” އޭނަ ގޮއްސި އޭނަގެ މައްޗަށް އެއްވެސް ރަހުމެއް ނެތް އޭނާއަށް އަނިޔާކުރާ ނުލަފާ ދޮންބެ ސަލާމަތް ކުރަން.” އެހުރި ގޮތަށް ހުރެ މުފީދާ ބުނި އެއްޗަކުން ޔާޝާއަށް ބުމަ ގޮއްޖަހާލައިގެން މުފީދާއާއި ދިމާލަށް ބަލަން ހުރެވުނީ ” ވަޓް” އޭ ބުނަންވެސް ނޭނގިފައެވެ.
” އާން. ޔާޝާ. އޭނަ ގޮއްސި އޭނަ ހޮސްޕިޓަލުގަ އެނދުމަތި ކުރުވި ދޮންބެ ސަލާމަތް ކުރަން. އޭނަ ދިޔައީ ލުފްޝާން ސަލާމަތް ކުރަން. ފިލްމު ކުޅޭ މަންޖެ އައިރޭގަ އޭނާއަށް ކޮށްލި ވަރު ހަނދާން ނެތުނީ ތޯއްޗެއް.” އެހުރި ގޮތަށް ޔާޝާ ހުއްޓައި އަނެއްކާވެސް މުފީދާ އޭނާގެ ބަސްތައް ތަކުރާރު ކޮށްލިއެވެ.
” ދައްތަ އަހަންނަށް ކިޔައިދެވިދާނެެތަ މާޝަލް އެގޮތަށް ކަންތައް ކުރަނީ ކީއްވެ ކަން؟ ކިހިހިނެނެއް؟” ވަރަށް އުނދަގުލުން ޔާޝާ އަހައިލިއެވެ.
” އާދެބަލަ ދަރިފުޅާ. ” މުފީދާ ދެއަތް ފުޅާ ކޮށްލަމުން ޔާޝާއާއި ދިމާލަށް މިހެން ބުނިއިރު އޭނާ ބުނަން ބޭނުން އެތައް ވާހަކައެއް އެބައޮތް ކަން އޭނާގެ ލޮލުންވެސް ހާމަވާން ފެށިއެވެ. ޔާޝާ ގަދަކަމުން ހީލަމުން މުފީދާ ކައިރީގައި އިށިނދެލިއެވެ.
” ވީގޮތަކީ…” މުފީދާ ޔާޝާގެ ބޮލުގައި ފިރުމާލަމުން ވާހަކަ ފެށިއެވެ.
###
އެއީ އެދުވަހުގެ ހެނދުނެވެ. މުފީދާއަށް ހޭލެވުނީ ބަދިގޭ ތެރެއިން ތަށިތައް ގުޑުވާ އަޑަށްށެވެ. މުފީދާ ހީކުރީ މާޝަލްގެ ބައްޕަ ލިިޔާގަތު މަސްތުވާތަކެތި ހުސްވެގެން އައިސް މާޝަލް ފޮރުވަން ލާފައި ހުރި ލާރިކޮޅު ނަގަން އުޅެނީ ކަމަށްށެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ރޭގައި އަންނަން ކިޔާފައި ލިޔާގަތެއް ނާދެއެވެ. އަނެއްކޮޅުން މާޝަލް އެންމެ ފަހުން މަސައްކަތް ކޮށްގެން ހޯދި ލާރިކޮޅު ފޮރުވަންލީވެސް އެތަނަށްށެވެ. މުފީދާ އަވަހަށް އޭނާގެ ފޮރުޅުލީ ގޮނޑިއަށް އަރާ ބާރަކަށް ދުއްވާލަމުން ބަދިގެޔަށް ވަނެވެ.
އޭނާ ބަދިގެޔަށް ވަތް އިރު އެތާނގައި އޭނާ ހީކުރި ގޮތާއި ހިލާފަށް ހުރީ މާޝަލްއެވެ.
” ދަރިފުޅާ. ތީ ހޮސްޕިޓަލުގަ އޮތް ކުއްޖާއެއްނު. ކީއްކުރަން ތިއައީ؟ ޑޮކްޓަރ ބުނީ މާދަމާޔޭ ދޫކޮށްލެވޭނީ. ދެން މިހާ އަވަހަށް؟؟” ހައިރާންވެ ހުރެ މުފީދާ އަހައިލިއެވެ.
” މަންމަދޯ ދޮންބެ ފުލުހުންނާ ހަވާލު ކުރީ.” މުފީދާ ކުރި އެއްވެސް ސުވާލަކަށް ޖަވާބެއް ދިނުމެއް ނެތި މާޝަލްވެސް ކޮށްލީ ސުވާލެކެވެ. އޭރު އޭނާގެ އަތުގައި ތެލި ދަށުން ނެގި ލާރިތައް ހުއްޓެވެ. މުފީދާއަކަށް ދޭނެ ވަކި ޖަވާބެއް ނުވިސްނުނެވެ. އޭނާ ހުރީ ހިމޭންކަމާއި އެކީގައެވެ.
” މާންމާ. ކީއްވެ އެހެން ހެދީ؟ އާން. އަހަންނަށް އެނގޭ އަހަންނަށް އީދު ދުވަހު ރޭގަ އަހަންނަށް އަނިޔާ ކުރީ ދޮންބެކަން. އަދި މިއަދާ ހަމައަށް އަހަންނަށް އުނދަގޫ ކުރަނީ ދޮންބެ ކަން. އެކަމް މަންމަ ހާދަ އަވަހަކަށް ހަނދާން ނައްތާލީ ކާފަގެ ވަސިއްޔަތް. އަހަރެން މިދަނީ ނިލަންދުއަށް ދާން ދޮންބެ ސަލާމަތް ކުރަން.” ކުޑަކޮށް ހަމަ ނުޖެހިހުރެ މާޝަލް މިހެން ބުނީ މުފީދާގެ ފަރާތުން ޖަވާބެއް ނުލިބުމުންނެވެ.
” ދަރިފުޅު ކައިރީ ކާކުތަ ބުނީ މަންމަޔޭ ދޮންބެ ފުލުހުންނާ ހަވާލު ކުރީ؟ ދަރިފުޅަށް ހީވޭތަ ދަރިފުޅު ހިތްހަމަ ނުޖެހޭ ކަމެއް މަންމަ ކުރާނެހެން. އެހަޔާތްކުޑަ ޖަލަށް ލީ މިހިރަ ކުރިމަތީގޭ ހަރީރާ. ހަރީރާގެ3000 ރުފިޔާ ވަގަށް ނަގައިގެން.” މުފީދާ އިތުރަށް އޮޅުން ފިލުވައި ދިނެވެ. ހަމައެކަނި މަންމަ ގާތު ” ސޮރީ”އޭ ބުނެލަމުން މާޝަލް ހިނގައިގަތީ ބޭރަށްށެވެ.
” ދަރިފުޅާ މަޑުކޮށްބަލަ. ތިހިރީ ދަރިފުޅު ހުރި ހާލު. އަމިއްލަ ސިއްހަތަށްވެސް ވިސްނަން ވާނެ ދަރިފުޅާ. ދަރިފުޅު… ރަނގަޅު ވީމަ ދޮންބެ ބަލާ ދާނީ. ދަރިފުޅާ..” މުފީދާ ދެއްކި ވާހަކަތަކަށް ބީރު ކަންފަތެއް ދެމުން މާޝަލް ނިކުމެގެން ދިޔައީއެވެ.
###
މުފީދާ ދެއްކި ހުރިހާ ވާހަކައެއްވެސް އަޑުއަހަން ޔާޝާ ހުރީ ކަންފަތް ދީގެންނެވެ. މާޝަލް ލުފްޝާންއަށްޓަކައި ކިތަންމެ ކަމެއްވެސް ކޮށްފާނެކަން ޔާޝާއަށް ހަމަ ރަނގަޅަށްވެސް އެނގެޔެވެ. ނަމަވެސް ޔާޝާއަށް މިއޮއް ހުރިހާ ދުވަސް ވީއިރުވެސް ނޭނގުނީ މާޝަލްގެ މިއަމަލުތަކުގެ ސަބަަބެވެ. އޭނާ މިއޮއް ހުރިހާ ދުވަހު އަމިއްލަ ސިކުނޑިއަށް ވިސްނައިދިނީ މާޝަލް މިހުރިހާ ކަމެއް އެކުރަނީ ލުފްޝާންއަކީ އޭނާގެ ދޮންބެކަމުންނެވެ. ނަމަވެސް އެއީ ހަމައެކަނި ސަބަބު ނޫން ކަން މިއަދު އޭނާއަށް ޝައްކު ވާން ފަށައިފިއެވެ.
” ދައްތާ. ތީ އަދި އަހަރެން އެންމެ ބޭނުންވާ ސުވާލުގެ ޖަވާބެއް ނޫން. އަހަރެންގެ ސުވާލަކީ މާޝަލް މިހުރިހާ ކަމެއް އެކުރަނީ ކީއްވެ ހޭ؟ އަހަންނަށް އެނގޭ އާއިލާ ތެރޭގަ ދުރު މީހުންނަށް ސިއްރުކޮށްފައިވާ ބައިވަރު ސިއްރު ހުންނާނެކަން. އެކަމް އަހަރެން މީ މާޝަލްގެ އެންމެ ގާތް އެކުވެރިޔާ ކަން ހަނދާން ކޮށްލާފަ ކިޔައިދީފާނަންތަ މިހުރިހާ ކަމެއްގެ ސަބަބު. އަހަރެން މާޝަލް ކައިރީ އެތައް ފަހަރަކު މިސުވާލު ކޮށްފިން. އެކަމް އަބަަދުވެސް ލިބެނީ އެއްޖަވާބެއް. އެހެންމަ ދައްތަ އަހަންނަށް ކިޔައިދީފާނަންތަ؟ ޕްލީޒް ދައްތާ. ” މުފީދާއާއި ހަތަރު ކަޅި ހަމަކޮށްލަމުން ޔާޝާ އެދުނީ އާދޭހާއެކުއެވެ.
މުފީދާ ކުއްލިއަކަށް އިސްޖަހައިލިއެވެ. އޭރު އޭނާގެ ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަ ތިކިންވެސް އޭނާއަށް ކުރަމުން ދިޔަ އަސަރު ކިތަންމެ ރީއްޗަކަށްވެސް ހާމަވެއެވެ.
” ދައްތާ ސޮރީ. ނުބައި ވާހަކައެއް ދޯ މިއަހާލެވުނީ. ދައްތަ ނުރޮއި. ދެން އަހަރެން މިސުވާލެއް ނުކުރާނަން. އަހަރެން ބޭނުމެއް ނޫން ޖަވާބެއް. ” މުފީދާގެ ކޯތާފަތުން ކަރުނަ ފޮހެލާދެމުން ޔާޝާ ބުންޏެވެ. އަދި އިތުރަށް އެތާގައި މަޑު ނުކޮށް ދާން ހެލިގަތެވެ. ނަމަވެސް އޭނާއަށް މަޑު ޖެހިލެވުނީ އޭނާގެ އަތުގައި މުފީދާ ހިފާލުމުންނެވެ.
” ތީ އަހަރެންގެ ދަރިއެއް ނޫނަސް އަހަރެންގެ ދަރިއެއް ފަދަ ކުއްޖެއް. އަހަރެން ކޮންމެވާހަކައެއްވެސް ޔާޝާއަށް ކިޔައިދޭކަށް ޖެހިލުންވެސް ނުވާނަން. ” މުފީދާ މިހެން ބުނެލަމުން ފުން ނޭވައެއް ފަޒާގެ ތެރެއަށް ދުކޮއްލިއެވެ. ހުރިހާ ވާހަކައެއް ކިޔައިދޭން ތައްޔާރުވެލި ފަަދައެވެ.
###
25 އަހަރު ކުރި
” ދޮން އައިމިނޭ! ދޮން އައިމިނޭ! ނިކުމެބަލަ. ވަރަށް އަވަހަށް ނިކުމެ ބަލަ.” ބޮލުގައި އޮތް ތާކިހާ އަތަށް ލައި މޮޑެމުން ކަހަލަ ގޮތަކަށް ހުސެންފުޅު ގެޔަށް ވަަދެގެން އައި އިރު އޭނާގެ މޫނުގައި ރަސްކަން ކުރަމުން ދިޔައީ އުފާވެރިކަމެވެ.
” ސާބަހޭ މުހައްމަދުފުޅާ. ގެޔަށް އައި ގޮތަށް ތިހާ އުފާވެފަ ގައިމު މިއިން ދުވަހަަކުވެސް މުހައްމަދުުފުޅު ނުހުރޭ. އަނެއްކާ ކޮންކަހަލަ ހަބަރަކާއިގެން.” މުހައްމަދުފުޅުގެ އަންހެނުން އާމިނާ މިހެން ބުނަމުން އެގޭގެ ޖަންބުރޯލު ގަސްދޮށުގައި އެލުވާފައިވާ ދެ އޮނދޯލި ތެރެއިން އެއް އޮނދޯލީގައި އިށީނެވެ. މުހައްމަދުފުޅުވެސް އޭނާގެ އަންހެނުންނާއި ދާދިގާތުގައި ހުރި އުނދޯލީގައި އިށީނދެލިއިރު ހުރިހާ ދަތްޕިލަތައްވަނީ ސޭލް އެޅުވިފައެވެ.
” ދޮން އައިމިނަ ގާތު މިވާހަކަ ބުނެފިއްޔާ އުފަލުން ގޮސް ހަދާނެ ގޮތެއްވެސް ނޭނގެ. އަހަރެންވާ މިހުންނަނީނު ދަތްޕިލަ ދައްކައިގެން އައިމިނަ ނަމަ މިހާރު މޮޔަވީސް.” މުހައްމަދު ފުޅު އޭނާގެ އަންހެނުންނާއި ހަތަރުކަޅި ހަމަކޮށްލަމުން ބުންޏެވެ.
” ދެން ހިތްނުތަޅުވާ ބުނެބަލަ. ކިހިނެއްތަވީ؟” ހިތްއަވަސް ވެފައި ހުރެ އާމިނަ ސުވާލު ކުރަން ފެށިއެވެ.
” ކޮބާތަ މުފީދާ؟ އޭނަ އައިމަ ކިޔައިދެވޭނީ.” މުހައްމަދުފުޅު ގޯތި ވަށައި ނަޒަރު ހިންގާލަމުން އަހައިލީ އޭނާގެ ދަރިފުޅު ފެންނަން ނެތުމުންނެވެ. އާމިނަ އެބަ އަންނަމޭ ބުނެ ގޮސް ވަނީ ދެރަގޮތަކަށް ހަދާފައިވާ ފަން ގެގަނޑަކަށްށެވެ.
އާމިނަ ގޭތެރެއަށް ވަދެފައި 3 މިިނެޓެއް ހާއިރު ފަހުން ނިކުތްއިރު ފަހަތުން 14 ވަރަކަށް އަހަރުގެ އަންހެން ކުއްޖެއް އާދެއެވެ. ނޫކުލައިގެ އަރިފެޅިއެއް ލައިގެން ހުރި މުފީދާއަކީ މާ ދޮން މީހެއް އަންހެން ކުއްޖެއް ނޫނެވެ. ނަމަވެސް އިސްކޮޅުން ދިގުވެފައި އޭނާއަށް ލިބިފައިވާ ލޫޅާފަތި ހަށިގަނޑުގެ ސަބަބުން ބަލައިލަން ހިތްގައިމެވެ. އޭނާއަށް ލިބިފައިވާ ދިގު ރާޅުބާނީ އިސްތަށިގަނޑުގެ ސަބަބުން އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެެސްދެއެވެ.
” ކިހިނެއްވީ ބައްޕާ؟” މުފީދާ އޭނާގެ ބައްޕަޔާއި އަރާ ހަމަކުރަމުން އަހާލިއެވެ.
” ކޮން ކަމެއް ނުވަނީ؟ އާދެބަލަ ދަރިފުޅާ.” މުހައްމަދުފުޅު އޭނާއާއި ޖެހިގެން ހުރި ޖޯއްޔަށް އިޝާރާތްކޮށްލަމުން ބުންޏެވެ. އޭރު އާމިނަވެސް ހުރީ މުހައްމަދުފުޅު އެދައްކަން އުޅޭ ވާހަކަ އަޑުއަހާލަން ކެތް މަދުވެފައެވެ.
” ބައްޕަ ބޭނުމެއް އެއްއިރަކުވެސް މިރަށު މީހަކާ ދަރިފުޅު ހަވާލު ކުރާކަށް. އަބަދުވެސް ބައްޕަ ބޭނުމީ ދަރިފުޅު އުފަލުގަ ބެހެއްޓުން. ބައްޕަޔަށް އެނގޭ މިރަށު މީހަކަށް ދަރިފުޅާ ހަވާލް ވުމުގެ ޒިންމާއެއް އަދާ ނުކުރެވޭނެކަން.” މުހައްމަދުފުޅު މިހާ ހިސާބަށް ބުނުމަށްފަހު ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ.
” ކީކޭ ބައްޕާ؟ އަހަރެން މާލެ ފޮނުވަނީތަ؟ ކިޔަވަންތަ؟ ބައްޕާ އަހަރެން ވަރަށް ބޭނުން ދާން.” މުފީދާއަށް އުފަލުން ގޮސް ތެޅިގަނެވުނެވެ.
” ނޫން ދަރިފުޅާ. ހަބަރުގެ ގޮތުން ފަހަރެއްގަ ދަރިފުޅު ހައިރާންވެދާނެ. އެކަމް ބުނަން މަޖްބޫރު. ދަރިފުޅު މާލެ ދަނިއްޔެއް ނޫން. ދަރިފުޅު ދާން ތިއުޅެނީ މިރަށަށް ވުރެވެސް ފެންވަރު ދަށް ރަށަކަށް. ދަރިފުޅު ތިއުޅެނީ ކައިވެނި ކުރަން. ” މުހައްމަދުފުޅު ސީދާ އޭނާ ދޭން ބޭނުންވި ހަބަރު އިއްވާލިއެވެ. ނަމަވެސް އެބަސްތައް މުފީދާގެ ކަންފަތާއި ހަމައަށް ފޯރީ ހޮނު ގުގުރިއެއްގެ ގޮތުގައެވެ. އާނއެކެވެ. އެއީ އެހަބަރެއް އިވުމުން އޭނާގެ ހިތް ކުދިކުދިވެގެން ދިޔަ ހަބަރެވެ. އޭނާއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނީއެވެ. ނަމަވެސް އާމިނާގެ މޫނު އުޖާލާވެގެން ދިޔައީ ހަމަ ކުއްލިއަކަށްށެވެ.
” ބައްޕާ. މިހާރު މާލެ ގޮސްގެން ކިޔެވެން އޮވެއެއްނު. އަހަންނަށް އަދި އެންމެ 14 އަހަރު. ކިރިޔާ ފުރާވަރަށް ދިޔައީ.މިހާ އަވަހަށް އަޅުގަނޑު ކައިވެނި؟؟؟ އަޅުގަނޑު ބޭނުމެއް ނޫން ރައްޓެހި ކުދިންހެން ނުކިޔާ ތިބޭކަށްް. ކިޔެވޭ ވަރަކަށް ކިޔަވަން އަޅުގަނޑު ބޭނުމީ. މިހާރުވެސް އެދުރު ބޭބެ ކައިރިން ގްރޭޑް 6 ނިމެއްޖެއްނު ބައްޕާ. އަޅުގަނޑު ބޭނުންވަނީ ކިޔަވާން ބައްޕާ. އަޅުގަނޑު ބޭނުންވަނީ ކިޔަވާން.” ލޮލުން ކަރުނަ އޮހޮރޭ ހާލުގައި މުފީދާ ބުންޏެވެ. އެކަރުނަތަށް ކިތަންމެ ރީއްޗެއް ކޮށްވެސް އާމިނައަށް ފެނުނެވެ.
” އެނގޭ ތިކަންވެސް. އެކަމް ދަރިފުޅު ޖެހޭނީ މިކައިވެނި ކުރަން. އަބަދަކު މިކަހަލަ ނަސީބުވެރި ފުރުސަތެއް ނުލިބޭނެ. ނަސީބު އަތުގަ ޖެހުނީމަ ނުވާނެ ދޫކޮށްލާކަށް. ލިޔާގަތަކީ ނުލާހިކު ރަނގަޅު ކުއްޖެއް. އެވަރުގެ ކުއްޖެއް ދެން ނުލިބޭނެ. އުންމީދުކުރަން ދަރިފުޅަށް ވިސްނޭނެ ކަމަށް.” މުހައްމަދުފުޅު ހާމަ ކުރީ އޭނާގެ ހިތްއެދޭ ގޮތެވެ. އިތުރަށް ބައްޕަގެ އެދުމަށް ދެކޮޅު ހަދާކަށް މުފީދާއަކަށް ނުކެރުނެވެ. އޭނާ މަޑުމަޑުން ހިނގާލާފައި ދިޔައީ ކޮޓަރިއަށްށެވެ. ނަމަވެސް މިމަންޒަރު ބަލަން ހުރި އާމިނައަށް ކިތަންމެ ރީއްޗެއްކޮށްވެސް ވެގެން އުޅޭ ގޮތް ދޭހަވިއެވެ.
” މުހައްމަދު ފުޅަށް ހާދަ ނުވިސްނެޔޭ ދޯ. އެމަންޖެ ކިޔަވަން އެހާ ވަރެއް ހުންނައިރު ކީއްކުރަން މިހާ އަވަހަށް އެމަންޖެެގެ އުފާތަކުން މަހުރޫމް ކުރަނީ. ” އެއްޗެކޭ ނުބުނަން ހުރެފައިވެސް އާމިނައަަށް ކެތްވާވަރު ނުވުމުން ބުންޏެވެ.
” ބަލަ އަހަންނަށްތަ ނުވިސްނިގެން މިއުޅެނީ؟ އެމަންޖެ އެހުރީ މިހާރު ފުރާވަރަށް އަރާފަ. އަހަރެމެންނަކަށްވެސް އަބަދަކު އެމަންޖެ ފޮރުވައިގެންނެއް ނުގެން ގުޅެވޭނެއްނު. މީހެއްގެ ފަރާތުން ބޮނޑިއެއް ލިބިއްޖިއްޔާ މާ ރީއްޗެއް ނުވާނެ. އޭރު ނަން ހަޑިވާނީ ހަމައެކަނި އަހަރެމެންގެއެއް ނޫން. އަހަރެން ބޭނުން އޭގެ ކުރިއަށް ސަލާމަތީ ފިޔަވަޅެއް އަޅަން. މިހާރުގެ ކުދިންނަށް އިތުބާރު ކުރާކަށްވެސް ނުވާނެ. ލިޔާގަތަކީ އަހަރެން ވަރަށް އިތުބާރު ކުރާ ސޮރެއް. އެހެންވީމަ އާމިނަ ހުރޭ ވާގޮތް ބަލަން.” މުހައްމަދުފުޅު މިހެން ބުނިއިރު އޭނާއަށް ނޭނގުނު ކަމަކީ ތަންކޮޅެއް ދުރުގައި ފަންގެގަނޑާއި ނިވާވެގެން މުފީދާ ހުރި ކަމެވެ. މުފީދާއަށް ވަގުތުން ރޮއެގަނެވުނީއެވެ. އޭނާގެ ބައްޕަޔަށް އަމިއްލަ ދަރިއަށް ނުކުރެވޭ އިތުބާރު ދުރު ހިލޭ މީހަކަށް ކުރެވެނީ ހެއްޔެވެ؟ މުފީދާ ދުވަހަކުވެސް ނުދެކޭ އިންސާނެއްގެ އަތް މައްޗަށް އޭނާ ދޫކޮށްލުމަށް ބައްޕަގެ ހިތް ރުހޭ ހެއްޔެވެ؟
މައްސަލައެއް ނެތެވެ. އެއީ ބައްޕަ އެދޭ އެދުން ކަމުގައި ވާނަމަ އޭނާއަށް ހެވެވެ. އިންޝާ ﷲ އެއްވެސް ކަމެއް ގޯހެއް ނުވާނެއެވެ. އެއީ އޭނާއަށް ވިސްނުނު ގޮތެވެ. އަމިއްލަ އުފާތަކާއި ހުވަފެންތައް ގުރުބާން ކޮށްގެންވެސް ބައްޕަމެންގެ އުންމީދުތައް ހާސިލް ކުރުމަކީ އޭނާގެ އަޒުމަކަށް ވެގެން ދިޔައީ އެދުވަހުގައެވެ.
###
” އަަހަންނަށް އެނގެއްޖި މިހާރު ވީގޮތް. ލިޔާގަތުބެ ވީ ވަރަށް ގޯސް މީހަކަށް ދޯ. ބަލަ. މިހާރުވެސް އޭނަ އުޅޭ ގޮތް. އަބަދު ރާ ބޮއެބޮއެ ފައި ދައްތަޔަށް އަނިޔާ ކުރަނީ ވިއްޔަ. އަނެއްކާ ދައްތަގެ ތިޔޮއް ލުފްޝާން ދަރިފުޅެއް. ހަމަ ޑަބަލް ބައްޕަ އެއީ. އެކަމް ދެން ދައްތަ ފަޔަށް ކިހިނެއްވީ؟” ވާހަކަ އަޑު އަހަން އިނދެފައި ޔާޝާ އޭނާގެ ހިތުގަިއ އުފެދުނު ސުވާލު ކޮށްލިއެވެ.
” ނޫން. ތީ އަދި ކަންތައް ވީ ގޮތެއް ނޫން. ބައިވަރު ކަންތައް އޭގެ ފަހުންވެސް ވި. އާން. އެއީ ދައްތަގެ ހަޔާތް ބަދަލުވެގެން ދިޔަ ހިސާބަކީ. ބައެއްފަހަރު އުފަލުން ގޮސް މޮޔަވާވަރު. އަނެއްބައި ފަހަރު ދެރަވެގެން ގޮސް ހިތް ކުދިކުދި ވާވަރަށް. އަޑުއަހާނަންތަ؟” ހިޔާލަކަށް ވިސްނަން އިނދެފައި މުފީދާ ބުންޏެވެ. ޔާޝާ އޭނާގެ އަތް ދަތްދޮޅީގައި ވިއްދާލަމުން ބޯޖަހައިލީ އަޑު އަހާ ހިތުން ހުރި ވަރުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.




A salaam…. Swrii 4 de late update… Iyya eid dhuvas v ma up nu vii.. Nd 1 mr sad nws.. Nxt wykk ill b so bxy 4 me.. I mxt 4cuse on de studiex too.. So dhn mistwrii up kureveynii weekly.. Everyy MONDAY egga.. Hwp u illl undrstand.. BTW hwp u ill lyk it.. Swrii again.. Enjoy readin.
Nice…. I luv it
Btw me first…
Thnkyw.. Nd Ya.. congratulation.. U r 1st..
vv reethi..??
Thnkxx Sabeeha..
Vv reethi varah kiyahithun indha nimuny
Thnkxxxxx Lai…
Vv nice. Mi story v kiyaa hiy vey……
Thnkyw.. Kyp lovin thix stwrii..
Varah salhi…I’ll be waiting for the next part..varah kiyaa hithun mihiry igey.
Thnkxx.. Kyp waitin..
Story hama v habeysss.. ???
Thnkyw..