Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަކިވީމާ ކަލާ.. މިހަޔާތާ މަގޭ.. 7

Ushaa Level 310 Stories500 Comments100 Comments
September 28, 2016 4 Mins Read
24 Comments

ލިޔާގަތަށް އޭނާގެ ދޮންމަންމަ ނިއުމާ އާއި ދިމާލަށް ބަލައިލެވުނީ ހަމަ އެވަގުތުގައެވެ. މިހާރު ހަމައެކަނި މައްސަލައަކީ އެއީއެވެ. ކުއްލިއަކަށް ނިއުމާވެސް ހިނިތުންވެލައިފިއެވެ. އެންމެނަށްވެސް ގަބޫލްކުރަން ދަތި ވެގެން ދިޔައެވެ.

” މާފްކުރޭ މަންމަޔަށް ދަރިފުޅާ. މާފްކުރޭ. މަންމަޔަށް މިހާރު އެނގިއްޖެ ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން. މަންމަ ހީއްކުރީ ދޮންމަންމަޔަކު ދޮންދަރިއަކަސް ރަނގަޅުވުމަކީ އެއީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށް. އެކަމް މަންމަމެން އުމުރުގެ މީހުން އެމީހުންގެ މާމަ ދަރިން ގޮވައިގެން  އުޅޭ އިރު ވަަރަށް ދެރަވޭ. ހިތަށް އަރާ މގޭ ދަރިއެއް ހުންނަ ނަމައޭ. ދެން ތީވެސް މަގޭ ދަރިއެކޭދޯ.” ކޮނޑުގައި ހިފާލަމުން ނިއުމާ މިހެން ބުނީ ލިޔާގަތުއާއި ދިމާލަށްށެވެ. އަދި މުފީދާއާއި ދިމާލަށް އެނބުރިލައި ބާރަކަށް ބައްދައިލިއެވެ. އެވަގުތު އޭނާގެ މޫނުގައި ކުރެހެލި މަކަރުވެރި ހިނިތުންވުން ކިތަންެމެ ރީއްޗެއްކޮއްވެސް ކާފައަށް ފެނުނެވެ. އެނުލަފާ އަންހެނާ ކާފައާއި ދިމާލަށް ބަލައިލުމަށްފަހު އެއްލޯ މަރައިލަމުން ބުނަން އުޅުނީ ތިމަންނަ މިފަހަރުވެސް ކަލޭގެ ދަރިފުޅުގެ ހަޔާތް ބަރުބާދު ކޮށްލާނެކަމެވެ.

ދުވަސްތައް ވޭތުވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަސް މިނެއްގައެވެ. އުފާވެރި ދުވަސްތައް ކިތަންމެ ގިނަޔަސް މަދު ހެން ހީވާނޭ މީހުން ބުނެއުޅެއެއްނޫން ހެއްޔެވެ؟ މުފީދާއާއި ލިޔާގަތަށްވެސް ދުވަސްތައް ދާގޮތް ރޭކަނުލައެވެ.

މިހުރިހާ މަންޒަރެއް ބަލަން ހެވިފައި ހުންނަ ޖަލީލުގެ ހިތުގައި އުފެދިފައިވަނީ އާދައިގެ ބިރުވެރިކަމެއް ނޫނެވެ. ލިޔާގަތުމެންގެ ކުރިމަތީގައި ކިތަންމެ ހެޔޮ އެދިގެން އުޅުނެއްކަމަކު ނިއުމާ ޖަލީލުއަށް ދެނީ އާދައިގެ ސިގްނަލް ތަކެއް ނޫނެވެ. ނިއުމާ ދުވަހަކުވެސް ބަދަލު ނުވާނެކަން ޖަލީލުއަށް ކިތަންމެ ރަނގަޅަށްވެސް އިނގެއެވެ. ނިއުމާއަކީ ލިޔާގަތުގެ ބައްޕަގެ ބޯކާލައިގެން ގޭގެ ދެބައިކޮޅު އެއްބައި މިލްކޮށްލި ނުލަފާ އަންހެނެކެވެ. އެވަރުގެ އަންހެނަކަށް ނުކުރެވޭނެ ކަމެއް ނޯންނާނެ ކަން ވެސް ޖަލީލުއަށް އެނގެއެވެ. ނަމަވެސް ދަރިފުޅުގެ ތުންފަތްމަތީގަިއ ދުވެލަ ދުވެލާ ހުންނަ ހިނިތުންވުމުގެ ސަބަބުން ނިއުމާއަށް ގޮތެއް ހަދަން ނުކެރެނީއެވެ. އެހެންނޫނަސް އޭނާއަކީ މީހަކާއި ދިމާލަށް އެއްޗެކޭ ބުނެވޭވަރަށް ވުރެ މާ މުސްކުޅި މީހެކެވެ.

ނަމަވެސް ދެވަނަ ފަހަރަށް ދަރިފުޅު ރޯތަން ދެކޭކަން ޖަލީލަކަށް ކެތެއް ނުކުރެވޭނެއެވެ. އެތައް އަހަރުތަކަކަށްފަހު ލިޔާގަތުއަށް ލިބުނު އުފާތައް އެހެން މީހަކު ފޭރިގަތަކައެއް ހަމަ ހިލާ އޭނާއެއް ނުދޭނެއެވެ. މިފަދަ އެތައް ހިޔާލަކަށް ގެއްލިފައި އޮތް ޖަލީލުގެ ލޮލަކަށް މިރެއަކު އެއްގޮތަކަށްވެސް ނިންޖެއް ނައެވެ. ނިއުމާ މާ ހެޔޮވެގެން އުޅޭކަމުގެ ފަހަތުގައި ކޮންމެސް މަކަރުވެރި ރޭވުމެއް ވާނެކަން އޭނާ ދަނެއެވެ. ޖަލީލު ބަލި ގޮތަކަށް އެނދުން ތެދުވެލިއިރު ހިތުގައި އުފެދިފައިވާ އަޒުމަކީ ނިއުމާއާއި ހަމައަށް ގޮސް ކަންތައްތައް ވަމުންދާ ގޮތާއި މެދު ސުވާލު ކޮށްލުމެވެ.

” ދަސްކޮށްދެން ވާނެ ކޮންމެ ގޮތެއް ހަދާފަވިޔަސް. އާނ. ހުރިހާ ކަމެއްވެސް ވަމުން ދަނީ ހަމަ ރޭވި ގޮތަށް. އެއްވެސް ވަރެއްގެ އުނި ކަމެއް ނެތި. މާދަމާ ފެށިގެން ދާނީ ޕްލޭން ބީ. އާނ. އާނ. ވަރަށް ދަންވެސް ވެއްޖެއްނު. ބޭއްވީއޭ.” ބޮޑު ކޮޓަރީގައި އޮތް ބައުބައު ފޯނުގަނޑުން ނިއުމާ ދެއްކި ވާހަކަތައް ޖަލީލުއަށް ކިތަންމެ ރަނގަޅަށްވެސް އަޑުއިވުނެވެ. އޭނާއަށް ފަަހަތަށް ޖެހިލެވުނީ ނިއުމާއަށް ފެނިދާނެތީއެވެ. ނަމަވެސް އެއަށް ވުރެ ކުރިން ނިއުމާ ފަހަތަށް އެނބުރެލާ ޖަލީލުއާއި ދިމާލަށް ބަލައިލައިފިއެވެ.

” ކާކާ ތަ ތި ވާހަކަ ދައްކަނީ؟” ފަޅާއެރީކަން އެނގި ހުރެ ޖަލީލު އަހައިލިއެވެ.

” މިހާރު މަށަށް ޖާސޫސް ކުރަންވެސް ފެށީތަ؟” ނިއުމާ ވާހަކަ ދެއްކިއިރު ދެލޯވެސް އާދަޔާ ހިލާފަށް ބޮޑެވެ.

” ހީނުކުރައްޗޭ އެހެން މީހުންހެން މަވެސް ކަލޭ  ތި ދެލޯ ބޮޑު ކުރީމަ ބިރުގަންނާނެޔޭ. ކަލޭ ކުރަން  ބޭނުންވި ކަންތައް ވެއްޖެއްނު. ދެން ދާން އުޅޭ މިގެއިން. މި އާއިލާއިން. މަގޭ އާއިލާ މިހާރު ކަލޭއަށް އެއްފަހަރު ހަފުސް ކުރެވިއްޖެއްނު. އަދިވެސް ނުފުދެނީތަ؟” ޖަލީލު އަހައިލިއެވެ.

” ހެހެހެެ. އަދި ނުވެއެއްނު ހަފުސްއެއް. އަނެއްކާވެސް ކަލޭވެއްޖެ އާއިލާއެއް ހަމަކުރަން އުޅެން. އެކަމް ބުނަން؟ ކަލޭ ތިކުރަން އުޅޭ ކަންތަކެއް ދުވަހަކުވެސް ނުވާނެ. މަގޭ އާއިލާ ނެތިކޮސްލި މީހާ ތީ. މަ ނޭވާލާ ހިނދަކު ތިއާއިލާއާއި ވަތްކެއް ނުވާނަން.” ކިތަންމެ ހެވިފަިއ ހުރެ ވާހަކަ ފެށިޔަސް ވާހަކަ ނިމުނު އިރު ނިއުމާ ޖަލީލުއާއި ގާތް ވެލައި ދަތްކުޑި ވިކާލިއެވެ. ހީވަނީ ދެންމެ ދެންމެ ޖަލީލު ކައިލަފާނެ ހެންނެވެ. މިފަހަރު ޖަލީލުވެސް ބިރުގަނެއްޖިކަން އޭނާގެ ދެލޮލުން ހާމަވެއެވެ.

 

” ހެހެހެ” ޖަލީލުއަށް ވީގޮތް ފެނިފައި ނިއުމާގެ ކައިރިއަށް އައީ ނުލަފާ ހިންޏެކެވެ.

” ޝުކުރު ކޮށްބަލަ ކަލޭ ދުނިޔޭގަ ބެހެއްޓި ކަމަށްޓަކާވެސް. މަ ބޭނުމިއްޔާ ކަލޭޔާ ކަލޭގެ ސުންޕާ ދަރިވެސް މަރާލެވިދާނެ. ބިރެއްވެސް ނުގަނޭތަ؟ ” ނިއުމާ ޖަލީލު ވަށައި އެނބުރެން ފެށިއެވެ.

” ކަލޭ ދައްކާ ވާހަކަ. ކަލޭއަށް ވެގެން ވަންޏާ މިހާރު މަދުނިޔޭގަ ބަހައްޓަނެތަ؟ ހެހެހެ. މަ ބިރުން އެބަ އުޅޭތަ؟ ކަލޭއާއި ބަލާފަ މަމީ ކާކު؟ އެކަމް ކަލޭ.. ހެހެހެ ކަލޭ ތިއުޅެނީ ގަފޫރްބެ ހަދާލާ މޮޅުތި ފަންޑިތަ ދެކެ ބިރުން. ” ހީލާފައި ހުރެ ޖަލީލު ބުނި އެއްޗަކުން ނިއުމާއަށް ރުޅި މައިތިރި ކުރަންވެސް އުނދަގޫވިއެވެ.

” ކަލޭ ހީނުކުރައްޗޭ މަ މިފަހަރު ތިޔަ ގަފޫޫރެއްތޯ ގަބުރެއްދެކެ ބިރުގަންނާނޭ. ކުރީފަހަރުވެސް މަބޭނުން ވި ކަންތައްތައް ކުރިޔަ ނުދިނީ ހަމަ އެ ދެފުއްކެހެރި ގަނޑު. އެހެންނޫންނަމަ.. އެހެންނޫންނަމަ ކަލޭ މިހާރު މިދުނިޔެއަކު ނުހުންނާނެ.” ޖަލީލުއާއި ދިމާލަށް ޝަހަދަތް އިނގިލި ދިއްކޮށްލާ މިހެން ބުނަމުން ނިއުމާ ކޮޓަރިއާއި ދިމާލަށް ދުއްވައިގަތްއިރު ޖަލީލުގެ ހިތުގައި އުފެދިފަިއވާ ބިރުވެރިކަން އުތުރިއަރަން ފަށައިފިއެވެ. ނިއުމާގެ އެންމެ އިންޒާރެއް އޭނާގެ ހިތަށްށާއި ސިކުނޑިއަށް އުނދަގޫ ކޮށްލައިފިއެވެ.

އޭނާ އުނބުރި ކޮޓަރިއަށް ވަދެ އޭނާ އޮންނަ ލަކުޑި އެނދުގައި ބޯއަޅައިލިއިރު ނިދިވަނީ އޭނާއާއި މާ ދުރުގައެވެ. ލޮލުން ކަރުނަ ފޭދެމުން ދިޔައީ އޭނާގެ އެއްވެސް އިހުތިޔާރާއި ނުލައެވެ. ސިކުނޑީގައި އެނބުރެމުން ދިޔަ މާޒީގެ ހަނދާންތައް އެހިތް ރޮއްވަން ފަށައިފިއެވެ.

އެންމެ ފުރަތަމަ އޭނާ ޒަވާޖީ ހަޔާތެއް ފެށި ގޮތެވެ. އެއަށްފަހު ކުދިން ލިބި އާއިލާ އުޅުނު އުފާވެރި ދިރިއުޅުމެވެ.ދެން ކުއްލިގޮތަކަށް މާލެދާން ޖެހުމެވެ. އެއަށްފަހު މާލެއިން ދިމާވި އެކްސިޑެންޓެވެ. އެއެކްސިޑެންޓާއި ހެދި ފާއިތުވެ ދިޔަ 20 އަހަރު ތެރޭގަިއ އޭނާގެ އާއިލާއާއި ކުރިމަތިވަމުންދާ ދުޝްމަނުންގެ ނުލަފާ ރޭވުންތަކެވެ. އެއަށްފަހު އޭނާއާއި ކާފަ ދަރި ފިޔަވަިއ ހުރިހާ އެންމެން މިދުނިޔެއިން ފަނާވެގެން ދިޔަ ގޮތެވެ.

އެކެހިވެރި ދުވަސްތައް ކިތަންމެ ހަނދާނުން ފޮހެލަން ބޭނުން ވިޔަސް އޭނާގެ ހަޔާތުގެ ދެބަިއކުޅަ އެއްބަޔަށް ވުރެ ގިނަ ދުވަހު އެއެކްސިޑެންޓާއި ހެދި ހިތާމަ ކުރަމުން ޖެހިއްޖެއެވެ. އެއްވެސް ކުށަކާއި ނުލާ އޭނާގެ ހަޔާތް އެފުށް މިފުށަށް ޖެހެންވީ ސަބަބެއް ހަމަ އެއްގޮތަކަށްވެސް އޭނާއަކަށް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ އޭނާއަށް ހަޔާތުގެ ބާކީ ދުވަސްތައް ހޭދަކުރަން މަޖްބޫރުވެފައިވަނީ މިފަދަ ގޮތަކަށް ކަމެވެ. ޖަލީލު ތުރުތުރު ލަމުން ދިޔަ އޭނާގެ އަތް ހިއްލާލަިއ މޫނުގަިއވާ ކަރުނަތަށް ފޮހެލިއެވެ. މުޅި ރޭ ހޭދަވެގެން ދިޔައީ އެފަދަ ގޮތަކަށްށެވެ. ދުޝްމަނުންގެ ފަރާތުން އޭނާގެ އާއިލާއަށް އެޅިފަިއވާ ކަޅު ވިލާގަނޑު ދުރުކޮށްްދިނުމަށް އެދި ދުޢާ ކުރެވުނު ވަރެއްވެސް ނޭނގެއެވެ. އެފަދަ ގޮތަކަށް އޮތްވައި ފަތިސްވިކަން ވެސް އޭނާއަށް އެނގުނީ ކައިރީގައި އޮތް ރޭޑިއޯ އޮތް ކަމުންނެވެ.

ޖަލީލު ތެދުވެ ވުޟޫކޮށްްލަިއގެން ނަމާދު ކޮށްލަިއގެން އަނެއްކާވެސް އޮށޯއްވެލިއިރަށް ނިދުނު ގޮތްވެސް ނޭނގުނެވެ. ރޭގައި ނުނިދާ ހުރުމުން ލޮލަށް ނިދި ބަރުވެ އެއްވެސް އިހުތިޔާރަކާއި ނުލާ ނިދިއްޖެއެވެ.

” ދައްތާ. ކޮންތާކަށް ތިދަނީ؟ އަނެއްކާ ކިހިނެއްވީ؟ ދައްތާ.” ޖަލީލުއަށް ކުއްލިއަކަށް ހޭލެވުނީ މިފަދަ އަޑުތަކެއްގެ ސަބަބުންނެވެ. ނިދިވެސް ފިލައިގެން ގޮސް އަވަސް އަވަހަށް އެނދުން ތެދުވެ ބޭރަށް ހިނގައިގަތެވެ. އޭރު ފޮއްޓަށް އެއްޗެހި އަޅައިގެން ގޭގެ ދޮރުމަތީގަިއ ހުރި ނިއުމާ ފެނިފަިއ ޖަލީލުއަށް ހައިރާން ކަމާއިިއެކު ބަލަން ހުރެވުނީއެވެ. ކަިއރީގަިއ މުފީދާ ކޮންތާކަށް ދަނީހޭ އަހަމުން ދިޔައިރު ލިޔާގަތު ފެންނަން ނެތުމުން ވަޑާން ގެޔަށް ދިޔައީކަން ޖަލީލުއަށް ޔަގީން ވެއްޖެއެވެ.

” ކާފަ. ބަލާބަލަ. ދައްތަ އެއުޅެނީ ދާންށޯ. ކޮންތާކަށް ދަނީހޭ އަހައަހާވެސް ނުބުނި.” ޖަލީލު ފެނުމާއިއެކު މުފީދާ ބުންޏެވެ. ޖަލީލުއާއި ދިމާލަށް ބަލައިލާ ނިއުމާ އެއްލޯ މަރައިލީ އެވަގުތުގައެވެ. ނިއުމާ ބުނާގޮތުގައި މިއަދަކީ އޭނާގެ ރޭވުމުގެ ދެވަނަ މަރުހަލާ ކަނޑަތު ކުރާ ދުވަހެވެ. އަނެއްކާ މިހާރު ނިއުމާ އެއުޅެނީ ކީކޭ ހިތަށް އަރައިގެން ބާއެވެ؟

ނުނިމޭ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaa

Level 310 Stories500 Comments100 Comments

Other Articles

Previous

ދޭނަން ހިތާ ޖާނާ (29)

Next

varah avahah annany

Next
September 28, 2016

varah avahah annany

Previews
September 27, 2016

ދޭނަން ހިތާ ޖާނާ (29)

24 Comments!

  1. Ushaa says:
    September 28, 2016 at 5:07 pm

    A salaam.. Swrii Guyxx last wyk ga bxy v ma thankolheh kuru v. Bt Nxt prt maadhan up kuraanan dhigu koh Insha allah.. Hwp u ill lyk thixx.. Plx tell de Mistakes..

  2. Amee says:
    September 28, 2016 at 5:34 pm

    Varah reethi ushaa… Waiting for the next episode… Keep up your hard work always.. I really live to read your stories.. Its beautiful and interesting…

    1. Ushaa says:
      September 28, 2016 at 5:54 pm

      Thnkxx alot.. Keep wiatin nd lovin my stwriiixx Amee… Insha allah ill try my bxt.. Thnkyw..

  3. aik says:
    September 28, 2016 at 5:38 pm

    vv reethi..??

    1. Ushaa says:
      September 28, 2016 at 5:54 pm

      Thnkxx aik..

  4. RaM says:
    September 28, 2016 at 6:33 pm

    Vaahaka thah genes dhey hurihaa kudhin ge vx bahanaa thi. ..Las v ma sorry busy v ma dhn next part dhigu kohlaanan ??????

    1. Ushaa says:
      September 28, 2016 at 7:11 pm

      Ya RaM. Asluvx vrh vrh vrh Bxy dayxx thakeh veythu vedhiyaee.. Day ekkoh kahala gothakah dhanii studiexga.. Nyt ga free vanii vrh dhan v ma.. Dhn evaguthuga liyeveniivrh kuda thankolheh.. SORRY Asluvx… Dhn ehn nuvey thw vrh balaanan..

  5. aff says:
    September 28, 2016 at 6:49 pm

    reethi .. ekam thankolheh kuree ingey ushee .. next part dhigukohlahchey ushee…keep goin ☺

    1. Ushaa says:
      September 28, 2016 at 7:11 pm

      Thnkxx aff.. Insha allah nxt prt dhigu kollaanan ingey.. Thnkxx..

  6. landhun boahalaku says:
    September 28, 2016 at 7:28 pm

    Thi varu meehun vaahaka nuliyan v up nu veh j yaa buxy ehen kameh v knme vx ehceh kiyafa hama jasaalanee dhen bune dhen genshy dhy part dhigu kuranamey eh kameh vx?????? vaahaka up nukurey venyaa nuliyeh bala????

    1. Ushaa says:
      September 28, 2016 at 7:33 pm

      Um so Swriii ingey,, Ekm i think u nvr read thixx ryt?? Cox Itxx nt late.. Ushaa bunefa innananii wykly ey up vaanii.. Truth neigi thigothah las viyyey bunaakah nuvaane kanneyge ushaayah heevanii.. So nt late bt kuru v.. Swrii ehenve.. Bt rulhi naanahchey PLX.. ill try my bxt Insha allah.. Swrii again.. Nd kiyaaliima vvvvvvvvvvvvvvvvvvvv bodah thnkxxxxxxx..

  7. ifa says:
    September 28, 2016 at 8:00 pm

    Dhn hus bahanaa… up nukurevunyma konmmes ehchekey kiyany.. dhn part ehvx hama vaani thivaru.. up kurevenyvx ehaa dhuvas fahun.. ?

    1. Ushaa says:
      September 28, 2016 at 9:00 pm

      Swriii vrh bodah ingey ifa.. Bt hama anekkavx ushaa mi buniinu las vegenneh nooney ushaa swrii buniikii.. Up kuran buni dhuvahah up kohfiimey alhe.. Kuru vegen ushaa swrii bunii.. Swrii again.. I hwp u understood de situation..

  8. SoMeOnE says:
    September 28, 2016 at 9:00 pm

    Avas khlaba dhen huri part thah
    Kithah part tha innany mi story ga. ?
    BTW story is awesome. ???

    1. Ushaa says:
      September 28, 2016 at 9:01 pm

      Insha allah tmmrw ga nxt prt…
      Neige adhi kithah prt kameh cox adhi stwrii nunimey..
      Thnkxxxxxxx a lot..

  9. Meriam says:
    September 28, 2016 at 9:08 pm

    Shakuvaa eh naanna gothakah mihaaru mi site ga story ehves up eh nukureve. Readers ves maa kanthah bodee. Mi site ga ulhenii pay kohgen liyaa meehunneh noon. Ea meehun ves earn kuran jeheyne, kiyavan ves jeheyne. Family ah time ves dheyn jeheyne. Ea bura agu vazan nukurevey bayaku vaahaka nukiyan vee. #Boahalaaku

    1. jee says:
      September 28, 2016 at 9:47 pm

      I really like ur comment…:-)

    2. Ushaa says:
      September 28, 2016 at 10:11 pm

      Maa bodah Shakuvaa gina vanii dw meriam. Midhuvaskolhu ushaavx studiex ge gothun aslu tym nuvanii… Bt ill try to reduce thoxx SHAKUVAAS Insha allah.. I aslo appreciate de hard wrkin of othr writrx…they r doin really hrd wrk 4 de entertainment of readrss.. Thnkxxxxxxxxxx..

  10. Liaa says:
    September 28, 2016 at 10:00 pm

    Ushaa… V v reethi mi part ves… Sorry mihaaru comment nukureveythy… Ekam hurihaa part eh ves kiyaafin now… v v reethi hurihaa baeh ves 🙂

    1. Ushaa says:
      September 28, 2016 at 10:07 pm

      Thnkyw Liaa.. Its ok.. Vrh happy vejje huihaa prtah kiyaaliima.. Thnkxx..

  11. Khajja says:
    September 29, 2016 at 12:32 am

    Vvv rythi hey guys study kuramun ekudhin aharemennah takaa story thah liye kontinew kuraathy shukurukobbala study kuraa kujjakah v buxy vaane aslu think job ga ulhemun story liyaakudhinnavves hama hunnaane dhw gonjehun thakeh emmennaky emm furihama baennoon so camdown ushaa thanks n keep it up n waitin

    1. Ushaa says:
      September 29, 2016 at 9:43 am

      Thnkxxx Khajja.. Kyp waitin..

  12. shooty says:
    September 29, 2016 at 3:00 am

    writers ge situation understand vaa kudhinnan varah bodah thanks.. and ushaa alhugandu adhi alah mi story kiyaaly. v nice. study kuramun vaahaka migothah kuriah dhaathy varah ufaa vey 🙂

    1. Ushaa says:
      September 29, 2016 at 9:44 am

      Thnkxx Shooty nd undrstand vaa kudhinnahvx… Mi stwrii kiyaliima vrh vrh Happy vejje…

Comments are closed.

Next Episodeވަކިވީމާ ކަލާ.. މިހަޔާތާ މަގޭ.. 8←


All Right Reserved!