Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 10 ވަނަ ބައި )

Loolu Level 110 Stories100 Comments
August 19, 2016 7 Mins Read
25 Comments

” އަހަރެން ވަރަށް ލޯބިވޭ..ވަރަށް ވަރަށް ބޮޑަށް….ޕްލީޒް ޑޯންޓް ޑޫ ދިސް ޓްމީ..” އެހުރިގޮތަށް ބައްދާލައިގެން ހުރެ ގިސްލުމުގެ ތެރެއިން މާޔާ ބުނެލިއެވެ. ރިފާއުގެ ހިތަށް ފުން އަސަރު ތަކެއް ކުރަމުން ދިޔައީ މާޔާގެ ވާހަކަ ތަކުންނެވެ. މޭމަތިން މާޔާގެ އަތްޖެހިފަ ހުރި ހިސާބަށް ފިނިކަމެއް އިހްސާސް ވެ އެހިސާބު ތެމެމުން ދިޔަހެން ރިފާއުއަށް ހީވިއެވެ. އޭނާ އިސްތިރިކޮށްލަމުން ބަލައިލުމާއެކު ދެލޯ ބޮޑުވިއެވެ. މޭމަތިން އޭނާގެ ޓީޝާޓް ލެއިން ފޯވަމުން ދިޔައެވެ. ރިފާއު މާޔާ ގެ ދެއަތުގަ ހިފަހައްޓަމުން އޭނާއާ ދިމާލަށް އަނބުރާލުމާއެކު ފެނުނީ މާޔާގެ ދެލޯ މެރެމުން ދިޔަތަނެވެ. އެއާ އެކު މާޔާގެ ވަރުނެތް ހަށިގަނޑު ރިފާއުގެ އަތު ތެރެއަށް ދެމިއްޖެއެވެ.

ރިފާއު ހާސް ވެފަ ބަލައިލިއިރު ދުރަށް ވެއްޓިފަ އޮތް ތަށީގެ ތޫނު ބިއްލޫރި ކޮޅުގަ މާޔާގެ ލޭ ހުރިތަން ފެނުނެވެ. ސިކުނޑި މަސައްކަތް ކުރަން ފެށުމާއެކު ރިފާއު އަވަހަށް މާޔާގެ ހަށިގަނޑު އުފުލާލާގެންގޮސް ސޯފާ މަތީ ބޭއްވިއެވެ. އޭރުވެސް މާޔާގެ ހޭވެރިކަމެއް ނުވެއެވެ. ނަސީބަކުން ކަނޑައިގެން ގޮސް ހުރީވެސް ވަރަށް ކުޑަކޮށެވެ. ރިފާއު ފަސްޓް އެއިޑް ބޮކްސް ގެނެސް ކަނޑައިގެން ދިޔަތަން ސާފުކޮށްފަ މާޔާގެ އަތުގަ ބޭސް އަޅާ ދިނެވެ. މާޔާ ގެ ހަށިގަނޑު ފެންނަނީ ވަރަށް ވަރުބަލި ކޮށެވެ. މިއަދު މާޔާއެހެރީ އެއްވެސް އެއްޗެއް ނުކައިކަން ރިފާއުއަށް ވިސްނުނެވެ. ރިފާއުއަށް ފެންނަމުން މިދަނީ މީގެ ދުވަސް ތަކެއް ކުރިން ފެނުނު މާޔާއެއް ނޫނެވެ. މާޔާގެ ހަށިގަނޑު އަނަރޫފަވެފަ ވާވަރު ފެނުމުން ރިފާއުގެ ހިތުގަ ރިއްސާލިއެވެ.

މާޔާއަށް ހޭވެރިކަން ވުމުގެ ކުރިން ރިފާއު ބޭނުންވީ ގޭތެރެ ސާފުކުރާށެވެ. އޭނާ މާޔާ އުކި ހުރިހާއެއްޗެއް އެއެއްޗެއް ހުންނަން ޖެހޭތާ ތަރުތީބުން ބަހައްޓާފަ އެންމެފަހުން ބިއްލޫރިތަށްވެސް ސާފު ކުރިއެވެ. ބޮޑުދައިތަ އަންނައިރު ގޭތެރެ މިހެން އޮތުމުން ދެން ކަންތަށް ވާނީ ކިހިނެއްކަން އޭނައަށް އެނގެއެވެ.

ހުރިހާ ކަމެއް ނިންމާފަ ރިފާއު ގޮސް   މާޔާ ގާތު އިށީދެލިއެވެ. އޭނާ ވަރަށް ފުންކޮށް މާޔާގެ މޫނަށް ބަލައިލިއެވެ. މާޔާއަކީވެސް  ބަލައިލަން ރީތި ކުއްޖެކެވެ. ނަމަވެސް އޭނާގެ ބަދު ނަސީބު ހިތް މި އަންހެން ކުއްޖާއަށް ދުވަހަކުވެސް ނުރުހޭނެކަން ގައިމެވެ. ޝާޔަން ދުނިޔޭގަ ހުރިހާ ހިނދަކު އޭނާ އެހެން އަންހެނަކަށް ބަލާނީ ކިހިނެއް ހެއްޔެވެ. އެއީ ނުވާނެ ކަމެކެވެ. ދުވަހަކުވެސް އޭނާއަށް ޝާޔަންގެ ލޯބި ހިތުން ފޮހެނުލެވޭނެކަން ގައިމެވެ.

ރިފާއު މާޔާގެ މޫނުގަ ފެން ކާއްތަން ފެށުމުން އޭނާ ލޯ ހުޅުވާލާފަ ރޯން ފަށައިފިއެވެ. އޭރު ލަހުފާވެސް އައިސް އެގެއަށް ވަދެއްޖެއެވެ. ލަހުފާ އައީ ރިފާއު ގުޅުމުންނެވެ. ރިފާއު އަށް މާޔާގެ އާއިލާގެ މީހުނަށް ގުޅަން ނުކެރުނީއެވެ.

” މާޔާ..އިތުރު ކަންތަށްގަނޑެއް ހިންގަން ނުހަދާ ލަހުފާ އާއެކު ދެން ގެއަށް ދޭ..” ރިފާއު އިސްޖަހާލަމުން މަޑުމަޑުން މާޔާއަށް ބުނެލިއެވެ. ދެން އޭނާ މަޑުކުރަން ނުހަދާ ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕައިފިއެވެ. މާޔާ ކަރުނަތަށް ފޮހެމުން އަމިއްލަ ކުށް އިހްސާސް ވާހާލު އެގެއިން ނިކުންނަން ހިނގައިގަތެވެ. ލަހުފާ ނުރުހިފަވާހާލު މާޔާގެ ފަހަތުން އާދެއެވެ.

 

ދުވަސް ތަކަކަށް ފަހު ފިރިހެން ދަރިފުޅު ހަމަ ލޮލަށް ފެނުމުން މުނީރާ ހުރީ އިންތިހާއަށް އުފާވެފައެވެ. ނަމަވެސް އެ އުފާވެރި ކަމުގެ މައްޗަށް ކުޑަ ހިތް ނުތަނަވަސް ކަމެއް ވެރިވެފަ ވީ ރިމާހް އަންނަމުން ރައުފާ ގެނައުމުންނެވެ. ކައިވެނި ނުކޮށް އެގޮތަށް އެއްގެޔަކު އުޅުމަކީ މުނީރާ އެހާ ހިތް އެދޭ ކަމެއްނޫނެވެ. އަދި އަމުދުން ފިރިހެން ދަރިންނަކީ މަޑުން ތިބޭނެ ބައެއްނޫނެވެ. އެއީ ޒުވާންވެފަ ތިބި ކުދިންނެވެ. ގޯހެއް ހަދައިފިޔާ ފިރިހެން ދަރިއަކަސް ފާފަ ވާނީ ހަމަ ފާފައަށެވެ. އަންހެންދަރިން ފަރާތުން ބޭޒާރުވެފަ ފިރިހެން ކުއްޖާ ބޮލުން ކަޓުވާލާފައި ސަލާމަތް ވިޔަކަސް ފާފަ އިން ރެކި ނުގަނެވޭނެކަން ކަށަވަރެވެ.

” ރައު ނިދާނީ މަންމަ ކޮޓަރީގަ މަންމަ ކައިރީގަ ދޯ..” މުނީރާ ހިނިތުންވެލަމުން ރައުފާއަށް ބުނެލިއެވެ. އެއެންމެން ތިބީ ކާމޭޒު ދޮށުގަ ރޭގަނޑުގެ ކެއުމަށް އިންސާފް ކުރާށެވެ. މުނީރާ އެހެން ބުނީ ޝާޔަން ގާތުގަވެސް ރައުފާ ބާއްވަން އޭނާ ހިތް ބިރުގަންނާތީއެވެ. ރިމާހް ޝާޔަން ހައްދާލައިގެން އޭނާގެ ކޮޓަރިއަށް މުނީރާ އަށް ނޭނގޭނެހެން ރައުފާ ގެންގޮސްދާނެތީ އޭނާ ބިރުގަންނަނީއެވެ.

ކައިނިންމާލައިގެން އެންމެން އުޅުނީ ތާސް ކުޅޭށެވެ. ރިމާހް ރަށުގަ ހުންނަ އިރެއް ވެއްޖާ ގޭތެރެއިން އަބަދުވެސް ފެންނާނީ އުފާވެރިކަމެވެ. އޭނާ އަބަދުވެސް އުޅޭނީ ކޮންމެސް ކަމެއް ފަށައިގަނެގެންނެވެ. ދަރިންގެ އުފާވެރި ކަން ފެނި ހިތް ހަމަ ޖައްސާލައިގެން މުނީރާ ގޮސް ކޮޓަރިއަށް ވަދެ ނިދަން އޮށޯތީ އެކުދިންނަށް ލަސްނުވަނީސް ނިދަން އޮށޯންނަންވާނެ ކަން އަންގާފައެވެ.

އެރޭ ނިދާފަ އޮވެފަވެސް ދަންވަރު ހޭލެވޭ ކޮންމެފަހަރަކުވެސް މުނީރާއަށް ކައިރީގަ ރައުފާ ނިދާފަ އޮތް ތޯ ބަލައިލެވެއެވެ. އޭނާއަށް ކަންކަމާ މި ކަންބޮޑުވެވެނީ މާ ވަރަކަށޭ ހިތާ އަމިއްލަ ނަފްސަށް އަޑުވެސް ލިއެވެ. ދަރިންނަށްވެސް ކޮންމެސް ވަރެއްގެ އިތުބާރެއް ކުރަންވާނެކަން އަމިއްލަ ނަފްސަށް ވިސްނައިދިނެވެ.

 

“ޝާޔަން ދާންވީނު ރައު ގޮވައިގެން ހިނގާލަން..މިރަށު ކުޅި ބަލައިލަން ދޭ ބަލަ ދެކުދިން..ރައު އަށްވެސް މިރަށް ދައްކަންވާނު..ދޮންބެ މިއުޅެނީ ފުޓްބޯޅަ ކުޅެން ދާންވެގެން..” ރިމާހް ޖާރޒީ ލައިގެން ކޮޓަރިން ނިކުންނަމުން ސޯފާގައި ތިބި ޝާޔަންއާ ރައުފާ ފެނިގެން ބުނެލިއެވެ. އެކުދިން ތިބީ ލެޕްޓޮޕް އިން ފިލްމެއް ބަލާށެވެ. ރިމާހް ހަމަ ބުނުމާއެކު ރައުފާ ބޭނުންވީ ކުޅި ބަލަން ދާށެވެ. ރިމާހް ހިނިތުންވެފަ ރައުފާގެ ކޮލުގަ ހިފާލާފަ ނިކުންނަން ދިއުމުން ދެކުދިން އަވަހަށް އުޅެގަތީ ކުޅި ބަލަން ދާން ރީތިވެލާށެވެ.

 

ރިފާއު ފެންވަރާލައިގެން ނުކުމެ ހަވީރުގެ ސައިބޮއެގެން ބޭނުންވީ ފިނިކޮށްލަން ބޭރަށް ގޮސްލާށެވެ. ކުރިން ފުޓްބޯޅަ ކުޅުނަސް މިހާރު އެކަން ކުރުމުގެ ޝައުގެއް އޭނާ ނުހުރެއެވެ. ރިފާއު ބޭނުންވީ އެކަނި އަތިރިމަތީ ހިނގާލާ ބަރުވެފަވާ ބޮލަށް ލުޔެއް ހޯދާށެވެ. އިރު އޮއްސޭ މަންޒަރު ހަމަ ލޮލުން ދެކިލާށެވެ.

ގެއާ ދިމާލުން އަތިރިއަށް ފައިބަން ހެދިފައިވާ ހިމަ މަގުން އޭނާ މަޑުމަޑުން ހިނގަމުން ދިޔައެވެ. ރީތި ވައިރޯޅިތަށް އައިސް އޭނާގެ ފަން އިސްތަށިގަނޑު ނިތު މައްޗަށް ފަތުރުވާލުމުން އެއްއަތުން ނިއްކުރިމަތީގަ ވާ އިސްތަށިތަށް މައްޗަށް ޖައްސާލިއެވެ. ގޮނޑުދޮށަށް ފައިބާ ވެލިގަނޑުމަތީ ރިފާއު އިށީނދެލިއެވެ. ފިނިވައިރޯޅި ތަކުން ހިތަށް ހަމަ ޖެހުން ލިބުނެވެ. ރިފާއު  ފަހަތަށް އަތް ގެންގޮސް ވެލި ގަނޑުމަތީ ވިއްދާލަމުން އުޑުމައްޗަށް ނަޒަރު ހިންގާލިއެވެ.

ތަންކޮޅެއް ދުރުން އޭނައަށް ފެނުނީ އައިސްކޯން ބޮމުން ރާޅުޖަހާ ފަށަށް ނިކުމެ ހީ ސަކަރާތް ޖަހަން ތިބި ދެ އަންހެން ކުދިންނެވެ. ރިފާއުގެ ހުރިހާ ސަމާލުކަމެއް އެދެކުދިންނަށް ހުއްޓާލެވުނެވެ. ކިތަންމެ ދުރުން ފެނުނަސް އޭނާއަށް އެ ހިތުގެ ޝެހެޒާދާއެއް ނޯޅޭނެއެވެ. އެއީ ހަމަ ޝާޔަންއެވެ. އެތަށް ދުވަހަކަށް ފަހު ފެނުމުން އިސާހިތަކު ދުވަހަކު ނުރިއްސާ ވަރަށް ރިފާއުގެ ހިތުގަ ރިއްސަމުން ދިޔައެވެ. މަޑުމަޑުން ލޮލަށް ކަރުނަ ޖަމާވިއިރުވެސް އެސްފިޔަ ޖަހާލަން ނޭނގި ބަލަހައްޓައިގެން އިނދެވުނެވެ.

” ރިފާއު އޭނަ އަށް ނުބަލަބަލަ..އަހަރެން މިހިރީނު..” ފަހަތުން މާޔާގެ އަޑު އިވުމުން ސިހިފަ ރިފާއުއަށް ބަލައިލެވުނެވެ. އެދެލޮލުގަ ވީ ކަރުނަތަށް މާޔާއަށް ސިއްރެއް ނުކުރެވުނެވެ. މާޔާގެ ކުރިމަތީ ފިޑިވެ ގޮތް ހުސްވާކަށް ރިފާއު ބޭނުމެއް ނޫނެވެ. މާޔާ މިތަނަށްވެސް ފާރަލައިގެން އައީހެވެ.

ރިފާއު އަނގައިން ނުބުނެ އިނީ މާޔާ އާ ޖަދަލު ކުރަން ބޭނުން ނުވާތީއެވެ. ހިތުގަ ކޮންމެސް ހިސާބެއްގާ މާޔާއާ މެދު ކުޑަ ހަމްދަރުދީއެއް ވާތީއެވެ.

” ރިފާއު ދެން ޝާޔަން މަތިން ހަނދާން ނައްތާލަބަލަ..ޕްލީޒް…އެއީ މިހާރު މީހެއްގެ ހައްގެއް..އޭނަ އެއުޅެނީ އާލިމްއާ ރައްޓެހިވެގެން..” މާޔާ ވިސްނައިދޭން ބޭނުންވާ ފަދަ ގޮތަކަށް ރިފާއުއަށް ބުނެލިއެވެ.

މާޔާގެ ޖުމްލަ ނިމެންދެން ރިފާއުއަށް ކެއްވީ ކިރިޔާއެވެ. އޭނާ ފުންމައިގެން ތެދުވެ މާޔާއާ ކުރިމަތި ލިއެވެ. އޭރު ރުޅިއައިސްގެން ގޮސް އޭނާގެ މޫނުގެ މަސްތަށްވެސް ތުރުތުރު އަޅައެވެ. އެއްވެސް މީހެއްގެ ދުލުން ޝާޔަންއަކީ އެހެން މީހެއްގެ ހައްގެކޭ ބުނާއަޑު އަހާކަށް ރިފާއު ބޭނުމެއްނޫނެވެ.އަދި އެއީ އޭނާއަށް އަޑު އަހަން ފަސޭހަ ޖުމްލައެއް ވެސް ނޫނެވެ.

” ހަބަރުދާރު މާޔާ އަލީ….ހަނދާންކުރާތި ..ތި ދުލުން ދެން ތިހެން ނުބުނާތި…ޝާޔަން އަކީ މަގޭ ހައްގެއް..އަހަރެން ލޯބިވަނީ ހަމައެކަނި އެ ޝާޔަން އިބުރާހިމް ދެކެ…އަހަރެން އަދި ޝާޔަންއާ އިންނާނަން..އެކަން ނުވެއްޖާ މަށަށް ރިފާއު އެކޭ ނުކިޔާނެ.. މި ރިފާއު އެއް ތިޔަ މާޔާ ދެކެ ދުވަހަކުވެސް ލޯތްބެއް ނުވާނެ..އެކަން ހަނދާން ކުރާތި..މީގެ ފަހުން މަގޭ ކުރިމައްޗަށް ނާރާތި.. އަހަރެން ތިޔަ ސޫރަ ދެކޭކަށްވެސް ބޭނުމެއް ނޫން..އަޑު އިވިއްޖެތަ..ތި ދެ ކަންފަތަށް އަޑު އިވިއްޖެތަ މި ދެއްކި ވާހަކަ ތަށް..މާޔާ އަލީ..” ރިފާއު ދެބުމަ ގޮށް ޖަހައިގެން ހުރެ ދައްކަން ބޭނުންވި ވާހަކަތަށް ދައްކާ ނިންމާލިއެވެ. އޭރު މާޔާ ހުރީ ބަސްހުއްޓިފަ ރިފާއުގެ މޫނަށް ބަލާށެވެ. ލޮލުގަ ގިނަވެފަވާ ކަރުނަ ތިކިތަށްވެސް ވަނީ ފައިބައިގަންނަން ނޭނގި ހުއްޓުމަކަށް އައިސްފައެވެ.

ކިޔުނު އެއްޗެއްސާ މެދު ހިތްހަމަ ޖެހި ހުރެ ރިފާއު ގެއަށް ދާން ހިނގައިގަތެވެ. މާޔާއަށް ވީ ގޮތެއް ކުރި އަސަރެއް ބަލާކަށް އޭނާ ބޭނުމެއްނޫނެވެ. ވަގުތު ތަކެއް ކުރިން އޭނާގެ ހިތުގަ މާޔާއާ މެދު އުފެދުނު ހަމްދަރުދީވެސް އެކީ އެކައްޗަކަށް ނެތި ހިނގައްޖެއެވެ. ރިފާއުގެ ލޮލުގަ ގިނަވެފަވާ ކަރުނަތަށް އޮހިރިގަތީ ގެއަށް ވަދެވުމުންނެވެ.

 

މުނީރާ ނަރުސް ޔުނީފޯމް ލައިގެން ނިކުތް އިރު ޝާޔަން އުޅެނީ ބަދިގެތެރޭގައި ރައުފާ އާ ދެކުދިން ލޮނުމިރުސްގަނޑެއް ތައްޔާރުކުރާށެވެ. އެވެރިން އުޅެނީ މިރޭ ގޭ ގޯތިތެރޭގައި މަސް ފިހާށެވެ.

މުނީރާ ބަދިގެއަށް ބޯ ދިއްކޮށްލާފަ ޝާޔަންއަށް ގޮވާލީ ރައުފާ ހުރުމުން އޭނާ ދައްކަން އައި ވާހަކަ ނުދެއްކޭނެތީއެވެ.

“ކިހިނެއްވީ މަންމާ..” ޝާޔަން އަތް ފޮހެމުން އައިސް މުނީރާ ގާތަށް ހުއްޓިލިއެވެ. ޝާޔަން މޫނު އުޖާލާވެފަ ހިތްހަމަ ޖެހިފަ ހުރިކަން ފާހަގަވެއެވެ.

” ދަރިފުޅާ…މަންމަ މިރޭ އޮތީ ނައިޓް ޑިއުޓީ…ރައުފާއަށް ރަނގަޅަށް ބަލައްޗޭ..މަންމައަށް މިރޭ ގޭގަ ނުހުރެވޭނެތީ މިބުނީ…ދަރިފުޅު ކައިރީގަ އެއްނު މިރޭ ރައު ނިދާނީ ދޯ..” މުނީރާ މަޑުމަޑުން ޝާޔަންއަށް ބުނެލިއެވެ.

ޝާޔަންއަށް ހިނިގަނޑު ހިފަހައްޓައިލައިގެން ކެއްވީ މުނީރާ ގެއިން ނިކުންނަން ދެނެވެ. އޭނާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. މަންމަ އުޅޭ ގޮތުން އޭނާއަށް މަޖާވިއެވެ. މުނީރާ އެހެން އެބުނީ ކީއްވެކަން ޝާޔަންއަށް ވިސްނުނެވެ. މަންމަ މާބޮޑަށް ކަންކަމާ ބޯ ގޮއްވަނީއެވެ. ރައުފާއަށް ފެނުން އިރު ޝާޔަން އެކަނި ހުރެ ހެނީއެވެ. އޭނާ ސުވާލު ކުރުމުން ޝާޔަންއަށް ތެދަށް ޖަވާބު ދޭން ނުކެރުނީ ރައުފާ ހީކޮށްދާނެ އެއްޗަކާމެދު ވިސްނިފައެވެ.

” އަދިވެސް ނުނިމޭތަ ރައު…އަލިފާން ގަނޑު ރޯކުރަން ހުރިހާ ކަމެއް ރެޑީ ކޮށްފަ މިއައީ..” ރިމާހް އައިސް ޒިންކް ކައިރީ ހުރި ރައުފާ ގައިގަ ފަހަތުން ކުޑަކޮށް ބައްދާލަމުން ބުނެލިއެވެ.

އެ މަންޒަރު ކިތަންމެ ރީއްޗަކަށްވެސް ޝާޔަންއަށް ފެނުނެވެ. ދޮންބެ ރައުފާއާގެން ލޯބިން އުޅޭވަރު ފެނުމުން ޝާޔަންއަށް ހުރެވުނީ އާލިމް މަތިން ހަނދާންވެ މަސް ފިހުމުގަ ބައިވެރިކުރަން އާލިމް ގެންނަން އިންތިހާއަށް ބޭނުންވެފައެވެ.

“ކޮބާތަ ޝާޔަންގެ ބޯއީފްރެންޑް…ދޮންބެއަށް ސިއްރު ކޮށްގެން ހެވިފަ ހުއްޓަސް ދޮންބެއަށް އެނގިއްޖޭ..މަމް ބުނި ޝާޔަން އުޅެނީ އާލިމް އާ ރައްޓެހިވެގެންނޭ..އުޅެބަލަ އާލިމް ގެންނަން…އޭރުންނެއްނު މަޖާވާނީ..” ޝާޔަން ބަލަން ހުރިކަން އެނގުމުން ރިމާހް ރައުފާއާ ދުރައްޖެހިލަމުން ވާހަކަ ދެއްކިއެވެ. ޝާޔަން އަށް ލަދުން އިސްޖަހާލެވުނެވެ. ދޮންބެއާ ކިތަންމެ ގާތް ކޮށް އުޅެވުނަސް މިކަހަލަ ވާހަކައެއް ދެއްކުމުން ޝާޔަން ރަކިވިއެވެ.

“ބަލާބަލަ ބްލަޝް ވާވަރު އެކުއްޖާ..” ހީ ގަންނަމުން ރައުފާ ބުނެލީ ޝާޔަންއަށް ވަމުން ދިޔަ ގޮތްތަށް ފެނުމުންނެވެ.

“ވަރަށް ބޭނުން ގެންނަން..އެކަމު މަންމަ ކައިރި ފަސްޓް އަހަން ޖެހޭނީ..” ޝާޔަން ބުނެލިއެވެ.

“އެކީއްވެ..އޯކޭވާނެ ނޭހިޔަސް..ދޮންބެ މިހިރީނު..”

“ނޫން ދޮންބޭ..އެނގެއެންނު މަންމަ ގެ ހިޔާލުތަށް އުޅެނީ ކޮން ހިސާބެއްގަކަން..” ޝާޔަން ހީލަމުން ބުނެލިއެވެ. ރިމާހް ހިނިގަނޑެއް ޖަހާލީ އޭނާގެ މަންމަގެ ވިސްނުމާ ފިކުރު ހުންނަނީ ކިހިނެއްކަން އެނގޭތީއެވެ.

ޝާޔަން ނުކެރިފަ ހުރެވެސް މުނީރާއަށް ގުޅާލީ އާލިމް ގެންނަން ހުއްދައަކަށް އެދޭށެވެ. މުނީރާ ފުދޭވަރަކަށް ކަންބޮޑުވިޔަސް ހިތާ ދެކޮޅަށް ވެސް އެއްބަސް ވެފަ ބުނީ ލަސްނުވަނީސް މަސްފިހުން ނިންމާފަ ނިދަން އުޅެން ވާނެ ކަމަށެވެ.

އެންމެން އެކީ ގޭގެ ބިއްދޮށުގަ އަލިފާންގަނޑެއް ޖަހައިގެން މަސް ފިހެގެން ދެންވެސް ތައްޔާރު ކުރިއެއްޗެއްސާ އެކީ ހަތަރު ޒުވާނުން ވެގެން މަޖާ ވާހަކަތަކެއްގާ ތިބެ ކައި ނިންމާލިއެވެ. ހުސް ނުވެ ހުރި އެއްޗެހި ޝާޔަން ގެންގޮސް ބަދިގެއަށް ލާފައި އައިއިރު އަނެއްކާވެސް ހުރީ ބޮޑު އަލިފާން ގަނޑެއް ޖަހާފައެވެ.  އެތާ ހުރެގެން ރައުފާ ޖަހާ ސަކަރާތް ރިމާހް ހުރީ ފޯނަށް ވީޑިއޯ ކުރާށެވެ.

” އަޅޭ އަލިފާނުގެ އަލި މިތަނަށް އެޅި ފަ ހުންނަ އިރު ހާދަ ރީއްޗޭ ދޯ…ކިހާ ރީތި ރެއެއް މީ..” ރައުފާ ފޯނާ ކުޅެން އިނދެ ބުނެލިއެވެ. އޭނާ ބްލޫޓޫތް ސްޕީކަރ ފޯނާ ކަނެކްޓް ކޮށްލާފަ ސައުންޑްކްލައުޑުން ލޯބީގެ ރީތި ލަވައެއް ޖަހާލިއެވެ. މުޅި މާހައުލުގަ އެ މަޑުމައިތިރި ރީތި ލަވަ ގުގުމާލާފަ ވީއިރު ތަނަށް ވެރިވެފަވަނީ އިޝްގީ ކަމެވެ.

“މިކަހަލަ ރީތި ލަވައާ ނުލާ ކިހިނެއް މިކަހަލަ ރޭރޭ ފުރިހަމަވަނީ..” ރައުފާ ،ރިމާހްއަށް ބުނެލިއެވެ. ރިމާހް ވީޑިއޯ ކުރަނީކަން އެނގުމުން ރައުފާ ތެދުވެގެން ދުއްވައިގަތީ ފޯނު އަތުލާށެވެ. ރިމާހް ދުވެފަ ގޮސް ގޭތެރެއަށް ވަނުމުން ރައުފާ އޭނާގެ ފަހަތުން ހެމުން ހެމުން ދިޔައެވެ.

ބޭރުގަ ތިބި ޝާޔަންއަށާ އާލިމްއަށް ގޭތެރެއިން ރިމާހްއާ ރައުފާގެ ސަކަރާތުގެ އަޑުތަށް އިވުނެވެ. “ހަހަ..މަޖާ ބައެއް ދޯ..ވަރަށް ފައްކާ ކުއްޖެއް ރައުއަކީ..ވަރަށް މަޖާ..އަވަހަށް ދޮންބެމެން  ދެން މެރީ ކުރާނަމައޭ ހިތަށް އަރާ..” ޝާޔަން ކުނާ މަތީގަ އޮށޯވެލަމުން ބުނެލިއެވެ. އޭނާ އުޑުމައްޗަށް ނަޒަރު ހިންގާލިއެވެ. އާލިމް އިރުކޮޅަކު ޝާޔަންއަށް ބަލަންއިނދެފަ ގާތުގަ އޮށޯވެލިއެވެ. ދެން އޭނާ ކުނާމަތީ އޮތް ޝާޔަންގެ އަތްތިލައިގަ ހިފާލިއެވެ.

ދެމީހުން ކުރެ އެކަކުވެސް އިތުރަށް ވާހަކަ ނުދައްކާ އަތުގަ ހިފާލައިގެން އެތިބިގޮތަށް އުޑުމައްޗަށް ބަލަން ތިބީއެވެ.

 

އާލިމް އެއްއަތް މައްޗަށް އޮށޯވެލަމުން ޝާޔަންގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އޭރު ޝާޔަން އޮތީ ލޯ މަރާލައިގެންނެވެ. އަލިފާނުގެ އޮރެންޖް އަލީގައި ޝާޔަންގެ ދޮން ހަން ގަނޑު ވިދަމުން ދިޔައިރު އެއީ ބަލާ ފޫހިނުވާނެ މަންޒަރެކެވެ. އެ ހިމޭން މާހައުލުން އޭރު އިވެމުން ދިޔައީ ރައުފާ ޕްލޭ ކޮށްފަ ދިޔަ ރީތި ލަވައެވެ.

“ތުނި ތުނި ފަތިހަށެ،ހެދި ހުރި އިސްކޮޅު ލިބި ހުރި ހޫރު ޕަރީއޭ

ފިނިފެން ޖަންބެކެ،ނިޔަނެތި މޫނެކެ،ރިވެތި ޗާލު މަލާއޭ

ފެނިފާ އާގަމަ ވެވެނީ އޭހަމަ ކުޅަދުންވަންތަ ކަމާއޭ

ފެނެޔޭ ކުޅުތިކި ދާއިރު ވަކިވަކި އަލިގަދަ ހުޅެވި ހަނދާއޭ

ތިޔައޭ އެދޭ އަރާމަކީ، ހޯދަން އުޅޭ ނަސީބަކީ

ޔާރާގެ މަސްތީ ނަޒަރު ފެންނަ އިހްސާސް ވީމާ

ހާދަހާ ލޯބިވޭ…………..ހާދަހާ ލޯބިވޭ……………”

އާލިމްއަށް ހިނިތުންވެވުނީ ބޭއިހްތިޔާރުގައެވެ. އޭނާ ޝާޔަންއަށް އިހްސާސް ވެސް ކޮށްނުލެވޭނެހެން އެރީތި މަންޒަރު ފޯނުގަ ރައްކާކުރިއެވެ.

“ދުވަހަކުވެސް އަހަންނާ ވަކިނުވައްޗޭ…އައި ޖަސްޓް ކާންޓް އިމޭޖިން ނޮޓް ހެވިންގ ޔޫ އިން މައި ލައިފް” އެޖުމްލަތަށް ވީ އާލިމްގެ ހިތުގައެވެ. ޝާޔަންގެ ރީތި މޫނަށް ބަލަން އޮއްވާ އާލިމްގެ ދެލޮލަށް ކަރުނަތަށް ޖަމާވެއްޖެއެވެ. އޭނަ ދުވަހަކުވެސް ޝާޔަންއާ ވަކި ވާކަށް ބޭނުމެއް ނޫނެވެ. އޭނާ ސިއްރު ކުރަމުންދާ ކަންތަށް ޝާޔަން އަށް އެނގޭ ދުވަހަކުން ވާނީ ކިހިނެއްބާއެވެ. ނަމަވެސް އެއީ ނުފޮރުވޭނެ ހަގީގަތެއްކަން އަބަދުވެސް އޭނާއަށް އެނގެއެވެ. އެ ސިއްރު ކޮންމެސް ދުވަހަކުން ޝާޔަންއާ ދެފަރާތުގެ އާއިލާއަށް އެނގިގެން ދާނެކަމީ ޔަގީން ކަމެވެ. އާލިމް ގެ ލޮލުން އައި ކަރުނަތިކި ވެއްޓުމުގެ ކުރިން އޭނާ ފޮހެލި އިރު ހިތަށް އަރަމުން ދިޔަ ހިޔާލް ތަކުން ހިތަށް ތަދު ވަމުން ދިޔައެވެ. އޭރުވެސް ޝާޔަންއޮތީ ލޯމަރާލައިގެންނެވެ. އާލިމް ގުދު ވެލާފައި ޝާޔަންގެ މަޑު ކޯތާފަތުގަ ބޮސްދިނެވެ. އާލިމް ގެ ނޭވާ ތަކުގެ އިހްސާސް ވެގެން ޝާޔަން ލޯހުޅުވާލިއިރު އޭނާ އޮތީ ޝާޔަންގެ މޫނަށް ގުދު ވެލައިގެން ނޭވާގެ އިހްސާސް ވާހާ ގާތުގައެވެ. ސީދާ ޝާޔަންގެ ނަޒަރު ގޮސް ހުއްޓުނީ އާލިމް ގެ ކަޅު ކުލަ ގަދަ ލޮލަށެވެ. އެ ފުން ދެލޮލުން ހިތާމަތަކެއް ފޮރުވަން އުޅޭކަމެއް ޝާޔަންއަކަށް ރޭކައެއް ނުލައެވެ. ހަތަރުކަޅި ހަމަކޮށްލައިގެން އެހެން ތިއްބާ ސިހުނީ ރިމާހް މެންގެ އަޑު އިވުމުންނެވެ. އާލިމް ތެޅިގެންފައި ޝާޔަން އާ ދުރަށް ޖެހުނެވެ.

“ވާވް…ވައު..ހާދަ ރޮމޭންޓިކް ވަގުތެއްގައޭ މި އާދެވުނީ..” ރައުފާމެން ދިމާކުރަން ފެށުމުން ޝާޔަން ލަދުން މޯޅި ނުވީ ކިރިޔާއެވެ.

 

އެނދުގަ ބަންޑުން އޮށޯވެލައިގެން އޮތް ރިފާއުގެ ހިޔާލްތަށް ގުޅި ފާވަނީ ޝާޔަންއާއެވެ. ހަވީރު ޝާޔަންގެ ފެނިލުމުން އޭނަގެ ހިތަށް އިތުރަށް ތަދުވަމުން ދިޔައެވެ. ދުރަށް ދާން މަސައްކަތް ކުރާ ވަރަކަށް އެރީތި އަންހެން ކުއްޖާގެ ހަނދާންތަށް ހިތުގަ ވަކި ހިފާލެއް ގަދައެވެ. އެނަން ދުވަހަކުވެސް އެ ހިތުން ފޮހެނުލެވޭނެކަން ގައިމެވެ. މަރުވެދިޔަސް އެ ލޯތްބެއް އޭނާގެ ހިތުން ފޮހެނުލެވޭނެއެވެ.

ފޯން ރިންގް ވާން ފެށުމުން ކަންނެތް ގޮތަކަށް ރިފާއު ތެދުވެލިއެވެ. މޫނު ކުނި ކޮށްލަމުން ބަލައިލިއިރު ގުޅަނީ އެކުވެރި އަޝްރަފްއެވެ. މިރޭ ވެސް މަހަށް ދާން ވީ ހެއްޔެވެ. ނުދެވޭނެއެވެ. ފޯނެއް ނުވެސް ނަގާނަމެވެ. ފޯން ބިޒީ ކޮށްލާފަ ރިފާއު އަނެއްކާވެސް އޮށޯވެއްޖެއެވެ. ފުލުފުލުގަ ތިން ފަހަރު ގުޅުމުން ރުޅި އައިސްގެން ފޯން ނެގީ އެއްޗެހި ކިޔައިގަންނާށެވެ. ” ހަލޯ ރިފާއު..” އަޝްރަފްގެ އަޑުގަވީ ހާސްކަން އެނގުމުން ނުބައި ގޮތަކަށް ރިފާއުގެ ހިތް ތެޅިގަތެވެ.

“ކިހިނެއްވީ؟” އަވަސް އަވަހަށް ރިފާއުއަށް އަހާލެވުނެވެ.

” ކޮންތާކު ތިހުރީ..”

“ގޭގަ..ކިހިނެއްވީތަ..” ރިފާއުއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ. ރިފާއުއަށް ފުންމައިގެން އެނދުން ތެދުވެވުނީ އަޝްރަފް ބުނި ޖުމްލަތަށް އަޑު އިވިފައެވެ. ފޯނު ވެސް އަތުން ދޫވެގެން ނުވެއްޓުނީ ކިރިޔާއެވެ. އޭނާގެ މުޅި ވުޖޫދް އެ ބިރުވެރި ހަބަރާއެކު އެނބުރިގެންހެން ހީވިއެވެ. ތީ ދޮގެކޭ ބުނާށޭ ބުނަން ބޭނުންވިޔަސް ރިފާއުގެ ދޫ ހަރަކާތެއް ނުކުރިއެވެ.

“މިގަޑީ ރިފާއު ބޭރަށް ނިކުތުން ރަނގަޅެއް ނޫން..އިހަށް ގޭގަ މަޑުކުރޭ..އަހަރެން އަދި ގުޅާނަން..” އަވަސް އަރުވާލާފައި އަޝްރަފް ބުނަމުން ދިޔަ ޖުމްލަތަށް ނުނިމެނީސް ރިފާއު ފޯން ކަނޑާލައިފިއެވެ. އޭރު މުޅި މީހާ ތުރުތުރު އަޅަމުން ދިޔައެވެ. ބިރުވެރިގޮތަކަށް ހިތްތެޅެމުން ދިޔައިރު މުޅި މީހާ ދާ ހިއްލާ ފޯވެއްޖެއެވެ. އިސާހިތަކު ލޮލުގަ ގިނަވީ ކަރުނަތަށް އިތުރަށް ނުހިފޭއްޓިގެން ފައިބައި ގަނެއްޖެއެވެ.

( ނުނިމޭ )

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Loolu

Level 110 Stories100 Comments

Other Articles

Previous

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 9 ވަނަ ބައި )

Next

އެެދުނީމޭ ލޯތްބާއި އުފާ 8

Next
August 19, 2016

އެެދުނީމޭ ލޯތްބާއި އުފާ 8

Previews
August 18, 2016

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 9 ވަނަ ބައި )

25 Comments!

  1. reesham says:
    August 19, 2016 at 7:10 pm

    hi all readers..here is the 10 th part..kiyaalaafa comment eh kohlaachey kudhinneyy..n mi part reesham genes dhin hurihaa part thakah vurevx dhiguvaane..kamudhaane kamah ummeedhu kuran mi part vx

  2. love love says:
    August 19, 2016 at 7:20 pm

    Varah reethi….and me first….yay

  3. ?butterfly says:
    August 19, 2016 at 7:22 pm

    V nice

  4. muniyaa says:
    August 19, 2016 at 7:27 pm

    V salhi.next part kon iraku

  5. jiji says:
    August 19, 2016 at 7:27 pm

    What’s wrong?? I think maayaa has suicide.?? Curiously Waiting for next part…

  6. reesham says:
    August 19, 2016 at 7:32 pm

    thanks kudhinneyyy….love u so much…next part tmrw night

  7. Shara says:
    August 19, 2016 at 7:33 pm

    V reethi mi part,, vx hey I, m first dhw,,, v hiyy thelhey hamayakun mi nimuny,, next prt avahah up kohdhey thi

  8. Reem says:
    August 19, 2016 at 7:37 pm

    Reethi!

  9. reesham says:
    August 19, 2016 at 7:38 pm

    thanks shara..ekm mirey first akyy love love… dhn evarah hiyy thelhuna nudhy..tmrw night egeyne evy gotheh

  10. mash says:
    August 19, 2016 at 7:38 pm

    Wow very interesting waiting for the next part avahah up kndhehchey?

  11. lam says:
    August 19, 2016 at 7:41 pm

    Vrh vrh rythi mi part vx…
    Dhera gotheh nuhadhahcheyh aalim ah konmx…. avahah nxt part up kohdhehcheyh….

  12. Ssss says:
    August 19, 2016 at 7:46 pm

    Varah obi

  13. Haly says:
    August 19, 2016 at 7:47 pm

    Next part koniraku

  14. reesham says:
    August 19, 2016 at 7:50 pm

    thankss everyone….im v happy to see ur commentss..nxt part tmrw night insha allah

  15. sabeeha says:
    August 19, 2016 at 8:04 pm

    vv nice..??

  16. meesha says:
    August 19, 2016 at 8:07 pm

    E vee kihinetha???? Omg…. Im so curious…. Ree mihaa hithalhuvaalaafa nimmaa nulaabala… Its amazing

  17. reesham says:
    August 19, 2016 at 8:08 pm

    hehe..thanks sabeeha and meesha..hiyy thalhuvaalyma ehnu majaavaanyy

  18. Nern.. says:
    August 19, 2016 at 9:47 pm

    Anehkka maayaa maruveetha ?

  19. SanaSaeedh says:
    August 19, 2016 at 9:50 pm

    Vvvv reethi hama kehmadhuvefa , enme faahaga kohleveny reesham ge hunna gadiyah faruvaatherive bunaa dhuvahehga daily koh update kohdheythy . thanks reesham
    And kurypart ga egothah nubehey kamakaa behevunythy vvvv sorry

  20. Lahu says:
    August 19, 2016 at 9:53 pm

    Nice ?

  21. reesham says:
    August 19, 2016 at 10:30 pm

    Wow…thanku so mchh sanasaeedh..
    Its ok girl…aslu reesham login nuve comment kuryma sana ahvx olheynu dhww..thanku so mchh

  22. mari says:
    August 19, 2016 at 11:25 pm

    Vvvv reethi

  23. Vishaaa says:
    August 20, 2016 at 12:08 am

    Nice…keeet up….vara kiyaaahithun indha nimunre…waiting for next part?

  24. Shiyaa says:
    August 20, 2016 at 12:35 am

    Kiyaahithun kahmadhuveyfa?

  25. butterfly says:
    August 20, 2016 at 9:16 am

    Amazing story

Comments are closed.

Next Episodeތެދުވެރި ހިތަކުން ލޯބިވީމެވެ. ( 11 ވަނަ ބައި )←


All Right Reserved!