ލިބުނު ހައިރާންކަމާއިއެކު އެތަނުން ނިކުންނަން އަހަރެން ހިނގައިގަތީމެވެ.އެ ކޮޓަރިން ނިކުމެ ލައިބުރަރީ ތެރެއަށް ވަނީމެވެ..އެ ހަރުގަނޑުތައް ފުރެންދެން މިވަނީ ކޮންހާ ފޮތެއްބާއެވެ؟ މި ޖިންނީންވެސް ފޮތް ކިޔާބާއެވެ؟ ކޮންމެގޮތެއްވިޔަސް މިތަނުން ފޮތެއްގައިވާ އެއްޗެއް ބަލައިލާން ބޭނުމެވެ.އެހެންކަމުން ތަންކޮޅެއް ބިއްދަށުގައި ވަކިންހުރި ފޮތް ހަރުގަނޑެއްގައި ހުރި ފޮތްތަކުގިެތެރެއިން ގަދަފެހި ކުލައިގެ ކަވަރެއްލާފައި ރަންކުލައިގެ ބޮޑު ގޮބެއްލާފައި އިން ފޮތެއް ނެގީމެވެ. ގިނަދުވަސްވުމުގެ ސަބަބުން ހިރަފުސް ހުރެދާނެކަމަށްހިތާ ފޮތް ފޮހެލީމެވެ. ނަމަވެސް އޭގައި އެއްވެސް ހިރަފުހެއްނެތެވެ. މުޅި ވަށައިގެންވާ ހުރިހާ ހަރުތަކާއި ދާމާއަށް ބަލާލީމެވެ.އެ ފޮތްހަރުގަނޑުތަކާއި ހިލާފަށް މިފޮތް އިން ހަރުގަނޑުވަނީ ސާފުކޮށެވެ. ފޮތްތައްވެސް ތަރުތީބުވެފައި ސާފެވެ. ކޮންމެވެސްމީހަކު ސާފުކޮށް ބަލަހައްޓާ ފޮތްތަކެއްކަން ޔަގީނެވެ. ކޮންމެއަކަސް އެފޮތް ހިފައިގެންގޮސް އެ ލައިބުރަރީއެއްފަދަ ތަނުގައިހުރި މޭޒެއް ކައިރީ އިށީންދެއްޖައީމެވެ. އެތަނުގައި ހުރި އަލިން ކިޔަން އުނދަގޫވާނެތީ އަތުގައިއޮތް ޓޯޗުބައްތި ދިއްލާލީމެވެ.. އަދި ފޮތުގައިވާ ގޮބުގައިހިފާ ފޮތް ހުޅުވާލީމެވެ.
ފުރަތަމަ ސަފްހާގައިވަނީ ފާޑެއްގެ އެއްޗެހިތަކެއް ކުރަހާފައެވެ.އެ އެންމެވައްތަރީ ދޫނިތަކަކާއެވެ. ނަމަވެސް އޭއްޗެހީގެ ތުނބެއްނެތެވެ. އަނގައާއި ލޯ އިނީ އިންސާނުންގެ އަނގައާއި ލޯ އިންނަހެނެވެ. މޫނުމަތީގައިވަނީ ހުސް ދޫނިފަތެވެ.ނޭފަތެއް ބުމައެއް ފެންނާކަށް ނެތެވެ.ބޮޑު ވަރަގަނޑެއް ދެއަތުގައި އިންއިރު ފައި އިނީ ދޫނީގެ ފައެއްހެނެވެ. ނަމަވެސް އެ ފައިގައި ނިޔަފަތިތައް ދިގުވެފައި ބޮޑެއްޗެވެ.
ފަހުން އެފޮތް ބަލަން ގަސްތުކޮށް، ލައްޕާލީމެވެ.އަދި ފޮތް ދަބަހަށްލައިގެން ސިޑިން ތިރިއަށް ފޭބީމެވެ.އަހަރެން ހީކުރިގޮތާއި ހިލާފަށް މިފަހަރު އެތަން ބަދަލުވެފައެއް ނެތެވެ. ހުރީ ކުރިންވެސް ހުރިހެންނެވެ. ބިރުންހުރެ ބޭރަށް ނިކުންނަންހުރި ދޮރާއި ދިމާއަށް ދިޔައީމެވެ. ދޮރާއި ހަމައަށް ދެވުނުތަނާ ދޮރު މަޑުމަޑުން ހުޅުވޭތަން ފެނުނެވެ. އަވަހަށް ދޮރާއި ނިވާވެލާ އެތަނުން އަތުޖެހުނު ލަކުޑި ގަނޑެއް ނަގާ އަތަށް ހެޔޮވަރުކޮށްލީމެވެ. ބޭރުގައިހުރި ހަނދުވަރުގެ އަލިން އެތެރެއަށް އެވަންނަ އެއްޗެއްގެ ހިޔަނި އެޅިފައިހުއްޓެވެ. އޭގައި ތިންބޯ އެބަހުއްޓެވެ. އެހިޔަނި އެތެރެއަށްވަނީ ވަރަށް މަޑުމަޑުންނެވެ. މިހާރު އޭތިއެހުރީ އަހަރެންނަށް ފުރަކަސްވާ ގޮތަށްށެވެ.އެއީ ބިޔަމީހެކެވެ.އެމީހާގެ ހަށިގަނޑާއި ގުޅިފައިވާ ތިންބޮލުގައިވެސްވަނީ ތިން ތޮފިއަޅާފައެވެ. ގައިގައިވަނީ ބޮޑު ކަޅުފޮތިގަނޑެއް އަޮޅާފައެވެ.އެއީ ޖިންނީންގެ ބޮޑެއްކަން ޔަގީނެވެ. ކޮންމެގޮތެއް ހަދާފައިވެސް މިތަނުން ސަލާމަތްވާން އަހަރެން ބޭނުމެވެ. އެހެންކަމުން ސިއްރުސިއްރުން ދަނޑިގަނޑު ހިފައިގެން އެމީހާއާއި ގާތަށް ލެފިލީމެވެ.އަދި ގައިގާ ހުރިވަރެއްލާފައި އެންމެކައިރިން އިންބޮލުގައި ޖެހީމެވެ.އެއާއިއެކު އިވުނީ އެމީހާ ބާރަކަށް ހަޅޭއްލަވައިގަތް އަޑެވެ.އަދި އިތުރު ބައެއް ހަޅޭއްލަވައިގެންފައި ފޮތިގަނޑު އެއްލާލާފައި ބޭރަށް ދުއްވައިގެންފިއެވެ. އާއެކެވެ.އެއީ ޖިންނިއެއްނޫނެވެ.އެއީ ކޮއްކޮ މެންނެވެ. ވެއްޓިފައި މިއޮތީ މޫސައެވެ.އަހަރެންނަށް އުފަލުން ހަޅޭއްލަވައިގަނެވުނެވެ. އަދި ބާރަކަށް ކޮއްކޯ އޭ ކިޔާ ގޮވާލެވުނެވެ. ކޮއްކޮއާއި ޝަހުދުވެސް ހުއްޓި ފަހަތްބަލާލިއެވެ. “ދޮންތާ.؟! ދޮންތަ ތަ؟” ކޮއްކޮ އަހަރެންނާއި ދިމާއަށް އައެވެ. “އާނ.. ކޮއްކޯ ކޮންތާކުން ތިއައީ؟ ދޮންތައެކަނި މިއޮއްހުރިހާއިރު..” އަހަރެންނަށް ކޮއްކޮގައިގައި ބައްދާލަމުން ރޯންފެށުނެވެ. ބުނަންއުޅުނު ޖުމްލަވެސް މެދު ކެނޑިގެން ދިޔައެވެ.ކޮއްކޮވެސް އަހަރެންގެ ގައިގައި ބައްދާލައިގެންހުރެ ރުއެވެ.
“ދޮންތާ.. އަހަރެމެން ހިޔެއްނުކުރަން ދޮންތަ ސަލާމަތުން ދުނިޔޭގައި ހުންނާނެކަމަކަށް.” ކޮއްކޮ ބުންޏެވެ. އޭރު އަހަރެމެންތިބީ އެގޭގެ ބޭރުގައި ހަދާފައި އިން ބުރުކައިރީ އިށީންދެގެންނެވެ. މޫސަގެ ބޮލުން ފަޅައިގެންދިޔަތަނުގައި ބޭސް އަޅައިދޭން ޝަހުދު އުޅެއެވެ.”އެކީއްވެ އެހެން ހީކުރީ؟” އަހަރެން ސުވާލުކޮށްލީމެވެ. “އަހަރެމެންނަށް ދުވަމުންގޮސް ވަދެވުނީ ވަރަށް އުސްކޮށްހެދިފައިހުރި ވިނަތަކެއްތެރެއަށް. ދެން ފަހަތް ބަލާލިއިރު އެނގުނީ ދޮންތަ ނެތްކަން.އެކަމަކު އޭރުވަނީ ވަރަށް އެތެރެއަށް ވަދެވިފަ.ނިކުންނަން ނޭންގިގެން އުޅެމުން ވަރަށް ހާލުން އެތަނުން ނިކުމެވުނީ. އަދި އައި މަގުމަތީގައި ދިމާވި ބޮޑު ވަޅަކާވެސް. މިތަނަށް އައިއިރު ފެނުނީ އެހެރަ ބޯކެޔޮ ގަސްތަކުގައި ދޮންތަ ދަންޖެހިގެން މަރުވެފަ ހުއްޓާ..ވަރަށް ބޮޑަށް ޒަހަމްވެސްވެފައި ހުރީ. ވަރަށްދަެރަވެގެން އެންމެންވެސް ރުއިން. އެކަމަކު އިރުކޮޅަކުން ފެނުނީ ދޮންތަގެ ހަށިގަނޑު މަޑުމަޑުން ދުންގަނޑަކަށްވެގެން ދާތަން.އެހިސާބުން އެނގިއްޖެ އެއީ ދޮންތަ ނޫބްކަން.އެކަމަކު އަހަރެމެންނަށް ވިސްނުނު އެގޮތައް ދޮންތައަށް ދިމާވެސް ވެދާނެކަމަށް. އެހެންވެ މިތަނުން ފެނުނު ފޮތިގަނޑެއް ތިންމީހުންގައިގައި އޮޅާލައިގެން ގޭތެރެއަށްވަނީ.ހަތިޔާރުވެސް ރެޑީކޮށްގެން. ހިތަށް އެރީ ދޮންތަވާނީ މިގޭތެރޭގައޭ..” ކޮއްކޮ ދެރަވެފައި އިނދެ ކިޔައިދެމުން ދިޔައެވެ. އަހަރެންވެސް އަހަރެންނަށް ކަންތައްތައް ދިމާވިގޮތް ކިޔައިދިނީމެވެ. “އެހެންވީމައި ނުފެންނަ ރޫހުތައް ދުރައްލާން ދޮންތަ ކިޔެވީމައި ދޮންތަގެ ސިފައިގައި އެހުރިއެއްޗާއި އަހަރެމެންގެ ސިފައިގައިތިބި އެއްޗެހިތައް ގެއްލުނީއެ.” ކޮއްކޮބުންޏެވެ. “އެހެންވީމައި ތިގެނައި ފޮތް ބަލަމާ ހިނގާބަލަ.” ޝަހުދު ބުންޏެވެ. އޭރު މޫސަވެސް އަހަރެމެންކައިރީ އިށީންދެއްޖެއެވެ. އަހަރެން ދަބަހުން އެފޮތްނަގާ ހުޅުވާލީމެވެ. އަދި ފަހަރަކޫު ސޮފުހާއެއް އުކަމުން ދިޔައީމެވެ.އޭގައިވަނީ އެކިފާޑުފާޑުގެ އެއްޗެހިކުރަހާފައެވެ.ބިރުވެރި ސޫރަތަކެވެ. އެފޮތުގެ އިންމެ ފަހު ސޮފުހާގައިވަނީ ޗާޓެކެވެ.އެ ޗާޓުގައި ފާހަގަ ކޮށްފައިވަނީ އެބޮޑު ގެއެވެ.އަދި އެގޭތެރޭގައި އެކި ތަންތަނަށްދާނެ މަގުތަކާއި ކޯޑުތައް އަދި ތަޅުދަނޑިތައް ހުންނަ ތަންތަންވެސް ދިވެހިބަހުން ލިޔެ ފާހަގަކޮށްފައިވެއެވެ.އަދި އެގެއިން ބޭރަށްވާގޮތަށް ފާހަގަކޮށްފައި އިން މަގެއްގެ ވަކިހިސާބަކުން ވަޅެއްވެސް ފާހަގަކޮށްފައި އިނެވެ.އެތަނުގައި ނިކުންނަ މިހެން ޖަހާފައި އިނެވެ.އަދި އެވަޅުންގޮސް ނިކުމެވޭ ތަނަކަށް އިނީ އެކަކަށް އެރެވޭވަރުގެ ކުޑަ ވަޅެކެވެ.އެއީ ކޮންތާކު ކިހާހިސާބެއްގައި ހުރި ވަޅެއްކަމެއް ލިޔެފައެއްނެތެވެ.ކޮންމެއަކަސް މިތަނުން ނިކުމެވޭނެކަމުގެ އުއްމީދެއް ކުޑަކޮށްވެސް އޮތީ މިގޮތަށެވެ.އެކަމަކު މިއީީ ކިހާބިރުވެރި ތަނެއްކަމެއްވެސް ނޭންގެއެވެ.އެވަޅުގައި ކިހާވަގުތެއް ހޭދަ ކުރަންޖެހޭނެކަމެއްވެސް ނޭންގެއެވެ. “އެހެންވީމަ އަހަރެމެންނަށް އެފެނުނުވަޅަކީ މިއީތާ.. ހިނގާ އެވަޅު ހޯދަންދަމާ..” މޫސަ ބަލިއަޑަކުން ބުންޏެވެ. އެވަގުތު މޫސަގެ ހާލަށް ހަމްދަރުދީވެވުނެވެ. ދެރަވެސްވިއެވެ. އަދި އަހަރެން މިއުޅެނީ މޫސަގާތުން މައާފަށްވެސް ނޭދިއެވެ. އެހެނދާންވުމުން މޫސަގާތުން މައާފަށް އެދުނީމެވެ. “މޫސާ.ވަރަށް ބޮޑަށް ސޮރީ.އަހަރެން ގަސްތުގައި ކުރިކަމެއްނޫން އެއީކީ..” އަހަރެން ބުނީމެވެ. “އިޓްސް އޯކޭ.އަހަރެން އަބަދުވެސް ރަޝާއަށް މާފުކުރަން.އަދި ހިތްވެސްހެޔޮ. އެކަން އެނގޭނެ ރަޝާއަށް މިހާރު.” މޫސަ ސީދާ އަހަރެންގެ ލޮލަށް ބަލާލަމުން ބުންޏެވެ. އަހަރެން އަވަސްއަވަހަށް އިސްޖެހީމެވެ.އެއީ މީގެ ކުރީގެ ހަނދާންތަކެއް އާވުމުންނެވެ. ސުކޫލްގައި އުޅުނުއިރުގަވެސް މޫސަ އަހަރެންނަށް ލޯބި ހުށައެޅިއެވެ.އެކަމާއި ރުޅިއައިސްގެން އެއްދުވަހަކު އެތައް ޓީޗަރުންނާއި ބެލެނިވެރިން އަދި ދަރިވަރުންތަކެއްގެ ކުރިމަތީ އަހަރެން މޫސަ ލަދުގަންނަވާލީމެވެ. އަދި މަގުމަތިން ހިފެހެއްޓި ދުވަހެއްގައި މޫނުމަތީ ވަރަށްބާރަށް ޖަހަންވެސްޖެހީމެވެ. ފޯނަށް ގުޅާހަދާތީ އެއްޗެހިކިޔާ ނަމްބަރުވެސް ބަދަލުކޮށް ހެދީމެވެ. ނަމަވެސް މިޔަދާއި ހަމައަށްވެސް މޫސަ އަހަރެންގެކިބައަކުން ބަދަލުހިފާފައެއް ނެތެވެ.މޫސަ އަހަރެންދެކެވީ ހަގީގީލޯބިކަން ގަބޫލުކުރުންނޫންގޮތެއްނެތެވެ. އެކަމަކު ދެރަކަމަކީ އަހަރެންނަށް ލޯބިވެވުނީ އެންމެ ދެތިންފަހަރަކު ބައްދަލުވީ މީހަކުދެކެކަމެވެ. އަދި އެނޫންމީހަކުދެކެ ދުވަހަކުވެސް އަހަރެންނަށް ލޯބިވެވޭނެހެނެއް ހިޔެއްނުވެއެވެ.އެވަގުތު އަހަރެމެން ދެމީހުންގެ ހަމަހިމޭންކަން ބަލަންތިބި ކޮއްކޮއާއި ޝަހުދު ކަރުކެހިލާ ތުނބުންފުމެލާ ހަދާލިއެވެ. ހިޔާލީދުނިޔެއިން އެނބުރި އާދެވުމުން ކުޑަކޮށް ރަކިވާގޮތްވިއެވެ.ނަމަވެސް އަވަހަށް ތެދުވެ ދާންހިނގައިގަތީމެވެ.
ދުވާލުގެ އަލިކަމެއްނުވާ އެތަނުގައި ޓޯޗުބައްތީގެ އަލީގައި ކޮއްކޮމެންނާއިއެކު، އިސްކޮޅަށްވުރެ ދިގު ވިނަގަސްތަކްުގެތެރެއިން ހިނގަމުންދިޔައީމެވެ. ކޮއްކޮ އަތުގައިއޮތް ސަމުގާއިން ދާންވީދިމާ ފާހަގަކުރަމުން ޗާޓުބަލަމުން ކުރިއަށްދިޔައިރު ކޮއްކޮމެން ކުރިން އައިމަގުންކަމަށްވީތީ ވިނަތައް ތިރިވެފައިވާތީ މާބޮޑު އުނދަގުލަކާއިނުލާ އެބޮޑު ވަޅާއިހަމައަށް ދެވިއްޖެއެވެ. އެއީ ގާތްގަނޑަކަށް ފަސްވަރަކަށް ފޫޓްގެ ފުޅާމިންހުރި ވަޅެކެވެ. ވަޅުގައިވަނީ ދަގަނޑު ޓިނުން ހަދާފައިވާ މައްޗެއްޖަހާފައެވެ. ވަޅުކައިރިއަށް ޖެހިލަމުން ކޮއްކޮއާއި ޝަހުދު އެމަތިގަނޑުގައިހިފާ އެއްފަރާތްކުރިއެވެ. “މިވަޅުން ކިހިނެއް ނިކުންނާނީ. ހާދަފުން ވަޅެކޭމީ.ދިހަވަރަކަށް ފޫޓު ހުންނާނެހެން ހީވަނީ ފުންމިނުގަވެސް.”މޫސަ އެވަޅުތެރެއަށް ބަލަންހުރެ ބުންޏެވެ. “އާނ.. ތިވަޅަށް ފައިބަންއުޅޭމީހަކު ވާނީ މަރުހެން މަށަށް ހީވަނީ.ސަލާމަތުން ފޭބުނަސްވެސް މައްޗަށްއަރާނީ ކިހިނެއް؟ އެވެސްމަރު މިވެސްމަރު.ސަލާމަތެއްނެތް.” ޝަހުދު ބުނެލިއެވެ. “އަހަރެންނަށް ހީވަނީ ތިވަޅަށް ފައިބަން ކޮންމެވެސް ގޮތެއް އޮންނާނެހެން. ވަޅު ވަށައިގެން ބަލާބަލަ ފިއްތާލާކަހަލަ ގޮބެއްނަމަވެސް އިންތޯ..” ކޮއްކޮ ބުންޏެވެ. ކޮއްކޮ އެބުނިއެއްޗަކުން އަހަރެންގާތަށް ހިނިއައެވެ. މިއީ ޖާދޫގެ ފިލްމެއް ނޫންވިއްޔާއެވެ.. ގޮބަކަށް އޮބާލާއިރަށް ވަޅުތެރެއަށް ސިޑިއެއް ފައިބާނީވެސް އެހެންނަމަތާއެވެ. ކޮއްކޮމެން ވަޅުވަށައިގެން އެނބުރެންފެށިއެވެ.އަދި ވަޅާއި ކައިރި ސަރަހައްދުތައްވެސް ހޯދިއެވެ.އެއްވެސްކަހަލަ އެއްޗެއް ނުފެނުނެވެ. އެހެންކަމުން އެންމެފަހުން އެވަޅުގައި މަތިޖަހާ ބަންދުކުރަން ނިންމީމެވެ. “އޭތް.އެހަށް މަޑުކޮށްބަލަ..” ވަޅުގެ މަތިގަނޑު ޖެހުމަށްޓަކައި އެ ހިއްލާލިވަގުތު މަތިގަނޑުގެ އެތެރޭގައި އެއްޗެއް އިންހެންހީވެގެން އަހަރެން ބުނީމެވެ. “ކިހިނެއްވީ.”.؟ ކޮއްކޮ އަހާލިއެވެ. “ތި މަތިގަނޑުގެ އެތެރެބައި ދައްކަބަލަ ބަލައިލަން.ކޮންމެވެސް އެއްޗެއް ފެނުނުހެންހީވި..” ތަންކޮޅެއް ދުރުގައި ހުރެވުމުން އެހާ ޔަގީންކަމާއިއެކު ބުނާކަށް ނުކެރުނެވެ. ކޮއްކޮމެން އެމަތިގަނޑު އަނެއްފުށަށް އަނބުރާލިއެވެ. އާއެކެވެ. މަތިގަނޑުގެ ދަށްފުށުގައި އެއިނީ ހަރުގަނޑެކެވެ. ވަލުން ހަދާފައިވާ އެހަރުގަނޑުގައި އެކިވަރުގެ ލަކުޑިކޮޅުކޮޅުން ފައިލާބައި ހަދާފައިހުއްޓެވެ.އެ ހަރުގަނޑުއިނީ ފާޑަކަށް ފަތްޖަހާލާފައި އިންނަފަދަ ގޮތަކަށެވެ. ދެފަރާތުގައި ހަރުގަނޑު ހިފެހެއްޓުމަށް ބުޅިގަނޑުތަކެއް ހުއްޓެވެ. “މީ މިވަޅަށް ފައިބަން ހަދާފައިއިން ހަރުގަނޑު. މީނީނު ވަޅުގެ ތުންފަތުގައި އަޅުވާނެ ބައެއްވެސް.އެހެންވީމަ ލަސްކުރާނެކަމެއް ނެތް..” އަހަރެންބުނީމެވެ.. “ކާކު ފުރަތަމަ ފައިބާނީ؟” ކޮއްކޮ ސުވާލު އުފެއްދިއެވެ. އެކަކަށްވެސް އެންމެފުރަތަމަ ފައިބާކަށް ނުކެރުނެވެ. “ތިހާ ފިނޑިނުވެބަލަ.އަހަރެން ފައިބަފާނަން.މަރުވާނީ އެއްފަހަރުއެއްނު.ތީ ހުސްފިރެހެނުން.އެކަމު މަށަށްވުރެ ފިނޑި..” އަހަރެން ބުނީމެވެ. “ނޫނޭ. ރަޝާ ފައިބާނެކަމެއްނެތް.. އަހަރެން ފުރަތަމަ ފައިބާނަން. ދެން ފަހަރަކު މީހަކު ފައިބާ ވަޅުގައި މަޑުކުރާނީ.އެންމެން ހަމަވީމައި ފަހަރަކުމީހަކު އަޑިއަށް ފީނާނީ. އެކަކު ދާތާ ފަސްމިނެޓުވަރުވީމައި އަނެކަކު ނައްޓާލާނީ.. ޗާޓުން ފެންނަގޮތަށް ބަލަންޏާ އެހާއިރުން ފެންގަނޑުން މައްޗަށް އެރޭނެ.” މޫސަ ބުންޏެވެ. “އާނ.. އޯކޭ.. ދެން ވަޅުގައި މަތިޖަހާނީ ކިހިނެއް؟” ކޮއްކޮ ބުންޏެވެ. “މަތިޖަހާނެކަމެއްނެތް. ހުރެދާނެއެއްނު.” އަހަރެންބުނީމެވެ.”މިވާގޮތުން ދަބަހުގައިހުރި ފޯނުތަކާއި ބައްތިތައް ހަލާކުވާނެ. ކޮތަޅަށް ލީމަ ފަހަރެއްގަ ފެންވެސް އެޅިދާނެ..”ޝަހުދު ބުންޏެވެ. “ބޭހާއިމަލަން ރޯލުތައް އަޅައިގެން ގެނައި ބޮކްސްތެރެއަށް ބައްތިތަކާއި ފޯނުތައްލަމާދޯ؟” ކޮއްކޮ ބުންޏެވެ. “އެކަމަކު ބައްތިއެއްނުލާ ކިހިނެއް އެއަނދިރި ވަޅުތެރޭގައި އުޅޭނީވެސް.” މޫސަބުންޏެވެ. “އަހަރެންއަތުގައި މިއޮތީ ފެންނޭޅޭ ބައްތިއެއް.” އަހަރެންބުނީމެވެ. “އޯކޭ އެހެންވީމަ މޫސަ އަތަށް ތިބައްތިދީ.ދެންހުރި އެއްޗެހި ގެނޭ ޕެކްކުރަން.” ކޮއްކޮ ބުންޏެވެ.”އަހަރެންއަތުގައިއޮތް ދެފޮތޯ؟ ” އަހަރެން ބުނީމެވެ.”ދަބަހުގައި ހުންނާނެ ކޮތަޅު.ހާސްނުވެބަލަ.” ޝަހުދު ދަބަހުން ދެކޮތަޅު ނަގަމުން އަހަރެންނަށް ދިއްކޮށްލިއެވެ.
ހުރިހާ ތައްޔާރީތަކެއްވުމަށްފަހު ހަރުގަނޑުނަގާ ވަޅުގެ ތުންފަތުގައި އަޅުވާލަމުން ވަޅުތެރެއަށް ތިރިކޮށްލީމެވެ. ވަޅުގެ ހުރި ފެންގަނޑާއި ހަމައަށް އެހަރުގަނޑު ފޯރައެވެ.ފަހަރަކު މީހަކު ހަރުގަނޑުން ތިރިއަށް ފައިބަން ފެށިއެވެ. ފުރަތަމަ ފޭބީ މޫސައެވެ.މޫސަ ފައިބާ ފެންގަނޑުގެ ފުންމިން ބަލާލިއެވެ.އަދި ޗާޓުގައިވާގޮތަށް ވަޅުގެ އަރިމައްޗެއްގައި ހަދާފައިއިން ބޮޑު ދޮރުގަނޑު ނައްޓާލިއެވެ. އެއާއިއެކު ފެންގަނޑު އެތެރެއަށް ދާންފެށިއެވެ.ނަމަވެސް އަދިވެސް މާބޮޑުތަނެއް ފެންގަނޑު ތިރިއެއްނުވެއެވެ.އިސްކޮޅު ޖެހޭވަރަށްވުރެ އެވަޅު ފުނެވެ.އެހެންކަމުން ވަޅަށް ފޭބުމަށްފަހު އެންމެންވެސް ތިބީ ހަރުގަނޑުގައި ހިފަހައްޓާލައިގެންނެވެ. މިވީގޮތުން އެންމެންވެސް ތިބެންޖެހުނީ ކައިރިކައިރީގައެވެ.މޫސަ ހުރީ އަހަރެންނާއި ފުދޭވަރަކަށް ގާތުގައެވެ. އޭނާގެ ކަތިނަޒަރުތަކުން އަހަރެންނަށް އުނދަގޫވަމުން ދިޔައެވެ.ކުރާނެކަމެއްނެތެވެ.މިއީމިވަގުތަށް ހުރިގޮތެވެ.
އެވަޅުގެ ފެންގަނޑު ވަރަށް ފިންޏެވެ. ހީވަނީ ގަނޑުފެން އަޅާފައިހުރިހެންނެވެ. “މިވަޅުގައި މިހެން މާގިނައިރަކު ނުތިބެވޭނެ.އެހެންވީމައި އެންމެން އެއްކޮށް ނައްޓާލާނީ.އެންމެކުރީގައި މޫސަ ބައްތިހިފައިގެން.ދެން ރަޝާ. ދެން ރިއްޕެ.ދެން އަހަރެން އެންމެފަހަތުގައި..އޯކޭ.. އެކަކުވެސް ހާސްވެގެންނޫޅޭތި. ހަމަޖެހިލައިގެން ދާނީ.އެމީހަކަށް ފީނުނު އެންމެބާރަކަށް ފީނާތި.” ޝަހުދު ނަސޭހަތްތެރިވިއެވެ.ދުލުން ކިޔާލިޔަސް މިކުރެވެންއުޅެނީ ވަރަށް ބޮޑު ކަމެކެވެ.މި ފެންގަނޑުގެއަޑީގައި މާގިނައިރުވާންވެއްޖެނަމަ އަހަރެމެންގެ ފުރާނަދިއުންވެސް ގާތެވެ. ނަމަވެސް އެކަކުވެސް އެފަދަ ވާހަކައެއް ނުދައްކައެވެ. އެކަމަކު އެންމެންގެވެސް ހިތުގައި އެ ބިރުވެރިކަން އޮންނާނެކަން ގައިމެވެ.
ބިސްމިކިޔާފައި ކޮންމެމީހަކުވެސް ފީނައިގަތީމެވެ.އެ ހޮޅިތެރޭގައި އޮތީ އެންމެ މީހަކަށް ދެވޭހައި ހަނިޖާގައެކެވެ. ހީކުރިހާ އެތަން އަނދިރިއެއްވެސް ނޫނެވެ. އެހެންނޫނަސް މޫސަ އަތުގައިއޮތް ބައްތިން ފުދޭވަރަކަށް އަލިވެއެވެ.ގާތްގަނޑަކަށް މިނެޓެއްހާއިރު ފީނިފަހުން ވަރަށް ފުޅާ ހިސާބަކަށް ނިކުމެވުނެވެ. އެއީ ފެންގަނޑު ތިލަ ހިސާބެކެވެ.އެހެންކަމުން އެންމެންވެސް އަވަހަށް ބޯހިއްލާލާ ނޭވާލިއެވެ. އޭރު އަހަރެންގެ ނޭވާހުރީ ކޮޅަށްގޮސްފައެވެ. އެދިމާ މަތިން ތަންކޮޅެއް އެއްފަރާތުގައި ހުރި ތަނަކުން އަލިކަމެއް ފެންނަން ހުއްޓެވެ. އެހެންކަމުން އެދިމާއަށް އެންމެންވެސް އަވަސްވެގަތީމެވެ. މޫސަ މަޑުމަޑުން އެހަނި ތަންކޮޅުން މައްޗަށް ދެމިގަތެވެ. އަހަރެންވެސް މޫސަ ފަހަތުން ދެމިގަތީމެވެ. ދެން ބޯހިއްލާ ބަލާލިއިރު ފެނުނީ ރުއްތަކެއްގެ މަލަމައްޗެވެ.އޭރު އަހަރެންނާއި ދިމާއަށް އަތްދިއްކޮށްގެން މޫސަ ހުއްޓެވެ. އަހަރެން ދެފިކުރެއްގައިހުރެ މޫސަގެ އަތުގައި ހިފާލީމެވެ.ލުއިފަތެއް ހިއްލާލިހެން މޫސަ އަހަރެންގެ އަތުގައިހިފާ އެވަޅުން ނަގައިފިއެވެ. އެއާއިއެކު ހައިރާންވެގެން އަހަރެންނަށް ވަށައިގެން ބަލާލެވުނެވެ. އަހަރެމެންނަށް މިތިބެވުނީ މިރަށު ތަރާގަނޑުގައެވެ. މިއީ ތަރާގަނޑުގައި އިންނަވަޅެވެ.އޭރު ކޮއްކޮއާއި ޝަހުދުވެސް ވަޅުންއަރައި ހައިރާންވެގެން އެވާހަކަ ދައްކަނީއެވެ.އުފަލުންގޮސް އަހަރެންނަށް ރޮވުނެވެ.ކޮންމެ ހާލެއްގައި އުޅެގެންވެސް އެތަނުން ސަލާމަތުން އާދެވިއްޖެތާއެވެ.
ކޮއްކޮ ފޯނުނަގައި ގަޑި ބަލާލިއެވެ. މެންދުރު ބާރަޖެހީއެވެ. “ހިނގާ އަވަހަށް ގެޔަށްދަމާ.. މަންމަމެން މިހާރު ތިބޭނީ ވަރަށް ކަންތައްބޮޑުވެފައި” . އަހަރެން ބުނީމެވެ. “އެކަމަކު އަހަރެމެން އެންމެން އެއްކޮށްދިއުން ބުއްދިވެރިއެއްނޫން. މީހުން ސުވާލު އުފައްދާނެ. އެހެންވީމައި މޫސަ ދޭ މޫސަމެން ގެއާއި ދިމާއަށް ނިކުންނަން. އަހަރެންވެސް ދާނަން އެހެން މަގަކުން. ރަޝާއާއި ރިއްޕެ އެއްކޮށްދޭ.”. ޝަހުދު ރާވާލިއެވެ.”އެކަމަކު ދަބަސް އަޅުވައިގެންވީމަ މީހަކު ސުވާލެއްވެސް ކޮށްފާނެ. “އަހަރެން ބުނީމެވެ. “ބުނޭ ލެޕްޓޮޕޭމީ. އިެރުން އޯކޭވާނެ. މޫސަ ބުނެދިނެވެ.މޫސައަށް އެހާމޮޅުކޮށް ދޮގުހަދާލަން އެނގެނީ އޭނާ އަކީ ދުވާލަކު އެގޮތަށް އެތައްފަހަރަކު އެގޮތަށް ދޮގުހަދާ މީހަކަށްވާތީކަން އަހަރެންނަށް އެނގެއެވެ.އެހެންކަމުން ކުޑަކޮށް ފޫހިވާގޮތްވެސްވިއެވެ. ނަމަވެސް މޫސަ އާއިނުލާ ދެން މި ކަންތައްތަކެއް ކުރިއަކަށް ނުގެންދެވޭނެއެވެ.” “ކޮއްކޮ ދަބަސްދީ ޝަހުދު އަތަށް. ދެންމިރޭ ތިދަބަސް ގެންނާނީ އަހަރުމެން”ގެއަށް.” އަހަރެން ބުނީމެވެ. “”އެކީއްވެ މިދަބަސް ހިފައިގެން ދިޔައީމަ ކީއްތަވީ؟” ކޮއްކޮ ހައިރާންކަމާއިއެކު އަހާލިއެވެ. “ތި ބެލީމަވެސް އެނގޭ އެބަ ތީގައިއޮތީ ލެޕެއް ނޫންކަން” . އަހަރެން މޫސައަށް ލޯއަޅާލަމުން ބުނީމެވެ. އަހަރެންކުރީ ޖެއްސުމެއްކަން އެނގުމުން ކޮއްކޮމެން ހޭންފެށިއެވެ.މޫސަވެސް ރަކިފާޑަކަށް ހެވިފައި އޭނާގެ ހަތައެއްހެންހީވާ ބޮލާއި ކުޅެލަކުޅެލާ ހުއްޓެވެ.
ގެއަށްދިޔަ މަގުމަތީގައި ނަސީބަކުން މާގިނަ މީހުންނަކާއި ދިމައެއްނުވެއެވެ.އެހެންކަމުން އަމާންކަމާއިއެކު ގެއަށް ދެވުނެވެ. އޭރު ގޭ ޖޯލިފަތީގައި ރަށު ކައުންސިލްގެ ރައީސާއި އަދި ދެތިން މީހަކާއިއެކު މަންމަ ވާހަކަދައްކަން އިނެވެ. އަހަރެމެން ހަމަ ފެނުމާއިއެކު ދުވެފައި މަންމައައިސްފިއެވެ. އަދި އަހަރެމެން ދެބެންގެ ގައިގައި ބައްދަބައްދާފައި ރޯންފެށިއެވެ. “ކޮންތާކުން ދަރިފުޅުމެން ތިއައީ..މަންމަ މިއުޅެނީ ތިކުދިން ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރަންކަމަށް.ނަސީބެއްނު އައިކަން. ” މަންމަ ރޮމުންރޮމުން ބުންޏެވެ. “މަންމާ. އަހަރެމެން މިއައީ ތުނޑިއަށް ގޮސްފައި. ވަރަށް ފަތިހާ ގޮސްފިން. ސަނދަރަ(ގޮޅާ)ނަގައިގެން އެ ފިހެގެން ކައިގެން މިއައީ”. ކޮއްކޮ އަވަހަށް މަންމައަށް ބުނެލިއެވެ. “އެހެންވީމައި އަޅުގަނޑުމެން މިވަގުތު ގޮސްލާނަން. މީގެފަހުންް މަންމަމެންގާތު ނުބުނެ އެއްތާކަށްވެސްނުދާތި އިނގޭ.”. ކަމުންސިލަރު އެހެންބުނަމުން އެހެންމީހުންނާއިއެކު ނިކުމެގެން ގޮސްފިއެވެ. އޭރުވެސް މަންމަ ރޮނީއެވެ. “މަންމާ. ދެންތި ހުއްޓާލަބަލަ އޭރު މަންމައަށް ނިދިފައިއޮތީމައޭ ނުބުނެ ދިޔައީ. އަހަރެމެން މިތިބީނު މަންމަ ގާތުގައި”. އަހަރެން މަންމަގެ ލޯ ފޮހެދެމުން ބުނީމެވެ. ާއޭރު މާމަވެސް ފުރޮޅުލީގޮނޑަި ދުއްވަމުން އަހަރެމެންނާއި ދިމާއަށް އާދެއެވެ.ނަމަވެސް މިއަދު މާމަގެ މޫނުމަތި އެހެން ދުވަސްދުވަހާއި ތަފާތުހެންހީވެއެވެ.އަނެއްކާ އަހަރެމެން ދިޔަތަނަކާއި ކުރިކަމެއް މާމައަށް އެނގުނީބާއެވެ؟
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
32 Comments!
Comments are closed.



Miothy 13thvana part.hope kuran kamudhaane kamah adhi commenteh kohlaane kamah. Love u all readers.
Hey frst hoadhan nuvx kiyaa mi comment khllii…?
Hehe she ah thankx. Dhen awahah kiyaalaa.?
Kiyaifin leem..vrh vrh rythi…whn nxt prt
Thanks she ?
v v v reethi. hyvany hama real story eh hei. asluves v v v reethi. its’s amazing………………………
?thanks mexxo ? rangalhah hurihaa part thah kiamun anna kujjakah heevaane mee Asley.cartooneh nooney. Dhw?? ☺??
V interesting vaahakaeh v .majaa vaane dhw ehen ulheyiru sifa kohly emyhun ulhey goii hehe …..
Hehe. Rangalhah vaahakaige thereah vadhegen kiyaanama heevaane thihen. Aslu kudakoh majaakohlaafa innaany mi bai. ? ?
v reethi..??
Thanks sabeeha??
Yayyy…. 13th part varah salhi… Thanks leemdhattha for this nice story… alhe next part avahah up koddheccheyy…
Thanks zubakko..next partves eba aadhey v awahah..insha allah..??
leemdhatthaaa…. next part kobaatha???? avas kolladheee please…. varah kiyaa hivveyy….luv this story…??
V fahi
V fahi?? Ok thanks.??
V rythi… vv interesting vaahaka eh mee… keep it up leem. haadhybe salaamaiy kurumuga kaamiyaabu vibaa!! Next part kon irakun?
Thanks marsha.. haadhybe ah veegotheh engeyny next partgadhen.. next part v awahah up kuran try kuran eba.???
Yuck
Y for yuck.. hehe. Thanks hahaa ??
seems like a cartoon now.
Nothing to catch the interest of a reader
Hama aslugaves thy thedhehtha? Dhen baeh kudhinnah kamunudhaane mikahala vaahaka dhw. Ehennunas leem ah heevany mi part ekanihen thiulheny kiyaigen nikan vaahaka fashaigen kiaalabala..☺ Its ok hama. Thanks ………??
Asluves varah reethi mi vaahaka leem.varah interesting…waiting for the next part
Thanks Noo. Next partah wait kohlaa.ehaa laheh nuvaane. Insha allah..??
alheyyy. kiyakiyaa huttaa eh nimunii. kobaa 14th part….. plxplx avahah up kohdheeba . plxplxplx…plxxxxxx.. maasha allah vrh vrh reethi mi vaahaka ??. vrh kiyaahithun kiyaa mi nimmaalii . ???.. kon irakuntha next part kiyaaaleveyniii???
Thanks rixoo. V awahah next part up kohdheynan.insha allah. Thivarah aadheys nukuriyas uo kohdgeynamey rixoo. Hehehe????
Read all the parts.. honestly speaking I loved the story till 8th part..nd then boom it became totally stupid, too much fantasy and less plot. If I had to scroll down to read the end sentence without reading whole thing first : thats when I conclude that its not interesting anymore.
Ps: just my opinion and you are a good writer though
Than kolheh avahah next part up kohla dheeba..kiyaa hithuh hure venee eh noon..varah salhi…varah interesting.. Maa shaa allah..keep it up..
Vara reethi story eh. Love it. Heevany hama real hen.
love it.avaahah next Bai upload koh dheeba.please.
Love it like it so nice
kobaa tha 14th part
haadha dhuva he vehjey pls pls