Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނުހައްޤު ލޯބި (8 ވަނަ ބައި)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
August 27, 2016 8 Mins Read
26 Comments

“އަންޖޫދާ ވެސް ދަސްކުރަންވާނެ އެހެން މީހުންނަށް އިހުތިރާމް ކުރަން އިނގޭ..” ސައްތާރު އެހެން ބުނެލީ މަޑުން ނަމަވެސް އެއަޑުގައިވާ ނުރުހުން އަންޖޫދާއަށް ރަނގަޅަށް ވެސް ނަގައިގަނެވެ. އޭނާ ސައްތާރާ ދިމާއަށް ބަލާލީ ޝަކުވާއިން ފުރިގެންވާ ނަޒަރަކުންނެވެ. ސައްތާރު އޭނާ ގޯސްކޮށްފައި އެ ހިމާޔަތް ކުރީ ރާހުލް ހެއްޔެވެ؟ އެ ނިކަމެތި ބަންގާޅި މީހާ ހެއްޔެވެ؟ ބައްޕަގެ އެ ބަސްތަކުން އަންޖޫދާގެ ހިތްހަމަ ނުޖެހުން ނަމަވެސް އޭނާ އިތުރު އެއްޗެކޭ ނުބުނެ ހިމޭނުން އިނެވެ. އޭނާގެ ހިތުގައި އެ ބަންގާޅި މީހާއަށް އުފެދިފައިވާ ނަފުރަތު ހަގުނައަށް އިތުރުވެގެން ދިޔަހެން އޭނާއަށް ހީވިއެވެ.

އަންޖޫދާ ރުޅި މޫނު ހަދައިގެން އިނުމުން ރާހުލް އަވަސްކޮށްލާފައި އޭނާ ދާން ބޭނުންވި ދިމާއަށް ހިނގައިގަތެވެ. ރޭގަނޑު ހުސް ވަގުތުކޮޅެއް ލިބުމުން އޭނާ ބޭނުންވީ ނަޝްފާ އާ ބައްދަލުކޮށްލަން ދާށެވެ. ދެތިން ފިޔަވަޅެއް އެޅުނުތަނާ އޭނާގެ ހަރަކާތްތަކަށް ހުއްޓުން އެރީ އާމިނާ އޭނާގެ ނަމުން ގޮވާލުމުންނެވެ.

“ކޮންތާކައް؟” ރާހުލް ފަސް އެނބުރި ބަލާލުމުން އާމިނާ އަހާލިއެވެ. އެ އަޑުގައި ރުންކުރު ގޮތެއް ހުއްޓެެވެ.

“އަހަރެން ފިހާރަ ދަނީ …” ރާހުލް މަޑުމަޑުން ބުނެލިއެވެ.

“އާމިނާ.. އޭނާ އަށް ވެސް އޮންނަން ޖެހޭނެ އެއް ނޫންތަ ބޭރަށް ނިކުމެލާ ހަދާލުމުގެ މިނިވަންކަން… އޭނަ ދިޔަ ދީބަލަ… ދޭ ރާހުލް…” ސައްތާރު އެހެން ބުނެލުމުން ރާހުލް އަނެއްކާ ވެސް ހިނގައިގަތެވެ. އާމިނާ ސައްތާރާ ދިމާއަށް ބަލާލީ ނިކަން ނުރުހުން ވެފައެވެ.

“ބަލަ ސައްތާރާ! އޭނަ ގޮސް ތަން ތަނަށް ގިނަވެ ވައްކަމާ އެއްޗެހި ކުރަން ފަށައިފިއްޔާ ސައްތާރޭ ކުއްވެރި ވާނީ… އޭނަ ދާ ހާ ތަނެއް މަ ޖެހެ އޭ ބަލަން… މަށަށް އެނގޭ .. އެ ދަނީ އެ ފިހާރައިގަ އިންނަ ނަޝްފާ އަށް ފަރި ދެއްކެން ވެގެން…” އާމިނާ ދެބުމަ ގޮށް ޖަހާލަމުން ބުނެލިއެވެ. ސައްތާރު އެއްވެސް އެއްޗެކޭ ނުބުނެ ހިމޭނުން އިނެވެ. އަންޖޫދާ ވެސް ސައްތާރާ ދިމާއަށް ބަލާލީ ޝަކުވާގެ ނަޒަރަކުންނެވެ. އެގޭގެގައި ގެންގުޅޭ ބަންގާޅި މީހާ ދާން ބޭނުން ތާކަށް ފޮނުވާފައި އޭނަ ގާތުގައި ތަންތަނަށް ނުދާށޭ ބުނުމުންނެވެ. ނަމަވެސް އާމިނާ ނަޝްފާ އޭ ބުނުމުން އޭނާގެ ތުންފަތަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. ނަޝްފާ އަކީ ކުރިން ރަށުގައި އުޅުނު އިރު އޭނާ އެކޭ އެއްކުލާހެއްގައި އުޅުނު ކުއްޖެކެވެ. ނަޝްފާ ކަޅު ވެފައި ހަޑި ކަމުން އޭނާ އާއި އޭނާގެ ރައްޓެހިން ނަޝްފާއަށް މަލާމާތްކޮށް ލަނޑުދީ ހަދާ މަތި އޭނާ އަދިވެސް ހަނދާން އެބަހުއްޓެވެ.

ރާހުލް ގޮސް ފިހާރައަށް ވަތް އިރު ނަޝްފާ އިނީ އޭނާގެ ފޯނުން ގޭމު ކުޅޭށެވެ. ރާހުލް ސިއްރުސިއްރުން ގޮސް އެ ފޯނު ޖަހައިގަތުމުން ނަޝްފާ ތޫލި އަޑަކުން ހަޅޭއްލަވައި ގަތެވެ. އަދި ރާހުލް އަތުން އޭނާގެ ފޯނު ޖަހައިގަތެވެ. އޭރު ނަޝްފާގެ މޫނު މައްޗަށް އެރި ކުލަ ވަރު ފެނި ރާހުލްގެ ގާތަށް ހިނިވެސް އައެވެ.

“ދެން ރާހުލް… ބަލާބަ… އެއޮއް ގޭމް އޯވާރ ވީ…” ނަޝްފާ ތުންގަނޑު އޫ ކޮށްލަމުން ރާހުލް އަށް އޭނާގެ ފޯނުގެ ސްކްރީން ދައްކާލިއެވެ. އޭރު ބޮޑު އަކުރުން ގޭމް އޯވާ އަރާފައި އޮތެވެ. މިތަން ފެނުމުން ރާހުލް އިތުރަށް ހިނިއައެވެ.

“ފިހާރައިގަ ނާންނަނީތަ މިރޭ މީހުން؟” ރާހުލް އަހާލީ އަންޖޫދާ އާ ޖެހިގެން ހުރި ގޮނޑީގައި އިށީންނަމުންނެވެ.

“އާން…. ވަރަށް މަދު މީހެއް އައީ… އަހަރެން ފޫހިވެގެން ހަލާކުވާވަރު ވެފަ މިއިނީ… ނަސީބެއްނު ރާހުލް އައިކަން…” ނަޝްފާ ރާހުލްގެ ކޮނޑުގައި ޖަހާލަމުން އެހެން ބުނެލި އިރު އޭނާގެ ބައްތިރީސް ދަތް ފެނެއެވެ.

“ހާދަ ހެވިފަ؟” ރާހުލް ގެ މޫނަށް އިރުއިރު ކޮޅާ އަރަމުން ދިޔަ ހިނިތުންވުން ފާހަގަ ވެގެން ނަޝްފާ އަހާލިއެވެ. ތެދެކެވެ. ރާހުލްގެ ސިކުނޑީގައި މިވަގުތު އެވަނީ އެންމެ ޚިޔާލެކެވެ. އެ ހިތުގައި ކުރެހިފައިވާ ސޫރަ އެއީ ކިހިނެއް އައި އެއްޗެއް ކަމެއް ޚުދު ރާހުލް އަކަށް ވެސް ނޭނގުނެވެ. އަންޖޫދާގެ ރީތި ، ޖާދުވީ ސޫރަ އޭނާގެ ހިތުތެރޭގައި ކަނޑާ ނެގިފައި އެ ވަނީ ދުވަހަކުވެސް ނުފިލާނެ ފަދަ ގޮތަކަށެވެ.

“ދެން ބުނެބަލަ… ކިހިނެއް ވީތަ؟” ނަޝްފާ ހުރީ ރާހުލްގެ ވާހަކަ އަޑު އަހާ ހިތުން ކެއް މަދުވެފައެވެ. ރާހުލް އަށް ލިބޭ ކޮންމެ އުފަލަކީ އޭނާއަށް ވެސް ލިބޭ އުފަލެއް ކަމުގައި އޭނާ ދެކުނެވެ. ނަޝްފާ އެހެން އަހާލުމުން ރާހުލް ދެއަތަށް ބޯ ހޫރުވާލީ ނުބުނާނަމޭ ބުނާ ފަދައިންނެވެ. އެ މޫނު މަތީގައި އެވަގުތު ވަނީ ރަކި ހިނިތުންވުމެކެވެ.

***

އަންޖޫދާ އާމިނާ ގާތު ޖޯލީގައި އިނދެ ވިސްނަމުން ދިއައީ އެ ނަޝްފާ އަށް ލަނޑެއް ދެވޭނެ ގޮތަކާ މެދުގައެވެ. އަދި ވެސް އެ ނަޝްފާ ހަމަ އެހާ ކަޅުވެފައި ހަޑިވާނެބާއޭ އޭނާގެ ހިތަށް އެެރިއެވެ. މިހެން ހިތަށް އެރުމާއެކު އެ ތުންފަތް މައްޗަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. އޭނާ އެހެން އިންދައި އެ ލޮލުގައި އަޅައިގަތީ އެމަގުގެ ތަންކޮޅެއް ދުރުން ދިޔަ އާޔާ އެވެ. އާޔާ އަކީ އޭނާގެ ކުރީގެ ރަހުމަތްތެރިއެކެވެ. އޭނާ އާ އެކު އެހެން ކުދިންނާ ދިމާކުރުމާއި ބެހުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެކަކީ އާޔާ އެވެ. އަންޖޫދާގެ ހިތަށް އެވަގުތު އެރި އެއްޗެއްގެ ސަބަބުން ވަރަށް ބާރަށް އާޔާއަށް ގޮވާލާފިއެވެ. ކައިރީގައި އިން އާމިނާ ވެސް ދިއައީ ސިއްސައިގެންނެވެ.

“އާޔާ!! އާޔާ! އޭތް! އާޔާ! އާދެބަލަ!” އަންޖޫދާ ގޮވާލުމުން އާޔާ ފަސްއެނބުރިފައި ބަލާލިއެވެ. އަދި އެދިމާއަށް އަންނަން ފެށިއެވެ.

“މަންމާ.. މިދަނީ އާޔާ އާ އެކު ފިހާރައަށް އިނގޭ…” އަންޖޫދާ އާާމިނާ ގާތު އެހެން ބުނެލުމަށްފަހު ތެދުވެގެން އާޔާ އާ ދިމާއަށް ހިނގައިގަތީ އާމިނާ ދޭނެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތިއެވެ.

“އަންޖޫ…! ކޮން އިރަކުތަ އައީ؟ އަންގާވެސް ނުލަމެއްނު؟” އަންޖޫދާ އޭނާ އާ އަރާ ހަމަކުރުމުން އާޔާ އަންޖޫދާގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.

“މިޔަދު ހަމަ މިއައީ ބޯޓުން..” އަންޖޫދާ ހީލަމުން ބުނެލިއެވެ. އާޔާ އެހެންދޯ އޭ ބުނެލިއެވެ. އާޔާ އަކީ ވެސް އަންޖޫދާ ފަދައިން ފަހުގެ ފެޝަނަށް ލޯބި ކުރާ ކުއްޖެކެވެ. އޭނާ ލައިގެން ހުރި ފޫކޮޅު ނުފޮރުވޭ ކުރު ޓޮޕު ކޮޅާ ގަޔަށް ބާރު ސްކިނީއިން ވެސް އެކަން ހާމަވެއެވެ. މޭމަތި ނުފޮރުވޭވަރުގެ ކަޅު ޝޯލް އެއް އަޅައިގެން ހުރިއިރު އޭނާގެ ހަށިގަނޑުގެ ވަނާތައް ފުރިހަމައަށް ފާޅުވެއެވެ.

“އޭ… އެއްކަލަ ނަޝްފާ މިހާރު އިންނަނީ އެ ގޭ ފިހާރަގަނޑުގެ ސޭޓަކަށް ދޯ؟” ދެމީހުން ވާހަކަ ދައްކަމުން ގޮސް އަންޖޫދާ އަހާލިއެވެ. އެވަގުތު އާޔާ ޖަހާލީ ލާނެތް ހިނިގަނޑެކެވެ.

“އާނ.. އޭނާ އިންނަނީ އެ ފިހާރައިގަ… ވަރަށް ނަލަ ހެދިގެން އިންނާނީ… މިހާރު ހުންނަނީ ބުރުގާ ވެސް އަޅާފަ… އެކަމު ކީއްކުރާނީ؟ އޭނާ އާ ދިމާއަށް ބަލާލާނެ ފިރިހެނަކު ވެސް ވަނީކީ އެއް ނޫން… އެހެންނު ވާނީ ދޯ ހިސާބަށް ވުރެ ކަޅިއްޔާ؟” އާޔާ މަލާމާތުގެ ރާގަކަށް އެހެން ބުނެލުމުން އަންޖޫދާ ވެސް ހިނިގަނޑެއް ޖަހާލިއެވެ.

“އެކަމަކު މަންމަ ބުނީ އަހަރުން ގޭގަ އުޅޭ ބަންގާޅި އޭނައާ ވަރަށް ވާހަކަ ދައްކަޔޯ… ” އަންޖޫދާ ބުނެލިއެވެ.

“އާން…. ދިވެހި ފިރިހެނެއް ނުލިބެގެން ތޯއްޗެ ބަންގާޅިއަކާ ހިތާވެގެން އެ އުޅެނީ… މީހުން އެ ވަރަށް އެއްޗެހި ކިޔާ އިރު ވެސް މީނަ އެ ބަންގާޅިއާ އެކީ އެތަން މިތާ ކަޓުގަ…” އާޔާ މޫނަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ.

” ހިނަގާބަލަ އޭނަ އާ ކުޑަކޮށް ބެހިލަން… ހިނގާބަ އެ ފިހާރައަށް ދާން.. މިހާރު އަހަރުންގޭ ބަންގާޅިވެސް އުޅޭނެ އޭނަ ކައިރީގަ.. އޭނަ ލަދުގަންނަވާލަން މިއަށް ވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެ..” އަންޖޫދާ އާޔާގެ އަތުގައި ހިފާލަމުން އެހެން ބުނެލިއެވެ. އާޔާ ވެސް އެކަމާ އެއްބަސްވެލަމުން ދެމީހުން އެކީ ހިނގައިގަތީ ނަޝްފާމެންގޭ ފިހާރައާ ދިމާއަށެވެ.

***

“ދެން ރާހުލް ބުނެބަލަ ދޯ.. ކީއްވެތަ މާ އުފާވެގެން ތި އުޅެނީ؟ އަހަރެން ގާތު ނުބުނަން ތި އުޅެނީ ކީއްވެތަ؟ ދެން ބުނޭ…” ނަޝްފާ ރާހުލް ބުނަން އުޅޭ ވާހަކަ އަޑުއަހަން ކެތްމަދުވެފައި ހުރެ ކިޔަމުން ދިއައެވެ.

“އޯކޭ އޯކޭ… ބުނަނީ..” ރާހުލް ދެއަތްތިލަ ދިއްކޮށްލަމުން އެހެން ބުނެލީ ނަޝްފާ ކިޔަން ފަށައިފި އެއްޗެއް ހުއްޓާނުލާނެކަން އެނގޭތީއެވެ.

“ނަޝްފާ…. އައި… އެމް… އިން… ލަވް…” ރާހުލް އިނގިރޭސި ބަހުން އެ ބުނެލި ލަފްޒުތަކުން ނަޝްފާ ދިއައީ ސިހިގެންނެވެ. އޭނާގެ ހިތުގައި ކުޑަކޮށް ރިއްސާލި ހިނދު އޭނާއަށް މޭގައި އަތް އަޅާ ލެވުނެވެ. އެއީ ކީއްވެގެން ވީ ގޮތެއް ކަން އޭނާއަށް ނޭނގުނު ނަމަވެސް އެހިތް ނުތަނަވަސްވެފައިވާ ވަރު އޭނާއަށް އިހުސާސްކުރެވުނެވެ. ނަމަވެސް އޭނާ މަސައްކަތްކުރީ ގަދަކަމުން ހީލާށެވެ. ރާހުލްގެ އެ އުފަލުގައި އޭނާ ވެސް ބައިވެރިވާށެވެ.

“އަސްލު..ތަ… ރާހު..ހުލް؟” ނަޝްފާ ހަމަޖެހެން މަސައްކަތްކުރި ނަމަވެސް އޭނާއަށް ވާހަކަ ދެއްކުނީ އަޅައަޅައި ގަންނެމުންނެވެ. ރާހުލް އެވަގުތު އެެއްޗެކޭ ބުނަން މަސައްކަތްކުރި ނަމަވެސް އޭނާގެ ހަރަކާތަށް ހުއްޓުން އެރީ ފިހާރައަށް ވަދެގެން އައި އަންޖޫދާ އާއި އާޔާ ފެނުމުންނެވެ. އަންޖޫދާގެ ސޫރަ ފެނުމުން ރާހުލް އަށް ކަޅި ޖަހާނުލާ އެދިމާއަށް ބަލަން ހުރެވުނެވެ.

“ސޭޓޫ؟” ނަޝްފާގެ ކުރިމައްޗަށް އަރައި މަލާމާތުގެ ރާގަކަށް އެހެން ބުނެލި އަންޖޫދާ ފެނި ނަޝްފާއަށް ތެޅިގަނެވުނެވެ. އެވަގުތު އޭނާގެ ހަނދާނަށް އައީ ސްކޫލުގައި އުޅުނު ދުވަސްވަރު އަންޖޫދާމެން އޭނާއަށް ކުރި ގޯނާތަކާއި މަލާމާތެވެ.

“ހާދަ ބިރުން ސޭޓު؟” އަންޖޫދާ އެހެން ބުނެލުމަށްފަހު ހިނިގަނޑެއް ޖަހާލިއެވެ. އަދި ނަޝްފާގެ ކައރީގައި އިން ރާހުލް އަށް ފާޑަކަށް ބަލާލުމަށްފަހު އާޔާ އާ ދެމީހުން ހިނގައިގަތީ އެ ފިހާރައިގައި ރީތިވާ ސާމާނު ބަހައްޓާފައި ހުރި ދިމާއަށެވެ.

“ސޭޓޫ! ފެއާރ އެންޑް ލަވްލީ ފުޅި އެބަހުރިތަ؟” އާޔާ މަލާމާތުގެ ރާގަކަށް އެހެން އަހާލީ ކުރިމަތީގައި ހުރި ފެއާރ އެންޑް ލަވްލީ ފުޅިތައް ފެންނަ ހާލުގައެވެ.

“ތިތާ ކުރިމަތީގަ ތި ހުރީ…” ނަޝްފާ އެހެން ބުނެލީ އިސްޖަހައިގެން ހުރެއެވެ. ކުރިން ވެސް އޭނާ އެތައް ފަހަރަކު ރޮއްވާލާފައިވާ މި ދެމީހުންނާ ހަތަރު ކަޅި ހަމަކުރަން ޖެހިލުންވާތީއެވެ. ނަޝްފާގެ މި ހަރަކާތްތަކުން ރާހުލް ކުޑަކޮށް ހައިރާންވި ނަމަވެސް އެއްވެސް އެއްޗެކޭ ނުބުނެއެވެ.

“އޫޕްސް! ނުފެނުނީ އޭ…” އާޔާ އެހެން ބުނެ އެތަނުން ފެއާރ އެންޑް ލަވްލީ ފުޅިއެއް ނަގައިގެން އައިސް ކައުންޓަރު މަތީގައި ބެހެއްޓިއެވެ.

“ކިހާވަރެއް؟” ޖީބުން ވޮލެޓެއް ނަގަމުން އާޔާ އަހާލިއެވެ.

“އާޔާ… ތި އުޅެނީ ތި ގަންނަން؟ މި ފިހާރައިން؟” އަންޖޫދާ އާޔާ ކައިރިއަށް ޖެހިލަމުން އެހެން އަހާލީ ހައިރާންވާ ކަމަށް ހަދާފައެވެ.

“އާނ.. ކީހިނެއްވީތަ އަނެއްކާ؟” އާޔާ ވެސް އެހެން އަހާލީ ހައިރާންވާ ގޮތް ދައްކާލަމުންނެވެ.

“މި ފިހާރައިން ގަންނަ ފެއާރ އެންޑް ލަވްލީ ފުޅިން ހޭކިޔަސް ދޮނެއް ނުވާނެ! ބަލާބަލަ… މި ފިހާރައިގަ އިންނަ ސޭޓުވެސް ދޮން ނުވަނީ އެހެންވެއޭ… ބަލާބަލަ ކަޅުކަން…” އަންޖޫދާ ނަޝްފާއާ ދިމާއަށް އިނގިލި ދިއްކޮށްލަމުން އެހެން ބުނެލީ މޫނަށް ވައްތަރެއް ޖައްސާލަމުންނެވެ. ނަޝްފާ އޭރުވެސް ހުރީ އިސްޖަހާލައިގެންނެވެ. އެ މީހުންގެ އެ ރަހުމްކުޑަ ބަސްތަކުން އެ ހިތަށާއި ސިކުނޑިއަށް ކުރާ އަސަރު އެނގެނީ ހަމައެކަނި އޭނާއަށެވެ.

“އާނ ދޯ… ތި ބުނީ ހަމަ ތެދެއް… ކަޅު ބަބުރެއްހެން ދޯ ހީވަނީ..” އާޔާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއިރު ނަޝްފާގެ ދެލޯ ފެންކަޅި ވެއްޖެއެވެ. ރާހުލް އިނީ އަންޖޫދާ އާއި އާޔާގެ ބަސްތަކުން ހައިރާންވެ އަންތަރީސްވެފައެވެ. ނަމަވެސް އެއީ އޭނާގެ ސާހިބުމީހާގެ ދަރިފުޅު ކަމުން އެއްޗެކޭ ބުނާކަށް އޭނާއަކަށް ނުކެރުނެވެ.

“އޭ… މަށަށް ހީވަނީ ކަޅުކަމުން އިންނާނެ މީހެއް ނުވެގެން ކަންނޭނގެ އެއުޅެނީ…. އަހަރެމެންގޭގަ އުޅޭ ނިކަމެތި ބަންގާޅީގަނޑާ ހިތާވެގެން.. ހެހެހެ… ތަންކޮޅެއް ބޮޑުވަރު ދޯ ތީ…” އަންޖޫދާ އެހެން ބުނުމަށްފަހު ހީގަތީ އާޔާގެ އަތުގައި އުޅަނބޮށިން ކޮށްޓާލަމުންނެވެ.

“އާނ..އެ ނޫން މީހަކު ނުފެނުނީ އޭ އިންނަން… އެހެން ނޫނަސް ކާކައްތަ ކަމުދާނީ ހަޑި ހަޑި ފަލަ ފަލަ ބަބުރެއް…؟” އާޔާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ. ނަޝްފާގެ ހިތުގައި އެވަގުތު އަސަރު ނުކުރާ އެންމެ ތަންކޮޅެއް ވެސް ނެތެވެ. އަނެއްކާ ވެސް ސްކޫލު ގެ ބިރުވެރި ދުވަސް ދުވަސްތައް ތަކުރާރުވާހެން އޭނާއަށް ހީވާން ފެށިއެވެ.

“ކަމް އޯން އާޔާ… ހިނގާ ދާން… ތި ފުޅިގަނޑު ގަންނާނެ ކަމެއް ނެތް… ތި މޫނުގައި ހާކައިގެން އަނެއްކާ މީނަގެ މޫނުގައި ހުރި ކަހަލަ ބޮޑެތި ބިހިތަކެއް ނަގާފާނެ…” އަންޖޫދާ ނުލަފާ ގޮތަކަށް އެހެން ބުނެލުމުން އާޔާ ކައުންޓަރުގެ މަތީގައި ބާއްވާފައި އޮތް ފެއާ އެންޑް ލަވްލީ ފުޅި ވައްޓާލިއެވެ.

“އައްޗި! މަ ނޫޅެން މި ފިހާރައިން މީގެ ފުޅިއެއް ގަންނާކަށެއް…” އާޔާ އެހެން ބުނެލާފައި އިސްޖަހައިގެން އިން ނަޝްފާގެ މޫނު ކައިރިއަށް އަތް ގެންދިއުމަށްފަހު ފުއްޓަތްކެއް ޖަހާލިއެވެ. އަދި އަންޖޫދާ އާ ދެމީހުން ދެފަރާތަށް ބުޑު ހަލުވަމުން ފިހާރައިން އެހެރަ ނިކުތް ގޮތުން ހީވަނީ މޮޑެލް ކުރާ ދެމީހުންހެނެވެ.

“ނަޝްފާ…” އަންޖޫދާމެން ދިއުމުން ރާހުލް މަޑުމަޑުން ނަޝްފާއަށް ގޮވާލިއެވެ. ނަޝްފާގެ ފެންކަޅިވެފައިވާ ދެލޯ ފެނުމުން ރާހުލް ދެރަވިއެވެ.

“ރާހުލް… ގަޑިން ކިހާއިރެއްތަ؟” ލޮލުގެ ތެރެއަށް ޖަމާވެފައިވާ ކަރުނަތައް ދިރުވާލަން އުޅޭ ކަހަލަ ގޮތަކަށް ނަޝްފާ އަހާލިއެވެ. އަދި ލޮލުގެ ބޭރަށް ފޭދުނު ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން އޭނާ ހަމަޖެހެން މަސައްކަތްކުރިއެވެ.

“9 ގަޑި ބައި ހުންނަނީ..” ރާހުލް އެހެން ބުނެލީ ނަޝްފާގެ މިލާ މޯޅިވެފައިވާ މޫނަށް ބަލާލަމުންނެވެ.

“ދެން މިރޭ ނާންނާނެ ކަންނޭނގެ އިތުރު މީހަކު … ރާހުލް ދެން ދޭ… އަހަރެން މިއުޅެނީ ފިހާރަ ބަންދުކުރަން..” ނަޝްފާ ކައުންޓަރު މޭޒުގެ ވަތްގަނޑުން ތަޅުދަނޑިފަތި ނަގަމުން ބުނެލިއެވެ. އެވަގުތު ނަޝްފާ އެކަނި ވެލަން ބޭނުންވާކަން އެނގުމުން ރާހުލް ވެސް އިތުރު ބަހެއް ނުބުނެ ފިހާރައިން ނިކުތުމަށް ހިނގައިގަތެވެ. ނަޝްފާ ވެސް ނިކުމެ ފިހާރަ ތަޅުލުމަށްފަހު ބޭރުގައި ހުރި ރާހުލް އަށް ބަލާލަމުން ގަދަކަމުން ހިނިތުންވެލިއެވެ. ނަމަވެސް ރާހުލް ހަމަ ނަޝްފާގެ މޫނަށް ބަލަހައްޓައިގެން ހުރީއެވެ.

“ގުޑް ނައިޓް ރާހުލް…” ނަޝްފާ އެހެން ބުނެލުމަށްފަހު ފިހާރައާ ޖެހިގެން ހުރި އޭނާގެ ގެއަށް ވަންނަން ދިއައީ ރާހުލްގެ އެއްވެސް ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތިއެވެ. ރާހުލް ވެސް ނަޝްފާ ދިޔަ ދިމާއަށް އިރުކޮޅަކު ބަލަން ހުރެފައި ގެއާވީ ދިމާއަށް ހިނގައިގަތީ ވިސްނުމެއްގައި ހުރެއެވެ.

***

ނަޝްފާ ބާރުބާރަށް ހިނގާފައި ގޮސް ކޮޓަރިއަށް ވަދެ ބަން ލާފައި ދޮރު ޖަހާ ތަޅުލިއިރު އެދެލޮލުން ކޯތާފަތް މައްޗަށް ހޫނު ކަރުނަ ފައިބަމުންދިއައެވެ. ދޮރުގައި ލެނގިގެން ހުރެ އޭނާ ހުރި ދިމާއަށް ތިރިވިއިރު އޭނާގެ މަޑު ގިސްލުމުގެ އަޑު މުޅި ކޮޓަރި ތެރޭގައި ހިފާލާފައި ވިއެވެ. ގިސްލުމުގެ ތެރެއިން އޭނާ ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. އޭނާ އަކީ ރީތި މީހެއްކަމަކަށް ދުވަހަކުވެސް އޭނާ ޤަބޫލެއް ނުކުރެއެވެ. ދެން އަންޖޫދާމެން އޭނާ އާ އެ ގޮތައް އެ ދިމާކުރަނީ ކީއްވެހެއްޔެވެ؟ ސްކޫލު ދުވަސްވަރުވެސް އޭނާއަށް ޖެއްސުން ކޮށް ފުރައްސާރަކުރެވުނު ވަރު އަދިވެސް ކުޑައީ ހެއްޔެވެ؟

ނަޝްފާ ވޭނީ އަޑަކުން ގިސްލަމުން ބަރުހެލި ގޮތަކަށް ތެދުވިއެވެ. އަދި އެ ކޮޓަރީގައި ހުރި އަލަމާރީގައި ހުންނަ ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. އަމިއްލަ ސޫރައަށް ބަލާލި ހިނދު އޭނާއަށް އިތުރަށް ރޮވޭ ގޮތް ވިއެވެ. އޭނާ ހިތަށް އަރަމުންދިއައެވެ. އޭނާ ކިހާ ހަޑި ހެއްޔެވެ؟ އަންޖޫދާ މެންނާ އަޅާ ބަލާއިރު އޭނާ ހަމައަސްލުވެސް ހީވަނީ ކަޅު ބަބުރެއް ހެންނެވެ. ނަޝްފާ މަޑުމަޑުން އެ ކޯތާފަތް މަތީގައިވާ ކަރުނަތއް ފުހެލިއެވެ. އެވަގުތު އޭނާގެ އަތުގައި ޖެހުނީ އެ މޫނުމަތީގައި ނަގާފައިވާ ބިހިތަކެވެ. އެ ބިހިތަކުގެ ސަބަބުން އޭނާގެ މޫނުމަތި އައިބުވެފައިވާ ވަރު ހިތަށް އެރުމާއެކު އޭނާގެ ދެބުމަ ގޮށް ޖެހިގެން ދިއައެވެ. އައި ރުޅީގައި އޭނާ އަތުގައި ޖެހުނު ބިހީގައި ބާރަކަށް ހިފައިގަތީ އަޑުގެ ކޮޅަށް ހަޅޭއްލަވައިގަންނަމުންނެވެ. އެއާއެކު އެ ބިއްސާއެކު މޫނުމަތީގެ ބޮޑު ބައެއް ނޮޅިގެން ގޮސް ލޭއަންނަން ފެށިއެވެ. ނަޝްފާ އެ ލޭތައް ނުވެސް ފޮހެ ލޯގަނޑާ ދިމާއަށް ބަލަން ހުއްޓެވެ. އެކަމުގެ ސަބަބަބުން ވީ ތަދުވެސް އޭނާއަށް އިހުސާސްކުރެވުނީ އިރުކޮޅެއް ފަހުންނެވެ. އެއާއެކު އޭނާގެ ދެލޯ އަނެއްކާވެސް ފުރިގެން ބަންޑުންވާން ފެށިއެވެ. އެ ލޮނު ކަރުނަތައް މޫނުމަތިން ހަލާކުވެފައިވާ ތަނުގައި ހޭކެމުން ދިއައިރު އެތަނުން ނަގާ ދިލަވެސް އިތުރަށް ގަދަވަމުން ދިއައެވެ.

ނަޝްފާ ވިސްނާލިއެވެ. މިހާ ތަނަށް އަދި އެއްވެސް ފިރިހެން ކުއްޖަކު އޭނާ ގާތު ރައްޓެހިވާން އަހާފައެއް ނުވެއެވެ. އެއީ ހަމަ އޭނާ ހަޑިކަމުން ކަމުގައި އޭނާއަށް ޤަބޫލުކުރެވުނެވެ. ރައްޓެހިވާން އަހަން ކީއްކުރަން ހެއްޔެވެ؟ އެއްވެސް ފިރިހެނަކު އޭނާ އާ ދިމާއަށް އެފަދަ ނަޒަރަކުން ބަލާލާފައެއްވެސް ނުވެއެވެ. އޭނާ އާ ވާހަކަ ދައްކައެއް ވެސް ނޫޅެއެވެ. އޭނާ ކަހަލަ މީހަކާ ފިރިހެނަކު ހަތަރު ކަޅި ހަމަކޮށްލަން ވެސް ބޭނުމެއް ނުވާނެކަން އޭނާއަށް ވިސްނެއެވެ.

“ރާހުލް؟” ކުއްލިއަކަށް އޭނާ ހަނދާންވީ ރާހުލްގެ މަތިންނެވެ. އޭނާ އާ ރީތިކޮށް އެ ގޮތަށް ވާހަކަ ދައްކާ އުޅުނު ހަމަ އެކަނީ ފިރިހެނަކީ ރާހުލްއެވެ. އެއީ ބަންގާޅިއަކަށް ވުމުން އެއީ މައްސަލައެއް ހެއްޔެވެ؟ ރާހުލްގެ ހިތްހެޔޮ ކަމާ އޭނާ އާ ރާހުލް ކުރާ ސަމާސާތަކުން އޭނާއަށް އެވަނީ ރާހުލް އާ ގަޔާވެެވެން ފަށާފައެވެ. ފިރިހެނަކާމެދު ފުރަތަމަ ފަހަރަށް އޭނާއަށް އެފަދަ ނަޒަރަކުން ދެކެވުނީ ރާހުލް އާ ދޭތެރޭގައެވެ. ނަމަވެސް ރާހުލް ދުވަހަކުވެސް އޭނާ ކަހަލަ އެއްވެސް ރީތި ސިފައެެއް ލިބިފައިނުވާ މީހަކާ މެދު އެފަދަ ނަޒަރަކުން ނުދެކޭނެކަން އޭނާއަށް ވެސް އެނގެއެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ރާހުލް އަކީ ވެސް ނުލާހިކު ރީތި ފިރހެންވަންތަ ސިފަތަކެއް ލިބިފައިވާ މީހެކެވެ.

ކުއްލިއަކަށް ނަޝްފާގެ ހަނދާނަށް އައީ ރާހުލް މިރޭ ބުނެލި ބަސްތަކެވެ. “އައި…. އެމް…. އިން…. ލަވް..”

ރާހުލް އެ ލޯބިވަނީ ކާކު ދެކެ ހެއްޔެވެ؟ ގައިމުވެސް އެއީ އޭނާއަކަށް ނުވާނެއެވެ. ރާހުލްގެ އެ ބަސްތަކުން އޭނާގެ ހިތަށް ހާދަހާ ތަދެއް ވެއްޖެއެވެ. ނޭނގި ނަމަވެސް ރާހުލް އެވަނީ އޭނާގެ ނިކަމެތި ހިތަށް އަނިޔާ ދީފައެވެ. އޭނާ މަޑުމަޑުން ހިތުގައި އަތް އަޅާލަމުން ބާރުބާރަށް ގިސްލާންފެށިއެވެ. އެދެލޮލުން ފައިބަމުން ދިޔަ ކަރުނަތަކަށް އެއްވެސް ހުއްޓުމެއް ނައެވެ.

“އައި…. އެމް…. އިން…. ލަވް..”

“އައި…. އެމް…. އިން…. ލަވް..”

“އައި…. އެމް…. އިން…. ލަވް..”

“އައި…. އެމް…. އިން…. ލަވް..”

ރާހުލްގެ އެ ބަސްތައް ނަޝްފާގެ ސިކުނޑި ތެރޭގައި ގަދަ އަޑުން ގުގުމަމުން ދިއައެވެ. އެއަޑު ހިނދެއް ހިނދަކަށް ދިއައީ ބާރުވަމުންނެވެ. ނިތްކުރިމައްޗަށް ބާރުކުރަން ފެށުމުން އޭނާ ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. ދެއަތުން ބޮލުގައި ތެޅުމުންވެސް އެ ރިއްސުމަކަށް އެއްވެސް ބަދަލެއް ނައެވެ.

“އައި…. އެމް…. އިން…. ލަވް..”

ނަޝްފާއަށް ކެތް ނުވެގެން އޭނާ އެންމެ ފަހުން އަލަމާރި ވަތްގަނޑުން އެގޭގައި ހެދުން ކަނޑަން ގެންގުޅޭ ބޮޑު ކަތުރު ނެގިއެވެ. އަދި ރުޅިއައިސް ހުރެ ލޯގަނޑު އަމިއްލަ ސޫރައަށް ބަލަން ހުއްޓެވެ. ކަނާއަތުގައި އޮތް ކަތުރު ވާއަތާ ކާއިރި ކުރަމުން ގެންދިއައިރު ހީވަނީ ދެންމެ ދެންމެ ހަރާލަފާނެ ހެއްނެވެ. މަޑުމަޑުން އޭނާ ކަތުރު އޮތް އަޑު އަނެއް އަތާ ކައިރި ކުރަމުން ގެންދިއައިރު އޭނާ ދިއައީ ދެބުމަ ގޮށް ޖަހައިގެން ހުރެ މި މަންޒަރު ކުރިމަތީގައި ހުރި ލޯގަނޑުން ބަލަމުންނެވެ. އޭރުވެސް އޭނާގެ މޫނުމަތިން ހަލާކުވެފައިވާ ތަނުން ލޭތައް އަންނަމުން ދިއައެވެ.

#ނުނިމޭ#

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

މާޔޫސް ވެފާ….

Next

ނޭނގޭހެ ހާދަ ލޯބިވޭ 9

Next
August 28, 2016

ނޭނގޭހެ ހާދަ ލޯބިވޭ 9

Previews
August 27, 2016

މާޔޫސް ވެފާ….

26 Comments!

  1. Liaa says:
    August 27, 2016 at 3:50 pm

    hope mi bai ves reethi vaanekamah kiyun therinnah … Feel free to leave ur commmentz ingey 🙂

  2. Aanaa says:
    August 27, 2016 at 3:58 pm

    Reethi. But maa short

    1. Liaa says:
      August 27, 2016 at 4:03 pm

      Aanaa… Short tha?
      Thankss 🙂

  3. Suhaany says:
    August 27, 2016 at 3:59 pm

    When will be the next part? N this part is love. Nashfaa hikkaalabala dhonkohlaafa

    1. Liaa says:
      August 27, 2016 at 4:03 pm

      Thankss suhaanyy 🙂 veehaaves avahah up kuraanan nxt part

  4. Shaal says:
    August 27, 2016 at 4:02 pm

    Yeyy mee first dho …….mi part ves Varah reethi

    1. Liaa says:
      August 27, 2016 at 4:04 pm

      Ummm… actuallyy…. ur not 1st…hehe.. bt thats not a problem… 🙂
      Thankyw 🙂

  5. xenn says:
    August 27, 2016 at 4:06 pm

    Me first dhw…varh rythi…ekam thankolheh kury

  6. xenn says:
    August 27, 2016 at 4:07 pm

    Hehehe

    1. Liaa says:
      August 28, 2016 at 5:24 pm

      Thankyw xenn 🙂

  7. Sinookko says:
    August 27, 2016 at 4:49 pm

    Ey me first dhw

  8. bad gurlie?? says:
    August 27, 2016 at 4:51 pm

    Waattt? Dhen nashfaa amilla ah mar vaanythr?? Plx plx plx nxt part avas kobbaaa… v v kiyaa hih vey ebaa…. v v salhi mi stry dhaa goi?

    1. Liaa says:
      August 29, 2016 at 1:55 pm

      thankkss bad gurlie 🙂

  9. ria pinky says:
    August 27, 2016 at 4:54 pm

    Vaa vaa vaa … kiyaa baath hei… akah mi fenunii reethi stry eh mi syte in… ?

  10. Thaaniya says:
    August 27, 2016 at 7:13 pm

    vvv reethi

  11. Abhy says:
    August 27, 2016 at 11:14 pm

    Varah reethi.. mi bai ves ….

  12. Ayaath. says:
    August 28, 2016 at 1:18 am

    Liaaa ah Hama saabas. Mie mihaathanah ayaath kie enmey iburaytherie adie reethie vaahaka.
    Great job ??????

  13. Appy says:
    August 28, 2016 at 7:30 am

    Ohh no nashfa kihineh hadhan eulheny?????? V rythi mi bai vx ..

  14. Md rahul says:
    August 28, 2016 at 8:42 am

    Anjoodha konvahtharu meeha..
    Mihaaru aharen anjoodha beynun nethy.
    Aharen nasfa loabi kurany saadhy kurany bangladesh dhany.

  15. Shaa says:
    August 28, 2016 at 9:13 am

    reethi

  16. Thaany says:
    August 28, 2016 at 9:52 am

    V reeethi..

  17. Sabeeha says:
    August 28, 2016 at 10:06 am

    vv reethi..??

  18. # says:
    August 28, 2016 at 10:47 am

    Story is nice but i hate one of them coz he try to molest me when i was age 16. I am lucky that i get out from their……I know not all of them are like that…

  19. xprincess says:
    August 28, 2016 at 4:18 pm

    Wow ey hama bunelaanii… stry dhaa goi v v v kamudhe ey bunelan othy…
    Nashfaa ah vaane goi balaa hithun keh madhu vefa miothy.. ehehe

  20. flower says:
    August 28, 2016 at 4:21 pm

    ???????????????????? this stoorry iss love ingey.. keep it up liaaaaa

  21. Liaa says:
    August 29, 2016 at 1:56 pm

    Thankyw hurihaa kudhinn 🙂 <3

Comments are closed.

Next Episodeނުހައްޤު ލޯބި (9 ވަނަ ބައި)←


All Right Reserved!