Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މާޔޫސް ވެފާ 8 ( ފަހު ބައި )

Loolu
September 4, 2016
9 Mins Read
48 Views
43 Comments

 

“ކިހިނެއްވީ ނަޝް..” އަހަރެން ނަޝާ ގެ ބޮލުގަ ފިރުމާލީމެވެ. ސުވާލު ތަކުން އަހަރެންގެ ހިތްވަނީ ފުރިފައެވެ. ކުއްލިއަކަށް ނަޝާ ތެދުވެ އަހަރެންގައިގަ އޮޅުލައިގަނެ ބާރަށް ރޯން ފެށިއެވެ. “ހީރާ…ހީރާ..” ރޮވޭވަރުން ނަޝާއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.

ވީ ގޮތެއް ނޭނގުނަސް ނަޝާ އެވަނީ ވަރަށް ބޮޑަށް ހިތުގަ ޖެހިފަކަން އަހަންނަށް އިހުސާސް ވިއެވެ. މިވަގުތު އެންމެ ރަނގަޅު ވާނީ ނަޝާ ހިތް ފުރެންދެން ރޯލަން ދޫކޮށްލުމެވެ. އެހެންކަމުން އަހަރެން އުޅުނީ ނަޝާ ގާތު އަރާމު ކޮށްލުމަށް ބުނެ ދާށެވެ. ނަމަވެސް ހަމަ ތެދުވެލި ތަނުން ނަޝާ އަހަރެންގެ އަތުގަ ހިފެ ހެއްޓިއެވެ.

“ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން…ވަރަށް ދެރަވޭ..” އަހަރެންގެ މޫނަށް ބަލަމުން ނަޝާ ބުނެލިއެވެ.

“ފަހުން ތިދައްކަން އުޅޭ ވާހަކައެއް ދައްކާނީ ދޯ…މިވަގުތު އިހަށް ރެސްޓް ކޮށްލާ…” ނަޝާ ގެ ބޮލުގަ ފިރުމާލަމުން އަހަރެން ބުނީމެވެ.

“ނޫން އަހަރެން ބޭނުން ހަމަ މިހާރު މިވަގުތު މިވާހަކަ ދައްކަން…އެންމެ ހިނދުކޮޅެއްވެސް ލަސް ކުރާކަށް ބޭނުމެއް ނޫން…” ދުރަށް ނަޒަރު ހުއްޓާލައިގެން އިނދެ ވަރަށް ނުރުހިފަ ނަޝާ ބުނެލިއެވެ. އޭނާ ދައްކަން އުޅޭ ވާހަކަތަށް އަޑު އެހުން އަހަންނަށް މުހުންމުވިއެވެ. އަހަރެންގެ ހުރިހާ ސަމާލު ކަމާއެކު އޭނާގެ ގާތުގަ އިށީނދެލީމެވެ.

“އެނގޭތަ ހީރާ ތި ބުނާ ޖުނޫމް އެއް ކައިރިއަށް ދެންމެ ދިޔާމަ ވީގޮތް…ހީރާ އަށް އަޑު އަހަން ކެއްވާނެތަ މިދައްކާ ވާހަކަތަށް…މިފަހަރު ހީރާ އަށް ގަބޫލު ނުކޮށް ނުހުރެވޭނެ…މި ނަޝާ މި އައީ ހެއްކާ އެކު…” ލޮލުން ކަރުނަތަށް ފޮހެލަމުން ގަދަ އަޒުމުގަ ނަޝާ ބުނެލިއެވެ. އަހަންނަށް ލިބުނީ ހައިރާން ކަމެވެ. ނަޝާ އަށް ކޯއްޗެއް ފެނުނީ ހެއްޔެވެ. ކޯއްޗެއް އެނގުނީ ހެއްޔެވެ. ” ކިހިނެއްވީތަ ނަޝް…” އެންމެ ފަހުން ނީނެދެވިގެން އަހަންނަށް ބުނެވުނެވެ.

ނަޝާ އެއިންގޮތަށް އިނދެ މަޑުމަޑުން ކަންތަށް ވެގެން ދިޔަ ގޮތް ކިޔާދޭން ފެށިއެވެ. “އަހަރެން……އަހަރެން އެ ތަށި ހިފައިގެން އެގެއަށް ދިޔައިރު އެގޭ ދޮރު މަތީގައި އިން ދެފައިވާން …އެތެރެއިން ވަރަށް ގަދަ އަށް ހޭ އަޑު އިވޭ ކޮންމެސް ވާހަކަ ތަކެއް ދައްކާފަ… ދެން އަހަރެން ގޮސް ދޮރު ކައިރިއަށް ހުއްޓި އެމީހުންގެ ވާހަކަތަށް ސިއްރުން އަޑު އެހިން…އެތެރޭގަ ތިބީ ޖުނޫމް އާ އަދި ކޮންމެސް އެހެން ފިރިހެނެއް…އެނގޭތަ އެމީހުން ދެއްކި ވާހަކަތަށް..” ނަޝާ އަހަރެންގެ މޫނަށް ބަލައިލިއެވެ. އެ ބުނަން އުޅޭ އެއްޗެއް އަޑު އަހަން އަހަރެން އިނީ ކެއްމަދު ވެފައެވެ. އެހެނަސް އަހަރެން އަނގަޔަކުން ނުބުނަމެވެ. ނޭނގޭ ބިރުވެރި ކަމެއްގަ ދިރޭ ރަހަ ފޮދެއް ހެން އަހަރެންގެ ހިތް ތެޅެމުން ދިޔައެވެ. ޖުނޫމް އާ ބެހޭ ގޮތުން ނުބައި ހަބަރެއް އަޑު އަހާކަށް އަހަރެން ބޭނުމެއް ނޫނެވެ.

“އަހަރެންގެ ދުލުން ބުނުމަށް ވުރެ މި ގޮތް މާ ރަނގަޅު ވާނެ ކަންނޭނގެ….މީ އެމީހުން ދެއްކި ވާހަކަތަށް… އަހަރެން ސިއްރުން ރިކޯޑް ކޮށްގެން މިއައީ..” ނަޝާ އޭނާގެ ޖިންސް ޖީބުން ނެގި ފޯނު އަހަންނަށް ދިއްކޮށްލިއެވެ. އަހަރެން އޭގަ ހިފީ ފަސް ޖެހިފަ އެޔަށް ބަލަން އިނދެއެވެ. ހަމްދަރުދީގެ ނަޒަރަކުން ނަޝާ އަހަންނަށް ބަލައިލާފަ އެ ރިކޯޑިންގ ޕްލޭ ކޮށްލިއެވެ. އަހަރެން އިނީ ރަނގަޅަށް ކަންފަތް ހުޅުވާލައިގެން ނޭވާ ހިފަހައްޓައިލައިގެނެވެ. ފުރަތަމަވެސް ކަންފަތަށް އިވިގެން ދިޔައީ ދެމީހެއްގެ ބާރު ހުނުމުގެ އަޑެވެ. އެއަޑުތަށް ކިތަންމެ ރީއްޗަކަށްވެސް އަހަންނަށް ވަކި ކުރަން އެނގުނެވެ. އެއީ ޖުނޫމް އާ ނަޓޭ ގެ އަޑެވެ.  ދެން އެދެމީހުންގެ ދުލުން އިވިގެންދިޔަ ވާހަކަތަކަކީ ދުވަހެއްގެ ކޮޅުންވެސް އަހަރެން އަޑުއަހަން ބޭނުންވި ކަންތައްތަކެއް ނޫނެވެ. އެއަޑުތަށް އަހަރެންގެ ކަންފަތަށް އިވުނީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. އަމިއްލަ ނަފްސާވެސް އެވާހަކަތަށް ހިއްސާ ކުރަން އަހަރެން ދެރަވެއެވެ. ނަމަވެސް އަހަންނަށް އިވުނު ގޮތަށް އެކަންތައްތަށް މިތާ ލިޔެލާނަމެވެ.

“ރޭގަވެސް މަ ހާދަ ޓްރައި ކުރީމޭ…..ވަރަށް ނެއްޓި ރޭގަ އެ މަންޖެ ހެދި ގޮތުން…ދެން ރެއަކުން ގޮސް ގަދަކަމުންވިޔަސް އެކަން ކުރާނަން……އަސްލު އެގޮލާ ވަރަށް ސަޅިއޭ އެނގޭތަ…ރޭގަ މަ އެގޮލާ ބުރުގާ ގަދަކަމުން ބޭލިން…ވަރަށް ސަޅި….” ޖުނޫމް ބުނެލިއެވެ.

“ހެހެ….ކައެއަށް ވާނީ ތިވަރު….މިހާރު ފަސް އަހަރު ވަނީ މިއޮއް އެ މަންޖެއާ ރައްޓެހިވެގެން ތިހެން ތެޅޭތާ…އެކަމު އަދިވެސް ތިއުޅެނީ ބޭނުންވެގެން ތިއުޅޭ ކަންތަށް ނުވެގެންވިޔަ…” މަޓޭ ހީހީފާ ބުނެލި އަޑު އިވުނެވެ.

“އޭ…ކައެ ބަލަން ހުންނައްޗޭ…ދެން ފަހަރަކުން ގަދަކަމުން ނުރުހުމުގަވިޔަސް އެކަން ކުރާނަން…އެކަން ނުވާތީ އޭ އެމަންޖެ ކައިރިން ސަލާމަތް ނުވެފަ މިހުންނަނީ… މަލުގެ ފޮނި ކޮޅު ބޯލާ ފައެންނު ދުރަށް ދާންވާނީ….ހަހަހާ. އެ ހީރާ ކިތަންމެ ރީއްޗަކަސް އޭނަ ގެ މޮޔަކަމުންވެސް ހީހީ ހަލާކު..ހުވާ މިބުނީ..މަ ބުނާ ކޮންމެ އެއްޗެއް އޭނާ ގަބޫލު ކުރާނެ…އޭނަ ހިތުން ޝާނީ ވެސް އެއީ މަގޭ ކަޒިން އެއް..އެކަންވެސް ގަބޫލް ކޮށްގެން އެހުންނަނީ…މިޔޮއްވަރަށް އަންހެން ކުދިން ކައިރިއަށް ޖައްސާއިރުވެސް އެވަރުގެ މޮޔަ މަންޖެއަކާ އަދި ދިމައެއް ނުވޭ…..” ޖުނޫމްގެ ޖައްބާރު ހިނިގަނޑު އިވުނެވެ.

“ހަހަހާ…އާން…ކައެ ބުނާ ކޮންމެ އެއްޗަކަށް ހެއްލިގެން ހުންނަތާ ފަސް އަހަރު ވެއްޖެ ވިޔަ ދޯ..” ޖުނޫމް ގެ ވާހަކަޔާ އެއްބައިވަމުން މަޓޭ ބުނެލި އަޑު އިވުނެވެ.

އިތުރަށް އެންމެ ލަފްޒެއްގެ މިންވަރުވެސް އަޑު އަހާނެ ހިއްވަރެއް އަހަންނަކަށް ނުލިބުނެވެ. އަހަންނަށް ކުރަމުންދިޔަ އަސަރުތަށް ނަޝާ އަށް އިހުސާސް ވީ ކަންނޭނގެއެވެ. އޭނާ ފޯނު ދުރަށް ޖައްސާލަފައި ހިއްވަރު ދިނުމުގެ ގޮތުން އަހަރެންގެ އަތުގަ ހިފާލިއެވެ.

އަހަރެން ހުރީ ހުއްޓިފައެވެ. ގަބު ވެފައެވެ. ހަށިގަނޑުގެ ގުނަވަންތަށް ހަރަކާތް ކޮށްލާނެ ހިއްވަރެއްވެސް އަހަންނަކަށް ނުލިބުނެވެ. މަޑުވަމުން ދިޔަ ހިތުގެ ވިންދު ތަކާއެކު އަހަރެންގެ ހިތް ހުއްޓުނު ހެން ހީވިއެވެ. ހިތާއި ސިކުނޑީގަ ގުގުމަމުން ދިޔައީ ދެންމެ އިވުނު ވާހަކަ ތަކެވެ. ރޮއެ ގަންނަންވެސް ހަދަންވި ގޮތެއް ނޭނގިފަ ހިނދުކޮޅަކަށް އިނދެވުނެވެ. “ހީރާ..” އަހަރެންގެ ދެކޮނޑުގަ ހިފާ ތަޅުވައިގަންނަމުން ރޮވިފައިވާ އަޑަކުން ނަޝާ ގޮވާލިއެވެ. މަޑުމަޑުން އަހަރެންގެ ދެލޮލަށް ކަރުނަތަށް ޖަމާވާންފެށިއެވެ. އެކަރުނަތިކި ތުރުތުރު އަޅާ ލުމާއެކު ކޯތާފަތުގަ ހުރި ތެދަށް ރޮނގު ދަމާލިއެވެ. އަހަރެންގެ ސިކުނޑި އަށް ފުރިހަމައަށް ވިސްނުން ލިބި ހަމަ ބިމަށް އާދެވުނީ އެހިސާބުންނެވެ. ދުނިޔޭގެ އިތުރު އެއްވެސް ކަމަކަށް ވިސްނާލުމެއްނެތި އަޑުން އަޑު ނަގާ އަހަންނަށް ވޭނާއެކު ރޮއެގަނެވުނެވެ. އެޔާއެކު އަހަރެންގެ ޗިސްޗިސް ވެފަވާ ހިތަށް އިތުރަށް ތަދު ވަމުން ދިޔައެވެ.

“ކީއްވެ….ކީއްވެ އަހަންނަށް މިހެން މިވީ…ކޮބާ އަހަރެންގެ ކުށަކީ…ފަސް އަހަރު…ފަސްއަހަރު އަހަރެން…” ނަޝާ ގައިގަ އޮޅުލައިގަނެ އަހަރެން ރޯން ފެށީމެވެ. ގިސްލެވޭ ވަރުންނާ އަޑު ތުރުތުރު އަޅަ ވަރުން އަހަންނަށް އަހަރެން ދައްކަން ބޭނުންވި ވާހަކަތަށް ފުރިހަމައެއް ވެސް ނުކުރެވުނެވެ.

“ޝްޝްޝް…ހީރާ ނުރޮއެ…އެނގޭ މިއަދު ހީރާ ވަރަށް ދެރަވާނެ ކަން…އަހަރެން ހީރާއަށް ކިހާ ނަސޭހަތެއް ދިނިންތަ…ހީރާ އަޑު ނޭހީ…ހީރާ މޮމްވެސް ޖުނޫމް އޭ ކިޔައިގެން ދެއްކި އެއްވެސް ވާހަކައެއް ހީރާ ގަބޫލް ނުކުރީނު…ދެން ހިއްވަރު ކުރޭ…ޝުކުރު ކުރޭ ދެން ވެސް އެ ފުރޭތަ ގެ ގޮތް އެނގުނީތީ..” ނަޝާ ގެ އޯގާތެރި ދެއަތުން އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތިކިތަށް ފޮހެލަ ދިނެވެ. ނަމަވެސް އެ ކަރުނައަކަށް ހުއްޓުމެއްވެސް ނާދެއެވެ. އެންމެ ފަހުން ނަޝާ އަހަރެން ގާތު ހިތް ފުރެންދެން ރޯލުމަށް ބުނެފަ ނިކުމެގެން ހިނގައްޖެއެވެ.

ގިސްލަމުން އަހަންނަށް އެނދުމައްޗަށް ވެއްޓި ގަނެވުނެވެ. އަމިއްލަ ގައިގަ ދެއަތުން އަހަރެން ތަޅައިގަތީމެވެ. އަހަރެން އެވަގުތު ބޭނުންވީ އަމިއްލަ ނަފްސަށް އަނިޔާ ދޭށެވެ. އަމިއްލަ މޮޔަކަމަށް ނަފްސު ކުށްވެރިކޮށް ކިތަންމެ ފަހަރަކު އަހަންނަށް އަޑުލެވުނެވެ. އަހަރެން ވަރުގެ މޮޔަ އެއް މި ދުނިޔޭގަވެސް ނުހުންނާނެ ކަންނޭނގެއެވެ. ތުއްތު ކުދިންނަށްވެސް އަހަންނަށް ވުރެ ފުރިހަމައަށް ވިސްނޭނެ ކަން ޔަގީނެވެ. އެކަހަލަ ހިޔާލު ތަކުން އިތުރަށް އަހަންނަށް ރޮވި ރުޅި އާދެވުނެވެ. އެވަގުތު އަހަންނަށް ވެފަ އެހެރީ ކީއްކަމެއް ވެސް ނޭނގެއެވެ. ފުންމައިގެން އެނދުން ތެދުވެ އަހަރެން މިސްރާބު ޖެހީ ފާހަނާ އާ ދިމާލަށެވެ. ލޮލުގަ އަޅައިގަތީ ފާހަނާ ތެރޭ އިން ބްލީޗް ފުޅި އެވެ. އަހަރެން ދެއަތުން ބާރަށް ހިފަހައްޓަމުން އެ ނެގީމެވެ. އަހަރެން ބޭނުންވީ މަރުވާށެވެ. ދުނިޔެއަށް އަހަރެން ލަމުން މިދާ ނޭވާ ތަށް އެކީ އެއްޗަކަށް ހުއްޓުވާލާށެވެ. ދުނިޔެއިން ގެއްލި ނިމި ދާށެވެ. ޖެހިލުމެން ނެތި އަހަރެން އޭގެ ރަތް މަތި ނެގީމެވެ. އިތުރަށް ސިކުންތަކު ވެސް ވިސްނަން ނުހަދާ އަހަރެން އެ ފުޅީގަ ތުން ޖަހާ އެތެރެއަށް ދަމާ ލުމާއެކު އެތެރެ ހައްޓަން ވެގެން ދިޔަ ގޮތް މިގޮތަށް ބަޔާންވެސް ނުކުރެވޭނެވެ. ކަރުތެރެ ބުރިބުރި ވެގެން ގޮސް އަހަރެންގެ ނޭވާ ހޮޅި ބެދުނު ހެން ހީވިއެވެ. ސިކުންތު ކޮޅެއްވެސް ނުވެ އަހަރެންގެ ހަށިގަނޑުން ވަރު ދޫވެ އަތުން ފުޅި ވެއްޓިއްޖެއެވެ. ބެލެންސް ނުކުރެވިގެން ބާރާއެކު އަހަރެންގެ ހަށިގަނޑު ވެއްޓި ޖެހުން އިރު ފާހަނާއިން ބޭރަށް އަހަރެންގެ އެއް އަތް އޮތީ ކޮޓަރި ތެރެއަށް ގޮހެވެ. ލޯ މެރެމުން ދިޔަ ވަގުތު އަހަރެންގެ ކަންފަތަށް އިވުނީ ކޮޓަރި ދޮރު ހުޅުވާލާފަ ވަތް މީހަކު އަހަރެންގެ ނަމުން ގޮވާލި އަޑެވެ. އެއީ ނަޝާއެވެ. ދެން ވީ ގޮތެއް އަހަންނަކަށް ނޭނގުނެވެ.

އެސްފިޔަ ތަޅުވާލަމުން ލޯ ހުޅުވާލުމާއެކު ފުރަތަމަ ވެސް ފެނުނީ އަހަރެންގެ ވަށައިގެންވާ ހޮސްޕިޓަލްގެ މާހައުލެވެ. ބޮލުގަ ތޫނު ތަދެއް ހުރި އިރު އެތާގަ އަތް ޖައްސާލަން އަތް އުފުލައިލަން އުޅުން ވަގުތު ފެނުނީ އަތަށް އައިވީ ގުޅާފަ ހުރި ތަނެވެ. އަހަރެންގެ މަގަތުން އަންހެނެއްގެ ރުއި މުގެ އަޑު ވެސް އިވެމުން ދިޔައެވެ. އެއް އަރިއަކަށް ޖެހިލަމުން އަހަރެން ބަލައިލުމުން ފެނުނީ ހިތް ހަލާކުވި މަންޒަރެކެވެ. އަހަރެންގެ ގާތުގައި އެނދުގަ ބޯ އަޅާލައިގެން ރޯން އެޔޮތީ އަހަރެންގެ މަންމައެވެ. އަހަރެންގެ ހިތަށް ކުރި އަސަރުން އަވަސް އަވަހަށް މޫނު އަނބުރާލެވުނީ އަނެއް ފަރާތަށެވެ. ވެދިޔަ ހުރިހާ ކަމެއް އަހަރެންގެ ހަނދާނަށް އައިސް ދެލޯ ކަރުނުން ފުރި ބާރުވާކަށް މަދު ސިކުންތު ކޮޅެއްވެސް ނުނެގިއެވެ. ކުރެވުނު ބޮޑު ފާފަ ހަނދާނަށް އައީ އެވަގުތެވެ. މާތް ކަލޯކޯއެވެ. އަހަރެން މި އެނދުގަ މިއޮތީ ކޮންފަދަ ނުބައި ފާފައެއް ކޮށްފަ ހެއްޔެވެ. ވަގުތުން އަހަންނަށް ރޮވިއްޖެއެވެ. އެއީ އަހަންނަށް ހަމައިގަ ހުރެ ކުރެވުނު ކަމެއް ނޫނެވެ. އަމިއްލައަށް މަރުވާން އުޅުމަކީ ކޮންފަދަ ނުބައިކަން ބޮޑުވަނިވި ފާފައެއް ކަން އަހަންނަށް އެނގެއެވެ. އެކަން ކުރެވުނީތީ އަހަރެން ދެރަވެ ލަދު ގަނެއެވެ. ދިރިއުޅުމުގަ ދެން ކޮންމެފަދަ ބޮޑު ހިތާމައެއް ކުރިމަތިވިޔަސް އެފަދަ ކަމެއް ނުކުރާން އަހަރެން އަޒުމް ކަނޑައެޅީމެވެ.  ﷲ އަށް ޝުކުރު ހުއްޓެވެ. މަރުނުވެ އަހަރެން ސަލާމަތް ވީތީ އެވެ. އެހެންނޫންނަމަ ތައުބާ ވާނެ ފުރުސަތެއްވެސް އަހަންނަކަށް ނުލިބުނީހެވެ.

“މަންމާ…” ރޮވިފައިވާ އަޑަކުން އަހަރެން ގޮވާލީމެވެ. އަހަރެން ބޭނުންވީ އެ މަންމަ ގާތުން މާފަށް އެދޭށެވެ. އަހަރެންގެ އަޑަށް ސިހިފާ މަންމަ ބަލައިލިއެވެ. އެ މަންމަގެ ދެލޯ ވަނީ ރޮއެ ރޮއެ ރަތް ވެފައެވެ. މަންމަ އަހަރެންދެކެ ވާ ހަގީގީ ލޯބި އެވަގުތު އަހަންނަށް އިހުސާސް ކުރެވުނެވެ. މީގެ ކުރިން އަހަންނަށް ހީވެފަ އޮތީ އެ މަންމަ އަހަރެންދެކެ ލޯބި ނުވަނީ ކަމަށެވެ. އެހެނަސް އެއީ ކުށް ހީއެއް ކަން މިހާރު ވިސްނިއްޖެއެވެ. މަންމަ އޭރު އަހަރެން ދެކެ އެއައި ރުޅި އަކީވެސް ހަމަ އަހަރެން ދެކެ ވީ ލޯބީގެ ހައްގުގަ އައި ރުޅިއެއް ކަން މިހާރު ވިސްނިއްޖެއެވެ. މަންމަވެސް އަހަރެންގެ ހަޔާތަށް ރަނގަޅު ފިރިޔަކު އަންނަން އެދޭނެތާއެވެ. އެއްވެސް މަޔަކު އެމީހެއްގެ ދަރިއަކަށް ދެރަ ގޮތެއް ވާކަށް ނޭދޭނެއެވެ.

އަހަރެން މަންމައާ ވާހަކަ ދައްކަން ތައްޔާރު ވެލިތަނާ ޑޮކްޓަރު އައެވެ. އެހެންކަމުން އަހަރެން ދައްކަން އުޅުނު ވާހަކަ ތަށް ޖެހުނީ ފަސް ކޮށްލާށެވެ. ޑޮކްޓަރު ބުނި ގޮތުގަ ވީޔާ އަހަރެން ސަލާމަތްވީ އަވަހަށް ހޮސްޕިޓަލްއަށް ގެނެވުނު ކަމުންނެވެ. އެ ވިހަ އަހަރެންގެ ހަށިގަނޑު ގެ ތެރެއަށް ފެތުރުންނަމަ އަހަރެންގެ ފުރާނައަށް ނުރައްކާސް ވީ ކަމަށް ބުންޏެވެ. އަހަރެން މި ސަލާމަތް ވީ މަރުގެ ތުންފަތް މަތީންނެވެ. ޑޮކްޓަރު އަހަންނަށް ހިނިތުންވެލިއެވެ. ނަރުސް ކުއްޖާ އަހަރެންގެ ވައިޓަލް ސައިން ތަށް ޗެކްކޮށްލާފަ ހުރިހާކަމެއް ސްޓޭބަލް ކަމަށް ބުނުމުން އިރުކޮޅަކުން ދޫކޮށްލާނެ ކަމަށް  ޑޮކްޓަރު ބުންޏެވެ.

 

ހޮސްޕިޓަލް އިން ދޫކޮށްލުމުން ގެއަށް އައިސް އަހަންނަށް އަބަދު އިނދެވެނީ ކޮޓަރި ތެރޭގައި ގަބު ވެފައެވެ. ކަމެއް ކުރާނެ ހިތްވަރެއް އަހަރެންގެ ހަށިގަނޑަކު ނުހުރެއެވެ. މާޔޫސް ކަމާ ހިތްދަތިކަން ހަތަރު ފަރާތުން ވަނީ އަހަރެން ވަށާލާފައެވެ. ޖުނޫމް ގެ ކެހިވެރިކަމާ ބޭވަފާތެރިކަން ހިތަށް އަރާފައި އަބަދު އަހަރެންގެ ލޮލުން ކަރުނަ އޮހެރެއެވެ. އޭނަ އަހަންނަށް އެހެން އެހެދީ އަހަރެންގެ ކޮން ކުށެއް އޮވެގެންހެއްޔެވެ. އެސުވާލު އެ ބޭވަފާތެރިޔާއާ ކޮށްލަން އަހަރެން ބޭނުމެވެ. ހިތުގަ ވާ ހުރިހާ އެއްޗެއް ފައްޗަކަށް އޭނައާ ދިމާލަށް ގޮވާލަން އަހަރެން ބޭނުމެވެ.  އޭނާ އެ ދިން ހިއްދަތިކަމުގަ އަހަރެން ހަނާވެ ދާއިރުވެސް އެފިރިހެނާއަށް ހިލަމެއްވެސް ނުވާނެކަން ޔަގީނެވެ. އަހަރެން ކަހަލަ ކުށެއް ނެތް ކިތަންމެ އަންހެންކުދިންނަކަށް ޖުނޫމް ގެ އެރީތި ސިފަ ބޭނުން ކޮށްލައިގެން އޭނާ ލަނޑު ދީފަ ހުންނާނެކަން ކަށަވަރެވެ.

އެގޮތުގަ އަހަރެން އިންދާ ކޮޓަރިއަށް އައިސް ވަނީ ނަޝާ އެވެ. “ދެން ތިގޮތަށް އަބަދު ހިތާމަ ނުކުރޭ ހީރާ..” ނަޝާ އައިސް އަހަރެން ގާތުގަ އިށީދެލަމުން ވާހަކަ ދެއްކިއެވެ. އަހަރެން ކަރުނަ ފޮހެލަމުން ގަދަކަމުން ނަޝާ އަށް ހިނިތުން ވެލީމެވެ.

“ނަޝް….އަހަރެން ބޭނުން ޖުނޫމް އާ ބައްދަލު ކޮށް ހިތުގަ މިއޮއް ހުރިހާ އެއްޗެއް އޭނައާ ދިމާލަށް ގޮވާލަން..އަހަންނާއެކު ދާނަން ދޯ ނަޝް…..ޖުނޫމް އަކަށް އަދި ނޭނގޭނު އަހަރެމެންނަށް އޭނަގެ ފަތި ފުށް އެނގުނު ކަމެއްވެސް..” އަހަރެން ނަޝާ ގެ މޫނަށް ބަލައިލަމުން ހިތާމަތަށް ފޮރުވަމުން ވާހަކަ ދެއްކީމެވެ. ނަޝާ ހިނިތުން ވެލަމުން ބޯ ޖަހާލިއެވެ. ނަޝާ ގެ ރަނގަޅުކަން ފެނި އަހަރެން އަނެއްކާވެސް ފެންކަޅިވިއެވެ. އަހަރެން ނަޝާ ގައިގަ ބައްދާލީމެވެ.

ހަވީރު ފަހެއް ޖަހާ އިރަށް ތުނޑިއަށް އައުމަށް އެދި އަހަރެން ނަޝާ ގެ ފޯނުން ޖުނޫމްއަށް މެސެޖް ކުރީމެވެ. އޭނާ ޖަވާބެއް ދޭތޯ އަހަރެން އިންތިޒާރެއް ނުކުރަމެވެ.

ފާހާނާއަށް ވަދެ ފެން ވަރާލައިގެން ނިކުމެ އެދުވަހު އަހަރެން ވަރަށް ގަދައަށް ރީތިވީމެވެ. އެއީ އަހަރެން ބޭނުންވި ގޮތެވެ. އަހަރެން އިތުރަކަށް ނުރޮމެވެ. އަހަރެން ހުރީ ހަމަ ޖެހިފައެވެ. ޖުނޫމްގެ ސަބަބުން ދެން އަހަރެންގެ ހިތަކަށް އިތުރަކަށް އަސަރެއް ނުކުރާނެއެވެ.

އާއްމު ގޮތެއްގަ ޝޯލް ނޭޅިޔަސް އެދުވަހު އަހަރެން ޝޯލް ވެސް އެޅީމެވެ. ހުދާއި ކަޅުގެ އަހަރެންގެ އިސްކޮޅުގެ ޑިޒައިން ހެދުމާއެކު އަހަރެން އެޅީ ރަތް ޝޯލް އެކެވެ. ތުންފަތުގަވެސް މަޑު ރަތް ކުލައެއް ޖައްސާލާ ލޮލުގަވެސް އަދުން އަޅާ ޒީނަތްތެރިވީމެވެ. އަމިއްލަ ސޫރައިގެ ރީތި ކަމާއި ފުރިހަމަކަން ލޯގަނޑުން ފެނުމުން އަމިއްލައަށްވެސް ހައިރާން ވެވުނެވެ. ނަޝާ ވެސް އަހަރެން ފެނުމާއެކު ތައުރީފު އޮއްސަމުން އައިސް އަހަރެން ގައިގަ އޮޅުލައިގަތެވެ.

ގަޑިން ހަވީރު ފަހެއްޖެހީ އަހަންނާ ނަޝާ ތުނޑީގަ ތިއްބައެވެ. އެކަކު އަނެކަކު މާ ބޮޑަށް ވާހަކަ ނުދައްކާ ހިމޭން ކަމާއެކު ސާފު ވެލިގަނޑު ގަ އިށީނދެލައިގެން ތިބީ ޖުނޫމް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ.

“ވާވް….މީދަ ހޫރު ޕަރީއަކީ ހަމަ އަހަރެންގެ ހީރާތަ..ހާދަ ލޮތްބޭ ދޫނީ…ކުރިން ހީވެސް ނުކުރަން އަހަރެންގެ ހީރާ މިހާ ރީތި ވެދާނެކަމަކަށް…” މަގާ ދިމާލުން ތުނޑިއަށް ފައިބަމުން އައި ޖުނޫމްއަށް އަހަރެން ފެނުމާއެކު ކިޔަންފެށިއެވެ. އަހަރެން ކަޅިވެސް ޖަހާ ނުލާ އެއްވެސް އަސަރެއް ނެތް ފަދައަކުން އޭނަގެ މޫނަށް ބަލަން އިނީމެވެ. ޖުނޫމް ގެ މޫނުމަތީގައި ވަނީ ފުޅާ ހިނިތުންވުމެކެވެ. އޭނާ ބަލައިލަން ކިހާ ރީތި ހެއްޔެވެ. ނަމަވެސް އެ ރީތި ކަމުގެ ބޭނުމެއް ކޮބާ ހެއްޔެވެ. އެފަދަ ރީތި މީހުނަށް އަހަރެން ވައްސަލާމެވެ. އެ އަނިޔާވެރިޔާގެ ސަބަބުން އަހަރެންގެ ހަޔާތުން ފަސް އަހަރު ބޭކާރު ވެ ހިނގައްޖެއެވެ. އެކަމަކު އެ އަނިޔާވެރިޔާ އަދިވެސް އެހެރީ ހިނިތުންވެފައެވެ. މީހަކަށް ދެރައެއް ދެވެމުން ދާއިރު އެ ޝައިތޯނާގެ ހިތަށް އެއްޗެއް އަރާހެނެއްވެސް ހިއެއްނުވެއެވެ. އެއްޗެއް އަރާނީވެސް ކިހިނެއްހެއްޔެވެ. މާތް ﷲ ގެ ނަންފުޅު ގަންދީ އޭނަ އެހެރީ ދޮގު ހުވައެއްވެސް ކޮށްފައެވެ. އެވަރު ނުބައި ފާފަތަށް ކުރަން ކެރުނު މީހެއްގެ ހިތަށް އެއްޗެއް އަރާނެ ހެއްޔެވެ. އަނެއްކާވެސް މާދަމާ އޭނާ އަހަރެން ކަހަލަ އެހެން އަންހެން ކުއްޖެއް އެ ރީތި ކަމުގެ ޖާދޫގަ ޖައްސާ ހަޔާތް ބަރުބާދު ކޮށްލާނެއެވެ. އެއީ އަންހެންކުދިންނަށް ހުރި ހަލާކެކެވެ.

ޖުނޫމް އައިސް އަހަންނާ ގާތަށް ހުއްޓިލުމުން އަހަރެން އިސްޖަހާލީމެވެ. އަހަރެން ކައިރީގަ ނަޝާ ވެސް އަނގައިން ނުބުނެ އިނެވެ. ” މީނީތަ ނަޝާ އަކީ…ހާދަ ލޯބި ކުއްޖެކޭ ތިވެސް..” ދަހިވެތި ނަޒަރަކުން ނަޝާ އަށް ބަލައިލަމުން ޖުނޫމް ބުނެލިއެވެ. ރުޅި އައިސް ގެން އަހަރެންގެ ލޭ ހޫނުވަމުން ދިޔައެވެ. “ޖުނޫމް…ފެންނަ ކޮންމެ އަންހެން ކުއްޖެއް ބޭނުން ދޯ….ޖުނޫމްގެ ބޭނުމަކީ އަންހެން ކުދިންގެ ދިރި އުޅުން ހަލާކު ކުރުން ދޯ…” ދަތްކުޑި ވިކާލަމުން އަހަރެން ބުނީމެވެ. ޖުނޫމް އަނގައިން ނުބުނެ ޝައްކު ގެ ނަޒަރަކުން އަހަންނަށް ބަލައިލިއެވެ.

” އާން ތިހީވީ ރަނގަޅަށް…އަހަންނަށް ހުރިހާ އެއްޗެއްވެސް އެނގިއްޖެ…ތި ޝައިތޯނުގެ ނުބައިކަން މިއަދު އެނގިއްޖެ..” ފުންމައިގެން ތެދުވެ އޭނާގެ މޫނުމަތީގައި އަހަރެން ހަޅޭއްލަވައިގަތީމެވެ. ޖުނޫމް ވައްތަރަކަށް އަހަންނަށް ބަލަން ހުއްޓެވެ. އަހަރެން ލޮލުން ނަޝާ އަށް އިޝާރާތް ކޮށްލުމުން ނަޝާ އޭނާގެ ފޯނުން ޖުނޫމް މެން ދައްކާފަ ހުރި ވާހަކަތަށް ޕްލޭ ކޮށްލިއެވެ. ޖުނޫމް އަށް އޭނާގެ އަމިއްލަ އަޑުން ދައްކާފަ ހުރި ނުބައި ވާހަކަތަށް އަޑު އިވުމުން ހިނދުކޮޅެއް ވަންދެން ވައްތަރަކަށް ހުއްޓިފަ ހުއްޓެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގަ އޭނާ ޖަހާލީ މަލާމާތުގެ ބާރު ހިނިގަނޑެވެ. ލަދު ގަންނަން ނޭނގުނު ފިރިހެނެކެވެ.

“ޔޭސް…އަހަރެން އެއް އިރެއްގަވެސް ތި ހީރާ ދެކެ ލޮތްބެއް ނުވަމޭ…އަހަރެންގެ މަގްސަދު ހީރާއަށް މިހާރު އެނގިއްޖެ ދޯ..ސޯ އިތުރަށް ކޮންމެހެން ދޮގުހަދާކަށް އަހަރެން ނޫޅޭން…ހީރާ ބޭނުމިއްޔާ އަހަންނާއެކު ކުރިން އުޅުންހެން ހަމަ އުޅެންވީ..ބޭނުން ނެތީޔާ ދާންވީ…ހަހަހާ…” މަލާމާތުގެ ރާގަކަށް ޖުނޫމް ބުނެލިއެވެ.

“ހުރި ގޮތެއް ނެތްކަން..ކަލޭގެ ގޮތް އެނގުނީތީ މިއަދު އަހަރެން ﷲއަށް ށުކުރު ކުރަން…ކަލެއަށް ދުވަހަކުވެސް ރަނގަޅު ގޮތެއް ނުވާނެ…ކަލޭގެ ނިމުން ވަރަށް ހިތި ވާނެ..” ޖުނޫމްގެ މޫނު މަތީގައި އަޅަ ވިހެލާފަ އަހަރެން ދުއްވައިގަތީ ގެއަށެވެ. ނަޝާ ވެސް އަހަރެންގެ ފަހަތުން ދުއްވައިގަތެވެ. އޭރު އަހަރެންގެ ދެލޯ ފެން ކަޅި ވާން ފަށައިފިއެވެ.

އަހަރެން ހިފަހައްޓައިގެން ހުރި ހުރިހާ ކަރުނައެއް އޭގެ މަގާމު ދޫކޮށް އޮހޮރިގަތީ ގެއަށް ވަތް ތަނުން މަންމަ ފެނުމުންނެވެ. އަހަންނަށް މިދިމާވެގެން އުޅޭ ކަންތަށްގަނޑެއް މަންމައަކަށް އަދި ނޭނގޭނެއެވެ. އެދުވަހު އަހަރެން ބްލީޗް ބޯން ޖެހުނު ސަބަބެއް އެމީހުނަކަށް ރަނގަޅަކަށް ނޭނގޭނެއެވެ.

“މަންމާ..އަހަންނަށް މާފް ކޮށްދީ..” މަންމަ ގައިގަ އޮޅުލައިގަންނަމުން އަހަރެން ރޯންފެށީމެވެ. ވެދިޔަ ހުރިހާ ކަމެއް އަހަރެން މަންމައަށް ކިޔާދިނީ ގިސްލާ ރޮމުންނެވެ. އުއްމީދު ކުރިގޮތަށް މަންމަ އަހަންނަށް އެކަމުގަ ވަރަށް ހިއްވަރުދިނެވެ. އަހަންނަށް ވިސްނި އޭނަ އާ ދުރަށް ދިޔައީތީ އިންތިހާއަށް އުފާ ކުރާކަމަށް ބުންޏެވެ. މަންމަގެ ހިތުގަ އަހަންނާ މެދު ވީ ރުޅި ވެރިކަން ފިލާ ދިޔައެވެ.

އެތަށް ދުވަހެއް ވާންދެންވެސް ޖުނޫމްގެ ހަނދާންތަކުން ހިތަށް އަނިޔާ ލިބޭތީ އަހަންނަށް އުޅެން ޖެހުނެވެ. އަހަރެން ވިސްނީމެވެ. އަހަންނަށް އޮތްގޮތަކީ ކެތްތެރިވުމެވެ. ހިއްވަރާއެކު ދިރިއުޅުމުގެ ކުރިއަށް އޮތް ބަޔާ ކުރިމަތިލުމެވެ. ހަޔާތުގަ މިދިމާވި ކަންތަކުން އަހަރެން ފުރިހަމައަށް އިބުރަތް ހާސިލް ކުރީމެވެ.

“ވެން ޔޫ ހޯލްޑް މީ ލައިކް ދިސް

ސޯ މެމޮރީސް ފިލް މައި އައިސް

ދަ ފަސްޓް ޓައިމް ވީ ކިސްޑް

ދަ ޓައިމްސް ވީ ނިއަލީ ސޭ ގުޑްބައި

ބަޓް ސްޓިލް ހިއަރ ވީ އާ

ޓެސްޓެޑް އެންޑް ޓްރައިޑް އެންޑް ސްޓިލް ޓްރޫ

އެންޑް ސްޓްރޯންގާ ދޭން ވީ އެވާރ ނިއު

ލަވް އިޒް އޯލް….ދަ ކެއާލެސް ވޯޑް ދަ ހީލިންގ ޓަޗް..” އަހަރެންގޮސް ހުޅުވާލާފައި ހުރި ރޭޑި އޯ ނިއްވާލީ އޭގެން އަންނަމުންދިޔަ ލަވައިން ހިތަށް އުނދަގޫ ވާތީއެވެ. އެއީ ޖުނޫމްގެ ފެވަރިޓް “ލަވް އިޒް އޯލް” އެ ލަވައެވެ. އޭނަގެ ހަނދާންތަށް އާވާ އެއްވެސް އެއްޗެއް އަހަރެންގެ ހަޔާތުގަ ވާ ކަން އަހަރެން ނޭދެމެވެ. އަހަރެން އޭނާއަށް ނަފްރަތު ކުރަމެވެ.

ރެޑިއޯ ހިފައިގެން އެނބުރިލިއިރު ފެނުނީ ދަބަސް ކޮނޑުގަ އަޅުވާލައިގެން ކޮޓަރިން ނިކުތް ނަޝާއެވެ. ވޯކް ޝޮޕް ނިންމާފަ ނަޝާ ރަށަށް ދާން ފުރަނީއެވެ. އަހަރެން ފެނުމުން އޭނާ ހިނިތުންވެލިއެވެ. އަހަރެން ނަޝާ ގައިގަ ބައްދާލާފައި ދުރަށް ޖެހިލިއިރު ހުރެވުނީ ފެން ކަޅި ވެފައެވެ. ނަޝާ ގެ ފަރާތުން މި ދަތި ވަގުތުގަ އަހަންނަށް ލިބުނު ނިމުމެއް ނެތް އެހީތެރިކަމަށް މުޅި އުމުރުގަވެސް އަހަންނަށް ޝުކުރު އަދާކޮށް ނުނިމޭނެއެވެ. ހަގީގީ އެކުވެރިންނަކީ އެއީ އެވެ.

“ހިތް ހެޔޮ ކުރާތި…ދެން ދަނީ..” ސަލާމް ކޮށްލަމުން ނަޝާ ދާން ހިނގައިގަތެވެ. މަންމަ އަހަރެން ގެ ބާމަތީގައި ފިރުމާލާފައި ބަތް ކާންދާށޭ ބުނެލީ ލޯބިންނެވެ. އަހަރެން ހިނިތުންވެލީމެވެ. މަންމަ ނަޝާ ފުރުވަން ދިއުމުން އަހަރެން ދިޔައީ ބަތް ކާށެވެ.

ކާން އިންއިރު ގޭ ބިއްދޮށްފަރާތުގަ ދޮންތަ މެން ހީސަކަރާތް ޖަހާ އަޑު އިވެއެވެ. އެމީހުން އަދިވެސް ތިބެނީ އަހަރެން ދެކެ ނުރުހިފައެވެ. އެއީ އެމީހުންގެ ކަށީ ހިފާފަ ހުރި ކަމެއް ކަންނޭނގެއެވެ. އަހަރެން އެކަމަކާ އަޅައެއް ނުލަމެވެ. ދެރައެއް ވެސް ނުވަމެވެ. އަހަރެން ކެއްތެރިވާން ދަސް ކޮށްފީމެވެ. ދިރިއުޅުމުގަ ކުރިމަތިވާ ކޮންމެ ކަމަކަށްވެސް އަހަރެން ދެން ކުރިމަތިލާނީ ކެއްތެރިކަމާ އަޒުމާއެކުގައެވެ.

މީ މިހާރު އަހަރެންގެ ދިރިއުޅުމެވެ. ނަމާދުކޮށް ގުރުއާން ކިޔެވުމުން އަހަރެންގެ ހިތަށް ހާދަ ހިތްހަމަ ޖެހުން ލިބެއެވެ. ކޮންމެ ނަމާދަކަށް ފަހު އަހަރެންގެ ހަޔާތަށް ސޯލިހް ރަނގަޅު ފިރިއަކު ދެއްވާތޯ އަބަދުވެސް އަހަރެން ދުއާ ކުރަމެވެ. އަހަރެން މިހިރީ ތެދުވެރި ރަނގަޅު ފިރިހެނަކު އައިސް އަހަރެންގެ އަތުގަ ހިފާލާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

އޭގެ ދުވަސް ކޮޅެއް ފަހުން އަހަންނަށް ލިބުނީ މަސްތުވާ ތަކެއްޗަށް އޯވާޑޯޒް ވެގެން ޖުނޫމް މަރުވި ކަމުގެ ހަބަރެވެ. އެދުވަހަކު އަހަރެން ނުރޮމެވެ. ދެރައެއްވެސް ނުވަމެވެ. އުފަލެއްވެސް ނުވަމެވެ. އެހަބަރަކުން އަހަރެންގެ ހިތަކަށް އަހަރެންގެ އަޒުމަކަށް އަސަރެއް ނުކުރެއެވެ. ﷲ އެނުބައި އިންސާނާގެ ނިމުން ފަހު ވަގުތު ހިތި ކުރެއްވީއެވެ. އެއީ ދުނިޔެ މަތީގަ ގަދަ ކަން ދެއްކި ފިރިހެނެކެވެ. ނަމަވެސް ފަހުވަގުތު އޭނާ އެދިޔައީ ދެދުނިޔޭން ގެއްލި ހަލާކުވެގެންނެވެ.

އަހަންނަށް އެކުރެވުނު ފަދަ ތަޖުރިބާއެއް ކުރަން ޖެހުނު ކިތަންމެ އަންހެންކުދިންނެއް މި ރާއްޖޭގަ ތިބޭނެ ކަން ހަމަ ޔަގީނެވެ. އެފަދަ އަންހެން ކުދިންނަށް އަހަރެން ދޭން ބޭނުންވާ ނަސޭހަތަކީ މިއެވެ. އެފަދަ ފިރިހެނަކާ ކިޔާ އުމުރު ނަގާނުލާށެވެ. ހަޔާތުގެ އަގުހުރި ވަގުތު ތަށް ގެއްލުވާ ނުލާށެވެ. ކިތަންމެ ލޯބިވިޔަސް ހިތް ވަރާއެކު ދުރަށް ދާށެވެ. އެއްވެސް އިންސާނަކަށް ބަރުދާސްތު ނުކުރެވޭ ވަރުގެ ވޭނެއް އެއްވެސް އިންސާނަކަށް ﷲ ނުޖައްސަވާނެއެވެ. ކެއްތެރިންނަށް ވެ ﷲ މަތިން ހަނދުމަ ކުރާށެވެ. އަހަރެންގެ ހަޔާތުގެ މިވާހަކައިން އަދުގެ އަންހެންކުދިންނަށް އިބުރަތެއް ހާސިލުވާނެކަމަށް އުއްމީދުކުރަމެވެ.

( ނިމުނީ )

 

15
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Loolu

Other Articles

Previous

ނޭނގޭހެ ހާދަ ލޯބިވޭ 12

Next

މަންމާ!

Next
September 5, 2016

މަންމާ!

Previews
September 4, 2016

ނޭނގޭހެ ހާދަ ލޯބިވޭ 12

43 Comments

  1. reesham says:
    September 4, 2016 at 9:28 pm
  2. Sabreina says:
    September 4, 2016 at 9:28 pm

    Varah salhi vaahaka eh ?

  3. Sabeeha says:
    September 4, 2016 at 9:41 pm

    vv reethi..??

  4. aikaa says:
    September 4, 2016 at 9:43 pm

    Varah reethi vaahaka eh ..?heekuran dhigu vaahaka eh avahah kiyaa lan libeyne kamah.☺?

    1. reesham says:
      September 4, 2016 at 10:22 pm

      thanku sabreina sabeeha n aikaa…dhn hieh nuveyy ehaa avahah dhigu story eh genevidhaane hen..bt try kuraanan igeyy

  5. meesha says:
    September 4, 2016 at 9:46 pm

    V v salhi

  6. vish says:
    September 4, 2016 at 9:56 pm

    V salhi????

    1. reesham says:
      September 4, 2016 at 10:23 pm

      thankss meeshaa and vishh

  7. Yash says:
    September 4, 2016 at 10:04 pm

    Nice ending aslhu thigothah ninmaalymaa varah nice lvu ree tc ????hope kuran new lovely story eh kiyaalan lubayne kamah

  8. Yash says:
    September 4, 2016 at 10:04 pm

    Nice ending aslhu thigothah ninmaalymaa varah nice lvu ree tc ????hope kuran new lovely story eh kiyaalan libayne kamah

    1. Loolu says:
      September 4, 2016 at 10:26 pm
  9. meesha says:
    September 4, 2016 at 10:26 pm

    V v salhi???????

  10. Aishath says:
    September 4, 2016 at 10:34 pm

    Haadha avahah nihmaalee
    Story vvvvv reethi ❤❤

    1. Loolu says:
      September 4, 2016 at 10:46 pm

      thankss aishath….ya.. ehaa storyy dhigu khlan beynun nuvyy..mistory dhigulaigen dhaanvehjaa ehaa rythi nuvedhaanehn hyvaathy dhn nimmaalyy

  11. ~minty~ says:
    September 4, 2016 at 10:38 pm

    Wow…Hama heekuri gothah story is awesome…nd vrh iburaitheri..knme part akh comment nukuriyrs baraabarah kiyin ingey?…reesham GE eh story akh waiting…?
    Xoxo

    1. reesham says:
      September 4, 2016 at 10:44 pm

      oh thank u mintyy…thi comment fenuneema v ufaavehje hama

  12. Asifa says:
    September 4, 2016 at 10:43 pm

    Aminath Sarah Read This?

    1. Aminath Sarah says:
      September 5, 2016 at 2:20 am

      ok. thank u 🙂

  13. Shiyaa says:
    September 4, 2016 at 10:46 pm

    Wow. Varah reethi vaahaka eh

  14. Lahu says:
    September 4, 2016 at 10:56 pm

    V v reethi nimun vs……

  15. Shiny says:
    September 4, 2016 at 11:05 pm

    V salhi

  16. reesham says:
    September 4, 2016 at 11:12 pm

    thank u so muchh shiyaa lahu and shinyy

  17. Aphy says:
    September 4, 2016 at 11:34 pm

    Vvvvv ves reethip

  18. ken? says:
    September 5, 2016 at 12:01 am

    masha allah u r very talented….keep writing more…. ☺ n as u said if it bcum too long it won’t be this much nice…de best part is ending..v much matchin with de title…gdlck with ur study☺

  19. Aisha says:
    September 5, 2016 at 1:04 am

    Wow! Nimunves v salhi. Ehaa ginadhuvas nukoh thankolheh dhigu vaahakaeh fennaane kamah ummeedh kuran. V v salhi mi vaahaka.

  20. Chum chum girl says:
    September 5, 2016 at 6:45 am

    Wonderful story ?? ehen story akah inthizaaru kuran

  21. jee says:
    September 5, 2016 at 8:46 am

    ibrayytheri vaahakaeh….v rythi❤

  22. Lyyyn says:
    September 5, 2016 at 9:06 am

    So nice storyy..

  23. We says:
    September 5, 2016 at 9:19 am

    Alheyy…hama mine ge life ge v goi..hama rovijjee…v rythi story ehh mee reesham..

  24. Heera says:
    September 5, 2016 at 9:22 am

    V v v v v v v v rythi vaahakaeh meee

  25. Me says:
    September 5, 2016 at 9:42 am

    Awwww…nimuny dhw…v nice story..thank u reesham..thy mi site ga huri emme ragalhu writer…daily kh up khdhey writer eh thi noony nehh..thanku ree..

  26. Kai says:
    September 5, 2016 at 10:52 am

    Wonderful storyy

  27. milna says:
    September 5, 2016 at 1:57 pm

    mee mi vaahakaige fahubbai kan engumun miadhun miadhah vaahaka kiya nimaaalee mi..ekm dhonthamen heera dheke ehaa rulhi annan vi sababaky kobaa?

  28. Appy says:
    September 5, 2016 at 3:01 pm

    V rythi mi vaahaka nimun vx rythi gud luck…..salaam …

  29. dhyna says:
    September 5, 2016 at 5:12 pm

    Nice story

  30. Sama says:
    September 5, 2016 at 6:24 pm

    Iburaitheri reethi vaahaka eh..i love ur stories reesham..

  31. Sama says:
    September 5, 2016 at 6:24 pm

    V avahah mikahala rythi ehn vaahakaeh fennaane kamah hykuran

  32. reesham says:
    September 5, 2016 at 6:39 pm

    hurihaa kudhinge comment thakahvx v v bodah thankss…

  33. soabi says:
    September 5, 2016 at 11:49 pm

    Wow awesome v salhi ???

  34. valu handi says:
    September 6, 2016 at 8:57 pm

    varah salhi ?

  35. nysh says:
    September 7, 2016 at 8:51 pm

    🙁 🙂 🙂 🙂 nice

  36. Ash says:
    September 7, 2016 at 10:18 pm

    MashaAllah Vvvvv retthi ❤❤
    V iburaihtheri vaahaka eh

  37. Falak says:
    January 10, 2017 at 6:58 pm

    Reethi

Comments are closed.

All Right Reserved!