Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާއަށް އާދޭސް 2…

kamana Level 310 Stories500 Comments100 Comments
September 18, 2016 3 Mins Read
8 Comments

“އޭ ކަލޭ އައިސްބަލަ… ހަމަ އެއީ ޝީރީން ކަން އެނގިގެން ދޯ އެވަރަށް ބެލީ… އަދި މަހިތަށް އަރައިފިއޭ މީނަ އެހެންޏާ އަންހެން ކުއްޖަކަށް ނުބަލާ މީހަކަށް ވެފަހުރީ ކީއްބާއޭ… ” ނަދީމް އެނދުމަތީގައި އިށިންނަމުން ކިޔަމުން ދިޔަ އެއްވެސް އެއްޗެއް މަނިކުގެ ސިކުނޑިއަކަށް ނުވިސްނުނެވެ. “އޭ ކީކޭ… ކީކޭ ތިކިޔަނި.. ކޮން ޝީރީންއެއް. އަނެއްކާ.. އަނެއްކާ އަހަރެންގެ..” މަނިކު ހިތުގައި އަތް އަޅާލިއެވެ. “އާން.. ކަލޭގެ ފުރަތަމަ ލޯބި… މިއުޅޭ މުއްސަދިގޭ އަފީފްގެ ހަމަ އެކަނި ހުރި ދަރި.. ކަލޭގެ ޝީރީން.. ލައިލާ..” ނަދީމް އެނދަށް ވެއްޓިގަންނަމުން ކިޔަމުން ދިޔައެވެ. “މަގޭ ލައިލާއޭ….” މަނިކުގެ ތުންފަތުގައި ދުވެލީ މިއިން ޒަމާނަކުވެސް ނުފެންނަ ހިނިތުންވުމެކެވެ.

މޭމަތީގައި އެއްއަތް އަޅައިގެން ހުރި އިރު މަނިކުގެ ތުންފަތުގައި ވަނީ ފުޅާ ހިނިތުންވުމެކެވެ. އެ އަންހެން ކުއްޖަކަށް އިންތިޒާރު ކުރަމުން ދިޔަ އަންހެން ކުއްޖާ ލޮލު ކުރިމަތިން ދެން ނުގެއްލޭނޭ މަނިކުގެ ހިތް ބުނަމުންދިޔައެވެ. ގްރޭޑް އަށަކުން ފަށައިގެން ވަމުން އައި ސާފު ލޯބި ކަމިޔާބު ކުރުމުގެ ޖޯޝު ހިތުގައި އާވީ އެހެންޏާ ނުވާވަރަށެވެ.

“އޭ.. މަޖުނޫން ދޮރުގަ މީހަކު އެބަ ޓަކިދޭ.. އޭ… ޕިސް.. ޕިސް” ދެތިން ފަހަރު މަނިކު ގައިގަ ޖަހާލުމުންވެސް މަނިކު އޮތް ގޮތަސްއޮތީ އަމިއްލަ ދުނިޔެއެއްގައެވެ. “ތިހިރީ ހަމަ ރަނގަޅަށްވެސް ދީވާނާ ވެފަ… އަހާ…. އޭ މަނިކޫ މީނި ލައިލާ..” ކޮޓަރީގެ ދޮރު ހުޅުވާލިގޮތަށް ނަދީމް މަނިކަށް ގޮވާލިއެވެ. ނަދީމްއަށް ލައިލާއޭ ނުބުނެވެނީސް މަނިކު ހުރީ ކޮޓަރީ ދޮރުމަތީގައެވެ. ސިކުންތު ކޮޅަކަށް ނަމަވެސް ލިބުނު އުފާވެރިކަން ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. “ހަހަހހަ.. ” ނަދީމްގެ ހުނުމުގެ އަޑަށް މަނިކު ލޯ އަޅާލީ ދޮރުމަތީގައި އިން އަންހެން ކުއްޖާއަށް ސަމާލުކަމެއް ދެމުންނެވެ. މާޖެހި ފޮތީގެ ކުރު އަރިފެޅި ހެނދުމެއްގައި ބުރުގާ މޭމައްޗަށް ވާގޮތަށް ގޮށެއް ޖަހައިފައި ވާއިރު ހަމުގެ ކުލަ އައްޔެއް ނޫނެވެ. އިސްކޮޅުން ފަސްފޫޓު ހަމަ ނުވާއިރު ހުތުރު ކުއްޖަކަށް ނުކިޔާނެއެވެ.

“މަނިކު އަން.. ޝިޔާމައްތަ ދިން އެއްޗެއް… ޝިޔާމައްތަ ބުނީ ކައިފަ ބަދިގޭގަ ތަށިތަށް ބަހައްޓާށޭ..” ނަދީމްއަށް ލޯއަޅާލަމުން ދޮރުމަތީގައި އިން ލައިލާ ބޭރަށް މިސްރާބު ޖެހީ އަތުގައި ހުރި ތަށިތަށް މަނިކުއަތަށް ދެމުންނެވެ.

“ހހަހަހަހ.. އޭ ހަމަ އަސްލުވެސް ލައިލާއޭ އެއީ… ދެން ކައޭ ކިތައްމެ ވަރެއް ކުރިއަސް ޝީރީން ނުވާނެ ދޯ ލައިލާއަކަށް… އައްދޯއި.. ސޮރީ ސޮރީ” ނަދީމްގެ އެ އަނގަ ނުހުއްޓާނެ ކަން އެނގުމުން މަނިކު ނަދީމްގެ ބުރަކަށީގައި ބޮނޑިއެއް ޖެހިއެވެ.

………………………………..

ރަންދޯދިގޭން ނިކުމެގެން އައި ލައިލާ ވިސްނަމުން ދިޔައީ މަނިކުއާއި މެދުގައެވެ. ހިނިތުން ވެލައިގެން ހުރި މަނިކުގެ ހިނިތުންވުން ކުއްލިއަކަށް ފަޑުވެގެން ދިޔައީ ކީއްވެބާއޭ ލައިލާ ހިތައްއަރަމުން ދިޔައެވެ. “ޕިސް އެވާނީ އެ ނަދީމް އާ ހެދި ކަމަށް.. އެހެން ނޫނަސް .. އއާރގް .. ނޭނގެ.” ކުޑަކޮށް ބޮލުގައި އެއްއަތުން ޖަހާލަމުން ލައިލާ މިސްރާބުޖެހީ ގެއާ ދިމާލަށް ދިޔުމަށެވެ.

…………….

ވިއްސާރަ ދުވަސް ވަރުވުމުން ހެނދުނުގެ އަލި ދުނިޔެއަށް އެޅެމުން އައީ ތެއްފިނި ވައިރޯޅި ތަކާއެކުގައެވެ. ކުއީން ސައިޒް ބޮޑު އެނދުގައި ދެފަރާތަށް ފޮރޮޅި ފޮރޮޅި އޮތް ޝީރިން އޮތީ ފިނިކަމުން ނުނިދިފައެވެ. ކިތައްމެ ފިންޏަސް އޭސީގެ ފިނި މަޑުކުރާކަށް ޝީރީން ބޭނުން ނުވެއެވެ.

“ދަރިފުޅާ… ހޭލާދޯ ތިއުޅެނީ… ދެން ހިނގާ ސައިބޯން ނުވައެއް ޖަހަނީ…” ޝީރީންގެ އިސްތަށި ގަނޑުގައި ފިރުމާލަމުން ސަމްސިއްޔަ ބުންޏެވެ. “ކޯޗެއް ހުރީ..” މޯޅިއަކަށް ދެމިލަމުން ޝީރީން ސަމްސިއްޔަ ގައިގަ ބައްދާލިއެވެ. “މައްސުނި ހުންނާނެ.. ދެން ހިނގާ… ހެހެ ދަރިފުޅު ބޮޑުނުވާން ދޯ ހަމަ ތިއުޅެނީ” ސަމްސިއްޔަ އެހެން ބުނުމުން ޝީރީން ބޯޖަހާލީ ހެމުންނެވެ.

…………

“އޭ ލައި… ހާދަ މޫޑީ ވެފަ..” އަތިރިޔާ ވީ ފަރާތުގައި ހުރި ޖޯލިފަތީގައި އިށީދެގެން އިން ލައިލާ ފެނި ނަދީމް އަހާލިއެވެ. “ރޭގަ ކަންތަކާތަ. ހަހަހހަ” ލައިލާ ލޯއަޅާލުމުން ނަދީމް ފެށީ ހޭންށެވެ. “ސާބަހޭ… މަ އަސްލު ލައި އަކާ ނޫނޭ ބެހުނީ.. މިއޮށް އުޅޭ މަނިކު އޭނަގެ ލައިލާ… އުހުން އޭނަގެ ޝީރީން ރަށައް އައިސްގެން ދުނިޔޭން މޮޔަވެފަ އެހުންނަނީ… ހަހަހ” ނަދީލް އެހެން ބުނުމުން ލައިލާގެ ހިތުގެ ކަނަކުން ނުބައި ސިގްނަލް އެއް ދޭން ފެށިއެވެ. “ކޮން… ކޮން ޝީރީންއެއް…. އަހަރެންނާ އެކީގަ ކިޔަވަން އުޅުނު” ލައިލާއަށް ރަނގަޅަށް ނުބުނެވެނީސް ނަދީމް ބޯޖަހާލިއެވެ. “އެހެން ވިޔަސް އޭނަ އަށް ލައިލާ ކިޔައިގެން ނުވާނެ.. ކިޔަންޏާ ޝީރީން ކިޔާ އޭނަގެ ނަމުން..” އެހެން ބުނެ ލައިލާ ޖޯލިން ތެދުވީ ހިތްހަމަ ނުޖެހިއެވެ. ލައިލާއަށް އައި ކުއްލި ބަދަލުން ނަދީމް އަށް ވާނުވާ ނޭނގުނެވެ. ލައިލާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ ވިސްނަންވީ އެއްޗެއް ނޭނގިފައެވެ.

“އަޅޭ.. އަހަރެން ކީއްވެތަ ނަދީމް ދެކެ މި ރުޅިއައީ.. އޭނަ ހިތަށް އަރާނީ ކީކޭ…. ” ލައިލާއަށް ބޮޑުވައި އިނގިލީގެ ނިޔަފަތީގައި ދަތްއަޅާ ލެވުނެވެ.

*********

ހަވީރުގެ ހިތްގައިމު ވަގުތުގައި މަގުމަތިން މީހުން ފެންނަލެއް ގިނައެވެ. ވާރޭ ނުވެހުނަސް ދުނިޔެމަތި ފެންނަމުން ދަނީ ވިއްސާރަކޮށެވެ. ޒުވާން އުމުރުގެ ފިރިހެން ގްރޫޕް ދަނޑަށް އެއްވެ އުޅުނީ ފުޓްބާޅަ ކުޅުމަށެވެ. “އޭ.. އޭ މަނިކު ބަލާބަލަ އެއޮތް ކަމެއް” މަނިކުގެ ބުރަކަށީގައި ކޮއްޓާލަމުން މަނިކު އެ ޒުވާނާ އިޝާރާތް ކުރަމުން ދިޔަ ދިމާލަށް ބަލާލިއެވެ.

މަޑު ފިޔާތޮށި ކުލައިގެ ޓޮޕް ކޮޅަކާއި ފޫކޮޅަށް ބާރު ޖިންސެއްގައި ފަރި ހިނގުމަކުން ހިނގަމުން އަންނަ އަންހެން ކުއްޖާއަށް ގިނަ ބައެއްގެ ލޯތަށް ދިޔައީ އަމާޒުވަމުންނެވެ. ދޮން ދޮން އެ ވައް މޫނުކޮޅު އިތުރަށް ފުރިހަމަ ވެފައިވާނީ ގަދަ ރަތް ލިޕްސްޓިކްއިންނެވެ. ބޮޑު ދެލޯ އިތުރަށް ފުރިހަމަ ކޮއްލާފައިވަނީ މަސްކަރާގެ އެހީގައެވެ. ކުދި ބުޅި އިސްތަށިގަނޑުގައި މަޑު ރަން ކުލައެއް ޖައްސާފައިވާއިރު ފެންނަލެއް ވަރަށް ފުރިހަމައެވެ. “ޝީރީން..” މަޑުމަޑުން މަނިކަށް ގޮވާލެވުނެވެ.

“ލައިލާ… ލައިލާ ދޯ ތީ” ޝީރީން ހިނގުން މަޑުކޮއްލަމުން ކުރިމަތިން ފެންނަމުން ދިޔަ އަންހެން ކުއްޖާގެ އަތުގައި ހިފާލިއެވެ. “ޝީރީން” ގަދަކަމުން ހިނިތުންވުމެއް ގެންނަމުން ލައިލާ ބޯޖަހާލިއެވެ. “އަޅޭ ލައީ ބަދަލެއް ނުވޭ އެއްގޮތަށްވެސް… ނަސީބެއްނު ލައިއާ ދިމާވިކަންވެސް.. ވަރަށް ފޫހިވާތީ މިއުޅެނީ… ކޮބާތަ އަހަރުންނާ އެކީގަ އުޅުނު އަންހެން ގްރޫޕް… ކޮންތާކަށް ތިދަނީ..” ޝީރީން ހީވަނީ އުފަލުން ފޮޅޭ ހެންނެވެ. “މިދަނީ ގެއަށް.. ތިއްތަ މާދަމާ މީހަކާ އިންނާތީ ކައިވެނި ޕާޓީއަށް ކައްކާ މީހުންނަށް އެހީވާން މިދަނީ.. އަމް ޝީރީން ދާނަންތަ.. އެތާގަ އުޅޭނެ އަންހެން ގްރޫޕް ވެސް” އަހަން ނާހަން ހުރެފައިވެސް ލައިލާ އަހާލިއެވެ. “ޔެސް ދާނަން.. އެކަމް ލައި އަހަރެން ހުންނާނީ ބަލަން އިނގޭ” ޝީރީން އެހެން ބުނުމުން ލައިލާ ފެށީ ހޭންށެވެ. އެއީ އަދިވެސް ކުރީގެ ޝީރީންއޭ ލައިލާގެ ހިތްބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

ލަފަށަ

Next

ހިތާ ފުރާނައިގެ ދިރުމޭ

Next
September 18, 2016

ހިތާ ފުރާނައިގެ ދިރުމޭ

Previews
September 18, 2016

ލަފަށަ

8 Comments!

  1. kamana says:
    September 18, 2016 at 5:57 pm

    Sorryy guyxxx varah lasvehje dhw. Sorry? Just for yu guyx mi vyk wed and thurs ga up koh dheynan insha allah. I am so sorryy. Lov yu all. ??

  2. aik says:
    September 18, 2016 at 6:08 pm

    vv reethi..??

  3. sallu says:
    September 18, 2016 at 6:20 pm

    Luv u 2…me 2nd dhw…

  4. So says:
    September 18, 2016 at 6:21 pm

    V rythi v interesting ekam haadha kurey

  5. sallu says:
    September 18, 2016 at 6:26 pm

    Luv u 2…me 2nd dhw…v reethi…

  6. ⓢⓗⓐⓗⓐ says:
    September 18, 2016 at 6:40 pm

    Hey lv..its ok..stwry vrh rythi..miss u..tc

  7. Sabeeha says:
    September 18, 2016 at 6:47 pm

    v salhi..?

  8. ken? says:
    September 19, 2016 at 12:09 am

    wat took u so long…n haadha kurukoh…even if u planned to up it after such a big brk dn i wud expect for a longer episode…nyways really appreciate for ur work…thnkz loadssssss ?

Comments are closed.

Next Episodeއިންތިހާއަށް އާދޭސް 3..←


All Right Reserved!