Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

މަންޝާ (އަށުތިރީސްވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
August 18, 2016 9 Mins Read
31 Comments

ނިތްކުރިމަތިން އޮއްދާ ހިއްލަމުން ދިޔައެވެ. ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. ބާރަށް ނުރޯން ދެތުންފަތް ފިއްތާލަމުން ތިރީތުންފަތުގައި ދަތްއަޅާލެވުނެވެ.

އިރުކޮޅެއް ފަހުން ބަންގި ގޮވާ ނިމިއްޖެއެވެ. މަންޝާއަށް ވަމުންދިޔަ އުނދަގޫތަކުން ނަޖާ ވިއެވެ. ވަރުބަލިކަމެއް އިހްސާސް ވުމުން އެގަސް ކައިރިން ދުރަށްޖެހި މަންޝާ ހިނގައިގަތީ ގެއަށް ދިއުމަށެވެ. ކުރިއަށް އެޅި ފިޔަވަޅަށް ހުއްޓުމެއް އައީ ފަހަތުން މީހަކު ގޮވާލި އަޑު ކަންފަތުގައި ޖެހުމުންނެވެ. “މަންޝާ… މިތާ ކީއްކުރަނީ؟…”

ހިން ދިރުވާލަމުން މަންޝާ ދޭނެ ޖަވާބަކާ ދޭތެރޭ ވިސްނާލިއެވެ. އެ އިވުނީ ހަސަންބެގެ އަޑުކަން މަންޝާއަށް އެނގުނެވެ. މިއޮއްފަދަ ގަޑީގައި އަތިރި މަގުން ހަސަންބެ ދާނީ ވަކި ކޮންތާކަށް ހެއްޔެވެ. ހަސަންބެގެ ގެ ހުންނަނީވެސް އަނެއް އަވަށުގައެވެ. މީހަކަށް ނުފެނި ގެއަށް ދާން މަންޝާ މަސައްކަތް ކުރި ނަމަވެސް ހަސަންބެއަށް އެވަގުތު ފެނުމުން ވީ ފޫއްސެއްވެސް ބަޔާންކޮށްދޭކަށް މަންޝާއަކަށް ނޭނގުނެވެ. މަންޝާ ތުންގަނޑު އޫކޮށްލަމުން ފަހަތަށް އެނބުރި ބަލާލީ ހަސަންބެއާ ވާހަކަ ދައްކާށެވެ.

މަންޝާއަށް ހައިރާންކަމެއް ލިބުނީ އެއްވެސް މީހަކު ފެންނަން ނެތުމުންނެވެ. ހަސަންބެގެ އަޑު އިވުނުކަން މަންޝާއަށް ޔަގީނެވެ. ހަސަންބެއަށް ގޮވާލަން އަނގަ ހުޅުވާލި ވަގުތު މަންޝާގެ އަނގަމަތި މީހެއްގެ އަތުން ނިވާކޮށްލިއެވެ. މަންޝާގެ ފަހަތުން މީހަކު އައިސް މަންޝާގެ އުނަގަނޑު ވަށާ ހިފަހައްޓާލީ  މަންޝާއަށް ސަލާމަތް ނުވެވޭނެހާ ބާރުކޮށެވެ. ސަލާމަތްވާން މަންޝާ ތެޅިގަތެވެ. އަނގަމަތި ނިވާކޮށްފައިވާ އަތުގައި ހިފާ ދުރަށް ޖެއްސޭތޯ މަންޝާ ވަރަށް މަސައްކަތް ކުރިއެވެ. ހަޅޭއްލަވަންވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އެމީހަކު ވަރަށްވެސް ބާރުގަދައެވެ. ދެއަތުން އެމީހާގެ ގައިގާ ތަޅަމުން ދިޔައިރު މަންޝާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައީ އެމީހާގެ އަތް ތެތްމަމުންނެވެ.

ހާސްވެގެން ތެޅި ތެޅި މަންޝާ ހުރިއިރު އޭނާގެ ހިތުގައި އެތައް ސުވާލެއް ފުނިޖެހިފައިވިއެވެ. އެމީހަކު މަންޝާ ގޮވައިގެން ބިމުން މައްޗަށް އަރަން ފެށުމުން މަންޝާއަށް އިތުރު ހައިރާންކަމެއް ލިބުނެވެ. އެއީ ޒިބާން ބާވައޭ މަންޝާގެ ހިތް ބުނެލިއެވެ. ޒިބާން ކަމަށްވާނަމަ އެހެން ހަދާކަށް ނުޖެހޭނެއެވެ. ގަދަކަމުން މަންޝާ ތަނަކަށް ގެންދަން ޒިބާނަކަށް ނުޖެހޭނެއެވެ.

މަންޝާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. އަނެއްކާ ޒިބާންގެ ކޮއްކޮ ނޫނީ ޒިބާންގެ ބައްޕަ ބާވައޭ ހިތަށް އެރިއެވެ. ނޫނީ މީ ޒިބާންދެކެ ރުޅިއަންނަ މީހަކަށްވެސް ވެދާނެއޭ ހިތަށްއެރިއެވެ. މި ލައްވާލަނީ ކިހާވަރެއްގެ މުސީބާތެއްބާއޭ މަންޝާގެ ސިކުނޑީގެ ކަނަކުން ސިގްނަލް ދެމުން ދިޔައެވެ.

މަންޝާ އަދިވެސް ދިޔައީ ގަދަ ހަދަމުންނެވެ. ވައި ގަދަވެއްޖެ ކަމުގެ އިހްސާސް މަންޝާއަށް ކުރަމުން ދިޔައެވެ. ބިރުން ހިތް ވިރެމުންދިޔައެވެ. ދެލޯ މަރާ ފިއްތާލެވުނީ ދުންގަނޑަކުން އެހިސާބުގެ ވައި ކިލަނބުވެ ލޮލަށް އެއްޗެއް ނުފެންނަ ވަރަށް ފުސްވުމުންނެވެ. ދެލޯ ފިއްތާލައިގެން ހުރުމަށްފަހު ލޯ ހުޅުވާލިއިރު ގަދަ ވިދުވަރެއް ލޯމައްޗަށް ފާޅުވިއެވެ. ވިދުވަރުގެ އަލިގަދަކަމުން މަންޝާގެ ލޮލަށް އެއްޗެއް ނުފެނި އިރުކޮޅެއް ވިއެވެ. ލޮލުގެ ފެނުން ދިޔަ ކަހަލައެވެ. ދެލޯ މަރާ ބާރުކޮށްލައިގެން ހުރެ މިކަމުން ސަލާމަތްވުމަށް ހިތުގެ އަޑިން ގޮވަމުން ދިޔައެވެ. ޒިބާން އަންނާނެ ނަމައޭ ހިތަށް އެރި އަދަދުވެސް ބުނެދޭކަށް ނޭނގެއެވެ. ކުއްލިއަކަށް ބިމުގައި ފައިޖެހުނުކަމުގެ އިހްސާސް މަންޝާއަށް ކުރެވުމުން ތަގުޅިކޮށްފައިވާ ދެލޯ ހުޅުވާލީ ތަނެއް ފެންނާނެ ކަމުގެ އުންމީދުގައެވެ.

މަންޝާއަށް ހުރެވުނީ އޭނާގެ ކޮޓަރީގައެވެ. އެވެސް އޭނާ އެކަންޏެވެ. ވަށައިގެން މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގާލެވުނީ އެތާ އިތުރު މީހަކު ހުރިތޯ ޔަގީން ކުރާށެވެ. އެހިސާބުން މަންޝާގެ ނަޒަރު ހުއްޓުނީ ކޮޓަރީގެ ހުޅުވިފައިވާ ކުޑަދޮރާ ދިމާއަށެވެ. ކުޑަދޮރު ކައިރިއަށް ދުވެފައިގޮސް މަންޝާ ބޭރު ބަލާލިއެވެ. ޖެހިގެން ހުރި ގޭގެ ބިޔަ ބަނބުކެޔޮ ގަހުގެ މަތިން ދުރަށް އޮއްސެމުން ދިޔަ ނޫކުލައިގެ އަލިގުޅައެއްގެ ވިދުން ފެނުމުން އެއީ ޒިބާން ނޫންކަން މަންޝާއަށް އެނގުނެވެ.

ދޮރުގައި މީހަކު ޓަކި ޖަހާލިއަޑަށް މަންޝާ ސިހުނެވެ. “މަޑުކޮށްލާ.. މިހުޅުވަނީ…”

ލައިގެން ހުރި ހެދުން ބޭލުމަށްފަހު އަލަމާރިތެރެއަށް ލިއެވެ. އަދި ދަތުރު މައްޗަށް ލާން ނަގާފައިވާ މައްޗާއި ޖިންސު ނަގާ މަހާލިއެވެ. އިސްތަށިގަނޑު އެއްކޮށްލާ ހުޅިޖަހަމުން މަންޝާ ގޮސް ދޮރު ހުޅުވާލިއެވެ.

ދޮރުމަތީ ހުރީ އަފްނާނެވެ. އޭނާ ފެނުމުން އެތެއަށް ވަންނަން މަންޝާ އެދުނެވެ. އަފްނާނު ވަނީ ކޮރެއް ޖަހަމުންނެވެ. އެކޮޓަރީގެ އެނދުގައި އިށީންނަމުން ކޮޓަރި ތެރެއަށް އަފްނާނު ބަލާލިއެވެ. އަފްނާން ގައިގައި ރިއްސާތޯ އަހާލަން މަންޝާ ބޭނުންވިއެވެ. “އަފޫ މިހާރު ގައިގަ ރިއްސާތަ؟… ކޮބާ މަންމަ؟…”

“އާން ކުޑަކޮށް ރިއްސާ… ބޭސްކައިގެން މީނީ…. މަންމަ ދެންމެ ކޮޓަރިއަށް އައި…އެހި ހެދުންތައް ޕެކް ކޮށްފިންހޯ.. ޕެކް ކޮށްފަ ހުރީމަ ދެން ހިނގައްޖެ… އިތުރުވާހަކައެއް ނުދައްކާ…” އަތުގެ އިނގިލިތަކާ ކުޅެމުން އަފްނާން ވާހަކަދެއްކި އިރު އޭނާ ހުރީ ކަމަކާ ހާސްވެފައިކަން މަންޝާއަށް އެނގުނެވެ.

“އަފޫ ކިހިނެއްވީ؟… ކޮން ކަމަކާ ހާސްވެފަ… މަންމަ ހަމައަކަށް އެޅެން ޓައިމް ނަގާނެ.. ދެން އަފޫ އެކަހަލަ ގޯސް ކަމެއް ނުކުރައްޗޭ… އަފޫގެ މަންމަ އެހެރީ ވަރަށް ދެރަވެފަ…. އަފޫވެސް އެކަމާ ނުވިސްނާތި…” އަފްނާންގެ ގާތުގައި އިށީނދެގެން އިނދެ މަންޝާ ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ. އެވަގުތު މަންޝާގެ މޫނަށް އަފްނާން ބަލާލިއެވެ. އޭނާގެ މޫނުމަތިން އެތައް ކަމެއް ފާހަގަ ވަމުން ދިޔައެވެ.

“ކޮންކަމަކާ އަފޫ ތިވިސްނަނީ؟… ދޮނާއަށް ކިޔައިދީ… އަފޫގެ ކޮންމެ ވާހަކައެއް ސިއްރުކޮށްދޭނަން…” ދައްކަން ބޭނުންވެގެން އުޅޭ ވާހަކައެއް އަފްނާނަށް ނުބުނެވިގެން އުޅޭކަހަލަ އިހްސާސެއް މަންޝާއަށް ކުރިއެވެ. އަފްނާނަކަށް ކެތެއް ނުކުރެވުނެވެ. ބަޑި ފަޅައިގެން ދިޔައީ އެވަގުތެވެ. ދެއަތުން އަފްނާނުގެ މޫނު ފޮރުވާލުމަށްފަހު ރޯން ފެށިއެވެ. މީހަކު އައިސް ދާނެތީ މަންޝާގޮސް އެ ކޮޓަރީގެ ދޮރު ތަޅުލިއެވެ. އެނބުރި އައިސް އަފްނާނު ކުރިމައްޗަށް ހުއްޓުނެވެ.

“ދޮނާ… ބައްޕަ ވަރަށް ގިނައިން އެބަ ގުޅާ.. އަހަރެންނަކަށް ނުކެރޭނެ ފޯނު ނަގާކަށް… އެކަމަކު.. އަފޫއަށް ވަރަށް އުނދަގޫވޭ… ފޯނަށް ޖަވާބު ދީފިއްޔާ މަންމަ ރުޅިއަންނާނެ… އަފޫ ބޭނުން އެންމެ ފަހު ފަހަރަށް ނަމަވެސް ބައްޕައާ ވާހަކަ ދައްކަން… ބައްޕަ ކައިރީ ސޮރީއޭވެސް ބުނަން ބޭނުން… މިކަމެއް ހިނގީކީ ހަމައެކަނި ބައްޕައާ ހެދިއެއްނޫން… އަފޫވެސް މިކަމުގަ ބައްޕައެކޭ އެއްވަރަށް ބައިވެރިވިން… މަންމަ ރުޅި އަންނާނެ.. އަފޫއަކަށް ނުކެރޭނެ ޓޯކް ކުރާކަށް…” ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން އަފްނާން ވާހަކަދައްކަމުން ދިޔައިރު މަންޝާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ދޮނާއަކަށް ނޭނގޭ ތިކަމަށް ބުނާނެ އެއްޗެއް… އަފޫއަށް ބައްޕައާ ވާހަކަ ދައްކަން ނުކެރެންޏާ ފޯނުން މެސެޖެއް ކޮށްލަންވީނުން….” މަންޝާ އޭނާއަށް ހީވާ އެންމެ ރަނގަޅުގޮތް ހާމަކުރިއެވެ.

“މެސެޖްކޮށްފިން… ބަޓް ބައްޕައަށް މެސެޖް ކިޔަން އިނގޭނެތަ؟… އަފޫ މެސެޖް ކުރިފަހުން ބައްޕައެއް ނުގުޅާ…” އަފޫ ދެލޯ ބޮޑުކޮށްލަމުން ވާހަކަދެއްކިއެވެ.

“ބައްޕައަށް މެސެޖް ކިޔަން އިނގޭނެހެން ހީވަނީ… އަފޫ މެސެޖް ލިބިގެން އެ ކިއީމަ ދޯ ބައްޕަ ނުގުޅާވެސް އެހުރީ…” މަންޝާ ދިންޖަވާބުން އަފްނާނުގެ ހިތުގައި އިތުރު ރިހުމެއް އުފެދުނެވެ. މަދީހާގެ އަޑު އިވުމުން އަފްނާން އެނދުމަތިން ތެދުވިއެވެ. މަންޝާ އަވަހަށް ކޮޓަރި ދޮރު ހުޅުވާލިއެވެ.

“މިރޭ އެގާރަ ޖަހާއިރު ފުރަނީ…. ކޮން އިރަކުން ކާނީ… ހުންނާނެ ވަރަށް މީރުކޮށް ކައްކާފަ…. އަވަހަށް ކައި ނިމުނީމަދޯ ތެލިތައް ނަގާފަ ބަދިގެ ސާފުކޮށްލެވޭނީވެސް….” މަދީހާ ވާހަކަ ދައްކަމުން މަންޝާ ކޮޓާރި ތެރެއަށް ބޯ ދިއްކޮށްލިއެވެ. އޭރު ކޮޓަރިތެރޭ ކޮޅަށް ހުރި އަފްނާން ފެނުމުން މަދީހާ ހީލިއެވެ. “ދަބަހަށް އެއްޗިސް އެޅީތަ؟… މިގެ ތަޅުލާފަ މަޖުދީއާ ހަވާލުކޮށްފަ ދާން މި ވިސްނަނީ….” މިހެން ބުނެ މަދީހާ ފެންޑާތެރެއަށް ހިނގައިގަތެވެ. “ދެން އަވަހަށް އާދޭ ކާން…”

“އަފޫ… ހިނގާ ކާން ދާން” މަދީހާ ދިއުމުން ކޮޓަރި ދޮރު ކައިރިކޮށްލަމުން މަންޝާ އެދުނެވެ. ނޫނެކޭ ބުނަމުން އަފްނާނު ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ. އަފްނާން ދިއުމުން މަންޝާ އެކަނިވިއެވެ. އެވަގުތު އަނެއްކާވެސް ހަނދާނަށް އައީ މަންޝާ ގެއަށް ގެނެސް ދިން ގޮތް ނޭނގޭ މަޚްލޫގަކީ ކޮބައިތޯ ބަލާށެވެ. އެއީ ކާކުކަން އޮޅުން ފިލުވަން މަންޝާ ވަނީ ކެތްމަދުވެފައެވެ.

*** *** *** *** *** ***

ރައްޓެހިންނާ އެކީ ހީ ސަމާސާކޮށް ދޮންމަނިކުގެ މީރު ކެއުމަށް އިންސާފްކުރަން އިން ރިޔާޒްގެ ފޯނު ވައިބްރޭޓް ވުމުން ބަލާލިއެވެ. ރިޔާޒްގެ ފޯނަށް އެ ގުޅަނީ މީރާއެވެ. މީރާ ލަސްވެގެން ގޭގަ ހުންނަން ފޫހިވެގެން ގުޅަނީކަން ރިޔާޒަށް އެނގުނެވެ. އޮފީހުގެ އެކުވެރިން ދައްކަމުންދިޔަ މަޖާ ވާހަކަތަކަށް ހިނިގަނޑެއް ޖަހާލަމުން ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. “ކިހިނެއްވީ؟… މިދަނީއޭ…”

ރިޔާޒަށް އެކޮޅުން ޖަވާބުދިނީ ޟިރާރެވެ. އޭނާގެ ބައްޕައެވެ. ކުއްލިއަކަށް ހޮސްޕިޓަލަށް އަންނަން އެދުމުން ރިޔާޒްގެ ބޮލުގައި ރިއްސާލިއެވެ. ކިހިނެއްވީތޯ ސުވާލުކުރުމުން މީރާ ހޮސްޕިޓަލަށް ގެންދިޔަ ވާހަކަ ޟިރާރު ބުނެ ފޯނު ކަނޑާލިއެވެ.

ރިޔާޒް ތެދުވެ ޖީބުން ވޮލެޓުނަގާ މުނާޒް އަތަށް ދެހާސް ރުފިޔާ ހަވާލުކުރުމަށްފަހު ބިލް ދައްކާލަ ދިނުމަށް އެދެމުން އޭނާ އެތަނުން ނުކުންނަން ހިނގައިގަތެވެ. ކާމޭޒުވަށާ ތިބި އެންމެންގެ ލޯތައް އޭރު އަމާޒްވެފައިވަނީ ރިޔާޒާ ދިމާއަށެވެ. މަޖާކޮށް ސަކަރާތް ޖަހަމުންދިޔަ އެންމެންގެ އަޑު ކެނޑި މުޅިތަނަށް ހަމަހިމޭންކަން ވެރިވެއްޖެއެވެ. ރިޔާޒްގެ އަތުގައި މުނާޒް ހިފާލީ ވީ ގޮތެއް އޮޅުން ފިލުވާށެވެ. އެވަގުތު މުނާޒާ ދިމާއަށް އެނބުރުނު ރިޔާޒްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަތަން މުނާޒަށް ފެނުނެވެ.

“މީރާ ކުއްލިއަކަށް ހޮސްޕިޓަލަށް ގެންގޮސްފި… ފަހުން ގުޅާނަން.. ސޮރީ… އައި ހޭވްޓު ގޯ…” މުނާޒަށް ބަހެއް ނުބުނެވެނީސް ރިޔާޒް ސިޑިން ފައިބަން ހިނގައިގަތެވެ. އެންމެން ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މީރާއަށް ދެރަގޮތެއްވާކަށް އެތަނުން އެކަކުވެސް ނޭދެއެވެ.

ދޮންމަނިކު ރެސްޓޯރަންޓުން ނުކުމެ ރިޔާޒް މިސްރާބް ޖެހީ ހޮސްޕިޓަލާ ދިމާއަށެވެ. އޭރު ރިޔާޒްގެ ސިކުނޑީގައި އެކި ފާޑުފާޑުގެ ނުބައި ހިޔާލުތައް އެނބުރެމުން ދިޔައެވެ. އޭނާއަށް ކަމެއް ގޯސް ވެއްޖެކަން ކަށަވަރެވެ. ބައްޕަގެ އަޑާއި ރާގު ހުރިގޮތުން އޭނާއަށް އެކަން ޔަގީނެވެ.

ހޮސްޕިޓަލަށް ވަދެ ރިޔާޒް ގުޅާލީ ޟިރާރުގެ ނަންބަރަށެވެ. ފޯނު ނެގުމާއެކު އަވަސް ފަރުވާދޭ ކޮޓަރިއަށް އައުމަށް ޟިރާރު އެދުނެވެ. ތެޅިތެޅިއޮތް ހިތަކާއި އެކީ ރިޔާޒް މިސްރާބުޖެހީ އަދިވެސް ވެގެން އުޅޭގޮތެއް ނޭނގޭ ހާލުގައެވެ. އޭނާގެ ހިތަށް ތަފާތު އުނދަގޫތަކެއް ވަމުންދިޔައެވެ. އަވަސް ފަރުވާދޭ ކޮޓަރިއަށް ވަނުމާއި އެކު ކުރިމަތީ ހުރި އެނދުގެ ފަރުދާ ކަހާލަމުން ޟިރާރު ބޭރަށް ނުކުތް ތަން ފެނުނެވެ. ރިޔާޒް އެ އެނދާ ގާތް ވުމަށް ކުރިއަށް ޖެހިލިއެވެ. އެވަގުތު ޟިރާރު އިސް އޮބާލިއެވެ.

“ބައްޕާ… މީރާއަށް ކެހެނެކަށް ވީ؟…” މާ ގިނައިން ހެޑެލީއްޔާ؟…” (ބައްޕާ… މީރާއަށް ކިހިނެއްވީ؟… މާ ގިނައިން ހޮޑުލަނީތަ؟…) ރިޔާޒް ކުރި ސުވާލުތަކުން ޟިރާރުގެ ހިތުގައި ރިހުމެއް އުފެދުނެވެ.

“މީރާ ސިޑިން ވެއްޓެނެއި… ލިފްޓާ ހުއްޓިފެއި ހިށިމެއިޔޭ ސިޑިން މައްތައް އެރީ… އަޑޮލަވަގައު އަޑަށް މަ ނުކުތީ… އެކޯ މީރާ….” (މީރާ… ސިޑިން ވެއްޓުނީ… ލިފްޓް ހުއްޓިފައި ހުރީމަ އޭނަ ސިޑިން މައްޗަށް އެރީ… ހަޅޭއްލަވައިގެން އަޑަށް އަހަރެން ނުކުތީ… އޭރު މީރާ…) ޟިރާރު ވާހަކަ ދައްކަދައްކަ ހުއްޓާ ރިޔާޒް އެނދާ ދިމާއަށް މިސްރާބު ޖެހީ އޭނާގެ ހިތަށް ކެތްނުކުރެވިގެންނެވެ.

އެނދު ކައިރިއަށް ދިޔައިރު އެނދުގައި އޮށޯވެގެން އޮތް މީރާ ފެނުނެވެ. އޭނާގެ ދޮން ހަށިގަނޑުގެ އެތަން މިތަން ވަނީ ނޫފައިގެންފައެވެ. ނިތްކުރިމަތީގައި އޭރު ލޭގަނޑުވެފައި ހުއްޓެވެ. މޫނުވެސް ވަނީ ދުޅަވެފައެވެ. މީރާއަށް ރިޔާޒް ގޮވާލި އިރު އޭނާގެ އަޑުގައި ކުރަކިކަމެއް ހުއްޓެވެ. ރިޔާޒާ ދިމާއަށް މީރާ ބަލާލިއެވެ. އޭނާގެ ލޯވަނީ ރޮއިރޮއި ދުޅަވެފައެވެ.

އަނގައިން ބަހެއްވެސް ބޭރުނުކޮށް އެނދުން ބޯ ހިއްލާލަމުން އޭނާ ރިޔާޒްގެ ގައިގައި އޮޅުލައިގަތެވެ. ރިޔާޒް މީރާގެ ބޮލުގައި ފިރުމާލިއެވެ. އެވަގުތު އެތަނަށް އޭޑީކޭ ޔުނީފޯމްގައި ހުރި ނަރުސްކުއްޖެއް އައެވެ. މީރާގެ މަންމަ ޞަފޫރާ އެތާ ހުރިކަން ރިޔާޒަށް އެނގުނީ އެވަގުތެވެ.

ނަރުސް ކުއްޖާ އައިސް ހުންބަލާ މެޝިން މީރާގެ ކަންފަތަށް ކޮށްޕާލިއެވެ. “ޝީޒް.. ހެވިން ފީވާ… ބަޓް ވެރީ ލިޓްލް…” ބޭރު ނަރުސްކުއްޖެއް ކަމުން އޭނާ ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ. އެއަށްފަހު ލޭގެ ޕްރެޝަރ ބަލަން މީރާގެ އަތުގެ މުލައްދަނޑީގައި އެއްޗެއް އޮޅާލިއެވެ. އެ އެނދު ކައިރިއަށް ދެވަނަ ނަރުސް ކުއްޖެއް އައިސް މީރާއާ ގާތް ވެލީ ނިތްކުރީގައި ބޭސް އަޅާދޭށެވެ.

“ސިސްޓަރ… ޝީސް ސިކްސް ވީކްސް ޕްރެގްނަންޓް… ހައުޒް އަވަރ ބޭބީ…” ބޭސްއަޅަން އައިސް ގާތްވި ފިލިޕީންސް ނަރުސް ކުއްޖާ ގާތު ރިޔާޒް ސުވާލު ކޮށްލިއެވެ. ބަނޑުގައިވާ ދަރުފުޅުގެ ވިންދުބަލަން ނަރުސްކުއްޖާ އަވަސް ވެގަތީ ދެނެވެ. އަދި މީރާ ދައްކަނީ އަންހެނުންގެ ހާއްސަ ކޮން ޑޮކްޓަރަކަށްތޯ އޮޅުންފިލުވުމަށްފަހު އެ ނަރުސްކުއްޖާ އަވަސްފަރުވާދޭ ކޮޓަރީގެ ކައުންޓަރުގައި ހުރި އަންހެން ކުއްޖާ ގާތު ޑޮކްޓަރ ޝީލާއަށް ގުޅާލަން އެދުނެވެ.

މީރާ ސިޑިން ވެއްޓުނީކަން ރިޔާޒަށް އެނގިގެން ކިހިނެއްތޯވީ މީރާއާވެސް ސުވާލުކޮށްލިއެވެ. މީރާ ޖަވާބެއް ނުދީ ހިމޭނުން އޮތީ އޭނާއަށް ފެނުނު މަންޒަރު ސިފަކޮށްދީފިއްޔާ އެމީހުން ގަބޫލު ނުކުރާނެކަން އެނގޭތީއެވެ. ސިޑި މަތިން އޭނާއަށް ފެނުނު ނުބައި ސިފައަކަށް ހުރި އެތީގެ ސޫރަ އޭނާގެ ހިތުން ފިލައިގެން ނުދާނެ ކަން ކަށަވަރެވެ. މިވަގުތު އެވާހަކަ ދައްކާކަށް މީރާއަކަށް ލާހިކެއް ނޫނެވެ. އޭނާގެ އަތުގައި ތަވީދުނެތުމުން އެކަމާ މީރާ ޖެހިލުންވިއެވެ.

ބޭބީގެ ވިންދުބަލަން އައިސް އެ އެނދު ވަށާ ފަރުދާ ކަހާލަމުން ނަރުސް ކުއްޖާ ވާހަކަ ދެއްކިއެވެ. “ޑޮކްޓަރ ޝީލާ އިޒް ކަމިން… ޑޯންޓް ވޮރީ…. އައި ނީޑް ޓު ޗެކް ބޭބީސް ހާޓް ބީޓް… ވައި ޔޫ ފެލް ފްރޮމްދަ ސްޓެއާސް… ވާރ ޔޫ ފީލިން ޑިޒީ…”

މީރާ ލައިގެން ހުރި ޓޮޕްކޮޅު މައްޗަށް އަރުވާލަމުން، ތިރިއަށް ލައިގެންހުރި ޓައިޓު ދަށްބަނޑު ފެންނަވަރަށް ތިރިކޮށްލަމުން މީރާ ބޯ ޖަހާލިއެވެ. މީރާގެ ބަނޑުގައިވެސް ނޫފައިގަތްފައިވާ ތަންތަން ހުއްޓެވެ. މީރާގެ އަތުގައި ހިފަހައްޓައިގެން ހުރި ރިޔާޒްގެ ހިތް ބާރުބާރަށް ތެޅިގަތެވެ. ސިޑިން ވެއްޓުނު އިރު މީރާއަށް ވެފައި ހުރި ގޮތް ފެނުމުން އެކަމާ ރިޔާޒް ވަރަށް ދެރަވިއެވެ.

މީރާގެ ބަނޑު މައްޗަށް ޖެލް އަޅާލުމަށްފަހު ނަރުސް ކުއްޖާ އެ މެޝިން ބަނޑުގައި ޖައްސާލިއެވެ. އެއްފަހަރު ކަނާތް ފަރާތުގައެވެ. އަނެއްފަހަރު ވާތް ފަރާތުގައެވެ. މީރާއަށާ ރިޔާޒަށް ބެލުނީ އެކަކު އަނެކަކުގެ މޫނަށެވެ. އިރުކޮޅެއް ވީ އިރުވެސް ނަރުސް ކުއްޖާއަށް ބޭބީގެ ވިންދެއް ނުލިބުނެވެ. ނަރުސް ކުއްޖާވެސް ހާސްވީ ދެނެވެ.

*** *** *** *** *** ***

އަފްނާނަށް ގުޅާ ގުޅާ މޮޔަވިއިރުވެސް ހަސަނުގެ ފޯނަކަށް އަފްނާނު ޖަވާބެއް ނުދިނެވެ. އެކަމާ ހަސަނު ބޯހާސް ވިއެވެ. ގެއާ ދުރު ހިސާބެއް ކަމަށް ވިޔަސް މުނީރާމެން ގޯއްޗާ ކައިރި އަތިރިމަގަށް ހަސަނު ނުކުތީ ފަހަރުގައި އެގެއިން މީހަކު ފެނޭތޯއެވެ. ފޯނާ ކުޅެމުން ހަސަނު ގޮސް ހުއްޓިލީ ހިރުނދުގަހެއްގެ ކައިރީގައެވެ. ފޯނުން ނަޒަރު ދުރުކޮށްލި އިރު ހަސަނުގެ ލޮލުގައި އަޅައިގަތީ މަންޝާއެވެ. ގަހުގައި ލެގިލައިގެން ހުރި އިރު މަންޝާއަށް ކޮންމެވެސް އުނދަގުލެއް ވާކަން ހަސަނަށް ނަގައިގަނެވުނެވެ.

ހަސަނު ކުރިއަށް ޖެހިލަމުން ގޮވާލިއެވެ. “މަންޝާ… މިތާ ކީއްކުރަނީ؟…”

އެވަގުތު ހަސަނުގެ ފޯނަށް މެސެޖެއް އައެވެ. އެއީ އަފްނާނުގެ މެސެޖެކެވެ. ހަސަނު އެމެސެޖް ކިޔަން އުޅުނު ނަމަވެސް އެ ކިޔާކަށް ނޭނގުނެވެ. ހަސަނަކީ އެހާ މޮޅަށް އިނގިރޭސި ލިޔަންކިޔަން ދަންނަ މީހަކަށް ނުވާތީއެވެ. އެހެންވެ ފޯނު އެއޮތް ގޮތަށް ސްކްރީން ނިއްވާލުމަށްފަހު ޖީބަށް ލިއެވެ.

ހަސަނު އިސް އުފުލާލަމުން މަންޝާއާ ދިމާލަށް ބަލާލިއެވެ. ދެންމެ ފެނުނު މަންޝާއާ މިހާރު މަންޝާ ހުރިގޮތް ހާސްބައި ތަފާތެވެ. އެކަން ހަސަނަށް ފާހަގަވީ މަންޝާގެ މޫނުންނެވެ. ކުރިން މޫނުމަތި މިލާފައިވާ މަންޝާ މިހުރީ ހެވި ދިލިފައެވެ. މޫނުމަތިން ފެންނަނީ ތާޒާ ކަމެވެ.

ހިނިތުންވަމުން މަންޝާ ހިނގައިގަތީ ހަސަނާ ދިމާއަށެވެ. އޭރު ހަސަނު ހުރީ މަންޝާ ގާތުން އެތައް ވާހަކައެއް އޮޅުން ފިލުވަން ބޭނުންވެފައެވެ. މަންޝާގެ ބޮލުންފެށިގެން ފަޔަށް ހަސަނުގެ ނަޒަރު ހިންގާލިއެވެ. މަންޝާ ލާފައި ހުރި ހެދުން ވަރަށްވެސް ރީއްޗެވެ. އެހާ ނަލަހެދިލައިގެން އެ ނުކުތީ ކޮން ބޭނުމަކުތޯ އަހާލާ ހިތްވިއެވެ. މަންޝާގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުމަށް ބަލަން ހުރުމަށްފަހު ހަސަނު ވާހަކަ ދެއްކީ ކަރު ކެހިލަމުންނެވެ.

“ކޮބާތަ އަފޫ؟.. އަހަރެން ގުޅިއަސް މިހާރު ފޯނެއްވެސް ނުނަގާ؟.. މުނީރާ ކިހިނެއް؟… މިރޭ…. ތި މީ..ހުން… ފުރާ..ދޯ…” ޖޯޝާއެކީ ވާހަކަ ދައްކަމުން ދިޔަ ހަސަނުގެ ބަސްތައް ދެމެމުން ހުއްޓެމުން ދިޔައީ މަންޝާ އައިސް އޭނާގެ ގާތުގައި ހުއްޓުމުންނެވެ. މަންޝާ ހުރީ ސީދާ ހަސަނުގެ ލޮލާ ދިމާއަށް ބަލާށެވެ. މިފަދަ ދަނޑިވަޅެއްގައި ހަސަނުގެ ހިއްސުތައް ހިމޭނުން ހުންނާނީ ކިހިނެއް ހެއްޔެވެ. އަފްނާނު ރުހިގެން ހަސަނާ އެކީ އުޅުނު ހެން އުޅެން މަންޝާވެސް ބޭނުންވަނީ ކަންނޭނގެއެވެ.

މަންޝާގެ މުލައްދަނޑީގައި ހަސަނު ފިރުމާލަމުން ވާހަކަ ދެއްކިއެވެ. “މަންޝާ… މުނީރާގެ ކިބައިން އަހަރެން ސަލާމަތް ކޮށްދިނީމަ އެކަމާ ޝުކުރުވެސް އަދާ ނުކުރަން ދޯ… މަންޝާ އެދުވަހު އެތަނަށް ނައިނަމަ މުނީރާ އަހަރެން ކޮށާލީސް…”

ހަސަނު ފިރުމާލި އަތާ ދިމާއަށް މަންޝާގެ މޫނު އަނބުރާލަމުން ބަލާލިއެވެ. އަދި ހަސަނުގެ އަތުގައި ހިފާލިއެވެ. އެ ހުރި ފިޔަވަޅުމަތީ ހަސަނު ހުރީ ގުޑިވެސް ނުލައެވެ. ހަސަނުވަށާ މަންޝާ ހިނގާލިއެވެ. އަދި ހަސަނުގެ ފަހަތުގައި ހުއްޓިހުރެ ގަސްތަކުގެ ތެރެއަށް ވަނުމަށް މަންޝާ މިސްރާބު ޖެހީ ހަސަނުގެ ބުރަކަށީގައި ފިރުމާލަމުންނެވެ.

ހަސަނުގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ފަހަތަށް އެނބުރި ބަލާލިއިރު މަންޝާ ހުރީ ހަސަނާ ފަސްވަރަކަށް ފޫޓު ދުރުގައެވެ. ގަސްތަކުގެ ތެރެއަށް ވަނުމަށް މަންޝާގޮސް ހުއްޓިގެން ހުރެ އެއްއަރިއަށް އެނބުރެމުން ހަސަނާ ދިމާއަށް މަންޝާ ބަލާލީ ކަތި ނަޒަރަކުންނެވެ. މަންޝާގެ މޫނުމަތިން ފާޅުވަމުން ދިޔައީ މަސްތީ ގޮތެކެވެ. ދެ ތުންފަތް މަޅާލަމުން ތުންފަތުގައި ހުރި ލިޕްސްޓިކްތައް ދެ ތުންފަތުގައި ހާކާލިއެވެ. މަގުގެ ދެފަރާތަށް ބަލާލުމަށްފަހު މަންޝާގެ ފަސްފަހަތުން ވަލުތެރެއަށް ވަނުމަށް ހަސަނު އަވަސް ވެގަތެވެ.

ވަލުތެރެއަށް ވަދެވުމުން ފާޅުވަމުން ދިޔައީ އަނދިރިކަމެވެ. އެ އަނދިރި ކަމުގެ ތެރެއިން މަންޝާ ފެންނާކަށް ނެތެވެ. އޭނާ ހަސަނަށް ފިލީހެއްޔެވެ. ލާނެއް މަންޖެގަނޑެކޭ ހަސަނުގެ ހިތަށް އެރިއެވެ. އަނދިރިކަމުގެ ތެރެއިން ކުރިއަށް ދާން ހަސަނު ފިޔަވަޅު އަޅާލިއެވެ. ބިންމަތީގައިވާ ކުނިބުނިތަކާއި، ހިކިފައިވާ ފަތްތަކާއި، ގޮފިކޮޅުތަކުގެ މަތިން ހަސަނު ފިޔަވަޅު އަޅާލި އިރު އެތަނުން އިވެމުން ދިޔައީ އެ ތަކެތި މުގުރުމުން ގޮވާ އަޑެވެ. ކުއްލިއަކަށް ހަސަނަށް ސިހުމެއް ލިބުނީ މަންޝާގެ ހުނުމުގެ އަޑު ވަލުތެރޭ ގުގުމާލުމުންނެވެ.

އަޑު އައި ދިމާއަށް ހަސަނު ބަލާލިއެވެ. ލޮލުގައި އަޅައިގަތީ ދުރުގައި އޮތް ހުދުކުލައިގެ ބޫޓު ކިބައެވެ. ހަސަނު ހިނިތުންވަމުން އެ ދިމާއަށް ހިނގައިގަތެވެ. އަދި ބޫޓުކިބަ އަތަށް ނަގާ ކުރިއަށް ހިނގަމުން ދިޔައީ މަންޝާއަށް ގޮވަމުންނެވެ. އަނެއްކާވެސް މަންޝާގެ ހުނުމުގެ އަޑު އިވިގެން ދިޔައެވެ. ގަހެއްގެ ބުޑުގައި މަންޝާގެ ބޫޓު ކިބައާ ކަރުގައި އަޅާފައި އޮތް ފަށް އޮތެވެ. އެ ބޫޓުކިބަ ނަގަމުން ހަސަނު އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ. ދެބޫޓު ދެއަތަށް ލައިގެން ހަސަނު ކުރިއަށް ދިޔައީ މަންޝާ އަތުޖެހޭތޯ ވަރަށް ބާރަށެވެ. ޖެހުނު ވައި ރޯޅިއަކާއި އެކީ ހަސަނަށް ފެނުނީ ގަހެއްގެ ގޮފިކޮޅެއްގައި އެލިފައިވާ ހުދުކުލައިގެ ފޮތިގަނޑެކެވެ.

އެއީ ހުދުކުލައިގެ ފޮތިގަނޑެއް ނޫނެވެ. އެއީ މަންޝާ ލައިގެން ހުރި ހެދުމެވެ. ގަހުގެ އަތް ނުފޯރާ ހިސާބުގައި ހުރި ގޮފިޅެއްގެ މަތީގައި އަޅުވާލައިފައި އޮތް ހެދުމަށް ހަސަނު މަޑުމަޑުން ދަމާލިއެވެ. ސޮހިގެން އެ ހެދުން ވަރަށް ފަސޭހައިން ހަސަނުގެ އަތަށް ވެއްޓުނެވެ. އެހެދުމުގައި އަތް ހާކަމުން ހެދުމުގެ މޭމައްޗާ ދިމާލަށް ހަސަނުގެ މޫނު ކޮއްޕާލަމުން އޭގެން ވަސްގަތެވެ. ދެލޯ މަރާލަމުން ކުރިއަށް ހަސަނު ބަލާލީ މަންޝާ ބަލާލުމުގެ ބޭނުމުގައެވެ. ހެދުމާ ނުލާ މަންޝާ ހުންނާނެގޮތް އޭނާގެ ހިތަށް ގެނެވުނެވެ.

އެހިސާބުން ހަސަނަށް ނުކުމެވުނީ ރަތްކުލައިގެ މަލުން ފުރިފައިވާ ބެރެބެދި ގަސްދަށަށެވެ. ގަސްދަށަށް ވެރިވެފައިވާ ބެރިބެދި މާތަކަށް ބަލަން އަޖައިބުވެފައި ހަސަނަށް ހުރެވުނެވެ. ގަސް ދަށުގައި ހެދުމާއި ބޫޓު ބެހެއްޓުމަށްފަހު ހަސަނު ވަށައިގެން ބަލާލީ މަންޝާ ދިޔަ ދިމާލެއް ހޯދާށެވެ. އޭރު އަތިރިއާ ދިމާލަށް މަންޝާ ނުކުތް ތަން ހަސަނުގެ ލޮލުގައި އަޅައިގަތެވެ. އެހެދުމުގެ އަޑިން މަންޝާ ލާފަ ހުރި ހުދުކުލައިގެ ކުރު ހެދުންކޮޅުގައެވެ. އިސްތަށިގަނޑު ނިއުޅުވާލާފަ ހުރުމުން ހަސަނަށް ފެނުނީ މަންޝާގެ ފުރަގަހުންވެސް ތަންކޮޅެކެވެ.

ދުވެފައި ހަސަނު އެދިމާއަށް އަވަސްވެގަތެވެ. ބުރަކަށިން އެވަގުތު ތޫނު ތަދެއް އަރަމުން ދިޔައެވެ. ނަމަވެސް ހަސަނު މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. މިރޭ މަންޝާ ފުރުމުގެ ކުރިން އޭނައާ ގާތްވެލަން ބޭނުންވިއެވެ. މިދަތުރުގަ އަދި މަންޝާއާ ލޯބިކޮށްލާނެ ފުރުޞަތެއް ނުލިބޭތީ ހަސަނު ހުރީ އެކަމަށް ފެންބޮވައިގެންފައެވެ. މޫދުގައިވާ ކަނދުފައްޗަށް އަރާ އިށީނދެގެން އިން މަންޝާ ފެނުމުން ހަސަނަށް އެދިމާއަށް ދާން ފިޔަވަޅު އަވަސް ކޮށްލިއެވެ. އޭނާ ލައިގެން ހުރި ޓީޝާޓާ ބޭލުމަށްފަހު ރާޅު ނުޖަހާ ހިސާބުގައި ބޭއްވިއެވެ. އަދި ފަޓުލޫނު ތެރޭ އޮތް ފޯނާ ވޮލެޓުވެސް ނެގިއެވެ.

މޫދުގެ އޮއެވަރާއެކީ ކަނދުފަތި ދަތުރު ކުރަމުން ދިޔަ ދިމާލަށް ދިއުމަށް ހަސަނު މޫދަށް އެރި ފަތައިގަތެވެ. އެނާގެ މުސްކުޅިވެފައިވާ ހަށިގަނޑަށް ޒުވާންކަމާއި، ޖޯޝާއި، ބާރު ލިބިފައިވާ ކަހަލައެވެ. ކަނދުފައްޗާ އަރާ ހަމަވުމުން އޭނާ އެ ކަނދުފަތި މައްޗަށް އެރިއެވެ. މާނޭވާ ލެވިފައި ހުރި ނަމަވެސް އޭނަ މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. މަންޝާގެ ހަށިގަނޑުގައި ފަހަތުން އޮޅުލައިގަތެވެ.

މަންޝާގެ ކަނދުރާގައި ބޮސްދެމުން ހަސަނާ މަންޝާގެ ގުޅުން ފެށުނު ހިސާބު ކިޔައިދޭން ފެއްޓިއެވެ. “ހަސަނުބެއަށް ކޮންކަހަލަ ސަޕްރައިޒެއް ތި ދިނީ… މީ ހާދަ ބޭނުންވި ދުވަހެކޭ.. މަންޝާ ހަސަންބެ ދެކެ ލޯބިވާނެކަން އިނގޭ… ކޮން ދުވަހެއް ހަސަންބެ މަންޝާ ގައިގަ ފިރުމާތާ.. އެންމެ ތުއްތު އިރުއް ސުރެ އަހަރެން މަންޝާ ގައިގާ ފިރުމާ ހަދަން… މަދީހާއާ މުނީރާއާ ދެބެން ކުނިކަހަން، ނޫނީ އެހެންވެސް މަސައްކަތްތަކުގައި ދިޔައިމަ މަންޝާ ބަލަން އަހަރެން ހުންނަނީ ގޭގަ… އަހަރެން މަންޝާ ގައިގާ ހާދަ ބީހެމޭ… ހީސްލީމަ ހީސް ދޮއްވާ އިރުވެސް ހާދަ ބަލައިގެން މަޑުމަޑުންނޭ ހަސަންބެ އެކަން ކޮށްދެނީ.. ދެން ހަސަންބެ މާލެ ބަދަލުވާން ޖެހުނީ.. އެއީ މަންޝާ ވަރަށް ކުޑައިރު… މަންޝާ ހަނދާންވެސް ނުހުންނާނެ… ދެން ހަސަންބެ ކައިރިއަށް މަންޝާ ކިޔަވަން އައިމަ ކިހިނެއް ދުރުގަ ބަލަން ހުރެވޭނީ…. މުނީރާއާ އަފްނާނުއާ ފުރައިގެން ދިޔުމުގެ ކުރިންވެސް މަންޝާ ގައިގަ ފިރުމަން… މަންޝާއަށް އެކަން ނޭނގޭކަން ހަސަންބެއަށް އެނގުނު.. އެހެންވެ ނިދާބޭސް ދީގެން ބެހުނީވެސް… އަސްލު ގަދަކަމުން ކުރީ މަންޝާ ގަދަ ހެދީމަ.. އެހެންނޫނީ ހަސަންބެ ނުލާހިކު ލޯބިން ފުއްދައިދޭނަމޭ… އަދޭ ހަސަންބެ ކައިރިއަށް…އާދޭ… މިރޭ ފުރަން ކައިރިވީމަ ދޯ ދާނީ…”

މަންޝާގެ ކަނދުރާ މައްޗަށް ވެއްޓިފައި ހުރި އިސްތަށިތައް އެއްކައިރިއަށް ޖައްސާލަމުން ހަސަނު ނޯށް ދަމާލިއެވެ. އެގަޑީ ހަސަނުގެ ނޭފަތުގަ ޖެހުނީ ފަރުހަކި ވަހެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

އައި ލަވް ޔޫ………

Next

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 9 ވަނަ ބައި )

Next
August 18, 2016

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 9 ވަނަ ބައި )

Previews
August 18, 2016

އައި ލަވް ޔޫ………

31 Comments!

  1. Shax Lyn says:
    August 18, 2016 at 9:41 pm

    As due to some personal issues and problems I was unable to bring the story on time…. but I have been uploading two episodes everyweek… sorry for this delay… but I will try my best to bring the upcoming episodes on time…. every week two episodes as promised…. ill try my best… every Monday n Thursday….. <3 <3… love u all my fans

  2. immu says:
    August 18, 2016 at 9:49 pm

    V v v salhiii mi bai vessss kn irakun aneh baiiii

    1. Shax Lyn says:
      August 18, 2016 at 9:51 pm

      MOndaayga…. 🙂

  3. Nern.. says:
    August 18, 2016 at 9:57 pm

    Varah reethi mi baives

  4. RaM says:
    August 18, 2016 at 9:59 pm

    Hasanbe ge dhuvas dhany dhw. Dhn kihineh baa? vaani?? V salhi

  5. Aan says:
    August 18, 2016 at 10:40 pm

    V v v v nice story… Waitng for next
    ???

  6. shain says:
    August 18, 2016 at 11:01 pm

    Very nice ???

  7. Twinkle says:
    August 18, 2016 at 11:06 pm

    Hassanaa ur time ends now..

    Lol 😉

  8. Shaa xee says:
    August 18, 2016 at 11:22 pm

    V nice story dhaa goi. Waiting for next part.?

  9. Mar Sha Marsha says:
    August 18, 2016 at 11:28 pm

    The end of hassanbe is coming dho.. story vv rythi.. meera ge baby miscarry vytha.. haadha dhera ey.. dhen kobaatha roohy ge kanthakuge aslu? Ebai v olhun filuvaa hiy vey.. adhi hospital ga cart dhamaa adu ivunu hisaabu kahala biruveri scenes annaany kon irakun?? Vaahaka vv best.. u r amazing Shaxlyn.. truly!

    1. Adha says:
      August 19, 2016 at 10:49 am

      True. Mihaaru evves biruveri eh noon dho?

  10. ayya says:
    August 18, 2016 at 11:32 pm

    hahaha….salhi

  11. Pinkoo says:
    August 18, 2016 at 11:50 pm

    Wow.nice hassanbe mi fahar nolhailhaane.ekam mi part than kolhe kuru

  12. Fathun says:
    August 18, 2016 at 11:54 pm

    Dhn zeyba mansha ah zibaan liben beynun nuvaairu kyve azeem ah udhagu kury. Eiy muslim jinni e noon vyma dho bangi govyma mansha ah udhagu vany. Dhn azeem ge hagygai mansha ah egen veje eh nun..kitha myhun ge furaana mansha fahathu alhaigen ulhunu jinni aai hedhy gossi..ekam mansha nd azeem dhuru kuryma.kada..baby eh nulibey iruves kihaa loabin axeem.mansha gengulhuny

  13. Shax says:
    August 19, 2016 at 12:19 am

    V reethi mi partvs…waiting for next..

  14. Balaa bodu jinni says:
    August 19, 2016 at 12:36 am

    Kaemennatha ingenee story gendhaane gotheh..liyunu echche kiya kiya thibey…

  15. Aimsithu says:
    August 19, 2016 at 1:14 am

    Ey hasonbe ah bodu landeh dho mi libuny

    Varah habeys story kuriyah dhaa goii..
    Hama heevany a film eh beley hen

  16. Reen says:
    August 19, 2016 at 2:24 am

    Wow incredibly good.

  17. sabeeha says:
    August 19, 2016 at 8:37 am

    nice..??

  18. shiff❤ says:
    August 19, 2016 at 8:40 am

    hassanbege dhuvas thi dhiyaeee.. heheh.. eyna nuvaane rangalhe dhuvahaku ves.. abadhu bolah araafa.. kaaku tha mansha e gendhiyaeee…haadha molhey writter dho..avaha up kurachey ingey❤

  19. Sama says:
    August 19, 2016 at 10:46 am

    The baby heart beat part is very unrealistic. Only at four weeks of pregnancy one could detect whether she is pregnant from a self learning kit or any other pregnancy test methods. At six weeks it is impossible to get the heart beat of the baby through a doppler. Only a dumb nurse would even try to do that. ????
    Kiriya ultra sound akah baby fennaany six weeks ga. Most of the times a person would have to repeat the ultra scan too. Cause high chances are there that the baby wouldn’t be visible even for a scan at six weeks.
    Meera bandah six weeks eh bunyma varah hama nujehey

    1. Adha says:
      August 19, 2016 at 10:50 am

      So true. ? ? ?

  20. Yayay says:
    August 19, 2016 at 11:23 am

    Wow

  21. ........... says:
    August 19, 2016 at 9:02 pm

    Im 100 years old now and still waiting for this story to get “biruveri” :p
    Love this story though.
    Waiting for the next part

  22. maasha says:
    August 19, 2016 at 10:26 pm

    Kuhjaku bunedheefaanan tha register kuraani gotheh. V ulhefin nuvi.. ?Vaahaka eh lian vegen.

    1. MarSha says:
      August 20, 2016 at 8:58 am

      Mathyga eynynu vaahaka eh liyan beynun hey ahaafa in thaneh? E thanah click kollyma innaane register kuran.. try that.. or thiryga eba in register kuraa goiy dhakkaa u tube video ehves.. try kollaba… hope to c ur story soon.. good luck!

    2. Ishan says:
      August 20, 2016 at 10:04 am

      Hehe neynge hahahahahah

  23. Alya says:
    August 21, 2016 at 12:43 pm

    Keevve tha mee biruveri vaahaka ekey kiyany? Nothing biruveri in this. ?
    Dhen loabeege bai varah salhi. Furathama dhebai kiriyaaves biruvery.

  24. Heyoedhigen says:
    August 22, 2016 at 10:31 am

    You will be held responsible for what you used to write with your hands.fear Allah and repent.

  25. sharaa says:
    August 22, 2016 at 6:57 pm

    Nice one. I have a story. If anyone is interested please call my nmbr. 7997991

  26. iba says:
    August 23, 2016 at 8:27 pm

    varah reethi…thnks shax <3

Comments are closed.

Next Episodeމަންޝާ (އޮނަ ސާޅީސްވަނަ ބައި)←


All Right Reserved!