުރެ ކުރިމަތިން ފެނުނު ގޭގެ އެތެރެއަށް ސައިކަލު ވައްދާ ޕާކް ކޮއްލިއެވެ. އޭރު ވިއްސާރަ ބޯކަމުން ތަނެއް ފާހަގައެއް ނުވެއެވެ. ގޭގެ އަސްކަނި ދަށުގައި ދެމީހުން ތިއްބާ، ކުއްލިއަކަށް ދޮރުމަށްޗައް އެރީ ޒޯރާގެ މަންމަ އެވެ. މީއަނެއްކާ ޒޯރާމެންގެ ހެއްޔެވެ؟

” ޒެފަންތަ؟ އަޑުފައްގަނޑެއް އިވިގެން މިނުކުތީ….އަވަހަށް ވަދޭ އެތެރެއަށް…ވިއްސާރައިގަ ޖެހުނީދޯ؟ ” އަޒީމާ ވާހަކަ ދައްކަމުން އާކިން އާބެހޭގޮތުން ސުވާލު ކުރުމުން ޒެފަން ، އާކިން ތައާރަފް ކޮށްދިނެވެ.

” ޒޯރާ އޮތީ ނިދިފަ…. ރޯގާ ވައްތަރުވެފަ ހުރީ… އަސްލު އެގެއަކީ އަހަރެން ދަރިފުޅުގެ ގެއެއް….އޭނަ އުޅެނީ ރިސޯޓެއްގެ ޖެނެރަލް މެނޭޖަރަކަށް…..ޒޯރާއަށް ކިޔަވާދީ މީހަކަށް ހެދީ އޭނަ…ޒޯރާ ދެކެ ވަރަށް ލޯބިވާނެ…ރަށަށް ނާންނަތާ އަހަރެއްވެދާނެ މިހާރު…..އެއްމެ ދެރަވަނީ މީހަކާ ނީންނާތީ އަދިވެސް……ޒޯރާ އަކީ ދޮން ދަރިއަކަށް ވިޔަސް ނުލާހިކު ލޯބިން ގެންގުޅެނީ…..ޒޯރާވެސް އަމިއްލަ މަންމަހެން ލޯބިވާނެ…. ޒޯރާ މަންމަ މަރުވުމުން ، އާދަނާ ކައިވެނި ކުރިއިރު ޒޯރާ ނުލާހިކު ކުޑަ….އޭރުއްސުރެ ދަރިއެއްހެން ބަލާބޮޑުކުރީ…ޒޯރާއަށް 10 އަހަރު ނުވަނީސް އާދަނު ނިޔާވެއްޖެ….މިހާރު ނިއުމަތުގަ އުޅުނަކަސް ވަރަށް ހާލުގަ އަހަރެންގެ ދެދަރިންވެސް ބަލާބޮޑުކުރީ….އެއްވެސް މީހެއްގެ އެހީތެރިކަމެއްނެތި އަމިއްލަ މަސައްކަތުން….. މިހާރު ފިރެހެންދަރިފުޅު ޒޯރާއާއެކު މާލެ ބަދަލުވާށޭ ކިޔާތާ ދުވަސްގަނޑެއް ވެއްޖެ…… އެކަމަކު ރަށް ދޫކޮށްލާފަ ދާހިތް ނުވެގެން ހަމަ” ދެތަށި ކޮފީ ދެމުން އަޒީމާ ވާހަކަ ދެއްކިއިރު ހިތްހެޔޮކަން ފެނި ދެމީހުންވެސް ހުރީ ހަމަޖެހިފައެވެ.

އެއްމެނަށް ދޮރާދިމާލަށް ބަލާލެވުނީ، ކުޑަކޮށް ތެމިގެން އެތެރެއަށް ވަންނަ ޒުވާން އަންހެން ކުއްޖަކު ފެނިފައެވެ. ބުޑު ފޮރުވޭވަރުގެ ސޯޓުކޮޅަކާ، ގަޔަށްބާރު ޓޮޕްކޮޅަކުން ހަށިގަނޑުގެ ވަނާތައް ހާމަވެއެވެ. ކަނދުރާ އާ ހަމައަށް ކޮށާލެވިފައިވާ އިސްތަށިގަނޑުގައިވަނީ ރަތްކުލަ ޖައްސާލެވިފައެވެ. އެއްވެސް ޖެހިލުމެއްނެތި އަޒީމާ ގައިގާ ބައްދާލަމުން ވާހަކަދެއްކިއެވެ.

” އާންޓް….މީކޮންބައެއްތަ؟ ހާދަ ސުމާޓް ބޯއީޒް ތަކެކޭ…..ހައި…އައެމް އިޒޫ…” އިޒްޔާ އަމިއްލަޔަށް ތައާރަފް ވެލިއެވެ. އިޒޫ މީ ޑޮކްޓަރ ޒެފަން، ދެން އޭނަ ކޮއްކޮ އާކިން…އަޒީމާ ހިނިތުންވަމުން ބުނެލީ އިޒޫއަކީ އަޒީމާގެ ފިރިހެންދަރިފުޅުގެ ބައްޕަ އާއިލާ ކުއްޖެއްކަމާ، ރަށަކީ އައްޑޫ ކަމެވެ. ހަފްތާއަކަށް މިރަށްބަލާލަން އައިސް ހުރެލީ ކަމުގައެވެ. ޒެފަން ހުރީ މިއަންހެން ކުއްޖާ އުޅޭވައްތަރުން ފޫހިވެފައެވެ. އަވަހަށް ވިއްސާރަ ހުއްޓާލާނެ އިރަކަށް އިންތިޒާރު ކުރެވެން ފެށުނެވެ.

ގަޑިއިރެއް ފަހުން ވިއްސާރަ ހުއްޓާލުމުން އަވަހަށް އެގެއިން ނުކުމެވުނުއިރު ގުދަނަކުން ސަލާމަށްވިކަމުގެ އިހްސާސް ކުރެވުނެވެ. ގެއަށް ވަދެވުނު އިރުވެސް ދެމީހުން ވާހަކަ ދެއްކީ އިޒްޔާގެ ފޮނިކަމާ ތުއި ކަމުގެ ވާހަކައެވެ. ދެމީހުން ނޫޑްލްސް ސޫޕް ހަދައިގެން ބޯންހުރިއިރު ވާހަކަދެކެވެމުން ދިޔައީ ޒޯރާއަށް ޕޮރޮޕޯސް ކުރާނެ ގޮތަކާއިމެދުއެވެ.

” އާކް މާދަމާ ދޮންބެ ޑިއުޓީއަށް ދިޔައީމަ ޒޯ އާ ވާހަކަ ދައްކަބަލަ ބޯއީ ފުރެންޑެއް ހުރޭތޯ؟ …….ކޮންކަހަލަ ސިފަތަކެއްގެ މީހެއްތޯ އޭނަ ގަޔާވަނީ……؟” ޒެފަން ހިތްވަނީ ހާސްވެފައެވެ. ހަޔާތުގެ މިހާހިސާބަށް ދިޔައިރު މިކަހަލަ ކަމަކާ ދިމާވުމުން ފިނޑިވާކަށް ބޭނުމެއް ނޫނެވެ. މިފަހަރު ކެރިގެން މިކަމާ ކުރިމަތި ލާން ބޭނުންވާކަން މޫނުމަތިން ފެނިގެން ދެއެވެ.

” މައްސަލައެއް ނޯންނާނެ…ވަރަށް އަޑިއަޑިން ވާހަކަ ފަށާނަން…” އާކިން ހުރީ މާދަމާވެސް ލަސްވެފައެވެ.. ބޭނުންވަނީ މިހާރުވެސް ދޮންބެއަށް ޒޯރާ ހޯދަދޭށެވެ. މިކަހަލަ ކޮންމެ ވަގުތެއްގައި ނޫމާ އާއި ދޮންބެއާ ދެމެދު ހިނގި ކަންތައް އަހަން ބޭނުންވާއިރުވެސް ދުލާހަމައަކަށް ނާދެއެވެ. މިހާރު ނޫމާ ފޯނުނަންބަރު ބަދަލުކުރުމުން ގުޅޭނެ ގޮތެއްނެއްތާ ހޯދާނެ ގޮތެއްވެސް ހިޔާލަކަށް ނާދެއެވެ.

ހެނދުނު ޒެފަން ޑިއުޓީއަށް ދިއުމުން އާކިން ގޭގެ އެކިތަންތަން ބަލާލުމަށް އުޅުނެވެ. ގެ ފަރުމާކޮއްފަ ހުރިލެއް ރީތިކަމުން އުފާވެލަމުން ކޮފީ ޓޭބަލް ކައިރީ ޖައްސާލީ ކޮފީތައްޓެއް ހިފައިގެންނެވެ. އޭރު ޒޯރާ ހެނދުނުގެ ސައި ތައްޔާރު ކުރުމަށް ކާގެ ބައިގަ އުޅެއެވެ.

“މޯރނިންގް…ޒޯރާ…ރޭގަ ވިއްސާރައިގަ ޖެހިގެން ތިގެއަށް ވަދެވުނު…ނައު އޯކޭތަ….. ޒޯ..މަންމަ ބުނި ރޯގާ ވައްތަރު ވެފައޭ ހުރީ…” އާކިން ހުރީ ފަށަން އުޅޭ މައުލޫ ގެ ގޮތުން ހިތްއަވަސް ވެފައެވެ.
” ހޫމް…ނައު އޯކޭ…މަންމަ ބުންޏޭ ރޭގަ ވިއްސާރައިގަ ޖެހުނު ވާހަކަ…” ޒޯރާ ހުރީ އާކިން އާ ފްރެންޑް ވެވުނީމަ ކުޑަކޮށް އުފާވެފައެވެ….. އެކިއެކި ވާހަކަތައް ދައްކަމުން ގޮސް އާކިން ޒޯރާ ކައިރީ ކުއްޖަކާ ރައްޓެހިވެގެން އުޅޭތޯ ސުވާލް ކުރިއިރު ހިތްތެޅެއެވެ.

” ތީ އަހާވަރުގެ ސުވާލެއްވެސް ނޫނެއްނު….3 އަހަރު ވީ ކުއްޖަކާ ރައްޓެހި ވެގެން އުޅޭތާ…..ވަރަށް ލޯބިވޭ…..އާކިން އަށް އިންޓުރޮޑިއުސް ކޮށްދޭނަން އިނގޭ..”ޒޯރާ ހުރީ އާކިންއާ ކުރިމަތި ވާގޮތަށެވެ…
މިއަޑުތައް އަހަން ފަހަތުގައި ހުރި ޒެފަން ވަނީ އިންތިހާއަށް ދެރަވެފައެވެ. ކުރި އުންމީދުތައް ކުޑަހިނދުކޮޅެއްގެ ތެރޭގައި ފުނޑުފުނޑު ވާތަން ފެންނަނީއެވެ. ހިތް ރޮމުން ގެންދާ ކަހަލައެވެ. އިތުރަށް މަޑުކުރަން ނަހަދާ ޒޯރާ ގައިގާ ބައްދާލިއިރު ނުރައްކާތެރި ދަރަޖައަށް ދެމީހުންގެ މޫނު ވަނީ ކައިރިވެފައެވެ…(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ino

Level 110 Stories

Other Articles

Previous

ހިނިތުންވުމުން 3

Next

ސިއްރު 1

Next
September 29, 2016

ސިއްރު 1

Previews
September 29, 2016

ހިނިތުންވުމުން 3

24 Comments!

  1. Hassu says:
    September 29, 2016 at 1:45 pm

    Varah vvvvv reethi
    ????

  2. aik says:
    September 29, 2016 at 1:53 pm

    vv reethi..?

  3. Hunar says:
    September 29, 2016 at 1:55 pm

    Wowwww..waiting

  4. Mari says:
    September 29, 2016 at 1:58 pm

    Keep it up inaaa..varah salhi..zoyaa aa zefan aaa vaki nukuraathi..plxxxx

  5. Mari says:
    September 29, 2016 at 1:59 pm

    Zeyfan and zoyaa varah gulhey..don’t keep them separate

  6. Mari says:
    September 29, 2016 at 2:11 pm

    Zoraa*

  7. Shaa says:
    September 29, 2016 at 2:22 pm

    Vvvvvv reethi mibaives …… vvvvv reeethi vaahaka eh ….. vaahaka nimenden genes dehchey … aneh baai kn irakun up vaany…. keeep it up

  8. ninaa says:
    September 29, 2016 at 2:57 pm

    V reethi vaahaka eh .

  9. shaya says:
    September 29, 2016 at 3:19 pm

    V v v reeethi… Avahah next partves up kollaba

  10. Zaanaa says:
    September 29, 2016 at 3:36 pm

    Next part up kohdeeba avahah pls pls pls

  11. Aish says:
    September 29, 2016 at 3:39 pm

    Zora or zoya? Konmes eh name eh use kobbala

    1. inaya says:
      September 30, 2016 at 10:23 pm

      Thanks…..hurihaa kushinnah…..zoraa…aslu kiyany…..bt liymuge kusheh….dhen faharakun rangalhu kohlaanan…

  12. naju says:
    September 29, 2016 at 4:34 pm

    VV reethi

  13. dhyna says:
    September 29, 2016 at 6:12 pm

    Reethi

  14. Mar Sha Marsha says:
    September 29, 2016 at 6:45 pm

    Story is nice.. kuriyah dhaa goiyves v salhi… but name confuse vey eba. Is it zora? Or zoya?.. n adhi faahaga kurevunu thankolheh mee… gina myhun viyya standing or sitting or lying down viyas “thibeyny”.. not hunnaany… other wise story is really nice.. ginain liyunu varakah we ll improve.. dho.. so keep it up . N good luck

  15. Shaa says:
    September 29, 2016 at 8:19 pm

    V reethi ???

  16. Dhee says:
    September 30, 2016 at 10:26 am

    Varah reethi… Konirakun next part update kollaany???

  17. inaya says:
    September 30, 2016 at 10:22 pm

    Thanks…..hurihaa kushinnah…..zoraa…aslu kiyany…..bt liymuge kusheh….dhen faharakun rangalhu kohlaanan…

  18. ?Shue? says:
    October 1, 2016 at 9:53 pm

    Avahah vaahaka up kolladheeeba plz

  19. Mari says:
    October 2, 2016 at 8:39 am

    Obiness!!bohoth sudar haii..dhn Konirakun next part ??? Avahah up koh dheeba..waiting waiting.. Keep it up inaa

  20. Mahu Mari says:
    October 2, 2016 at 8:40 am

    Waiting

  21. Khajja says:
    October 3, 2016 at 2:25 am

    Alhey kobaa nxt part avahah up koh dhybala this story v awsome waitin nxt prt

  22. Luam says:
    October 3, 2016 at 11:36 am

    Alhey kobaa tha nxt part…haadha lahey

  23. shaan says:
    October 5, 2016 at 7:38 am

    me vaahaka numifatha me othi

Comments are closed.

Next Episodeހިނިތުން ވުމުން 5←


All Right Reserved!