ދޭނަން ހިތާ ޖާނާ (28)
ކޮޓަރީގައި ލެޕްޓޮޕް ހުޅުވައިގެން އިން ލީނާ އިނީ ލޫތްއާއި އޭނާގެ ފޮޓޯތަށް ބަލާށެވެ. ދުބާއިގައި އުޅުން އިރު ނަގާފައި ހުރި ފޮޓޯތައް ފެނި އެ ތުންފަތަށް ލުއި ހިނިތުން ވުމެއް ވެރިވިއެވެ. އެވަގުތު އެނދުމަތީގައި ޗާޖަށް ޖަހާފައި އޮތް ފޯނު ރިނގުވި އަޑަށް އޭނާ ލެޕްޓޮޕް ލައްޕާލުމަށްފަހު ފޯނު ނެގިއެވެ.
“ހަލޯ؟” ގުޅީ ނުދަންނަ ނަމްބަރަކުން ކަމުން އެއީ ކާކު ކަމެއް ލީނާއަކަށް ނޭނގުނެވެ. “ލީނާ. މިއީ އާޒިމާ.” އެކޮޅުން އާޒިމާގެ އަޑު އިވުމުން ލީނާ ހައިރާން ވިއެވެ. ކުއްލިއަކަށް އާޒިމާ އޭނާއަށް ގުޅަން ވީ ސަބަބެއް ނުވިސްނުނެވެ. “ކިހިނެތްވީ؟” ލީނާ ދެޚިޔާލެއްގައި ހުރެފައި އަހާލިއެވެ.
“އަހަރެން ބޭނުން ލީނާއާއި ބައްދަލު ކޮށްލަން.” އާޒިމާ މިހެން ބުނުމުން ލީނާ އެދުން ތެދުވެ ހުޅުވާފައި ހުރި ކުޑަދޮރު ކައިރީގައި މަޑުކޮށްލިއެވެ. އޭރު ހަވީރުގެ ފިނި ވައިރޯޅިތަކުން ދޮރު ފޮތިގަނޑު ވިހުރެމުން ދިޔައެވެ. “އެ ކީއްކުރަން؟” ލީނާ ހުރީ ވާނުވައި ނޭނގި ހާސްވެފައެވެ. އަނެއްކާ އޭނާ އަލުން ލޫތްގެ ހަޔާތަށް ދިޔަ މަޤްސަދު އިނގުނީ ބާއޭ ހިތައި ޖެހިލުންވިއެވެ.
“ބުނަން. ލީނާ ވެސް އަދި އަހަރެން ވެސް ބޭނުންވަނީ އެއްކަމެއް. އެހެންނުން. އިނގެއެއްނުން މިބުނި ވާހަކަ. އެހެންވީމަ ހިނގާ ބައްދަލު ކޮށްލަން.” އާޒިމާ މިހެން ބުނުމުން ލީނާ ވިހަ ގޮތަކަށް ހީލިއެވެ. އާޒިމާ އެހައި ސީދާކޮން އެހެން ބުނާނެ ކަމަކަށް އޭނާ ފަހަރެއްގައި ވެސް ހިއެއް ނުކުރެއެވެ. މިހާރު މިކަން މާ ފަސޭހަ ވީއޭ ހިތަށް އެރުމުން އޭނާ ބައްދަލު ވާން އެއްބަސް ވިއެވެ.
ލީނާ ފޯނު ބޭއްވުމަށްފަހު ދޮރު ކަނީގައި އަތް އަޅުވާލަމުން މޫނު މައްޗަށް ވެއްޓިފައި އޮތް ބުޅި އިސްތަށިކޮޅާއި ކުޅެލިއެވެ. ލީނާ ހިތުން އޭނާގެ ބޭނުން ފުރިހަމަ ވުމުގައި އާޒިމާގެ އެހީތެރިކަން ލިބި ލޫތްގެ ހަޔާތުން އައިފާ ނިކަން ފަސޭހައިން ދުރުކޮށްލެވިދާނެއެވެ. ނަމަވެސް ލީނާ މިބެދުނީ އޭނާ އަމިއްލައަށް ރޭވި ކުޅިގަނޑުގައި ކަމެއް ނޭގުނެވެ.
****
މެންދަމުން އަލިވެ ބާރަ ޖެހިއިރު ކޮޓަރީގައި ލެޕްޓޮޕަށް ގެއްލިފައި އިން ލޫތް އިރުކޮޅަކާއި ކައިރީގައި ހުރި ކޮފީތަށި ބޯލައެވެ. ބޯވެފައި ހުރި ތުނބުޅި އާއި ކުޅެމުން ދިޔައިރު އޭނާ އިނީ ޝައުޤުވެރި ކަމާއިއެކު ލެޕްޓޮޕުން ކުރަމުން އެދައި މަސައްކަތަށް ހުއްޓިފައެވެ. އޭނާ ކުޑަ ސޯފާގައި އިން އިރު ޓީވީ ވެސް ހުރީ ހުޅުވާފައެވެ.
ދޮރުގައި ކުޑަކޮން ޓަކި ޖަހާލަމުން ލުތުފީ އެކޮޓަރިއަށް ވަނެވެ. އޭރު ދުރުގައި ލެޕްޓޮޕަށް ގެއްލިފައި އިން ލޫތް ފެނި އެނާ އެދިމާއަށް ހިނގައިގަތެވެ. “ލޫތް.” ލުތުފީ ގޮވާލި ނަމަވެސް އޭނާއަށް އަޑެއް ނީވުނެވެ. “ދަރިފުޅާ ލޫތް..” ލުތުފީ ގޮސް އޭނާގެ ކޮނޑުގައި ކޮއްޓާލުމުން ލޫތް ސިހިފައި އެދިމާއަށް ބަލާލިއެވެ.
“ސާބަހޭ ދަރިފުޅާ.. ބައްޕައޭ މިއީ.. ކޮންކަމަކަށް ގެއްލިފަ ތިއިނީ ޓީވީއާއި އެއްޗެހި ހުޅުވާފައި. ބާރަ ޖެހީނުން އެ މިހާރު.” ލުތުފީ މިހެން ބުނެ ލޫތް ސޯފާއިން އިންނަން ތަން ދެއްކުމުން އޭނާ އިށީނެވެ. “މިއީ އައިފާ އެކޮޅަށް ގޮސް ދައްކާނެ ރަނގަޅު ޑޮކްޓަރުން ކޮޅެއް ބަލާލަނީ” ލޫތް އޭނާ އަޅައިގެން އިން އައިނު ނަގައި ނިއްކުރީގައި ފިރުމާލަމުން ބުނެލިއެވެ.
“މިހާރު ޓިކެޓުގެ ކަންތައް ހަމަޖައްސައިފިންތަ؟” ލުތުފީ އަހާލިއެވެ. “ނޫނޭ.. އަދި އައިފާ ޑީސްޗާޖް ކުރާނެ ދުވަހެއް ނޭނގޭތީ ޖަމައެއް ނުޖައްސަން. އެހެން ނޫނަސް އަދި މެރީ ކޮށްގެންނުން ދެވޭނީ.. އެ ފޯމާލިޓީޒް ނިމެން ވެސް ހަފްތާއެއް ވަރު ނަގާނެ.” ލޫތް ވިސްނާލަން އިނދެފައި ބުނެލިއެވެ.
“އާނ.. ތިބުނީ ވެސް ތެދެއް. އެކަމު ދެން ދަރިފުޅު އެކަމާއި އެހައި ހާސްނުވޭ.. މިހާރު ވެސް ހަމަ ނިދި ނުލިބޭތީ ތިހިރީ ދެލޯ ރަތްވެފައި.” ލުތުފީ މިހިން ބުނުމުން ލޫތް ކުޑަކޮން ހީލިއެވެ. “އެއީ މައްސަލައެއް ނޫނޭ ބައްޕާ..” ލޫތް މިހެން ބުނެ ކޮފީ ތަށި ނެގިއެވެ. އައިފާ އެކްސިޑެންޓް ވީ ފަހުން އޭނާއަށް ހަމަޖެހިލައިގެން އެންމެ ރެއަކު ވެސް ނުނިދެއެވެ. ގިނަފަހަރަށް ކޮފީ ބޮއެގެން އިނދެވެނީ ވިސްނާށެވެ.
“ނޫނޭ.. ތިހެން އުޅެގެން ދަރިފުޅު ބަލިވެއްޖެއްޔާ ޔޯ؟ މިރޭ ދެން ހަމަ ނިދަން ވާނީ. ލެޕްޓޮޕް ވެސް ނިއްވާލާ. ތިދެން ކޮންމެ ރެއަކު ކޮފީ ބުއިން ނިމުނީ. މިހާރު ތިހިރީ ކޮފީއަށް އެޑިކްޓު ވެފައި.” ލޫތް އަތުގައި އިން ކޮފީތަށި ނަގަމުން ލުތުފީ ބުނެލިއެވެ. ލުތުފީގެ ވާހަކައިންނާއި އަމަލުން ލޫތަށް އޭނާގެ ކުޑައިރުގެ ހަނދާންތައް އާވިއެވެ. ކުޑައިރު ބައްޕަ އަޅާލާ ގޮތާއި ރޭގަނޑު ނިންދަވާދޭ ދުވަސްތައް މަތިން ހަނދާވުމުން ހިނިތުން ވެލިއެވެ.
ލުތުފީ ޓީވީ ނިއްވާލުމަށްފަހު ސޯފާއިން ތެދުވިއެވެ. “ނިދާލާ އިނގޭ ދެން. މާދަން ހެނދުނު ތިކަމާއި އުޅޭނީ..” ލުތުފީ މިހެން ބުނުމުން ލޫތް ބޯ ޖަހާލުމަށްފަހު ތެދުވެ ލުތުފީ ދިޔުމުން ދޮރު ތަޅުލިއެވެ. އެއްއަތުން ކަނދުރާގައި މޮޑެލަމުން އައިސް އެނދު މައްޗަށް ވެއްޓިގަނެ އެނބުރެމުން ދިޔަ ފަންކާއަށް ނަޒަރު ހުއްޓާލިއެވެ. މިހެން އޮއްވާ ހިނދުކޮޅެއް ތެރޭ ރަތްވެފައި ވީ ދެލޯ މެރި އޭނާ ފުން ނިންޖަކުން ގެނބުނެވެ.
****
މޫނަށް ދެތިން ފަހަރަކު ފެން ޖެހުމަށްފަހު އައިފާ ކުރިމަތީގައި ހުރި ލޯގަނޑަށް ނަޒަރު ހުއްޓާލިއެވެ. އޭނާއަށް ލޯގަނޑުން އަމިއްލަ ސޫރަ ނުފެނުނެއް ކަމަކު މަޑުމަޑުން މޫނުގައި އަތް ހާކާލިއެވެ. އަދި ބޮލުގައި އައްސާފައި އޮތް ސްކާފް ނައްޓާލަމުން ބޮލުގައި އަތް ހާކާލުމާއި އެކީ އިސްތަށީގެ ކޮޅޫތައް އަތުގައި ހޭކުނެވެ.
އައިފާގެ ތުންފަތަށް ލުއި ހިނިތުން ވުމެއް ވެރިވީ ބޮލުގައި އިސްތަށި ފަޅަން ފެށިކަން އެނގުމުންނެވެ. ލޮލުން ނުފެނުނެއް ކަމަކު އެކަން އިހުސާސް ވުމަކީ ވެސް ހިތަށް ލިބުނު ފިނިކަމެކެވެ. “އައިފާ.. ދަރިފުޅާ.” އަޒުރާ ދޮރުގައި ޓަކި ޖަހާލަމުން ގޮވާލި އަޑަށް އައިފާ ވަނުމަށް ބުނެލިއެވެ.
“މާ ގިނައިރު ވީމަ އަނެއްކާ ކަމެއްވީ ކަމަށް ހީކޮށް ގޮވާލީ.. ހިނގާ ސައިބޯން.” އަޒުރާ ފާޚާނާ ތެރެއަށް ވަދެ އައިފާގެ އަތުގައި ހިފައިގެން ނިކުތެވެ. އޭރު އަޒުރާ ހުރީ ސައިބޯން ޕާނާ އެއްޗެހި ތައްޔާރު ކޮށްފައެވެ. އައިފާ ހަމަޖެހިލައިގެން އިނދެ ސައިބޮމުން ދިޔައިރު އަޒުރާ ދޭތެރެއަކުން އެހީތެރި ވެދެއެވެ.
މިހާރު އައިފާ ނުފެނުނަސް އެކަނި ބައެއް ކަންތައް ކުރަން ހޭނިއްޖެއެވެ. “މަންމާ.. ކޮން އިރަކުންތަ ގެއަށް ދަނީ. ދެން މިތާ މާގިނަ ދުވަހު އޮންނާކަށް ބޭނުމެއް ނޫން..” އަޒުރާ ދިއްކޮށްލި ސައި ތަށީގައި ހިފަމުން އައިފާ ބުނެލިއެވެ. “ދެން މާ ގިނަ ދުވަހެއް ނުވާނެ ދަރިފުޅާ..” އަޒުރާ ހިނިތުން ވެލަމުން ބުނެލިއެވެ.
“ލީނާ ނާދޭތަ މިއަދު؟” އަޒުރާ ތެދުވެ ކުޑަދޮރެއް ހުޅުވާލަމުން އަހާލިއެވެ. “ނޫން އަންނާނެ މެންދުރުހައި އިރު.. ލޫތް ބުނީ މިއަދު ހަވީރު ޔޯ އާދެވޭނީ.. ފުރުމުގެ ކުރިން އޮފީހުގެ ބައެއް މަސައްކަތްތަށް ނިންމާލަން ށޯ.” އައިފާ ހިތްހަމަ ޖެހިފައި އިނދެ ބުނެލިއެވެ. އަޒުރާއަށް ލީނާއަކީ ލޫތްގެ ކުރީގެ އަނބިމީހާ ކަން އިނގުން ނަމަވެސް އޭނާ އައުން މަނައެއް ނުކުރެއެވެ.
އިރުކޮޅެއްފަހުން ދޮރުގައި ޓަކި ޖަހާލަމުން އެތެރެއަށް ވައިން ލައިޝާ ފެނުމުން އަޒުރާ ހިނިތުން ވެލިއެވެ. “އެއޮއް އައީ ލައިޝާ.” އަޒުރާ މިހެން ބުނެފައި ތަށިތައް ނަގަމުން ދުރަށް ޖެހިލިއެވެ. “ލައީ..” އައިފާ އަތް ދިއްކޮށްލަމުން މިހެން ބުނުމުން ލައިޝާ އައިސް އެއަތުގައި ހިފާލަމުން އެނދުގައި އިށީނެވެ.
“ސޮރީ އިނގޭ މިދުވަސް ކޮޅު ނާދެވުނީމަ.. ވަރަށް ބިޒީކޮށް އުޅުނީ.. އެހެންވެ މިއަދު އޮފީހަށް ދިޔުމުގެ ކުރިން ހަމަ އައިފާ ދެކިލަން މިއައީ.. ކިހިނެތް މިހާރު؟” ލައިޝާ ހިނިތުން ވެލަމުން ވާހަކަދެއްކިއެވެ. އޭރު އޭނާގެ ނަޒަރު ހުއްޓުނީ އައިފާގެ ބޮލުގައި އިން ލަކުނަށްށެވެ. “އޯކޭ އަނެއްހެން..” އައިފާ މިހެން ބުނަމުން ބޭއިޚްތިޔާރު ބޮލުގައި އަތް ލެވުނެވެ.
އައިފާ އަމަލުން އެގޮތަށް ހުއްޓާ ލައިޝާއަށް ފެނުމުން އޭނާ ދެރަވީކަން އިނގުމުން ލައިޝާ ވަގުތުން ދުރުގައި އޮތް ސްކާފް ނަގައި އޭނާގެ ބޮލުގައި އައްސައި ދިނެވެ. “ހޭއި އިޓްސް އޯކޭ. އައިފާ ކޮންމެ ގޮތަކަށް ހުއްޓަސް ޔޫ އާ ސްޓިލް ޕްރިޓީ.” ލައިޝާ ހިތްހެޔޮ ކަމާއި އެކު މިހެން ބުނުމުން އައިފާ ހިނިތުންވެލިއެވެ.
“މަންމަ ބުނި މިހާރު ލީނާ އަންނަ ވާހަކަ..” ލައިޝާ ދެ ޚިޔާލެއްގައި އިނދެފައި އަހާލިއެވެ. “ހޫމް.. އަންނާނެ ދޭތެރެއަކުން.” އައިފާގެ ޖަވާބުން ލައިޝާ ހިތްހަމަ ނުޖެހުނެވެ. އެގޮތަށް ލީނާގެ ހިޔަނި އަނެއްކާވެސް އެ އާއިލާއަށް އެޅޭކަށް އޭނާ ނޭދެއެވެ.
“އައިފާ. ލުކް.. އަހަންނަށް ލީނާ އެގޮތަށް އައިސް އުޅޭކަށް އެހައި ކަމަކު ނުދޭ. ކުރިން އޭނާ ލޫތްއާއި ދޭތެރޭ ކަންތަން ކުރި ގޮތުން އަހަރެން ހަމަ ހިތްހަމަ ނުޖެހެނީ.. އެކަމަކު ލޫތް އެގޮތަށް ލީނާ އަންނަން އެއްބަސް ވެދާނެ ކަމަކަށް ހިއެއް ނުކުރަން..” ލައިޝާ އޭނާގެ ޚިޔާލު ފާޅު ކުރިއެވެ.
އައިފާ ވެސް ލީނާ އައުމާއި އެހައި ހިތްހަމަ ނުޖެހުނަސް ލޫތްގެ އެދުމަށް އޭނާ ދެކޮޅު ނުހެދީއެވެ. “އައި ނޯ.. އެކަމަކު އެއީ އެދެމީހުން ދޭތެރޭ ކަމެއް ދޯ. އެހެން ނޫނަސް އައި ތިންކް ޝީ ހެޒް ޗޭންޖްޑް.” އައިފާ މިހެން ބުނުމުން ލައިޝާ އެކަމާއި ދެކޮޅަށް އެއްޗެކޭ ނުބުނެއެވެ. ނަމަވެސް އޭނާއަށް ލީނާއާއި ދޭތެރޭ އޮތް ޝައްކު ޔަޤީން ކަމަށް ބަދަލު ނުވަނީސް އިތުރަށް އެވާހަކަ ނުދައްކާން ނިންމިއެވެ.
****
ރެސްޓޯރަންޓުގަ ޖޫހަށް އޯޑަރު ދީގެން އިން އާޒިމާ އިރުއިރުކޮޅުން ފޯނުން ގަޑި ބަލާލައެވެ. ލީނާގެ އިންތިޒާރުގައި މިހާރު އެތަނުގައި އިންނަތާ ބައިގަޑިއިރު ވެދާނެއެވެ. ރޭގަނޑުގެ ފިނި ވައިރޯޅި ޖެހެމުން ދިޔައިރު ދުރުން ދިއްލާފައި އޮތް ސަފާރީތައް ފެންނަމުން ދިޔައެވެ. މާލެއާއި ހުޅުލޭ ދެމެދެ ދަތުރު ކުރަމުންދާ ފެރީތައް ފެންނަމުން ދިޔައިރު ސިޓްރަން ރެސްޓޯރަންޓުގެ މަތީބަޔަށް ލީނާ އެރިއެވެ.
އެވަގުތު ދުރުގައި އިން އާޒިމާ ލޮލުގައި އަޅައިގަތުމުން ހިނިތުންވެ ހުރެ އެދިމާއަށް ހިނގައިގަތެވެ. “ލީނާ.” އާޒިމާ ގޮވާލުމަށްފަހު ވެއިޓަރަށް ހަނާ އަޅާލިއެވެ. “ވަން ރެޑް ބުލް.” ލީނާ މިހެން ބުނެ ގޮނޑީގައި ހަމަޖެހިލައިގެން އިށީނދެލިއެވެ. “އެހެން ވީމަ ކިހިނެތް ހަދަންވީ؟” އާޒިމާ އިތުރު ވާހަކައެއް ނުދެއްކުމުން ލީނާ އަހާލިއެވެ.
“ހަދަންވީ ގޮތަކީ ލޫތްގެ ދިރިއުޅުމުން އައިފާ ބޭރުކޮށްލަންވީ.. މިކަން ލީނާއަށް ކުރެވޭނެކަން އަހަންނަށް ޔަޤީން.” އާޒިމާ އޭނާގެ ޖޫސްތަށި ބޯލަމުން ބުނެލިއެވެ. “އާނ. ކުރެވިދާނެ. ތީ އަހަރެން ވެސް ބޭނުންވާ ގޮތަކީ.. އައިފާ ދުރުކޮށްލެވިދާނެ.. އެކަމަކު ލޫތް އޭނާއާއި ދުރަށް ގޮސްދާނެ ކަމާއި މެދު އަހަންނަށް ޝައްކު.” ލީނާ ވިސްނާލަން އިނދެފައި ބުނެލިއެވެ.
“އެހެންވީމަ އަހަރެން ވިސްނާފައި އޮތީ ހަމައެކަނި އައިފާ ލޫތްގެ ދިރިއުޅުމުން ދުރުކޮށްލުމެއް ނޫން.. އަހަރެން ބޭނުމީ އޭނާގެ ވަސްވެސް ފިލުވާލަން.” ލީނާ މިހެން ބުނުމުން އާޒިމާގެ ދެބުމަ ގޮށްޖެހުނެވެ. “ނުވިސްނުނު.” އާޒިމާ އިތުރަށް އޮޅުން ފިލުވުމަށް އަހާލިއެވެ. “އެންމެން ހީކުރަނީ އައިފާއަށް އެދިމާވީ އެކްސިޑެންޓްއެއް ކަމަށް ދޯ.. ބުނަންތަ ސިއްރެއް.. އެއީ އަހަރެން ރާވައިގެން ކުރުވި ކަމެއް.” ލީނާ ބުނެލި ވާހަކައިން އާޒިމާ ސިހުނެވެ. އެއްޗެއް ބުނަން ނޭނގިފައި އިންއިރު އޭނާ އިނީ އެވާހަކަ ޤަބޫލު ކުރަން ވެސް ދަތިވެފައެވެ. އައިފާއަށް ކަންތައް ދިމާވި ގޮތުން އެއީ މީހަކު ރާވައިގެން ކުރާނެ ކަމެކޭ ހީވެސް ނުވެއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
41 Comments!
Comments are closed.



Hey. Finally i managed to update this. Sorry for the delay again. And since you guys had to wait so long i’m gonna up the last two episodes tomorrow and day after tomorrow in sha allah. And thats why this part it short. I spread it into two more parts. Enjoy.
Haadha dhuvaheh kohfa thi up kuree…varah inthixaar kohfin..BTW story varah nice
Reethi bondieh mi Leena boanethaa
V salhi mi vaahaka
vv reethi..??
WOW… v v reethi… ekam haadha dhuvaheh fahunney thi up kolly… next part ah eba v inthizaaru kurevey… next part avas kollahchey…
Heekuri up nuvaane kama dhen. thanks up koh dhineethi. layaa hama best! ❤️❤️
Wow v v v nice story n leena mifaharu rangalhavves bondi boane keekkuraany dhenves avahah aifaa beyrah gengosgen faruvaa kuran ulhey loothu ehennoony anekkaa leena aifaa maraakanneynge laany mihaaruves hithu alhaafa ehery efakyru maraalan ekam leena ah kaamiyaab viyanudhehchey pls waitin 4 the next part
obinesss!! heeves nukuran leena ehen hadhaafana ey! i mean that was a huge shock huvaa. aazima ekanye noon shock v ki. layaa thanks dear for not stopping this story.
Love it. ehaa dhuvas kohfa up kohlee iru ves hama salhi igey
Wowwww.. Shocked.. Thalhuvaalaafa thi ninmaaly..?? love it..❤❤❤
V rythi… v ufaa vejje story up vma.. n i really hate that lyna… waiting for tom.. nimeny dho dhennn ..
Oh v v inthizaru kurifahun so thnks varah varah nice n kiyahihvaa stry eh ???
yeyy. your back. i’m soooooooo happy layaa. thanks love and as usual it was awesome ??
Wowwww story is awesome ❤❤❤
Beautiful story.waiting for the next parts??
This story is very nice .Looking forward
Wow . Next part avahah up koh dheythi
vara reethi..
layaa haadha reechey story
Very nice ???really love it ??
Varah reethi
Aeha dhuwas kohfa up kohdhey iru ws haadha kurey aekam nice
Didnt upload for weeks yet she wants more attention so spread the episode into 3 parts.
All hail the writer .
Lol
oh for god sakes! atleast she uploaded! gina meehun nuves kuraane. doesn’t matter if it’s spread to 3 or 5 parts. She doesn’t leave us hanging. So appreciate it instead of mocking the writer.
Reeth
Ninmaalany dhoa anyway story ham best waiting ifaa lolah fen nagoah hadhachey plx layaa ❤❤❤❤❤❤❤❤❤????
kbaa story,…. avas
Layaaaa….story ge inthixaaruga mi thibenee… Mireyga update kureveynetha… Pls reply kollahchey…Thanks update kureema
#Shiu : she ain’t doing the readers a favor by uploading the story.
U missed the point , shes uploading after a couple of weeks. And she still wants to make the readers wait more so is dividing one part into 3 components.
If she respects the readers she could have uploaded it as one episode .
Oh wait why would she? If she uploads as one episode how can she get the ridiculous number of readers begging.
I love this story,and until now was fine with delaying but that spreading it into 3 parts bit caught my attention . Only one meaning can be derived from it. That The author wants to increase the number of comments.
=vallahu aulam=
Avahah upkohdhyba!! Mirey up kuraanamei bunefa nuvyma varah dherakamei!!! Writer ge bahuge ehves ageh nethei nun!!
Kobaa story konirakun up kurany
Kobaa story layaaaaaaa
Bunaaa dhuvahu up eh nukurey vey dhw.. Inthizaaru ga eyhaaa baivaru kudhin thibey iru bunaanan dhuvahah up koh dhn vaaaney dhw..kudhin kudhin ge comment thah blaaba kiyaa hivaa varu eyrah vs eygeyney.. Comment nukuraaa kudhin vs thibeyney baivaru inthizaar ga..plxxx hurihaa kudhin ge inthixaar ah nimumeh geynes dhybaa..vahaka avahah up koh dheeba plxxxxx
Eyhaaa Gina dhuvas kohfa up koh dhinyma thanks..dhn anehkaa aneh part up koh dheynii 3weeks fahuh baa??..eyhaa las nukoh thankolheh avahah up koh dhybaala
Obinesss?..ekm hadha laheyy up kuraaleh ..avahah up koh dhybaa
Vvvvvvv salhi? wating waiting
Salhi❤❤
layaa avas kohdhybala plxxxxxxxxxxxxxxxxxxxxxxxxxxxxx
Koba waiting
Anekaa ves ehaa dhuvas fahun dhw up kureveeni.plx plx avas koh dhey ba.