ނޭނގޭހެ ހާދަ ލޯބިވޭ 4
“މީރާ، ޕާސްޓް ހަނދާން ނައްތާލާފަ މީހުން ފާޑުފާޑުގެ ވާހަކަ ނުދައްކާނެ ގޮތަކަށް ނޫޅެވޭނެތަ؟” ރާހިލް ލަސްލަހުން އަހާލިއެވެ.
މީރާ އިސް އުފުލާ ރާހިލްއާ ދިމާއަށް ބަލާލިއެވެ.
“ވަރަށް ފަސޭހަ ދޯ ތިހެން ބުނެލަން؟ ހަނދާން ނައްތާލަން ބޭނުން ވިޔަސް އަހަންނަށް ހަނދާން ނައްތައެއް ނުލެވޭނެ. އެ ހަމަސް ދުވަސް އެއީ ރާހިލްއަށް އެއްވެސް އެއްޗަކަށް ނުވިޔަސް އަހަރެންގެ ދިރިއުޅުން ބަދަލު ކޮށްލި ދުވަސްތަކެއް އެއީ… އަހަރެން ހަނދާނެއް ނުނެތޭނެ…” ލޮލުގައި ގިނަވެގަތް ކަރުނަތައް ހިފެހެއްޓޭތޯ މަސައްކަތް ކުރަމުން މީރާ ބުނެލިއެވެ.
ބުނާނެ އެއްޗެއް ނުވިސްނިފައި ރާހިލް އިނެވެ. މީރާއަށް އެ ދުވަސްތައް ހަނދާން ނައްތާ ނުލެވޭނެކަން ރާހިލްއަށް އެނގެއެވެ. އެ ދުވަސްތައް ރާހިލްގެ ހަނދާނުންވެސް ފިލާ ނުދާނެއެވެ.
“މީރާ… އައިމް ސޮރީ… އެނގޭ މިހެން ބުންޏަސް—” ރާހިލް މާފަށް އެދެން އުޅުނެވެ. ނަމަވެސް މީރާ އެއަޑު އަހާކަށް ބޭނުމެއް ނުވިއެވެ.
ކުއްލިއަކަށް ގޮނޑި ފަހަތަށް ޖައްސާލާފައި ތެދުވި މީރާ ރާހިލްއާ ދިމާއަށް އެއް އަތްތިލަ ދިއްކޮށްލިއެވެ. ހިފަހައްޓައިގެން ހުރި ކަރުނަތައް ކެތް ނުވެގެން މީރާގެ ދެލޮލުން އޮހިގަތެވެ.
“ސޮރީއޭ…؟ މާފަށްތަ ތި އެދުނީ…؟ މިދިޔަ ހަ އަހަރު އަހަރެން އުޅުނީ ކިހިނެއް ކަން ރާހިލްއަށް އެނގޭތަ؟ އަހަރެން އުޅުނީ ކޮން ހާލެއްގަ ކަން އެނގޭތަ؟ އެއްފަހަރުވެސް ހިތަށް އެރިތަ އަހަރެން ދުނިޔޭގަ އެބަހުރި ބާއޭވެސް؟ ނޫނީ އަހަރެންގެ ނަން ހިތަށްވެސް އެރިތަ؟ އެއްފަހަރުވެސް، އަހަރެން މަރުވެއްޖެތޯ ބަލާލަންވެސް ހިތަށް އެރިތަ؟
ކިހާ ފަސޭހައިން ދޯ ތިބުނީ ސޮރީއޭ؟ އަހަރެން ހިތަށް އަރާ ހަމަ ތިހާ ފަސޭހަ ވާނެ ނަމައޭ އަހަންނަށް އެދުވަސްތައް ހަނދާން ނައްތާލަން… އެކަމަކު އެކަމެއް އަހަންނަކަށް ނުވާނެ… ދުވަހަކުވެސް ނުވާނެ” ދެއަތުން މޫނު ފޮހެމުން މީރާ ބާރަށް ހިނގާފައި ކެބިންއިން ނިކުތެވެ.
މީރާ ބޭނުންވީ އެވަގުތު ގެޔަށް ދާށެވެ. އެހެން ނަމަވެސް އޮފީހުގައި ހުރެފައި އެގޮތަށް ގެޔަށް ދިޔުމަކީ ރަނގަޅު ކަމަކަށް ނުވާނެތީ ގޮސް މޭޒު ކައިރީ އިށީނދެ ޓިޝޫއަކުން މޫނު ފޮހެލިއެވެ.
“މީރާ…؟” ޝެރީންގެ އަޑަށް މީރާ ސިހިފައި ބަލާލިއެވެ.
“ކީއްވެ ރޮނީ؟ ރާހިލް ސަރ އެއްޗެއް ބުނީތަ؟” މީރާ ރާހިލްގެ ކެބިން އިން ނިކުތް މަންޒަރު ފެނުނު ޝެރީން އަހާލިއެވެ. ރާހިލް އަކީ އެއްވެސް އިރެއްގައި ރުޅި އައިސްގެން އެއްވެސް މުވައްޒަފަކާ ދިމާއަށް އެއްޗެއް ބުނާ މީހަކަށް ނުވާތީ އެ މަންޒަރު ފެނުމުން ޝެރީން ހައިރާން ވިއެވެ.
“ނޫން…” ދެ ފަރާތަށް ބޯ ހަލުވާލަމުން މީރާ ބުންޏެވެ.
“ދެން…” ޝެރީން އިތުރަށް އޮޅުން ފިލުވަން ބޭނުންވިއެވެ.
“އެއްވެސް ކަމެއް ނުވޭ… ލޮލަށް ކުނިކޮޅެއް ވެއްޓުނީ ހެން ހީވަނީ” މީރާ އޮޅުވާލަން މަސައްކަތް ކުރިއެވެ.
ޝެރީން އިތުރު އެއްޗެއް ނުބުނެ ދިޔައެވެ.
އެދުވަހު އޮފީސް ނިމުނު ގަޑީގައި ލުބްނާއާ ބަސްމާ އަދި ހަސްނާވެސް އެކަމާ ބެހޭ ގޮތުން މީރާއާ ސުވާލު ކުރިއެވެ. އެމީހުން ގާތު އެވާހަކަ ދައްކާނީ ޝެރީން ކަން މީރާއަށް އެނގުނެވެ. އެމީހުންގެ ސުވާލުތަކަށްވެސް މީރާ ދިނީ ޝެރީންއަށް ދިން ޖަވާބެވެ.
އެދުވަހުގެ ފަހުން ކުރިއަށް ވުރެ ބޮޑަށް އޮފީސް ތެރޭ މީރާއާ ރާހިލްގެ ވާހަކަ ދެކެވެން ފެށުނެވެ. އަދި އެއަޑު ޒަކީއާ އަސްލަމްއާ ހަމައަށްވެސް ދިޔައެވެ. އެދެމީހުން މަޝްވަރާ ކޮށްފައި ނިންމީ ރާހިލްއާ ސުވާލު ކުރާށެވެ.
ޒަކީ ގުޅައިގެން ރާހިލް ޒަކީގެ ކެބިންއަށް ދިޔަ އިރު އެތަނުން އަސްލަމް ފެނުމުން ކޮންމެވެސް ކަމެއް ވެއްޖެ ކަން ރާހިލްއަށް އެނގުނެވެ. ކެބިންގެ އެއް ފަރާތުގައި ހުރި ސޯފާސެޓްގައި ޒަކީއާ އަސްލަމް ތިއްބެވެ.
“ރާހިލް، އިށީނދޭ!” ވަކިން ހުރި ސޯފާއަށް އިޝާރާތް ކޮށްލަމުން އަސްލަމް އެހެން ބުނުމުން ރާހިލް އިށީނދެ ފަހަރަކު މީހެއްގެ މޫނަށް ބަލާލިއެވެ.
“ރާހިލްއަށް އެނގޭ ދޯ އަހަރުމެން ދައްކަން މިއުޅޭ ވާހަކަ؟” ފުރަތަމަ ވާހަކަ ދެއްކީ އަސްލަމްއެވެ.
ރާހިލް އަނގައިން ނުބުނެ ދެފަރާތަށް ބޯ ހަލުވާލި ނަމަވެސް އެދެމީހުން ދައްކަން އުޅެނީ ކޮން ވާހަކައެއް ކަން ރާހިލްއަށް ކޮންމެވެސް ވަރަކަށް އެނގުނެވެ.
“ރާހިލްގެ ޕީއޭ… މީރާ…” ޒަކީ ބުނެލިއެވެ. އެވަރުން ދައްކަން އުޅޭ ވާހަކަ ރާހިލްއަށް އަންގާލުމަށެވެ.
އަސްލަމްއާ ޒަކީ ދައްކަން އުޅެނީ އެވާހަކަ ކަން ރާހިލްއަށް އެނގުނު ނަމަވެސް އެވަގުތު ކުއްލިއަކަށް ރާހިލް ކަންބޮޑުވީ މީރާއާ މެދު ވިސްނާލެވުމުންނެވެ. އޮފީސް ތެރޭގައި އެދެމީހުންނޭ ކިޔާފައި ދެކެވޭ ވާހަކަތައް ޒަކީއާ އަސްލަމްގެ ކަންފަތާ ހަމައަށް ފޯރީ ކޮން ގޮތަކަށް ކަމެއް ނޭނގޭތީއެވެ.
“ކޮބާ މައްސަލައަކީ؟ އެއީ ރާހިލްގެ ޕީއޭ، އެކަމަކު ދެމީހުން އެކަކު އަނެކަކާ ވާހަކައެއް ނުދައްކާ، އޭނަ ކުރަން ޖެހޭ މަސައްކަތް ރާހިލް ކުރުވަނީ އެހެން ކުދިން ލައްވާ… އޮފީސް ތެރޭ ތިދެމީހުންގެ ނަމާ ގުޅުވައިގެން ދެކެވޭ ވާހަކަ ރާހިލްއަށްވެސް އެނގޭ ދޯ؟ ތިދެމީހުންގެ މެދުގަ ކޮންމެވެސް ކަމެއް ކުރިން ވެފަ އޮތޭ ކިޔާފަ މި ދެކެވޭ ވާހަކަތައް… އެއީ ތެދު ވާހަކަތަކެއްތަ؟” ޒަކީ ދެއްކީ ދައްކަން ބޭނުން ވި ވާހަކައެވެ.
ރާހިލް ފުރަތަމަ އެއްޗެއް ނުބުނެ ދެއަތް ތިލަ ގުޅުވާލައިގެން އަތަށް ބަލަން އިރުކޮޅަކު އިނީއެވެ. މިނަޓެއްހާ އިރު ފަހުން އިސް އުފުލާ ޒަކީއާ އަސްލަމްއަށް ބަލާލިއެވެ.
އޮފީހުގެ ވެރިންނަށް ވުރެ ބޮޑަށް އަސްލަމްއާ ޒަކީއަކީ ރާހިލްގެ އެކުވެރިންނެވެ. އުމުރުގައި ދިހަ ވަރަކަށް އަހަރުގެ ތަފާތު ހުރި ނަމަވެސް ގާތްގަނޑަކަށް ފަނަރަ އަހަރުގެ އެ އެކުވެރިކަމުގައި އެދެމީހުން ވަނީ ރާހިލްއަށް އިތުބާރު ކުރެވޭ ރަހުމަތްތެރިންނަށް ވެފައެވެ. މިވީހާ ތަނަށް އެއްވެސް މީހަކަށް ރާހިލް ކިޔާދީފައި ނުވާ ވާހަކަތައް އެދެމީހުންނާ ޙިއްސާ ކުރެވުނީ އެ އިތުބާރުގެ ސަބަބުންނެވެ.
“ކީއް ކުރަން ކުރި ކަމެއް އެއީ؟” ރާހިލް ވާހަކަ ދައްކާ ނިމުނު ފަހުން ހިމޭން ވަގުތުކޮޅަކަށް ފަހު ޒަކީ އަހާލިއެވެ.
“ނޭނގެ… އޭރު ހިތަށް އެރީ… މީރާ ބޭނުންވީ ގޮތް އެއީ…” ލަސް ލަހުން ރާހިލް ބުންޏެވެ.
“މީރާ ބޭނުންވި ގޮތޭ؟ ދެން އޭނަ ދޫކޮށްލާފަ އައި އިރު ކީއްވެ އޭނަ ބޭނުންވީ ކޮން ގޮތެއްތޯ ނުބެލީ؟ އެއީ މީރާ ބޭނުންވި ގޮތެއް ނޫން، ރާހިލް ބޭނުން ވެގެން ކުރި ކަމެއް އެއީ… ރާހިލް ބޭނުންވި ގޮތަށް ކަންތައް ނުކުރެވޭނެ ކަން އެނގުނީމަ މީރާ ބުނި ގޮތަށް ހަދާފަ ދެން ހިތް ފުރުނީމަ މީރާ ދޫކޮށްލާފަ އައީ… މީރާ ބޭނުންވި ގޮތޭ ބުންޏަސް ތީ ގަބޫލު ކުރެވޭ އެކްސްކިޔުޒްއެއް ނޫން” އަސްލަމް ހިތްހަމަ ނުޖެހިފައި ބުންޏެވެ.
ރާހިލް އެއްޗެއް ނުބުނެ އިނެވެ.
އަސްލަމް އެބުނީ ތެދެކެވެ. ރާހިލް އެބުނީ ރާހިލް ބުނަން ބޭނުންވި ގޮތަށެވެ. އަމިއްލަ ހިތަށް ވިސްނައިދިން ގޮތަށެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ.
“ރާހިލް ކުރިޔަސް ތިކުރީ ރަނގަޅު ކަމެއް ނޫން. ދޮގު ނަހަދާ އޭނަ ކައިރީ ތެދަށް ރާހިލް ހުރިހާ އެއްޗެއް ކިޔާދިން ނަމަ… މިކޮޅަށް އަންނަން ނިންމާފަވެސް ބުނިނަމަ… އެކަމަކު މިހާރު ދެން ކުރެވޭނެ އިތުރު ކަމެއް ނެތް…” ވިސްނަން އިނދެފައި ޒަކީ ބުންޏެވެ.
އެދެމީހުންނަށްވެސް ރާހިލް ކަންތައް ކުރި ގޮތް ރަނގަޅެއް ނޫނެވެ. އެއްވެސް މީހަކު އެއީ ރަނގަޅު ކަމެއް ކަމަކަށް ނުބުނާނެއެވެ. ރާހިލް އަމިއްލައަށްވެސް އެކަން ގަބޫލު ކުރެއެވެ.
ޒަކީއާ އަސްލަމްއާ ހުރިހާ ކަމެއް ޙިއްސާ ކުރިއިރު ރާހިލް ސިއްރު ކުރީ އެންމެ ކަމެކެވެ. މާލެ އައި ފަހުން ރާހިލްގެ ހިތަށް އައި ބަދަލެވެ. ފަހުން ރާހިލްއަށް މީރާ ދެކެ ލޯބި ވެވުނު ކަމެވެ. ކުރެވުނު ކުށުގެ އިޙްސާސް ކުރެވުމުން ރާހިލްގެ ހިތަށް ލިބުނު އަނިޔާއެވެ. އަދި ކުށެއް ނެތް އަންހެން ކުއްޖަކަށް ދެވުނު އަނިޔާގެ ސަބަބުން އަމިއްލަ ނަފްސު ކުށްވެރިކޮށް އެކަމުން އަމިއްލަ ނަފްސަށް އަމާޒު ވި ނަފްރަތެވެ.
“ކުރީގަ ކޮންމެ ގޮތަކަށް ކަންތައް ވިޔަސް މިހާރު މައްސަލައަކީ އޮފީހުގަ މި ދެކެވޭ ވާހަކަ… ރާހިލްއަށް އަހަރެން ދޫކޮށްލާނަން މިކަން ހަމަ ޖައްސަން. މީރާއާ ވާހަކަ ދައްކައިގެން ކޮންމެވެސް ގޮތެއް ހަދާ. މިހެން ވަންޏާ ފަހަރެއގަ އޮފީސް ތެރޭގަ މީރާގެ ނަން ގޯސްކޮށް ކިއިދާނެ. އެކަހަލަ ކަމެއް ވުމުގެ ކުރިން ރާހިލް މިކަން ހައްލު ކުރޭ” ޒަކީ ބުންޏެވެ.
ހަމަ އެކަނި ބޯ ޖަހާލާފައި ރާހިލް ނިކުމެގެން ގޮސް ކެބިންއަށް ދިޔަ އިރު މީރާ މަސައްކަތެއް ކުރަން އިނެވެ. ރާހިލް އެތެރެއަށް ވަދެފައި މީރާއަށް ގުޅާލާފައި އައުމަށް އެދުނެވެ.
މީރާ ކެބިންއަށް ވަން އިރު ރާހިލް ހުރީ ބޭރު ފެންނަން ހުރި ބިއްލޫރި ދޮރު ކައިރީގައި، ކެބިންއަށް ވަންނަ ދޮރަށް ފުރަގަސް ދީގެންނެވެ. މީރާ އެތެރެއަށް ވަނުމުން ރާހިލް އެނބުރި ބަލާލާފައި އަނެއްކާވެސް އަނެއް ފަރާތަށް އެނބުރުނެވެ.
“މީރާ ބޭނުމިއްޔާ މި އޮފީހުން އެހެން ޕޯސްޓެއް ހުސްވާ އިރަށް މީރާގެ ޖޮބް ޗޭންޖް ކުރެވިދާނެ… އެކަމަކު އެ ދުވަސް އަންނަން ދެން އަހަރުމެން ޖެހޭނެ އެކީގަ މަސައްކަތް ކުރަން… މީ އަހަރެން އަމިއްލައަށް ބުނާ އެއްޗެއް ނޫން، ޒަކީއާ އަސްލަމްގެ އެދުމެއް މީ…
މީރާއަށްވެސް އެނގޭނެ އޮފީސް ތެރޭގަ އަހަރުމެންގެ ވާހަކަ ދެކެވޭ ކަން، އެއަޑު ޒަކީއާ އަސްލަމްއަށްވެސް އިވިއްޖެ… އެމީހުން ބޭނުން ވަނީ އެ ވާހަކަތައް ހުއްޓުވަން” ރާހިލް ވާހަކަ ދެއްކީ އެހުރި ގޮތަށް ބޭރު ބަލަން ހުރެއެވެ.
“މިއަދާ ހަމައަށްވެސް ރާހިލްގެ ދަށުން މަސައްކަތް ކުރަން ޖެހޭތީ އަހަރެން ޝަކުވާއެއް ނުކުރަން، ދެންވެސް ނުކުރާނަން. ރާހިލް އަމިއްލައަށް އެހެން ކުދިންނާ މަސައްކަތް ހަވާލު ކުރަނީ. އަހަރެންނާ ހަވާލު ކުރި ކަމެއް ނުނިންމައެއް ނުހުންނާނެ” މީރާ ރާހިލްއަށް ރައްދު ދިނެވެ.
“އަހަރެން… އަހަރެން ހީކުރީ… މީރާ އަހަންނާ އެކީ މަސައްކަތް ކުރަން ބޭނުމެއް ނުވާނެ ކަމަށް… މީރާއަށް އުނދަގޫ ވާނެ ކަމަށް…” ރާހިލް މީރާއާ ކުރިމަރި ލަމުން ބުންޏެވެ.
“ތީ ރާހިލްއަށް ހީވާ ގޮތް. އެހެން ނަމަ މި އޮފީހުން ރާހިލް ފެނުނު ދުވަހު އަހަރެން ވަޒީފާ ދޫކޮށްލީހެއްނު؟” މީރާ ބުންޏެވެ.
“ދެން… މި ދެކެވޭ ވާހަކަ… އެކަން ހުއްޓުވާނީ ކިހިނެއް…؟” ރާހިލް އެ ސުވާލު ކޮށްލީ ޖެހިލުން ވެހުރެއެވެ.
“ހެޔޮ އަހަންނަށް ބަޔަކު ކޮންމެ އެއްޗެއް ހީކުރިޔަސް… ޖަވާބެއް ދޭން ވެއްޖެއްޔާ ބޭނުން އެއްޗެއް ބުނޭ. އެހެން ނޫނީ… ތެދަށް ބުނަން ވީނު؟” ރާހިލްއާ ހަތަރުކަޅި ހަމަކޮށްލާފައި މީރާ ބުންޏެވެ. އަދި ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ނިކުތެވެ.
އެދުވަހުގެ ފަހުން ރާހިލްއާ މީރާ އެކުގައި މަސައްކަތް ކުރި ނަމަވެސް އެކަކު އަނެކަކާ ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ނޫނީ ނުދައްކައެވެ. ލުބްނާއާ ބަސްމާއާ ހަސްނާ، މީރާގެ އެދުމުގެ މަތިން އެވާހަކަ ދެއްކުން ހުއްޓާލިއެވެ. އެއީ މީރާ ދައްކަން ބޭނުން ނުވާ ވާހަކައެއް ކަމާ، އަދި ބުނާ ދުވަސް އައުމުން އެވާހަކަތައް އެ އެކުވެރިންނަށް ކިޔާދޭނެ ކަމަށް މީރާ ބުނުމުން އެމީހުންވެސް އެކަން ގަބޫލުކޮށް ސުވާލު ކުރުން ހުއްޓާލިއެވެ.
އެތައް ދުވަހަކު މީރާއާ ބެހޭ މައުލޫމާތު އޮޅުން ފިލުވުމަށް ރާހިލް ހިތަށް އަރައެވެ. ލުބްނާ ގާތު އަހާލިޔަސް އެކަން ވެދާނެއެވެ. ނޫން ނަމަ މީރާ ވަޒީފާއަށް އެދި ހުށައެޅި ލިޔުންތަކުންވެސް އެ މައުލޫމާތު ރާހިލްއަށް ހޯދިދާނެއެވެ. ނަމަވެސް ރާހިލް ފަސްޖެހެނީ މީރާއަށް އެކަން އެނގިދާނެތީއެވެ.
ރާހިލް ބުނެގެން ފައިލްއެއް ހިފައިގެން ކެބިންއަށް ވަން މީރާއަށް ދެތިން ފިޔަވަޅު އަޅާފައި ހުއްޓި ބަލަން ހުރެވުނީ ރާހިލް އިން ގޮތުންނެވެ. ދެއަތްތިލަ ބޯދަށަށް ލައްވާލައިގެން ގޮނޑީގައި ލެނގިލާ ލޯ މަރާލައިގެން އޮތް ރާހިލް ފެނުމުން މީރާއަށް އަހަރުތަކެއް ފަހުން ރާހިލްއާ ދިމާއަށް ބަލާލާނެ ފުރުސަތެއް ލިބުނެވެ.
ދެމީހުން އެކުގައި ހޭދަކުރި ދުވަސްތަކުގެ ހަނދާން މީރާގެ ހިތުގައި އާވެގެން ދިޔައެވެ. މީރާގެ ހިތުން ދުވަހަކުވެސް ފަނޑުވެގެން ނުދާނެ އެސޫރަ އަދިވެސް ބޮޑަށް ހިތުގައި ފަވާލަން އުޅޭކަހަލައެވެ. ފުރަތަމަ ދެމީހުން ބައްދަލުވި ދުވަހުގެ ހަނދާނާ، އެކުގައި ހޭދަ ކުރެވުނު ލޯބިން ފުރިގެންވީ ވަގުތުތަކާ، އަދި ރާހިލް މީރާ ދޫކޮށްލާފައި ދިޔަ ދުވަހުގެ ހަނދާނާ އެކު އޭގެ ފަހުން މީރާ ހޭދަކުރި ހިތްދަތި ދުވަސްތަކުގެ ހަނދާންވެސް މީރާގެ ހިތަށް އުނދަގޫ ކުރަމުން ދިޔައެވެ.
ނަމަވެސް އެހާ ދުވަސް ފަހުން އެހާ ގާތުން އެގޮތަށް ރާހިލް ފެނުމުން މީރާއަށް އަމިއްލަ ނަފްސާ މެދު ކުރިން ނޭނގޭ އެތައް ކަމެއް އެނގިގެން ދިޔައެވެ. ރާހިލް ދެކެ މިއަދުވެސް މީރާ ލޯބިވެއެވެ. ރާހިލްގެ ބޭވަފާތެރިކަމަށް ފަހުވެސް މީރާގެ ހިތުން އެލޯބި ފަނޑެއް ނުވެއެވެ. އެގޮތަށް މީރާ ދޫކޮށްލާފައި ގޮސް، ފަހުން މީރާގެ ހަބަރެއް ބަލާނުލި ނަމަވެސް މީރާގެ ހިތުގައި ރާހިލްއަށް ދެވިފައިވާ މަގާމް ހަމަ އެގޮތުގައި އޮތެވެ.
ކުއްލިއަކަށް ރާހިލް ލޯ ހުޅުވާ ބަލާލިއެވެ. އެއާއެކު މީރާ ސިއްސައިގެން ގޮސް އަތުގައި އޮތް ފައިލް ވެއްޓުނެވެ. އަވަހަށް ފައިލް ނަގައިގެން ގޮސް ރާހިލްގެ މޭޒުމަތީގައި ބާއްވާފައި މީރާ އަވަސްއަވަހަށް ކެބިންއިން ނިކުތެވެ. ދޮރު ކައިރީގައި މޭގައި އަތް ޖައްސާލައިގެން މީރާ އިރުކޮޅަކު ހުރީ ބާރުބާރަށް ތެޅެމުން ދިޔަ ހިތް ހަމައަކަށް އެޅިލާތޯއެވެ.
މީރާ ދިޔަ ދިމާއަށް ބަލަން ރާހިލްއަށް އިނދެވުނީ ފެނުނު މަންޒަރާ މެދު ޔަގީން ނުވެފައެވެ. ރާހިލްއަށް ލޯހުޅުވާލެވުނު އިރު މީރާ ބަލަން ހުރި ގޮތް ރާހިލްގެ ހިތާ ސިކުނޑީގައި ހަރުލާފައި ހުއްޓެވެ. ނުދައްކަން މީރާ މަސައްކަތް ކުރި ނަމަވެސް އެވީ ދެތިން ސިކުންތު ތެރޭގައި މީރާގެ ލޮލުގައި ރާހިލްއަށް ޓަކާ ވީ ލޯބި ރާހިލްއަށް ސިއްރެއް ނުވިއެވެ.
އެއާއެކު ރާހިލްއަށް މޭގައި އަތް ޖައްސާލެވުނީ ތޫނު ތަދެއް އެވަގުތު މޭގައި އުފެދުމުންނެވެ. ރާހިލް މީރާއަށް ހެދި ގޮތް ހިތަށް އަރާ އަމިއްލަ ނަފްސަށް އަނެއްކާވެސް ހިތާހިތުން އެއްޗެހި ކިޔުނެވެ. އަމިއްލަ ނަފްސަށް ދޭ ސަޒާއެއްގެ ގޮތުން އެވަގުތު ލޯމަރާލަމުން މީރާއާ އެކުގައި ހޭދަ ކުރެވުނު ދުވަސްތައް މަތިން ރާހިލް ހަނދާން ކުރަން ފެށީ އެހަނދާނުން ރާހިލްގެ ހިތަށް ލިބޭނީ ވޭނެއްކަން އެނގޭތީއެވެ.
މީރާގެ ޚިޔާލަށް ގެއްލިފައި އިން ރާހިލް ސިހުނީ މޭޒުމަތީ އޮތް ފޯން ވައިބްރޭޓް ވާން ފެށުމުންނެވެ. ސްކްރީންގައި ވިދާދްގެ ނަން އަރާފައި އިންދާ ފެނުމުން އެވަގުތު އެފޯނަށް ޖަވާބު ދޭ ހިތެއް ރާހިލް ނުވިއެވެ. ނަމަވެސް ވިދާދް ބަލާ އެއަރޕޯޓަށް ދާން ޖެހޭކަން ހަނދާން ވުމާއެކު ގަޑިއަށް ބަލާލި ރާހިލް ފޯން ނަގާ ކަންފަތުގައި ޖައްސާލީ ގަޑިން ވީވަރު ފެނުމުންނެވެ. އެއަރޕޯޓަށް ދާން ހަނދާން ނެތުނީތީ އެކަމާ ވިދާދް ހިތްހަމަ ނުޖެހޭނެކަން އެނގޭތީއެވެ.
“ރާހިލް، ކޮންތާކު ތިހިރީ؟” ރާހިލް ފޯން ނެގުމާ އެކު ވިދާދް އަހާލިއެވެ.
“ސޮރީ ވިދާ، ހަނދާން ނެތުނީ” ރާހިލް ފުރަތަމަވެސް މާފަށް އެދުނެވެ.
“ރާހިލް! ތިންމަސް ކޮށްފަ މިކޮޅަށް އައި އިރު އަހަރެން ހީކުރީ ރާހިލް އަހަރެން ދެކޭ ހިތް ވާނެ ކަމަށް، އަނެއްކާ ރާހިލް އަހަރެން ބަލާ އަންނާނަމޭ ބުނީމަ ދޮންބެ ކައިރީވެސް ނާންނަން ބުނީ. އެކަމަކު ރާހިލް ތިބުނީ ހަނދާންވެސް ނެތޭ” ވިދާދްއަށް ކުރެވުނީ ޝަކުވާއެވެ.
“މިއަދު ކުޑަކޮށް ބިޒީ ވީމަ ހަނދާން ނެތުނިއްޔޭ” ރާހިލް އަނެއްކާވެސް ބުންޏެވެ.
“ރާހިލް ވަރަށް ޗޭންޖް ވެއްޖެ… ސިންގަޕޯރ އަށް ގޮއްސަ އައި ފަހުން ރާހިލް ހީވަނީ އަހަރެން ގުޅާލިޔަސް އުނދަގޫ ވެގެން އުޅޭހެން. އަހަރެން ފުރި ދުވަހުވެސް އެއަރޕޯޓަކަށް ނާދެވުނު، ތިންމަސް ފަހުން އަހަރެން މިއައީ… މިއަދުވެސް ރާހިލް ބިޒީ… އަނެއްކާ މިވީ ތިންމަސް ތެރޭ ރާހިލްއަށް ފޯނުން އަހަންނާ ވާހަކަ ދައްކާނުލެވޭނެ ތިންގަޑި އިރުވެސް… ރާހިލް، ބުނެބަލަ، ކިހިނެއްތަ ވެގެން މިއުޅެނީ…؟” ވިދާދްއަށް ޝަކުވާ ކުރެވުނީ ރާހިލްގެ މިޒާޖު ބަދަލުވެފައި ވީ ވަރުންނެވެ.
“ޕްލީޒް ވިދާ، ޝަކުވާ ނުކޮށްބަލަ، އެއްވެސް ކަމެއް ނުވޭ… މިބުނީނު މިއަދު ބިޒީ ވީއޭ، އެހެން ވެޔޭ ނުދެވުނީ، ދެން މިކަން އެހާ ބޮޑު އިޝޫއަކަށް ނަހަދަބަލަ ޕްލީޒް…” ރާހިލްއަށް ވާހަކަ ދެއްކުނީ ހިތްހަމަ ނުޖެހިފައި ހުރެއެވެ.
“އޯކޭ، މިއަރަނީ ފެރީއަށް… ރާހިލްއަށް ވަގުތު ވީމަ ގުޅާލާ…” ވިދާދް ޒުވާބު ކުރަން ބޭނުން ނުވާތީ މަޑުމަޑުން ބުންޏެވެ.
“އެކަނިތަ މިކޮޅަށް އަންނަން ތިއުޅެނީ؟ އެހެން ވިއްޔާ މަޑު ކުރޭ، އަހަރެން މިދަނީ ބަލާ މިހާރު” ވިދާދް ދެރަވިކަން އެނގުމުން ރާހިލް ވިދާދްގެ ހިތްހަމަ ޖައްސައިދޭން ބޭނުން ވިއެވެ.
“އަހަންނާ އެކީ އައި ދެކުދިންނާ އެކީ މިދަނީ، ރާހިލް ނަޔަސް އޯކޭ ދެން” ވިދާދް ބުންޏެވެ.
“އެހެންތަ؟ ވިދާ… އަސްލުވެސް ސޮރީ އިނގޭ، އަހަރެން މިރޭ ދާނަން” ރާހިލް ބުންޏެވެ.
އާއެކޭ ބުނެފައި ވިދާދް ފޯން ކަނޑާލިއެވެ. ފޯން މޭޒުމަތީ ބާއްވާފައި ރާހިލް މީރާ ގެނައި ފައިލް ހުޅުވާލާފައި މަސައްކަތަށް ސަމާލު ވެވޭތޯ ބެލިއެވެ.
އެދުވަހު މީރާ ގެޔަށް ދިޔައިރު މަލާކް ހުރީ ހުން އައިސްފައެވެ. އެރޭ ޑޮކްޓަރަށް ދެއްކި ނަމަވެސް އަނެއް ދުވަހުވެސް މަލާކް ހުން މަޑެއް ނުވެއެވެ. އެހެންވެ މީރާ އެދުވަހު އޮފީހަށް ނުދެވޭނެ ވާހަކަ ބުނަން ގުޅާލިއެވެ.
“ކިހިނެއްވީ؟ މީރާ ބަލިވީތަ؟” މީރާ އޮފީހަށް ނުދާނެ ވާހަކަ ބުނުމުން ބަސްމާ އެހިއެވެ.
މަލާކް ބަލި ވާހަކަ ބުނަން އުޅެފައިވެސް އެވަގުތު މީރާ ފަސްޖެހުނެވެ. ހިތުގެ ތެޅުން އަވަސް ވެގެން ދިޔައީ ރާހިލްއާ ހަމައަށް އެޚަބަރު ހިނގައްޖެ ނަމަ ވެދާނެ ގޮތް ހިތަށް އެރުމުންނެވެ.
“އާނ، ބޮލުގަ ރިއްސާތީ، އެހެންވެ…” މީރާ ދޮގެއް ހެދިއެވެ.
ދެދުވަސް ވަންދެން މީރާ ގޭގައި މަޑު ކުރީ މަލާކް ރަނގަޅު ނުވާތީއެވެ. ތިންވަނަ ދުވަހަކީ ހުކުރު ދުވަހެއް ކަމުން ބުރާސްފަތި ދުވަހުވެސް މީރާ ގޭގައި މަޑު ކުރީއެވެ.
ބުރާސްފަތި ދުވަހުގެރޭ ހެދި މަލާކްގެ ޓެސްޓްތަކުގެ ނަތީޖާ ބަލާ ދާން ޖެހެނީ ހޮނިހިރު ދުވަހުއެވެ. އެދުވަހު މެންދުރު ބްރޭކް ގަޑީގައި މީރާ ރިޕޯޓްތައް ބަލާ ގޮސްފައި އެގަޑީގައި ޑޮކްޓަރ ޑިއުޓީގައި އިނުމުން މަލާކް ނެތް ނަމަވެސް ރިޕޯޓްތައް ޑޮކްޓަރަށް ދައްކާލިއެވެ.
ހުރިހާ ކަމެއް ރަނގަޅު ކަމަށް ޑޮކްޓަރ ބުނުމުން މީރާ އޭޑީކޭ ހޮސްޕިޓަލުން ނިކުތީ ހިތްހަމަ ޖެހިފައި ހުރެއެވެ. އޭރު ގަޑިން ދޭއްޖަހާ ބޮޑުވެއްޖެއެވެ. އޮފީހަށް ވަން ތަނުން ރާހިލްއަށް އައިސްފައި ހުރި ސިޓީތަކެއް ބަސްމާ މީރާއާ ހަވާލު ކުރިއެވެ.
މީރާ ސިޓީތައް ހިފައިގެން ރާހިލްގެ ކެބިންއަށް ވަން އިރު ރާހިލްއެއް ނެތެވެ. ތަރުތީބު ގެއްލިފައި ހުރި މޭޒުމަތި އަވަސްއަވަހަށް ރީތިކޮށްލާފައި ސިޓީތައް ރާހިލްގެ މޭޒުމަތީ ބޭއްވި އިރު މީރާއަށް ނޭނގި އަތުގައި އޮތް މަލާކްގެ ރިޕޯޓްތައް ހުރި ސިޓީއުރަވެސް އެހެން ސިޓީތަކާ އެކު މޭޒުމަތީ ބޭއްވުނީ ރާހިލް އައުމުގެ ކުރިން އެތަނުން ނިކުންނަން މީރާ އަވަސްވެގަތުމުންނެވެ.
އޮފީހުން ބޭރުގައި އޮތް މީޓިންގ އެއް ނިންމާފައި ރާހިލްއަށް އާދެވުނު އިރު ތިންގަޑިބައި ވަނީއެވެ.
“ބަސްމާ، އަހަންނަށް އެއްވެސް ލެޓަރއެއް އައިތަ؟” ރިސްޕްޝަން ކައިރީ މަޑުކޮށްލާފައި ރާހިލް އަހާލިއެވެ.
“މީރާ ގެންގޮއްސި” ބަސްމާ ޖަވާބު ދިނެވެ.
“އޯކޭ، ތޭންކްސް” ހީލާފައި ރާހިލް އެތެރެއަށް ދިޔައެވެ.
“ބަސްމާ ބުނި ލެޓަރތައް މީރާއާ ހަވާލު ކޮށްފީމޭ” މީރާގެ މޭޒާ ހަމައަށް ހުއްޓިފައި ރާހިލް ބުންޏެވެ.
“މޭޒުމަތީ ހުންނާނެ” ރާހިލްއަށް ބަލާނުލާ މީރާ ބުންޏެވެ.
ކެބިންއަށް ވަދެ ގޮނޑީގައި ހަމަޖެހިލާފައި ރާހިލް މޭޒުމަތީ އޮތް ހަތަރު ސިޓީއުރަ އެއްފަހަރާ ނަގާ ފަހަރަކު ސިޓީއެއް ބަލާލިއެވެ.
އެންމެ ފަހު އުރައިގެ ބޭރުގައި އޭޑީކޭ ހޮސްޕިޓަލްގެ ލޯގޯއާ އެކު “އައިމިނަތު މަލާކް” ޖަހާފައި އިނުމުން ރާހިލް ހައިރާން ވި ނަމަވެސް އެތެރޭގައި ހުރި ކަރުދާސްތައް ނަގާ ބަލާލިއެވެ.
އެއީ ހަދާފައިވާ ޓެސްޓްތަކެއްގެ ނަތީޖާއެވެ. ކާކުގެ އެއްޗެއް ކަމެއް ނުވިސްނިފައި ރާހިލް ލިޔުންތަކުގައި ޖަހާފައި އިން ނަން ބަލާލިއެވެ. އެއާއެކު ޔަގީން ނުވެފައި ލޯބޮޑުކޮށްލާފައި އެނަމަށް ބަލާލަމުން ރާހިލް އެނަން ބާރަށް ކިޔާލިއެވެ.
“އައިމިނަތު މަލާކް ރާހިލް”
ހައިރާން ވެފައި ރާހިލް އެލިޔުމުގައި ވި ހުރިހާ އެއްޗެއް ކިޔާލިއެވެ. އެއީ އުމުރުން ފަސް އަހަރުގެ އަންހެން ކުއްޖެއްގެ ރިޕޯޓްތަކެކެވެ. ރާހިލް ދެވަނަ ގަނޑު ބަލާލިއެވެ. އެއާއެކު ރާހިލްގެ ހައިރާން ކަން އިތުރު ވިއެވެ. އެކުއްޖާގެ ލޭގެ ގްރޫޕްއާ ރާހިލްގެ ލޭގެ ގްރޫޕް ދިމާވެއެވެ.
ރާހިލްގެ ސިކުނޑީގައި ސުވާލުތައް އެނބުރިގަތެވެ. އެސުވާލުތަކަށް ހިތް ޖަވާބު ދިން ނަމަވެސް ރާހިލްއަށް ގަބޫލެއް ނުކުރެވުނެވެ.
ރާހިލް ފޯން ނަގާ ރިސްޕްޝަނަށް ގުޅާލިއެވެ.
“ބަސްމާ، އަހަރެން މިއަދު މީޓިންގއަށް ދިޔައ އިރު މީރާ ނެތް އޮފީހުގައެއް. އޭރު މީރާ ދިޔަ ތަނެއް އެނގޭތަ؟” ރާހިލް އަހާލިއެވެ.
“އޭޑީކޭއަށް ދިޔައީ” ރާހިލް ކުރި ސުވާލާ މެދު ހައިރާން ވެފައި އިނދެ ބަސްމާ ޖަވާބު ދިނެވެ.
“އެއީ ކީއްކުރަން؟” ރާހިލްގެ ހިތުގެ ތެޅުން ފަހަރަކަށް ވުރެ ފަހަރެއް ބާރު ވަމުން ދިޔައެވެ.
“މީރާގެ ދަރިފުޅު ބަލިވެގެން ހެއްދި ޓެސްޓްގެ ރިޕޯޓް ބަލާ ދިޔައީ. ސަރ، ކިހިނެއް ވީތޯ؟” ބަސްމާ ރާހިލްގެ ސުވާލަށް ޖަވާބު ދީފައި އަހާލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
70 Comments!
Comments are closed.








ސަލާމް ހުރިހާ ކުދިން، ހަތަރުވަނަ ބައި ކިޔާލާފަ ކޮމެންޓް ކޮށްލައްޗޭ، މިބައި ތަންކޮޅެއް ދިގުވެސް ވާނެ، ހީކުރަން ކަމުދާނެ ކަމަށް.
v reethi..??
Thnk u
Hmm interesting v reethi
Thnk u
Alhe plz madama update kohdheebah nuvaa kethe..anehbaa hama kiyaa hinvanee..ur r thr best
Hehe.. thnk u .. plz wait for thursday.
V nice
Thnk u
Salaam. …v rythi mibai vx ….waiting dhn oi bai vx avaskohlahchey ??
Thnk u Appy.. thursday ga 5th part
Wow v rythi
Thnk u
vv reethi….????
Thnk u
V v reethi,, hama habeys, v kiyaa hiyy vaa hisaabakun thi nimmaaly,, hiyy thalhuvaa laafa, Ava’s nxt part,
Hehe.. thnk u shara.. next part on thursday
V reethi. . Next part kon iraku up koh dheny… plx .. update soooon igey????????
Thnk u sweetie.. next part thursday ga
wooow….hama obiness to the max…waiting for the next part
Thnk u thiths
varah reethi. alhe madhan update koh dheebala. varah kiyaa hiy vejje
Thnku.. hehe.. plz wait for thursday miny
Wow haadha reehchey thankolheh avahah upkohdheeber plx plx………..
Thnk u. Thursday laheh noonehnu dho
Marsha Tnks. Thankolheh dhigukoh genasdhinythi. Vvvvvvvvvvvvvvvvvvvvvvvvvvv nice. Avahah up kohdhiybala.
Thnk u
varah salhi ??
Thnk u
Woooooooww
Pls update sooooooon.
Thnk u.. i will
Marshaa hurihaa vaka ves vrh reethi..sifakurun tha varh furihama…eh faahaga kole vey vahaka eh e hihedheney…..
Happy that u think so.. yes hiy edheny was one of my favs too
Wow…varh salhi…aneh part kn irakun..avahah up koh dhehcheyyy
Thnk u.. part 5 on thursday
Vrh Vrh reethi!!! Pls vrh avahah up kohdheeba! Waiting waiting!!
Thnk u.. thursdayga ingey. ☺
Alhey….aneh bai kiyaahih vanee…
Kiyaaleveyne v avahah.. dhera nuvey ☺
Oh shit!! Raahil ah inguny m ey marsh vidhaadh eiy girl eh tha?
Hehe.. dho.. yes Vidhaadh is a girl
alhe haadha reechey .pls maadhama up koh dheebala pls pls pls .
Thnk u.. oh.. plz wait for thursday inge.. ☺
vidhaadh e ee girl eh tha ???
vvv reethii mi part ves
Yes mel.. vidhaadh is a girl.. thnk u
Kiyuntheringe edhulumah alhe maadama upload kodhyba.plx vvv nice story
Hehe… dhen nethennu gina ireh… maadhan hendhunu up kollaanan Insha allah… thnk u dr
Salhii… Love the story ???
Thnk u
salhi. vr…?
Thnk u
love it
Thnx sama
Aiminath malaak ge fahathah raahil ge namr aee kihineh raahil ah neygi.. asslu hagygathuga varah gina liyun thakaa ehchehi beynun vaane dhw kujjakah nan kiyaa hadhan…
Yes.. that is true… but story ga e kanthah nuhimana liyefa mihiry… thnx marie..
alhe …. hama kiya kiyaa indha e nimunee…..v interesting…… pls pls pls pls next part kiyaa hithun keih madhuvanee….
U dont hv to wait long meera.. tom morning… hehe… thnx dr
I luv u Marshaaa, v loabi mi part ves
Hehe… thnx lots Deepika
When nxt Part
Tomorrow.. thnx rahil
Wow….its really interesting..
Thnk u nithooooo
Alhe! Thursday haadhalahey ahnaleh !! Bt inthizaar kurah dhw jeheyne!!☺☺
Hehe… adhi kudakoh wait kollaa reem… thnx
?. maashaa allah. vrh reethi vaahaka eh. ?
Thnx lots rixoo
kobaa. miyadhu mee Thursday ehnnu. vaahaka kiyaahuthun keimmadhuvefa. hehhehe
In about 5 mins rixoo
varah reethi 🙂 <3