Skip to content
އެސްފިޔަ

މާޔޫސް ވެފާ….. ( 7 ވަނަ ބައި )

މި ދުނިޔޭން އަހަރެން އެންމެ އިތުބާރުކޮށް ލޯބިވި އިންސާނާ އަހަންނަށް ބޭވަފާތެރި ވީހެވެ. މަންޒަރު މިއޮތީ ލޯމަތީ ފެންނާށެވެ. އެ ވަގުތު ހިތާ ސިކުނޑިއަށް ވެރިވީ ނަޝާ ޖުނޫމް އޭ ކިޔައިގެން ދައްކާފަ ހުރި ވާހަކަތަކެވެ.

އެދުމަތީގައި ރޯ އޮރިޔާމުން އެތިބީ ޖުނޫމް އާ އޭނާގެ ކަޒިން އެއް ކަމަށް ބުނި ޝާނީ އެވެ. އަހަރެންގެ ލޭ ކެކިގެން ދިޔައެވެ. “ޖުނޫމް……” އަޑަށް ލެވުނު ހާ ބާރެއް ލާފައި އަހަރެން ހަޅޭއް ލަވައިގަތީމެވެ. އެއަޑަށް ސިހިފާ ޖުނޫމް އާ ޝާނީ އަހަންނަށް ބަލައިލިއެވެ.

އިތުރަށް އެތާ ކުޑަ ހިނދުކޮޅަކަށްވެސް މަޑުކޮށްލާނެ ހިއްވަރެއް އަހަންނަކަށް ނުލިބުނެވެ. އަހަރެންގެ ދެފައިކޮޅުން ވާގި ދޫވާ ހެން ހީވިއެވެ. މުޅި މީހާ ތުރު ތުރު އަޅަމުން ދިޔައިރު އަހަރެންގެ ހިތް ފަޅައިގެން ދިޔަކަމުގެ އިހުސާސެއް ކުރެވުނެވެ. އަޑުން އަޑުން ނަގާ ރޮއެގަންނަމުން އަހަރެން ދުއްވައިގަތީ ބޭރަށެވެ. އަހަރެން ބޭނުންވީ ދުވެ ފިލާށެވެ. ދުނިޔެއާ ދުރަށް ދާށެވެ. މިހަޔާތާ އުމުރަށް ވަކިވާށެވެ.  ދެވޭ ނުދެމޭ ދިމާލެއް އަހަންނަކަށް ނޭނގެއެވެ. އަހަރެން މިހިރީ ބޮޑު ޝޮކެއްގެ ތެރޭގައެވެ. އެ ކަނު އަނދިރީގައި ގެ ފަހަނަ އަޅާ ދުވެފަ އަހަންނަށް ނިކުމެވުނީ ތުނޑިއަށެވެ. އޭރުވެސް ހުއްޓުމެއް ނެތި އަހަންނަށް ގިސްލެވެމުން ދިޔައެވެ. އަހަރެންގެ ލަނގޮޑިއަށް ބާރުވެ ހިތާ ދިމާލުން ތޫނު ތަދެއް އަރަމުން ދިޔައެވެ. އަހަރެންގެ ހިތަށް ހާދަ ތަދުވެއްޖެއެވެ. މިދުވަސް ދެކެން އަހަރެން ދުނިޔޭގަ ހުރީ ކީއްވެބާއެވެ.

ގައިން ވަރު ދޫވުމުން ރާޅު ޖަހާ ހިސާބުގަ ވެލި ގަނޑު މަތީ އިށިދެލީމެވެ. ރާޅާއެކު އަންނަ ލޮނުގަނޑު ސިކުންތު ކޮޅެއްގެ ތެރޭގައި އަހަރެން ތެންމާ ފޯކޮށްލިއެވެ. އުތުރުން ޖެހެމުން ދިޔަ ގަދަވައިން ތެމިފައިވާ އަހަރެންގެ ހަށިގަނޑު ފިނީގެ ތެރޭގަ ތުރުތުރު އަޅަމުން ދިޔައެވެ. އެހެނަސް އެއަށް ވުރެ ބޮޑަށް އަހަރެންގެ ޗިސްޗިސް ވެފަވާ ހިތަށް ވަމުން ދިޔަ އަނިޔާ މާ

ބޮޑެވެ. އަހަރެންގެ ރުއިމުގެ އަޑު މުޅި ހިސާބުގަ ވަނީ ގުގުމާފައެވެ. މިއަދު އަހަރެން ، އަހަރެންގެ އަމިއްލަ ނަފްސަށްވެސް ނަފްރަތު ކުރަމެވެ. އަހަރެން ބޭނުންވީ މިކަނޑަށް އެރި އުމުރަށް ގެއްލި ދާށެވެ. މި ހަޔާތާ ދުރަށް ދާށެވެ. ފަސް އަހަރު ވަންދެން އަހަރެން އެވީ ލޯތްބާ އެކުރި އިންތިޒާރާއި އެވީ ގުރުބާނީގަ އަގެއްނެތް މިންވަރު މިއަދު ހާމަވެއްޖެއެވެ. ފަސް އަހަރު ވަންދެން އަހަރެން މިހުރީ ކަނު ލޮތްބެއްގަ ބަދެވިފައެވެ. އާހް އެވެ. އަހަރެންގެ ބަދު ނަސީބު ކަމާއެވެ.

“ހީރާ….ހީރާ…” ކަންފަތުގަ އައިސް އެޖެހުނީ ޖުނޫމްގެ ހާސްވެފަވާ އަޑެވެ. އޭނާގެ ހުރި ލަދު ކުޑަކަމުން އަހަރެން ހޯދަން އަންނަން ކެރިއްޖެތާއެވެ. ބަލައިވެސް ނުލާ ބުދެއްހެން ހުއްޓިފަ އަހަރެން އިނީ ކަނޑަށް ނަޒަރު  ހުއްޓިލައިގެންނެވެ.

“ހީރާ…” ޖުނޫމް އައިސް އޭނާގެ ދެއަތުން އަހަރެންގެ ކޮނޑުގަ ހިފާ ރާޅު ޖަހާ ފަށުން ނެގިއެވެ. ރުޅިން އަހަރެންގެ ސިކުނޑި ފިއްސާލިއެވެ. ” ހުރި ގޮތެއްނެތް ކަން..” ގައި ހުރި ބާރަކާއެކު ސަލާމަތުން އޮތް އަތުން އަހަރެން އޭނާގެ މޫނުމަތީގައި އަޅާ ވިހެލީމެވެ. އޭނައަށް ކުޑަ އަނިޔާއެއް ދެވުމުން ވެސް އަހަރެންގެ ހިތަށް ހަމަ ޖެހުމެއް ލިބުނެވެ.

” ހީރާ ޕްލީޒް ހަގީގަތް ނުބަލާ ތިގޮތަށް ރުޅި ނާދެބަލަ…” ކޯތާފަތް މަތީގަ ފިރުމަމުން ޖުނޫމް ބުނެލިއެވެ.

” ހަގީގަތް އަހަރެންގެ ލޯމައްޗަށް ފެނުނީމަވެސް އަދިވެސް ދޮގު ހަދަނީތަ…” ނުރޯން ހިއްވަރު ކުރިޔަސް އަހަންނަށް ރޮވިއްޖެއެވެ.

“ތިހެން ނުބުނޭ…ހީރާ…ލޮލަށް ފެންނަ ހުރިހާ މަންޒަރަކީ ހަގީގަތެއް ނޫނޭ..” އަހަރެން ދާން ހިގައިގަތުމުން ޖުނޫމް އަހަރެން ހިފެހެއްޓިއެވެ. އަހަރެން އޭނާގެ އަތް ފޮޅު ވާލާފައި ފަސްދީ ދާން ހިނގައިގަތެމެވެ.

” ޕްލީޒް…އަހަރެން މިދައްކާ ވާހަކަ އެންމެ ފަހަރަކުވެސް އަޑު އަހާފަ ދޭބަލަ..” ޖުނޫމް އައިސް އަހަރެންގެ ކުރިމައްޗަށް އަރާފައި ވޭނާއެކު ބުނެލިއެވެ. އަހަރެންގެ ހަރަކާތް ތަށް ހުއްޓި ހިތަށް ގޮތެއް ވެގެން ދިޔައީ ޖުނޫމް ގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފެނުމުންނެވެ. އިސާހިތަކު އަހަރެންގެ ހިތުގަ ވީ ރުޅިވެރިކަން އުދުހި ހިނގައްޖެއެވެ. ހިތާމައިގެ އަސަރު ވާ އެރީތި މޫނާ އެ ކަރުނަތަށް އަހަރެންގެ ހިތް ކަފަކޮޅެއް ފަދައިން މަޑުކޮށްލިއެވެ. ނަމަވެސް އަހަރެން އެހާ އަވަހަށް ގޮތް ދޫކުރާކަށް ބޭނުމެއް ނޫނެވެ. ހަށަން ބަދެލަމުން އަހަރެން ދުރު ފަރާތަށް މޫނު އަނބުރާލާފައި  އިންތިޒާރު ކުރީ ޖުނޫމް ގެ ވާހަކަ ތަކަށެވެ.

“ހީރާ…އެފެނުނު މަންޒަރަކީ މުޅިން ހަގީގަތެއް ނޫން…އަހަރެން އެގޭގަ ނިދާފަ އޮއްވާ އެތަނަށް އެ ޝާނީ އައީ އޭ…އެއީ ވަރަށް ‘ބަޑި’ ކުއްޖެއްކަން ހީރާ އަށްވެސް އެނގޭނެ…މީހަކު ބީހޭހެން ހީވެގެން އަހަންނަށް ލޯ ހުޅުވާލެވުން އިރު އޭނަ އަހަރެންގެ އަންނައުނު ތަށްވެސް ބާލާފައި ހުރީ…އޭނަވެސް ހުރީ ބަރަހަނާކޮށް..އަހަރެން އޭނަ ކައިރިން ސަލާމަތް ނުވެ އުޅެނިކޮށް ހީރާ އެ ދޮރު ހުޅުވާލީ…ޕްލީޒް..ގަބޫލް ކުރޭ…އެހެންނޫނަސް ޝާނީ އަކީ އަހަރެންގެ ކަޒިންއެއް..ޝާނީ މޮޔަވެގެން ތެޅުނަކަސް ޝާނީ އާ އަހަރެން އެކަހަލަ ގުޅުމެއް ނުބާއްވާނެކަން ހީރާއަށް އެނގެންވާނު…” ޖުނޫމް އަހަރެން ގައިގަ އޮޅުލައިގަނެ ރޯން ފެށިއެވެ. އެއޮއްބޮޑު މީހާ ގިސްލާ އެހެރަ ރޮނީއެވެ. އެ ރުއިމުގަ ވާ ރިހުން އަހަރެންގެ ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރު ކުރުވިއެވެ. އަހަންނަށްވެސް ޖުނޫމް ގައިގަ އޮޅުލައިގަނެ ރޮވުނެވެ. މިހާ ލޯބި ވާއިރު ޖުނޫމްގެ ވާހަކަތަށް ގަބޫލް ނުކޮށް އަހަންނަށް ކެއްވާނެ ހެއްޔެވެ. އަނެއްކާ އޭނަ އެހަދަނީ ތެދު ކަމަށް ބުނެ ޖުނޫމް ﷲ ގަންދީ ހުވާ ކުރިއެވެ. ވީ އިރު އެވާހަކަތަށް ގަބޫލް ނުކޮށް އަހަންނަށް ހުރެވޭނެ ހެއްޔެވެ.

ކިތަންމެ އިރަކު އެކަކު އަނެކަކު ގައިގަ އޮޅުލައިގަނެގެން އެގޮތަށް ރޯން ތިބެވުނެވެ. ޖުނޫމް އޭނާގެ ގަޔާ އަހަރެން ދުރުކޮށްލާފައި އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފޮހެލާފައި ލޮލުގަ ބޮސްދިނެވެ. އަހަރެންގެ ހިތަށް ފިނިކަމެއް ލިބުނެވެ. ޖުނޫމް އަހަރެންގެ ތުންފަތުގަ ބޮސްދޭން އުޅުމުން އަހަރެން އެކަމުން މަނާވެގަތީމެވެ. އަހަރެން ހަދާލި ގޮތުން ޖުނޫމް ލޯ ހަނިކޮށްލައިގެން ބަލައިލިއެވެ. އަދި ނަޝާގެ ފޯނުން ހަބަރެއް ވެލުމަށް އެދި އޭނާ އަދޭސް ކޮށްފަ ބުނެލިއެވެ.  އަހަރެން ހިނިތުން ވެލާފައި ގެއަށް ދާންވެއްޖެ ކަން ބުނެ ދާން ހިނގައިގަތީމެވެ. ވަކި ހިސާބަކަށް ގޮސް ބަލައިލިއިރުވެސް ޖުނޫމް ހުރި ފިޔަވަޅު މަތީގައި ބަލަން ހުއްޓެވެ.

ލޮނާ ތެމިގެން ހުރެ ގެއަށް ދިޔުމުން ވާނެ ގޮތަކާ މެދު އަހަރެން ވިސްނާލީމެވެ. މަންމަ މެން މީހެއްގެ ކުރިމައްޗަށް އެރިއްޖާ ދޭނެ ޖަވާބެއް އަހަރެންގެ އަތަކު ނެތެވެ. މިރޭ މިދިމާވި އެއްވެސް ކަމެއް އެއްވެސް މީހަކާ ހިއްސާ ކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. ޖުނޫމްގެ ކުށެއް ނެތް ކަން އަހަރެން ގަބޫލް ކުރިޔަސް ދެން ތިބޭ މީހުން ގަބޫލް ނުކުރާނެކަން އަހަންނަށް އެގޭތީއެވެ. އެމީހުން ޖުނޫމްގެ އެއްވެސް ކުށެއް ނެތި ޖުނޫމްއަށް އެކުރަނީ ނުހައްގު ނަފްރަތެކެވެ.

ޝުކުރު ހުއްޓެވެ. ނަސީބަކުން ގެއަށް ދިޔައިރު އެއްވެސް މީހަކު ގޭތެރެއިން ފެންނާކަށް ނެތެވެ. އަވަހަށް އަހަރެން އިނގިލި ތަކުގެ ކޮޅު ޖައްސަމުން ދުވެލާފަ ގޮސް ވަނީ ކޮޓަރިއަށެވެ. ނަޝާ ވެސް ސްކޫލަށް ގޮސްވީ ގަޑިއެއް ކަން ނަސީބެވެ. އެހެންނޫންނަމަ އޭނާގެ ސުވާލް ތަކާ ކުރިމަތިވީހެވެ.

 

ނުނިދިފަ އަހަންނަށް އޮވެވުނީ އެނބުރެމުންދާ ފަންކަލަށް ބަލާށެވެ. ސިކުނޑީގައިވީ ޖުނޫމްގެ ހިޔާލް ތަކެވެ. ކައިރީގައި އޮތް ނަޝާ އަށް އިރުއިރު ކޮޅާ ބަލައިލެވެނީ އަހަރެންގެ ހިތުގަ އެދުމެއް ވާތީއެވެ. ނަޝާ އޮތީ މޫނުމަތީގައި ބާލީސް އަޅައިގެން އަނެއްފަރާތަށް އެނބުރި އޭނަގެ ލޯބިވެރިޔާއަށް ގުޅައިގެނެވެ. އެގޮތުގަ އެއް ގަޑިއިރު ހޭދަވީއިރުވެސް ނަޝާ ފޯނު ނުބޭއްވުމުން އަހަރެން ނަޝާ ގައިގަ ކޮއްޓާލީމެވެ. އޭނާ ލޯބިވެރިޔާ ކައިރި އެބުނި އެއްޗެއް ބުނެފަ ފޯން ކަނޑާލާފައި އަހަންނާ ވީ ފަރާތަށް އެނބުރިލިއެވެ. ” ކިހިނެއްވީ؟” ނަޝާ ނިއްއަރުވާލަމުން އަހާލިއެވެ.

“ކުޑަ އިރުކޮޅަކަށް ފޯނު ދީފާނަންތަ..” ނުކެރިފަ ހުރެ އަހަރެން ބުނީމެވެ. ނަޝާ ގެ މޫނުގެ ކުލަ ވަގުތުން ފަޑު ވެއްޖެއެވެ. އޭނާގެ މޫނުމަތީން ފެނުނީ ނުރުހުމެވެ. “ޕްލީޒް..” ދެރަވެފަ ހުރެ އާދޭހުގެ ރާގަކަށް އަހަރެން ބުނެލީ ފޯނު ބޭނުންވެފަ ހުރިވަރުންނެވެ. އަހަރެން ހުރީ ޖުނޫމް އާ ވާހަކަ ދައްކާ ހިތުން ކެއްމަދު ވެފައެވެ.

ނުދޭން ހުރެފަވެސް ނަސީބަކުން ނަޝާ ފޯނު ދިއްކޮށްލިއެވެ. އަހަރެން އޭނައަށް ޝުކުރު އަދާކޮށްފަ ފޯނު ހިފައިގެން ގޮސް ހުއްޓިލީ ކުޑަ ދޮރު ކައިރިއަށެވެ. އޭރު ނަޝާ ލޯ މަރައިގެން އަނެއްފަރާތަށް އެނބުރި އޮތެވެ.

ރިންގް ވެލި އިރަކަށް އެކޮޅުން ފޯނު ނެގިއެވެ. ހީވީ ޖުނޫމް ހުރީ އަހަރެންގެ އިންތިޒާރުގަ ހެނެވެ. ވާހަކަ ދައްކަން ހުރެފަ ޖުނޫމް ބުނި އެއްޗަކުން އަހަރެންގެ ހިތް ތޮރުފާލިއެވެ. ޖުނޫމް ބުނި ގޮތުގަ ވީޔާ މާދަމާ އޭނާ ރިޒޯޓަކަށް ވަޒީފާ އަށް ދަނީ އެވެ. އަދި އެންމެ އަވަހަށްވެސް އާދެވޭނީ އެއް އަހަރުވުމުން ކަމަށް ބުންޏެވެ. އެހެންކަމުން ކޮންމެހެން މިރޭ ބައްދަލުކޮށްލަން ބޭނުން ކަމަށް އާދޭސް ކޮށްފަ ބުންޏެވެ. ވީ ދެރައިން ހިފެހެއްޓުމެއްނެތި އަހަރެންގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. ޖުނޫމް ނުފެނި އަނގައިން ނުބުނެ އެއް އަހަރު އަހަރެން ހޭދަ ކުރާނީ ކިހިނެއް ހެއްޔެވެ. އަހަރެން މޮޔަވާނެއެވެ.

ކަރުނަ ފޮހެލަމުން ބައްދަލު ކޮށްލަން ބޭނުންކަމަށް ބުނީ އެކަމަށް ހުދު އަހަރެންވެސް ބޭނުންވެފަ ހުރީމައެވެ. ފަހު ފަހަރަށް ނަމަވެސް ދެކިލަން ބޭނުންވާތީއެވެ. ދެން ދިމާވާނެ ދުވަހެއް ބުނަންވެސް ނޭނގެއެވެ. ދަންވަރު އެކެއްޖަހާ އިރު ބައްދަލުކުރަން ނިންމާފައި ފޯން ކަނޑާލާފައި އަހަރެން އެގެންގޮސް ނަޝާ ކައިރީގައި ބޭއްވީމެވެ.

“ހީރާ…ބައްދަލު ކޮށްގެން ބަސްޓް ވީމަ އަހަރެން ބޮލަށް އެއްކަމެއްވެސް ނުޖަހާތި..ތިކަމުގެ ތެރެއަށް ވަންނާކަށް އަހަރެން ބޭނުމެއް ނޫން..ހީރާ މަންމަ އަހަރެން ދެކެ ރުޅި އަންނާކަށް އަހަރެން ބޭނުމެއް ނޫން…ކަމެއް ކުރުމުގެ ކުރިން ހީރާވެސް ރަނގަޅަށް ވިސްނާލާށޭ އަހަރެން ބުނާނީ….” އެއޮތްގޮތަށް އޮވެ ހިތްހަމަ ނުޖެހިފަ ނަޝާ ބުނެލިއެވެ. އަހަރެން އަނގަޔަކުން ނުބުނަމެވެ. ނަޝާ ގެ ވާހަކަޔަށް ރައްދު ދޭކަށް އަހަރެން ނެތީމެވެ. އެއަށްވުރެ އަހަރެން މިއިނީ ހިތާމައިގައެވެ. ޖުނޫމް އާ އެއްވެސް ވަރަކަށް އަނގައިން ނުބުނެވި އެއް އަހަރު ހޭދަ ކުރާނެ ގޮތެއް ވިސްނުމަކަށްވެސް ނާދެއެވެ. ކުރިއަށް އެއޮތް ދުވަސް ތަކަށް އަހަންނަށް ކެއްވާނެބާއެވެ. ވީ އިރު މިރޭ އަހަރެން ޖުނޫމްއާ ބައްދަލު ނުކޮށް ހުރެވިދާނެ ހެއްޔެވެ.

އެކެއް ޖަހަން ފަސް މިނިޓަށް ވުމުން އަހަރެން ކޮޓަރިން ނިކުތީމެވެ. މިއަދު ބައްޕަ މަހަށް ނުދާތީ މިހާރު މަންމައާ ބައްޕަވެސް ވާނީ ނިދާފަ ކަން އަހަންނަށް އެނގެއެވެ. އަހަރެން ގޮސްވަނީ ޖެހިގެން ހުރި ކޮޓަރިއަށެވެ. އެއީ އަހަރެން ޖުނޫމް ގާތުބުނެފަ އޮތް ގޮތެވެ. އެކޮޓަރިއަކީ އަބަދުވެސް ހުހަށް ހުންނަ ކޮޓަރިއެކެވެ. އަހަރެން ނިކުމެގެން އައި އިރުވެސް ނަޝާ ހޭލާ އޮތްކަން އަހަންނަށް އެނގެއެވެ. ކޮންމެ ގޮތެއްވިޔަސް ނަޝާ އެޔޮތީ ވަރަށް ނުރުހިފައެވެ. އެހެންވިޔަސް ކުރާނެ ކަމެއް ނެތެވެ.

އަހަރެން ގޮސް ހުއްޓިލީ ކޮޓަރި ކުޑަ ދޮރު ކައިރިއަށެވެ. ޖުނޫމް އަންނާނެ އިރެއްގެ އިންތިޒާރުގައި އަހަރެން ހުރީ ބިއްލޫރިގަނޑުގަ ބޯ ޖައްސާލައިގެން ލޯ މަރާލައިގެންނެވެ. ސިހިގެން ދިޔައީ ދޮރުގަ ޖަހާލި އަޑު އިވުމުންނެވެ. ބަލައިލިއިރޫ ޖުނޫމް ހުރީ ހިނިތުންވެފަ އަހަރެންގެ މޫނަށް ބަލާށެވެ. އިތުރަށް ލަސްކުރަން ނުހަދާ އަހަރެން އަވަހަށް ދޮރު ހުޅުވާލީމެވެ.

ދޮރުލައްޕާލާފައި ދެމީހުން ގޮސް އިށީނީ އެދުމަތީގައެވެ. އަހަރެން ޖުނޫމްއަށް ބަލައިލީމެވެ. ދައްކަން ބޭނުން ކިތަންމެ ވާހަކައެއް އަހަރެންގެ ހިތުގަ އެބަ ހުއްޓެވެ. ނަމަވެސް ފުރަތަމަ ބުނަންވި އެއްޗެއް އަހަންނަކަށް ނޭނގުނެވެ. އެގޮތުގަ އަހަރެން ބަލަން އިންދާ ޖުނޫމް އަހަރެންގެ އަތްތިލައިގަ ހިފާލާފައި ތުންފަތް ޖައްސާލިއެވެ. އެވަގުތު އަހަރެންގެ ލޮލުން ކަރުނަތަށް އޮހޮރިގަތުމުން ހައިރާންވެލާފައި ޖުނޫމް ބަލައިލިއެވެ. ” އަހަރެން ވަރަށް ދެރަވޭ އެހާގިނަ ދުވަހަށް ދުރަށް ދާތީ..” ކުރެހިފަވާ އަޑަކުން އަހަރެން ބުނެލީމެވެ. ޖުނޫމް ހިނިތުންވެލާފައި އަހަރެންގެ ކަރުނަތަށް ފޮހެލަ ދެމުން އޭނާގެ މޭގެ ތެރޭގައި އަހަރެން ބޮޑިކޮށްލިއެވެ. ރައްކާތެރިކަމާ ހިތްހަމަ ޖެހުމެއް އިހުސާސްވިއެވެ. ހިތްހަމަޔަކަށް އެޅިލަން ދެން އަހަރެން އެއިންގޮތަށް އިނީމެވެ. ހިނދުކޮޅެއް ފަހުން ޖުނޫމް އަހަރެންގެ މޫނަށް ގުދުވެލާފައި އުޅުނީ ތުންފަތުގަ ބޮސްދޭށެވެ. އަހަރެން ދުރަށް ޖެހެން އުޅުމުން އޭނާ އަހަރެންގެ މޫނުގަ ދެއަތުން ބާރަށް ހިފަހައްޓާލަމުން އޭނާގެ ހިތުގަވާ އެ އެދުން ފުއްދާލިއެވެ. އަހަރެން ޖުނޫމްގެ މޭގަ އަޅާ ދުރަށް ކޮއްޕާލީމެވެ. އޭރު އަހަރެންނަށް މާނޭވާ ލެވެނީއެވެ. ޖުނޫމް މިކޮށްލި ކަމަކުން އަހަންނަށް މި ލިބުނީ ހައިރާން ކަމެވެ.

“ކީއްތިކު…”

“ޝްޝްޝްޝް..” އަހަރެންގެ ޖުމްލަ ފުރިހަމަ ނުވަނީސް ޖުނޫމް އަހަރެންގެ ތުންފަތްމަތީގައި ޝަހާދަތް އިނގިލި ބީއްސާލީއެވެ. އެ އަޑުގަވަނީ މަސްތީ ކަމެވެ. އަހަރެންގެ މޫނަށް ނޭވާ އެޅޭހާ ގާތަށް ގުދުވެލަމުން ޖުނޫމް އަހަންނާ ހަތަރު ކަޅި ހަމަ ކޮށްލިއެވެ. އެދެލޮލުން ފެނުނީ ދުވަހަކުވެސް ނުދެކޭ ފަދަ މަސްތީ ކަމެކެވެ. ފުރަތަމަ ފަހަރަށް އަހަރެންގެ ހިތުގަ ބިރުވެރި ކަމުގެ ރާޅު ބާންޏެއް ދުވެލިއެވެ. ޖުނޫމް މިއުޅެނީ ކީއްކުރަންބާއެވެ. ޖުނޫމްއަށް މިހުރީ ކީއްވެފަބާއެވެ.

“ނޫން…ޖުމް..ނުން..” ގޮދަޑިއާ ޖުނޫމްގެ ވަރުގަދަ ހަށިގަނޑާ ދެމެދު އަހަރެން ފިއްތާލަން އުޅުމުން ބާރަށް އަހަރެން ބުނެލީމެވެ. އަދި ތެދުވަން ވެގެން ތެޅި ގަތީމެވެ.

“ޕިސް…ކަމޯން ހީރާ..ކީއްވެތަ ދުރަށް ތިދަނީ…ވަރަށް ސަޅި ކަމެކޭ މީ….އާދެބަލަ….ތިހެން ހެދީމަ އަހަރެން ކިހާ ދެރަވާނެ…އަހަރެން މިއުޅެނީ ނުލާހިކު ގިނަ ދުވަހަށް ރިޒޯޓަށް ދާން..ވީ އިރު މިރޭ އަހަރެން ތި ގޮތަށް ދުރު ނުކުރޭ….ދެން ނޭނގެ ދިމާވާނެ ދުވަހެއްވެސް…” ޖުނޫމް އަހަރެންގެ ގައިމަތިން ތެދުވަމުން ކުޑަކޮށް ހިތްހަމަ ނުޖެހިފަ ބުނެލިއެވެ.

ކޮންމެގޮތެއްވިޔަސް ކިތަންމެ ލޯބިވިޔަސް ކައިވެނިން ބޭރުގަ އެފަދަ ގުޅުމެއް ހިންގާކަށް އަހަރެންގެ ހިތެއް ނުރުހޭނެއެވެ. މިވަގުތު އަހަރެން ބޭނުންވަނީ ޖުނޫމްގެ ލޮތްބާ އޯގާތެރިކަމެވެ. އެފަދަ ފާފައެއް ކުރާކަށް ނޫނެވެ. އެ ދުލުން އަހަރެން ދެކެ ލޯބި ވާވާވަރު ބުނެލާ އަޑު އަހާލަން އަހަރެން މިހިރީ ކެއްމަދުވެފައެވެ. އަހަރެން ޖުނޫމްގެ ފަރާތުން ބޭނުންވަނީ އެފަދަ ލޯބިވެތި ބަސްތަކެކެވެ. ޖުނޫމް އެހީކުރާފަދަ ޖިސްމުގެ ހިތްހަމަ ޖެހުމެއް ނޫނެވެ. އަހަރެންގެ ފިރިއަކަށް ޖުނޫމް ވާ ދުވަހަކުން އުފަލާއެކު ޖުނޫމް ގެ ހުރިހާ އެދުމެއް ފުއްދައިދޭނެކަމަށް އަހަރެން ބުނީމެވެ. ނަމަވެސް މިވަގުތު އެގޮތަށް ކަންތަށް ނުކުރުމަށް ނަސޭހަތްދިނީ ވިސްނައިދޭ ފަދައަކުންނެވެ.

“ހީރާ ތިއޮއް ގެންގުޅޭ ކަޓު ހިޔާލެއް ދޯ…” ކުއްލިއަކަށް ޖުނޫމް އަހަރެންގެ ބުރުގަލަށް ދަމާލާފައި އަހަރެންގެ ކަނދުރާއާ އިސްތަށިގަނޑު ކަޝްފް ކުރުމުން އަހަންނަށް ލިބުނީ ހައިރާންކަމެކެވެ. ދެލޯ ބޮޑުވެފަ އަހަރެން ޖުނޫމްއާ ދިމާލަށް ބަލަން އިނީ އެ އަމަލު ތަކުން ހައިރާންވެފައެވެ.

“ވާވް….ހާދަ ރީއްޗޭ ހީރާ….މި ކަނދުރާގެ އޮމާން ކަމާ ދޮންކަން…މިއޮއްހާ ދުވަހު އަހަންނަށް ފޮރުވައިގެން ތިއުޅެނީ..” ޖުނޫމް އަހަރެންގެ ކަނދުރާގަ އަތް ބީއްސާލަމުން ބުނެލިއެވެ. ޖުނޫމްގެ ހަރަކާތްތަށް ހުރި ގޮތުން އަހަންނަށް އުނދަގޫވަމުން ދިޔައެވެ. ކުއްލި އަކަށް ޖުނޫމް ގުދުވެލާފައި އަހަރެންގެ ކަނދުރާގަ ބޮސްދިނެވެ.

“ކިހިނެއްތަ ޖުނޫމް ތިއުޅެނީ…ދުރަށްދޭ..” ވަރަށް ނުރުހިފަ އަހަރެން ބުނީމެވެ. އަދި ޖުނޫމް އަތުގަ އޮތް އަހަރެންގެ ބުރުގާ އަތުލާފައި އަވަހަށް އެ އަޅާލީމެވެ. ޖުނޫމް ތެދުވެ އަހަންނަށް ބަލައިލިއެވެ. ހިތްހަމަ ނުޖެހިފަ ހުރެއެވެ. ޖުނޫމް ރުޅި އައުމުން އަހަރެންގެ ހިތުގަ ޖެހުނެވެ.

“އޯކޭ..އަހަރެން ދަނީމި…ހީރާ ބޭނުން ނޫން ކަމެއް ގަދަކަމުން ކުރާކަށް ނޫޅެން…” ޖުނޫމް ފަސް އެނބުރި ދާން ހިނގައިގަތެވެ. އަހަންނަށް ހީވީ ހިތުގަ މީހަކު ހިފާ ފިއްތާލިހެނެވެ. އެހާވެސް ދެރަވެ ހިތުގަ ޖެހުނެވެ.

“ސޮރީ…ރުޅި އައީތަ..” ފަހަތުން ގޮސް ޖުނޫމް އަތުގަ ހިފަމުން ދެރަވެފަ ހުރެ މަޑުމަޑުން އަހަރެން ބުނެލީމެވެ. ޖުނޫމް އެއްވެސް އެއްޗެއް ނުބުނި ތަނުގައި ބަލައިވެސް ނުލުމުން އޭނާ އެހުރީ ވަރަށް ހިތްހަމަ ނުޖެހިފަކަން އަހަންނަށް ވިސްނުނެވެ.

“ޕްލީޒް..ވާހަކަ ދައްކަން މަޑުކޮށްލަންވީނު…ދެން ނޭނގެ ދިމާވާނެ ދުވަހެއްވެސް..” އަނެއްކާވެސް އަހަރެން ޖުނޫމް ގެ އަތަށް ފިތާލަމުން ބުނެލީމެވެ.

“އެކީއްވެ ދިމާ ނުވާންވީ….އަހަރެން ނޫޅެން ރިޒޯޓަށް ދާކަށް…އެއީ އަހަރެން ހީރާއާ ބައްދަލު ކުރަން ބޭނުންވެފަ ހުރި ވަރުން ބުނި އެއްޗެއް…އެކަމު ހީރާ އަހަންނާ ބައްދަލު ކުރާކަށް ބޭނުންނުވާކަން މިހާރު އެ ގިއްޖެ..”

” ތިހެން ނުބުނޭ ޖުމް…އައި ލަވް ޔޫ ސޯ މަޗް…ނަސީބެއްނު ޖުމް ނުދާކަން..އަހަރެން ވަރަށް ދެރަވި ޖުމް ރިޒޯޓަށް ދާން އުޅޭ ވާހަކަ ބުނީމަ..”

“ދެން އަހަރެން ދަނީ…މިރޭ އަހަރެންގެ މޫޑެއް ނެތް އިތުރަށް ވާހަކަ ދައްކާކަށް…އެހެންފަހަރަކުން ދިމާވެފަ ވާހަކަ ދައްކާނީ…” އަހަރެންގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި ޖުނޫމް ކޮޓަރި ދޮރުން ފުންމާލިއެވެ. ޖުނޫމް ގޮސް ގޭ ފާރުމަތިން ފުން މާލަންދެން ދެރަވެފަ އަހަންނަށް ބަލަން ހުރެވުނެވެ. ރުޅި އައިސްގެން އޭނާ ދިޔައީތީ އަހަރެން މިހިރީ ވަރަށް ހިތުގަ ޖެހިފައެވެ. ދެން ދިމާވާ ފަހަރަކުން އޭނާ ހިތް ރުއްސަން ކޮންމެސް ކަމެއް ކުރަން އެބަ ޖެހެއެވެ.

ދޮރު ތަނޑު އަޅުވާ ކާޓެން ދަމާލާފަ އަހަރެން ގޮސް ހުއްޓިލީ ލޯ ގަނޑު ކުރިމައްޗަށެވެ. މަޑުމަޑުން ބުރުގާ ބޮލާ ވަކި ކޮށްލާފަ އަހަންނަށް ބަލައިލެވުނީ ކަނދުރާއަށެވެ. އަސްތާއެވެ. އޭނީ ރެޑް މާކެވެ.އަހަރެން އެތާ އަތުން ފިރުމާލީމެވެ. ޖުނޫމް އެދިޔައީ ކީއްކޮށްފަ ހެއްޔެވެ.

އަހަރެން އައިސް އަހަރެން ނިދާ ކޮޓަރިއަށް ވަތް އިރުވެސް ނަޝާ އޮތީ ހޭލައެވެ. އަހަރެން ފެނުމުން ބަލައިލާފައި އޭނާ އަނެއްފަރާތަށް އެނބުރިއްޖެއެވެ. އަހަރެން އޭނާގެ ނަމުން ގޮވަލުމުންވެސް އަނގައިން ނުބުންޏެވެ. އަހަރެންވެސް އޮށޯވެ ދެލޯ މަރާލީ ނިދޭތޯއެވެ.

 

ހެނދުނު ނަޝާ އާ ދެކުދިންވެގެން ރޮށި ފިހެފަ މޭޒު މައްޗަށް ސައި ނަގާފަ އަހަރެން ނިކުތީ ގޭ ގޯތި ތެރެއަށެވެ. އޭރު އަހަރެންގެ ދައްތަމެން ބޭރުގަ އުދުން ޖަހައިގެން ފަޅޯ ބޯކުރަން އުޅެއެވެ. އޭގެ މީރުވަސް މުޅި މާހައުލުގަ ފެތުރިފަ ވެއެވެ. އެއީ އަހަންނަށް ވަރަށް މީރު ފޮނި ކާއެއްޗެކެވެ. ހަނދާނަށް އައީ ޖުނޫމްއެވެ. އެއީ ޖުނޫމް މަރުދޭ ކާއެއްޗެކެވެ. މީގެ އަހަރު ތަކެއް ކުރިން ފަޅޯ ބޯކުރި ދުވަހެއްގާ އަހަރެން ޖުނޫމްއަށް އެ ކާންދިނުމުން މީރުވެގެން އުފަލުން ކިތަންމެ ފަހަރަކު ޖުނޫމް އަހަންނަށް ތައުރީފް ކުރި ހަނދާން އަދިވެސް އެބަ ހުއްޓެވެ. އެ ހަނދާންތަކުން އަހަރެންގެ ތުންފަތްމައްޗަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ކޮންމެސް ގޮތަކުން މިއަދު ޖުނޫމްއަށް އޭގެން އެތި ކޮޅެއް ދޭން އަހަރެން ވިސްނީމެވެ.

އެ ހިޔާލް ތަކުގަ ހުރެ އަހަރެން ގެއަށް ވަނީ ބޭރު ތެރެ ހޫނު ކަމުންނެވެ. އޭރު ދައްތަމެންގެ ކުދިންތަށް އަހަރެންގެ މަންމައާއެކު ސޯފާގައި ކާޓޫން ބަލަން ތިއްބެވެ. އަހަރެން ގޮސް އެކުދިން ކައިރި އިށީދެލަމުން އަހަރެން އަޅާފަ ހުރި ބުރުގާ ބާލާފައި ސޯފާ މަތީ ބޭއްވީ ދާހިއްލާ ވަރުންނެވެ.

“ހީރާ ކަރު ދޮށުގަ ތިހިރީ ކިހިނެއްވެފަ..” ރުންކުރު ވެލާފައި މަންމަ ބުނި ޖުމްލަ އަޑު އިވުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެ ފެނުނީ އެ ރެޑް މާކެވެ. މާތް ކަލޯކޯއެވެ. ދޭނެ ކޮން ޖަވާބެއް ހެއްޔެވެ. ނޫނޭ ވާ އެ ވެސް ހަޔާތުގަ އައި ހާސްވި ވަގުތު ކޮޅެކެވެ. “އޭން…އެއީ…އެއީ ނިދާފަ އޮއްވާ ހިންޏެއް ހަފާފަ..” އަޅައަޅައި ގަންނަމުން އަހަންނަށް ބުނެވުނީ އެހެންނެވެ. އެ ބުނެވުނީ ކިހާ ހަމަ ނުޖެހޭ އެއްޗެއްކަން ވިސްނުނީ ފަހުންނެވެ. އެހެނަސް އެ ބަސް އެޔޮތީ ދުލުން ބޭރުވެފައެވެ. މަންމަ އަހަންނަށް ފާޑަކަށް ބަލަން އިނެވެ. އިތުރަށް ސިކުންތަކަށްވެސް މަންމަ ކުރިމަތީ މަޑުކުރާކަށް ނުކެރުނެވެ. އަވަސް އަވަހަށް ތެދުވެގެން ހިނގައިގަތީ ކޮޓަރިއަށް ދާށެވެ. އޭރު ގޯތި ތެރޭގައި ހުރެފަ ގެއަށް އެވަގުތު ވަތް ނަޝާއަށް ވެސް އަހަރެންގެ ވާހަކަތަށް އަޑު އިވުނެވެ. އަހަރެން ބިރުން ހުރެ އޭނާ އާ ދިމާލަށް ބަލާލާފަ އަވަހަށް ގޮސްވަނީ ކޮޓަރިއަށެވެ.

ލޯ ގަނޑު ކުރިމައްޗަށް ހުއްޓި އަހަރެން ބަލައިލީ ކަނދުރާމަތީ ރަތްވެފަ ހުރި އެތަނަށެވެ. ކޮންމެއަކަސް އަހަރެން މަންމައަށް ދިން ޖަވާބު ވިސްނުމެއް ހުރި އެކަކުވެސް ގަބޫލެއް ނުކުރާނެއެވެ. މަންމަ އެގަޑީ އަހަންނަށް ބަލައިލި ގޮތުންވެސް އަހަރެން ހެދި ދޮގު މަންމައަށްފަޅާ އަރައިފި ކަން އެނގުނެވެ. މަންމަ ހުންނާނީ ވަރަށް ރުޅިއައިސްފައެވެ. އެވަގުތު އަމިއްލަ މޮޔަކަމުން އަމިއްލަ މީހާ ދެކެވެސް ރުޅި އާދެވުނެވެ. ދެން ވަކި ކޮޓަރިއަށް ވަދެ ފިލާ ހުއްޓަކަސް މައްސަލަ ހައްލު ނުވާނެކަންވެސް އެނގެއެވެ. ދެންވެސް ވިސްނަންވީ ބުރުގާ ނުނެގުމަށެވެ.

ބިރުން ހުރެވެސް އަހަރެން ކޮޓަރިން ނިކުތީ ކޮޓަރިއަށް ވަދެ ފިލާ ހުއްޓަކަސް ވާނެ ފައިދާއެއް ނޯންނާނެތީއެވެ. ކޮރިޑޯ ހުރަސްކޮށް ދަނިކޮށް މަންމަ ކޮޓަރިން ސިއްރުން ބަޔަކު ވާހަކަ ދައްކާ އަޑު އިވުނެވެ. އަހަރެން ސަމާލުވެލާ ކަނުލާ އަޑު އެހީމެވެ.

“ރޭގަވެސް އެ ހީރާ މިގެއަށް އެ ސޮރު ގެނެސްފި…ދައްތަ އަށް އެނގޭ އެކަން…އެވާހަކަ އަހަންވެފަ އިންދާ އޭނަ ކަރުދޮށް މިފެނުނީ…ނަޝާއަށް އެނގޭތަ އޭނަ އެކަމެއް ކުރިކަން..” އެއިވުނީ މަންމަގެ އަޑެވެ.

“ނޫން ދައްތާ…އަހަންނަކަށް ނޭނގެ..” ނަޝާ ބުނެލި އަޑު އިވުނެވެ. ނަޝާ ތެދަށް ނުބުނި ކަން ނަސީބެކޭ އެވަގުތު ހިތަށް އެރިއެވެ.

“ހީރާ އުޅޭ ނޫޅޭ ގޮތް ރަނގަޅަށް ބަލާތި އިނގޭ ނަޝާ..ހީރާ ފިސާރި މަކަރު ވާނެ..ކުރިން ރެއަކުވެސް އެ ޖުނޫމްއެއް ގެނައި…އެ ސޮރު މިގޭ ފާރުމަތީން ފުންމާލިތަން ސަހީމަގެ ފިރިމީހާއަށް ފެނިގެން މަށަށް ގުޅާފަ ބުނީމަ އެނގުނީ..އެކަމް ދައްތަ ގޮސް ބެލި އިރު ހީރާ ޖުނޫމް ފޮނުވާލާފަ ވީ…ރޭގަ ފާރު މަތީން ފުންމާލިތަން ފެނުނީ ސަލްމާ އަށް..ނަޝާ ވަރަށް ވިސްނައިގެން އުޅޭތި..ނަމަ ނަމަ ފޯނު ވެސް ނުދޭތި އިނގޭ..” މަންމަ ބުނި އަޑު އިވުނެވެ. ދެން އިވުނީ އެތެރޭން ތަޅުގަ ހިފާލި އަޑެވެ. އަހަރެން އަވަހަށް ދުވެލާފަ ނިކުތީ ބޭރަށެވެ. އަހަރެން ހުރީ މަންމަ އައިސް ފަށައިގަނެފާނެތީ ބިރުގެންފައެވެ. ކޮންމެ ގޮތެއްވިޔަސް ރޭގަ އަހަރެމެން ބައްދަލު ކުރިކަން މިއޮތީ ފަޅާ އަރާފައެވެ.

ޖޯލީގަ އޮށޯވެލައިގެން އޮއްވާ ފެނުނީ ނަޝާ އަންނަތަނެވެ. ކަމެއް އެނގޭ ކަމަށްވެސް ނުހަދާ އަހަރެން އޮތީމެވެ.

ނަޝާ އައިސް ހިތްހަމަ ނުޖެހިފަ މަންމަ ދެންމެ ދެއްކި ވާހަކަތަށް ކިޔާދިނެވެ. އަދި އަހަރެންގެ ސަބަބުން ނަޝާ އަށް ލަޑެއް ލިބިދާނެތީ ބިރުގަންނަ ކަމަށް ބުންޏެވެ. ނަޝާ އަހަރެން ދިފާއު ކޮށްދިނީތީ ފުރަތަމަވެސް އަހަރެން ޝުކުރު އަދާކުރީމެވެ. އަދި ދެން އެގޮތަށް ބައްދަލު ނުކުރާނަން ކަމަށް ވައުދުވީމެވެ.

އެދުވަހު މަންމަ ފެންނައިރަށް އަހަންނަށް ހުރެވެނީ ސިހިސިހިއެވެ. އެކަމަކު ނަސީބެއް އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެއެވެ. އަހަރެން ވިސްނީ އަދި ފަހުން އޭގެ ވަރުގަނޑު އަންނާނެ ކަމަށެވެ.

ޖުނޫމް ގެ ދައްތަ ގޭ ދޮރުމަތީގައި އޭނަގެ ސައިކަލް އިންތަން ފެނުމުން އަހަރެންގެ ހިތަށް އެރި އެއްޗަކުން ދުއްވައިގަތީ އަވަހަށް ބަދިގެއާ ދިމާލަށެވެ. ޖުނޫމް އެގޭގަ ވެއްޖެކަން އަހަންނަށް ޔަގީންވެއެވެ. އަވަހަށް ގޮސް އެންމެނަށް ސިއްރުން ރީތި ބިއްލޫރިތައްޓަކަށް ބޯ ކޮށްފަ ހުރި ފަޅޯ އަޅައިގެން ސިއްރު ސިއްރުން އަހަރެން ދިޔައީ ނިކުންނާށެވެ. ނަމަވެސް ގޭ ދޮރުމައްޗާ އަރާ ހަމަވިތަނާ އެއިވުނީ މަންމަ ގޮވާލި އަޑެވެ. އަނެއް ހަތަރު ކަންތަކެވެ. މަންމަ ގޮވާލާފައި ބުނީ އައިސްބަލާށެވެ. ކޮންމެއަކަސް މި ތަށި ހިފައިގެން މަންމަ މެން ކައިރިއަށް ގޮސްވީ ފަޅާ އަރާނެއެވެ.
“ނަޝާ އަހަންނަށް ކަމެއްކޮށްދީބަލަ…ޕްލީޒް..ޕްލީޒް…ދެން ދުވަހަކުވެސް ކަމަކު ނުކިޔާނަމޭ…ޕްލީޒް…” ބިލިމަގު ގަސް ދޮށުގަ ހުރި ނަޝާ ކައިރިއަށް ގޮސް އަހަރެން އާދޭސް ކުރީ އެނޫން ގޮތެއް ނެތީމައެވެ. ނުދާންވެގެން ނަޝާ ވަރަށް ދެކޮޅު ހެދިއެވެ. ނަމަވެސް އަހަރެން ހުއްޓާނުލާ އާދޭސް ކުރުމުން ނަޝާ އެތަށި ހިފައިގެން ޖުނޫމް ކައިރިއަށް ދާން އެއްބަސް ވިއެވެ. ނަޝާ އަތަށް ތަށި ދީފަ ފޮނުވާލާފައި އަހަރެން އަވަހަށް ދުއްވައިގަތީ މަންމަ ކައިރިއަށް ދިއުމަށެވެ.

އެއުޅެނީ ރޭގެ ކަންތަކާ އެއްޗެހި ގޮވަން ށޭ ހިތަށް އަރާފައި އަހަރެން ހުރީ ބިރުން ވިރިވިރިއެވެ. “ދޭބަލަ އައިކް ގެ ނެޕީ ބަދަލް ކޮށްލަން..އެހެރީ ޕުއްޕު ލައިގެން..” މަންމަގެ ޖުމްލަ އަޑު އިވިފަ ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނެވެ. އައިކް ގޮވައިގެން އަހަރެން ހިނގައިގަތީ ފާހާނާއާ ދިމާއަށެވެ. އެއީ ތުއްތަގެ ދެއަހަރުގެ ދަރިފުޅެވެ.

އައިކް ގެ ކަންތަށް ކޮށްފަ އޭނަ ފޮނުވާލާފައި އަހަރެން އައިސް ސޯފާގައި ކެއްތެރިކަން ކުޑަވެފަ އިނީ ނަޝާ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އަހަންނަށް ސިހުމެއް ލިބިގެން ދިޔައީ ގެއަށް ވަދެގެން އަދި ނަޝާ ގެ މޫނު މަތި ހުރި ގޮތް ފެނިފައެވެ. ފުންމައިގެން ތެދުވަމުން އަހަރެން ދިޔައީ ނަޝާ އާ ދިމާލަށެވެ. ކަރުނުން ފުރިފައިވާ ދެލޮލުން ނަޝާ އަހަންނަށް ބަލައިލިއެވެ. ހިތުގަ އުފެދުނު އެތަށް ސުވާލް ތަކަކާއެކު އަހަރެން ގޮސް ނަޝާ ގައިގަ އަތް ޖައްސާލީމެވެ. ނަޝާ އެއްވެސް އެއްޗެއް ނުބުންޏެވެ. އޭނަ އަތުގަ ހިފައިގެން ދިޔަ ތަށި ހުރި ގޮތަށް ހުއްޓެވެ. އަހަރެންގެ އަތް ފޮޅުވާލާފަ ނަޝާ ގޮސް މޭޒުމަތީ އެތަށި ބަހައްޓާފަ ދުވެފަ ގޮސްވަނީ ކޮޓަރިއަށެވެ. އަހަންނަށް ލިބުނު ހައިރާންކަން ވީ އިތުރެވެ. އޭނާގެ ފަހަތުން އަހަރެންވެސް ގޮސް ކޮޓަރިއަށް ވަތްއިރު ނަޝާ އޮތީ އެނދުމަތީގައި ރޯށެވެ.

“ކިހިނެއްވީ ނަޝް..” އަހަރެން ނަޝާ ގެ ބޮލުގަ ފިރުމާލީމެވެ. ސުވާލު ތަކުން އަހަރެންގެ ހިތްވަނީ ފުރިފައެވެ. ކުއްލިއަކަށް ނަޝާ ތެދުވެ އަހަރެންގައިގަ އޮޅުލައިގަނެ ބާރަށް ރޯން ފެށިއެވެ. “ހީރާ…ހީރާ..” ރޮވޭވަރުން ނަޝާއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.

( ނުނިމޭ )

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (40)

  1. reesham

    hi alll….here is the seventh part of my storyy…n this part is v long…enjoyyy….mi story ge fahu part tmrw up khla dheynan insha allahh

  2. hmm

    v rythi…

  3. Aishath

    omg omg omg another part

  4. Aishath

    omg omg omg another part
    vvvvvvvvvvvvvvvv nyc

    1. reesham
      Aishath

      omg omg omg omg…hehe…thank u aishath

  5. Shaa

    V v vvvvv reethi

  6. Nooo

    Ummmmwwwwaaaahh…its amazing

  7. Yash

    Wow v nice sperb??????? adhivess new story eh liyahchey

    1. reesham
      Yash

      thankss shaa noo and yash

  8. Ainnn

    Awwwwwwnnnn….mi storyy nimmanythrr ree

    1. reesham
      Ainnn

      yess ainnn…reesham dhn mi storyy nimmaalan kamah miulheny

  9. Aisha

    V v v v v v v v v v reethi mi baives. Junoom aai dheytherey haadha vineye he he . beyvafaatherieh kamehves vafaatherieh kamehves ingeyny tomorrow ga dho. Anyway v salhi mi story.

    1. reesham
      Aisha

      ya dhww aishaa…thankuuu

  10. Heera

    I love this storyyy…

  11. rose

    vr vr salhi….

  12. Sama

    Its a wonderful storyyy…reee haaadha molheyy dhww

    1. reesham
      Sama

      hehe…thankss heera rose and sama

  13. Yashoo

    I love this storyy..mi writer aa meet khlan beynun…

    1. reesham
      Yashoo

      ohhh…thankuuu yashooo

  14. Sinaa

    Last part omg omg waiting waiting

  15. Jax

    Heyy…nice storyy…im also from ur island…wanna meet u..kn irakunthr mirashah annanyy

    1. reesham
      Jax
  16. moyameehaa

    mi heeraa mee alhe heybali vefa huri meeheitha…huvaa mibuny rulhi aadhey mivaahaka kiyanves…??

    1. reesham
      moyameehaa

      hehe…aaan dhww moya myhaa..heera eheryy loabivegengos aneh athah alhaafa

  17. Aphy

    Story ninmmaalanee dhw….v reethi story dhaa goiy..?

    1. reesham
      Aphy

      yaa…nimmaalan kamahhh….thankuuu aphyy

  18. Sabeeha

    vv reethi..??

  19. Appy

    Nice

  20. Niyer

    Mifaadah thelhey manje eh hunnaane aharun goalheega ves. Emme fahun emanje mihaaru hunnanee dhuniye in beyruga.

  21. thoo
    1. Reesham
      thoo
  22. Bad girl

    Mee hama lyn ge life ah v goi..hama same koh..now 7 years vejjeh ekam adhives vv bodah love vey..

  23. Iryn

    Kaley thy thinadhoo bodu myhaathr..kaleahthr egeyny thinadhooga enan kiya myhaku ulhunyyaa..neygeyy vaahaka nudhahkabl

  24. Eeeeen

    Vrh nice story…emme reethi eh vaahaka mi ?

    1. reesham
      Eeeeen

      thanku Eeeeen

  25. :'-(

    Alhe junoom goas myhakah nuhadhahchey… Hyraa aa junoom gulhuvahchey… Story v salhi…

  26. Irene

    Reesham kon iraku vaahaka up kohdheyny? Waiting waiting

  27. Reesham

    Mirey insha allah up khladheynan

  28. raafy

    Hey u r not the writer reysham.. Her comments will be in green color…. So better don’t fool us… Okk… Reesham alhey Kn irakun vaahaka upp kuranyy

  29. wahudha

Comments are closed.