Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 8 ވަނަ ބައި )

Loolu Level 110 Stories100 Comments
August 17, 2016 5 Mins Read
12 Comments

އިބްރާހިމް އަށް ދެވުންއިރު މިރޭވެސް ވަފިއްޔާ ހުރީ ނިކުމެއެވެ. އިބުރާހިމް ގޮސް ހުއްޓޭ އިރަކަށް ވަފިއްޔާ ހިނިތުންވެފަ ކޮންމެސް ވާހަކަތަކެއް ދައްކަން ފެށިއެވެ. ބަނބުކެޔޮ ގަސް ދޮށުގަ އަނދިރީގަ ހުރި މުނީރާއަށް މިހުރިހާ މަންޒަރެއްވެސް ފެނުނެވެ. އޭރު ރުޅިއާ ހިތާމައިން އޭނާގެ ލޭކެކެނީއެވެ. މިރޭ މިއޮތީ ހުރިހާކަމެއް ލޯ މައްޗަށް އެނގިފައެވެ. އިބުރާހިމަށް ދެއްކޭނެ ވާހަކައެއް ދެނެއް ނޯންނާނެއެވެ.  މުނީރާއަށް މިކަހަލަ ކަމެއް ހިނގާތާ ޝައްކުވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މިރޭ ފާރަލާން ނިންމީވެސް ޝައްކު ޔަގީން ކުރާށެވެ.

ވަފިއްޔާ އާދެމީހުން އެގޮތަށް ތިއްބާ ގޮސް ދިމާލަށް އެތިވަރު ގޮވާލަން ހިތް އެދުނަސް މުނީރާ ބޭނުންވީ އިހަށް ގެއަށް ދާށެވެ.އޭރު ފެންނަން ފެށީވެސް އިބުރާހިމް މެންގެ ގައިގޯޅި މަންޒަރެކެވެ.

މުނީރާ ގެއަށް ގޮސް ފުރަތަމަވެސް ކުރިކަމަކީ ފާހާނާއަށް ވަދެ ވުޟޫ ކުރުމެވެ. އޭރު ރުޅި ގަދަވެގެން ގޮސް އޭނާއަށް ހުރީ ފާޑަކަށް ރޮވިފައެވެ. ގައިން ފެން ހިއްކާލާފަ މުސައްލަ މަތީ ހުރެ އޭނާ ދެރަކްއަތުގެ ނަމާދެއް ކޮށް ﷲ އަށް ހަމްދަ ކުރީ މިކަންތަށްތަށް އޭނާއަށް އެނގުނީތީއެވެ. އެތަށް އިރަކު ދުއާކުރަން އިނދެފަ ތެދުވި އިރު މުނީރަ ގެ ހިތަށް ހިތްހަމަޖެހުން ލިބި މީހާ ހުރީ ހަމަޔަކަށް އެޅިފައެވެ. ގަޑި ބަލައިލިއިރު މެންދަމުން އަލިވެ ތިނެއް ޖެހީއެވެ. އަދިވެސް އިބުރާހިމް ނަދެއެވެ.

މުނީރާ ބަދިގެއަށް ވަދެ ކޮފީއެއް ހަދާލައިގެން އައިސް އިށީނީ ސޯފާގައެވެ. މިރޭ އިބުރާހިމް އައި އިރަކުން ހިތުގަ ވާހާ އެއްޗެއް ގޮވާލާފައި ނޫނީ ނިދާކަށް މުނީރާ ބޭނުމެއް ނޫނެވެ. އޭނާ ހިތު އަޅައިގެން ހުރީ ވީހާވެސް އަވަހަށް އިބުރާހިމްގެ އަތް ދަށުން ސަލާމަތްވާށެވެ. އެކަހަލަ މީހަކަ އެކީ އުޅޭކަށް އޭނާ އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. މިއޮއްހާދުވަހު އިބުރާހިމަށް ނުޖައްސާ އާއިލާ ހުރިހާ ޒިންމާއެއް ކަހަލަ ގޮތަކަށް  މުނީރާ އުފުލިއިރުވެސް އިބުރާހިމްގެ ހިތުގަ މުނީރާ އާމެދު ކުޑަވެސް ހަމްދަރުދީއެއް ނެތްކަން ސާބިތުވެއްޖެއެވެ. މިއޮއްހާ ދުވަހު ދަރިންގެ ހައްގުގަ ކެއްކުރިޔަސް އިތުރަށް މަޑުން ހުންނަން މުނީރާގެ ހިތާއި ސިކުނޑި އެއްބަހެއް ނުވެއެވެ. އެދަރިންނަށްވެސް އެންމެ ރަނގަޅު ވާނީ މިގޮތްކަން ގަބޫލްކުރެވޭތީއެވެ.

އިބުރާހިމްއައިސް މަޑުމަޑުން ދޮރު ހުޅުވާލާފައި ގެއަށް ވަތްއިރު އެހެން ރޭތަކެކޭ އެއްގޮތަށް މިރޭވެސް ސިޓިންގރޫމްގަ ވަނީ ފަނޑު އަލިކަމެކެވެ. އިބުރާހިމް ސިއްރު ފިޔަވަޅު ތަކެއްގާ ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހިއެވެ.

“ކޮންތާކުން ތިއައީ؟” އިބުރާހިމް ސިއްސައިގެން ދިޔައީ މުނީރާގެ އަޑު އިވުމުންނެވެ. ވަށައިގެން ހޯދަނިކޮށް ފަނޑު އަލިކަމުގެ ތެރެއިން ސޯފާގައި އިން މުނީރާ ފެނުމުން ހިންދިރުވާލެވުނެވެ. ދޭނެ ޖަވާބަކާ މެދު ވިސްނަން ހުއްޓާ މުނީރާ ވަރަށް ހަމަޖެހިލާފައި އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

“މިރޭވެސް ތިއައީ ފިނިކޮށްލަން ގޮސްތަ؟” މުނީރާ ނިތް އަރުވާލާފައި ކޮފީތަށިން އެތިފޮދެއް ބޯލަމުން އިބުރާހިމާ ހަތަރުކަޅި ހަމަކުރިއެވެ.މުނީރާ އެހެން ބުނީ މީގެ ކުރީ ރެއަކު ދަންވަރު އައިތަނަކާ މެދު ސުވާލު ކުރުމުން އިބުރާހިމް ދިން ޖަވާބަކީ އެއީ ކަމަށް ވާތީއެވެ. މުނީރާގެ ރާގު ހުރިގޮތުން އިބުރާހިމްގެ ހިތުގަ ޝައްކުގެ އޮއެވަރެއް ދުވެލިއެވެ.އޭނާއަށް ފާޑަކަށް މުނީރާއަށް ބަލައިލެވުނެވެ.

“އެކެއް ޖެހި އިރު ނިކުތްމީހާ ތިންގަޑި ބައިވި ފަހުންދޯ ފިނިކޮށްލައިގެން ގެއަށް ވަދެވޭ ވަރުވީ..މަށަށް މިރޭ ހުރިހާކަމެއްވެސް އެނގިއްޖެ..މީހަކު ބުނީކީއެއް ނޫން…ސީދާ މަގޭ މި ދެލޮލުން ދެކެ އަތުން ހިފާފަ ވާހަކަ މިދައްކަނީ..ވަފިއްޔާ އާ ދެމީހުން ތި ގަންނަ ގަނޑު މަށަށް އެނގިއްޖޭ..” ކުއްލިއަކަށް ރުޅި އައިސް ރަތްވެފަ މުނީރާ ހަޅޭއްލަވައިގަތެވެ.

ހުރިހާކަމެއް ބޭޒާރުވެއްޖެ ކަން އެނގުމުން ދެރަވެ ލަދުގަތުމުގެ ބަދަލުގަ އިބުރާހިމް ގާތަށް އައީ ރުޅިއެވެ.

“ކަލޭ ނުޖެހޭނެ މަށަށް ފާރަލަކަށް..” ރުޅިން ފުއްޕާލަމުން އޭނަގެ ހިމާރެއްފަދަ ގަދަ އަޑުން އިބުރާހިމް ހަޅޭއްލަވައިގަތެވެ.

ސިއްސައިގެންގޮސް ފުންމައިގެން ޝާޔަންއަށް ތެދުވެވުނީ ގޭތެރޭގައި އަޑުގަދަވެގެންނެވެ. އޭރުވެސް އިބުރާހިމް ހަޅޭއްލަވާ އަޑާ މުނީރާގެ ރުއިމުގެ އަޑު އިވެއެވެ. ވެގެންމިއުޅޭ ކީއްކަން ސިކުނޑިއަށް ވިސްނައި ގަނެވުމާއެކު ދުވެފަ ކޮޓަރިން ނުކުތްއިރު ފެނުނު މަންޒަރުން ޝާޔަންއަށް ވެސް ރޯންފެށުނެވެ. އޭރު ޓައިލްސް ތަކު މަތީގައި ކޮފީ ބޯމަގު ތަޅައިގެން ގޮސް އޮތްއިރު ކޮފީ ތަށް އެކި ދިމަދިމާލަށް ބުރައިގެން ގޮސް ހުއްޓެވެ.

އިބުރާހިމް ހުރީ ފާރުގަ މުނީރާ ތަތްކޮށްލައިގެން އޭނާގެ ކަރުގަ ހިފައިގެން ދަތްކުނޑި ވިކާލައިގެންނެވެ. “ނޫން…ނޫން..”ޝާޔަން ރޮމުން ގޮސް އިބުރާހިމްގެ އަތް މުނީރާގެ ގައިން ނެއްޓުވޭތޯ މަސައްކަތް ކުރިއެވެ. އޭރު މުނީރާ ނޭވާ ނުލެވިގެން ތެޅެމުން ދިޔައިރު އޭނާގެ ދެލޯ ހުރީ ބޮޑުވެފައެވެ.

“ކަލޭ ތިހިރީ ވަރިކޮށްފަ..” އިބުރާހިމް ކުއްލިއަކަށް މުނީރާގެ ގައިން ދޫކޮށްލާފައި ކައިރީގައި ހުރި ޝާޔަންގެ ގައިގަ އަޅާ ކޮށްޕާލާފައި ގޮސް ގެއިން  ނުކުމެއްޖެއެވެ. ޝާޔަން އޭނާގެ މަންމަގެ ގައިގަ އޮޅުލަމުން ރޯންފެށިއެވެ.

ދެމައިން އެގޮތުގަ ރޯން ތިއްބާ ފަތިސް ނަމާދަށް ބަންގިގޮވުމުން ދެމައިން އެކީ ނަމާދުކޮށްލައިގެން ދިޔައީ ބަދިގެއަށްށެވެ.

އިބުރާހިމްގެ ކައިރިން އެހާ ފަސޭހައިން ސަލާމަތް ވެވުމުން މުނީރާ ހުރީ ހިތްހަމަޖެހިފައެވެ.އެގޮތަށް ކަންތަށް ވުމަކުން ވަކި އޭނާ ދެރައެއް ނުވެއެވެ.

އިބުރާހިމް ގެއަށް އައީ މެންދުރުވީފަހުންނެވެ.އޭނާ އައިގޮތަށް އައިސް މީހަކާ އަނގައިން ބުނުމެއް ނެތި ފޮށްޓަށް އެއްޗެހި އަޅައިގެން ރަށަށް ދާން ދިޔައީ އެންމެ ކުޑަ މިނުން އަންހެން ދަރިއާވެސް ސަލާމް ކޮށްނުލައެވެ.

 

ކަންނެތް ގޮތަކަށް ލޯ ހުޅުވާލަމުން ރިފާއު ނަޒަރު ހުއްޓާލީ އެނބުރެމުން ދިޔަ ފަންކާއަށެވެ. ނިދި މޫނަކާއެކު އޭނާ ފޯނުން ގަޑި ބަލައިލިއިރު އަދި ކިރިޔާ ހެނދުނު ހަތްގަޑި ބައިވީއެވެ. މިހާ ހެނދުނާ ތެދުވެގެން ވަކި ކުރާނީވެސް ކީއްހެއްޔެވެ.

ނަމަވެސް އެނދުގަ އޮންނަން ބޭނުން ނުވުމުން ގަދަކަމުން ނަމަވެސް ތެދުވެލުމާއެކު މޫނަށް މައްޗަށް އަނދިރިވިއެވެ.ބޮލުގަވެސް ރިހުމެއް ހުރިއިރު ބޮލަށް ބަރުވެފަ ހުރިވަރުން އެތަށް އުނދަގޫތަކެއް ވަމުންދިޔައެވެ. ރޭގަވެސް ނިދުނީ ނުކައި އޮއްވާކަށް ހަނދާން ވިއެވެ. މިހާރަކަށް އައިސް އޭނާ އަށް ކެއުން ބުއިންވެސް ވަނީ ބޮޑު ތަކުލީފަކަށެވެ. ޝާޔަންގެ ކަންތަށްތަކުގަ ބޯ ގޮވާފަ ހުންނަ ވަރުން ދުނިޔެމަތިން ފޫހިވެ މާޔޫސް ވެއްޖެއެވެ. ތެދުތެދަށް ބުނާނަމަ ދުނިޔޭގަ އުޅުމުގެ މާ ބޮޑު މަގްސަދެއް މިހާރު އޭނާގެ ދިރިއުޅުމަކު ނުވެއެވެ. ހަށިގަނޑުގަ ނޭވާ ހިނގާތީ ދިރި ހުއްޓަސް އެއީ ދިރުމެއް ނެތް ހަށިގަނޑެކެވެ.

” މިހިތް ކީއްވެތަ މިހާ ބަސްނާހަނީ..” ހާމަވެފައިވާ ހަށިގަނޑުގަ ރިފާއު އަތްކާއްތާލިއެވެ. ނުފިލާ ރިހުމެއް އޭރުވެސް ހިތާ ދިމާލުން މޭގަ ހަރުލާފައި ހުއްޓެވެ. ތިރިން ލައިގެން ހުރި ސޯޓް ބުރި އެނދުމައްޗަށް އެއްލާލައިފައި ހުސް ބޮކްސާ ކޮޅަށް ހަދާލައިގެން ރިފާއު ގޮސްވަނީ ފާހާނަ އަށެވެ.

ފެންވަރާލައިގެން ސިޓިންގ ރޫމަށް ނިކުތް އިރު މުޅި ގޭތެރެއިން ވެސް ފެންނަނީ ހިމޭން ކަމާ ފަޅު ކަމެވެ.ރިފާއުގެ ހިތަށް އިތުރަށް އުނދަގޫ ވަމުން ދިޔައެވެ.އޭނާ ސޯފާގައި އޮށޯވެލާފައި ނިއްމަތީ އަތް ބާއްވާލަމުން ލޯމަރާލިއެވެ.

ރިފާއުގެ މަންމަ މެން ވީ ޑޮކްޓަރަށް ދައްކާލާ ހަދާލަން މާލެ ގޮހެވެ.އޭނާގެ މަންމަ އަބަދުވެސް އުޅެނީ ކަކުލެއްގަ ރިހޭތީއެވެ. ސްކޫލް ބަންދު ދުވަސް ވަރެއްކަމުން މަންމައާ ބައްޕަ ދިޔައީ ހަނގަށް ތިބި ތިން ކޮއްކޮ ވެސް ގޮވައިގެންނެވެ.އެހެންކަމުން ގޭތެރެ ވަނީ އެކީ އެކައްޗަކަށް ފަޅުވެފައެވެ.

ފޯން ރިންގް ވާންފެށުމުން ރިފާއު ގެ ބޮލަށް ތުރާ ވަމުން ދިޔައެވެ. ގުޅަނީ މަންމައެވެ، ނަމަވެސް ރިފާއު އެކަކާވެސް ވާހަކަ ދައްކާކަށް ބޭނުމެއްނޫނެވެ. އޭނަ ދުނިޔޭގަ ވާ އެންމެން ދެކެ ރުޅި އާދެއެވެ. ފުލު ފުލުގަ ގުޅަން ފެށުމުން ބޮލަށް އުނދަގޫ ވެގެން އޭނާ ފޯން ނެގިއެވެ.

” ދަރިފުޅު މަންމަ މެންނާ ގުޅާވެސް ނުލަމެއްނު..” ފޯން ނެގުމާއެކު މަންމަ ފުރަތަމަވެސް ކުރީ ޝަކުވައެވެ. ތެދެކެވެ. އެމީހުން ފުރައިގެން ދިޔަފަހުން އޭނާ އެއްފަހަރުވެސް މަންމަމެންނާ ކޮއްކޮމެންގެ ހާލު ބަލައިލަން ގުޅާ ނުލައެވެ. މާމުހިންމު ކަމަކަށް އެކަން ނުވެސް ނުވީއެވެ.

” މަންމަ ގުޅާތީ ނުގުޅަނީ..” ރިފާއު އިރުކޮޅަކު ހުރެލާފަ ބުނެލިއެވެ.

“ކީއްވެތަ ނުކަނީ ދަރިފުޅާ..ތިހެން އުޅެނިކޮށް ބަލިވެދާނެ..ބޮޑުދައިތަ ބުނި ރޭގަވެސް ގެންދިޔަ ކާއެއްޗެހި ހުރިގޮތަށް ހުރީ އޭ…ތިހެން ހެދީމަ ބޮޑުދައިތަވެސް ދެރަވާނެއްނު ދަރިފުޅާ..މަންމަ މެން ނެތްއިރު ތިހެން ނޫޅެބަލަ…ބޮޑުދައިތަ އެހާ ދުރުން ކާއެއްޗެހި ހިފައިގެން ތިގެއަށް ދިޔާމަ ދަރިފުޅު ނުކޭމަ ބޮޑުދައިތަ ކިހާ ދެރަވާނެ..”ހަސީނާގެ އަޑުގަ ވަނީ ވިސްނައިދޭން ބޭނުންވާކަމުގެ އަސަރެވެ. ރިފާއު އަށް ވެގެން އުޅޭގޮތް އޭނާއަށް ރަނގަޅަށް އެނގުނަސް އޭގަ ކަންކުރަންވި ގޮތެއް އޭނާގެ ސިކުނޑިއަކަށް ނުވިސްނެއެވެ. ދޮށީ ދަރިފުޅު އެވަރަށް ހިތާމައިގަ ވާތީ އޭނާވެސް ދެރަވެއެވެ.

ހަސީނާ އެތަށް ވާހަކަ ތަކެއް ދައްކާފަ ފޯން ބޭއްވުމުން ރިފާއުއަށް އެވާހަކަތަކާ މެދު ވިސްނާ ލެވުނެވެ. ފުންކޮށް ނޭވާއެއް ލާފައި އޭނާ ތެދުވެގެން ހިނގައިގަތީ ކަމޭޒާ ދިމާލަށެވެ. ތަށިތަށް ހިއްލާ ބަލައިލިއިރު ބޮޑުދައިތަ އެހުރީ މިއޮއް ހެނދުނާވެސް ހެނދުނުގެ ސައި ގެނެސް ދީފައެވެ. އެއްޗެއް ކެއުމުގެ އެއްވެސް ޝައުގު ވެރިކަމެއް އޭނާގެ ހިތަކު ނުވެއެވެ. އެކާ އެއްޗެހި ދެކެވެސް އޭނާ ފޫހިވަނީ އެއީ އާލިމްގެ މަންމަ ތައްޔާރު ކުރާ އެއްޗެއްސަށް ވާތީއެވެ. އޭނާ އާލިމްދެކެ އިންތިހާ އަށް ރުޅި އަންނަ ފަދައިން އެ އާއިލާގެ ކޮންމެ މީހަކާމެދުގަވެސް ވަކިވަކިން ހިތުގަވަނީ ނަފްރަތެވެ. އޭގަ ބޮޑުދައިތަ މެންގެ ކުށެއް ނެތްކަމުގައި ވިޔަސް އޭނާގެ އަނިޔާ ލިބިފައިވާ ނިކަމެތި ހިތް އެކަން ގަބޫލެއް ނުކުރެއެވެ.އަމިއްލަ ހިތާ ނަފްސަށްވެސް އޭނާ މިހާރު ލައުނަތް ދެއެވެ. ރުޅި އާދެވެއެވެ. އަހަރެން މީ ކީއްކުރާ ބޭކާރު މީހެއް ހެއްޔެވެ. ތުންފަތުގަ ދަތް އަޅާލައިގެން އޭނާ އެހެން ހުއްޓާ ފެނުނީ ނިއްކުރިން ދާތިކިތަށް ފޮހެމުން ބޮޑުދައިތަ އައިސް ގެއަށް ވަތް ތަނެވެ.ރިފާއުގެ ނިތަށް ކުދި ރޫތަކެއް އަރައިގެން ދިޔައެވެ. ބޮޑުދައިތަ އަދި ސައި ގެނެސް ގެއަށް ނުދަނީ ހެއްޔެވެ.

” ކީއްވެފަ ތިހިރީ..ހިނގާ އަވަހަށް ސައިބޯން..ރޭގަވެސް ނުކަމެންނު..ބޮޑުދައިތަ މިއައީ ފޭރުގަސް ދޮށް ކުނިކަހަން އުޅެފަ..” އާތިފާ އައިސް އަތްދޮވެލާފަ ހަރުގަނޑުން ތައްޓެއް ނަގަމުން ރިފާއުއާ ވާހަދެއްކިއެވެ.

ރިފާއު އަނގައިން ނުބުނެ ގޮނޑިއެއް ދަމާލާފައި އިށީންނދެ އިސްޖަހާލިއެވެ. ބޮޑުދައިތަ އެހާ ރީތިކޮށް ވާހަކަ ދެއްކުމުން ޖަދަލުކޮށް ނުކައި ހުންނަން ކެރޭނީ ކިހިނެއް ހެއްޔެވެ. އޭނާ ގެ ހިތުގަ ބޮޑުދައިތައާ މެދު އިހުތިރާމްވެސް އޮވެއެވެ. އަނެއްކާ އޭރު ބަނޑުހައިވެފަ ހުރިވަރުން ބަނޑުން އަޑު ކިޔަމުން ދިޔައެވެ.

“އެނގޭ ރިފާއު ތިހުންނަނީ ބޮޑުދައިތަ ދެކެވެސް ހިތްހަމަ ނުޖެހިފަކަން..ތީގަ ބުނަންވި އެއްޗެއް ބޮޑުދައިތައަކަށް ނުވިސްނޭ..ބޮޑުދައިތަ ދެކެނީ އާލިމްއެކޭ އެއްފަދައިން ރިފާއު އަކީވެސް ހަމަ ބޮޑުދައިތަގެ ދަރިއެއް ކަމަށް…ކަންތަށްތަށް ވެފަ މިއޮތީ ވަރަށް ދެރަ ގޮތަކަށް،،” އާތިފާ ދެރަވެފަ ރިފާއުއާ ވާހަކަ ދެއްކިއެވެ. ރިފާއު އެއިންގޮތަށް އިސްޖަހާލައިގެން އިންއިރު ހިތަށް އެތަށް އަސަރު ތަކެއް ކުރަމުންދިޔައިރު ބޮޑުދައިތައާ ހަތަރުކަޅި ހަމަ ކޮށްލާކަށް ނުކެރުނެވެ. ބުނަންވި އެއްޗެއް އޭނާގެ ހިތަކަށް ނައެވެ. އެންމެފަހުން އޭނާ އަނގައިން ނުބުނުމުން ރޭގަ ގެނައި ތަށިތަށް ހިފައިގެން އާތިފާ ދެރަވެފަ ހުރެ ނިކުމެގެން ހިނގައްޖެއެވެ.

ފެންކަޅީވެފަ އިނދެ ރިފާއު އަށް ކެވުނީ ވެސް ވަރަށް ކުޑަކޮށެވެ. ފިރިހެނަކަށް ވިޔަސް އޭނާއަށް ވަރަށް ފަސޭހައިން ޖަޒްބާތީ ވެވުނެވެ. ހިމޭންކަމާއެކު އޭނާ ގޮސް ހުއްޓިލީ ކުޑަދޮރު ކައިރިއަށެވެ.  ދެބުމަ ގޮށްޖަހާލެވުނީ ފެނުނު މަންޒަރަކުންނެވެ. މީ އަނެއްކާ އަނެއް ބޮލުގަ ރިހުމެވެ. މިހާ ހިތާމައިގަ ހުންނަ އިރުވެސް އުނދަގުލަކަށް ފަހު އުނދަގުލެއް އެބަ އާދެއެވެ. “ފަތިހު މުނާޖާ ކޮނޑު އަޅައިގެން މީނަ މަށަށް ބަލަން ދެލޯ ބޮޑުކޮށްގެން މިގޭ ދޮރުމަތީ މިހުންނަނީ ކިހިނެއްވެފަތަ..”ރިފާއު ދަތްކުޑި ވިކަމުން ހިތާ ހިތުން މާޔާއަށް އެއްޗެހި ކިއެވެ.ރޭގަވެސް މާޔާ ގުޅާވަރުންނާ މެސެޖް ކުރާވަރުން ފޯނު ގެންގޮސް އަލިފާނަށްވެސް ނުލެވުނީ ކިރިޔާއެވެ.ގޭގައި އެކަނި އޭނާ އުޅޭކަން އެނގިގެން އައިސް އެހެރީވެސް ކޮންމެވެސް އުނދަގުލެއް ކުރާށެވެ. ބޯ ފަޅައިގެންދާހާ ވެއެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Loolu

Level 110 Stories100 Comments

Other Articles

Previous

އައި ލަވް ޔޫ..

Next

ނޭނގޭހެ ހާދަ ލޯބިވޭ 5

Next
August 18, 2016

ނޭނގޭހެ ހާދަ ލޯބިވޭ 5

Previews
August 17, 2016

އައި ލަވް ޔޫ..

12 Comments!

  1. sabeeha says:
    August 17, 2016 at 8:43 pm

    vv reethi..??

  2. love love says:
    August 17, 2016 at 8:46 pm

    Varah reethi…me second dhw….

    1. sabeeha says:
      August 17, 2016 at 8:51 pm

      yah..abadhu first eh nulibeyne ?

  3. reesham says:
    August 17, 2016 at 8:52 pm

    hehe…thanks sabeeha n love love..mirey sabeeha dhw firstt

    1. sabeeha says:
      August 17, 2016 at 8:54 pm

      hehe ??

    2. love love says:
      August 17, 2016 at 9:29 pm

      Yesss…

    3. love love says:
      August 17, 2016 at 9:29 pm

      Yesss…kn irakun next part up kuraany???

  4. lai says:
    August 17, 2016 at 9:11 pm

    Vv reethi mi part ves next part konirakun

  5. reesham says:
    August 17, 2016 at 9:14 pm

    thanks lai…next part tmrw night

  6. Shiny says:
    August 17, 2016 at 9:30 pm

    V v salhi

  7. Jeem says:
    August 17, 2016 at 11:15 pm

    Vv reethi?

  8. Vishaaa says:
    August 18, 2016 at 9:21 am

    Vara reeeethi……

Comments are closed.

Next Episodeތެދުވެރި ހިތަކުން ލޯބިވީމެވެ. ( 9 ވަނަ ބައި )←


All Right Reserved!