Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވެރިޔާގެ މާފް 4

Rozy Level 210 Stories
September 19, 2016 6 Mins Read
11 Comments

“ދައްތާ އަހަރެންނަށް މާފް ކުރޭ ހިގާ އެމަންޖެ ގޮވައިގެން މާލެދާން ފަހަރެއްގަ މާހައުލު ބަދަލުވީމާ ރަނގަޅުވެސް ވާނެ
މަންމަޔާ ބޮޑުދައިތަގެ ވާހަކަ އަޑުއިވުމުން އަހަރެން ވަރަށް ހައިރާންވިއެވެ. އަސްލު އަހަރެންނަށް ވީ ކީއްބާއެވެ؟ އަހަރެން ހޮސްޕިޓަލަށް ގެންދިޔައީ ކީއްވެ ބާވައެވެ. މަންމަމެން އަހަރެންނާ އެވާހަކަ ނުދައްކަނީ ކީއްވެ ބާވައެވެ. އަހަރެންގެ މަންމަޔަކީ އަހަރެންނަށް ކިތަންމެ ކުޑަކަމެއް ވިޔަސް އެކަމެއް ވަރަށް ބޮޑު ކަމަކަށް ހަދައިގެން އުޅޭނެއެވެ. މަންމަޔާ ސުވާލު ކުރަން އަހަރެން ބެނުން ވިއެވެ.
” މަންމާ.. އަހަަރެންނަށް ވީ ކީއްތަ؟” އަހަރެން މަންމަޔާ ސުވާލު ކުރީމެވެ.
މަންމަ އަހަރެން އެނދުގައި ބޭންދި އެވެ.
” ދަރިފުޅަށް މާބޮޑު ކަމެއް ނުވޭ. މިދެތޭރޭ ކުޑަކޮށް ބަލިވީ ދޯ. އަދި މާބޮޑަށް ގޭގަ ދަރިފުޅު ހުންނާތީ ބޮޑުދައިތަ ކަންބޮޑު ވީ. ދަރިފުޅު މާލެ ދާނަން؟ މޮޅަށް ކިޔަވާ ގެން ހުރި މޮޅު ކުއްޖަކަށް ވާންބޭނުންތަ؟” މަންމަގެ މި ޖުމްލަ އިން އަހަރެންގެ ލޯބޮޑުވެގެން ދިޔައެވެ. ލޯމަރާލެވުނެވެ.
ހިތި ހަދާންތަކެއް އާވާން ފެށިއެވެ. ރިޔާސް އާއި އެކު ބައްދަލުވި އެންމެ ފަހުރޭ ހިނގާ ދިޔަ ހާދިސާ ފިޔާޒާގެ ހަނދާން ވިއެވެ.
“ފިޔާޒާ.. އަހަރެމެންގެ މިގުޅުމުގެ ވާހަކަ އިތުރު އެއްވެސް މީހަކަށް އެނގިގެން ނުވާނެ…………….. އަހަރެންގެ ގޭމިހުން އަހަރެން ކައިވެނި ކުރަން ބޭނުންވާނީ ވަރަށް ކިޔަވައިގެން ހުރި މޮޅު ކުއްޖެއް.. މީ މަވެސް އެދޭގޮތް. އެހެން ނޫނަސް މިރަށު ކުދިން ގުރޭޑް 7 ނިމޭއިރަށް ތި ތިބެނީ މީހުނާ ހިތާވެފަ… އަހަރެންގެ ހިތަށް އަރާ މި ކުދިންނަށް ކިޔެވުމުގެ މޮޅުކަން ކިޔާ ދެވެނެ ނަމައޭ…..ފިޔާޒާ … ވެސް ދުވަސްކޮޅަކުން ފެންނާނީ.. މީހަކާ އިންތަން ހަނދާންކޮށް މަށައް ދައުވަތު ކާޑު ފޮނުވާތި…
ކަންފަތުގައި އަތް އަޅައިގެން އަހަރެންނަށް ހަޅޭއް ލަވައިގަނެވުނެވެ. އެއްވެސް އިޙްތިޔާރަކާ ނުލައެވެ.
” މަންމާ…….. މަންމާ….. އަހަރެން ބާރަށް ގޮވަމުން ދިޔައީމެވެ. . ދެކަންފަތުގާ އަތް އަޅާފައެވެ. ރިޔާސް ދެއްކި ވާހަކަ އިތުރަށް އަހަން އަހަރެން ބޭނުން ނޫންފަދައެވެ.
ބޮޑުދައިތަ އާއި މަންމަ ހަލުއިކަމާއެކު އަހަރެން ކާރިޔަށް ކޮޓަރިޔަށް އައެވެ. އަދި ހައިރާންވެފަ އަހަރެންނާއި ދިމާލަށް ބަލަން ހުއްޓުން އަރާފަ ތިއްބެވެ.
މިގޭގަ އަހަރެންގެ އަޑު އެގުގުމާލީ އެއްމަސް ފަހުންކަން އެގުނީ އެވަގުތުއެވެ. މީގެ ކުރިން ނަންރީތި ގޭގަ ގުގުމަމުން ދިޔައީ އަހަރެންގެ ހުނުމުގެ އަޑެވެ. ރުއިމުގެ އަޑެއްނޫނެވެ. ކޮކާލެއްފަދައިން ގޭގެ އެތަން މިތަނުގައި އުފާވެރި ކަމާއެކު އަހަރެން އެނބުރުނީމެވެ. ބޮދުދައިތަ އަހަރެންނަށް ފެންތަށްޓެއް ގެނެސް ދިނެވެ. ފެންބޯލުމުން ހަމަ ޖެހުނެވެ. މަންމަޔާ ބޮޑުދައިތަ އަހަރެންގެ ދެފަރާތުގައި އެނދުގައި އިށީނެވެ.
“ދަރިފުޅާ ކިހިނެއްތަ މިފަހަކަށް އައިސް ތިވަނީ؟” މަންމަ ކަންބޮޑުވެފަ އަހާލިއެވެ. ސުވާލުގެ ބެެލުމަކުން ބޮޑުދައިތަވެސް އަހަރެންނާ ދިމާލަށް ބަލަމުން ދިޔައެވެ.
“މަންމަޔަށް ފެންނަނީ ދަރިފުޅު އަރާމު ކޮށްލާ ކުޑަކޮށް ނިދާލެވުނީ މާ ރަނގަޅު ވާނެ” އަހަރެން އިނީ ދާހިތްލާ ފޯވެފައެވެ. ބޮޑުދައިތަ އަހަރެންގެ ކޮޓަރީ އޭސީ ބޮޑަށް ފިނިކޮށްލިއެވެ.
މިހާރު ހުރިހާކަމެއް އަހަރެން ހަނދާންވެއްޖެއެވެ. އެއީ ހިތި ހަނދާނެކެވެ. މަންމަ މެން އަހަރެން އޮށޯތީމާ ދިޔައީ އެވެ. އެވަގުތު ދުރުން ލަވައިގެ އަޑު އިވެން ފެށިއެވެ. ހީވީ މީހަކު އަހަރެންގެ ޒަހަމް ތަކުގާ ފިއްތަން ފެށިހެންނެވެ.
“އެއްވެސް ފަރާތަކާ އަހަރެން ޝަކުވާއެއް ނުކުރާނަމެވެ
އެއްވެސް މީހަކީ އަހަރެންނާ ދިމާވި ކަންތަކުގެ ކުއްވެރިޔެކޭ އަހަރެން ނުބުނާނަމެވެ.
އަހަރެންގެ ނަސީބު ގާ ވާންހުރިގޮތެއް ހަމަ ވާނެއެވެ.
“އެއްވެސް ފަރާތަކާ އަހަރެން ޝަކުވާއެއް ނުކުރާނަމެވެ
އަހަރެންގެ ނަސީބުގާ އަހަރެންނަށް ލިބެން ނެތްމީހަކު ނުލިބެނެއެވެ.
އިހްތިޔާރަކާ ނުލާ އަހަރެންނަށް އަޑުގަދަ ކޮށް އެލަވަ ކިޔަންފެށުނެވެ.
“މިއަދު އަހަރެންނަށް ކުޑަނަމަވެސް ތަސައްލީއެއް މިލިބުނީ ކަލެއާ ދުރުވީމައެވެ
އަހަރެންނަށް ކަލެއާނުލާވެސް ބަހާރު މޫސުމް އަންނާނެއެވެ. އަދި މިހަޔާތުގާ ވެސް މާފޮލޭނެއެވެ.
އަހަރެންގެ ހިތުގާވި އެދުން މިއަދު ފުރިހަމަ ނުވީއެވެ. އަހަރެން ބޭނުންވި މާވެސް ނުފޮޅުވުނީއެވެ.
އެއްވެސް ފަރާތަކާ އަހަރެން ޝަކުވާއެއް ނުކުރާނަމެވެ
ަހަރެންގެ ނަސީބުގާ އަހަރެންނަށް ލިބެން ނެތްމީހަކު ނުލިބެނެއެވެ
އަހަރެންގެ ހަނދާންތަކުން އަހަރެން ކަލޭ ދުރު ކޮށް ލާނަމެވެ. ”
އަހަރެން މިލަވަ ކިޔާ އަޑުއިގެން އަހަރެންގެ މަންމަ ކޮޓަރިޔަށް އައެވެ.
އެއްވެސް އިހްތިޔާރަކާ ނުލާ އަހަރެންނަށް މަންމަ ގައިގާ އޮޅުލާގަނެވުނެވެ.
އަހަރެން ރޮމުން ރޮމުން ރިޔާސް އަހަރެންނަށް ބޭވަފާތެރިވިގޮތާއި އަހަރެން ލަދު ގަންނަވާ ދެރަކޮށްލި ގޮތް މަންމަޔާ ބޮޑުދައިތައަށް ކިޔާދިނީމެވެ.. އަހަރެންގެ ސިކުނޑިޔަށް ވަރަށް ބޮޑު ލުއިކަމެއް އިހްސާސް ވިއެވެ.
“ދަރިފުޅާ. ދިރިއުޅުމުގެ ކޮންމެ މަންޒިލަކީ ހަނގުރާމައެއް އަދި ވާދަ ވެރިކަމެއް. ދަރިފުޅު ތީ ވަރަށް ހިތް އަލި ކިޔެވިދާނެ ކުއްޖެއް. ކިޔަވާ މޮޅު ކުއްޖަކަށް ވެގެން އެންމެނަށް ދައްކާލެވޭނެ މަގޭ ދަރިފުޅަށް.. އަހަރެމެން ވާނީ ދަރިފުޅާ އެކުގަ. އެހެން ނޫނަސް ރިޔާސް އެއީ ދަރިފުޅާ އެކަށީގެން ވާ މީހެއް ނޫން އަދި ފަހުން އޭނާ ދެރަވާނެ ބަލާތި މާފަށް ވެސް އެދޭނެ.. ދަރިފުޅު ކިޔަވާ މޮޅު ކުއްޖަކަަށް ވީމާ އެ އެންމެނަށް ވެސް ދަރިފުޅު ފެންނާނެ. ބޭނުން ވަނީ ދަރިފުޅުގެ ހިތްވަރެއް.. ތައްޔާރުތަ..؟” މަންމަ އަހަރެންގެ ބޮލުގައި ފިރުމަމުން ބުނެލިއެވެ. މަންމަ މެންގެ ލޯތްބަކީވެސް މިކަހަލަ ހާލަތުގައި ހާދަ ފައިދާ ހުރިއެއްޗެކެވެ.
ތެދުވޭ، އަތްފަޔާ މީނު ދޮވޭ. އަދި ނަމާދުކޮށް ﷲ ކިބައިން ވާގިޔަށް އެދޭ ކޮންމެވެސް ދުވަހަކުން އޭނަޔަށް އެގެއްލުނީ ކިހާރަނގަޅު ޖަވާހިރެއް ކަން އޭނަޔަށް އެނގޭނެ” . ބޮޑުދައިތަވެސް އަހަރެންނަށް ހިތްވަރު ދެމުން ބުނެލިއެވެ.
މަންމަޔާ ބޮޑު ދައިތަގެ ނަސޭހަތާއި ލޯބިން އަހަރެންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ބަދަލު ވެގެން ދިޔައެވެ. އާނއެކެވެ. އެދުވަހުގެ ފަހުން އަހަރެންގެ ދިރިއުޅުމުގެ ހުރިހާ މަގުސަދެއް މުޅިން އާކުލައެއް އައެވެ. އާޖޯށަކާއެކު ދިރިއުޅުމުގެ ހަނގުރަމަޔާ ކުރިމަތި ލީމެވެ… އާނއެކެވެ. ކިޔެވުމަކީ މޮޓޯއެވެ. ކިޔެވުމަކީ ދިރި ހުރުމެވެ. ކިޔެވުމަކީ ބަދަލު ހިފުމެވެ. ކިޔެވުމަކީ ހާސިލް ކުރުމުވެ. މިއީ އަހަރެންގެ މޮޓޯއެވެ. މަންމަ އަހަރެންއަތަށް ރިޔާސް ދިންފޮތް ދިނެވެ. އެ ފޮތުގައި އަހަރެން އަތުން ކަފުން ކުރީމެވެ ރޮމުންނެވެ. ހީވީ މަރުވެފައިވާ އެއްޗެއް ހެނެވެ. ގޭގެ އެންމެ އެތެރޭ ކަބަޑަކަށް ލާ އެފޮތް ފޮރުވީމެވެ. އެފޮތަކީ އޭނާ އަހަރެންނާ ބައްދަލުވި އެންމެ ފަހުރޭ ދިން ހަދިޔާއެވެ.
މިއަދކީ އަހަރެން އަމިއްލަ ވަޒަން ދޫކޮށް އަހަރެންގެ މަގުސަދު ހާސިލް ކުރުމަށްޓަކައި މާލެއަށް ދާ ދުވަހެވެ.އަހަރެންގެ އަޒުމް ވަރުގަދައެވެ. ފަހު ފަހަރަށް އަހަރެންގެ ގެޔާ ދިމާލަށް ބަލާލީމެވެ. ގޭގެ ތަންތަން ކޮޅުން އަހަރެންނަށް އަހަރެން ދުވަމުން ދިޔަ މަންޒަރު ސިފަވެގެން ދިޔައެވެ. ގޭގެ އެތެރެއިން ފެނުނު ދިގު އަލަމާރިޔާ ދިމާލަށް އަހަރެން ފުންކޮށް ބަލާލީމެވެ. އެއަލަމާރީގައި އަހަރެންވަނީ އަހަރެންގެ މާޒީ ކަފުންކޮށް ވަޅުލާފައެވެ.
ދުވަސްތަށް މަސްތަކަށް މަސްތައް އަހަރު ތަކަށް ބަދަލުވަމުންދިޔައެވެ. އެމް އީ އެސް ގެ ގުރޭޑް 8 އިން އަހަރެން ފެށި ކިޔެވުން ނިމިގެން ދިޔައީ ކާމިޔާބު ކަމާއެކުގައެވެ. އިންޑިޔާއިން އަހަރެން ބިޒްނަސް މެނޭޖްމަންޓުއިން އެމް. އޭ ހެދީމެވެ.
މިއަދަކީ 21 އަހަރު ފަހުން ފުރިހަމަ ކާމިޔާބީ އާއިއެކު އަހަރެންގެ އަމިއްލަ ވަޒަނަށް އެނބުރި އަންނަ ދުވަހެވެ. ފޮނި ރިހުމެއް އަހަރެންގެ ހިތުގައި އުފެދުނެވެ. މިއަދު އަހަރެން 21 އަހަރު ފަހުން ރަށައް މިއައީ އާއިލާ އާއިވެސް އެކުގައެވެ. ރަށުގައި ފައިތިލަ ޖެހުމާއެކު އަހަރެންގެ ހިތުގައި މޯލިޔަކަށް ރިޔާސް ގެ ހަނދާންތަށް އާވިއެވެ. އެކަމުން އަދިވެސް އަހަރެންގެ ހިތުން އެ އަނިޔާވެރިޔާގެ ހަނދާން އާވާކަން އެނގިއްޖެއެވެ. އެކަމަކު އަހަރެން އެއަނިޔާވެރިޔާގެ ނަން ހަނދާން ކުރަންވީ ކީއްވެހެއްޔެވެ. މިހާރު އޭނަ ހުންނާނީ ކޮންމެވެސް ތައުލީމީ މީހަކާ ކައިވެނި ކޮށްގެން އަމިއްލަ ސުކޫލެއް ހުޅުވައިގެން ތޯއްޗެކެވެ. އަހަރެން އަމިއްލައަށް ހިނިތުން ވެލީމެވެ.
“ރާނިޔާ. ކަލޭ ތިވިސްނަނީ ކޮންއެއްޗެއް ލަގެޖް މިއޮތްގެން ދަނީ”
އަހަރެންގެ ދައްތަ އަހަރެންނާ އަރާ ހަމަކުރަމުން ބުނެލިއެވެ. ތެދެކެވެ. ލަގެޖް ތައްވެސް ބަހައްޓާފަ އަހަރެން ހިޔާލީ ދުނިޔެއަށް ގެއްލުނީއެވެ. އަނެއްކާވެސް ދައްތަ އަހަރެންނަށް ގޮވާލިއެވެ. ފިޔާޒާ މިނަން އަހަރެން ބަލިވާތީ އޭ ކިޔާފަ ރަސްމީގޮތުން ނަން ބަދަލު ކޮށްލީއެވެ. މާލެ ދިޔުމާއެކު މަންމަމެން އެންމެ ކުރިން ކުރިކަމަކީ އެއީ އެވެ. އަހަރެންގެ ނަން ބަދަލު ކުރުމެވެ. މިއަދު އެންމެންނަށް އަހަރެން އެނގޭނީ ރާނިޔާ މިނަމުންނެވެ. އަހަރެންގެ މިނަމަކީ އަހަރެންގެ ރަށައް އާނަމެކެވެ. އެއްވެސް މީހަކަށް އަހަރެންނަކީ ކާކު ކަމެއް ނޭނގޭނެއެވެ. މިރަށުން ފުރައިގެން 21 އަހަރު ކުރިން ފުރައިގެން ދިޔަ 14 އަހަރުގެ މައުސޫމް ކުއްޖާ މިއަދު އެނބުރި އައިސް މިހިރީ ތައުލީމު ލިބި އަމިއްލަ ރަށުގައި ތިމާގެ އިލްމުން ޙިދުމަތް ކުރެވޭ ފެންވަރުގެ ކުއްޖަކަށް ވެގެން އައިހެވެ.
އަހަރެންގެ ބައްޕަ އަހަރެންނަށް ޓިޔުޝަން ކުލާހެއް ހުޅުވާދިނެވެ. އެކުލާހަކީ ބޮޑެތި މީހުނަށް ބިޒްނަސް އާއި ބެހޭގޮތުން މައުލޫމާތު ދޭ ކުލާހެކެވެ. މިކަމުގައި އަހަރެންނަށް ކައުންސިލުންވެސް އެހީވިއެވެ. ބިޒްނަސް ޑިވެލޮޕް މެންޓު ސެންޓަރގެ ގިނަ ކުލާސްތަށްވެސް ނަގާދެނީ އަހަރެންނެވެ.
ނޫސްތަކުގެ އެހީގައި މިހާރުވެސް އަހަރެންގެ ސުކޫލާއި ވިޔަފާރި ވަނީ ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި މަޝް ހޫރު ވެފައެވެ. އަހަރެން ނުދަންނަ ގިނަ މީހުން ތަފާތު ކަންކަމުގައި އަހަރެންގެ މަޝްވަރާ ހޯދައެވެ.
އަހަރެންގެ ބިޒީ ދުުވަސްތަކުން ދުވަހެކެވެ. ބިޒްނަސް މީޓިން އަކަށް ދާން ޖެހުނީ އެވެ. ކާރީގަ ހުރި ރެސްޓޯރަންޓަކަށެވެ. ކިތަންމެ ކިޔަވަައިގެން ސޯޝަލް މީހަކަށް ވެފަ ހުއްޓަސް ފިރިހެނުންނާ އެކު ގައިގޯޅިވެ ރެސްޓޯރަންޓުތަކަށް ކޮފީއަށް ދިޔުމަކީ އަހަރެންނަށް އެހާ ކަމުދާ ކަމެއްނޫނެވެ. އަހަރެންގެ މަންމަގެ ނަސީހަތް އަހަރެންގެ ސުލޫކް ގައި ހުރެއެވެ. ލަދުވެތިކަމަކީ އަންހެން ކުދިންގެ ގަހަނާ ކަން އަހަރެން ގަބޫލް ކުރަމެވެ. އަދި އަހަރެން އަހަރެން ހުންނަންވާ ހިސާބު ދަންނަމެވެ. މީހުންނާ ވާހަކަ ދެއްކުމުގެ ތަހުޒީބު އަހަރެންގެ ހުރެއެވެ. މަންމަ ދީފައިވާ ތަރުބިއްޔަތެވެ.
ބައްދަލުވުން ރޭވުނީ އަހަރެންގެ ބިޒްނަސް ޕާރޓްނަރަކާ އެއްކޮންނެވެ. އެއީ ޝަހުދު އެވެ. ޝަހުދުގެ ވިޔަފާރީގައި އަހަރެން އެހީވަމެވެ. ޑޮކިޔުމަންޓްތަށް ހެދުމަށެވެ. ބިޒްނަސް އިމްޕުރޫވް ކުރުމަށެވެ.
“ރާނިޔާ. އަހަރެން މިއަދު ކަލާއަށް އިންޓުރޮޑިޔުސް ކޮށްމިދެނީ އަހަރެންގެ ބިޒްނަސްގެ ޙާއްސަ ޕާރޓްނަރުންނާ.”
ޝަހުދުގެ މިވާހަކަޔާ މެދު އަހަރެން އެއްބަސްވުމުގެ ގޮތުން ބޯޖަހާލީމެވެ. އަހަރެމެން ރެސްޓޯރަންޓަށް ވަން އިރު އެތާ ވަށް މޭޒެއްގެ ވަށައިގެން މީހުން ތިއްބެވެ. އަހަރެންނަށް އިންތިޒާރު ކުރަނީއެވެ. އެންމެ ފުރަތަމަ ލަހުން އާދެވުނު ކަމަށްޓަކާ ޝަހުދު އާއި އަހަރެން އެމީހުންގެ ކާރިން މާފަށް އެދުނީމެވެ.
“މީ ރާނިޔާ… މީ ވަރަށް ކިޔަވައިގެން ހުރި މޮޅު ކުއްޖެއް. އަހަރެެމެންގެ މިކުޑަ ރަށާއި މުޅި ދިވެހި ރާއްޖެ ރާނިޔާ އާއި މެދު ފަހުރު ވެރިވޭ. މިއަދު ރާނިޔާ އަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ހުނަރުވެރި ކުއްޖެއް.”
“ޝަހުދު ދެން އަޅުގަނޑުގެ ވާހަކަ ބާއްވާފަ މީކޮން ބޭކަލުންނެއްތޯ ކިޔާދެއްވާ؟” އަހަރެން ލަދުންހުރެ ޝަހުދުގެ ވާހަކަ ހުއްޓުވީމެވެ. މާބޮޑަށް ތައުރީފް ކުރީމާ އަހަރެން ލަދުގަތެވެ.
” އާނތެދެއް. މިއިނީ މިސްބާހް. މިއީ އަމިއްލަ ވިޔަފާރި ވެރިއެއް މިރަށުގަ. ދެން މިއިނީ ސައީދު. މިއީވެސް މިރަށުގެ ނަން ހިގާ ވިޔަފާރި ވެރިއެއް. މިއިނީ ސަތީހު ބަންގުލަޑޭޝް މީހެއް އަހަރެމެންނަށް ރާއްޖެއިން ބޭރުން ލޭބަރުން ގެނެސްދެނީ މީނާ އަހަރެމެން ކޮންމެ މީހެއްގެ ޝަކުވާއަކީ ބިޒްނަސް ދަށްވުން ކުރިޔަށް ނުދިޔުން މިކަމުގަ މިކަން ރަނގަޅު ކުރުމަށް ރާނިޔާގެ އެހީ ވަރަށް ބޭނުން”
ޝަހުދު އަހަރެންނަށް ހުރިހާ އެންމެން ވަކި ވަކިން ތައާރަފް ކޮށް ދިނެވެ. އެހުރިހާ މީހުންވެސް ވަރަށް އެކުވެރިއެވެ. އެތަނުން މިސްބާހް މާގިނަވަގުތު ހިމޭނުން ހުރިކަން އަހަރެން ފާހަނގަ ކުރީމެވެ. އަހަރެންގެ ފޯނު ނަންބަރު އެމީހުންނާ ހިއްސާ ކޮށްލީމެވެ.
ޖެހިގެން އައި ދުވަހެވެ. ނުދަންނަ ނަންބަރަކުން އަހަރެންނަށް ގުޅާލިއެވެ.
“މިއީ މިސްބާހް އަހަރެން ބެނުން ރާނިޔާ އާއި ބައްދަލު ކޮށްލަން. ”
“ތިޔައީި އެއްވެސް ކަމެއްނޫން. އަހަރެން މިއިނީ ކައުންސިލްގަ ދެންމެ ގަޑިއެއް ނިންމާފަ ހިންދެމިލީ، އާދޭ މިތަނަށް”
“މިއަންނަނީ” މިސްބާހް މިހެން ބުނެލުމަށް ފަހު ދިހަ ވަރަކަށް މިނެޓް ތެރޭ އަތުވެއްޖެއެވެ.
“އަޅުގަނޑު ބޭނުން ވަނީ ރާނިޔާ އުނދަގޫ ކަމަކަށް ނުވާނަމަ އަޅުގަޑުމެންގެ އޮފީހަށް ދުރުވަން.’
އަހަރެން ހިނދުކޮޅަކު މަޑުކޮށްލީމެވެ. އަސްލު އެއީ އިއްޔެ ދިމާވި މީހެއް ވީމާ ކުޑަކޮށް ޖެހިލުން ވިއެވެ.
“އަސްލުގަ ބޭނުންވަނީ ބައެއް އޮފީހުގެ ކަންތަކުގަ ރާނިޔާގެ ހެލްޕެއް އެހެންވެ މިއައީ. ބިރު ގަންނާކަށް ނުޖެހޭނެ އިތުރު ދެކުދިން އޮފީހުގަ ތިބޭނެ.” އަހަރެން ހިމޭނުން ހުރިތަން ފެނިފަ މިސްބާހް ބުުނެލިއެވެ. އަހަރެން ވަރަށްލަދުުގަތެވެ. ދަބަސް ކޮނޑުގައި އަޅުވައިގެން ދާން އަހަރެން ހިނގާގަތީމެވެ. އަދި ހުއްޓިލާފަ އޮފީހަށް ބަލާލަމުން އަހަރެންގެ ސެކްރެޓަރީއަށް ގޮވާލީމެވެ.
“ވިސާމާ އަހަރެން އަންނާނަން ބައްދަލު ވުމަކަށް ގޮއްސަ އެއްވެސް ކަމެއް އޮތީޔާ މަށަށް ގުޅާތި”
އަހަރެން އޮފީހުގެ އަހަރެންގެ ސެކްރެޓަރީ ކާރި ބުނެލުމަށްފަހު މިސްބާހްއާއި އެކު ބޭރަށް ނިކުތީއެވެ. ކާރުގައި އިން އިރުވެސް އަހަރެމެން ދެމީހުން ވެސް މާގިނަ ވާހަކަ އެއްނުދައްކައެވެ. މިސްބާހް ކުޑަގޮތަކަށް ވިޔަފާރީގެ ވާހަކަ ހިއްސާ ކުރިއެވެ. އަހަރެމެން އޮފިހަށް ވަން އިރު އިތުރު ފިރިހެނަކުވެސް ބައިވަރު ފޮތްތަކަކާ ޕޭޕަރުތަކަކާ ފައިލް ތަކެއް ކުރިމަތީ ބަހައްޓައިގެން ބޮލުގައި ހިފަހައްޓައިގެން އިނެވެ.
“އެއީ މުނީރު އަހަރެމެންގެ ކުންފުނީގެ ހިއްސާދާރެއް” މިސްބާހު އެމިހާދައްކާލަމުން ބުންޏެވެ.
“މިސްބާހް ތިއައީތަ . ކޮބާތިގެންނަން ބުނި ހައްލު” މުނީރު އިސްއުފުލާ އަހަރެމެންނަށް ބަލާލަމުން ބުނެލިއެވެ.
” މިހިރީ ނު ރާނިޔާ ދައްކަބަލަ ތިއެއްޗެތި ރާނިޔާއަށް ފަހަރެއްގަ މައްސަލަ ހައްލު ކުރެވިދާނެ އެރުން” ދެން ހުރިހާ ވާހަކަ އެއްދިޔައީ އެމީހުންނަށް ބިޒްނަސްގަ ދިމާވެގެން އުޅޭމައްސަލަތަގެ ވާހަކައެވެ. ހައްލު ކުރަން ބެނުންވާ ކަންތަކުގެ ވާހަކައެވެ. އެންމެ ފަހުން މިސްބަހް ހުރިހާ ޑޮކިޔުމަންޓްތަކެއް އަހަރެންނާ ހަވާލު ކުރިއެވެ. އެމަސައްކަތްތަކަކީ އަހަރެން ގެ ފީލްޑުގެ މަސައްކަތްވީމާ އަހަރެން އެޕުރޮޖެކްޓުގަ ހަވާލުވީމެވެ. އެމީހުންގެ ބިޒްނަސް ދިޔަގޮތުގެ ތަފްސީލް މުނީރު ދިނެވެ. ވަކިން އަހަރެން މަސައްކަތް ކުރަން ލެޕްޓޮޕެއްވެސް ދިނެވެ.
އަހަރެމެން ތިން ހަތަރު ގަޑިއިރުގެ އޮފިޝަލް ވާހަކަ ދެއްކުމަށްފަހު ކޮފީ މޭޒަށް ދިޔައީމެވެ. މިސްބާހް އަކީ ވަރަށް މަޖާ މިޒާޖެއްގެ ޒުވާނެކެވެ. މިވީ ކުޑަވަގުތުކޮޅު ތެރޭ އަހަރެންނާ މިސްބާހް ވަރަށް އެކުވެރި ވެއްޖެއެވެ. މިސްބާހް ވީވެސް އަހަރެންނަށް ވަރަށް ކަމުދާ އެކުގާ މަސައްކަތް ކުރާހިތްވާ ކަހަލަ މީހަކަށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rozy

Level 210 Stories

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

Other Articles

Previous

ލޯބިވެރިޔާގެ މާފް 3

Next

މަންޝާ (ސަތުޔާޅީސްވަނަ ބައި)

Next
September 19, 2016

މަންޝާ (ސަތުޔާޅީސްވަނަ ބައި)

Previews
September 18, 2016

ލޯބިވެރިޔާގެ މާފް 3

11 Comments!

  1. aik says:
    September 19, 2016 at 12:38 pm

    vv reethi..??

  2. ifaa says:
    September 19, 2016 at 1:05 pm

    nice

  3. abhy says:
    September 19, 2016 at 1:35 pm

    varah reethi. varah kamudhey

  4. Sabeeha says:
    September 19, 2016 at 1:51 pm

    v salhi…?

  5. Khajja says:
    September 19, 2016 at 1:58 pm

    Wow interesting keep it up n waitin waitin

  6. tannu says:
    September 19, 2016 at 4:05 pm

    Rozy can u help me

    1. Rozy says:
      September 19, 2016 at 6:29 pm

      What i can do for you..

  7. Mal says:
    September 19, 2016 at 5:54 pm

    V reeeethi ?

  8. Raaniya says:
    September 19, 2016 at 7:48 pm

    14:aharuga dhiyaee 21 aharu fahun a ee..dhen 35 aharuthaa vaanee…mi umuruge meehunnah kudhinney kiyaatha

    1. Rozy says:
      September 19, 2016 at 8:37 pm

      Raaniya anmuko dhivehinge there mihaka innan dhen kiyani kudhine bode nuveye .. Alhugada hivani ehen. 40 viyas kujaye kiyani.
      Thank you

  9. aaminabee says:
    September 19, 2016 at 9:21 pm

    vv reethi vaahaka…aaminabee ah varah kamudhey….

Comments are closed.

Next Episodeލޯބިވެރިޔާގެ މާފް 5←


All Right Reserved!