Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މާޔޫސް ވެފާ…. ( 4 ވަނަ ބައި )

Loolu Level 110 Stories100 Comments
August 31, 2016 4 Mins Read
55 Comments

މަންމަ އަހަރެން ދަމާފާ ކަހަލަ ގޮތަކަށް ގެންގޮސް ގޭ ދޮރާށިން އެތެރެ ވުމާއެކު އަހަރެންގެ ދައްތަމެނަށް އަޑުގާނެތް ތަނަށް ގޮވަން ފެށިއެވެ.

“ބަލާބަލަ މިހިރަ ގޮތެއް ނެތް ދަރިއެއް..” މަންމަ ގައި ހުރި ބާރަކާއެކު އަހަރެން ސިޓިންގ ރޫމް ތެރެއަށް ހޫރާލިއެވެ. އަހަރެން ވިއްސައިގެން ގޮސް ޖެހުނީ ސޯފާގައި އިން އަހަރެންގެ ކޮންމެސް އެއްދައްތައެއްގެ ފައި ބުޑަށެވެ. އޭރު އަހަންނަށް ރޮވެމުންގޮސް ގިސްލެވިއްޖެއެވެ. އަހަރެންގެ ލޮލުންނާ ނޭފަތުން ފައިބަމުން ދިޔަ ފެންތަށް ޓައިލްސް ތަކު މަތީގައި ތިކި ޖެހިއްޖެއެވެ.

އަހަރެންގެ ރުއިމުގެ އަޑު މުޅި ގޭތެރޭގައި ވަނީ ގުގުމާލާފައެވެ. “ކުޑީ ކީއްވެ ރޮނީ..” އަހަރެންގެ ކަންފަތުގަ ޖެހުނީ ދޮންތަގެ ދަރިފުޅު އިޝީގެ ޅަ އަޑެވެ. އެއީ އަހަރެންގެ ހިތަށް ވަރަށް އަސަރު ކުރުވަނިވި ވަގުތު ކޮޅެކެވެ. ގޭ އެއްމެން އެތާ ތިބި އިރުވެސް އަހަރެންގެ ހާލަ މެދު ހަމްދަރުދީ ވެގެން އެއްޗެއް ބުނެލަން އެނގުނީ އެއްވެސް އެއްޗެއް ނުވިސްނޭ އެ ތުއްތު ކުއްޖާ ކަމަށް ވީތީއެވެ. އިތުރަށް އަހަރެންގެ އަޑު ބޭރުވިޔަ ނުދޭން ބާރަށް ތުންފަތުގަ ދަތް އަޅާލީމެވެ. މަޑުމަޑުން އަހަރެން އިސް އުފުލައިލާ ކުޑަކުޑަ އިޝީ އާ ހަތަރު ކަޅި ހަމަކޮށް ލީމެވެ. އެ މައުސޫމް ދެލޮލުގަ ވަނީ ހައިރާން ކަމެވެ.އަހަރެން ރޯތީ އެކުއްޖާ އޭނީ ދެރަވެފައެވެ. އޭރުވެސް އަހަރެންގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަތަށް އޮހޮރި އޮހޮރި ހުއްޓެވެ.

“ކުޑީ ނުރޮއެ..ކޮއްކޮ ދެރަވޭ..” އިޝީ އައިސް ތުންފިއްތާލާފައި އޭނާގެ ކުޑަ އަތްތިލަ އަހަރެންގެ މޫނުގަ ޖައްސާލިއެވެ. އިތުރަށް އަހަރެންގެ ހިތަށް ކެތް ނުވުމުން އިޝީގައިގަ ބާރަށް ބައްދާލާފައި އޭނާގެ ބޮލުގަ ބޮސްދީނެމެވެ. އޭރު އަހަންނަށް ރޮވެމުން ގޮސް ގިސް ލެވިއްޖެއެވެ. ނަމަވެސް އެގޮތުގައި ހޭދަވީ މަދު ސިކުންތު ކޮޅެކެވެ. އަހަރެންގެ ދޮންތަ އައިސް އިޝީ އަހަރެންގެ ގަޔާ ދުރުކުރުވިއެވެ.

“ދަރިފުޅާ..އެއީ ބަސްނާހާ ކުޑީއެއް..ހިނގާ ދާން..” ދޮންތަ އަހަންނާ ދިމާލަށް ލޯ އަޅާލާފައި އިޝީ އުރައިގެން އެތަނުން ދާން ހިނގައިގަތެވެ. މަންމަވެސް ބާރު ބާރަށް ހިނގާލާފަ ގޮސް މަންމަގެ ކޮޓަރިއަށް ވަދެ ތަޅުލައިފިއެވެ. ގައިގަ ނެތް ހިއްވަރު ލާފައި އަހަރެން ކޮޅަށް ތެދުވީމެވެ. އޭރު އަހަރެންގެ ތުއްތަ އަހަންނާ ދިމާލަށް ނުރުހިފަ ބަލަން އިނެވެ. އިތުރަށް އެތާ މަޑުކުރަން ނުހަދާ އަހަރެން ދުވެފަ ގޮސް ވަނީ ކޮޓަރިއަށެވެ. އެނދު މައްޗަށް ޖެހިގަތް ގޮތަށް ހިތް ފުރެންދެން އަހަރެން ރޯ އޮތީމެވެ. އަހަރެންގެ ލޮލުން ފޭބިހާ ކަރުނަޔަކާ ނޭފަތުން ފޭބިހާ ފެނެއް އެޅި ބާލީސް ވަނީ ތެމިފައެވެ. ރޮއެ ރޮއެ ގޮސް ދެލޯ ވަނީ ރަތްވެ ދުޅަވެގެން އަރާފައެވެ. އަހަރެންގެ އަޑުވެސް ރޯގާ ޖެހިފާވާ މީހެއް ފަދައިން ވަނީ ބަދަލްވެފައެވެ. އެވަރަށް ބޮލުގަވެސް އެބަ ރިއްސައެވެ. އޭރު ރޮއެ ރޮއެ ގޮސް ޑީހައިޑްރޭޓް ވެގެން އަހަރެން ހުރީ ފާޑަކަށް ހުންވެސް އައިސްފައެވެ. ލޮލުން އައިސް ހުރި ކަރުނަތަށް ފޮހެމުން ތެދުވެ އަހަރެން ހަމަ ޖެހިލީމެވެ. ފާހާނާއަށް ވަދެ ރަނގަޅަށް މޫނު ދޮވެލައިގެން ވުޟޫކޮށްލައިގެން ނިކުމެ އަހަރެން އެރީ އަސްރު ނަމާދަށެވެ.

ނަމާދުން އަވަދިވެގެން އެނދުގަ އޮށޯވެލީ ބޮލުގަ ރިހޭވަރުން ކޮޅަށް ހުންނަން ދަތިވެގެނެވެ. އެގޮތުގަ އޮއްވާ އަހަންނަށް ނިދުނެވެ. ދެން ހޭލެވުނީ މަންމަ އަހަރެންގެ އެނދު ކައިރީ ހުރެ ހަޅޭއްލަވާ އަޑަށެވެ.

“ނުކައި ތި އޮންނަނީ ރަސްގެފާނު އައިސް ކާން ދޭނެ ކަމަށްތަ..” މަންމަ ގެ އެ ރުންކުރު ގޮތުގަ ބުނެލިއެވެ. ނިދި އެކުލެވިފައިވާ މޫނަކާއެކު އަހަރެން ލޯ ހުޅުވާ ބަލައިލިއިރު މަންމަ ނިކުމެގެން ދަނީއެވެ. އަހަރެން ތެދުވެގެން ގޮސް މޭޒުމަތީގައި އޮތް އަތުގަ އަޅާ ގަޑިއަށް ބަލައިލީމެވެ. އަސްތާއެވެ. ރޭގަނޑު އަށްގަޑި ބައިވީއެވެ. އަހަންނަށް ހާދަ އިރަކު ނިދިއްޖެއެވެ. އެވަގުތު އަހަރެންގެ ބަނޑުން އަޑު ގޮވާލިއެވެ. ބަނޑުހައި ވެފަ ހުރިވަރު އިހުސާސް ކޮށްލެވުނީ ދެނެވެ. އަހަރެން މިހިރީ ހެނދުނު އެ ބުއި ކޮފީ ތައްޓައިގެންނެވެ. މި އަދު އެކަންތަށްގަނޑެއްވެސް އެ ހިނގީ އަހަރެން މެންދުރުގެ ބަތް ނުކައި ހުއްޓައެވެ. ތުންފަތުގަ ދަތް އަޅާލަމުން އަހަރެން ފާހަނާއަށް ވަދެ ފެން ވަރާލައިގެން ނިކުމެ އިޝާ ނަމާދު ކުރީމެވެ. އެއަށްފަހު މަޣްރިބް ނަމާދު ގަޟޯ ކުރީމެވެ.

އަވަހަށް ކާން ނިކުތީ އަނެއްކާވެސް މަންމަ އައިސް ހަޅޭއްލަވައި ނުގަންނަނީސް އެކަން ވޭތޯއެވެ. އަހަރެން ނުކުތް އިރު މުޅި ގޭތެރޭގަ ވަނީ ހިމޭންކަމެވެ. މިހާރު އަހަރެންގެ ދައްތަމެން ވާނީ އެމީހުންގެ ގޭގެއަށް ގޮސްކަން އެނގުނެވެ. އަހަރެންގެ ހިތަށް ކުޑަވެސް ފިނިކަމެއް ލިބުނެވެ. އެމީހުންނާ ކުރިމަތި ލާން ޖެހުންނަމަ އަހަންނަށް ރޮވުނީސް ކަން ޔަގީނެވެ.

އަހަރެން މޭޒު ދޮށުގަ އިށީދެ ބަނޑު ފުރެންދެން ކޭމެވެ. ރަނގަޅަށް އެކެވުނީ ބަނޑުހައި ވެފަ ހުރިލެއް ބޮޑުކަމުން ކަމަށްވެސް ވެދާނެއެވެ. ކައި ނިންމާފައި ތަށިތަށް ދޮވެގެން އަހަރެން ނިކުތް އިރު މަންމައާ ބައްޕަ ތިބީ މަސް ކަނޑާށެވެ. ބައްޕަ މިރޭ ހާދަ އަވަހަކަށް އައީއެވެ. އަހަރެން ފެނުމުން އޭގެން އެކަކުވެސް ބަލައެއް ނުލިއެވެ. ބައްޕަ ކައިރި ހުރި ފެން ބާލިދީ ހަޑި ވުމުންވެސް އަހަރެން ކައިރި ބުނުމުގެ ބަދަލްގަ މަންމަ ގޮސް އެޔަށް ފެންއަޅައިގެން ގެނެސް ބައްޕަ ކައިރީ ބެހެއްޓިއެވެ. އެ މަންޒަރު ބަލަން އަހަންނަށް ހުރެވުނީ ވަރަށް ދެރަވެފައެވެ. މަންމަ އެހެރި އަހަރެން ދެކެ ވަރަށް ރުޅިއައިސް ކަން ހަމަ ޔަގީނެވެ.

އަހަރެން އެތެރެއަށްވަދެފަ ނިކުތީ ބާ ހެދުން އަޅައިގެންނެވެ. އެހެން ރޭރޭވެސް ކަން ކުރާގޮތަށް އަހަރެން ލޯގަނޑު ތަކުގަ ފެން ކައްކަން އުދީމެވެ. މަސްކެއްކުމުގެ ކަންތައްތަކުގަ އުޅުން އިރުވެސް އަހަރެން ގެ ސިކުނޑި ތެރޭގައި އެނބުރެމުންދަނީ ހަމަ އެންމެ ހިޔާލެކެވެ. މިއަދު ކަން ހިނގާ ދިޔަ ގޮތާ ޖުނޫމް ދެއްކި ވާހަކަތަކެވެ. އެކަހަލަ ބޯހާސް ހިޔާލް ތަކެއްގާ އުޅެނިކޮށް މަސްކައްކާ ހުރިހާކަމެއް ކޮށް ނިމިއްޖެއެވެ. އޭރު ހުރީ ގަޑިން ބާރަޖަހާފައެވެ. މެންދަމުގެ އަތަށް އަޅީއެވެ. މަންމައައިސް ބަދިގެ ތަޅުލުމުން އަހަރެންވެސް ގޮސް ވަނީ އަވަހަށް ގެއަށެވެ. މަންމަ އައިސް ގޭގެ ހުރީހާ ދޮރެއް ތަޅުލާފަ ގޮސް އެވަނީ ކޮޓަރިއަށެވެ. ކަންނެތް ގޮތަކަށް ކާމޭޒު ކައިރި ހުރި ގޮޑީގަ އިށިދެލަމުން އަހަންނަށް ބަލައިލެވުނީ ގަޑިއަށެވެ. ބާރަގަޑި ބައިވީއެވެ. އަހަރެންގެ ހިތް ހާސްކަމެއްގެ ތެރޭގައި ތެޅެމުން ދިޔައެވެ. ޖުނޫމް އެވަނީ ސީދާ ބަހުން މިރޭ ދޭއްޖަހާ އިރު އަންނާނަން ކަމަށް އަންގާފައެވެ. އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ. މިއަދުވެސް އަހަންނަށް ލިބުނު ލަޑު ކުޑައެއް ނޫނެވެ. އަދި އަމުދުން މިރޭ މީހަކަށް ފެނިއްޖާ ކަންތަށް ގޯސް ވާނެވަރު ހިތަށް އަންދާޒާ ކޮށްލަންވެސް ދައްޗެވެ. ދަންވަރު ބައްދަލު ކުރަން އަހަރެން އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖެހެއެވެ. އަހަރެން މިއިނީ ގޮތް ނިންމަން ވަރަށް އުނދަގޫ ހާލަތެއްގައެވެ. އަހަރެންގެ ބޯ ހީވަނީ ފަޅައިގެން ހިނގައިދާނެ ހެނެވެ. އެންމެ ފަހުން ވިސްނަންވީ އެއްޗެއް ނޭނގުމުން އަހަރެން ގޮސް ވަނީ ކޮޓަރި ފާހާނާއަށެވެ. މަސްކައްކާފަ އަހަރެން މިހިރީ އަދި ފެން ނުވަރައެވެ.

ފެންވަރައިގެން ނުކުމެފަވެސް އަހަންނަށް ފުރަތަމަވެސް ބަލައިލެވުނީ ގަޑިއަށެވެ. އެއްގަޑި ބައިވީއެވެ. ދޭއްޖަހަން ދެން އިނީ އެންމެ ބައި ގަޑިއިރެވެ. ހަގީގަތުގައިވެސް އަހަރެން ހުރީ ވަރަށް ބިރުގަނެ ހާސްވެފައެވެ. މިއީ ދުވަހަކުވެސް އަހަރެން ކުރި ކަމަކަށް ނުވާތީއެވެ.

އަހަރެން ޑްރެސިންގް ޓޭބަލް ކައިރިއަށް ހުއްޓި ލޯޝަން ހާކާލާ އާދައިގެ ގޮތަކަށް ރީތި ވެލީމެވެ. އެހެންރޭރޭ އަހަރެން ނިދަންލާ ނައިޓީއާ ހިލާފަށް މިރޭ އަހަރެންލީ އާއްމު ދިރިއުޅުމުގަ އަހަރެން ލާ އުޅޭކަހަލަ ކަޅު ގަޔަށްދޫ އަބާޔާ ހެދުމެކެވެ. އަދި ދޭއްޖަހަން ދިހަވަރަކަށް މިނެޓަށް ވުމުން އަހަރެން ކަޅުކުލައިގެ އާދައިގެ ބުރުގަލެއް އަޅަލީމެވެ. ކޮންމެފަދަ ވަގުތަކު ބައްދަލު ކުރިޔަސް އަހަރެން ޖުނޫމްގެ ކުރިމައްޗަށް އަރަން ބޭނުންވަނީ ނިވާވެގެންނެވެ.

އަތުގަ އަޅަން ގެންގުޅޭ ގަޑި ހިފައިގެންގޮސް އަހަރެން އިށީނީ އެނދުގައެވެ. އިރު އިރުކޮޅާ އަހަންނަށް ކުޑަދޮރަށް ބަލައިލެވެއެވެ. އެގޮތުގަ އިނދެފަ ގަޑިއަށް ބަލައިލިއިރު ދޭއް ޖަހާ ބޮޑުވެ ދެތިން މިނެޓް ފާއިތުވެ ހިނގައްޖެއެވެ. ކުޑަދޮރު ކައިރީން އެއްވެސް އިޝާރާތެއް ނުވެއެވެ. ޖުނޫމް ނާންނަނީ  ހެއްޔެވެ. އަހަންނަށް ރަނގަޅީވެސް މި ދަންވަރު ނައީޔާއެވެ. އަހަރެން ވަރަށް ބިރުގަނެއެވެ.

އެހެން އިންދާ އަހަރެން ސިއްސައިގެން ދިޔައީ ކުޑަދޮރުގަ މަޑުމަޑުން ބޭރުން ޖަހާލި އަޑު އިވުމުންނެވެ. ފުންމައިގެން އަހަންނަށް އެނދުން ތެދުވެވުނެވެ. ގުޑިވެސް ނުލާ އިރުކޮޅެއް ވަންދެން ހުއްޓާ އަނެއްކާވެސް ޖަހާލި އަޑު އިވުނެވެ. ބިރުން ހުރެ އަހަރެން ކޮޓަރި ދޮރު ހުޅުވާލާފައި ގޭތެރެއަށް ބަލައިލީމެވެ. ގޭތެރެ އޮތީ ހިމޭންވެފައެވެ. މަންމަ މެން ވާނީ ނިދާފަ ކަން އަހަންނަށް ޔަގީންވިއެވެ. މަޑުމަޑުން ކޮޓަރި ދޮރު ލައްޕާލަފައި ބިރުން ހުރެ އަހަރެން ހިނގައިގަތީ ކޮޓަރި ކުޑަދޮރު ކައިރިއަށެވެ. ދޮރުފަތި ގަނޑާ ހަމައަށް ގޮސް އަހަންނަށް ހުރެވުނީ ކާޓެން ކަހާލުމަށް ފަސްޖެހިފައެވެ. އެގޮތުގަ ހުއްޓާ އަނެއްކާވެސް ދޮރުގެ ބިއްލޫރިތަކުގަ މަޑުމަޑުން ތަޅާލި އަޑު އިވުނެވެ.

ކޮންމެ ގޮތެއްވިޔަސް ހެޔޮކަމަށް އަހަރެން މަޑުމަޑުން ކާޓޭން ކުޑަކޮށް ކަހާލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަހަންނަށް ފެނުނު ހާވެސް އެއްޗަކީ މުޅި ގޯތިތެރޭގައިވާ ކަނު އަނދިރިކަމެވެ. ބިރުން އަހަރެންގެ ހިތް ރޫރޫ އަޅައިގަތެވެ. ޖުނޫމް ކޮބާބާއެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Loolu

Level 110 Stories100 Comments

Other Articles

Previous

ބިރުވެރި ދަތުރު

Next

އެލޯބި 6 ވަނަބައި

Next
August 31, 2016

އެލޯބި 6 ވަނަބައި

Previews
August 30, 2016

ބިރުވެރި ދަތުރު

55 Comments!

  1. reesham says:
    August 31, 2016 at 8:52 am

    hi all…mi part v kurukh mi genesdhevunyy…im v soryy fo that.. insha allah tmrw ge prt dhigukh genesdheynan..ok..

  2. Sabeeha says:
    August 31, 2016 at 8:55 am

    vv reethi..??

  3. cham says:
    August 31, 2016 at 8:58 am

    Nice….

  4. ainth says:
    August 31, 2016 at 9:08 am

    Magrib koffa ishaa namadh kuran jeheny. Namadh kuraany tharu theebun.

    1. reesham says:
      August 31, 2016 at 9:14 am

      ehnthr..ainth..ekam reesham ah egifa oi gothuga vyya dhoovaa namaadhu kuran jeheny evaguthukuran onna namaadhah fahuga.. ehnve egothah liyunyy

  5. Abhy says:
    August 31, 2016 at 9:13 am

    Alhe junoom e ulheny heera ah kameh kuran tha? Alhe ehen viya nudhehchey… pls. Pls…

    1. reesham says:
      August 31, 2016 at 9:16 am

      hehe abhy…dont worryy..reesham heera ah v ragalhah balaanameyy igeyy

  6. naaf says:
    August 31, 2016 at 9:25 am

    v nice..❤

  7. zoooo says:
    August 31, 2016 at 9:35 am

    V v v v reethi

  8. shif says:
    August 31, 2016 at 9:44 am

    Namadh kuran jeheynee tharutheebun!

  9. Shaa says:
    August 31, 2016 at 9:51 am

    Wooow very nice story

  10. Shiny says:
    August 31, 2016 at 9:52 am

    V salhi

  11. NAAZ says:
    August 31, 2016 at 10:22 am

    alhey enme kiyahiyve enimune…..BT vvvvvv reethi mivaahaka

    1. reesham says:
      August 31, 2016 at 10:24 am

      hehe naaz thankuu…dhn tmrw aneh bai kiyaanyy dhw

  12. rose says:
    August 31, 2016 at 10:32 am

    salhi….. thanx reesham coment ah reply kuraathee…. ishaa kohffa maurib galhaa kuran vany….

    1. reesham says:
      August 31, 2016 at 10:41 am

      thank u rose reesham ge mi storyy kiyaalafa comment eh khlythyy.. ya..aee reesham vx mibunaa vaahakayakyy. galo kuraa namaadhu kuran jeheyny evaguthuga inna namaadhu khfa

    2. Aish says:
      August 31, 2016 at 5:04 pm

      Namaadh kuran innany tharuthybun. Kurin vaguthu jehey namaadhu kurin kuran jeheny. If u need more clarify from sheik

  13. shamm says:
    August 31, 2016 at 10:43 am

    haadha kurey..kiya huthun indha e nimuny…cant wait for da next part…junoom goase kameh kuria nudhehchey…ehen noony v hadi vaane..

    1. reesham says:
      August 31, 2016 at 10:50 am

      asluthr shamm…thankuu..

  14. Shaffff says:
    August 31, 2016 at 10:46 am

    Ainthu hama tha??? Galoa ahshey magrib namaadhu e kury….ishaa namaadhu kurumahfahu innaany magrib namaadhu galoa ah kuranya….ekmk vaa dw kon fothakun tha ainthu kiyevy……e namaadhehge vaguthu faaithu vyma innaany egoi galoa kuranya…reeesham…vvv nice story…shaffff ah hyvany junoom aky assu gud kujjeh hen…story hama habeys..heera ah dhera gotheh nuhadhahche..v nice name eh heeraa

    1. reesham says:
      August 31, 2016 at 10:51 am

      thankss shafff..ya junoom akyy gud boy akahvx vedhaane hama dhw

    2. ainth says:
      August 31, 2016 at 4:03 pm

      Ekamakuvaa shaff. Namadh kuran v rangalhugoiy mi bunedhinee. Namadhakee tharuthybun kuran jehey kameh. Galo ah viyas. Namadheh alhaafa aneh namadh nukurevene.

  15. Bad girl says:
    August 31, 2016 at 10:49 am

    Magrib namaadh dhoovehje nama isha namaadh kohffa kuran jeheyny

    1. reesham says:
      August 31, 2016 at 10:52 am

      yes u r right bad girll…thanku

  16. Mexxo says:
    August 31, 2016 at 10:53 am

    aey……..
    mibaaves v salhi.

    1. reesham says:
      August 31, 2016 at 10:54 am

      thankoooo mexxo

  17. Saadhu says:
    August 31, 2016 at 11:05 am

    V best.nimedhen genes dheythi ege

  18. lai says:
    August 31, 2016 at 11:40 am

    V salhi kiyahithun indha thi nimuny

  19. amnnn says:
    August 31, 2016 at 12:00 pm

    ainth buny rangalhah.vaguthu faaithuviyas namaadh kuran jeheyny tharuthybun. olhunaraa nama ilmu veriyak kairin ahaalun budhdhi veri.

    1. Aanaa says:
      August 31, 2016 at 12:57 pm

      Ilmu veriyaa bunee aneh namaadhu ge vaguthu jehifai vaa nama first kuraany e gadeega namad ey. After that galo kuraa nama ey.
      Egothah galo kuraa iru hayaathuge komme hisaabeggai nukurevi vaa namad eh vaa nama ves galo kurevi dhaaney.
      Misaalakah kureege namad nukuraa meehaku mihaaru gavaidhun namad kuraa nama e dhuvas thakuga namad galo kurevey ney.

    2. Aanaa says:
      August 31, 2016 at 12:59 pm

      Thi gothah vaahaka bunaa iru varah ingigen bunebala.. heevany thimaa meehaa eyee emme molhu meehaa hen

  20. sheen says:
    August 31, 2016 at 12:19 pm

    vvv reeethi mi vaahaka..Keep going..Waiting for the next part

  21. ken? says:
    August 31, 2016 at 12:24 pm

    nice story….galo kuraanee evagutheige namaadhah fahu…reesham thi loy3fa inee hama baraabarah

  22. petite says:
    August 31, 2016 at 12:36 pm

    Namaadh jeheynee tharutheebun kuran.. buhdhdhi ah fenna gothakah noon.. nidhumaky uzureh.. e uzuru filaa dhiyaeema eyna ah dhoovi namaadh thah jeheynee tharutheebun kuran… namaadhakyy hithu huri gothakah kuran oiy ehchcheh noon..

    1. Aanaa says:
      August 31, 2016 at 1:00 pm

      Dhelo fulhaa tharutheebun galo kuraa kah noavey

    2. Aish says:
      August 31, 2016 at 8:54 pm

      Mihaaru ge ilmuverin vidhaalhu vaagothun namaadh kuran jeheny tharuthybun.

  23. No one says:
    August 31, 2016 at 1:03 pm

    Namaadhu thah is fas kurumakii rangalhu kameh nun..story varah nice

  24. Yash says:
    August 31, 2016 at 1:51 pm

    Heeraa ah dheragotheh nuhadhahchay so v nice mibaavess ????

  25. Yash says:
    August 31, 2016 at 1:53 pm

    V nice mibaavess alhay heeraa ah dheragothe nuhadhahchay ???

  26. Mau says:
    August 31, 2016 at 2:15 pm

    Namaadhu kuran jeheynee thartheebun. Furathama maqrib dhen Isha

  27. Appy says:
    August 31, 2016 at 2:49 pm

    V rythi mi bai vx …maadhanaage bayahh inthizaaruga

  28. Ai says:
    August 31, 2016 at 2:52 pm

    Dhsgoiy vdx ragalhu t pray

  29. Shaxun says:
    August 31, 2016 at 4:14 pm

    Namadh kurun jeheny tharuthybun…ei reesham v salhi mi story.. Next part v avahah genes dhehchey..

  30. eeen says:
    August 31, 2016 at 4:39 pm

    Vvvv reeethii ?

  31. Aisha says:
    August 31, 2016 at 5:16 pm

    Reesham noony Chen kaakudho heera ah balaany he he. Dho reesham. Haadha kurey mibai. Miadhu v bz dhuvaheh ehenve las v . vv salhi mibai ves.

    1. reesham says:
      August 31, 2016 at 5:19 pm

      hehe thankss aishaa…reeshamvx tdy v bxyy..reesham tmrw bodu exam eh eboiyy..ehnve study kuran ulhnjeheythyy miadhuge part kuruvyyvx…insha allah tmrw ge part dhigukhlaanan

  32. ok says:
    August 31, 2016 at 6:53 pm

    Namadh galo kuriass maqrib kohfa nuny ishanamaadh nukureveyne

  33. Lahu says:
    August 31, 2016 at 6:54 pm

    Namaadhu galo kuraa goi storyga genesdheefa in goi hama ragalhu…. Story v v kamudhey..

  34. aisha says:
    August 31, 2016 at 8:01 pm

    maqrib namaadh koffa isha namadh kuranjeheynee.

  35. Lahu says:
    September 1, 2016 at 11:26 am

    No.. Ur wrong aisha…

  36. Irene says:
    September 1, 2016 at 12:02 pm

    Koniraku up khdheny?

  37. Faathima says:
    September 1, 2016 at 12:48 pm

    Salaam reesham. Isha namaadhu vaguthu fathis namaadhaa hamayah dhemigen dhaane. So heylevunu iru faaithu vefa vany maghrib namaadhuge vaguthu. Ehen v ma furathama kuranvaanee maghrib namaadhu. E ah fahu ishaa kuran vaany. Mee rangalhu gothakee. Ei maghrib namaadhu koh nimey iruves ishaa namaadhu adhaa ah kureveyne vaguthu dhemigendhaathy. Namaadhakee tharutheebun kuran jehey ehcheh. Anyways story reethi.

  38. Faathima says:
    September 1, 2016 at 12:55 pm

    Nidhumaai handhaan nethumakee uzureh. E uzuru filai dhiumun avas vegannan v faaithuvi namaadhu kurumah. Vaguthu dhemigendhaa namaadh ah vure kurin kuran vaany vaguthu faaithuvefaivaa namaadhu.

  39. reesham says:
    September 1, 2016 at 3:49 pm

    thanksss alll

  40. Aishath says:
    September 2, 2016 at 11:56 am

    Woww ? Inshallah story Vara kuriah daane ❤

Comments are closed.

Next Episodeމާޔޫސް ވެފާ… ( 5 ވަނަ ބައި )←


All Right Reserved!